ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/251 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/251
بم ان الامر انسیسم
e »
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 251/HC-A/2015
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
އޮފީސް | މާލެ
* މިހާރުގެ އެޑްރެސް:
ޕީ.ޖީ. އޮފީސް | މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޝިފާޢު
، ދާއިމީ އެޑްރެސް: ވޭވް ·
* އައިޑީކާޑު ނަންބަރު: A015061
މިހާރުގެ އެޑްރެސް: ހިޔާ •
29
*
* ރަޖިސްޓްރީކުރެވުނު ތާރީޚް: 01 ޖުލައި 2015
ނިމުނު ތާރީޚް: 16 ޖުލައި 2015
އިސްތިއުނާފު ކުރެވުނު ކޯޓު އަމުރު
ނަންބަރު:2015
/
4455/J
/
MD-145
* ކޯޓު: ކްރިމިނަލް ކޯޓު
*ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
* ނިންމެވި ތާރީޚް: 20 ޖޫން 2015
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/251
ދަޢުފާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
4455/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ފޭދޫ ވޭވް، މުޙައްމަދު ޝިފާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
4455/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް ސ.
ފޭދޫ ވޭވް، މުޙައްމަދު ޝިފާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
4455/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ ފޭދޫ ވޭވް، މުޙައްމަދު ޝިފާޢުގެ މައްޗަށް ތުހުމަތު ކުރެވުނު މުދަލަށް ގެއްލުންދިނުން
ވައްކަން ކުރުމުގެ ކުށުގެ މައްސަލައިގެ މުޙައްމަދު ޝިފާޢު 21 ޖޫން 2015 ދުވަހުގެ 21:46 އިން ފެށިގެން
01 ޖުލައި 2015 ދުވަހުގެ 21:45 އަށް 10 ދުވަހުގެ މުއްދަތައް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން
ކަނޑައަޅާ ތަނެއްގައި މުޙައްމަދު ޝިފާޢު ބަންދުކުރުމަށް ނެރުއްވާފައިވާ އަމުރެއްކަމާއި، މުޙައްމަދު ޝިފާޢު
ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކީ، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން އެނގެން
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/251
occ
03- ކްރިމިނަލް ކޯޓުގެ ނަންބަރު 201514455/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ފޭދޫ ވޭވް، މުޙައްމަދު ޝިފާޢުގެ ފަރާތުން 05 (ފަހެއް) ނުކުތާ ހުށަހަޅައި، އެ ނުކުތާއާގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
/
<< O
04- ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
4455/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ސ.
ފޭދޫ ވޭވް، މުޙައްމަދު ޝިފާޢުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން
މުޙައްމަދު ޝިފާޢުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
294
294ނ •
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
4455/J
/
MD-145 ކޯޓު
ރުން ފޭދޫ ވޭވް، މުޙައްމަދު ޝިފާޢު 21 ޖޫން 2015 ދުވަހުގެ 21:46 އިން ފެށިގެން 01 ޖުލައި
2015 ދުވަހުގެ 21:45 އަށް 10 (ދިހައެއް) ދުވަހުގެ މުއްދަތައް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް އަމުރު ނެރުއްވާފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މުދަލަށް
ގެއްލުންދިނުން ވައްކަން ކުރުމުގެ ކުށުގެ މައްސަލާގައި ކަމާއި، އެ އަމުރު ނެރުއްވި ސަބަބަކީ، މުޖްތަމަޢުގެ
ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން އެނގޭއިރު،
އިސްތިއުނާފު ކުރެވޭ ކޯޓު އަމުރުގައި ޙަވާލާދެވިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު 129774/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި މުޙައްމަދު ޝިފާޢު ހައްތަރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
ދިވެހީން
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/251
ބަންދުކުރެވިފައިވާ މައްސަލައަކީ، 2015 ޖޫން 02 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޝަންގްރިއްލާ
ވިލިނގިލި ރިޒޯޓް އެންޑް ސްޕާރގައި ހުންނަ ސިފަނީ ޖުވެލަރީ ޝޮޕް ފަޅާލައި އެޝޮޕުން 200,000.00$US
(ދެލައްކަ ޔޫއެސްޑޮލަރ) ގެ އަގުހުރި ގިނަ ޢަދަދެއްގެ ރަނުގެ ގަހަނާތައް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު
ކުރެވޭ މައްސަލާގައި ކަމާއި، އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުން ކަން އެނގޭކަމާއި، އެއަމުރުގެ
ދަށުން މުޙައްމަދު ޝިފާޢު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މުޙައްމަދު
އ ހ 0
ޝިފާޢު އެންމެ ފުރަތަމަ ޙާޟިރުކުރެވުނީ އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ކަމާއި، އެކޯޓުން
އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވާފައިވާކަމާއި، އަދި އޭގެ ފަހުން މުޙައްމަދު ޝިފާޢުގެ
ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޙާޟިރުކުރެވުނީ ކްރިމިނަލް ކޯޓަށްކަމާއި، އެކޯޓުން މުޙައްމަދު ޝިފާޢުގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް އަމުރު ނެރުއްވާފައިވާކަމާއި (އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓު
އަމުރު) މުޙައްމަދު ޝިފާޢުގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި މުޙައްމަދު ޝިފާޢު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ
ބަޔާންކޮށްފައިވަނީ، މައްސަލައަކީ ރާވައިގެން ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ
ޢަމަލަކަށްވެފައި މިފަދަ އަގުހުރި ތަކެތި ވަގަށް ނެގިކަމަށް މުޙައްމަދު ޝިފާޢުގެ މައްޗަށް ތުހުމަތު ކުރެވެން އޮތް
މައްސަލާގައި މުޙައްމަދު ޝިފާޢުއަކީ ރިޒޯޓުގެ މަޤާމުގެ ގޮތުން ނުފޫޒު ފޯރުވޭނެފަދަ މަޤާމެއްގައި ހުރި
މީހަކަށްވެފައި، އެވަގުތު އޭނާ ދޫކޮށްލައިފިނަމަ އެ މައްސަލައިގައި ހެކިބަސްދޭންތިބި ފަރާތްތަކަށް ނުފޫޒު
ފޯރުވުމާއި، ހެކި ނައްތާލައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެކަމާއި، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތި ވެދާނެކަމަށް ފެންނާތީކަމަށްކަން އެނގެން އޮންނަކަމެވެ.
ސަބަބުކަމަށް
2 20
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/251
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަމާއްދާގައި
ހައްޔަރުކުރާ މީހާއަށް ހައްޔަރުކުރުމުގެ ޤާނޫނީ އިޚްތިޔާރު ލިބޭ ޙާލަތްތައް ބަޔާންކޮށްފައިވާކަމާއި، އެގޮތުން:-
1- ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި ނުވަތަ؟
2- މީހަކު ކުށެއް ކޮށްފިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން
ނުވަތަ؛
3- އެވަގުތު އެއުޅެނީ ކުށެއްކުރަންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް
ހުރެގެން ނުވަތަ؟
OU OO
.
4- ކޯޓު އަމުރަކުން ހުއްދަ ލިބިގެންކަން އެނގޭއިރު، މި މައްސަލައިގައި މުޙައްމަދު ޝިފާޢު
ހައްޔަރު ކުރެވިފައިވަނީ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
21-HA ކޯޓު އަމުރުގެ
ދަށުން ހުއްދަ ލިބިގެން، 10 ޖޫން 2015 ދުވަހުގެ 23:16 ގައި، ގަން ޕޮލިސް ސްޓޭޝަން
ކުރިމަތިންކަން އެނގޭކަމާއި، އެއަމުރުގެ ދަށުން މުޙައްމަދު ޝިފާޢު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު
ގޮތެއް ނިންމުމަށް އޭނާ ހައްޔަރުކުރެވުނުތާ ސައުވީސް ގަޑިއިރުގެ ތެރޭގައި، އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް
ކޯޓަށް ޙާޟިރުކުރުމުން، 2015 ޖޫން 11 ވަނަ ދުވަހުގެ 21:48 އިން ފެށިގެން 2015 ޖޫން 21 ވަނަ
ދުވަހުގެ 21:47 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު ޝިފާޢު
ބަންދުކޮށްފައި ބެހެއްޓުމަށް (އެކޯޓުގެ ނަންބަރު 2015
/
31-MD ކޯޓު އަމުރު) އަމުރު ނެރުއްވާފައިވާ ކަމާއި،
އެގޮތަށް މުޙައްމަދު ޝިފާޢު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވި ސަބަބަކީ، އެ މައްސަލައިގެ ބާވަތުން
އެވަގުތު މުޙައްމަދު ޝިފާޢު ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ބެލެވޭތީއާއި، މައްސަލައާ ގުޅުންހުރި ނައްތާލާފާނެކަމަށް ބެލެވޭތީއާއި
ދިވެހިރާއްd
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/251
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވައިފާނެކަމަށް ބެލެވޭތީކަން އެއަމުރަށް ބެލުމުން އެނގެން
8x ހދޑ
އނކެވެ.
ކަމެވެ.
2 0 22
مل رہے گی
(ނ) ތިންވަނަ ކަމަކީ: މައްސަލައެއް ތަޙުޤީޤު ކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެ މީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެ މީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު،
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
(ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ
ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށް ބެލުމުން އެނގެން
އޮންނަކަމާއި، މުޙައްމަދު ޝިފާޢު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްފަހު،
މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެކޯޓުން ނިންމަވާފައިވާކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު
ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޟިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު
ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއިގިއްޖޭގެ ފައިން
2 ހ2
x
އއޑިތޅު
މަރަދޫ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/251
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ
ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް
ތަޙުޤީޤު ކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ
ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި،
އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި
ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް
ފަނޑިޔާރަށް ފެންނަ ޙާލަތުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް
ނުރައްކާތެރިކަމެއް ނުފޯރުވޭނެފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 194/HC
-
A/2012
ގަޟިއްޔާއާއި 260/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
0 /
<< O
އެހެންކަމުން މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް
ކޯޓުގެ ނަންބަރު 2015
/
4455/J
/
MD-145 ކޯޓު އަމުރުގައި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި، މުޙައްމަދު ޝިފާޢު، ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރު ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތްކަމަށެވެ.
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/251
0
94
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު
201514455/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް
މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
224 0
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my