ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/186 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
ނިމުނު ގޮތު
2013/HC-A/186
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 186/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް
* ނަން: ޙަސަން ރަޝީދު
އައިޑީ ކާޑު ނަންބަރު: A130805
* ދާއިމީ އެޑްރެސް: ސައްފާނާމަންޒިލް(ހދ. ކުމުންގޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު: އަލްއުސްތާޛާ ފަލާހަތު މުޙައްމަދު
އަލްއުސްތާޛު ޢާދަމް ޢާރިފް
* ދާއިމީ އެޑްރެސް:
0
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ރަޖަބް 1434
3 ޖޫން 2013
ނިމުނު ތާރީޚް: 11 ޝަޢުބާން 1434
20 ޖޫން 2013
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2013/4650(J(MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 27 މެއި 2013
ނިމުނު ތާރީޚް: 27 މެއި 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
" ދިވެހިރާއްޖެ
46 ވެ"
2
2013/HC-A/186
ޤަޟިއްޔާ ނިމުނު
يمر من *
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/4650(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ހދ. ކުމުންދޫސައްފާންމަންޒިލް، ޙަސަން ރަޝީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A130805) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ށަހެޅުމުން ބެލިފައިވާ
ހުށަ2
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/4650(J
(
MD-145 ކޯޓުއަމުރަށް ބަލާއިރު،
އެ ކޯޓުއަމުރަކީ، ހދ. ކުމުންދޫގައްފާނާމަންޒިލް، ޙަސަން ރަޝީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މާރާމާރީ ހިނގުމުގެ މައްސަލާގައި ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ފެންނާތީ، ޙަސަން ރަޝީދުގެ
ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކްރިމިނަން ކޯޓަށް
ހުށަހެޅުމާގުޅިގެން، ޙަސަން ރަޝީދުގެ މައްޗަށް އެކަމުގައި ތުހުމަތުކުރެވޭވަރުގެ ހެކިލިބިފައިވާތީ
"މުޖްތަމަޢުގެ ސަލާމަތަށްޓަކައި އަދި ހެކިންނަށް ނުފޫޒެއް ފޯރުވަފާނެކަމަށް ފެންނާތީ" ކަމަށްބުނެ، 2013
މާޗް 28 ވަނަ ދުވަހުގެ 09:28 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް
ކުމުންދޫސައްފާނާމަންޒިލް، ޙަސަން ރަޝީދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި
ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮންނަ އަމުރެއްކަން އެނގެއެވެ.
.0 9އ 04 09ތ
ترکی ای مه مسرع
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/4650(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަ
އެކަމަށްބުނެ ޙަސަން ރަޝީދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
4 43
ޤަޟިއްޔާ ނިމުނު
2013/HC-A/186
گمرکی
ދެވެ
94
އެންތަ
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް)
ނުކުތާ ފާހަގަކޮށް، ތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޙަސަން ރަޝީދުގެ
ފަރާތުން ހުށަހަޅާފައިވާ!
ފުރަތަމަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 14 ވަނަ މާއްދާގެ
(ރ) އާ ޚިލާފަށް އަމުރު ނެރެފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަޢުވާކުރާ ފަރާތް
(ޙަސަން ރަޝީދު) ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ދަޢުވާކުރާ ފަރާތުގެ ބޮލުގައި އެޅިފައިވާ ތުހުމަތުންނާއި އަދި
ބަންދުގައި ބަހައްޓައިގެން ތަޙްޤީޤުކުރަން ޖެހޭފަދަ ސަބަބެއް މެދުވެރި ނުވާކަމަށްބުނެ ދިފާޢުވުމަށް
ދަޢުވާކުރާ ފަރާތަށް އެކަށީގެންވާ ފުރުސަތެއް ލިބިފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/4650(J
(
MD-145 ކޯޓުއަމުރު
އިސްތިއުނާފު ކުރުމަށް ޙަސަން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
/
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
ޤަޟިއްޔާ ނިމުނު "
2013/HC-A/186
و مری
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2013/4650(J
(
MD-145 ކޯޓުއަމުރުގެ ދަށުން ބަންދުގައިބެހެއްޓުމަށް އަމުރުކުރައްވާފައިވާ ހދ.
ކުމުންދޫސައްފާނާމަންޒިލް، ޙަސަން ރަޝީދު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ހައްޔަރުކޮށްފައިވަނީ، 15 މެއި 2013 ވަނަ ދުވަހު ތިލަދުންމަތީ ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުން
ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 2013/49
HA ހައްޔަރުކުރުމުގެ އަމުރުގެ ދަށުންކަމާއި،
އެހެންކަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޙަސަން ރަޝީދު ހައްޔަރުކޮށްފައިވަނީ ޤާނޫނާ
ޚިލާފަށް ނޫންކަމެވެ.
24 20 0
(ނ) ދެވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
މިގޮތުން ބަލާއިރު، ޙަސަން ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ
ގޮތުގެމަތިން 15 (ފަނަރަ) ދުވަހަށް ބަންގު އަމުރުކުރައްވާފައިވަނީ އޭނާގެ
ހ 0
2
3
04
2
20
ނ.ދިތރއވާކޮށް
ހތދތ
މައްޗަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2013/HC-A/186
بنت معي مر علمي * *
2c22
ތުހުމަތުކުރެވިފައިވާ މާރާމާރީ ހިންގުމުގެ މައްސަލާގައި ތުހުމަތުކުރެވޭވަރުގެ ހެކިލިބިފައިވާތީ "މުޖްތަމަޢުގެ
ސަލާމަތަށްޓަކައި އަދި ހެކިންނަށް ނުފޫޒެއް ފޯރުވަފާނެކަމަށް ފެންނާތީ" ކަން އެނގޭކަމާއި،
އެސަބަބުތަކަކީ، ކުށެއްގެ ތުހުމަތުގައިވާ ހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭ،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 17 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ 5 ސަބަބުގެ ތެރޭގައި ހިމެނޭ ދެ ސަބަބުކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ
ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި
ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަން
ންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
މިގޮތުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް
ބަލާއިރު، ޙަސަން ރަޝީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެސަރވިސްގެ ނަންބަރު 091226/MF "ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި ބަޔާންކޮށްފައިވާ، ޙަސަން ރަޝީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ،
2013 މެއި 14 ވަނަ ދުވަހުގެ 18:00 ހާއިރު ޙަސަން ރަޝީދުއާއި އިތުރު ބަޔަކާ ބައިވެރިވެގެން
ހދ. ކުމުންދޫ ސްކޫލު ތެރެއަށްވަދެ އެސްކޫލުގެ ޓީޗަރެއްގެ ވަޒީފާގައި އުޅޭ އިންޑިޔާގެ ރައްޔިތެއްކަމަށް
މާރު ނީލަކަންތަން ގައިގާ، ސްކޫލުގެ ކްލާސްރޫމެއްގެ ތެރޭގައި ހުރި ޑެސްކާއި ގޮނޑީ
ސްޓާއކުމާމި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/186
ޤަޟިއްޔާ ނިމުނު
می هرکی
=32
ocoxo 2 cc
ނނޗށް
އަދި އެމީހުންގެ އަތުންނާއި ފައިން ތަޅައި މާރާމާރީ ހިންގާ ޒަޙަމްކޮށްލާފައިވާކަމަށް
ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާއާ އިދިކޮޅަށް ލިބިފައިވާ ހެކި ޤަރީނާތަކުގެ ތެރެއިން، ޙަސަން
ރަޝީދުގެ ބަންދުގެ މުއްދަތު އިތުރުކުރެވުނު ޝަރީޢަތުގެ މަޖިލީހަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ހުށަހަޅާފައިވާ ހެކި ޤަރީނާތަކަށް ބަލާއިރު، އިސްވެމިދެންނެވުނު މައްސަލާގައި ހިމެނޭ މާރާމާރީ
ހިންގުމުގެ ކުށުގެ ތުހުމަތު ޙަސަން ރަޝީދުގެ މައްޗަށް ކުރެވޭވަރުގެ ދެކި ޤަރީނާ މޯލްޑިވްސް ޕޮލިސް
ސަރިވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން އެނގޭކަމާއި، އަދި ޙަސަން ރަޝީދުގެ
މައްޗަށް ތުޙުމަތުކުރެވިފައިވާ ކުށުގެ ޒާތަށްބަލާއިރު، އެފަދަ ކުށެއް ކުރިކަމުގެ ތުޙުމަތުގައިވާ މީހަކު
މުޖްތަމައުގެ ތެރެއަށް ދޫވެފައިހުރެއްޖެނަމަ އެމީހެއްގެ ސަބަބުން މުޖްތަމައަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ބަލަންޖެހޭކަމާއި، އަދި ޙަސަން ރަޝީދުގެ މައްޗަށް ތުޙުމަތުކުރެވިފައިމިވާ ކުށުގެ
ޙާދިސާ ހިނގާފައިވާ ގޮތަށާއި ތަނަށް ބަލާއިރު، އެމައްސަލައިގެ ތަޙްޤީޤު ނުނިމެނީސް އޭނާ
ދޫކޮށްލައިފިނަމަ މައްސަލާގައި ހެކިބަސްދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވުމާއި، ދެއްކާކުޅެ ހެކި
ނައްތާލުމަށް މަސައްކަތްތަކެއް ކުރުމުގެ ފުރުސަތުވެސް އޭނާއަށް ހުޅުވިގެންދާނެކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ތަޙްޤީޤު
ހިނގަމުން ދަނިކޮށް ނުވަތަ އެމައްސަލައެއް ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން އެމީހަކާ އިދިކޮޅަށް
އެހާތަނަށް ލިބިފައިވާ ހެކި ޤަރީނާތަކުގެ ތަފްސީލު، އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ
މިމަރުޙަލާގައި އެމީހަކަށް ލިބިދިނުމަކީ، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާ ގުޅިގެން ކަމާބެހޭ
ފަރާތުން ކުރަމުން އަންނަ ތަޙްޤީޤަށް ހުރަސްތަކެއް ކުރިމަތިވުމުގެ އިޙްތިމާލު އިތުރުވެ، އަދި އެމީހަކާ
އިދިކޮޅަށް އެހާތަނަށް ލިބިފައިވާ ހެކިތަކާކުޅު ހެކިތައް ނައްތާލާ ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް
ނުފޫޒުފޯރުވުމަށް އެމީހަކަށް ފުރުސަތުތަކެއް ހުޅުވިގެން ހިނގައިދާނެކަމެއްކަމާއި، މީގެއިތުރުން، ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2013/HC-A/186
في مسي کی هرکی
0 2
24 2
ސަބަބު
ޙާޟިރުކުރެވޭ ޙާލަތްތަކުގައި، އެމީހަކު ބަންދުގައި ބަހައްޓަންޖެހޭފަދަ ޤާނޫނީ ސަބަބެއް އޮތްތޯ ނުވަތަ
ނެތްތޯ ނިންމަނީ، އެމީހަކާ އިދިކޮޅަށް އެހާތަނަށް ލިބިފައިވާ ހެކި ޤަރީނާތަކުގެ މައްޗަށް ބަލައި،
އެމައްސަލަ ބައްލަވާ ފަނޑިޔާރަކުކަމާއި،
އަދި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ ޙާލަތްތަކުގައި، އެމައްސަލައަކާ ގުޅިގެން "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 14 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ކޯޓަށް ހުށަހަޅާ "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި އެމީހަކު ބަންދުކުރި ނުވަތަ
ހައްޔަރުކުރި މައްސަލައާއި ބަންދުކުރި ނުވަތަ ހައްޔަރުކުރި ސަބަބާއި، އެމައްސަލައަކާ ގުޅިގެން ލިބިފައިވާ
ހެކި ނުވަތަ ޤާރީނާއާއި، އެމީހަކު އިތުރަށް ބަންދުގައި ބަހައްޓަން
ބޭނުންވާ
ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ ޙާލަތްތަކުގައި، އިސްވެމިދެންނެވުނު ފޯމުގެ
ކޮޕީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 14 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ބަންދުގެ މުއްދަތާމެދު
ގޮތެއް ނިންމުމަށް ފަނޑިޔާރުގެ ކުރިމަށްޗަށް ހާޒިރުކުރެވިފައިވާ މީހާއަށް ނުވަތަ އޭނާގެ ޤާނޫނީ ވަކީލަށް
ލިބިދެވިފައިވާނަމަ، އެމީހަކާ އިދިކޮޅަށް އެހާތަނަށް ލިބިފައިވާ ހެކި ޤަރީނާ އެމީހަކަށް ލިބިދީފައިނުވުމަކީ
އެކަމުގެ މައްޗަށް ބިނާކޮށް އެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް ކޯޓުން ނެރުއްވާފައިވާ އަމުރެއް
ބާޠިލުކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނޫންކަމާއި،
އިސްވެމިދެންނެވުނު ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޙަސަން ރަޝީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި "ބަންދުގެ މުއްދަތު އިތުރުކުރުމަ
0x7:
މމ ( 02
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/186
8 ޤަޟިއްޔާ ނިމުނު
می هرکی
ވެ
4 22
ހުށަހަޅާ ފޯމް" މޯލްޑިސް ޕޮލިސް ސަރވިސްގެ ފަރާތުންވެސް އަދި ކޯޓުގެ ފަރާތުންވެސް އޭނާއަށް ނުވަތަ
އޭނާގެ ޤާނޫނީ ވަކީލަށް ލިބިދީފައިނުވާކަމަށް ޙަސަން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، އެ ފޯމުގެ ކޮޕީ ހޯދުމަށް، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 14 ވަނަ
މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އޭނާގެ ފަރާތުން އެދިފައިނުވާކަމާއި، އެހެންކަމުން، އެފޯމުގެ ކޮޕީ
އޭނާއަށް ލިބިދީފައިނުވުމަކީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކޯޓުއަމުރު ބާޠިލުކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނޫންކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/4650(J
(
MD-145 ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްބުނެ ޙަސަން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެއަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް
ސަބަބެއް އޮތްކަމަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަކަށް ނުފެނުނެވެ.
• ޙުކުމް
ދެންފަހެ،
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ހ2 0
2
24
3
ބަންކް
ފެކުރެވުނު
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/4650(J
/
MD-145 ކޯޓުއަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ ހދ.
ކުމުންދޫސައްފާނާމަންޒިލް، ޙަސަން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
ޤަޟިއްޔާ
ނިމުނު
2013/HC-A/186
سے ان کی عمری
=32
سرمل عمل کی
ދ ވ22 ތ ދ ތ 4 &2ދ ތ
ބަދުލި
މައްޗަށް ބިނާކޮށް، އެއަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގެންނަންޖެހޭފަދަ އެއްވެސް
ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv