ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/170 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 170/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު މުޖުތަބާ އިބްރާހީމްދީދީ
އައިޑީ ކާޑު ނަންބަރ:A036155
ދާއިމީ އެޑްރެސް: މއ.
އަންނާރުގެ
މިހާރުގެ އެޑްރެސް:މ
މއ. އަންނާރުގެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙަބީބާ އިބްރާހީމްދީދީ
ކާޑު ނަންބަރ: A099034
ދާއިމީ އެޑްރެސް: މއ. އަންނާރުގެ
މިހާރުގެ އެޑްރެސް: މއ. އަންނާރުގެ
• ހުށަހެޅުނު ތާރީޚް: 10/06/2008
ނިމުނު ތާރީޚް: 24/06/2010
މައްސަލައިގެ ބާވަތް: ހިބައިންދިނުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
2
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރ 2007/MC/376 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދެއްވުން އެދި މއ.އަންނާރުގެ އަޙްމަދު
މުޖުތަބާ އިބުރާހީމްދީދީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ
-l
-2
ހ 0
2
2
4.4
އެއ.އަންނަންގެއެވެ
ފާހަގަކުރެވުނު ނުކުވާ
ނުކުތާތައް:
މިއީ، މަދަނީ ކޯޓުގެ ނަންބަރ 2007/MC/376 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދެއްވުން އެދި މއ.އަންނާރުގެ އަޙްމަދު
މުޖުތަބާ އިބުރާހީމްދީދީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މަދަނީ ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު
ބެލިއިރު އެޤަޟިއްޔާއަކީ، އަންނާރުގެ ޙަބީބާ އިބުރާހިމްދީދީ ހިމެނިގެން ރަޖިސްޓްރީ ކޮށްފައިވާ
މިއ.އަކު ކިޔާ ބަންޑާރަ ގޯތީގެ ބިމާއި ޢިމާރާތް ތަކުން ޙަބީބާ އިބުރާހީމްދީދީއަށް ލިބިގެންވާ ބައި
ޙަބީބާއިބުރާހީމްދީދީގެ މިލްކުން ކަނޑައި ޙަބީބާ އިބުރާހިމްދީދީއާ އެއްބަނޑު އެއްބަފާ ދައްތަ މއ.އަންނާރުގެ
މަރުޙޫމާ ޚަދީޖާ އިބުރާހީމްގެ ދަރި މުޙައްމަދު ނަޢީމުގެ ދެދަރިން ކަމުގައިވާ ހ.ބްރެޑްލީ މަރްޔަމް ރަމީޒާއާއި
ހުޒައިމަތު ނަޢީމަށް ހަމަހަމަކޮށް ހިބައިން ދިނުމަށް ޙަބީބާ އިބުރާހީމްދީދީ ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެއްކަމާއި
އެޤަޟިއްޔާ ނިންމަވާފައިވަނީ މއ.އަންނާރުގެއެވެ ކިޔާ ބަންޑާރަ ގޯތިން މއ.އަން ޙަބީބާ
އިބުރާހީމް ދީދީއަށް ލިބިފައިވާ ބައި ޙަބީބާ އިބުރާހީމް ދީދީގެ މިލްކުން ކަނޑައި ޙަބީބާ އިބުރާހީމްދީދީގެ
އެއްބަނޑު އެއްބަފާ ދައްތަ މިއ.އަންނާރުގެ މަރްޙޫމާ ޚަދީޖާ އިބުރާހީމް ދީދީގެ ދަރި މުޙައްމަދު ނަޢީމްގެ
ދެކުދިން ކަމުގައިވާ މ. ބްރެޑްލީ މަރްޔަމް ޙަމީއާއި، ހުޒައިމަތު ނަޢީމަށް ހަމަހަމަކޮށް ހިބައިންދީ މިހިބައިގެ
އިޖާބާއި ޤަބޫލު ޝަރީޢަތުގެ ޞައްޙަމަގުން ހިނގައި ނިމިފައި ވާތީ ކަމަށް ވިދާޅުވެ، މި ހިބަ ޞައްޙަ
ކަމަށާއި، މިހިބައިގެ ސަބަބުން މއ.އަންނާރުގެއެވެ ކިޔާ ބަންޑާރަ ގޯތިން މއ.އަންނާރުގެ އަބިބާ
އިބުރާހިމްދީދީއަށް ލިބިފައިވާ ބައި ބްރެޑްލީ މަރްޔަމް ރަމީޒާއާއި ޙުޒައިމަތު ނަޢީމަށް ހަމަހަމަކޮށް
މިލްކުވެއްޖެކަމަށް
ކީވެއްޖެކަމަށް ޙުކުމް ކުރައްވާފަކަމާއި
އއ.އަންނަރުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
3
2008/HC-A/170
4 x2 2
مر مر کر لی کہ
-3
14 4 0
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތް
ރިޕޯޓުން އެނގެއެވެ.
މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހޭކަމަށްބުނެ އަޙްމަދު މުޖުތަބާ އިބުރާހިމްދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް 04 (ހަތަރު) ނުކުތާއެއް ހުށަހަޅައި އެކަންކަމާ ބެހޭ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އަޙްމަދުމުޖުތަބާއިބުރާހީމްދީދީގެ ފަރާތުން ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:
ފުރަތަމަ ނުކުތާއަކީ: ޙަބީބާ އިބްރާހިމްދީދީއަށް މއ.އަންނާރުގެއިން ބައެއް ނުވަތަ އެއްވެސް
މިންވަރެއް ލިބިފައިވާކަން ނުވަތަ ލިބެންޖެހޭކަން އެގެންނެތް ހާލު އެކަން ޝަރީޢަތުން ބައްލަވާފައިނުވުން
ކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޙަބީބާ އިބްރާހީމްދީދީގެ ބައްޕަ ބޮޑުފެންވަޅުގޭ އިބްރާހިމް ދީދީ ފިޔަވައި
ދެންތިބި އޭނާގެ އެހެންކުދިންނަށް މއ.އަންނާރުގެއެވެ ކިޔާގޯތިގައިހުރި އެންމެހާ ޢިމާރާތްތަކާ ވަޅުފަދަތަންތަން
ހިބައިންދީ އިބަ ޤަބޫލުކޮށްފައިވާކަމާއި ޙަބީބާ އިބްރާހިމްދީދީގެ އެއްވެސް މިލްކެއް ނުވަތަ ޙައްޤެއް
މއ.އަންނާރުގެއެވެ ކިޔާގޯތީގައި ނެތި މާލޭ މުނިސިޕަލްޓީގެ ބާރުފޯރުވާ ރަޖިސްޓްރީއެއްހަދާ އޭގައި ޙަބީބާ
އިބްރާހިމްދީދީގެ ނަންޖަހާ އިތުރުކޮށްފައިވާކަމަށާއި، އޭގައި ޙަބީބާ އިބްރާހީމްދީދީގެ މުދަލެއް ނުހުންނާނެކަމަށް
ބުނެފައިވަނިކޮށް އެކަންކަމަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ފާހަގަ ކޮށްފައިވާ .
ތިންވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރ 2007/MC/376 ގެ ޤަޟިއްޔާގެ ޙުކުމުގައި
މއ، އަންނާރުގެއެވެ ކިޔާ ގޯތިން މއ، އަންނާރުގޭ ޙަބީބާ އިބްރާހިމްދީދީއަށް ލިބިފައިވާ ބައި ޙަބީބާ
އިބްރާހިމްދީދީގެ މިލްކުން ކަޑާ ހ.ބްރެޑްލީ މަރިޔަމް ޙަމީޒާއަށާއި ހުޒައިމާ ނަޢީމަށް ހިބައިންދިން ކަމަށް
ޙުކުމްކުރައްވާފައިވަނީ މިބުނެވުނު ޤަޟިއްޔާ ޝަރުޢީ އުޞޫލުތަކާއި ޤާނޫނީ ހަމަތަކާއި އެއްގޮތަށް
ގާތްކުރާ މިންވަރަށްވެސް ބެލުމަކާނުލާކަން އެގެންއޮތުން ކަމަށްބުނެ ފާހަގަ ކޮށްފައިވާ
މ (22
2
ކުޏވެ"
ހއ ހ 2
0 22ށ2
18ދވަނަޖހ1/
3
2 22 22
ނުވެއެވެ.
در هررا
ހަތަރު ވަނަ ނުކުތާއަކީ: މއ.އަންނާރުގެއެވެ
މއ.އަންނާރުގެއެވެ ކިޔާގޯތީގައިވާ އެންމެހާ
ވަޅުފަދަތަންތަން އަޙްމަދު މުޖުތަބާގެ ބައްޕަގެ މިލްކުންކަނޑައި ބައްޕައަށް މިލްކުން އެއްވެސް މިންވަ
އެތަނުގައި ނޯންނަގޮތަށް ހިބައިންދީ މިދިން ފަރާތުގެތެރޭގައިވެސް އަދި އެހިބާގެ މައްޗަށް ހަދާދީފައިވާ
އ ހ 04
މޮޅުރ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގޯތީގައިވާ ޢިމާރާތާއި ރަޖިސްޓަރީގަވެސް ޙަބީބާ އިބްރާހީމްދީދީގެ ނަން ހިމެނިފައިނުވާކަން ޝަރީޢަތަށް ރަގަޅަށް
ސާބިތުވެ އެކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ފާހަގަކުރެވުނު ނުކުތާތަކުގެ ތެރޭގައި ފާހަގަކުރައްވާފައިވާ
ނުކުތާތަކުން އެގޭގޮތަށް ފާހަގަކުރުމަށް ފަހުވެސް މިހިބައިގެ މައްޗަށް ހެދި ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ
ބާޠިލްވެފައިވާކަން އެނގޭ ޝަރުޢީކޯޓެއްގެ ލިޔުމެއްނެތި، ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓެއްނެތި، ބައްޕަގެ
މިލްކްނުވާ ތަނެއްގައި ބައްޕަ ހުއްދަދީގެން ކޮޓަރިއެއްފަދަ ތަނެއް ހެދޭނޭ ޤާނޫނީ އަދި ޝަރުޢީ އެއްވެސް ބާރެއް
އެއްވެސް ފަރާތަކަށް ނުލިބޭކަން ޤާނޫނީގޮތުން ބަލަންޖެހޭއިރު ބައްޕަ ހުއްދަދީގެން ކަމަށް ބުނެހެދިކަމަށް ބުނާ
ކޮޓަރިއެއްގެ ވާހަކަބުނެ މާފަހުގެ ދުވަހެއްގައި ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް ޙަބީބާ އިބްރާހީމްދީދީގެ
ނަންއިތުރުކޮށްފައިވާ ކުރުމާމެދު ޤާނޫނީ އަދި ޝަރުޢީގޮތުން ބެއްލެވުމެއްނެތި އޭނާއަށް މިލްކުނުވާ ތަނެއް،
އެހެންބަޔަކަށް ހިބައިންދިނުމުގެ ޙައްޤު ޙަބީބާ އިބްރާހިމްދީދިއަށް ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހިބައިންދިނުމުގެ
މައްސަލަ ނިންމާފައިވުން ކަމަށްބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
3ތޑ
ތ04
کر کو
19
0
47
2 ބ 2
ޚަކﷲ
4. މަދަނީ ކޯޓުގެ ނަންބަރ 2007/MC/376 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަނުޖެހޭ ކަމަށްބުނެ އަޙްމަދު މުޖުތަބާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި އިސްވެ ބަޔާން
ބަޔާންކުރެވުނު ނުކުތާތަކަށް ޖަވާބު ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި
ދަޢުވާލިބޭ މއ.އަންނާރުގެ ޙަބީބާ އިބުރާހިމްދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ދީފައިވާ ބަޔާނަށް ބަލާއިރު
ޙަބީބާ އިބްރާޙިމްދީދީއަށް މއ.އަންނާރުގޭ .ގެންވާކަން މިނިސްޓްރީ އޮފް ޖަސްޓިސްގެ
ޕްރޮޕަޓީ އެންޑް އޯނާރޝިޕް ޑިވިޝަނުގެ ނަންބަރ 75/P
&
OD/22 ގެ ޤަޟިއްޔާއިން އެނގޭކަމަށާއި 12
ޖުލައި 1976 ވަނަ އަހަރު މއ.އަންނާރުގެއަށް ހައްދަވާ ދެއްވާ ފައިވާ ނަންބަރ •4654 "އިމާރާތާއި ގޯތީގެ
ރަޖިސްޓްރީ"ގައި ޙަބީބާ އިބްރާހިމް ދީދީގެ ނަންހިމެނިފައިނުވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް
އޯނާރޝިޕް ޑިވިޝަނުގެ ނަންބަރ 75/P
&
OD/22 ގެ ޤަޟިއްޔާ ހުށަހަޅާފައި ނުވާތީ ކަމަށާއި ނަމަވެސް
އެޙުކުމް ލިބުމުން މާލޭ މުނިސިޕަލްޓީން ހައްދަވާ ދެއްވާފައިވާ ނަންބަރ •4634ގެ ޢިމާރާތާއި ގޯތީގެ
ރަޖިސްޓްރީ" ބާޠިލްކޮށް އަލުން ޙަބީބާއިބްރާހީމްދީދީގެނަން ހިމަނައިގެން 22 ޑިސެމްބަރު 1990ގައި
oxo
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
5
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
|ތ 0
2
2
22
އއ.އަތެރެގެ ގެ
2 20
ރަޖިސްޓްރީވަނީ ހަދާކަމަށާއި އެކަން 22 ޑިސެމްބަރު 1990 ވަނަ އަހަރު ހެދި ތަރުތީބު
ނަންބަރ 8937ގެ ރަޖިސްޓްރީގައި ބަޔާންވެގެންވާ ކަމަށާއި
އެހެންކަމާއެކު އިސްތިއުނާފު މިކުރެވޭ މިޤަޟިއްޔާއާ ގުޅިގެން ޝަރީޢަތާ އަދި ޤާނޫނާ ޚިލާފު ކަމެއް
ހިނގާފައިވާކަމަށް ޙަބީބާ އިބްރާޙިމްގެ ފަރާތުން ނުދެކޭކަމަށް އެބަޔާނުގައި ޙަބީބާ އިބްރާހިމްގެ ފަރާތުން
ބުނެފައިވާކަން އެނގެއެވެ.
5- މިމައްސަލައާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
މަދަނީ ކޯޓުގެ ނަންބަރ 2007/MC/376 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި
މިމައްސަލައާއި ގުޅޭ ގޮތުން ޝަރީޢަތަށް ލިބިފައިވާ ބަޔާންތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުން ބެލި ހިނދު މިމައްސަލަ
ނިންމަން ފެންނަގޮތާއިމެދު ފަނޑިޔާރުންގެމެދުގައި ދެރައުޔެއްގެ މައްޗަށްވަނީ ޚިޔާލު ތަފާތުވެފައެވެ. އެދެރައުޔާއި
އަދި އެދެރައުޔު ބިނާކުރެވިފައިވާ އަސާސްތައް ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ.
ފުރަތަމަ: ޚިލާފުވިރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު) އާއި އެރައުޔު
ބިނާކުރެވިފައިވާ އަސާސުތައް:
މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2007/MC/376 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އަޙްމަދު މުޖުތަބާ އިބްރާހީމް
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާ
ފަރާތްތަކުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ އާއި ގުޅިގެން ހުށަހެޅުނު ލިޔެކިޔުން
ތަކަށް ރިޢާޔަތް ކުރުމުގައި މައްސަލަބެލި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު:
ޤާނޫނު ނަންބަރު 1/2004 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް ފުރަތަމަ އިޞްލާޙް
ޤާނޫނު) ގެ 17 ވަނަ މާއްދާއަކީ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ
ޢިމާރާތުން ބައެއް، ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމުގައި ޢަމަލު ކުރަންވީގޮތް ބަޔާންކޮށް އެކަމުގެ
މައްޗަށް ޚާއްޞަކުރެވި އެކަން ބަޔާންކޮށްފައިވާ މާއްދާކަން އެނގެން އޮންނާތީ، އެމާއްދާއަށާއި، ޤާނޫނު
cecom
ސްލާޙް ގެނައުމުގެ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2008/HC-A/170
.
ހއ ހތ ޚި22
مر مر کر
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު)ގެ ދަށުން ހެދިފައިވާ، ”ހިބައިން ނުވަތަ ވަޞިއްޔަތުން
ދިނުމާބެހޭ ޤަވާޢިދު" ގެ 2 ވަނަ މާއްދާއަށް ބެލިބެލުމުންގެ
އިޝާރާތް ކުރެވުނު ޤާނޫނުގެ 17 ވަނަ މާއްދާއާއި، އިޝާރާތް ކުރެވުނު ޤަވާޢިދުގެ 2 ވަނަ މާއްދާގެ
ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތަކުން ބައެއް ހިބައިން
ނުވަތަ ވަޞިއްޔަތުން ދިނުމުގައި ފުރިހަމަ ކުރެވިފައި އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންތައް
ތެރެއިން، ”ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ޙާލަތުގައި ދޭ މީހާ އާއި، އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ
މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން.“ މިކަން ފިޔަވައި އެހެން ކަންކަން އެގޮތުގެ މަތީން
ފުރިހަމަ ވެފައިވާ ކަމާއިމެދު ޚިލާފެއް ނެތް އިރު؛
”ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ޙާލަތުގައި ދޭ މީހާ އާއި، އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ
މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން.“، މިއީ ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ދޫކޮށްފައިވާ
އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދޭނަމަ، އިސްވެ އިޝާރާތް ކުރެވުނު ޤާނޫނާއި
ޤަވާޢިދުގެ ދަށުން ފުރިހަމަވެފައި އޮންނަންޖެހޭ އެއްޝަރުތުކަމާއި،
މއ. އަންނާރުގެ އެވެ ކިޔާ ގޯތިން އަންނާރުގެ ޙަބީބާ އިބްރާހީމް ދީދީއަށް ލިބިފައިވާ ބައި
ޙަބީބާ އިބްރާހީމް ދީދީގެ މިލްކުން ކަނޑައި ޙަބީބާ އިބްރާހީމް ދީދީގެ އެއްބަނޑު އެއްބަފާ ދައްތަ މއ.
އަންނާރުގޭ މަރުޙޫމާ ޚަދީޖާ އިބްރާހީމް ދީދީގެ ދަރި މުޙައްމަދު ނަޢީމުގެ ދެ ކުދިން ކަމުގައިވާ މ. ބްރެޑްލީ
މަރްޔަމް ޙަމީޒާ އާއި، ޙުޒައިމަތު ނަޢީމަށް ހަމަހަމަކޮށް ހިބަކޮށްދީ އެ ހިބައިގެ އީޖާބާއި ޤަބޫލު ޝަރީޢަތުގެ
ޞައްޙަމަގުން ހިނގާފައިވާ ކަމަށް ވިދާޅުވެ އެ ހިބަ ޞައްޙަ ކަމަށާއި، އެހިބައިގެ ސަބަބުން މއ. އަންނާރުގެ
އެވެކިޔާ ބަންޑާރަ
ބަންޑާރަ ގޯތިން
އަންނާރުގޭ އިބްރާހީމް ދީދީއަށް ލިބިފައިވާ ބައި ބްރެޑްލީ މަރްޔަމް
އަމީޒާ އާއި، ޙުޒައިމަތު ނަޢީމަށް ހަމަހަމައަށް މިލްކުވެއްޖެ ކަމަށް މަދަނީ ކޯޓުގެ ނަންބަރު 2007/MC/376
ޤަޟިއްޔާ އިން ކަނޑައެޅުއްވި އިރު، ޤާނޫނު ނަންބަރު 1/2004 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް
ފުރަތަމަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުންނާއި، ޤާނޫނު ނަންބަރު 1/2002
(ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު)ގެ ދަށުން ހެދިފައިވާ ”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ
ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ ދަށުން ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ޙާލަތުގައި ދޭ މީހާ އާއި، އެމީހަކު
މއ ނނ/ﷲ ހwe
/
<< O
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2008/HC-A/170
4 22
4 22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައި އޮތުމުގެ ޝަރުޠު ހަމަވޭތޯ
ބަލާއިރު؛
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު)ގެ ދަށުން ހަދާފައިވާ، ”ހިބައިން
ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު ގެ 16 ވަނަ މާއްދާގައި، އެ ޤަވާޢިދުގެ ބޭނުމަށްޓަކައި، ހިބައިން
ދޭ މީހާއާއި، އެމީހަކު ޝަރުޢީ ގޮތުން ބަލަން ޖެހިފައިވާ މީހުން ދިރިއުޅޭނެ އެހެންތަނެއް ހުރިކަމަށް
ކަނޑައަޅާނީ، ކޮންމެ މައްސަލައަކަށް ވަކިން، އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ބެލުމަށްފަހު
ޝަރީޢަތުންކަމަށާއި، އެގޮތުން ބެލިދާނެ ކަންތައްތަކަކީ:
01- އެ މީހެއްގެ ނުވަތަ އެމީހެއްގެ ފިރިމީހާގެ ނަމުގައި އެ ޤަވާޢިދުގެ 4 ވަނަ ނަންބަރުގައިވާފަދަ
ތަނެއް ރަޖިސްޓްރީ ކޮށްފައިއޮތުމާއި؛
02- އެމީހެއްގެ އަނބިމީހާ ނުވަތަ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއްދޮވެ، އެމީހަކު ދިރިއުޅުމުގެ
ކަންތައްތައް އެތަނެއްގައި ހަމަޖެހިފައިވުމާއި؛
03- އެމީހެއްގެ އަތުގައި ދިރިއުޅޭނޭ އެހެން ތަނެއް ހަމަޖެއްސުމު
ސުމުގެ މާލީ ތަނަވަސްކަން ހުރުމާއި؛
04- ރާއްޖެއިން ބޭރުގެ ޤައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ ފްލެޓެއް
0 2x
އަނން"
މި ކަންތައް ފާހަގަކުރެވެން އޮތުމާއިއެކު، މަދަނީ ކޯޓުގެ ނަންބަރު 2007/MC/376 ޤަޟިއްޔާގައި
އެމީހަކާއި އެމީހަކު ޝަރުޢީ ގޮތުން ބަލަން ޖެހިފައިވާ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހުރިތޯ ބެއްލެވުމުގައި
އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކުގެ ތެރެއިން ޝަރީޢަތުން ބައްލަވާފައިވަނީ ކޮން ކަންތައް ތަކަކަށްތޯ
ބަލާއިރު
އެފަދަ ތަނެއް ހަމަޖެހިފައިވާ ކަމަށް ހަމައެކަނި ބައްލަވާފައިވަނީ، މއ. އަންނާރުގެ އެވެ ކިޔާ
ބަންޑާރަ ގޯތިން މަރްޔަމް ޙަމީޒާ އަށާއި ޙުޒައިމަތު ނަޢީމަށް ހިބައިން ދިނުމަށް ހުށަހަޅާފައިވާ ބައިގާ އުމުރު
ދުވަހަށް އުޅެވޭނެ ކަމަށާއި އެގޮތަށް އެތާގައި ދިރިއުޅުން ހަމަ ޖެހިފައިވާ ކަމަށް ޙަބީބާ އިބްރާހީމް ދީދީ
އާއި މަރްޔަމް ޙަމީޒާ އާއި ޙުޒައިމަތު ނަޢީމުގެ ފަރާތުން ބުނާ ބުނުމެއްގެ މައްޗަށް ކަން އެނގެން އޮތް އިރު،
ދިހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2008/HC-A/170
<< O
22
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެ ގޮތަށް ބެއްލެވި ބެއްލެވުމަކީ، ޤާނޫނު ނަންބަރު 1/2004 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް ފުރަތަމަ
އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއި
ޤާނޫނު)ގެ ދަށުން ހެދިފައިވާ ”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު ގެ 2 ވަނަ
މާއްދާގައި ބަޔާން ކޮށްފައިވާ "އެހެން ތަނެއް، މިޢިބާރާތުގެ ޞަރީޙަ ނައްޞާއި އެޢިބާރާތުގެ މަންޠޫޤާއި
މަފުހޫމާވެސް ޚިލާފު ތަރުޖަމާއެއް ކަމަށް ވުމުގެ އިތުރުން، އެހެން ތަނެއްގެ މާނައިގާ ހިބައިން ދިނުމަށް
ހުށަހަޅާ ތަން ނުހިމެނޭކަން ދިވެހި ބަހުގެ ހަމަތަކުން ވެސް އެނގެން އޮތްއިރު،
އަންނާރުގެއިން ޙަބީބާ އިބްރާހީމް ދީދީއަށް ލިބޭ ބައި ފިޔަވައި އިތުރު އެހެން އެއްވެސް ބިމެއް
ނުވަތަ ފުލެޓެއް ޙަބީބާ އިބްރާހީމް ދީދީއަށް ލިބޭ ގޮތަކަށް ނުވަތަ ލިބިފައިވެސް ނުވާކަމާއި، ޙަބީބާ އިބްރާހީމް
ދީދީގެ ފިރިއެއް، އަދި ދަރިއެއްވެސް ނެތްކަމާއި، އަދި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ
ތަނަވަސް ކަމެއްވެސް ޙަބީބާ އިބްރާހީމް ދީދީގެ ނެތް ކަމާއި، ރާއްޖެއިން ބޭރު ޤައުމެއްގައި ޙަބީބާ އިބްރާހީމް
ދީދީގެ ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ ފުލެޓެއް ވިޔަސް ނެތްކަން ޙަބީބާ އިބްރާހީމް ދީދީގެ ފަރާތުން 2009
އޮކްޓޯބަރ 14 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ ތަކުން
19
އެނގެން އޮވެފައި؟
އިސްތިއުނާފު އުޞޫލުތައް ނިޔާކުރާގޮތުން އިސްތިއުނާފުގެ މަރުޙަލާގައި ބެލޭނީ ކުރިން ނިމިފައިވާ
މައްސަލަ ނިންމެވިއިރު، އެމައްޗަށް ބައްލަވާފައިވާ ކަންކަމާއި، އެމައްސަލަ ބެއްލެވި ޙާލަތަށް ކަމަށްވެފައި،
މަރްޔަމް ޙަމީޒާ އާއި ޙުޒައިމަތު ނަޢީމުގެ މަންމަ ފާތިމަތު ބަހިއްޔާއަށް ހުޅުމާލެއިން ލިބިފައިވާ ފުލެޓެއްގައި
ޙަބީބާ އިބްރާހީމް ދީދީއަށް ދިރިއުޅެވޭނެ ކަމަށް ފާހަގަކޮށް ޙަބީބާ އިބްރާހީމް ދީދީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކައަކީ، މިމައްސަލަ ދަށުކޯޓުގައި ހިނގަމުން ދިޔައިރު، އެއްވެސް ވަރަކަށް
ޛިކުރުކޮށްފައިވާ ވާހަކަ ތަކަކަށް ނުވުމާއިއެކު، އެވާހަކަ ތަކަކީ ހައިކޯޓުގައި އިސްތިއުނާފުގެ މަރުޙަލާގައި
އިޢްތިބާރެއްދީ ރިޢާޔަތް ކުރެވޭނެ ވާހަކަ ތަކަކަށް ނުވުމުގެ އިތުރުން؛
ފާޠިމަތު ބަހިއްޔާއަށް ހުޅުމާލެއިން ލިބިފައިވާ ފުލެޓެއްގައި ޙަބީބާ އިބްރާހީމް ދީދީއަށް ދިރިއުޅެވޭނެ
ފާޠިމަތު ބަހިއްޔާގެ ފަރާތުން ބުނެފައިވާ ބުނުމަށް ނަޒަރު ކުރާއިރު، ފާތިމަތު ބަހިއްޔާ އާއި ޙަބީބާ
އިބްރާހީމް ދީދީ އަކީ، އެކަކު އަނެކަކަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން އެއްވެސް ވަރަކަށް ބަލަދު އަރާ
4 އއދި ތ
އެމައަށް
ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
24 2
4 0 22
އެހެންމެ،
ޙާލަތެއްގައި ތިނބި، ތިމައިގެ ކަމުގެ އެއްވެސް ގުޅުމެއްނުވާ ދެމީހުންކަމަށް ވާއިރު، ފާޠިމަތު ބަހިއްޔާގެ
ފަރާތުން ބުނާ އެބުނުމުގެ މައްޗަށް ބަރޯސާކޮށް، ދިރިއުޅޭނެ އެހެން ތަނެއް ހުރިކަމަށް ބަލައިފިނަމަ އެކަމުގެ
މައްޗަށް ތަރުތީބުވެގެންދާ ކަންތައްތަކަކީ، ޤާނޫނީ އަދި ޝަރުޢީ ގޮތުން ތަންފީޒު ކުރެވިދާނެކަން ކަށަވަރު
ކުރެވެން ނެތް ކަންތައް ތަކަކަށްވާއިރު، އެބުނުމުގެ މައްޗަށް ރިޢާޔަތް ޙަބީބާ އިބްރާހީމް ދީދީއަށް
ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވާކަމަށް ބެލުމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ރޫޙާއި
މަޤްޞަދާއިވެސް ތަޢާރުޟުވާ ކަމެއް ކަމާއި، ހަމަ ފާޠިމަތު ބަހިއްޔާގެ އެބުނުމަކީ ފާތިމަތު
ބަހިއްޔާގެ ދެދަރިންގެ މަޞްޙަލަތުގައި އެކުދިންނަށް މަންފާއެއް ލިބެން އޮތުމުގެ ސަބަބުން އެމަންފާ
ޙާޞިލުކޮށްދިނުމުގެ މަޤްޞަދުގައި ބުނާ ބުނުމެއް ކަމަށް ބުއްދީގެ ހަމަތަކުންވެސް ބެލެވެން އޮތުމާއިއެކު،
އެބުނުމުގެ ޝަރުޢީ އަދި ޤާނޫނީ ބުރަދަނާމެދު ސުވާލު އުފެދޭކަމާއި؛
ހަމަ އެއާއިއެކު ފާޠިމަތު ބަހިއްޔާއަށް ހުޅުމާލެއިން ލިބިފައިވާ ކަމަށް ބުނާ ފުލެޓާއި މެދު ނަޒަރު
ކުރާއިރު، އެފުލެޓަކީ ހަޔަރ ޕާރޗޭސް އުޞޫލުން ދިގު މުއްދަތަކުން ފައިސާ ދައްކާ ޚަލާޞް ކުރުމުން މިލްކު
ވާގޮތަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑު (މިހާރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
ން ފާޠިމަތު ބަހިއްޔާއަށް ދޫކޮށްފައިވާ ފުލެޓެއް ކަމާއި، އެފުލެޓަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ ގޮތަށް
ފައިސާ ދައްކަމުން ދާނަމަ ފައިސާ ދައްކާ ނިމޭނީ 2034 ވަނަ އަހަރުގެ މޭ މަހުގައި ކަން ”ލޯން ރިޕޭމަންޓް
ޝެޑިއުލް އޮފް ފުލެޓް 04-2-1] މިނަމުގައިވާ ލިޔުމުން އެނގެން އޮންނައިރު، މިހާރު އެފުލެޓަކީ ހައުސިން
ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ މިލްކެއްގެ ގޮތުގައި ހުރި ފުލެޓަކަށްވެފައި، ފައިސާ ދެއްކުމަށް
ހަމަޖެހިފައިވާ ޝެޑިއުލާއި ފައިސާ ނުދެއްކިއްޖެނަމަ ފާޠިމަތު ބަހިއްޔާގެ އަތުން ވަކި ކުރުމުގެ
އިޙްތިމާލު އޮތް ފުލެޓެއް ކަމާއި، ފުލެޓް ވަކި ކުރެވޭ ޙާލަތުގައި ޙަބީބާ އިބްރާހީމް ދީދީއަށް ވެސް އެތަނުގައި
ފުރުޞަތެއް ނޯންނާނެކަމާއި، އެހެންކަމުން ފާޠިމަތު ބަހިއްޔާގެ އަށް ލިބިފައިވާ ކަމަށްބުނާ ހައުސިން
ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ އެފުލެޓަކީ، ކަށަވަރު ވެފައިވާ ބޯހިޔާވައްސެއް ޝަރުޢީ ނުވަތަ ޤާނޫނީ
ގޮތުން ޙަބީބާ އިބްރާހީމް ދީދީގެ ބަލަދު ނާރާ، އެހެން ބަޔަކަށް ދޫކޮށްލާއިރު ދިރި އުޅޭނެ އެހެން ތަނެއް ހަމަ
ޖެހިފައިވާ ކަމަށް ބެލުމުގެ ގޮތުން އަޅާ ބަލާއިރު، ޔަގީންނުވާ ތަފާތު އެތަން ކަންތަކެއް ހުރި ތަނެއް ކަމުން،
އެފުލެޓަކީ ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވާ ކަމަށް ބެލެވޭނެ ތަނެއް ކަމަކަށް ނުބެލެވެއެވެ.
04 ތތ
ہی می کرفی
227
مورتی کو
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
10
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވީމާ، އިސްވެ މި
ބަޔާންކުރެވުނު ކަންތައްތަކަށް ބަލާއިރު، މއ. އަންނާރުގެ އެވެ ކިޔާ ބަންޑާރަ
ގޯތިން ޙަބީބާ އިބްރާހީމް ދީދީއަށް ލިބިފައިވާ ބައި ޝަރީޢަތް މެދުވެރިކޮށް މަދަނީ ކޯޓުގެ ނަންބަރު
2007/MC/376 ޤަޟިއްޔާގެ ދަށުން ހިނބައިން ދިނުމުގެ މުޢާމަލާތްކޮށް ނިންމިއިރު، ޤާނޫނު ނަންބަރު
1/2004 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ
ދަށުންނާއި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު)ގެ ދަށުން ހަދާފައިވާ ”ހިބައިން
ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު“ ގެ 2 ވަނަ މާއްދާގެ ދަށުން ފުރިހަމަ ވެފައި އޮންނަންޖެހޭ އެއް
ޝަރުޠު ކަމަށްވާ ”ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ޙާލަތުގައި ދޭ މީހާ އާއި، އެމީހަކު ޝަރުޢީ ގޮތުން
ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން.“ މިޝަރުޠު ފުރިހަމަ ވެފައިވާ ކަމަށް
ބެލެވެން ނެތުމާއިއެކު، މަދަނީ ކޯޓުގެ ނަންބަރު 2007/MC/376 ޤަޟިއްޔާއިން ޙަބީބާ އިބްރާހީމް ދީދީ ކުޅަ
ހިބައަކީ ޤާނޫނީ ގޮތުން ޞައްޙަ ހިބައެއް ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ދެވަނަ: އަޣްލަބިއްޔަތު ރައުޔު (ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޢަލީ ޙަމީދު
މުޙައްމަދުގެ ރައުޔު):
fi
(ހ) މއ.އަންނާރުގެއެވެ.ކިޔާ ގޯއްޗަށް ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" މިނަމުގައި
1990
/
12
/
22ގައި މާލޭ މުނިސިޕަލްޓީއިން ހައްދަވާ ދެއްވާފައިވާ ނަންބަރ:
ބ7915 ގެ ރަޖިސްޓްރީއަށް
ބަލާއިރު، އެގޯއްޗަކީ ބަންޑާރަ ގޯއްޗެއްކަމާއި، އެގޯތި ދައުލަތުން ޙަވާލު ކުރައްވާފައިވާނީ 08 މީހުންނާ ކަމާއި،
އޭގެތެރޭގައި ޙަބީބާ އިބްރާހިމް ހިމެނޭ ކަމާއި، އަދި އެގޯތީގެ ޢިމާރާތުގެ ވެރިފަރާތްތަކުގެ ގޮތުގައިވާ 08
މީހުންގެ ތެރޭގައި ޙަބީބާ އިބްރާހީމްދީދީ ހިމެނޭ ކަމާއި، މިގޯތި ޙަވާލު ކުރެވިފައިވާ މީހުންގެ ތެރެއަށް ޙަބީބާ
އިބްރާހީމްދީދީގެނަން އިތުރު ކުރެވިފައިވަނީ ޕްރޮޕަޓީ އެންޑް އޯނާރޝިޕް ޑިވިޝަނުގެ ނަންބަރ
75/P
&
OD/22 ގެ ޤަޟިއްޔާގެ މައްޗަށް ބިނާކޮށްގެން ކަމާއި، މިރަޖިސްޓްރީއިން 12 ޖުލައި 1976ގައި
ރަޖިސްޓްރޭޝަން ޑިވިޝަނުން މިގޯއްޗަށް ހަދާ ދީފައިވާ ނަންބަރ •4654 ގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ
ބާޠިލް ކުރައްވާފައިވާކަމާއި، މިކަންކަން މިރަޖިސްޓްރީއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވިފައިވެއެވެ.
(ނ) މއ.އަންސާ
ހަންނާރުގެއަށް 1990/12/22 ގައި މާލެ މުނިސިޕަލްޓީއިން ހައްދަވާ ދެއްވާފައިވާ އިސްވެ
އިޝާރާތްކުރެވުނު ނަންބަރ:79150 ގެ"ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ"ގައި އިޝާރާތްކުރައްވާފައިވާ ޕްރޮޕަޓީ
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
11
2008/HC-A/170
22/P&0D/75
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެންޑް އެނާރޝިޕް ޑިވިޝަނުގެ ނަންބަރ
ގެ ޤަޟިއްޔާ ނިންމަވާފައިވަނީ
މއ.އަންނާރުގޭގެ ގޯތީގައި ހުރި ގެއާ އިންކޮށް ގޭގެއިރު ދެކުނުގައި ހަދާފައިވާ ކޮޓަރިއަށް ގޭގެ ދެކުނުބިތުން
އަރާފައިވާތަން ފިޔަވައި މިކޮޓަރިއަކީ ޙަބީބާ އިބްރާހީމްދީދީގެ މިލްކުގައިވާ ކޮޓަރިއެއްކަމަށް ޙުކުމް
ކުރައްވާފަކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، އެޤަޟިއްޔާއަކީ،
އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާއެއްނޫންކަން އަޙްމަދު މުޖުތަބާ އިބްރާހީމްގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮތުމުން އެޤަޟިއްޔާގެ ޙުކުމަކީ، މައުޖޫދުވެ ދެމިއޮތް ޙުކުމެއްކަން އެނގެއެވެ.
13ހ
(ނ) އަޙްމަދު މުޖުތަބާ އިބްރާހިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި،
މއ.އަންނާރުގެއަށް
ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" މިނަމުގައި ޑިޕާރޓްމެންޓް އޮފް ހޯމް އެފެއަރޒްގެ
ރެޖިސްޓްރޭޝަން ޑިވިޝަނުން ހައްދަވާ ދެއްވާފައިވާ ނަންބަރ 4654ގެ ރަޖިސްޓްރީގެ ކޮޕީއަށް ބަލާއިރު،
އެރަޖިސްޓްރީގައި ގޯތި ޙަވާލު ކުރެވުނު ފަރާތްތަކުގެ ގޮތުގައާއި ޢިމާރާތުގެ ވެރިފަރާތުގެ ގޮތުގައި ލިޔެފައިވާ
މީހުންގެ ތެރޭގައި ޙަބީބާ އިބްރާހިމް ހިމެނިފައި ނެތްނަމަވެސް އެރަޖިސްޓްރީ ހެދިފައިވާ ތާރީޚަކީ 1976/7/12
ކަމަށްވުމުން މިރަޖިސްޓްރީއަކީ އަންނާރުގެއެވެ ކިޔާ ގޯއްޗަށް 1990
/
12
/
22ގައި މާލެ މުނިސިޕަލްޓީއިން
ހައްދަވާ ދެއްވާފައިވާ އިސްވެއިޝާރާތްކުރެވުނު ނަންބަރ 7915 ގެ ރަޖިސްޓްރީއަށްވުރެ މާކުރީގެ
ރަޖިސްޓްރީއެއްކަން
އެނގެން އޮތުމު
އުތުމުންނާއި އަދި ނަންބަރ •7915ގެ ރަޖިސްޓްރީގެ ދަށުން ނަންބަރ
ބ.4654ގެ ރަޖިސްޓްރީ ބާޠިލް ކުރެވިފައިވާކަން ނަންބަރ 79150ގެ ރަޖިސްޓްރީއިން އެނގެންއޮތުމުން
އަޙްމަދު މުޖުތަބާ ހުށަހެޅި މިބުނެވުނު ނަންބަރ ބ.4654 ގެ ރަޖިސްޓްރީއަކީ ޙަބީބާ އިބްރާހިމް ދީދީއަކީ،
މއ.އަންނާރުގެއެވެ. ކިޔާ ގޯތީގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ މީހެއްނޫންކަން އެއިން ސާބިތުވާ
ރަޖިސްޓްރީއެއް
މިންކަން އެނގެއެވެ.
ނޫންކަން
..
(ރ) މއ، އަންނާރުގެއެވެ ކިޔާ ބަންޑާރަގޯތީގެ ބިމާއި ޢިމާރާތްތަކުން ޙަބީބާ އިބްރާހީމްދީދީއަށް
ލިބިގެންވާ ބައިގެ ޢިމާރާތްތަކާއި ނުއުފުލޭމުދާ ޙަބީބާ އިބްރާހީމްދީދީއާއި އެއްބަނޑު އެއްބަފާ ދައްތަ
މއ.އަންނާރުގޭ ,މަރުޙޫމާ ޚަދީޖާ އިބްރާހީމްދީދީގެ ދަރި މުޙައްމަދު ނަޢީމުގެ ދެދަރިން ކަމުގައިވާ ހ.ބްރެޑްލީ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
12
2008/HC-A/170
04 04
282
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙަމީޒާއާއި، ޚަޒައިމަތު ނަޢީމްއާއި ދެމީހުންނަށް ހަމަހަމަކޮށް ހިބައިން ދިނުމުން މިހިބަ
ޝުކުރުވެރިކަމާއިއެކުގައި ޚުޒައިމަތު ނަޢީމާއި، މަރްޔަމް ރަމީޒާގެ ފަރާތުން ޤަބޫލުކޮށްފައިވާކަން އެނގެއެވެ.
2 22
(ބ) ޤާނޫނު ނަންބަރ 1/2002 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު )ގެ 17 ވަނަ މާއްދާގެ(ހ)ގައި
ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭ ފަރާތަކީ، ހިބައިން ނުވަތަ ވަޞިއްޔަތުންދޭ މީހާގެ އަނބިމީހާ ނުވަތަ
ފިރިމީހާ، ނުވަތަ ދަރިއެއް، ނުވަތަ އެމީހެއްގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އެމީހާގެ މަރުވެފައިވާ ދަރިއެއްގެ
އުފަންދަރިއެއްކަމުގައި ވާންވާނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް އެމާއްދާގެ (ށ)އިން އެމާއްދާގެ(ހ)ގައި
ބަޔާންކުރެވިފައިވާ އެއްވެސް ފަރާތެއް ދުނިޔޭގައި ނެތްނަމަ، ހިބައިން ނުވަތަ ވަޞިއްޔަތުން ދޭމީހާއަށް
ދަރިއެއްގެ ދަރިއަކަށް ނުވަތަ އޭނާއާ ބަފައިފުށުން ނުވަތަ މައިފުށުން ތިމާގެ ކަމުގެ ގުޅުންހުރި ފަރާތަކަށް
ހިބައިން ނުވަތަ ވަޞިއްޔަތުން ދެވިދާނެކަން އެނގެން އޮންނައިރު، ޙަބީބާ އިބްރާހީމްދީދީ މިމައްސަލައާއި
ގުޅިގެން ދަށުކޯޓަށް 04 އެޕްރިލް 2007 ދުވަހު، ދީފައިވާ ބަޔާނަށް ބަލާއިރު ޙަބީބާ އިބްރާހީމްދީދީއަކީ،
އިސްވެއިޝާރާތް ކުރެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ(ހ)ގައި ބަޔާންކުރެވިފައިވާ ފަރާތްތަކުންކުރެ އެއްވެސް
ފަރާތެއް ދުނިޔޭގައި ހުރި މީހެއް ނޫންކަން އެނގެން އޮތުމުން މަރިޔަމް ހަމީޒާއާއި ޚުޒައިމަތު ނަޢީމްއަކީ ޙަބީބާ
އިބްރާހީމްދީދީ އާއި އެއްބަނޑު އެއްބަފާ ދައްތަ މއ. އަންނާރުގޭ ޚަދިޖާ އިބްރާހީމްދީދީގެ ދަރި މުޙައްމަދު
ނަޢީމުގެ ދެކުދިންކަން ޙަބީބާ އިބްރާހިމްއާއި މިދެކުދިންގެ ބަހުން އެނގެން އޮތުމުން ބުނެވުނު ޤާނޫނުގެ 17
ވަނަ މާއްދާގެ(ނ) ނިޔާކުރާ ގޮތުން ޙަބީބާ އިބްރާހީމްގެ ފަރާތުން މިދެކުދިންނަށް މިހިބަ ކުރެވިދާނެކަން
އެނގެއެވެ.
ތި ދު
(ޅ) މަދަނީ ކޯޓުގެ ނަންބަރ 2007/MC/376 ގެ ޤަޟިއްޔާގައި ޙަބީބާ އިބްރާހިމްދީދީކޮށްފައިވާ
މިހިބައިގެ ދަށުން، ހިބަލިބޭ ދެމީހުންކަމުގައިވާ މަރިޔަމް ރަމީޒާއާއި ޚުޒައިމަތު ނަޢީމާއި މިދެމީހުންނަކީ
އެމީހުންގެ ނަމުގައި އެއްވެސް ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިވާ ދެމީހުން ނޫންކަން އެމީހުންގެ ބަހުން
އެނގެއެވެ.އަދި އެދެމީހުންނަކީ ޤާނޫނު ނަންބަރ 1/2002(ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު)ގެ 11 ވަނަ
މާއްދާގައި ބުނެފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
04/
13
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެދެމީހުންކުރެ މީހެއްގެ ނަމަށް ރަޖިސްޓްރީ ކުރެވިފައިވާ ދެމީހުންކަން
ސާބިތުވެފައި ނެތްކަންވެސް އެނގެއެވެ.
(ކ) ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތަކުން ބައެއް
ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމުގައި ހިބައިން ނުވަތަ ވަޞިއްޔަތުން ދޭމީހާއާއި، އެމީހަކު ޝަރުޢީ ގޮތުން
ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 17 ވަނަ
މާއްދާގެ (ބ)އާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ " ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާއިބެހޭ
ޤަވާއިދުގެ 2 ވަނަ މާއްދާގެ (ހ)ގެ ދަށުން ފުރިހަމަވާންޖެހޭ ކަމެއްކަން އެނގެން އޮތްކަމުގައިވިޔަސް
އެޤާނޫނާއި އެޤަވާއިދުގެ ބުނެވުނު މާއްދާތަކުގައި ބުނާފަދަތަނެއް މީހަކު ހިބައިން ނުވަތަ ވަޞިއްޔަތުންދޭ
ހާލަތުގައި އޭނާ އެހިބައިން ނުވަތަ ވަޞިއްޔަތުންދޭ ތަން ފިޔަވައި އެނޫން އެހެންތަނެއް އޭނާއާއި އަދި އޭނާ
ޝަރުޢީގޮތުން ބަލަންޖެހޭމީހުން ދިރިއުޅުމަށްޓަކައި ހަމަޖެހިފައި ވާންވާނެކަމަށް އެޤާނޫނާއި އެޤަވާއިދުގެ
ބުނެވެނު މާއްދާތަކުގައި ކަނޑައެޅިގެން ސަރީޙަކޮށް ނައްޞުން ބަޔާންކޮށްފައި ނުވުމުން އެޤާނޫނާއި އެޤަވާއިދުގެ
ބުނެވުނު މާއްދާތަކުގައި އެބުނާފަދަ ތަނެއް މީހަކު ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށްފަހުވެސް އޭނާ
އެހިބައިންދިން ތަނުގައި އޭނާއާއި އަދި އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅެވޭ
ހަމަޖެހިފައިވާނަމަ މިހާލަތާއި ނުވަތަ މީހަކު މިމާއްދާތަކުގައި ބުނާފަދަތަނެއް ހިބައިން ނުވަތަ ވަޞިއްޔަތުން
ދިނުމަށްފަހު އެހިބައިން ނުވަތަ ވަޞިއްޔަތުން ދިންތަން ފިޔަވައި އެނޫންއެހެންތަނެއް އޭނާއާއި އޭނާ
ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅުމަށްޓަކައި ހަމަޖެހިފައި ވާނަމަ މިޙާލަތާއި މިދެޙާލަތުވެސް ބުނެވުނު
ޤާނޫނާއި ޤަވާއިދުގެ ބުނެވުނު މާއްދާތަކުގައި ބުނާ ' ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން" މިޢިބާރާތުގެ
ތަނަވަސް މާނައިގެ ތެރޭގައި ޝާމިލުވެގެން ދިއުމަށް ބުނެވުނު ޤާނޫނާއި ޤަވާއިދުގެ ބުނެވުނު މާއްދާތައް
ހުރަސްނާޅާކަން އެނގެއެވެ.
އިދި
کرمی
ދި ,08
0 ހ
ރެޑްރުގެއޭ
ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމުގައި ހިބައިން ނުވަތަ ވަޞިއްޔަތުން ދޭމީހާއާއި އެމީހަކު ޝަރުޢީގޮތުން
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4 22
"ގެ
22ތ ހ 104
ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން އިސްވެއިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ބިމާއި
ބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ބ)ގައި ޝަރުތުކޮށްފައި ވީނަމަވެސް އެތަނަކީ ހިބައިން ނުވަތަ
ވަޞިއްޔަތުން ދޭމީހާއަށް މިލްކުވެފައިވާ ތަނަކަށް ކޮންމެހެން ވުން އެމާއްދާގެ އެއަކުރު ޝަރުތުކޮށްފައި
ނުވާކަމާއި އަދި ބުނެވުނު ޤާނުނުގެ ދަށުން ހެދިފައިވާ " ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވައިދު
16 ވަނަ މާއްދާގެ (ރ) ގައި "ދިރިއުޅޭނެ
ހުރިކަމުގައި ކަނޑައަޅާނީ ކޮންމެ
މައްސަލައެއްގެ ވަށައިގެންވާކަންތައްތަކަށް ބެލުމަށްފަހު ޝަރީޢަތުންކަމަށް ކަނޑައެޅި ބަޔާންވެފައިވުމުން
އެމާއްދާގެ އެއަކުރުގެ 4،3،2،1 މިނަންބަރުތަކުގައި ބަޔާންކުރެވިފައިއެވަނީ ދިރިއުޅޭނެ އެހެންތަނެއްހުރިކަމުގައި
ކަނޑައެޅުމުގައި ބެލިދާނެ މިސާލުތަކެއްކަމާއި، އެހެންކަމުން މިމާއްދާގެ މިއަކުރުގެ 4،3،2،1 މި
ނަންބަރުތަކުގައި ބުނާފަދަތަނެއް ހިބައިން ނުވަތަ ވަޞިއްޔަތުންދޭމީހާގެ ނެތްނަމަވެސް ކޮންމެ މައްސަލައެއްގެ
ވަށައިގެންވާ ކަންތައްތަކަށް ބެލުމަށްފަހު، ހިބައިން ނުވަތަ ވަޞިއްޔަތުން ދޭމީހާ ދިރިއުޅޭނެ
އެހެންތަނެއްހުރިކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭފަދަ ތަނެއް އެމީހަކު ދިރިއުޅުމަށް ހުރިކަން ސާބިތުވާނަމަ
އެހާލަތުގައި އޭނާއަކީ ދިރިއުޅޭނެ އެހެންތަނެއް ހުރިމީހެއްކަމަށް ޝަރީޢަތުން ނިންމުމަށް ބުނެވުނު ޤަވާއިދުގެ
16 ވަނަ މާއްދާގެ (ހ) ހުރަސްނާޅާކަން ރަނގަޅަށް އެނގެއެވެ.
(ވ) މއ. އަންނާރުގެ އެވެ ކިޔާ ގޯތިން ޙަބީބާ އިބްރާހީމްއަށް ލިބިގެންވާބައި، މަރިޔަމް ރަމީޒާއާއި،
ޢުޒައިމަތު ނަޢީމަށް ހިބައިންދިނުމުން މިދެކުދިންގެ ގާތުގައާއި އަދި މިދެކުދިންގެ މަންމަ މއ. އަންނާރުގޭ
ފާތުމަތު ބަހިއްޔާއަށް ހުޅުމާލެއިން ލިބިފައިވާ ފްލެޓުގައި ޙަބީބާ އިބްރާހީމް ދިރިއުޅޭނެގޮތްވަނީ ހަމަޖެހިފައިކަމަށް
ޙަބީބާ އިބްރާހީމްގެ ފަރާތުން ބުނެފައިވާއިރު، މަރިޔަމް ހަމީޒާއާއި، ހުޒައިމަތު ނަޢީމާއި މިދެމީހުން
މިމައްސަލައިގެ ދަށުކޯޓަށް 04 އޭޕްރީލް 2007 ދުވަހު ދީފައިވާ ބަޔާނުގައި އެދުކުދިންގެ ބޮޑުދައިތަ ޙަބީބާ
އިބްރާހީމް ދީދީއަށް ޢުމުރު ދުވަހަށްވެސް އެދެކުދިންނަށް ޙަބީބާ އިބްރާހީމްދީދީ މިކުރި ހިބައިގެ ދަށުން މއ.
އަންނާރުގެއިން ލިބޭ ބައިގައި އެދެކުދިންގެ ގާތުގައި ދިރިއުޅެވޭނެކަމަށް ބުނެފައިވާކަމާއި އަދި މއ. އަންނާރުގެ
ހުޅުމާލެ ފްލެޓް 1204 ފާތުމަތު ބަހިއްޔާ 2009/10/27 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ ބަޔާނުގައި: އޭނާއަށް ހުޅުމާލެއިން ފްލެޓެއް ލިބިފައިވާކަމަށާއި މިފްލެޓްގެ ބޮޑުމިނަކީ 03
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޮޓްރިއާއި ސިޓިންގރޫމަކާއި ބަދިގެއެއްކަމަށާއި ފާތުމަތު ބަހިއްޔާ މިފްލެޓް އެއްވެސް ފަރާތަކަށް
ކުއްޔަށްދީފައިނުވާކަމަށާއި މިފްލެޓްގައި ޙަބީބާ އިބްރާހީމްދީދީ ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސައި އޭނާ
އެތަނުގައި ހުންނަން ބޭނުމިއްޔާ އެތަނުގައި ހުރެވޭނެކަމަށް ބުނެފައިވާކަމާއި،އަދި ހުޅުމާލެއިން ފާތުމަތު
ބަހިއްޔާއަށް ލިބިފައިވާކަމަށްބުނާ ފްލެޓްގެ ރަޖިސްޓްރީ އެފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެރަޖިސްޓްރީއަށް
ބަލާއިރު ފާތުމަތު ބަހިއްޔާއަކީ ހުޅުމާލޭގެ ނަންބަރު 04-2-1 ގެ ފްލެޓް ކުއްޔަށް ހިފާފައިވާ ފަރާތްކަމާއި
މިފްލެޓް އެފަރާތަށް ދޫކުރެވިފައިވަނީ 2004/12/07 ގައި ކަމާއި މިކަންކަން މިރަޖިސްޓްރީ އަށް ބެލުމުން
އެންގެން އޮންނާތީއާއި އަދި ހިބައިން ނުވަތަ ވަޞިއްޔަތުން ދޭމީހާއަށް އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ
މީހުން ދިރިއުޅުމަށް ހަމަޖެހިފައިވާތަން އެމީހެއްގެ ޙިޔާޒަތުގެ ދަށުގައި ވާމީހާއާއި ހިބައިން ނުވަތަ
ވަޞިއްޔަތުން ދޭމީހާއާއި މިދެފަރާތުގެ ދެމެދު ވަކިވަރެއްގެ ގާތްތިމާގެކަމުގެ ގުޅުމެއް އޮންނަންޖެހޭކަމަށް
އިސްވެއިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 1/2002 ގެ 17 ވަނަ މާއްދާގެ (ބ) އާއި އެޤާނޫނުގެ ދަށުން
ހެދިފައިވާ "ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާއިދު" ގެ 2 ވަނަ މާއްދާގެ (ށ)ގައިވެސް އެއްވެސް
މިންވަރަކަށް ބަޔާންކޮށްފައި ނުވާތީ ބުނެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ (ބ) އަށާއި އެޤާނޫނުގެ ދަށުން
ހެދިފައިވާ މިބުނެވުނު ޤަވާއިދުގެ ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް މިމައްސަލާގެ
ވަށައިގެންވާކަންތައްތަކަށް ރިޢާޔަތްކޮށް ބެލިހިނދު، ޙަބީބާ އިބްރާހިމް ދީދީއަކީ، އޭނާ މިހިބަ ދިނުމަށްފަހުވެސް
އޭނާ ދިރިއުޅޭނެތަނެއް ހަމަޖެހިފައިވާ މީހަކު ކަމުގައި ޝަރީޢަތުން ބެލެވިދާނެ މީހެއްކަން މިކަންކަމަށް
ރިޢާޔަތްކޮށް ބެލުމުން އެނގެއެވެ.
16
24 23 22 2
(މ) ދަށުކޯޓަކުން އެދަޢުވާއެއްގެ މައުޟޫއާ މެދު ފައިސަލާކުރުވަނިވި ޙުކުމެއް ނުއިއްވަނީސް،
އިސްތިއުނާފް ކޯޓުން އެފަދަ ދަޢުވާއެއްގެ މަޢުޝޫއު އެއްވެސް މިންވަރަކަށް އިސްތިޢުނާފް ކޯޓުން ބެލުން އެއީ
މައްސަލަތަށް އިސްތިޢުނާފުކުރުމާބެހޭ ޤާނޫނީ އުޞޫލުތަކާއި ޚިލާފުކަމެއްކަމަށް ވީނަމަވެސް ހައިކޯޓުގެ
މިޤަޟިއްޔާގެ ދަށުން މިއިސްތިޢުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2007/MC/376 ގެ ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލުމުން އެޤަޟިއްޔާ އެކޯޓުން ނިންމަވާފައި ވަނީ އެޤަޟިއްޔާގެ ޝަރީޢަތަށް ހަބީބާ
އިބްރާޙީމް ދީދީގެ ފަރާތުން ހުށައެޅި ދަޢުވާގެ މައުޟޫޢު އެކޯޓުން ބައްލަވައި،އެދަޢުވާގެ މައުޟޫޢާއި މެދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
2008/HC-A/170
22 4
IF
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފައިސަލާކުރުވަނިވި ޙުކުމެއްއެކޯޓުން ކުރައްވައިގެންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮންނާތީއާއި ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތަކުން ބައެއް
މީހަކު ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށްފަހުވެސް އެތަނުގައި އެމީހާއާއި އެމީހާ ޝަރުޢީގޮތުން
ބަލަންޖެހޭމީހުން ދިރިއުޅޭނެ ގޮތް ހަމަޖެހިފައިވާ ޙާލަތާއި އަދި މިފަދަ ތަނެއް މީހަކު ހިބައިން ނުވަތަ
ވަޞިއްޔަތުން ދިނުމަށްފަހު،އެހިބައިން ނުވަތަ ވަޞިއްޔަތުން ދިން ތަންފިޔަވައި އެނޫން އެހެންތަނެއް އޭނާއާއި
އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅުމަށް ހަމަޖެހިފައިވާ ޙާލަތާއި މިދެޙާލަތްވެސް ޤާނޫނުނަންބަރ
1
/
2002ގެ 17 ވަނަ މާއްދާގެ (ބ)އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ "ހިބައިން ނުވަތަ ވަޞިއްޔަތުން
ދިނުމާބެހޭ ޤަވާއިދު" ގެ 2 ވަނަ މާއްދާގެ (ށ)ގައި ބުނާ ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން"
މިއިބަރާތުގެ މާނައިގެ ތެރޭގައި ޝާމިލުވެގެންދިއުމަށް ބުނެވުނު ޤާނޫނާއި ޤަވާއިދުގެ ބުނެވުނު މާއްދާތައް
ޢިބާރާތް ކުރެވިފައިވާގޮތުގެ މައްޗަށް ބަލާއިރު ހުރަސްނާޅާކަން އެނގެން އޮތް ހިނދު
މަދަނީކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤާޟިއްޔާގެ ދަށުން ޙަބީބާ އިބްރާހީމްދީދީ،މަރިޔަމް ރަމީޒާ
އާއި ހުޒައިމަތު ނަޢީމަށް ހިބައިން ދޭން ހުށައެޅި ތަން ފިޔަވައިވެސް އެނޫންއެހެންތަނެއް އޭނާ ދިރިއުޅެން
ހަމަޖެހިފައިވޭތޯ އިތުރަށް ކަށަވަރުކުރުމުގެ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުން ޙަބީބާ އިބްރާހީމްދީދީގެ
ކިބައިން ސުވާލުކޮށް،ހަބީބާ އިބްރާހީމްދީދީ މިބުނެވުނު ދެމީހުންނަށް ހިބައިން ދިނުމަށް ހުށައެޅިތަން ފިޔަވައި އޭނާ
ދިރިއުޅުމަށް އެނޫން އެހެންތަނެއް ހަމަޖެހިފައިވޭތޯ ބެލުމަކީ، ދަށުކޯޓުގެ މިބުނެވުނު ޤަޟިއްޔާއަށް ހަބީބާ
އިބްރާހީމްދީދީ ހުށައަޅާފައިވާ މައްސަލަނޫން މުޅިން އާ ދަޢުވާއެއް ހައިކޯޓުން ފުރަތަމަ ފަހަރަށް ބެލުންކަމަށް
ޤާނޫނީ ގޮތުން ނުބެލޭނެތީ އާއި،އިސްތިއުނާފުގެ ދަޢުވާ އިސްތިއުނާފްކޯޓަށް ހުށަހެޅުމުން ނުކުންނަ އެންމެ
މުހިންމުނަތީޖާއަކީ، އެދަޢުވާ ބެއްލެވި ދަށުކޯޓަށް ޤާނޫނީގޮތުން ލިބިގެންވާ ހުރިހާ ބާރުތަކެއް
އިސްތިއުނާފްކޯޓަށްވެސް އަލުން ލިބިގެން ދިއުންކަން އިސްތިއުނާފުކުރުމުގެ ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނާ
ބެލުމުން އެނގެން އޮންނާތީ މިކަންކަމުގެމައްޗަށް ވިސްނާބަލާއިރު، މަދަނީކޯޓްގެ ބުނެވުނު ޤަޟިއްޔާ އެކޯޓުން
ނިންމެވިއިރު، އެޤަޟިއްޔާގެ ދަށުން އޭނާ ހިބައިންދިނުމަށް ހުށަހެޅިތަން، ފިޔަވައި ހަބީބާ އިބްރާހީމް ދީދީ
ދިރިއުޅުމަށް އިތުރުތަނެއް ހަމަޖެހިފައިވޭތޯ ހަބީބާ އިބްރާހީމްދީދީއާ އެޤަޟިއްޔާގެ ޝަރީޢަތުން ސުވާލު
ކުރައްވާފައި ނުވާތީ، އެޤަޟިއްޔާގެ ދަށުން ހަބީބާ އިބްރާހީމްދީދީ ހިބައިން ދިނުމަށް ހުށަހެޅިތަން ފިޔަވައި އޭނާ
Puc
Auc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިރިއުޅެން އެނޫން އިތުރު އެހެން ތަނެއް ހަމަޖެހިފައިވޭތޯ އިތުރަށް ކަށަވަރުކޮށް ބެލުމުގެ ގޮތުން ހައިކޯޓުގެ
ޝަރީޢަތުން ޙަބީބާ އިބްރާހީމްދީދީގެ ކިބައިން ސުވާލުކޮށް މިކަންބެލުމަކީ، އިސްތިއުނާފުކުރުމުގެ ޤާނޫނީ
އުޞޫލުތަކާ އެއްވެސްމިންވަރަކަށް ޚިލާފުވާކަމެއް ނޫންކަން އެނގެއެވެ.
22 22
(ށ) މަދަނީ
ކޯޓްގެ ނަންބަރު 2005/MC/920 ގެ ޤަޟިއްޔާ އެކޯޓުންނިންމާފައިވާ ގޮތާމެދު
ހިތްހަމަނުޖެހިގެން ހ. ސޯސަން ޠާހާ ވަހީދު ދިވެހިރާއްޖޭގެ ހައިކޯޓްގައި އެޤަޟިއްޔާ އިސްތިއުނާފުކުރުމުން
އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިހައިކޯޓުގެ ނަންބަރު 162/HC
-
A/2005 ގެ ޤަޟިއްޔާގައި
މަދަނީކޯޓުގެ ނަންބަރު 2005/MC/920 ގެ ޤަޟިއްޔާގެ ދަށުން ޠާހާ ވަހީދުގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވާ ހ. ސޯސަން އެވެ ކިޔާ ބަންޑާރަގޯތީގައިވާ ޢިމާރާތްތައް ހިބައިންދިނުމަށް ޠާހާ ވަހީދު
ހުށަހަޅާފައިވާގޮތަށް ހިބައިންދެވެންނެތްކަމަށް ހައިކޯޓުން ޙުކުމް ކުރުމުގައި ހައިކޯޓުން މައިގަނޑުގޮތެއްގައި
ބަލާފައިވަނީ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޠާހާ ވަހީދުދީފައިވާ ބަޔާންތަކަށްކަމާއި އެބަޔާންތަކަށް
އެޤަޟިއްޔާގައި ބެލިބެލުމުން މަދަނީކޯޓްގެ ނަންބަރު 2005/MC/920 ގެ ޤަޟިއްޔާއަށް ޠާހާ ވަހީދު
ހުށަހަޅާފައިވާގޮތަށް ޠާހާ ވަހީދުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަން
އެޤަޟިއްޔާގެ ދަޢުވާގައިވާ މީހުންނަށްދިނުމުން ޠާހާ ވަހީދު ޝަރުޢީގޮތުން ބަލަންޖެހޭމީހުން ބެލުމުގެގޮތުން
އެމީހުން ދިރިއުޅޭތަނެއް ޠާހާ ވަޙީދުގެ ނުހުންނާނެކަމަށާއި އަދި ޠާހާ ވަހީދު ދިރިއުޅޭނެ ތަނެއްވެސް
ނުހުންނާނެކަމަށް ޠާހާ ވަހީދު ޞަރީޙަބަހުން އިއްތިރާފުވެފައިވާކަމާއި މިކަންކަން ހައިކޯޓުގެ މިބުނެވުނު
ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮތުމުން ހައިކޯޓުގެ އެޤަޟިއްޔާގެ ވަށައިގެންވާ
ކަންތައްތަކަށާއި، އަދި އަޙްމަދު މުޖްތަބާ އިސްތިއުނާފު ކުރުމުންމިބެލޭ ހައިކޯޓުގެ މިޤަޟިއްޔާގެ ވަށައިގެންވާ
ކަންތައްތަކަށް އަޅާބެލުމުން މިދެޤަޟިއްޔާގެ ވަށައިގެންވާކަންތައްތަކާއި ޙާލަތު މުޅިންއެއްގޮތް ނުވާކަން
އެނގެއެވެ.
(ދ) އިސްވެބަޔާންކުރެވިދިޔަ ކަންކަން މިބަޔާންކުރެވިދިޔަ ގޮތުގެމަތިންހުރުމާއެކު ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރި ފަނޑިޔާރުންގެތެރެއިން ފަނޑިޔާރު އާދަމްމުޙައްމަދު ޢަބްދުﷲއާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދުގެ ރައުޔަކީ، މަދަނީކޯޓުގެ ނަންބަރު 2007/MC/376 ގެ ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ރަނގަޅު ޙުކުމެއްކަމަށާއި
އެހެންކަމުން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ
ސަބަބެއްވިޔަސް ނެތްކަމަށެވެ.
ޙުކުމް:
ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މަޖިލީހުގެ
އަޣުލަބިއްޔަތު ރަޢުޔުގައި ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް
މަދަނީ ކޯޓްގެ ނަންބަރު 2007/MC/376 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް ގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ
ބެލިފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިޔަތަށް ފެނުނުހިނދު އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ތާއީދުކޮށް މިޤަޟިއްޔާ
ނިންމީއެވެ.
އެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv