ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2010/SC-A/19 ޤަޟިއްޔާ
ޞަފްޙާ 2 ގެ 1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 19/SC
-
A/2010
0
ދަޢުވާކުރާ ފަރާތް: ޤާސިމް އިބްރާހިމް މ. މާފަންނުވިލާ / މާލެ
• ދަޢުވާ ލިބޭ ފަރާތް: މޯލްޑިވްސް ޕޮލިސް ސަރވިސް
• މައްސަލައިގެ ބާވަތް: ކޯޓު އަމުރު އިލްތިމާސްކުރުން
• މައްސަލަ އައިގޮތްއިލްތިމާސްއަށް އެދޭ ފޯމުން
• ހުށަހެޅުނު ތާރީޚް: 03 ޖުލައި 2010
ނިމުނު ތާރީޚް: 11 ޖުލައި 2010
މައްސަލަ ނިންމި ގަޑި: 17:35
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު، ފަނޑިޔާރު މުޖްތާޒް ފަހުމީ، ފަނޑިޔާރު ޔޫސުފް ޙުސައިން،
ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
0
• ނަންބަރު: 148/HC
-
A/2010
• ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 01 ޖުލައި 2010
ނިމުނު ތާރީޚް: 02 ޖުލައި 2010
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު 1 ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
es.
Supreme Court of the Maldives | Theemuge Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009994
960+ :Tel
ޞަފްޙާ 2 ގެ 2
މައްސަލައިގެ ޚުލާޞާ
މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC
-
A/2010 ގެ ޤަޟިއްޔާގައި
ކޮށްފައިވާ ޙުކުމް ޤާނޫނާ ޤަވާއިދާ އެއްގޮތް ނުވާކަމަށް ބުނެ އެމައްސަލަ އިލްތިމާސް ކުރުމަށް
.. މާފަންނުވިލާ ޤާސިމް އިބްރާހީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި މިމައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލަށް
ކުރިމަތިކުރެވިފައިވާ ސުވާލަށް އެފަރާތުން ދިން ޖަވާބަހާއި މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ
އުސޫލުތަކަށާއި މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވީ ބުރާސްފަތި ދުވަހު،
ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށިފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (ފާހަގަކުރެވޭ
ނުކުތާތަކުގައި މީގެ ފަހުން ޤާނޫނުއަސާސީކަމަށް ބުނެފައިވާ) އަށާއި އެޤާނޫނުއަސާސީގެ 68 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް
އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލު ކުރާ އުސޫލުތަކަށާއި ޖުރިސްޕްރޫޑެންސަށާއި
ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
ފާހަގަ ކުރެވުނު
"
1. ފުރަތަމަ ކަމަކީ މިމައްސަލައަކީ މާފަންނުވިލާ ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ
ދުސްތޫރީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ފަދަ އެއްވެސް
ސަބަބެއްނެތި، ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި މުއްދަތެއް ދިނުމުގެ މަޤްސަދުގައި މީހަކު ބަންދުކުރުމަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ޞަފްޙާ 23ގެ 3
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ތަން ނުދޭކަމަށް ކަނޑައަޅައިދިނުމަށާއި ހައިކޯޓުގެ ނަންބަރު
148/HC-A/2010 ގެ ޤަޟިއްޔާގައި ފުލުހުން އެދިފައިވަނީ ޖިނާއީ ކޯޓުން ބަންދުކުރި މުއްދަތު
އިތުރުކުރުމަށް ނޫންކަމަށާއި އެދިފައިވަނީ ޖިނާއީ ކޯޓުން ބަންދުކުރި ކުރުން ޖަލަށް ބަދަލުކުރުން
ކަމަށްވާއިރު، ހައިކޯޓުގެ ނަންބަރު 148/HC
-
A/2010 ގެ ޤަޟިއްޔާއިން ފަރުވާ ދީފައިވަނީ
އިސްތިއުނާފުކުރި ފަރާތުން ނޭދޭ ކަމަކަށްވާތީ، އިސްތިއުނާފު ކުރި ކޯޓުން އެދިފައިނުވާކަމަކަށް ފަރުވާ
ނުދެވޭނެކަމަށް ކަނޑައަޅައި ދިނުމަށާއި މިސަބަބުތައް މިހެން ހުރުމާއެކު ހައިކޯޓުގެ ނަންބަރު
148/HC
-
A/2013 ޤަޟިއްޔާ ބާޠިލުކޮށް، ޤާސިމް އިބްރާހީމް ބަންދުން ދޫކުރުމަށް އަމުރުކޮށް ދިނުން
އެދި ޤާސިމް އިބްރާހީމް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެއްކަމެވެ. އަދި މި ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހުގައި އިލްތިމާސް ކުރާފަރާތުން އިޖުރާއީ ތިން ނުކުތާއެއް ފާހަގަކޮށްފައިވާކަމެވެ.
(ހ) ފުރަތަމަ ނުކުތާއަކީ ޤާސިމް އިބްރާހީމްގެ ފަރާތުން އިލްތިމާސްކުރުމަށް ހުއްދައަށް އެދި
ހުށަހަޅާފައިވާ ފޯމުގެ ފުރަތަމަ ނުކުތާގެ (ހ) ގައި އެޑިޓޯރިއަލް އޮޅުމެއް އޮންނާތީ، އެކަން
އިސްލާޙުކުރުމަށް އެދި ހުށަހެޅި ނުކުތާއެވެ. މިގޮތުން ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގޭގައި ހުއްޓާ
ނޫންކަމަށާއި ފުލުސްއޮފީހަށް ދިއުމަށް އެދުމުން ފުލުސް އޮފީހުގައި ކަމަށް ވާތީ، އެނުކުތާ
އިސްލާޙްކޮށްދިނުމަށް އެދި ހުށަހެޅި ނުކުތާއެވެ. މިނުކުތާ އިސްލާޙުކުރުމަށް ފަނޑިޔާރުންގެ މަޖިލީހުން
ކަނޑައެޅިއެވެ.
(ށ) ދެވަނަ ނުކުތާއަކީ މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ދެވުކީލަކު ހާޒިރުކުރެވިފައިވާއިރު އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބަޔާނެއް
ހުށަހެޅިފައިވާއިރު ޕްރޮސިކިއުޓަރ ޖެނެރަލްއަކީ މިމައްސަލާގައި ހިމެނޭ ޚަސްމެއްނޫންކަމަށާއި އަދި
ޕްރޮސެކިއުޝަން މުއައްސަސާއާއި ތަޙްޤީޤުކުރުމުގެ މުއައްސަސާއާއި ދެ މުއައްސަސާއަކީ އިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3308554
960 + :Fax | ފޯން: 3009990
960+ :Tel
ޞަފްޙާ 2 ގެ 4
ފާރުވަކިވެފައި އޮންނަން ޖެހޭ ދެ މުއައްސަސާކަމަށް ބުނެ ހުށަހަޅާފައިވާ އިޢުތިރާސެވެ. މި އިއުތިރާޝާ
މެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ނުކުތާތައް ފާހަގަކުރެވިފައިވެއެވެ.
.1
ފުރަތަމަ ކަމަކީ، މި މައްސަލައިގެ ޝަރީޢަތުގައި ޕްރޮސިކިއުޓަރ ޖެނެރަލް
ކަނޑައަޅާފައިވާ ވަކީލުންތަކެއް ހާޒިރުވެފައިވަނީ ސުޕްރީމް ކޯޓުން މިމައްސަލާގައި ޕްރޮސިކިއުޓަރ
ޖެނެރަލްއާ ސުވާލުކޮށް އިޖުރާއީގޮތުން ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް ހުރުމާއެކު އެ ސުވާލުތަކަށް
ޖަވާބުދާރީވުމުގެ ގޮތުންކަމާއި، ސުޕްރީމް ކޯޓުގެ އިޖްރާއާތުގެ ދަށުން މިއީ ސުޕްރީމް ކޯޓުގެ އިޚްތިޔާރުގެ
ތެރޭގައި ހިމެނޭކަމެއްކަމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޖަވާބު ފޯމުގައި ބަޔާން ހުށަހެޅިފައިވަނީ
އިޖްރާއީ ފޯރމަލިޓީގެ ތެރެއިން ސުޕްރީމް ކޯޓުން ޖަވާބު ފޯޅެއް ފޮނުވިފައިވާތީކަމެވެ. އެހެންކަމުން
މިމައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައެޅީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ބަޔާން ހުށަހެޅުމަށް މެދުވެރިވި މިއިޖުރާއީ ކުށް އިސްލާހުކޮށް އެބަޔާން ބަލައިނުގަތުމަށެވެ. މިމައްސަލައިގެ
ޝަރީއަތަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާފައިވާ ވަކީލުން ހާޒިރުވެފައިވާގޮތް އިޖުރާއީ ގޮތުން
ސައްހަކަމަށް ނިންމައި ޝަރީޢަތުގެ މަޖިލީސް ކުރިއަށް ގެންދިޔުމަށާއި މިމައްސަލައިގެ މައުޟޫއުޢަށް
ބަލާއިރު މިއީ ޖިނާއީ އިޖްރާއަކާ ގުޅޭ ގޮތުން އިލްތިމާސް ކުރެވިފައިވާ މައްސަލައަކަށްވެފައި މިމައްސަލަ
ބަލަމުންދާއިރު، މިމައްސަލައާއި މިބާވަތުގެ އެހެނިހެން ޖިނާއީ އިޖްރާއާތުގައްޔާއި ޝަރީއަތުގައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތާމެދު ޤާނޫނީގޮތުން
ނަޒަރުކުރެވޭނެތީއާއި މިނުކުތާގެ މިބަޔާއިމެދު ގޮތެއް ކަނޑަނާޅާ މައްސަލައިގެ މެރިޓްތައް ބެލުމަށް
ސުޕްރީމް ކޯޓުގެ އިޖްރާއީ ޤަވާޢިދުގެ ދަށުން ހުރަސްއަޅާ ސަބަބެއް އޮތްކަމަށް ބެލެވެންނެތްކަ
(ނ) ތިންވަނަ ނުކުތާއަކީ މައްސަލާގައި އިލްތިމާސް ރައްދުވާ ފަރާތުން ޢައްޔަން
ކޮށްފައިވާ ވަކީލަކީ ބަންޑާރަނާއިބުގެ އޮފީހުގެ ޤާނޫނީ ވަކީލަކަށް ވާއިރު، އަދި ދައުލަތުގެ ސިޔާސީ މަޤާމެއް
ފުރާ މީހަކަށްވާއިރު އޭނާ މިމައްސަލާގައި ފުލުހުންގެ ފަރާތުން ވަކާލާތު ކުރުމުން އޭނާގެ ވަޒީފާގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009998
960+ :Tel
ޞަފްޙާ 23 ގެ 5
ހައިޘިއްޔަތާއި ޖިނާއީ މައްސަލަތަކުގައި ބަންޑާރަނާއިބުގެ އޮފީސް ދައުލަތް ތަމްސީލުނުކުރާ އުޞޫލް
ފުށުއަރާކަމެއްކަމަށް ބުނެ ހުށަހެޅި އިޢުތިރާސެވެ. މި ނުކުތާއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަލާއިރު
ފާހަގަ ކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމެއް މަނާ ކުރާ ސަބަބެއްވާކަމަށް ކަނޑަނޭޅޭހާ ހިނދަކު،
ބަލަންޖެހޭނީ އެކަން އެޅިފައިވާ އިޖުރާއީ ޤަވާޢިދުތަކަށް ކަމަށެވެ. އެ ނަޒަރުން ބަލާއިރު، ޤާނޫނީ ވަކީލު
އިބްރާހީމް ރިފްޢަތު ޕޮލިސްގެ ފަރާތުން މިމައްސަލާގައި ބަޔާން ހުށަހެޅުމަށް ހުއްދަ ދެވިފައިވުމަކީ
މިމައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ އިޖުރާއީ ސަބަބެއްކަމަށް ބެލެވެން ނެތްކަމަށެވެ.
.2
434
ދެވަނަކަމަކީ، ޔުނައިޓެޑް ނޭޝަންސް އޮރގަނައިޒޭޝަން އުފެދުނީއްސުރެ
އެޖަމާޢަތް އިންސާނީ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށާއި އަސާސީ މިނިވަންކަން ރައްކާތެރި ކުރުމަށް އެތައް
ޑިކްލަރޭޝަންތަކަކާއި އެއްބަސްވުންތަކެއް ފާސްކޮށްފައިވާކަމާއި 1948 ގައި އިންސާނީ
ޙައްޤުތަކާއި ބެހޭ ޢާލަމީ އިޢުލާން (ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް) އަކީ ފެނޭ
ނުކުތާކަމާއި އޭގެ ފަހުގައި 1966 ގައި މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި ބެހޭ އަހްދު
(އިންޓަރނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) އާއި އިޤްތިސާދީ އިޖްތިމާޢީ
އަދި ޘަޤާފީ ޙައްޤުތަކާބެހޭ އަހުދު ( އިންޓަރނޭޝަނަލް ކޮވަނަންޓް އޮން އިކޮނޮމިކް ސޯޝަލް އެންޑް
ކަލްޗަރަލް ރައިޓްސް) 1988 ގައި ތައްޔާރުކުރެވިފައިވާ އެއްވެސް ބާވަތެއްގެ ބަންދަކަށް ނުވަތަ
ހައްޔަރަކަށް ހުށަހެޅޭ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރުމާ ބެހޭ މަބާދީތަކުގެ މަޖްމޫޢާ ( ބޮޑީ އޮފް
ޕްރިންސިޕަލްސް ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާރސަންސް އަންޑަރ އެނީ ފޯމް އޮފް ޑިޓެންޝަން
އޯރ އިމްޕްރިޒަންމަންޓް) ހިމެނޭކަމާއި މިހުރިހާ އެއްބަސްވުންތަކާއި މަބާދީތަކަށް ބަލާއިރު އެންމެ
ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގާލެވޭ އިންސާނީ ޙައްޤެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ
ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރީގައި ކުރެވޭ ބަންދު (ޕްރީޓްރައިލް ޑިޓެންޝަން) ކަން އެނގެން
އޮންނަކަމާއި މި އިޖްރާއު ހިންގާ މުޅި މުއްދަތުގައި ތުހުމަތުކުރެވިފައިވާ މީހާއަކީ ކުށުން ބަރީޢަ މީހެއްގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ | އޯކިޑްމަގު ! މާލެ ! ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ޞަފްޙާ 23ގެ 6
ގޮތުގައި ހުންނަންޖެހޭ
!ޖެހޭ މީހެއްކަމަށް ވާއިރު މި އިޖްރާއަކީ ޖިނާއީ ދަޢުވާގެ މަރުޙަލާތަކުގެ ތެރެއިން
ދެމަރުޙަލާއެއްގައި އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލް އަޤުވާމީ މުޢާހަދާތަކާއި ދައުލަތްތަކުގެ
ޤާނޫނުއަސާސީތަކާއި ޤާނޫނުތަކުގައި ކަށަވަރުކޮށްދީފައިވާ އެއްތަނުން އަނެއްތަނަށް ގޮސް އުޅުމުގެ ޙައްޤު
ނިގުޅައިގަތުން އެމައްޗަށް ތަރައްތުބުވާ އިޖްރާއަކަށްވާތީ، ތުހުމަތުކުރެވޭ މީހަކާ ދެކޮޅަށް ހިންގޭ އެންމެ
ނުރައްކާތެރިކަން ބޮޑު އިޖްރާއުކަމަށް ބަޔާންކޮށްފައި އޮންނަކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމެވެ.
ޝަރީޢަތުން ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބަހައްޓައިގެން
ނުވާނެކަމުގެ އުސޫލާއި އަދި ތަޙްޤީޤު މަރްޙަލާތަކުގައި ހައްޔަރުކުރުން ޤާނޫނާ އެއްގޮތަށް ޟަރޫރަތަކަށްވާ
ހާލަތުގައިވެސް އެ ހައްޔަރުކުރުން ޤާނޫނީގޮތުން ހުއްދަވާނީ ޤާނޫނަކުން ކަނޑައަޅާ އިޖްރާއާތުތަކާ އެއްގޮތަށް
ނުވަތަ ޤާނޫނުގައިވާ ގޮތާ އެއްގޮތަށް ހައްޔަރުކުރެވިފައިވާ ނަމަކަން އެނގޭކަމާއި ޝަރީޢަތުން ފައިސަލާ
ކުރަނިވި ޙުކުމެއް ކުރުމުގެ ކުރީގެ މަރުޙަލާތަކުގައި ހައްޔަރުކުރުމާ ބެހޭ ޤާނޫނީ އުސޫލުތަކެއް އިސްވެ
ބުނެފައިވާ މުޢާހަދާތަކުގައި ކަނޑައެޅި ބަޔާންވެފައި އޮންނަކަމާއި މިއެންމެހައި މުޢާހަދާތަކުގައި ދިވެހިރާއްޖެ
ބައިވެރިވެފައިވާ ކަމާއި ހައްޔަރުކުރުމާބެހޭ ޤާނޫނީ މިއުސޫލުތައް އެއްވެސް އޮޅުމެއް ނާރާގޮތަށް
ޤާނޫނުއަސާސީގެ އެކި މާއްދާތަކުގައި ޞަރީހަ ނައްޞުން ބަޔާންކޮށްފައި އޮންނަކަން ވަރަށް ސާފުކޮށް
އެނގެން އޮންނަ ކަމާއި މިއުސޫލުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނޭކަން އެނގެން
އޮންނަކަމެވެ.
(ހ) ކުށުގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކުރެވިއްޖެ ނަމަ ހަމަވަގުތުން
ލަސްނުކޮށް ކަމާ ބެހޭ ޝަރްޢީ ކޯޓަކަށް ނުވަތަ ހައްޔަރުކުރުމުގެ އަމުރު ދިނުމުގެ ބާރު ޤާނޫނުގެ
ނައްސަކުން އޮތް ކަމާބެހޭފަރާތަކަށް ހާޒިރުކުރަން ވާނެކަމާއި އެގޮތަށް ހާޒިރު ކުރުމުން ލަސްނުކޮށް ހަމަ
ވަގުތުން ހައްޔަރު ކުރެވިފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންތޯއާއި ހައްޔަރު ކުރުމުގައި ޤާނޫނު
ކަނޑައަޅާ އެންމެހައި އިޖްރާއުތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯއާއި ހައްޔަރުކުރެވިފައިވަނީ ޤާނޫނު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ 1 އޯކިޑްމަގު | މްވެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009996
960+ :Tel
ޞަފްޙާ 23 ގެ 7
4 ތތ ހ3 *
ޙާލަތްތަކުގައި
ހުއްދަކުރާ މަގްސަދެއްގައިތޯ ކަށަވަރުކުރަންވާނެކަމާއި މިކަންތަކުގެ އިތުރަށް ކަމާގުޅުން ހުރި ހުރިހާ
ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރަން ވާނެކަމާއި ކަމާގުޅުން ހުރި އެންމެހާ ތަކުގައި
ހައްޔަރުކުރުން ސަލާމަތް ބުއްދި ޤަބޫލުކުރާ ހަމަތަކާއެއްގޮތްތޯ އާއި އެއީ ވަށަވަށައިގެންވާ އެންމެހައި
ޙާލަތްތަކުގައި
ކޮންމެހެންވެސް ޝަރޫރީ ކަމެއްތޯ ބަލަންވާނެކަން.
44.
(ށ) ހައްޔަރުކުރެވޭ ވަގުތު އެމީހަކު ހައްޔަރު ކުރެވުނު ސަބަބު އެމީހަކަށް އެންގުން
ހައްޔަރު ކުރި ފަރާތުގެ މައްޗަށް ލާޒިމްވާކަމާއި އެސަބަބު ބަޔާންކުރުމުގައި އެމީހެއްގެ މިނިވަންކަން
ނިގުޅައިގަނެވުނު ޤާނޫނީ އަދި މާއްދީ އަސާސް ބަޔާންކޮށްދޭންވާނީ ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ
ކުރިމަތީގައި ލަސްނުކޮށް އެމީހަކަށް ޠަޢުނުކުރެވޭ ވަރަށް ސާފުކޮށް އޮޅުން ފިލާގޮތަށް އަދި ހައްޔަރު
ކުރެވިފައިވަނީ ޤާނޫނުގައި ބަޔާން ވެގެންވާގޮތުގެ މަތިންކަމަށް ފަނޑިޔާރަކަށް ކަނޑައެޅޭ މިންވަރަށް
ތަފްސީލުކޮށްކަމާއި ހައްޔަރުކުރެވިފައިވާ މީހާ ހައްޔަރު ކުރެވިފައިވަނީ ޤާނޫނުގައިވާގޮތުގެ މަތިންކަމަށް
ކަނޑަނޭޅިއްޖެނަމަ އެމީހަކު ވަގުތުން ދޫކޮށްލުމަށް ފަނޑިޔާރު އަމުރު ކުރަންވާނެކަމާއި އަދި އެމީހަކީ
ފުދޭވަރަކަށް ބަސްނޭގޭ މީހެއްނަމަ ލަސްނުކޮށް ތަރުޖަމާނެއްގެ އެހީ ލިބިދޭންޖެހޭނެކަމާއި ތުހުމަތުގައިވާ
މީހާއަށް ކުރެވޭ ތުހުމަތުބަޔާންކޮށް ދޭންވާނީ ވިސްނައިގަނެވޭނެ ތިލު އަދި ސާދާ ބަހުންކަމާއި އެމީހަކަށް
އަމިއްލަ ދިފާޢަށް ތައްޔާރުވެވޭ މިންވަރަކަށް އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި އެކުނަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ސާފުކޮށް ބަޔާން ކޮށް ދޭންވާނެކަން.
(ނ) ހައްޔަރުކުރާފަރާތުން ތުހުމަތުގައިވާ މީހާގެ ޙައްޤުތަކަކީ ކޮބައިކަން އެމީހަކަށް
އެންގުމާއި މީގެ ތެރޭގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމާއި އަމިއްލަ ދިފާޢަށް ތައްޔާރުވުމަށް
އެކަށީގެންވާ ފަސޭހަތަކާއި އެކަށީގެންވާ ވަގުތު ލިބުމުގެ ޙައްޤު ހިމެނޭކަން.
ދިވެހިޝާން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ޞަފްޙާ 23 ގެ 8
އެއްވެސް މީހަކު ކޮންތާކުކަން ނޭނގޭ ތަނެއްގައި ނުވަތަ ސިއްރު ތަނެއްގައި
ބަންދު ކުރުމާއި ދިގު މުއްދަތަކަށް ބަންދު ކުރުމަކީ ބައިނަލް އަޤްވާމީ ޤާނޫނުތަކުގެ ދަށުން ކަނޑައެޅިގެން
މަނާކަމެއްކަމާއި ޤާނޫނު ކަނޑައަޅާފައިވާ އިސްތިސްނާ ޙާލަތުތަކުގައިވެސް ބަންދުގައި ބެހެއްޓޭނީ އެކަމަށް
ޝަރޫރީވާ އެންމެ ކުރު މުއްދަތަކަށް ކަމާއި ޟަރޫރަތުގެ ޤާޢިދާގެ ދަށުން ހުއްދަވާ އެއްވެސް ކަމަކީ
އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ ފުޅާ ނުކުރެވޭނެކަމެއްކަ
އެކަމާއި ބަންދުގައި ހުންނަ އިރުވެސް
ހައްޔަރު ކުރެވިފައިވާ މީހާ ދުނިޔެއިން އެކަހެރިކޮށްފައި ބަހައްޓައިގެން ނުވާނެކަމާ މިގޮތުން އެމީހާގެ
ބޭނުންތަކާ އެއްގޮތްވާ ގޮތަށް އެމީހާގެ ޤާނޫނީ ވަކީލާއި ޑޮކްޓަރާއި ޢާއިލާގެ އަފްރާދުންނާއި ރަޙްމަތްތެރިންނާ
ގުޅައި ބައްދަލުކޮށް ހެދުމުގެ ޙައްޤުން މަޙްރޫމް ނުކުރެވޭނެކަމާއި ޙައްޤުތައް ލިބިދޭއިރު ޢަދްލު
އިންސާފުގެ މަސްލަހަތާއި ބަންދުގައި ހުރި ތަނުގެ ސަލާމަތަށް ޝަރޫރީވާ ވަރަށް ވުރެ އިތުރަށް އެއްވެސް
ޤައިދެއް، ހުރަހެއް ނުވަތަ ބެލެހެއްޓުމެއްގެ ދަށުގައި ބެހެއްޓުމެއް ވިޔަސް ނުވާނެކަން.
atޑ 8
އޮވެގެން ނަމަ
(ބ) ހައްޔަރު ކުރެވޭ ހިނދު ލަސްނުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު
ކުރެވެންވާނެކަމާއި، ހައްޔަރު ކުރެވިފައިވާ މީހާގެ ޙައްޤުތަކަށް ރައްކާތެރިވުމުގެ ގޮތުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހައްޔަރުކުރެވިފައިވާ މީހެއް ހާޒިރު ކުރެވުމުން އޭނާގެ މައްޗަށް ލާޒިމް ވެގެންވަނީ ޤާނޫނުގައި
ކަނޑައެޅިފައިވާ ގޮތާ އެއްގޮތަށް ޝަރްޢީ ވާޖިބު އަދާކޮށް ކޮންމެ މައްސަލައެއްގައި އެމައްސަލައެއްގެ
ބާވަތުން އަންނަނިވި ކަންތައްތަކަށް ވަޒަން ކުރުންކަން.
• ހައްޔަރު ކުރެވިފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަން،
ޝަރީޢަތް ކުރުމުގެ ކުރީގައި ހައްޔަރުގައި ބެހެއްޓުން ޝަރޫރީކަން ނުވަތަ ނޫންކަން.
• ބަންދުން ދޫކުރަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ޞަފްޙާ 2 ގެ 9
(ޅ) ބަންދުގައި ބަހައްޓަން ޖެހޭނަމަ ހައްޔަރުކުރެވިފައިވާ މީހާގެ ފަސޭހަތަކަށް
ރައްކާތެރިވުމާއި ހައްޔަރުކުރެވިފައިވާ މީހާގެ އަސާސީ އެއްވެސް ޙައްޤަކާ ޚިލާފުވުން މަނާވުން
(ކ) ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމާމެދު ޠަޢުނުކުރުމުގެ
ފުރުޞަތު
ބަންދުކުރެވުނު ފަރާތަށް ލިބިދިނުމާއި ބަންދުކުރެވިފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށްވާނަމަ ވަގުތުން
ދޫކޮށްލުމަށް އަމުރު ނެރެންވާނެކަމާއި މި ޙައްޤަކީ ހައްޔަރުކުރެވިފައިވާ ކޮންމެ މީހަކަށް އޮންނަ މުޠުލަޤު
ޙައްޤެއް ކަމާއި މި ޙައްޤަކީ މިނިވަން ކަމުގެ ޙައްޤު ޙިމާޔަތް ކުރުމަށާއި އަނިޔާވެރި (އާރބިޓްރަރީ)
ހައްޔަރުކުރުންތަކާއި މީހުންނަށް އިންސާނިއްޔަތް އިންސާނީ ކަރާމަތާ ޚިލާފު އަދަބު ދިނުމާއި ލާއިންސާނީ
މުޢާމަލާތްކުރުމާއި މަޖްބޫރުން ވީނުވީއެއް ނޭނގޭގޮތަށް ގެއްލުވާލުމާއި ދުނިޔޭން އެކަހެރިކޮށް ވަކިތަނެއްގައި
ބަންދުކުރުން ފަދަ އިންސާނީ ޙައްޤުތަކާއި ޚިލާފު ބޮޑެތި ޢަމަލުތައް ހުއްޓުވުމަށް ނުހަނު މުހިންމު
ވަސީލަތެއްކަމާއި މިފަދަ ދަޢުވާއެއް ހުށަހެޅިއްޖެނަމަ ލަސްނުކޮށް ހައްޔަރުކުރެވިފައިވާ މީހަކު ކޯޓަށް
ހާޒިރުކޮށްދިނުން ހައްޔަރު ކުރިފަރާތުގެ މައްޗަށް ލާޒިމްވާކަމާއި ހައްޔަރުކުރެވިފައިވަނީ ޣައިރު ޤާނޫނީ
ގޮތެއްގައި ކަމަށްވާނަމަ ހަމަ ވަގުތުން ދޫކޮށްލަން ކޯޓުން އަމުރު ކުރަން ވާނެކަމާއި އެގޮތުން ކޮންމެ
ދައުލަތަކުން ވެސް އެދައުލަތެއްގެ ޤާނޫނުގައި މިފަދަ ދަޢުވާތަކާބެހޭ ޤާނޫނާއި ކޯޓު އިޖްރާއާތު ހުންނަން
ޖެހޭކަމާއި އޭގެ ތެރޭގައި ހޭބިއަސް ކޯޕަސް ޠަބީއަތުގެ އަމުރު ނެރުމުގެ ނިޒާމް ފަސޭހަ ގޮތެއްގައި އަދި
އަވަސް ގޮތެއްގައި ހުންނަންޖެހޭކަން.
(އ) ކުށެއް ކޮށްފިކަމަށް ތުހުމަތުކޮށް
.ތުކޮށް ތަޙުޤީޤު ކުރާ ފަރާތަކަށް މައްސަލައެއް ހުށަހެޅުމުން
ލަސްނުކޮށް އެމައްސަލައެއް ތަޙްޤީޤުކޮށް ނިންމަންވާނެކަމާއި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމީހަކާމެދު
ޝަރީއަތްކޮށް ނިންމަންވާނެކަން
.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެ
ވެބްސައިޓް: URL
:
www.supremecourt.gov.mvޑް ފެކްސް: 3008554
960 + :Fax | ފޯން: 3009994
960+ :Tel
E8.
ޞަފްޙާ 23 ގެ 10
(ވ) ތަޙްޤީޤު ކުރެވެމުންދާއިރު ލިބެންޖެހޭ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއް
ޙައްޤަކީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ޝަރުޢީ ކޯޓެއްގައި ޝަރުޢީ ހަމަތަކުގެމަތިން
ކުށް ސާބިތުނުވާހާ ހިނދަކު އެމީހަކީ ބަރީޢަ މީހެއްކަމަށް ބަލައިގެން ތަޙްޤީޤު ކުރުމާއި އެމީހަކު ކަފާލާތުގެ
އުސޫލުން އެމީހަކު ދޫކޮށްލުމަށް ކޯޓަކުން އިންކާރުކުރުމަކީ ނުވަތަ ތަޙްޤީޤު މަރުޙަލާއެއްގައި ހައްޔަރުކުރުމަށް
ކޯޓު އަމުރެއް ނެރުމަކީ ނުވަތަ މަދަނީ މަސްއޫލިއްޔަތެއް އޮތްކަމަށް ކަނޑައެޅުމަކީ ކުށެއް ސާބިތު ނުވާހައި
ހިނދަކު އެމީހަކީ ބަރީޢަ މީހެއްކަމަށް ބެލުމުގެ އުސޫލާ ޚިލާފުވާކަމެއް ނޫންކަމާ އެހެންކަމުން ކުން
ސާބިތުވުމުގެ ކުރީގައި ދައުލަތުގެ އެއްވެސް ކަމަކާ ހަވާލުވެ ހުރި ފަރާތެއް ނުވަތަ އެހެން ފަރާތެއް ނުވަތަ
ފަރުދަކު ވިޔަސް ކޯޓުން ޙުކުމް އައުމުގެ ކުރީގައި ތުހުމަތު ކުރެވޭމީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް
ޢާއްމު ބަޔާންތައް ދީހަދައިގެން ނުވާނެކަމާއި ތިމާއީ ކާކުކަން އަންގައި ދިނުން ފިޔަވައި އިތުރު އެހެން
އެއްވެސް މަޢުލޫމާތެއް ނުދީ ހަނު ހުރުމުގެ ޙައްޤު ލިބިގަތުމާއި އެއްވެސް ސިފައެއްގައި އެއްވެސް ގަދަ
ކަމެއް ދައްކައިގެން ނުވަތަ ބާރެއް ދައްކައިގެން ނުވަތަ ބިރެއް ދައްކައިގެން އެއްވެސް މީހެއްގެ އަތުން
އެއްވެސް މަޢުލޫމާތެއް ހޯދުމަކީ ކަނޑައެޅިގެން މަނާކުރާކަމެއްކަމާއި މީހެއްގެ ފުރާނަޔަށް ގެއްލުމެއް
ދީފާނެކަމަށް ބިރު ދައްކައިގެން ނުވަތަ އެނޫންވެސް ލާއިންސާނީ މުޢާމަލާއެއް ކުރުން ފަދަ އިންސާނީ
ޙައްޤުތަކާ ޚިލާފުވާ ބޮޑު އަމަލެއް ހިންގައިގެން ނުވަތަ އަސާސީ ޙައްޤަކާ ނުވަތަ އަސާސީ މިނިވަން ކަމަކާ
ޚިލާފަށް ހޯދޭ އެއްވެސް މަޢުލޫމާތަކީ ޝަރުޢީ ކޯޓެއްގައި ހެއްކެއްގެ ގޮތުގައި އެއްވެސް ސިފައެއްގައި
ޤަބޫލުކުރެވޭނެ މަޢުލޫމާތެއް
2x
44 ދه
* ,
(މ) ޤާނޫނުގައި ބަޔާން
ބަޔާންވެފައިވާ
މީހަކު ބަންދުކުރެވޭ ހާލަތްތަކު
ހާލަތްތަކުގައިވެސް
ބަންދުގައި ބަހައްޓަންވާނީ ރަސްމީކޮށް އިޢުތިރާފު ލިބިފައިވާ ތަނެއްގައިކަމާއި އިންސާނިއްޔަތާ އެއްގޮތަށް
ދިޖެހިފަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
Www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960 + :Tel
ޞަފްޙާ 2 ގެ 11
4 95 0
(2ކށް3ނ
ނުވާނެކަމާއި އެއް
އެއްވެސް
އެމީހަކާ މުޢާމަލާތުކުރަން ވާނެކަމާއި ލާއިންސާނީ އިހާނެތިކަމެއްގެ
ލާއިންސާނީ އަދަބެއް އެއްވެސް މީހަކަށް ދީގެން ނުވާނެކަން.
.3
» ތ ލ 3x ގއ
އޮންނައޮތީމަށާއި
ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 244 ވަނަ
މާއްދާގައި ފުލުހުންގެ ޚިދްމަތުގެ މައިގަނޑު މަޤްސަދުތައް ބަޔާންކޮށްފައިވާކަން އެނގޭކަމާއި އެމަޤްސަދުގެ
ތެރޭގައި ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމާއި ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި މައްސަލަތައް ޝަރީއަތަށް
ހުށަހެޅުމަށް ބެނުންވާނޭ ތައްޔާރީތައް ކުރުން ހިމަނާފައި އޮންނަކަން އެނގެން
ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު
ޕްރޮސިކިއުޓަރ ޖެނެރަލްއެއް ހުންނަންވާނެކަމަށް އޮންނައޮތުމަށާއި އެމާއްދާގެ (ށ) ގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަމަށް އޮންނައޮތުމަށާއި ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ޖިނާއީ
ކުށްތަކާގުޅިގެން ކުރާ އެންމެހައި ދަޢުވާގެ ކަންތައް ބެލެހެއްޓުމާއި ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ
ޢަމަލުތަކާއި ގުޅިގެން ބަލާބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ބަލައި އެކަންކަން ހިންގާނީ ޤާނޫނާ
އެއްގޮތަށްތޯބެލުމާއި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް
ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ޙާލަތްތަތަކާއި ޝަރުޠުތައް
މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމާއި އެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމާއި
ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ޙުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް
އިސްތިއުނާފުކުރަން ހުށަހެޅުމާއި ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމުގެ އެންމެހައި އުސޫލުތައް
ކަނޑައެޅުމާއި ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި ޤާނޫނާއި އެންމެހައި ފަރުދުންގެ ޙައްޤުތަކާއި
މ 4
2
2 4ދ
ބަޔާންވެގެނެވެ
4ތ 43480
2
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960 + :Tel
ޞަފްޙާ 23 ގެ 12
މިނިވަންކަން ނެގެހެއްޓުމާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އެމާއްދާގައި އޮންނަގޮތުގެ
މައްޗަށާއި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްޘީލުކުރާނީ
ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަށް ބަލާއިރު ޖިނާއީ ކުށުގެ ތުހުމަތުގައިވާ
މީހާއަށް ޤާނުނުއަސާސީން ހިމާޔަތްކޮށްފައިވާ މިނިވަންކަމާއި ހައްޤުތަކަށް ޤާނޫނުއަސާސީން ދޭ އެންމެ
ބޮޑު އެއް ގެރެންޓީއަކީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަކިފަރާތަކަން
ބުރަނުވާ މުސްތަޤިއްލު ޕްރޮސިކިއުޓަރގެ މަސްޢޫލިއްޔަތުގެ ދަށުން އަދި ބެލެހެއްޓުމުގެ ދަށުން ތަޙްޤީޤުގެ
ކަންތައް ދިޔުންކަން ސާފުކޮށް އެނގެން އޮންނަކަމާއި ކުނުގެ ތަޙްޤީޤުގެ ދެވަނަ މަރުހަލާއަކީ ތަޙްޤީޤުން
ހޯދިފައިވާ ހެކިތައް ޕްރޮސިކިއުޓަރ ޖެނެރަލް ވަޒަން ކުރުމުގެ މަރުޙަލާކަމަށްވާތީއާއި މިމަރުޙަލާގައި ތަޙްޤީޤު
މެދު ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުން ބިނާވާނީ ތަޙްޤީޤުގެ ފުރަތަމަ މަރުޙަލާގައި ހިމެނޭ
އެންމެހައި ކަންތައްތަކާއި އިޖްރާއާތުތައް ހިންގިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށް ކަނޑައެޅުމުގެ
މައްޗަށް ކަމަށްވާތީ މިކަމުންވެސް ތަޙްޤީޤުގެ އެންމެހައި މަރުޙަލާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
މަސްއޫލިއްޔަތާއި ބެލެނިވެރިކަން އޮންނަގޮތް ސާފުކޮށް އެނގެން އޮންނަކަމާއި ޤާނޫނުއަސާސީގެ 244 ވަނަ
މާއްދާގެ ދަށުން ތަޙުޤީޤުގައި ފުލުހުންގެ ތަޙުޤީޤުގެ މަރުޙަލާއަކީ ޖިނާއީ ތަޙްޤީޤެއްގެ ފުރަތަމަ މަރުޙަލާކަން
އެނގޭކަމާއި އެމަރުޙަލާގައި ފުލުހުންގެ މަސްއޫލިއްޔަތަކީ ހެކިތައް އެއްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި
ކުށުގެ ދަޢުވާއެއް ކުރެވެން އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި މައްސަލަތައް ޝަރީއަތަށް
ހުށަހެޅުމަށް ބޭނުންވާނޭ ތައްޔާރީތައް ކުރުންކަމާއި މި މަރުޙަލާގައި ހޯދޭ ހެކިތަކުގެ މަގްސަދަކީ ބޭރުފުށުން
ފެންނަން ހުންނަ ކުށުގެ އުންސުރުތަކާއި ހެކިތައް ހޯދުން ކަން އެނގޭކަމާއި ޖިނާއީ ތަޙުޤީޤެއްގެ ދެވަނަ
މަރުޙަލާއަކީ ކުށުގެ ތުހުމަތުގެ އެންމެ ފުރަތަމަ މަރުޙަލާއާ ޖެހިގެން އަންނަ މަރުޙަލާކަން އެނގޭ ކަމާއި
ކުށުގެ ތަޙްޤީޤުގެ ކޮންމެ މަރުޙަލާއަކީވެސް ޖިނާއީ ދަޢުވާގެ މަރުޙަލާއެއްކަން އެނގޭކަމާއި ދެވަނަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ޞަފްޙާ 23ގެ 13
މަރުޙަލާގައި އޮންނަނީ ހެކިތައް އެއްކޮށް އެއީ ޤާނޫނީ ހަމަތަކުގެ މަތިން ހޯދިފައިވާ ސައްހަ ހެކިތައްކަން
ކަށަވަރުކުރުމާއި ދަޢުވާ ހުށަހެޅޭ ވަރަށް ސާފް ހެކިތައް ހުރިކަމަށް ކަނޑައަޅައި މައްސަލަ ޝަރީއަތަށް
ފޮނުވުންކަން އެނގޭކަމާއި ދަޢުވާކުރެވޭ ވަރަށް ހެކި ނެތް ނަމަ ދަޢުވާކު
ވާކުރެވެން ނެތްކަމަށް ކަނޑައެޅުންކަން
އެނގޭކަމާއި މިމަރުޙަލާގެ މަގްސަދަކީ ޙަޤީޤަތް ދައްކައިދެނިވި ހެކިތައް ދިރާސާކޮށް އެ ހެކިތައް ވަޒަން
ކުރުންކަން އެނގޭކަމާއި ޖިނާއީ ކުށުގެ މައްސަލަތަކުގެ އެންމެހައި މަރުޙަލާތަކުގައި ޝަރީޢަތުގެ
މަޖިލީހުގައި ދައުލަތާއި މުޖްތަމަޢު ތަމްޘީލުކުރަންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްކަން އެނގޭކަމާއި އެގޮތުން
ބަންދުގެ މުއްދަތު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ދަށުކޯޓުގެ ފަނޑިޔާރު ނެރުއްވާ އަމުރު
އިސްތިއުނާފުކުރެވޭނީ ހަމައެކަނި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކަން އެނގޭކަމާއި ޤާނޫނުއަސާސީގެ 49
ވަނަ މާއްދާގެ ދަށުން ހައްޔަރުކުރުމުގެ އަމުރު ހޯދަން ދަށުކޯޓަށް ދާނީ ފުލުހުންކަމާއި ނަމަވެސް ދަށުކޯޓުގެ
ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރަންވާނީ ނުވަތަ މުއްތަހަމާ ކުރާ އިސްތިއުނާފެއްނަމަ އެ
އިސްތިއުނާފަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީވާނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަން ކަނޑައެޅިގެން އެނގެން
އޮންނަކަމާއި މިނޫންގޮތަކަށް ކުށެއްގެ ތުހުމަތުގައިވާ މީހަކާ ދެކޮޅަށް އިޖުރާއީ ކަމެއްގައިވިއަސް ދަޢުވާއެއް
އުފުލޭނީ ނުވަތަ އިސްތިއުނާފެއް ކުރެވެނީ ދައުލަތުގެ ނަމުގައި ޕްރޮސިކިއުޓަރ ޖެނެރަލަކުން ކަނޑައެޅިގެން
އެނގެން އޮންނާތީ، މިމައްސަލައިގައި ޖިނާއީ ކޯޓުގެ އަމުރު ހައިކޯޓުގައި ފުލުހުން ކުރި އިސްތިއުނާފު
ޤާނޫނީގޮތުން ޞައްޙަނޫންކަން އެނގެން އޮންނައޮތުމެވެ.
3
ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި
ކަނޑައެޅިފައިވާ ގޮތުގެ މަތީން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި ހިފައި ހައްޔަރުކޮށް
ބަންދުކޮށްގެނެއް ނުވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮތްއިރު، މީހެއްގެ ގަޔަށްއަތްލައި ހިފައި
ބަންދުކުރުމާބެހޭ އިޖުރާއާތުގެ ޤާނޫނެއް ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިފަހުން
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި އެއްގޮތަށް ފާސްކޮށްފައިނުވާކަން ފާހަގަކުރެވޭ ކަމާއި، ޤާނޫނު
ހައްޔަރުކޮށް
ރިވެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv| ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
އިންޖި
14 / 23 24
ނަންބަރު 5/2008 ފުލުހުންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ)ގައި ޤާނޫނުގައިވާ ގޮތުގެ މަތިން މީހުން
ހުއްޓުވާ ސުވާލުކުރުމާއި ކުށުގެ ތުހުމަތުގައި މީހުން ހިފާ ހައްޔަރުކުރުމާއި ތަންތަން ބަލާ ފާސްކުރުމާއި
ކުށުގެ ތުހުމަތުގައިވާ މީހާގެ ހަށިގަނޑުން ސާމްޕަލް ނަގައި، ހިއްކައި ޤަރީނާ ހޯދައި، އެތަކެތި ހިފަހައްޓައި
ރައްކާތެރިކުރުމާއި، ޖިނާއީ ކުށުގެ ޢަމަލުތައް ތަޙްޤީޤުކުރުމާއި ހައްޔަރު ކުރެވޭ މީހުން ތަޙްޤީޤަށް
ބަންދުކުރުމުގެ ބާރާއި ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވާކަމަށް ބަޔާންވެފައިވާ އޮންނަކަން
އެނގޭކަމާއި މިއިން އެއްވެސް އިޖުރާއެއް ނުވަތަ އިޚްތިޔާރެއް ބޭނުންކުރިގޮތް ޤާނޫނުއަސާސީ
އެއްގޮތްނުވާނަމަ އެއްގޮތްނުވާ މިންވަރެއް ބާޠިލުވާނެކަން ޤާނޫނީއަސާސީން
އޮންނަ އޮތުމެވެ.
.4
ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން
ބައެއްވިޔަސް ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ
ތަޢާރުޟްވާނަމަ، އެ ޤާނޫނެއް ނުވަތަ އެ ޤާނޫނަކުން އެޙައްޤަކާ ނުވަތަ އެމިނިވަންކަމަކާ ތަޢާރުޟްވާ
މިންވަރެއް ވާނީ ބާޠިލު އެއްޗަކަށް ކަމަށް އޮންނަ އޮތުމާއި ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގައި
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުން އަންނަ އެންމެހައި ޤާނޫނުތަކާއި
ޤަވާޢިދުތަކާއި ޤަރާރުތަކާއި އިޢުލާންތަކުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން އެބާބުގައި
ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟްވާ އެންމެހައި ކަންތައްތައް، ޤާނޫނުއަސާސީއަށް
ޢަމަލުކުރަންފެށުމާއެކު ބާޠިލުވީ ކަމަށް އޮތުމުން ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ޙައްޤުތަކާއި
މިނިވަންކަން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތާ އެއްގޮތަށް އަދި ޤާނޫނުއަސާސީ ކަނޑައަޅާފައިވާ
އިންތަކުގެތެރޭގައި ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން އެއްވެސް އަމަލެއް ޤާނޫނުއަސާސީގެ ދަށުން ކުށަކަށް
ނުވާނެކަމާއި އެފަދަ ޢަމަލެއް އެއީ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކޮންމެ ޤާނޫނަކީ ނުވަތަ ޤަވާޢިދަކީ ބާޠިލު
ޤާނޫނެއް ނުވަތަ ޤަވާއިދެއްކަމަށް އެނގޭކަމާ އަދި ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އަސާސީ ޙައްޤެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު، މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male's Republic of Maldives
ދިވެހިރާއްޖީ
ވެބްސައިޓް: URL
;
www.supremecourt.gov.rmv | ފެކްސް: 3008554
960+ :Fax | ފޯން، 3009990
960+ :Tel
ޞަފްޙާ 23ގެ 15
ox
ނުވަތަ މިނިވަންކަމެއް ޤާނޫނުއަސާސީ ހުއްދަކުރާ އިންތަކުގެ ތެރޭގައި ބޭނުން ކުރުމާ ޚިލާފަށް ދެވޭ
އަދަބަކީ ނުވަތަ ކުރެވޭ ޙުކުމަކީ ޤާނޫނުއަސާސީއާ ޚިލާފު އަދަބަކަށް ނުވަތަ ޙުކުމަކަށް ވާނެކަމާއި އަދި
އެފަދަ ޣައިރު ޤާނޫނީ ކަމަކަށްޓަކައި މިނިވަންކަމެއް ނިގުޅައިގަތުމަކީ ފާޅުކަން ބޮޑު ގޮތުގައި، ޤާނޫނީ
އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް އެކަމުގެ ތަޤްރީރެއް (ޖަސްޓިފިކޭޝަނެއް) ދެއްކުން އެކަށީގެންވާ
ކަމެއް ނޫންކަން އެނގޭކަމާއި މިފަދަ ޙާލަތުގައި މިނިވަންކަން ހިފެހެއްޓުންވާނީ އާރބިޓްރެރީ މިނިވަންކަން
ހިފެހެއްޓުމެއްކަން އެނގެން އޮންނަ އޮތުމެވެ. ރައްޔިތުންގެ މަޖިލީހުން ނުވަތަ ކަމާބެހޭ ކޯޓަކުން އެޤާނޫނެއް
ނުވަތަ އެޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށް ކަނޑަނާޅާހާ ހިނދަކު ޤާނޫނު
ތަންފީޒުކުރާފަރާތްތަކަށް އެއީ ބާޠިލު ޤާނޫނެއްކުމަށް އޮޓެމެޓިކް ގޮތެއްގައި ބެލެވެން ނޯންނާނެތީ، އެފަދަ
ޤާނޫނުތަކެއް ހުރިނަމަ ޤާނޫނުއަސާސީގެ 298 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް
ހުށަހަޅައިގެން ލަސްނުކޮށް އެޤާނޫނުތަކެއް އުވާލުން ލާޒިމްވާކަން އެނގެން އޮންނައޮތުމެވެ.
.5
ފަސްވަނަކަމަކީ ޤާނޫނުއަސާސީގައި ކޮންމެ މީހަކަންމަ ދިރިހުރުމުގެ ޙައްޤާއި،
އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވާކަމަށާއި ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހަދާއިފައިވާ ޤާނޫނަކާ އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ
ކިބައިން މިއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅައިގަނެވިގެނެއްނުވާނެކަމަށް
ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ސާފު ސަރީހަ އިބާރާތުން ބަޔާންވެފައި އޮންނަކަމާއި މި މާއްދާއަށް
ބަލާއިރު ދިވެހި ދައުލަތުގެ ސަރަހައްދުގައިވާ ނުވަތަ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުގެ ދަށުގައިވާ ނުވަތަ
ދިވެހި ދައުލަތުގެ އެއްވެސް ބާރެއް ހިނގާ ކޮންމެ މީހަކަށް މި ޙައްޤު ޔަޤީންކޮށް ދިނުމަކީ ދިވެހި
ދައުލަތާއި އެދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ދައުލަތުގެ އެކިކަންކަމާ ހަވާލުވެ ތިބި އެންމެހާ
ތަކުގެ މައްޗަށް ލާޒިމް ވެގެންވާކަމެއްކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމާއި ޤާނޫނުއަސާސީގައި
ފުރަތކގ
ދިވެހިންގެ
އީގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ޞަފްޙާ 23ގެ 16
XOC
ކަނޑައެޅިފައިވާ ގޮތާއެއްގޮތަށް ނުވަތަ ޤާނޫނުއަސާސީއާ އެއްގޮތަށް ހެދިފައިވާ ޤާނޫނަކުން ހުއްދަދެވިފައިވާ
ޚާއްސަ މަސްއޫލުވެރިއެއްގެ
ނުވަތަ ހުއްދަ ދެވިފައިވާ ބައެއްގެ ބެލެހެއްޓުމުގެ ދަށުން އަދި
ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިޖްރާއާތުތަކަކާއެއްގޮތަށް ނުވަތަ ޤާނޫނުއަސާސީއާ އެއްގޮތަށް
ހެދިފައިވާ ޤާނޫނަކުން ކަނޑައެޅިފައިވާ އަސާސްތަކަކާއި އިޖްރާއާތުތަކާ އެއްގޮތަށް މެނުވީ ހަމައެކަކުގެވެސް
އަމިއްލަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއްވިޔަސް ނިގުޅައިގަނެވިގެންނުވާނެކަން އެނގެން އޮންނަ
އދމާވެ.
.6
ހަވަނަކަމަކީ ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކޮށްފައިވާމީހާ ބަންދުކޮށްފައިވަނީ
ޤާނޫނީ ހަމަތަކުގެ މަތިން ތޯ ކަނޑައެޅުމަށް އެމީހަކު ހައްޔަރު ކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ
ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެކަމަށް އޮތުމުން ހައްޔަރުކުރެވިފައިވަނީ ޤާނޫނީ
ހަމަތަކުގެ މަތިންތޯ އެފަނޑިޔާރަކު ކަނޑައަޅަންވާނެކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި
ބަޔާންވެފައި އޮންނަކަން އެނގެން އޮންނަ އޮތުމެވެ.
7
ހަތްވަނަކަމަކީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް
ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި
ބަޔާންކޮށްފައިވާގޮތުގެ މަތިން މެނުވީ ހިފަހައްޓައިގެން ނުވާނެކަން އެނގެން އޮންނަކަމާއި
ހައްޔަރުކުރެވިފައިވަނީ ނުވަތަ ބަންދުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ކަނޑައެޅުމުގައި
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމް ވާކަން ޤާނޫނުއަސާސީގެ 45 ވަނަ
މާއްދާގެ ސަރީހަ ނައްސުން ވަރަށް ސާފުކޮށް އެނގެން އޮންނަކަމާ އެގޮތުން ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާގެ (ނ) ގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއްގެ ނުވަތަ
މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓިފައިވަނީ އެމާއްދާގެ (ހ) އާއި (ށ) ގައިވާގޮތުގެ މަތިންތޯ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009998
960+ :Tel
ޞަފްޙާ 2 ގެ 17
tތދޫ 43
އެކަމުގެ
837.
އޮތުމުން
ކަނޑައެޅުމުގައި ކޯޓުން ހުރިހައި ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރަންވާނެކަމަށް
ބަޔާންކޮށްފައި އޮންނައޮތުމާއި އޭގެ ތެރޭގައި ރިޢާޔަތްކުރުން ލާޒިމްވާ ވަކި ކަންތައްތަކެއް ކަނޑައަޅާފައި
ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން ތޯ ފަނޑިޔާރު ކަނޑައެޅުމުގައި
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށާއި އެމާއްދާގެ
(ނ) ގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ރިޢާޔަތްކުރުން ލާޒިމް ވާކަން އެނގެން އޮންނަ އޮތުމެވެ.
އެކަންތައްތަކަކީ:
(ހ) އެ ޙައްޤެއް ނުވަތަ އެމިނިވަންކަމެއްގެ ޒާތާއި ބާވަތް
(ނ) އެ ޙައްޤެއް ނުވަތަ އެމިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަން
(ނ) އެ ޙައްޤެއް ނުވަތަ އެމިނިވަންކަމެއް ހިފަހައްޓާފައިވާ ގޮތާއި މިންވަރު
(ނ) އެ ޙައްޤެއް ނުވަތަ މިނިވަންކަން ހިފެހެއްޓި ހިފެހެއްޓުމާއި އެ ޙައްޤެއް ނުވަތަ
އެމިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުން
(ރ) އެޙައްޤެއް ނުވަތަ އެމިނިވަންކަމެއް ހިފަހައްޓާފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން
ބޭނުންވާ މަޤްޞަދު ޙާޞިލް ކުރެވިދާނެތޯ
(ބ) އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓައިފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ
(ށ) ގެ ދަށުންނަމަ، އިސްލާމްދީނުގެ އަސްލު ރައްކާތެރިކުރުމަށްޓަކައި އެ ޙައްޤެއް ނުވަތަ އެ
މިނިވަންކަމެއްކޮންމެހެން ހިފަހައްޓަން ޖެހޭތޯ
.8
އަށްވަނަކަމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ކަނޑައަޅައި
ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމެއްކުރުމުގެ ކުރިން
އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ސަރީހަ ނައްސުން އަމުރުކޮށްފައި އޮންނައޮތުމާއި އެގޮތުން
ދިވެހި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :ref
ޞަފްޙާ 23ގެ 18
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުގެ ކުށުގެ ދަޢުވާ
ޝަރީއަތަށް ހުށަހެޅި ޝަރީޢަތުން ފައިސަލާކުރަނިވި ޙުކުމެއް އިއްވުމުގެ ކުރީގެ އެއްވެސް މަރުޙަލާއެއްގައި
ކުށުގެ ތަޙްޤީޤު ބޭނުމަށްވިޔަސް އެނޫން ބޭނުމަކަށް ވިޔަސް ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުން
ހުއްދަކޮށްފައިވާނީ ހަތަރު ހާލަތެއްގައި ކަން އެނގެން އޮންނަ އޮތުމެވެ.
އޮތުމެވެ. އެއީ:
(1) މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތްކޮށްފާނެކަމަށްޓަކައި ނުވަތަ؟
(2) ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި ނުވަތަ؟
(3) ފިލައިފާނެ ކަމަށްޓަކައި، ނުވަތަ؟
(4) ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި
ބުނެވިދިޔަ ހަތަރު ހާލަތު ފިޔަވައި އެއްވެސް ހާލަތެއްގައި މީހަކާމެދު ޝަރީޢަތުން ޙުކުމް ކުރުމުގެ
ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެކަމަށް ކަނޑައެޅިގެން ބަޔާކޮށްފައި އޮންނަކަން
އެނގެއެވެ.
.9
ނުވަވަނަކަމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު
ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް ޝައްކުކުރެވޭ
ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ
އުނދަގޫތަކެއްތޯއާއި އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައި ކަމާއި ކުށުގެ ޠަބީއަތަކީ ކޮބައި ކަމާއި
ކުށުގެ ބޮޑުކުޑަމިނަކީ ކޮބައިކަމާއި އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި ޝައްކުކުރެވޭ
މީދާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރެއްކަމާއި އަދި ހެކިތަކާ ކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ
ކިހާވަރަކަށް ކަން ފަނޑިޔާރު ވަޒަން ކުރަންޖެހޭކަން އެނގޭކަމެވެ.
4 |
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
ސޖި
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ޞަފްޙާ 23ގެ 19
10. ދިހަވަނަކަމަކީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ހައްޔަރުކުރާ މީހާއަށް
ހައްޔަރުކުރުމުގެ ޤާނުނީ އިޚްތިޔާރު ލިބޭ ޙާލަތްތައް ބަޔާންކޮށްފައިވާކަން އެނގޭކަމާއި އެގޮތުން
ހައްޔަރުކުރެވޭނީ؟
1. ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި ނުވަތަ؟
2. މީހަކު ކުށެއްކޮށްފިކަމަށް ނުވަތަ؟
3. އެވަގުތަކު އެއުޅެނީ ކުށެއްކުރަންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ
ސަބަބުތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކަށް ހުއްދަލިބިގެންކަން އެނގެން
އޮންނަކަމެވެ.
މީގެ ތެރެއިން ފުރަތަމަ ބުނެފައި އެވާ ދެ ހާލަތަކީވެސް ކުށުގެ ޢަމަލު ހިނގަ ހިނގާ
ހުންނަ ނުވަތަ ހިނގުމަށްފަހު ހެކިތައް ފާޅުގޮތުގައި ފެންނަން ހުންނަ އަދި ހައްޔަރުކުރާ މީހާއަށް ނުގެ
ޢަމަލު ހިންގައިފިކަމާމެދު ޝައްކެއް އޮޅުމެއް އެރުމުގެ އިހްތިމާލެއް ނެތް ދެހާލަތުކަމާއި މިހާލަތުގައި
ފަނޑިޔާރުގެ އިޒުނަ ލިބެންދެން ލަސްކޮށްފިނަމަ ޙަޤީޤަތަށް ވާސިލުވުމަށް ހުރަހެއް އެޅިދާނެ އިސްތިޛުން
ދެހާލަތެއްކަން އެނގެން އޮންނަކަމާއި އެއްވެސް އިސްތިސްނާ ހާލަތެއް އޭގެ މިންވަރަށް ވުރެ ފުޅާ
ނުކުރެވޭނެކަން އެނގެން އޮންނަކަމާއި ތިންވަނަ ޙާލަތަކީ ކުށެއްކުރުމަށްޓަކައި ތައްޔާރީއެއް ނުވަތަ
ތައްޔާރީތަކެއް ވަމުން އަންނަކަމަށް ބުއްދީގެ ހަމަތަކުން ބަލާއިރު އެކަށީގެންވާ ހެކިތަކެއް ނުވަތަ
ސަބަބުތަކެއް ހުރިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ޙާލަތު ކަން އެނގެއެވެ.
4 22
ކުށެއްވެސް
މިކަމުގައި ބަލަންޖެހޭ ކަންތައްތަކަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ
ހަތަރު މަރުޙަލާއަކަށް ބަހާލެވޭކަމާއި އޭގެ ތެރެއިން ފުރަތަމަ މަރުޙަލާއަކީ ކުށުގެ ޢަމަލެއް ހިންގުމާ
)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 308554
960+ :i Fax ފޯން: 3009990
960+ :Tel
ޞަފްޙާ 2 ގެ 20
ޚިޔާލުކޮށް އެކުށުގެ ޢަމަލު ހިންގުމަށް ޢަޒުމް ކަނޑައަޅާ މަރުޙަލާކަމާއި ދެވަނަ މަރުޙަލާއަކީ ކުށުގެ ޢަމަލު
ހިންގުމަށް ތައްޔާރީތައް ކުރާ މަރުޙަލާކަމާއި ތިންވަނަ މަރުޙަލާއަކީ ކުށުގެ ޢަމަލު ތަންފީޒުކުރަން ފަށާ
ނުވަތަ ކުށް ކުރާން އުޅޭ މަރުޙަލާކަމާއި ހަތަރުވަނަ މަރުޙަލާއަކީ ކުށުގެ ޢަމަލު ފުރިހަމަ ކުރާ
މަރުޙަލާކަމާއި ކުށްކުރަން އުޅޭކަމަށް ބެލެވޭނީ ކުށްކުރަން އުޅުމުގެ ދެރުކުން ފުރިހަމަ ކުރެވިގެން ކަން
އެނގޭކަމައި ފުރަތަމައީ ކުށްކުރަން އުޅުމުގެ މާއްދީ ރުކުން ކަމާއި ދެވަނަ މަޢުނަވީ ރުކުން ކަމާއި މާއްދީ
ރުކުނުގައި ދެ އުންސުރެއް އެކުލެވެން ވާނެކަން އެނގޭކަމާއި ފުރަތަމަ އުންޞްރަކީ ކުށުގެ ޢަމަލު
ތަންފީޒުކުރަން ފެށުން ކަމާއި ދެވަނަ އުންސުރަކީ އަމިއްލަ އިޚްތިޔާރުން ބޭރު ސަބަބަކާ ލައިގެން އެކުށް
ފުރިހަމަ ނުވުން ކަން އެނގޭކަމާއި ކުށެއްކުރަން އުޅުމަކީ ކުށުގެ ޢަމަލު ފުރިހަމަ ކުރުމުގައި ހިމެނޭ ކުށުގެ
އުންސުރުތަކުގެ ތެރެއިން ކަމެއް ކުރުން ނުވަތަ ކުށުގެ ޢަމަލު ހަމަވަގުތުން ސީދާ ފުރިހަމަކުރެވޭނެ
ކަމެއްކުރުންކަން އެނގޭކަމާއި އަމިއްލަ އިޚްތިޔާރުގައި ކުށުގެ ޢަމަލު ހިންގާ ޚިޔާލު ދޫކޮށްލައިފިނަމަ ކުށް
ކުރަން އުޅޭކަމަށް ނުބެލެވޭނެކަން އެނގެން އޮންނަ ކަމާއި އަމިއްލަ އިޚްތިޔާރުގައި ކުށުގެ އަމަލު ތަންފީޒު
ކުރުމުގެ ޚިޔާލު ދޫކޮށްލާފައިވާ އެއްވެސް ކުށަކީ އޭގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ކުށެއް
ނޫންކަމީ ޖިނާޔާތުގެ ޢިލްމުގައި ސާބިތުވެ ހަރުލާފައިވާ އުސޫލެއްކަން އެނގެން އޮންނަ އޮތުމެވެ.
nl. އެގާރަވަނަކަމަކީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން
ނޫންގޮތަކަށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރާކުރުން ބާޠިލުވާނެ ކަން އެމާއްދާއިން ވަރަށް ސާފުކޮށް
އެނގެން އޮންނުކުމާއި ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފިނަމަ އެމީހާ ބަންދުކޮށްފައިވަނީ ޤާނޫނީ
ހަމަތަކުގެ މަތިންކަން ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި
ހާޒިރުކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ކަނޑައެޅިބަޔާންވެފައި އޮންނަކަމާއި
އެގޮތުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ 1 ދިވެހިރާއްޖެ
supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :Tel
ޞަފްޙާ 23ގެ 21
ސާބިތުކޮށް ދިނުމަކީ ބަންދުކުރިފަރާތުގެ ޒިންމާއެއްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) ގައި
ބަޔާންވެފައި އޮންނަކަމާއި، މިނިވަންކަން ހިފެހެއްޓި ފަރާތަށް ބަންދުކޮށްފައިވަނީ ޤާނޫނުއަސާސީގައި
ކަނޑައަޅާފައިވާ ގޮތާއެއްގޮތަށް ކަން އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށް ނުދެވިއްޖެނަމަ ހަމަވަގުތުން
ދޫކޮށްލަން އަމުރުކުރަންވާނެކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމެވެ.
12. ބާރަވަނަކަމަކީ ޤާނޫނީ ބާރެއްނެތި ނުވަތަ ޤާނޫނާ ޚިލާފަށް މީހަކު ހައްޔަރު
ކޮށްފިނަމަ ނުވަތަ ބަންދުކޮށްފިނަމަ އެކަމުގެ ބަދަލު އެމީހަކަށް ހައްޔަރުކުރިފަރާތަކުން ލިބިދޭންވާނެކަމަށް
ޤާނޫނުއަސާސީގެ 58 ވަނަ މާއްދާ ލާޒިމް ކުރާކަން އެނގެން އޮންނަ އޮތުމެވެ.
13. ތޭރަވަނަކަމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 025064
TD ގެ
ފޯމުގައި، ޤާސިމް އިބްރާހިމް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ އޭނާ
މިވަގުތު ބަންދުން ދޫކޮށްލައިފިނަމަ ހެކިފޮރުވަން މަސައްކަތްކޮށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު
ފޯރުވަފާނެކަމުގެ އިޙްތިމާލު އޮތްކަމަށް ފެންނާތީ ކަމަށް ބަޔާންކޮށްފައިވާއިރު މިމައްސަލައާ ގުޅިގެން
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޖިނާއީ ކޯޓަށް ހުށަހެޅިކަމަށް ބުނާ ލިޔުންތަކަށް ބަލާއިރު މިބުނެވުނު
ފޯމުގައިވާފަރާތުން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެކަމުގެ މައްޗަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް
ނުފޫޒެއް ފޯރުވާފާނެކަމުގެ މައްޗަށް ލިބޭ ހެއްކެއް ނުވަތަ ޤަރީނާއެއް އެލިޔުންތަކުން ކަނޑައެޅިގެން
އެނގެން ނެތްކަން އެނގޭކަމަށް ހައިކޯޓުގެ ނަންބަރު 148/HC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮންނަކަން އެނގެން އޮންނައޮތުމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ޞަފްޙާ 23 ގެ 22
ޙުކުމް:
* މ.47
(ރކުރުމާއި
އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން ކުށެއްގެ ތުހުމަތުގައި އެއްވެސް
މީހެއްގެ ގަޔަށްއަތްލައި ހިފައި ހައްޔަރުކޮށް ނުވަތަ ބަންދުކުރުމަކީ ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން
ކުރެވިފައިވާ ސައްހަ ހައްޔަރެއް ނުވަތަ ބަންދުކުރުމެއްކަމަށް
ރުމެއްކަމަށް ޝަރްޢީ ކޯޓަކަށް ނުވަތަ ފަނޑިޔާރަކަށް
ކަނޑައެޅޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި 45 ވަނަ މާއްދާއާއި 46 ވަނަ މާއްދާއާއި 48 ވަނަ
މާއްދާއާއި 49 ވަނަ މާއްދާއާއި 57 ވަނަ މާއްދާގައި ކަނޑައެޅިފައިވާގޮތުގެ މަތިން އަދި އެމާއްދާތަކުގައި
ކަނޑައެޅިފައިވާ އިޖްރާއާތާ (ޑިޔު ޕްރޮސީޖަރއާ) އެއްގޮތަށް ހައްޔަރުކުރު ބަންދުކުރުމުގެ އެންމެހައި
އިޖްރާއާތުގައި އަމަލުކުރެވިފައިވާކަން ކޯޓަށް ސާބިތުކުރެވިގެން ކަމަށްވާތީ އާއި މީހެއްގެ ގަޔަށްއަތްލައި
ހިފައި ހައްޔަރުކުރީ ނުވަތަ ބަންދުކުރީ ޤާނޫނުއަސާސީގައިވާގޮތުގެ މަތިންކަން ސާބިތުކުރަން
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) އިން ލާޒިމް ކުރަނީ ދައުލަތުގެ މައްޗަށް ނުވަތަ
ހައްޔަރުކުރިފަރާތުގެ މައްޗަށް ކަމަށްވާތީއާއި މީހުންނަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން
ޔަޤީންކޮށްދީފައިވާ އަމިއްލަ މިނިވަންކަމާއި ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއިން ޔަޤީންކޮށްދީފައިވާ
އެކިތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން މާފަންނުވިލާ ޤާސިމް އިބްރާހިމްގެ ކިބައިން
ހިފަހައްޓައިފައިވަނީ ޤާނޫނުއަސާސީގެ މިބުނެވުނު މާއްދާތަކާއި އެއްގޮތްވާގޮތުގެ މަތިން ޑިޔު ޕްރޮސީޖާރގެ
ދަށުންކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 2010
/
4263/J
(
MD-145 އަމުރު އަދި ހައިކޯޓުގެ ނަންބަރު
148/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިނުވާތީއާ އަދި ޤާސިމް އިބްރާހިމް ޤާނޫނުއަސާސީގެ 49
ވަނަ މާއްދާގެ ދަށުން ބަންދުކުރުމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) އާއި
މަތިން އެކަށީގެންވާ މިންވަރަށްކަމާއި އަދި ޤާނޫނުއަސާސީގެ 57 ވަނަ މާއްދާގައިވާ ގޮތުގެ
މަތިން މިނިވަންކަމަކުން މަހްރޫމްކުރުން ކޮންމެހެން ބޭނުންވާ މިންވަރަށްކަމަށް ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާގެ (ނ) އާއި (ރ) އަށް ރިޢާޔަތްކޮށް، ކަނޑައަޅާފައިވާކަން ޖިނާއީ ކޯޓުގެ ނަންބަރު
44
439
xމt
پر کمرم کی مرکی
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960 + :Tel#
ޞަފްޙާ 23 ގެ 23
22 92
2010
/
4263/(J
(
MD-145 އަމުރުންނާއި ހައިކޯޓުގެ ނަންބަރު 148/HC
-
A/2010 ޤަޟިއްޔާއިން
އެނގެން ނޯންނާތީ ޤާސިމް އިބްރާހިމް 30 ޖޫން 2010 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އަދި
ހައްޔަރުކުރުމުގެ އެއިޖުރާއާތުގެ މައްޗަށް ބިނާކޮށް ޖިނާއީ ކޯޓުން މުއްދަތު 3 ދުވަހަށް އިތުރުކޮށްފައިވަނީ
އަދި ދިވެހިރާއްޖޭގެ ހައިކޯޓުން އެމުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވަނީ ޤާނޫނުއަސާސީއާ
އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަނޑައަޅައިދެވޭނެ އެއްވެސް ޤާނޫނީ އަދި ޝަރްއީ
ހަމައެއް ނެތް ކަމަށްވާތީ މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ
އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC-A/2010 ޤަޟިއްޔާގެ ޙުކުމާއި ޖިނާއީ ކޯޓުގެ
ނަންބަރު 2010
/
4263/J
/
MD-145 ކޯޓު އަމުރު ބާޠިލުކަމަށް ކަނޑައަޅައި މ.
.. މާފަންނުވިލާ ޤާސިމް
އިބްރާހިމް ބަންދުން ދޫކުރުމަށް އަމުރުކޮށް މައްސަލަ ނިންމީއެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން 3009990
960+ :Tel