ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/138 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/138
ޤަޟިއްޔާ ނިމުނު ގޮތު
އި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 138/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
ނަން: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް
ވަކީލު: އަލްއުސްތާޛު ޙުސައިން އިބްރާހީމް * ދާއިމީ އެޑްރެސް: އެމް.ޓީ.ސީ.ސީ. ޓަވަރ މާލެ
*
a
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޝަޚްރާބް ރަޝީދު
އައިޑީ ކާޑު ނަންބަރު: A117199
*
* ދާއިމީ އެޑްރެސް: ބޮންތި ގއ. ވިލިނގިލި
ޖިސްޓްރީކުރެވުނު
09 ޖުމާދަލްއާޚިރާ 1432
ޖޫން 2011
ނިމުނު ތާރީޚް: 12 ރަބީޢުލްއައްވަލް 1433
30 ޖެނުއަރީ 2012
H
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2010/VTR/208
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
* ހުށަހެޅުނު ތާރީޚް: 22 ސެޕްޓެމްބަރު 2010 ނިމުނު ތާރީޚް: 15 މާޗް 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/138
އުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/208 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 680) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ބޮންތި ގއ. ވިލިނގިލި، ޝަހްރާބް
ރަޝީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A117199) އެވެ.
0
<
• ފާހަގަކުރެވުނު ނުކުތާތައް:
22 22 22
1. އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/208
މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، ޝަހްރާބް ރަޝީދު މޯލްޑިވްސް ޓްރާންސްޕޯޓް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ސެކިއުރިޓީ އެސިސްޓެންޓެއްގެ ވަޒީފާގައިހުރެ،
އެކުންފުނީގެ ބަސްކޮންޑަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދަނިކޮށް، އޭގެކުރިން އެއްވެސް ނަސޭޙަތެއް
އިންޒާރެއްދިނުމަކާނުލާ 15 ސެޕްޓެމްބަރު 2010 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، އެއްވެސް
އިޝާރާތެއްނެތި ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމާއި، ވައްކަމުގެ ބަދުނާމު ބޮލުގައި އަޅުވާފައި
ވަޒީފާއިން ވަކިކުރުމުން ލިބުނު ބަދުނާމުގެ ބަދަލު އަދި އެއްވެސް އެންގުމަކާނުލައި ވަޒީފާއިން
ވަކިކުރުމުން ވަޒީފާ އަނބުރާ ހޯދުމަށް އެދި، ޝަހްރާބް ރަޝީދުގެ ފަރާތުން ހުށަހެޅުމުން ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ، "... ޝަހްރާބް ރަޝީދު، ހުޅުމާލެ ބަސް ސާރވިސް
ޔުނިޓްގެ ބަސްކޮންޑަކްޓަރެއްގެ މަޤާމުން 15 ސެޕްޓެމްބަރު 2010 ވަނަ ދުވަހު ވަކިކޮށްފައިވަނީ
އެކަށީގެންވާ ސަބަބެއް އޮވެގެންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ
އަށް ސާބިތުކޮށްދެވިފައި ނުވާތީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ) 27 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް ޝަހުރާބް ރަޝީދު ވަޒީފާއިން ވަކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ
ޤާނޫނުގެ) 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޝަހުރާބް ރަޝީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/"
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{11/HC-A/138
3
ޖެހިރާއްޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަދާކުރަމުންދިޔަ ނުވަތަ އެފެންވަރުގެ ވަޒީފާއެއްގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި
ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާގެ ވަޒީފާއާގުޅޭ އެންމެހާ ކަންތައް މިއަދު (15
މާޗް 2011) ން ފެށިގެން، 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހަމަޖައްސައި، އޭނާ ވަޒީފާއިން
ވަކިކުރިކަމަށް ކަނޑައަޅާފައިވާ ތާރީޚުން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައް ހަމަޖެހޭ ދުވަހާއިހަމައަށް
ލިބެންވާ މުސާރައާއި އެހެނިހެން އިނާޔަތްތައް، ކުރިން ދީފައިވާ އެއްމަސްދުވަހުގެ ނޯޓިސް ފައިސާ
އުނިކުރުމަށްފަހު، އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ޝަހްރާބް ރަޝީދުއަށް މިއަދުން ފެށިގެން 10
(ދިހައެއް) ދުވަހުގެ ތެރޭގައި ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. އަށް އަންގާ" އެގޮތުގެމަތިންކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ
ރިޕޯޓުން އެގެން އޮންނަކަމެވެ
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ޝަހްރާބް ރަޝީދު ޓްރައިބިއުނަލަށް ހުށަހެޅުމުން
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލާގައި ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ
ލިޔެކިޔުންތަކަށާއި، މައްސަލާގައި ޙާޟިރުކުރެވުނު ހެކީންގެ ހެކިބަހަށް އެއްވެސް ގޮތަކަށް
ރިޢާޔަތްކުރުމެއްނެތި މައްސަލަ ބައްލަވަންވީވަރަށް ނުބައްލަވައި ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
• ދެވަނަ ނުކުތާއަކީ، ޝަހްރާބް ރަޝީދު ވަޒީފާއިން ވަކިކުރުމަށް ކުންފުނީން
ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ
ނުވަތަ 23 މާއްދާއާ ޚިލާފު ކަމެއްކަމަށް ޓްރައިބިއުނަލްއިން ކަނޑައެޅުއްވި ޝަރުޢީ އަދި ޤާނޫނީ
ކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
208VTR/2010
44 / 27
އވާ"
އ ހ 04
ހަމައެއް ބަޔާންކުރައްވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2{11/HC-A/138
ޤަޟިއްޔާ ނިމުނު ގޮތު
އެތައްހާސް
އޭނާގެ
ތިންވަނަ ނުކުތާއަކީ، އެމް.ޓީ.ސީ.ސީ. އާއި އެކުންފުނީގެ
ޙިއްސާދާރުންގެ މަސްލަޙަތަށް އެވެސްގޮތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި އެކަނިފަރުދަކަށް
ވަޒީފާއިން ވަކިކުރުމުން ލިބިދާނެ ގެއްލުމަކަށް ހަމައެކަނި ބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު
ރައްޔިތުން ޙިއްސާވާ ވިޔަފާރި ކުންފުންޏަކަށްވާ ހިނދު، އެފަދަ ކުންފުންޏެއްގައި މަސައްކަތް ކުރާ
މުވައްޒަފެއް ނުވަތަ މުވަޒަފުންތަކެއް ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް
ކަނޑައެޅިގެން ގެއްލުމެއް ވަމުންދާނަމަ ނުވަތަ އެޢަމަލަކީ ޚިޔާނާތުގެ ޢަމަލުކަމަށް ބެލެވޭފަދަ
އިވާނަމަ، އެފަދަ ބަޔަކު އެކަމުން ވަކިކޮށް ކުންފުނީގެ ޙިއްސާދާރުންގެ ޙައްޤުތައް
ރައްކައުތެރި ކޮށްދިނުމަކީ، ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓްރސް އަށް ލިބިގެންވާ ޙައްޤަކަށްވެފައި
އެޙައްޤުގެ ބޭނުންހިފުން މަނާކުރާ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
މަލިއކމުގައިވާ
2 22 22
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/208 މައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، މައްސަލަ އިސްތިއުނާފު ކުރަމުން
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ
ގުޅިގެން މައްސަލަ ރައްދުވާ ޝަހްރާބް ރަޝީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4 22
(8)
(ހ) ފުރިހަމަ ކަމަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕީލކ (އެމް.ޓީ.ސީ.ސީ) ގެ ސެކިއުރިޓީ އެސިސްޓަންޓެއްގެ ވަޒީފާގައިހުރެ، އެކުންފުނީގެ
ބަސްކޮންޑަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ގއ. ވިލިނގިލި ބޮންތި، ޝަހްރާބް ރަޝީދު، 15
ސެޕްޓެމްބަރު 2010 އިން ފެށިގެން އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ވަކިކޮށް، އެކަން އޭނާއަށް އެންގުމާ
ގުޅިގެން އެކަމުގެ ޝަކުވާ، 16 ސެޕްޓެމްބަރ 2010 ގައި އެމް.ޓީ.ސީ.ސީ. ގެ ގްރީވަންސް ކޮމިޓީއަށް
ޝަހްރާބް ރަޝީދު ހުށަހަޅާފައިވާކަމާއި،
16 ސެޕްޓެމްބަރ 2010 ގައި އެމް.ޓީ.ސީ.ސީ. ގެ ގްރީވަންސް ކޮމިޓީއަށް ޝަހްރާބް
ރަޝީދު ފޮނުވި ސިޓީއާގުޅިގެން، ޝަހްރާބް ރަޝީދު ވަޒީފާއިން ވަކިކުރެވިފައިވާ ގޮތާމެދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 16471*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/138
24 2 2
އެމް.ޓީ.ސީ.ސީ. އިން ދެވަނަ ވިސްނުމަކަށް ދިއުމަށްފަހު، މިހާރު ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ
22 ވަނަ މާއްދާގެ (ހ) ގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ޝަހްރާބް ރަޝީދަށް
ދިނުންކަމަށް، އެމް.ޓީ.ސީ.ސީ. އިން ޝަހްރާބް ރަޝީދަށް އެޑްރެސްކޮށް 26 ސެޕްޓެމްބަރ 2010 ވަނަ
ދުވަހުގެ ތާރީޚުގައި ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
659/MTCC
-
HR
/
MIS ސިޓީގައި
ޔާންކޮށްފައިވާކަމާއި،
ހެންކަމުން، ޝަހްރާބް ރަޝީދު އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ވަކިކުރެވިފައިވަނީ،
ކުންފުނީގެ ވަޒީފާގައި ޝަހްރާބް ރަޝީދު އިތުރަށް ބެހެއްޓުމަކީ، ކުންފުންޏަށް އިތުރު ގެއްލުންތަކެއް
ކުރިމަތި ވެދާނެކަމެއްކަމަށް ފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް
ދިނުމަކާނުލައިކަމަށް، އެމް.ޓީ.ސީ.ސީ. އިން މިހާރު ބުނިކަމުގައި ވީނަމަވެސް، މިމައްސަލާގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޝަހްރާބް ރަޝީދު
ވަޒީފާއިން ވަކިކުރުމަށް އެމް.ޓީ.ސީ.ސީ. އިން ނިންމާފައިވާ ނިންމުން، ޝަހްރާ ރަޝީދުގެ އެދުމަކަށް،
އަލުން މުރާޖަޢާ ކުރުމަށްފަހު، އެނިންމުން ބަދަލުކޮށް ޝަހްރާބް ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް
ދިނުމަށްފަހުގައިކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތު ފިޔަވާ އެހެން ޙާލަތުތަކުގައި، އެޤާނޫނާ އެއްގޮތްވާގޮތުގެމަތިން،
އެޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ
ސްވުމެއްގެ
ދަށުން ވަޒީފާއަދާކުރަމު
ފާއަދާކުރަމުންގެންދާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން،
އެމުވައްޒަފަކު ވަޒީފާއަދާކޮށްފައިވާ މުއްދަތަށް ބަލައި، އެމުވައްޒަފަކަށް ދޭންޖެހޭ ނޯޓިސްގެ މުއްދަތު
ކަމާއި، މިމާއްދާގެ ދަށުން ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރާ މުވައްޒަފުން
ވަޒީފާއިން ވަކިކުރަންޖެހޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނެ ޢާންމު އުޞޫލު ކަނޑައަޅާ ބަޔާންކޮށްފައިވާ، އެޤާނޫނުގެ
މާއްދާގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި، މިގޮތުން ބަލާއިރު، މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ
އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ
އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ
އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން
ވަކިކޮށްގެން ނުވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމެވެ
2ތ ހ 2
2
22
2
އެއްބަސްވުމެއްގެ
ޔާންކުރާ މާއްދާކަމާއި
24 2
21 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316/71
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2011/HC-A/138
ޤަޟިއްޔާ ނިމުނު ގޮތު
(ނ) ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން
ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް
ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ،
ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމައުތަކުން ބަލައިގަނެ، އެޤައުމުތަކުގެ
ޤާނޫނުތަކުގައި ހިމަނާފައިވާ އުސޫލުތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެގޮތުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން
(substantive fairness) އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް
ފަހުގައިކަމާއި، މިއުޞޫލަކީ އިންޓަނޭޝަނަލް ލޭބަރ އޮގަނިޒޭޝަން (އައި.އެލްއޯ.) ގެ ޓަރމިނޭޝަން
އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ރެކޮމެންޑޭރ
ކުމެންޑޭޝަން 1982 (ނަންބަރު 166) ގައިވެސް އެކުލެވިފައިވާ އުޞޫލެއްކަމާއި،
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް
ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އިސްވެދެންނެވުނު އުޞޫލަކީ އެޤާނޫނުގައިވެސް އެކުލެވިފައިވާ އުޞޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު
ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް
ފަހުގައިކަން އެނގޭކަމާއި،
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، މިގޮތުންބަލާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ
ނުވަތަ އެމުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެމުވައްޒަފެއްގެ ކިބައިގައި ނެތުމަކީ
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުމުގައި ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްކަމަށް
ބެލެވޭކަމާއި، އަދި، އެމާއްދާގެ (ށ) ގެ (1) އިން (7) އަށް ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރޭގަ
ހިމެނޭ ސަބަބަކަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް
ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ނުބެލެވޭނެކަމާއި، އިޖްރާޢީ
ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން
2 2ޑހ
هر سحر کر
ދިވެހިރާއްޖޭ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-A/138
4 22
.1
އެމުވައްޒަފެއްގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުންކަމާއި، މިގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ
21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަކުން ނިންމުމުގައި،
އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން، އެންމެ ކުޑަމިނުން
އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން؛
މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ނޫންކަމަށް ވަޒީފާދޭފަރާތަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ހުރިހާ
ތަފްސީލަކާއެކު) ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް އަންގައި، އެކަންކަމާމެދު
ޖަވާބުދާރީވުމުގެ ފުރުސަތު އެމުވައްޒަފަކަށް ދިނުމަށްފަހު؟
2. އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ
ކޮބައިކަން އެމުވައްޒަފަކަށް އެންގުމަށްފަހު،
3. އެކަންކަން ރަނގަޅުކުރުމަށް އެމުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި،
އެކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮތްކަން އެމުވައްޒަފަކަށް
އެންގުމަށްފަހު،
4. އެމުވައްޒަފަކު ރަނގަޅުކުރަންޖެހޭކަމަށް ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް އެންގުނު
ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެ
ކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުޞަތެއް އެމުވައްޒަފަކަށް ދިނުމަށްފަހުގެ
5. އެމުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެމުވައްޒަފަކާމެދު އަޅާނެ ފިޔަވަޅެއް
ނިންމުމަށްފަހު
6. އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން،
ވަކިކުރި ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން.
ކަމާއި، އަދި، އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުޞަތުތަކުގައި، އެމުވައްޒަފަކު އެދިއްޖެނަމަ،
އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް
އެމުވައްޒަފަކަށް
ދެވިފައިވާނަމަކަމާއި، މިއީ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުގައިވެސް މިބާވަތުގެ މައްސަލަތަކުގައި
ލުކުރެވެމުންދާ ޢާންމު އުޞޫލުކަން، އިސްވެދެންނެވިފައިވާ ޤައުމުތަކުގެ ވަޒީފާއާބެހޭ ޤާނޫނުތަކަށާއި،
އައި.އެމް.އޯ. ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158)=
2
404 40
ދިވެހިރާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: h6471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2011/HC-A/138
XoO<
OXO
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އާޓިކަލް 7 އަށާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގެ
ނަންބަރު 7، 8، އަދި 9 އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާގުޅިގެން، އެމުވައްޒަފަކު ހުށަހަޅާފައިވާ ޝަކުވާއެއް
ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ
ނުވަތަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން ސާބިތުކޮށްދިނުމަކީ، އެޤާނޫނުގެ 29 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، އެހެން ޙާލަތުތަކުގައި ވަޒީފާދޭފަރާތުގެ ޒިންމާއެއްކަމާއި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދޭ ފަރާތަށް
ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ބެލެވޭނެކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމާ ނިންމުންތަކުގެ ތެރެއިން، އެނިންމުމެއްގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ކޮންމެ ނިންމުމަކީ އޭގެ ސަބަބުން ވަޒީފާއިން ވަކިކުރެވުނު
މުވައްޒަފަށް ޤާނޫނީ ޙައްލެއް އައްޤުވާނެ ނިންމުމެއްކަމާއި، މިގޮތުންބަލާއިރު، މިޙާލަތުގައިވާ
މުވައްޒަފުންނަށް ލިބިދެވޭނެ ޤާނޫނީ ޙައްލު ވަޒީފާއާބެހޭ ޤާނޫނުގެ ވަނަ
ޔާންކޮށްފައިވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ ފަރުމާކުރެވިފައިވާ
ގޮތުން، އެމާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެންކަމާއި، އެއީ
މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުނޫންކަމަށް ވަޒީފާދޭ ފަރާތަށް
ޤަބޫލުކުރެވޭ ޙާލަތުގައި؛
1. އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު
ރަނގަޅުކުރުމަށް
ފިޔަވަޅުއެޅުން، އަދި
2. އެ ފިޔަވަޅު އެޅުމުންވެސް އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ނުވަތަ އޭނާ
ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ
އެކަށީގެންވާ ސަބަބެއް އޮތުން
ކަން އެނގޭކަމާއި، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ
އެމުއްވައްޒަފަކާމެދު އެޅޭނެ އިސްލާޙީ ފިޔަވަޅުތައް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި، މިގޮތުން ބަލާއިރު، މުވައްޒަފަކު ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤު
29
ރު ހ
މިއަދަﷲ
22
22
2 ހ42
އެދުންކުރުކަމުގެ
ހދީ ދިރި 0
2c2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިވެއްޖެ
9
2{11/HC-A/138
ޤަޟިއްޔާ ނިމުނު ގޮތު
OXO
ތނަވާނަމަ،
oxo
މިންގަނޑުތަކަށް އެމާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެމުވައްޒަފަކާމެދު
އަޅަން ފެންނަ އެކަށިގެންވާ އިޞްލާޙީ ފިޔަވަޅެއް އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ ދަށުން
އެޅޭނެ އިސްލާޙީ ފިޔަވަޅުތަކުގެ ތެރޭގައި، ނަސޭހަތްދިނުމާއި، ލިޔުމުން އިންޒާރު ދިނުމާއި، ވަޒީފާގެ
މަސައްކަތަށް ނިކުތުން 14 (ސާދަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުމާއި، އަދި
ހުރިމަޤާމަށްވުރެ ދަށްމަޤާމަކަށް ބަދަލުކުރުން ހިމެނޭކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ)
ގައި ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު،
އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ޝަހްރާބް ރަޝީދު ވަކިކުރެވުނުއިރު އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާގެ މަސައްކަތުގެ ފެންވަރު ދައްވެގެންކަމެއް ނުވަތަ މަސައްކަތުގެ އަޚްލާޤީ
މިންގަނޑު ރަނގަޅު ނުވެގެންކަމެއް، 26 ސެޕްޓެމްބަރ 2010 ގެ ތާރީޚުގައި އެމް.ޓީ.ސީ.ސީ. އިން
ޝަހްރާބް ރަޝީދުއަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
659/MTCC
-
HR
/
MIS
ސިޓީއަށް ބެލުމުން ސާފުކޮށް އެނގެން ނެތްކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ ދަށުން ޝަހްރާބް ރަޝީދު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިންކަން
ޤާއިމުކުރެވިފައިވާކަން އެނގެންނެތްކަމާއި،
ނަމަވެސް އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް
ވާސިލުވުމަށްޓަކައި، އެމް.ޓީ.ސީ.ސީ ގެ ވަޒީފާއިން ޝަހްރާމް ރަޝީދު ވަކިކޮށްފައިވަނީ އޭނާގެ
މަސައްކަތުގެ ފެންވަރު ދައްވެގެންކަމައް ނުވަތަ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅު
ނުވެގެންކަމަށް ޝަރީޢަތުން ބެލި (assume) ކަމުގައިވިއަސް، މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި،
ދެކެވިފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު، ޝަހްރާބް ރަޝީދުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް
ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އެމް.ޓީ.ސީ.ސީ. ގެ ފަރާތުން
އަޅާފައިވާކަން އެންގެން ނެތްކަމާއި، އަދި ޝަހްރާބެ ރަޝީދު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ އިޖްރާޢީ ޢަދުލުވެރިކަން ޤާއިމު ކުރުމުގެގޮތުން، އިސްވެދެންނެވިފައިވާފަދަ އެއްވެސް
ފިޔަވަޅެއް އެމް.ޓީ. އިން އަޅާފައިވާކަން އެނގެން ނެތްކަމާއި،
32
<< O
0422
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ކުންފުންނަ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/138
އެހެންކަމުން، އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ޝަހްރާބް ރަޝީދު ވަކިކޮށްފައިވަނީ،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމެވެ.
ހއ 2 ހއ
/34.eއ
(ރ) ހަތަރުވަނަ ކަމަކީ، އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު
ރައްޔިތުން ޙިއްޞާވާ ވިޔަފާރި ކުންފުންޏަކަށްވީ ހިނދު، އެފަދަ ކުންފުންޏެއްގައި މަސައްކަތް ކުރާ
މުވައްޒަފެއް ނުވަތަ މުވަޒަފުންތަކެއް ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ޢަމަލެއްގެ ސަބަބަބުން
ކަނޑައެޅިގެން ގެއްލުމެއް ވަމުންދާނަމަ ނުވަތަ އެޢަމަލަކީ ޚިޔާނާތުގެ ޢަމަލުކަމަށް ބެލެވޭފަދަ
ޢަމަލެއްކަމުގައިވާނަމަ، އެފަދަ ބަޔަކު އެކަމުން ވަކިކޮށް ކުންފުނީގެ ޙިއްޞާދާރުންގެ
ރައްކާތެރި ކޮށްދިނުމަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ ޙައްޤަކަށްވެފައި އެޙައްޤުގެ
ބޭނުންހިފުން މަނާކުރާ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ އެމް.ޓީ.ސީ.ސީ. ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
އެމް.ޓީ.ސީ.ސީ އަކީ ސަރުކާރުގެ އިތުރުން ޢާންމު ރައްޔިތުން ޙިއްޞާވާ ވިޔަފާރި
ކުންފުންޏެއް ކަމުގައިވީނަމަވެސް، އެކުންފުނީގައި މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން
ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފުންނާ ދޭތެރޭގައި އެކުންފުނިންވެސް
ޢަމަލުކުރަންޖެހޭނީ އެޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި، މިގޮތުން ބަލާއިރު، ވަޒީފާއާބެހޭ
ޤާނޫނުގެ 34 ވަނަ މާއްދާއިން ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ މުވައްޒަފުން ފިޔަވާ އެކުންފުނީގައި
މަސައްކަތްކުރާ އެހެން މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ، އެމުވައްޒަފަކު ކުރާ ނުވަތަ ނުކޮށްދޫކޮށްލާ
ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް ކަނޑައެޅިގެން ގެއްލުމެއް ވަމުންދާކަމަށް ނުވަތަ އެމުވައްޒަފަކު ކުރި
ކަމަކީ ޚިޔާނާތުގެ ގޮތުގައި ބެލިވިދާނެ ކަމެއްކަމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޤަބޫލުކުރެވިގެން
ކަމުގައިވީނަމަވެސް، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭނީ ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ
ގޮތަށް އަދި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި
އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމާއި، އެނޫންގޮތެއްގެމަތިން ޢަމަލުކުރުމުގެ އިޚްތިޔާރު
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށްވެސް ލިބިގެންނުވާކަމެވެ.
.
x4ލ0
އެގޮތަށް
އިސްވެ ފާހަގަކުރެވުނު ކަންކަން
ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010;VTR;208 މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2011/HC-A/138
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނިންމެވުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ޙުކުމް
44 04
ދ 2
4
2
2
22 20ދ
سرما کر
ކަންކަން
އިސްވެފާހަގަކުރެވުނު
ޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/208
މައްސަލަގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް އޮތްކަމަށް ނުފެންނަކަމަކަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/208 މައްސަލަގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަށް ތާޢީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށް ފީމެވެ.
0 0
<< O
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހިމް
(ފަނޑިޔާރު)
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv