ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-DM/10 ޤަޟިއްޔާގެ ޙުކުމް
1
ޝަރީޢަތް ނމުން
ޝަރީއަތް
2012/HC-DVI/10
بمتال سراسیم
An
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
0
• ޤަޟިއްޔާ ނަންބަރު:10/HC
-
DM/2012
• މައްސަލަ ހުށަހެޅި ފަރާތް:
* ން: އަޙްމަދު މުރާދު
! ދާއިމީ އެޑްރެސް: މއ. ބްލޫގްރާސް/ މާލެ
* އައިޑީކާޑު ނަންބަރު: A033110
* މިހާރުގެ އެޑްރެސް: ގ. ފެހިވާދީ މާލެ
މައްސަލަ ރައްދުވާ ފަރާތް:
{
-1
* ނަން: ދަޢުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް)
* ދާއިމީ އެޑްރެސް: ވެލާނާގެ / މާލެ
* މިހާރުގެ އެޑްރެސް: ވެލާނާގެ / މާލެ
: ރަޖިސްޓްރީ ކުރެވުނު ތާރީޚް: 06 ޑިސެމްބަރު 2012
، ނިމުނު ތާރީޚް: 12 ނޮވެމްބަރ 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
مهری و
Aމން
2012/HC-DMI/10
ދަޢުވާގެ ޚުލާޞާ
މިއީ، ސަރުކާރު (ކުރީގެ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އަރބަން ޑިވެލޮޕްމަންޓް)
އިން ހައްދަވާފައިވާ "ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާޢިދު" ގެ 11 ވަނަ މާއްދާއާއި، 13 ވަނަ
މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާއި ޚިލާފުވެފައިވާ
މާއްދާތަކެއްކަމުން، ޙަވާލާދެވިފައިވާ ޤަވާޢިދުގެ 11 ވަނަ މާއްދާއާއި 13 ވަނަ މާއްދާގެ (ށ) އަކީ، ޤާނޫނު
އަސާސީއާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާ ޚިލާފު ދެ މާއްދާކަމާއި އަދި އެއީ މިހާރު
ބާޠިލު ދެ މާއްދާކަމަށް ކަނޑައަޅައި ދިނުމަށް އެދި މއ. ބްލޫގްރާސް އަޙްމަދު މުރާދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލާގައި ދަޢުވާރައްދުވާ ފަރާތަކީ ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް) އެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް
20
1. ސަރުކާރު (ކުރީގެ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އަރބަން ޑިވެލޮޕްމަންޓް) އިން
ހައްދަވާފައިވާ "ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާޢިދު" ގެ 11 ވަނަ މާއްދާއާއި، 13 ވަނަ
މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި ޚިލާފުވެފައިވާ
މާއްދާތަކެއްކަމުން، ޙަވާލާދެވިފައިވާ ޤަވާޢިދުގެ 11 ވަނަ މާއްދާއާއި 13 ވަނަ މާއްދާގެ (ށ) އަކީ، ޤާނޫނު
އަސާސީއާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާ ޚިލާފު ދެ މާއްދާކަމާއި އަދި އެއީ މިހާރު
ބާޠިލު ދެ މާއްދާކަމަށް ކަނޑައަޅައި ދިނުމަށް އެދި މއ. ބުލޫގްރާސް، އަޙްމަދު މުރާދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
ޝަރީޢަތް
ޝަރޢަތް ނމު
2012/HC-DM/10
އއގތ
މައްޗަށް
2. މި މައްސަލަ ހުށަހެޅި ފަރާތުން މައްސަލައިގައި ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ
ބަލާއިރު އަންނަނިވި 5 (ފަހެއް) ސަބަބު ފާހަގަކޮށް، އެކަންކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
(ހ) ފުރަތަމަ ސަބަބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ
މާއްދާގައިވަނީ، "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކީ ޤާނޫނުން
ބާރުލިބިފައިވާ، އަދި ޤާނޫނީ ބާރާއެކު ތަންފީޛުކުރެވޭނެ އެއްޗެކެވެ. އަދި ރައްޔިތުން އެމައްޗަށް ޢަމަލުކުރަންޖެހޭ
އެންމެހައި ޤަވާޢިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެޤަވާޢިދުތައް ހެދުމުގެ ބާރު ލިބިގެން
ހަދާ ޤަވާޢިދުތަކަކަށް ވާންވާނެއެވެ." މިފަދައިންކަމަށް ބުނެ ހުށަހެޅި ސަބަބު.
(ށ) ދެވަނަ ސަބަބަކީ: ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2002) އަކީ
ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނެކެވެ. މިޤާނޫނަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު
(ޤާނޫނު ނަންބަރު 4/2008) އަކީވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނެއްކަމަށް ބުނެ
ހުށަހެޅި ސަބަބު.
(ނ) ތިންވަނަ ސަބަބަކީ: ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ފުރަތަމަ ފާސްކުރެއްވިއިރު
ތިރީގައިމިވާ މާއްދާތަކުގެ ދަށުން ޤަވާޢިދު ހެދުމުގެ ބާރު ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށް އެޤާނޫނުގެ
އެމާއްދާތަކުގެ ދަށުން ލިބިދީފައިވެއެވެ. މިގޮތުން ޤަވާޢިދު ހެދުމުގެ ބާރު ލިބިދީފައިވާކަމަށް ޤާނޫނުގައި
ބަޔާންކޮށް
ށްފައިވާ މާއްދާތަކަކީ
ތަކަކީ:- 11 (ނ)12 (ށ); 13 (ނ)؛ 16; 18 (ހ); 23 (ނ)؛ 27 (ށ): 27
(ނ)؛ 31؛ 33 (ހ)ގެ 33 (ނ)؛ 34؛ 36 (2) (ނ) އަދި 39 ވަނަ މާއްދާކަމަށް ބުނެ ހުށަހެޅި ސަބަބު
ދިވެހިރާއްޖޭގެ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
مفت بسر می
2012/HC-DM/10
ދީގެން
އިޞްލާޙު ގެނައުމުގެ
(ރ) ހަތަރުވަނަ ސަބަބަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ދެ ވަނަ
ޤާނޫނު (ޤާނޫނު ނަންބަރު 4/2008) ގައި އެ ޤާނޫނުގެ 18 ވަނަ މާއްދާ އިޞްލާޙުކޮށްފައިވަނީ ޤަވާޢިދު
ހެދުމުގެ ބާރު، ކުރިން އޮތްނަމަވެސް، އެކަން އުނިކުރެއްވުމަށް ފަހުއެވެ. ވީމާ ބިމާބެހޭ ޤާނޫނަށް ދެ ވަނަ
އިޞްލާޙު ގެނެވުނު ފަހުން ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޤަވާޢިދެއް ނުހެދޭނެއެވެ. އަދި އެފަދަ
ޤަވާޢިދެއް އޮތްނަމަވެސް އެއީ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާއި ޚިލާފު ޤަވާޢިދެއްކަމަށް ބުނެ ހުށަހެޅި
ސަބަބު.
(ބ) ފަސްވަނަ ސަބަބަކީ: "ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާޢިދު" ގެ 11 ވަނަ
މާއްދާއާއި 13 ވަނަ މާއްދާގެ (ށ) އަކީ ގޯތި ވިއްކުމާއި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ކަނޑައެޅުމުގައި
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފު މާއްދާތަކެއް ކަމަށްބުނެ
ހުށަހެޅި
ސަބަބު
13
3- މި މައްސަލަ ހުށަހެޅި ބްލޫގްރާސް، އަޙްމަދު މުރާދުގެ ފަރާތުން މައްސަލައިގައި ދަޢުވާ
ބިނާކުރި ސަބަބުތަކަށާއި، މި މައްސަލަ ހުށަހެޅި ފަރާތުންނާއި މި މައްސަލަ ރައްދުވާ ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅޭގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މި މައްސަލަ ނިންމަން ފެންނަ ގޮތާމެދު މި މައްސަލަ ބެލި
ފަނޑިޔާރުންގެ މެދުގައި ދެ ރައުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. އެގޮތުން:-
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
مفت في مصر
2012/HC-DM/10
ގޮތުގެ ޚުލާޞާ
w
އަޤައްވިއްޔާ ރައުޔު: (ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމުގެ ރައުޔު)އާއި އެރައުޔު ބިނާކުރެވިފައިވާ އަސާސްތައް
(ހ) ފުރަތަމަ ކަމަކީ:
ޤާއ"
ބްލޫގްރާސް، އަޙްމަދު މުރާދުގެ ފަރާތުން ހުށަހަޅާފައިވާ މި
24 2
24 2
0 0
<< O
13
ދުސްތޫރީ މައްސަލައިގެ ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، މިމައްސަލައަކީ، ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 4/2008) އިން ދިވެހިރާއްޖޭގެ
ޤާނޫނުގެ 18 ވަނަ މާއްދާ އިސްލާހުކޮށްފައިވާތީ، އެމާއްދާގެ ދަށުން ޤަވާޢިދު ހެދުމުގެ ބާރު،
ސަރުކާރަށް މިހާރު ލިބިގެންވާކަމަށް ނުދެކޭތީއާއި، އަދި އެފަދަ ޤަވާޢިދެއް ހެދިފައިއޮތްނަމަ އެޤަވާޢިދެއް
ބާޠިލުވާނެކަމަށް ދެކިގެން، "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު ގެ 11 ވަނަ މާއްދާއާއި، 13
ވަނަ މާއްދާގެ (ށ) އަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ޚިލާފު މާއްދާތަކެއްކަމަށް ބުނެ، އެ ޤަވާޢިދުގެ 11 ވަނަ މާއްދާއާއި
ވަނަ މާއްދާގެ (ށ) އަކީ، މިހާރު ބާޠިލު ދެ މާއްދާކަމަށް ކަނޑައަޅައި ދިނުމަށްއެދި ހުށަހަޅާފައިވާ
މައްސަލައެއްކަން އެނގޭއިރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކީ
ޤާނޫނުން ބާރުލިބިފައިވާ، އަދި ޤާނޫނީ ބާރާއެކު ތަންފީޒުކުރެވޭނޭ އެއްޗެއްކަމަށާއި، އަދި ރައްޔިތުން އެ މައްޗަށް
ޢަމަލުކުރާންޖެހޭ އެންމެހައި ޤަވާޢިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެޤަވާޢިދުތައް ހެދުމުގެ
ބާރުލިބިގެން ހަދާ ޤަވާޢިދުތަކަކަށް ވާންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން
ހަދަންޖެހޭ ޤަވާޢިދުތައް ހަދައި ހިންގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކަށް ނުވަތަ
ފަރާތްތަކަކަށް ލިބިގެންވާކަމަ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
2
20 ދދވ
ޅަނކޮށް
4 20 02
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ދެވަނަ
އިސްލާހު ގެނައުމުގެ ކުރިން އެޤާނޫނުގެ 18 ވަނަ މާއްދާ އޮތް ގޮތަށާއި އަދި އެ ޤާނޫނަށް ދެ ވަނަ އިސްލާ
ދިވެހިރާއްޖޭގެ ހައިކޯޓް،އްބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2012/HC-DVI! 10
ޝަރީޢަތް
w
ގެނައުމަށް ފަހު އެ މާއްދާ އޮތް ގޮތަށް ބަލާއިރު، އެ ޤާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ކުރިން އެމާއްދާ
އިބާރާތް ކުރެވިފައިވަނީ،
"(ހ) ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން
މިޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކާލެވޭނީ
ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އާންމުކޮށް ޝާއިޢުކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ
މަތިން ކަނޑައެޅޭ އަގަކަށް
ގަކަށް ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.
(ށ) ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ
އެހެންތަނެއް ހަމަޖެހިފައިވުން.
(ނ) ގޯތި ގަންނަ ފަރާތަކީ، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ މި ޤާނޫނުގެ
15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ބައިކުރެވޭ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ
ގޯއްޗަކުން ބައެއް ލިބިފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ ގޯތި ގަންނަ ފަރާތަކީ، ގެދޮރުއެޅުމާއި ތަންތަން
ބިނާކޮށް ތަރައްޤީކުރުމަށް ޚާއްޞަވެފައިވާ، އަދި ސަރުކާރުގެ ހިއްސާ އެކުލެވިފައިވާ ކުންފުންޏެއް ކަމުގައިވުން.
OX
(ރ) ގޯތި ގަންނަ ފަރާތަކީ ދިވެހިރައްޔިތަކު ކަމުގައިވުން.
(ބ) އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15
ޓެކްސްގެ ގޮތުގައި، އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ.) މިފަދައިންކަން
އެނގޭކަމާއި،
0 0
<< O
އަދި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ދެ ވަނަ އިސްލާހު،
އުމަށްފަހު، އެ ޤާނޫނުގެ 18 ވަނަ މާއްދާ އިބާރާތް ކުރެވިފައިވަނީ،
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
1
سفر سے مر
ންލުން
ގޮތުގެ ޚުލާޞާ
2012/HC-DM/10
"ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތުން މި ޤާނޫނުގެ
16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު އެހެން ފަރާތަކަށް ވިއްކަންވާނީ،
ތިރީގައިބުނެފައިވާ ގޮތުގެމަތިންނެވެ.
(ހ) ގޯތި ވިއްކަން އެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ
ހަމަޖެހިފައިވުން.
4
2
0 ދ 02
4ހންނެއް
UCO
(ނ) ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ
ކޮށްފައިވާ އެ ކުންފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާދާރުންނަކީ ދިވެހިންކަމުގައި ހިމެނޭ ކުންފުންޏަކަށް
ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އަކަށްވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސަތޭކަ އިންސައްތަ
ދިވެހިންގެ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމުގައިވުން.
(ނ) ގޯއްޗެއް ނުވަތަ ބިމެއް ގަނެފައިވާ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސަތޭކު
އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއްގެ ހިއްސާގެ އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް ނުވިއްކޭނެއެވެ.
(ރ) އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15
ޓެކްސްގެ ގޮތުގައި އެ ގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭނެއެވެ." މިފަދައިންކަން
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއަށް ޤާނޫނު ނަންބަރު 4/2008 އިން
އިސްލާހު ގެނެސްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ކުރިން އެމާއްދާގެ (ހ) ގެ އިބާރާތުގައި އޮތް "ވިއްކާލެވޭނީ
މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެ މަތީން، ޢާންމުކޮށް ޝާޢިއުކޮށްފައިވާ އުސޫލާ އެއްގޮތްވާ
ގޮތުގެމަތިން ކަނޑައެޅޭ އަގަކަށް" ޢިބާރާތް އުނިކޮށް، އެ އަކުރު އެމާއްދާ ފެށުމުގެ ޕެރެގްރާފެއްގެ ގޮތުގައި
ހިމަނާފައިވާކަން އެނގޭކަމާއި، ކުރިން އެ މާއްދާގެ (ނ) ގެ ގޮތުގައި އޮތް އަކުރު، އެ މާއްދާގެ (ހ) ގެ ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2012/HC-DM/10
ޝަރީޢަތް
ގޮތުގެ ޚުލާޞާ
w
ދި ޑc
oxoc
، (ހ) ހައިކޯޑު"
ހަމަޖެހި އަދި އެ މާއްދާގެ (ބ) ގެ ގޮތުގައި ކުރިން އޮތް އަކުރު އެމާއްދާގެ (ރ) ގެ ގޮތުގައި ފަހުން ގެނެވުނު
އިސްލާހުގައި ހަމަޖެހިފައިވާ ކަމާއި، އަދި ކުރިން އެ މާއްދާގެ (ނ) އާއި (ނ) ގެ ގޮތުގައި އޮތް އަކުރުތަކަށް
އިސްލާހު ގެނެސްފައިވާކަން އެނގޭއިރު، މި މައްސަލާގައި އަޙްމަދު މުރާދުގެ ފަރާތުން ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނުގެ ދަށުން ހަދާފައިވާ "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާޢިދު" ގެ 11 ވަނަ މާއްދާއާއި، 13
ވަނަ މާއްދާގެ (ނ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާ ޚިލާފު
މާއްދާތަކެއްކަމަށް ބުނެ، އެ މާއްދާތައް ބާޠިލު ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 4/2008) އިން ދިވެހިރާއްޖޭގެ ބިމާބެ
ޤާނޫނުގެ 18 ވަނަ މާއްދާ އިސްލާހު ކުރިއިރު، އެ މާއްދާގެ (ހ) ގައި އޮތް "ވިއްކާލެވޭނީ މިޤާނޫނުގެ ދަށުން
ހަދާ ޤަވާއިދުގައިވާ ގޮތުގެ މަތީން، ޢާންމުކޮށް ޝާޢިއުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތީން ކަނޑައެޅޭ
މި ޢިބާރާތް އުނިކޮށްފައިވާތީ، އެމާއްދާގެ ދަށުން ޤަވާޢިދު ހެދުމުގެ ބާރު، ސަރުކާރަށް މިހާރު
ލިބިގެންވާކަމަށް ނުދެކޭތީއާއި އަދި ކުރިން އެމާއްދާގެ ދަށުން ބާރު ލިބިގެން ހަދާފައިވާ އިސްވެ ބުނެވުނު
ޤަވާޢިދުގެ ދެ މާއްދާ ބާޠިލުވާނެކަމަށް ދެކޭތީކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަންޑާރަ ގޯތި ގަތުމާއި، ވިއްކުމާއި،
ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކާއި އުޞޫލުތައް ބަޔާންކޮށްފައިވަނީ އެޤާނޫނުގެ 16 ވަނަ މާއްދާއިން ފެށިގެން
21 ވަނަ މާއްދާއަށް ހުރި މާއްދާތަކުގައިކަން އެނގޭކަމާއި،
އެ ގޮތުން އެ ޤާނޫނުގެ 16 ވަނަ މާއްދާގައި "ބަންޑާރަ ގޯތި ދޫކުރެވިފައިވާ ފަރާތަކަށް،
އެއްފަހަރާ އަގު ދެއްކުމަށްފަހު، ނުވަތަ އެކި ފަހަރުމަތިން ފައިސާ ދައްކައި އަގު އަދާކުރާ އުސޫލުން، މިޤާނޫނުގެ
ދަށުން ހަދާ ޤަވާޢިދުގައި ބުނެފައިވާ ގޮތުގެމަތިން، އަގު ދައްކައި ނިންމުމަށްފަހު، އެ ގޯއްޗެއް ގަނެވިދާނެއެވެ.
މިގޮތުން ގަނެވޭ ގޯތީގެ އަގު ކަނޑައަޅާނީ، މި ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުޘްޖޭގެ
އަގަކަށް"
99
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
ގޮތުގެ ޚުލާޞާ
2012/HC-DM/10
* 2
19
މަތީންނެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގޭއިރު، އެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމަށްފަހު،
އެޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ގޮތުގައި މިހާރު ހަމަޖެހިފައިވަނީ، ކުރިން އެ މާއްދާގެ (ށ) ގައި އޮތް
އަކުރުކަން އެނގޭކަމާއި، ކުރިން އެމާއްދާގެ (ހ) ގައި އޮތް "ވިއްކާލެވޭނީ މިޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ
ގޮތުގެ މަތީން، ޢާންމުކޮށް ޝާއިޢުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތީން ކަނޑައެޅޭ އަގަކަށް" މި އިބާރާތް
އުނިކޮށްފައިވާކަން އެނގެން އޮތްނަމަވެސް، ބަންޑާރަ ގޯތި ގަތުމަށްޓަކައި އަގު ކަނޑައަޅާނީ، އެ ޤާނޫނުގެ 18
ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތީންކަމަށް އެ ޤާނޫނުގެ 16 ވަނަމާއްދާގައި ބުނެފައިވުމުން ބަންޑާރަ
ގޯތީގެ އަގު ކަނޑައެޅުމުގައި އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ކުރިން ބަޔާންކޮށްފައިވާ އުސޫލަށް
ހަވާލާދީފައިވާކަން އެނގޭކަމާއި، އަދި ބަންޑާރަ ގޯތީގެ ބިން ގަނެވޭނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން
ހަދާ ޤަވާޢިދުގައި ބުނެފައިވާ ގޮތުގެމަތިން އަގުދައްކައި ނިންމުމަށްފަހުގައިކަން ވެސް 16 ވަނަ މާއްދާއިން
އެނގޭއިރު، "ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު ގެ 11 ވަނަ މާއްދާގައި ބަޔާންކުރަނީ އެފަދަ
ބިމުގެ އަގު ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކެއް ކަމަށް މާނަކުރެވޭކަމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު
ފާސްވުމުގެ ކުރިން ހުރި އަމިއްލަ ބިންބިމާއި، ގޯތިގޯއްޗާއި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އަމިއްލަކުރާ
ބިންބިމާއި ގޯތިގޯތި ވިއްކަންވާނީ، ނުވަތަ ފިބައަކުން، ނުވަތަ ވަޞިއްޔަތަކުން، ނުވަތަ އެނޫންވެސް ގޮތަކުން
ދެނީނަމަ ދޭންވާނީ، މިޤާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، އަދި އެ
މާއްދާތަކުގައި ބުނެފައިވާ ޝަރުޠުތަކުގެ މަތިންކަމަށް އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަންވެސް
2
އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: "ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާއި ބެހޭ ޤަވާޢިދު" އަކީ ޤާނޫނު
ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) ގެ ދަށުން 01 އޮކްޓޯބަރ 2008 ގައި މިނިސްޓްރީ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2012/HC-DM/10
ޝަރީއަތް
ދީގެން
އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން އެކުލަވާލާފައިވާ ޤަވާޢިދެއްކަން އެޤަވާޢިދުގެ 1 ވަނަ މާއްދާގެ
(ހ) އިން އެނގޭކަމާއި،
0 0
<
ޤާނޫނާއި، ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާއި ބެހޭ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން، ފައިސާ ދައްކައި އަގު
އަދާކުރުމަށް ފަހު އަމިއްލަ ކުރެވިދާނެކަމާއި، އެގޮތަށް އަގު އަދާކުރުމުގައި އެއްފަހަރާ ނުވަތަ އެކިފަހަރުމަތިން
އަގު އަދާކުރެވިދާނެކަމާއި، އަދި ބަންޑާރަ ގޯއްޗެއްގެ ބައެއް ނުވަތަ އެއްކޮށްވެސް އަމިއްލަ ކުރެވިދާނެކަމާއި،
އެފަދަ ގޯއްޗަކީ އެކިބައިތަކަށް ވަކިވަކީން ޢިމާރާތްކުރެވޭ ގޮތަށް ހުއްދަދީފައިވާ ތަންތަންކަމުގައިވާނަމަ، އެބައިބައި
ވަކިވަކިން އަމިއްލަ ކުރެވިދާނެކަން އެ ޤަވާޢިދުގެ 2 ވަނަ މާއްދާއަށް ބެލުމުން އެނގޭއިރު، ބިމުގެ އަގު
ކަނޑައެޅުމުގައި، އެ ސަރަހައްދެއްގެ އިޤްތިޞާދީ އިޖްތިމާއީ ހާލަތާއި، ބިމުގެ ތަނަވަސްކަމަށާއި، އަދި ބިމުގެ
މުޢާމަލާތްތައް އެއިރަކު ހިނގަމުންދާ ގޮތަށް ބަލައި، އެނޫންވެސް އެކަށޭނަ ކަންކަމަށް ބެލުމަށްފަހު، ރާއްޖޭގެ އެކި
ސަރަހައްދަށް، އެކި ރަށްރަށަށް އަދި ރަށެއްގެ އެކި ހިސާބުތަކަށް، އަމިއްލަކުރާ އަގު އަދި ޓެކްސް ނެގުމަށް
ބަލާނެ އެންމެ ދަށް އަގު ވެސް ތަފާތުކުރުމުގެ އިޚްތިޔާރު އެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނާ
ކޮމެޓީގެ މަޝްވަރާގެ މަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ލިބިގެންވާކަމަށް އެ
ޤަވާޢިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އަދި އެ ޤަވާޢިދުގެ ސަރުކާރަށް ޓެކްސް
ދެއްކުން" މި ސުރުޚީގެ ދަށުގައިވާ، 13 ވަނަ މާއްދާގެ (ށ) ގައި "އަމިއްލަ ގޯތި ވިއްކުމުގައި ނަގަންޖެހޭ
ޓެކްސް ނެގުމުގައި ބަލާނީ މި ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ރ) ގައިވާ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ
އަގަށެވެ. މިގޮތުން ވިއްކާ އަގު ކަމަށް ހުށަހަޅާ އަގު ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަނަމަ
ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އަގަށް ބަލައި ޓެކްސް ކުރަންވާނެއެވެ. އަދި ވިއްކި އަގުކަމަށް ހުށަހަޅަނީ
ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއްކަމަށް ވާނަމަ ޓެކްސް ކުރާނީ އެހުށަހެޅި އަގަށް
ބަލައިގެންނެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގޭއިރު،
+
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
2012/HC-DM10
ގޮތުގެ ޚުލާޞާ
w
عورت کی
ޝަރީޢަތް
ދިވެހިރާއް ބިމާބެހޭ ޤާނޫނު ފާސްވުމުގެ ކުރިން (2002 ޖުލައި 23 ގެ ކުރިން) ހުރި
އަމިއްލަ ބިންބިމާއި، ގޯތި ގޯއްޗާއި، އެޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އަމިއްލަކުރާ ބިންބިމާއި، ގޯތި ގޯތި
ވިއްކަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވާ އުސޫލުތަކާއި ޝަރުޠުތަކުގެ
މަތިންކަމަށް އެޤާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވާކަމާއި، އަދި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް
ވިއްކާނަމަ، އެގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 (ފަނަރަ އިން ސައްތަ) ޓެކްސްގެ ގޮތުގައި،
ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ
މާއްދާގެ (ރ) އާއި ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދުގެ 13 ވަނަމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ޑ0ވހއ
<< O
ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނުނަންބަރު
4/2008) އިން އެ ޤާނޫނުގެ 18 ވަނަ މާއްދާ އިސްލާހު ކުރުމުގައި، އެ މާއްދާގެ (ހ) ގައި އޮތް
"ވިއްކާލެވޭނީ މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެ މަތީން، ޢާންމުކޮށް ޝާޢިއުކޮށްފައިވާ އުސޫލާ
އެއްގޮތްވާ ގޮތުގެމަތީން ކަނޑައެޅޭ އަގަކަށް" މި ޢިބާރާތް އުނިކޮށްފައިވާކަން އެނގެން އޮތްނަމަވެސް، އެ
އިބާރާތް އުނިކޮށްފައިވަނީ ކޮން ނިޔަތެއްގައި އަދި ކޮން މަޤްޞަދެއްގައިކަން އެނގެން ނެތްއިރު، ޤާނޫނެއްގެ
ބައެއް އެ ޤާނޫނުން އުނި ކުރެވިއްޖެކަމަށްވާނަމަ، އެ ޤާނޫނުގެ ދަށުން ނުވަތަ އެ ޤާނޫނުގެ އެ އުނިވި
ދަށުން ހަދާފައިވާ ގަވާއިދު، އުވާލެވުނު ނުވަތަ ބާޠިލު ކުރެވުނު ޤާނޫނާ ތަޢާރަޒުނުވާހާހިނދަކު، ބާޠިލުނުވެ ދެމި
އޮންނާނެކަމާއި، ވަކިކަމެއް ކުރުމުގެ ބާރު ވަކި މީހަކަށް ޤާނޫނުން ދޭކަމަށްވާނަމަ، އެ ބާރު ހެޔޮގޮތުގައި
ތަންފީޒުކުރުމަށްޓަކައި އޭނާއަށް ބޭނުންވާ އެންމެހައި ސީދާ ބާރުތަކާއި ނުސީދާ ބާރުތައް އޭނާއަށް ލިބިގެންވާކަމަށް
ބަލަންވާނެކަމަށް ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 19 ވަނަ
202/
މާއްދާއާ
25 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
2012/HC-DVI! 10
ދީގެން
ޝަރީޢަތް
hގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާޢިދު" އަކީ، ޤާނޫނު ނަންބަރު 1/2002
(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ޤަވާއިދެއްކަމަށްވެފައި، ގޯއްޗެއް ނުވަތަ
ބިމެއް ވިއްކާނަމަ، އެގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 (ފަނަރަ އިން ސައްތަ) ޓެކްސްގެ ގޮތުގައި،
އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހުން ޝަރުޠުކޮށްފައިވުމުން، ބިން ނުވަތަ ގޯތި
ވިއްކުމުގެ މުޢާމަލާތުތަކުގައި ހިމެނޭ ސަރުކާރުގެ ޙައްޤު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަޤްޞަދުގައި ޓެކްސް
ނެގުމުގެ ބޭނުމަށްޓަކައި، ބިމެއް ނުވަތަ ގޯއްޗެއް ވިއްކާ އަގު، އެ ބިމެއް ނުވަތަ ގޯއްޗެއްގެ ހަމައަގު ކަމަށް
ސަރުކާރުން ދެކޭ އަގަށްވުރެ ދަށް ކަމުގައިވާ ނަމަ، އެ ބިމެއް ނުވަތަ ގޯއްޗެއްގެ (ޓެކްސް ނަގާނެ) އަގު
ކަނޑައަޅައި، އެ އަގުން ޓެކްސް ނެގިދާނެކަމާއި، ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާއި ބެހޭ ޤަވާޢިދު" ގެ 13
ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީވެސް މި އުސޫލުކަން އެނގޭކަމާއި، އަދި ވިޔަފާރީގެ މުޢާމަލާތް
ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރޭގައި "އެ ވިޔަފާރީގައި މަކަރުހެދުމާއި އޮޅުވާލުން ނުހިމެނުން" ހިމެނޭކަން
އެނގޭއިރު، ބިމެއް ނުވަތަ ގޯއްޗެއް ވިއްކުމުގެ މުޢާމަލާތުގައި، ސަރުކާރަށް ދައްކަންޖެހޭ ޓެކުހަށް މަކަރު ހަދައި
އޮޅުވާލުމަށްޓަކައި އެ ބިމެއް ނުވަތަ ގޯއްޗެއްގެ ހަމައަގު ކަމަށް ޤަބޫލުކުރެވޭ އަގަށްވުރެ ދަށް އަގަކަށް ވިއްކުމަށް
ހުށަހަޅާ ހާލަތުގައި އެ ބިމަކުން ނުވަތަ ގޯއްޗަކުން ޓެކްސް ނެގުމުގައާއި، އަދި ބަންޑާރަ ބިން އަމިއްލަ ކުރާ
ހާލަތުގައި އެބިމުގެ އަގު ކަނޑައެޅުމުގައި ސަރުކާރުން ޢަމަލުކުރާނެ ގޮތް *ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާ
ބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގެ (ށ) އާއި 11 ވަނަ މާއްދާގައި ކަނޑައަޅައި،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ ތަޢާރުޒުވާ ކަމެއްކަމަށް ނުފެންނަކަމެވެ.
24
2 20
ދިރު 0
2
3
4
18ނP/0ކ
0 0
<< O
ވީމާ، އަހުރެން ދެކެނީ "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާޢިދު" އަކީ ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނުގެ ދަށުން ބާރު ލިބިގެން ހެދިފައިވާ ޤަވާޢިދެއްކަމަށް ވެފައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް
އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 4/2008) އިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
13
مفت بی ام
2012/HC-DM/10
ގޮތުގެ ޚުލާޞާ
w
މާއްދާގެ (ހ) އިސްލާހު ކުރިއިރު، އެ އަކުރުގައި ކުރިން އޮތް ވިއްކާލެވޭނީ މިޤާނޫނުގެ ދަށުން ހަދާ
ޤަވާއިދުގައިވާ ގޮތުގެ މަތީން، ޢާންމުކޮށް ޝާޢިއުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތީން ކަނޑައެޅޭ އަގަކަށް"
މި ޢިބާރާތް އުނި ކުރެވިފައިވީނަމަވެސް، ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާޢިދު" ގެ 11 ވަނަ
13 ވަނަ މާއްދާގެ (ށ)، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާ ތަޢާރަޒުނުވާތީ، އެ
ޤަވާޢިދުގެ 11 ވަނަ މާއްދާއާއި 13 ވަނަ މާއްދާގެ (ނ) އަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ
މާއްދާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާ ޚިލާފު ބާޠިލު މާއްދާތަކެއްކަމަށް
ކަނޑައަޅާނެ ތަނެއްނެތް ކަމަށެވެ.
މާއްދާއާއި،
އަޣުލަބިއްޔަތު ރައުޔު: (ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު) އާއި، އެ
ރައުޔު ބިނާކުރެވިފައިވާ އަސާސްތައް
ދިވެހިރާއް
ހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ހުށަހެޅި ބްލޫގްރާސް، އަޙްމަދު މުރާދުގެ ފަރާތުން
ހުށަހެޅި މައްސަލައިގެ ދަޢުވާ ބިނާކުރި ސަބަބުތަކަށާއި، އަދި އަޙުމަދު މުރާދުގެ އިތުރުން، ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅޭގޮތުން ހުރި
ޤާނޫނުތަކާއި ޤަވާޢިދު ތަކުގެ މާއްދާތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މިމައްސަލައަކީ، ސަރުކާރު (ކުރީގެ މިނިސްޓްރީ އޮފް ހައުސިންގް އެންޑް
އަރބަން ޑިވެލޮޕްމަންޓް) އިން ހައްދަވާފައިވާ ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު ގެ 11
ވަނަ މާއްދާއާއި، 13 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 3 މުނަ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
14
ممر و
2012/HC-DVI/10
ހން
މާއްދާއާއި ޚިލާފު މާއްދާތަކެއްކަމަށް ބުނެ، އެޤަވާޢިދުގެ 11 ވަނަ މާއްދާއާއި 13ވަނަ މާއްދާގެ (ށ) އަކީ،
ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި ޚިލާފް، ބާޠިލް ދެ މާއްދާކަމަށް
ކަނޑައަޅައިދިނުމަށް އެދި މއ. ބްލޫގްރާސް އަޙްމަދު މުރާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލުނު ދުސްތޫރީ މައްސަލައެއްކަމާއި،
<
އެހެންކަމުން، މިމައްސަލާގައި ބަލަންޖެހޭނީ، "ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ
ޤަވާއިދު" ގެ
11 ވަނަ މާއްދާއާއި، 13 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާއި، އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި ޚިލާފް، ދެ
މާއްދާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މައްޗަށް ކަން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގައި ވަނީ،
"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދަކީ ޤާނޫނުން ބާރު ލިބިފައިވާ، އަދި
ޤާނޫނީ ބާރާއެކު ތަންފީޛުކުރެވޭނެ އެއްޗެކެވެ. އަދި ރައްޔިތުން އެމައްޗަށް ޢަމަލުކުރަންޖެހޭ އެންމެހައި
ޤަވާޢިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ޤަވާޢިދުތައް ހެދުމުގެ ބާރު ލިބިގެން ހަދާ
ޤަވާޢިދުތަކަކަށް ވާންވާނެއެވެ." މިފަދައިންކަމާއި،
އެހެންކަމުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ޤަވާޢިދުތައް ހެދުމުގެ ބާރު
ލިބިގެން ހަދާ ޤަވާޢިދުތައް މެނުވީ، ޤާނޫނީ ބަރާއެކު ތަންފީޛުކުރެވޭނެ، އަދި ރައްޔިތުން އެއާ އެއްގޮތަށް
ޢަމަލުކުރަންޖެހޭނެ ޤަވާޢިދުތަކަކަށް ނުވާނެކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
15
ޝަރީއަތް
2012/HC-DM10
ދީގެން
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް
ހަދައި ހިންގުމުގެ
ބާރު ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް
ލިބިގެންވާކަމަށް އެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
OXO
ޤަވާޢިދު ހެދުމުގެ ބާރު ބިމާބެހޭ ޤާނޫނުގައި ލިބިދީފައިވަނީ، އެޤާނޫނުގެ 11 ވަނަ މާއްދާގެ (ނ)12 ވަނަ
މާއްދާގެ (ށ)ގެ 13 ވަނަ މާއްދާގެ (ށ): 16 ވަނަ މާއްދާ؛ 18 ވަނަ މާއްދާގެ (ހ); 23 ވަނަ މާއްދާގެ (ށ);
27 ވަނަ މާއްދާގެ (ހ)، (ނ)؛ 31 ވަނަ މާއްދާ؛ 33 ވަނަ މާއްދާގެ (ހ)، (ނ)؛ 34 ވަނަ މާއްދާ؛ 36 ވަނަ
މާއްދާގެ (2) ގެ (ނ) އަދި 39 ވަނަ މާއްދާގެ ދަށުންކަމާއި،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު
4/2008) އަށް ބަލާއިރު، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާ
އިޞްލާޙުކޮށްފައިވާކަމާއި، އެމާއްދާއަށް ގެނެވިފައިވާ އިޞްލާޙަށް ބަލާއިރު، އެމާއްދާގެ ދަށުން ޤަވާޢިދު ހެދުމުގެ
ބާރު، ކުރިން އޮތްނަމަވެސް، ފަހުން ގެނެވުނު އިޞްލާޙުގައި އެކަން އުނިކުރެވިފައިވާކަމާއި،
ވީމާ، ބިމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނެވުނު ފަހުން ބިމާބެހޭ ޤާނޫނުގެ 18 ވަނަ
މާއްދާގެ ދަށުން ޤަވާޢިދެއް ނުހެދޭނެކަމާއި، އަދި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
ގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ހަދައި ހިންގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކަށް
ނުވަތަ ފަރާތްތަކަކަށް ލިބިގެންވާކަމަށް އެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމަކީ، އެޤާނޫނާ
ނުވަތަ އެޤާނޫނުގެ އެއްވެސް މާއްދާއަކާ ފުށުއަރާގޮތަށް ޤަވާއިދެއް ހެދުމަށް ޤާނޫނީގޮތުން ފުރުޞަތު
އޮންނާނެކަމެއް ނޫންކަމާއި، އެފަދަ ޤަވާޢިދެއް އޮތްނަމަވެސް އެޤަވާޢިދެއްވާނީ ޤާނޫނު އަސާސީގެ 271 ވަނަ
މާއްދާއާއި ޚިލާފު ޤަވާޢިދެއްކަމުގައި ކަމެވެ.
0 0
<< O
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
16
ޝުރޢަތް ނމުނަ ގޮތުގެ ޚުލާޞާ
ޝަރީއަތް
2012/HC-DM10
(ނ) ތިންވަނަ ކަމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު
(ޤާނޫނު ނަންބަރު 4/2008) އިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ އިޞްލާޙު ކުރުމުގެ
ކުރިން އެމާއްދާ އޮތްގޮތަށް ބަލާއިރު، އެ މާއްދާގައިވަނީ-
"(ހ) ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތުން
މިޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކާލެވޭނީ
ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން، އާންމުކޮށް ޝާއިޢުކޮށްފައިވާ އުސޫލާއި
މަތިން ކަނޑައެޅޭ އަގަކަށް ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.
4 0x 8 2
4 22
یہ کرم
کرم کی
(ނ) ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ
ހަމަޖެހިފައިވުން.
02 2 0 22
އެހެންތަކއް
(ނ) ގޯތި ގަންނަ ފަރާތަކީ، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ޤާނޫނުގެ
15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ބައިކުރެވޭ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ
ގޯއްޗަކުން ބައެއް ލިބިފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ ގޯތި ގަންނަ ފަރާތަކީ، ގެދޮރުއެޅުމާއި ތަންތަން
ބިނާކޮށް ތަރައްޤީކުރުމަށް ޚާއްޞަވެފައިވާ، އަދި ސަރުކާރުގެ ހިއްސާ އެކުލެވިފައިވާ ކުންފުންޏެއް ކަމުގައިވުން.
(ރ) ގޯތި ގަންނަ ފަރާތަކީ ދިވެހިރައްޔިތަކު ކަމުގައިވުން.
(ބ) އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15
ޓެކްސްގެ ގޮތުގައި، އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ.' މިފަދައިންނެވެ.
ވުމާއެކު، މިމާއްދާގެ (ހ) ގައި ކަނޑައެޅިފައިވާ ގޮތުން، ދިރިއުޅުމަށް ދޫކުރެވުނު ބަންޑާރަ
ގޯއްޗެއް ދޫކޮށްފައިވާ ފަރާތުން ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން
ގަތުމަށްފަހު، އެހެން ފަރާތަކަށް އެބިން ވިއްކާލެވޭނީ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތީންޑީޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
17
2012/HC-DM/10
مفت بر مرمر
ގޮތުގެ ޚުލާޞާ
2wނ
0
0x3
އަނކށ
ޝާއިޢުކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅޭ އަގަކަށް، އަދި އެމާއްދާގެ ދެންހުރި
އަކުރުތަކުގައިވެސް ބުނެފައިވާ ގޮތުގެ މަތިންކަމާއި،
2 /
02x 0x
22
0 ދު
حمام تر یک صور
0 202
1
އެހެންކަމުން، (ޤާނޫނު ނަންބަރު 4/2008) އިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ
މާއްދާ އިޞްލާޙު ކުރުމުގެ ކުރިން
އެމާއްދާގެ (ބ) ގައި، "އެއްވެސް ގޯއްޗެއް ނުވަތަ
ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި، އެގޯއްޗެއް ނުވަތަ ބިމެއް
ވިއްކާފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ.) މިފަދައިން އޮތްނައިރު، ބިމާ ބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ
(ހ) އެއިރު އޮތްގޮތުން، އެޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން، އާންމުކޮށް ޝާއިޢުކޮށްފައިވާ
އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން އެފަދަ ބިންތަކަށް އަގު ކަނޑައެޅުމާއި، އަދި އެކަނޑައެޅޭ އަގުގެ %15
(ފަނަރަ އިންސައްތަ) ޓެކްސް ގޮތުގައި އެ ގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަން
ޖެހޭގޮތަށް ކަނޑައެޅިފައިވާކަމާއި،
ނަމަވެސް، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 2 ވަނަ
އިސްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 4/2008 ) އިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ
މާއްދާ އިސްލާޙު ކޮށްފައިވާކަމާއި، އެގޮތުން އިޞްލާޙް ކުރުމުން އެމާއްދާގައި ވަނީ:-
..
"ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތުން މި ޤާނޫނުގެ
16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު އެހެން ފަރާތަކަށް ވިއްކަންވާނީ،
ތިރީގައިވާ ގޮތުގެމަތިންނެވެ.
(ހ) ގޯތި ވިއްކަން އެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ
އެހެންތަނެއް ހަމަޖެހިފައިވުން.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
18
2012/HC-DM10
ރބާ އވެ
(ނ) ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުން، ނުވަތަ ދިވެހިރާއްޖޭގައި
ރަޖިސްޓްރީކޮށްފައިވާ އެ ކުންފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާދާރުންނަކީ ދިވެހިންކަމުގައި ހިމެނޭ
ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށްވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ
އިންސައްތަ ދިވެހިންގެ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްކަމުގައިވުން.
(ނ) ގޯއްޗެއް ނުވަތަ ބިމެއް ގަނެފައިވާ ދިވެހިރާއްޖޭގެ ގައި ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ
އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއްގެ ހިއްސާގެ އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް ނުވިއްކޭނެއެވެ.
(ރ) އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15
(ފަނަރަ އިންސައްތަ) ޓެކްސް ގޮތުގައި އެ ގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަން
ޖެހޭނެއެވެ." މިފަދައިންކަމާއި،
139ކ،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއަށް މި އިސްލާހު ގެނެވުމުން،
އެމާއްދާގެ މިހާރުގެ (ހ) އަދި ކުރިން (ބ) ގައި، ބިން ވިއްކާ އަގުގެ %15 (ފަނަރަ އިންސައްތަ) ޓެކުހުގެ
ގޮތުގައި ނެގުމަށް، ވިއްކާއަގު ކަނޑައެޅުމުގެ ބޭނުމަށް ޤަވާޢިދު ހެދުމަށް ބާރު ލިބިދީފައިވާ ބައި 18 ވަނަ
މާއްދާއިން އުނިކޮށްފައިވާކަމާއި،
2
4
2
0
އެހެންކަމުން،
<< O
ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ބިމެއް އަމިއްލަކުރުމަށްފަހު، އެބިން ވިއްކާ
ޙާލަތުގައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ މިހާރު އޮތްގޮތުން، އެމާއްދާގެ (ރ) ގައި
ބުނެފައިވާ ޓެކްސް ނެގޭނީ ބިން ވިއްކާ ފަރާތުން އެބިން ވިއްކުމަށް ކަނޑައެޅިއަގުގެ %15 (ފަނަރަ
އިންސައްތަ) ކަމާއި،
ވުމާއެކު، ބިމާ ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދެއްގައިވެސް، ދިރިއުޅުމަށް ދޫކުރެވޭ
ބަންޑާރު ބިމެއް އަމިއްލަކުރުމަށްފަހު، އެބިން ވިއްކާއިރު ސަރުކާރަށް ދައްކަންޖެހޭ ޓެކްސްގެ ފުންމުމުގެ
ނިޑުގެ ހަ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
19
2012/HC-DM/10
ދީގެން
ކަނޑައެޅުމަށް އެފަދަ ބިމުގެ އަގު އެގަވާއިދުގައި ކަނޑައަޅައި ޝާއިއުކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅައި
އެގޮތުން ކަނޑައެޅޭ އަގުގެ 15
% (ފަނަރަ އިންސައްތަ) ސަރުކާރަށް ދައްކަންޖެހޭގޮތަށް، ޤަވާއިދުގެ
މާއްދާއެއްގައި އޮތްނަމަ އެމާއްދާއެއް ނުވަތަ އެމާއްދާއެއްގެ އެބައި ވާނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ދެވަނަ
އިސްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 4/2008 ) އިން 18 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙާ
ފުށުއަރާ ބާޠިލް މާއްދާއަކަށް ކަން އެނގޭއިރު،
24 2220
00 0 2 2x 2
ހދ 0
27 ހތ
ބަޔާންކުރުމުން
ހ( 2 ތ ދ ތ
ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އަކީ ދިރިއުޅުމަށް
ދޫކުރެވޭ ބަންޑާރަ ބިމެއް އަމިއްލަކުރުމަށްފަހު، އެބިން ވިއްކުމުގައި، ނަގަންޖެހޭ ޓެކްސް ނެގުމުގައި ބަލާނެ
އެންމެ ދަށް އަގު ކަނޑައެޅުމާއި، އަދި އަގުގެ %15 (ފަނަރަ އިންސައްތަ) ޓެކްސް ނެގުމުގައި އަގެއްކަ
އަގެއްކަމުގައި
ބަލާނީ އެބިމެއް ވިއްކާ އަސްލު އަގަށް ނޫންކަމާއި، ނަމަވެސް ބަޔާންކުރެވިދިޔަ ގަވާޢިދުގައި ކަނޑައެޅިފައިވާ
ގޮތުގެ މަތީން ކަނޑައެޅޭ އަގުގެ މައްޗަށް
އައިސްފައިވާ
އެނގޭކަމުން، ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއިން މިހާރު ބާރު ލިބިފައިނުވާ، އަދި ޤާނޫނު ނަންބަރު
4/2008 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އިން އިސްލާޙް ކޮށްފައިވާ
ދިވެހިރާއްޖޭގެ ގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ މިހާރު އޮތްގޮތާ ޚިލާފް މާއްދާއެއްކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 11 ވަނަ
މާއްދާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާއި، އަދި (ޤާނޫނު ނަންބަރު
4/2008 ) އިން އިޞްލާޙު ގެނެސްފައިވާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި ޚިލާފް
މާއްދާއެއްކަމުގައި، މިމައްސަލަ މިކޯޓަށް ހުށަހެޅި ފަރާތުން ބުނެފައިވާއިރު، ގޯތި އަމިއްލަ ކުރުމާއި، ގަނެ
ވިއްކުމާބެހޭ ޤަވާއިދުގެ 11 ވަނަ މާއްދާއަކީ، ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ބިން އަމިއްލަކުރުމަށް ސަރުކާރުގެ މަޖީ
ދިވެހިރާއްޖޭގެ ހައިކޯޓް،އްބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިން%2ގެ ހަޢީ
20
2012/HC-DM10
w
ދައްކަންޖެހޭ އަގު ކަނޑައެޅުމުގައާއި އަދި ޓެކްސް ނެގުމަށް ބަލާނެ އެންމެ ދަށް އަގު ކަނޑައެޅުމުގައި
ބަލާނެކަންކަމާއި، އަދި އެކަންކަމުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ އެކި ސަރަހައްދަށާއި، އެކި ރަށްރަށާއި އަދި
އެކި ހިސާބުތަކަށް އަގު ތަފާތުކުރެވި
އުވިދާނެކަން ބަޔާންކުރާ މާއްދާއެއްކަމާއި ،
02 ތ 2 ބ 2
އެވއޓހ8އޤު
ވުމާއެކު، ބިމުގެ
ބިމުގެ އަގު ކަނޑައެޅުމަކީ، ދިރިއުޅުމަށް ދޫކުރެވޭ
ބަންޑާރަ ބިން
އަމިއްލަކުރުމުގައިވެސް ކުރަންޖެހޭ ކަމެއްކަމުން، ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ މުޅި 11
ވަނަ މާއްދާއަކީ، އިޞްލާޙުކުރެވިފައިވާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި ޚިލާފް
ކަމުގައި ނުބެލެ
ނުބެލެވޭނެކަމެވެ.
ހި 0
02 ވ3
12/Mއކެވެ
(ބ) ފަސްވަނަ ކަމަކީ: ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18
ވަނަ މާއްދާގެ (ހ) އިޞްލާޙު ކުރުމުގެ ކުރިން އޮތްގޮތަކީ، "ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ
ގޯއްޗެއް ދޫކޮށްފައިވާ ފަރާތުން މިޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު،
އެހެން ފަރާތަކަށް ވިއްކާލެވޭނީ މި
ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން،
ޝާއިޢުކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅޭ އަގަކަށް ތިރީގައި ބުނެފައިވާ ގޮތުގެ
މަތިންނެވެ." މިފަދައިންކަމަށް ވާއިރު،
0
0
x2ތ
އެނގެން
<< O
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 2 ވަނަ އިސްލާޙު
ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 4/2008 ) އިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ
އިސްލާޙު ކޮށްފައިވާކަމާއި، އެގޮތުން އިޞްލާޙްކުރިއިރު، 18 ވަނަ މާއްދާގެ ކުރީގެ (ހ) އެމާއްދާގެ ފެށޭބައެއްގެ
ގޮތުގައި ހަމަޖައްސައި، 18 ވަނަ މާއްދާގެ ކުރީގެ (ހ) ގައިވާ އިބާރާތުގައި އޮތް، "މި ޤާނޫނުގެ ދަށުން ހަދާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
21
ޝަރީޢަތް
2012/HC-DVI/10
ދީގެން
ޤަވާއިދުގައިވާ ގޮތުގެމަތިން، އާންމުކޮށް
ޝާއިޢުކޮށްފައިވާ އުސޫލާއި
އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅޭ
އަގަކަށް" މިބައި އުނިކޮށްފައިވާކަމާއި،
18 ވަނަ މާއްދާއަށް ގެނެވުނު ބަޔާންކުރެވިދިޔަ އިސްލާޙުގައި، އެމާއްދާގެ ކުރީގެ (ހ) ގެ
ޢިބާރާތުން، ބަޔާންކުރެވިދިޔަ ބައި އުނިކޮށްފައިވާއިރު، އެބަޔަކީ، އެމާއްދާގެ ދަށުން ޤަވާޢިދު ހަދައި،
އެޤަވާއިދުގައިވާ ގޮތުގެމަތިން، އާންމުކޮށް ޝާއިޢުކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން އެބިމަކަށް
ކަނޑައެޅޭ އަގެއްގެ މައްޗަށް ބިނާކޮށް، ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ނެގުމުގެ ބޭނުމުގައި އެބިން ވިއްކާ
އަގަކީ އެއީކަމަށް ބަލައި، ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ މިހާރުގެ (ހ) އަދި ކުރިން (ބ) ގައި
ބަޔާންކުރާ، ބިން ވިއްކާ އަގުގެ %15 (ފަނަރަ އިންސައްތަ) ޓެކްސް ގޮތުގައި ނެގުމަށް ޖާގަ ލިބިދީފައިވާ
ބައިކަމަށްވާއިރު، އެމާއްދާއިން އެބައި އުނިކުރެވުނު ބޭނުމަކީ ނުވަތަ މަޤްޞަދަކީ ކޮބައިކަން، މިމާއްދާއަށް
އިސްލާޙު ހުށަހަޅައި ރައްޔިތުންގެ މަޖިލީހުގައި ކުރެވިފައިވާ ބަޙުޘްތަކުންވެސް އެނގެން ނެތްކަމާއި،
އެބަޙުޘްތަކުގައި އެމާއްދާއިން އުނިކުރެވުނު، ބަޔާންކުރެވިދިޔަ ބަޔާ ބެހޭގޮތުން، އެމާއްދާއަށް އިސްލާޙު ހުށަހެޅި
މެމްބަރު އަދި އެހެން މެމްބަރަކުވިޔަސް އެއްވެސް ވާހަކައެއް ދައްކައި، އަދި އެއްވެސް ކަމެއް
ފާހަގަކޮށްފައިވާކަން، ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު މިމާއްދާއާ ގުޅޭ ބަޙުޘްތަކުގެ ޔައުމިއްޔާތަކުން ފެންނަން
ނެތްކަމާއި،
އެހެންކަމުން، ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގައި، އެމާއްދާގެ ދަށުން ޤަވާޢިދު ހަދައި،
ބަންޑާރަ ބިން އަމިއްލަކުރުމަށްފަހު ވިއްކާ ޙާލަތުގައި، އެބިން ވިއްކާ އަގުގެ %15 (ފަނަރަ އިންސައްތަ)
ޓެކްސް ސަރުކާރަށް ނެގުމުގެ ބޭނުމަށް، އެޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެބިމަށް އަގު
ކަނޑައެޅުމަށް ބާރު ލިބިދިނުމަށް އެމާއްދާގައިވާ ބައި، އެމާއްދާއަށް ގެނެވުނު އިސްލާޙުގައި ރައްޔިތުންގެ
މަޖިލީހުން އުނިކޮށްފައިވުމުން، އެމާއްދާއިން އެބައި އުނިކުރުމުގެ މަޤްޞަދަކީ، އެމާއްދާގެ ދަށުން ޤަވާޢިދު
ހެދުމަށާއި، އަދި އެޤަވާއިދުގައިވާ ގޮތުގެމަތިން، އާންމުކޮށް ޝާއިޢުކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ
027
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
22
2012/HC-DM/10
ޝަރީޢަތް ނމުނަ ގޮތުގެ ޚުލާޞާ
އެބިމަކަށް ކަނޑައެޅޭ އަގެއްގެ
މައްޗަށް
ބިނާކޮށް ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ނަގާގޮތަށް އޮތް އޮތުން
ނިމުމަކަށް ގެނެސް، ބިމާ ބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ މިހާރުގެ (ރ) ގެ ނައްޞުގައި ޞަރީޙަކޮށް މިހާރު
ބަޔާންކުރެވިފައިވާގޮތަށް، ބަންޑާރަ ބިން އަމިއްލަކުރުމަށްފަހު އެހެން ފަރާތަކަށް އެބިން ވިއްކާއިރު، އެވިއްކާ
ފަރާތުން އެބިން ވިއްކުމަށް ކަނޑައެޅި އަގުގެ %15 (ފަނަރަ އިންސައްތަ) ޓެކްސްގެ ގޮތުގައި ސަރުކާ
ދެއްކުންކަމަށް ބަލަންޖެހޭކަމާއި، އަދި މިގޮތާ ފުށުއަރާ ގޮތަށް ޤަވާޢިދުގެ މާއްދާއެއް އޮތްނަމަ އެމާއްދާއަކީވެސް
ޢަމަލުނުކުރެވޭނެ ބާޠިލް މާއްދާއެއްކަމުގައި ބަލަންޖެހޭކަމެވެ.
2 / ތތ
ރެކުރަން
ނަމަވެސް، ބިމާ ބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއަށް ބަޔާންކުރެވިދިޔަ އިޞްލާޙު ގެނައުމުގެ
ބޭނުމަކީ، ނުވަތަ މަޤްޞަދަކީ އެއީ ކަމުގައި ނުވާނަމަ، ނުވަތަ ބިމާ ބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއަށް
ބަޔާންކުރެވިދިޔަ އިޞްލާޙު ގެނައުމުގެ ކުރިން ޢަމަލުކުރެވެމުން ދިޔަގޮތަށް، އެމާއްދާގެ ދަށުން ޤަވާޢިދު ހެދުމުގެ
ބާރު ލިބިދީ، އެޤަވާއިދުގައިވާ ގޮތުގެމަތިން، އާންމުކޮށް ޝާއިޢުކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން
އެބިމަކަށް ކަނޑައެޅޭ އަގެއްގެ މައްޗަށް ބިނާކޮށް، ސަރުކާރަށް ދައްކަންޖެހޭ ޓެކްސްކަމުގައިވާ، އެބިން ވިއްކާ
އަގުގެ %15 (ފަނަރަ އިންސައްތަ) ޓެކުހުގެ ގޮތުގައި ނެގުމަށް ބޭނުންވާނަ
ހިވާނަމަ، އެކަމަށް ޖާގަ ލިބިދިނުމަށް، ބިމާ
ބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ ކުރިން އޮތްގޮތަށް ނުވަތަ އެކަމަށް ޖާގަލިބިދެވޭ އެހެން ގޮތަކަށް ނަމަވެސް އެ
ތ07
ބ 3
3
3
23
ފުރުޞަތު އޮތްކަމަށް ޤަބޫލުކުރެވޭކަމެވެ.
(ޅ) ހަވަނަ ކަމަކީ: އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުންކުރެ، އަހުރެމެން ދެ ފަނޑިޔާރުން (އަބްދުލްޣަނީ މުޙައްމަދާއި ޝުޢައިބު ޙުސައިން ޒަކަރިއްޔާ) ގެ
ރައުޔަކީ، ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 11 ވަނަ މާއްދާއަކީ، ޤާނޫނު ނަންބަރު
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު
4/2008 ) އިން އިޞްލާޙު ކުރެވިފައިވާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި ޚިލާ
ބަeވެ
ދިވެހިރާއްޖޭގެ ހައިކޯޓް،އްބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
23
2012/HC-DM/10
مفترسه
ގޮތުގެ ޚުލާޞާ
wން
މާއްދާއެއްކަމުގައި މުޠުލަޤު ގޮތެއްގައި ނުބެލެވޭނެކަމަށާއި، ނަމަވެސް، ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ
ޤަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއިން
ބާރު ލިބިފައިނުވާ، އަދި އިސްލާޙު ކުރެވިފައިވާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި ޚިލާފް
ބާޠިލް މާއްދާއެއްކަމު
ކަމުގައެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ގޯތި އަމިއްލަކުރުމާއި،
ގަނެ ވިއްކުމާބެހޭ ޤަވާޢިދުގެ 11 ވަނަ މާއްދާއަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާ ޚިލާފު
ބާޠިލް މާއްދާއެއް ކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމަށް، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުމާއެކު، ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާޢިދުގެ 13 ވަނަ
މާއްދާގެ (ނ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއިން ބާރު ލިބިފައިނުވާ،
އަދި މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާ ޚިލާފު ބާޠިލް
މާއްދާއެއްކަމުގައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، އެ
ގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv