ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/391 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/391
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
در دعا
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 391/HC-A/2015
• އިސްތިއުނާފުކުރި ފަރާތް:
0
* ނަން: އިބްރާހީމް މުޙައްމަދު
ކާޑު ނަންބަރ: A303464
، ދާއިމީ އެޑްރެސް: ޢަބީރީގެ / ސ.ހިތަދޫ
މިހާރުގެ އެޑްރެސް: ޢަބީރީގެ / ސ.ހިތަދޫ
*
އައިޑީ
0
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ.
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 20 ޞަފަރު 1437
02 ޑިސެމްބަރ 2015
ނިމުނު ތާރީޚް: 15 މުޙައްރަމް 1439
05 އޮކްޓޯބަރ 2017
ޢާއިޓް
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2012/Cr
-
C/409
ނިންމެވިކޯޓު ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
ހުށަހެޅި ތާރީޚް: 10 ޖުލައި 2012
ނިމުނު ތާރީޚް: 30 އޯގަސްޓް 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޝުޖާޢު އުޘްމާން
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/391
0
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދު ގެ
ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި
އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
CCCO
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާ ގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 25 ޖެނުއަރީ 2012 ވަނަ ދުވަހު މާލެއިން ފުރައިގެން
މަރަދޫއަށް ދިޔަ "ނަފާ" ނަމަކަށް ކިޔާ ބޯޓުން، އެރަށަށް މަސްތުވާތަކެތި ގެންދާކަމުގެ މަޢުލޫމާތު
ފުލުހުންނަށް ލިބުމާ ގުޅިގެން، އެދުވަހު 16:30 ހާއިރު، މަޢުލޫމާތު ލިބުނު ފޮށިގަނޑާ ޙަވާލުވާން ދާމީހަކު
ބެލުމަށްޓަކާ ފުލުހުން ބަނދަރު ސަރަހައްދަށް ގޮސް އެތަނުގަ މަޑުކޮށްގެން ތިއްބާ އެދުވަހުގެ 22:30 ހާއިރު،
ހިތަދޫ / ހަވާސާ މުޙައްމަދު މަމްދޫދު އާއި ހިތަދޫ | ޢަބީރީގެ، އިބްރާހީމް މުޙައްމަދު، ސައިކަލެއްގަ
އެސަރަހަށްދަށް ގޮސް، މުޙައްމަދު މަމްދޫދު ބޯޓުން ފޮށިގަނޑު ބާލައިގެން ސައިކަލަށް އަރަން ދިޔަ ވަގުތު،
ފުލުހުންގެ ބެލުމުގެ ދަށަށް މިދެމީހުން ގެންގޮސް، މުޙައްމަދު މަމްދޫދު ގެ އަތުގައި އޮތް ފޮށިގަނޑު ކަނޑައި
ބަލާފާސްކުރިއިރު، އެފޮށިގަނޑުގެ ތެރޭގައި އޮތް ޑީ.ވީ.ޑީ ކަވަރެއްގެ ތެރެއިން ފެނުނު 44 (ސާޅީސް ހަތަރެއް)
ރަބަރު ޕެކެޓުގައި ޖުމުލަ 86.4006 ގުރާމު ޑައިމޯފިން (ހެރޮއިން) ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން
ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ
ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މުޙައްމަދު މަމްދޫދު އާއި އިބްރާހީމް މުޙައްމަދުގެ މައްޗަށް، ޑައިމޯފިން
44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
3
2015/HC-A/391
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރުމުން ބައްލަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ދެންފަހެ،
ހިތަދޫ 1 ހަވާސާ،
މުޙައްމަދު މަމްދޫދާ، ސ.ހިތަދޫ/ ބީރީ، އިބްރާހީމް މުޙައްމަދުގެ މައްޗަށް ދައުވަތުގެ ފަރާތުން ދަޢުވާކުރި،
ޑައިމޯފިން ޓްރެފިކުކުރުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން، 2012 ވަނަ އަހަރުގެ ޖެނުއަރީ
މަހުގެ 25 ވަނަ ދުވަހު މާލެއިން ފުރައިގެން ސ.އަތޮޅު މަރަދޫއަށް ދިޔަ "ރަފާ" ބޯޓުން ސ.އަތޮޅު މަރަދޫއަށް
މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އެރަށަށް މަސްތުވާތަކެތި އެތެރެކުރާ
ބަޔަކު ހޯދުމަށްޓަކައި ކ.މަރަދޫ ބަނދަރުގައި ފުލުހުން ތިއްބާ، އެދުވަހުގެ 22:30 ހާއިދު މުޙައްމަދު
މަމްދޫއާއި އިބްރާހީމް މުޙައްމަދު އެބޯޓު ކައިރިއަށް ގޮސް، އެބޯޓުން ފޮށިގަނޑެއް ބާލައިގެން ދާން އުޅުމުން،
ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެންގޮސް، އެދެމީހުން ބައިވެރިވެގެން ހިފައިގެން ދާން އުޅުނު ފޮށިގަނޑު
ބަލާފާސްކުރިއިރު، އެފޮށިގަނޑު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނުނުކަން ހެކިންގެ
ހެކިބަހުން ސާބިތުވާތީއާ، އެފޮށިގަނޑު ތެރޭގަ ހުރި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތީގެ ތެރެއިން
ޑީ.ވީ.ޑީ ކަވަރު ތެރޭގައި ހުރި ތަކެތީގަ 36.4006 ގުރާމު ޑައިމޯފިން (ހެރޮއިން) ހުރިކަން އެތަކެތީގެ ތަޙުލީލު
ރިޕޯޓުން އެނގެން އޮންނާތީއާއި، އެދުވަހު މުޙައްމަދު މަމްދޫދާއި އިބްރާހީމް މުޙައްމަދު ޢަމަލުކޮށްފައިވާ ގޮތަށް
ބަލާއިރު ، ފެނުނު މަސްތުވާތަކެއްޗަކީ އެދެމީހުންގެ ތަކެތި ނޫންކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ،
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން މުޙައްމަދު މަމްދޫދާ، އިބްރާހީމް މުޙައްމަދު ކުށްވެރިވާކަމަށް ކަނޑައަޅާ،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ، ބުނެވިދިޔަ ޤާނޫނުގެ 103 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު
މަމްދޫދާ، އިބްރާހީމް މުޙައްމަދާ ދެމީހުންކުރެ ކޮންމެ މީހަކު -/100,000 (އެއްލައްކަ) ރުފިޔާއިން
ޖޫރިމަނާކުރުމާއެކު ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް، މި ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 1 (އެކެއް)
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
4
2015/HC-A/391
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
މަސް ދުވަހުގެ ތެރޭގައި ކުރިމިނަލް ކޯޓަށް ދެއްކުމަށް މުޙައްމަދު މަމްދޫދަށާ، އިބްރާހީމް މުޙައްމަދަށް އަންގައި،
ޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން ފާހަގަކުރެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/409
ޤަޟިއްޔާ ގެ ޙުކުމްކުރުމާއި ގުޅިގެން ، ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދު ގެ ފަރާތުން އެމައްސަލަ
އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ކުށުގެ ތުހުމަތުގައިވާ މީހާ ހިފާހައްޔަރުކުރުމުގައި ޤާނޫނުގައި
ކަނޑައަޅާފައިވާ ހަމަތަކާއި އިޖުރާއާތުތަކާއި ޚިލާފަށް އިބްރާހީމް މުޙައްމަދު ހައްޔަރުކޮށްފައިވަނިކޮށް އެކަމަށް
ރިޢާޔަތް ނުކުރައްވައި ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/409 ޤަޟިއްޔާ ނިންމާފައިވާކަމަށް ބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހެކި ހޯދާފައިވަނިކޮށް
ރިޢާޔަތްނުކުރައްވައި ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
ނިންމަވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: އެކަށީގެންވާ މިންވަރަށް ދައުލަތުން ހެކި ދެއްކިފައިނުވުމާއި
މިމައްސަލާގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ވުޖޫދުވެ ފެންނަން ހުރުމާއެކުވެސް އެކަންކަމަށް ރިޢާޔަތް
ނުކުރައްވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
އފ2
409/Cr-C/2012
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/409 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި،
އެ ޤަޟިއްޔާ ނިމުނުގޮތާމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ހިތަދޫ / ބީރީގެ، އިބްރާހީމް މުޙައްމަދު ގެ
ފަރާތުން އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
5
2015/HC-A/391
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1 ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/409 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ކޮށްފައިވަނީ ދެ މީހެއްގެ މައްޗަށް ކަމާއި، އެއީ ސ.ހިތަދޫ | ހަވާސާ،
މުޙައްމަދު މަމްދޫދު (ދ.ރ.ކާޑު ނަންބަރު:A296613) އާއި، ސ.ހިތަދޫ | ޢަބީރީގެ، އިބްރާހީމް މުޙައްމަދު
(ދ.ރ.ކާޑު ނަންބަރު: A303464) އާއި މި ދެމީހުންގެ މައްޗަށް ކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، މި
ދެމީހުންގެ މައްޗަށްވެސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅު ދެމީހުންކުރެ
ކޮންމެ މީހަކުވެސް -/000'100 ރ.(އެއްލައްކަ ރުފިޔާ) އިން ޖޫރިމަނާކުރުމާ
ރުމާއެކު، ޢުމުރަށް ޖަލަށްލުމަށް ޙުކުމް
ކުރައްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއަކީ، މީގެތެރެއިން ސ. ހިތަދޫ ! ޢަބީރީގެ، އިބްރާހީމް
މުޙައްމަދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާ މިކޯޓުގައި އިސްތިއުނާފު ކުރުމުން
ބަލާފައިވާ ޤަޟިއްޔާއެއްކަމާއި، އެހެންކަމުން މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތެއް
ކަނޑައަޅާފައިވާނީ ހަމައެކަނި، ހިތަދޫ | ޢަބީރީގެ، އިބްރާހީމް މުޙައްމަދު އާއި ގުޅޭގޮތުން ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް އެކަނިކަން ފާހަގަކުރަމެވެ.
38
3.2- ދެވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/409 ޤަޟިއްޔާގައި ޤާނޫނު
ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ކޮށްފައިވާ ދަޢުވާއަކީ، ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާކަމުގައިވާތީ، ޓްރެފިކްކުރުމަކީ އެޤާނޫނުގެ ދަށުން
ތަޖްރީމް ކުރެވޭ ޢަމަލެއްތޯއާއި، އެޤާނޫނުގެ ދަށުން ޓްރެފިކްކުރުންކަމުގައި ބެލެވޭ ޙާލަތްތަކަކީ ކޮބައިތޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/391
ޑައިމޯފިން ޓްރެފިކްކުރުމަކީ ކުށެއްކަމަށް އެ ޤާނޫނުގެ 103 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި،
އެކުށުގެ އަދަބަކީ،
-/100000ރ.(އެއްލައްކަ ރުފިޔާ) އިން ފެށިގެން -/000'109000 ރ.(ދިހަމިލިއަން ރުފިޔާ) ދެމެދުގެ
އެމަށް
ޖުލަށްލުމާއެކު،
4
ޢަދަދަކުން ޖޫރިމަނާ ކުރުމުންކަމުގައި އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި "ޓްރެފިކްކުރުން" ކަމަށް ބުނެފައިވަނީ، ޕެޑްލަރަކަށް ނުވާމީހަކު، އެޤާނޫނުގެ 142 ވަނަ
މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތް ކުރުމަށް،
ނުވަތަ ޕެޑްލަރަކަށްހުރެ، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން 02 (ދެއެއް)
ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތް ކުރުމަށްކަމަށް އެޤާނޫނުގެ 17 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި،
އަދި މީގެއިތުރުން "ޓްރެފިކްކުރާ މީހާ" ކަމަށް ބުނެފައިވަނީ، ޓްރެފިކްކުރުންކަމަށް ބެލެވޭނެ
ޢަމަލެއްކަމުގައި އެޤާނޫނުގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރުމާއެކު، މަސްތުވާތަކެތިން
މުޢާމަލާތްކުރާ މީހާއަށް ނުވަތަ ޕެޑްލަރަކަށްހުރެ، ޓްރެފިކްކުރުންކަމަށް ބެލެވޭނެ ޢަމަލެއްކަމުގައި އެ ޤާނޫނުގައި
ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން 02 (ދެއެއް) ކަމެއް ކުރާ މީހާއަށްކަން، އެ ޤާނޫނުގެ 18 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
މީގެއިތުރުން އެޤާނޫނުގެ 142 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި، "މި ޤާނޫނުގައި
އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މަސްތުވާތަކެތިން މުޢާމަލާތުކުރާ މީހަކު، އަންނަނިވި ކަންކަމުގެ
ތެރެއިން ކަމެއް ކޮށްފިކަން ސާބިތުކުރެވޭނަމަ، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްކަމަށް
ބެލެވޭނެއެވެ." މިފަދައިން ބަޔާންކޮށް، ޖުމްލަ 11 (އެގާރަ) ކަމެއް ބަޔާންކޮށްފައި
ބަޔާންކޮށްފައިވާކަމާއި،
އަދި މީގެއިތުރުންވެސް އެޤާނޫނުގެ 144 ވަނަ މާއްދާގައި، އެކަކަކަށްވުރެ ގިނަ މީހުންނަށް
އެނގިގެން، އެމީހުންގެ ރުހުމާއެކު، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން
Cccucc
ދ 4=ތ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/391
o cucc
44
ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެ ޢަދަދަށް ހުރީ ކަމުގައި ބެލެވޭނެކަމަށް
ބަޔާންކޮށްފައިވާކަމާއި،
އަދި އެ ޤާނޫނުގެ 135 ވަނަ މާއްދާގެ (ބ) ގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ
މީހެއްގެ އަތުގައި 04 (ހަތަރެއް) ގްރާމަށްވުރެ ގިނަ ޢަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ
އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާގައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ ޞިޝާ އަށާއި، އެދަޢުވާއާއި ގުޅިގެން
ދައުލަތުން ހުށަހަޅާފައިވާ ހެކީން، މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށާއި، ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކުރުމުގެ ގޮތުން ދީފައިވާ ބަޔާންތަކަށާއި، މައްސަލާގައި ހިމެނޭ
ފަރާތްތަކުން ދީފައިވާ އެންމެހައި ބަޔާންތަކަށް،
ބަޔާންތަކަށް، ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
އިން ފާހަގަކުރެވިފައިވާ އިސްވެ ބަޔާން
ބަޔާންކުރެވުނު މާއްދާތަކުގެ އަލީގައި ތަޠުބީޤީ ނަޒަރަކުން ބަލާއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ކުރި ދަޢުވާ ހުށަހަޅަމުން، އެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ މުޙައްމަދު މިޞްބާޙު،
2015 ވަނަ އަހަރުގެ މާރޗް މަހުގެ 08 ދުވަހު ދީފައިވާ ބަޔާނުގައި، "ދައުލަތުން ސ.ހިތަދޫ / ހަވާސާ،
މުޙައްމަދު މަމްދޫދުއާއި، ސ.ހިތަދޫ | ޢަބީރީގެ، އިބްރާހީމް މުޙައްމަދުގެ މައްޗަށް ކުރާ ދަޢުވާއަކީ، މުޙައްމަދު
މަމްދޫދުއާއި، އިބްރާހީމް މުޙައްމަދު، 25 ޖެނުއަރީ 2012 ވަނަ ދުވަހު، މާލެއިން ފުރައިގެން ސ.މަރަދޫ އަށް
ދިޔަ ނަފާ ބޯޓުން މަސްތުވާތަކެތި އެރަށަށް ގެންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއިގުޅިގެން.."
މިފަދައިން ދަޢުވާގެ ބީއާ އެކުލަވާފައިވުމުން، 25 ޖެނުއަރީ 2012 ވަނަ ދުވަހު، މާލެއިން ފުރައިގެން
ސ.މަރަދޫ އަށް ދިޔަ ނަފާ ބޯޓުން މަސްތުވާތަކެތި އެރަށަށް ގެންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް
ލިބިފައިވާއިރު، އެމަޢުލޫމާތާއެކު އެތަކެތި އެބޯޓުން ގެންދިއުމުގައި މުޙައްމަދު މަމްދޫދު އާއި އިބްރާހީމް
މުޙައްމަދު ހިމެނޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަން، އެދަޢުވާގެ ޞިޣާއިން ދޭހަވެގެންދާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
8
2015/HC-A/391
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަމަވެސް މައްސަލާގެ ތަޙްޤީޤުގައި ފުރަތަމަ މަރުޙަލާގެ ޝަރީޢަތުގެ މަޖިލީސްތަކުގައާއި،
އިސްތިއުނާފުގެ މަރުޙަލާގައި މައްސަލާގައި ހިމެނޭ އެންމެހައި ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
25 ޖެނުއަރީ 2012 ވަނަ ދުވަހު، މާލެއިން ފުރައިގެން ސ.މަރަދޫ އަށް ދިޔަ ނަފާ ބޯޓުން މަސްތުވާތަކެތި
އެރަށަށް ގެންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވިޔަސް،
އެމަޢުލޫމާތާއެކު
އެތަކެތި އެބޯޓުން
ގެންދިޔުމުގައި މުޙައްމަދު މަމްދޫދު އާއި އިބްރާހީމް މުޙައްމަދުގެ އެއްވެސް ދައުރެއްވާކަމުގެ އެއްވެސް
މަޢުލޫމާތެއް އޭރު ލިބިފައިވާކަން އެގޭކަމަކަށް މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން ބުނެފައި ނުވާކަމާއި،
އެހެންކަމުން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާ އިސްތިއުނާފު
ކޮށްފައިމިވާ އިބްރާހީމް މުޙައްމަދު އާއި އެޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރި
ދަޢުވާގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗާއި ހުރި ގުޅުމަކީ ކޮބައިކަން ޝަރީޢަތުން ރަނގަޅަށް
ސާފުކުރަންޖެހޭކަމާއި، އެގޮތުން އިބްރާހީމް މުޙައްމަދު އާއި ބަޔާންކުރެވުނު މަސްތުވާތަކެއްޗާއި ހުރި ގުޅުމަކީ
ކޮބައިކަން ޝަރީޢަތަށް ސާފުކޮށްދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި ޝަރީޢަތުގެ ފަރާތުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރުންނަށް ސުވާލުކުރިމަތިކުރުމުން، އެސުވާލުގެ ޖަވާބު
ދެމުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، 25 ޖެނުއަރީ 2012 ވަނަ
ދުވަހު، މާލެއިން ފުރައިގެން ސ.މަރަދޫ އަށް ދިޔަ ނަފާ ބޯޓުން މަސްތުވާތަކެތި އަޅާފައިހުރި ފޮށިގަނޑެއް
ގެންގޮސްފައިވާއިރު، އެފޮށިގަނޑު އެބޯޓަށް އެރުވުމުގައި ޙަރަކާތްތެރިވި އެއްވެސް ފަރާތެއްގެ މަޢުލޫމާތެއް، އަދި
ސ.މަރަދޫ އިން އެފޮށިގަނޑާ ޙަވާލުވާން އަންނާނެ ފަރާތަކާބެހޭ މަޢުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާކަމަށާއި،
އެހެންކަމުން އެފޮށިގަޑާ ޙަވާލުވާން އަންނަ ފަރާތެއް ބެލުމަށްޓަކައި ފުލުހުން އެސަރަޙައްދުގައި އެދުވަހުގެ
16:30 އިން ފެށިގެން އޮޕަރޭޝަނެއް ހިންގާފައިވާކަމަށާއި، އެގޮތުން އެރޭގެ 22:30 ހާއިރު ސ.މަރަދޫ
ބަނދަރު ސަރަހައްދަށް ސައިކަލެއްގައި ދެ މީހަކު އައިކަމަށާއި، އެއީ ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/409 ޤަޟިއްޔާގައި ދަޢުވާ ރައްދުވި މުޙައްމަދު މަމްދޫދު އާއި އިބްރާހީމް މުޙައްމަދު ކަމަށާއި،
އިބްރާހީމް މުޙައްމަދު އިނީ ސައިކަލް ދުއްވަންކަމަށާއި، މުޙައްމަދު މަމްދޫދު އިނީ ސައިކަލްގެ ފަހަތުގައި
CO
COC
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/391
ކަމަށާއި، ބަނދަރު ސަރަހައްދަށް އެސައިކަލް އައިސް މަޑުކުރުމަށްފަހު، ސައިކަލުގެ ފަހަތުގައި އިން މީހާ
(މުޙައްމަދު މަމްދޫދު) ސައިކަލުން ފައިބައިގެން ގޮސް، ބޯޓުން ފޮށިގަނޑަކާ ޙަވާލުވެ، ފޮށިގަނޑު ހިފައިގެން
ސައިކަލަށް އަރަށް ދަނިކޮށް، ފުލުހުން އެދެމީހުން ހިފެހެއްޓީ ކަމަށާއި، އަދި އެވަގުތު އެދެމީހުންވެސް ފިލަން
މަސައްކަތް ކުރިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވޭތީ،
މައްސަލާގެ ތަޙްޤީޤު އާއި ޝަރީޢަތުގެ މަރުޙަލާތަކުގައި އިބްރާހީމް މުޙައްމަދު ދައްކާފައިވާ
ވާހަކައަށް ބަލާއިރު، 2012 ޖެނުއަރީ 25 ވަނަ ދުވަހުގެ 21:30 ހާއިރު އޭނާ ސ.ހިތަދޫ އިން ސ.ފޭދޫ އަށް
ދިޔަ މަގުމަތީގައި، ކޮންމެވެސް ވަރަކަށް ދަންނަ ވަނަމަކަށް "ކޮންޕި" ކިޔާ ކުއްޖަކު (ތަޙްޤީޤުން އެނގުނު
ގޮތުގައި ސ.ހިތަދޫ | ހަވާސާ، މުޙައްމަދު މަމްދޫދު) އޭނާއަށް ގޮވާލާފައި، ސ.މަރަދޫ ބަނދަރަށް
ގެންގޮސްދިނުމަށް އެދުމުން ސައިކަލްގެ ފަހަތަށް އޭނާ އަރުވައިގެން ސ.މަރަދޫ ބަނދަރަށް އައިސް އޭނާ
ބޭލުމަށްފަހު، އެތަނުން ދާން އުޅެނިކޮށް ފުލުހުން އެތަނަށް އައިސް އެމީހުންގެ ބެލުމުގެ ދަށަށް މުޙައްމަދު
މަމްދޫދު އާއި އިބްރާހީމް މުޙައްމަދު ގެންދިޔައީ ކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ހަމައެފަދައިން މައްސަލާގެ ތަޙްޤީޤުގައާއި ޝަރީޢަތުގެ މަރުޙަލާތަކުގައި މުޙައްމަދު މަމްދޫދު
ދައްކާފައިވާ ވާހަކައަށް ބަލާއިރު، އޭނާ މަސްބާނަން ދާން ބޭނުންވެގެން ސ.މަރަދޫ ބަނދަރު ސަރަޙައްދަށް
މަގުމަތީގައި ހުއްޓާ، ސައިކަލެއްގައި މީހަކު (އިބްރާހީމް މުޙައްމަދު) އަންނަތަން ފެނިގެން އޭނާ
ދަންނަ މީހެއްކަމަށް ހީކޮށް، އޭނާ އަށް ގޮވައި ސައިކަލް މަޑުކުރުވުމަށްފަހު ބަނދަރު ސަރަޙައްދަށް ގެންގޮސް
ދެވިދާނެތޯ އަހައި އޭނާގެ ސައިކަލްގެ ފަހަތަށް އެރުމުން، ދުއްވާފައި އައިސް ބަނދަރު ސަރަޙައްދަށް މަޑުކޮށް
އޭނާ ބޭލުމަށްފަހު އެމީހާ ދިޔައީކަމަށާއި، އެމީހާއަކީ ދަންނަ މީހެއްކަމުގައި ކުރިން ހީކުރެވުނަސް އެއީ ދަންނަ
މީހެއް ނޫންކަމަށް މުޙައްމަދު މަމްދޫދު ވެސް ބުނެފައިވާތީ، އިބްރާހީމް މުޙައްމަދު އާއި އެފޮށިގަނޑުގައި
ހުރިކަމަށްބުނާ މަސްތުވާތަކެއްޗާއި ހުރި ގުޅުމަކީ ކޮބައިކަން އިތުރަށް ސާފުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން މިކޯޓަށް ހާޒިރުވި ޕަބްލިކް ޕްރޮސިކިއުޓަރުންނާ ކުރެވުނު އިތުރު ސުވާލުތަކުގެ
ޖަވާބުގައި، ހާދިސާ އާއި ގުޅިގެން ހިންގުނު ތަޙްޤީޤު މަރުޙަލާގައި މުޙައްމަދު މަމްދޫދު އާއި އިބްރާހީމް
2ޑ ޑ
فرور
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/391
މުޙައްމަދު އާއި ދެމީހުންގެ އޮތް ގުޅުމެއް ބެލުމުގެ ގޮތުން އެދެމީހުންގެ ފޯނުކޯލްސް ރިކޯޑިންގސް
ހޯދާފައިނުވާކަމަށާއި، އިބްރާހީމް މުޙައްމަދަކީ މަސްތުވާތަކެތީގެ ނުވަތަ އެހެން ބާވަތެއްގެވެސް ކުށުގެ ރިކޯޑެއް
އޮތްކަމަށް ރިކޯޑު ކުރެވިފައިވާ މީހެއް ނޫންކަމަށާއި، ޙާދިސާ އާއި ގުޅިގެން އިބްރާހީމް މުޙައްމަދު ބަލާ
ފާސްކުރުމުންވެސް އެބާވަތުގެ އެއްޗެއް އޭނާއަތުން
ފެނިފައިވާކަން އެނގެން ނެތްކަމަށާއި، އަދި ހާދިސާ
ހިނގިދުވަހު ފުލުހުން އިބްރާހީމް މުޙައްމަދު އާއި މުޙައްމަދު މަމްދޫދު ހައްޔަރުކުރަން އުޅުމުން އިބްރާހީމް
މުޙައްމަދުވެސް ފިލަން މަސައްކަތްކުރިކަމަށް ސީނަށް ދިޔަ ފުލުހުންގެ ބަޔާންތަކުގައި ބުނެފައިވިޔަސް، ފިލަން
މަސައްކަތް ކުރުމުގެ ގޮތުން އިބްރާހީމް މުޙައްމަދު ކުރިކަމެއް ސާފުވާން ނެތްކަމަށާއި، އަދި މީގެ އިތުރުން
މިމައްސަލައާއި ގުޅިގެން އެފޮށިގަނޑު މާލެއިން ގެނައި ބޯޓުގެ ކެޕްޓަނުގެ ނުވަތަ އެބޯޓުގެ ފަޅުވެރިއެއްގެ
ވިޔަސް ބަޔާނެއް ނަގައި އިބްރާހީމް މުޙައްމަދު އާއި މަސްތުވާތަކެތި ހުރި ފޮށިގަނޑާއި ގުޅުން އޮތް މިންވަރު
ދެނެގަތުމަށް
މަސައްކަތް ކުރެވިފައިނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމެވެ .
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު
ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ސ.ހިތަދޫ | ހަވާސާ، މުޙައްމަދު މަމްދޫދު ގެ މައްޗަށާއި، ސ.ހިތަދޫ | ޢަބީރީގެ އިބްރާހީމް
މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ބައްލަވައި، ހާދިސާ ހިނގި ދުވަހު
އިބްރާހީމް މުޙައްމަދު ޢަމަލު ކޮށްފައިވާގޮތުން، މުޙައްމަދު މަމްދޫދު އަތުގައިހުރި ފޮށިގަނޑުން ފެނުނު
މަސްތުވާތަކެއްޗާއި އިބްރާހީމް މުޙައްމަދު އާއި ގުޅުން ނެތްކަމަށް ބަލާނެ ސަބަބެއް ނެތްކަމަށް ނިންމަވައި،
އެސަބަބަށްޓަކައި އިބްރާހީމް މުޙައްމަދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
މިޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ފެނިފައިނުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409
ޤަޟިއްޔާގައި ސ.ހިތަދޫ | އަބީރީގެ އިބްރާހީމް މުޙައްމަދުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް
އެއްގޮތަށްކަމަށް
އާއިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/391
UCO OC
ބަދަލުގެންނަންޖެހޭކަމަށް ކަނޑައަޅައި، ސ.ހިތަދޫ | ހަވާސާ، މުޙައްމަދު މަމްދޫދު އާއި މަގުމަތިން ދިމާވެގެން،
އޭނާ ސ.މަރަދޫ ބަދަރަށް ގެންގޮސް ދިނުމަށް އެދުމުން އިބްރާހީމް މުޙައްމަދުގެ ސައިކަލްގެ ފަހަތަށް މުޙައްމަދު
މަމްދޫދު އަރުވައިގެން ސ.މަރަދޫ ބަދަރަށް ގެނެސް ދިންކަން ޝަރީޢަތަށް ސާބިތުވިޔަސް، ސ.މަރަދޫ
ބަދަރުގައި އޮތް "ނަފާ" ބޯޓުން މުޙައްމަދު މަމްދޫދު ބޭލިކަމަށްބުނާ ފޮށިގަނޑުގައިހުރި މަސްތުވާތަކެއްޗާއި
އިބްރާހީމް މުޙައްމަދު އާއި ގުޅުވައިދޭ އިތުރު އެހެން އެއްވެސް ޤަރީނާއެއް ފެންނަން ނެތް ހާލުގައި އިބްރާހީމް
މުޙައްމަދު އާއި އެ މަސްތުވާތަކެއްޗާއި ގުޅުންއޮތްކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައެޅޭނެ ހަމައެއް ނެތްކަމަށް މިޤަޟިއްޔާބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ
ފަނޑިޔާރުންނަށްވެސް އިއްތިފާޤު ވެވިފައިވާކަން ފާހަގަކުރެވެއެވެ.
ce O
ހިތަދޫ
• ޙުކުމް:
ދެންފަހެ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާގައި
ހަވާސާ، މުޙައްމަދު މަމްދޫދު އާއި، ސ.ހިތަދޫ ޢަބީރީގެ، އިބްރާހީމް މުޙައްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން
ކުރި ޑައިމޯފިން ޓްރެފިކުކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބައްލަވައި، 2012 ވަނަ އަހަރުގެ ޖެނުއަރީ
މަހުގެ 25 ވަނަ ދުވަހު މާލެއިން ފުރައިގެން ސ.އަތޮޅު މަރަދޫއަށް ދިޔަ "ނަފާ" ބޯޓުން ސ.އަތޮޅު މަރަދޫއަށް
މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުން ހިންގި އޮޕަރޭޝަނުގައި
ހައްޔަރުކުރި ސ.ހިތަދޫ ޢަބީރީގެ، އިބްރާހީމް މުޙައްމަދު އާއި އެ ހާދިސާ ގައި އަތުލައި ގަނެވުނު
މަސްތުވާތަކެއްޗާއި ގުޅުންއޮތްކަން އެކަށީގެންވާ ޝައްކެތް ނެތްމިންވަރަށް ޝަރީޢަތަށް ސާބިތު ނުވާކަމަށް
ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/409 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ސ.ހިތަދޫ | ޢަބީރީގެ އިބްރާހީމް
މުޙައްމަދު، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ
ގޮތުން، އެ ޤާނޫނުގެ 103 ވަނަ މާއްދާގެ (ނ) ގެ ދަށުން، ސ.ހިތަދޫ | އަބީރީގެ އިބްރާހީމް މުޙައްމަދު
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/391
-/100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމާއެކު ޢުމުރަށް ޖަލަށްލުމަށް ކުރައްވާފައިވާ ޙުކުމް
ބާޠިލްކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv