ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/516 ޤަޟިއްޔާގެ ޙުކުމް
8
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/516
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 516/HC-A/2016
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ނަޖާހް އާރޓްޕެލަސް ޕވޓ ލޓޑ
ރަޖިސްޓްރީ ނަންބަރު: 920
/
2006-C
ދާއިމީ އެޑްރެސް: އެމް.އެޗް.އޭ ބިލްޑިންގ ކ.މާލެ
މިހާރުގެ އެޑްރެސް: އެމް.އެޗް.އޭ
ޗް.އޭ ބިލްޑިންގ ކ.މާލެ
0
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ދާއިމީ އެޑްރެސް: އެސް.ޓީ.އޯ ހެޑް އޮފީސް/ ކ.މާލެ
ރަޖިސްޓްރީ ނަންބަރު: 186
/
2001-C
މިހާރުގެ އެޑްރެސް: އެސް.ޓީ.އޯ ހެޑް އޮފީސް/ ކ.މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 މުޙައްރަމް 1438
20 އޮކްޓޯބަރު 2016
ނިމުނު ތާރީޚް: 18 ޛުލްޤަޢިދާ 1438
10 އޯގަސްޓް 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cv-C/1647
ނިންމެވި ކޯޓު: ސިވިލް ކޯޓު
، މައްސަލައިގެ ބާވަތް: ބިމާއި ޢިމާރާތް ކުއްޔަށްދިނުމާބެހޭ މައްސަލަ
• ހުށަހެޅުނު ތާރީޚް: 07 އޮކްޓޯބަރު 2015 • ނިމުނު ތާރީޚް: 31 ޑިސެމްބަރު 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފުނޑިޔާރު އގ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އގ.ޢަބްދުއްރައޫފު އިބްރާހީމް
0
U
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ފުޒު ހިނގުން، ތީމުގޭ
މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/516
ދަޢުވާގެ ޚުލާޞާ
OX OC
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1647 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
و سرور نے کد
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
އދ އެވެ.
ފާހަގަކުރެވުނު ނުކުތާމަ
01- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1647 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
(ރަޖިސްޓްރީ ނަންބަރު: 186
/
2001-Cގެ ބިލްޑިންގ އެއްކަމަށްވާ މެޓްރޯ ޕޮލިސް ބިލްޑިންގ، ނަޖާހް
އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 920
/
2006-C) އަށް ކުއްޔަށްދިނުމަށް 01
ޖެނުއަރީ 2013 ދުވަހު ވެފައިވާ ނަންބަރު 2012
/
271/ADM
/
CON-60 އެއްބަސްވުމުގެ ދަށުން
ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވެފައި ވާގޮތަށް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް
ލިމިޓެޑުން ދައްކާފައިނުވާތީ، ކުލީގެ ގޮތުގައި ދައްކަންޖެހޭ އެންމެހައި ފައިސާ ޖޫރިމަނާ އާއެކު ނަޖާހް
އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން ލިބިގަތުމަށާއި، ތަންހުސްކުރުމަށް ޝަރީޢަތުން ނަޖާހް އާރޓް
ޕެލަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ތަންހުސްކޮށް ޙަވާލުކުރުމާ ހަމައަށް
ކުއްޔާއި ޖޫރިމަނާ ލިބިގަތުމުގެ ޙައްޤު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް ލިބިގެންވާކަމަށް
ކަނޑައަޅުއްވައި ދެއްވުމަށް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕލކ ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕލކ (ރަޖިސްޓްރީ ނަންބަރު 186
/
2001-C) ގެ ބިލްޑިންގ އެއްކަމަށްވާ މެޓްރޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected]ވެބް ސައިޓް: www.highcourt.gov.mv
;ވ
ދިވެހިން
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/516
ADM/CON/2012/271
ޕޮލިސް ބިލްޑިންގ، ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: -C
920/2006) އަށް ކުއްޔަށްދިނުމަށް 01 ޖެނުއަރީ 2013 ދުވަހު ވެފައިވާ ނަންބަރު -60
އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ
އެއްބަސްވެފައި ވާގޮތަށް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައި ނުވާތީ، ކުލީގެ ގޮތުގައި
ދައްކަންޖެހޭ އެންމެހައި ފައިސާ ޖޫރިމަނާ އާއެކު ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން
ލިބިގަތުމަށާއި، ތަން ހުސްކުރުމަށް ޝަރީޢަތުން ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
އަމުރުކޮށްދިނުމަށާއި، ތަންހުސްކޮށް ޙަވާލުކުރުމާ ހަމައަށް ކުއްޔާއި ޖޫރިމަނާ ލިބިގަތުމުގެ ޙައްޤު ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް ލިބިގެންވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ނަޖާހް
އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން
ދަޢުވާކޮށްފައިވާހިނދު،
uc
ދަޢުވާ ސާފުވެއްޖެކަމަށާއި، ދަޢުވާއާއެކު ހުށަހަޅާފައިވާ އެއްބަސްވުމަކީ ނަޖާހް
އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑާއިއެކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ވެފައިވާ
އެއްބަސްވުމެއް ކަމަށާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް ދައްކަންޖެހޭ ފައިސާގެ
މިންވަރު ބަޔާންކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ޝަރީޢަތަށް ހުށަހަޅާފައިވާ
ސްޓޭޓްމަންޓްގައި މައްސަލައެއް ނެތްކަމަށާއި، ނަމަވެސް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން
ކޮށްފައިވާ އިންވެސްޓްމަންޓުގެ ބަދަލު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ދޭން
ދަޢުވާގައިވާ އެއްބަސްވުމުގެ މުއްދަތު
31 ޑިސެމްބަރު 2013
ދުވަހު
ހަމަވެފައިވާކަމަށާއި، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
އަށް ނުލިބިވާ ކުއްޔަކީ ކޮބައިކަން ދަޢުވާގެ ޚުލާޞާގައި ބަޔާންކޮށްފައި ނުވާކަމަށާއި، އެހެންކަމުން
ދަޢުވާގެ އިޖުރާޢަތު ފުރިހަމަވެފައި ނުވާކަމަށްޓަކައި ހުށަހެޅިފައިވާ ދަޢުވާ ފޯމުގެ މައްޗަށް މައްސަލަ
ކުރިއަށްގެންދެވެން ނެތްކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވައިދެއްވުމަށް ނަޖާހް އާރޓްޕެލަސް
ޕްރައިވެޓް ލިމިޓެޑުން އެދިފައިވާކަމާއި،
ޑ 24ޑ / ހ2
هހންކަމަށްއ،
Xec
ދަޢުވާފޯމުގައި މައްސަލަ ހުށަހަޅާ ފަރާތުން ބަޔާންކުރަން ކޯޓުން
ކަނޑައަޅާފައިވާ ބައިގައި، ކުލީގެ ގޮތުގައި ދައްކަންޖެހޭ އެންމެހައި ފައިސާ ޖޫރިމަނާ އާއެކު ނަޖާހް
އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން ލިބިގަތުމަށާއި،
ޝަރީޢަތުން ނަޖާހް އާރޓްޕެލަސް
ދ 8 ޖެ
6
5
2 ހއ
ތަން ހުސްކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected]ވެ. ސައިޓް: www.highcourt.gov.mv
ފ.
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/5 16
ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ތަން ހުސްކޮށް ޙަވާލުކުރުމާ ހަމައަށް ކުއްޔާއި
ޖޫރިމަނާ ލިބިގަތުމުގެ ޙައްޤު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް ލިބިގެންވާކަމަށް
ކަނޑައަޅުއްވައި ދެއްވުމަށް އެދިފައި ވާކަން އެނގެން އޮންނަކަމާއި އަދި ދަޢުވާ ފޯމުގައި ދަޢުވާކުރާ
ފަރާތުން ގެއްލުމުގެ ބަދަލަކަށް އެދޭނަމަ އެކަން ބަޔާންކުރަން ކަނޑައަޅާފައިވާ ބައިގައި ކުއްޔާއި
ޖޫރިމަނާ ބަޔާންކޮށްފައިވާ ކަމާއި، އަދި ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާގެ ތަފްސީލު ޑޮކިއުމެންޓް 5 ގެ
ގޮތުގައި އެޓޭޗްކުރެވިފައިވާ ސްޓޭޓްމަންޓުން އެނގެން އޮންނާތީ ދަޢުވާފޯމު ފުރުމުގައި މިޤަޟިއްޔާ
ކުރިއަށް ނުގެންދެވޭވަރުގެ އިޖުރާޢީ މައްސަލައެއް ފޯމުގައި އޮތްކަމަށް ކަނޑައެޅެން ނެތްކަމާއި؛
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ޢިމާރާތެއް ކަމަށްވާ މެޓްރޯ ޕޮލިސް
ބިލްޑިންގ ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑަށް މަހަކު 97,367
/
68ރ. (ނުވަދިހަހަތްހާސް
ތިންސަތޭކަ ފަސްދޮޅަސްހަތްރުފިޔާ ފަސްދޮޅަސް އަށްލާރި) މަގުން ކުއްޔަށްދިނުމަށް 01 ޖެނުއަރީ
2013 ދުވަހު ނަންބަރު 2012
/
271/ADM
/
CON-60 އެއްބަސްވުން ވެފައިވާކަން ދެފަރާތުގެ
ބަހުންނާއި އެއްބަސްވުމުން އެނގެން އޮންނަކަމާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން
24 ޑިސެމްބަރު 2015 ދުވަހު ޝަރީޢަތަށް ހުށަހަޅާފައިވާ ކުއްޔާއި ޖޫރިމަނާގެ ސްޓޭޓްމަންޓު ރަނގަޅު
ކަމުގައި ބުނެ ދަޢުވާލިބޭ ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތުގައި އިޤްރާރުވެފައިވާކަން
އެނގެން އޮންނަކަމާއި، ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާގައިވާ ތަން ބޭނުންކުރަމުން
ދާކަން އެފަރާތުގެ ބަހުންވެސް އެނގެން އޮންނަކަމާއި، އިސްވެ ބުނެވިދިޔަ އެއްބަސްވުމަކީ ކުއްޔަށް
ދިނުމުގެ އެއްބަސްވުމެއްކަމާއި، ކުއްޔަށް ދީގަ
ދީފައިވާތަނަށް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން
ބަދަލުގެނެސް އެޢިމާރާތަށް ޚަރަދުކުރި ކަމުގައިވިއަސް އެ ޚަރަދުގެ ބަދަލު ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕލކ އިން ދޭންޖެހޭކަން އެއްބަސްވުމުން އެނގެން ނެތްކަމާއި،
ސްވުމު
މުއްދަތު 31 ޑިސެމްބަރު 2013 ދުވަހު ހަމަވެފައިވާއިރު، ތަން ޙަވާލުނުކޮށް ބޭނުންކުރަމުން ދިޔައީ
ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން ކަމަށްވެފައި އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ތަން
ހުސްކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑާއި ޙަވާލުކުރުމާ ހަމައަށް ކުރިން
އެއްބަސްވެފައިވާ ފަދައިން ކުއްޔާއި ކުލި ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާ އަރަމުންދާނެކަމާއި،
co
އެއްބަސްވެމުގެ
އެހެންކަމުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ގެ ޢިމާރާތެއް ކަމުގައިވާ
މެޓްރޯ ޕޮލިސް ބިލްޑިންގ އިސްވެ ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ނަޖާހް އާރޓްޕެލަސް ޕްރައިވެޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޒު ހިގުން،
ޙުރާށި، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް noiscout.gov.mv ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A516
ލިމިޓެޑުން ކުއްޔަށް ހިފައިގެން ބޭނުންކުރުމުގައި 31 ޑިސެމްބަރު 2015 ދުވަހާ ހަމައަށް ޢިމާރާތުގެ
ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހި ނުދެއްކިވާ 2,845,959.92ރ. (ދެމިލިއަން އަށްލައްކަ
ސާޅީސްފަސްހާސް ނުވަސަތޭކަ ފަންސާސްނުވަރުފިޔާ ނުވަދިހަދެލާރި) އަކީ ނަޖާހް އާރޓްޕެލަސް
ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް ދައްކަންޖެހޭ ފައިސާއެއްކަން
ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި، ބުނެވިދިޔަ ފައިސާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ޕީލކ އަށް ލިބިދިނުމަށްޓަކައި މިއަދު 31 ޑިސެމްބަރު 2015 ދުވަހުން ފެށިގެން 06 (ހައެއް)
މަސްދުވަހުގެ މުއްދަތުގައި މަދުވެގެން އެމަހަކަށްޖެހޭ ޢަދަދުގެ ފައިސާ އެމަހަކު ސިވިލް ކޯޓަށް
ދައްކަމުންގޮސް މިދަރަނި ޚަލާޞްކުރުމަށް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑަށް އަންގައި،
މިއަދުން (31 ޑިސެމްބަރު 2015މ.) ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި މެޓްރޯ
ޕޮލިސް ބިލްޑިންގ ގައި ނަޖާހް އާރޓް ޕެލަސް ޕްރައިވެޓް ލިމިޓެޑުގެ ވާނަމަ ވާ މުއްދަލެއް އެތަނުން
ނެރެ ތަންހުސްކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް އާއި ޙަވާލުކުރުމަށް އަންގައި، މެޓްރޯ
ޕޮލިސް ބިލްޑިންގ ގައި ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުގެ ވާނަމަ މުދަލެއް އެތަނުން ނެރެ
ތަންހުސްކޮށް ސްޓޭޓް ޓެރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކްއާއި ޙަވާލުކުރުމާއި ހަމައަށް ބުނެވިދިޔަ
އެއްބަސްވުމުގައި ބަޔާންކޮށްފައި މަގުން ތަނުގެ ކުއްޔާއި ޖޫރިމަނާ ލިބިގަތުމުގެ ޙައްޤު ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ލިބިގެންވާކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ."
މިފަދައިންނެވެ.
ou o
02- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1647 ޤަޟިއްޔާގެ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން
ހުށަހަޅާފައިވާ!
cu o
ccc
(ހ) ފުރަތަމަ ނުކުތާއަކީ، ހުށަހެޅި ދަޢުވާ، ދަޢުވާފޯމުގެ ޚުލާޞާއިން ކަނޑައެޅިގެން
އެނގެން އޮތްއިރު އެއާޚިލާފަށް ދަޢުވާކުރާ ފަރާތުން އެދުނުހާ ގޮތަކަށް ދަޢުވާ ސީދާކުރައްވައިގެން
ކުރެއްވި ޙުކުމް ޤާނޫނު ނަންބަރު 4/91 ގެ 20 ވަނަ މާއްދާގެ (ހ) ގެ އިމުން ބޭރުވެފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމް ގޭ A3
އީމެއިލް:
ދޭހަށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ވެބްސައިޓް www.highcourt.gov.mv
wa Kigl/court.gov.my
, .(2 ހއ
6
ހިމުނު ގޮތުގެ ޚުލާޞާ
2016/HC-A/516
(ށ) ދެވަނަ ނުކުތާއަކީ، މިލިޔަނުން ގުނާލެވޭ ފެންވަރުގައި ތަނަށް ބޮޑެތި ބަދަލުތައް
ގެނައި އެސް.ޓީ.އޯ އާއި ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކޮށްފައިވާ
އެއްބަސްވުމުގެ ދަށުން ކަމަށްވެފައި، އެޚަރަދާއިމެދު ގޮތެއް ހަމަޖައްސަން ޖެހިފައިވާ ވަގުތެއްގައި،
ދަޢުވާކުރާ ފަރާތުން އެޚަރަދާއިމެދު އެއްޗެއް ބުނެފައިނުވާއިރު، އެމައްޗަށް ޝަރީޢަތުން ކަނޑައެޅުއްވި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) އާއި
ޚިލާފުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
cu o
ހ 4
5
6
3
6
ކަނޑައެޅުއްވުން
403 މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1647
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުން އެދި ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
/ ޏ 24ޑ
(ހ) ފުރަތަމަކަމަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ބިލްޑިންގ
އެއްކަމަށްވާ މެޓްރޯ ޕޮލިސް ބިލްޑިންގ، ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް
ދިނުމަށްޓަކައި 01 ޖެނުއަރީ 2013 ވަނަ ދުވަހު ވެފައިވާ ނަންބަރު 2012
/
271/ADM
/
CON-60
އެއްބަސްވުމާއި އެއްގޮތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނަޖާހް އާރޓްޕެލަސް ޕްރައިވެޓް
ލިމިޓެޑުން ދައްކާފައި ނުވާތީ، ކުލީގެ ގޮތުގައި ދައްކަންޖެހޭ އެންމެހައި ފައިސާ ޖޫރިމަނާ އާއެކު ނަޖާހް
އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން ލިބިގަތުމަށާއި، ތަންހުސްކުރުމަށް ޝަރީޢަތުން ނަޖާހް އާރޓްޕެލަސް
ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ތަންހުސްކޮށް ޙަވާލުކުރުމާ ހަމައަށް ކުއްޔާއި
ޖޫރިމަނާ ލިބިގަތުމުގެ ޙައްޤު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް ލިބިގެންވާކަމަށް
ކަނޑައަޅުއްވައި ދެއްވުމަށް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕލކ ކުޅަ ދަޢުވާއެއްކަން އެނގެން އޮންނައިރު،
3 4
މިމައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ އެއްބަސްވުމުގެ މުއްދަތު
31 ޑިސެމްބަރު 2013 ދުވަހު ހަމަވެފައިވާއިރު، ތަން ޙަވާލުނުކޮށް ބޭނުންކުރަމުން ދިޔައީ ނަޖާހް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ، ވެwww.highcourt.gov.mv s
ވެJ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/5 16
އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން ކަމަށްވެފައި އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ތަން ހުސްކޮށް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އާއި ޙަވާލުކުރުމާ ހަމައަށް ކުރިން އެއްބަސްވެފައިވާ
ފަދައިން ކުއްޔާއި ކުލި ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާ އަރަމުންދާނެކަމާއި،
އެހެންކަމުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ގެ ޢިމާރާތެއް ކަމުގައިވާ
މެޓްރޯ ޕޮލިސް ބިލްޑިންގ އިސްވެ ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ނަޖާހް އާރޓްޕެލަސް ޕްރައިވެޓް
ލިމިޓެޑުން ކުއްޔަށް ހިފައިގެން ބޭނުންކުރުމުގައި 31 ޑިސެމްބަރު 2015 ދުވަހާ ހަމައަށް ޢިމާރާތުގެ
ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހި ނުދެއްކިވާ 2,845,959.92ރ. (ދެމިލިއަން އަށްލައްކަ
ސާޅީސްފަސްހާސް ނުވަސަތޭކަ ފަންސާސްނުވަރުފިޔާ ނުވަދިހަދެލާރި) އަކީ ނަޖާހް އާރޓްޕެލަސް
ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް ދައްކަންޖެހޭ ފައިސާއެއްކަން
ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި، ބުނެވިދިޔަ ފައިސާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ޕިލކ އަށް ލިބިދިނުމަށްޓަކައި 31 ޑިސެމްބަރު 2015 ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ
މުއްދަތުގައި މަދުވެގެން އެމަހަކަށްޖެހޭ ޢަދަދުގެ ފައިސާ އެމަހަކު ސިވިލް ކޯޓަށް ދައްކަމުންގޮސް
މިދަރަނި ޚަލާޞްކުރުމަށް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، (31 ޑިސެމްބަރު
2015މ.) ފެށިގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތުގައި މެޓްރޯ ޕޮލިސް ބިލްޑިންގ ގައި ނަޖާހް
އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުގެ ވާނަމަ ވާ މުއްދަލެއް އެތަނުން ނެރެ ތަންހުސްކޮށް ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް އާއި ޙަވާލުކުރުމަށް އަންގައި، މެޓްރޯ ޕޮލިސް ބިލްޑިންގ ގައި
ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުގެ ވާނަމަ މުދަލެއް އެތަނުން ނެރެ ތަންހުސްކޮށް ސްޓޭޓް
ޓެރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކްއާއި ޙަވާލުކުރުމާއި ހަމައަށް ބުނެވިދިޔަ އެއްބަސްވުމުގައި
ބަޔާންކޮށްފައިވާ މަގުން ތަނުގެ ކުއްޔާއި ޖޫރިމަނާ ލިބިގަތުމުގެ ޙައްޤު ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް އަށް ލިބިގެންވާކަމުގައި ކަނޑައަޅައި އެފަދައިންކަން އެނގެން އޮތުމުން،
މިޤަޟިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކްގެ
ދަޢުވާގެ ސީޕޯގައި އެދިފައިނެތްކަމެއް މައްޗަށް ކުރައްވާފައިވާ ޙުކުމެއް ނޫންކަން އެނގެން އޮތްކަމެވެ.
(ށ) ދެވަނަކަމަކީ، ސިވިލް ކޯޓުން ނިންމަވާފައިވާ އިޝާރާތްކުރެވުނު ނިންމެވުމަށް
ބަލާއިރު، އެމައްސަލައިގެ ޙުކުމުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް އާއި ނަޖާހް އާރޓް
ޕެލަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ
ބޭރުން ނަޖާހް އާރޓްޕެލަސް ޕްރައިވެޓް
ކުތ ދ 6
2
3
4
އެއްބަސްވެމުގެ
ވީމާ ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ދުޒު ހިނގުން، ތީމުގޭ 3 ނަންބަރު :
އީމެއިލް [email protected]+
www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/516
ބަޔާންގއގއ
Oud ou
coc
ލިމިޓެޑުން ކުއްޔަށް ހިފާތަނަށް ކުރިކަމަށް ބުނާ ޚަރަދާއި މެދު ގޮތެއް ކަނޑައަޅާފައި ނުވާކަމާއި،
ސިވިލް ކޯޓުން މިމައްސަލަ ނިންމެވުމުގައި ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ފަސްވަނަކަމެއްގެ ގޮތުގައި
ވާފައިވަނީ، ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމަށް ބަލާއިރު، ކުއްޔަށް ހިފާތަނަށް
ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން ބަދަލުތަކެއް ގެނެސްފައިވީނަމަވެސް އެކަމުގެ ޚަރަދަކީ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ދޭންޖެހޭ ބަދަލެއްކަން އެއްބަސްވުމަށް ބެލުމުން
އެނގެން ނެތްކަމަށް ބަޔާންކޮށް އެފަދައިންކަމާއި، ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގައި
އެއްބަސްވުމުގެ ބޭރުން ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން ކުރާ ޚަރަދުތަކުގެ ޒިންމާ ސްޓޭޓް
ޓްރޭޑިން އޯގަނައިޒޭޝަން ޕލކ އިން ދޭންޖެހޭކަން އެއްބަސްވުމަށް ބެލުމުން އެނގެން ނެތްނަމަ
އެކަން ފާހަގަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) އާއި
ލާފަށް ސިވިލް ކޯޓުން ކުޅަ ކަމެއްގެ ގޮތުގައި ބެލެވެންނެތްކަމާއި، މީގެ އިތުރުން އިޝާރާތްކުރެވުނު
ފަދައިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ދަޢުވާއަކީ އެކުންފުނިން ނަޖާހް އާރޓްޕެލަސް
ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ހިފާފައިވާ ތަން ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން
ބޭނުންކުރަމުންދާއިރު އެތަނުގެ ކުއްޔާއި ކުލި ނުދެއްކުމުގެ ސަބަބުން އަރަމުންދާ ޖޫރިމަނާ ހޯދުމުގެ
މައްޗަށް ހުށަހެޅި ދަޢުވާއެއްކަން އެނގެން އޮތުމުން ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުން
ބުނާފަދަ ބަދަލަކާއި މެދު ގޮތެއް ކަނޑަނޭޅި އޮތް އޮތުމަކީ އެސަބަބަށްޓަކައި އެއްބަސްވުމުގެ މުއްދަތު
ފުމަށްފަހު އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފިތަނުގެ މަންފާ ޙާސިލުކޮށް އެތަނަށް ދައްކަންޖެހޭ
ކުލި ނުދައްކާ އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހު ކުއްޔަށް ހިފަތަން ހުސްކޮށް އެތަން
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕީލކ އާއި ޙަވާލުނުކުރުމަށް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް
ލިމިޓެޑަށް ލިބިއޮތް ޤާނޫނީ ޙުއްޖަތެއް ނޫންކަން އެނގެން އޮންނަކަމެވެ.
eddo
ހަމަ20
OCO)
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1647 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަންނެތްކަމަށެވެ.
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމު 3އަންތަކާއި ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/5 16
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 2015/Cv
-
C/1647 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
ނަޖާހު އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް
އެޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ އެޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި
އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
1641/Cv-C/2015
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv