ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/30 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/3{)
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 30/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް: ދައުލަތް ( އެޓަރނީ ޖެނެރަލްގެ އޮފީސް)
0
. *
4
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އިބްރާހީމް މުޙައްމަދު ފުޅު
ދާއިމީ އެޑްރެސް:
ވެލިދޫ މުތްތޮށިގެ
އައިޑެންޓިޓީ ކާޑް ނަންބަރު: A007265 * މިހާރުގެ އެޑްރެސް: މއ. ނަމޫނާގެ{ މާލެ
**
ހުށަހެޅުނު ތާރީޚް: 11 ފެބުރުއަރީ 2014
ނިމުނު ތާރީޚް: 25 އޯގަސްޓް 2016
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/454
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ބާޠިލުކޮށްދިނުން އެދި
• ހުށަހެޅުނުތާރީޚް: 25 ފެބުރުއަރީ 2013 ނިމުނު ތާރީޚް: 30 ސެޕްޓެމްބަރު 2013
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/3{)
ހދ28 4
ކަމަށްޓެނޭ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/454 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާދަޢުވާ ރައްދުވަނީ ވެލިދޫ މުތްތޮށިގެ އިބްރާހީމް މުޙައްމަދު ފުޅު
(މއ. ނަމޫނާގެ/ މާލެ) އަށެވެ.
CC
ފާހަގަކުރެވުނު ނުކުތާތައް:
01 ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/454 ޤަޟިއްޔާއަކީ، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާގައި އިބްރާހީމް މުޙައްމަދު ފުޅު ހުއްޓާ، ޓްރެފިކް ޕޮލިސްގައި
މަސައްކަތްކުރަމުންދިޔައިރު، ޓްރެފިކް ޤަވާޢިދާ ޚިލާފުވެގެން ޕޮލިސް ޓޯ ޔާޑަށް ގެނެވޭ ވެހިކަލްތަކަށް ޓޯ ޔާޑަށް
ދައްކާ ފައިސާ ބަހައްޓާފައިހުރި ތިޖޫރި ފައިސާއާއި ޙަވާލުކޮށްފައިވަނިކޮށް އެތިޖޫރީން ގިނަ ޢަދަދެއްގެ
ފައިސާއަށް އިބްރާހީމް މުޙައްމަދު ފުޅު ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިކޮށްފައިވާތީ،
އިބްރާހީމް މުޙައްމަދު ފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީގެ ވަނަ މާއްދާގެ (އ) އާ
ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އިބްރާހީމް މުޙައްމަދު ފުޅު ވަޒީފާއިން ވަކިކުރިއިރު ހުރި މަޤާމަށް
އަނބުރާ ރުޖޫޢަކުރުމަށް ނުވަތަ އެވަޒީފާއާއި އެއް ފެންވަރުގެ ވަޒީފާއެއް ހަމަޖެއްސުމަށާއި، އިބްރާހީމް
މުޙައްމަދު ފުޅު ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި ލިބެންޖެހޭ ވަޒީފާގެ ކުރިއެރުން ހޯދުމަށާއި، ވަޒީފާއިން
ވަކިކުރެވުނު އިރު ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކާ އެހެނިހެން އެލަވަންސްތައް ވަޒީފާއިން ވަކިކުރި
ދުވަހުން ފެށިގެން އަލުން ވަޒީފާދޭ ދުވަހާއި ހަމަޔަށް ހޯދުމަށާއި، ވަޒީފާއަށް ނުނެރެ ފާއިތުވި މުއްދަތުގެ
މުސާރަ ލިބިގަތުމަށާއި، މިކަމުގެ ސަބަބުން އިބްރާހީމް މުޙައްމަދު ފުޅަށް ނަފްސާނީ ގޮތުންނާއި މާލީ ގޮތުންނާއި
ލިބިފައިވާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށާއި، އަދި އެކަށީގެންވާ ހެއްކާ ޤަރީނާނެތި
އިބްރާހީމް މުޙައްމަދު ފުޅު ހައްޔަރު ކުރެވިފައިވާތީ، ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ޤާނޫނާ
ޚިލާފަށް ބަންދުކޮށްފައިވާ މީހަކަށް ލިބިދެވޭ ގެއްލުމުގެ ބަދަލު ލިބުމަށް އެދި ނ.ވެލިދޫ މުތްތޮށިގެ (މއ.
OC
8 9 s
އެނޫން
ގޮތްގޮތުން
z
، ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
928
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/30
ދަޢުވާކޮށް ހުށަހެޅުމުން
ﷲ4a23
44
ނަމޫނާގެ، އިބްރާހީމް މުޙައްމަދު ފުޅު (ދ.ރ.ކާޑް: A007265) ގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް
އަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް
ބައްލަވާއިފާ ޤަޟިއްޔާއެއްކަން
އެނގޭކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް
ރިޢާޔަތްކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސް ޚިދުމަތުން 2012 އޮކްޓޯބަރ 09 ވަނަ ދުވަހު އިބްރާހީމް
މުޙައްމަދު ފުޅު ވަކިކޮށްފައިވާތީ، އިބްރާހީމް މުޙައްމަދު ފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަމުގައި ބުނެ، އިބްރާހީމް މުޙައްމަދު ފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ
ޤާނޫނުއަސާސީއާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރައްދުވާ
ދިވެހި ދައުލަތުގެ މައްޗަށް ނ.ވެލިދޫ މުތްތޮށިގެ (މއ. ނަމޫނާގެ) އިބްރާހީމް މުޙައްމަދު ފުޅު
(ދ.ރ.ކާޑް: A007265) ހުށަހެޅި މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
އިބްރާހީމް މުޙައްމަދު ފުޅު އަދާކުރަމުންދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ
ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ޕޮލިސް ޓޯ ޔާޑުގައި ބަހައްޓާފައިވާ ތިޖޫރީއަށް ފައިސާލުމާއި އަދި އެ ތިޖޫރީން
ފައިސާ ނެގުމަށްފަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި، ޙަވާލުކުރުމުގެ އެންމެހާ ކަންކަން
ދަޢުވާކުރާ ފަރާތާއި ޙަވާލުކޮށްފައިވަނިކޮށް އެ ތިޖޫރީން -/2,41,215ރ. (ދެލައްކަ ސާޅީސްއެއްހާސް
ދުއިސައްތަ ފަނަރަރުފިޔާ) ވީނުވީއެއް ނޭނގި މަދުވެފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން
ތަޙްޤީޤުކުރުމަށްފަހު އެކަމުގައި ދަޢުވާކުރާ ފަރާތުގެ ވަރަށް ބޮޑު އިހްމާލެއް އޮތްކަމަށް ފެންނާތީ، ތަޙްޤީޤަށް
ލިބިފައިވާ ހެއްކާއި ޤަރީނާތަކާއި އެމައްސަލައާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާބެހޭ
ޤަވާޢިދުގެ
މާއްދާގެ ގައިވާ ކުށްކޮށްފައިވުމާއި، ޤަވާޢިދު ނަންބަރު
4
/
2009-1-MPS (ވަޒީފާއާބެހޭ ޤަވާޢިދު) ގެ 6 ވަނަ މާއްދާގެ (ބ) އާއި ދަޢުވާކުރާ ފަރާތުން
ޚިލާފުވެފައިވާތީ އާއި، ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 1 ވަނަ ނަންބަރާއި 6 ވަނަ ނަންބަރާއި 12
ވަނަ ނަންބަރާއި 16 ވަނަ ނަންބަރާއި ޚިލާފުވެފައިވާތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް
އަދަބުދިނުމާބެހޭ
ނުމާބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުންކަން އެނގެން އޮންނަހިނދު
ތައް
ވަނަ
2
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/3)
cu o
އިބްރާހީމް މުޙައްމަދު ފުޅު ހުށަހަޅާފައިވާ މިމައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ކުރިޔަށްދަނިކޮށް،
އިބްރާހީމް މުޙައްމަދު ފުޅު ހުށަހަޅާފައިމިވާ ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރުމާގުޅޭގޮތުން މުހިންމު
އުޞޫލުތަކެއް އެކަށައަޅާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 35/SC
-
C/2012 ޤަޟިއްޔާގައި
އެކޯޓުން ނިންމެވި ނިންމުން ވުޖޫދުވެފައިވުމުން، އެނިންމުމުގައި ބުނާ ކަންކަމަކީ އިބްރާހީމް މުޙައްމަދު ފުޅުގެ
މައްސަލައިގައި ތަޠުބީޤް ކުރެވެންޖެހޭ ކަންކަންތޯ ޝަރީޢަތުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން ޤާއިމުކުރައްވާފައިވާ އުޞޫލުތައް އެބަޔެއްގެ މައްޗަށް
ތަޠުބީޤްކުރުން އިސްތިސްނާވާނޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 124/HC-A/2011 ޤަޟިއްޔާގައި
ކަނޑައެޅުނު ފަރާތްތަކުގެ ތެރޭގައި އިބްރާހީމް މުޙައްމަދު ފުޅުގެ ޙާލަތުގައި ހުރި ފަރާތްތައް ނުހިމެނޭކަން
އެނގެންއޮތުމުން، އެނިންމުން މިމައްސަލައަށް ތަޠްބީޤްކުރާއިރު،
އިބްރާހީމް މުޙައްމަދު ފުޅު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ އިބްރާހީމް
މުޙައްމަދު ފުޅުގެ މައްޗަށް ތުހުމަތުކުރެވުނު ޖިނާއީ ތުހުމަތުގެ ޢަމަލާއި ގުޅިގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ
ތެރެއިން ތަޙްޤީޤްކުރުމާއި ކަންކަން ކުރިއަށްދަނިކޮށް އެމަރުޙަލާތައް ނިމި ގޮތެއް ކަނޑައެޅުމުގެ ކުރިންކަން
އެނގެން އޮވެފައި، އިބްރާހީމް މުޙައްމަދު ފުޅުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ތުހުމަތަކަށްވެފައި،
އެޢަމަލުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަމުންދާ ހިނދު، އަދި އެތަޙްޤީޤުގެ
ބޭނުމަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އިބްރާހީމް މުޙައްމަދު ފުޅު ބަންދުކުރުން ފަދަ ފިޔަވަޅުތައް
އެޅިފައިވީހިނދު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފުރިހަމަވާންޖެހޭ މަރުޙަލާތައް ފުރިހަމަވުމުގެ ކުރިން
އިބްރާހީމް މުޙައްމަދު ފުޅު އަދާކުރަމުންދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އޭނާ ވަކިކުރުމަކީ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު:35/SC
-
C/2012 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ފަދައިން
ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކަށް ނިސްބަތްކުރެވޭ ކުށުގެ ޢަމަލު ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ
ތެރެއިން ބަލައި ތަޙްޤީޤްކުރުމާއި ޖިނާއީ ކުށް ޘާބިތުކުރާ އުޞޫލުތަ
ލުތަކާއި މިންގަނޑުތައްނޫން އެހެން
މިންގަނޑަކުން ޘާބިތުކުރުންކަމުގައި ވާނޭކަމާއި، އަދި އެގޮތުން އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި
50 ވަނަ މާއްދާއާއި 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައްފަދަ އިންޞާފުވެރި ޝަރީޢަތެއްގެ
ގެރެންޓީތަކާ ޚިލާފުވާނެ ކަންތައްތަކެއްކަމުގައި ވެގެންދާނެކަމާއި، އަދި ހަމައެހެންމެ މުއްތަހަމުގެ
މައްޗަށް
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/30
އެމްއެތަށް
22
އެއްވެސް ބާވަތެއްގެ އަދަބަކަށް ވާނޭ ފިޔަވަޅެއް ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން ނަމަވެސް
ދެވިއްޖެނަމަ އެތަހަމުގެ މައްޗަށް ހަމަ އެޢަމަލާގުޅިގެން ޝަރީޢަތްކުރުމާއި އަދަބުދިނުން ހުއްދަ
ނުވާނޭކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 35/SC
-
C/2012 ޤަޟިއްޔާގައި އެކޯޓުން
ކަނޑައަޅުއްވާފައިވާއިރު، އިބްރާހީމް މުޙައްމަދު ފުޅުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލާއި
ގުޅުވައިގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އޭނާ ވަޒީފާއިން
ވަކިކުރުމަށް ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން
ކަނޑައަޅުއްވާފައިވާ އުޞޫލުން ޑަބަލް ޖެޕަޑީގެ މަފްހޫމުގެ ތެރެއަށް ވަދެގެންދާނޭ ކަމެއްކަމުގައި
ބަލަންޖެހޭހިނދު، އިބްރާހީމް މުޙައްމަދު ފުޅުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޢަމަލު މަދަނީ
މިންގަނޑުން ޘާބިތުވާކަމަށް ކަނޑައަޅައި، އެޢަމަލުގެ މައްޗަށްދެވޭ އަދަބަކަށްވާގޮތަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގައި އިބްރާހީމް މުޙައްމަދު ފުޅު ހުރި ވަޒީފާއިން އޭނާ ވަކިކުރުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅުއްވާފައިވާ ފަދައިން މުއްތަހަމާ ދެކޮޅަށް
ހިނގަމުންދާ ޖިނާއީ އިޖުރާއާތުގެ ތެރޭގައި ހިމެނޭ ދުސްތޫރީ ގެރެންޓީތަކާއި ހެކިތަކަށް ރައްކާތެރިވުމާއި
އެހެކިތައް ވަޒަންކުރުމާއި ދައުލަތުން ޖިނާއީ ތަޙްޤީޤްކުރުމާއި ޝަރީޢަތް ހިންގުމުގެ ގެރެންޓީތަކަކަށް
ބުރޫއަރާނެކަމާއި ތަޢުދީބީ ނިޒާމެއް ނުވަތަ އެހެންވެސް ނިޒާމެއްގެ ތެރެއިން ހަމަ އެ އަމަލު އެމުއްތަހަމުގެ
ތަޙްޤީޤްކޮށް އެ ޢަމަލު ހިންގާފައިވާކަމަށް ކަނޑައެޅުމަށްޓަކައި ޘާބިތުކުރުމުގެ މިންގަނޑެއް
ކަނޑައެޅުންފަދަ އިޖުރާއާތުތަކަކީ ޤާނޫނުއަސާސީގައި ޖިނާއީ ތަޙްޤީޤުކުރުމާއި ޖިނާއީ ޝަރީޢަތް ހިންގުމަށް
ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާއި ގެރެންޓީތަކާއި ކުށުގެ ތަހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދޭ
ޙައްޤުތަކާ ތަޢާރުޟުވާ ކަންތައްތަކެއްކަމުގައި ވެގެންދާނޭ ކަމެއްކަމުގައި ބަލަންޖެހޭތީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC
-
C/2012 ޤަޟިއްޔާގައި އެކޯޓުން ނިންމަވައި
ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއުޞޫލުތައް މިމައްސަލައަށް ތަޠުބީޤުކުރުމުން ނިކުންނަ ނަތީޖާއާއި
ބަޔާންވެދިޔަ އެންމެހާ ކަންކަން އެގޮތުގައި ހުރުމުން އިބްރާހީމް މުޙައްމަދު ފުޅު މޯލްޑިވްސް ޕޮލިސް
ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް ވަކިކުރުމެއްކަމުގައި
ކަނޑައަޅައި،
ޚަ20
40
4 |
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/30
2012 އޮކްޓޯބަރ 09 ވަނަ ދުވަހުން ފެށިގެން އިބްރާހީމް މުޙައްމަދު ފުޅު ވަޒީފާއިން
ވަކިވެފައިވާކަމަށް ނުބެލުމަށާއި، މިއަދު 2013 ސެޕްޓެމްބަރު 30 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ)
ދުވަހުގެ ތެރޭގައި އިބްރާހީމް މުޙައްމަދު ފުޅު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއާއި
އެއްވަރެއްގެ ވަޒީފާއެއް އިބްރާހީމް މުޙައްމަދު ފުޅަށް ދިނުމަށާއި، 2012 އޮކްޓޯބަރ 09 ވަނަ ދުވަހުން
ފެށިގެން އިބްރާހީމް މުޙައްމަދު ފުޅުގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް އިބްރާހީމް މުޙައްމަދު ފުޅަށް ލިބެންވާ
މުސާރައާއި އިނާޔަތްތައް މިއަދު، 2013 ސެޕްޓެމްބަރ 30 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ
ތެރޭގައި އިބްރާހީމް މުޙައްމަދު ފުޅަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ
މުއްދަތު ތެރޭގައި ގުނުމަށާއި މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު
ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި، ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/454 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް 05
(ފަހެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/454 ޤަޟިއްޔާއިން ބެއްލެވި
މައްސަލައިގައި ޙުކުމްކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާ
ތަޠުބީޤުކޮށް ކަމަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/454 ޤަޟިއްޔާގެ ޙުކުމް ބިނާކުރެއްވި
ޤާނޫނީ ސަބަބުތަކާ ގުޅޭގޮތުން ސިވިލް ކޯޓުގެ މައްސަލައިގެ ޚަޞްމުން ވަކާލާތުކޮށްފައިނުވާއިރު، އަދި
އެފުރުޞަތު ދެއްވުމެއްވެސް ނެތި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާ
ތަޠުބީޤުކޮށް ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/454 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުގެ ސަބަބުން
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/454 ޤަޟިއްޔާއިން ދައުލަތުގެ މައްޗަށް ކުރެވުނު ދަޢުވާއިން
ދިފާޢުވުމަށްޓަކައި ދައުލަތަށް ލިބިފައި އޮތް ފުރުޞަތު ގެއްލިގެން ދިޔުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
CU O
O COCO
ދިވެހިރާއްޖެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/3)
0
O
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC
-
A/2011 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން، އިބްރާހީމް މުޙައްމަދު ފުޅަކީ ވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
124/HC-A/2011 ޤަޟިއްޔާގައި ބުނާ އިސްތިސްނާ މީހެއްކަން އެންގެން އޮތް ނަމަވެސް އެކަމަށް
ރިޢާޔަތް ނުކުރައްވައި ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/454 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގެ
ޙުކުމް ކުރެއްވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއިން
ބެއްލެވި މައްސަލައިގައި ވަޒީފާގައި ހުރި މީހެއްގެ މައްޗަށް ފިޔަވަޅު އެޅުމުގައި ގެންގުޅެންޖެހޭ ނުވަތަ
ބަލަންޖެހޭ މިންގަނޑު ބަޔާންކޮށްދީފައިވީނަމަވެސް އެ މައްސަލައާއި ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/454 ޤަޟިއްޔާއިން ހުށަހެޅުނު މައްސަލައާ ހުރި ތަފާތަކަށް ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/454 ޤަޟިއްޔާގައި ޙުކުމްކުރެއްވިއިރު، މައްސަލަ ބެއްލެވި ޤާޟީ ރިޢާޔަތްކުރައްވާފައި
ނެތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މަންފާއިން ދަޢުވާލިބޭ ފަރާތުގެ ހައިޘިއްޔަތުން
ދައުލަތް މަޙްރޫމްވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މުވައްޒަފަކު، އެމުވައްޒަފަކު ތަބާވާންޖެހޭ
ވަޒީފާގެ އުޞޫލުތަކަކާ ޚިލާފުވެގެން، ޚިލާފުވާ ކަމަކާގުޅިގެން އިދާރީ ފިޔަވަޅެއް އެޅުމަކީ، އެއީ
ދެފަހަރަށް އަދަބު ދިނުން ނުވަތަ ”ޑަބަލް ޖެޕަރޑީ“ އެއް ނޫން ކަމަށްވީ ނަމަވެސް، އެކަން ތަފްޞީލްކުރުމުގެ
ފުރުޞަތެއް ދައުލަތަށް ދެއްވުމެއްނެތި ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/454 ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/454 ޤަޟިއްޔާއިން ބެއްލެވި
މައްސަލައިގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވާ
ތަޠުބީޤްކުރެއްވި ނަމަވެސް،
ސިވިލް ކޯޓުގެ
ނަންބަރު
2013/Cv-C/454 ޤަޟިއްޔާގައި ޙުކުމް ކުރެއްވިއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
35/SC-C/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގޮތަށް ”ޖުޑީޝަލް ރިވިއު“ އެއްގެ ގޮތުގައި ސިވިލް
ކޯޓުގެ ނަންބަރު 2013/Cv-C/454 ޤަޟިއްޔާއިން ބެއްލެވި މައްސަލަ ބައްލަވާފައި ނެތުން ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
2
8
9 ހދ8
އުޞޫލުތައް
އްޖޭގެ
، ހައިކޯ"
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
އެނގެންއފއވ.
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/3{)
.
03- މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/454 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި
އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު،
މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ވެލިދޫ މުތްތޮށިގެ (މއ. ނަމޫނާގެ) އިބްރާހީމް މުޙައްމަދުފުޅު (ދ.ރ.ކާޑް:A007265)
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާގައި، ޓްރެފިކް ޕޮލިސްގައި
މަސައްކަތްކުރަމުންދިޔައިރު، ޓްރެފިކް ޤަވާޢިދާ ޚިލާފުވެގެން ޕޮލިސް ޓޯ ޔާޑަށް ގެނެވޭ ވެހިކަލްތަކަށް ޓޯ ޔާޑަށް
ދައްކާ ފައިސާ ބަހައްޓާފައިހުރި ތިޖޫރީ ފައިސާއާ ޙަވާލުކޮށްފައިވަނިކޮށް އެތިޖޫރީން ގިނަ ޢަދަދެއްގެ ފައިސާއަށް
އިބްރާހީމް މުޙައްމަދުފުޅު ޚިޔާނަތްތެރި ވެފައިވާކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ،
ދިވެރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން ނިންމަވައި
ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ރިއާޔަތް ކުރާއިރު، ބާޠިލު ވަކިކުރުމެއްކަމުގައި ކަނޑައަޅައި، 2012
އޮކްޓޯބަރު 09 ވަނަ ދުވަހުން ފެށިގެން އިބްރާހީމް މުޙައްމަދުފުޅު ވަޒީފާއިން ވަކިކުރެވިފައިވާކަމަށް
ނުބެލުމަށާއި، 2013 ސެޕްޓެމްބަރު 30 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިބްރާހީމް
މުޙައްމަދުފުޅު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއާ އެއްވަރެއްގެ ވަޒީފާއެއް އިބްރާހީމް
މުޙައްމަދުފުޅަށް ދިނުމަށާއި، 2013 އޮކްޓޯބަރު 09 ވަނަ ދުވަހުން ފެށިގެން އިބްރާހީމް މުޙައްމަދުފުޅުގެ ވަޒީފާ
އަނބުރާ ދިނުމާ ހަމައަށް އިބްރާހީމް މުޙައްމަދުފުޅަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް، 2013 ސެޕްޓެމްބަރު
30 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިބްރާހީމް މުޙައްމަދުފުޅަށް ރައްދުކުރުމަށާއި،
ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން
ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
އަންގަވައި، ސިވިލްކޯޓުގެ
ނަންބަރު 2013/Cv-C/454 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން
328 ޑ
ދިވެހިރާއްޖެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/3{)
(ހ) ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/454 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ މުޅި
އަސާސް ބިނާވެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC-A/2011 ޤަޟިއްޔާއާއި ޙަވާލާދީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގެ މައްޗަށްކަން އިޝާރާތް ކުރެވުނު
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/454 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކާއި އެޤަޟިއްޔާގެ ޙުކުމުން
އެނގެން އޮވެއެވެ.
(ނ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއަށް ބަލާއިރު،
އެޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ)
ގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ
މެންބަރެއްކަމަށްވާ ގ. ކޮއްކިރި މާލެ، މުޙައްމަދު ފަހުމީ ޙަސަން، އެކޮމިޝަނުގެ މެންބަރުކަމުން، ރައްޔިތުންގެ
މަޖިލީހުގެ ޖަލްސާއަކުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް، ޤާނޫނުއަސާސީން ޤަރާރުކޮށްފައިވާ
ދުސްތޫރީ މަޞްދަރުތަކާއި އުސޫލުތަކުގެ ބޭރުންކަމަށްބުނެ މުޙައްމަދު ފަހުމީ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކޯޓުން ބައްލަވާ ޙުކުމްކުރައްވާފައިވާ
މައްސަލައެއްކަން އެނގެން އޮންނަކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC-A/2011 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/210 މައްސަލައިގެ ނިންމުން އިސްތިއުނާފު ކޮށްދިނުން
އެދި ގުރައިދޫ މިނިވަންއައްސޭރި މުޙައްމަދު ޙަސަންގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު
ޤަޟިއްޔާއެއްކަމާއިގެ
80 x 22 22
0 4ޑ
އއދވޤީކޮށް،
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/30
8
ce o
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/210 މައްސަލައަށް ބަލާއިރު އެ މައްސަލައަކީ
މުޙައްމަދު ޙަސަން، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި 2004 ސެޕްޓެމްބަރު 16 ވަނަ
ދުވަހުން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް 20 ސެޕްޓެމްބަރު 2010 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ
މުޙައްމަދު ޙަސަން އަދާކުރަމުން ގެންދިޔަ ވަޒީފާ އަލުން އަނބުރާ ހޯދައި ދިނުމަށާއި، ވަޒީފާއިން ވަކިކުރި
ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަޖެހޭ ދުވަހާ ހަމަޔަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް އެކީ
އެއްފަހަރާ ހޯދުމަށް އެދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މުޙައްމަދު ޙަސަންގެ
ފަރާތުން ހުށަހެޅި މައްސަލައެއްކަން އެނގޭކަމާއިގެ
އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC-A/2011 ޤަޟިއްޔާގެ
އަޣުލަބިއްޔަތު ރައުޔަށް ބަލާއިރު، އެ ޤަޟިއްޔާގެ ޚިލާފުވި ރައުޔުގައި ޙަވާލާދެއްވާފައިވާ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއަކީ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކޯޓުން
ބައްލަވާ ޙުކުމްކުރައްވާފައިވާ މައްސަލައެއްކަމަށްވާއިރު، އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
ހުށަހަޅާފައިވާ ފަރާތަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ތަރަހައިގެ ތެރޭގައި ހިމެނޭ
ފަރާތެ ނޫންކަން އެނގެން އޮތުމުގެ އިތުރުން، އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައްލަވައި
ޙުކުމްކުރެއްވުމުގައި، ވަޒީފާއާބެހޭ ޤާނޫނަށް ރިޢާޔަތްކުރައްވާފައިނުވާކަން އެނގެން އޮންނަކަމާއި؛
އެއާޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC
-
A/2011 ޤަޟިއްޔާއިން ބެލިފައިވާ
މައްސަލައަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅާ އެކުލަވާލެވިފައިވާ ޢާންމު
ޤާނޫނުކަމަށްވާ،
ވާ، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަރާތްތަކެއް އެކުލެވޭ، އަދި އެމައްސަލާގައި
ހިމެނޭ ވަޒީފާދޭ ފަރާތުން ވަޒީފާއާބެހޭ ޤާނޫނާ ޙަވާލާދީ އަޅާފައިވާ ފިޔަވަޅަކާމެދު ޚިލާފު އުފެދިގެން، އެބާވަތުގެ
މައްސަލަތަކުގައި ޝަކުވާ އުފުލުމަށް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ޢާންމު އުސޫލާ އެއްގޮތްވާ
ގޮތުގެމަތިން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއަށް ވަދެފައިވާ މައްސަލައެއްކަން އެނގެން އޮތުމުން
cu o
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/3{
އެމައްސަލައަކީ އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން އެކޯޓުން
ނިންމަވާފައިވާ މައްސަލައާ ތަފާތު މައްސަލައެއްކަން އެނގޭކަމާއި؛
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން
ޤާއިމުކުރައްވާފައިވާ އުޞޫލުތައް އެބަޔެއްގެ މައްޗަށް ތަޠުބީޤުކުރުން އިސްތިސްނާވާނޭކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު: 124/HC
-
A/2011 ޤަޟިއްޔާގައި ކަނޑައެޅުނު ފަރާތްތަކުގެ ތެރޭގައި އިބްރާހީމް
މުޙައްމަދުފުޅުގެ ޙާލަތުގައި ހުރި ފަރާތްތައް ނުހިމެނޭކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
124/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކުރެވިފައިވާކަން އެނގެން ނެތްއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، ވަޒީފާއާގުޅޭ މައްސަލަތަކާ
ގުޅިގެން ދިވެހިރާއްޖޭގެ
.ޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން
ޤާއިމުކުރައްވާފައިވާ އުޞޫލުތައް އެބަޔެއްގެ މައްޗަށް ތަޠްބީޤްކުރެވޭނެ ފަރާތްތަކާއި އަދި ތަޠުބީޤުކުރުން
އިސްތިސްނާވާނޭ ފަރާތްތަކެއް ކަނޑައަޅައި ބަޔާންކޮށްފައިނުވާކަމާއި،
އެއާޚިލާފަށް އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC-A/2011
ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔުގައި ފާހަގަކޮށްފައިވަނީ، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާއާ
ގުޅިގެން
މައްޗަށް ތަޠްބީޤްކުރެވޭނެ ވަކި ޚާއްޞަ ޤާނޫނެއް އޮތްނަމަ، އެބަޔެއްގެ މައްޗަށް
ތަޠުބީޤުކޮށް ޢަމަލުކުރެވޭނީ އެ ޤާނޫނެއްކަމާއި، އަދި އެފަދަ ފަރާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް
ނަންބަރު
ޤަޟިއްޔާގައި އެކޯޓުން
ޤާއިމުކުރައްވާފައިވާ އުޞޫލުތައް
ތަޠުބީޤްނުކުރެވޭނެކަން އެނގެންއޮވެއެވެ.
cccc
އެބައެއްގެ
2012/SC-C/35
CCCXOC C
(ށ) ފުލުހުންގެ ވަޒީފާއަކީ، ޗެއިން އޮފް ކޮމާންޑް“ އަށް ތަބާވެ އެ އަސާސްގެ ދަށުން
އްކަތްކުރަންޖެހޭ، ދައުލަތުގެ އެހެން ވަޒީފާތަކާ ޚިލާފަށް އެމީހުން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތަކާއި
R
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/3
އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ތަފާތު ބައެއްކަމާއި، އެގޮތުން، ފުލުހުންނަކީ، ޤައުމުގެ އަމަން އަމާންކަމާއި
ޞުލްޙަމަސަލަސްކަމާއި ޤައުމުގެ ދާޚިލީ މިނިވަންކަމާއި، އަދި މިނޫންވެސް މުހިންމު އެތައް ޒިންމާތަކަކާއި
މަސްއޫލިއްޔަތުތަކެއް ޤާނޫނުން މަތިކުރެވިފައިވާ ބައެއްކަމުގައި ވީހިނދު، އެފަރާތްތަކުގެ ވަޒީފާގެ
މަސްއޫލިއްޔަތާއި ޒިންމާތައް އަދި ވަޒީފާގެ ސުލޫކީ މިންގަނޑާއި އެހެނިހެން މުހިންމު އަސާސްތައް، ޤާނޫނު
ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) އާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ނަންބަރު
4
/
2009-1-MPS (ވަޒީފާއާބެހޭ ޤަވާއިދު) އާއި ޤަވާޢިދު ނަންބަރު: 1-7/2009-MPS (ޑިސިޕްލިނަރީ
އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދު) އާއި، ދިވެހި ފުލުހުންގެ ކޯޑް އޮފް
ކޮންޑަކްޓްގައި ބަޔާންކުރެވިފައިވާކަމާއި، ފުލުހުންނަކީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
ދަށުން އިސްތިސްނާ ކުރެވިފައިވާ ބަޔެއްކަމާއި ފުލުހުންގެ ވަޒީފާއާ ގުޅޭގޮތުން ފުލުހުންގެ މައްޗަށް ހިންގޭނީ
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ކަން އިސްވެ ބުނެވިދިޔަ ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު) 02 ވަނަ މާއްދާގެ (ހ) އިން އެނގެންއޮވެއެވެ.
(ބ) އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/454 ޤަޟިއްޔާއަކީ، އިބްރާހީމް
މުޙައްމަދުފުޅު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއިން އެފަރާތް ވަކިކޮށްފައިވާތީ،
ވަޒީފާ އަލުން އަނބުރާ ހޯދުމަށް އިބްރާހީމް މުޙައްމަދުފުޅުގެ ފަރާތުން ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެއްކަމާއި،
އިސްވެ ބަޔާންކުރިފަދައިން ފުލުހުންގެ ވަޒީފާއަކީ، ވަކި ޤާނޫނެއްގައި އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތާއި
ޒިންމާތައް އަދި ވަޒީފާގެ ސުލޫކީ މިންގަނޑާއި އެހެނިހެން މުހިންމު އަސާސްތައް ކަނޑައެޅި ބަޔާންކުރެވިފައިވާ
ވަޒީފާއެއްކަމާއި، އެގޮތުން ފުލުހުންގެ ވަޒީފާއާގުޅޭގޮތުން އެފަރާތްތަކުގެ މައްޗަށް ތަޠްބީޤް ކުރެވެމުންދަނީ،
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި އަދި
ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކުރެވިފައިވާ އުޞޫލުތަ
ސޫލުތައް ކަމަށްވާއިރު، ސިވިލް ކޯޓުގެ
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/30
ނަންބަރު 2013/Cv-C/454 ޤަޟިއްޔާއަކީ، އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 35/SC-C/2012 ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލައާ ތަފާތު މައްސަލައެއްކަމަށް ވުމާއެކު
ފުލުހުންގެ ވަޒީފާއާ ގުޅިގެން ފިޔަވަޅު އެޅުމުގައި، ދިވެރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012
ޤަޟިއްޔާގައި އެކޯޓުން ޤާއިމުކުރައްވާފައިވާ އުޞޫލުތައް ތަޠްބީޤްނުކުރެވޭނެކަން އެނގެއެވެ.
(ޅ) އިބްރާހީމް މުޙައްމަދުފުޅު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާއިން
ވަކިކޮށްފައިވަނީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ
މާއްދާގެ 2 ގައިވާ ކުށްކޮށްފައިވުމާއި، ޤަވާޢިދު ނަންބަރު: 1-4/2009-MPS (ވަޒީފާއާބެހޭ ޤަވާޢިދު) ގެ 6
ވަނަ މާއްދާގެ (ބ) އާއި، އަދި ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 1 ވަނަ ނަންބަރާއި 6 ވަނަ
ނަންބަރާއި 12 ވަނަ ނަންބަރާއި 16 ވަނަ ނަންބަރާއި އިބްރާހީމް މުޙައްމަދުފުޅު ޚިލާފުވެފައިވާތީ،
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އަދަބުދިނުމާބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ށ) ގެ
ދަށުންކަން އެނގެން އޮންނަކަމާއިގެ
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) އިން ބާރު ލިބިގެން ހެދިފައިވާ ”އިދާރީ ކުށްތަކާއި
އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު، ގެ 7 ވަނަ މާއްދާއަށް ބަލާއިރު އެމާއްދާއަކީ، ފުލުހުންގެ
ޑިސިޕްލިނަރީ އަދި އިދާރީކުށްތައް ބަޔާންކޮށްފައިވާ މާއްދާކަމާއި، އެގޮތުން އެ މާއްދާގެ 2 ވަނަ ނަންބަރުގައި
ބަޔާންކުރެވިފައިވަނީ، "ފުލުހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުން، މިފަދައިން
އެކުށްތަކަށް
ކަމާއި؟
ޤަވާޢިދު ނަންބަރު 1-4/2009-MPS (ވަޒީފާއާބެހޭ ޤަވާޢިދު) ގެ 6 ވަނަ މާއްދާއަށް ބަލާއިރު، އެ
މާއްދާއަކީ، މުވައްޒަފުން (ފުލުހުން) ޢަމަލުކުރަންވާ ޢާންމު އުޞޫލީ މިންގަނޑުތައް ބަޔާންކޮށްފައިވާ
މާއްދާއެއްކަމާއި، އިޝާރާތްކުރެވުނު މާއްދާގެ (ބ) ގައި، ފައިސާއާއި ތަކެތި ބެލެހެއްޓުމާ ޙަވާލުވެފައިވާ
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/30
މުވައްޒަފުން އެތަކެއްޗަށް ރައްކައުތެރިވާން ވާނެކަމާއި، މުވައްޒަފެއްގެ ޙަވާލުގައިވާ ފައިސާ ނުވަތަ ތަކެތި
ގެންގުޅެންވާނީ ކަމާބެހޭ ޤާނޫނާއި، ޤަވާޢިދުތަކާއި، [ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ
ސާމާނާއި، ވަޞީލަތާއި، އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެތަކެތީގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" އާ
އެއްގޮތްވާ ގޮތުގެ މަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަމަށް ބަޔާންކުރެވިފައިވާކަމާއިގެ
”ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް“ އަކީ، ފުލުހުންގެ ޒިންމާއާއި ދައުރު، އަދާކުރުމުގައި
ހިފަހައްޓަންޖެހޭ ސުލޫކީ ހަމަތަކާއި އަޚްލާޤީ މިންގަނޑުތައް ބަޔާންކޮށްފައިވާ އުސޫލުކަން އެގެން އޮންނައިރު،
އިޝާރާތްކުރެވުނު ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 1 ވަނަ ނަންބަރުގައި ”އިސްލާމްދީނާއި
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނާއި ޤަވާޢިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމާއި،
ޤާނޫނާއި ޤަވާޢިދުތައް ތަންފީޛުކުރުމުގައި ފުލުހުން ވަފާތެރިކަމާއެކު ސާބިތުވެ ތިބެންޖެހޭނެއެވެ. މިފަދައިން
ބަޔާންކޮށްފައިވާކަމާއި، އަދި 6 ވަނަ ނަންބަރުގައި ފުލުހުންނަކީ ޤައުމީ ޚިދުމަތުގައި ތެދުވެރި، ވަފާތެރި
ބަޔަކަށް ވާންޖެހޭނެއެވެ. ފުލުހުންގެ ޑިއުޓީގައާއި ޑިއުޓީން ބޭރުގައިވެސް ފުލުހުންނަކީ އަމިއްލަ ނަފުސަށް
ތެދުވެރި، ކުރާ ކޮންމެ ކަމެއްގައި އިޚްލާޞްތެރި ބަޔަކަށް ވާންޖެހޭނެއެވެ. ފުލުހުންކުރާ ޢަމަލެއްގެ ސަބަބުން
ތިމާގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭފަދަ އެއްވެސް ކަމެއް ކޮށްގެން
މިފަދައިން އޮންނައިރު، 12 ވަނަ ނަންބަރުގައި ”ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭ
އުޅަނދުފަހަރާއި، އިމާރާތްތަކާއި އެހެނިހެންވެސް ތަކެއްޗަށް ރައްކާތެރިވެ، އެތަކެތި ފަރުވާތެރިކަމާއެކު
ބެލެހެއްޓުމަކީ ކޮންމެ ފުލުހެއްގެވެސް ޒިންމާއެކެވެ. ފަރުވާކުޑަކަމުން ނުވަތަ ގަސްތުގައި އެއްވެސް އެއްޗަކަށް
ގެއްލުމެއް ލިބިއްޖެނަމަ އެކަމެއްގެ ޒިންމާ، އެ އިހުމާލުވާ މީހަކު ނުވަތަ ބަޔަކު އުފުލަންޖެހޭނެއެވެ. އަދި މިފަދަ
މީހަކާ ނުވަތަ ބަޔަކާމެދު ޤަވާޢިދުން ފިޔަވަޅު އެޅޭނެއެވެ. މިފަދައިން ބަޔާންކޮށްފައި ވުމުގެ އިތުރުން، 16
ވަނަ ނަންބަރުގައި ދިވެހި ފުލުހުންނަކީ ޚިޔާނާތާއި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް، އެއްވެސް މިންވަރަކަށް
ބައިވެރިވާ އަދި އެފަދަ ޢަމަލުތައް ކުރާ މީހުންނާމެދު އަޅާނުލާ ދޫކޮށްލައިގެން ތިބޭ ބަޔަކަށް ވެގެން
Cccuco
¢¢ ¢ ¢ ¢ ¢9
ނަފނއވ.
4
z
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/30
ނުވާނެކަމާއި، ކޮންމެ ފުލުހަކީވެސް ފުލުހުންގެ މެދުގައި ކޮރަޕްޝަން މަދުކޮށް ނައްތައިލުމަށްޓަކައި މަސައްކަތް
ކުރާ ފުލުހަކަށް ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމާއިގެ
ޤަވާއިދު ނަންބަރު: 1-7/2009-MPS (ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް
އަދަބުދިނުމާބެހޭ ޤަވާޢިދު) އަށް ބަލާއިރު އެޤަވާޢިދަކީ، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ
17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވާލެވިފައިވާ، ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީގެ
މުވައްޒަފުންގެ ކިބައިން ފެންނަ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ
ޤަވާޢިދެއްކަމާއި،
އެޤަވާޢިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވަނީ، ”ފުލުހުން ކުރާ ޑިސިޕްލިނަރީ ނުވަތަ
އިދާރީ ކުށުގެ އަދަބެއްގެ ގޮތުން އެމީހަކު ވަޒީފާއިން ވަކިކުރުމަށް ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ
ފަރާތުން ނިންމައިފިނަމަ، އެކަން މިނިސްޓަރަށް ހުށަހެޅުމުގެ ކުރިން، އެކަމާމެދު ކޮމިޝަނަރ އޮފް ޕޮލިސްއަށް
ފެންނަ ގޮތެއް ލިޔުމުން ހޯދުމަށްފަހު މެނުވީ މިނިސްޓަރަށް ހުށަހަޅައިގެން ނުވާނެއެވެ.” މިފަދައިންކަން
އެނގެން އޮންނަކަމާއި، އިސްވެ ހަވާލާދެވުނު ޤާނޫނީ މާއްދާތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީއާ ޚިލާފު މާއްދާއެއް ނުވަތަ
މިހާތަނަށް ޝަރުޢީއެއްވެސް ކޯޓަކުން
ކަނޑައަޅާފައިނުވާއިރު އެމައްދާތަކަކީ އޭގެ ޞައްޙަކަންމަތީ ޤާނޫނީ ބާރުވެރިކަމާއެކު ދެމިއޮތް
4 ފ ސ ޑ ތ ދދވ
ހއދުތަކެއްކަމަށް
ދު 0
2 ދ 6
2 ހ4
މާއްދާތަކެއްކަމާއިގެ
އިބްރާހީމް މުޙައްމަދުފުޅު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާއިން ވަކިކުރި
ކުރަމަށް ބަލާއިރު، އިބްރާހީމް މުޙައްމަދުފުޅު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ،
ޕޮލިސް ޓޯ ޔާޑުގައި ބަހައްޓާފައިވާ ތިޖޫރީއަށް ފައިސާލުމާއި އަދި އެތިޖޫރީން ފައިސާ ނެގުމަށްފަހު މޯލްޑިވްސް
އިންލެންޑް ރެވެނިއު އޮތޯރިޓީއާއި ޙަވާލުކުރުމުގެ އެންމެހާ ކަންކަން އިބްރާހީމް
މުޙައްމަދުފުޅާއި
ޙަވާލުކޮށްފައިވަނިކޮށް އެ ތިޖޫރީން -/
241,215ރ. (ދެ ލައްކަ ސާޅީސް އެއް ހާސް ދުއިސައްތަ ފަނަރަ
R
ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/360
ރުފިޔާ) ވީނުވީއެއް ނޭނގި މަދުވެފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤްކުރުމަށްފަހު
އެކަމުގައި އިބްރާހީމް މުޙައްމަދުފުޅުގެ ވަރަށް ބޮޑު އިޙްމާލެއް އޮތްކަމަށް ފެންނާތީ، ތަޙްޤީޤަށް ލިބިފައިވާ
ހެއްކާއި ޤަރީނާތަކާއި އެ މައްސަލައާއި މެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ
ބޯޑަށް ހުށަހެޅުމުން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ
މާއްދާގެ 2 ނަންބަރުގައިވާ ކުށް ކޮށްފައިވުމާއި، ޤަވާޢިދު ނަންބަރު: 1-4/2009-MPS (ވަޒީފާއާބެހޭ
ޤަވާޢިދު) ގެ 6 ވަނަ މާއްދާގެ (ބ) އާއި އިބްރާހީމް މުޙައްމަދުފުޅު ޚިލާފުވެފައިވާތީއާއި، ދިވެހި ފުލުހުންގެ
ކޯޑް އޮފް ކޮންޑަކްޓްގެ 1 ވަނަ ނަންބަރާއި 6 ވަނަ ނަންބަރާއި 12 ވަނަ ނަންބަރާއި 16 ވަނަ ނަންބަރާ
ޚިލާފުވެފައިވާތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 8 ވަނަ
މާއްދާގެ (ށ) ގެ ދަށުންކަން އެނގެން އޮވެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް އިރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ، ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/454 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
އިބްރާހީމް މުޙައްމަދުފުޅު އަދާކުރަމުންދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާއިން
އިބްރާހީމް މުޙައްމަދުފުޅު ވަކިކޮށްފައިވަނީ، ޕޮލިސް ޓޯ ޔާޑުގައި ބަހައްޓާފައިވާ ތިޖޫރީއަށް ފައިސާލުމާއި އަދި
އެތިޖޫރީން ފައިސާ ނެގުމަށްފަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާ ޙަވާލުކުރުމުގެ އެންމެހާ
ކަންކަން އިބްރާހީމް މުޙައްމަދުފުޅާ ޙަވާލުކޮށްފައިވަނިކޮށް އެ ތިޖޫރީން
-241,2151ރ. (ދެ ލައްކަ ސާޅީސް
ދުއިސައްތަ ފަނަރަ ރުފިޔާ) ވީނުވީއެއް ނޭނގި މަދުވެފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް
ހާސް
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/30
ސަރވިސް އިން ތަޙްޤީޤްކުރުމަށްފަހު އެކަމުގައި އިބްރާހީމް މުޙައްމަދުފުޅުގެ ވަރަށް ބޮޑު އިޙްމާލެއް އޮތްކަމަށް
ފެންނާތީ، ތަޙްޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާތަކާއި އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް
އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ 2 ގައިވާ ކުށްކޮށްފައިވުމާއި، ޤަވާޢިދު ނަންބަރު:
4
/
2009-1-MPS (ވަޒީފާއާބެހޭ ޤަވާޢިދު) ގެ 6 ވަނަ މާއްދާގެ (ބ) އާއި އިބްރާހީމް މުޙައްމަދުފުޅު
ޚިލާފުވެފައިވާތީއާއި، ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 1 ވަނަ ނަންބަރާއި 6 ވަނަ ނަންބަރާއި 12
ވަނަ ނަންބަރާއި 16 ވަނަ ނަންބަރާއި ޚިލާފުވެފައިވާތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް
އަދަބުދިނުމާބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުންކަން އެނގެން އޮންނާތީ، ސިވިލް ކޯޓުގެ
ނަންބަރު 2013/Cv
-
C/454 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް، މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
ދިވެހިރާއް
*
l
T;
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ