ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/371 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/31]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
• ޤަޟިއްޔާ ނަންބަރު: 371/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
މަން: އިސްމާޢީލް ރަޝީދު
ދާއިމީ އެޑްރެސް: އެޅެހިށިގޭބޭރުގެ( ސ. ހުޅުދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
މުޙައްމަދު ފައުޒީ
އެޑްރެސް: ލ. އަރީޖް/ މާލެ
އައިޑީކާޑު ނަންބަރު: A056856
މިހާރުގެ އެޑްރެސް: އެޅެހެށިގޭބޭ
.ގޭބޭރުގެ/ ސ. ހުޅުދޫ
•
އައިޑީކާޑު ނަންބަރު: A023524
މިހާރުގެ އެޑްރެސް: ސަނދުރަ 04/ ހުޅުމާލެ
ނިމުނު ތާރީޚް: 21 ނޮވެމްބަރު 2016
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ނޮވެންބަރު 2015
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ:
• ނަންބަރު: 2015/Cv
-
C/301
ނިންމި ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 02 ފެބުރުވަރީ 2015
* ނިމުނު ތާރީޚް: 23 ޖުލައި 2015
މައްސަލަ ބެއްލެވި ފަނޑިޔާރުން.
ދިވެހިރާއްa
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު އަލީ ސަމީރު،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37]
.ދަޢުވާގެ ޚުލާޞާ
0
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/301 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެޅެހިށިގޭބޭރުގެ/ ސ.ހުޅުދޫ، އިސްމާޢީލް ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ މ.އަރީޖް/ މުޙައްމަދު ފައުޒީއެވެ.
0
ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/301 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެޅެހިށިގޭބޭރުގެ ހުޅުދޫ އިސްމާޢީލް ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
}
2- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/301 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ސ.ހުޅުދޫއެހިށިގޭބޭރުގެ، އިސްމާޢީލް ރަޝީދު (5,000.04$US
(ފަސްހާސް އެމެރިކާ ޑޮލަރު) މ.އަރީޖް| މުޙައްމަދު ފައުޒީ އަށް ވިއްކުމަށް އަނގަބަހުން އެއްބަސްވެ އެއަށްވާ
ދިވެހިފައިސާ މުޙައްމަދު ފައުޒީ އަތުން އިސްމާޢީލް ރަޝީދު އަތުލުމަށް ފަހު، 5,000.00$US (ފަސްހާސް
އެމެރިކާ ޑޮލަރު) އަދާކުރުމަށް އިސްމާޢީލް ރަޝީދު ޙިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ރޮޑިއެކް
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޗެކްފޮތަކުން މުޙައްމަދު ފައުޒީއަށް ދޫކޮށްފައިވާ 2 (ދޭއް) ޗެކުގެ
ޖުމްލަ 5,000.00$US (ފަސްހާސް އެމެރިކާ ޑޮލަރު) ނުލިބި އަދި މި ފައިސާ ލިބިގަތުމަށް ތަކުރާރުކޮށް
އިސްމާޢީލް ރަޝީދުގެ ކިބައިން އެދުމުން ވެސް ލިބިދީފައި ނުވާތީ މި ފައިސާ އާއި، މި މައްސަދިންނޭ
9، ދިވެހިރޮޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/37]
ހުށަހަޅައިގެން ކުރިއަށްގެންދަން ޖެހުމުން ވަކީލުފީގެ ގޮތުގައި -/12,000ރ (ބާރަހާސް ރުފިޔާ) އާއި،
ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަރީޢަތުން ކަނޑައަޅާ އިންސާފުވެރި ބަދަލަކާއެކު ލިބިގަތުމަށްޓަކައި އިސްމާޢީލް
ރަޝީދު އާއި، ރޮޑިއެކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0228
/
2002-C) ގެ
މައްޗަށް މުޙައްމަދު ފައުޒީގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ދެންފަހެ، އެޅެހިށިގޭބޭރުގެ/ ސ.ހުޅުދޫ އިސްމާޢީލް ރަޝީދު
US
$
5,000.00 (ފަސްހާސް އެމެރިކާ ޑޮލަރު) މ.އަރީޖް/ މާލެ މުޙައްމަދު ފައުޒީއަށް ވިއްކުމަށް އަނގަބަހުން
އެއްބަސްވެ އެއަށްވާ ދިވެހިފައިސާ މުޙައްމަދު ފައުޒީ އަތުން އިސްމާޢީލް ރަޝީދު އަތުލުމަށް ފަހު،
US
$
5,000.00 (ފަސްހާސް އެމެރިކާ ޑޮލަރު) އަދާކުރުމަށް އިސްމާޢީލް ރަޝީދުގެ ޙިއްސާ އޮންނަ
ކުންފުންޏެއް ކަމަށްވާ ޒަޑިއެކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޗެކްފޮތަކުން މުޙައްމަދު ފައުޒީއަށް
ދޫކޮށްފައިވާ 02 (ދޭއް) ޗެކުގެ ޖުމްލަ 5,000.00$US (ފަސްހާސް އެމެރިކާ ޑޮލަރު) ލިބިފައިނުވާކަމަށާއި
އަދި މި ފައިސާ ލިބިގަތުމަށް ތަކުރާރުކޮށް އިސްމާޢީލް ރަޝީދުގެ ކިބައިން އެދުމުން ވެސް ލިބިދީފައި ނުވާތީ
މި ފައިސާއާއި، މި މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހުމުން ވަކީލުފީގެ ގޮތުގައި
-/12,000ރ (ބާރަހާސް ރުފިޔާ) އާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަރީޢަތުން ކަނޑައަޅާ އިންސާފުވެރި
ބަދަލަކާއެކު ލިބިގަތުމަށްޓަކައި އިސްމާޢީ ރަޝީދުއާއި، ރޮޑިއެކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރު 0228
/
2002-C) ގެ މައްޗަށް މުޙައްމަދު ފައުޒީ ދަޢުވާކޮށްފައި ވާހިނދުގެ
ދަޢުވާލިބޭ އިސްމާޢީލް ރަޝީދު ދަޢުވާގައިވާ މުޢާމަލާތާމެދު އިޤްރާރުވެ، ދަޢުވާގައިވާ
US
$
5,000.00 (ފަސްހާސް އެމެރިކާ ޑޮލަރު) އަކީ އޭނާ ޒިންމާ ވާންޖެހޭ ފައިސާއެއްކަމަށާއި ނަމަވެސް
ވަކީލުފީއާއި ގެއްލުމުގެ ބަދަލާމެދު ޝަރީޢަތުގައި އިންކާރުކޮށްފައިވާކަމާއި، މި މައްސަލާގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކަށާއި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
ރިޢާޔަތްކޮށް ޝަރީޢަތުން ބެލިބެލުމުން، ދަޢުވާގައިވާ 5,000.00$US (ފަސްހާސް އެމެރިކާ ޑޮލަރު)
8.2/
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029 ، ފެކްސް 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
4
20j5/HC-A/37]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6 24
އަކީ ދަޢުވާލިބޭ އިސްމާޢީލް ރަޝީދު ދައްކަންޖެހޭ ފައިސާއެއްކަން އޭނާގެ އިޢުތިރާފުން ޝަރީޢަތަށް
ޘާބިތުވާކަމާއި؛
ފައިސާ ނުލިބި ހިނގާދިޔަ މުއްދަތުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އިންސާފުވެރި
ބަދަލެއް ނަގައިދިނުމަށް މުޙައްމަދު ފައުޒީގެ ފަރާތުން އެދިފައި ވާއިރު، ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން މި މުޢާމަލާތުގެ ފައިސާ ލިބިނުދީ ހިނގާ
މުއްދަތުގައި ގެއްލުންވާނެކަން ދެފަރާތަށް ވެސް އެނގެންޖެހޭ ބާވަތުގެ މުޢާމަލާތަކަށްވެފައި ޢާންމުކޮށް ކޮމާޝަލް
ބޭންކް ތަކުން ނަގާ އިންޓްރެސްޓާ އެއްވަރަށް އަހަރަކު %12 ގެ ރޭޓުން ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ
މިޙާލަތުގައި ޢަދުލުވެރި ބަދަލެއްކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ބުނެވިދިޔަ ޑޮލަރު ލިބިދިނުމުގެ ގޮތުން
ހަވާލުކުރި ޗެކުތަކުގައިވާ ތާރީޚުން ފެށިގެން މިއަދާހަމަޔަށް ހިނގާފައިވާ 4 އަހަރާއި 6 މަސްދުވަހަށް އަހަރަކު
12
% ގެ ރޭޓުން ޖެހޭ 2,700.00$US (ދެހާސް ހަތްސަތޭކަ އެމެރިކާ ޑޮލަރު) އަކީ ގެއްލުމުގެ ބަދަލެއްގެ
ގޮތުގައި މުޙައްމަދު ފައުޒީ އަށް ލިބިދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅުއްވައި؟
މި މައްސަލަ ވަކީލަކު މެދުވެރިކޮށް ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށްގެންދަން ޖެހުމުން
ވަކީލުފީގެ ގޮތުގައި ޚަރަދުވި -/12,000ރ (ބާރަހާސް ރުފިޔާ ލިބިގަތުމަށް މުޙައްމަދު ފައުޒީ އެދިފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 348/HC
-
A/2009 ޤަޟިއްޔާގައި ވަކީލުފީ ނަގައިދިނުމަށް
ކަނޑައަޅާފައިވާ ޢާންމު އުޞޫލަކީ ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އޮވެ އެ އެއްބަސްވުމުގައި ވަކީލު
ފީއާމެދު ގޮތެއް ކަނޑައަޅައިފައިވުން ކަމާއި، ނަމަވެސް އިސްމާޢީލް ރަޝީދު އާއި މުޙައްމަދު ފައުޒީ އާދެމެދު
ލިޔުމުން ވެފައިވާ އެއްބަސްވުމެއް ނެތުމުން މި މައްސަލައިގެ ޙާލަތު ތަފާތުކަމާއި، މީހަކު އަނެކާގެ އަތަށް
ޑޮލަރު ގަންނަން ފައިސާ ދިނުމަށް ފަހު އެ ފަރާތުން ޑޮލަރު ލިބިނުދީ ހުރުމަކީ އަނެކާގެ ޙައްޤެއް
ހިފަހައްޓައިގެން ޙައްޤުގެ ވެރިފަރާތަށް ލިބިނުދީ ހުރުންކަން ހަމަކޮންމެ މީހަކަށް ވެސް ޤަބޫލުކުރެވޭނެކަމާއި،
ޑޮލަރު ލިބިނުދީގެން އެތައްފަހަރަކު ލިބިގަތުމަށް އެދުމުން ވެސް ލިބިނުދީ 4 އަހަރާއި 6 މަސްދުވަސް ފަހުން
ވަކީލެއްގެ އެހީގައި ޝަރީޢަތަށް އަންނަންޖެހުމަކީ ވަކީލު ފީ ނަގައިދިނުން އިންސާފުވެރިމީޙާލަތެއްކަމަން
4 3 24
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ"
5
2015/HC-A/37]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އދ.565
092ހ
ދީ38$
ޝަރީޢަތަށް ބުރަވެވޭތީ މި މައްސަލާގައި ބާވަތަށާއި ޙާލަތަށް ރިޢާޔަތްކޮށް ވަކީލުފީގެ ގޮތުގައި އެދިފައިވާ
-/12,000ރ (ބާރަހާސް ރުފިޔާ) އަކީ މުޙައްމަދު ފައުޒީ އަށް ލިބިދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅުއްވައިގެ
އެވާގައިވާ 5,000.00$US (ފަސްހާސް އެމެރިކާ ޑޮލަރު) އާއި ގެއްލުމުގެ ބަދަލެއްގެ
ގޮތުގައި 2,700.00$US (ދެހާސް ހަތްސަތޭކަ އެމެރިކާ ޑޮލަރު) އާއެކު ޖުމްލަ 7,700.00$US (ހަތްހާސް
ހަތްސަތޭކަ އެމެރިކާ ޑޮލަރު) އާއި، ވަކީލު ފީގެ ގޮތުގައިވާ -/12,000ރ (ބާރަހާސް ރުފިޔާ) އަކީ އިސްމާޢީލް
ރަޝީދުގެ ފަރާތުން މުޙައްމަދު ފައުޒީ އަށް ލިބިދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅުއްވައި، މި ފައިސާ މިއަދު
23 ޖުލައި 2015 ދުވަހުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ މުއްދަތުގައި މުޙައްމަދު ފައުޒީއަށް
ލިބިދިނުމަށްޓަކައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ސ.ހުޅުދޫ އެޅެހިށިގޭބޭރުގެ، އިސްމާޢީލް ރަޝީދު
އަށް އަންގަވައި ޙުކުމް ކުރައްވައިކަން އެނގެން އޮންނަކަމެވެ.
3- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/301 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ހުޅުދޫއެވެ. އިސްމާޢީލް ރަޝީދުގެ ފަރާތުން 04 (ހަތަރެއް) ނުކުތާ ހުށަހަޅައި، އެނުކުތާތަކާ
ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ތ
CUO
(ހ) ފުރަތަމަ ނުކުތާއަކީ މި މައްސަލަ ސިވިލް ކޯޓުން ނިންމުމުގައި ވަކީލް ފީއާއި ގެއްލުމުގެ
ބަދަލު ނަގައިދިނުމަށް ޙުކުމް ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 348/HC-A/2009
ޙުކުމުން ކަނޑައަޅާފައިވާ އުޞޫލްތަކާއި ޚިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، މައްސަލަ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާ އާއި 5 ވަނަ މާއްދާގައި ބަޔާންކުރާ ބައިވެރިން އެއްބަސްވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 13316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37]
ކޮންޓްރެކްޓެއް ވުޖޫދުވުމާއި ނުލައިކަމަށްވުމުން
ރިޢާޔަތް ނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ކ ބ.
(ނ) ތިންވަނަ ނުކުތާއަކީ: ދަޢުވާކުރާ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,700.00$
(ދެހާސް ހަތްސަތޭކަ ޑޮލަރު) ކަނޑައަޅުއްވާފައިވަނީ އަޅުގަނޑު އެފައިސާ ދެއްކުމަށް އިންކާރުކޮށްފައިވަނިކޮށް
ކަމަށްވެފައި، ފައިސާ ހޯދަން އެދުމުގައި މިފަދަ ޝަރުތެއް ހިމަނައި ފައިސާ ނަގައިދެވޭނެ އުޞޫލެއް ނެތްކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 27/SC-A/2013 ގައި ކަނޑައަޅުއްވާފައިވާ އުޞޫލާ
ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ce O
1 20 8
491
(ރ) ހަތަރުވަނަ ނުކުތާއަކީ މައްސަލަ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު
(ކޮންޓްރެކްޓާއިބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއަށް ފުރިހަމައަށް ރިޢާޔަތް ނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅިނުކުތާ
4- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/301 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހުޅުދޫ އެޅެހިށިގޭބޭރުގެ، އިސްމާޢީލް ރަޝީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅޭ ގޮތުން
އިސްމާޢީލް ރަޝީދުގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ މ.އަރީޖް! މުޙައްމަދު ފައުޒީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވި ދިޔަ ސިވިލް ކޯޓުގެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
ޤަޟިއްޔާ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/37]
(ހ) ފުރަތަމަ ކަމަކީ: މައްސަލައެއްގައި ޝަރީޢަތުން ޤާނޫނީ ވަކީލުގެ ފީ ނަންގަވައި
ދެއްވުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 348/HC
-
A/2009 ޤަޟިއްޔާ ކަނޑައަޅުއްވާފައިވާ
އުސޫލަށް ބަލާއިރު، ކުއްޔަށް ގެންދާ ތަކެތީގެ ކުއްޔާގުޅޭ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި
ޤާނޫނީ ވަކީލުގެ ފީ ނަގައިދިނުމާ ބެހޭ ޤާނޫނެއް އަދި ގަވާއިދެއްވެސް ނެތްކަމާއި، އެހެންކަމުން، މައްސަލައިގެ
ދެޚަޞްމުންގެ ދެމެދުގައި އެފަދަ ޚަރަދުތަކާގުޅޭ ގޮތުން ކުރިން އެއްބަސްވުމެއްނެތި ޝަރީޢަތަށް މައްސަލަ
ހުށަހެޅުމަށްފަހު، އެފަދަ ޚަރަދުތަކާ ގުޅޭގޮތުން ދެޚަޞްމުންގެ މެދުގައި ޚިލާފުއުފެދޭ ހާލަތުގައި މައްސަލައިގެ
އަނެއް ޚަސްމުގެ އަތުން އެޚަރަދު ނަގައިދިނުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމާއި، އަދި އެއީ
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން މިހާތަނަށް ޢަމަލުކޮށްފައިވާ އުސޫލެއްވެސް ނޫންކަމާއި، އެހެންކަމުން
މައްސަލައެއްގައި ވަކީލުގެ ފީއާގުޅޭ ގޮތުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތްނަމަ، ވަކީލުގެ ޕީއަކީ
ޝަރީޢަތުން ނަންގަވައި ދެއްވޭނެ ފީއެއްނޫންކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގޭއިރު، އެ
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުކާ
އުސޫލު މައްސަލައަށް ތަޠުބީޤުކުރާއިރު، މި މައްސަލައިގައި ވަކީލުގެ
ފީއާގުޅޭ ގޮތުން ދެފަރާތުގެ ދެމެދުގައި ވަކި އެއްބަސްވުމެއް ވެވިފައިނުވާކަމާއި، އަދި ޝަރީޢަތުގައި މައްސަލަ
ހިނގަމުން ދިޔައިރުވެސް ވަކީލުގެ ފީއަކީ މައްސަލާގައި ދަޢުވާލިބޭފަރާތުން އިޢުތިރާޒުކޮށްފައިވާ ފައިސާއެއްކަން
އެނގޭތީ، މި މައްސަލާގައި ވަކީލު ފީގެ ގޮތުގައި -/000، 12ރ (ބާރަ ހާސްރުފިޔާ) ޝަރީޢަތުން ނަންގަވައި
ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ
)
އެއްގޮތަށް ނޫންކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: އިސްމާޢީލް ރަޝީދުގެ ފަރާތުން މިމައްސަލަ އިސްތިއުނާފު ކުރި
މައިގަނޑު ސަބަބަކީ، ދަޢުވާގައިވާ 5,000.00$US (ފަސްހާސް އެމެރިކާ ޑޮލަރު) އަކީ ދަޢުވާލިބޭ
އިސްމާޢީލް ރަޝީދު ދައްކަންޖެހޭ ފައިސާއެއްކަމުގައި ވިޔަސް އިސްވެ ދެންނެވުނު ފައިސާ އަނބުރާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j5/HC-A/37]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުދެއްކުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، ވަކީލު ފީއަކީ އެފަރާތުން ޒިންމާވާންޖެހޭ ބައެއް
ނޫންކަމުގައި ބުނެކަމާއި،
ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާ ނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު
އެއްޗެއް ނޫން ކަމުގައި ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި
ބަޔާންވެފައިވާކަމާއި، އެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ
ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ން ކޮންޓްރެކްޓެއް ކުރެވުނީކަމުގައި އިސްވެ ދެންނެވުނު ޤާނޫނުގެ 5
ވަނަ މާއްދާގައި ބަޔާންވެފައިވާކަމާއި، އިސްމާޢީލް ރަޝީދު 5,000.00$US (ފަސް ހާސް އެމެރިކާ ޑޮލަރު)
މުޙައްމަދު ފައުޒީއަށް ވިއްކުމަށް އަނގަބަހުން އެއްބަސްވެ އެއަށްވާ ދިވެހި ފައިސާ މުޙައްމަދު ފައުޒީ އަތުން
ނަގާފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮތް ކަމާއި، ޑޮލަރުގެ ބަދަލުގައި ދިވެހި ފައިސާ ދިނުމަށް
ދެފަރާތުން ވެސް އެއްބަސްވެފައިވާ ކަމާއި، އެގޮތުގެ މަތިން ދެމީހުން ރުހި ޤަބޫލުވެ ބަނދެވިފައިވާކަމަށް
ފަރާތަކުން އިންކާރުކޮށްފައިނުވާ ހިނދު، އަނގަބަހުން ވެވުނު ބަސްވުމުގައި
ތްކުރެވިފައިވަނީ ފައިސާގެ ބަދަލުގައި އެއަށްވާ ޑޮލަރު އަނބުރާ ދިނުމަށްކަން އެނގެން އޮންނަކަމާއި،
ޤާނޫނު ނަންބަރު 4/1
ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި
ބައިވެރިޔަކު އެ ކޮންޓްރެކްޓާ ޚިލާފު ޢަމަލެއް ކޮށްފި ނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު
ގެއްލުމަކަށް އެ ޢަމަލުކުރި މީހަކު ބަދަލު ދޭންޖެހޭނެކަމަށް އޮންނަ ހިނދު، އެ މާއްދާގެ (ށ) ގެ (2) ގައި
"އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން"
މިފަދައިން ބަޔާންކޮށްފައިވާއިރު،
މައްސަލާގައި ދަޢުވާކުރާ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަރީޢަތުން ނަންގަވައި
ދެއްވުމަށް އެދިފައިވަނީ "ޝަރީޢަތުން ކަނޑައަޅާ އިންސާފުވެރި ބަދަލެއް" ކަން އެނގޭކަމާއި، އެފަދަ
އިންސާފުވެރި ބަދަލެއް ކަނޑައެޅުމަށްޓަކައި އެފަރާތަށް ގެއްލުން ލިބިފައިވާ ގޮތާއި މިންވަރު ޝަރީޢަތަށް
ސާބިތުކޮށް ދިނުމުގެ ގޮތުން އެކަށީގެންވާ މިންވަރުގެ ހެއްކެއް އަދި ޤަރީނާއެއް
އިލާ
70285މހ
ޚި
08207އވެ
COCOCOOX
مانع ا ع م ۲
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 6471 [33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/37]
ހުށަހެޅިފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަމާއި، މައްސަލައެއް ޝަރީޢަތަށް ސާބިތުކޮށް ދިނުމުގެ ބުރަ
އުފުލަންޖެހޭ ފަރާތަކީ އެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅި ފަރާތަކުންކަމުގައިވާއިރު، މި މައްސަލާގައި
ޑޮލަރު ގަތުމަށް މުޙައްމަދު ފައުޒީގެ ފަރާތުން އިސްމާޢީލް ރަޝީދަށް ދިން ފައިސާއަށް ޑޮލަރ ނުދިނުމުގެ
ސަބަބުން އޭނާއަށް
ލިބުނު ގެއްލުމުގެ މިންވަރު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުކޮށް
ދެވިފައިނުވާއިރު، އެކަމުގެ ބަދަލެއްގެ ގޮތުގައި 2,700.00$US (ދެ ހާސް ހަތް ސަތޭކަ ޔޫއެސް ޑޮލަރ)
އިސްމާޢީލް ރަޝީދުގެ އަތުން މުޙައްމަދު ފައުޒީއަށް ޝަރީޢަތުން ނަންގަވައި ދެއްވާފައިވަނީ މިފަދަ ބަދަލު
ނަންގަވައި ދެއްވުމުގައި ރިޢާޔަތްކުރަންޖެހޭ އެންމެ އިންސާފުވެރި ގޮތުގައި ކަމަކަށް ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭ ކަމެވެ.
އެހެންކަމުން
ޚި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/301 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެއް ކަމަށެވެ.
)
ވެމުން
ޙުކުމް
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު ސިވިލް ކޯޓުގެ
ނަންބަރު 2015/Cv-C/301 ޤަޟިއްޔާގައި، މ.އަރީޖް މުޙައްމަދު ފައުޒީގެ އަތުން ސ.ހުޅުދޫ
އެޅެހިށިގޭބޭރުގެ، އިސްމާޢީލް ރަޝީދު ޑޮލަރ ގަނެދިނުމަށް ނެގި ދިވެހިރުފިޔާގެ ބަދަލުގައި ދެ ޗެކުން
ދީފައިވާ އެކުޖުމްލަ 5,000.00$US (ފަސްހާސް އެމެރިކާ ޑޮލަރު) ނުދިނުމުގެ ސަބަބުން މުޙައްމަދު
ފައުޒީއަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 2,700.00$US (ދެހާސް ހަތްސަތޭކަ އެމެރިކާ
ޑޮލަރު) އާއި، މި މައްސަލާގައި ޤާނޫނީ ވަކީލު ފީގެ ގޮތުގައި -/12,000ރ (ބާރަހާސް ރުފިޔާ) އަކީ
އިސްމާޢީލް ރަޝީދުގެ ފަރާތުން މުޙައްމަދު ފައުޒީ އަށް ލިބިދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅުއްވައި، ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމުގައިނުވާތީ އެ ޤަޟިއްޔާގެ ޙުކުމުގެ އެބައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/37]
3ބރގެ6
4 * *
ބާޠިލްކޮށް، މ.އަރީޖް މުޙައްމަދު ފައުޒީގެ އަތުން ސ.ހުޅުދޫ އެހިށިގޭބޭރު އިސްމާޢީލް ރަޝީދު ޑޮލަރ
ގަނެދިނުމަށް ނެގި ދިވެހިރުފިޔާގެ ބަދަލުގައި ދެ ޗެކަކުން ދީފައިވާ އެކުޖުމްލަ 5,000.00$US (ފަސްހާސް
އެމެރިކާ ޑޮލަރު) އަކީ މުޙައްމަދު ފައުޒީއަށް އިސްމާޢީލް ރަޝީދު ދައްކަންޖެހޭ ފައިސާއެއްކަން މި މައްސަލާގައި
ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއިން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެފައިސާ މ.އަރީޖްމުޙައްމަދު
ފައުޒީއަށް ލިބިދިނުމަށްޓަކައި މިއަދު 21 ނޮވެމްބަރު 2016 އިން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ
ތެރޭގައި ސިވިލް ކޯޓަށް ދައްކައި އެދަރަނި ޚަލާޞްކުރުމަށް ސ.ހުޅުދޫ އެޅެހިށިގޭބޭރުގެ، އިސްމާޢީލް ރަޝީދަށް
އަންގައި، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
4
ދިވެހިރާއްa
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv