ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/93 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/93
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 93/HC
-
A/2013
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އަޙްމަދު އައިމަން
އައި.ޑީ.ކާޑު ނަންބަރު: A329260
ދާއިމީ އެޑްރެސް: މއ. ބޯޅަކިންކިރިމާގެ މާލެ
މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު:
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ރަބީޢުލްއާޚިރު 1434
10 މާރިޗް 2013
، ނިމުނު ތާރީޚް: 13 ޞަފަރު 1438
13 ނޮވެމްބަރ 2016
0
0
ބާވައެއނއ
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/JV
-
C/32
ނިންމީކޯޓު: ޖުވެނައިލް ކޯޓް
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެ ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމާއި،
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން.
• ހުށަހެޅުނު ތާރީޚް: 02 މާރިޗް 2011 ނިމުނު ތާރީޚް: 13 ނޮވެމްބަރ 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲ ދީދީ ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
ދަޢުވާގެ ޚުލާޞާ
މިއީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/32 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި
ކ. މާލެ{
ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދިވެހި
ދައުލަތް) އެވެ.
...
ގަކުރެވުނު ނުކުތާތައް:
06=ހ2
1. ޖުވެނައިލް ކޯޓުގެ ނަންބަރު 2011/Jv
-
C/32 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ
ނޫންކަމަށްބު.
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، މާލެ؛
މއ. ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ށްބުނެ،
ccc
2. ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV-C/32 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، 30 ނޮވެމްބަރ 2009 ދުވަހު، ޓްރިވެންޑްރަމުން މާލެ
އައި އިންޑިއަން އެއަރލައިންސް ފްލައިޓް ނަންބަރު އައި.ސީ.963 އިން ރާއްޖެއަށް އައި މ. ލަންސިމުގެއާގެ
ނިޝާނާ ރަޝީދާއި މ. ބިންއުނިމާގެ އާމިނަތު ޝަމްޢާ ޝަފީޤު ގެނައި ފޮށިތައް ކަސްޓަމްސްގެ އޮފިސަރުން
ބަލާ ފާސްކުރަމުން ދަނިކޮށް، އާމިނަތު ޝަމްޢާ ޝަފީޤުގެ ފޮށިތެރެއިން ފެނުނު އައު ދެބެޑް ޝީޓުގެ ތެރެއިން
ހެގައި އޮތް ބޯކަރުދާސް ގަނޑެއްގެ ތެރެއިން ފެނުނު 02 (ދޭއް) ސެލޯފިން ގަނޑުގައާއި،
އެއް ބެޑް ޝީޓް
eރ13
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
ދެވަނަ ބެޑް ޝީޓުގެތެރޭގައި އޮތް ބޯކަރުދާސް ގަނޑެއްގެތެރެއިން ފެނުނު 02 (ދޭއް) ސެލޯފިން ކަނޑުގައި
ހުރިތަކެއްޗަކީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވިގެން، އެތަކެއްޗާ ޙަވާލުވާން އަންނަފަރާތެއް ހޯދުމަށް
ފުލުހުން މަސައްކަތް ކުރަމުންދަނިކޮށް، ބޯޅަކިންކިރިމާގެ އަޙްމަދު އައިމަން އިތުރު މީހަކާއެކު، 30
ނޮވެމްބަރ 2009 ދުވަހުގެ ވަގުތެއްގައި، ނިޝާނާ ރަޝީދުއާއި، އާމިނަތު ޝަމްޢާ ޝަފީޤު ތިބި ސާފްވިއު
ގެސްޓް ހައުސްގެ ކޮޓަރިއަށްގޮސް، މަސްތުވާތަކެތި ރައްކާކުރެވިފައިހުރި ދެ ބެޑް ޝީޓާއި ޙަވާލުވެފައިވާތީ، އެދެ
ބެޑް ޝީޓުގެތެރެއިން އެއް ބެޑް ޝީޓު ތެރޭގައި އޮތް ބޯކަރުދާސް ގަނޑެއްގެތެރެއިން ފެނުނު (ދޭއް)
ސެލޯފިންގަނޑުގައި 421.3145 ގްރާމު ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 94.5590 ގްރާމް ކެނަބިނޯލް
ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީއާއި، ދެވަނަ ބެޑް ޝީޓުތެރޭގައި އޮތް ބޯކަރުދާސް ގަނޑެއްގެ
ތެރެއިން ފެނުނު 02 (ދޭއް) ސެލޯފިންގަނޑުގައި 371.6961 ގްރާމު ޓެޓްރާހައިޑްރޯކެނެބިނޯލްއާއި،
87.1478 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/77
(
މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން އަޙްމަދު
އައިމަންގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުމުގައި ބައިވެރިވުމުގެ ކުށުގެ
ދަޢުވާއާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށަށް ދައުލަތުން
ދަޢުވާކުރުމުން ބަލާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
I
3. މިޤަޟިއްޔާއާ ގުޅިގެން ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/32 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދެންފަހެ، 30 ނޮވެމްބަރ
2009 ދުވަހު، ޓްރިވެންޑްރަމުން މާލެ އައި އިންޑިއަން އެއަރލައިންސް ފްލައިޓް ނަންބަރު އައި.ސީ.963 އިން
ރާއްޖެއަށް އައި މ. ލަންސިމްގެއާގެ/ މާލެ ނިޝާނާ ރަޝީދާއި ބިންއުނިމާގެ/ މާލެ އާމިނަތު ޝަމްޢާ
ޝަފީޤު ގެނައި ފޮށިތައް ކަސްޓަމްސްގެ އޮފިސަރުން ބަލާ ފާސްކުރަމުން ދަނިކޮށް، އާމިނަތު ޝަމްޢާ ޝަފީޤުގެ
ފޮށިތެރެއިން ފެނުނު އައު ދެބެޑް ޝީޓުގެ ތެރެއިން އެއް ބެޑް ޝީޓް ތެރޭގައި އޮތް ބޯކަރުދާސް ގަނޑެއްގެ
ޑިހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
¢ ¢ ¢ 8 |
ތެރެއިން ފެނުނު 02 (ދޭއް) ސެލޯފިން ގަނޑުގައާއި، ދެވަނަ ބެޑް ޝީޓުގެތެރޭގައި އޮތް ބޯކަރުދާސް
ގަނޑެއްގެތެރެއިން ފެނުނު 2 (ދޭއް) ސެލޯފިން ކަނޑުގައި ހުރިތަކެއްޗަކީ، މަސްތުވާތަކެތިކަމަށް
ޝައްކުކުރެވިގެން، އެތަކެއްޗާ ޙަވާލުވާން އަންނަފަރާތެއް ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދަނިކޮށް،
ބޯޅަކިންކިރިމާގެ/ މާލެ އަޙްމަދު އައިމަން އިތުރު މީހަކާއެކު، 30 ނޮވެމްބަރ 2009 ދުވަހުގެ ވަގުތެއްގައި،
ނިޝާނާ ރަޝީދުއާއި، އާމިނަތު ޝަމްއާ ޝަފީޤު ތިބި ސާފްވިއު ގެސްޓް ހައުސްގެ ކޮޓަރިއަށްގޮސް،
މަސްތުވާތަކެތި ރައްކާކުރެވިފައިހުރި ދެ ބެޑް ޝީޓާއި ޙަވާލުވެފައިވާތީއާއި، އެދެ ބެޑް ޝީޓުގެތެރެއިން އެއް
ބެޑް ޝީޓު ތެރޭގައި އޮތް ބޯކަރުދާސް ގަނޑެއްގެތެރެއިން ފެނުނު (ދޭއް) ސެލޯފިންގަނޑުގައި 421.3145
ގްރާމު ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 94.5590 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން
ދައްކާތީއާއި، ދެވަނަ ބެޑް ޝީޓުތެރޭގައި އޮތް ބޯކަރުދާސް ގަނޑެއްގެތެރެއިން ފެނުނު 02 (ދޭއް)
ސެލޯފިންގަނޑުގައި 371.6961 ގްރާމު ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 87.1478 ގްރާމް ކެނަބިނޯލް
ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން އަޙްމަދު އައިމަންގެ މައްޗަށް،
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި،
މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް
ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން
ކޮށްފައިވާކަމާއި،
ދައުލަތުން އައިމަންގެ މައްޗަށް ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމާއި، ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދަޢުވާއަށް އޭނާ
އިންކާރުކޮށްފައިވާކަމާއި،
ދަޢުވާލިބުނު އަޙްމަދު އައިމަންގެ މައްޗަށް ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމާއި، ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދަޢުވާއަށް އޭނާ
އިންކާރުކޮށްފައިވާކަމާއި،
އަޙްމަދު
44
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
.ދޤީ4
ދަޢުވާލިބުނު އަޙްމަދު އައިމަން މިދަޢުވާއަށް އިންކާރުކޮށްފައިވާއިރު، 30 ނޮވެމްބަރ 2009 ދުވަހު،
ޓްރިވެންޓްރަމުން މާލެ އައި އިންޑިއަން އެއަރލައިންސް ފްލައިޓް ނަންބަރު އައި. ސީ.963 އިން ރާއްޖެއަށް
އައި މ. ލަންސިމުގެއާގެ ނިޝާނާ ރަޝީދާއި ބިންއުނިމާގެ އާމިނަތު ޝަމްޢާ ޝަފީޤު ގެނައި ފޮށިތައް
ކަސްޓަމްސްގެ އޮފިސަރުން ބަލާ ފާސްކުރަމުން ދަނިކޮށް، އާމިނަތު ޝަމްއާ ޝަފީޤުގެ ފޮށިތެރެއިން ފެނުނު
އައު ދެބެޑް ޝީޓުގެ ތެރެއިން އެއް ބެޑް ޝީޓް ތެރޭގައި އޮތް ބޯކަރުދާސް ގަނޑެއްގެ ތެރެއިން ފެނުނު 02
(ދޭއް) ސެލޯފިން ގަނޑުގައާއި، ދެވަނަ ބެޑް ޝީޓުގެތެރޭ އޮތް ބޯކަރުދާސް ގަނޑެއްގެތެރެއިން ފެނުނު 02
(ދޭއް) ސެލޯފިން ކަނޑުގައި ހުރިތަކެއްޗަކީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވިގެން، އެތަކެއްޗާ ޙަވާލުވާން
އަންނަފަރާތެއް ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދަނިކޮށް، ބޯޅަކިންކިރިމާގެ އަޙްމަދު އައިމަން
އިތުރު މީހަކާއެކު، 30 ނޮވެމްބަރ 2009 ދުވަހުގެ ވަގުތެއްގައި، އިސްވެ ދެންނެވުނު ނިޝާނާ ރަޝީދުއާއި
އާމިނަތު ޝަމްޢާ ޝަފީޤު ތިބި ސާފްވިއު ގެސްޓް ހައުސްގެ ކޮޓަރިއަށްގޮސް، މަސްތުވާތަކެތި ކަމަށް
ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ބެލެވޭ ދެބެޑް ޝީޓް ލާފައިވާ ކޮތަޅާއި ޙަވާލުވެފައިވާތީއާއި، މިދަޢުވާ
ސާބިތުކުރުމަށްޓަކައި، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް
ކޯޕްރަލް އަޙްމަދު މުނީޒް (ސނ. 3209) އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ޙަސަން
ރަމީޒް (ސނ. 2107) އަށް އަޙްމަދު އައިމަންގެ އަތުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި
ކޮތަޅެއް އޮއްވައި ފެނުނު ކަމަށާއި، އަދި މި ކޮތަޅަކީ އާމިނަތު ޝަމްޢާ ޝަފީޤް އެއްލާލަން ދިން ކޮތަޅެއްކަމަށް
އެހެކިންގެ ގާތުގައި އަޙްމަދު އައިމަން ބުނިކަމަށް ހެކިން ހެކިބަސްދީފައިވާތީއާއި، އަދި މީގެ އިތުރުން
ޝަރީޢަތަށް ޙާޟިރުކުރެވުނު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް ޙުސައިން އަޝްރާޙް (ސނ.
1941) އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް މުޙައްމަދު ޝިފާޢު (ސނ: 1993) އާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ޙުސައިން ނަޝީމް (ސނ. 2419) އަށްވެސް ދުވަހު
އަޙްމަދު އައިމަން ހައްޔަރުކޮށްފައި ހުރި މަންޒަރާއި، އަޙްމަދު އައިމަންގެ ކައިރީގައި މަސްތުވާތަކެތި ކަމަށް
ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ކޮތަޅު އޮއްވައި ފެނިފައިވާކަމަށް ބުނެފައިވާތީއާއި، އަޙްމަދު އައިމަން
4 s
ޚި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
ސާފްވިއު ގެސްޓް ހައުސްއަށް ދިޔައީ ކިޑްނެޕްކޮށްފަހު ހުރި މީހަކު ސަލާމަތް ކުރުމަށްކަމަށާއި، އަދި އެ ގެސްޓް
ހައުސްގެ ރޫމެއްގައި އިން އަންހެން ކުއްޖަކު ދިން ކޮތަޅެއްގައި ހިފީ އެއީ އޭނާއަށް މީހަކު ގެނެސްދިން
ބާރތްޑޭ ޕްރެޒެންޓެއްކަމަށް ހީކޮށްގެން ކަމަށް ބުނެ އަޙްމަދު އައިމަންގެ ފަރާތުން ނެގި ދިފާއަށް ބަލާއިރު،
އަޙްމަދު އައިމަން ގެސްޓް ހައުސްއަށްގޮސްފައި ކިޑްނެޕް ކޮށްފައި ހުރި މީހަކު ސަލާމަތްކުރުމަށް އެއްވެސް
ކަމެއްކޮށްފައިނުވާތީއާއި، އަޙްމަދު އައިމަން އެ ގެސްޓް ހައުސްއަށް ދިއުމުގައާއި އެތަނަށްގޮސް ޢަމަލުކުރި
ގޮތަށް ބަލާއިރު، އެތަނަށް ދިޔަކަމަށް ބުނާ މަޤްޞަދާއި ޢަމަލާއި ދިމާނުވާތީއާއި، އަދި މިކޮތަޅު އަޙްމަދު
އައިމަންއާއި ޙަވާލުކުރި އާމިނަތު ޝަމްޢާ ޝަފީޤު ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި، އަޙްމަދު
އައިމަން އޭނާ އިން ކޮޓަރިއަށް އައުމުން ދޭންވީތޯ އެހިކަމަށާއި، އަޙްމަދު އައިމަން އާނއެކޭ ބުނުމުން، އޭނާ
ކޮތަޅުގެނެސް އަޙްމަދު އައިމަންގެ އަތަށް ދިންކަމަށް ބުނެފައިވާތީއާއި، އަދި މިކޮތަޅު ދިނުމުން ކޮތަޅު
ހިފައިގެން ހިނގައިގަތްކަން އަޙްމަދު އައިމަންގެ ބަހުން އެނގޭތީ، މިކަންކަމުގެ މައްޗަށް ބަލާއިރު، މިތަކެތި
ދިވެހިރާއްޖެއަށް ރެކުރުމުގައި އަޙްމަދު އައިމަންގެ ބައިވެރިވުން އޮތްކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު، 08/SC-A/2008 ޤަޟިއްޔާގެ "ފާހަގަ ކުރެވުނު ނުކުތާތައް" މިބައިގެ (ބ)
ގައި "މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި މުޠުލަޤު މަސްއޫލިއްޔަތު" ޤާނޫނީ
އުފުލަންޖެހޭ ކުށެއްކަމާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، ކުށުގެ
މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ "ޤާނޫނީ ޤަރީނާ" އެއްކަން ޤާނޫނު ނަންބަރު 17/77
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން އެނގެން
އޮންނަކަމާއި" މިހެން ބުނެފައިވާތީއާއި، މ. ލަންސިމްގެއްގެ ނިޝާނާ ރަޝީދާއި މ. ބިންއުނިމާގެ ޢާމިނަތު
ޝަމްޢާ ޝަފީޤް ގެނައި ފޮށިތައް ކަސްޓަމްސް ގެ އޮފިސަރުން ބަލާ ފާސްކުރަމުން ދަނިކޮށް، އާމިނަތު ޝަމްޢާ
ޝަފީޤުގެ ފޮށިތެރެއިން ފެނުނު އައު ދެ ބެޑް ޝީޓްގެތެރެއިން އެއް ބެޑްޝީޓް ތެރޭގައި އޮތް ބޯކަރުދާސް
ގަނޑެއްގެ ތެރެއިން ފެނުނު 02 (ދޭއް) ސެލޯފިން ގަނޑުގައާއި، ދެވަނަ ބެޑް ޝީޓުގެތެރޭގައި އޮތް ބޯކަރުދާސް
ގަނޑެއްގެތެރެއިން ފެނުނު 02 (ދޭއް) ސެލޯފިން ކަނޑުގައި ހުރިތަކެއްޗަކީ، މަސްތުވާތަކެތިކަމަށް
އެތެރކ
/
8:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
2013/HC-A/93
ޝައްކުކުރެވިގެން، އެތަކެއްޗާ ޙަވާލުވާން އަންނަފަރާތެއް ހޯދުމަށް ފުލުހުން ފާރަލަމުން ދަނިކޮށް، ސާފްވިއު
4 22
ގެސްޓް ހައުސްއަށް އިތުރު މީހަކާއެކު ގޮސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ލާފައިވާ ކޮތަޅާއި
އަޙްމަދު އައިމަން ޙަވާލުވެ، އެހިފައިގެން ހިނގައިގެންފައިވާތީއާއި، އަދި އެވަގުތު ފުލުހުން މީނާ ހިފެހެއްޓުމުން
މީނާ ވައްޓާލި ކޮތަޅުތެރޭގައި އޮތް ދެ ބެޑް ޝީޓުގެ ތެރެއިން އެއް ބެޑް ޝީޓު ތެރޭގައި އޮތް ބޯކަރުދާސް
ގަނޑެއްގެތެރެއިން ފެނުނު (ދޭއް) ސެލޯފިންގަނޑު ގައި 421.3145 ގްރާމު ޓެޓްރާހައިޑްރޯކެނެބިނޯލްއާއި،
94.5590 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީއާއި، ދެވަނަ ބެޑް ޝީޓުތެރޭގައި
އޮތް ބޯކަރުދާސް ގަނޑެއްގެތެރެއިން ފެނުނު 02 (ދޭއް) ސެލޯފިންގަނޑުގައި 371.6961 ގްރާމު
ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 87.1478 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން
ދައްކާތީއާއި، މިތަކެތީގެ ތަޙުލީލު ރިޕޯޓުގެ ޞައްޙަކަމުގެ މައްޗަށް ތަޙުލީލުކުރި ފަރާތްކަމަށްވާ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ލާންސް
ލާންސް ކޯޕްރަލް ޢަބްދުއްރަޙްމާން ޤާސިމް (ސނ. 3797) ހެކިބަސް އަދާކޮށްފައިވާތީ، ޤާނޫނު
ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދައުލަތުން މއ.
ބޯޅަކިންކިރިމާގެ/ މާލެ އަޙްމަދު އައިމަންގެ މައްޗަށް ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން އަޙްމަދު އައިމަންގެ މައްޗަށް
ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ އާއި،
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ، ހެކިންގެ
ހެކިބަހުންނާއި، ހުށަހެޅުނު ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
މިޙާދިސާ ހިނގިއިރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނަކީ، ނަންބަރު 17/17 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ކަމަށްވީއިރު، މައްސަލަ ޝަރީޢަތުން ބަލަމުން ދަނިކޮށް، ޤާނޫނު ނަންބަރު
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ވުޖޫދަށް އައިސް އެޤާނޫނަށް ޢަމަލުކުރަން ފެށިފައިވީނަމަވެސް، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި "އަދި ކުށެއް ކުރިއިރު އެ ކުށަކަށް
ކަނޑައެޅިފައިވާ އަދަބަށްވުރެ ބޮޑު އަދަބެއް އެކުށްކުރި މީހަކަށް ދީގެނެއް ނުވާނެއެވެ” މިހެން އޮންނަ އޮތުމުގެ
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
17/2011
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
t
985ޤާ04އ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
މައްޗަށް ބަލައި، ލުއި އަދަބު ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
ގައި ކަމުން، ދައުވާލިބުނު އަޙްމަދު އައިމަންގެ މައްޗަށް ސާބިތުވި ކުށަށް އަދަބު ކަނޑައަޅަން ޖެހެނީ، އިސްވެ
އިޝާރާތްކުރެވުނު، ޤާނޫނު ނަންބަރު 17/77 (މަސްތުވާ
ތުވާތަކެއްޗާބެހޭ
ޗާބެހޭ ޤާނޫނު) ގެ ދަށުންކަމާއި،
މި ޙާދިސާ ހިނގިއިރު، ދަޢުވާ ލިބުނު އަޙްމަދު އައިމަން އަކީ، އުމުރުން 18 އަހަރު ނުފުރޭ
ޤާނޫނީގޮތުން ކުޑަކުއްޖަކަށްވާތީ، "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް
އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު"ގެ 17 ވަނަ މާއްދާގެ (ހ) އާއި އަދި އެމާއްދާގެ (ބ)ގެ 1
ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 17/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ
(ހ) އާއި ޙަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން ދަޢުވާ ލިބުނު މއ.ބޯވަކިންކިރިމާގެ މާލެ އަޙްމަދު އައިމަން
16 (ސޯޅަ) އަހަރާއި، 08 (އަށެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، މައްސަލަ ނިންމީއެވެ"
މިފަދައިންނެވެ.
4. ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/32 ޤަޟިއްޔާ އެ ކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މއ. ބޯޅަކިންކިރިމާގެ މާލެ އަޙްމަދު އައިމަންގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 5 (ފަހެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން އަޙްމަދު އައިމަންގެ ފަރާތުން ހުށަހެޅިގެ
• ފުރަތަމަ ނުކުތާއަކީ، އަޙްމަދު އައިމަންގެ މައްޗަށް ދައުލަތުން ކުރި ދައުވާގެ އެއްބައިގައި
ބުނެފައިވަނީ މަނާކުރެވިފައިވާ
ރާއްޖެ ގެނައުމުގައި ބައިވެރިވުން ކަމުގައިވާއިރު، އަޙްމަދު
އައިމަން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް ގެނައުމުގެ އެއްވެސް ޢަމަލެއް ކުރިކަން ދައުލަތުން
ސާބިތުކޮށްދީފައިނުވާތީ ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ދަށުން މަނާކުރެވިފައިވާ
ޖެހިރާއްޖޭގެ ކި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
42 490/
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
ގެނައުމުގެ ދަޢުވާ ކުރެވެން އޮތްކަމަށް ޤަބޫލުނުކުރެވޭކަމަށް ބުނެ ހުށަހެޅި
ނމއވެ.
• ދެވަނަ ނުކުތާއަކީ، ދަޢުވާގައި ބުނެފައިވާ މަސްތުވާތަކެއްޗާ އަޙްމަދު އައިމަން ޙަވާލުވީ
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެމީހުން ލައްވާ ފުލުހުން ރާއްޖެއިން ބޭރުގައި ތިބި ބަޔަކަށް ފޯނުކުރުވައި
އެމީހުން އަޙްމަދު އައިމަންއަށް ފޯނުކޮށް އަޙްމަދު އައިމަންގެ ދޮންތައެއްކަމުގައިބަލާ ލަންސިމުގެއާގެ
ނިޝާނާ ރަޝީދު ކިޑްނެޕްކޮށްފައިތިބިކަމަށާއި އެމީހުންގެ ވާނުވާ ބަލާލުމަށް ގޮސްދިނުމަށް އެދި އޮޅުވާލައިގެން
އެތަނަށް ގެންގޮސްގެންކަމާއި، އަދި އެތަކެއްޗާ އަޙްމަދު އައިމަން ޙަވާލުވީއިރު، އެއީ މަސްތުވާތަކެތިކަން
އެނގޭނެ އެއްވެސް ގޮތެއްނެތްކަން ހެކިންގެ ބަހުން ސާބިތުވާން އޮއްވާ އެއަށް ވެސް ނުބަލާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، 30 ނޮވެމްބަރ 2009 ގެ ވަގުތެއްގައި މަސްތުވާތަކެތި ރާއްޖެއަށް
އެތެރެކުރި ދެމީހުން ލައްވާ ފުލުހުން ރާއްޖެއިން ބޭރުގައި ތިބި ބަޔަކަށް ފޯނުކުރުވައި އެމީހުން އަޙްމަދު
އައިމަންއަށް ފޯނުކޮށް އަޙްމަދު އައިމަންގެ ދޮންތައެއްކަމުގައި ބަލަމުން ގެންދިޔަ މ. ލަންސިމުގެއާގެ ނިޝާނާ
ރަޝީދު ކިޑްނެޕްކޮށްފައިތިބިކަމަށާއި، އެމީހުންގެ ވާނުވާ ބަލާލުމަށް ގޮސްދިނުމަށް އެދި ފުލުހުންގެ ހާޟިރުގައި
އޮޅުވާލައިގެން އެތަނަށް އަޙްމަދު އައިމަން ގެންދިއުމަށްފަހު
އެތަނުންއެކަކު ކޮތަޅެއް ދިނުމުން އެތަކެއްޗާ
އަޙްމަދު އައިމަން ޙަވާލުވި ޙަވާލުވުމަށް ބަލައިގެން އެދަޢުވާ ސާބިތުވާކަމަށް ބަލާފައިވާއިރު، މިހާދިސާ
ހިނގާފައިވަނީ އަޙްމަދު އައިމަންގެ އުމުރުން 15 އަހަރުގައިކަމުގައިވާއިރު، މިފަދަ ޙާދިސާއެއް 15 އަހަރުގެ
ކުޑަކުއްޖަކާ ދިމާވުމުން 15 އަހަރުގެ ކުޑަ ކުއްޖެއްގެ ޢުމުރާ އެޢުމުރުގެ ކުއްޖެއްގެ ވިސްނުމާ ހާލަތަށް ބަލާފައި
އެފަދަ ކުއްޖަކު ޢަމަލުކޮށްފާނެ ގޮތަކާމެދު އެއްގޮތަކަށްވެސް ވިސްނާނުލާ މައްސަލަ ނިންމާފައިވުމަކީ ޖިނާޢީ
މައްސަލަތައް ބެލުމުގައި ޝަރުޢީ އަދި ޤާނޫނީ އުޞޫލުން މައްސަލަ ސާބިތުކުރުމުގައި ބަލަންވާވަރަށް ނުބަލާ
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
• ހަތަރުވަނަ ނުކުތާއަކީ، 2008 ގައި ފާސްވެ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މީހަކު
ކުށެއް ކުރިކަމަށް ބަލަންވާނީ އެކަށީގެންވާ ޝައްކެއްނެތި އެމީހާ ކުށްކުރިކަމުގައި ސާބިތުވެގެން ކަމުގައި
ބުނެފައިވާއިރު، ޤާނޫނަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ ފާސްވުމުގެ ކުރިން ހެދިފައިވާ
ޤާނޫނަކަށްވެފައި އެޤާނޫނުގެ 6 ވަނަ މާއްދާއަކީ މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުއަސާސީ އާ ފުށުއަރާ
މާއްދާއަކަށް ވާއިރުވެސް، ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޙުކުމްކޮށްފައިވާކަމަށް ބުނެ
ހޮއެދޭ
ހުށަހެޅި .
ފަސްވަނަ ނުކުތާއަކީ، މިމައްސަލައަކީ ޖިނާއީ ކުށުގެ ދަޢުވާކުރެވޭ މައްސަލައެއްކަމުގައިވާއިރު،
ޖިނާއީ މައްސަލައެއް ސާބިތުވާނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނެފައިވާ މިންވަރަށް
އެކަށީގެންވާ ޝައްކެއްނެތި ކުށް ސާބިތުވާ މިންވަރަށް ހެއްކާއި ޤަރީނާ ހުރެގެން ކަމުގައިވާއިރު،
މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ވަރަށް ސާފުކޮށް އެނގެން އޮތުމުން ބުއްދީގެ ހަމަތަކުން ބަލާއިރުވެސް
ކުށުގެ ޢަމަލެއްގައި އަޙްމަދު އައިމަން ބައިވެރިވިކަމަށް ބެލެވެން ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/32 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ
ބޯޅަކިންކިރިމާގެ/ މާލެ އަޙްމަދު އައިމަންގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
2
އެއްގޮތްނުވާކަމަށްބުނެ،
ccc
.42
(ހ) ފުރަތަމަ ކަމަކީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/32 ޤަޟިއްޔާއަކީ،
ބޯޅަކިންކިރިމާގެ އަޙްމަދު އައިމަންގެ މައްޗަށް ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
ވަނަ މާއްދާގެ (ހ)އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ
ބޭނުމަށް އަތުގައި ބެހެއްޓުމުގެ ދަޢުވާ ދައުލަތުން ކުރުމުން ބަލާފައިވާ މައްސަލައެއްކަމާއި،
ދައުލަތުން އަޙްމަދު އައިމަންގެ މައްޗަށް ހުށަހެޅި އެދަޢުވާ، ހެކިންގެ ހެކިބަހުންނާއި، ގުޅިފައިވާ
ޤަރީނާތަކުން ސާބިތުވާކަމަށް ކަނޑައަޅައި، އެހާދިސާ ހިނގިއިރު އަޙްމަދު އައިމަންއަކީ އުމުރުން 18 އަހަރު
ނުފުރޭ ޤާނޫނީ ގޮތުން ކުޑަކުއްޖަކަށްވާތީ، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް އިންސާފުން
އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ބ) ގެ 1 ވަނަ
ނަންބަރަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ
(ހ)އާއި ޙަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން އަޙްމަދު އައިމަން 16 (ސޯޅަ) އަހަރާއި، 08 (އަށެއް)
މަސްދުވަހުގެ މުއްދަތައް ޖަލަށްލުމަށް ޙުކުމް
ހުކުމްކޮށްފައިވާކަން ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/32
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
.OCX
(ށ) ދެވަނަ ކަމަކީ، މިހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، ބޯޅަކިންކިރިމާގެ އަޙްމަދު
އައިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ، 30 ނޮވެމްބަރ 2009 ދުވަހު ޓްރިވެންޑްރަމުން މާލެ
އައި މ.ލަންސިލޫގެއްގެ ނިޝާނާ ރަޝީދާއި މ. ބިންއުނިމާގެ އާމިނަތު ނަމްޒާ ޝަފީޤުގެ ފޮށިތެރެއިން
ފެނުނު އައު ދެބެޑް ޝީޓުގެ ތެރެއިން ފެނުނު ސެލޯފިން ގަނޑުތަކުގައި ހުރިތަކެއްޗަކީ، މަސްތުވާތަކެތިކަމަށް
ޝައްކުކުރެވިގެން، އެތަކެއްޗާ ޙަވާލުވާން އަންނަފަރާތެއް ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދަނިކޮށް، 30
ނޮވެމްބަރ 2009 ދުވަހުގެ ވަގުތެއްގައި ބޯޅަކިންކިރިމާގެ އަޙްމަދު އައިމަން، ހ.ލަންސިމޫގެއާގެ
ނިޝާނާ ރަޝީދުއާއި ބިންއުނިމާގެ އާމިނަތު ޝަމްޢާ ޝަފީޤު ތިބި ސާފްވިއު ގެސްޓް ހައުސްގެ
ކޮޓަރިއަށްގޮސް، މަސްތުވާތަކެތި ރައްކާކޮށްފައިހުރި ދެ ބެޑް ޝީޓާއި ޙަވާލުވެފައިވާތީކަމަށާއި،
26
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
2013/HC-A/93
މިދެންނެވުނު ދެބެޑް ޝީޓުގެ ތެރެއިން އެއްބެޑް ޝީޓުގެ ތެރޭގައި އޮތް ބޯކަރުދާސް ގަނޑެއްގެތެރެއިން
ފެނުނު 2 (ދޭއް) ސެލޯފިންގަނޑުގައި 145
421.3 ގްރާމު ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 94.5590 ގްރާމް
ކެނަބިނޯލް ހުރިކަމާއި، އަދި ދެވަނަ ބެޑް ޝީޓުތެރޭގައި އޮތް ބޯކަރުދާސް ގަނޑެއްގެތެރެއިން ފެނުނު 02 (ދޭއް)
ސެލޯފިންގަނޑުގައި 371.6961 ގްރާމު ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 87.1478 ގްރާމް ކެނަބިނޯލް ހުރިކަން
އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާކަން މިމައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން
އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/32 ޤަޟިއްޔާގައި ހުށަހެޅުނު
ދަޢުވާއަށް އަޙްމަދު އައިމަން އިންކާރުކުރުމުން، އެދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ
ތެރެއިން، ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ޝިފާޢު ޝަރީޢަތުގެ މަޖިލީހަށް ދިން ހެކިބަހުގައި،
މިމައްސަލައާ ގުޅިގެން ހިންގި އޮފަރޭޝަން ހިންގާފައިވަނީ ސާފްވިއު ގެސްޓްހައުސް ގައިކަމަށާއި، އޮޕަރޭޝަން
ހިންގާނެގޮތް ރޭވުމަށްފަހު މުޙައްމަދު ޝިފާޢު ހުރީ ފާހާނާ ތެރޭގައިކަމަށާއި، ފާހާނާ ދޮރުހުރީ ކޮންމެވެސް
ވަރަކަށް ހުޅުވާފައިކަމަށާއި، ނަމަވެސް ފާހާނާތެރޭގައި ހުރި އިރު ކޮޓަރިއަށް މީހަކު ވަންނަކަން ނުވަތަ އެކަހަލަ
އިއްވެސް ތަނެއް އޭނާއަށް ނުފެންނަކަމަށާއި، ކޮޓަރި ދޮރު މީހަކު ހުޅުވުމުން ފޯނުކޮށްފައި ބޭރުގައި ތިބި
ފުލުހުންނަށް މުޙައްމަދު ޝިފާޢު އެންގިކަމަށާއި، ކޮޓަރި ދޮރު ހުޅުވާފައި މީހަކު ވާހަކަ ދެއްކި
އަޑުއިވުނުކަމަށާއި، ނަމަވެސް އެއީ ކާކުކަން ނުފެންނަކަމަށާއި، އަދި ދެއްކީ ކޮން ވާހަކައެއްކަމެއް އެހާބޮޑަށް
އަޑުނީވޭކަމަށާއި، ކޮޓަރިތެރޭގައި އިން އަންހެން ކުއްޖާ ތެދުވެގެން ގޮސް ބޭރުން އައިމީހަކާ އެއްޗެއް
ޙަވާލުކުރިތަން ދުއްކަމަށާއި، އެކޮތަޅު ހިފައިގެން ވަރަށް އަވަހަށް އެމީހަކު ހިނގާގަތްކަން އެނގޭކަމަށާއި،
މުޙައްމަދު ޝިފާޢު ފާހާނާއިން ނުކުތްއިރު އަޙްމަދު އައިމަން ހުރީ ހައްޔަރުކޮށްފައިކަމަށާއި، އޭރު އެކޮތަޅު އޮތީ
ބިންމައްޗަށް ވެއްޓިފައިކަމަށް ބުނެހެކިބަސް ދީފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ: ފެން 3325029، ފެކްސް 3316471
އީމެއިލް [email protected] ދެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
އަދި މިމައްސަލާގައި ހެކިބަސް އަދާކުރި ޕޮލިސް ލާންސްކޯޕްރަލް ޙުސައިން އަޝްރާޙްގެ ހެކިބަހަށް
ބަލާއިރު، އެއޮޕަރޭޝަނުގެ ތެރެއިން ދެމީހަކު އޭނާ ދުށްކަމަށާއި، އެއްވެސް މީހަކު ކޮތަޅާ ޙަވާލުވިތަނެއްވެސް
ހިފަހައްޓައިގެން ހުއްޓައެއްވެސް އޭނާ ނުދެކޭ ކަމަށާއި، ޙުސައިން އަޝްރާޙް ނުކުތްއިރު އެމީހުން ތިބީ
ސިޑިކައިރިން ހިފަހައްޓާފައިކަމަށާއި، ކޮތަޅު ބަލާއައި މީހުންގެ ތެރޭގައި އަޙްމަދު އައިމަން ހިމެނޭކަމަށާއި،
އައިމަން ހައްޔަރުކޮށްފައި ހުރި ހިސާބާ އެހާ ދުރުނޫން ހިސާބެއްގައި ބިންމަތީގައި ކޮތަޅެއް އޮއްވާ
ދުށްކަމަށްބުނެ ހެކިބަސްދީފައިވާކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ޙަސަން ރަމީޒް ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ހެކިބަހަށް ބަލާއިރު، ޙަސަން ރަމީޒް މި އޮޕަރޭޝަނުގައި ބައިވެރިވިކަމަށާއި، އެމީހުން ތިބީ ސާފްވިއު
ގެސްޓްހައުސްގެ 214 ނަންބަރު ކޮޓަރީގައިކަމަށާއި، އެތާ ތިއްބާ އަނެއް ރޫމް އިން ގުޅާފައި ތަކެއްޗާ
ޙަވާލުވާން ދެކުދިން އަންނަ ވާހަކަ ބުނުމުން ދޮރު ހުޅުވާ ބެލިއިރު އެމީހުން ފާބައިގެން ދަނީކަމަށާއި، ދެން
ސިޑިމަތިން އެމީހުން ހިފެހެއްޓީކަމަށާއި، ހިފެހެއްޓީ އަޙްމަދު އައިމަންއާ އެހެން ކުއްޖެއްކަމަށާއި، އަޙްމަދު
އައިމަން ހިފެހެއްޓި ވަގުތު އައިމަންގެ ވައަތުގައި އޮތް ކޮތަޅު ބިންމައްޗަށް ވެއްޓުނީކަމަށާއި، ދެން ޙަސަން
ރޫމްއަށް ވައްދައި ޗެކްކުރިއިރު އެމީހުންގެ ހަށިގަނޑުން މަސްތުވާތަކެތި ފެނިފައިނުވާކަމަށާއި،
ނަމަވެސް އައިމަން ލައިގެން ހުރި ސޯޓާއި ގަޔާއި ދޭތެރެއިން ގާތްގަނޑަކަށް ދޮޅު ފޫޓު ގެ ދަނޑިބުރިއެއް
ފެނުނުކަމަށާއި، އެއާ ބެހޭގޮތުން ސުވާލުކުރުމުން އެއީ ނިޝާނާ ކަންނޭންގެ ކިޑްނެޕްކޮށްފައި ހުރި ވާހަކަ
ބުނެގެން ގެނައި އެއްޗެއްކަމަށާއި، ދެން އެކޮތަޅުގައި ހުރި އެއްޗެހި ޗެކްކުރިއިރު، ކޮތަޅުތެރޭގައި އޮތް
ބެޑް ޝީޓެއްގެ ތެރޭގައި ލާފައި އޮތް ބޯ ކަރުދާސް ގަނޑެއްގެ ތެރޭގައި ދެސެލޯފިން ގަނޑު އޮތްކަމަށާއި،
ދެބެޑް ޝީޓްގައި ކޮންމެ އެއްޗެއްގައި ސެލޯފިންގަނޑު އޮތްކަމަށާއި، އޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
އެއްޗެހި ހުރިކަމަށާއި އެއާބެހޭގޮތުން ސުވާލުކުރުމުން އެއީ ޝަމްޢަ އެއްލާލަންދިން ކޮތަޅެއްކަމަށް ބުނިކަމަށާއި،
އެކޮތަޅުގައި ހިފަހައްޓައިގެން ހުރީ އަޙްމަދު އައިމަންކަން ޙަސަން ރަމީޒަށް ޔަޤީންވާކަމަށާއި، އަޙްމަދު
އައިމަންގެ ވައަތުގައި އެކޮތަޅު އޮއްވާ ޙަސަން ރަމީޒް ދުއްކަމަށްބުނެ ހެކިބަސްދީފައިވާކަމާއި،
ރަމީޒްމެން ތިބި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
، ދިވެހިއެވެ
މީގެކުމެގެ
14
2013/HC-A/93
އަދި މިމައްސަލައާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް އަޙްމަދު މުނީޒް
ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހަށް ބަލާއިރު، އަޙްމަދު މުނީޒްމެން ތިބީ ރޫމް
ނަންބަރު 214 ގައިކަމަށާއި، މިމައްސަލާގައި ހިމެނޭ ނިޝާނާއާއި ޝަމްޢާ ތިބީ 212 ގައި ކަމަށާއި، އެހެން
އަޙްމަދު މުނީޒްމެން ތިއްބާ ދެމީހުން އެކޮޓަރިއަށް ވަދެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި
އަޅާފައިހުރި ކޮތަޅު ހިފައިގެން ނުކުތް މައުލޫމާތު ލިބުމުން، ރޫމް އިން ނުކުމެގެން ގޮސް އެމީހުން ސިޑިން
ފައިބަނިކޮށް ހިފެހެއްޓީކަމަށާއި، ހިފެހެއްޓުމުން އަޙްމަދު އައިމަން އަތުގައި އޮތް ކޮތަޅު ވައްޓާލީކަމަށާއި،
އެތަކެއްޗާ ބެހޭގޮތުން އަޙްމަދު އައިމަންއާ ސުވާލުކުރުމުން އެއީ ޝަމްޢަ އެއްލާލަންދިން ކޮތަޅެއްކަމަށް
ބުނެފައިވާކަމަށާއި، އަޙްމަދު އައިމަންއާއެކު އިތުރު މީހަކު ހުރިކަމަށާއި، ދެން އަޙްމަދު މުނީޒްމެން ތިބި
ކޮޓަރިއަށް ގެންގޮސް ދެމީހުންގެ ހަށިގަނޑު ޗެކްކުރިކުރުމުގައި ހަށިގަނޑުން މަސްތުވާބާވަތުގެ އެއްވެސް
އެއްޗެއް ފެނިފައިނުވާކަމަށާއި ނަމަވެސް އަޙްމަދު އައިމަން ލައިގެންހުރި ސޯޓާއި ހަށިގަނޑާއި ދޭތެރެއިން
ދަނޑިބުރިއެއް ފެނުނުކަމަށާއި، އެއާ ބެހޭގޮތުން ސުވާލުކުރުމުން އެއީ ނިޝާނާ ކިޑްނެޕްކޮށްގެން
މައުލޫމާތު
ލިބިގެން ގެނައި އެއްޗެއްކަ
ތެއްކަމަށާއި، މަސްތުވާތަކެތި ހުރި ކޮތަޅު އޮތީ އަޙްމަދު އައިމަންގެ އަތުގައިކަން
އަޙްމަދު މުނީޒަށް ޔަޤީންވާކަމަށާއި، އަޙްމަދު މުނީޒްމެން ނުކުތްއިރު އަޙްމަދު އައިމަންގެ ވައަތުގައި އެކޮތަޅު
ދުށްކަމަށާއި، އަދި އަޙްމަދު އައިމަން ހުރިދިމާ ބިންމައްޗަށް ކޮތަޅު ވައްޓާލިތަންވެސް އަޙްމަދު
މުނީޒް ދުށްކަމަށްބުނެ، ހެކިބަސްދީފައިވާއިރު، މިދަޢުވާ އަޙްމަދު އައިމަންގެ މައްޗަށް ސާބިތުވާކަމަށް ޖުވެނައިލް
ކޯޓުން ކަނޑައަޅުއްވާފައިވަނީ މިދެންނެވުނު ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށްކަން އެޤަޟިއްޔާގެ
ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމެވެ.
4 0x
(ރ) ހަތަރުވަނަ ކަމަކީ، ދަޢުވާގައި ބުނެފައިވާ މަސްތުވާތަކެއްޗާ އަޙްމަދު އައިމަން ޙަވާލުވީ
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެމީހުން ލައްވާ ފުލުހުން ރާއްޖެއިން ބޭރުގައި ތިބި ބަޔަކަށް ފޯނުކުރުވައި
އެމީހުން އަޙްމަދު އައިމަންއަށް ފޯނުކޮށް އަޙްމަދު އައިމަންގެ ދޮންތައެއްކަމުގައިބަލާ މ.
ދި 8
s/6
ލިނސިމަޤާއުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
2013/HC-A/93
;އނބ
ނިޝާނާ ރަޝީދު ކިޑްނެޕްކޮށްފައި ހުރިކަމަށާއި އެމީހުންގެ ވާނުވާ ބަލާލުމަށް ގޮސްދިނުމަށް އެދި އޮޅުވާލައިގެން
އެތަނަށް ގެންގޮސްގެންކަމަށާއި، އެތަކެއްޗާ އަޙްމަދު އައިމަން ޙަވާލުވީއިރު އެއީ މަސްތުވާތަކެތިކަން އެނގޭނެ
އެއްވެސް ނެތްކަމަށާއި، އަދި އެ ޙަވާލުވި ޙަވާލުވުމުގެ މައްޗަށް ބަލައި ދަޢުވާ ސާބިތުވާކަމަށް
ބަލާފައިވާއިރު، އެހާދިސާ ހިނގާފައިވަނީ އަޙްމަދު އައިމަންގެ އުމުރުން 15 އަހަރުގައިކަމަށާއި، މިފަދަ
ޙާދިސާއެއް 15 އަހަރުގެ ކުޑަކުއްޖަކާ ދިމާވުމުން 15 އަހަރުގެ ކުޑަ ކުއްޖެއްގެ ޢުމުރާ އެޢުމުރުގެ ކުއްޖެއްގެ
ވިސްނުމާ ހާލަތަށް ބަލާފައި އެފަދަ ކުއްޖަކު ޢަމަލުކޮށްފާނެ ގޮތަކާމެދު އެއްގޮތަކަށްވެސް ވިސްނާނުލާ މައްސަލަ
ނިންމަވާފައިވުމަކީ ޖިނާޢީ މައްސަލަތައް ބެލުމުގައި ޝަރުޢީ އަދި ޤާނޫނީ އުޞޫލުން މައްސަލަ
ސާބިތުކުރުމުގައި ބަލަންވާވަރަށް ނުބައްލަވާ ނިންމެވި ނިންމެވުމެއް ކަމަށް ބުނެ އަޙްމަދު އައިމަންގެ ފަރާތުން
ހުށަހެޅި ނުކުތާއަށް ބަލާއިރު،
މިއޮޕަރޭޝަނުގައި ބައިވެރިވި ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން ނަޝީމްގެ ހެކިބަހުގައި، އަޙްމަދު
އައިމަން ލައިގެންހުރި ސޯޓާ ހަށިގަނޑާ ދޭތެރެއިން ފެނުނު ދޮޅުފޫޓުގެ ދިގު ދަނޑިބުރިއާ ގުޅިގެން އަޙްމަދު
އައިމަންއާ ސުވާލުކުރުމުން އެއީ ނިޝާނާ ކިޑްނެޕްކޮށްފައި ހުރުމުން އޭނާ ސަލާމަތްކުރަން ގެނައި
އެއްޗެއްކަމަށް އަޙްމަދު އައިމަން ބުނި ނަމަވެސް، އަޙްމަދު އައިމަންގެ ޢަމަލަކުން އެއްވެސް ގޮތަކަށް
ކިޑްނެޕްކޮށްފައިވާ މީހަކު ސަލާމަތްކުރަން އައިހެން ފާހަގަކުރެވުނު ކަމަކަށް އެއްވެސް ފުލުހެއްގެ ފަރާތުން
މައުލޫމާތު ނުލިބޭކަމަށް ބުނެފައިވާކަމާއި، އަދި މިމައްސަލާގައި ހެކިބަސް އަދާކޮށްފައިވާ ޕޮލިސް ލާންސް
ކޯޕްރަލް އަޙްމަދު މުނީޒުގެ ހެކިބަހަށް ބަލާއިރު، އަޙްމަދު އައިމަން ލައިގެން ހުރި ސޯޓާއި ހަށިގަނޑާއި
ދޭތެރެއިން ދަނޑިބުރި އެއް ފެނުނުކަމަށާއި އެދަނޑިބުރިއާ ބެހޭގޮތުން ސުވާލުކުރުމުން އެއީ ނިޝާނާ
ކިޑްނެޕްކޮށްގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ގެނައި އެއްޗެއްކަމަށް އަޙްމަދު އައިމަން ބުނި ނަމަވެސް
އަޙްމަދު އައިމަންގެ ޢަމަލުތައް ތަފާތުކަން އަޙްމަދު މުނީޒަށް ފާހަގަކުރެވިފައިނުވާކަމަށް ބުނެ ހެކިބަސްދީފައިވާ
އޭގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
، ދިވެހި
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
ވެގެންއުޅޭގޮތް
އަޙްމަދު އައިމަން އޭނާ އެ ގެސްޓްހައުސްއަށް ދިޔައީ ނިޝާނާ މުޙައްމަދު ކިޑްނެޕްކޮށްފައިވާކަމުގެ
މައުލޫމާތު ލިބިގެން އޭނާ ސަލާމަތްކުރަންކަމަށާއި، އަޙްމަދު އައިމަން އެތަނަށް ދިޔައިރު ދޮންތައާ ދެން ހުރި
އަންހެންކުއްޖާ ހުރީ ރޮވިފައިކަމަށާއި، އަޙްމަދު އައިމަން އެމީހުންގާތު މިއައީ ޝިފާޢު ފޮނުވައިގެންނޭ
ކިހިނެއްހޭވީ އަހައި ސުވާލުކުރިކަމަށާއި، ނަމަވެސް އެމީހުން ޖަވާބު ނުދޭކަމަށާއި، އަޙްމަދު އައިމަން
ސާފުކުރަން މަސައްކަތްކޮށް ޝިފާޢު ގުޅާތޯ މަޑުކުރިކަމަށާއި، އަދި އަޙްމަދު އައިމަންގެ އަތަށް
އެކޮތަޅު ދިނުމުން އެއީ ކީއްކުރާ އެއްޗެއްހޭ އަހައި ސުވާލުކުރުމުންވެސް
އެއްވެސް އެއްޗެއް އެދެމީހުން
ނުބުނާކަމަށް ބުނެ، އަޙްމަދު އައިމަން އެތަނުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާކަން ދޭހަވާފަދައިން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވާއިރު، މިމައްސަލާގައި ހެކިބަސްދިން
ޕޮލިހުންގެ ހެކިބަސްތަކަށް ބަލާއިރު، އެކޮތަކާބެހޭގޮތުން އަޙްމަދު އައިމަންއާ ސުވާލުކުރުމުން އެއީ ޝަމްޢާ
އެއްލާލަންދިން އެއްޗެއްކަމަށް އަޙްމަދު އައިމަން ބުނިކަމަށްބުނެ ހެކިބަސްދީފައިވާކަން ފާހަގަކުރެވޭކަމާއި، އަދި
ޕޮލިސް ލާންސްކޯޕްރަލް މުޙައްމަދު ޝިފާޢުގެ ހެކިބަހުގައި ކޮތަޅު ހިފައިގެން ވަރަށް އަވަހަށް އެކޮތަޅު ބަލާއައި
މީހަކު ހިނގާގަތްކަން އެނގޭކަމަށް ބުނެފައިވާކަމާއި، އަދި މިމައްސަލާގައި ހެކިބަސްދީފައިވާ ޕޮލިސް ލާންސް
ކޯޕްރަލް ނާދާ ޢަބްދުލްހާދީގެ ހެކިބަހުގައި ދޮރުގައި ޓަކިޖެހުމުން ޝަމްޢާ އެތަކެތި ބަލާ އައިކަމަށް ބުނި
އަޑުއެހި ކަމަށް ބުނުމުގެ އިތުރަށް އެތަނުގައި އަޙްމަދު އައިމަން އެބަޔާންކުރާފަދަ ވާހަކަތަކެއް ދެކެވުނުކަ
އަދި އަޙްމަދު އައިމަން ބުނާފަދައިން އެތަނުގައި އޭނާ މަޑުކޮށްގެން ހުރިކަމަށް ބަޔާންކޮށްފައިނުވާކަން
ފާހަގަކުރެވޭއިރު، އަޙްމަދު އައިމަން އެތަނަށް ދިޔައީ އެމަސްތުވާތަކެއްޗާ ޙަވާލުވާން ނޫންކަމަށާއި
ކިޑްނެޕްކޮށްފައިހުރި މީހަކު ސަލާމަތްކުރަންކަމަށް އަޙްމަދު އައިމަންގެ ފަރާތުން ބުނިނަމަވެސް، އަޙްމަދު
އައިމަންގެ ޢަމަލުން އެކަން ފާހަގަކުރެވިފައިނުވާކަން އިސްވެދެންނެވުނު ހެކިންގެ ހެކިބަހުންނާއި އަޙްމަދު
އައިމަން ޢަމަލުކުރިގޮތްކަމަށް ބުނެ އަޙްމަދު އައިމަން ބަޔާންކުރި ވާހަކަތަކުންވެސް އެނގެންނެތްކަން
ފާހަގަކުރެވޭއިރު، އަޙްމަދު އައިމަން އެބަޔާންކުރާ ފަދަ ހާދިސާއެއް ކުރިމަތިވީނަމަވެސް، ކިޑްނެޕްކޮށްފައިވާ
މީހަކު ސަލާމަތްކުރުމަށް އުމުރުން 15 އަހަރުގެ ކުއްޖަކު ގޮސްދާނެކަމަށް ޤަބޫލުނުކުރެވޭކަމާއި، އަދި އެފަދަ
atގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެނ 8=ންނަކަމެވެ.
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
ހއ ، 4
27#
ހާދިޘާއެއް ދިމާވިނަމަވެސް އެއުމުރުގެ ކުއްޖަކު ޢަމަލުކުރަންވާނެ ގޮތަކީ އެހާދިޘާއެއް ހިނގާފައިވާކަމަށް ބުނާ
ތަނަށް ދިއުމުގެ ބަދަލުގައި ދައުލަތުގެ މުއައްސަސާތަކަށް އެކަން ރިޕޯޓުކޮށް އެފަރާތްތަކުގެ
އެހީތެރިކަމަށް އެދުންކަމާއި،
މީގެއިތުރުން އެހާދިސާ ހިނގާފައިވަނީ އަޙްމަދު އައިމަންގެ އުމުރުން 15 އަހަރުގައިކަމަށާއި، މިފަދަ
ޙާދިސާއެއް 15 އަހަރުގެ ކުޑަކުއްޖަކާ ދިމާވުމުން 15 އަހަރުގެ ކުޑަ ކުއްޖެއްގެ ޢުމުރާ އެޢުމުރުގެ ކުއްޖެއްގެ
ވިސްނުމާ ހާލަތަށް ބަލާފައި އެފަދަ ކުއްޖަކު ޢަމަލުކޮށްފާނެ ގޮތަކާމެދު އެއްގޮތަކަށްވެސް ވިސްނާނުލާ މައްސަލަ
ނިންމާފައިވުމަކީ ޖިނާޢީ މައްސަލަތައް ބެލުމުގައި ޝަރުޢީ އަދި ޤާނޫނީ އުޞޫލުން މައްސަލަ ސާބިތުކުރުމުގައި
ބަލަންވާވަރަށް ނުބަލާ ނިންމި ނިންމުމެއް ކަމަށް އަޙްމަދު އައިމަންގެ ފަރާތުން ބުނެފައިވާ ބުނުމަށް ބަލާއިރު،
ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ
ޤަވާއިދަށް ބަލާއިރު، ކުއްޖާގެ އުމުރުން 10 އަހަރު ފުރުނީއްސުރެ 15 އަހަރާ ހަމައަށް ކުށުގެ ޖިނާއީ
މަސްޢޫލިއްޔަތު އުފުލަންޖެހޭ ޖިނާއީ ކުށްތަކުގެ ތެރޭގައި މަސްތުވާތަކެއްޗާބެހޭ ހު،
ހުރިހާ ބާވަތެއްގެ މައްސަލަތަކެއް
ހިމެނޭކަމާއި، އަދި އެޤަވާއިދުގެ 6 ވަނަ މާއްދާގައި ކުއްޖާގެ ޢުމުރުން 15 އަހަރު ފުރުނީއްސުރެ 18 އަހަރު
ފުރުމާ ހަމައަށް އެކުއްޖާ ކުރާ ހުރިހާ ބާވަތެއްގެ ކުށުގެ ޖިނާއީ މަސްޢޫލިއްޔަތު އެކުއްޖާ އުފުލަންޖެހޭކަމަށް
ބަޔާންކޮށްފައިވާކަން އެނގެންއޮންނައިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ޖުވެނައިލް ކޯޓުގެ ޤަޟިއްޔާގައި
ހުށަހެޅުނު ދަޢުވާ އަޙްމަދު އައިމަންގެ މައްޗަށް ސާބިތުވެ، އެޤަޟިއްޔާއިން އަޙްމަދު އައިމަންގެ މައްޗަށް އަދަބު
ކަނޑައެޅުމުގައި، އަޙްމަދު އައިމަންއަކީ އުމުރުން 18 އަހަރު ނުފުރޭ ޤާނޫނީ ގޮތުން ކުޑަކުއްޖެއްކަމުގައިވާތީ
އެކަމުގެ މައްޗަށް ބައްލަވައި ޤާނޫނުން އަޙްމަދު އައިމަންއަށް ލިބިދޭ ލުއި އަޙްމަދު އައިމަންއަށް
ލިބިދީފައިވާކަން ޖުވެނައިލް ކޯޓުގެ ނަންބަރު 2011/Jv
-
C/32 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން
OXOC
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/93
486ޑ ه
ހއބ
· 4
(ބ) ފަސްވަނަ ކަމަކީ، 2008 ގައި ފާސްވެ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މީހަކު
ކުށެއް ކުރިކަމަށް ބަލަންވާނީ އެކަށީގެންވާ ޝައްކެއްނެތި އެމީހާ ކުށްކުރިކަމުގައި ސާބިތުވެގެން ކަމުގައި
ބުނެފައިވާއިރު، ޤާނޫނަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ ފާސްވުމުގެ ކުރިން ހެދިފައިވާ
ޤާނޫނަކަށްވެފައި އެޤާނޫނުގެ 6 ވަނަ މާއްދާއަކީ މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުއަސާސީ ފުށުއަރާ
މާއްދާއަކަށް ވާއިރުވެސް، ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވާ ޙުކުމް ކުރައްވާފައިވާކަމަށް
ބުނެ އަޙްމަދު އައިމަންގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
ޖިނާއީ މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތަކުގައި ދަޢުވާ
ސާބިތުވާކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ މިންގަނޑަކީ، އެމީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގެންއޮންނަކަމާއި، ޤާނޫނު ނަންބަރު 24/76 ހެއްކާބެހޭ ޤާނޫނުގެ 6
ވަނަ މާއްދާގައި، ހަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން
އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ އެފަދަ ޚާއްޞަ
ޙާލަތަކަށް ކަނޑައަޅާފައިވާ އުޞޫލެއްގެމަތިން އެކަމެއްގެ ޙަޤީޤަތް ޘާބިތު ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން
ނިންމިދާނެކަމަށް ބަޔާންވެގެން އޮންނައިރު، މިދެންނެވުނު ދެމާއްދާ އެކުއެކީގައި ކިޔުމުން މިދެމާއްދާގައި
ފުށުއެރުމެއް އޮތްކަމުގައި ނުބެލެވޭކަމާއި، އެހެން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކުށް
ސާބިތުވާކަމަށް ނިންމަންޖެހެނީވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ފަދައިން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި އެކުށް ސާބިތުވާން އޮންނަ ޙާލަތްތަކުގައިކަމާއި، މިކަން މިގޮތަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 82/HC-A/2013 ޤަޟިއްޔާގައި އެވާފައިވާކަން އެނގެންއޮންނައިރު،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ކަން ހިނގާފައިވާގޮތްކަމަށް ބުނެ އަޙްމަދު އައިމަންގެ
ފަރާތުން ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށާއި، މިމައްސަލައާ ގުޅިގެން ހެކިބަސް އަދާކޮށްފައިވާ ފަރާތްތަކުގެ
ހެކިބަހަށް ބަލާއިރު، އަޙްމަދު އައިމަންގެ މައްޗަށް ދައުލަތުން ކުރި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ހދ 98 ހ2 4ދ 2 ތ 8
ބަނކުރއ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
19
2013/HC-A/93
ccc
ދިވެހިރާއްޖެއަށް އެތެރެކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ
ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) ގައި ވާފަދައިން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
ހުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ޖުވެނައިލް ކޯޓުގެ ނަންބަރު
2011/JV
-
C/32 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތީން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv