ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/19 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بمانان سراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 19/HC-A/2016
• އިސްތިއުނާފުކުރި ފަރާތް:
*ނަން: ދިވެހި ދައުލަތް (ސިވިލް ސަރވިސް ކޮމިޝަން) * ދާއިމީ އެޑްރެސް: ވެލާނާ ބިލްޑިންގ
އައިޑީ ކާޑު ނަންބަރު:
އިސްތިއުނާފު ރައްދުވި ފަރާތް:
*ނަން:ޢަލީ ފިރާޤް
އައިޑީ ކާޑު ނަންބަރު:
ދާއިމީ އެޑްރެސް: ޗަމަން ތ.ހިރިލަންދޫ
: ދާއިމީ އެޑްރެސް: ޗަމަން ތ.ހިރިލަންދޫ
ރު: A084814
• ރަޖިސްޓްރީ ކުރެވުނު ތާރީޚް:
19 ޖަނަވަރީ 2016
ނިމުނު ތާރީޚް: 13 މާރިޗް 2017
O
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2015/VTR/53
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު އަބްދުﷲދީދީގެ
ފަނޑިޔާރު އަބްދުﷲ ޙަމީދުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، "ޕަން: 3325029، ފެކްސް: A16471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2016/HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ:
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/53 މައްސަލަ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު
ކޮށްދިނުން އެދި ދައުލަތް (ސިވިލް ސަރވިސް ކޮމިޝަން) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ތ.ހިރިލަންދޫޗަމަން، ޢަލީ
ފިރާޤްއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/53 މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ތ.ހިރިލަންދޫޗަމަން، ޢަލީ ފިރާޤް (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު: A300670) 19 ޖޫން 2014 ގައި ޕޮލިހުގެ ބެލުމުގެ ދަށަށް ގެންދިއުމާއި
ގުޅިގެން އަދާކުރަމުން ދިޔަ ޓްރެއިންޑް ޓީޗަރގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަން މިނިސްޓްރީ އޮފް
އެޑިޔުކޭޝަނުން ޢަލީ ފިރާޤަށް އަންގަވާފައިވާކަން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުން ސިވިލް
ސަރވިސް ކޮމިޝަނުން ޢަލީ ފިރާޤް ވަޒީފާއިން ވަކިކޮށްފައިވާތީ ދާއިމީ ގޮތެއްގައި ވަޒީފާއަށް ނިކުމެވޭނެ
ގޮތް ހަދާދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 17 މެއި2015 ވަނަ ދުވަހު
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 816471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2016/HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެ މައްސަލާގައި ނިންމަވާފައިވަނީ، މި މައްސަލާގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ބެލުމުގެ ދަށަށް ގެންދެވުނު ތ.ހިރިލަންދޫ ސްކޫލުގެ އެހެން ޓީޗަރަކާއި މައްސަލަ ހުށަހެޅި
ތ.ހިރިލަންދޫޗަމަން، ޢަލީ ފިރާޤްއާ ދެމެދު ތަފާތު ކުރުން ގެންގުޅެފައިވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން
ބުނާއިރު، މައްސަލަ ހުށަހެޅި ޢަލީ ފިރާޤް އާ ތ.ހިރިލަންދޫ ސްކޫލުގެ އެހެން ޓީޗަރަކާ ދެމެދު ތަފާތުކުރުން
ގެންގުޅެފައިނުވާކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވިފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ، މައްސަލަ
ހުށަހެޅި ފަރާތާއި އެހެން މުވައްޒަފަކާ ދެމެދު ތަފާތުކުރުން ގެންގުޅެފައިނުވާކަން މައްސަލަ ރައްދުވި ސިވިލް
ސަރވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައަޅައި، އަދި މައްސަލަ ހުށަހެޅި ޢަލީ ފިރާޤް
ވަޒީފާއިން ވަކިކުރެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި 19 ޖޫން 2014 ގައި މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފައިވާތީ، އެ ޢަމަލަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 2010
ގެ 215 ވަނަ މާއްދާގެ (ނ) ގެ 11 ވަނަ ނަންބަރުގެ ދަށުން ވަޒީފާއިން ވަކިކުރެވިދާނެ
ސަބަބެއްކަމުގައިވާތީކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއި
ޢަދުލުވެރިކަން ޤާއިމްކުރުމަށް ފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމަވާފައިވާ
ވަޒީފާއާބެހޭ މައްސަލަތަކުން އެނގެން އޮންނައިރު، ޢަލީ ފިރާޤްއާމެދު ތުހުމަތު ކުރެވުނު ކަންކަން މަދަނީ
މިންގަނޑަކުން އެކަށީގެންވާ މިންވަރަށް މައްސަލަ ރައްދުވާ ފަރާތުން ބަލާފައިނުވާކަމާއި، އޭނާ ވަޒީފާއިން
ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަ ކޮށްފައިވާކަން ސާބިތުވާ
މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، އަދި ސިވިލް ސަރވިސް ކޮމިޝަނުން މައްސަލަ ހުށަހެޅި
ފަރާތާމެދު ތަފާތުކުރުން ގެންގުޅެފައިނުވާކަން ސާބިތުކޮށްދެވިފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޢަލީ ފިރާޤް ވަޒީފާއިން ވަކިކުރުމުގެ ކުރިން
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: S3j47
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2016/HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށާއި،
އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން
ވަކިކުރި ތާރީޚުން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައް ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންވާ މުސާރައާއި
ޢިނާޔަތްތަކުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި އަމުރުކޮށް
ކަން އެނގެން އޮންނަކަމެވެ.
-02
53VTR/2015
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
(ހ) ފުރަތަމަ ނުކުތާއަކީ: ޢަލީ ފިރާޤް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާޢީ އަދި
މަޢުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމެއް ނެތި ކަމަށް ބުނެފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު
2010 ގެ 216 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތް ކުރުމެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ޢަލީ ފިރާޤް ވަޒީފާއިން ވަކިކޮށްފައިވަނީ އިދާރީ ތަޙްޤީޤައް
ހިންގުމަކާ ނުލައި ކަމަށް މައްސަލަ ބެއްލެވި މަޖިލީހުން ނިންމަވާފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ
ޤަވާއިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 11 ވަނަ ނަންބަރަށް ރިޢާޔަތް ކުރުމެއް ނެތިކަމަށް
ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ހަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 47%35
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
2016/HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ތިންވަނަ ނުކުތާއަކީ، ޢަލީ ފިރާޤް ސަސްޕެންޑް ކުރެވިފައިވަނީ ދިވެހި ސިވިލް
ސަރވިސްގެ ޤަވާއިދު 2010 ގެ 225 ވަނަ މާއްދާގައިވާ ޙާލަތެއް މެދުވެރިގެން ކަމަށާއި ނަމަވެސް، އެ
މާއްދާގައި ބުނާ އިޖްރާޢަތްތަކުގެ ތެރެއިން އިޖްރާޢަތެއް ފުރިހަމަ ވެފައި ނެތީތީވެ އޭގެ ބަދަލު ޢަލީ
ފިރާޤަށް ދީފައިވާ ކަމުގެ ދަލީލު މައްސަލަ ބެއްލެވި މަޖިލީހަށް ހުށަހަޅާފައިވީނަމަވެސް، ޢަލީ ފިރާޤް
ސަސްޕެންޑް ކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 225 ވަނަ މާއްދާއާ ޚިލާފަށް
ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ
މާއްދާގެ ދަށުން ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކުޑަކުދިންނާއި ހަވާލުވެ އެކުދިންނަށް ޚިދުމަތް
ފޯރުކޮށްދޭންޖެހޭ މަސައްކަތެއް ކުރަންޖެހޭ ފަރާތަކުން ވީހިނދު، ޢަލީ ފިރާއަކީ ބުނެވިދިޔަ ރައްކާތެރިކަން
ފޯރުކޮށްދެވޭނެ ފަރާތެއް ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ނުފެންނަ ކަމަށް އެމިނިސްޓްރީގެ
ނަންބަރު 188
/
2014
/
126/D-22 (26 ޖޫން 2014) ސިޓީން ސިވިލް ސަރވިސް ކޮމިޝަނަށް
އަންގާފައިވާ ކަމުގެ ހެކި އަދި ޢަލީ ފިރާޤްގެ މައްޗަށް އެ މައްސަލައާ ގުޅިގެން ދަޢުވާކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު
G5
/
188
/
201509-171 (10 ޖޫން 2015) ސިޓީ ހުށަހަޅާފައިވަނިކޮށް، ވަޒީފާ އަލުން އަނބުރާ
ދިނުމަށް އަމުރު ކުރައްވާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ 215 ވަނަ މާއްދާގެ
(ނ) ގެ 11 ވަނަ ނަންބަރު އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3
ވަނަ ނަންބަރަށް ރިޢާޔަތް ކުރެއްވުމަކާ ނުލައިކަމަށް ބުނެ ހުށަހެޅި .
ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 8316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/19
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/53 މައްސަލަ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ތ.ހިރިލަންދޫ ޗަމަން، ޢަލީ ފިރާޤް، ތ.ހިރިލަންދޫ ސްކޫލުގައި
އަދާކުރަމުންދިޔަ ޓްރެއިންޑް ޓީޗަރ ވަޒީފާއިން 17 ފެބުރުވަރީ 2015 ގައި ވަކިކޮށްފައިވާ ކަމާއި، ޢަލީ
ފިރާޤް ވަޒީފާއިން ވަކިކުރި ސަބަބަކީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 215 ވަނަ
މާއްދާގެ (ނ) ގެ 11 ވަނަ ނަންބަރު އަދި އެގަވާއިދުގެ 214 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 5/2007) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ
OXO
ނަންބަރުގެ ދަށުންކަން ޢަލީ ފިރާޤް ވަޒީފާއިން ވަކިކުރެއްވި ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު
2015
/
244/CSC(2) (17 ފެބުރުވަރީ 2015) ޗިޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ތ.ހިރިލަންދޫ ސްކޫލުގެ ޓީޗަރ، އެރަށު ޗަމަން، ޢަލީ ފިރާޤުގެ
އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި ފުލުހުންގެ
ބެލުމުގެ ދަށުގައި އޭނާ ބަންދުކުރެވިފައިވާތީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަކިއެއްޗެއް އަންގަން ދެން
ޢަލީ ފިރާޤް ވަޒީފާއަށް ނުނުކުތުމަށް އެ މިނިސްޓްރީގެ ނަންބަރު 64
/
2014
/
13-MSG
)
22
-
SA
/
GS)
(24 ޖޫން 2014} މެސެޖުން ތ.ހިރިލަންދޫ ސްކޫލަށް އަންގާފައިވާ ކަމާއި އަދި އެ މިނިސްޓްރީގެ
ނަންބަރު 64
/
2014
/
31-MSG
)
22
-
SA
/
GS) (2 ޑިސެމްބަރު 2014) މެސެޖުން އަލް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، "ޕަން: 3325029، ފެކްސް:331471)
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
1
2016/HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
44
4;
ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރި ކުރުމުން އޭނާގެ ބޫޓުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 14
ރަބަރު ޕެކެޓް ފެނުމާ ގުޅިގެން 19 ޖޫން 2014 އިން 5 ޖުލައި 2014 އާ ހަމައަށް
ހައްޔަރުކުރެވިފައިވާ މައްސަލައާ ގުޅިގެން އެތަކެތި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއިން އޭނާގެ ބޫޓުން
ކަމަށާއި އެތަކެއްޗަކީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 11
ވަނަ ނަންބަރުގައި ބަޔާންކުރާ ހަރުދަނާ ޤަރީނާއެއް ކަމަށާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010
ގެ 216 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކަން ހިނގާފައިވާ ގޮތާ ގުޅޭ ގޮތުން ޖަވާބު ދާރީވުމަށް
7 ދުވަހުގެ ފުރުސަތެއް ޢަލީ ފިރާޤަށް ދިނުމަށްފަހު އެމުއްދަތުގެ ތެރޭގައި ޖަވާބުދާރީ ވެފައިނުވާނަމަ،
ވަޒީފާއިން ވަކިކުރުމަށް އެ މިނިސްޓްރީއަށް ހުށަހެޅުމަށާއި އަދި ޖަވާބުދާރީ ވެފައިވާނަމަ އެލިޔުމާއެކު
ހުށަހެޅުމަށް ތ.ހިރިލަންދޫ ސްކޫލަށް އަންގާފައިވާކަން އެނގޭއިރު،
އިސްވެ ބުނެވިދިޔަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މެސެޖަށް ޖަވާބުދާރީވުމުގެ ގޮތުން
18 ޑިސެމްބަރު 2014 ގައި އަލީ ފިރާޤް ތ.ހިރިލަންދޫ ސްކޫލަށް ފޮނުވާފައިވާ ލިޔުމަށް ބަލާއިރު، 19
ޖޫން 2014 ގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވީނަމަވެސް ހައްޔަރުކުރެވޭނޭ ފަދަ ކަމެއް
އޭނާ ކޮށްފައިނުވާނެ ކަމަށާއި، އޭނާއާ ބެހޭ ގޮތުން އާންމު ފަރާތަކުން ކޮށްފައިވާ ރިޕޯޓަކީ އޭނާއާމެދު
ރުޅިއަންނަ ކޮންމެވެސް ފަރާތަކުން ކޮށްފައިވާ ރިޕޯޓެއް ކަމަށާއި، ކޯޓު އަމުރެއްގެ
ދަށުން އޭނާ
ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށްފަހުގައި ކަމަށާއި، ފާސްކުރި
މިމުގައި ތެރެއިން މަސްތުވާއެއްޗެއް ފެނިފައި ނުވާ ކަމަށާއި، ނަމަވެސް، އޭނާ ހައްޔަރުކޮށް ޕޮލިސް
ސްޓޭޝަނަށް ގެންދިޔަ ފަހުން ޕޮލިހުން އެގެ ބަލައި ހެދިއިރު، ގޭތެރޭގައި ހުރި ބޫޓެއްގެ ތެރެއިން
މަސްތުވާއެއްޗެއް ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުނުކަމަށް އެމީހުން ބުނެފައިވާ ކަމަށާއި، އެއެއްޗެއް
ނެގީ ކާކުގެ ހާޒިރުގައި ކަމެއް ނޭނގޭކަމަށާއި، ގޭގެ މީހުންގެ ގާތުގައި އެވާހަކަ ބުނީ ޕޮލިހުން ކަމަށާއި
އެތަކެތި ނެގީ ގޭގެ އެއްވެސް މީހެއްގެ ހާޒިރުގައި ނޫން ކަމަށާއި، އަދި އެއެއްޗެއް ނެގީ އޭން ކޮޅުގައި
އެގެތުން
އެގޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331471)
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
2016/HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވެސް ނޫންކަމަށާއި، އޭނާ ދިރިއުޅޭ ގެއަކީ ޢަލީ ފިރާޤް އެކަނި ދިރިއުޅޭ ގެއެއްނޫން ކަމަށާއި، އަދި
ގޯއްޗަކީ ވަށާ ފާރުރޭނި ދޮރާށި ހަރުކޮށްފައިވާ ގެއެއް ނޫންކަމަށާއި، ގޭގެ ދެފަރާތުގެ ދޮރަކީ ދުވާލު އަދި
ރޭގަނޑުގައި ވެސް ތަޅުލާ ބަންދުކޮށްފައި ހުންނަ ތަނެއް ނޫންކަމަށާއި، އަދި ގޭތެރޭގައި ހުރި ބޫޓެއްގެ
ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށް ބުނާ ބޫޓަކީ ވެސް ޢަލީ ފިރާޤްގެ ބޫޓެއް ނޫންކަމަށާއި، އަދި
ޢަލީ ފިރާޤަށް ދައްކާފައިނުވާކަމަށާއި އަދި އެބޫޓާބެހޭ ގޮތުން ގޭގެމީހުން ކުރެވެސް އަހާފައި
ނުވާކަމަށާއި، އެބޫޓު ހުރި ގެއަކީ ގޭގެ ތަނަކަށް އެހެން މީހަކަށް އެއްޗެއް ލުމުގެ ފުރުޞަތު ވަރަށް ބޮޑަށް
އޮންނަ ގެއެއް ކަމަށާއި ޢަލީ ފިރާޤްގެ މައްޗަށް ކުރެވިފައިވާ ތުހުމަތާމެދު އިންކާރުކުރާ ކަމަށް
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ppsވ
44
OCCO
(ނ) ތިންވަނަ ކަމަކީ: ޤާނޫނު ނަންބަރު 02/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ 21
ވަނަ މާއްދާއަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި
ބަޔާންވެގެން އޮންނައިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ
ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން
ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
ބަޔާންވެގެން ވާކަން އެނގެން އޮންނަކަމާއި މީގެ އިތުރުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ
ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ އަދުލުވެރިކަމާއެކު
ކުރެވޭކަމެއްކަން ކަށަވަރު ކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލު ކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ
ފިޔަވަޅުތަކެއް ހުންނަކަމަށާއި، ޢާންމު އުސޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ-
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން substantive)
(fairness އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairness} ޤާއިމުކުރުމަށް ފަހުގައިކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: [51647/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/19
22-D/188/2014
ޢަލީ ފިރާޤް ވަޒީފާއިން ވަކިކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސިވިލް
ސަރވިސް ކޮމިޝަނަށް އަންގައި ފޮނުވާފައިވާ އެ މިނިސްޓްރީގެ ނަންބަރު 126
(26 ޖޫން 2014) ސިޓީއަށް ބަލާއިރު، ޢަލީ ފިރާޤް އާ މެދު ތުހުމަތު ކުރެވޭ މައްސަލައަކީ، ޓީޗަރެއްގެ
ކިބައިން ފެނިގެންވާނޭ ކަމެއް ނޫންކަމަށާއި، އަދި އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް
ޝައްކުކުރެވޭ އެއްޗެއް ފެނުމަކީ އެ މައްސަލައިގެ ސީރިއަސްކަން އިންތިހާއަށް ބޮޑުވާ ކަމެއް ކަމަށްވާތީ،
ޢަލީ ފިރާޤް ވަޒީފާއިން ވަކިކޮށްދިނުމަށް އެނގެން އޮންނަކަމާއި، އަދި އެ އެންގުމާ ގުޅިގެން ސިވިލް
ސަރވިސް ކޮމިޝަނުން ޢަލީ ފިރާޤް ވަޒީފާއިން ވަކިކޮށްފައިވާ ކަމާއި، އަދި އެގޮތަށް ޢަލީ ފިރާޤް
ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސަރވިސް ގަވާއިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 11
ވަނަ ނަންބަރާއި އެ ގަވާއިދުގެ 214 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ
47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން ކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ތ.ހިރިލަންދޫ ސްކޫލުގެ ޓްރެއިންޑް ޓީޗަރެއްގެ ވަޒީފާ
އަދާކުރަމުން ދިޔަ އެރަށު ޗަމަން ޢަލީ ފިރާޤް ވަޒީފާއިން ވަކިކުރުމުގައި ދިވެހި ސިވިލް ސަރވިސް
ކޮމިޝަނުން ޙަވާލާދެއްވާފައިވާ ސިވިލް ސަރވިސް ގަވާއިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 11
ވަނަ ނަންބަރުގައި ވަނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ހަރުދަނާ ޤަރީނާއެއްކަމުގައި ބަލާ
ގަރީނާއެއް ލިބިފައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ ގެންގުޅުނުކަމަށް ޤާނޫނީ ގޮތުން އެ ފަދަ
މައްސަލަ ބެލުން ޙަވާލުކުރެވިފައިވާ އިރާދާއަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ ސިވިލް ސަރވިސް
ކޮމިޝަނަށް ސާބިތުވުމަކީ އެންމެ ފުރަތަމަ ފަހަރުން ވެސް ސިވިލް ސަރވިސްގައި މަސައްކަތްކުރާ
މުއްވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ކަމާއި، އަދި އެ ގަވާއިދުގެ 214 ވަނަ މާއްދާގެ (ހ)
ގައި،ވަޒީފާއިން ވަކިކުރުމަކީ ކުށުގެ ދަރަޖައިގެ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން
ޙާދިވެހި
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:
3387ފަ،
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1)
2016/HC-A1g
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސަބަބުން އެކުށުގެ ކުޑަބޮޑު މިނަށް ބަލައި އެ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ކަމަކަށް
ނުވާނަމަ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާކުރުންކަމާއި، ޢަލީ ފިރާޤް ވަޒީފާއިން ވަކިކޮށްފައިވަނީ، ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުންކަން އެނގޭއިރު،
އެމާއްދާގައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި ދިވެހި
ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފްވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުން،
މިފަދައިން ކަން އެނގެން އޮންނައިރު،
ޢަލީ ފިރާޤް ދިރިއުޅެމުންދިޔަ ގޭގައި ހުރި ފުޓްބޯޅަ ކުޅޭއިރު އަރާ ކަހަލަ ބޫޓެއްގެ ކަނާތު
ކިބައިން ފެނުނު މަސްތުވާތަކެއްޗަކީ ޢަލީ ފިރާޤުގެ އެއްޗެއް ނޫންކަމަށާއި، އެބޫޓަކީވެސް ޢަލީ ފިރާޤުގެ
ބޫޓެއް ނޫންކަމަށާއި، އެގެއަކީ އާންމުކޮށް މީހުން ވަދެނުކުމެ އުޅެވޭ ގޮތަށް ހުރި ގެއެއް ކަމަށާއި އަދި
އެގޭގައި ދިރިއުޅެނީ ޢަލީ ފިރާޤް އެކަނި ނޫންކަމަށާއި، އެތަކެތި ފެނިފައިވަނީ ޢަލީ ފިރާޤުގެ ހާޒިރުގައި
އަދި އެގޭ އެހެންމީހެއްގެ ހާޒިރުގައި އެގެ ބަލައި ފާސްކުރިއިރުގައި ނޫންކަމަށާއި އަދި މަސްތުވާތަކެތި
ފެނުނު ބޫޓާ ޢަލީ ފިރާޤްއާ އެއްވެސް ސުވާލެއް ކޮށްފައިނުވާކަމަށް ޢަލީ ފިރާޤް ބުނެ މި
މައްސަލައިގެ އަސްލަށް އިންކާރުކޮށްފައިވާއިރު، ޢަލީ ފިރާޤް ދިރިއުޅޭ ގޭގެ ތެރޭގައި ހުރި ބޫޓެއްގެ
ތެރެއިން ފެނުނު މަސްތުވާތަކެއްޗާއި ގުޅުންހުރިކަމަށް ބެލެވޭނެ އެކަށީގެންވާ ހެއްކާއި ޤަރީނާ
ލިބިފައިވޭތޯ ޢަލީ ފިރާޤް ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމުގައި ބަލާފައިވާކަން މި
މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން ނެތްކަމެވެ.
2 3 44 4
ބެހޭޤީeނ
4 44
(ބ) ފަސްވަނަ ކަމަކީ: ތ.ހިރިލަންދޫ ސްކޫލުގެ ޓްރެއިންޑް ޓީޗަރެއްގެ ވަޒީފާ
އަދާކުރަމުން ދިޔަ އެރަށު ޗަމަން ޢަލީ ފިރާޤް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11
2016/HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްސަލައަކީ އޭނާ ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސް ކުރުމުން އޭނާ ފުޓް ބޯޅަ ކުޅޭ ބޫޓުގެ ކަނާތު
ކިބައިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 14 ރަބަރު ޕެކެޓް ފެނިފައިވުމާއި އެ މައްސަލައާ ގުޅިގެން
ޢަލީ ފިރާޤް 2014 ޖޫން 19 އިން 2014 ޖުލައި 05 އަށް ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އަންގާފައިވުމާ ގުޅިގެންކަން އެނގޭއިރު،
މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މައްސަލަ ތަޙްޤީޤު ކުރުމަށްފަހު، ދަޢުވާ
ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި 2015 ޖޫން 06 ވަނަ ދުވަހު މާލެ
ފޮނުވިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު G5
/
188
/
2015
/
9-171 (10 ޖޫން 2015)
ސިޓީގައި ސިވިލް ސަރވިސް ކޮމިޝަނަށް އަންގާފައިވާއިރު، އެ މައްސަލައިގައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ތަޙްޤީޤު ބަޔާންތަކާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވާ ނަމަ، އެ
އޮފީހުން ނިންމި ގޮތް 28 ސެޕްޓެމްބަރު 2016 ދުވަހުގެ 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ދައުލަތަށް އަންގާފައި ވީނަމަވެސް،
އެމުއްދަތު ފާއިތުވެ ދިޔައިރުވެސް އެމަޢުލޫމާތު ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިނުވާ ކަމާއި، ޢަލީ ފިރާޤުގެ މައްޗަށް ދަޢުވާކުރެވޭ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގައި އޮތްތޯ ޝަރީޢަތުގެ ފަރާތުން ބެލިބެލުމުން އެފަދަ މައްސަލައެއް އެއޮފީހުގައި ނެތްކަމަށް އެ
އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގާފައިވާތީ، ޢަލީ ފިރާޤްގެ މައްޗަށް ތުހުމަތު ކުރެވުނު
މަސްތުވާތަކެއްޗާއި
ގުޅުމެއް ނެތްކަމަށް ބެލުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭތީ، ޢަލީ ފިރާޤް
ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމަށް ޝަރީޢަތަށް ބޮޑަށް ބުރަވެވޭ
ކަމާއި އަދި މި މައްސަލާގައި ޢަލީ ފިރާޤް ވަޒީފާއިން ވަކިކުރެވިފައިވަނީ މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި އިޖްރާޢަތާ އެއްގޮތަށް ނޫންކަން އެނގެން އޮންނަކަމާވެއްޖޭގެ
=ތާ4
އ
OCCX
etc
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12
2016/HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދު
އެހެންކަމުން، ޤަޟިއްޔާ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/53 މައްސަލައިގައި އެޓްރައިބިއުނަލުން
ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
އެކުވެ
ދެންފަހެ، އިސްވެ ބަޔާން ކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2015/VTR/53 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2015/VTR/53 މައްސަލާގައި ނިންމަވާފައިވާ ނިންމުމަށް ތާއީދުކޮށް، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
މެއީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv