ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/345 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/345
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 345/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތްތައް:
* ނަން: ލިލީ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 61
/
93-C
* ދާއިމީ އެޑްރެސް: ފ.ފަސްމީރު ބިލްޑިންގ
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: މުހައްހަދު ޢަބްދު
ދ.ރ.ކ. ނަންބަރު:
ދާއިމީ އެޑްރެސް: ދަސްލާކު/ ގދ.ގައްދޫ
ހާރުގެ އެޑްރެސް: ހ.ސީސަންވިލާ ކ.މާލެ
A140743
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 މުޙައްރަމް 1437
22 އޮކްޓޯބަރު 2015
-ނިމުނު ތާރީޚް: 01 ޖުމާދަލްއާޚިރާ 1438
28 ފެބުރުވަރީ 2017
etc
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2015/VTR/28
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅުނު ތާރީޚް: 10 މާރިޗު 2015 ނިމުނު ތާރީޚް:
17 އޯގަސްޓް 2015
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު:ޢަބްދުﷲދީދީ، ފަނޑިޔާރު: ޢަބްދުއްރައޫފު
0
2 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 21642
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
ފޯ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/345
ހެ2ތކުއެއެގެން
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/28 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއް
ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފް ކޮށްދިނުން އެދި ލިލީ
ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ހެނހެޅެމުން
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ، ގދ.ގައްދޫ ދަސްލާކު، މުހައްމަދު ޢަބްދު
އެވެ.
4,073
އެކުއެ
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/28 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، މުހައްމަދު އަބްދުﷲ، ދަސްލާކު، ގދ. ގައްދޫ (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A140743) 2 ޑިސެމްބަރު 2011 އިން ފެށިގެން ލިލީ ބީޗް ރިސޯޓް އެންޑް
ސްޕާގައި ފްރަންޓް އޮފީސް އޭޖެންޓެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް އެއްވެސް ނޯޓިސްއެއް ދިނުމަކާނުލައި
24 ޑިސެމްބަރ 2014 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ
ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާ އަނބުރާ ހޯދުމަށާއި އަދި ވަޒީފާއިން ވަކިކުރި ތާރީޚުން
ފެށިގެން މި މައްސަލަ ނިމޭ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތަކާއި އެހެނިހެން
ޢިނާޔަތްތައް ހޯދުމަށްއެދި، ލިލީ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް ރަށްދުވާގޮތަށް ގދ.ގައްދޫ ދަސްލާކު
މުހައްމަދު ޢަބްދުﷲ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ
ހުށަހެޅި ފަރާތުންނާއި، މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ހެކިންގެ ހެކިބަހަށާއި،
މައްސަލަބެލި މަޖިލީހުގައި ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި މުހައްމަދު
ޢަބްދުﷲ، 2 ޑިސެމްބަރ 2011 އިން ފެށިގެން ލިލީ ބީޗް ރިސޯޓް އެންޑް ސްޕާގައި
އޭޖެންޓެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް އެއްވެސް ނޯޓިހެއް ދިނުމަކާނުލައި 24 ޑިސެމްބަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް647
p
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/345
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ މައްސަލަ ރައްދުވި
ފަރާތުގެ ޒިންމާއަކަށްވީހިނދު، އެކަން މައްސަލަ ރައްދުވި ލިލީ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް
ސާބިތުކޮށްދެވިފައިނުވާތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
މައްސަލަބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް މުހައްމަދު ޢަބްދުﷲ ވަޒީފާއިން
ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ
ރައްދުވި ކުންފުނީގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުން
ފެށިގެން އޭނާގެ ވަޒީފާގެ ކަންތައް ހަމަޖެހޭ ދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި މުހައްމަދު
ޢަބްދުﷲ އަށް ލިބެންޖެހޭ ފައިސާ، މިއަދު (17 އޯގަސްޓް 2015) އިން ފެށިގެން، 14 (ސާދަ) ދުވަހުގެ
އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި މުހައްމަދު ޢަބްދުﷲ އަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 3
(ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
ހޮޓެލްސް ޕްރައިވެޓް
ލިމިޓެޑަށް އަންގާ އަމުރުކުރަމެވެ."
މިފަދައިންނެވެ.
44
ucoc
ޑ 4ދ
0ރގއ
ޏ ސ ޑ 4
އެންގުމަށް ލިލީ
I
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/28 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން އެދި ލިލީ
ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި:
CO
6
8
2
4 އދ
އެލެންވެދާން ފަދަ
ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފް ރައްދުވާ ފަރާތުން ހިންގާފައިވާ ޢަމަލުތަކަކީ ރިސޯޓްގެ
ވިޔަފާރިއަށާއި ރިސޯޓަށް
ޢަމަލުތަކެއްކަން ސާބިތުކޮށްދެވިފައިނުވާކަމަށް
ކަނޑައަޅުއްވާފައިވާއިރު، މުހައްމަދު އަބްދުﷲގެ ފަރާތުން ފެނިފައިވާ ޢަމަލުތަކަކީ ރިސޯޓަށް ގެއްލުން
ވެދާނެފަދަ ޢަމަލުތަކެއްކަން ސާބިތުކުރުމަށް، މައްސަލައާ ގުޅިގެން ލިލީ ހޮޓެލްސް ޕވޓ އާއި
މުހައްމަދު އަބްދުﷲ ގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ފުރިހަމަ ހަމައަށް ރިޢާޔަތްކޮށްފައިނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 11 ދިވެހިންވެ1
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
بسم ام بي
2015/HC-A/345
0
• ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ މުހައްމަދު ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގެ
މައްސަލާގައި އިދާރީގޮތުން ހިންގާފައިވާ ތަޙްޤީޤް ހިންގާފައިވަނީ ހަމައެކަނި ހިގައިދިޔަ ހާދިސާގެ މައްޗަށް
ނޫންކަމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 40/HC-A/2012 ޤަޟިއްޔާއާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
33
ތިންވަނަ ނުކުތާއަކީ، އިސްތިއުނާފު މިކުރެވޭ މައްސަލާގައި އިޖުރާޢީ އަދުލުވެރިކަން ޤާއިމް
ކުރެވިފައި ނުވާކަމަށް ކަނޑައެޅުއްވުމުގައި ދިވެހިރައްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC-A/2010
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށް ރިޢާޔަތްކޮށްފައިވުމުގެ އިތުރުން، އިސްތިއުނާފު
ރައްދުވާ ފަރާތަށް މައްސަލާގެ ޖަވާބުދާރީ ވުމުގައި ފުރިހަމަ ވަގުތު ދެވިފައި ނުވާކަމަށް ނިންމުމުގައި
އެއްވެސް ކަހަލަ ޤާނޫނީ އަސާސަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ހަމައެކަނި ބުނެފައިވާ
ބުނުންތަކެއްގެ މައްޗަށް އެކަންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައިވާ ހާލުވެސް އިތުރު
ނެތި މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައި ވަނީ ޢަދާލަތުގެ ހަމަތަކާއި ޚިލާފަށްކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
8 446
OCOC
އައިފި
03- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/28
މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ލިލީ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް
ނޮއެއް ފާހަގަކުރެވެއވެ.
(ހ) ފުރަތަމަކަމަކީ، ގދ.ގައްދޫ ދަސްލާކު މުހައްމަދު ޢަބްދުﷲ އަކީ 02 ޑިސެމްބަރ
2011 އިން ފެށިގެން ލިލީ ބީޗް ރިސޯޓް އެންޑް ސްޕާގައި ފްރަންޓް އޮފީސް އޭޖެންޓެއްގެ
ވަޒީފާއަދާކުރަމުންދިޔަ މުވައްޒަފެއްކަމާއި، 24 ޑިސެމްބަރ 2014 ގައި މުހައްމަދު ޢަބްދު
އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވާކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ
އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން
=
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް/2f171
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/345
ބަޔާންވެގެން
އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި އޮންނަކަމާއި، މުހައްމަދު ޢަބްދުﷲ ވަޒީފާއިން
ވަކިކޮށްފައިވަނީ 22 ޑިސެމްބަރ 2014 ވަނަ ދުވަހުގެ ރޭގަނޑު އޭނާގެ ޑިއުޓީގެ ގަޑީގައި ރިސޯޓުގެ
ފްރަންޓް އޮފީސް އޭރިޔާ (ލޮބީ އޭރިޔާ) ގައި ހުރި ސޯފާގައި މުމައްހަދު ޢަބްދުﷲ ނިދައި އެތަނުގައި
ކައިބޮއި ހަދާފައިވާކަން އެރިސޯޓުގެ ފަރާތުން ކުރި އިދާރީ ތަޙްޤީޤަކުން ސާބިތުވާން އޮތުމުން، މުހައްމަދު
ޢަބްދުﷲގެ މި ޢަމަލުތަކަކީ އެކަމުގެ ސަބަބުން ރިސޯޓުގެ އަގު ގެސްޓުންގެ ކުރިމަތީގައި ވެއްޓި ރިސޯޓުގެ
ވިޔަފާރިއަށް ބުރޫއަރާފާނެ ފަދަ ޢަމަލުތަކެއް ކަމުގައިވާތީއާއި، އެފަދަ ޢަމަލުތަކަކީ ގެސްޓުންގެ ސަލާމަތާއި
ރިކަމަށް ނުރައްކާ އޮތް ޢަމަލުތަކެއްކަމުގައިވާތީ، މުވައްހަދު ޢަބްދުﷲ އިތުރަށް ވަޒީފާގައި
ވަޒީފާދިން ފަރާތަށާއި ވަޒީފާ އަދާކުރާތަނަށް ގެއްލުންތަކެއް ލިބޭ
ލިބޭނެ ޢަމަލުތަކެއްކަމުގައި ދެކޭތީ
ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެމާއްދާއަށް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ރއކ ބރ
cut
4
ޑ ވ 3ދ
ޖެހެއެ2eކ
ޓ ޑޖ 2
0 ޑ ވ މ 8
می برمی مسلم کو مستر
3
(ނ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއި
އެމާއްދާއަކީ ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތުތައް
ބަޔާންކޮށްދޭ މާއްދާކަމާއި، މިގޮތުން ނޯޓިހެއް ދިނުމަކާއި ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ
އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ
ހަމަތަކަށް ބަލާއިރު، ކުރެވޭނެކަމެއްކަމަށް ވަޒީފާދޭފަރާތަށް ނުފެންނަ ޙާލަތުގައި ކަމަށް އެމާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު
ފުރިހަމަވޭތޯ ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
އެކަށީގެން ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު
ޚިޔާނާތްތެރި ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2)
އަށް ބެލުމުން އެނގޭކަމާއި، މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ
އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ރަޒީ ފެދޭ
4/
4(
،
3?i E
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2015/HC-A/345
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަރާތުން ތަޠުބީކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެ
ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
މީގެ އިތުރުން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ އުޞޫލަށާއި، މުޅި އެޤާނޫނުގެ
ރޫޙަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު
ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ އެކަށީގެންވާ ހަމައެއްކަން ސާބިތުކުރުމަކީ
ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމުގައި ބަލަންޖެހޭއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ
ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިންވަކިކުރި ކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭ
އެށަވަރުކުރުމަށްޓަކަ
ވަޒީފާދޭފަރާތުން
ނުވަތަ އަޅަންޖެހޭ
ހުންނަކަމަށާއި،
ޢާންމު އުޞޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި
ނިންމި ނިންމުމުގައި މަޢުޞޫޢީ ޢަދުލުވެރިކަން
(substantive fairness) އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairmess) ޤާއިމުކުރުމަށް
ފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ހހ22 ދ ތޑ 4
ސްމެއެކަން
ޢަމަލުކުރަންޖެހޭ
45 ހޑ 8
ގޮތްތަކެއް
etc)
ފި 018ކއި
ދ ޏ އ ވ މ / ތތ
ބެހެއްޓުމުން
ކުޅަ
(ނ) ތިންވަނަކަމަކީ، މުވައްޒަފަކު ވަޒީފާގައި އިތުރަށް ވަޒީފާދޭ ފަރާތަށް ނުވަތަ
ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ
މަސައްކަތުގެ އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމާ ނިންމުމުގައި، މުވައްޒަފުގެ ފަރާތުން
ޢަމަލުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާ ޖިނާއީ މިންގަޑުން ސާބިތުވުމަކީ ލާޒިމުކަމެއް ނޫންކަމާއި، މިޙާލަތުގައި ވަޒީފާދޭ ފަރާތުން
ބަލަންޖެހޭނީ، އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޢަމަލަކާއި ގުޅިގެން ވަޒީފާދޭ ފަރާތުން ކުރާ
ތަޙްޤީޤަށް މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަމެއް ސާބިތުކުރަން އޮންނަ މިންގަނޑުތަކުން
އެކަމެއް ސާބިތުވޭތޯކަމާއި، އެމިންގަނޑަކީ އެމައްސަލައަކާ ގުޅިގެން ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް
ވަޒަންކޮށް ބަލާއިރު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކުރުން (balance of probabilities)
ކަން އެނގޭކަމާއި، މިމައްސަލައާއި ގުޅިގެން މުހައްމަދު ޢަބްދުﷲ ގެ މައްޗަށް ތުހުމަތު އުފައްދާ ލިލީ
ހޮޓެލްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ކަންކަމަށާއި، އެކަންކަމާއި ގުޅިގެން މުހައްމަދު ޢަބްދު
ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ދެއްކިވާހަކަތަކާއި ހުށަހެޅުނު ހެކިންގެ ބަހަށާއި ލިޔުންތަކުގެ
މައްޗަށް ބެލިއިރު، މުހައްމަދު ޢަބްދުﷲ ގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ އޭނާ ވަޒީފާއަދާކުރަމުޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3/1
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
h، ޓެން)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/345
އެއްގެ މައްޗަށް
OCCOOC
ރިސޯޓްގެ ފްރޮންޓް އޮފީހުގައި ރޭގަނޑު ޑިއުޓީގައި ހުރެ އެތަނުގައި ނިދާފައިވާކަން އަދި އެތަނުގައި
ކައިބޮއި ހަދާފައިވާކަން މި މައްސަލާގައި ކުރެވުނު އިދާރީ ތަޙުޤީޤުން ސާބިތުވާތީ، މި ޢަމަލުތަކަކީ އޭގެ
ސަބަބުން ރިސޯޓްގެ އަގު ގެސްޓުންގެ ކުރިމަތީގައި ވެއްޓި ރިސޯޓްގެ ވިޔަފާރިއަށް ބުރޫ އަރާފާނެ ފަދަ
ޢަމަލުތަކެއް ކަމުގައި ވާތީއާއި، އަދި އެފަދަ ޢަމަލުތަކަކީ ގެސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް
ނުރައްކާއޮތް ޢަމަލުތަކެއް ކަމުގައި ވާތީއާއި، އޭނާ އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ ވަޒީފާދޭފަރާތަށާއި
ވަޒީފާއަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެފަދަ ޢަމަލުތަކެއް ކަމަށް ބެލެވިގެންކަން އެނގެން އޮންނައިރު،
މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުން މުހައްމަދު
ޢަބްދުﷲ ރިސޯޓުގެ ފްރޮންޓް އޮފީހުގެ ޑިއުޓީ ގަޑީގައި ނިދާފައި އޮތްކަން އެނގެން އޮންނައިރު، އެތަނުގައި
ކައިބޮއި ހެދިކަމަށް މުހައްމަދު ޢަބްދުﷲ އިންކާރުނުކުރާކަމާއި، މީގެ އިތުރުން މި މައްސަލާގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުގައި، ރިސޯޓެއްގެ ލޮބީ އޭރިއާގައި ކައިބޮއި ހެދުމަކީ
ރަނގަޅު ކަމެއް ނޫންކަމަށާއި އެ އަމަލުތަކަކީ އޭގެ ސަބަބުން އެތަނުގެ އަގު ގެސްޓުންގެ ކުރިމަތީގައި
ވެއްޓިދާނެ ފަދަ ޢަމަލުތަކެއް ކަމުގައި ޤަބޫލުކުރާކަމަށާއި، މިރިސޯޓްގެ ފްރަންޓް އޮފީހުގެ ނައިޓް ޑިއުޓީގައި
ހުންނަނީ އެންމެ މީހަކު ކަމަށާއި އެމީހަކީ ރިސޯޓްގެ 350 މުވައްޒަފުންނާއި ގެސްޓުން އެމީހެއްގެ
ޑިޕެންޑްވެގެން ހުންނަ މީހެއްކަމަށާއި، ރިސޯޓްގެ ނައިޓް ޝިފްޓްގައި މީހަކު ބަހައްޓާފައި ހުންނަނީ ވަރަށް
ގިނަ ސަބަބު ތަކާހެދިކަމަށާއި، މިސާލަކަށް ރިސޯޓް ރޭގަނޑު ޑިއުޓީގައި ހުންނަ މީހަކު ނިދާފައި އޮއްވާ
ވޯޓަރ ވިލާ ރޫމެއް ކަހަލަ ތަނެއްގައި ރޯވެއްޖެނަމަ އެ ރޫމްގައި ހުންނަ ގެސްޓްމީހާ ކިތަންމެ ވަރަކަށް
ފްރަންޓް އޮފީހަށް ގުޅިޔަސް ފޯނަށް ޖަވާބު ނުދެވޭނެކަމަށާއި، ރިސޯޓްގެ ނައިޓް ޑިއުޓީގައި ހުންނަ މީހަކު
ނިދާފައި އޮތުމަކީ އޭގެ ސަބަބުން ގެސްޓުންގެ ސަލާމަތަށް ނުރައްކާ އޮތްކަމެއްކަމަށް
.އްކަމަށް ބުނެފައިވާކަން
އެނގެން އޮންނައިރު، މުހައްމަދު ޢަބްދުﷲ ވަޒީފާއަދާކުރަމުން ދިޔައީ ރިސޯޓެއްގައި ކަމާއި، އެފަދަ
ތަންތަންނަކީ ޚިދުމަތުގެ ގޮތުން ބަލާއިރު އެންމެ މަތީ ފަންތީގެ ޚިދުމަތްތައް މުވައްޒަފުންގެ ފަރާތުން
އިންޑަސްޓްރީއެއްކަމުގައިވާއިރު، ރިސޯޓަށް އަންނަ ގެސްޓުންގެ ޚިދުމަތުގައި ތިބޭ މުވައްޒަފުން،
އެ ގެސްޓުންނަށް ޚިދުމަތް ދޭންތިބޭ ގަޑީގައި އެ ޚިދުމަތަށް ބުރޫ އަރާގޮތަށް ޢަމަލު ކުރުމަކީ މަސައްކަތުގެ
އަޚްލާޤާ އެކަށީގެން ނުވާ ކަމެއްކަމުގައި ބެލެވެން އޮންނައިރު، އަދި ރިސޯޓުގެ ގެސްޓުންނަށް ޚިދުމަތް ދޭން
ރޭގަނޑު ޑިއުޓީގައި ހުންނަ ހަމައެކަނި މުވައްޒަފު ޚިދުމަތް ދޭ ގަޑީގައި ނިދާފައި އޮތުމަކީ އެކަމުގެ
ސަބަބުން ރިސޯޓްގެ ވިޔަފާރިއަށް އޭގެ ސަބަބުން ގެއްލުންތަކެއް ވެގެން ހިގައިދާނެ ފަދަ ޢަމަލެއް ކަމުގައި
ބެލެވެން އޮތްކަމެއްކަމަށް ޤަބޫލުކުރެވެން އޮތުމުން މުހައްމަދު ޢަބްދުﷲ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ
މުވައްހަދު ޢަބްދުﷲ ވަޒީފާ އަދާކުރާ ރިސޯޓަށް ގެއްލުންތަކެއް ލިބިދާނެކަމަށް ލިލީ ހޮޓެލްސް
Coco
434
ބނުންވާ
33
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 7
3
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/345
ލިމިޓެޑަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްކަމުގައި ބެލެވެން އޮތުމުން، މުހައްމަދު ޢަބްދު
ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫއީ ޢަދުލުވެރިކަން
އޮތްކަމަށް ޤަބޫލުކުރެވޭ
substantive fairness
ރެވޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޞޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ އިތުރަށް އެފަދަ ނިންމުމެއް
ނިންމުމުގައި އިޖްރާއީ ޢަދުލުވެރިކަންވެސް ޤާއިމުވެފައިވާންޖެހޭނެކަމާއި މިގޮތުން އިޖްރާއީ ޢަދުލުވެރިކަމަކީ،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ
އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށްވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC-A/2011
ޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
4 |
cu o
432ން
ތުންބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަކުން ނިންމުމުގައި، އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތުތަކުގައި ކަނޑައެޅޭނީ، ވަޒީފާދޭފަރާތުން، އެންމެ ކުޑަމިނުން
އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ
1. އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު (އޭރަކު ދެވެން ހުންނަ
ހުރިހާ ތަފްސީލަކާއެކު) އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދިނުމަށްފަހު;
2. އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުސަތު އެމުވައްޒަފަކަށް ދިނުމަށްފަހުގެ
3. އެމައްސަލައެއް އިދާރީގޮތުން ތަޙްޤީޤުކުރުމަށްފަހު؟
4. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު
ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިގެން، އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ،
އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެމުވަ
.މުވައްޒަފަކަށް އަންގާފައިވުން ކަން
އެނގޭކަމާއި، އަދި، އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި، އެމުވައްޒަފަކު އެދިއްޖެނަމަ،
އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމީހަކަށް ދެވެންޖެހޭނެކަން
އެނގެން އޮންނައިރު، މިމައްސަލައިގައި ކަން ހިނގާ ގޮސްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މުހައްމަދު
ޢަބްދުﷲގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ރިސޯޓުގެ ފަރާތުން އިދާރީގޮތުން ތަޙްޤީގެ
co
cuccc
48
46
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471 *
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
9
ލޭ -ބޕޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/345
ހިންގާފައިވާކަން އެނގެން އޮންނައިރު، މުހައްމަދު ޢަބްދުﷲ ގެ މައްޗަށް ތުހުމަތުކުރެވުނީ ކޮންކަމަކާއި
ގުޅިގެން އެނގޭނެ ފަދަ މަޢުލޫމާތު އޭނާއަށް ފޯރުކޮށްދީ، މައްސަލައާއި ގުޅިގެން ޖަވާބުދާރީވުމުގެ
ފުރުޞަތު މުހައްމަދު ޢަބްދުﷲ އަށް ދީ މައްސަލައާއި ގުޅިގެން މުހައްމަދު ޢަބްދުﷲ ގެ ފަރާތުން ބަޔާނެއް
ނަގާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، މިހެންކަމުން މުހައްމަދު ޢަބްދު
ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމު ނުކުރެވިވާކަމުގައި
Co Occcc
ބެލެވެންނެތްކަމެވެ.
13 63
•ފަސްވަނަކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/28 މައްސަލަ
އިސްތިއުނާފް ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގުނު މިޤަޟިއްޔާއާއި ގުޅިގެން ބޭއްވުމަށް ތާވަލް
ޙުކުމްކުރުމުގެ މަޖިލީހަށް ޙާޟިރުވުމަށް މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ ގދ.ގައްދޫ
ދަސްލާކު މުމައްހަދު ޢަބްދުﷲގެ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް
ކަމުގައިވާ ގ.ފުންފަޅު އިބްރާހީމް ޝިޔާމަށް އަންގާ ފޮނުވުނު މިކޯޓުގެ ނަންބަރު HC
-
B8
/
2017
/
165
(26 ފެބުރުވަރީ 2017) "ކޯޓަށް ހާޟިރުވުމުގެ އަމުރު" އާއި އިބްރާހީމް ޝިޔާމްގެ ފަރާތުން ޙަވާލުވެ
މަޤުބޫލު އުޒުރެއްނެތި އެއަމުރުގައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުވެފައިނުވާތީ މިމައްސަލައިގައި
ޙުކުމްކުރެވިފައިވަނީ އޭނާގެ ޣައިރު ޙާޟިރުގައެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2015/VTR/28 މައްސަލައިގައި
އެޓްރަބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
• ޙުކުމް
ދެންފަހެ،އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރިއިރު، މުހައްމަދު އަބްދުﷲ
ދަސްވާކު ގދ.ގައްދޫ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A140743)
އެންޑް ސްޕާގައި ފްރަންޓް އޮފީސް އޭޖެންޓެއްގެ ވަޒީފާއިން 24 ޑިސެމްބަރ 2014
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 63
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1)
:ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/345
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫންކަމުގައި ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2015/VTR/28 މައްސަލާގައި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލްކޮށް، ގ.ފުންފަޅު
އިބްރާހީމް ޝިޔާމްގެ ޣައިރު ޙާޟިރުގައި، މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv