ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/79 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/79
بماند مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 79/HC
-
A/2017
އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފާޠިމަތު ޢާޤިލާ
ދާއިމީ އެޑްރެސް: މއ.ކިސްމިރީވިލާ ކ. މާލެ
އައިޑީ
ނަންބަރު: A354585 މިހާރުގެ އެޑްރެސް: މއ.ތަބައްގެ
މާލެ
#
• ރަޖިސްޓްރީކުރެވުނު ތާރީޚް:
17 ޖަނަވަރީ 2017
* ނިމުނު ތާރީޚް: 30 ޖަނަވަރީ 2017
6
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2017
/
156/J
/
MD-145
• އަމުރު ނެރުނު ކޯޓު.ކުރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދު އަމުރު (މަސްތުވާތަކެތި ހިން ގެންގުޅުން ވިޔަފާރިކުރުން)
• އަމުރު ނެރުނު ތާރީޚް: 06 ޖަނަވަރީ 2017
42 2 3 4 34
ތން ކުރަން{
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ދޭ ސޮއްޔާ
އެޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/79
ދަޢުވާގެ ޚުލާޞާ:
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
156/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، މއ.ކިސްމިރީވިލާ ފާޠިމަތު ޢާޤިލާއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
6 24
401 ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
156/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ
އަމުރަކީ، 2016 ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ 23:45 ހާއިރު ކ.މާލެ/ ހ.ބްލޫލޫން ގެއިން ފުލުހުންގެ
ބެލުމުގެ ދަށަށް ގެނެވުނު ކ.މާލެ/ ހ.ބްލޫލޫން ސަނާ ޢަބްގު
އަބްދުއްސައްތާރު އާއި ފާޠިމަތު ޢާޤިލާ، ކ.މާލެ
ބްލޫލޫން ގޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި،
ފާޠިމަތު ޢާޤިލާ ދޫކޮށްލައިފިނަމަ އޭނާގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން
ހިނގައިދާނެކަމަށް ފެންނާތީއާއި ހެކި ނައްތާލާ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފާނެކަމަށް
ފެންނާތީ، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ފާޠިމަތު ޢާޤިލާ ބަންދުގައި ބަހައްޓަން
އަމުރުކޮށް ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 154787/MF ”ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް
ބަޔާންކުރައްވައި ފާޠިމަތު ޢާޤިލާ ގޭ ބަންދުގައި ބެހެއްޓުމަށް އަންގަވައި 06 ޖަނަވަރީ 2017 ދުވަހުގެ
19:51 ގައި ކުރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ
، ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުފުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: |331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017HC-A/79
02- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
156/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން،
CCC
(ހ) ފުރަތަމަ ނުކުތާއަކީ: ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
156/J
/
MD-145 ކޯޓު
އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
7 ވަނަ މާއްދާގައި ކުށްކުށަށް ތުހު
ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ
އުޞޫލަށް ރިޢާޔަތްނުކުރައްވައި ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
ފަ
ނ) ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ
މާއްދާގެ (ރ) ގައި ”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ
ކޯޓުތަކުން ތަބާވާންވާނެ“ ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2011 ޤަޟިއްޔާގައި އަދި ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާ
ޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު
ނެރުއްވިއިރު، އެއުޞޫލަށް ރިޢާޔަތް ނުކުރައްވައި އަމުރު ނެރުއްވާފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ
ނުކުތާ.
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
156/J
/
MD-145 ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތަކާ
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޖޯއްޔާ
އެޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/79
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
ccc
(ހ) ފުރަތަމަ ކަމަކީ: ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން
ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން
ސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި؛
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން
ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް،
ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ
ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއިގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ
ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި
ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/A-231454
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
8 437
42/
4 s
6 3340/
CCCX
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017HC-A/79
4 228
ޚި
(ނ) ދެވަނަ ކަމަކީ: އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ފާޠިމަތު ޢާޤިލާގެ މައްޗަށް
ތުހުމަތު ކުރެވިފައިވަނީ، 2016 ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ 23:45 ހާއިރު ކ. މާލެ
ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކ.މާލެ/ހ.ބްލޫން ސަނާ ޢަބްދުއްސައްތާރު އާއި ފާޠިމަތު
ޢާޤިލާ، މާލެ/ ހ.ބްލޫލޫން ގޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ކަމާއި،
އެހެންކަމުން މައްސަލާގައި ފާޠިމަތު ޢާޤިލާ ދޫކޮށްލައިފިނަމަ އޭނާގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށް ފެންނާތީއާއި ހެކި ނައްތާލައި ހެއްކަށް ނުފޫޒު ފޯރުވަން
މަސައްކަތް ކޮށްފާނެކަމަށް ފެންނާތީ، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ފާޠިމަތު
ޢާޤިލާ ބަންދުގައި ބަހައްޓަން އަމުރުކޮށް ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
154787/MF [ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން، މުޖުތަމަޢުގެ
ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބަޔާންކުރައްވައި ފާޠިމަތު ޢާޤިލާ ގޭ ބަންދުގައި ބެހެއްޓުމަށް
އަންގަވައި 06 ޖަނަވަރީ 2017 ދުވަހުގެ 19:51 ގައި ކުރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، ފާޠިމަތު
ޢާޤިލާގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެމައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިހާރު
ނިންމާ ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލައެއްކަން ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
ދައުލަތުގެ ފަރާތުން ފާޠިމަތު ޢާޤިލާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވަނީ ފާޠިމަތު ޢާޤިލާގެ
މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައަކީ މަސްތުވާތަކެތި އޭގެ ވިޔަފާރި ކުރާފަރާތެއްކަމަށް ތުހުމަތު
ކުރެވޭތީ ފާޠިމަތު ޢާޤިލާގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށް
ފެންނާތީއާއި، ފާޠިމަތު ޢާޤިލާގެ ދޫކޮށްލައިފިނަމަ ހެކި ނައްތާލައި ހެއްކަށް ނުފޫޒް ފޯރުވަން
މަސައްކަތްކޮށްފާނެކަމަށް ފެންނާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑަޅައި ތަނެއްގައިކަން
24
0 =ތ
م مسمري
ޑ ވ ލ ތ ދ
އެނގެންއޮންނައިރުގެ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް Www.highcourt.gov.mv
6
ސޮއްޔާ
2017HC-A/79
ޑ ސ ޑ ޒ
އޭކާމަށެވެ.
ވެރިން8 ޓީކް
ޔާ ނިމުނު ގޮތުގެ ޚުލާޞާ
މިމައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލާއިރު، މިފަދަ
ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ ގޭ ބަންދުގައިވެސް ހުރުމަކީ ތުހުމަތުކުރެވިފައިވާ ކުށުގެ
ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެކަމެއްކަން އެނގޭކަމާއި އަދި އެފަދަ މީހަކު މުޖުތަމަޢުގެ
ތެރެއަށް ދޫވެދާފަދަ ތަނެއްގައިވެސް ބެހެއްޓުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
އޮތްކަމެއްކަމުގައި ޤަބޫލުކުރެވޭކަމާއި، އެހެން ކަމުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުން ދެކެނީ ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
156/J
/
MD-1145 ކޯޓު އަމުރަށް ބަދަލު
ގެންނަންޖެހޭކަ
(ނ) ތިންވަނަ ކަމަކީ: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަމުރު
ހައިކޯޓުގައި އިސްތިއުނާފުކޮށް މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފެށުމުގެ ކުރިން، ފާޠިމަތު ޢާޤިލާގެ
މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ދަޢުވާކުރުމަށް އެއޮފީހުގެ ފަރާތުން ކުރިމިނަލްކޯޓަށް
ފޮނުވާފައިވާކަން އެނގެން އޮންނަކަމާއި؛
ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ
ޝަރީއަތް ހިންގާ ފަނޑިޔާރު ކަމަށާއި، އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ
އިސްފަނޑިޔާރު ކަނޑައަޅައި އެހެން ފަނޑިޔާރެއްކަން ” ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ނިންމުމުގެ ޤަވާއިދު ގެ 13 ވަނަ މާއްދާގެ
(ހ) އަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން، ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ
މަރުޙަލާގައި ޝަރީޢަތުން އެމައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ
މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހަޅަންޖެހެނީ އެމައްސަލައެއް އޮންނަ ކޯޓަކަށްކަން އެނގެން އޮންނައިރު، މި މައްސަލާގައި ބޭއްވުނު
ޝަރީޢަތުގެ އަޑުއެހުމުގައި ފާޠިމަތު ޢާޤިލާގެ ބަންދާމެދު ކުރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅުއްވާފައިވާކަން
މި މައްސަލާގައި ހިމެނޭ ދެފަރާތުގެ ބަހުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
{ އްޔާ
ޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/79
0
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް
ކޯޓުގެ ނަންބަރު 2017
/
156/J
/
MD-145 ކޯޓު އަމުރު މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، މި ޤަޟިއްޔާގައި ފާޠިމަތު ޢާޤިލާގެ ބަންދާމެދު އިތުރު
ގޮތެއް މިކޯޓުން ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv