ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/13 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2{{08/HC-A/13
گمرکی
ދެވެ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
.ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤުޅތިއްޔާ ނަންބަރ: 13/HC
-
A/2008
| އިސްތިއުނާފު ކުރިފަރާތް؟
* ނަން: މުޙައްމަދު ރަޝާދު ޙުސައިން
އައިޑީ ކާޑު ނަންބަރ :
އެޅުނުތާރީޚް: 16 ޖެނުއަރީ 2008
، ދާއިމީ އެޑްރެސް: މާކޯނިގދ.ތިނަދޫ
މިހާރުގެ އެޑްރެސް:
ނިމުނު ތާރީޚް : 28 ނޮވެމްބަރ 2011
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ނަޒްރަތު ޢަބްދު
އައިޑީ ކާޑު ނަންބަރ : 092051-A
* ދާއިމީ އެޑްރެސް: އޯކަމް!ގދ.ތިނަދޫ
މިހާރުގެ އެޑްރެސް:
ކުރެވުނު ޤާޟިއްޔާ ނަންބަރު: 2007/Q
-
10
-
C/125
ނިންމެވިކާޓް: ގދ.ތިނަދޫ ކޯޓް
މައްސަލައިގެ ބާވަތް: ބަދަލުހޯދުން
ހުށަހެޅި ތާރީޚް:
ނިމުނު ތާރީޚް: 2007-12-11
14-05-2007
i
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް :
ޑިންގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢައްބާސް ޝަރީފު
މުހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2{{08/HC-A/13
ޤަޟިއްޔާ ނިމުނު
F
ޚުލާޞާ
މިއީ، ގދ.ތިނަދޫ ކޯޓުގެ ނަންބަރު:2007/Q
-
10
-
C/125 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި
ގދ.ތިނަދޫ!މާކޯނި، މުޙައްމަދު ރަޝާދު ޙުސައިން (އައި.ޑީ.ކާޑް ނަންބަރު A057206) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ
ފަރާތަކީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީހެވެ.
125/Q-10-C/2007
ފާހަގަކުރެވުނު ނުކުތާތައް
:
01 - މިއީ، ގދ.ތިނަދޫ ކޯޓުގެ ނަންބަރު:
ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުންއެދި ގދ.ތިނަދޫމާކޯނި، މުޙައްމަދު ރަޝާދު ޙުސައިން (އައި.ޑީ.ކާޑް ނަންބަރު A057206) ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ
ރައްދުވާ ފަރާތަކީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީހެވެ. އަދި މިމައްސަލަ ހައިކޯޓުގައި ހިންގުމުގައި،
މައްސަލާގެ މަޞްލަޙަތު އެކުލެވިގެންވާ ފަރާތް ކަމުގައިވާ ގދ.ތިނަދޫ އޯކަމް، ނަޒްރަތު ޢަބްދުﷲ ބައިވެރި
ކުރެވިފައިވެއެވެ.
02 -ދިވެހިރާއްޖޭ ހައިކޯޓުގެ ޤާޟީއެއްގެ ދަށުން އިސްތިއުނާފް މިކުރެވޭ ގދ.ތިނަދޫ ކޯޓުގެ
ނަންބަރު:2007/Q
-
10
-
C/125 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ
ޤަޟިއްޔާއަކީ، ގދ.ތިނަދޫ! މާކޯނި، މުޙައްމަދު ރަޝާދު ޙުސައިން އަށް ގދ.ތިނަދޫ ޗަސްބިމުން
ލިބިފައިވާ ނަންބަރު 10;22.X ގޯއްޗާއި، ގދ.ތިނަދޫ އުތުރުފަރާތު ހިއްކިބިމުން ގދ.ތިނަދޫއޯކަމް،
ނަޒްރަތު ޢަބްދުﷲއަށް ލިބިފައިވާ ނަންބަރު 202 ގޯއްޗާއި، މިދެގޯތި އެއްގޯތި އަނެއް ގޯއްޗާއި ބަދަލުކޮށް
ލާޖެއްސުމަށް އެއްބަސްވެ، ގދ.ތިނަދޫ އޮފީހުގައި ދެފަރާތުން އެކަމަށް އެދި، ދެފަރާތުގެ ބަޔާންތައް
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: M6471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
ޤަޟިއްޔާ ނިމުނު
, s:
2
کی مرکی
2{{8}HC-A/13
20 2 7 2
ގދ.ތިނަދޫ އޮފީހުން ނެގުމަށްފަހު، އެމައްސަލަ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީހަށް ހުށަހަޅައި، އަތޮޅު
އޮފީހުން އެދެގޯތި އެއްގޯތި އަނެއް ގޯއްޗާއި ބަދަލުކޮށް، ނަޒްރަތު އަބްދުﷲގެ ގޯއްޗަކީ ގދ.ތިނަދޫ
ޗަސްބިމުގައި އޮތް ނަންބަރު 22
/
10.X (ކުރީން ގދ.ތިނަދޫ މާކޯނި، މުޙައްމަދު ރަޝާދު ޙުސައިނަށް
ދީފައިވާ) ގޯތިކަން ނަޒްރަތު ޢަބްދުﷲ އަށް އެންގުމުން، ނަޒްރަތު ޢަބްދުﷲ އެގޯތީގައި މަސައްކަތް
ފަށައިގެން ކުރިއަށް ގެންދަނިކޮށް، މުޙައްމަދު ރަޝާދު ޙުސައިންގެ ފަރާތުން ޤަވާޢިދާއި ޚިލާފަށް އެގޯއްޗަށް
ވަދެ، އެގޯތީގައި މަސައްކަތް ނުކުރެވޭނޭ ކަމަށްބުނެ، ދެފަރާތުގެ މަޞްލަޙަތު ގެއްލޭ ހިސާބަށް ކަންތައް
ގޮސްފައިވާތީ، ރަށުއޮފީހާއި، ފުލުހުންގެ ފަރާތުން އެމަސައްކަތް ހުއްޓުވާފައިވާތީ، މިނިސްޓްރީ އޮފް
އެޓޯލްސް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން، މައްސަލަ އަމިއްލައަށް ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް
ގެންދިއުމަށް ނަޒްރަތު ޢަބްދުﷲ އަށް އެމިނިސްޓްރީން އެންގެވުމާއި ގުޅިގެން، ގދ.އަތޮޅުއޮފީހުން މިދެގޯތި
އެއްގޯތި އަނެއް ގޯއްޗާއި ބަދަލުކުރި ކުރުމަކީ ޞައްޙަ ބަދަލު ކުރުމެއްތޯ ބައްލަވައި ދެއްވުންއެދި ނަޒްރަތު
ޢަބްދުﷲ ގެ ފަރާތުން ހުށަހެޅުމުން އެކޯޓުން ބައްލަވާފައިވާ މައްސަލައެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ނިންމަވާފައިވަނީ، ގދ.ތިނަދޫ މާކޯނި، މުޙައްމަދު ރަޝާދު
ޙުސައިން އަށް ގދ.ތިނަދޫ ޗަސްބިމުން ލިބިފައިވާ ނަންބަރު 22
/
10.X ގޯއްޗާއި، ގދ.ތިނަދޫ
އުތުރުފަރާތު ހިއްކިބިމުން ގދ.ތިނަދޫ އޯކަމް، ނަޒްރަތު ޢަބްދުﷲ އަށް ލިބިފައިވާ ނަންބަރު 202 ގޯއްޗާއި
މިދެގޯތި އެއްގޯތި އަނެއް ގޯއްޗާއި ބަދަލުކޮށް، މުޙައްމަދު ރަޝާދު ޙުސައިނަށް ނަންބަރު 202 ގޯތި، އަދި
ނަޒްރަތު ޢަބްދުﷲ އަށް ނަންބަރު 22
/
10.X ގޯތި، ހަމަޖައްސައި އެގޮތުގެ މަތިން ބަދަލުކޮށް
ދެއްވާފައިވާކަމަށް ގދ.އަތޮޅު އޮފީހުން ވިދާޅުވެފައިވާ ކަމަށްޓަކައި، ގދ.އަތޮޅު އޮފީހުން މިދެގޯތި އެއްގޯތި
އަނެއް ގޯއްޗާއި ބަދަލުކޮށް ދެއްވާފައިވާ ދެއްވުމަކީ، ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު ޞައްޙަ
ބަދަލުކުރުމެއް ކަމަށް ޙުކުމް ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
20 2
އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [1
3، ދިވެހިއް
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{38/HC-A/13
کی مرکی
Pucox
ވެހިރާއްޖޭގެ ހައިކޯ"
4 ޤަޟިއްޔާ ނިމުނު ގޮ
03 -އިސްވެ
ބަޔާން ކުރެވުނު
މަތީން
ގދ.ތިނަދޫ
ކޯޓުގެ
ނަންބަރު: 2007/Q-10-C/125 ޤަޟިއްޔާ ގައި ޙުކުމް ކުރައްވާ ނިންމެވުމުން، އެ ޙުކުމަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ނޫންކަމަށްބުނެ މުޙައްމަދު ރަޝާދު ޙުސައިންގެ
ފަރާތުން 05 (ފަހެއް) ނުކުތާއެއް ހުށައަޅާ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ : މިދެގޯތި ބަދަލު ކޮށްފައިވަނީ، މިދެގޯތި ބަދަލު ކޮށްދިނުން އެދި
މުޙައްމަދު ރަޝާދު ޙުސައިންގެ ފަރާތުން ގދ.ތިނަދޫހިތިގަސްދޮށުގެ ޢަލީ ފަހުމީ، ގދ.އަތޮޅު އޮފީހަށް
ދީފައިވާ ބަޔާނެއްގެ މައްޗަށްކަމަށް ގދ.އަތޮޅު އޮފީހުން ބުނެފައިވާއިރު، މިފަދަ މުޢާމަލާތެއް ކުރުމަށް
މުޙައްމަދު ރަޝާދު ޙުސައިން، ޢަލީ ފަހުމީއާ ހަވާލު ކޮށްފައިވޭތޯ ޝަރީޢަތުން ބައްލަވާފައި ނުވާކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ގދ.ތިނަދޫ ކޯޓުގެ ނަންބަރު 2007/Q
-
10
-
C/125 ޤަޟިއްޔާ
ގައި ހުށަހެޅިފައިވާ މައްސަލައަކީ، އިސްވެ ބަޔާންކުރެވުނު ދެގޯތި އެއްގޯތި އަނެއް ގޯއްޗާއި ބަދަލު
ކުރުމަށް ގދ.އަތޮޅުއޮފީހުން ނިންމަވާފައިވާ ނިންމެވުމަކީ ޞައްޙަ ނިންމެވުމެއްތޯ ބެލުމަށް ހުށަހެޅުނު
މައްސަލައަކަށްވާއިރު، އެދެގޯތީގެ ތެރެއިން އެއްގޯތި ޙަވާލު ކުރެވިފައިވާ ފަރާތް ކަމުގައިވާ މުޙައްމަދު
ރަޝާދު ޙުސައިން ގެ ބަހެއް ހޯދުމަކާ ނުލައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ
ނުކުތާއެވެ.
! ތިންވަނަ ނުކުތާއަކީ: ގދ.އަތޮޅު އޮފީހުން މިދެގޯތި ބަދަލު ކުރުމުގައި ޢަމަލު
ކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން، އެފަދަ ކަންކަމުގައި ޢަމަލު
ކުރަމުން އައިސްފައިވާ އުޞޫލާއި ޚިލާފަށްކަން ސާފްކޮށް އެނގެން އޮތްއިރުވެސް، އަތޮޅު އޮފީހުގެ
އެނިންމެވުން ޞައްޙަކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325،12، ފެކްސް 16
/
1$
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
22c 0 0
*
ގެންގޮސްފައިވާތީ، ރަށުއޮފީހާއި، ފުލުހުންގެ ފަރާތުން ނަޒްރަތު ޢަބްދުﷲ އެގޯތީގައި 22 އަށް
5 ޤަޟިއްޔާ ނިމުނު 1
83
FP
2008/HC-A/13
* ހަތަރުވަނަ ނުކުތާއަކީ: ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި މައްސަލާގެ ކަން
ހިނގާފައިވާ ގޮތް ޝަރީޢަތަށް ހުށަހެޅިފައިވާ ސިޓީތަކާއި ބަޔާންތަކުގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާއިރު،
OXO
ދ3
x
02//
އޮފީހުގެ އެނިންމުން ޞައްޙަކަމަށް ކަނޑައެޅޭނޭ
ބަޔާންކޮށްފައި ނުވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: މައްސަލަ ބައްލަވަންވީ ވަރަށް ބައްލަވާފައި ނުވާކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- މިމައްސަލައާއި ގުޅިގެން ގދ.ތިނަދޫ ކޯޓުގެ ނަންބަރު: 2007/Q
-
10
-
C/125
ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓަށާއި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު
ރަޝާދު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލަ ރައްދުވާ
ފަރާތުންނާއި، މައްސަލާގައި ބައިވެރިވާ ނަޒްރަތު ޢަބްދުﷲގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެ
.
(ހ) ގދ.ތިނަދޫ ކޯޓުގެ ނަންބަރު 2007/Q
-
10
-
C/125 ޤަޟިއްޔާ އަކީ، ގދ.ތިނަދޫ
މާކޯނި، މުޙައްމަދު ރަޝާދު ޙުސައިނަށް ގދ.ތިނަދޫ ޗަސްބިމުން ލިބިފައިވާ ނަންބަރު 22
/
10.X
ގޯއްޗާއި، ގދ.ތިނަދޫ އުތުރުފަރާތު ހިއްކިބިމުން ގދ.ތިނަދޫ އޯކަމް، ނަޒްރަތު ޢަބްދުﷲ އަށް ލިބިފައިވާ
ނަންބަރު 202 ގޯއްޗާއި މިދެގޯތި، އެއްގޯތި އަނެއް ގޯއްޗާއި ބަދަލު ކޮށްދިނުމަށް މިދެފަރާތުން
ގދ.ތިނަދޫއޮފީހުގައި އެދުމުން، އެކަމުގެ މައްޗަށް ބިނާކޮށް، އެއަތޮޅު އަތޮޅުއޮފީހުން އެދެގޯތި
ބަދަލުކޮށްދެއްވާ، އެފަރާތްތަކަށް އެން
.ގެވުމާއި ގުޅިގެން ނަޒްރަތު ޢަބްދުﷲ އެގޯތީގައި މަސައްކަތް ފަށައިގެން
ކުރިއަށް ގެންދަނިކޮށް، މުޙައްމަދު ރަޝާދު ޙުސައިންގެ ފަރާތުން ޤަވާޢިދާއި ޚިލާފަށް އެގޯއްޗަށްވަދެ،
އެގޯތީގައި މަސައްކަތް ނުކުރެވޭނޭ ކަމަށްބުނެ، ދެފަރާތުގެ މަޞްލަޙަތު ގެއްލޭ ހިސާބަށް ކަންތައް
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 31"
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
22
#
2{{08/HC-A/13
ދެވެ
ޤަޟިއްޔާ ނިމުނު
މަސައްކަތް ހުއްޓުވުމާއި
ގުޅިގެން، މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް އެމައްސަލަ ހުށަހެޅުމުން،
މައްސަލަ އަމިއްލައަށް ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ނަޒްރަތު ޢަބްދުﷲ އަށް
އެމިނިސްޓްރީން އެންގެވުމާއި ގުޅިގެން، ގދ.އަތޮޅު އޮފީހުން މިދެގޯތި އެއްގޯތި އަނެއްގޯއްޗާއި
ބަދަލުކުރިކުރުމަކީ ޞައްޙަ ބަދަލު ކުރުމެއްތޯ ބައްލަވައި ދެއްވުންއެދި ގދ.އަތޮޅުއޮފީހަށް ރައްދުވާގޮތަށް
ނަޒްރަތު ޢަބްދުﷲ ގެ ފަރާތުން ހުށަހެޅުމުން އެކޯޓުން ބައްލަވާފައިވާ މައްސަލައެއްކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު،
އެޤަޟިއްޔާއާ ގުޅިގެން ގދ.އަތޮޅުއޮފީހުގެ ފަރާތުން ޖަވާބުދާރީ ވުމަށްޓަކައި ގދ.ތިނަދޫ
ކޯޓަށް ހާޒިރުވެފައިވާ ގދ.އަތޮޅުއޮފީހުގެ އިންވެސްޓިގޭޓަރ އަލްފާޟިލް އަޙްމަދު މަނިކު (އައި.ޑީ.ކާޑް
ނަންބަރު 076127-A) 03 ޖުލައި 2007 ގައި ދީފައިވާ ބަޔާނުގައި، ގދ.ތިނަދޫމާކޯނި މުޙައްމަދު
ރަޝާދު ޙުސައިނަށް ގދ.ތިނަދޫ ޗަސްބިމުގެ ހިއްކި ސަރަޙައްދުން ދީފައިވާ ނަންބަރު 22
/
10.X ގޯތި،
ގދ.ތިނަދޫ އުތުރު ފަރާތުން އަލަށް ހިއްކި ސަރަޙައްދުން ގދ.ތިނަދޫ އޯކަމް ނަޒްރަތު ޢަބްދުﷲ އަށް
ދީފައިވާ ނަންބަރު 202 ގޯއްޗާއި ބަދަލުކުރުމަށް އެދި ގދ.ތިނަދޫ އޮފީހަށް (މުޙައްމަދު ރަޝާދު
ޙުސައިންގެ ފަރާތުން ގދ.އަތޮޅު އޮފީހުގެ އެހީތެރިޔާ ޢަލީ ފަހުމީއާއި، ނަޒްރަތު ޢަބްދުﷲ ގެ ފަރާތުން
ގދ.ތިނަދޫ!މާނެލް ޤުދްރަތުﷲ ޞިދުޤީ) ހާޒިވެ ބަޔާންދީ ސޮއިކޮށްފައިވާކަމަށާއި، އަދި އެދެގޯތިންކުރެ
ގޯއްޗެއްގައި އޭރު އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށާއި، އަދި އެދެގޯތިންކުރެ ގޯއްޗެއްގައި
އެއްވެސްމީހެއްގެ މިލްކެއް، އަދި އެއްވެސްމީހަކަށް ބަދަލު ދޭންޖެހޭއެއްޗެއް އޭރު ނެތްކަމަށާއި، އެހެންކަމުން
މަތީގައި ދެންނެވިފައިވާ ދެފަރާތުން އެދިފައިވާ ގޮތުގެމަތިން ގދ.ތިނަދޫމާކޯނި، މުޙައްމަދު ރަޝާދު
ޙުސައިނަށް ތިނަދޫ ޗަސްބިމުން ލިބިފައިވާ ނަންބަރު 22
/
10.X (3333 އަކަފޫޓު ބިން) ގޯތި،
ގދ.ތިނަދޫ އޯކަމް، ނަޒްރަތު ޢަބްދުﷲ އަށް، ގދ.ތިނަދޫ އުތުރު ފަރާތުން އަލަށް ހިއްކިބިމުން ނަޒްރަތު
ޢަބްދުﷲ އަށް ލިބިފައިވާ ނަންބަރު 202 (2000 އަކަފޫޓް) ގޯތި ގދ.ތިނަދޫ މާކޯ-
ރަޝާދު ޙުސައިނަށް ހަމަޖައްސަވައި، އޭރުގެ ހުވަދު އަތޮޅު ދެކުނުބުރީގެ އަތޮޅުވެރިޔާ އަލްފާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3347، 4
7ތތ ހ2
މުޙައްމަދު
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{8}HC-A/13
کی مری
ދެލީ
22
ޤަޟިއްޔާ ނިމުނު 1
ރަޝީދު 01 އޮކްޓޯބަރ 2002 ގައި، އެދެގޯތި އެއްގޯތި އަނެއްގޯއްޗާއި ބަދަލުކޮށް ނިންމަވައި
ސޮއިކުރައްވާފައި ވާކަމަށާއި، އަދި އެދެފަރާތުން އެދިފައިވާ ފަދައިން އެދެގޯތި އެއްގޯތި އަނެއްގޯއްޗާއި
ބަދަލު ކޮށްދެވިފައިވާކަމަށް އެދެފަރާތަށް އެންގުމުގެ ގޮތުން، ނަޒްރަތު ޢަބްދުﷲ ގެ ފަރާތުން ގދ.ތިނަދޫ
މާނެލް ޤުދްރަތުﷲ ޞިދުޤީ ލައްވައި ސޮއި ކުރުވާފައިވާކަމަށާއި، ނަމަވެސް މުޙައްމަދު ރަޝާދު ޙުސައިންގެ
ފަރާތުން ގދ.ތިނަދޫ އޮފީހުގައި ބަޔާން ދީފައިވާ ގދ.އަތޮޅު އޮފީހުގެ އެހީތެރިޔާ ޢަލީ ފަހުމީ އޭރު ހުރީ
މާލޭގައި ކަމަށްވާތީ، އޭނާ ލައްވައި އެވަޤުތު ސޮއިކުރުވިފައި ނުވާކަމަށާއި، އަދި ފަހުން އޭނާލައްވާ
ސޮއިކުރުވަން ވެގެން ގެންދިޔުމުން، އަތޮޅުވެރިޔާ ސޮއިކުރައްވާފައިވާ އެނިންމެވުމުގައި، ރަތްގަލަމުން
ރަސްގެ (ކްރޮސް ފާހަގަ) އެއް ލުމަށްފަހު، މިހާރު އެގޯތި ބަދަލު ކުރުމަށް ބޭނުން ނުވާކަމަށް ބުނެ ޢަލީ
ފަހުމީ އެލިޔުމުގައި ސޮއިކޮށްފައި ނުވާކަމަށާއި، އަދި މިކަމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ޢަމަލު
ކުރަން ފެށުމުގެ ކުރިން ހިނގާފައިވާކަމެއްކަމަށާއި، މިކަމަކީ މިގޮތަށް އޭރު އެރަށުގައި ޢާންމުކޮށް ކުރަމުން
އަންނަ ކަމެއްކަމަށާއި، އަދި މުޙައްމަދު ރަޝާދު ޙުސައިނަށް ދޫކުރެވިފައިވާ ގޯއްޗާއި، ނަޒްރަތު ޢަބްދު
އަށް ދޫކުރެވިފައިވާ ގޯއްޗާއި ދެގޯތި ބަދަލު ކުރެވިފައިވަނީ، އެދެމީހުންގެ ފަރާތުން ގދ.ތިނަދޫ އޮފީހަށް
ދެމީހަކު ހާޒިރުވެ، އެކަމަށް އެދުމުން، އޭރު އެކަމާ ހަވާލުވެ ހުންނެވި ކަތީބު ސީދާ އެދެގޯތި ދޫކުރެވިފައިވާ
ފަރާތްތަކާއި ގުޅައި އެކަން ޔަޤީން ކުރުމަށްފަހުގައި ކަމަށާއި، އަދި އެ ދެގޯތި ބަދަލު ކުރުމުގެކަންތައް
ރަސްމީކޮން ކުރިއަށް ގެންގޮސް، އެކަން އޭރުގެ އަތޮޅުވެރިޔާ ނިންމަވައި، އެގޮތަށް ނިންމެވިކަމުގެ
ލިޔުމުގައި ސޮއިކުރައްވާފައި ވުމުން، އެދެގޯތި ބަދަލު ކުރެވިފައިވަނީ ޞައްޙަ ގޮތުގައި ކަމަށް ގދ.އަތޮޅު
އޮފީހުގެ އިންވެސްޓިގޭޓަރ އަލްފާޟިލް އަޙްމަދު މަނިކުގެ މަތީގައި ބަޔާން ކުރެވުނު ބަޔާނުގައި
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ށ) އިސްވެ މިބަޔާން ކުރެވުނު ގދ.އަތޮޅު އޮފީހުގެ އިންވެސްޓިގޭޓަރ އަލްފާޟިލް
އަޙްމަދު މަނިކު ގދ.ތިނަދޫ ކޯޓަށް 03 ޖުލައި 2007 ދުވަހު ދީފައިވާ ބަޔާނުގައި، މިމައްސަދާ
ކުރެވިފައިވާ ދެގޯތި ބަދަލުކުރުމަށް އެދި، މުޙައްމަދު ރަޝާދު ޙުސައިންގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16$ ދިވެހި
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
443
2{{08/HC-A/13
8 ޤަޟިއްޔާ ނިމުނު 1
کی مری
ދެލީ
· · 4
ޢަބްދުﷲގެ ފަރާތުން ގދ.ތިނަދޫ އޮފީހަށް ހާޒިވެ ދެމީހަކު ބަޔާން ދީފައިވާކަމަށް ބުނެފައިވާތީ، އެދެމީހުންގެ
ބަޔާނަށް ޝަރީޢަތުން ބެލިބެލުމުން، އޭގެތެރެއިން ޢަލީ ފަހުމީ (ގދ.އަތޮޅުވެރިޔާގެ އެހީތެރިޔާ)
11 ސެޕްޓެމްބަރ 2002 ގައި ގދ.ތިނަދޫ އޮފީހަށް ދީފައިވާ ބަޔާނުގައި، ގދ.ތިނަދޫ މާކޯނި މުޙައްމަދު
ރަޝާދު ޙުސައިނަށް ތިނަދޫ ކުރީގެ ހިއްކިބިމުން ލިބިފައިވާ ނަންބަރު 22
/
10.X ގޯއްޗަކީ ޢަލީ ފަހުމީއާއި
ޙަވާލުކޮށްފައިވާ ގޯއްޗެއް ކަމަށާއި، އެގޯއްޗަށް ކުރަންޖެހޭ ކަމެއްވިޔާ ކޮށް ނިންމުމުގެ އިޚްތިޔާރު މުޙައްމަދު
ރަޝާދުވަނީ އޭނާއަށް ދީފައިކަމަށާއި، އޭނާ ބޭނުންވަނީ އެގޯތި، ތިނަދޫއޯކަމް ނަޒްރަތު ޢަބްދުﷲއަށް
ތިނަދޫ އުތުރުފަރާތު ސަރަޙައްދުން ލިބިފައިވާ ޤުރުއަތު ނަންބަރު 202 ގޯއްޗާއި ބަދަލުކޮށް ލައިޖައްސާ
ކަމަށާއި، މުޙައްމަދު ރަޝާދަށް ލިބިފައިވާ ނަންބަރު 22
/
10.X ގޯއްޗަށް އެހާތަނަށް އެއްވެސް
ޚަރަދެއްކޮށްފައި ނުވާނެކަމަށާއި، އެގޯތި ބަދަލުކުރަން ބޭނުންވަނީ އުޅޭ ސަރަޙައްދާ
ކައިރިވީމާކަމަށް އެބަޔާނުގައި ޢަލީ ފަހުމީ ބުނެ ސޮއި ކޮށްފައިވާކަން އެނގެން އޮތްއިރު،
ހަމަ އެބީދައިން ތިނަދޫ އޯކަމް ނަޒްރަތު ޢަބްދުﷲ އަށް ތިނަދޫ އުތުރުފަރާތު ހިއްކިބިމުން
ލިބިފައިވާ ޤުރުއަތު ނަންބަރު 202 ގޯއްޗާއި މުޙައްމަދު ރަޝާދު ޙުސައިންނަށް ލިބިފައިވާ ގޯއްޗާއި
ބަދަލުކޮށް ލާޖައްސައި ދިނުން އެދި ނަޒްރަތު ޢަބްދުﷲ ގެ ފަރާތުން ގދ.ތިނަދޫ މާނެލް ޤުދުރަތު
ޞިދުޤީވެސް 11 ސެޕްޓެމްބަރ 2002 ގެ ތާރީޚުގައި ގދ.ތިނަދޫއޮފީހަށް ބަޔާން ދީފައިވާކަން
ނނ00ށ.
މ 04 *
ކބއވނ
އެދެބަޔާނުން އެންގެން އޮންނަކަން ފާހަގަކުރެވެއެވެ.
Puc
(ނ) އިސްވެ މިބަޔާން ކުރެވުނު ފަދައިން ޢަލީ ފަހުމީއާއި ޤުދުރަތުﷲ ޞިދުޤީ
ގދ.ތިނަދޫ އޮފީހަށް ހާޒިރުވެ ބަޔާން ދިނުމާއި ގުޅިގެން، މުޙައްމަދު ރަޝާދު ޙުސައިން ގެ ފަރާތުން ޢަލީ
ފަހުމީއަށް އެގޯއްޗާއި ބެހޭގޮތުން އެފަދަ ބާރާއި އިޚްތިޔާރެއް ދީފައިވޭތޯ ބަލާ ޔަޤީން ކުރުމުގެ ގޮތުން، އޭރު
އެއޮފީހުގައި އެފަދަ ކަންތައްތަކާއި ޙަވާލުވެ މަސައްކަތް ކުރަމުން ގެންދާ، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ
ކަމުގެ މަޤާމުގައި ހުންނެވި، ގދ.ތިނަދޫ ތޭންކް، މުޙައްމަދު ނަޢީމް އަޙްމަދު އަމިއްލައަށް ނުގެއް
ތަޙައްމަދު
ރަޝާދު ޙުސައިނާއި ފޯނުން ގުޅައި، އެކަމާބެހޭ ގޮތުން ސުވާލުކުރުމުން، ޢަލީ ފަހުމީ ބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
9 ޤަޟިއްޔާ ނިމުނު
2008/HC-A/13
کی مرکی
ދެވެ
އެކަން ކުރުމަ
އޭނައާ ހަވާލު ކޮށްފައިވާކަމަށް މުޙައްމަދު ރަޝާދު، މުޙައްމަދު ނަޢީމު އަޙްމަދު ގާތު
ބުނެފައިވާކަމަށާއި، މުޙައްމަދު ރަޝާދު ޙުސައިން އެފަދައިން ބުނުމާއި ގުޅިގެން އެދެގޯތި ބަދަލު ކުރުމުގެ
މަސައްކަތް އަތޮޅު އޮފީހަށް ލިޔެގެން ކުރިއަށް ގެންދިޔުމަށް އޭރު އެއޮފީހުގައި މަސައްކަތް ކުރައްވަމުން
ގެންދަވާ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ ކަމުގެ މަޤާމުގައި ހުންނެވި ޢަލީ ޝަމީމުއާ ހަވާލު ކުރެވުނު
ކަމަށް 08 ޖޫން 2006 ދުވަހު ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުއޮފީހަށް މުޙައްމަދު ނަޢީމް އަޙްމަދު
ދީފައިވާ ބަޔާނުގައި އޭނާ ބުނެފައިވާކަން އެނގެން އޮންނައިރު،
މުޙައްމަދު ނަޢީމް އަޙްމަދުގެ އިސްވެ ހަވާލާދެވުނު ބަޔާނުގައި ބުނެފައިވާ ގޮތަށް އޭނާ
ޢަމަލުކޮށްފައިވާކަމުގެ މައްޗަށް ހެކި ލިބޭގޮތަށް ގދ.ތިނަދޫ ކަތީބުގެ މަޤާމުގައި ހުރި ގދ.ތިނަދޫތެވެވި،
ޢަލީ ޝަމީމް 19 ޖޫން 2006 ދުވަހު، އަދި ގދ.ތިނަދޫ ފަތިސް، މުޙައްމަދު ނަޢީމް 26 ޖޫން 2006
ދުވަހު ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު އޮފީހަށް ބަޔާން ދީފައިވާކަން އެނގޭކަމާއި، މިގޮތުން މި ޢަލީ
ޝަމީމްގެ ބަޔާނުގައި، މުޙައްމަދު ރަޝާދު ޙުސައިން އަށް ތިނަދޫ ދެކުނުފަރާތު ހިއްކިބިމުން ލިބިފައިވާ
ނަންބަރު 22
/
10.X ގޯއްޗާއި، ނަޒްރަތު ޢަބްދުﷲ އަށް ތިނަދޫ އުތުރުފަރާތު ހިއްކިމިމުން ލިބިފައިވާ
ގުރުއަތު ނަންބަރު 202 ގޯއްޗާއި ދެގޯއްތި އެއްގޯތި އަނެއް ގޯއްޗާއި ބަދަލުގެ ކުރުމުގެ ކަންތަކުގައި، އޭރު
ތިނަދޫ ބޮޑުކަތީބު މުޙައްމަދު ނަޢީމް އަޙްމަދާއި، އަތޮޅުވެރިޔާގެ އެހީތެރިޔާ ޢަލީ ފަހުމީއާއި، ޤުދުރަތު
ޞިދުޤީއާއި ތިންމީހުން ބޮޑުކަތީބު ކޮޓަރީގައިތިބެ، ބޮޑުކަތީބު މުޙައްމަދު ނަޢީމް އަޙްމަދު، މުޙައްމަދު
ރަޝާދު ޙުސައިނާއި ނަޒްރަތު ޢަބްދުﷲ އަށް ފޯނުން ގުޅުމަށްފަހު، އެދެމީހުންވެސް އެދެގޯތި ބަދަލު
ކުރުމަށް އެއްބަސްވާކަމަށާއި ވީމާ ޢަލީ ފަހުމީއާއި ޤުދުރަތުﷲ ޞިދުޤީ އާއި ދެމީހުންގެ ދެބަޔާން
ނެގުމަށްފަހު، ވީހާވެސް އަވަހަކަށް އަތޮޅުއޮފީހަށް ރަސްމީކޮށް ފޮނުވުމަށް ބޮޑުކަތީބު މުޙައްމަދު ނަޢީމް
ވުމާއި ގުޅިގެން އެކަން އެގޮތުގެ މަތީން ކުރިއަށް ގެންދިޔަކަމަށް ޢަލީ ޝަމީމްގެ
ބަޔާނުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
4c / ތތ
2 0 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް ދިވެހި
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު 1
8
FP
2{{38/HC-A/13
އަދި މީގެ އިތުރުން ތިނަދޫ އޮފީހުގެ އޭރުގެ ސެކްރެޓަރީ ގެ މަޤާމުގައި ހު،
ގދ.ފަތިސް، މުޙައްމަދު ނަޢީމް 26 ޖޫން 2006 ދުވަހު ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީހަށް ދީފައިވާ
ބަޔާނުގައި، ގދ.ތިނަދޫތޭންކް މުޙައްމަދު ނަޢީމް އަޙްމަދު ގެ ބޮޑުކަތީބު ކަމުގެ ދުވަސްވަރުގައި،
ބޮޑުކަތީބުއާ ޢަލީ ޝަމީމް އާއި ދެމީހުން ބޮޑުކަތީބުގެ ކޮޓަރީގެ ކޮޓަރީގައި ތިބެގެން މުޙައްމަދު ރަޝާދު
ޙުސައިނާއި ފޯނުން ގުޅާ ވާހަކަ ދެއްކި ދުވަހެއްގައި، "ނަޢީމް މިތަނުގައި އެބަހުއްޓޭ އަހާބަލާށޭ" ބުނެ
އަޅުގަޑު އަތަށް ފޯނު ދިނުމުން، "ތިނަދޫ އޯކަމް، ނަޒްރަތު ޢަބްދުﷲ އަށް ދެއްވި ގޯއްޗަކީ ރަގަޅު
ތަނެއްގައި އޮތް ގޯއްޗެއްހޭ މުޙައްމަދު ރަޝާދު އަޅުގަޑުގާތު އެހިއެވެ. އަދި އެއީ "ރަގަޅު ތަނެއްގައިއޮތް
ގޯއްޗެއްކަމަށް އޭނާ ކައިރީގައި އަޅުގަޑު ބުނީމެވެ." އަދި މުޙައްމަދު ނަޢީމް، މުޙައްމަދު ރަޝާދު ޙުސައިން
ގާތުން، އެގޯތި އޮތީ ރަގަޅު ހިސާބެއްގައިތޯ ތިބަލަނީ ކީއްވެތޯ ސުވާލު ކުރުމުން، "ޢަލީ ފަހުމީމެން
ތިމަންނައަށް ލިބިފައިވާ ގޯތި ބަދަލުކުރަން އުޅޭތީވެ ސާފުކޮށްވީކަމަށް" މުޙައްމަދު ރަޝާދު ޙުސައިން،
މުޙައްމަދު ނަޢީމް ގާތު ބުނެފައިވާކަމަށް، މުޙައްމަދު ނަޢީމް (ސެކްރެޓަރީ) ގެ ބަޔާނުގައި ބުނެފައިވާކަން
ހުރި 200
24
44
ހ ޤާކރވެއެވެ
ގަކުރެވެއެ
(ށ) މަތީގައި ބަޔާކުރެވުނު ގޮތުގެ މަތިން މުޙައްމަދު ރަޝާދު ޙުސައިނުގެ ފަރާތުން ޢަލީ
ފަހުމީއާއި، ނަޒްރަތު ޢަބްދުﷲ ގެ ފަރާތުން ޤުދުރަތުﷲ ޞިދުޤީއާ ދެމީހުން ގދ.ތިނަދޫ އޮފީހަށް ހާޒިރުވެ
މަތީގައި ބަޔާން ކުރެވުނު ދެގޯތި އެއްގޯތި އަނެއްގޯއްޗަށް ބަދަލު ކޮށްދެއްވުމަށް އެދި ބަޔާން ދިނުމާއި
ގުޅިގެން އޭރު އެއޮފީހުގެ ބޮޑުކަތީބު މުޙައްމަދު ނަޢީމް އަޙްމަދު އަމިއްލައަށް މުޙައްމަދު ރަޝާދު
ޙުސައިނާއި އަދި ނަޒްރަތު ޢަބްދުﷲ އަށް ގުޅާއި އެކަން ޔަޤީންކުރުމަށްފަހު، އެދެފަރާތުން އެދިފައިވާ
ފަދައިން އެކަން ހަމަޖައްސަވައި ދެއްވުންއެދި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުއޮފީހަށް ރަސްމީކޮށް
ހުށަހަޅާފައިވާކަމާއި، އެސީޓީއާއެކު ޢަލީ ފަހުމީއާއި ޤުދުރަތުﷲ ޞިދުޤީއާ ދެމީހުން އެއޮފީހަށް ދީފައިވާ
ދެބަޔާންވެސް އަތޮޅު އޮފީހަށް ފޮނުވާފައިވާކަން ގދ.ތިނަދޫއޮފީހުގެ ނަންބަރު: 2002
/
860/Q10A
/
Q
(12 ސެޕްޓެމްބަރ 2002) ސިޓީއަށް ބެލުމުން އެނގެން އޮންނަކަމާއި، އެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް47( ދިވެހިން
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
11 ޤަޟިއްޔާ ނިމުނު 1
2{{38/HC-A/13
لیمری
ދެވެ
ބަލާގެންފައިވަނީ 16 ސެޕްޓެމްބަރ 2002 ވަނަ ދުވަހުކަން ޝަރީޢަތަށް ހުށަހެޅިފައިވާ އެސީޓީގެ
ކޮޕީގައިވާ އެންޓްރީ ތައްގަޑުން އެނގެން އޮންނަކާއި، އެސިޓީ ގދ.އަތޮޅުއޮފީހަށް ލިބުމުން، އެއޮފީހުގެ
ފަރާތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، މުޙައްމަދު ރަޝާދު ޙުސައިނާއި ނަޒްރަތު ޢަބްދުﷲގެ
ފަރާތުން ހުށަހަޅާފައިވާ ގޮތުގެމަތީން، މުޙައްމަދު ރަޝާދު ޙުސައިނަށް ތިނަދޫ ޗަސްބިމުން ލިބިފައިވާ
ނަންބަރު 22
/
10.X ގޯއްލި، ނަޒްރަތު ޢަބްދުﷲ އަށް ހަމަޖައްސަވައި، ތިނަދޫ އުތުރު ފަރާތު ހިއްކިބިމުން
ނަޒްރަތު ޢަބްދުﷲ އަށް ލިބިފައިވާ ގުރުއަތު ނަންބަރު 202 ގޯއްތި، މުޙައްމަދު ރަޝާދު ޙުސައިނަށް
ހަމަޖައްސަވައި، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީހުގެ ރަސްމީ ލެޓާހެޑްގައި، "ގޯތި ބަދަލް ކޮށްދިންކަމުގެ
ލިޔުން" މިނަމުގައި ލިޔެފައިވާ ލިޔުމެއްގައި، އެއަތޮޅުގެ އޭރުގެ އަތޮޅުވެރިޔާ އަޙްމަދު ރަޝީދު 01
އޮކްޓޯބަރ 2002 ގައި ސޮއިކުރައްވާފައިވާކަން އަތޮޅު އޮފީހުގެ އެލިޔުމުން އެނގެން އޮންނަކަމާއި، އަދި
އެލިޔުމުގައި އަތޮޅުވެރިޔާގެ ސޮއިގެ އިތުރަށް ތިނަދޫ ބޮޑުކަތީބު ސޮއިކުރެއްވުމަށް ޚާއްޞަ ކުރެވިފައިވާ
ތަނަކާއި، އޭގެ ތިރިން އިޤްރާރެއްގެ ސިފާގައި، "މިއީ އަޅުގަޑުމެން އެދިފައިވާ ގޮތުގެ މަތީން ނިންމާފައިވާ
ކަމެކެވެ." މިފަދައިން ލިޔެފައިވާ ޢިބާރާތްކޮޅުގެ ތިރީގައި ޢަލީ ފަހުމީ އާއި ޤުދުރަތުﷲ ޞިދުޤީއާއި
ދެމީހުން ސޮއިކުރުމަށް ޚާއްޞަ ކުރެވިފައިވާ .ވެސް
ހިމެނިފައިވާކަން އެލިޔުމުން ރަގަޅަށް އެނގެން
އޮންނަކަން ފާހަގަކުރެވެއެވެ.
(ބ) އިސްވެ މިބާންކުރެވުނު "ގޯތިބަދަށް ކޮށްދިންކަމުގެ ލިޔުން" މިނަމުގައިވާ ހުވަދުއަތޮޅު
ދެކުނުބުރީ އަތޮޅުއޮފީހުގެ ލިޔުމުގައި 01 އޮކްޓޯބަރ 2002 ގައި އަތޮޅުވެރިޔާ ސޮއިކުރެއްވުމާއި ގުޅިގެން،
އެދެގޯތި ބަދަލުކޮށް ދިނުމަށް އެދިފައިވާ ދެފަރާތަށް، އެދެފަރާތުން އެދިފައިވާގޮތުގެ މަތީން އެކަން
ހަމަޖައްސަވައި ދެއްވައިފިކަން އެންގުމުގެ ގޮތުން ފުރަތަމަ އެކަން އެންގިފައިވަނީ ނަޒްރަތު ޢަބްދުﷲ ގެ
ފަރާތުން ޤުދުރަތުﷲ ޞިދުޤީއަށް ކަމަށާއި، ޢަލީ ފަހުމީ އަށް އެކަން އެވަގުތު އެންގިފައި ނުވަނީ އޭނާ
އެވަގުތު ރަށުގައި ނޫޅުއްވާތީ ކަމަށާއި، އަދި ފަހުން ޢަލީ ފަހުމީ ލައްވާ އެލިޔުމުގައި ސޮއިކުރުމަކީ، ކަމާބެހެ
ހ 22
02
@
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 * 32
2
2{{08/HC-A/13
12 ޤަޟިއްޔާ ނިމުނު "
کی مرک
މުވައްޒަފް ދިއުމުން، އަތޮޅުވެރިޔާ ސޮއިކުރައްވާފައިވާ އެލިޔުމުގައި، އެއްކަނުން އަނެއްކަނަށް ރަތްގަލަމަކުން
ރަސްގެލުމަށްފަހު، މިހާރު ރަޝާދު އެގޯތި ބަދަލުކުރުމަށް ބޭނުން ނުވާކަމަށް ޢަލީ ފަހުމީ ބުނެފައިވާކަމަށާއި،
އެއްގޯތި އަނެއްގޯއްޗަށް ބަދަލުކުރުމަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން އޭރު ހަމަޖެހިފައި އޮންނަ ގޮތަކީ،
ގޯތި ބަދަލުކޮށްދޭ ލިޔުމުގައި އަތޮޅުވެރިޔާ ސޮއިކުރެއްވުމުން، އެދެގޯތި އެހިސާބުން ބަދަލުވެގެން
ދިޔުންކަމަށާއި، އަތޮޅުވެރިޔާ ވަކިގޮތަކަށް ކަމެއް ނިންމައި، އެނިންމުމުގައި ސޮއިކުރުމުން އެއަށްވުރެ
މަޤާމުގެ ގޮތުން ދަށުދަރަޖާގެ ވަޒީފާއެއްގައި ހުރި މީހަކަށް، އެނިންމުން ނުވަތަ އެލިޔުން ކެންސަލް
ކުރެވޭނީ ހަމައެކަނި އަތޮޅުވެރިޔާގެ ހުއްދަ ލިބިގެންކަމަށާއި، އެލިޔުމަކީ އަދި އެނިންމުމަކީވެސް ޞައްޙަ
ނިންމުމެއްގެ މައްޗަށް
ލިޔެފައިވާ ޞައްޙަ ލިޔުމެއްކަމަށް، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުވެރިޔާ ޢަލީ
ޝަރީފް މުޙައްމަދު ސޮއި ކުރައްވާފައިވާ ގދ.އަތޮޅުގެ އިސްމެޖިސްރޭޓަށް ފޮނުއްވާފައިވާ ހުވަދުއަތޮޅު
ދެކުނުބުރީ އަތޮޅުއޮފީހުގެ ނަންބަރު 2007
/
06/QC
-
1
/
Q10C ގެ ސިޓީގައި ބަޔާން ކުރައްވާފައިވާކަން
އެނގެއެވެ.
443
I
އަދި މިބަޔާންކުރެވުނު ފަދައިން ޢަލީ ފަހުމީ ޢަމަލު ކުރުމަށްފަހު، ހުވަދުއަތޮޅު ދެކުނުބުރީ
ތިނަދޫ އޮފީހަށް ސިޓީއެއް ލާފައިވާކަމާއި، އެސީޓީގައި، "ގދ.ތިނަދޫ މާކޯނި މުޙައްމަދު ރަޝާދު އަށް
ތިނަދޫ ޗަސްބިމުން ދެއްވާފައިވާ ގޯތި ބަދަލު ކުރުމަށް އަޅުގަނޑު ހުށަހަޅާފައިވާ ހުށަހެޅުން
ބާތިލްކޮށްދެއްވުން އެދި ދެންނެވީމެވެ. މިގޮތަށް ބަދަލުކުރަން އެދެންޖެހުނީ މުޙައްމަދު ރަޝާދު ގޯތި
ހިތްހަމަ ނުޖެހޭކަމަށް އަޅުގަޑަށް އެންގުމާއި ގުޅިގެންނެވެ." މިފަދައިން
ބަޔާންކޮށްފައިވާކަމާއި، ނަމަވެސް އޭރުވަނީ 11 ސެޕްޓެމްބަރ 2002 ގައި ޢަލީ ފަހުމީ ތިނަދޫ އޮފީހަށް
ދީފައިވާ ބަޔާނާއި ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީހުގެ ފަރާތުން އެދެގޯތި ބަދަލުކޮށް، ދެގޯތި
ބަދަލުކޮށްދިން ކަމުގެ ލިޔުމުގައި އަތޮޅުވެރިޔާ ސޮއިކުރައްވާ ނިންމަވާފައިކަން އިސްވެ ބަޔާން ކުރެވުނު
ލިޔުމުން ރަގަޅަށް އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 86471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44
FP
2{{38/HC-A/13
13 ޤަޟިއްޔާ ނިމުނު 1
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނުފަދައިން، ގދ.ތިނަދޫމާކޯނި
މުޙައްމަދު ރަޝާދު ޙުސައިނަށް ގދ.ތިނަދޫ ޗަސްބިމުގެ ހިއްކި ސަރަޙައްދުން ދީފައިވާ ނަންބަރު
22
/
10.X ގޯއްޗާއި ގދ.ތިނަދޫ އުތުރު ފަރާތުން އަލަށް ހިއްކި ސަރަޙައްދުން ގދ.ތިނަދޫ އޯކަމް ނަޒްރަތު
ޢަބްދުﷲ އަށް ދީފައިވާ ނަންބަރު 202 ގޯއްޗާއި ދެގޯތި އެއްގޯތި އަނެއްގޯއްޗާއި ބަދަލުކުރުމަށް އެދި
ގދ.ތިނަދޫ އޮފީހަށް (މުޙައްމަދު ރަޝާދު ޙުސައިންގެ ފަރާތުން ގއ.އަތޮޅު އޮފީހުގެ އެހީތެރިޔާ ޢަލީ
ފަހުމީއާއި، ނަޒްރަތު ޢަބްދުﷲ ގެ ފަރާތުން ގދ.ތިނަދޫ މާނެލް ޤުދްރަތުﷲ ޞިދުޤީ) 11 ސެޕްޓެމްބަރ
2002 ގައި ހާޒިރުވެ ބަޔާންދީ އެބަޔާނުގައި ސޮއިކޮށްފައިވާކަމާއި، އަދި މުޙައްމަދު ރަޝާދުގެ
ފަރާތުންކަމަށްބުނެ ޢަލީ ފަހުމީ ދެއްކި ވާހަކައަކީ ރަގަޅު ތެދު ވާހަކައެއްތޯ، އޭރު ގދ.ތިނަދޫ އޮފީސް
ހިންގެވުމަށް އެންމެ އިސްކޮށް ހުރި ފަރާތުން ބަލާ އެކަން ކަށަވަރުކޮށްފައިވާ ކަމާއި، ރަށުއޮފީހުން
ބަލަންޖެހޭ
ކަންތައްތައް
ބެލުމަށްފަހު، ރަސްމީކޮށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީހަށް
ހުށަހަޅާފައިވާކަމާއި، މުޙައްމަދު ރަޝާދުގެ ފަރާތުން ޢަލީ ފަހުމީއަށް އެބާރު ދީފައި ނުވާނެކަމަކަށް
މުޙައްމަދު ރަޝާދު ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކަށް އަންގާފައި ނުވާކަމާއި، އަދި ޢަލީ ފަހުމީގެ
ފަރާތުން ގދ.ތިނަދޫ އޮފީހުގައި ބަޔާން ދީފައިވަނީ މުޙައްމަދު ރަޝާދުގެ ރުހުމާއި ޚިލާފަށްކަމަށް ޢަލީ
ފަހުމީވެސް ބުނެފައި ނުވާކަމާއި، އަދި ޢަލީ ފަހުމީ މުޙައްމަދު ރަޝާދުގެ ކިބައިން އެފަދަ ބާރަކާއި
އިޚްތިޔާރެއް ނުލިބި ގޯތި ބަދަލުކުރުމަށް އޮފީހުގައި އެދިފައިވާކަމަށް މުޙައްމަދު ރަޝާދު ދެކޭނަމަ، އެކަމަކީ
މުޙައްމަދު ރަޝާދުގެ ކުރިމަތީގައި ޢަލީ ފަހުމީ ނަގަންޖެހޭނެ ޒިންމާއެއްކަމާއި، މިކަންކަން ސާފުކޮށް
އެނގެން އޮންނާތީ، އަތޮޅުއޮފީހުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އަތޮޅުވެރިޔާ އެދެގޯތި ބަދަލުކޮށްދީ
ނިންމެވިފަހުން، މުޙައްމަދު ރަޝާދުގެ ޚިޔާލު ބަދަލުވުމަކީ އަތޮޅުވެރިޔާގެ ނިންމުން ބާތިލް ކަމަށް
ކަނޑައެޅޭނެ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ކަމަކަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަކަށް
ގދ.ތިނަދޫ ކޯޓުގެ ނަންބަރު: 2007/Q-10-C/125 ޤަޟިއްޔާގައި ކުރައްވާފައިވާ
ގެންނަން ޖެހޭނެ ކަމަކަށް މިމައްސަލަ ބެލި ފަނޑިޔާރުންނަކަށް ނުފެނުނެވެ.
4 22
94
32 ގތ
ޙުކުމަށް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޒިންޑްސްގެ ހައި
2{{08/HC-A/13
14 ޤަޟިއްޔާ ނިމުނު ގޮތު
و مری معلمي *
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި
ބަޔާންކުރެވުނު ސަބަބުތައް
އެގޮތުގެ މަތީން ހުރުމާއެކު، ގދ.ތިނަދޫ ކޯޓުގެ ނަންބަރު: 2007/Q
-
10
-
C/125 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބެލެވޭނެ
އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާވެވިފައިވާތީ، އެޤަޟިއްޔާގެ
ޙުކުމަށް ތާއީދުކޮށް މިޤާޟިއްޔާ ނިންމީއެވެ.
ވީޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ:
ޢަބްދުލްޣަނީ މުޙައްމަދު
(ފަނޑިޔާރު)
ޢަލީ ސަމީރު
(ފާނޑިޔާރު)
ޢައްބާސް ޝަރީފު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv