ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/127 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/127
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 127/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
މިނަން: ޕޮރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަށ:-
ދާއިމީ އެޑްރެސް: ޕްރޮކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕޮރޮކިއުޓަރ ޖެނެރަލްގެ އޮފީސް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ނަޖާޒު މޫސާ
އައިޑީ ކާޑު ނަންބަރ:
098466-A
ދާއިމީ އެޑްރެސް:މ.ފެންނިރު!މާލެ
މިހާރުގެ އެޑްރެސް:މ.ފެންނިރު/މާލެ
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ޖުމާދަލްއާޚިރާ 1432
01 ޖޫން
ނިމުނު ތާރީޚް: 27 ޛުލްޙިއްޖާ 1432
23 ނޮވެމްބަރ
2011
2011
ތ.....
އިސްތިއުނާ ޝިއްޔާނަންބަރ: ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
1447
/
Cr
-
C/1511)
ޤަޟިއްޔާ
• ޤަޟިއްޔާގެ ބާވަތް: އަމުރަށްނުކިޔަމަންތެރިވުން
، ނިންމެވިކޯޓް: ކްރިމިނަލްކޯޓް
• ތާރީޚް: 20 މާރޗް 2011
ދިވެހިރާއްޖޭ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: WWW.highcourt.gov.mv
[email protected]
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-A/127
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
1447
/
Cr
-
C/1511) ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް
ކަމަށް ދެކިގެން ދައުލަތުގެ ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަން ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި
ފަރާތަކީ މ.ފެންނިރު މުޙައްމަދު ނަޖާޒު މޫސާ (އައިޑީކާޑުނަންބަރު 098466-A) އެވެ.
ﷲމޗު
26
894/
04 ތ
އއބ *
ފާހަގަކުރެވުނު ނުކުތާތައް:
1- އިސްތިއުނާފު ކުރެވޭ ކްރިމިނަލްކޯޓުގެ ނަންބަރު 2010/JC
/
2010
)
1447
/
Cr
-
C/1511)
ޤަޟިއްޔާއަކީ މ.ފެންނިރު މުޙައްމަދު ނަޖާޙު މުސާ 10 މެއި 2010 ދުވަހުގެ ރޭ 19.45 ހައިއިރު މީނާގެ
އެއްބަފާ ކޮއްކޮ މ.ފެންނިރު ޙުސައިން ނަބީލުއާއި މެދު މާރާމާރީ ހިންގިކަމަށް މީނާގެ މައްޗަށް
ތުހުމަތު ކުރެވުނު މައްސަލައަކާއި ގުޅިގެން ޙުސައިން ނަބީލުއާއި ސުވާލު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ އިންޓަވިއު ރޫމަށް ވެއްދުމުން މީނާ
ޙުސައިން ނަބީލުގެ ފަހަތުން އިންޓަވިއުރޫމް ތެރެއަށް ވަދެ ޙުސައިން ނަބީލް ގާތުގައި "މިހާރު ކޮއްކޮ އުފާވޭ"
އެހުމުން އުފާވާކަމަށް ޙުސައިން ނަބީލް ބުނުމުން މީނާ އެކަމާ ހިތްހަމަ ނުޖެހިގެން ޙުސައިން ނަބީލުއާ ދިމާލަށް
މަރާލާނެކަމަށް ބުނެ މަރުގެ އިންޒާރު ދީފައިވާ ކަމަށް ޕޮލިސް ލ.ކޯޕްރަލް ޝަނާޒް އަޙްމަދުއާއި ލާންސް
ކޯޕްރަލް މުޙައްމަދު އިރުޝާދު ބުނާތީ ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު
ނަޖާޙް މޫސާގެ މައްޗަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ އަމުރަށް ނުކިޔަމަންތެރި
ވުމުގެ ކުށުގެ ދަޢުވާއެއްކަން އެގޭ ކަމާއި
އެޤަޟިއްޔާގެ ޙުކުމުގައިވަނީ " ދެންފަހެ މ.ފެންނިރު މުޙައްމަދު ނަޖާޙު މޫސާގެ މައްޗަށް
ދައުލަތުން ކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މީނާގެ އެއްބަނޑު
އެއްބަފާ ކޮއްކޮ މުޙައްމަދު ނަބީލުއާއި މެދުގައި މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން
ޙުސައިން ނަބީލުއް ސުވާލު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް
ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިންޓަވިއު ރޫމަށް ވެއްދުމުން، މީނާ ޙުސައިން ނަބީލުގެ ފަހަތުން އިންޓަވިއު
ރޫމް ތެރެއަށްވަދެ، ޙުސައިން ނަބީލުގެ ގާތުގައި "މިހާރު ކޮއްކޮ އުފާވޭހޭ" އެހުމުން އުފާވާކަމަށް ޙުސައިން
ނަބީލް ބުނުމުން، މަރާލާނެކަމަށް ބުނެ މުޙައްމަދު ނަޖާރު މޫސާ މީނާގެ ކަނާތުގައި ކުރުކޮށްފައި ޙުސައިން
ކަނާތްފަރާތު ކޮނޑުގައި ޖަހައި މާރާމާރީ ހިންގާފައިވާކަމަށްބުނެ ދައުލަތުން ކޮށްފައިވާ މާރާމާރީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2{11/HC-A/127
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
-02
4 2 2 4
މައްސަލައާއި ގުޅިގެން 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް"
ކޮށްފައިވާތީ، މީނާގެ މައްޗަށް
ދައުލަތުން ކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށަށް އަދަބު ކަނޑައަޅާނެތަ
ނޑައަޅާނެތަނެއް ނެތްކަމަށް ކަނޑައަޅައި
މިގޮތުގެ މަތިން ޙުކުމްކޮށް މައްސަލަ ނިންމީއެވެ." މިފަދައިންކަން އެގެއެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
1447
/
Cr
-
C/1511) ޤަޟިއްޔާ
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މައްސަލަ އިސްތިއުނާފު ކުރި
ފަރާތުން މައިގަނޑު ދެކަމެއް ފާހަގަކޮށް އެކަންކަމުގެ މައްޗަށް ޝަރީޢަތުގެ މަޖިލީހުގައި ތަފްޞީލުކޮށް ވާހަކަ
ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: މ.ފެންނިރު، މުޙައްމަދު ނަޖާޙު މޫސާގެ މައްޗަށް ދައުލަތުގެ ފަރާތުން
ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާގައިވާ ފަދައިން މީނާ، 10 މެއި 2010 ދުވަހު މީނާގެ
އެއްބަޑު އެއްބަފާ ކޮއްކޮ ޙުސައިން ނަބީލް (14އަހަރު) އަށް އިންޒާރުދީފައިވާކަމަށް ޝަރީޢަތުގައި
އިޢުތިރާފްވެފައިވާއިރު، މުޙައްމަދު ނަޖާޙު މޫސާ، 10 މެއި 2010 ދުވަހު ޙުސައިން ނަބީލް އާމެދު މާރާމާރީ
ހިންގާފައިވާތީ، މީނާގެ މައްޗަށް މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ވަކިން އުފުލިފައިވާއިރު، މީނާގެ މައްޗަށް
މާރާމާރީގެ ކުށް ސާބިތުވެ، އަދަބު ކަނޑައަޅުއްވާފައިވާތީކަމަށްވިދާޅުވެ، މީނާ އިންޒާރުދީފައިވާ މައްސަލައިގައި
ދަޢުވާކުރެވުނު އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ އަށް އަދަބު ކަނޑައެޅޭނެތަނެއް ނެތްކަމަށް
ނިންމާފައިވުން ކަމަށް ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: މުޙައްމަދު ނަޖާހު މޫސާގެ މައްޗަށް ދައުލަތުން ކޮށްފައިވާ މާރާމާރީގެ
ކުށުގެ ދަޢުވާ ސާބިތުވެގެން އަދަބު ކަނޑައެޅިފައިވާތީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 60 ވަނަ
މާއްދާގެ (ހ) ގައި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ ދެވަނަ ފަހަރަށް ހަމަ އެކުށުގެ
ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެކަމަށް މުޙައްމަދު
ނަޖާޙް މޫސާގެ މައްޗަށް ދައުލަތުން ކުރި އަމުރަށް ނުކިޔަމްންތެރިވުމުގެ ކުށުގެ ދަޢުވާގެ ޤަޟިއްޔާ ނިމުނު
ގޮތުގެ ރިޕޯޓުގެ 4 ވަނަ ނުކުތާގައި ފާހަގަ ކުރައްވައި އެގޮތުގެ މަތިން މައްސަލަ ނިންމަވާފައިވާކަމަށް ފާހަގަ
ކޮށްފައިވާ ނުކުތާއެވެ.
03- މިމައްސަލާގައި ދަޢުވާލިބޭ ފަރާތްކަމަށްވާ މުޙައްމަދު ނަޖާޙު މޫސާ ޝަރީޢަތަށް
ދީފައިވާ ބަޔާނުގައި މިމައްސަލަ ފުރަތަމަ ހިގާފައިވަނީ ގޭތެރޭގައި ކަމަށާއި ދެން ފަހުން ޕޮލިސްޓޭޝަން
ތެރެއަށް އައިސް އެތާތެރޭގައި މުޙައްމަދު ނަޖާޙު މޫސާ ގޮސް ކޮއްކޮ ކައިރީގައި އެހެން އަހާފައި އޭނާ
ހިތްހަމަޖެހެއޭ ބުނީމާ މުޙައްމަދު ނަޖާޙު މޫސާ އޭނާގެ
ދިމާއަށް ކަލޭ މަރާލާނަމޭ ބުނެ ހަމަ އެވަގުތު
ޑިރިއްއްޖޭހެ ، ގައިގާ ފައިންވެސް ޖެހި ކަމަށާއި އެހިނގި މާރާމާރީގެ ބަޔަށް މިހާރު އަދަބު ކަނޑައެޅި
2x 0x
ކެއެކު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް
ވެބް ސައިޓް www.highcourt.gov.mv
[email protected]
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-A/127
22 ތ ދ ތ 0
2
0
ނޫންކަމަށްވެސް
XOX
ނިމިފައިވާކަމަށާއި އެކަން ހިގާފައިވަނީ އެއްވަގުތެއްގައި އެއްތަނުގައި ކަމަށާއި މަރާލާނަމޭ ބުނުމާ ޖެހުމާ މިއީ
ހަމަ އެއްފަހަރާ އެއްދުވަހެއްގައި ހިގި ކަންތަކެއްކަމަށާއި، އަދި މަރާލާނަމޭ ބުނީ މަރާލުމުގެ ނިޔަތެއްގައި
ބުނެފައިވާކަން އެގެއެވެ.
04= މިމައްސަލާގައި ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށާއި ހުށަހެޅިފައިވާ
ލިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ނަޒަރު ކުރުމުން އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(.) މިމައްސަލައަކީ މުޙައްމަދު ނަޖާޙު މޫސާ އޭނާގެ ކޮއްކޮއާމެދު ގޭތެރޭގައި މާރާމާރީ
ހިންގިކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން މުޙައްމަދު ނަޖާޙު މޫސާ މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ޙާޟިރުކޮށް އަދި އެމައްސަލާގައި މީނާގެ ކޮއްކޮ ޙުސައިން ނަބީލުއާ ސުވާލު ކުރުމަށްޓަކައި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިންޓަވިއު ރޫމަށް
ވެއްދުމުން، މީނާ ޙުސައިން ނަބީލުގެ ފަހަތުން އިންޓަވިއު ރޫމް ތެރެއަށްވަދެ، ޙުސައިން ނަބީލުގެ ގާތުގައި
"މިހާރު ކޮއްކޮ އުފާވޭ" އެހުމުން އުފާވާކަމަށް ޙުސައިން ނަބީލް ބުނުމުން މަރާލާނެކަމަށް ބުނެ މުޙައްމަދު
ނަޖާޙް މޫސާ މީނާގެ ކަނާތުގައި ކުރުކޮށްފައި ޙުސައިން ނަބީލުގެ ކަނާތްފަރާތު ކޮނޑުގައި ޖަހާ މާރާމާރީ
ހިންގާފައިވާކަމަށް ދައުލަތުން ހުށަހަޅާފައިވާ މަރާމާރީގެ ދަޢުވާއާ ގުޅިގެން މުޙައްމަދު ނަޖާޙު މޫސާގެ މައްޗަށް
ކުށް ސާބިތުވެ 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރައްވާފައިވާތީ މުޙައްމަދު ނަޖާޙު
މޫސާ އޭނާގެ ކޮއްކޮ ޙުސައިން ނަބީލުއާ ދިމާއަށް "މަރާލާނަމޭ" ބުނެ މަރުގެ އިންޒާރު ދީފައިވާ ކަމަށް ބުނެ
މީނާގެ މައްޗަށް ދައުލަތުން ކުޅަ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށަށް އަދަބު ކަނޑަޅާނެ ތަނެއް ނެތްކަމަށް
ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ނިންމަވާފައިވުމާއެކު ކްރިމިނަލް ކޯޓުގެ މިނިންމެވުން އިސްތިއުނާފް
ކުރުމަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެއް ކަމާއި
މިމައްސަލައަށް ބަލާއިރު މުޙައްމަދު ނަޖާރު މޫސާ މީނާގެ ކޮއްކޮ ޙުސައިން ނަބީލުއާ ދިމާއަށް
މަރާލާނަމޭ ބުނެ ޖަހާ މާރާމާރީ ހިންގާފައިވާއިރު މިއީ އެއްފަހަރާ ހިގާފައިވާ ކަމެއް ކަމާއި އަދި
އެއްވަގުތެއްގައި އެއްތަނެއްގައި ހިގާފައިވާ ކަމެއްކަންވެސް ދެފަރާތުގެ ބަޔާން ތަކުން ވަރަށް ސާފުކޮށް
އެގެއެވެ.
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 60 ވަނަ މާއްދާގެ (ހ) ގައި
"ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ
ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެޓްޓެގެ
ނުއުފުލޭނެއެވެ. އަދި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ،
، ދެވަނަ
އެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-A/12/
މީހެއްގެ
0 2
ހިމެނޭނީ
ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ
މައްޗަކަށް ނުއުފުލޭނެއެވެ."
މިފަދައިން ބަޔާންކޮށްފައިވާއިރު
އަދި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ޗެޕްޓަރ 1 ގެ 9 ވަނަ މާއްދާގައި
ކުރުމުގެ ޤަސްދުގައި ނުވަތަ ކުށެއް ކުރަން އުޅުމުގެ ތެރޭގައި ޢަމަލަކުން ނުވަތަ އެއަށްވުރެން ގިނަ ޢަމަލުން
ވިޔަސް އެކުށް ފުރިހަމަ ކުރި ކަމުގައި ވާނަމަ ނުވަތަ ފުރިހަމަ ކުރަން އުޅުނު ނަމަ އެހުރިހާ ކަމެއް
އެއްކުށެއް ކަމުގައެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު
މުޙައްމަދު ނަޖާޙު މޫސާ އޭނާގެ ކޮއްކޮ ޙުސައިން ނަބީލުއާ ދިމާއަށް މަރާލާނަމޭ ބުނެ
ޖެހުމުން އެއީ އޭނާ މާރާމާރީގެ ކުށް ފުރިހަމަ ކުރުމުގެ ތެރޭގައި ހިންގާފައިވާ ދެޢަމަލު ކަމާއި އަދި
މަރާލާނަމޭ ބުނެ ޖެހުމުން އޭނާ ޤަސްދުކޮށްފައިވާ ކުށުގެ ޢަމަލަކީ ޖިސްމަށް ނުވަތަ ހަށިގަޑަށް އަނިޔާ ނުވަތަ
ވޭން ދިނުންކަން އެގޭކަމާއި މަރާލާނަމޭ ބުނުމާއި ޖަހާ މާރާމާރީ ހިންގުމާއި މިއީ އެއްވަގުތެއްގައި
އެއްޙާދިސާއެއްގައި ހިގާފައިވާ ކަންތަކެއްކަން ބަޔާންތަކުން ސާފުކޮށް އެގެންއޮތްއިރު މުޙައްމަދު ނަޖާޒު މޫސާ
އޭނާގެ ކޮއްކޮ ޙުސައިން ނަބީލުއާ ދިމާއަށް މަރާލާނަމޭ ބުނެ ޖަހާފައިވާ ޖެހުމަކީ އެއީ އެއް ކުށެއް ފުރިހަމަ
ކުރުމުގެ ޢަމަލެއް ކަމަށް ބަލަންޖެހޭ ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
oec
ދެކެއެވެ.
و گرم
(ނ) ޤާނޫނުލް ޢުޤޫބާތުގެ 126 ވަނަ މާއްދާގައި " ދެމީހަކު ނުވަތަ ބަޔަކު ޣައިރު ޤާނޫނީ
އެއްވުމަކަށް ނުހިމެނޭ ގޮތުން އެކަކު އަނެކަކުގެ ގަޔަށް ރުހުމާއި ނުލައި ރުޅިވެރި ކަމުގެ ގޮތުން
އަތްލައިފިނަމަ ނުވަތަ އެގޮތުން އަތްލާ ތަޅާފޮޅައި ހަދައިފިނަމަ އެއީ މާރާމާރީ އެކެވެ." މިގޮތަ
ބަޔާންކޮށްފައިވާއިރު މާރާމާރީ ހިންގުމުގެ ތެރޭގައި އަނެކާއާ ދިމާއަށް ރުޅިވެރި ކަމުގެ ބަސްތައް ބުނުމަކީ
އެކަކު އަނެކަކުގެ ގަޔަށް ރުހުމާނުލާ ރުޅިވެރިކަމުގެ ގޮތުން އަތްލާ މާރާމާރި
ފިމާރީ ހިންގުމުގެ ޢަމަލުގެ ތެރޭގައި
ހިމެނޭ ތަބިޢީ ކަމެއް ކަމަށް ބަލަންޖެހޭކަން އެގޭކަމާއި
މިކަންކަން މިހެންހުރުމުން
ހެންހުރުމުން މުޙައްމަދު ނަޖާޙު މޫސާ މީނާގެ ކޮއްކޮ ޙުސައިން ނަބީލުއާއި މެދުގައި
މާރީމާރީ ހިންގިކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން، ޙުސައިން ނަބީލުއާ ސުވާލުކުރުމަށްޓަކައި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިންޓަވިއު ރޫމަށް
ވެއްދުމުން މީނާ ޙުސައިން ނަބީލުގެ ފަހަތުން އިންޓަވިއުރޫމް ތެރެއަށް ވަދެ ޙުސައިން ނަބީލުގެ ގާތުގަ
މިހާރު ކޮއްކޮ އުފާވޭހޭ އެހުމުން އުފާވާކަމަށް ޙުސައިން ނަބީލު ބުނުމުން މަރާލާނެކަމަށް ބުނެ މުޙައްމަދު
ނަޖާޙު މޫސާ މީނާގެ ކަނައަތުގައި ކުރުކޮށްފައި ޙުސައިން ނަބީލުގެ ކަނާތްފަރާތު ކޮނޑު
ހިންގުމުގެ ކުށް ސާބިތުވެގެން މުޙައްމަދު ނަޖާޙު މޫސާގެ މައްޗަށް އަދަބު ކަނޑައަޅާ (ޙުކުމް ކޮށްފައިވުމުން
2 20
ބައިޤަރާމާރީ
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 8316471
އީމެއިލް
ވެބް ސައިޓް www.highcourt.gov.mv
[email protected]
6
2{11/HC-A/127
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0724ރ
ހިންގުމުގެ ތެރޭގައި މުޙައްމަދު ނަޖާޙު މޫސާ އޭނާގެ ކޮއްކޮއާ ދިމާއަށް މަރާލާނަމޭ ބުނެފައިވުމުން
މުޙައްމަދު ނަޖާޙު މޫސާގެ މައްޗަށް ދައުލަތުން ކުޅަ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށަށް އަދަބު ކަނޑަޅާނެ
ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
1447
/
Cr
-
C/1511) ޤަޟިއްޔާގައި
ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ބެލެވޭކަށް ނެތެވެ.
22 22
• ޙުކުމް:
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2010
)
1447
/
Cr
-
C/1511) ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤު ވެވެނު ހިނދު ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
1447
/
Cr
-
C/1511)
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް
މައްސަލަ ނިންމީއެވެ.
ދިވެހިރާއްa
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް www.highcourt.gov.mv
[email protected] ube