ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/19 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/19
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 19/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ޚާލިދު
އައިޑީ ކާޑުނަންބަރު: A034411
ދާއިމީ އެޑްރެސް: މއ.އޮނިކްސް މާލެ
މިހާރުގެ އެޑްރެސް: މއ.އޮނިކްސް/ މާލެ
*
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: 1- ޢާއިޝަތު ޢިޝާ ނުޢުމާން
އައިޑީ ކާޑުނަންބަރު: A040671
ދާއިމީ އެޑްރެސް: ބ.ކަމަދޫ މާލެ
މިހާރުގެ އެޑްރެސް: މ.ސަންޑިއުރީ މާލެ
* ނަން: 2- ފާޠިމަތު މަންހާ ނުޢުމާން
އައިޑީ ކާޑުނަންބަރު: A167080
ދާއިމީ އެޑްރެސް: ގ.ކަމަދޫ މާލެ
މިހާރުގެ އެޑްރެސް: ބ.ކަމަދޫ މާލެ
* ނަން: 3- އަޙްމަދު ޔޫޝަޢު ނުޢުމާން
އައިޑީ ކާޑުނަންބަރު: A167055
، ދާއިމީ އެޑްރެސް: ބ.ކަމަދޫ މާލެ
މިހާރުގެ އެޑްރެސް: ގ.ކަމަދޫ މާލެ
* ނަން: 4 ބާސިމާ އަޙްމަދުދީދީ
އައިޑީ ކާޑުނަންބަރު: A038630
ދާއިމީ އެޑްރެސް: ގ.ކޫފާ! މާލެ
މިހާރުގެ އެޑްރެސް: ފ.ކޫފާ! މާލެ.
ދިވެހިރާއްޖޭގެ
އައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/19
* ނަން: 5- ޢަލީ ސަޢީދު
އައިޑީ ކާޑުނަންބަރު: A010605
ދާއިމީ އެޑްރެސް: ގ.މާވާގެ/ މާލެ
މިހާރުގެ އެޑްރެސް: ގ.މާވާގެ/ މާލެ
*
* ނަން: 6 ޝަރުކާން އަޙްމަދުދީދީ
އައިޑީ ކާޑުނަންބަރު: A033507
ދާއިމީ އެޑްރެސް: ގ.މާވާވިލާ މާލެ
މިހާރުގެ އެޑްރެސް: ގ.މާވާވިލާ/ މާލެ
• ރަޖިސްޓްރީ ތާރީޚް: 20 ރަބީޢުލްއާޚިރު 1435
20 ފެބްރުއަރީ 2014
ނިމުނު ތާރީޚް: 25 ޛުލްޙިއްޖާ 1435
19 އޮކްޓޯބަރ 2014
• އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2010/MC
/
2010
)
951
/
Cv
-
C/1930)
• ނިންމެވި ކޯޓް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: އެއްބަސްވުން ތަންފީޛުކުރުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އގ.ޢަބްދުއްރައޫފު އިބްރާހީމް
339
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯލް: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
951
/
Cv
-
C/1930) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން
އެދި މއ.އޮނިކްސް/ ކ.މާލެ ޙުސައިން ޚާލިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތްތަކަކީ، ގ.ކަމަދޫ ކ.މާލެ ޢާއިޝަތު އިޝާ ނުޢުމާން
(ދ.ރ.ކާޑު ނަންބަރު: A040671) އަދި އެގޭ ފާޠިމަތު މަންހާ ނުޢުމާން (ދ.ރ.ކާޑު ނަންބަރު:
A167080) އަދި ހަމައެގޭ އަޙްމަދު ޔޫޝަޢު ނުޢުމާން (ދ.ރ.ކާޑު ނަންބަރު: A167055) އަދި
ގ.މާވާވިލާ ޝަރުކާން އަޙްމަދު ދީދީ (ދ.ރ.ކާޑު ނަންބަރު: A033507) އަދި ގ.ކޫފާ ބާސިމާ އަޙްމަދު
ދީދީ (ދ.ރ.ކާޑު ނަންބަރު: A038630) ގ.މާވާގެ ޢަލީ ސަޢީދު (ދ.ރ.ކާޑު ނަންބަރު: A010605)
ފާހަގަކުރެވުނު ނުކު
01- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
951
/
Cv
-
C/1930) ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 14 ޖޫން 2010 ދުވަހުގައި ގ.ކަމަދޫ
ނުޢުމާން އަޙްމަދު ދީދީ ނިޔާވުމުގެ ކުރިން، ނުޢުމާން އަޙްމަދު ދީދީ ދުނިޔޭގައި، ނުޢުމާން އަޙްމަދު ދީދީގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ގ.ކަމަދޫގެ" އެވެ ކިޔާ ގޯތީގެ 1300 (އެއްހާސް ތިންސަތޭކަ) އަކަފޫޓުގެ
ތެރެއިން 650 (ހަސަތޭކަ ފަންސާސް) އަކަފޫޓުގެ ބިމުގައި 6 (ހައެއް) ނުވަތަ 7 (ހަތެއް) ބުރީގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ވާ، ދިވެހިޔާ2
4
2014/HC-A/19
ޢިމާރާތެއް ކުރުމާބެހޭގޮތުން ނުޢުމާން އަޙްމަދު ދީދީއާއި އއ.އޮނިކްސް ޙުސައިން ޚާލިދު (ދ.ރ.ކާޑު
ނަންބަރު A034411) އާދެމެދު 06 މާރޗް 2010 ގައި ވެވިފައިވާ "ބިން ވިއްކުމާއި ޢިމާރާތްކުރުމާބެހޭ
އެއްބަސްވުން" ގެ ދަށުން، ޙުސައިން ޚާލިދުއަށް ލިބިގެންވާ ޙައްޤުތައް ނުޢުމާން އަޙްމަދު ދީދީގެ ވާރިޘުންގެ
ކިބައިން ހޯދުމަށް އެދި ޙުސައިން ޚާލިދުގެ ފަރާތުން ބ.ކަމަދޫ (ދ.ސަންޑިއުރީ) ޢާއިޝަތު އިޝާ ނުޢުމާން
(ދ.ރ.ކާޑު ނަންބަރު A040671) ގެ މައްޗަށާއި، ގ.ކަމަދޫ (ދ.ހަންޑިއު) ފާޠިމަތު މަންހާ ނުޢުމާން
(ދ.ރ.ކާޑު ނަންބަރު A167080) ގެ މައްޗަށާއި، ބ.ކަމަދޫ (ދ.ހަންޑިއު) އަޙްމަދު ޔޫޝައު ނުޢުމާން
(ދ.ރ.ކާ ނަންބަރު A167055) ގެ މައްޗަށާއި، ޏ.ފުވައްމުލައް | އުނިމާގެ ގ.މާ މަރްޔަމް
ސަޢީދާ (ދ.ރ.ކާޑު ނަންބަރު A076411) ގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން
އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެންފަހެ، މއ.އޮނިކްސް ޙުސައިން ޚާލިދު (ދ.ރ.ކާޑު
ނަންބަރު A034411) ގެ ފަރާތުން ބ.ކަމަދޫ (ދ.ސަންޑިއުރީ) ޢާއިޝަތު އިޝާ ނުޢުމާން (ދ.ރ.ކާޑު
ނަންބަރު A040671) ގެ މައްޗަށާއި، ބ.ކަމަދޫ (ދ.ހަނީޑިއު) ފާޠިމަތު މަންހާ ނުޢުމާން (ދ.ރ.ކާޑު
ނަންބަރު A167080) ގެ މައްޗަށާއި، ގ.ކަމަދޫ (ދ.ހަންޑިއު) އަޙްމަދު ޔޫޝައު ނުޢުމާން (ދ.ރ.ކާޑު
ނަންބަރު A167055) ގެ މައްޗަށާއި، ޏ.ފުވައްމުލައް އުނިމާގެ (އ.މާވާގެ) މަރްޔަމް ސަޢީދާ (ދ.ރ.ކާޑު
ނަންބަރު A076411) ގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލާއިރު،
ދަޢުވާއަކީ "ގ.ކަމަދޫ" އެވެ ކިޔާ ގޯތީގެ 1300 (އެއްހާސް ތިންސަތޭކަ) އަކަފޫޓުގެ ތެރެއިން
650 (ހަސަތޭކަ ފަންސާސް) އަކަފޫޓުގެ ބިމުގައި 6 (ހައެއް) ނުވަތަ 7 (ހަތެއް) ބުރީގެ ޢިމާރާތެއް
ކުރުމާބެހޭ ގޮތުން އަދި އެގޯތީގެ އަނެއް 650 (ހަސަތޭކަ ފަންސާސް) އަކަފޫޓު ޙުސައިން ޚާލިދު އަށް
ވިއްކުމުގެ ގޮތުން ނުޢުމާން އަޙްމަދު ދީދީއާއި ޙުސައިން ޚާލިދު އާދެމެދު 06 މާރޗް 2010 ގައި ވެފައިވާ
ބިން ވިއްކުމާއި ޢިމާރާތްކުރުމާބެހޭ އެއްބަސްވުން" ގެ މައްޗަށް މިއެއްބަސްވުމުގެ ދަށުން ޙުސައިން
ޚާލިދުއަށް ލިބިގެންވާ ޙައްޤުތައް
ޤުތައް ރައްކާތެރިކޮށް، އެޙައްޤުތައް ލިބޭނެ ގޮތް ހަދާދިނުން އެދި ހުށަހަޅާފައިވާ
ދަޢުވާއެއްކަމާއި، ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލިފައިވަނީ އެފަރާތްތަކަކީ ގ.ކަމަދޫ މަރްޙޫމް
ނުޢުމާން އަޙްމަދު ދީދީގެ ވާރިޘުން ކަމުގައިވާތީކަން އެނގެން އޮންނަކަމާއި،
ޖިން
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/19
tއ ތ 38 2ޑ
އެއްބަސްވުމުގެ
އެއް
ޙުސައިން ޚާލިދުއާއި މަރްޙޫމް ނުޢުމާން އަޙްމަދު ދީދީއާމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެ
ބަޔަކީ ގ.ކަމަދޫ އެވެ ކިޔާ ގޯތިން ބައެއް ވިއްކުން ކަމުގައިވާއިރު، ގޯތި ގަނެ
ވިއްކުމުގައި ޢަމަލުކުރަންޖެހޭ ގޮތް ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 16
ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ކަމާއި، ދިވެހިރާއްޖޭގައި ގޯތި ގަނެ ވިއްކުމުގެ ކަންކަން ކުރެވޭނީ
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި ގޯތި އަމިއްލަ ކުރުމާއި، ގަނެ
ވިއްކުމާބެހޭ ޤަވާއިދު" ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، އެއިޖުރާޢަތުގެ ދަށުން
ކަމުގައިވެފައި، "ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ
ފަދައިން ގ.ކަމަދޫ އެވެ ކިޔާ ގޯތިން ބައެއް ވިއްކުމުގެ ކަންކަން ޝަރީޢަތް މެދުވެރިކޮށް ހިނގާފައިވާކަން
އެނގެން ނެތަތީ، އެއްބަސްވުމެއްގައި ގޯތި ވިއްކުމަށް ލިޔެ އެއްބަސްވެފައި އޮތްނަމަވެސް، ބަޔާންވެދިޔަ
ޤާނޫނާއި ޤަވާޢިދުގައިވާ ފަދައިން ކަންކޮށްފައި ނުވާނަމަ، އެމުޢާމަލާތެއް ފުރިހަމަވެފައިވާކަމުގައި ބެލޭނެ،
އަދި އެއްބަސްވުމުގެ ދަށުން ގޯތި ގަތުމަށް އެއްބަސްވި ފަރާތުގެ ޙައްޤުތައް، އެފަރާތަކީ ގޯތީގެ ޙައްޤުވެރި
ފަރާތެއް ކަމުގައި ބަލައި، ޝަރީއަތަށް ރައްކާތެރި ކޮށްދެވޭނެ ޤާނޫނީ ބިނާއެއް ނެތަތީ އާއި،
ޙުސައިން ޚާލިދުއާއި ނުޢުމާން އަޙްމަދު ދީދީ ވެފައިވާކަމަށް ބުނާ އެއްބަސްވުމުގެ ދެވަނަ ބަޔަކީ
ގ.ކަމަދޫ އެވެ ކިޔާ ގޯތީގެ ބައެއް ޢިމާރާތްކުރުން ކަމުގައި ވެފައި، އެފަދައިން ކަންކުރުމަށް
އެއްބަސްވެފައިވަނީ ނުޢުމާން އަޙްމަދު ދީދީ ކަމުގައިވެފައި، އެފަރާތުން އެއްބަސްވުމުގައި ސޮއިކުރި
ކަމަށްބުނާ ތާރީޚުގެ ދެތިން މަހެއް ފަހުން ނުޢުމާން އަޙްމަދު ދީދީ ނިޔާވެފައިވާތީއާއި، ގ.ކަމަދޫ ގައި
ޢިމާރާތްކުރަން ފަށާފައިވާކަން ޝަރީއަތަށް އެނގެން ނެތަތީއާއި، އެއްބަސްވުމުގެ ބައިވެރިންގެ ވާރިޘުންނަށް
އެއްބަސްވުމަށް އިޚްތިރާމްކުރުމަށް އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ވަޞިއްޔަތް ކޮށްފައިވާއިރު، ބިމާބެހޭ
ވަޞިއްޔަތްތަކަކީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައިވާ ފަދައިން ކުރަންޖެހޭ
ވަޞިއްޔަތްތަކެއް ކަމުގައިވާތީއާއި، މި ވަޞިއްޔަތް ކުރެވިފައިމިވަނީ އެފަދައިން ޝަރީއަތް މެދުވެރިކޮށް
ކަމުގައި ނުވެފައި، ނުޢުމާން އަޙްމަދު ދީދީ ނިޔާވުމުން ގ.ކަމަދޫގެ ޙައްޤުވެރިންނަކީ ނުޢުމާން އަޙްމަދު
ދީދީގެ ވާރިޘުން ކަމުގައި ވާހިނދު، އެގޯތީގައި ޢިމާރާތްކުރުމަށް މަރްހޫމްގެ ވާރިޘުންގެ ރުހުން ލިބިގެން
ނުވާކަން ސާފުކޮށް އެނގެން އޮތަތީ،
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2014/HC-A/19
ޙުސައިން ޚާލިދުގެ ފަރާތުން އެދިފައިވާ ފަދައިން ޙުސައިން ޚާލިދުއާއި ނުޢުމާން އަޙްމަދު
ދީދީއާދެމެދު ވެފައިވާކަމަށް ބުނާ އެއްބަސްވުމުގައިވާ ފަދައިން ނުޢުމާން އަޙްމަދު ދީދީގެ ވާރިޘުން
ޢަމަލުކުރުމަށް އަންގާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." ފަދައިންނެވެ.
OXO
32- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
951
/
Cv
-
C/1930) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި މއ.އޮނިކްސް ޙުސައިން ޚާލިދުގެ ފަރާތުން 07 (ހަތެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ޙުސައިން ޚާލިދާއި ނުޢުމާން އަޙްމަދު އާ ދެމެދު ކޮށްފައިވާ
އެއްބަސްވުމަށް ނުޢުމާން އަޙްމަދު ދީދީ އަވަހާރަވުމުން ޙުރުމަތްތެރިކޮށް ހިތުމަކީ ވާރިޘުންނަށް ވަޞިއްޔަތް
ކޮށްފައިވާކަމަށް ވާއިރުވެސް، އަދި އެވަޞިއްޔަތަކީ
ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގައި ބުނާ
ފަދައިން ޙުސައިން ޚާލިދަށް ގ.ކަމަދޫ ވަޞިއްޔަތުން ދިނުމުގެ މައްޗަށް ކޮށްފައިވާ ވަޞިއްޔަތެއް
ނޫންކަމަށްވާއިރުވެސް، ބިމާބެހޭ ވަޞިއްޔަތަކީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) ގައިވާ ފަދައިން ކުރަންޖެހޭ ވަޞިއްޔަތެއްކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ވިދާޅުވެ
އެއްބަސްވުމުގައި ވާފަދައިން ނުޢުމާން އަޙްމަދު ދީދީގެ ވާރިޘުން ޢަމަލުކުރުމަށް އަންގާނެ ތަނެއް ނެތްކަމަށް
ކަނޑައަޅައި ޙުކުމް ކުރެއްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ޙުސައިން ޚާލިދާއި ނުޢުމާން އަޙްމަދު ދީދީއާ ދެމެދު ވެފައިވާ
އެއްބަސްވުމަކީ ބިން ވިއްކުމުގެ ސީދާ ވިޔަފާރި އެއްބަސްވުމެއް ނޫންކަމާ މިއެއްބަސްވުމަކީ ޙުސައިން
ޚާލިދުގެ އަތުން ނުޢުމާން އަޙްމަދު ދީދީ ނަގާފައިވާ ފައިސާ އަދާކުރެވޭނެ ގޮތެއް ނެތިގެން އެދަރަނި
އަދާކުރުމަށްޓަކައި އެފައިސާގެ މިންވަރު ހިމަނައި އަދި އެހެންކަންކަންވެސް ހިމަނައިގެން އެކަންކަން
ކުރުމުގެ މައްޗަށް ވިއްކުން ޝަރުތުކޮށް ލިޔެފައިވާ އެއްބަސްވުމަކަށް ވެފައި، ޤާނޫނު ނަންބަރު
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
2014/HC-A/19
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާއަކީ، ބަންޑާރަބިން އަމިއްލަ ކުރުމުގެ
މައްޗަށް އޮތް މާއްދާއެއްކަމަށް ވާއިރު، ޙުކުމުގައި "އެއްބަސްވުމުގެ އެއްބަޔަކީ ގ.ކަމަދޫ އެވެ ކިޔާ ގޯތިން
ބައެއް ވިއްކުންކަމުގައި ވާއިރު ގޯތި ގަނެ ވިއްކުމުގައި ޢަމަލުކުރަންޖެހޭ ގޮތް ޤާނޫނު ނަންބަރު 1/2002
(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގައި އޮންނަކަމަށާ، ގ.ކަމަދޫ އެވެ ކިޔާ ގޯތިން ބައެއް
ވިއްކުމުގެ ކަންކަން ޝަރީޢަތް މެދުވެރިކޮށް ހިނގާފައިވާކަން އެނގެން ނެތަތީ" ކަމަށް 03 ވަނަ
ޕެރެގްރާފުގައި (ޙުކުމުގެ) ވިދާޅުވެ ޙުކުމް ކަނޑައެޅުއްވުގައި
އެކަންކަމުގެ މައްޗަށް
ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
IT
(ނ) ތިންވަނަ ނުކުތާއަކީ، އެގްރީމެންޓްގެ 5 ވަނަ މާއްދާގެ (ށ) ގައި ޢިމާރާތް ކުރަން
ފަށަންޖެހެނީ ޢިމާރާތުގެ ކުރެހުން ނިމި ޢިމާރާތްކުރަން ހުއްދަ ލިބޭ ދުވަހުން ފެށިގެންކަން" އެނގެން
އޮތްއިރު އަދި އެގްރީމެންޓްގެ 04 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކުރަން ހަމަޖައްސާ ހުރިހައިކަމަކަށް
ލިބެންޖެހޭ ލިޔެކިޔުމުގެ އެއްބާރުލުމާ އަދި ހުރިހައި ސިފައެއްގައިވެސް މިކަންކަން ހަމަޖެއްސުމަށްޓަކައި
އެބާރުލުން ލިބެންވާނެކަމަށާ އަދި ދޭންޖެހޭ ފަރާތަކީ ނުޢުމާން އަޙްމަދު ދީދީ ކަމަށް ވާއިރު މިކަންކަން
ނުޢުމާން އަޙްމަދު ދީދީ ނޫނީ އިމާރާތް ކުރަން ނުފެށޭނެކަމަށް ވާއިރުވެސް މިކަންކަން
ނުޢުމާން އަޙްމަދު ދީދީ ކުރައްވާފައިވޭތޯ ބެއްލެވުމެއްނެތި "ގ.ކަމަދޫގައި ޢިމާރާތްކުރާ
ޢިމާރާތްކުރަން ފަށާފައިވާކަން
ޝަރީޢަތަށް އެނގެން ނެތަތީ" ކަމަށް ވިދާޅުވެ ޙުކުމް ކަނޑައެޅުއްވުމުގައި ޢިމާރާތްކުރަން ނުފަށާ
ހުރިކަމުގެ މައްޗަށް ރިޢާޔަތް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ކުރެއެވެމެވެ
Pec
1:
39
6 *ދه
پر پیر مر
, , , 3 ދه
فری سی اور عسر
(ނ) ހަތަރުވަނަ ނުކުތާއަކީ، އެއްބަސްވުމެއްގައި ވާ ދެފަރާތުން ކުރެ ފަރާތެއް ނިޔައުވެއްޖެނަމަ
އެއްބަސްވުން އޭގެ
އެއްބަސްވުމުގައި ވާރިޘުން ޢަމަލުކުރަންޖެހޭނީ
އެއްބަސްވާތާ ވަކިމުއްދަތެއްގެ ތެރޭގައި ދެފަރާތުންކުރެ ފަރާތެއް ނިޔާވެއްޖެކަމަށް ބުނާ އެއްވެސް ޝަރުޢީ
އަދި ޤާނޫނީ ނައްސެއް ޙުކުމުގައި ބަޔާންކުރުމެއްނެތި "އެފަރާތުން އެއްބަސްވުމުގައި ސޮއިކުރިކަމަށް ބުނާ
ތާރީޚުގެ ދެތިންމަސް ފަހުން ނުޢުމާން އަޙްމަދު ދީދީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/19
(ބ) ފަސްވަނަ ނުކުތާއަކީ، ޙުސައިން ޚާލިދުއާއި ނުޢުމާން އަޙްމަދު ދީދީއާ ދެމެދު ވެފައިވާ
އެއްބަސްވުމުގައި ވާ ޙުސައިން ޚާލިދުގެ ޙައްޤު ރައްކައުތެރިކުރުމަށާ ނުޢުމާން އަޙްމަދު ދީދީގެ ދަރަނި
އަދާކުރުމަށް ނުޢުމާން އަޙްމަދު ދީދީ އެއްބަސްވެފައިވާ ކަންކަން އެއްބަސްވެފައިވާ ގޮތަށް ކުރުމަށް
މިޙާލަތުގައި ވާރިޘުން ޢަމަލުކުރަންޖެހޭ ހިނދުވެސް، ޙުސައިން ޚާލިދުގެ ދައުވާގެ ސީޕޯގައި ޙުސައިން
ޙާލިދު އެދިފައިވާ ގޮތުގެ މައްޗަށް މައްސަލަ ބެއްލެވުމުގައި ޢަދަލު ވެރިކަން ޤާއިމް ކުރެވިފައިވާކަމަށް
ނުފެންނަ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ހަވަނަ ނުކުތާއަކީ، ޙުސައިން ޚާލިދުގެ އަތުން އަނބުރާ ދައްކާގޮތަށް ނުޢުމާން އަޙްމަދު ދީދީ
ނެންގެވީ 1300000 (ތޭރަލައްކަ) ރުފިޔާކަމަށާއި، ނަމަވެސް އެއްބަސްވުން ލިޔުނުއިރު ފައިސާގެ އަދަދު
(ތޭރަލައްކަ ރުފިޔާ) ހިސާބު އަކުރުން ޖެހުމުގައި ސުމެއް މަދުކޮށްޖެހިފައިވިޔަސް ފައިސާގެ އަދަދުގެ
ރަނގަޅު ގޮތް ތާނައިން ލިޔެފައިވާއިރުވެސް، އެއިގެން ޞައްޙަ ޢަދަދަކީ ކޮބައިކަން ދެނެގަތުމަށް ދަތިކަމަށް
ޤާޟީ ވިދާޅުވެފައިވެސްވެ، ލިޤަޟިއްޔާގެ ބޭނުމަށްޓަކައި ރަނގަޅު ގޮތަކީ ހިސާބުން ލިޔެފައިވާ
އަދަދުކަމުގައި ބައްލަވައި ފާހަގަކުރެވޭ ނުކުތާތަކުގެ 06 ވަނަ ނަންބަރުގެ (ހ) ގައި ވިދާޅުވެފައިވަނީ
އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށްގެންކަމުގައި ނުވެފައި އެގޮތަށް ވިދާޅުވުމުން މައްސަލަ ބެއްލެވުމުގައި
ޙުސައިން ޚާލިދުގެ ޙައްޤަށް ރައްކާތެރިވެފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ކ) ހަތްވަނަ ނުކުތާއަކީ، ޙުސައިން ޚާލިދު ދަޢުވާކުޅަ ޙުސައިން ޚާލިދުގެ ޙައްޤު ރައްކާތެރިކޮށް
ލިބިގަތުމަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބައްލަވައި ނިންމެވިއިރު ފައިޞަލް ކުރަނިވި ޙުކުމެއް
ކުރައްވާފައި ވާކަމަށް ނުފެންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
uc
403 މިމައްސަލައާއި ގުޅިގެން ސިވިލް
ނަންބަރު (2010/MC/1930)
2010/Cv
-
C/951 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ މއ.އޮނިކްސް
ޙުސައިން ޚާލިދުގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ތަކާއި ގުޅިގެން
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/19
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލްކޯޓުގެ ނަންބަރު (2010/MC/1930)
2010/Cv-C/951 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، މއ.އޮނިކްސް ޙުސައިން
ޚާލިދުގެ ފަރާތުން ގ.ކަމަދޫ ޢާއިޝަތު އިޝާ ނުޢުމާނާއި، ފާތިމަތު މަންހާ ނުޢުމާނާއި، އަޙުމަދު ޔޫޝަޢު
ނުޢުމާނާއި، މަރްޔަމް ސަޢީދު ޙުސައިންގެ މައްޗަށް ރައްދުވާގޮތަށް ސިވިލްކޯޓުގައި އުފުލި ދަޢުވާއަކީ
ގ.ކަމަދޫ ނުޢުމާން އަޙުމަދު ދީދީ ނިޔަދުވުމުގެ ކުރިން މިއަޙުމަދު ދީދީ އާއި ޙުސައިން ޚާލިދާއި ދެމެދު 06
މާރޗް 2010 ގައި ވެފައިވާކަމަށް ބުނާ ބިން ވިއްކުމާއި ޢިމާރާތް ކުރުމާއިބެހޭ އެއްބަސްވުން" ގެ
ދަށުން ޙުސައިން ޚާލިދަށް ލިބިގެންވާކަމަށްބުނާ ޙައްޤުތައް ހޯދުމަށް އެދި، މިއެއްބަސްވުން
ތަންފީޒުކޮށްދިނުމަށް އެދި ހުށަހެޅި ދަޢުވާއެއްކަމާއި، އެހެންނަމަވެސް މިއެއްބަސްވުމުގެ ދަށުން އެފަރާތުން
ތަންފީޒުކުރުމަށް އެދި ހުށަހަޅަނީ އެއްބަސްވުމުގައިވާ ކަންކަމުގެ ތެރެއިން ކޮންކަމެއްކަން ތަފްސީލުކޮށް
ޙުސައިން ޚާލިދުގެ ފަރާތުން ހުށަހެޅިދަޢުވާގެ ޚުލާޞާގައިވެސް އަދި އެފަރާތުން ދަޢުވާގައި
އެދޭގޮތްކަމަށްބުނެ ހުށަހެޅި ގޮތުގައިވެސް ބަޔާންކޮށްފައިނެތްކަމާއި، މިދަޢުވާ ރައްދުވާ އިޝާރާތްކުރެވުނު
ފަރާތްތަކަކީ ނުޢުމާން އަޙުމަދު ދީދީގެ ވާރިސުންކަމާއި، ނުޢުމާން އަޙުމަދު ދީދީ 14 ޖޫން 2014
މިތާރީޚުގައި ނިޔައުވެފައިކަން އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ، އެ އެއްބަސްވުމެއް ތަންފީޒުކޮށްދީ އެ އެއްބަސްވުމުގެ ދަށުން ޙުސައިން
ޚާލިދަށް ލިބިގެންވާ ޙައްޤުތައް ހޯދުމަށްކަމަށް ބުނެ ހުށަހެޅި 06 މާރޗް 2010 މިތާރީޚުގައި ވެފައިވާކަމަށް
ބުނާ އެއްބަސްވުމަށް ބަލާއިރު، މިއެއްބަސްވުމުގެ ސުރުޚީގައި މިއެއްބަސްވުމަކީ "ބިންވިއްކުމާއި
ޢިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުން" ކަމަށް ބަޔާންވެގެން އޮންނައިރު، މިއީ ނުޢުމާން އަޙުމަދުދީދީ ގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ.ކަމަދޫއެވެ ކިޔާ ގޯތީގެ 1300 އަކަފޫޓު ބިމުގެ ތެރޭން 650 އަކަފޫޓު
ބިމުގައި 6 ބުރިއަށް ނުވަތަ 7 ބުރިއަށް ޢިމާރާތް ކުރުމަށްވެވޭ އެއްބަސްވުމެއްކަމަށާއި މިޢިމާރާތް ޙުސައިން
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/19
މައްޗަށް
ޚާލިދުގެ ޚަރަދުގައި ކުރުމަށްފަހު މި650 އަކަފޫޓުގެ ބިން ޙުސައިން ޚާލިދުގެ ނަމުގައި
ރަޖިސްޓްރީކޮށްދޭނީކަމަށް މިއެއްބަސްވުމުގެ ތަފްސީލުގައި އޮންނައިރު، މިއެއްބަސްވުމުގައިވާ ކަންކަމުގެ
ޖުމްލަގޮތެއްގައި ބެލުމުން މިއެއްބަސްވުމުގައި ދެބައެއް ހިމެނިފައިވާކަމާއި އެއީ ގޯތީގެ 650
އަކަފޫޓު ވިއްކުން، ގޯތީގެ 650 އަކަފޫޓު 6 ނުވަތަ 7 ބުރިއަށް ޢިމާރާތްކުރުން މިދެބައިކަމާއި،
މިއެއްބަސްވުމުގެ ފަހު ސަފްޙާގައި ދެހެކިވެރިއަކު ސޮއިކޮށްފައިވާކަމާއި، މިއެއްބަސްވުމަކީ ކޯޓެއްގައި
ރަޖިސްޓްރީ ކުރެވިފައިވާ އެއްބަސްވުމެއް ނޫންކަމާއި، މިއެއްބަސްވުމުގައި ޖުމްލަ 3 ސަފްޙާ އޮތް އިރު
މިއެއްބަސްވުމުގައި ސޮއިއޮތީ އެއްބަސްވުމުގެ އެންމެ ފަހު ސަފްޙާގައިކަމާއި، މިއެއްބަސްވުމުގެ ސައްޙަކަމާއި
މެދު ނުޢުމާން އަޙުމަދު ދީދީގެ ވާރިސުންގެ ފަރާތުން ސުވާލުއުފައްދާކަމާއި، މިގޮތުން މިއެއްބަސްވުން
އެކުލަވާލެވުނު ކަމަށް ބުނާ ތާރީޚުގައި ނުޢުމާން އަޙުމަދު ދީދީ އޮތީ މަރުބަލީގައި ކަމަށާއި ނުޢުމާން
އަޙުމަދު ދީދީގެ އެބަލީގެ ސަބަބުން މިފަދަކަމަކަށް އެއްބަސްވުމުގެ އަހުލިއްޔަތެއް ނުހުންނާނެކަމަށްބުނެ
އެކަމާގުޅޭ ލިޔުންތަކާއި ޚަބީރުން ނުޢުމާން އަޙުމަދުދީދީގެ ވާރިސުންގެ ފަރާތުން ދަށު ކޯޓަށް
ހުށަހަޅާފައިވާކަމާއި މީގެ އިތުރުން މިއެއްބަސްވުމުގައި ސޮއި އޮތީ އެންމެ ފަހު ސަފްޙާގައިކަމަށްވުމުން އޭގެ
ކުރީގެ ސަފްޙާތަކަކީ
ބަދަލުކުރެވިފައިވާ ބައެއްކަމުގައިވުމީ ގާތްކަމެއްކަމަށްބުނެ
މިއެއްބަސްވުމަށް
ޖުމްލަގޮތެއްގައި ނުޢުމާން އަޙުމަދުދީދީގެ ވާރިސުންގެފަރާތުން ދަށުކޯޓުގައި އިންކާރުކޮށްފައިވާކަން
· 2e ތ 4
އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، ޙުސައިން ޚާލިދާއި ނުޢުމާން އަޙްމަދު ދީދީއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ
ބިން ވިއްކުމުގެ ސީދާ ވިޔަފާރި އެއްބަސްވުމެއް ނޫންކަމަށާއި، މިއެއްބަސްވުމަކީ ޙުސައިން ޚާލިދުގެ އަތުން
ނުޢުމާން އަޙްމަދު ދީދީ ނަގާފައިވާ ފައިސާ އަދާކުރެވޭނެ ގޮތެއް ނެތިގެން އެދަރަނި އަދާކުރުމަށްޓަކައި
އެފައިސާގެ މިންވަރު ހިމަނައި އަދި އެހެންކަންކަންވެސް ހިމަނައިގެން އެކަންކަން ކުރުމުގެ މައްޗަށް
ވިއްކުން ޝަރުތުކޮށް ލިޔެފައިވާ އެއްބަސްވުމެއްކަމަށް ޙުސައިން ޚާލިދުގެ ފަރާތުން ބުނާއިރު،
އެއްބަސްވުމެއް މާނަކުރުމުގެ ބޭނުމަށް އެއްބަސްވުމުގެ ބައިވެރިންގެ މަޤްސަދު ދެނެގަތުމަށްޓަ
އެއްބަސްވުމުގައި ހިމެނިގެންވާ މާއްދާތަކުގެ މައްޗަށާއި މުޢާމަލާތް ހިނގާފައިގޮތުގެ މައްޗަށާއި މުޅި
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިވެއްޖެ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/19
އޮތްނަމަވެސް
އެއްބަސްވުމުގެ ވަށައިގެންވާ ކަންކަމަށް ބެލެވެންޖެހޭނެކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، ޙުސައިން
ޚާލިދާއި ނުޢުމާން އަޙުމަދު ދީދީ އާއި ދެމެދު ވެވުނު ކަމަށްބުނާ އެއްބަސްވުމަށް ބެލުމުން
މިއެއްބަސްވުމުގައި ގ.ކަމަދޫ އެވެ ކިޔާ ގޯތި ޢިމާރާތްކުރުމުގެ ވާހަކައާއި، އެގޯތިން ބައެއް ވިއްކުމުގެ
ވާހަކައާއި، މިދެފަރާތުގެ ދެމެދުގައި މުޢާމަލާތްކުރެވުނު ފައިސާއެއްގެ ވާހަކައާއި،
ބޭންކު އޮފް ސިލޯނަށް
ނުޢުމާން އަޙުމަދު ދީދީގެ ފަރާތުން ދައްކަންޖެހޭ ލޯނު ފައިސާއެއްގެ ވާހަކައާއި މިކަންކަން ބަޔާންވެގެން
އަދި އިޝާރާތްކުރެވުނު
އެއްބަސްވުމުގެ ސުރުޚީގައި މިއީ ބިންވިއްކުމާއި
ޢިމާރާތްކުރުމަށްވެފައިވާ އެއްބަސްވުމެއްކަމުގައި ބަޔާންކޮށްފައިވީނަމަވެސް މިއެއްބަސްވުމުގައިވާ އެންމެހައި
މާއްދާތަކުގެ މައްޗަށް ޖުމްލަ ގޮތެއްގައި ބެލުމުން މިއެއްބަސްވުމަކީ ނުޢުމާނު އަޙުމަދުދީދީގެ ނަމުގައި
ރަޖިސްޓްރީ ވެފައިވާ ގ.ކަމަދޫއެވެ ކިޔާ ގޯތިން ބައެއް ވިއްކާލުމާއި ގުޅޭގޮތުން މިދެފަރާތުގެ ދެމެދުގައި
ވެވިފައިވާ އެއްބަސްވުމެއްކަން އެނގޭކަމާއި، މިގޮތުން މިއެއްބަސްވުމުގައި ދެން ހިމެނޭ ބައިތައްކަމުގައިވާ
މިގޯތިން ބައެއް ޢިމާރާތް ކުރުމުގެ ބަޔާއި، ނުޢުމާން އަޙުމަދު ދީދީގެ އަމިއްލަ ބޭނުމަށް ޙުސައިން ޚާލިދުގެ
އަތުން ނެގިކަމަށް ބުނާ ފައިސާ އާއި މިކަންކަމަކީ ވިއްކާލުމަށް އެއްބަސްވެފައިވާކަމަށްބުނާ ގޯތީގެ
އަގުއަދާކުރާނޭ ގޮތަކާއި މެދު ކަންކުރެވޭނެ ގޮތްތައް ބަޔާންކޮށްދޭ މާއްދާތަކެއްކަން މިއެއްބަސްވުމުގެ 2 ވަނަ
މާއްދާގައިވާ "ހިސާބުތައް" މިސުރުޚީގެ ދަށުގައިވާ ކަންކަމުގެ ތަފްސީލުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ދިވެހިރާއްޖޭގައި ބިމާ ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި،
ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ ޤާނޫނު ނަންބަރު
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެއްގޮތްވާ ގޮތުގެ މަތީންކަމަށް އެޤާނޫނުގެ 2 ވަނަ
މާއްދާގައި ބަޔާންވެގެން އޮންނަކަމާއި، އެޤާނޫނުގެ 16 ވަނަ މާއްދާގައި، ގޯތި ގަނެ ވިއްކުމުގައި
ޢަމަލުކުރަންޖެހޭނީ މިޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައި ބުނެފައިވާ ގޮތުގެ މަތީން އެކަށައެޅޭ
އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންވެގެން އޮންނަކަމާއި މިއެއްބަސްވުން
ލަވާލެވިފައިވާކަމަށް ފެންނަން އޮތް ތާރީޚަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ވުޖޫދުވުމުގެ ފަހުގެ
ތާރީޚެއްކަން އެނގޭއިރު،
ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގޯތި އަމިއްލަ ކުރުމާއި، ގަނެ
ވިއްކުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައި، އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ
بر روی سر مرد و
3
2
4
އެކުލަވާލި
24 · 2
I
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/19
ކަމަށް
¢ ¢ 9 ހ
ތމދއވަންކަމަށްބު
* ه
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބިން އަމިއްލަ ކުރުމަށްފަހުގައި ވިޔަސް ވިއްކަންވާނީ
ވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށްގެން ބަޔާންކޮށްފައިވާކަމާއި ދެފަރާތުގެ
ވުނުކަމަށްބުނާ އިޝާރާތްކުރެވޭ އެއެއްބަސްވުމަކީ ނުޢުމާން އަޙުމަދުދީދީގެ ދުނިޔޭގައި އެ
ސްވުމުގެ މައްޗަށް ޝަރީޢަތް މެދުވެރިވެ ބާރުލިބޭގޮތަށް ހެދިފައިވާ އެއްބަސްވުމަކަށްނުވާއިރު، އަދި
މިއެއްބަސްވުމުގެ ސައްޙަކަމުގެ މައްޗަށް ޝަރުޢީ އެއްވެސް ކޯޓަކުން އެހާތަނަށް
ކަނޑައެޅިފައިނުވާއިރު، މިމައްސަލައިގައި ސިވިލްކޯޓުންވެސް ފާހަގަކުރައްވާފައިވާ ފަދައިން މިއީ ޝަރީޢަތް
މެދުވެރިނުވެ ގޯއްޗެއް ވިއްކުމަށް ވެވިފައިވާ އެއްބަސްވުމެއްކަމުން، މިއެއްބަސްވުމަކީ ސައްޙަ
އެކަމަށް ބެލިނަމަވެސް، އެވިއްކުމުގެ މުޢާމަލާތަކީ ޝަރީޢަތް މެދުވެރިވެގެން ހިނގާފައިވާ
މުޢާމަލާތެއް ކަމުގައި ނުވާތީ، މިގޯތި ގަނެވިއްކުމުގެ ޢަޤްދު އެހިނދަށް ފުރިހަމަވެފައިވާކަމުގައި
ވެންނެތްކަމެވެ.
2
8 އ 3
2 ތ ދ ތ
އެއްބަސްވުމާއެކު
(ބ) ފަސްވަނަކަމަކީ، ޙުސައިން ޚާލިދު ދަޢުވާކުޅަ، ޙުސައިން ޚާލިދުގެ ޙައްޤު ރައްކާތެރިކޮށް
ލިބިގަތުމަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބައްލަވައި ނިންމެވިއިރު ފައިޞަލާކުރަނިވި ޙުކުމެއް
ކުރައްވާފައިވާކަމަށް ނުފެންނަކަމަށް ބުނެ، އެކަން ޙުސައިން ޚާލިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވީ ނަމަވެސް، އިސްވެ އިޝާރާތް ކުރެވުނު ފަދައިން ޙުސައިން
ޚާލިދުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާގެ ސީޣާއިން ވެސް އަދި މިދަޢުވާގައި ޙުސައިން ޚާލިދުގެ
ފަރާތުން އެދޭގޮތް
ކަމަށް ބުނެ ހުށަހެޅި ގޮތުގައިވެސް ޙުސައިން ޚާލިދުގެ ފަރާތުން އެދި ހުށަހެޅީ
މިއެއްބަސްވުމުގެ ދަށުން ކޮން ޙައްޤެއް ލިބިގަތުމަށްކަން ތަފްސީލުކޮށް ބަޔާންކޮށްދެވިފައި ނެތްކަމާއި،
ޙުސައިން ޚާލިދުގެ ފަރާތުން އެދެނީ މިގޯތި ވިއްކުމުގެ މުޢާމަލާތް ޝަރީޢަތުގެ ފަރާތުން
ކުރުމަށްކަމަށްވާނަމަ އެމުޢާމަލާތާއި ގުޅޭ ގޮތުން ސިވިލްކޯޓުން ގޮތެއް ކަނޑައަޅުއްވާފައިވާކަމާއި އަދި
އެމުޢާމަލާތަކީ މިހާރު ޝަރީޢަތުގެ ފަރާތުން ކުރެވެން ނެތް މުޢާމަލާތެއްކަމަށް ނިންމި ނިންމުމުގައި ޝަރުޢީ
އަދި ޤާނޫނީ އަސްލަކާއި ޚިލާފު ނިންމުމެއް ސިވިލްކޯޓުން ނިންމާފައިވާކަމުގައި ނުބެލެވޭކަމާއި، ޙުސައިން
ޚާލިދުގެ ފަރާތުން އެދެނީ އެއްބަސްވުމުގެ ދަށުން އެގޯތި ޢިމާރާތް ކުރުމުގެ އަމުރަކަށްނަމަ،
މިއެއްބަސްވުމުގެ
ވުމުގެ ދަށުން ކުރެވޭނެކަމަށް ބުނާ ޢިމާރާތަކީ އެއްބަސްވުމުގައި ބުނާ ގޮތުންނަމަ ގޯތި ގަންނަ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331647
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
13
2014/HC-A/19
އަގުގެ ތެރޭގައި ހިމެނޭ ބައެއްކަމުން ވިއްކުމުގެ މުޢާމަލާތް ޤާނޫނީ ގޮތުން ސައްޙަ ނުވާ ޙާލަތުގައި
އެގޯތީގެ އަގާއި ގުޅޭގޮތުން ޝަރުތުކޮށްފައިވާކަމެއް ކުރުމުގެ ޝަރުޢީ އަމުރެއް ނެރެދެވެން ނޯންނާނެކަމާއި،
ޙުސައިން ޚާލިދުގެ ފަރާތުން އެދެނީ ޙުސައިން ޚާލިދު އެކި ފަހަރު މަތިން ނުޢުމާން އަޙުމަދު ދީދީއަށް
ދީފައިވާ ފައިސާ ހޯދުމަށްކަމަށްވާނަމަ، އެކަމުގެ މައްޗަށް ދަޢުވާ ކޮށް އެދަރަނީގެ ޢަދަދު ސާބިތުކުރުމަކީ
ޙުސައިން ޚާލިދަށް މިހާރުވެސް ލިބި އޮތް ޙައްޤެއްކަމުން ފައިސާ ހޯދުމުގެ އެދަޢުވާ ވަކި ދަޢުވާއެއްގެ
ގޮތުގައި ކުރުމުގެ ޙައްޤު ޙުސައިން ޚާލިދަށް މިހާރުވެސް ލިބި އޮންނާނެކަމާއި، އެކަން ސިވިލްކޯޓުގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ (ށ) ގައި ފާހަގަކުރައްވާފައިވާ ނުކުތާއަށް ބެލުމުން ދޭހަވާން
ނަކަމެވެ.
6x
2 ހ · ·
(ޅ) ހަވަނަކަމަކީ، ޙުސައިން ޚާލިދުގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ދަޢުވާގެ ސީޔޯއަށާއި
ދަޢުވާގައި އެދޭގޮތްކަމަށް ބުނެ ހުށަހެޅި ގޮތަށާއި، އަދި މިމައްސަލައިގައި ޙުސައިން ޚާލިދުގެ ފަރާތުން
ސިވިލްކޯޓަށް ދީފައިވާ ބަޔާންތަކަށް ބެލުމުން، މިދަޢުވާގައި ޙުސައިން ޚާލިދުގެ ފަރާތުން ނުޢުމާން
އަޙުމަދުދީދީއަށް ދިންކަމަށް ބުނާ ފައިސާއާއި މެދު ވަކި ގޮތެއް ކަނޑައަޅައި ދިނުމަށް އެދިފައިނުވާއިރު،
ސިވިލްކޯޓުން މިމައްސަލަ ނިންމެވުމުގައި ފާހަގަކުރެއްވި ނުކުތާތަކުގެ ތެރެއިން 6 ގެ (އ) ގައިވާ
ކަންކަމުގެ މައްޗަށް ބެލުމުން، "ޙުސައިން ޚާލިދަށް ނުޢުމާން އަޙުމަދުދީދީގެ ފަރާތުން ދޭން ޖެހޭ ފައިސާގެ
ޢަދަދާއި މެދު ސުވާލު އުފައްދާތީ، ދަރަނި ސާބިތުކުރުމަކާއި ނުލައި، އެފައިސާ ޝަރީޢަތް މެދުވެރިކޮށް
ނަގާދެވޭނެ ތަނެއް ނެތްކަމަށް ފާހަގަކުރައްވާމެ، މިނަންބަރުގެ (ހ) ގައި، ނުޢުމާން އަޙުމަދުދީދީ ޙުސައިން
ޚާލިދަށް ދިންކަމަށްބުނާ ފައިސާގެ ޢަދަދު ލިޔުމުގައި ތަފާތެއްވާކަމަށާއި، އެގޮތުން އެއްޢަދަދު ހިސާބު
އަކުރުން ލިޔުމުގައި 130،000ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ) ޖަހާފައިވާއިރު އެޢަދަދު ކައިރީގައި
ދިވެހި އެޢަދަދަކީ ތޭރަލައްކަ (
300،000،1ރ.) ކަމުގައި ބަޔާންކޮށްފައި އޮންނަކަމަށާއި، އެއްބަސްވުމާއި،
ދަޢުވާ ފޯމާއި، ދަޢުވާކުރާފަރާތުން ހުށަހަޅާފައިވާ އެހެނިހެން ލިޔުންތަކުގައިވެސް މިޢަދަދު ލިޔެފައިވަނީ
300،000،1ރ (ތޭރަލައްކަ ރުފިޔާ) ގެ ގޮތުގައި ކަމަށްވާތީ، އެއިގެ ސައްޙަ ޢަދަދަކީ ކޮބައިކަން
ދެނެގަންނަން ދަތިކަމަށާއި، މިޤަޟިއްޔާގެ ބޭނުމަށްޓަކައި، ރަނގަޅު ގޮތަކީ ހިސާބުން ލިޔެފައިވާ
ޢަދަދުކަމުގައި ބަލާކަމަށް" ބަޔާންކޮށް އެކަން ފާހަގަ ކުރައްވާފައިވާކަމާއި، އެހެންނަމަވެސް އެއް ޢަދަދު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
14
2014/HC-A/19
coco
ހިސާބު އަކުރުން އޮތް އިރު އަނެއް ޢަދަދު ދިވެހިން ލިޔެފައި އޮތްއޮތުމުގެ ތެރެއިން ޝަރީޢަތުގެ ފަރާތުން
އެޤަޟިއްޔާގެ ބޭނުމަށްޓަކައި ވަކި ގޮތެއް ޚިޔާރުކުރަން ޖެހުނީ ކޮން އަސްލެއްގެ މައްޗަށް ބިނާކޮށްގެން
ކަމުގައި ޝަރީޢަތުގެ ފަރާތުން ބަޔާންކޮށްފައިނުވާކަމާއި، ޙުސައިން ޚާލިދުގެ ފަރާތުން ނުޢުމާނު
އަޙުމަދުދީދީއަށް ދީފައިވާކަމަށް ބުނާ ފައިސާއަކީ އެފައިސާ ހޯދުމުގެ މައްޗަށް ވަކި ދަޢުވާއެއް ކުރުމުގެ
ޙައްޤު ޙުސައިން ޚާލިދަށް ލިބިއޮތް ކަމެއްކަމުގައިވާ ހިނދު، ފައިސާގެ ޢަދަދާއި މެދު އެއްވެސް ބިނާއެއް
ނެތި އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގެ ތެރެއިން ވަކިގޮތެއް ކަނޑައަޅުއްވާފައިވުމުން ފައިސާ ހޯދުމަށް
ހެޅޭ މައްސަލައިގެ ތެރޭގައި އެކަން ބެލުން ދަތިވާނެކަމާއި، މިހެން ކަމުން ސިވިލްކޯޓުން މިމައްސަލަ
ނިންމެވުމުގައި ފާހަގަކުރެއްވި ނުކުތާގެ (އ) ގައި ޝަރީޢަތުގެ ފަރާތުން ފައިސާގެ ޢަދަދު
ކަނޑައަޅަންޖެހުނު އަސާސެއް ފެންނަން ނެތުމުން އެ ނުކުތާގައި ފައިސާގެ ޢަދަދަކީ ވަކި ޢަދަދެއްކަމަށް
ޝަރީޢަތުން ބަލައިގެންފާ އޮތް އޮތުމަކީ ބާތިލުގޮތެއް ކަން އެނގޭކަމެވެ.
8
, , 8 އ ހ 4
އހ03
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ސިވިލްކޯޓުގެ ނަންބަރު 2010/MC
/
2010
)
951
/
Cv
-
C/1930) ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި ޙުސައިން ޚާލިދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭނެ ތަނެއް ނެތްކަމަށާއި،
މިމައްސަލަ ނިންމެވުމުގައި ސިވިލްކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ތެރެއިން 6 ވަނަ ނަންބަރުގެ
(ހ) ގައި ނުޢުމާން އަޙުމަދުދީދީ ޙުސައިން ޚާލިދަށް ދިންކަމަށްބުނާ ފައިސާގެ ޢަދަދު ލިޔުމުގައި
ތަފާތެއްވާކަމަށާއި، އެގޮތުން އެއްޢަދަދު ހިސާބު އަކުރުން ލިޔުމުގައި 130،000ރ. (އެއްލައްކަ
ތިރީސްހާސް ރުފިޔާ) ޖަހާފައިވާއިރު އެޢަދަދު ކައިރީގައި ދިވެހިން އެޢަދަދަކީ ތޭރަލައްކަ
(1,300,000ރ.) ކަމުގައި ބަޔާންކޮށްފައި އޮންނަކަމަށާއި، އެއްބަސްވުމާއި، ދަޢުވާ ފޯމާއި،
ދަޢުވާކުރާފަރާތުން ހުށަހަޅާފައިވާ އެހެނިހެން ލިޔުންތަކުގައިވެސް މިޢަދަދު ލިޔެފައިވަނީ 130،000ރ.
(ތޭރަލައްކަ ރުފިޔާ) ގެ ގޮތުގައި ކަމަށްވާތީ، އެއިގެ ސައްޙަ ޢަދަދަކީ ކޮބައިކަން ދެނެގަންނަން
ދަތިކަމަށާއި، މިޤަޟިއްޔާގެ ބޭނުމަށްޓަކައި، ރަނގަޅު ގޮތަކީ ހިސާބުން ލިޔެފައިވާ ޢަދަދުކަމުގައި
ކަނޑައަޅާފައި އޮތް އޮތުމަކީ ބާތިލު ގޮތެއްކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
15
2014/HC-A/19
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލްކޯޓުގެ ނަންބަރު
2010/MC
/
2010
)
951
/
Cv
-
C/1930) އިސްތިއުނާފުކުރުމަށްއެދި ޙުސައިން ޚާލިދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ސިވިލްކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ
އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލްކޯޓު
2010/Cv-C/951 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް
ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ކޯޓުގެ ނަންބަރު
(1930/MC/2010)
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv