ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/350 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2012/HC-A/350
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 350/HC-A/2012
އިސްތިއުނާފު ކުރި ފަރާތް:
ނަން: ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 254
/
99-C
* ކުންފުނީގެ ފަރާތުން: މެނޭޖިން ޑިރެކްޓަރ ޢަލީ އަމްޖަދުގެ
އެޑްރެސް: .
އީކުއޭޓަރ/ މާލެ
އީކުއޭޓަރ/ މާލެ
މިހާރުގެ އެޑްރެސް:
އީކުއޭޓަރ/ މާލެ
1
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މަރްޔަމް ޖަމީލް
* އައި.ޑީ ކާޑު ނަންބަރު: A036482
ވަކީލް: އޘް. ޢަދުނާނު ޔޫސުފް، ޖަވާހިރުމާގެ|
ދާއިމީ އެޑްރެސް: ގ. ރަތްބަގީޗާގެ/ މާލެ
* މިހާރުގެ އެޑްރެސް: ފ. ރަތްބަގީޗާގެ މާލެ
98 4
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 ޞަފަރު 1434 ނިމުނު ތާރީޚް: 20 ޛުލްޤައިދާ 1435
27 ޑިސެމްބަރ 2012
15 ސެޕްޓެމްބަރު 2014
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2010
)
721
/
Cv
-
C/1554)
ނިންމެވި ކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
މައްސަލަ ހުށަހެޅުނު ތާރީޚް:
13 ޖޫން 2010
މައްސަލަ ނިމުނު ތާރީޚް: 31 ޖުލައި 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢައްބާސް ޝަރީފް
0
0
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/350
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/721 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޗެނަލް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ގ. ރަތްބަގީޗާގެ މަރްޔަމް ޖަމީލެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/721 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާ ށް އެދި ޗެނަލް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
coc
ޕީ.
U couc
2. ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/721 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، 2007 ވަނަ އަހަރުގެ މާރޗް 06 ވަނަ ދުވަހު ޗެނަލް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ރަތްބަގީޗާގެ މަރްޔަމް ޖަމީލާދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގެ
ދަށުން ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރަތްބަގީޗާގެ އެވެކިޔުނު ގޯތީގައި ކޮށްފައިވާ
މަސައްކަތްތަކަށް މަރްޔަމް ޖަމީލު ދޭންޖެހޭ ފައިސާގެ އިންވޮއިސްތައް ހުށަހެޅުމުން އެއިންވޮއިސްތަކުގައިވާ އެކު
ޖުމްލަ 298,142.97ރ. (ދެލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ސާޅީސްދެރުފިޔާ ނުވަދިހަހަތް ލާރި)
އެމައްސަލަ ކޯޓަށް ހުށަހެޅުނު ދުވަހާ ހަމައަށްވެސް ދީފައިނުވާތީއާއި، އަދި ގިނަ ދުވަސްތަކެއް ވަންދެން
ފައިސާ ނުދީ ހިފެހެއްޓުމު
އްޓުމުގެ ސަބަބުން ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ މާލީ ގެއްލުންތަކުގެ
ސަބަބުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ -/700,000 ރ. (ހަތްލައްކަ ރުފިޔާ) އާއި އެކު ޖުމްލަ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/350
998,142.97ރ. (ނުވަލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ސާޅީސްދެރުފިޔާ ނުވަދިހަހަތް ލާރި) އެއްފަހަރާ
ޝަރީޢަތް މެދުވެރިކޮށް ލިބިގަތުމަށްއެދި މަރްޔަމް ޖަމީލަށް ދަޢުވާ ރައްދުވާގޮތަށް ޗެނަލް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެކޯޓަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
ޕީ.
3. މިޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/721 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. ދެންފަހެ،
އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި، މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން
ރިޢާޔަތްކޮށް، 2007 ވަނަ އަހަރު މާރޗް މަހުގެ 06 (ހައެއް) ވަނަ ދުވަހު ޗެނަލް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 254
/
99-C) އާއި، ރަތްބަގީޗާގެ/ މާލެ، މަރްޔަމް ޖަމީލް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A036482} އާދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގެ
ދަށުން ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރަތްބަގީޗާގެ އެވެކިޔުނު ގޯތީގައި ކޮށްފައިވާ
މަސައްކަތްތަކަށް މަރްޔަމް ޖަމީލް ދޭންޖެހޭ ފައިސާގެ އިންވޮއިސްތައް ހުށަހެޅުމުން އެއިންވޮއިސްތަކުގައިވާ
އެކުޖުމްލަ 298,142
/
97ރ. (ދެލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ސާޅީސް ދެރުފިޔާ ނުވަދިހަ ހަތްލާރި)
މިއަދާހަމައަށްވެސް ދީފައިނުވާތީއާއި، އަދި ގިނަދުވަސްތަކެއް ވަންދެން ފައިސާ ނުދީ ހިފެހެއްޓުމުގެ ސަބަބުން
ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ މާލީ ގެއްލުން ތަކުގެ ސަބަބުން، ގެއްލުމުގެ ބަދަލުގެ
ގޮތުގައި ލިބެންޖެހޭ -/
700,000ރ. (ހަތްލައްކަ ރުފިޔާ) އާއި އެކުޖުމްލަ 998,142
/
97> (ނުވަލައްކަ
ނުވަދިހަ އަށްހާސް އެއްސަތޭކަ ސާޅީސް ދެރުފިޔާ ނުވަދިހަ ހަތްލާރި) އެއްފަހަރާ ޝަރީޢަތް މެދުވެރިކޮށް
ލިބިގަތުމަށްއެދި މަރިޔަމް ޖަމީލްގެ މައްޗަށް ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ
މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
ރަތްބަގީޗާގެ އެވެކިޔުނު ގޯތީގައި ޢިމާރާތެއް ކުރުމަށްޓަކައި އެގޯތީގެ ވެރިފަރާތްކަމުގައިވާ
މަރިޔަމް ޖަމީލް އާއި ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 06 މާރޗް 2007 ވަނަ ދުވަހު
1t
13
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/350
,
012އ
COCO
އެއްބަސް .ވެފައިވާކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ،
މަސައްކަތުގެ ބިލް ހުށަހަޅަންވާނީ މަސައްކަތް ޙަވާލުކުރިފަރާތުން ޤަބޫލުކުރާ ފެންވަރަށް މަސައްކަތް
ނިންމުމަށްފަހު ނުވަތަ ކޮންސަލްޓަންޓަކު ޢައްޔަނުކުރެވިފައިވާ މަސައްކަތެއްނަމަ އޭނާގެ
ރިޕޯޓަކާއިއެކުގައިކަމަށާއި، އެގޮތުން ބިލްހުށަހަޅާތާ ލަސްވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މަސައްކަތް
ޙަވާލުކުރި ފަރާތުން ބިލް އަދާކޮށް ނިންމަންވާނެކަމަށް، މިފަދައިންކަމާއި،
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންސަލްޓެންޓެއް މަރިޔަމް ޖަމީލް
ޢައްޔަނުކޮށްފައިވާކަމާއި، އެގޮތުން ޢައްޔަނުކޮށްފައިވާ ކޮންސަލްޓެންޓަކީ ޓެކްޓޯން ޑިޒައިން އެސޯސިއޭޓް
ޕްރައިވެޓް ލިމިޓެޑްކަމާއި، ޢައްޔަނުކުރެވިފައިވާ ކޮންސަލްޓެންޓުގެ މަސައްކަތުގެ ދާއިރާއަކީ، ޢިމާރާތް ކުރުމުގެ
ކުރިން ކުރަހާފައިވާ ކުރެހުމާއި، ސްޓްރަކްޗަރަލް އިންޖިނިއަރިން ޑިޒައިންތަކާއެއްގޮ ޢިމާރާތްކުރާ ފަރާތުން
ޢިމާރާތް ކުރޭތޯ ބެލުމާއި، އެމަސައްކަތް ރަނގަޅަށް ނުކުރާނަމަ، ނުވަތަ އެމަސައްކަތުގެ ތެރެއިން އިސްލާޙު
ކުރަންޖެހޭ ބައެއްވާނަމަ، އެބައެއް އިސްލާޙުކުރުމަށް އެންގުމާއި، އެގޮތުން އެބައެއް އިޞްލާހުކުރުމުން ދެން
ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ކުރުމަށް ހުއްދަ ދިނުންކަމަށްވާހިނދު، މިމައްސަލާގައި ކޮންސަލްޓެންޓް
ޢައްޔަނުކޮށްފައިވަނީ، ރަތްބަގީޗާގެ އެވެކިޔުނު ގޯތީގައި ކުރިން ހުރި ޢިމާރާތް ސާފުކުރުމަށްފަހުގައިކަން
ކޮންސަލްޓެންޓުގެ ބަޔާނުން އެނގެން އޮތަތީއާއި، އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން އިން
އިންވޮއިސްއާއެކު
ކޮންސަލްޓެންޓުގެ ރިޕޯޓެއް ހުށަހަޅަންޖެހޭނީ، އެއިންވޮއިސްގައިވާ މަސައްކަތަކީ ކޮންސަލްޓެންޓެއް
ޢައްޔަނުކުރެވިފައިވާ މަސައްކަތެއްނަމަ ކަމުގައިވީހިނދު، ރަތްބަގީޗާގެ އެވެކިޔުނު ގޯތީގައި ކުރިން ހުރި
ޢިމާރާތް ތަޅާލުމާއި، ސާފުކުރުމުގެ މަސައްކަތަކީ ކޮންސަލްޓެންޓު ޢައްޔަނުކު ކުރިން ކުރެވިފައިވާ
މަސައްކަތެއްކަމަށްވާތީ، އެމަސައްކަތުގެ އަގުގެ ގޮތުގައި -/55,250ރ. (ފަންސާސް ފަސްހާސް ދުއިސައްތަ
ފަންސާސް ރުފިޔާ) ބަޔާންކޮށް ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ނަންބަރު:
01-13
/
2008-CH
-
01
/
RB (06 ފެބްރުއަރީ 2008) އިންވޮއިސް އާއިއެކު އެއްބަސްވުމުގެ 9 ވަނަ
މާއްދާގެ ދަށުން ކޮންސަލްޓެންޓުގެ
ކޮންސަލްޓެންޓުގެ ރިޕޯޓެއް ހުށަހަޅަން ނުޖެހޭކަމާއި، އެއިންވޮއިސްއާއެކު
ކޮންސެލްޓެންޓުގެ
ﷲ 33
33
2
3 2-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/350
ރިޕޯޓެއް
ހުށަހަޅަން
ހަޅަން ނުޖެހުނު ކަމުގައިވިއަސް، އެމަސައްކަތް ކުރުމުގެ ކުރިން އެމަސައްކަތަށް ވަކި އަގެއް
އެއްބަސްވެފައިވާކަން އެނގެން ނެތް ޙާލަތުގައި، އެޢަދަދު ހިސާބުކުރެވިފައިވާ ގޮތް
އެނގެން
އޮންނަންޖެހޭނެކަމާއި، އެފަދަ އެއްވެސް ތަފްޞީލެއް އެއިންވޮއިސްގައި ނެތްހިނދު، އަދި އެތަފްޞީލްތަށް
ލިބިގަތުމަށް މަރިޔަމް ޖަމީލް އެދިފައިވާއިރު، އެތަފްޞީލްތައް މަރިޔަމް ޖަމީލް އަށް ލިބިނުދީ، އެޢަދަދުގެ
މައްޗަށް މަރްޔަމް ޖަމީލްއަށް ބަހެއް ބުނުމުގެ ފުރުޞަތެއް ނުލިބޭނެކަމަށްޓަކައި، އެއިންވޮއިސް ގައިވާ
މަސައްކަތުގެ އަގު ހިސާބުކުރެވިފައިވާ ގޮތުގެ ތަފްޞީލްތައް މަރިޔަމް ޖަމީލް އަށް ލިބިގެން މެނުވީ،
އެއިންވޮއިސް ގައިވާ އަދަދާއި މެދު ޝަރީޢަތަށް އަދި ގޮތެއް ކަނޑައަޅައި ދެވެން ނެތްކަމާއި،
ގްރައުންޑް ފްލޯރގެ މަސައްކަތްތަކުގެ އަގުގެ ގޮތުގައި -/
49,169ރ. (ސާޅީސް ނުވަހާސް
އެއްސަތޭކަ ފަސްދޮޅަސް ވަރުފިޔާ) ބަޔާންކޮށް ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަރިޔަމް ޖަމީލް
ai xa (2008 với 01) CH-04/VD-04-89/2007 - 2598 34 %
އެގޮތަށް
މަސައްކަތްތަކަށް ކޮންސަލްޓެންޓް ޢައްޔަނުކުރުމަށްފަހު ކުރެވިފައިވާ
މަސައްކަތްތަކެއްކަމަށްވެފައި،
އެމަސައްކަތްތަކަކީ ކޮންސަލްޓެންޓުގެ މަސައްކަތުގެ ދާއިރާގެ މަސައްކަތްތަކެއްކަމަށްވާތީ، އެއިންވޮއިސްތައް
މަރިޔަމް ޖަމީލް އާއި ޙަވާލުކުރާއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 9 ވަނަ މާއްދާގައިވާ
ގޮތުގެ މަތީން ކޮންސަލްޓެންޓުގެ ރިޕޯޓެއް ހުށަހަޅަންޖެހޭނެކަމާއި، އެއެއްބަސްވުމުގައި
އެއްބަސްވެފައިވީނަމަވެސް ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެފަދައިން ޢަމަލުކޮށްފައިނުވާކަމާއި،
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ވާގޮތަށް އެއިންވޮއިސްތައް ހުށަހެޅުމަށް މަރިޔަމް ޖަމީލް
އެދިފައިވީނަމަވެސް، އެފަދައިން ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިނުވާ ޙާލަތުގައި، އަދި
މަރިޔަމް ޖަމީލް އަށް ފުރިހަމަކުރެވިފައިވާ އިންވޮއިސްއާމެދު ބަހެއް ބުނުމުގެ ފުރުޞަތު ލިބިދީފައިނުވާއިރު،
އެއިންވޮއިސްއާމެދު އަދި ޝަރީޢަތުން ގޮތެއް ކަނޑައެޅާއި ދެވެން ނެތްކަމާއި،
ސްޓެލްކޯއިން ކަރަންޓް ގުޅުމަށާއި، ފެންބިލްތަކަށް ޚަރަދުކުރެވިފައިވާ ފައިސާގެ ޢަދަދުގެ ގޮތުގައި
4,795
/
37ރ. (ހަތަރުހާސް ހަތްސަތޭކަ ނުވަދިހަ ފަސްރުފިޔާ ތިރީސް ހަތްލާރި) ބަޔާންކޮށް ޗެނަލް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/35]
NE/2007/0691
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަރިޔަމް ޖަމީލް ޙަވާލުކޮށްފައިވާ ނަންބަރު:
02-14
/
2008-CH
-
02
/
RB (06 ފެބްރުއަރީ 2008) އިންވޮއިސް ގައިވާ ޚަރަދުތަކަކީ، މިމައްސަލާގައި
ޢައްޔަނުކޮށްފައިވާ ކޮންސަލްޓެންޓުގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްނުވާ
އެކަމަށްނުވާތީ، އެއިންވޮއިސް
ޙަވާލުކުރާއިރު، ކޮންސަލްޓެންޓުގެ ރިޕޯޓެއް ހުށަހަޅަން ނުޖެހޭކަމާއި، އެއިންވޮއިސް ގައިވާ ޢަދަދު އަރާފައިވާގޮތް
އެނގޭނެފަދަ ލިޔުންތައް ހުށަހަޅާފައިވީނަމަވެސް، އެއިންވޮއިސްގައި ޙަވާލާދީފައިވާ ނަންބަރު:
(24 އޭޕްރީލް 2007) ބިލްގައިވާ 2,071
/
35ރ. (ދެހާސް ހަތްދިހަ އެއްރުފިޔާ
ތިރީސް ފަސްލާރި) އާއި، ނަންބަރު: W-0000035156 (10 އޭޕްރިލް 2007) ބިލްގައިވާ -/820ރ.
(އަށްސަތޭކަ ވިހިރުފިޔާ) އާއި، ނަންބަރު: 001674623 (20 މެއި 2005) ބިލްގައިވާ 68
/
94ރ.
(ފަސްދޮޅަސް އަށްރުފިޔާ ނުވަދިހަ ހަތަރުލާރި) އާއި، ނަންބަރު 0001693401 (16 ޖޫން 2007)
ބިލްގައިވާ 117170ރ. (އެއްސަތޭކަ ސަތާރަ ރުފިޔާ ހަތްދިހަ ލާރި) ދައްކާފައިވާކަމުގެ ލިޔުމެއް
މިމައްސަލާގައި ހުށަހަޅާފައިނުވާތީ، އެފައިސާއަކީ ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ
ފައިސާއެއްކަން އެނގެން ނެތްކަމާއި، ނަމަވެސް އެއިންވޮއިސްގައިވާ ބިލްތަކުގެ ތެރެއިން ފައިސާ ދައްކާފައިވާ
ކަމުގެ ލިޔުން ހިމެނިފައިވާ ނަންބަރު: S-000003755 (10 މެއި 2007) ބިލްގައިވާ -/
1,640ރ.
(އެއްހާސް ހަސަތޭކަ ސާޅީސް ރުފިޔާ) އާއި، ނަންބަރު: 0001777042 (15 އޮކްޓޯބަރ 2007) ބިލްގައިވާ
77/38 ރ. (ހަތްދިހަ ހަތްރުފިޔާ | ތިރީސް އަށްލާރި) އާއި، އެކުޖުމްލަ 1,717
/
38ރ. (އެއްހާސް ހަތްސަތޭކަ
ސަތާރަ ރުފިޔާ ތިރީސް އަށްލާރި) އަކީ މަރިޔަމް ޖަމީލް ދައްކަންޖެހޭ ފައިސާއެއްކަމާއި، އަދި ޗެނަލް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަރިޔަމް ޖަމީލް ޙަވާލުކޮށްފައިވާ ނަންބަރު:
03-15
/
2008-CH
-
03
/
RB (06 ފެބްރުއަރީ 2008) އިންވޮއިސްގައިވާ 188,928
/
60ރ. (އެއްލައްކަ
އަށްޑިހަ އަށްހާސް ނުވަސަތޭކަ އަށާވީސްރުފިޔާ | ފަސްދޮޅަސް ލާރި) އަކީ، މަރިޔަމް ޖަމީލް ރަނގަޅުކަމަށް
އެއްބަސްވެފައިވާ އިންވޮއިސް އެއްކަމަށްވާތީ، އެއިންވޮއިސްގައިވާ ފައިސާއަކީވެސް މަރިޔަމް ޖަމީލް ދައްކަންޖެހޭ
ފައިސާއެއްކަމަށް ކަނޑައަޅައި،
އަށް
ދިއެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
2012/HC-A/350
މިމައްސަލާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި -/700,000 ރ. (ހަތްލައްކަ ރުފިޔާ) ހޯދުމަށް
ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވީނަމަވެސް، އެޢަދަދު ހިސާބުކުރެވިފައިވާ ގޮތެއް އެނގެން
ނެތުމުން، އަދި އެޢަދަދު ދަޢުވާގައި ބަޔާންކުރުން ފިޔަވައި އެޢަދަދުގެ ގެއްލުމެއް ލިބިފައިވާކަން އެނގޭނެފަދަ
އެއްވެސް ލިޔުމެއް ނުވަތަ ހެއްކެއް ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިނުވާތީ، ގެއްލުމުގެ
ބަދަލުގެ ގޮތުގައި އެދިފައިވާ ފައިސާއަކީ ޝަރީޢަތަށް ސާބިތުވާ ފައިސާއެއް ނޫންކަމާއި،
މިމައްސަލާގައި މަރިޔަމް ޖަމީލް ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ އެކުޖުމްލަ 190,645198ރ.
(އެއްލައްކަ ނުވަދިހަހާސް ހަސަތޭކަ ސާޅީސް ފަސްރުފިޔާ ނުވަދިހަ އަށްލާރި) ޗެނަލް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ލިބިދިނުމަށްޓަކައި، އެފައިސާ މިއަދު 31 ޖުލައި 2012 ވަނަ ދުވަހުން ފެށިގެން 06 (ހައެއް)
މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށް ޖެހޭވަރު
ކަށް ޖެހޭވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ
އެމުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް މ. ރަތްބަގީޗާގެ/ މާލެ، މަރްޔަމް ޖަމީލް އަށް އަންގައި
ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/721 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޗެނަލް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން 03 ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ހުށަހެޅިފައިވާ ލިޔެކިޔުންތަކުގައި ދަޢުވާލިބޭ ފަރާތުގެ އަމިއްލަ އިޢުތިރާފުން
ދަޢުވާ ސާބިތުވާން ހުރި ލިޔެކިޔުންތަކަށް ޝަރީޢަތުން ބައްލަވާ ރިޢާޔަތް ކުރައްވާފައި ނުވާކަމަށާއި، އަދި
އެކަމުގެ ސަބަބުން
ބުން ދަޢުވާކުރާ ފަރާތުގެ ޙައްޤުތަކެއް ގެއްލިފައިވާތީ އެއީ ޝަރީޢަތް ކުރުމުގެ ޢާންމު
ހިލާފަށް ކުރައްވާފައިވާ
ކަމެއްކަމަށް ހުށަހެޅި
ނުކުތާއެވެ.
.ޞޫލާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2012/HC-A/350
ތެރޭން
ބަޔެއް
ދެވަނަ ނުކުތާއަކީ: މަސައްކަތްތަކެއް ކުރުވާ އެމަސައްކަތުގެ ޙައްޤު އުޖޫރަ ނުދީގެން ހުށަހެޅިފައިވާ
މައްސަލައެއްގެ
މަސައްކަތްތަކުގެ އަގު ޝަރީޢަތުން ނަންގަވާ ދެއްވާ ދެންހުރި
މަސައްކަތްތަކަކީވެސް ކޮށްފައިވާ މަސައްކަތްތަކެއް ނޫންކަމަށް ދަޢުވާލިބޭ ފަރާތުން ބުނެ އިންކާރު
ކޮށްފައިނުވާއިރު އެ މަސައްކަތްތަކުގެ ޙައްޤު އުޖޫރައާއި އެކަމަށް ކުރެވިފައިވާ އެންމެހާ ޚަރަދުތަކާމެދު
ޝަރީޢަތުން ގޮތެއް ކަނޑައަޅުއްވައި ދެއްވާފައިނުވާތީ އެއީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް
ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފައިސާއާއި ތަކެތިން ދަޢުވާލިބޭ
ފަރާތަށް މާލީ މަންފާތަކެއް ހާސިލްވަމުންދާއިރު ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޙައްޤެއް
ނުދީ ހިފަހައްޓާފައިވާތީ ޤާނޫނު ނަންބަރު 4/91 ގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ލިބުމުގެ
ފުރިހަމަ ޙައްޤު އޮތްކަމަށްވާއިރު މިކަމާމެދު ޝަރީޢަތުން ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/721 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
މަސައްކަތަކީ ކޮންސަލްޓެންނެވެ
9
2012/HC-A/350
(ހ) ފުރަތަމަ ކަމަކީ، ރަތްބަގީޗާގޭގައި 7 ބުރީގެ އިމާރާތެއް ކުރުމާބެހޭގޮތުން، ޗެނަލް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 254
/
99-C) އާއި، ރަތްބަގީޗާގެ މަރްޔަމް ޖަމީލް
(އައި.ޑީ.ކާޑު ނަންބަރު: A036482) އާދެމެދު 2007 މާރޗް 06 ވަނަ ދުވަހު އެއްބަސްވުމެއްގައި
ސޮއިކުރެވުނުކަމާއި،
އެ އެއްބަސްވުމުގެ 9 ވަނަ މާއްދާގައިވާގޮތުން، މަސައްކަތުގެ އަގު ހޯދުމަށް ޗެނަލް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން މަރްޔަމް ޖަމީލަށް ބިލް ހުށަހަޅަންވާނީ އެމަސައްކަތަކީ ކޮންސަލްޓެންޓަކު
ޢައްޔަނުކުރެވިފައިވާ މަސައްކަތެއްނަމަ ކޮންސަލްޓެންޓުގެ ރިޕޯޓަކާއިއެކުގައި، ނުވަތަ މަސައްކަތް ޙަވާލުކުރި
ފަރާތުން ޤަބޫލުކުރާ ފެންވަރަށް މަސައްކަތް ނިންމުމަށްފަހުގައިކަމާއި، ބިލް ހުށަހަޅާތާ ލަސްވެގެން 10
(ދިހައެއް) ދުވަހުގެ ތެރޭގައި މަސައްކަތް ޙަވާލުކުރި ފަރާތުން މަސައްކަތްކުރި ފަރާތުން ހުށަހެޅި ބިލުގައިވާ
ފައިސާ އަދާކޮށް ނިންމަންވާނެކަމާއި،
އެއްބަސްވުމުގެ ދަށުން މަރިޔަމް ޖަމީލް ޢައްޔަނުކުރި ކޮންސަލްޓެންޓަކީ ޓެކްޓޯން ޑިޒައިން
އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްކަމާއި، ކޮންސަލްޓެންޓް ޢައްޔަނުކޮށްފައިވަނީ، ރަތްބަގީޗާގެ އެވެކިޔުނު
ގޯތީގައި ކުރިން ހުރި ޢިމާރާތް ރޫޅައި، ތަން ސާފުކުރުމަށްފަހުގައިކަން ކޮންސަލްޓެންޓް، ސިވިލް ކޯޓަށް
ދީފައިވާ ބަޔާނުން އެނގޭކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން
ކޮންސަލްޓެންޓުގެ ރިޕޯޓެއް އިންވޮއިސްއާއެކު ހުށަހަޅަންޖެހޭނީ، އެއިންވޮއިސްގައިވާ މަސައްކަތަކީ
ކޮންސަލްޓެންޓެއް ޢައްޔަނުކުރެވިފައިވާ މަސައްކަތެއްނަމަކަން އެނގޭކަމާއި،
އެއިންވޮއިސްގައިވާ
ޢައްޔަނުކުރެވިފައިވާ މަސައްކަތެއްނަމަ،
އިންވޮއިސްއާއެކު ކޮންސަލްޓެންޓުގެ ރިޕޯޓެއް ހުށަހަޅަންޖެހޭކަމަށް
ޢަމަލީގޮތުން
ހިނގިގޮތަކީ، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަރްޔަމް ޖަމީލަށް ބިލް ހުށަހެޅުމުން،
މަރްޔަމް ޖަމީލް އެބިލްތައް ކޮންސަލްޓެންޓަށް ހުށަހެޅުމުން، ކޮންސަލްޓެންޓް ޤަބޫލުކުރާ މަސައްކަތުގެ ބިލްތަކަށް
ފައިސާ ދިނުންކަން ކޮންސަލްޓެންޓުގެ ގޮތުގައި މަސައްކަތްކުރި ފަރާތުން ސިވިލް ކޯޓަށް ދީފައިވާ ބަޔާނުން
އޮތްނަމަވެސް
އެކަން
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/3 5 0
އެނގެންއޮތްއިރު، ދެފަރާތުގެ ވާހަކައަށާއި، އަދި ޢަމަލީގޮތުން އެކަން ހިނގާފައިވާގޮތުގެ މައްޗަށް ބެލުމުންވެސް،
މަސައްކަތުގެ އަގު ހޯދުމަށް ބިލް ހުށަހަޅަންޖެހޭ ކަމަށް އެއްބަސްވުމުގައިވާގޮތަށް ބަދަލުގެނެވި، އެގޮތް
ދެފަރާތުންވެސް ބަލައިގެންފައިވާކަން އެނގޭކަމެވެ.
22 ހދه
ގެތެކަމަށް
CCU
14
(ށ) ދެވަނަ ކަމަކީ، ރަތްބަގީޗާގޭގައި ކުރިން ހުރި ޢިމާރާތް ތަޅައި، ތަން ސާފުކުރުމުގެ
މަސައްކަތަކީ ކޮންސަލްޓެންޓު ޢައްޔަނުކުރުމުގެ ކުރިން ކުރެވިފައިވާ މަސައްކަތެއްކަމަށްވާތީ، އެމަސައްކަތުގެ
އަގުގެ ގޮތުގައި -/
55,250ރ. (ފަންސާސް ފަސްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ހޯދުމަށް ޗެނަލް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަރްޔަމް ޖަމީލަށް ހުށަހަޅާފައިވާ ނަންބަރު 13
/
2008-01-CH
-
01
/
RB
(06 ފެބްރުއަރީ 2008) އިންވޮއިސް އާއިއެކު ކޮންސަލްޓެންޓުގެ ރިޕޯޓެއް ހުށަހަޅަން ނުޖެހޭކަން އެނގޭއިރު،
ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އިތުރުން، މަރްޔަމް ޖަމީލުގެ ބަހަށް ބަލާއިރުވެސް،
ރަތްބަގީޗާގޭގައި ކުރިންހުރި 2 ބުރި ޢިމާރާތް ތަޅައި، އާޢިމާރާތް ހެދުމަށް ތަން ސާފުކޮށް ކުރަންޖެހޭ
މަސައްކަތްތައް ކޮށްފައިވަނީ ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންކަން އެނގޭކަމާއި،
އެމަސައްކަތަކީ އަގަކާއިނުލައި ހިލޭސާބަހަށް ކޮށްދީފައިވާ މަސައްކަތެއްކަން އެނގެން ނެތްއިރު، އެމަސައްކަތަށް
އަގުނުދީވަނީ ތަފްސީލު ހުށަހަޅާފައިނުވާތީކަމަށް މަރްޔަމް ޖަމީލު ބުނެފައިވާ ބުނުމުންވެސް އެމަސައްކަތަކީ
އަގުދޭންޖެހޭ މަސައްކަތެއްކަން މަރްޔަމް ޖަމީލުވެސް ޤަބޫލުކުރާކަން އެނގޭއިރު، އެމަސައްކަތަކީ އެޢިމާރާތް
ތަޅައި ތަންސާފުކުރުމުގެ މަސައްކަތްކަމާއި އެކަން އެގޮތަށް ކޮށްފައިވާކަމަށް މަރްޔަމް ޖަމީލުވެސް
ންކާރުނުކުރާއިރު، އިތުރަށް ހުށަހަޅާނެ ތަފްސީލެއް ނޯންނާނެކަމުގައި ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ބުނެފައިވާއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 9 ވަނަ މާއްދާއަށް ބަލާއިރު،
ކޮންސަލްޓެންޓަކު ޢައްޔަނުކުރެވިފައިވާ މަސައްކަތެއްނޫންނަމަ މަސައްކަތުގެ ބިލް ހުށަހަޅަންވާނީ މަސައްކަތް
ޙަވާލުކުރިފަރާތުން ޤަބޫލުކުރާ ފެންވަރަށް މަސައްކަތް ނިންމުމަށްފަހުގައިކަމާއި، އެގޮތުން ބިލްހުށަހަޅާތާ
ucou
މެގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/350
OcOOX
ލަސްވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މަސައްކަތް ޙަވާލުކުރި ފަރާތުން ބިލް އަދާކޮށް ނިންމަންވާނެކަން
އެނގެންއޮތްއިރު،
އެމަސައްކަތަކީ ކޮންސަލްޓެންޓު ޢައްޔަނުކުރުމުގެ ކުރިން ކުރެވިފައިވާ މަސައްކަތެއްކަމުން،
އެއްބަސްވުމުގެ 9 ވަނަ މާއްދާގައިވާގޮތުން، މަސައްކަތުގެ އަގު ހޯދުމަށް ބިލް ހުށަހަޅަންވާނީ މަސައްކަތް
ޙަވާލުކުރި ފަރާތުން ޤަބޫލުކުރާ ފެންވަރަށް މަސައްކަތް ނިންމުމަށްފަހުގައިކަން އެނގެން އޮތުމުންނާއި،
އެތަނުގައި ކުރިން ހުރި ޢިމާރާތް ތަޅައި ތަންސާފުކުރުމުގެ މަސައްކަތް ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ކޮށް ނިންމާފައިވުމުންނާއި، އެމަސައްކަތް އެގޮތަށް ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ކޮށް ނިންމާފައިވާކަން މަރްޔަމް ޖަމީލުގެ ބަހުންވެސް އެނގެން އޮތުމުން، އެމަސައްކަތަކީ ޤަބޫލުކުރެވޭ
ފެންވަރަށް ކުރެވިފައިވާ، އަދި އެމަސައްކަތަށް އަގު ދޭންޖެހޭ މަސައްކަތެއްކަމުގަ
މުގައި
އ. ދ ތ ގ 14 ޑ ޒ
ލަންޖެހޭކަމެވެ.
13
(ނ) ތިންވަނަ ކަމަކީ، ރަތްބަގީޗާގޭގައި ކުރިން ހުރި 2 ބުރި ޢިމާރާތް ތަޅައި ތަން
ސާފުކުރުމުގެ މަސައްކަތުގެ އިތުރުން، މަރްޔަމް ޖަމީލާއި ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު
ވެފައިވާ އެއްބަސްވުމުގެ ދަށުން ގ. ރަތްބަގީޗާގޭގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތުގެ އަގު ހޯދުމަށް
ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަރްޔަމް ޖަމީލަށް ހުށަހެޅި ބިލްތަކުގެ ތެރެއިން މަރްޔަމް
ޖަމީލު ރަނގަޅުކަމަށް އެއްބަސްވެފައިވާ ނަންބަރު: 15
/
2008-03-CH
-
03
/
RB (06 ފެބްރުއަރީ 2008)
CH-04/VD-04-89/2007 3382 askºva 2.5 => ass, đĩa
އެ
(01 ޖުލައި 2008، އިންވޮއިސް ގައިވާ މަސައްކަތްތަކުގެ އަގު ސިވިލް ކޯޓުން ނަންގަވައި ދެއްވާފައި ނުވަނީ،
އެމަސައްކަތްތަކަކީ ކޮންސަލްޓެންޓް ޢައްޔަނުކުރުމަށްފަހު ކުރެވިފައިވާ މަސައްކަތެއްކަމަ
އަކަތެއްކަމަށްވާއިރު،
އިންވޮއިސްތައް ހުށަހެޅިފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ
މަތީން ކޮންސަލްޓެން
ރިޕޯޓާނުލައިކަމަށް ވާތީކަން ސިވިލް ކޯޓުން މައްސަލަ ނިންމެވިގޮތު ރިޕޯޓުގައި
ފާހަގަކުރައްވާފައިވާއިރު،
42
مسرورع سبع د
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/350
2ޑ 2
ރިޕަeއް
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން ކޮންސަލްޓެންޓުގެ
އިންވޮއިސްއާއެކު ހުށަހަޅަންޖެހޭނީ، އެއިންވޮއިސްގައިވާ މަސައްކަތަކީ ކޮންސަލްޓެންޓެއް
ޢައްޔަނުކުރެވިފައިވާ މަސައްކަތެއްނަމަކަން އެނގެން އޮތްއިރު، އިންވޮއިސްއާއެކު ކޮންސަލްޓެންޓުގެ
ރިޕޯޓެއް
ހުށަހަޅަންޖެހޭކަމަށް އޮތްނަމަވެސް އެކަން ޢަމަލީގޮތުން ހިނގިގޮތަކީ، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން މަރްޔަމް ޖަމީލަށް ބިލް ހުށަހެޅުމުން، މަރްޔަމް ޖަމީލް އެބިލްތައް ކޮންސަލްޓެންޓަށް ހުށަހެޅުމުން،
ކޮންސަލްޓެންޓް ޤަބޫލުކުރާ މަސައްކަތުގެ ބިލްތަކަށް ފައިސާ ދިނުންކަން އެނގޭކަމާއި، މަރްޔަމް ޖަމީލު
ޤަބޫލުކޮށްފައިވާ ނަންބަރު: 15
/
2008-03-CH
-
03
/
RB (06 ފެބްރުއަރީ 2008) އިންވޮއިސްއަކީވެސް
އެގޮތަށް ކޮންސަލްޓެންޓުގެ ރިޕޯޓަކާ ނުލައި މަރްޔަމް ޖަމީލަށް ހުށަހެޅުނު ބިލެއްކަމަށްވާއިރު، އެހެން ބިލްތައް
އަނބުރާ ފޮނުވާލީ ކޮންސަލްޓެންޓުގެ ރިޕޯޓާއެކު ހުށަހެޅިފައިނުވާތީ ނުވަތަ އެމަސައްކަތް ކޮށްފައިނުވާތީ
ނޫންކަމާއި، ނަމަވެސް ތަފްސީލު އެނގެންނެތުމުންކަމަށް މަރްޔަމް ޖަމީލުގެ ފަރާތުން ބުނެފައިވާކަން
އެނގެންއޮތްއިރު،
އަދި އެމަސައްކަތްތައް ކުރެވިފައިވާކަން ދެފަރާތުގެ ބަހުންވެސް ސާފުވާކަމާއި އަދި އެކަމަށް
ކޮންސަލްޓެންޓްވެސް އިންކާރުކޮށްފައިނުވާކަން އެނގޭއިރު، އެމަސައްކަތް ގޯސްވެގެން ނުވަތަ ފެންވަރު
ދައްވެގެން އެތަންތަން ތަޅައި އަލުން ހެދިކަމަށް މަރްޔަމް ޖަމީލުގެ ފަރާތުން ބުނެފައިނުވާއިރު، އެމަސައްކަތުގެ
މައްޗަށް އެއާ ގުޅުވައިގެން އެޢިމާރާތުގެ މަސައްކަތް ކޮށްފައިވާކަން މަރްޔަމް ޖަމީލުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުން އެނގެންއޮތްކަމާއި،
މިކަންކަމުގެ މައްޗަށް ބަލާއިރު، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ޑ 4
2 ހ9 8
އެހެންކަމުން،
(2008 và 01) CH-04/VD-04-89/2007 : 58 ==== = = = = ==
މިމަސަ
އިންވޮއިސްގައިވާ މަސައްކަތްތަކުގެ އަގުގެ ފައިސާވެސް ލިބިދިނުމަކީ އިންސާފުވެރިގޮތްކަމަށް ޤަބޫލުކުރެވޭކަމާއި،
އެ އިންވޮއިސްގައިވާ މަސައްކަތްތަކުގެ ތަފްސީލުވެސް ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
މަރްޔަމް ޖަމީލަށް ސާފުކޮށްދެވިފައިވާކަމާއި، އެކަން 4 ނޮވެމްބަރު 2008 ގައި ޗެނަލް މޯލްޑިވްސް ޕްރައިވެޓް
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/350
ލިމިޓެޑުގެ ފަރާތުން
ހއ ހދ
މަރިޔަ2
ޖަލަށް ފޮނުވާފައިވާ ސިޓީއިންވެސް ޤަބޫލުކުރެވޭ މިންވަރަކަށް އެނގެން
އޮތްކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ
މަސައްކަތްތަކުގެ އަގުގެ ފައިސާ ދެއްކުމަށް ދަޢުވާލިބޭ މަރްޔަމް ޖަމީލު އެއްބަސްވެފައިވާކަން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން އެނގި އެފަރާތުގެ އަމިއްލަ އިއުތިރާފު ލިބިފައިވާކަން އެނގޭއިރު، އެ ދަޢުވާ ސާބިތުވާން ހުރި
އެލިޔެކިޔުންތަކަށް ސިވިލް ކޯޓުން ބައްލަވައި ރިޢާޔަތް ކުރައްވާފައިނުވާކަމަށް، ޗެނަލް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ބުނެފައިވާ ބުނުމުގެ މައްޗަށް ބަލާއިރު،
ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ބިލުތަކުގައި މައްސަލަ ހުރިކަމަށް
މަރްޔަމް ޖަމީލުގެ ފަރާތުން ބުނެ ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސިޓީ ފޮނުވާފައިވަނީ 12 ޖުލައި
2008 ގައި ކަމަށްވާއިރު، އޭގެ ކުރިން 15 މެއި 2008 ގައި، އަދި 23 ޖޫން 2008 ގައި މަރްޔަމް
ޖަމީލުގެ ފަރާތުން ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ދެ ސިޓީއަށް ބަލާއިރު، ޗެނަލް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަމަލުކުރިގޮތުން މަރްޔަމް ޖަމީލަށް ލިބިފައިވާ ގެއްލުން
އުނިކުރުމަށްފަހު، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރަތްބަގީޗާގޭގައި ކޮށްފައިވާ
މަސައްކަތްތަކުގެ ބިލްތަކުގެ ތެރެއިން ދެފަރާތުން އެއްބަސްވެވޭ ބިލްތަކަށް އަގު ދެއްކުމަށް އެއްބަސްވާކަމާއި،
ނަމަވެސް މަރްޔަމް ޖަމީލު އެސިޓީތަކުގައި ބުނެފައިވާގޮތުން މަރްޔަމް ޖަމީލް އެފައިސާ ދައްކަން ބޭނުންވަނީ،
ރަތްބަގީޗާގޭގައި ހަދާ ޢިމާރާތް ނިމި، އެތަން ކުއްޔަށްދީގެން ލިބޭ ފައިސާއިން، އެޢިމާރާތް ހެދުމަށްޓަކައި،
ބެންކުން ނަގާ ލޯނުގެ ފައިސާ ދައްކައި ޚަލާސްކުރުމަށްފަހުގައިކަން އެނގޭކަމާއި،
އޭގެ އިތުރުންވެސް 10 އޯގަސްޓް 2011 ދުވަހު މަރްޔަމް ޖަމީލުގެ ފަރާތުން ސިވިލް ކޯޓަށް
ދީފައިވާ ބަޔާނަށް ބަލާއިރުވެސް، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ލިބުން ލަސްވުމުގެ
ސަބަބުން ބަދަލެއް ހޯދަން އެދިފައިވީނަމަވެސް އެއީ ނަގައިދެވޭނެ ބަދަލެއްކަމުގައި ޤަބޫލުނުކުރާކަ
cec
ފެންކުރާކަމަށާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/3 5 0
2
6
2 ހދޑ
އިހރނމަ.
ހަމަވެސް ކުރެވިފައިހުރި މަސައްކަތްތަކަށް ފައިސާ ދައްކަން ހުރިކަމަށް މަރްޔަމް ޖަމީލުގެ ފަރާތުން
ބުނެފައިވާކަން އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ސްޓެލްކޯއިން ކަރަންޓް ގުޅުމަށާއި، ފެންބިލްތަކަށް ޚަރަދުކުރެވިފައިވާ
ފައިސާގެ ޢަދަދުގެ ގޮތުގައި 4,795
/
37ރ. (ހަތަރުހާސް ހަތްސަތޭކަ ނުވަދިހަ ފަސްރުފިޔާ ތިރީސް ހަތްލާރި)
ހޯދުމަށް ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަރްޔަމް ޖަމީލަށް ޙަވާލުކޮށްފައިވާ ނަންބަރު:
02-14
/
2008-CH
-
02
/
RB (06 ފެބްރުއަރީ 2008) އިންވޮއިސްގައިވާ ބިލްތަކުގެ ތެރެއިން ފައިސާ
ދައްކާފައިވާކަމުގެ ލިޔުން ހިމެނިފައިވާ ބިލުތަކުގެ ފައިސާ ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނަންގަވައި
ދެއްވާފައިވާކަމާއި، އެއިންވޮއިސްގައިވާ ބިލްތަކުގެ ތެރެއިން ނަންގަވައި ދެއްވާފައިނުވަނީ، އެ އިންވޮއިސްގައި
ހިމެނިފައިވާ ބިލްތަކުގެ ތެރެއިން ފައިސާ ދައްކާފައިވާކަމުގެ ލިޔުން ހިމެނިފައިނުވުމުގެ ސަބަބުން، އެފައިސާއަކީ
ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ ފައިސާއެއްކަން އެނގެންނެތް ބިލްތަކުގެ ފައިސާކަމުން،
މިފައިސާގެ ގޮތުގައި މަރްޔަމް ޖަމީލުގެ ފަރާތުން ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭކަމަށް
ކަނޑައަޅުއްވާފައިވާ 1,717
/
38ރ. (އެއްހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ ތިރީސް އަށްލާރި) ގެ އިތުރު
ފައިސާއެއް، މިއިންވޮއިސްގައިވާ ބިލްތަކާގުޅިގެން ނަގައިދެވެން އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށްވެސް ނުފެނުނުކަމެވެ.
U COCOO
(ޅ) ހަވަނަ ކަމަކީ، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތަކުގެ އަގު
ނުދީ ހިފަހައްޓާފައިވާތީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން
ގެއްލުމުގެ ބަދަލު ލިބުމުގެ ފުރިހަމަ ޙައްޤު ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާއިރު، އެކަމަށް
ޝަރީޢަތުން ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
2012/HC-A/350
COCOCOOX
ޓި 6
ކޮންeރކުeއޤީ
ބައިވެރިއަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއް ކުރުމުން
ލިބުނު ގެއްލުމަކަށް އެޢަމަލުކުރިމީހަކު، ކޮންޓްރެ ހިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި، އެފަދަ
ޚިލާފު ޢަމަލެއް ކުރުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ
:ދަލުދޭން ޖެހޭނެކަން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއިން
އެނގޭކަމާއި،
ނަމަވެސް މިމައްސަލާގައި ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި
ހޯދުމަށް އެދިފައިވާ -/
700,000ރ. (ހަތްލައްކަ ރުފިޔާ) ހިސާބުކުރެވިފައިވާ ގޮތެއް އަދި އޭގެ ތަފްސީލެއް
ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، އެހެންކަމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ
އެފައިސާއަކީ ޝަރީޢަތަށް ސާބިތުވާ ފައިސާއެއް ނޫންކަމަށް ކަނޑައަޅުއްވައި، އިސްތިއުނާފުކުރެވިފައި މިވާ
ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެފައިސާ ނަންގަވައިދެއްވާފައި ނުވަނީ ރަނގަޅަށްނޫންކަމަށް ބަލާނެތަނެއް
ނެތްކަމެވެ.
(ކ) ހަތްވަނަ ކަމަކީ، އިސްވެ ފާހަގަކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް
ހުށަހެޅި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/721 ޤަޟިއްޔާގައި ދަޢުވާކުރި ފައިސާގެ ތެރެއިން، ނަންބަރު: 15
/
2008-03-CH
-
03
/
RB
(06 ފެބްރުއަރީ 2008) އިންވޮއިސްގައިވާ ފައިސާއާއި، ނަންބަރު: 14
/
2008-02-CH
-
02
/
RB
(06 ފެބްރުއަރީ 2008) އިންވޮއިސްގައިވާ ބިލްތަކުގެ ފައިސާއާއި، އަދި އޭގެ އިތުރުން، ޗެނަލް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތަކުގެ އަގު ނުދީ ހިފަހައްޓާފައިވުމުން، ގެއްލުމުގެ ބަދަލެއްގެ
ގޮތުގައި ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ -/
700,000ރ. (ހަތްލައްކަ ރުފިޔާ) އާ
.ސިވިލް ކޯޓުން ނިންމަވާފައިވާގޮތް ރަނގަޅުކަމަށާއި،
COC
4 5949
کو مل و من
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިވެއްޖެ
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/350
ރ
މަވެސް، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ މިމަސައްކަތްތަކުގެ
ki, saga (2008 giả 01) CH-04/VD-04-89/2007 - - - -
އަގުގެ ފައިސާއާއި، އަދި ނަންބަރު 13
/
2008-01-CH
-
01
/
RB (06 ފެބްރުއަރީ 2008) އިންވޮއިސްގައި
ބަޔާންކޮށްފައިވާ ފައިސާއަކީ، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންވާ ފައިސާކަމަށާއި، އެހެންކަމުން
އެފައިސާ ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނަންގަވައި ދެއްވެންނެތްކަމަށް ކަނޑައަޅުއްވައި،
އެފައިސާއާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭކަމުގައެވެ.
352
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން
ނަންބަރު
2010/Cv-C/721 ޤަޟިއްޔާގައި ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރި ފައިސާގެ ތެރެއިން،
ނަންބަރު: 15
/
2008-03-CH
-
03
/
RB (06 ފެބްރުއަރީ 2008 އިންވޮއިސްގައިވާ ފައިސާއާއި، ނަންބަރު:
02-14
/
2008-CH
-
02
/
RB (06 ފެބްރުއަރީ 2008، އިންވޮއިސްގައިވާ ބިލްތަކުގެ ފައިސާއާއި، އަދި އޭގެ
އިތުރުން، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ
-/700,000 ރ. (ހަތްލައްކަ ރުފިޔާ) އާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމަވާފައިވާގޮތް ރަނގަޅުކަމަށް
ކަނޑައަޅައި، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް ދަޢުވާކުރި ފައިސާގެ ތެރެއިން،
3% 3%82; a (2008 . 01) CH-04/VD-04-89/2007 338
ފައިސާއާއި، އަދި ނަންބަރު 13
/
2008-01-CH
-
01
/
RB (06 ފެބްރުއަރީ 2008) އިންވޮއިސްގައި
ބަޔާންކޮށްފައިވާ ފައިސާ، ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނަންގަވައިދެއްވެން ނެތްކަމަށް
ކަނޑައަޅުއްވައި އެ 2 (ދޭއް) އިންވޮއިސްގައިވާ ފައިސާއާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމަވާފައިވާ
ނިންމެވުން ބާޠިލްކޮށް، ރަތްބަގީޗާގޭގައި ކުރިން ހުރި ޢިމާރާތް ތަޅައި، ތަން ސާފުކުރުމުގެ މަސައްކަތުގެ
ބޭއްޖޭގެ
އައިސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/350
އަގު
ހޯދުމަށް ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ނަންބަރު
01-13
/
2008-CH
-
01
/
RB (06 ފެބްރުއަރީ 2008، އިންވޮއިސްގައިވާ -/55,250ރ. (ފަންސާސް
ފަސްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އާއި، ގްރައުންޑް ފްލޯރގެ މަސައްކަތްތަކުގެ އަގުގެ ގޮތުގައި
CH-04/VD-04-89/2007 258 2 82, 8 = 88 == 3333
(01 ޖުލައި 2008) އިންވޮއިސް ގައިވާ
-49,1697ރ. (ސާޅީސް ނުވަހާސް އެއްސަތޭކަ ފަސްދޮޅަސް ނުވަ
ރުފިޔާ) އަކީ، މަރްޔަމް ޖަމީލްގެ ފަރާތުން ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާކަމުގައި
ކަނޑައަޅައި، މިފައިސާގެ ޖުމްލަ ކަމުގައިވާ -/
104419ރ. (އެއްލައްކަ ހަތަރުހާސް ހަތަރުސަތޭކަ ނަވާރަ
ރުފިޔާ) ޗެނަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން، މިއަދު (15 ސެޕްޓެމްބަރު 2014)
އިން ފެށިގެން މަސްހަމަކޮށް
ކޮންމެމަހަކު
34806
/
33ރ. (ތިރީސް ހަތަރުހާސް އަށްސަތޭކަ ހަރުފިޔާ
ތެއްތިރީސް ލާރި) އަށްވުރެ މަދުނޫން ޢަދަދަކަށް ސިވިލް ކޯޓަށް ފައިސާ ދައްކައި ލަސްވެގެން 3 (ތިނެއް)
މަސްދުވަހުގެ ތެރޭގައި މިދަރަނި ޚަލާސްކުރުމަށް ރަތްބަގީޗާގޭ މަރްޔަމް ޖަމީލަށް އަންގައި، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv