ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/274 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/274
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 274/HC
-
A/2012
އިސްތިއުނާފުކުރި ފަރާތްތައް:
ނަން: ޢަބްދުﷲ މާހިރު
އައިޑީ ކާޑު ނަންބަރު: A036468
އެޑްރެސް: ..ވެލާނާވަރު މާލެ
މިހާރުގެ އެޑްރެސް: ފ.ހެވާ ކ.ވިލިނގިލި
އިސްތިއުނާފް ރައްދުވި ފަރާތްތައް:
ނަން: މުޙައްމަދު ޔޫސުފު މޫސާ
)
ދާއިމީ އެޑްރެސް: މއ.ސިސިލްފަރު/ މާލެ
މިހާރުގެ އެޑްރެސް: މއ.ސިސިލްފަރު/ މާލެ
އައިޑީ
A050821
*
ރަޖިސްޓްރީ ތާރީޚް: 03 ޛުލްޤައިދާ 1433
19 ސެޕްޓެމްބަރ
ނިމުނު ތާރީޚް:
11 ޝަޢުބާން 1434
20 ޖޫން 2013
2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/2005
• ނިންމެވި ކޯޓް: ސިވިލް ކޯޓް
• ޤަޟިއްޔާގެ ބާވަތް: މަދަރީމައްސަލަ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު،
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު ރުޒުހިނން، މުޅި ، ފޯން. 3325229، ފެކްސް 3316471
އީމެއިލް:
www.highcourt.gol
my so ay/ghcourt.gov.mv bandung
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/274
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/2005 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މއ.ވެލާނާވަރު/ ކ.މާލެ
ޢަބްދުއްﷲ މާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މއ.ސިސިލްފަރު ކ.މާލެ މުޙައްމަދު ޔޫސުފް
މޫސާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
41
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2005 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، "މ.ވެލާނާވަރު/ ކ.މާލެ ޢަބްދުﷲ މާހިރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު: 036468-A) އާއި، މއ.ސިސިލްފަރު/ ކ.މާލެ، މުޙައްމަދު ޔޫސުފް މޫސާ (އޮގަރު
މުޙައްމަދުފުޅު) (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: 050821-A) އާދެމެދުގައި ވެވުނު
އެއްބަސްވުމެއްގެ ދަށުން ޢަބްދުﷲ މާހިރު އަށް ރަޖިސްޓްރީ ކޮށްފައިވާ މ.ކާސްލް އެވެކިޔުނު 1011.82
(އެއްހާސް އެގާރަ ޕޮއިންޓް އަށްޑިހަ ދޭއް) އަކަފޫޓުގެ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަން މުޙައްމަދު ޔޫސުފް މޫސާއަށް ވިއްކުމަށް ލިޔެވިފައިވާ އެއްބަސްވުމުގެ ދަށުން އެޢިމާރާތްތައް
ލިބިގަތުމަށް، މުޙައްމަދު ޔޫސުފް މޫސާ ކޯޓު ނަންބަރު 2 އަށް ހުށަހެޅި މައްސަލާގައި، އެކޯޓުގެ ނަންބަރު:
2
/
89-JC/77 ޤަޟިއްޔާއިން ނިންމާފައިވަނީ އެވިޔަފާރި އަކީ ޞައްޙަ ނޫން ވިޔަފާރިއެއްކަމަށާއި،
އެވިޔަފާރިއަކީ ޞައްޙަ ނޫން ވިޔަފާރިއެއްކަމުގައިވުމުން، މުޙައްމަދު ޔޫސުފް މޫސާ އެވިޔަފާރި ކުރުމަށްޓަކައި
ދީފައިވާ 670,019190 ރ. (ހަލައްކަ ހަތްދިހަހާސް ނަވާރަ ރުފިޔާ ނުވަދިހަ ލާރި) އަކީ މުޙައްމަދު ޔޫސުފް
މޫސާ އަށް ޢަބްދުﷲ މާހިރު ދައްކަންޖެހޭ ފައިސާއެއްކަމަށާއި، އެފައިސާ ޢަބްދުﷲ މާހިރު ދައްކައި ޚަލާސް
ކުރުމުން މ.ކާސްލް އެވެކިޔުނު ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ޢަބްދުﷲ މާހިރު އާއި
ޙަވާލުކުރަންޖެހޭނެކަމަށް މުޙައްމަދު ޔޫސުފް މޫސާ އަށް އަންގައި ޙުކުމްކޮށް އެމައްސަލަ ނިންމެވީކަމަށާއި،
އެމައްސަލަ ޢަބްދުﷲ މާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ދިވެހިރާއްޖެ
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ aން: 35029
3، ފެކްސް33147
l
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2012/HC-A/274
ނަންބަރު: 78/HC-A/93 ޤަޟިއްޔާއިން ނިންމަވާފައިވަނީ ކޯޓު ނަންބަރު 2 ގެ ނަންބަރު: 2
/
89-JC/77
ޤަޟިއްޔާގެ ޙުކުމަށް ބަދަލެއްގެންނާނެ ތަނެއްއޮތްކަމަށް ނުފެންނާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކުރާކަމަށާއި،
އެހެންކަމުން މުޙައްމަދު ޔޫސުފް މޫސާ އަށް ޢަބްދުﷲ މާހިރު ދަރާފައިވާ މިދަރަންޏަކީ މ.ކާސްލް ގޯތި ގަތުމަށް
މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ޢަބްދުﷲ މާހިރު އަށް ދީފައިވާ ފައިސާއެއްކަމުން އެފައިސާ މުޙައްމަދު
ޔޫސުފް މޫސާ އަށް ޢަބްދުއްﷲ މާހިރު ދިނުމުން، މ.ކާސްލް އެވެކިޔުނު ބަންޑާރަ ގޯތީގައިވާ ޢިމާރާތްތައް
ޢަބްދުﷲ މާހިރު އާއި ޙަވާލުކުރުމަށް އިސްވެދެންނެވުނު ޙުކުމުގައި ބަޔާންކޮށްފައިވާ ހިނދު، އެފައިސާގެ
މައްޗަށް ޤައިދުވެފައިވާ މިގޯއްޗާއި ޢިމާރާތްތައް، ޢަބްދުއްﷲ މާހިރުގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާގެ 04
(ހަތަރެއް) ދަރިންނަށް ހިބައިން ދިނުމަށް ހުށަހެޅި މައްސަލަ، މަދަނީ ކޯޓުން ބައްލަވައި ނިންމެވުމުގައި، މަދަނީ
ކޯޓާއި ހައިކޯޓުގެ ޙުކުމުގައި މިދަރަނީގެ މައްޗަށް ޤައިދުވެފައިވާ މިގެއާއި ގޯތި، ދަރަނި ޚަލާޞްނުކޮށް ވަނިކޮށް
މިހިބަ ޞައްޙަކަމަށް ކުރި ޙުކުމަކީ ޤާނޫނު ނަންބަރު: 28/76 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ
މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާއި ބެހޭ ޤާނޫނު) އާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމުގައި ބުނެ،
މަދަނީ އިޖުރާއަތު ޞައްޙަ މަގުން ނިންމުމަށްޓަކައި، މ.ކާސްލް އެވެކިޔުނު ގޯތި ޤައިދުކޮށްފައިވާ
-/
670,019.90ރ. (ހަލައްކަ ހަތްދިހަހާސް ނަވާރަ ރުފިޔާ ނުވަދިހަ ލާރި) މުޙައްމަދު ޔޫސުފް މޫސާ އަށް
ޢަބްދުﷲ މާހިރު އަނބުރާ ދިނުމުން، މ.ކާސްލް އެވެކިޔުނު ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތައް ޢަބްދުﷲ މާހިރު
އަށް ޙަވާލުކުރުމަށް މަދަނީ ކޯޓުންނާއި ހައިކޯޓުގެ އިސްވެދެންނެވުނު ޤަޟިއްޔާތަކުގެ ޙުކުމުން
ލާޒިމްކޮށްފައިވާތީ، އެފައިސާ މުޙައްމަދު ޔޫސުފް މޫސާއަށް ޢަބްދުﷲ މާހިރު ދީ، މިޙުކުމާއި އެއްގޮތަށް
ޢަބްދުﷲ މާހިރުގެ ގެއާއި، ގޯތި ޢަބްދުﷲ މާހިރު އަށް ލިބިދެއްވައި މަދަނީ ކޯޓުންނާއި، ހައިކޯޓުން
ކުރައްވާފައިވާ އެޙުކުމް ތަންފީޒްކޮށްދެއްވުމަށް އެދި، މުޙައްމަދު ޔޫސުފް މޫސާގެ (އޮގަރު މުޙައްމަދުފުޅު)
ޢަބްދުﷲ މާހިރު ހުށަހަޅުމުން ބެލެވެނު މައްސަލައެއްކަން" އެނގެން އޮންނަކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، އިސްވެފާހަގަކުރެވުނު
މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް، މ.ވެލާނާވަރު ކ.މާލެ،
ޢަބްދުﷲ މާހިރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: 036468-A) އާއި، މއ.ސިސިލްފަރު
ކ.މާލެ، މުޙައްމަދު ޔޫސުފް މޫސާ (އޮގަރު މުޙައްމަދުފުޅު) (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:
050821-A} އާދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ޢަބްދުﷲ މާހިރު އަށް ރަޖިސްޓްރީކޮށްފައިވާ
ހއދި8
82ނ
ނުކުތާތަކަށާއި،
ދިވެހިރާއްޖޭގެއިޓް. އާބުރުނުނ (ދިވެހިޖޭގައިޖީ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2012/HC-A/274
87
ނޫން
UCO
މ.ކާސްލް އެވެކިޔުނު 1011.82 (އެއްހާސް އެގާރަ ޕޮއިންޓް އަށްޑިހަ ދޭއް) އަކަފޫޓުގެ ބަންޑާރަ ގޯތީގައިވާ
އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން މުޙައްމަދު ޔޫސުފް މޫސާ އަށް ވިއްކުމަށް ލިޔެވިފައިވާ
އެއްބަސްވުމުގެ ދަށުން އެޢިމާރާތްތައް ލިބިގަތުމަށް، މުޙައްމަދު ޔޫސުފް މޫސާ ކޯޓު ނަންބަރު 2 އަށް ހުށަހެޅި
މައްސަލާގައި، އެކޯޓުގެ ނަންބަރު: 2
/
89-JC/77 ޤަޟިއްޔާއިން ނިންމާފައިވަނީ އެވިޔަފާރި އަކީ ޞައްޙަ
ވިޔަފާރިއެއްކަމަށާއި، އެވިޔަފާރިއަކީ ޞައްޙަ ނޫން ވިޔަފާރިއެއްކަމުގައިވުމުން، މުޙައްމަދު ޔޫސުފް މޫސާ
އެވިޔަފާރި ކުރުމަށްޓަކައި ދީފައިވާ -/
670,019.00ރ. (ހަލައްކަ ހަތްދިހަހާސް ނަވާރަ ރުފިޔާ ނުވަދިހަ ލާރި)
އަކީ މުޙައްމަދު ޔޫސުފް މޫސާއަށް ޢަބްދުﷲ މާހިރު ދައްކަންޖެހޭ ފައިސާއެއްކަމަށާއި، އެފައިސާ ޢަބްދު
މާހިރު ދައްކައި ޚަލާޞްކުރުމުން މ.ކާސްލް އެވެކިޔުނު ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން
ޢަބްދުﷲ މާހިރު އާއި ޙަވާލުކުރަންޖެހޭނެކަމަށް މުޙައްމަދު ޔޫސުފް މޫސާ އަށް އަންގައި ޙުކުމްކޮށް އެމައްސަލަ
ނިންމެވީކަމަށާއި، އެމައްސަލަ ޢަބްދުﷲ މާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު: 78/HC
-
A/93 ޤަޟިއްޔާއިން ނިންމަވާފައިވަނީ ކޯޓު ނަންބަރު 2 ގެ ނަންބަރު:
2
/
89-JC/77 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއްއޮތްކަމަށް ނުފެންނާތީ، އެޤަޟިއްޔާގެ ޙުކުމަށް
ތާއީދުކުރާކަމަށާއި، އެހެންކަމުން މުޙައްމަދު ޔޫސުފް މޫސާއަށް ޢަބްދުﷲ މާހިރު ދަރާފައިވާ މިދަރަންޏަކީ
މ.ކާސްލް ގޯތި ގަތުމަށް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ޢަބްދުﷲ މާހިރު އަށް ދީފައިވާ ފައިސާއެއްކަމުން
އެފައިސާ މުޙައްމަދު ޔޫސުފް މޫސާ އަށް ޢަބްދުﷲ މާހިރު ދިނުމުން، މ.ކާސްލް އެވެކިޔުނު ބަންޑާރަ ގޯތީގައިވާ
ޢިމާރާތްތައް ޢަބްދުﷲ މާހިރު އާއި ޙަވާލުކުރުމަށް އިސްވެދެންނެވި ޙުކުމުގައި ބަޔާންކޮށްފައިވާ ހިނދު،
އެފައިސާގެ މައްޗަށް ޤައިދުވެފައިވާ މިގޯއްޗާއި ޢިމާރާތްތައް، ޢަބްދުﷲ މާހިރުގެ ފަރާތުން މުޙައްމަދު ޔޫސުފް
މޫސާގެ 04 (ހަތަރެއް) ދަރިންނަށް ހިބައިންދިނުމަށް ހުށަހެޅި މައްސަލަ، މަދަނީ ކޯޓުން ބައްލަވައި
ނިންމެވުމުގައި، މަދަނީ ކޯޓާއި ހައިކޯޓުގެ ޙުކުމުގައި މިދަރަނީގެ މައްޗަށް ޤައިދުވެފައިވާ މިގެއާއި ގޯތި، ދަރަނި
ޚަލާޞްނުކޮށް ވަނިކޮށް މިހިބަ ޞައްޙަކަމަށް ކުރި ޙުކުމަކީ ޤާނޫނު ނަންބަރު: 28/76 (ސަރުކާރުގައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2012/HC-A/274
2
8 =ހ4
އއ 43ށް
ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދި ނުވަތަ ވިއްކުމާއި ބެހޭ ޤާނޫނު) އާ ޚިލާފަށް ކޮށްފައިވާ
ޙުކުމެއްކަމުގައި ބުނެ، މިމަދަނީ އިޖުރާއަތު ޞައްޙަ މަގުން ނިންމުމަށްޓަކައި، މ.ކާސްލް އެވެކިޔުނު ގޯތި
ޤައިދުކޮށްފައިވާ 670,019190ރ. (ހަލައްކަ ހަތްދިހަހާސް ނަވާރަ ރުފިޔާ ނުވަދިހަ ލާރި) މުޙައްމަދު ޔޫސުފް
މޫސާ އަށް ޢަބްދުﷲ މާހިރު އަނބުރާ ދިނުމުން، މ.ކާސްލް އެވެކިޔުނު ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތައް
ޢަބްދުﷲ މާހިރު އަށް ޙަވާލުކުރުމަށް މަދަނީ ކޯޓުންނާއި ހައިކޯޓުގެ އިސްވެދެންނެވުނު ޤަޟިއްޔާތަކުގެ ޙުކުމުން
ލާޒިމްކޮށްފައިވާތީ، އެފައިސާ މުޙައްމަދު ޔޫސުފް މޫސާއަށް ޢަބްދުﷲ މާހިރު ދީ މިޙުކުމާއި
ޢަބްދުﷲ މާހިރުގެ ގެއާއި ގޯތި ޢަބްދުﷲ މާހިދުއަށް ލިބިދެއްވައި މަދަނީ ކޯޓުންނާއި، ހައިކޯޓުން ކުރައްވާފައިވާ
އެޙުކުމް ތަންފީޒުކޮށް ދެއްވުމަށް އެދި، މުޙައްމަދު ޔޫސުފް މޫސާގެ (އޮގަރު މުޙައްމަދުފުޅު) މައްޗަށް ޢަބްދު
މާހިރު ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
ޢަބްދުﷲ މާހިރުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މ.ކާސްލް އެވެކިޔުނު އަމިއްލަބަންޑާރަ ގޯތީގައިވާ
އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހައި ޢިމާރާތްތަކުގެ މިލްކުވެރިކަން، ކޯޓު ނަންބަރު 2 ގެ ނަންބަރު:
2
/
89-JC/77 ޤަޟިއްޔާގެ ދަށުން މުޙައްމަދު ޔޫސުފް މޫސާ (އޮގަރު މުޙައްމަދުފުޅު) ގެ 4 (ހަތަރެއް)
ދަރިންކަމަށްވާ މއ.ސިސިލްފަރު އާމިނަތު ޝާހިދާއާ، އިބްރާހީމް ރިޔާޝާއި، ޝަހުލާ މުޙައްމަދާއި، ޝިފާޒާ
މުޙައްމަދު އަށް ބަދަލުކުރުމަށްފަހު، މ.ކާސްލް އެވެ ކިޔުނު އަމިއްލަ ބަންޑާރަ ގޯތީގައިވާ ބަންޑާރަ ބައިގައި
ހިމެނޭ އެންމެ ޢިމާރާތްތަކުގެ މިލްކުވެރިކަން މަދަނީ ކޯޓުގެ ނަންބަރު: 97/MC/1498 ޤަޟިއްޔާގެ ދަށުން
މުޙައްމަދު ޔޫސުފް މޫސާ (އޮގަރު މުޙައްމަދުފުޅު) ގެ 4 (ހަތަރެއް) ދަރިންކަމަށްވާ މއ.ސިސިލްފަރު އާމިނަތު
ޝާހިދާއާ، އިބްރާހީމް ރިޔާޝާއި، ޝަހުލާ މުޙައްމަދާއި، ޝިފާޒާ މުޙައްމަދު އަށް ބަދަލުކޮށްފައިވާތީ،
މ.ކާސްލް އެވެކިޔުނު އަމިއްލަ ބަންޑާރަ ގޯތީގައިވާ ބަންޑާރަ ބައިގެ މިހާރުގެ މިލްކުވެރިއަކީ ޢަބްދުﷲ މާހިރު
ކަމުގައިވާތީ، ކޯޓު ނަންބަރު 2 ގެ ނަންބަރު: 2
/
89-JC/77 ޤަޟިއްޔާގެ ދަށުން ޢަބްދުﷲ މާހިރު
ދައްކަންޖެހޭ ފައިސާ ދެއްކުމުން، މިހާރު ޢަބްދުﷲ މާހިރުގެ މިލްކުގައި ނުހިމެނޭ ގޯއްޗެއް ޢަބްދުﷲ މާހިރު އަށް
ޙަވާލުކުރުމަށް އަންގާނެ ތަނެއް ނެތްކަން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
4 4
ނއ
ހައިކޯޑު
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/274
02- ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/2005 ޤަޟިއްޔާއަށް އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މއ.ވެލާނާވަރު ޢަބްދުﷲ މާހިރުގެ ފަރާތުން 03
(ތިނެއް)
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ކޯޓު ނަންބަރު 2 ގެ 2
/
89-JC/77 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު
78/HC-A/93 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅި މައްސަލައިގެ ޙުކުމް ތަންފީޒު ނުވި
ސަބަބެއްކަމުގައި ދ.ކާސްލް ގޯތީގެ ޢިމާރާތްތައް މަދަނީ ކޯޓުގެ ނަންބަރު 97/MC/1498 ޤަޟިއްޔާގެ ދަށުން
މުޙައްމަދު ޔޫސުފްގެ 4 ދަރިންނަށް މިލްކުވެފައިވާތީ އެޢިމާރާތްތަކުގެ މިލްކުވެރިއަކީ ޢަބްދުﷲ މާހިރު
ނޫންކަމުން އެގޯތި ޢަބްދުﷲ މާހިރާ ޙަވާލުކުރާނެ ތަނެއްނެތްކަމަށް
މިއްނެތްކަމަށް ނިންމެވުމުގައި މަދަނީ މިންގަ
އަދި ޝަރުޢީ، ޤާނޫނީ ހަމަތަކުން ބައްލަވަންޖެހޭ އިޖުރާޢީ ކަންތައްތައް ފުރިހަމައަށް ބައްލަވާފައިނުވާކަމަށް
ކަމަށްބުނެ ހުށަހެޅިނުކުތާ.
ހަންގަނޑުތަކުންނާއި،
(ނ) ދެވަނަ ނުކުތާއަކީ، މ.ކާސްލް ގޯތީގައިވާ ޢިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާއަށް ޢަބްދު
މާހިރު ވިއްކިވިއްކުން ޞައްޙަނުވާކަމަށް ކޯޓު ނަންބަރު 2 ންނާއި ހައިކޯޓު ކުރެއްވި ޙުކުމުގައި މުޙައްމަދު
ޔޫސުފް މޫސާއަށް ޢަބްދުﷲ މާހިރު ދައްކަންޖެހޭ -/
670,019.90ރ. ރުފިޔާ ދެއްކުމުން އަނބުރާ ޢަބްދު
މާހިރަށް ޢިމާރާތްތައް ޙަވާލުކުރުމަށް ކުރައްވާފައިވާ މިޙުކުމް ތަންފީޒުނުވެ މިފައިސާއަށް ގެދޮރު ހިބައިން
ދިންދިނުން ޞައްޙަކަމަށް ކުރި ޙުކުމަކީ، ޤާނޫނު ނަންބަރު 28/76 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ
މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާ ބެހޭ ޤާނޫނު) އާއި ޚިލާފަށް (އިޖުރާޢީގޮތުން ފުރިހަމަނުވެ) އޮތް
ޙުކުމެއްކަމުން ބައްލަވަމުންދާ މިޤަޟިއްޔާއާއި ގުޅުންހުރި ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރުމުގެ ޙައްޤު ހައިކޯޓުގެ
ޤަވާޢިދުގެ ދަށުން ހައިކޯޓަށް ފުރުޞަތު އޮތްކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގަނޑު މާލެ، ދިވެހިރާއްޖެ: ފޯން: 3325029، ފެކްސް: 331471
އީމެއިލް: :
www.highcourt.gov.mv ieme; [email protected]
7
212/HC-A/274
(ނ) ތިންވަނަ ނުކުތާއަކީ، މިފަދައިން މ.ކާސްލް އެވެ ކިޔާ ބަންޑާރަ ގޯތި ޤައިދުވެފައިވަނިކޮށް
މ.ކާސްލް ގޯއްޗާއިބެހޭގޮތުން ޢަބްދުﷲ މާހިރު ދަރާފައިވާ މިދަރަނި މިހާތަނަށް ޚަލާސްނުވެ އޮތްކަމީ މ.ކާސްލް
ގޯއްޗާއިބެހޭ މަދަނީ މިމުޢާމަލާތު ނިމިފައިނުވާކަން ސާބިތުވުމާ އަދި މިޤަޟިއްޔާ ހިންގާފައިވަނީ ޝަރީޢަތާއި
އަދި ޤާނޫނަށް ފުށުއަރާ ފަދައަކުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ މާހިރުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މި މައްސަލަބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
OXO
(ހ) ފުރަތަމަކަމަކީ، މ.ވެލާނާވަރު ޢަބްދުﷲ މާހިރުގެ ފަރާތުން މއ.ސިސިލްފަރު މުޙައްމަދު ޔޫސުފު
މޫސާގެ މައްޗަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ދަޢުވާގެ ޚުލާސާގައި މި މައްސަލައަކީ މ.ކާސަލް އާއި
ގުޅޭ ގޮތުން މަދަނީކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތަކެއް ތަންފީޒުކުރުމަށް އެދި
ހުށަހެޅި މައްސަލައެއްކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގައި ހިމެނޭ
މައްސަލައިގެ ދަޢުވާފޯމާއި މައްސަލައާއި ގުޅޭ ގޮތުން ދެއްކިވާހަކަތަކަށް ބެލުމުން މިމައްސަލައަކީ މ.ކާސަލް
އެވެ ކިޔާ ބަންޑާރަ ބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކުމުގެ މުޢާމަލާތަކާއި ގުޅޭގޮތުން މުޙައްމަދު
ޔޫސުފުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކޯޓު ނަންބަރު 2 ގެ ނަންބަރު 89/JC-77/2 ޤަޟިއްޔާއިން
ބައްލަވާ ނިންމަވާފައިވާ ނިންމުމާއި އެމައްސަލަ އިސްތިއުނާފުކުރުމަށް އެދި ޢަބްދުﷲ މާހިރުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 78/HC
-
A/93 ޤަޟިއްޔާއިން
ނިންމަވާފައިވާ ނިންމުން ތަންފީޒުކުރުމަށްޓަކައި ކަމަށް ބުނެ ހުށަހެޅި މައްސަލައެއްކަން އެނގެން އޮތުމުން މިއީ
މަދަނީކޯޓުން ކުރައްވާފައިވާ ޙުކުމެއް ތަންފީޒުކުރުމުގެ ގޮތުން ހުށަހެޅި މައްސަލައެއް ނޫންކަން އެނގޭކަމާއި
ކޯޓު ނަންބަރު 2 ގެ ނަންބަރު 89/JC-77
/
2 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިން، މާލެ، އެވެ، ފޯރ 332528، ފެކްސް:3316471
އީމެއިލް [email protected]ޓްސަ
www.high court.gok mv
8
2012/HC-A/274
78/HC
-
A/93 ޤަޟިއްޔާގައިކުރައްވާފައިވާ ޙުކުމް ތަންފީޒުކުރުމަށްކަމަށްބުނެ ހުށަހެޅި މައްސަލައެއްކަން
އެނގޭކަމެވެ.
ދޑ 8
(ށ) ދެވަނަކަމަކީ، އެޙުކުމެއް ތަންފީޒުކުރުމަށްޓަކައި ކަމަށް ބުނެ ޢަބްދުﷲ މާހިރުގެ ފަރާތުން ހުށަހެޅި
އިސްވެ އިޝާރާތް ކުރެވުނު ކޯޓު ނަންބަރު 2 ގެ ނަންބަރު 89/JC-77
/
2 ޤަޟިއްޔާ އަކީ ޢަބްދުﷲ މާހިރުގެ
ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މ.ކާސްލް އެވެ ކިޔުނު 1011.82 އަކަފޫޓުގެ ބަންޑާރަ ގޯތީގައިވާ އެންމެހާ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން މުޙައްމަދު ޔޫސުފަށް ވިއްކުމަށް މިދެފަރާތުގެ ދެމެދުގައި އެއްބަސްވެ ލިޔެފައިވާ
އެއްބަސްވުމުގެ ދަށުން އެޢިމާރާތްތައް ލިބިގަތުމަށް، މުޙައްމަދު ޔޫސުފުގެ ފަރާތުން ކޯޓު ނަންބަރު 2 އަށް
ހުށަހެޅުނު މައްސަލައެއްކަން އެނގެން އޮތް އިރު، އެމައްސަލައިގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ
މ.ކާސަލް އެވެ ކިޔާ ގޯތީގެ ބަންޑާރަ 1011.82 ( އެއްހާސް އެގާރަ ޕޮއިންޓް އަށެއް ދޭއް) އަކަފޫޓުގައިވާ
ޢިމާރާތްތަކާ ވަޅުފަދަ ތަންތަން ވިއްކާފައިވަނީ ޤާނޫނާ ޤަވާއިދާ ޚިލާފަށްކަމަށް ވިދާޅުވެ، މާލޭ މުނިސިޕަލްޓީން
އިޢުތިރާޟުކުރައްވާފައިވާ ކަމަށްޓަކައި އެގޯތީގެ ބަންޑާރަ 1011.82 ( އެއްހާސް އެގާރަ ޕޮއިންޓް
ދޭއް) އަކަފޫޓުގައިވާ ޢިމާރާތްތައް ވިއްކުމަށް ހިންގި މުޢާމަލާތަކީ ސައްޙަ ވިޔަފާރިއެއް ނޫންކަމަށް ކަނޑައަޅައި،
ޢަބްދުﷲ މާހިރުގެ ލޯނަށް ( ބޭންކް އޮފް މޯލްޑިވްސްއަށް) އޮގަރު މުޙައްމަދު ފުޅު ދައްކާފައިވާކަން ސާބިތުވާ
-/168,878 ރ. ( އެއްލައްކަ ފަސްދޮޅަސް އަށްހާސް އައްސަތޭކަ ހަތްދިހަ އަށްރުފިޔާ) އަކީ ޢަބްދުﷲ މާހިރު
ޒިންމާވެލައްވަންޖެހޭނެ ފައިސާއެއްކަމަށާ، ވިޔަފާރީގެ ދެ މުޢާމަލާތުގެ ދަށުން އޮގަރު މުޙައްމަދުފުޅުގެ 04
(ހަތަރެއް) ދަރިންގެ ފަރާތުން ( އޮގަރު މުޙައްމަދުފުޅުގެ އަތުން) ޢަބްދުﷲ މާހިރަށް ލިބިވަޑައިގެންފައިވާކަން
ދެފަރާތުގެ ބަހުން ޝަރީޢަތަށް ސާބިތުވާ 756,353190ރ. (ހަތްލައްކަ ފަންސާސްހަހާސް ތިންސަތޭކަ
ފަންސާސްތިން ރުފިޔާ ނުވަދިހަ ލާރި) ގެ ތެރެއިން މ.ކާސަލް އެވެ ކިޔާ އަމިއްލަ ބަންޑާރަ ގޯތީގެ
އަމިއްލަބިމާ، އެބިމުގައިވާ ޢިމާރާތްތަކާ ވަޅުފަދަ ތަންތަން ވިއްކި އަގުކަމުގައިވާ -/86,334ރ. (އައްޑިހަ
ހަހާސް ތިންސަތޭކަ ތިރީސް ހަތަރު ރުފިޔާ) ކަނޑާލުމުން ބާކީވާ 670,019
/
90ރ. (ހަލައްކަ
ހަތްދިހަހާސްނަވާރަފުފިޔާ ނުވަދިހަ ލާރި) އަކީ ޢަބްދުﷲ މާހިރު އޮގަރުމުޙައްމަދު ފުޅުގެ 04 (ހަތަރެއް)
14 2
ދިވެހިރާއްޖޭގެހައިކޯޓް، އާކުރު ދިވެހި" ، ފޯން.3325629، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2012/HC-A/274
ދަރިންގެ ފަރާތުން (އޮގަރު މުޙައްމަދުފުޅަށް) ދައްކަންޖެހޭ ފައިސާއެއްކަމަށާއި، އެފައިސާ ޢަބްދުﷲ މާހިރު
ދައްކަވާ ޚަލާސްކުރެއްވުމުން މ.ކާސަލް އެވެ ކިޔާ އަމިއްލަ ބަންޑާރަ ގޯތީގެ ބަންޑާރަ ބިމުގައިވާ ޢިމާރާތްތަކާއި
ވަޅުފަދަ ތަންތަން ޢަބްދުﷲ މާހިރާއި ޙަވާލުކުރައްވަންޖެހޭނެ ކަމަށް އޮގަރު މުޙައްމަދު ފުޅަށް އަންގައި
މައްސަލަ ނިންމީއެވެ" މިފަދައިން ކަމާއި، މި ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 78/HC-A/93
ނަންބަރު ޤަޟިއްޔާއިން ތާއީދު ކޮށްފައިވާކަން މި ޤަޟިއްޔާތަކުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން
އެނގެން އޮންނަކަމަށް ސިވިލްކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3.1 ވަނަ ކަމެއްގެ ގޮތުގައި
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ކޯޓު ނަންބަރު 2 ގެ ނަންބަރު 89/JC-77/2 ޤަޟިއްޔާ އާއި އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
78/HC-A/93 ޤަޟިއްޔާގައިވާ ޙުކުމް ތަންފީޒުކުރުމަށް ޢަބްދުﷲ މާހިރުގެ ފަރާތުން އެދޭގޮތަކީ،
ދެޤަޟިއްޔާގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ޢަބްދުﷲ މާހިރުގެ ފަރާތުން މުޙައްމަދު ޔޫސުފަށް
ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމުން މ.ކާސަލް އެވެ ކިޔާ އަމިއްލަ ބަންޑާރަ ގޯތީގެ ބަންޑާރަ
ބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ޢަބްދުﷲ މާހިރާއި ޙަވާލުކުރައްވަންޖެހޭނެ ކަމަށް އޮގަރު މުޙައްމަދު
ފުޅަށް އެންގި އެންގުމާއި އެއްގޮތަށް މިދެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފައިސާގެ ޢަދަދު ޢަބްދުﷲ މާހިރުގެ
ފަރާތުން މުޙައްމަދު ޔޫސުފަށް ދެއްކުމަށްފަހު މ. ކާސަލް އެވެ ކިޔާ އަމިއްލަ ބަންޑާރަ ގޯތީގެ ބަންޑާރަ
ބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ލިބިގަތުމަށްކަން މިމައްސަލައާއި ގުޅިގެން ޢަބްދުﷲ މާހިރުގެ
ފަރާތުން ދަށުކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތްއިރު، އިސްވެ
ބަޔާންކުރެވުނު ކޯޓު ނަންބަރު 2 ގެ ނަންބަރު 89/JC-77
/
2 ޤަޟިއްޔާ އަކީ 19 އޮކްޓޯބަރ 1993
ތާރީޚުގައި ޙުކުމްކުރައްވާފައިވާ ޤަޟިއްޔާއެއްކަމާއި އަދި އެޤަޟިއްޔާގައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ
ހައިކޯޓުން މައްސަލަ ނިންމާފައިވަނީ 14 އެޕްރީލް 1994 ގައި ކަން އެނގެން އޮންނަކަމާއި، މި ޙުކުމުތައް
މިގޮތުގައި ދެމިއޮއްވާ 08 ފެބުރުއަރީ 1997 މި ތާރީޚުގައި އަބްދުﷲ މާހިރު ވަނީ މ.ކާސަލް އެވެ ކިޔާ
މި
ދިވެހިރާއްޖޭގެހައިކޯޓް، އަބުރުޒު ގުންޖެލްދީ.ގައްޖެ، ން 3325029، ފެކްސް 3316471
އީމެއިލް
iniochghcourt.gov.my
www.highcourt.gov.my
10
2012/HC-A/274
އަމިއްލަ ބަންޑާރަ ގޯތީގެ ބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ބަންޑާރަ ބައިގައި ހިމެނޭ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން މއ.ސިސިލްފަރު އިބްރާހިމް ރިޔާޒާއި، އާމިނަތު ޝާހިދާއާއި، ޝަހްލާ
މުޙައްމަދާއި، ޝިފާޒާ މުޙައްމަދަށް ހަމަހަމައަށް ހިބައިން ދިނުމުގެ މައްސަލައެއް މަދަނީކޯޓަށް
ހުށަހަޅާފައިކަމާއި، ޢަބްދުﷲ މާހިރުގެ ފަރާތުން ހުށަހެޅި މިމައްސަލަ މަދަނީކޯޓުގެ ނަންބަރު 97/MC/1498
ޤަޟިއްޔާއިން ބައްލަވާ އެޤަޟިއްޔާގައި " ޢަބްދުﷲ މާހިރުގެ ފަރާތުން ކުޅަ ހިބައިގެ އީޖާބާއި ޤަބޫލު
ޝަރީޢަތުގެ ސައްޙަ މަގުން ހިގައި ނިމިފައިވާތީ މިހިބަ ސައްޙަ ކަމަށާއި މ.ކާސަލްއެވެ ކިޔާ އަމިއްލަ ބަންޑާރަ
ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ޢަބްދުﷲ މާހިރަށް އިހުމިލްކުވެ އޮތް އެގޯތީގެ ބަންޑާރަ ބައިގާ
ހިމެނޭ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިހާރުގެ މިލްކުވެރިފަރާތަކީ މއ.ސިސިލްފަރު މުޙައްމަދު ޔޫސުފް
(އޮގަރު މުޙައްމަދުފުޅު) ގެ 4 ދަރިން ކަމަށްވާ މއ.ސިސިލްފަރު އިބްރާހިމް ރިޔާޒު އާމިނަތު ޝާހިދާ، ޝަހުލާ
މުޙައްމަދު، ޝިފާޒާ މުޙައްމަދު ކަމަށް ޙުކުމްކޮށް މިމައްސަލަ ނިންމީ" ކަމުގައި ބަޔާންކޮށް ޙުކުމް
ކުރައްވާފައިވާކަމާއި، މަދަނީކޯޓުގެ މިޙުކުމް އިސްތިއުނާފުކުރުމަށް ޢަބްދުﷲ މާހިރުގެ ފަރާތުން އެމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓަށް 15 މާރޗް 1998 މިތާރީޚުގައި ހުށަހެޅިކަމާއި، މި މައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 31/HC-A/98 ޤަޟިއްޔާއިން ބަލަމުން ދަނިކޮށް، ދިވެހިރާއްޖޭގެ ހައިކޯޓަށް ޢަބްދު
މާހިރުގެ ފަރާތުން ހުށަހެޅި މިމައްސަލަ ހިންގަން ބޭނުންނުވާތީ، މައްސަލަ ނުހިންގާ ބާތިލުކޮށް ދިނުން އެދި 3
އެޕްރީލް 1998 ގައި ލިޔެ ޢަބްދުﷲ މާހިރު ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވި ސިޓީއަކާއި ގުޅިގެން މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކުރައްވާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 31/HC
-
A/98
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، މަދަނީކޯޓުގެ ނަންބަރު 97/MC/1498
ޤަޟިއްޔާއިން ބައްލަވާ އެޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ އެޙުކުމަށް މިހާތަނަށް ބަދަލެއް
އައިސްފައިވާކަން އެނގެން ނެތްކަމާއި، މިހެންކަމުން މަދަނީކޯޓުގެ ނަންބަރު 97/MC/1498 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ތަޢުނުކުރުމުގެ ޙައިސިއްޔަތު މިހާރު ނެތިފައިވާ ފައިސަލާކުރަނިވި
ފުރިހަމަ ބާރު ލިބިފައިވާ ޙުކުމެއްކަން އެނގެން އޮންނަކަމެވެ.
ސީ
ނިގއއގ
COC
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް WWW.highcourt.gov.mv
11
2012/HC-A/274
COC
(ށ) ހަތަރުވަނަކަމަކީ، ކޯޓު ނަންބަރު 2 ގެ ނަންބަރު 89/JC-77
/
2 ޤަޟިއްޔާ ގެ ޙުކުމް
ތަންފީޒުކުރަން ބޭނުންވާކަމަށް ޢަބްދުﷲ މާހިރުގެ ފަރާތުން މިހާރު ބުނިނަމަވެސް އެޙުކުމާއި އެއް
އެއްގޮތަށް
ޢަމަލުކޮށް އެޙުކުމުގައި ކަނޑައަޅާފައިވާ ފައިސާ ދައްކާ އެކަން ތަންފީޒުކުރުމަށް ޢަބްދުﷲ މާހިރުގެ ފަރާތުން
އެއްވެސް މަސައްކަތެއް ކުރިކަން އެނގޭފަދަ ޙުއްޖަތެއް ފެންނަންނެތްއިރު، ފައިސަލާކުރަނިވި ނިޔާއެއްގެ
ފުރިހަމަ ބާރު ލިބިފައިވާ ޙުކުމަކީ އެޙުކުމަކުން ނިޔާ ކަނޑައެޅިފައިވާކަމެއްގެ މައްޗަށް އޮންނަ މުތުލަޤު
ޙުއްޖަތެއްކަމާއި މިކަން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު 27/SC-A/2009 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި، ކޯޓު ނަންބަރު 2 ގެ ނަންބަރު
89/JC-77/2 ޤަޟިއްޔާ ގެ ޙުކުމް އެގޮތުގައި ދެމިއޮއްވާ ޢަބްދުﷲ މާހިރުވަނީ އޭނާގެ އަމިއްލަ ރުހުމާއި
އިޚުތިޔާރުގައި ޝަރުޢީ މަރުޙަލާތައް މެދުވެރިވެގެން މ.ކާސަލްއެވެ ކިޔާ އަމިއްލަ ބަންޑާރަ ގޯތީގައިވާ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ޢަބްދުﷲ މާހިރަށް އިހުމިލްކުވެ އޮތް އެގޯތީގެ ބަންޑާރަ ބައިގާ ހިމެނޭ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަން މއ.ސިސިލްފަރު މުޙައްމަދު ޔޫސުފް (އޮގަރު މުޙައްމަދުފުޅު)
ގެ 4 ދަރިން ކަމަށްވާ މއ.ސިސިލްފަރު އިބްރާހިމް ރިޔާޒު އާމިނަތު ޝާހިދާ، ޝަހުލާ މުޙައްމަދު، ޝިފާޒާ
މުޙައްމަދަށް ހިބައިންދީ އެގޯތިން ޢަބްދުﷲ މާހިރަށް ލިބި އޮތް މިލްކުވެރިކަން ނަޤުލުކޮށްފައިކަމާއި މިހެންކަމުން
މިގޯތީގެ މިހާރުގެ މިލްކުވެރިޔަކީ ޢަބްދުﷲ މާހިރު ނޫންކަން އެނގޭކަމާއި، ޢަބްދުﷲ މާހިރުގެ މިލްކުގައި
އެއްޗެއް ޢަބްދުﷲ މާހިރާ ޙަވާލުކުރަން މިހާރު އެންގުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތައް
އަންކަމެއް ނޫންކަން އެނގޭކަމެވެ.
ނުހިމެނޭ ގޯއްޗެ
(ޅ) ހަވަނަކަމަކީ، މިމައްސަލައާއިގުޅިގެން 03 ޖެނުއަރީ 2013 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ
މަޖިލީހުގައި ޢަބްދުﷲ މާހިރުގެ ފަރާތުން ބަދަލުގައި ޝަރީޢަތަށް ޙާޟިރުވި ޢަބްދުލްޙަކީމް މުޙައްމަދު
ރަޝާދާއި، މުޙައްމަދު ޔޫސުފުގެ ބަދަލުގައި ޝަރީޢަތަށް ޙާޟިރުވި ޢަބްދުﷲ ޒުހައިރު އާއި މިދެފަރާތުން
މިމައްސަލައާއި ގުޅިގެން ދައްކަންޖެހޭ އެންމެހާ ވާހަކަތައް ދައްކާ ނިމިފައިވާކަމަށް ބުނެފައިވާތީ، މި
މައްސަލައިގެ އަޑުއެހުންތައް ނިންމާލިކަން ޝަރީޢަތުގެ ފަރާތުން އިޢުލާނުކުރެވިފައިވަނިކޮށް މިމައްސަލައާއި
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނމާޅެތިދީ ހޭރުގެ ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/274
ގުޅިގެން ޢަބްދުﷲ މާހިރުގެ ފަރާތުން ފާހަގަކުރަންޖެހޭ އިތުރުކަންކަން ހުރިކަމަށް ބުނެ މައްސަލައިގެ އިތުރު
އަޑުއެހުމެއް ބާއްވަދިނުމަށް އެދި 07 ޖެނުއަރީ 2013 ގައި ހައިކޯޓަށް ފޮނުވި ސިޓީއަކާއި ގުޅިގެން ޢަބްދު
މާހިރުގެ ފަރާތުން އިތުރަށް ފާހަގަކުރަން ބޭނުންވާ ނުކުތާތައް ލިޔުމުން ކޯޓަށް ހުށަހެޅުމަށާއި، އަދި އެއަށްފަހު
މައްސަލާގައި އިތުރު އަޑުއެހުމެއް ބާއްވަންޖެހޭކަން ނުވަތަ ނޫންކަން ނިންމާނެކަމަށް ބުނެ ޖަވާބު
ދެވިފައިވާއިރު، ޢަބްދުﷲ މާހިރުގެ ފަރާތުން ފާހަގަކުރަން ބޭނުންވާކަމަށް ބުނެ ހުށަހެޅި ނުކުތާތަކުގެ ތެރެއިން
ގިނަ ގިނަ ކަންކަމަކީ އެނުކުތާތަކާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އަދި ދަށުކޯޓުގައިވެސް
ފާހަގަކޮށްފައިވާކަން
ކަންކަމަށްވެފައި، ދެން ފާހަގަކުރި ނުކުތާތަކަކީ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް ފިޔަވާ
މުޅިން އައު ނުކުތާތަކެއް ކަމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވާ
ފަދައިން އިސްތިއުނާފުކުރި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލާގައި އައު
ހުށަހެޅި ކަމުގައިވީ ނަމަވެސް، އެމައްސަލަ ހައިކޯޓުން ބެލުމުގައި
ބަލައިނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ބަޔާންކުރުމަށް
ރިޢާޔަތްކޮށް ޢަބްދުﷲ މާހިރުގެ ފަރާތުން ފަހުން ހުށަހެޅި ނުކުތާތަކާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އިތުރު
އަޑުއެހުމެއް ބާއްވަދޭން ނުފެންނަކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް އެއްބަސްވެވޭކަމެވެ.
E 4
ހނހންPeއ
އއ 0އ
،
ہومر
ވީމާ، އިސްވެދިޔަ ސަބަބުތައް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2005 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް އެދި ޢަބްދުﷲ މާހިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް ސަބަބެއް
ފެންނަން ނެތްކަމުގައެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
13
2012/HC-A/274
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/2005 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޢަބްދުﷲ މާހިރުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު، އެމައްސަލަ ނިންމާފައިވާ ނިންމުން ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާއި ޚިލާފުނޫންކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2005 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން މި
މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހައިކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv