ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/324 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2012/HC-A/324
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ދިވެL
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 324/HC-A/2012
އިސްތިއުނާފު ކުރި ފަރާތް:
* ނަން: ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: 54
/
89-C
1 ކުންފުނީގެ ފަރާތުން: އދ. އަޙްމަދު މުރާދު، މއ. ބްލޫގްރާސް/ ކ. މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 221
/
97-C
* ކުންފުނީގެ ފަރާތުން: އދ. ޢަބްދުއްނާޞިރު ޝަފީޤް، ރީޙާއްޞަބާ
ޅ. ކުރެންދޫ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 މުޙައްރަމް 1434
ނިމުނު ތާރީޚް: 20 މުޙައްރަމް 1436
13 ނޮވެމްބަރ 2014
22 ނޮވެމްބަރ 2012
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/389
ނިންމެވި ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: އެއްބަސްވުން ނިމުމަކަށް އައިސްފައިނުވާކަމަށް ކަނޑައަޅައިދިނުމަށް
ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 05 މާރޗް 2012
ޤަޟިއްޔާ ނިމުނު ތާރީޚް: 11 ޖުލައި 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރުގެ އަޒްމިރާލްދާ ޒާހިރު
0
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިތެއްގެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/324
ދަޢުވާގެ ޚުލާޞާ
އެއްގޮތްނުވާކަމަށްބުނެ،
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/389 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮ
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ވަލްތުރު މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑެވެ.
ccc
91192
0
1. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/389 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ވަލްތުރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/389 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު،
އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހިންގާ
ބ. އަތޮޅު ކިހާދުއްފަރު ރިސޯޓަކީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ވަލްތޫރު
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ރަށެއްކަމަށްވީހިނދު، އެރަށް ކުއްޔަށް ދިނުމަށް ވެފައިވާ
އެއްބަސްވުމާއި، އަދި އޭގެ ފަހުން ވެވިފައިވާ އެއްބަސްވުންތަކާއި، ޚިލާފަށް އެރަށް ކުއްޔަށް ދީފައިވާ
އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށްބުނެ އެރަށް އަތުލުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވައި ދިނުމަށާއި، އަދި ރަށް
އޭގެ މައިކް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/324
ކުއްޔަށްދިނުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދަޢުވާކުރުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
3. މިޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/389 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ،
އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު
ބ. ކިހާދުއްފަރު ރިސޯޓް ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށްޓަކައި އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 30 އޮކްޓޯބަރ
2008 ދުވަހު ސޮއިކުރެވިފައިވާ ކުއްޔަށްދިނުމުގެ އެގްރީމެންޓް ބާޠިލް ކުރިކަމަށްބުނެ އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ
ޓާރމިނޭޝަން ނޯޓިހަކީ ކުއްޔަށްދިނުމުގެ އެގްރީމެންޓުގެ ދަށުން ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދައްކަންޖެހޭ ސަބްލީސް ރެންޓާއި ގަވަރމެންޓް ރެންޓް އެއްބަސްވުމުގެ 08 ވަނަ މާއްދާއާއި 10
ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތީން ދައްކާފައިނުވާތީ އެއްބަސްވުމުގެ 30 ވަނަ މާއްދާގެ ދަށުން
ފޮނުވާފައިވާ ޓާރމިނޭޝަން ނޯޓިސްއެއްކަން އެނގެން އޮތުމާއިއެކު ބަޔާންވެދިޔަ ޓާރމިނޭޝަން ނޯޓިސްއަކީ
މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ކުއްޔަށް ދިނުމުގެ އެގްރީމަންޓްގެ 30 ވަނަ މާއްދާގައި ޓާރމިނޭޝަޝަން
ނޯޓިސް ދިނުމަށް ކަނޑައަޅާފައިވާގޮތާއި ޓާރމިނޭޝަން ނޯޓިސް ފޮނުވަންޖެހޭ ޙާލަތު މެދުވެރިވުމުން
ފޮނުވާފައިވާ ނޯޓިހެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، އެނޯޓިސްއަކީ ޞައްޙަ
"ޓަރމިނޭޝަން ނޯޓިސް" އެއް ނޫންކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، އަދި އެނޯޓިސްގެ ސަބަބުން
ބ. ކިހާދުއްފަރު ރިސޯޓް ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމާއިބެހޭ ގޮތުން އަތަމާ
މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
44
2 ހދ
އެއްގޮބށް
.”
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/324
ސޮއިކުރެވިފައިވާ ލިސް އެގްރިމެންޓް ބާޠިލްވެފައިވާތީ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އެރަށް (ބ. ކިހާދުއްފަރު ރިސޯޓް) އަތުލުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް
ހުއްޓާލުމަށް ޝަރީޢަތުގެ ފަރާތުން
އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ" މިފައިންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/389 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ވަލްތުރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން 07 (ހަތެއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 5(ށ) ގައި އަތަމާ މެރިން އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް އެއްބަސްވުމުގެ ދަށުން ލިބިފައިވާ ޙައްޤުތަކަށް ސިވިލް ކޯޓުން ރިޢާޔަތްކުރައްވާފައިވަނީ
އެއްބަސްވުމާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވަނިކޮށް ކަމަށްބުނެ
· · 499
ހުށަހެޅި .
ކުeއވެ.
ދެވަނަ ނުކުތާއަކީ: މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 5(ނ) އާއި 5(ރ) ގައި އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެއްބަސްވުމުގެ 30 ވަނަ މާއްދާއިން އެއްބަސްވުން ނިމުމަކަށް
ގެނައުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅުއްވާފައިވީނަމަވެސް އެއްބަސްވުމުގެ 30 ވަނަ މާއްދާގެ ދަށުން
އެއްބަސްވުން ނިމުމަކަށް ގެނެވޭނެ ޙާލަތަކީ ކޮބައިތޯއާއި އަދި އެމާއްދާގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ފުރިހަމަކޮށްފައިވޭތޯ ޝަރީޢަތުން
ބައްލަވާފައިނުވާކަމަށާއި އަދި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި
ދަޢުވާގެ ޖަވާބުގައި އެއްބަސްވުން
ވުން ބާޠިލްކުރީ 14 ވަނަ މާއްދާއާއި 15 ވަނަ މާއްދާގެ ދަށުން ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/324
18ނކށް
އެއެއ
އެބަސްވުން ބާޠިލްވެފައިވަނީ 30 ވަނަ މާއްދާގެ
ކޮށްފައިވީހިނދު، ޝަރީޢަތުން ކަނޑައެޅުއްވީ
ކަމަށްބުނެ
ބުނެ ހުށަހެޅި ނުކުތާއެވެ.
ދަށުން ކު
ތިންވަނަ ނުކުތާއަކީ: މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 5 (ބ) ގައި ސަބްލީސް ކުއްޔާއި
ސަރުކާރަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައިނުވާ ސަބަބަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި
UCO
ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 5(ޅ) ގައި ސަބްލީސް ކުލި އަދި
ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ރަށް ބޭނުންކުރުމުގެ ޙައްޤު ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ލިބިގެންނުވާކަމަށް ކަނޑައަޅުއްވާފައިވީނަމަވެސް އެއީ ވަންތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ކުރިން ދެއްކި ފައިސާވެސް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަރުކާރަށް
ދައްކާފައިނުވާތީކަމާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާވަނީ ސްޓޭޓް
ބޭންކް އޮފް އިންޑިޔާއަށް އެސައިންކޮށްފައިކަމާއި އެސައިންމަންޓާ ޚިލާފަށް އަތަމާ މެރިން އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުން ތިންވަނަ ފަރާތަކަށް ފައިސާ ފޮނުވުމަށް އަންގަމުން ގޮސްފައިވާއިރު މިއިން ކަމަކަށް
ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ: މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 5(ކ) ގައި ފާހަގަ ކުރައްވާފައިވާ ފަދައިން
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އަތުގައި ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
2.5 މިލިއަން އެމެރިކާ ޑޮލަރު ޑިޕޮސިޓްކޮށްފައި ހުރުމުން އޭގެ ސަބަބުން ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފައިސާއިން ކުލީގެ ފައިސާ ދެއްކުމުގެ ޤާބިލްކަން ހުރިކަން ޝަރީޢަތުން ބައްލަވާފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/324
ހަވަނަ ނުކުތާއަކީ: މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 5(އ) ގައި ރަށް ކުއްޔަށްދިނުމާބެހޭ ލީސް
އެގްރީމަންޓްގައި ކުލީގެ ފައިސާ ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާތަކަކީ ސަބްލީސް ރެންޓް
އެސައިންމަންޓް އެއްބަސްވުމުގެ ދަށުން އިސްލާހުކުރެވިފައިވާ މައްދާތަކެއްކަ
އެކަމާއި ފައިސާ ދައްކަންޖެހޭ ގޮތްވަނީ
ބަދަލުކުރެވިފައިކަން ޝަރީޢަތުން ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތްވަނަ ނުކުތާއަކީ: މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 5(ވ) ގައި އެއްބަސްވުމުގެ ދަށުން ދޭންޖެހޭ
ނޯޓިސް ދިނުމުގައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިވަނީ އެއްބަސްވުމުގެ
14، 15, 30 އަދި 37 ވަނަ މާއްދާއާއި ޝަރީޢަތުން ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި
2
0 ހދ2
އެއެޤީeނ
299 ޑ ޒ
ކeއވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/389 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/389 ޤަޟިއްޔާއަކީ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން
ވަލްއޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށްހިފާފައިވާ ބ. އަތޮޅު ކިހާދުއްފަރު ރިސޯޓު ކުއްޔަށްދީފައިވާ
އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށްބުނެ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/324
ފަރާތުން އެރަށް އަތުލުމަށް މަސައްކަތްކުރަމުންދާތީ އެކަން ހުއްޓުވައިދެއްވުމަށާއި، އަދި ރަށް ކުއްޔަށްދިނުމުގެ
އެބަސްވުން ނިމުމަކަށް އައިސްފައިނުވާކަމަށް ކަނޑައަޅުއްވައި ދެއްވުންއެދި ވަލްތުރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހެޅުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ސިވިލް ކޯޓުން ނިންމަވާފައިވަނީ، ކިހާދުއްފަރު ރިސޯޓް ފަލްތޫރު މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށްޓަކައި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި،
ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ ކުއްޔަށްދިނުމުގެ އެގްރީމެންޓްގެ ދަށުން
ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ސަބްލީސް ރެންޓާއި ގަވަރމެންޓް ރެންޓް
އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތުގެ މަތީން ދައްކާފައިނުވާތީ، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ
އެގްރީމެންޓް ބާޠިލް ކުރިކަމަށްބުނެ ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ނޯޓިސްއަކީ ޞައްޙަ "ޓަރމިނޭޝަން ނޯޓިސް"
އެއްނޫންކަމަށް ކަނޑައަޅު
ޑައަޅުއްވާނެތަނެއް ނެތްކަމަށާއި، އަދި އެރަށް އަތުލުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރާ މަސައްކަތް ހުއްޓާލުމަށް ޝަރީޢަތުގެ ފަރާތުން އަންގާނެ ތަނެއްނެތްކަމަށް
ކަނޑައަޅުއްވައި އެގޮތުގެ މަތީންކަން އެނގެން އޮންނަކަމެވެ.
J
(ށ) ދެވަނަ ކަމަކީ، ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ވެފައިވާ އެއްބަސްވުމަށާއި، ދެފަރާތުގެ ބަހަށް ބަލާއިރު، އެއްބަސްވުމުގައިވާ
ގޮތުގެ މަތިން ކުލި ނުދައްކާނަމަ، އެގްރީމެންޓް ޓާރމިނޭޓްކޮށް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
އަތުން ރަށް އަތުލުމުގެ ބާރު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަން
އެނގޭއިރު،
ކުލި ދައްކަން ޖެހޭގޮތަށް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުލި ދައްކާފައިނުވާކަން
އެނގޭކަމާއި، ދަށު ކޯޓުގައި ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދެއްކި ވާހަކަތަކުންވެސް އެކަމަށް
ދިވެހިރާއްޖޭs
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/324
އިއުތިރާފް ލިބިފައިވާކަމާއި، އަދި އެންމެ ފަހުން މައްސަލަ ޖެހުނުއިރު ދެ ޕޭމަންޓް ނުދައްކައި ވާނެކަމަށް
ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައިވެސް
ބުނެފައިވާކަން އެނގޭއިރު،
ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ކުލި ނުދައްކައި މަޑުކުރެވޭނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި އެފަދަ ޙާލަތެއް
ބަޔާންކޮށްފައިވާނަމަ އެހާލަތުގައިކަމާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެހެން
ފަރާތަކަށް އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކޮށްވާކަމަށް ބުނެ، ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅައި،
ދެފަރާތުން އެއްބަސްވެފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކުރުމެއްނެތި، ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ކުލި ނުދައްކައި ތިބުމުގެ
ޙައްޤު ވަލްއޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންނުވާނެކަމާއި، އެފަދައިން ކުލި ނުދައްކައިވާނަމަ އެއީ
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން، އެއެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ނިމުމަކަށް
ގެނެވިދާނެ ސަބަބެއްކަމާއި، އަދި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނޯޓިސްދިނުމަށް އެއްބަސްވުމުގައި
ޖާގަދީފައިވާ ޙާލަތެއްކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި،
އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 30 ވަނަ މާއްދާގެ ދަށުން އަތަމާ
މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެއްބަސްވުން ނިމުމަކަށް ގެނެވޭނެ ޙާލަތަކީ ކޮބައިތޯއާއި
އެމާއްދާގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން
ފުރިހަމަކޮށްފައިވޭތޯ ޝަރީޢަތުން ބައްލަވާފައިނުވާކަމަށް ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު، ސިވިލް ކޯޓަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް
lu
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
st
9
2012/HC-A/324
30
ލިމިޓެޑުގެ ފަރާތުން ހުށަހެޅި ޖަވާބު ފޯމުގެ 7.15 ގައި ބަޔާންކޮށްފައިވާގޮތުން، ކުއްޔަށް ދިނުމުގެ
އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނޯޓިސް ދީފައިވަނީ އެއްބަސްވުމުގެ 14، 15 އަދި 30 ވަނަ މާއްދާގެ
ފެށުން ކަމަށް ބުނެ
މަށް ބުނެފައިވާކަމާއި،
އެއްބަސްވުމުގެ 14 ވަނަ މާއްދާއާއި 15 ވަނަ މާއްދާގައިވާގޮތުން، ސަރުކާރަށް ދައްކަންޖެހޭ ކުލި
އަދި ލީސް ރެންޓް ދައްކަންޖެހޭ މުއްދަތުގައި ނުދައްކައި 7 ދުވަސް ވެއްޖެނަމަ، އެއްބަސްވުން ނިމުމަކަށް
ގެނެސް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ އާނބަސްލިބުމާއެކު، ސަރުކާރުގެ އެހެން
އިދާރާއަކަށް ނުވަތަ ކޯޓަކަށް ހުށަހެޅުމަކާނުލައި، ވަގުތުން ރިސޯޓް ނަގައި ތަނުގެ ކޮންޓްރޯލް ހޯދުމުގެ ޙައްޤު
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަން އެނގޭކަމާއި،
އަދި އެއްބަސްވުމުގެ
ވަނަ މާއްދާގައިވާފަދައިން، ނޯޓިސް ދެވިފައިވާއިރު، ނޯޓިސް
ދެވިފައިވާކަމާމެދު ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންވެސް އިންކާރުނުކުރާކަމާއި، ނަމަވެސް ނޯޓިސް
ދިނުމާގުޅޭގޮތުން ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަށު ކޯޓުގައި އިންކާރުކޮށްފައިވަނީ، ނޯޓިސް
ދޭންޖެހޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ނޯޓިސް ފޮނުވައިގެންކަމަށާއި، ނަމަވެސް އެއްބަސްވުން
ނިމުމަކަށް ގެނައުމަށް ނޯޓިސް ފޮނުވާފައިވަނީ އެއެޑްރެހަށް ނޫންކަމަށާއި، އެހެންކަމުން އެނޯޓިހުގެ މައްޗަށް
ބިނާކޮށް އެއްބަސްވުން ބާޠިލް ނުކުރެވޭނެކަމަށް ބުނެ، އެއަސާސުގެ މައްޗަށް ބިނާކޮށްގެންކަން އެނގޭއިރު،
އެއްބަސްވުމުގެ 37 ވަނަ މާއްދާގައިވާގޮތުން، ނޯޓިސް ފޮނުވަންޖެހޭނީ، އެއެއްބަސްވުމުގައި
ބަޔާންކޮށްފައިވާ ފަދައިން ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެޑްރެހަށްކަމަށްވާއިރު، ނޯޓިސް ފޮނުވުނު
އެޑްރެހަކީ އެއްބަސްވުމުގައި ލިޔެވި، ހިމެނިފައިވާ އެޑްރެހަކަށް ނުވިނަމަވެސް، ސިވިލް ކޯޓުން
ފާހަގަކުރައްވާފައިވާ ފަދައިން ނޯޓިސް ފޮނުވުމަށް މިއެއްބަސްވުމުގައި އެޑްރެހެއް ބަޔާންކުރެވިފައި އެވަނީ
ނޯޓިސް ލިބޭކަން ނުވަތަ ލިބުނުކަން ކަށަވަރުކުރުމަށްކަމަށް ބަލަންޖެހޭއިރު، ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ނޯޓިސް ލިބިފައިވާކަން ސާފުކޮށް އެނގެން އޮތުމުންނާއި، ނޯޓިސް ފޮނުވުނު އެޑްރެހަކީ ކުރިންވެސް
ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން
ދިވެހިރާއޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/324
މުޢާމަލާތުކުރާ އެޑްރެހެއްކަމަށް ވުމުންނާއި، ޓާރމިނޭޝަން ނޯޓިސް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ލިބިފައިވާކަން ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބަހުންވެސް އެނގެންއޮތުމުގެ އިތުރަށް، އެއްބަސްވުން
ނިމުމަކަށް ގެނެސް ރިސޯޓް ނެގުމުގެ ޙައްޤު އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ލިބިގެންވާ ޙާލަތު އޮތްކަން އެނގޭކަމުން، ޓާރމިނޭޝަން ނޯޓިސް ދެވިފައިވަނީ އެއްބަސްވުމުގައި ލިޔެވި،
ބަޔާންކުރެވިފައިވާ އެޑްރެހަށް ކަމަށް ނުވާތީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުން ނިމުމަކަށް އައިސްފައިނުވާކަމަށާއި، އަދި އެރަށް އަތުލުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރަމުންދާ މަސައްކަތް ހުއްޓުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑަށް ޝަރީޢަތުން އަންގަވާނެ ތަނެއް އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަށްވެސް ނުފެނުނުކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ސަބްލީސް ކުއްޔާއި ސަރުކާރަށް ދައްކަންޖެހޭ ކުލީގެ ފައިސާ
ދައްކާފައިނުވާ ސަބަބަށް ސިވިލް ކޯޓުން ރިޢާޔަތްކުރައްވާފައި ނުވާކަމަށް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ބުނެފައިވާއިރު،
ސިވިލް ކޯޓުން މިނުކުތާގެ މައްޗަށްވެސް ބައްލަވައި ރިޢާޔަތްކުރައްވާފައިވާކަމާއި، އެކަން ސިވިލް
ކޯޓުން މިމައްސަލަ ނިންމެވިގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ގެ (ޅ) ގައި މިނުކުތާއާ ގުޅޭގޮތުން
ފާހަގަކުރައްވައި، ރިޢާޔަތްކުރެއްވިގޮތް ބަޔާންކުރައްވާފައިވާ ބަޔާންކުރެއްވުމުން އެނގޭކަމާއި،
ސިވިލް ކޯޓުން ފާހަގަކުރައްވާފައިވާ ފަދައިން، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ
މާއްދާތަކަށް ބަލާއިރު، ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ގަވަރމެންޓް ރެންޓާއި
ސަބްލީސް ރެންޓު ނުދީ ތިބުމަށް ދައްކާފައިވާ ސަބަބުތަކަކީ، ރަނގަޅު، މަޤްބޫލު ސަބަބުތަކެއްކަމަށް މިކޯޓުގައި
މިމައްސަލަ ބެލި ފަނޑިޔާރުންނަށްވެސް ޤަބޫލުނުކުރެވުނުކަމާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/324
28 2
مسرع
އެހެނީ، ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭ ފައިސާތަކުގެ ތެރެއިން، ގަވަރމެންޓް ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ނުދައްކައި ތިބި ސަބަބަކީ، ވަލްތޫރު
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރިން ދެއްކި ފައިސާވެސް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ސަރުކާރަށް ދައްކާފައިނުވާތީކަމަށް ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނާއިރު،
ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު
ވެފައިވާ ސަބްލީސް އެގްރީމެންޓުގެ ދަށުން ބ. ކިހާދުއްފަރު ރިސޯޓު ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ލިބި، ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެތަން ބޭނުންކުރަމުން ދިޔައިރު، އެއްބަސްވުމުގެ ދަށުން
ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް
އެއްބަސްވެފައިވާ ފައިސާ ދައްކަންޖެހޭނެކަމާއި، އެފައިސާ ނުދައްކައި ތިބެވޭނީ އެއްބަސްވުމުގައި އެފަދަ ޙާލަތެއް
ކަނޑައެޅިފައިވާނަމަ އެޙާލަތުގައިކަމާއި، ނަމަވެސް އެފަދަ ޙާލަތެއް އެއްބަސްވުމުގައި ކަނޑައެޅިފައިވާކަން އަދި
ރިސޯޓު ބޭނުންކުރަމުން ދިޔައިރު، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލީގެ ފައިސާ ނުދައްކައި ތިބެވޭނެ
ޤާނޫނީ ހަމައެއްވިޔަސް ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަޔާންކޮށްދެވިފައިނުވާކަމާއި،
އަދި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ސަބްލީސް ރެންޓް ވަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް އެސައިންކޮށްފައިކަމާއި އެސައިންމަންޓް ޚިލާފަށް އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ތިންވަނަ ފަރާތަކަށް ފައިސާ ފޮނުވުމަށް އަންގަމުން ގޮސްފައިވާއިރު
މިއިން ކަމަކަށް ސިވިލް ކޯޓުން ރިޢާޔަތްކުރައްވާފައިނުވާކަމަށް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ބުނެފައިވާއިރު،
ސަބްލީސް ރެންޓް އެސައިންކުރުމުގެ ނޯޓިސްގައިވާގޮތުން، ސަބްލީސް ރެންޓް ވަލްތޫރު މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ޖަމާ
ޖަމާކުރަންޖެހެނީ،
އޮފް އިންޑިއާގައި އޮންނަ އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަކަށްކަމަށްވާއިރު، އެނޯޓިސްއާ އެއްގޮތަށް ވެސް އެފައިސާ
3 3
UcOc
84 8
404
مجمع ع
ބން ކ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
2012/HC-A/324
3 3 84
هވ
ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިނުވާކަމާއި، 7 ފެބްރުއަރީ 2012 ވަނަ ދުވަހު
މިނިސްޓްރީ އޮފް ޓޫރިޒަމްގައި ބައްދަލުވުމުގައި، ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް
ބޭންކް އޮފް އިންޑިޔާއަށް އެފައިސާ ދައްކާފައި ނުވަނީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ޝެއަރ ހޯލްޑަރެއްކަމުގައިވާ މިސްޓަރ ބޭދޫން ކިޔާ މީހަކަށް އެފައިސާގެ އެއްބައި ދެއްކުމަށް އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެދެމުންދާތީކަމަށް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ބުނުމުން، އެފައި
ސްޓޭޓް ބޭންކް އޮފް އިންޑިއާގައި އޮންނަ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ބަޔާންކުރެވިދިޔަ އެކައުންޓަށް ޖަމާކުރުމަށް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
އެންގުނުކަމާއި ނަމަވެސް އެތާރީޚަށްފަހުވެސް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަވާއިދުން އެފައިސާ
ދައްކާފައިނުވާކަމާއި،
އަދި ސިވިލް ކޯޓަށް ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގެ
7.8 ވަނަ ނަންބަރުގައާއި އަދި އޭގެ ފަހަށް ހުރި ނަންބަރުތަކުގައި، ސަބްލީސް ރެންޓް ނުދައްކައި އޮތް ސަބަބު
ބަޔާންކޮށްފައިވާއިރު، ސަބްލީސް ރެންޓުގެ ފައިސާގެ ބައެއް މިސްޓަރ ބޭދޫން ކިޔާ މީހެއްގެ އެކައުންޓަށް
ޖަމާކުރުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް އަންގާފައިވަނީ 17 ނޮވެމްބަރު 2011 ގައި ފޮނުވި ސިޓީ އަކުންކަމަށް މައްސަލަ ހުށަހެޅި ފޯމުގެ
7.9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އެފޯމުގެ 7.7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވާހަކައަށް
ބަލާއިރު، ސަބްލީސް ރެންޓް 1 ނޮވެމްބަރު 2011 ތާރީޚުގައި ދައްކަން ޖެހޭއިރު، އެތާރީޚުގައިވެސް
ދެއްކިފައިނުވާކަމަށް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންވެސް ބުނެފައިވާކަމާއި، އެއީ
ބަޔާންކުރެވިދިޔަ ސިޓީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ވަލްއޫރު މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ތާރީޚް ކަމުގައިވާ 17 ނޮވެމްބަރު 2011 އަށްވުރެ ކުރީގެ ތާރީޚެއްކަން
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެކްސް 2
2
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2012/HC-A/324
އާއެކެވެ*
ސަބްލީސް ރެންޓް ދެއްކުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި
ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވެވިފައިވާ ގޮތަށް އެފައިސާ ދެއްކުމަކީ، ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ
ޤުގެ ދަށުން ވަލްއޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަދާކުރަންޖެހޭ
އިލްތިޒާމެއްކަމަށްވާއިރު، އެފައިސާ ދެއްކުމަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތިން ވަލްތޫރު މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެފައިސާ ދައްކާފައިނުވާކަން އެނގޭކަމާއި، ދެފަރާތުން އެއްބަސްވެފައިވާ
ގޮތުގެމަތިން އެފައިސާ ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނުދައްކާނަމަ، އެއްބަސްވުން ނިމުމަކަށް
ގެނެސް ރިސޯޓު ހޯދުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެއްބަސްވުމުގެ ދަށުން
ލިބިފައިވާ ޙައްޤަކީ ސަބްލީސް ރެންޓް އެސައިންކުރުމުގެ ނޯޓިސް ނުވަތަ ސަބްލީސް ރެންޓް އެސައިންމަންޓް
އެއްބަސްވުމުގެ ދަށުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ގެއްލިފައިވާ ޙައްޤެއްކަމުގައި
ބެލެވޭނެ ހަމައެއް ނެތްކަމާއި، އަދި އެފަދަ ހަމައެއް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައިވެސް
(ބ) ފަސްވަނަ ކަމަކީ، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އަތުގައި ވަލްތާރު
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 2.5 މިލިއަން އެމެރިކާ ޑޮލަރު ޑިޕޮސިޓްކޮށްފައި ހުރިއިރު ވަލްތުރު
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފައިސާއިން ކުލީގެ ފައިސާ ދެއްކުމުގެ ޤާބިލްކަން ހުރިކަން ޝަރީޢަތުން
ބައްލަވާފައިނުވާކަމަށް ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު،
ދަށު ކޯޓުން ބައްލަވާފައިވަނީ، ކުލީގެ ފައިސާ ދެއްކުމުގެ ޤާބިލްކަން ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ކިބާގައި ހުރިކަން ނުވަތަ ނޫންކަން ނޫންކަމާއި، ނަމަވެސް އެއްބަސްވުމާ
ކުލީގެ ފައިސާ
ދައްކާފައިވޭތޯ ނުވަތަ ނޫންތޯކަމާއި، ކުލީގެ ފައިސާ ދެއްކުމުގެ ޤާބިލްކަން ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ކިބާގައި ހުރިނަމަވެސް
ކުލީގެ ފައިސާ ނުދައްކާނަމަ،
2
8 *ހ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/324
ފަ2 143943
އެއްބަސް މަތީން އެއެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު އެއެއްބަސްވުމުން
އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިދީފައިވާކަން އެނގޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެނީ، ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑާ ދެމެދު ހެދިފައިވާ ސަބްލީސް އެގްރީމެންޓުގެ ދަށުން ބ. ކިހާދުއްފަރު ރިސޯޓު ވަލްތޫރު މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށް ވަލްތުރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެރަށް ބޭނުންކުރަމުން ދިޔައިރު،
އެއެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލީގެ ފައިސާ (ސަބްލީސް ރެންޓާއި ގަވަރމަންޓް ރެންޓް) ވަލްތޫރު
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަވާއިދުން ދައްކަންޖެހޭގޮތަށް ދެއްކިފައިނުވާކަން އެނގެން އޮތްއިރު، މިއީ
އެއްބަސްވުން ނިމުމަކަށް ގެނެސް ރިސޯޓު އަނބުރާ ނެގުމަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑަށް ބާރުލިބިދީފައިވާ ޙާލަތެއްކަމާއި، އަދި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ޓާރމިނޭޝަން
ނޯޓިސް ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން އެނގެން އޮތުމުން، އިސްތިއުނާފުކުރެވިފައި
މިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/389 ޤަޟިއްޔާގައި ވަލްތޫރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
އެދިފައިވާފަދައިން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިނުވާކަމަށް
ހިތްކަމަށާއި، އަދި އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެރަށް
(ބ. ކިހާދުއްފަރު ރިސޯޓް) އަތުލުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ޝަރީޢަތުގެ ފަރާތުން އަންގާނެ ތަނެއް
ނެތްކަމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމެވުން ރަނގަޅުނޫންކަމަށް
ނޫންކަމަށް ބަލާނެތަނެއް
އފަނން
ނެތްކަމުގައެވެ.
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2012/HC-A/324
• ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/389 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް، މިމައްސަލަ ބެވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv