ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/12 ޤަޟިއްޔާގެ ޙުކުމް
2011/HC-DM/12
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
ޤަޟިއްޔާ ނަންބަރ: 12/HC
-
DM/2008
• ދަޢުވާކުރި ފަރާތް:
z ނަން: މުޙައްމަދު ހާނިމް
ދާއިމީ އެޑްރެސް: ލ. ފުސްތުޅާގެ
* އައިޑީ ކާޑު ނަންބަރ: 046033
A މިހާރުގެ އެޑްރެސް: ލ. ފުސްތުޅާގެ
، ދަޢުވާލިބުނު ފަރާތް: ދައުލަތް
ދަޢުވާގައި މަޞްލަޙަތެއް އޮވެގެން ބައިވެރިވި ފަރާތް: ސިވިލް ސާރވިސް ކޮމިޝަން
ox
ހުށަހެޅުނު ތާރީޚް: 21 އޮކްޓޯބަރ 2008
* ނިމުނު ތާރީޚް: 03 ޑިސެމްބަރ 2008
• ޤަޟިއްޔާގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-A/12
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
0 0
<< O
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ)ގައި ”ސިޔާސީ
ޕާޓީ އުފައްދާ، ހިންގައި، ޕާޓީތަކުގެ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް
ލިބިގެންވެއެވެ؟ މިފަދައިން ބަޔާން ކޮށްފައި އޮތްހިނދު، ސިވިލް ސާވިސް ޤާނޫނުގެ 53 ވަނަ މާއްދާގައި
”ދިވެހި ސިވިލް ސާރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއް
ނުވެވޭނެއެވެ.“ މިހެން އޮތުމުން ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއް ސިވިލް ސަރވިސް ޤާނޫނުގެ 53 ވަނަ
މާއްދާއިން ނިގުޅައި ގަނެފައިވާ ކަމަށް ބުނެ، ޤާނޫނު އަސާސީގެ 66 ވަނަ މާއްދާއާ ޙަވާލާދީ ޤާނޫނު
އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ދިވެހި ސިވިލް ސާރވިސް ޤާނޫނުގެ 53 ވަނަ މާއްދާ ތަޢާރުޟު ވާތީ،
ދިވެހި ސިވިލް ސާރވިސް ޤާނޫނުގެ 53 ވަނަ މާއްދާ އަކީ ބާތިލް މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށް
އެދި ދިވެހި ދައުލަތުގެ މައްޗަށް މ. ފުސްތުޅާގެ މުޙައްމަދު ހާނިމް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަޢުވާ ކުރުމުން
ބެލުނު މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް :
01- މ. ފުސްތުޅާގެ މުޙައްމަދު ހާނިމު ދަޢުވާކުރަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ސިޔާސީ ޕާޓީ އުފައްދައި ހިންގައި ޕާޓީ ތަކުގެ ޙަރަކާތް ތަކުގައި
ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިދީފައިވާއިރު، މުޙައްމަދު ހާނިމަށް ޤާނޫނު އަސާސީގެ ދަށުން
ލިބިފައިވާ މި ޙައްޤު، ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ނިގުޅައި ގެންފައިވާތީ، ޤާނޫނު
އަސާސީގެ 66 ވަނަ މާއްދާގެ ދަށުން ސިވިލް ސާރވިސް ޤާނޫނުގެ 53 ވަނަ މާއްދާއަކީ، ބާތިލް މާއްދާއެއް
ކަމަށް ކަޑައަޅާ ދިނުމަށް އެދިގެންނެވެ.
02- މުޙައްމަދު ހާނިމުގެ ދަޢުވާކުރާ ސަބަބުތައް ކަމަށްބުނެ މުޙައްމަދު ހާނިމުގެ ވަކީލު
އަލްއުސްތާޛު މުޙައްމަދު ފިޒާނު ޝަރީޢަތުގެ މަޖްލިހަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، 3 ސަބަބެއް
ހުށަހަޅާ އެއާއި ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ)ގައި
”ސިޔާސީ ޕާޓީ އުފައްދާ، ހިންގައި، ޕާޓީތަކުގެ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-DM/12
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ލިބިގެންވެއެވެ” މިފަދައިން ބަޔާން ކޮށްފައި އޮތުމުން މިއީ މުޙައްމަދު ހާނިމަށް ލިބިފައިވާ ޙައްޤެއް ކަމަށްބުނެ
ހުށަހެޅި ސަބަބެވެ.
• ދެވަނަ ސަބަބަކީ: ސިވިލް ސާރވިސް ޤާނޫނުގެ 53 ވަނަ މާއްދާގައި ”ދިވެހި ސިވިލް ސާރވިސްގައި
ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ ކަމުގައި
ބަޔާންކޮށްފައި ވީނަމަވެސް ޤާނޫނު އަސާސީއިން މުޙައްމަދު ހާނިމަށް ލިބިފައި މިވާ ޙައްޤު ނިގުޅައި ނުގަނެވޭނެ
ކަމަށާ މިޙައްޤު ނިގުޅައިގަންނަ ގޮތަށް ޤާނޫނެއްގައި ނުވަތަ ޤާނޫނުގެ މާއްދާއެއްގައި ބަޔާންކޮށްފައިވާނަމަ
އެޤާނޫނެއް ނުވަތަ އެމާއްދާއެއްވާނީ ބާތިލު މާއްދާއެއް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
• ތިންވަނަ ސަބަބަކީ އިސްވެ ބުނެވުނު ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 66 ވަނަ މާއްދާގައި "މި ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުން
އަންނަ އެންމެހައި ޤާނޫނު ތަކާއި ޤަވާޢިދު ތަކާއި ޤަރާރު ތަކާއި އިޢްލާން ތަކުގައި ބަޔާންވެފައިވާ
ކަންތައްތަކުގެ ތެރެއިން މިބާބުގައި ބަޔާން ކޮށްފައިވާ ޙައްޤު ތަކާއި މިނިވަންކަމާއި ތަޢާރުޟުވާ އެންމެހައި
ކަންތައްތައް، މިޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށުމާއިއެކު ބާތިލުވާނެ ކަމަށް ބުނެ، ހުށަހެޅި ސަބަބެވެ.
03- މުޙައްމަދު ހާނިމުގެ ފަރާތުން ހުށަހަޅާފައިވާ މިދަޢުވާ އިތުރަށް ތަފްޞީލު ކުރަމުން
މުޙައްމަދު ހާނިމުގެ ވަކީލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ 30 ވަނަ
މާއްދާގެ (ހ) ގައި ބުނާ ވާހަކައާއި، ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބުނާ ވާހަކައަކީ އެއް
ވާހަކައެއް ކަމަށާ މިދެމާއްދާއަކީވެސް ސިޔާސީ ކަންތައް ތަކުގައި ބައިވެރިވުމުގެ ޙައްޤާއި ގުޅިފައިވާ ދެ
މާއްދާއެއް ކަމަށް ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޙަރަކާތް ތަކުގައި ބައިވެރި ވުމުގެ
ޙައްޤު ދިވެހި ރައްޔިތުންނަށް ދީފައިވާއިރު، ސިވިލް ސާރވިސް ޤާނޫނުގެ 53 ވަނަ މާއްދާގައި ދިވެހި ސިވިލް
ސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއް
ބުނެފައި އޮތުމުން މިދެ މާއްދާ ތަޢާރުޟުވާ ކަމަށާ، ޤާނޫނު އަސާސީގައިވާ މާއްދާއަކާ އެއްވެސް ޤާނޫނެއްގައިވާ
މާއްދާއެއް ނުވަތަ ޤާނޫނެއް ތަޢާރުޟުވާނަމަ ނުވަތަ ޚިލާފުވާނަމަ އެމާއްދާއެއް
.ތިލުވާނެކަން ޤާނޫނު
އަސާސީގެ
މީގެ 66 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައިވާ ކަމަށެވެ.
22 هلސ2
ނުވަވަނަ
20
4 22
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-A/12
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2c22
04- މުޙައްމަދު ހާނިމުގެ ފަރާތުން އިތުރަށް ބުނެފައިވަނީ، ސިވިލް ސާރވިސްގެ ޤާނޫނުގެ 77
ވަނަ މާއްދާގައި ސިޔާސީ ޙަރަކާތްތައް ކޮންމެ ގޮތަކަށް މާނަކުރި ކަމުގައިވިޔަސް އެ ޤާނޫނުގެ 53 ވަނަ
މާއްދާގައި ކަނޑައެޅިގެން އެއްވެސް ސިޔާސީ ޙަރަކާތެއްގައި ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ބައިވެރި
ނުވެވޭނެކަމަށް އޮތުމުން
ވަކި މިންވަރަކަށް ނުވަތަ ވަކި ކަހަލަ ޙަރަކާތެއްގައި ބައިވެރި ވެވޭނެ ކަމަށް މާނަ
ނުކުރެވޭނެ ކަމަށެވެ.
05- މުޙައްމަދު ހާނިމުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީ ވުމުގެ ގޮތުން ދައުލަތުގެ
ފަރާތުން ބުނެފައިވަނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސާރވިސްގެ ޤާނޫނު) އަކީ 2007 ވަނަ
އަހަރުގެ މެއި މަހުގައި ރައްޔިތުންގެ މަޖިލިހުން ފާސްކޮށް ތަޞްދީޤު ކުރެވިފައިވާ ޤާނޫނަކަށް ވާއިރު، 7
އޯގަސްޓް 2008 ގައި ތަޞްދީޤު ކުރެވިފައިވާ ޤާނޫނު އަސާސީއަށް ވުރެ ކުރިން ސިވިލް ސާރވިސްގެ ޤާނޫނު
އައުމާއި ގުޅިގެން ބައެއް ފަހަރު ޑްރާފްޓިންގެ ނޫނީ ޢިބާރާތުގައި ކޮންމެވެސް ވަރަކަށް ތަފާތުވުން ތަކެއް ހުރުން
އެކަށީގެންވާ ކަމަށާއި އޭގެ މަޤްޞަދަކީ ކޮންމެހެން ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައް ނިގުޅައިގަތުން ނުވަތަ
ޙައްޤުތައް ގެއްލުވުން ކަމަށް ޤަބޫލު ނުކުރާ ކަމަށް ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި ދިވެހި
ސިވިލް ސާރވިސް ޤާނޫނުގެ 53 ވަނަ މާއްދާ ތަޢާރުޟު ނުވާކަމަށް އެ މާއްދާގައިބުނާ ސިޔާސީ ޙަރަކާތް
އެޤާނޫނުގެ 77 ވަނަ މާއްދާގައި މާނަކޮށްފައިވާ ކަމަށާ އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގެ 19
ވަނަ ބައިގައި ސިޔާސީ ޙަރަކާތްތައް މާނަކޮށްފައި އޮތް އޮތުމުގައި ބައެއް ސިޔާސީ ޙަރަކާތްތަކަކީ ސިވިލް
ސާރވަންޓުންނަށް ހުއްދަނޫން ކަންތައްތަކެއް ކަމަށާއި އޭގެތެރޭގައި ސިޔާސީ ޕާޓީ ތަކުގެ މަގާމުތައް
އަދާކުރުމާއި ސިޔާސީ ކުލަ އެކުލެވިގެންވާ ޖަލްސާތައް އިންތިޒާމު ކުރުމާއި މިފަދަ ކަންތައްތައް ހިމެނޭ ކަމަށާއި
އެހެން ނަމަވެސް ބައެއް ކަންތައްތަކަކީ ދިވެހި ސިވިލް ސާރވަންޓުންނަށް ހުއްދަ ކަންތައްތަކެއް ކަމަށާއި، އޭގެ
ތެރޭގައި ޕާޓީ ތަކުގެ މެންބަރޝިޕް ހޯދުމާއި އަދި ޕާޓީ ތަކުގެ ޖަލްސާތަކުގައި ބައިވެރިވުމާއި މިފަދަ ކަންތައް
ހިމެނޭ ކަމަށާއި އެހެން ކަމުން ސިވިލް ސާރވިސްގެ މުވައްޒަފަކަށް ވަކި ކަންތައްތަކެއް ހުއްދަ ނުވުމުން، އެއީ
ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޙައްޤެއް އެމީހެއްގެ ކިބައިން ނިގުޅައިގަތުމެއް
ނޫންކަމަށާއި، އެމާއްދާގައި އެބުނާ ސިޔާސީ ޕާޓީ އުފެއްދުމާއި ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރި
ވުމުގެ ޙައްޤު ހަނިކުރެވިފައިވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި އެއްގޮތަށް މިނިވަން ދިމިގުރާތީ
މުޖުތަމައެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށާއި،
ދިވެހިރާއް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-DM/12
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިނިވަން ދިމިގުރާތީ މުޖުތަޢުތަކަށް ބަލާއިރު، ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ސިޔާސީ ޙަރަކާތްތަކުގައި
ބައިވެރިވުން ލިމިޓް ކުރެވިފައިވާ ތަން ފެންނަކަމަށާއި، މިގޮތަށް ދިވެހިރާއްޖޭގައިވެސް ބައެއް ސިޔާސީ
ޙަރަކާތްތަކުގައި ބައިވެރިވުން މަނާކުރެވި ހިފެހެއްޓިފައިވާކަމަށް ޤަބޫލު ކުރާކަމަށެވެ.
06- ދަޢުވާގެ މަޞްލަޙަތު ގުޅިފައިވާ ސިވިލް ސާރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއަކީ ޤާނޫނު
އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވާ މާއްދާއެއް ނޫން ކަމަށާއި 53 ވަނަ މާއްދާގެ ދަށުން
މަނާކުރާ ސިޔާސީ ޙަރަކާތްތަކަކީ އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ސިޔާސީ ޙަރަކާތް
ކަމަށާއި އެހެން ކަމުން ސިޔާސީ ޙަރަކާތް އޭގެ ޒާތުގައި މުޅިން މަނާ ނުވާ ކަމަށާއި ސިވިލް ސާރވިސްގެ
މުވައްޒަފެއްގެ ގޮތުގައި ހުންނަ އިރު ވަޒީފާގެ ޒާތުންނާއި ބާވަތުން ސިޔާސީ ބައެއް ޙަރަކާތް ތަކުން
އެއްކިބާވާން ޖެހެނީ ކަމަށާއި ސިޔާސީ ޙަރަކާތް ހިންގުން ސިވިލް ސާރވިސްގެ މުވައްޒިފުންނަށް
ހަނިކުރެވިފައިވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޤާނޫނަކުން ކަމަށާއި އަދި އެ
މާއްދާގެ (ނ) ގައިވާ ކަންތަކަށް ރިޢާޔަތް ކުރެވިގެން ކަމަށާއި ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ
މާއްދާގައި ބުނާ ސިޔާސީ ޙަރަކާތް މާނަ ކޮށްދީފައިވަނީ އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ކަމަށާއި އެހެން
ކަމުން ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި
ތަޢާރުޟުވުމެއް ނެތްކަމަށެވެ.
އަޤައްލިއްޔާ ރައުޔު.
7- މިމައްސަލަ އާއި ގުޅިގެން ދަޢުވާކުރާ މުޙައްމަދު ހާނިމުގެ ފަރާތުންނާއި ދަޢުވާލިބޭ ދައުލަތުގެ
ފަރާތުންނާއި ދަޢުވާގައި މަޞްލަޙަތު އޮވެގެން މައްސަލާގައި ތަދައްޚުލުވެފައިވާ ސިވިލް ސާރވިސް ކޮމިޝަނުގެ
ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށާއި މައްސަލަ އާއި ގުޅިގެން ހުށަހެޅުނު ލިޔެކިޔުން ތަކަށް ރިޢާޔަތް
ކުރުމުގައި މައްސަލަބެލި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަކީ:
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ)ގައި ”ސިޔާސީ ޕާޓީ
އުފައްދާ، ހިންގައި، ޕާޓީތަކުގެ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.
މިފަދައިން ބަޔާން ކޮށްފައި އޮތްހިނދު، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސާރވިސްގެ ޤާނޫނު) ގެ
02
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-DM/12
444 4
ވަޅަނގއވ.
Quc
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
53 ވަނަ މާއްދާގައި ”ދިވެހި ސިވިލް ސާރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް
ޙަރަކާތެއްގައި ބައިވެރިއެއް މިފަދައިން އޮންނަ އޮތުން ޤާނޫނު އަސާސީގެ އިސްވެ އިޝާރާތް
ކުރެވުނު 30 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟުވޭތޯ ނުވަތަ ނުވޭތޯ ބެލުމުގެ ގޮތުން ޤާނޫނު އަސާސީއަށާއި،
ދިވެހި ސިވިލް ސާރވިސްގެ ޤާނޫނަށާއި އެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ ”ދިވެހި ސިވިލް ސާރވިސްގެ
ޤަވާޢިދު" އަށް ނަޒަރުކުރާއިރު،
ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި، ޤާނޫނު އަސާސީގެ 16 ވަނަ
މާއްދާގެ (ހ) ގައި "މި ބާބުގައި ބަޔާން ކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ
އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި
ޤާނޫނު އަސާސީ
ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ
ހު ޤާނޫނު އަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއް
އެޤެއްގެ ނުވަތަ މިނިވަން ކަމެއްގެ އެއްވެސް
މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް
ހިފެހެއްޓިދާނެ ކަމަށް ޤަބޫލު ކުރެވޭ މިންވަރަކަށެވެ. މިފަދައިން ބަޔާން ކޮށްފައިވާ ކަމާއި، ޤާނޫނު އަސާސީގެ
30 ވަނަ މާއްދާގެ (ހ) އަކީ ޤާނޫނު އަސާސީގެ އަސާސީ ޙައްޤު ތަކާއި މިނިވަން ކަމުގެ ބާބުގައި ހިމެނިފައިވާ
މާއްދާއެއް ކަމާއި، އަދި އެ މާއްދާއިން ލިބިދީފައިވާ ޙައްޤަކީ އަސާސީ ޙައްޤަކަށްވާއިރު، އަސާސީ ޙައްޤުތަކުގެ
ބާބުގައި ހިމެނިފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަމަކީވެސް، ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި
މިނިވަންކަމުގެ ބާބުގެ ފެށުމުގައިވާ ޤާނޫނު އަސާސީގެ އިސްވެ އިޝާރާތް ކުރެވުނު 16 ވަނަ މާއްދާގެ (ހ) އާ
ޚިލާފު ނުވާނޭ ގޮތެއްގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިނިވަން، ދީމިޤްރާޠީ
މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލު ކުރެވޭ މިންވަރަކަށް
ހިފަހައްޓައި، ޤައިދުކޮށް ހަނި ކުރެވިދާނެ މިނިވަންކަމަކާއި ޙައްޤު ތަކެއް ކަން އެނގޭ ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-DM/12
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހި ސިވިލް ސާރވިސްއަކީ ދައުލަތުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ
ޚިދުމަތަކަށްވުން ޤާނޫނުން ލާޒިމު ކުރުމާއެކު، އެ ޚިދުމަތް ހިންގަންވާނީ، ސިޔާސީ މަޞްލަޙަތުން
އެކަހެރިވެފައިވާ، ވަކި ފަރާތެއްގެ ނުފޫޒަށް ތަބާނުވާ، އަދި ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް
ނުކުރާ، ޕްރޮފެޝަނަލް މިންގަނޑު ތަކަކުން ޚިދުމަތް ފޯރުކޮށްދޭ، އަދި ދޭދޭ މުވައްޒަފުންގެ ތެރޭގައި ތަފާތު
ކުރުން ނުގެންގުޅޭ މަސައްކަތުގެ މާޙައުލެއް ޤާއިމުކުރެވިފައިވާ އަދި މަސައްކަތުގެ އަޚްލާޤުގެ އެންމެ ރަނގަޅު
މިންގަޑުތައް ދަމަހައްޓާ، އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ދިވެހިރައްޔިތުންނަށް ފުރިހަމައަށް
ޖަވާބުދާރީވާ ޚިދުމަތެއްގެ ގޮތުގައިކަން، ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާއިރު،
ސިވިލް ސާރވިސްގެ މުވައްޒަފެއްގެ ގޮތުގައި ހުންނައިރު، އެމުވައްޒަފަކަށް ސިޔާސީ ޕާޓީ އުފައްދާ، ހިންގާ،
ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން ތަޙްދީދުކޮށް ޤައިދު ކުރުމަކީ ސިވިލް ސާރވިސްގެ ޚިދުމަތް
ފޯރުކޮށްދިނުމާއި އެޚިދުމަތް އުފެއްދުމުގެ މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމާއި،
ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ”ދިވެހި ސިވިލް ސާރވިސްގައި
ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއް މިފަދައިން
އޮވެފައި، އެ ޤާނޫނުގައި ސިޔާސީ ޙަރަކާތް ކަމަށް ބުނެފައިއެވަނީ:
އެއްވެސް ސިޔާސީ ފަރާތަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ހޯދުމުގެ ގޮތުން އެއްވެސް
ޙަރަކާތެއް ހިންގުމާއި އެފަދަ ޙަރަކާތެއްގައި ބައިވެރިވުމާއި،
އެއްވެސް ސިޔާސީ ފަރާތަކާއި ދެކޮޅަށް އެއްވެސް ޙަރަކާތެއް ހިންގުމާއި އެފަދަ ޙަރަކާތެއްގައި
$$ 4 2 4 22
ޅުވާނެއެވެ
ބައިވެރި ވުމާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތީން ބާއްވާ އެއްވެސް
އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ގޮތުންނާއި ތާއީދު ހޯދުމުގެ ގޮތުން ނުވަތަ އެއްވެސް
ކެންޑިޑޭޓަކާއި ދެކޮޅަށް އެއްވެސް މަސައްކަތެއް ކުރުމާއި؛
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-DM/12
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބަކަށް
ކެންޑިޑޭޓެއްގެ ގޮތުން ކުރިމަތިލުމާއި ކެންޑިޑޭޓަކަށް ވުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކުރުންކަން،
ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ 77 ވަނަ މާއްދާއިން އެގެން އޮތުމުގެ އިތުރުން، ”ދިވެހި ސިވިލް
ސާރވިސްގެ ޤަވާޢިދު" ގެ 19 ވަނަ ބައިގެ 5 ވަނަ މާއްދާގައި، ސިވިލް ސާރވިސްގެ މުވައްޒަފުންނަށް
ހުއްދަވެގެންވާ ނުވަތަ މަނާވެގެން ނުވާ ކަންތައްތައް ބަޔާން ކުރެވިފައި އޮތުމުން، ދިވެހި ސިވިލް ސާރވިސްގައި
ހިމެނޭ މުވައްޒަފުންނަށް ސިޔާސީ ހުރިހާ ޙަރަކާތެއް މަނާ ކުރެވިފައި ނުވާކަން އެނގޭކަމާއި، ދިވެހި ސިވިލް
ސާރވިސްގެ ޤާނޫނުގެ 77 ވަނަ މާއްދާގައި ސިޔާސީ ޙަރަކާތް ކަމަށް ބުނެފައިވާ ކަންކަން ފިޔަވައި އެހެން
ހުރިހާ ސިޔާސީ ޙަރަކާތެއްގައިވެސް ބައިވެރި ވެވިދާނެ ކަން އެގޭކަމާއި؛
ދިވެހި ސިވިލް ސާރވިސްގެ ޤާނޫނަކީ، 2008 އޯގަސްޓް 07 ވަނަ ދުވަހު ތަޞްދީޤު ކުރެވި،
މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށްވުރެ ކުރީގައި ތަޞްދީޤުކުރެވި ޢަމަލު
ކުރެވެމުން އަންނަ ޤާނޫނަކަށް ވުމުގެ އިތުރުން، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާ އަސާސީ
ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ އެއިން ޙައްޤެއް ނުވަތަ މިނިވަން ކަމެއް ހިފެހެއްޓުމާއި ހަނިކުރުމުގައި
ޢަމަލު ކުރަން ޖެހޭގޮތާއި، ރިޢާޔަތް ކުރަންޖެހޭ ކަންތައްތައް ދިވެހި ސިވިލް ސާރވިސްގެ ޤާނޫނު
ތަޞްދީޤުކުރެވި ޢަމަލު ކުރަންފެށިއިރު އެނގެން ނެތް ނަމަވެސް، ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންނަށް
ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެ ޙައްޤު ހަނި ކުރެވިފައިވާ ކުރުން، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި
ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭކަމާއި؛
ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ޢިބާރާތުގައި ސިޔާސީ
ޙަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް ބަޔާން ވުމަށްފަހު، އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ސިޔާސީ
ޙަރަކާތަކީ ކޮބައިކަން ބަޔާންވެފައި އޮތުމުން ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި
ބަޔާންވެފައިވާ ”ސިޔާސީ ޙަރަކާތު“ ގެ ތެރެއަށް ވަންނަނީ ކޮންކަންތައް ތަކެއްކަން ސާފު ޢިބާރާތުން އެގެން
އޮންނަކަމާއި، އެހެން ކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން
0 2
އވާ
ދިވެހިރާއް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-DM/12
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ލިބިދީފައިވާ ސިޔާސީ ޕާޓީ އުފައްދާ، ހިންގައި، ޕާޓީތަކުގެ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ އަސާސީ ޙައްޤުން
ސިވިލް ސާރވިސްގެ މުވައްޒަފުން މުޠުލަޤު ގޮތެއްގައި މަޙްރޫމު ކުރެވިފައި ނުވާކަމާއި، ޢާންމުކޮށް ކަމެއް މަނާ
ކުރުމަށްފަހު، ނުވަތަ ޢާންމުކޮށް ކަމެއް ހުއްދަ ކުރުމަށްފަހު އެކަމެއް ޚާއްޞަ ޙާލަތެއްގައި ހުއްދަ ކުރުމާއި މަނާ
ކުރުމަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލު ތަކާއި ޚިލާފު ކަމެއް ނޫންކަން ޝަރުޢީ ނައްޞު ތަކުންނާއި ޤާނޫނީ
މަނާދިރު ތަކުންނާއި މަޞްދަރުތަކުން އެގި ސާބިތުވެއެވެ.
ވީމާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ
އަސާސީ ޙައްޤުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ
މަތީން ޤައިދުކޮށް ހިފެހެއްޓިދާނެ ޙައްޤުތަކެއް ކަމަށްވާތީ އާއި، ދިވެހި ސިވިލް ސާރވިސްގެ ގާނޫނުގެ 53 ވަނަ
މާއްދާ އިން ސިވިލް ސާރވިސްގެ މުވައްޒަފުންނަށް މަނާކުރާ ސިޔާސީ ޙަރަކާތް ތަކަކީ ކޮބައިކަން އެޤާނޫނުގެ
77 ވަނަ މާއްދާގައި ބަޔާންވެފައިވާތީ، ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ތަޢާރުޟުވާ މާއްދާއެއް
ކަމަށް
ނުބެލެވެއެވެ.
އަޣުލަބިއްޔަތުގެ ރައުޔު:
08- މިމައްސަލާގައި ދެފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި،
ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ނަޒަރު ކުރާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ)
ގައި ސިޔާސީ ޕާޓީ އުފައްދާ، ހިންގައި، ޕާޓީ ތަކުގެ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ
ރަޢިއްޔަތަކަށްމެ ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވަނީ އެއްވެސް ޤައިދަކާ ނުލައިކަން ރަނގަޅަށް އެގެން
އޮތްއިރު، މިފަދަ އަސާސީ ޙައްޤުތަކަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތީން
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-DM/12
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤު ތަކެއްކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ
މާއްދާގެ (ހ) ގެ ފެށުމުގައި ކަށަވަރު ކޮށްދީފައިވާކަން.
(ށ) ދެވަނަ ކަމަކީ، ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަންކަމާއި އަސާސީ
ޙައްޤުތަކުގެ ތެރެއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓުން ޤާނޫނީ
ގޮތުން ހުއްދަވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މިނިވަން، ދީމިޤްރާތީ މުޖުތަމައެއްގައި އެފަދަ
ޙައްޤެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލު ކުރެވޭ މިންވަރަށް ކަމާއި، އޭގެތެރެއިން އިސްލާމުދީނުގެ އަޞްލުތައް
ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓިދާނެކަން ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ)
ގައި ބަޔާންކޮށްފައިވާ ހިނދު، އެ މާއްދާގެ (ނ) ގައި އަސާސީ ޙައްޤެއްގެ ނުވަތަ މިނިވަންކަމުގެ އެއްވެސް
މިންވަރެއް ހިފެހެއްޓިފައިވަނީ އިސްވެ އިޝާރާތް ކުރެވުނު ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި
(ށ) ގައިވާ ގޮތުގެ މަތީންތޯ ބަލަންޖެހޭ ހިނދު، އެޙައްޤެއް ނުވަތަ އެ މިނިވަންކަމުގެ ޒާތާ ބާވަތަށާއި އެފަދަ
ޙައްޤެއް ހިފެހެއްޓުމުގެ ބޭނުމާއި މުހިންމު ކަމަށާއި އެޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވާ ގޮތާއި
މިންވަރަށާއި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓި ހިފެހެއްޓުމާއި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ
ހުރި ހުރި ގުޅުމުގެ މައްޗަށާއި އެ ޙައްޤެއް ނުވަތަ މިނިވަން ކަމެއް ހިފަހައްޓާފައިވާ މިންވަރަށްވުރެ
ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދު ޙާޞިލު ކުރެވިދާނެތޯ އާއި އަދި އެފަދަ ޙައްޤެއް
ހިފަހައްޓާފައިވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްލާމު ދީނުގެ އަޞްލު ތަކުގެ
ތެރެއިން އަޞްލެއް ރައްކާތެރި ކުރުމަށް ކަމުގައި ވާނަމަ އެޙައްޤެއް ނުވަތަ މިނިވަންކަމަކީ ކޮންމެހެން
ހިފަހައްޓަންޖެހޭ ކަމެއްތޯ ބަލައި ޝަރީޢަތުގެ ފަރާތުން ފުރިހަމަޔަށް ރިޢާޔަތް ކުރަންވާނެ ކަމަށް ޤާނޫނު
އަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ލާޒިމު ކޮށްފައިވާކަން.
(ނ) ތިންވަނަ ކަމަކީ ދިވެހި ސިވިލް ސާރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 5/2007) ގެ 53
ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ”ދިވެހި ސިވިލް ސާރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ
އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ؟ މިފަދައިން ކަމާއި ސިޔާސީ ޙަރަކާތް މިޤާނޫނުގެ 77 ވަނަ
މާއްދާގައި މާނަކޮށްފައިވަނީ: (ހ) އެއްވެސް ސިޔާސީ ފަރާތަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު
ހޯދުމުގެ ގޮތުން އެއްވެސް ޙަރަކާތެއް ހިންގުމާއި އެފަދަ ޙަރަކާތެއްގައި ބައިވެރިވުމާއި
/0 ހދ
ޤަޑކމއ
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-A/12
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) އެއްވެ.
ސިޔާސީ ފަރާތަކާއި ދެކޮޅަށް އެއްވެސް ޙަރަކާތެއް ހިންގުމާއި އެފަދަ ޙަރަކާތެއްގައި
ބައިވެރި ވުމާއި؛
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތީން ބާއްވާ އެއްވެސް
އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ގޮތުންނާއި ތާއީދު ހޯދުމުގެ ގޮތުން ނުވަތަ އެއްވެސް
ކެންޑިޑޭޓަކާއި ދެކޮޅަށް އެއްވެސް މަސައްކަތެއް ކުރުމާއި،
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބަކަށް
ކެންޑިޑޭޓެއްގެ ގޮތުން ކުރިމަތިލުމާއި ކެންޑިޑޭޓަކަށްވުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކުރުންކަން އެގެން
xބ މހ ބ
އޮންނަކަން.
(ރ) ދިވެހި ސިވިލް ސާރވިސްގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށްވުރެ
ކުރީގައި ފާސްވެ ޢަމަލު ކުރެވެމުން އަންނަ ޤާނޫނެއް ކަމާއި ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާ
އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ އެއިން ޙައްޤެއް ނުވަތަ މިނިވަން ކަމެއް ހިފެހެއްޓުމާއި
ހަނިކުރުމުގައި ޢަމަލު ކުރަން ޖެހޭގޮތާއި، ރިޢާޔަތް ކުރަންޖެހޭ ކަންތައްތައް ދިވެހި ސިވިލް ސާރވިސްގެ ޤާނޫނު
ފާސްވެ ޢަމަލު ކުރަންފެށި އިރު އެގެންނެތް ކަމާއި ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ސިޔާސީ
ޕާޓީ އުފައްދާ ހިންގައި ޕާޓީތަކުގެ ޙަރަކާތް ތަކުގައި ބައިވެރި ވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް
ލިބިދީފައިވާއިރު، ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ”ދިވެހި ސިވިލް ސާރވިސްގައި ހިމެނޭ
އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.] ބުނެފައި އޮތުމަކީ
ދެމާއްދާގައި ބުނާ އެއްޗެއްގެ މާނަ ފުށުއަރާ، ޢިބާރާތުން ދޭހަވާ މާނަ ތަފާތުވާ ކަމެއްކަން ދަޢުވާލިބޭ ދައުލަތުގެ
ފަރާތުންވެސް ޤަބޫލު ކުރާކަމާއި، އަދި ސިވިލް ސާރވިސް ކޮމިޝަނުގެ ފަރާތުންވެސް 53 ވަނަ މާއްދާ ވަކިން
މާނަ ކުރުމުން އެގޮތަށް ދޭހަވާކަމަށް އެއްބަސްވާކަން އެގެން އޮންނަކަން.
(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ
ޕާޓީ އުފައްދާ ހިންގާ ޕާޓީތަކުގެ ޙަރަކާތް ތަކުގައި ބައިވެރި ވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިދީފައިވީ
ނަމަވެސް ޙައްޤުގެ ބާވަތަށާއި ޒާތަށް ބަލައި މި ޙައްޤު ހަނި ކުރެވިދާނެ ކަމާއި، ޤާނޫނު އަސާސީގެ 16
ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މިނިވަން
ދިމިޤްރާތީ މުޖުތަމަޢެއްގައި ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރެއްގައި މި ޙައްޤު ހިފެހެއްޓިދާނެ ނުވަތަ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/12
ހަނި ކުރެވިދާނެ ކަމާއި އިސްވެ އިޝާރާތް ކުރެވިފައިވާ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ކަންތަކަށް
ރިޢާޔަތްކޮށް ބަލާއިރު، ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެ
ޙައްޤު ހަނި ކުރެވިފައިވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑު ތެރޭގައި
ކަމުގައިވީނަމަވެސް ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ޢިބާރާތް އައިސްފައިވާ ގޮތަކީ
ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟުވާ އަދި އެމާއްދާގައި ބުނާ އެއްޗެއް މުޅިން ނަފީކުރާ
ގޮތެއް ކަމާއި ކަނޑައެޅިގެން އެއްވެސް ސިޔާސީ ޙަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް ބަޔާން ކުރުމަށްފަހު
އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ސިޔާސީ ޙަރަކާތް ލިމިޓުކޮށް އެއީ ވަކި ސިޔާސީ ޙަރަކާތްތަކެއް ކަމަށް މާނަ
ކުރުމަކީ ޢުލޫމު ޚުޞޫޞް މުޠުލަޤުގެ ރޫޙާއި ޚިލާފުގޮތެއް ކަމާއި، މުޠުލަޤު ގޮތެއްގައި މުޅިން މަނާ
ކުރުމަށްފަހުގައި ވަކި ކަންތައް ތަކެއް ބަޔާން ކުރުމަކީ އެ މަޤްޞަދާ ދުރަން ދިއުންކަން.
(ފ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 66 ވަނަ މާއްދާގައި ބުނަނީ ”މިޤާނޫނު
އަސާސީއަށް ޢަމަލު ކުރާން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުން އަންނަ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި
ޤަރާރު ތަކާއި އިޢުލާން ތަކުގައި ބަޔާންވެފައިވާ ކަންތައް ތަކުގެ ތެރެއިން މިބާބުގައި ބަޔާން ކޮށްފައިވާ ޙައްޤު
ތަކާއި މިނިވަންކަމާއި ތަޢާރުޟުވާ އެންމެހައި ކަންތައްތައް މި ޤާނޫނު އަސާސީއަށް ޢަމަލު ކުރާން ފެށުމާއެކު
ބާތިލުވީއެވެ.” މިފަދައިން ކަމުން ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ކަނޑައެޅިގެން
ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާއި ތަޢާރުޟުވާ ގޮތަށް އޮތްކަން އެގޭ
ހިނދު، މިމާއްދާގެ ޣައިރު ދުސްތޫރިއްޔަތާމެދު ބަހުސް ކުރާނެ ޖާގައެއް ނެތް ކަމާއި، 53 ވަނަ މާއްދާގެ
ޢިބާރާތް އެގޮތުގައި އޮވެގެން ޤާނޫނު އަސާސީއާއި ތަޢާރުޟުވާ ހިނދު، އެމާއްދާ ވުޖޫދުގައި އޮތުމުގެ ޤާނޫނީ
ހައިސިއްޔަތެއް ނެތްކަމާއި ނަމަވެސް ޙާލަތު ބަދަލުކޮށް އިސްލާޙު ކުރުމަށް ޤާނޫނު އަސާސީގެ 144 ވަނަ
މާއްދާގެ ދަށުން ފުރުޞަތު ދިނުމަކީ ހަމަޖެހި ހިނގަމުން އަންނަ ޤާނޫނީ ނިޒާމުގެ އިސްތިޤުރާރާއި
ރައްކާތެރިކަން ދެމެހެއްޓުމަށް ކޯޓުގެ ފަރާތުން ޢަމަލު ކުރެވިދާނެ ގޮތެއް ކަމަށް މައްސަލަ ބެލި ދިވެހި ރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ޤަބޫލުކުރެވޭކަން.
ހދ 0
3
32
3
ބަޔާންކެރެނީ
ދެންފަހެ، އިސްވެ ނުކުތާތަކަށް ރިޢާޔަތް ކުރާއިރު ދިވެހި ސިވިލް ސާރވިސްގެ
ޤާނޫނުގެ 53 ވަނަ މާއްދާގައި ދިވެހި ސިވިލް ސާރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-DM/12
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޑ
އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ ކަމަށް ބުނެ، މުޠުލަޤު ގޮތެއްގައި ސިޔާސީ ޙަރަކާތް އެ
މާއްދާއިން މުޅިން މަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ)
ގައި ”ސިޔާސީ ޕާޓީ އުފައްދާ ހިންގައި ޕާޓީތަކުގެ ޙަރަކާތް ތަކުގައި ބައިވެރި ވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް
ލިބިގެންވެއެވެ.] މިފަދައިން ބުނެ މި މާއްދާއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުވެސް ނިގުޅައި ގަނެ
އެޙައްޤުން މުޅީން މަޙްރޫމްކުރާ ގޮތެއްގައި ކަން ސާފުކަން ގޮތެއްގައި އެގެން އޮންނަކަމަށްޓަކައި،
ދިވެހިރާއްޖޭގެ ޖުމް
ގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 63 ވަނަ މާއްދާ އަދި 66 ވަނަ މާއްދާއަށް ރިޢާޔަތްކޮށް،
ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއަކީ ބާޠިލު މާއްދާއެއް ކަމަށް ކަނޑައަޅައި ދުސްތޫރީ
މައްސަލަތައް ނިންމުމުގައި ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގައި ސިޔާސީ
ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު އެޤާނޫނުގެ 53 ވަނަ މާއްދާއިން މުޠުލަޤު ގޮތެއްގައި ހަނިކުރެވިފައިވާ
ގޮތް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އުޞޫލާއި
އެއްގޮތަށް އިޞްލާޙް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް މިއަދު (2008 ޑިސެމްބަރު 03 ވަނަ ދުވަހު) ން
ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ މުއްދަތަށް މި ޙުކުމަށް ޢަމަލު ކުރުން ލަސްކުރުމަށް އަމުރުކޮށްފީމެވެ.
2 0 0
ކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme