ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/141 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/14]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
*N
ޙަތު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 141/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުއްސައްތާރު ޢަލީ
ރަޖިސްޓްރީ ނަންބަރ: A152913
ދާއިމީ އެޑްރެސް: ގ.ޝާލިޔާމަންޒިލް/ މާލެ
* މިހާރުގެ އެޑްރެސް: ގ.ޝާލިޔާމަންޒިލް މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުއްލަޠީފް
އައިޑީ ކާޑުނަންބަރު: A063185
އެޑްރެސް: ދަފްތަރު3407/ ކ.މާލެ
* މިހާރުގެ އެޑްރެސް: ގ.ޝާލިޔާމަންޒިލް/ ކ.މާލެ
09
ރަޖިސްޓްރީކުރެވުނު ތާރީޚް: 06 މެއި 2012
، ނިމުނު ތާރީޚް: 11 އޮކްޓޯބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/205
ނިންމެވިކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 2009-09-15
ނިމުނު ތާރީޚް: 2018-01-05
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު.ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުން ޢައްބާސް ޝަރީފު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/j4j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާ ޚުލާޞާ
މިއީ، ސިވިލް ކޯޓު ނަންބަރު 2010/Cv-C/205 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޝާލިޔާމަންޒިލް މާލެ، ޢަބްދުއްސައްތާރު ޢަލީ ގެ
ފަރާތުން ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާ ރައްދުވާ ފަރާތަކީ މ.މ.ފ.ދަފްތަރު ނަންބަރު
(3407/ އައި.ޑީ.ކާޑް ނަންބަރު: A063185) ޢަބްދުއްލަޠީފު އެވެ.
15
ޕީ.
ވެވުނު ނުކުތާތައް:
01 މިއީ، ސިވިލް ކޯޓު ނަންބަރު 2010/Cv-C/205 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޝާލިޔާމަންޒިލް މާލެ، ޢަބްދުއްސައްތާރު ޢަލީ ގެ
ފަރާތުން ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާ ރައްދުވާ ފަރާތަކީ މ.މ.ފ.ދަފްތަރު ނަންބަރު
(3407/ ދ.ރ. ކާޑް ނަންބަރު: A06315} ޢަބްދުއްލަޠީފު އެވެ.
402 އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ނަންބަރު 2010/Cv-C/205 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ
ނަންބަރު 249
/
2002-MC
/
C (29 ޖުލައި 2002) އެއްބަސްވުމުގެ ދަށުން ޝާލިޔާމަންޒިލް އެވެ ކިޔާ
ގޯތީގައި 04 (ހަތަރެއް) ބުރީގެ އިމާރާތެއްކުރުމަށާއި އެ ޢިމާރާތް ކުއްޔަށްދިނުމަށް ޝާލިޔާމަންޒިލް މާލެ،
ޢަބްދުއްސައްތާރު ޢަލީ (ދ.ރ. ކާޑް ނަންބަރު:A152913) އާއި މ.މޚް.ދަފްތަރު ނަންބަރު (3407/ ދ.ރ.
ކާޑް ނަންބަރު:A063185) ޢަބްދުއްލަޠީފާއި ދެމެދު ވެވުނު އެއްބަސްވުމާ ޢަބްދުއްލަޠީފް ޚިލާފުވެފައިވާކަމަށާއި،
އެގޮތުން އެއްބަސްވުމުގައި ނުހިމެނޭ 02 (ދޭއް) ފްލޯރ ޢަބްދުއްލަޠީފު ޢިމާރާތްކޮށްފައިވާކަމަށްބުނެ،
އެއެއްބަސްވުމާއި ޚިލާފަށް ޢަބްދުއްލަޠީފު ޢިމާރާތްކޮށްފައިވާ 02 (ދޭއް) ފްލޯރ ހޯދުމަށާއި އަދި އެ 02 (ދޭއް)
ފްލޯރ އަށް 07 (ހަތެއް) އަހަރުދުވަހުގެ ކުލީގޮތުގައި ކޮންމެ މަހަކު ފްލޯރ އަކަށް -/7,000ރ. (ހަތްހާސް
ރުފިޔާ) ގެ މަގުން 02 (ދޭއް) ފްލޯރއަށް ހިސާބުކުރުމުން ޖެހޭ ޖުމްލަ -/1,176,000ރ. (އެއްމިލިއަން
އެއްލައްކަ ހަތްދިހަ ހަހާސް ރުފިޔާ) ހޯދުމަށް އެދި ޢަބްދުއްލަޠީފުގެ މައްޗަށް ޢަބްދުއްސައްތާރު ޢަލީ
ދަޢުވާކޮށްފައިވާ މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިބްއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2012/HC-A/j4j
.
ދިވެހިރާއްޖޭގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،".... ޝާދިޔާމަންޒިލް އެވެ ކިޔާ ގޯތި
ޢިމާރާތްކޮށް ކުއްޔަށްދިނުމަށްޓަކައި ޢަބްދުއްސައްތާރު ޢަލީ އާއި ޢަބްދުއްލަޠީފްއާއި ދެމެދު
ނަންބަރު 249
/
2002-MC
/
C (29 ޖުލައި 2002) އެއްބަސްވުން ވެފައިވާކަން ދެފަރާތުގެ ބަހުންނާއި
މަދަނީކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެއެއްބަސްވުމުން އެނގެން އޮތްކަމާއި، އެއެއްބަސްވުމުގެ 02 ވަނަ
މާއްދާގެ ދަށުން އެއެގްރީމެންޓް ކޯޓުގައި ރަޖިސްޓްރީ ކުރެވުނު ދުވަހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ
ތެރޭގައި ޢިމާރާތުން 1 (އެކެއް) ބުރި ހަދާނިމުމަށްފަހު ގޭގެ ވެރިފަރާތާއި ޙަވާލުކުރަންވާނެކަމަށާއި، އެއީ
އެންމެ ތިރީބުރިއާއި ޖެހުނު ބުރިކަމަށާއި، އަނެއް 03 (ތިނެއް) ބުރި -/1,500ރ. (އެއްހާސް ފަސްސަތޭކަ
ރުފިޔާ) އަށް 09 (ނުވައެއް) އަހަރާއި 11 (އެގާރަ) މަސްދުވަހުގެ މުއްދަތަށް ޢިމާރާތްކުރިފަރާތް
ޢަބްދުއްލަޠީފްއަށް ކުއްޔަށް
ދެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، މީގެ އިތުރުން 06 ފެބްރުއަރީ 2003 ގައި
އެޢިމާރާތުގެ 04 ވަނަ ބުރިން މައްޗަށް ބައެއް ހެދުމަށާއި، އެބައި ނަންބަރު: 249
/
2002-MC
/
C
(29 ޖުލައި 2002) އެއްބަސްވުމުގެ 02 ވަނަ މާއްދާގައިވާ މުއްދަތު ހަމަވުމަށްފަހު، އިތުރު 06 (ހައެއް)
އަހަރު ދުވަހުގެ މުއްދަތަށް ޢަބްދުއްލަޠީފްއަށް -/1,500ރ. (އެއްހާސް ފަސްސަތޭކަ ރުފިޔާ) ގެ ރޭޓުން
ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާކަމާމެދު ޢަބްދުއްސައްތާރު ޢަލީ އިންކާރުކުރި ނަމަވެސް، 06 ފެބްރުއަރީ
2003 ވަނަ ދުވަހު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ އެފަދައިން ވެފައިވާ އެއްބަސްވުމެއްކަމަށް،
އެއެއްބަސްވުމުގައި ހެކިވެރިއެއްގެ ޙައިޘިއްޔަތުން ސޮއިކޮށްފައިވާ ދަފްތަރު، މ.މ.ފ.ދ 1912މާލެ،
ޢަބްދުއްސައްތާރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:A024116) ޝަރީޢަތަށް ހެކިބަސް
ދީފައިވާތީއާއި، އަދި މިލިޔުމުގެ މައްޗަށް ޝަރީޢަތުން އިތުރަށް ބުރަވެވުމަށްޓަކައި 06 ފެބްރުއަރީ 2003 ވަނަ
ދުވަހު ޢަބްދުއްސައްތާރު ޢަލީއާއި ޢަބްދުއްލަޠީފްއާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ އެދެފަރާތުގެ ދެމެދުގައި
ވެފައިވާ ޞައްޙަ އެއްބަސްވުމެއްކަމަށް ޝަރުޢީ ހަމަތަކުގެ މަތިން ޢަބްދުއްލަޠީފް ބުނެ ހުވައިކޮށްފައިވުމުން،
06 ފެބްރުއަރީ 2003 ވަނަ ދުވަހުގެ އެއްބަސްވުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްކަމާއި
އަދި އެއެއްބަސްވުމުގެ ދަށުން ގ. ޝާދިޔާމަންޒިލް އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 04 ވަނަ ބުރިން
މައްޗަށް ހަދާފައިވާ ބަޔާމެދު ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވާކަމާއި،
މިމައްސަލާގައި ޢަބްދުއްސައްތާރު ޢަލީ ދަޢުވާކޮށްފައިވަނީ ޢަބްދުއްލަޠީފް
249
/
2002-MC
/
C (29 ޖުލައި 2002) އެއްބަސްވުމާއި ޚިވާފަށް އިތުރު 02 (ދޭއް)
710
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
2012/HC-A/j4j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04:04
44 4597
.ރު
ޢިމާރާތްކޮށްފައިވާކަމަށް ބުނިކަމުގައިވީނަމަވެސް، ގ. ޝާނިޔާމަންޒިލްގައި ޢިމާރާތްކޮށްފައިވަނީ ކިތައް ކުރިއަށްތޯ
ބެލުމަށް ޝަރުޢީ އަގުކޮމިޓީއާއި ޙަވާލުކުރެވި، އެކޮމިޓީއިން އެކުލަވާލާފައިވާ ޝަރުޢީ އަގުކޮމިޓީގެ ރިޕޯޓުގައި
(10 ޖުލައި 2001) ބުނެފައިވަނީ، އެތަނުގައި ޢިމާރާތްކޮށްފައިވަނީ 05 (ފަހެއް) ބުރިއަށްކަމަށާއި، އަދި 05
(ފަހެއް) ވަނަ ބުރީގައި ދެބައެއް ހިމެނޭކަމަށާއި، އެގޮތުން ދިރިއުޅޭ ބަޔަކީ 04 (ހަތަރެއް) ވަނަ ބުރިން ލަކުޑި
އެދޭބައެއްކަމަށާއި، އަދި 05 ވަނަ ބުރީގައި ހަދާފައިވާ އޮފީސް ބަޔަކީ ޢިމާރާތުގެ މައި
އެރޭ ބައެއްކަމުގައި ވުމުން،
ދެފަރާތުގެ ދެމެދުގައި ވެފައިވާ
ނަންބަރު 249
/
2002-MC
/
C (29 ޖުލައި 2002) އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވަނީ
ޝާލިޔާމަންޒިލް އެވެ ކިޔާ ގޯތީގައި 04 (ހަތަރެއް) ބުރީގެ ޢިމާރާތެއް ހެދުންކަމާއި އަދި 06 ފެބްރުއަރީ
2003 ވަނަ ދުވަހު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 04 (ހަތަރެއް) ވަނަ ބުރިން
މަތީގައި ބައެއް ހެދުމަށް އެއްބަސްވެފައިވުމުން، ޢަބްދުއްސައްތާރު ޢަލީ ދަޢުވާ ބިނާކޮށްފައިވާ ގޮތަށް
ގ.ޝާދިޔާމަންޒިލްގައި އެއްބަސްވުމާއި ޚިލާފަށް 02 (ދޭއް) ބުރި ހަދާފައިވާކަމަށް ސާބިތުނުވާކަމާއި،
ޝާދިޔާމަންޒިލް އެވެ ކިޔާ ގޯތީގައި ހަދާފައިވާ 04 (ހަތަރެއް) ބުރީގެ އިމާރާތުގެ ކުލި
ހިނގާނެގޮތާއި، އަދި 04 (ހަތަރެއް) ވަނަ ބުރިން މަތީގައި ހެދިފައިވާ ތަނުގެ ކުލި ހިނގާނެގޮތާއިމެދު
ދެފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވެފައިވާހިނދު، އެއްބަސްވެފައިވާ ގޮތް ނޫންގޮތަކަށް އެތަނުން ކުލި
ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓު ނަންބަރު 2010/Cv-C/205
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ޝާލިޔާމަންޒިލް(މާލެ، ޢަބްދުއްސައްތާރު ޢަލީ ގެ ފަރާތުން އެމައްސަލަ
އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/205 ޤަޟިއްޔާގައި
ކޮށްފައިވާ ދަޢުވާއަކީ އަޅުގަނޑު ހުށަހެޅި ދަޢުވާއަކަށް ވީހިނދު، އަޅުގަނޑު ހުށަހެޅި ދަޢުވާ ސާބިތުކުރުމަށް
އަޅުގަނޑަށް ހެކި ހުށަހެޅުމުގެ ފުރުޞަތާއި ހުވައި ކުރުމަށް ފުރުޞަތެއް ނުދެއްވައި، މައްސަލާގެ ދަޢުވާ
ރައްދުވާ ފަރާތްކަމުގައިވާ ޢަބްދުއްލަތީފަށް ހުވައި ދެއްވާ މައްސަލަ ނިންމެވުން ކަމަށްބުނެ ހުށަހެޅި
ccc
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/14]
205/Cv-C/2010
* ދެވަނަ ނުކުތާއަކީ: ކޮންމެ މައްސަލައަކީވެސް އެމައްސަލައަކާއި ގުޅިގެން ބައްލަވަންޖެހޭ
އެންމެހައި ކަންކަމުގެ މައްޗަށް ބައްލަވަންޖެހޭ މައްސަލައަކަށް ވީހިނދު، މިމައްސަލައާއި ގުޅިގެން ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިންބައްލަވަންޖެހޭ އެންމެހައި ކަންކަމުގެ މައްޗަށް ބައްލަވާފައި ނުވުން ކަމަށްބުނެ ހުށަހެޅި
ނުކުތާ އެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފު މިކުރެވޭ ސިވިލްކޯޓުގެ
ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ގ.ޝާލިޔާމަންޒިލް(މާލެ، ޢަބްދުއްސައްތާރު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާ
ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/205 ޤަޟިއްޔާގައި ބެލިފައިވާ މައްސަލައަކީ
ގ.ޝަލިޔާމަންޒިލް(ޢަބްދު
ބްދުއްސައްތާރު ޢަލީ ގެ ފަރާތުން މ.މ.ދ.ދަފްތަރު ނަންބަރު 3407(އައި.ޑީ.ކާޑް
ނަންބަރު A063185} ޢަބްދުއްލަޠީފުގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްގެ މައްސަލަކަމާއި، ޢަބްދުއްސައްތާރު
ޢަލީގެ ފަރާތުން އެޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ، މިދެމީހުންގެ ދެމެދުގައި ކުރެވިފައިވާ އަދި މަދަނީ
ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 249
/
2002-MC
/
C (29 ޖުލައި 2002) އެއްބަސްވުމުގެ
ދަށުން ގ.ޝާލިޔާމަންޒިލް އެވެ ކިޔާ ގޯތީގައި 04 (ހަތަރެއް) ބުރީގެ ޢިމާރާތެއްކުރުމަށާއި އެ ޢިމާރާތް
ކުއްޔަށްދިނުމަށް ގ.ޝާލިޔާމަންޒިލް(މާލެ، ޢަބްދުއްސައްތާރު ޢަލީއާއި މ.މޚި.ދަފްތަރު ނަންބަރު
(3407/އައި.ޑީ.ކާޑް ނަންބަރު: A063185) ޢަބްދުއްލަޠީފާއި ދެމެދު ވެވުނު އެއްބަސްވުމާ ޢަބްދުއްލަޠީފް
ވެފައިވާކަމަށާއި،
އެގޮތުން އެއްބަސްވުމުގައި ނުހިމެނޭ 02 (ދޭއް) ފްލޯރ ޢަބްދުއްލަޠީފް
ޢިމާރާތްކޮށްފައިވާކަމަށްބުނެ، އެއެއްބަސްވުމާއި ޚިލާފަށް ޢަބްދުއްލަޠީފް ޢިމާރާތްކޮށްފައިވާ 02 (ދޭއް) ފްލޯރ
ހޯދުމަށާއި އަދި އެ 02 (ދޭއް) ފްލޯރއަށް 07 (ހަތެއް) އަހަރުދުވަހުގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު ފްލޯރ
އަކަށް -/7,000 ރ. (ހަތްހާސް ރުފިޔާ) ގެ މަގުން 02 (ދޭއް) ފްލޯރއަށް ހިސާބުކުރުމުން ޖެހޭ ޖުމްލަ
-/1,176,000ރ. (އެއްމިލިއަން އެއްލައްކަ ހަތްދިހަ ހަހާސް ރުފިޔާ) ހޯދުމަށް އެދި ޢަބްދުއްލަތީފްގެ މައްޗަށް
ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒު ހިއ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 331471)
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/14]
CC OX
(ށ) އިސްވެ ބަޔާންކުރެވުނު ދަޢުވާއަށް އެދަޢުވާ ރައްދުވާ ފަރާތްކަމުގައިވާ ޢަބްދުއްލަޠީފް
އިންކާރުކޮށް މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 249
/
2002-MC
/
C (29 ޖުލައި 2002)
އެއްބަސްވުމާ ޚިލާފަށް އެޢިމާރާތުގައި ދެ ފްލޯ ހަދާފައިނުވާނެކަމަށާއި، އެއްބަސްވުމުގައި ބުނާ މިންވަރަށްވުރެ
މައްޗަށް ހަދާފައިވާ ބަޔަކީ ޢަބްދުއްސައްތާރު ޢަލީ އާއެކު ވެވިފައިވާ ވަކި އެއްބަސްވުމެއްގެ ދަށުން ހަދާފައިވާ
ބައެއްކަމަށްބުނެ އެ އެއްބަސްވުން ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/205 ޤަޟިއްޔާގެ ޝަރީޢަތަށް
ހުށަހަޅާފައިވާކަމާއި، އަދި ޢަބްދުއްސައްތާރު ޢަލީ ގެ ދަޢުވާގައި ބުނެފައިވާ ގޮތަށް މަދަނީ ކޯޓުގައި ރަޖިސްޓްރީ
ކުރެވިފައިވާ ނަންބަރު 249
/
2002-MC
/
C (29 ޖުލައި 2002) އެއްބަސްވުމާ ޚިލާފަށް އެ ޢިމާރާތުގައި
އިތުރު ދެ ފްލޯ ހަދާފައިވޭތޯ ބެލުމަށާއި، ޢަބްދުއްލަޠީފް ހުށަހަޅާފައިވާ ދެވަނަ އެއްބަސްވުމާ އެއްގޮތަށް އެއްވެސް
ތަނެއް އެޢިމާރާތުގައި ހަދާފައިވޭތޯ ބެލުމަށް އެކޯޓުގެ ފަރާތުން ޝަރުޢީ އަގުކޮމެޓީ ފޮނުވައިގެން އެތަން
ބެލުމަށްފަހު ޝަރީޢަތަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/205 ޤަޟިއްޔާ އިސްތިއުނާފުކުރަމުން
ޢަބްދުއްސައްތާރު ޢަލީ ފާހަގަކޮށްފައިވާ އެއްކަމަކީ އޭނާ އެކޯޓަށް ހުށަހެޅި ދަޢުވާއާއި ގުޅިގެން ހެކި ހުށަހެޅުމުގެ
ފުރުޞަތު އޭނާއަށް އެކޯޓުން ދީފައިނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެއްކަމާއި، މިކަމާއި ގުޅިގެން
މިމައްސަލަ ބެލުމުގެ ތެރެއިން ހައިކޯޓުން ބެލިބެލުމުން ސިވިލްކޯޓުގައި ދަޢުވާކުރުމަށްއެދި
ޝާލިޔާމަންޒިލް މާލެ، ޢަބްދުއްސައްތާރު ޢަލީގެ ފަރާތުން އެކޯޓަށް ހުށަހަޅާފައިވާ "ދަޢުވާ ފޯމް" ގައި
ހެކީންގެ ގޮތުގައި ޙާޟިރުކުރަންއެދޭ މީހުންގެ ނަމާއި އެމީސްމީހުންގެ އެޑްރެސް ލިޔުމަށް ޚާއްޞަކުރެވިފައިވާ
ބައިގައި ލިޔެފައިވަނީ، "ހެކީން ހާޟިރު ކުރަންޖެހިއްޖެނަމަ ހެކިންގެ ނަންތައް ޝަރީޢަތުގެ މަޖްލީހުގައި
ދަންނަވާނަމެވެ." މިފަދައިންކަން އެނގެން އޮންނަކަމާއި، އަދި ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/205
ޤަޟިއްޔާއާއި ގުޅިގެން ޢަބްދުއްސައްތާރު ޢަލީ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުގައިވެސް އޭނާގެ
އެއްވެސް ހެއްކެއް ހުށަހަޅާފައިވާކަން ނުވަތަ ހެކި ހުށަހެ ބޭނުންކަމަށްބުނެ ފުރުޞަތަކަށް
އެދިފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވޭކަމާއި،
ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/205 ޤަޟިއްޔާގައި ޢަބްދުއްސައްތާރު ޢަލީ ކުޅަ
ދަޢުވާއަށް އެދަޢުވާ ރައްދުވާ ޢަބްދުއްލަޠީފު ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށް ޢަބްދުއްސައްތާރު ޢަލީގެ
ދަޢުވާގައި ބުނެފައިވާ ގޮތުގެ މަތީން މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 249
/
2002-ISCއްޖޭގެ
894/
ފަރާތުން އެއް
ه
ހުށަހެޅުމަށް
ފައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2012/HC-A/14]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
6
0
2
0
2 ހއ
އެއބަސް2ށ
(29 ޖުލައި 2002) އެއްބަސްވުމާ ޚިލާފަށް އެޢިމާރާތުގައި ދެ ފްލޯ ހަދާފައިނުވާނެކަމަށް ބުނެފައިވާކަން
15 އޮކްޓޯބަރ 2009 ގެ ތާރީޚް ލިޔެފައިވާ ޢަބްދުއްލަޠީފުގެ ބަޔާނުން ސާފުކޮށް އެނގެން އޮންނަކަމާއި،
އަދި ހަމައެއާއެކު ޢަބްދުއްލަޠީފުގެ ފަރާތުން އެއިމާރާތުގައި އިތުރަށް (މަދަނީ ކޯޓުގައި
ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 249
/
2002-MC
/
C [29 ޖުލައި 2002] އެއްބަސްވުމުގައި
ނުހިމެނޭގޮތުން) ހަދާފައިވާބަޔަކީ ޢަބްދުއްސައްތާރު ޢަލީއާއެކު ވެވިފައިވާ ވަކި އެއްބަސްވުމެއްގެ ދަށުން
ހަދާފައިވާ ބައެއްކަމަށްބުނެ އެކަން ސާބިތު ކޮށްދިނުމަށްޓަކައި އެ އެއްބަސްވުން އެޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅުމުން އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެކަމަށް ޢަބްދުއްސައްތާރު ޢަލީ ބުނެ އެ
އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އެހެންކަމުން
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު، ދަޢުވާކުރާ ފަރާތުގެ ދަޢުވާއަށް
އެދަޢުވާ ރައްދުވާ ފަރާތުން އިންކާރު ކުރުމުން، ދަޢުވާކުރާ ފަރާތުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހެކި
ހުށަހެޅުމަކީ ދަޢުވާކުރާފަރާތުން ކުރަންޖެހޭކަމެއްކަމާއި، ޢަބްދުއްސައްތާރު ޢަލީގެ ފަރާތުން ކުޅި ދަޢުވާއަކީ
މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 249
/
2002-MC
/
C (29 ޖުލައި 2002) އެއްބަސްވުމާ
ޚިލާފަށް ޢަބްދުއްލަޠީފު އެޢިމާރާތުގައި ދެ ފްލޯ އިތުރަށް ހަދާފައިވާކަމަށްބުނެ އެ ދެ ފްލޯރިއާއި އެ ދެ ފްލޯރގެ
ކުލި ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮތްއިރު، އެދަޢުވާއަށް ޢަބްދުއްލަޠީފު އިންކާރު ކުރުމުން
ޢަބްދުއްސައްތާރު ޢަލީގެ ފަރާތުން ކުޅި ދަޢުވާ ސާބިތު ކޮށްދިނުމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ހުށަހަޅަންޖެހޭ ހެކި ހުށަހަޅާފައިވާކަން ނުވަތަ ހެކި ހުށަހެޅުމަށް ފުރުޞަތަކަށް އެދިފައިވާކަންވެސް އެނގެން
4
2 ހއ
ނެތްކަމާއި،
ކުރުމާއެކު
ދިފާޢީ ދަޢުވާއެއް
ނަމަވެސް އެދަޢުވާ ރައްދުވި ފަރާތުން ދަޢުވާއަށް އިންކާރު
ކޮށްފައިވާކަމާއި، އެދަޢުވާއަކީ މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 249
/
2002-MC
/
C
(29 ޖުލައި 2002) އެއްބަސްވުމުގައި ނުހިމެނޭގޮތުން އެޢިމާރާތުގައި ބައެއް ހަދާފައިވާކަމަށާއި، ނަމަވެސް
އެބައި ހަދާފައިވަނީ ޢަބްދުއްސައްތާރު ޢަލީއާއި އެކު ވެވިފައިވާ ވަކި އެއްބަސްވުމެއްގެ ދަށުންކަމަށްބުނެފައިވާ
ބުނުންކަމާއި، އެހެންކަމުން ޢަބްދުއްލަޠީފުގެ އެ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ ޢަބްދުއްލަޠީފު ކުރަންޖެހޭ
ކަމެއްކަމާއި، މިގޮތުން ޢަބްދުއްލަޠީފު ހުށަހެޅި ދެވަނަ އެއްބަސްވުމުގައި ޢަބްދުއްސައްތާރު ޢަލީއާއި
ޢަބްދުއްލަޠީފުގެ އިތުރުން ސޮއިކޮށްފައިވަނީ އެއް ހެކި ކަމުގައިވާތީއާއި، އަދި އެހެއްކަކީ މިދެފަރާތުގެ ދެމެދުގައިއްޖޭގެ ނައިޖީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2012/HC-A/j4j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސޮއިކުރެވި މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 249
/
2002-MC
/
C (29 ޖުލައި 2002)
އެއްބަސްވުމުގައިވެސް ސޮއިކޮށްފައިވާ ހެއްކެއް ކަމުގައިވާތީ، އެ ހެކި މީހާ (ޢަބްދުއްސައްތާރު މ.މ.ފ.ދަފްތަރު
ނަންބަރު 1912އައި.ޑީ.ކާޑް ނަންބަރު A024116) އެޤަޟިއްޔާގެ ޝަރީޢަތަށް ހާޟިރުކޮށް ސުވާލު
ކުރެވިފައިވާކަމާއި، މިގޮތުން ޢަބްދުއްލަޠީފު ހުށަހަޅާފައިވާ ދެވަނަ އެއްބަސްވުމަކީ ޢަބްދުއްސައްތާރު ޢަލީއާއެކު
ވެވިފައިވާ އެއްބަސްވުމެއްކަމަށް އޭނާ ހެކިބަސް ދީފައިވާކަމާއި، މިގޮތުން ޢަބްދުއްލަޠީފު ކުޅަ ދިފާޢީ ދަޢުވާ
ސާބިތުކުރުމަށް އެޤަޟިއްޔާގައި އެއްހެކި ލިބިފައިވާކަން ފާހަގަކުރެވެއެވެ.
(ރ) "لهللا ސަޖީ للޝޫޝިޖީ” (އަލްބައްނަތު ޢަލަލް މުއްދަޢީ) ބައްޔިނާ (ދަލީލު) ހުށަހެޅުންވަނީ
ދަޢުވާކުރާ ފަރާތަށެވެ. މި މައްދައަކީ އިސްލާމީ ފިޤްހުގައި އިސްތިޤްރާރު ވެގެންވާ މައްދައެއްކަމާއި، މިކަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ
ދިހަވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާކަމާއި، މިގޮތުން އިސްލާމީ ފިޤްހުގައި للﷲ& "އަލްބައްޔިނާ" އަކީ ޙައްޤު
ބަޔާންކޮށް ކަޝްފު ކޮށްދޭ އިސްލާމީ ޝަރީޢަތް ޤަބޫލުކުރާ ކޮންމެ ވަސީލަތެއްކަމާއި، މިގޮތުން ކިތާބީ
ދަލީލުތަކާއި، ހެކީންގެ ހެކިބަހާއި، ފާޅުކަންބޮޑު ޤަރީނާ ފަދަ، ކަމެއް ސާބިތުކުރުމުގައި ހުއްދަކުރެވިފައިވާ
ވަސީލަތްތަކަކީ لليޖާ "އަލްބައްޔިނާ" ގެ ޢާންމު މަފްހޫމުގެ ތެރޭގައި ހިމެނޭ ދަލީލުތައްކަމަށާއި، ހެކިބަހުން
ސާބިތުކުރުމަށް ބޭނުންވާ ޙައްޤުގެ ބާވަތަށް ބަލައި، ހެކިބަހުގެ ނިޞާބު އިސްލާމީ ފިޤްހުގައި ތަފާތުވާކަމާއި،
ދޭދޭ ފަރުދުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގައި ހެކީންގެ ހެކިބަހުން ސާބިތުކުރުމުގެ ނިޞާބަކީ
ދެފިރިހެނުންގެ ނުވަތަ ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސްކަމާއި، އެފަދަ މުޢާމަލާތްތައް ސާބިތުކުރުމުގައި
އެއް ފިރިހެނެއްގެ ހެކިބަސް ނޫން އެހެން ދަލީލެއް ހުށަހެޅުމަށް ދަޢުވާކުރާ ފަރާތުން ނުކުޅެދިގެންވާ ޙާލު އަދި
ޚަޞްމު އޭނަގެ ދަޢުވާއަށް އިންކާރުކުރާ ޙާލު އިސްލާމީ ފިޤްހުގެ ޖުމްހޫރުންގެ އަރިހުގައި ބުނެވިދިޔަ އެއް
ފިރިހެނާގެ ހެކިބަހަކީ للل ޢަޑު هللا للهلا (އަލްޔަމީން މަޢައް ޝާހިދުލްވާޢިދު) އަސާސްގެ ދަށުން
ދަޢުވާކުރާފަރާތުގެ ހުވަޔާއެކު ފުރިހަމަކުރެވިދާނެ ދަލީލެއްކަމާއި، މިއަސާސްގެ މައްޗަށް ޤިޔާސްކުރާހިނދު، އުނި
ދަލީލެއް ފުރިހަމަކުރުވަނިވި ހުވާ ނުވަތަ "އަލްޔަމީނުލް މުތައްމިމާ" (suppletory oath) އަކީ ޤާނޫނީ
ތަފާތު ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ސާބިތުކުރުމުގެ ވަސީލަތެއްކަމާއި، މިގޮތުން ދަޢުވާއެއްގައި ޚަޞްމަކު
ހުށަހަޅާ ދަލީލަކީ ދަޢުވާ ސާބިތުކުރުމަށް ކާފީ ދަލީލެއް ނޫންކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ ދަލީލު ހުށަހެޅި
44
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/14]
ޚަޞްމުގެ ހުވަޔާއި އެއްކޮށް އެ ދަލީލު ފުރިހަމަކުރުމުގެ އިޚްތިޔާރު އެކޯޓަކަށް ލިބިގެންވާމަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކުގެ މައްޗަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/205 ޤަޟިއްޔާގައި
ދަޢުވާކުރި ފަރާތުން އޭނާގެ ދަޢުވާ ސާބިތުކުރުމަށްޓަކައި އެކޯޓުގައި ހެކި ހުށަހަޅާފައިވާކަން، ނުވަތަ ހެކި
ށަހެޅުމަށް އެދި ފުރުޞަތަކަށް އެދިފައިވާކަން އެނގެން ނެތްކަމާއި، ދަޢުވާ ރައްދުވާ ފަރާތުން އެދަޢުވާއަށް
އިންކާރުކޮށް އޭނާގެ ދިފާޢު ސާބިތު ކޮށްދިނުމަށްޓަކައި ޑޮކިޔުމެންޓްރީ ހެކި ހުށަހެޅުމުން އެކަމާއި ގުޅިގެން
ޝަރުޢީ ހަމަތަކުގެ މަތީން ބައްލަވަންޖެހޭ އެންމެހައި ބެއްލެވުންތައް ބެއްލެވުމުގެ ގޮތުން ދަޢުވާ ރައްދުވާ
ފަރާތުން ހުށަހެޅި ލިޔުމުގައިވާ ހެކީގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތް ހާޟިރުކޮށް ހެކިބަސް ނެގުމުން،
އެކަމުން ނުކުތް ނަތީޖާގެ މައްޗަށް ބިނާކޮށް ޝަރުޢީ ހަމަތަކުގެ މަތީން ހުވާ ދިނުން ލާޒިމްވާ ފަރާތަށް ހުވާދީ
މައްސަލަ ނިންމާފައިވާ ނިންމެވުމަކީ ޝަރުޢީ ހަމަތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބެލެވޭނެ
އެއްވެސް ސަބަބެއް ނެތްކަމަށްޓަކައި، ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/205 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ޢަބްދުއްސައްތާރު ޢަލީ ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގެ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިމައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
• ޙުކުމް:
އިޤްތުގެ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް
މަތީން ހުރުމާއެކު ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/205 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގ.ޝާލިޔާމަންޒިލް!މާލެ، ޢަބްދުއްސައްތާރު ޢަލީ ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2012/HC-A/j4j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޤަޟިއްޔާގެ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިމައްސަލަބެލި ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv