ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/87 ޤަޟިއްޔާގެ ޙުކުމް
i
2{)HC-A87
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 87/HC-A/2010
އިސްތިއުނާފު ކުރިފަރާތް:
* ނަން: އާދަމް ޙަސަން
އޑީ ކާޑު ނަންބަރ: A25125
ދާއިމީ އެޑްރެސް: ޖަންބުގެ { ނ. ވެލިދޫ
* މިހާރުގެ އެޑްރެސް: މއ.ކާމިނީގެ ހުޅަނގުބައި
#
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ.
* ދާއިމީ އެޑްރެސް
މިހާރުގެ އެޑްރެސް:
8
(
*
• ރަޖިސްޓްރީކުރެވުނު ތާރީޚް: 04 ޖުމާދަލްއޫލާ 1431
19 އޭޕްރީލް 2010
ނިމުނު ތާރީޚް: 08 ރަޖަބު 1431
20 ޖޫން
2010
ތ 13 ފ
ތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/1069
* ނިންމެވިކޯޓް: މަދަނީކޯޓް
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، ވިޔަފާރިކުރުމަށްޓަކައި އަތުގައި
5 0
43 444
ހުށަހެޅުނުތާރީޚް: 30-04-2009
ނިމުނު ތާރީޚް: 11-02-2010
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.fmv
"3
2010/HC-AA
!?
06 - ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 36
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއި
މެދު ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ނ.ވެލިދޫ ޖަންބުގެ، އާދަމް ޙަސަންގެ
ފަރާތުން ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
ch
ފާހަގަކުރެވުނު ނުކުތާތައް:
މިއީ، ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާމެދު ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ނ.ވެލިދޫ ޖަންބުގެ، އާދަމް ޙަސަންގެ
ފަރާތުން ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
ވީ ހޑ 33
6
Xc>
"4
02- ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069 ޤަޟިއްޔާގައި ނ.ވެލިދޫ ޖަންބުގޭ އާދަމް
ޙަސަންގެ މައްޗަށް ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ދައުވާއަކީ، 10 ފެބްރުއަރީ 2009
ދުވަހުގެ 15:25 އެހައިކަންހާއިރު، ނ.ވެލިދޫ ޖަންބުގޭގައި އާދަމް ޙަސަން ދިރިއުޅޭކޮޓަރީގައި މަސްތުވާތަކެތި
ގެންގުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން އެގެއަށް ގޮސް ބެލިއިރު، އާދަމް ޙަސަން )
އެވަގުތު ގޭގައި ނެތުމުން އާދަމް ޙަސަނުގެ އެއްބަނޑު އެއްބަފާ ބޭބެގެ ހާޒިރުގައި، މި އާދަމް ޙަސަން ދިރިއުޅޭ
ކޮޓަރި ބަލާފާސްކުރިއިރު، އެކޮޓަރި ތެރޭގައި ހުރި ޑްރެސިންގ ޓޭބަލެއްގެ ތިރީ ވަތްގަޑެއްގެ ތެރެއިން ފެނުނު
ރިހިކުލައިގެ މައްޗެއް ޖަހާގައިވާ ދަޅެއްގެ ތެރޭގައި އޮތް 80 ސެލޯފިން ކޮޅުގައި 5.2075 ގްރާމް ކެނަބިސް
ހުރިކަމަށާއި، އެކޮޓަރިތެރޭގައި އޮތް ކޮމަންލައިޓް ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި އޮތް ފިލްމް ހުސްކުރި
ދަޅެއްގައި 8.0689 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާފައިވާކަމަށާއި، މި އާދަމް
ޙަސަން ގެ ކުޑަކަމުދާ ތަކެތި ނަގާ ތަޙްލީލު ކުރިއިރު، އެތަކެތި ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށްބުނެ،
ޤާނޫނު ނަންބަރ:1777 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން އާދަމް
ޙަސަންގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: Www.highcourt.gov.mv
4
2010/HC-A{87
.
3
ދަޢުވާއާއި، އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، އާދަމް ޙަސަންގެ މައްޗަށް
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން
ނުން ކުރުމުގެ ކުށުގެ ދަޢުވާކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ނ.ވެލިދޫ
ޖަންބުގެ، އާދަމް ޙަސަން ގެ މައްޗަށް ކުޅެ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި
ހެއްޓުމުގެ ކުށުގެ ދަޢުވާއާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން
ބެލިބެލުމުން، އެދެކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، މީގެ ތެރެއިން މަނާކުރެވިފައިވާ
މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށަށް، މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނުގެ
04 ވަނަ މާއްދާގެ (ރ) ގެ ދަށުން އާދަމް ޙަސަން ޢުމުރަށް ޖަލަށްލުމަށާއި، އަދި މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނުގެ 02 ވަނަ
މާއްދާގެ (ހ) ގެ ދަށުން 05 އަހަރު ދުވަހުގެ މުއްދަތަށް ޖަލަލަށް ލުމަށް ޙުކުމް ކުރައްވާފައިކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069
ޤަޟިއްޔާ ގައި ޙުކުމް ކުރައްވާ ނިންމެވުމުން، އެ ޙުކުމާ މެދު ހިތްހަމަ ނުޖެހިގެން ނ.ވެލިދޫ ޖަންބުގެ،
ޙަސަންގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަންނަނިވި ނުކުތާތައް ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އާދަމް
0
0
ފުރަތަމަ ނުކުތާއަކީ: އާދަމް ޙަސަން ދިރިއުޅޭ ކޮޓަރިތެރެއިން ފެނިފައިވާ ތަކެތި )
ނަގާފައިވަނީ އާދަމް ޙަސަންގެ ޣައިރު ހާޒިރުގައި ކަމަށްވާއިރު މިކަމަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވުން.
ދެވަނަ ނުކުތާއަކީ: ދައުލަތުން ހެއްކެއްގެގޮތުގައި ހުށަހަޅައިގެން ހާޒިރު ކުރެވުނު
އިބްރާހީމް ޙަސަން ހެކިބަސް އަދާކުރަމުން އެއްކޮޓަރިއެއްގައި ދިރިއުޅެނީ މީންއާއި ދަޢުވާލިބޭ އާދަމް ޙަސަން
ކަމަށާއި މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ ތަކެއް ހުންނަ ކޮޓަރިއެއްނޫންކަމުގައި ބުނެފައިވާއިރު، މިކޮޓަރި
ތެރެއިން ފެނިފައިވާ ތަކެއްޗަކީ އާދަމް ޙަސަންގެ ތަކެތިކަމުގައި ބައްލަވާ މައްސަލަ ނިންމަވާފައިވުން.
ތިންވަނަ ނުކުތާއަކީ: އިބްރާހީމް ޙަސަން ޝަރީޢަތަށް ދީފައިވާ ބަޔާނުގައި
އެކޮޓަރިއަކީ އެއްވެސް ގޮތަކަށް ބަންދުކުރެވިފައި ހުންނަ ކޮޓަރިއެއް ނޫންކަމުގައި ބުނެފައިވާއިރު، އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2010/HC-A}87
OX
4 22
424
އިބްރާހީމް ޙަސަން ގިނަ ވަގުތު އެގޭގައި ނޫޅޭކަމަށް ބުނެފައިވާއިރު މިކޮޓަރިތެރެއަށް ކޮންމެ މީހަކަށްމެ ވަދެ
ނުކުމެ ހެދުމުގެ ފުރުޞަތު އޮތްކަމަށްވާއިރު މިކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވުން.
ހަތަރުވަނަ ނުކުތާއަކީ: މިކޮޓަރިއަކީ އާދަމް ޙަސަން އެކަނި ދިރިއުޅޭ ކޮޓަރިއަކަށް
ނުވާއިރު އަދި މިކޮޓަރިއަކީ ހަމަ ކޮންމެ މީހަކަށްމެ ވަދެ ނުކުމެއުޅުމުގެ ފުރުޞަތު އޮތް ކޮޓަރިއެއްކަމަށްވާއިރު
މިކޮޓަރިން ފެނުނު ތަކެއްޗަށް ޒިންމާވާނެ ދެވަނަ ފަރާތެއް އާދަމް ޙަސަނަށް ދެއްކިފައިނުވާކަމަށް ބައްލަވާ
މައްސަލަ ނިންމަވާފައިވުން.
ފަސްވަނަ ނުކުތާއަކީ: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކާ
އަތުގައި ބަހެއްޓިކަމަށްވާނީ ތުހުމަތު ކުރެވޭ މީހާ ޒިންމާވާންޖެހޭފަދަ ޙާލަތެއްގައި ތަކެތި ފެނުމުން ކަމަށްވާއިރު،
އާދަމް ޙަސަންގެ އިތުރުން އޭނާގެ ދިރިއުޅޭ އަދި އެއްގޮތަކަށްވެސް ތަޅުލާ ބަންދު ކުރެވިފައި ނުހުންނަ
ކޮޓަރިއަކުން ފެނިފައިވާ މަސްތުވާ ތަކެއްޗަށް އާދަމް ޙަސަން ޒިންމާވާން
ވާންޖެހޭ އެކަށީގެންވާ ސަބަބެއް ދައުލަތަށް
ދެއްކިފައި ނުވާއިރު މިފެނުނު ތަކެއްޗަށް އާދަމް ޙަސަން ޒިންމާވާންޖެހޭ ކަމުގައި ކަނޑައަޅުއްވާ މައްސަލަ
ނިންމަވާފައިވުން.
ހަވަނަ ނުކުތާއަކީ މައްސަލައިގައި ހާޒިރު ކުރެވުނު ހެކިން ހެކިބަސް ދީފައިވަނީ
ހަމައެކަނި އާދަމް ޙަސަން ދިރިއުޅޭ ކޮޓަރިން މަސްތުވާ ތަކެތި ފެނުނުކަން ބަޔާން ކޮށްދިނުމުގެ ގޮތުން
ކަމަށްވާއިރު މީގެ އިތުރުން މިފެނުނު މަސްތުވާ ތަކެއްޗާއި އާދަމް ޙަސަންއާއި ހުރި ގުޅުމަކީ ކޮބައިކަން
ދައުލަތަށް ބުނެދެވިފައިނުވާއިރު މިފެނުނު ތަކެއްޗަކީ އާދަމް ޙަސަންގެ ތަކެތި ކަމުގައި ބައްލަވާ މައްސަލަ
ނިންމަވާފައިވުން.
ހަތްވަނަ ނުކުތާއަކީ: ކޮޓަރިން ފެނިފައިވާ ބާވަތުގެ މަސްތުވާތަކެއްޗަށް އާދަމް ޙަސަން
ކުޑަކަމުދާތަކެތި ޕޮޒިޓިވްވެފައިވާވުމަކީ މިފެނުނު ތަކެއްޗަށް އާދަމް ޙަސަން ޒިންމާވާންޖެހޭ އަދި މިތަކެއްޗަކީ
އާދަމް ޙަސަންގެ ތަކެތިކަމުގައި ދަލީލުކޮށްދޭ ކަމެއްކަމުގައި ކަނޑައަޅުއްވާފައިވުން.
އަށްވަނަ ނުކުތާއަކީ: އާދަމް ޙަސަންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށްފައިވާ
ކަމުގެ ކުށްސާބިތުވެފައިވަނީ ހަމައެކަނި އާދަމް ޙަސަންގެ ކުޑަކަމުދާ ތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާތީ
ކަމަށްވެފައި މިކަމަށް ބާރުލިބިދޭ އިތުރު ހެއްކެއްވެސް އަދި ޤަރީނާއެއްވެސް ލިބިފައިނުވާއިރު މިއީ އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތު ކުރެވޭ ކަމެއްކަމަށް ބައްލަވާ ނިންމަވާފައިވުން.
(
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info{@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
6
(10/HC-A87
04- މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069 ޤަޟިއްޔާ ގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ނ.ވެލިދޫ ޖަންބުގެ، އާދަމް
ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެއެވެ.
2
4 7މ
eހއeމل
4 22
3/
(ހ) ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު، އިސްވެ ބަޔާން ކުރެވުނު ފަދައިން އެޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ނ.ވެލިދޫ ޖަންބުގެ، އާދަމް ޙަސަންގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ހިމެނިފައިވަނީ ދެ ބައެއްކަމާއި،
އެއީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔާފާރީގެ ބޭނުމަށް އަތުގައި
މަނާކުރެވިފައިވާ މަސްތުވާ
ސްތުވާ އެއްޗެއް ބެނުންކުރުމުގެ ކުށުގެ ދަޢުވާކަމާއި،
މި ދެ ދަޢުވާއަށް ބަލާއިރު، މީގެ ތެރެއިން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ
ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ސާބިތު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅާފައިވަނީ، ނ.ވެލިދޫ، ޖަންބުގެއެވެކިޔާ ގޭގައި އާދަމް ޙަސަން ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރިއިރު،
އެކޮޓަރީގައި ހުރި ޑްރެސިންގ ޓޭބަލެއްގެ ތިރީ ވަތްގަޑުގެ ތެރެއިން ފެނުނު ރިހިކުލައިގެ މައްޗެއް ޖަހާފައިވާ
ދަޅެއްގެ ތެރޭގައި އޮތް 80 ސެލޯފިން ކޮޅުގައިހުރި ތަކެތި ތަޙްލީލް ކުރިއިރު އެތަކެތީގައި 5.2075 ގްރާމް
ކެނަބިސް ހުރިކަމަށާއި، އެކޮޓަރިތެރޭގައި އޮތް ކޮމަންލައިޓް ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި އޮތް ފިލްމް
ހުސްކުރި ދަޅެއްގައިހުރި ތެޔޮ ފާޑުގެ އެއްޗެގައި 8.0689 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު )
ރިޕޯޓުން ދައްކާފައިވާކަމަށް ބުނެ، ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސާރވިސް ނަންބަރ:-(FSD
(
D
2009
/
00415/DR ލެބޯޓްރީ ތަޙްލީލް ރިޕޯރޓް ކަމާއި،
އަދި މީގެތެރެއިން މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ސާބިތު
ކުރުމަށް ހުށަހަޅާފައިވަނީ، މައްސަލައިގެ ތުހުމަތަށް އާދަމް ޙަސަން ނ.ވެލިދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް
އޭނާގެ ކުޑަކަމުދާތަކެތި ދިނުމަށް އެދުމުން، އާދަމް ޙަސަން ދީފައިވާ އޭނާގެ ކުޑަކަމުދާތަކެތި ކެނަބިސް އަށް
ޕޮސިޓިވް ވެފައިވާކަމަށްބުނެ ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސާރވިސް ނަންބަރ..(FSD
(
D
2009
/
0553/DR ލެބޯޓްރީ ތަޙްލީލް ރިޕޯރޓް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
20&i | F-IC-A8]
މީގެ އިތުރަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ މިމައްސަލާގެ
ތަޙްޤީޤަށާއި ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އާދަމް ޙަސަންގެ އެއްބަނޑު އެއްބަފާ އިބްރާހީމް
ޙަސަން ދީފައިވާ ބަޔާން ކަން ފާހަގަކުރެވެއެވެ.
44
9p
(ހ) ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ނ.ވެލިދޫ ޖަންބުގެ، އާދަމް ޙަސަންގެ މައްޗަށް ކުޅަ އިސްވެ މިބަޔާން ކުރެވުނު ދަޢުވާ
ސާބިތު ކުރުމަށް ހުށަހަޅާފައިވާ ޙަވާލާދެވިފައިވާ ތަޙްލީލު ރިޕޯޓްތަކަށާއި، މައްސަލާގައި ކަންހިގާފައިވާ ގޮތަށް
ބަލާއިރު، ނ.ވެލިދޫ/ ޖަންބުގެ، އާދަމް ޙަސަންގެ ކޮޓަރީގައި މަސްތުވާތަކެތި ހުރިކަމަށް ބުނެ ފުލުހުންނަށް
ރިޕޯޓް ކޮށްފައިވަނީ އޭނާގެ ބޭބެ ނ.ވެލިދޫ ޖަންބުގެ، އިބްރާހީމް ޙަސަން ކަމާއި، އެރިޕޯޓާއި ގުޅިގެން ފުލުހުން
އެގެއަށް ދިޔައިރު އެގޭގައި އެއްވެސް މީހަކު ނެތްކަމާއި، ފުލުހުން އެގެއަށް ވަދެ އާދަމް ޙަސަންގެ ކޮޓަރި
ބަލާފާސްކޮށްފައިވަނީ އިބްރާހީމް ޙަސަނަށް ގުޅައިގެން ޖަންބުގެއަށް ގެނައުމަށްފަހުގައި އިބްރާހީމް ޙަސަންގެ
ޙާޟިރުގައި ކަމާއި، މިގޮތުން އެކޮޓަރީ ގެ ތެރެއިން ފެނުނުކަމަށް ދަޢުވާގައި ބަޔާން ކޮށްފައިވާ ތަކެތި ފެނުމާއި
ގުޅިގެންވެސް ސީނަށް ދިޔަ ފުލުހުންގެ ފަރާތުން އެތަކެތި އެކޮޓަރީން ނެރުމުގެ ކުރިން އާދަމް ޙަސަން ހޯދުމަށް
އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމާއި، އަދި އެގެއަކީ ހަމައެކަނި އާދަމް ޙަސަނާއި އިބްރާހީމް ޙަސަން
ދިރިއުޅޭ ގެއެއް ކަމުގައި ނުވާއިރު، އަދި އެގޭގައި އެދެމީހުން ފިޔަވައި އިތުރު މީހުންވެސް އުޅެމުންދާއިރު،
އެއިން މީހަކު ހާޒިރުކޮށް އެތަކެތި ދައްކާ ހަދާފައިވާކަން އެނގެން ނެތްކަމާއި، ފުލުހުންގެ ފަރާތުން އާދަމް
ޙަސަން ހޯދުމަށް މަސައްކަތެއް ކޮށްފައިވަނީ، އާދަމް ޙަސަން ގެ ކޮޓަރީން ފެނުނު ކަމަށް ބުނާތަކެތި ނ.ވެލިދޫ
ޕޮލިސްޓޭޝަނަށް ގެންދިއުމަށް ފަހުގައިކަން އެނގެން އޮންނަ އޮތުމުގެ އިތުރަށް، އެކޮޓަރިއަކީ ހަމައެކަނި އާދަމް
ޙަސަން ބޭނުން ކުރާ ކޮޓަރިއެއް ނޫންކަމާއި، އާދަމް ޙަސަނެކޭ އެއްފަދައިން އެކޮޓަރި ބޭނުން ކުރުމުގައި އޭނާގެ
ބޭބެ އިބްރާހީމް ޙަސަން ވެސް ޙިއްސާކުރާކަމާއި، އަދި މަސްތުވާތަކެތި ފެނުނުކަމަށް ބުނާ ޑްރެސިންގެ ޓޭބަލް
ގެ ވަތްގަޑު ފަދަ ތަންތަނަކީ ސީދާ އާދަމް ޙަސަނަށް ޚާއްޞަ ކުރެވި، އިބްރާހީމް ޙަސަނަށް ނުވަތަ އެނޫން
އެހެން ފަރާތަކަށް ބާރު ނުފޯރުވޭގޮތަށް ހުރި ތަންތަން ނޫންކަން އިބްރާހީމް ޙަސަނުގެ ބަޔާނުގައިވާ "އަޅުގަޑު
ވަޑާން ކުރަން އުޅެފައި ވަޑާންކުރަން ބޭނުންކުރާ ބުރުމާގެ ކައްޓެއް ހޯދުމަށްޓަކައި ގެއަށް ގޮސް އަޅުގަޑުމެން
ދެމީހުން ނިދާކޮޓަރީގައިހުރި ޑްރެސިންގެ ޓޭބަލްގެ ތިރީ ވަތްގަޑު ހުޅުވާލިތަނާ" މި ޢިބާރާތުން އެނގޭކަމާއި،
އަދި އިބްރާހީމް ޙަސަންގެ އެޢިބާރާތުގައި އަޅުގަޑުމެން ދެމީހުން ބުނެފައިވަނީ އާދަމް ޙަސަނާއި އިބްރާހީމް
ޙަސަނަށްކަން އެބަޔާނުގެ އެހެނިހެން ޢިބާރާތްތަކުން ކަށަވަރުވެގެން ދާކަމާއި،
6 24
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
!
8
2(10/HC-A87
44.
އަދި އިސްވެ ބަޔާން ކުރެވުނު ފަދައިން އިބްރާހީމް ޙަސަން ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން
ނ.ވެލިދޫ ޖަންބުގެއަށް ގޮސް އެގޭ އިބްރާހީމް ޙަސަނާއި އާދަމް ޙަސަންގެ ކޮޓަރި ބަލާ ފާސްކުރުމަށްފަހު،
މަނާކުރެވިފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބާވާތުގެ ތަކެތި ފެނުމުން، އެތަކެއްޗަކީ އާދަމް ޙަސަންގެ
ތަކެތިކަމަށް އިބްރާހީމް ޙަސަން ބުނި ބުނުމެއްގެ މައްޗަށް ބިނާކޮށް އާދަމް ޙަސަން ޕޮލިސް ސްޓޭޝަނަށް
ޙާޟިރުކޮށް ސުވާލުކޮށް އޭނާގެ ކުޑަކަމުދާ ތަކެތި ނަގާ ތަޙްލީލު ކޮށް ހެދިއިރު، ހަމައެކޮޓަރީގައި އުޅޭ
އިބްރާހީމް ޙަސަންގެ ކުޑަކަމުދާ ތަކެތި ހޯދާ އެތަކެތި ތަޙްލީލު ކޮށްފައި ނުވާކަމާއި، އަދި އެތަކެއްޗަކީ އާދަމް
ޙަސަންގެ ތަކެތިކަމާމެދު އޭނާ މައްސަލާގެ ތަޙްޤީޤުގައި އިންކާރު ކޮށްފައިވާއިރު، އެތަކެއްޗަކީ އިބްރާހީމް
ޙަސަންގެ ތަކެތިކަމަށް ވެދާނެކަމަށް ބަލައި އިބްރާހީމް ޙަސަނާއި އެބީދައިން ސުވާލުކޮށްފައިނުވާކަން
ފާހަގަކުރެވޭތީ، އާދަމް ޙަސަންގެ މައްޗަށް ދައުލަތުން ކުޅި ދަޢުވާގައި ހިމެނޭ ނ.ވެލިދޫ ޖަންބުގެ
ކޮޓަރިއެއްގައިހުރި ޑްރެސިންގ ޓޭބަލެއްގެ ތިރީ ވަތްގަޑުގެ ތެރެއިން ފެނުނުކަމަށްބުނާ ރިހިކުލައިގެ މައްޗެއް
ޖަހާފައިވާ ދަޅެއްގެ ތެރޭގައި އޮތް 80 ސެލޯފިން ކޮޅުގައިހުރި ތަކެތި ތަޙްލީލް ކުރިއިރު، އެތަކެތީގައި 5.2075
ގްރާމް ކެނަބިސް ހުރިކަމަށާއި، އެކޮޓަރިތެރޭގައި އޮތް ކޮމަންލައިޓް ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި އޮތް ފިލްމް
ހުސްކުރި ދަޅެއްގައިހުރި ތެޔޮ ފާޑުގެ އެއްޗެގައި 8.0689 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު
ރިޕޯޓުން ދައްކާފައިވީނަމަވެސް، އެތަކެއްޗާއި ބެހޭގޮތުން ކުރެވިފައިވާ ތަޙްޤީޤުގައި މިފަދަ އެހެން ޙާދިސާތަކާއި
ޚިލާފަށް ތަޙްޤީޤަށް ކޮންމެހެން ލާޒިމްވާ އުޞޫލީކަންތައްތަކެއް ފުރިހަމަ ކުރެވެން އޮތް ޙާލަތުގައިވެސް
އެކަންތައްތައް ފުރިހަމަ ކޮށްފައި ނުވާކަން ޕާހަގަކުރެވޭތީ، އެތަކެއްޗަކީ އާދަމް ޙަސަންގެ ތަކެތި ކަމަށް އާދަމް
ޙަސަން އިންކާރުކުރާ ޙާލު، އަދި އެތަކެތި ހުރީ އާދަމް ޙަސަން އެކަނި
ބެނުންކުރާ
ކޮޓަރިއެއްގައި ކަމަށް
ނުވާއިރު، އަދި އެތަކެތި ފެނިފައިވާ ޑްރެސިން ޓޭބަލުގެ ވަތްގަޑަކީ ސީދާ އާދަމް ޙަސަނަށް ޚާއްޞަ
ކުރެވިފައިވާ އާދަމް ހަސަނުގެ ބާރުގެ ދަށުގައިވާ ވަތްގަޑަކަށް ނުވާއިރު، އަދި އެތަކެތި ފެނުމުގެ ސަބަބުން
އާދަމް ޙަސަނެކޭ އެއްވަރަކަށް ޙިއްސާ ކޮށްގެން އެކޮޓަރި ބޭނުންކުރާ އިބްރާހީމް ޙަސަންގެ ކުޑަކަމުދާ ތަކެތި
އެތަކެތި ތަޙްލީލު ކުރެވިފައި ނުވާތީ، އެތަޙްޤީޤުގެ މައްޗަށް ބިނާކޮށް އެތަކެތީގެ ޒިންމާ އާދަމް ޙަސަން
އުފުލަންޖެހޭކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ކަނޑައެޅިދާނެ އެއްވެސް އަސާސެއް ނެތްކަން
44
(
Xc
مرا مستر
/ އހ2
44 4
ފާހ3ކރއެވެ.
(ނ) ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069 ޤަޟިއްޔާގައި އާދަމް ޙަސަންގެ މައްޗަށް
ކޮށްފައިވާ ދަޢުވާގައި ހިމެނޭ ދެވަނަ ބަޔަކީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އާދަމް ޙަސަން ބޭނުން
ކުރުމުގެ ކުށުގެ ދަޢުވާކަމާއި، މި ދަޢުވާ އާދަމް ޙަސަންގެ މައްޗަށް ކުރެވިފައިވަނީ އޭނާގެ ކުޑަކަމުދާ ތަކެތި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
201{{HC-A/81
ތަޙްލީލު ކުރެވުނު އިރު، އެތަކެތި ކެނަބިސްއަށް ޕޮސިޓިވް ވެފައިވާތީ ކަމާއި، މި ދައުވާއާއި ގުޅިގެން ޖިނާއީ
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އާދަމް ޙަސަންގެ
ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެދިފައިވޭތޯއާއި އަދި އެތަކެތި ފުލުހުންނަށް ދީފައިވާނެތޯއާއި، އެތަކެތި
ދިނުމުން ފުލުހުން ޢަމަލުކުރި ގޮތަކާއި ބެހޭގޮތުން ސުވާލު ކުރެވިފައިވާކަމާއި، އެސުވާލުތަކުގެ ޖަވާބުގައި އާދަމް
ޙަސަން ދައްކާފައިވާ ވާހަކައަށް ބަލާއިރު، މައްސަލާގެ ތަޙްޤީޤަށް ނ.ވެލިދޫ ޕޮލިސް ސްޓޭޝަނަށް އާދަމް
ޙަސަން ހާޒިރުކޮށް
އޭނާގެ ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އެދުމުން، އެތަކެތި އޭނާ ދީފައިވާކަމާއި، އަދި
ފުލުހުން އެތަކެތި އޭނާގެ ކުރިމަތީގައި އެކަމަށް ތައްޔާރު ކުރެވިފައިވާ ކިޓެއްގެ އެހީގައި ވަގުތީ ޓެސްޓް
ހެދުމަށްފަހު އެތަކެތި ޕޮސިޓިވް ވެފައިވާތަން އާދަމް ޙަސަނަށް ދައްކާފައިވާކަމަށް އާދަމް ޙަސަން އެއްބަސް
ވެފައިވާއިރު، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކަށް ނުވަތަ އޭގެ ތެރެއިން ވަކި މާއްދާއަކަށް އާދަމް ޙަސަންގެ
ޕޮސިޓިވްވާންޖެހޭ ޤާނޫނު
ހުއްދަކުރާ
ސަބަބެއް
ޙަސަނަށް
މެދުވެރިވެފައިވާކަމަށް އޭނާ ބުނެފައި ނުވާކަން ފާހަގަކުރެވެއެވެ.
3 2
مط او کرمی می
އެއްވެސް
އާދަމް
4 4
ބަނގައުތެފުށްކަމައ،
(ށ) މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އާދަމް ޙަސަންގެ ކުޑަކަމުދާތަކެތީގެ ލެބޯޓްރީ
ތަޙްލީލް ރިޕޯރޓަށް ބަލާއިރު، އާދަމް ޙަސަންގެ ކުޑަކަމުދާ ތަކެތި 05 ބާވަތެއްގެ މަސްތުވާ ތަކެއްޗަށް ތަޙްލީލު
ކުރެވިފައިވާކަމާ، އެއީ އޯޕީއޭޓްސްއާއި، ކެނެބިސްއާއި، ބެންޒޯޑައިޒީޕައިންއާއި، އެމްފިޓަމިންއާއި، ކޮކެއިންއާއި
މީގެ ތެރެއިން އާދަމް ޙަސަން ގެ ކުޑަކަމުދާ ތަކެތި ޕޮޒިޓިވް ވެފައިވަނީ ކެނަބިސް
އަށްކަން އެ ރިޕޯޓުން އެނގެން އޮތްއިރު، އެތަކެތި ތަޙްލީލް ކުރި ފަރާތް ކަމުގައިވާ ސަބްއިންސްޕެކްޓަރ
3169 ހ.ޓްވައިން އިޙްތިޝާމް ޢަލީ ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރު ކޮށް ސުވާލު
ކޮށްފައިވާކަމާއި، މިގޮތުން އިޙްތިޝާމް ޢަލީ ދީފައިވާ ބަޔާނަށް ބަލާއިރު، އެތަކެތި ތަޙްލީލު ކުރެވިފައިވަނީ އޭގެ
އަސްލަށް އެއްވެސް ބަދަލެއް ނާންނަގޮތަށްކަމާއި، އާދަމް ޙަސަން ގެ ކުޑަކަމުދާ ތަކެތި 05 ބާވަތަކަށް ޓެސްޓް
ކުރެވިފައިވާކަމާއި، އެޓެސްޓްގެ ނަތީޖާ ދައްކާގޮތުން އޭނާގެ ކުޑަކަމުދާ ތަކެތި ކެނެބިސް އަށް ޕޮސިޓިވް
ވެފައިވާކަމާއި، އެތަކެތީގެ ކޮންމެ މިލިމީޓަރެއްގައި 100 ނެނޯގްރާމް ކެނަބިސް އެކުލެވިގެންވާކަމާއި، 540
ނެޓޯގްރާމަށްވުރެ މަތިވެއްޖެނަމަ ޕޮސިޓިވް ވީކަމަށް ބަލަންޖެހޭކަމަށް އޭނާގެ ބަޔާނުގައި ބުނެފައިވާއިރު، މި
އިޙްތިޝާމް ޢަލީ އަކީ މަސްތުވާ ތަކެއްޗާއި އަދި އެއާ ގުޅުންހުރި މާއްދާތައް ތަޙްލީލު ކުރުމުގެ ހުއްދަ
މިނިސްޓްރީ އޮފް ހެލްތް އިން 24 ޖެނުއަރީ 2008 ގައި ދީފައިވާ މީހެއްކަން އެމިނިސްޓްރީގެ ނަންބަރ: -23
171
/
2008
/
02/LR ލިޔުމުން އެނގެން އޮންނައިރު، އާދަމް ޙަސަން ގެކުޑަކަމުދާ ތަކެތި ތަޙްލީލު
ކުރެވިފައިވަނީ އޭގެ ފަހުގެ ތާރީޚެއް ކަމުގައިވާ 25 ފެބްރުއަރީ 2009 ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2{l!)/IHC-A87
މަސްތުވާ އެއްޗެއް މީހަކު ބޭނުންކޮށްފައިވާކަން، ނުވަތަ ބޭނުން ކޮށްފައިވާ މަސްތުވާ
އެއްޗެއްގެ ބާވަތް، ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައެންޓިފިކް އުޞޫލުގެ
މަތީން ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި ތަޖްރިބާ ލިބިފައިވާ މީހަކު މިއިން ކަމެއް
ބެލުމަށްފަހު، އެކަމާ ބެހޭގޮތުން، ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމެއް ސާބިތު ކުރުމަށްޓަކައި ލިބޭ
ހަރުދަނާ ޤަރީނާއެއްކަމަ
ނާއެއްކަމަށް، ޤާނޫނު ނަންބަރ:17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ
(ހ) ގައި ބުނެފައިވާތީއާ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ، ބަޔާން ދޭ މީހަކީ އެފަދަ
ތަޙްލީލުކޮށް ލިޔުން ދޫކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ލިބިފައިވާ މީހެއްކަމަށް ވާންވާނެކަމަށް އެ
މާއްދާގެ (ނ) ގައި ބުނެފައިވާއިރު، އާދަމް ޙަސަންގެ ކުޑަކަމުދާ ތަކެތި ތަޙްލީލު ކުރުމުގައި ޢަމަލު
ކޮށްފައިވާގޮތް ސާފު ކުރުމަށްޓަކައި، އެ ތަޙްލީލު ކޮށްފައިވާ، ސަބްއިންސްޕެކްޓަރ 3169 ހ.ޓްވައިން
އިޙްތިޝާމް ޢަލީ ޖިނާއީކޯޓުގައި ދީފައިވާ ބަޔާނުގައިވާ މަޢުލޫމާތު ތަކުންނާއި، ހުށަހަޅާފައިވާ އިސްވެ ބަޔާން
ކުރެވުނު މިނިސްޓްރީ އޮފް ހެލްތްގެ ލިޔުމުން އެއީ ޤާނޫނު ނަންބަރ:17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު)
ގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ހަރުދަނާ ޤަރީނާ ލިބޭ މިމައްސަލަ ބެލި
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެފައިވާތީއާއި، އަދި އާދަމް ޙަސަންގެ ކުޑަކަމުދާ ތަކެތި ތަޙްލީލު
ކުރެވިފައިވާ ރިޕޯޓުގެ ނަތީޖާއިންނާއި އެތަކެތި ތަޙްލީލު ކުރި ސަބްއިންސްޕެކްޓަރ 3169 ހ.ޓްވައިން
އިޙްތިޝާމް ޢަލީ ޝަރީޢަތުގައި ދީފައިވާ ބަޔާނުން އާދަމް ޙަސަން މަނާކުރެވިފައިވާ މަސްތުވާ
ބޭނުންކޮށްފައިވާ ކަމުގެ މައްޗަށް ލިބޭ ހަރުދަނާ ޤަރީނާ ނަފީކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ނުވަތަ
ޤަރީނާއެއްވިޔަސް އާދަމް ޙަސަންގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާތީ، ހަމައެކަނި އެހަރުދަނާ ޤަރީނާގެ
މައްޗަށް ބިނާކޮށްވެސް އާދަމް ޙަސަން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާކަން ޝަރީޢަތަށް
ސާބިތުވާކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ބަޔާންއކމުން
3
24;
ބޭނުންކުރުމާ،
ޙުކުމް:
ވީމާ، ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069 ޤަޟިއްޔާގައި ނ.ވެލިދޫ ޖަންބުގެ، އާދަމް
ޙަސަންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް މަނާކުރެވިފައިވާ
މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން އިސްވެ ފާހަގަކުރެވުނު
ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، މީގެތެރެއިން އާދަމް ޙަސަންގެ މައްޗަށް ދައުލަތުން ކޮށްފައިވާ
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ސާބިތު ކުރުމަށް
ހުށަހަޅާފައިވާ ނ.ވެލިދޫ، ޖަންބުގެ ކޮޓަރިއެއްގައިހުރި ޑްރެސިންގ ޓޭބަލެއްގެ ތިރީ ވަތްގަޑުގެ ތެރެއިން
OXO
ދިވެހިރާއްޖޭގެ ޚައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11
2[10/HC-A/87
02
ފެނުނުކަމަށްބުނާ ރިހިކުލައިގެ މައްޗެއް ޖަހާފައިވާ ދަޅެއްގެ ތެރޭގައި އޮތް 80 ސެލޯފިން ކޮޅުގައިހުރި ތަކެތި
ތަޙްލީލް ކުރިއިރު، އެތަކެތީގައި 5.2015 ގްރާމް ކެނަބިސް ހުރިކަމަށާއި، އެކޮޓަރިތެރޭގައި އޮތް ކަމަލްލައިޓް
ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި އޮތް ފިލްމް ހުސްކުރި ދަޅެއްގައިހުރި ތެޔޮ ފާޑުގެ އެއްޗެގައި 8.0689 ގްރާމް
ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާފައިވީނަމަވެސް، އެތަކެއްޗާއި ބެހޭގޮތުން ކުރެވިފައިވާ
ތަޙްޤީޤުގައި އާދަމް ޙަސަނެކޭ އެއްފަދައިން ކޮންމެހެން ތުހުމަތު ކުރެވެންޖެހޭ އެހެން ފަރާތެއްކަމުގައިވާ
ނ.ވެލިދޫ/ޖަންބުގެ އިބްރާހީމް ޙަސަން އާއި ސުވާލު ކޮށްފައި ނުވާތީއާއި، އިބްރާހީމް ޙަސަނަކީ އެތަޙްޤީޤުގައި
ހެކިވެރިއެއްގެ ގޮތުގައި ބަލާ ކުރިއަށް ގެންގޮސްފައިވާތީއާއި، އެތަޙްޤީޤަކީ މިފަދަ އެހެން ޙާދިސާތަކާއި ގުޅިގެން
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ކުރާ އެހެނިހެން ތަޙްޤީޤުތަކާއި ޚިލާފަށް ތަޙްޤީޤަށް ކޮންމެހެން
ލާޒިމްވާ އުޞޫލީކަންތައްތަކެއް ފުރިހަމަ ކުރެވެން އޮތް ޙާލަތުގައިވެސް އެކަންތައްތައް ފުރިހަމަ ނުކޮށް
ދޫކޮށްލާފައިވާ ތަޙްޤީޤެއް ކަމުގައިވާތީއާއި، އެތަކެއްޗަކީ އާދަމް ޙަސަންގެ ތަކެތިކަމަށް އާދަމް ޙަސަން އިންކާރު
ކުރާތީއާއި، އަދި އެތަކެތި ހުރީ އާދަމް ޙަސަން އެކަނި ބެނުންކުރާ ކޮޓަރިއެއްގައި ކަމަށް ނުވާތީއާއި، އަދި
އެތަކެތި ފެނިފައިވާ ޑްރެސިން ޓޭބަލުގެ ވަތްގަޑަކީ ސީދާ އާދަމް ޙަސަނަށް ޚާއްޞަ ކުރެވިފައިވާ އާދަމް
ޙަސަނުގެ ބާރުގެ ދަށުގައިވާ ވަތްގަޑަކަށް ނުވާތީއާއި، އަދި އެތަކެތި ފެނުމުގެ ސަބަބުން އާދަމް ޙަސަނެކޭ
އެއްވަރަކަށް ޙިއްސާ ކޮށްގެން އެކޮޓަރި ބޭނުންކުރާ އިބްރާހީމް ޙަސަންގެ ކުޑަކަމުދާ ތަކެތިހޯދާ އެތަކެތި
ތަޙްލީލު ކުރެވިފައި ނުވާތީ، އެތަޙްޤީޤުގެ މައްޗަށް ބިނާކޮށް އެތަކެއްޗަކީ އާދަމް ޙުސަންގެ ތަކެތިކަމަށް
އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ސާބިތުވާކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް
ނުފެންނާތީ، ނ.ވެލިދޫ ޖަންބުގެ ކޮޓަރިއެއްގެ ތެރެއިން ފެނުނުކަމަށް ބުނާ މަސްތުވާތަކެއްޗަކީ އާދަމް ޙަސަންގެ
ތަކެތިކަން ޝަރީޢަތަށް ސާބިތުވާކަމަށް ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069 ޤަޟިއްޔާގައި )
ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، އާދަމް ޙަސަންގެ މައްޗަށް ދައުލަތުން
ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅިފައިވާ
އާދަމް ޙަސަންގެ ކުޑަކަމުދާތަކެތީގެ ލެބޯޓްރީ ތަޙްލީލް ރިޕޯރޓަށް ބަލާއިރު، އާދަމް ޙަސަންގެ ކުޑަކަމުދާ ތަކެތި
ކެނަބިސް އަށް ޕޮސިޓިވް ވެފައިވާކަން އެ ރިޕޯޓުން އެނގެން އޮންނާތީއާއި، މަސްތުވާ އެއްޗެއް މީހަކު
ކުށްފައިވާކަން، ނުވަތަ ބޭނުން ކޮށްފައިވާ މަސްތުވާ އެއްޗެއްގެ ބާވަތް، ނުވަތަ މަސްތުވާ އެއްޗެއް
ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައެންޓިފިކް އުސޫލުގެ މަތީން ބަލަންޖެހޭ ބެލުންތައް ބެލުމަށް
ބޭނުންވާ ތަޢުލީމީ ފާހާއި ތަޖްރިބާ ލިބިފައިވާ މީހަކު، މިއިން ކަމެއް ބެލުމަށްފަހު، އެކަމާ ބެހޭގޮތުން،
ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމެއް ސާބިތު ކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް، ޤާނޫނު
ނަންބަރ:17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާތީ، އާދަމް
3c
954 ދ ތ ދ ތ
ہم مسلم
O OG
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:[331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2{10/IHC-A/81
2
ޙަސަންގެ ކުޑަކަމުދާ ތަކެތި ތަޙްލީލު ކުރެވިފައިވާ ރިޕޯޓުގެ ނަތީޖާއިންނާއި އެތަކެތި ތަޙްލީލު ކުރި
ސަބްއިންސްޕެކްޓަރ 3169 ހ.ޓްވައިން އިޙްތިޝާމް ޢަލީ ޝަރީޢަތުގައި ދީފައިވާ ބަޔާނުން އާދަމް ޙަސަން
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ކަމުގެ މައްޗަށް ހަރުދަނާ ޤަރީނާ ނަފީކުރެވޭ ވަރުގެ
އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިޔަސް އާދަމް ޙަސަންގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާތީ، އާދަމް
ޙަސަން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި،
ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރ:1777 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 04 ވަނަ
މާއްދާގެ (ހ) ގެ ދަށުން 05 އަހަރު ދުވަހުގެ މުއްދަތަށް ނ.ވެލިދޫ ޖަންބުގެ، އާދަމް ޙަސަން ޖަލައްލުމަށް
ޖިނާއީކޯޓުގެ ނަންބަރު:2009/JC/1069 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް އެގޮތުގެ މަތީން
دی مرر کر
ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
[ -
ޙަމީދު
(ފަނަޑިޔާރު)
އެމެ
C
(
ޓައިޕްކުރީ: ޒަރީނާ އިބްރާހީމް
ޗެކްކުރީ: ޢާއިޝަތު ޝިހާބް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.inv