ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/54 ޤަޟިއްޔާގެ ޙުކުމް
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުތާޞާ
2008/HC-A/54
l
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
البلين
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ:54/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ފެމިކޮމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: -
*އައިޑީ ކާޑު ނަންބަރ: -
* މިހާރުގެ އެޑްރެސް: .
8
އިސްތިއުނާފުރައްދުވި ފަރާތް:
* ތަން:ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކީ
* އައިޑީކާޑު ނަންބަރ:
* ދާއިމީ އެޑްރެސް:
މިހާރުގެ އެޑްގެ
*ހުށަހެޅުނު ތާރީޚް: 20 ފެބުރުއަރީ 2008
*ނިމުނު ތާރީޚް: 21 ޖޫން 2011
44
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2005/MC/1208
ނިންމެވި ކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނު ތާރީޚް: 08 އޯގަސްޓް 2005 ނިމުނު ތާރީޚް:14 އޯގަސްޓް 2007
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފުނޑިޔާރު އަބްދުއްރައޫފް އިބްރާހީމް، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: ww.highcourt.gov.mv
ހޮއްޔޯ ނިމުނު ގޮތުގެ ކުލުނު
2oog/HC-A/54
2
ދަޢުވާގެ ޚުލާސާ
މިއީ، ފެމިކޮމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ފެމިކޮމް)އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ޕީލކ (އެސް.ޓީ.އޯ.) އާ ދެމެދު 11 ޖޫން 2002 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ފެމިކޮމްއަށް އެސް.ޓީ.އޯ.
ޕީޕަލް ޗޮއިސް ކޮންސްޓްރަކްޝަން މެޓީރިއަލްސްއިން ކުރެޑިޓަށް ނަގާފައިވާ މުދަލުގެ އަގަށް ދައްކަންޖެހޭ ފައިސާއާއި،
އެއްބަސްވުމުގައިވާ ގޮތުގެމަތިން ޤަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ
ހޯދައިދިނުމަށްއެދި ފެލިކޮމްގެ މައްޗަށް އެސް.ޓީ.އޯ.އިން ދަޢުވާކުރި މައްސަލަ މަދަނީ ކޯޓުގެ ނަންބަރު
2005/MC/1208 ޤަޟިއްޔާގައި، ބައްލަވައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިޢުނާފު ކުރުމަށް ފެމިކޮމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ.) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
cu o
9
1- މަދަނީ ކޯޓުގެ ނަންބަރު 2005/MC!1208 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ފެމިކޮމްގެ ފަރާތުން
06 ފެބްރުއަރީ 2008 ދުވަހުން ފެށިގެން (9 (ނުވަދިހަ) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅައިފިނަމަ، އެޤަޟިއްޔާ ބަލައިދިނުމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރި
މްހޫރިއްޔާގެ އޮފީހުގެ
ނަންބަރު 131732008-PRS (06 ފެބުރުއަރީ 2008) ގެ "އަމިއްލަމީހުން ފޮނުވާ ސިޓީގެ ޖަވާބު” އިން
އެނގެން އޮންނައިރު، މަދަނީ ކޯޓުގެ ނަންބަރު 2005/MC/1208 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިޢުނާފު ކުރުމަށް ދެމިކޮމް ޓްރޭޑިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ފެމިކޮމް) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- މަދަނީ ކޯޓުގެ ނަންބަރު 2005/MC/1208 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާއަކީ، ފެމިކޮމްގެ މައްޗަށް އެސް.ޓީ.އޯ.އިން ދަޢުވާ ކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ފެމިކޮމްގެ މައްޗަށް އެސް.ޓީ.އޯ.އިން ދަޢުވާކޮށްފައިވަނީ، އެސް.ޓީ.އޯ.އާއި ފެމިކޮމާ ދެމެދު
11 ޖޫން 2002 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފެމިކޮމަށް އެސް.ޓީ.އޯ.އިން ކުރެޑިޓަށް ނަގާފައިވާ
މުދަލުގެ އަގަށް ދައްކަންޖެހޭ 90,748.78ރ (ނުވަދިހަހާސް ހަތްސަތޭކަ ސާޅީސްއަށް ރުފިޔާ
ހަތްދިހައައްލާރި)އާއި، އެއްބަސްވުމުގައި ގޮތުގެމަތިން ގަވާއިދުން ފައިސާ ނުދެއްކުމުގެ
07 އޯގަސްޓް 2005 ދުވަހާ ހަމައަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 161,984.13ރ (އެއްލައްކަ
ދިޗެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ އިންނަންބަރު ދޮރު މާލެ، ދިވެހިރާއްޖެ، ފޯނު: 3325029، ފެކްސް: 3316471
އީމެޙިލް: inforzhighcourt.gov.mv ވެބްސައިޓް: 'www.highcourt.gov.is
t
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުފާސް
2008/HC-A/54
3
ފަސްދޮޅަސްއެއްހާސް ނުވަސަތޭކަ އައްޑިހަހަތަރު ރުފިޔާ ތޭރަލާރި)އާ އެކުޖުމްލަ 252,732.91ރ (ދެލައްކަ
ފަންސާސްދެހާސް ހަތްސަތޭކު ތިރީސްދެ ރުފިޔާ ނުވަދިހައެއްލާރި) ފެމިކޮމުން އެސް.ޓީ.އޯ.އަށް ދައްކާފައިނުވާތީ،
އެފައިސާ ހޯދުމަށްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ފެމިކޮމާއި އެސް.ޓީ.އޯ.އާ ދެމެދު 11 ޖޫން 2002 ގައި ވެފައިވާ
އެއްބަސްވުމުގެ ދަށުން ފެމިކޮމަށް އެސް.ޓީ.އޯ.އިން ނަގާފައިވާ މުދަލުގެ އަގުގެ ގޮތުގައި 37,340.78ރ
ތިރީސްހަތްހާސް ތިންސަތޭކަސާޅީސް ރުފިޔާ ހަތްދިހައެއްލާރި)އާއި، ޖޫރިމަނާގެ ގޮތުގައި 161,984.13ރ
(އެއްލައްކަ ފަސްދޮޅަސްއެއްހާސް ނުވަސަތޭކަ އައްޑިހަހަތަރު ރުފިޔާ ތޭރަލާރި)އާ އެކުޖުމްލަ 199,324.91ރ
(އެއްލައްކަ ނުވަދިހަ ނުވަހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ނުވަދިހައެއްލާރި) އެސް.ޓީ.އޯ.އަށް ދައްކަށްޖެހި
ނުދައްކުވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެފައިސާ 14 އޯގަސްޓް 2007 ދުވަހުން
ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެސް.ޓީ.އޯ.އަށް ދައްކައި، ޚަލާސް ކުރުމަށް ފެމިކޮމަށް
އަންގަވައި، ކަން އިސްވެ ބަޔާން ކުރެވުނު މަދަނީ ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެއެވެ.
5
3- މަދަނީ ކޯޓުގެ ނަންބަރު 2005/MC/1208 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ފެމިކޮމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 03
(ތިނެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
92
eދި
43 ދވތ 44
ރިޢާޔަތްކޮށްފައިނުވާކަމަށްބުނެ
80
(ހ) ފުރުތަމު ނުކުތާއަކީ: ބިލުތަކުގެ ޖުމްލަ އަދަދުން %50 އުނިކުރުމަށް އެއްބަސްވެފައިވާ ލިޔުން
އޮތްއިރު، ޝަރީޢަތުން އެކަމަށް
ށްބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ފެމިކޮމުން އެސް.ޓީ.އޯ.އަށް ކޮށްދިން މަސައްކަތުގެ އަގުން ކުރެޑިޓް
ބިލްތަކުން ކަނޑަންޖެހޭ 21,807.98ރ (އެކާވީސްހާސް އައްސަތޭކަހަތް ރުފިޔާ ނުވަދިހައައްލާރި)އާއި
20,000.00ރ (ވިހިހާސް ރުފިޔާ)އާ އެކުޖުމްލަ 41,807.98ދ (ސާޅީސްއެއްހާސް އައްސަތޭކަހަތް
ރުފިޔާ ނުވަދިގުއައްފްރި) އުނިކުރުމަކީ ނުވައި ޙުކުމް ކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، އެއްބަސްވިގޮތާ ޚިލާފަށް ހަމައެކަނި އެސް.ޓީ.އޯ.ގެ މަސްލަހަތަށް
ރިޢާޔަތްކޮށް ޖޫރިމަނާގެ އަދަދު ޝަރީޢަތުން ކަނޑައަޅުއްވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
4- މަދަނީ ކޯޓުގެ ނަންބަރު 2005/MC/1208 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ފެމިކޮމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
އިސްވެބަޔާން ކުރެވުނު 03 (ތިނެއް) ނުކުތާއަށް ޖަވާބު ދިނުމުގެ ގޮތުން ދިއިސްތިއުންޕީ ދަޢުވާރައްދުވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮނާނީ މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް: 331647
އީމެއިލް infof highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/54
4
ފަރާތް ކަމުގައިވާ އެސް.ޓީ.އޯ.ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، އަންނަނިވި
ކަންތައްތައް ފާހަގަކޮށް ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ފެމިކޮމްގެ މައްޗަށް އެސް.ޓީ.އޯ.އިން ދަޢުވާކުރި ފައިސާ ހޯދުމުގެ މައްސަލައިގެ
ޝަރީޢަތް ދަށުކޯޓުގައި ހިންގަމުންދިޔަ ދުވަސްވަރު، ފެމިކޮމާއި އެސް.ޓީ.އޯ.އާދެމެދު
އެއްބަސްވެފައިވާނީ ފެމިކޮމްގެ ބޯޓެއްގައި ފުވައްމުލަކަށް އުފުލާ މުދަލަށް އެސް.ޓީ.އޯ.އަށް ހުށަހަޅާ
ބިލްތަކުގެ ޖުމްލައިން %50 (ފަންސާސް ޕަސެންޓް) އުނިކުރަމުން ގެންދިއުމަށްކަމަށާއި، މިގޮތުން
މިމައްސަލާގައި ފުރަތަމަ ދަޢުވާކޮށްފައިވާ 90,748.78ރ (ނުވަދިހަހާސް ހަތްސަތޭކަ ސާޅީސްއަށް
ރުފިޔާ ހަތްދިހައައްލާ)ގެ ތެރެއިން 53408.00ރ (ފަންސާސްތިންހާސް ހަތަރުސަތޭކައަށް ރުފިޔާ)
އުނިކޮށް 37,340.78ރ (ތިރީސްހަތްހާސް ތިންސަތޭކަސާޅީސް ރުފިޔާ ހަތްދިހައައްލާރި)
ސާބިތުވެފައިވަނީ، ފެމިކޮމުން ބުނާ ފައިސް ކުނޑިފައިވާތީކަމަށެވެ.
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރާ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ފައިސާ ކަނޑާފައިވާކަން
އެސް.ޓީ.އޯ.އިން ހުށަހެޅި ދަޢުވާއަށްވުރެ މަދުން ސާބިތުވެފައިވުމުން ދޭހަވާކަމަށެވެ.
(ނ) ތިންވަނަ ކަމަކީ، ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ކުރެޑިޓަށް ނަގާ
މުދަލުގެ ބިލުތަކަށް 45 (ސްޅީސްޕަސް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭކަމާއި އެމުއްދަތުގެ
ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 0.15(ސުމެއް ޕޮއިންޓް
އެކެއް ފަހެއް ޕަސެންޓް) ޖޫރިމަނާ ދައްކަންޖެހޭކަމަށް ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ
8 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމަށާއި މިގޮތުން ކުރެވުނު ޖޫރިމަނާގެ ފައިސާ
ހިމަނައިގެން، އެފައިސާ ދެއްކުމަށްޓަކައި ޕެމިކޮމްގެ ފަރާތުން ޑޭޓެޑް ދީފައިވުމުން
ޖޫރިމަނާގެ ފައިސާއަކީވެސް އެފަރާތުން ދައްކަންޖެހޭ އެއްޗެއްކަމަށާއި ޖޫރިމަނާ ފައިސާ ނުނަގާގޮތަށް
ބުނެފައިވާނީ ފެމިކޮމުން ދިން ޑޭޓެޑް ޗެކްތަކަށް ފައިސާ ލިބިއްޖެނަމަ ކަމާއި ނަމަވެސް، އެގޮތަށް
އެޗެކްތަކަށް ފައިސާ ލިބިފައިނުވާތީ ޖޫރިމަނާގެ ފައިސާއަކީވެސް ފެމިކޮމުން އެސް.ޓީ.އޯ.އަށް
ދައްކަންޖެހޭ ފައިސާއެއްކަމަށެވެ.
dކFއވެސް
ޑި a ހc
06
5- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2005/MC/1208 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
މައްޗަށާއި މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހަޅާފައިވާ ބަޔާންތަކާއި، ލިޔުންތަކުގެ މައްޗަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
އައިކޯޓް"
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާނި މާދު، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް: 3316171
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
+
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/4
5
11
3ދﷲ 2
(ހ) ފުރަތަމަ ކަމަކީ، ފެމިކޮމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެސް.ޓީ.އޯ.އިން
ދަޢުވާކޮށްފައިވަނީ، އެސް.ޓީ.އޯ.އާއި ފެމިކޮމާ ދެމެދު ކުރެޕިޓަށް މުދާ ނެގުމާބެހޭ ގޮތުން
ޖޫން 2002ގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެސް.ޓީ.އޯ.އިން ފެމިކޮމަށް
ކުރެޑިޓަށް ނަގާފައިވާ މުދަލުގެ އަގަށް ދައްކަންޖެހޭ ފައިސާއާއި، އެއްބަސްވުމުގައިވާ ގޮތުގެމަތިން
ފައިސާ ނުދެއްކުމުގެ ސަބަބުންވީ ޖޫރިމަނާ ފައިސާ ހޯދުމަށްކަމާއި، އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ،
މިކަމަށް އެސް.ޓީ.އޯ.އިން ނަގާފައިވާ މުދަލުގެ އަގުގެ ގޮތުގައި 37,340.78ރ (ތިރީސްހަތްހާސް
ތިންސަތޭކަސާޅީސް ރުފިޔާ ހަތްދިހައައްލާރި)އާއި، ޖޫރިމަނާގެ ގޮތުގައި 161,984.13ރ (އެއްލައްކަ
ފަސްދޮޅަސްއެއްހާސް ނުވަސަތޭކަ އައްޑިހަހަތަރު ރުފިޔާ ތޭރަލާރި)އާ އެކުޖުމްލަ 199,324.91ރ
(އެއްލައްކަ ނުވަދިހަ ނުވަހާ ތިންސަތޭކަ ސައުވީސް ރުފިޔާ ނުވަދިހައެއްލާރި) އެސް.ޓީ.އޯ.އަށް
ދައްކަންޖެހި ނުދައްކައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެފައިސާ
14 އޯގަސްޓް 2007 ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެސް.ޓީ.އޯ.އަށް
ދައްކައި، ޚަލާސް ކުރުމަށް ފެމިކޮމަށް އަންގަވައި، މިގޮތުގެ މަތިންކަން އިސްވެ ބަޔާންކުރެވުނު
މަދަނީ ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ދެމިކޮމްގެ މައްޗަށް އެސް.ޓީ.އޯ.އިން ދަޢުވާކުރި ފައިސާ ހޯދުމުގެ މައްސަލައިގެ
ދަޢުވާ ބިނާކޮށްފައިވަނީ 21 ނޮވެމްބަރު 2002 އާއި 18 ޑިސެމްބަރ 2002 އާ ދެމެދު ހެދިފައިވާ
11 ބިލުކަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދައްކާފައިނުވާތީ، އެފައިސާ
ހެދުމަށްކަން ދަށުކޯޓުގައި އެސް.ޓީ.އޯ.އިން ކޮށްފައިވާ ދަޢުވާގެ ސީޣާއިންނާއި، 02 އޯގަސްޓް 2005
ތައްޔާރުކޮށް ދަށުކޯޓަށް ހުށަހަޅާފައިވާ ސްޓޭންޑިން ބިލްތަކުގެ ތަފްސީލުން އެނގެން
ހއ
ﷲ3
a
&
a
8އ. & 4
އަންކަމެވެ.
axo
wހ8
ގެތްނޭ
(ނ) ތިންވަނަ ކަމަކީ، 04 އޭޕްރީލް 2005 ތާރީޚުގައި އެސް.ޓީ.އޯ.އިން ފެމިކޮމްގެ މެނޭޖިންގ
ޑިރެކްޓަރަށް އެޑްރެސްކޮށް ފޮނުވި ސިޓީގައިވަނީ ކުރިއަށްއޮތް ދުވަސްތަކުގައި އެދިލައްވާފައިވާ
ގޮތުގެމަތިން މިތަނަށް ހުށަހަޅުއްވާ ބިލްތަކުގެ %5،0 (ފަންސާސް ޕަސެންޓް) ކަނޑާ
ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ." މިފަދައިންކަމާއި، އެސިޓީއަކީ، ފެމިކޮމުން ދުއްވާ "އައިލެންޑަރ
ފުވައްމުލަކު، ގްރީންވިލާ މުޙައްމަދު ތައުފީޤް އަޙްމަދު 31 މާޗް 2005 ގައި
އެސް.ޓީ.އޯ.އަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި ފޮނުވާފައިވާ ސިޓީއެއްކަމާއި، މުޙައްމަދު ތައުފީޤް
ސިޓީގައި އެދިފައިވަނީ، "...އަޅުގަނޑުމެން އުފުލާ އެސް.ޓީ.އޯ. މުދަލުގެ
100
%(ސަތޭކަ ޕަސެންޓް) ނާދު ކެނޑުމުގެ ބަދަލުގައި އޭގެ %/50(ފަންސާސް ޕަސެންޓް) ކޮންމެ
އަޙްމަދުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ އިންނަންބަރު، ދޮރާށި މްވެ، ދިވެހިރާއްޖެ، ފޯނު: 3325020، ފެކްސް:3316471
އީމެއިލް: info
@
.highcourt.gov.mv ވެބްސައިޓް www.highcourt.gov.mv
ޤާސިއެޔާ ނިމުނު ގޮތުގެ ޚުތުން
2008/HC-A/54
6
ދަތުރަކުވެސް ކަނޑުއްވައި ދެއްވާގޮތަށް ހަމަޖައްސަވައިދެއްވުމެވެ." މިފަދައިންކުން މުޙައްމަދު
ތައުފީޤް އަޙްމަދުގެ ސިޓީން އެނގެން އޮންނަކަމެވެ.
(ދ) ހަތަރުވަނަ ކަމަކީ، 02 އޯގަސްޓް 2005 ގައި ތައްޔާރުކޮށްފައިވާ އައުޓްސްޓޭންޑިންގ
ބިލްތަކުގެ ތަފްސީލަށް ބެލުމުން އެތާރީޚުހަމައަށް އެބިލްތަކުގައި ހިމެނޭ މުދަލުގެ އަގަށް
90,748.78ރ (ނުވަދިހަހާސް ހަތްސަތޭކަ ސާޅީސްއަށް ރުފިޔާ ހަތްދިހައައްލާރި)އާއި ޖޫރިމަނާގެ
ގޮތުގައި 161,984.13ރ (އެއްލައްކަ ފަސްދޮޅަސްއެއްހާސް ނުވަސަތޭކަ އައްޑިހަހަތަރު ރުފިޔާ
ތޭރަލާރި) ދައްކަންޖެހޭކަމަށް ބަޔާންކޮށްފައި އޮތްއިރު، ފެމިކޮމުން އެސް.ޓީ.އޯ.އަށް ދައްކަންޖެހޭ
ފައިސާގެ ތެރެއިން އައިލެންޑަރ ބޯޓުގެ ނާލުގެ ގޮތުގައި ހުށަހަޅާފައިވާ 5 ބިލުކަށް ދައްކަންޖެހޭ
21,808.00 (އެކާވީސްހާސް އައްސަތޭކައައް ރުފިޔާ) އާއި 7 ބިލުކަށްޖެހޭ 31,600.00ރ
(އެއްތިރީސްހާސް ހަސަތޭކަ ރުފިޔާ) ކެނޑުމުން މިހާރު މުދަލުގެ އަގަށް ދައްކަންޖެހޭ އަދަދަކީ،
37,340.78ރ (ތިރީސްހަތްހާސް ތިންސަތޭކަސާޅީސް ރުފިޔާ ހަތްދިހައައްލާރި) ކަމަށް
އެސް.ޓީ.އޯ.އިން 06 މާޗް 2003 ގައި މަދަނީ ކޯޓަށް ހުށަހަޅާފައިވާ ބަޔާނުން އެނގެން
އޮންނަކަމާއި، އަދި މިހާރު މުދަލުގެ އަގަށް ދައްކަންޖެހި ނުދައްކާވާ ފައިސާގެ އަދަދަކީ
37,340.78ރ (ތިރީސްހަތްހާސް ތިންސަތޭކަސާޅީސް ރުފިޔާ ހަތްދިހައައްލާރި) ކަމަށް ފެމިކޮމްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވުމުން މުދަލުގެ އަގުގެ ގޮތުގައި
މިހާރު ދައްކަންޖެހޭ ފައިސާޔާމެދު ދެފަރާތުގެ ދެމެދުގައި މިހާރު ޚިލާފެއްނެތްކަން އެނގެއެވެ.
• ފަސްވަނަ ކަމަކީ، ޖޫރިމަނާގެ ގޮތުގައި ފެމިކޮމުން ދައްކަންޖެހޭ ފައިސާ ނުނަގާގޮތަށް
ވާހަކަދެކެވުނީ ޝަރުތަކާއެކުގައި ކަމާއި އެއީ، ފެމިކޮމްގެ ފަރާތުން ދިން ޑޭޓެޑް ޗެކްތަކެއް(11 ޗެކް)
ކުލިއަރވެއްޖެނަމަ ކަމާއި ނަމަވެސް، ދެންނެވިދިޔަ 11(އެގާރަ) ޗެކު، އެޗެކުތަކުގައިވާ ތާރީޚުތަކުގައި
ފައިސާ ލިބިފައިނުވާތީ، އެޝަރުޠު ފުރިހަމަނުވާކަމާއި އަދި ޖޫރިމަނާގެ ފައިސާ އުނިކުރުމަށް
އެސް.ޓީ.އޯ.އިން އިޢުތިރާޒުކުރާކުމެވެ.
(ޅ) ހަވަނަ ކަމަކީ، ފެމިކޮމާއި އެސް.ޓީ.އޯ.އާ ދެމެދު 11 ޖޫން 2002 ގައި ވެވުނު އެއްބަސްވުމުގެ
ދަށުން އެސް.ޓީ.އޯ.އިން ފެމިކޮމަށް ދޫކޮށްފައިވާ މުދަލުގެ
އަގަށް މިހާރު ދައްކަންޖެހޭ
ފައިސާއަކީ، 37,340.78ރ (ތިރީސްހަތްހާސް ތިންސަތޭކަސާޅީސް ރުފިޔާ ހަތްދިހައައްލާރި) ކަމާމެދު
ޚިލާފެއްނެތްކަމާއި، އެއްބަސްވުމުގައިވާ ގޮތުގެމަތިން ފައިސާ ނުދެއްކުމުން ކުރެވޭ ޖޫރިމަނާ ކެނޑުމަށް
އެސް.ޓީ.އޯ.އިން އެއްބަސްވީ ޝަރުތަކާ އެކުގައިކަމާއި، އެޝަރުޠު ފުރިހަމަކޮށްފައިވާކަން ފެމިކޮމްގެ
ފަރާތުން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީއާއި އަދި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭކަމަށް ދަށު
ކޯޓުގައި ސާބިތުވެފައިވާ 161,984.13ރ (އެއްލައްކަ ފަސްދޮޅަސްއެއްހާސް ނުވަ
ދިވެހިރާއްޖޭގެ ހުއިކޯޓް، އެބުރުޒު ހިނގުން، ތީމުގެ ތިންނުންޖަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް:[email protected] ވެބްސައިޓް: www.highcourt.gov.tv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/54
7
ހދ
އައްޑިހަހަތަރު ރުފިޔާ ތޭރަލާރި)އަކީ، ފެމިކޮމުން އެސް.ޓީ.އޯ.އަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަން
ސާބިތުކޮށް ދެވޭފަދަ ހެއްކެއް އަދި ޤަރީނާއެއްވިޔަސް ޝަރީޢަތުގެ މަޖިލީހަށް ދެމިކޮމުގެ ފަރާތުން
ހުށަހަޅާފައިނުވާތީ، ޖޫރިމަނާގެ ފައިސާ އުނިކުރުމަށް އެސް.ޓީ.އޯ.އިން އިންކާރުކުރާ ހިނދު،
އެސް.ޓީ.އޯ.ގެ ނުރުހުމުގައި އެފައިސާ ކެނޑޭގެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް
ނުފެނެއެވެ.
އޮތްކަމަކަށް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތައް އެގޮތުގެމަތިން ހުރުމުން މަދަނީކޯޓުގެ ނަންބަރު
2005/MC/1208 ޤަޟިއްޔާގައި، ފެމިކޮމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެސް.ޓީ.އޯ.އަށް
199,324.91ރ (އެއްލައްކަ ނުވަދިހަނުވާހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ނުވަދިހައެއްލާރި) ދައްކަންޖެހި
ނުދައްކާވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެފަތިސް 14 އޯގަސްޓް 2007 ދުވަހުން
ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެސް.ޓީ.އޯ.އަށް ދައްކައި، ޚަލާސް ކުރުމަށް ދެމިކޮމަށް
އަންގަވައި، އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކުރައްވާފައިވާ
ޙުކުމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާ
ތާއީދުކޮށްފީމެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، މާބުރުޒު ހިނގުން، ތީމުގެ އިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް inlovka.highcourt.gov.mv ވެބްސައިޓް: www.highcourt.g
(
3v.mv
ދިވެހިރާއްޖެ