ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-DM/02 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/02
WWW4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 02/HC-DM/2012
0
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަނަސް ޢަބްދުއްސައްތާރު
* އައި.ޑީ.ކާޑު ނަންބަރު: A072952
*
ދާއިމީ އެޑްރެސް: ފ. ބަޑިކުޅިމާގެ
* މިހާރުގެ އެޑްރެސް: މ. މަޑިކުޅިމާގެ
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙަސަން ފިޔާޟް
* އައި.ޑީ.ކާޑު ނަންބަރު: A039493
ދާއިމީ އެޑްރެސް: މ. ފްލޮރަންސް
އެޑްރެސް: މ. ފްލޮރަންސް
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ފަރީދު
އައި.ޑީ.ކާޑު ނަންބަރު: A078669
* ދާއިމީ އެޑްރެސް: ރޭވަވިލާ/ ފ. ފީއަލި
* މިހާރުގެ އެޑްރެސް: ލ. މުހައްމަދީއާބާދު
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޖުޑީޝަލް ސަރވިސް ކޮމިޝަން
• ރަޖިސްޓްރީކުރި ތާރީޚް: 17 ޞަފަރު 1433
11 ޖަނަވަރީ 2012
ނިމުނު ތާރީޚް: 29 ރަބީޢުލްއައްވަލް 1433
22 މާރޗް 2012
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 29(3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/02
ދަޢުވާގެ ޚުލާޞާ
މިއީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
ޢައްޔަނުކުރުމަށްޓަކައި އެކޮމިޝަނުން ހަދާފައިވާ "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި
ޢަމަލުކުރާނެގޮތުގެ ގަވާއިދު" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20
ވަނަ މާއްދާއާ ތަޢާރުޟުވާ ޤަވާޢިދަކަށްވާތީއާއި، މިޤަވާޢިދަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން
ފަނޑިޔާރުކަމަށް ޢައްޔަން ކުރެވިގެންދަނީ އެކަމަށް އެންމެ އެކަށީގެންވާ ޤާބިލުމީހުންކަމަށް ނުވާނެތީއާއި،
ޖުޑީޝަލް ސަރވިސަސް ކޮމިޝަނުގެ ދެމެންބަރަކާއި ފަނޑިޔާރުކަމަށް ކުރިމަތިލައި ޝޯޓްލިސްޓް ވެފައިވާ ދެ
ކެނޑިޑޭޓަކާ ހުރި ގާތްކަމުގެ ސަބަބުން މަޞްލަޙަތު ފުށުއަރާ ކަންތައްތަކެއް ހުއްޓަތީ، ސުޕީރިއަރ ކޯޓުތަކަށް
ފަނޑިޔާރުން ޢައްޔަނުކު
ނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދަކީ ބާޠިލު ގަވާއިދެއްކަމަށް ކަނޑައަޅުއްވައިދެއްވައި،
އެ ގަވާއިދުގެ ދަށުން ކެނޑިޑޭޓުން ޝޯޓްލިސްޓް ކޮށްގެން ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
ޢައްޔަނުކުރުމަށް ޖޭ.އެސް.ސީ އިން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާލުމަށް އަމުރުކޮށްދެއްވުމާއެކު ޢަދުލު
އިންޞާފުގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ފަނޑިޔާރުން ޢައްޔަނުކުރުމުގެ
މަސައްކަތް ކުރުމަށް ޖޭ.އެސް.ސީގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި
ބަޑިކުޅިމާގެ އަނަސް
ޢަބްދުއްސައްތާރު، މ. ފްލޮރަންސް ޙަސަން ފިޔާޟް އަދި ފ. ފީއަލި ރޭވަވިލާ މުޙައްމަދު ފަރީދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ
ޖުޑީޝަލް ސަރވިސް ކޮމިޝަނެވެ.
COCOX
CU O
O
.1
އޯއެnއ
ފާހަގަކުރެވުނު ނުކުތާތައް:
މިއީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
ހުނުކުރުމަށްޓަކައި އެކޮމިޝަނުން ހަދާފައިވާ "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި
ޢަމަލުކުރާނެގޮތުގެ ގަވާއިދު" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20
ވަނަ މާއްދާއާ ތަޢާރުޟުވާ ޤަވާޢިދަކަށްވާތީއާއި، މިޤަވާޢިދަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ
މާއްދާއާ
و میر و مرم مرد
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ހަމަހަމަކަމާއެކު
84ވ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/02
އއނއ
އއ މވ ހޑ 4
3
ބން ކރ
CCC
ފަނޑިޔާރުކަމަށް ޢައްޔަން ކުރެވިގެންދަނީ އެކަމަށް އެންމެ އެކަށީގެންވާ ޤާބިލުމީހުންކަމަށް ނުވާނެތީއާއި،
ޖުޑީޝަލް ސަރވިސަސް ކޮމިޝަނުގެ ދެމެންބަރަކާއި ފަނޑިޔާރުކަމަށް ކުރިމަތިލައި ޝޯޓްލިސްޓް ވެފައިވާ ދެ
ކެނޑިޑޭޓަކާ ހުރި ގާތްކަމުގެ ސަބަބުން މަޞްލަޙަތު ފުށުއަރާ ކަންތައްތަކެއް ހުއްޓަތީ، ސުޕީރިއަރ ކޯޓުތަކަށް
ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދަކީ ބާޠިލު ގަވާއިދެއްކަމަށް ކަނޑައަޅުއްވައިދެއްވައި،
އެ ގަވާއިދުގެ ދަށުން ކެނޑިޑޭޓުން ޝޯޓްލިސްޓް ކޮށްގެން ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
ހުނުކުރުމަށް ޖޭ.އެސް.ސީ އިން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާލުމަށް އަމުރުކޮށްދެއްވުމާއެކު ޢަދުލު
އިންޞާފުގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ފަނޑިޔާރުން ޢައްޔަނުކުރުމުގެ
މަސައްކަތް ކުރުމަށް ޖޭ.އެސް.ސީގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ބަޑިކުޅިމާގެ އަނަސް
މ. ފްލޮރަންސް ޙަސަން ފިޔާޟް އަދި ފ. ފީއަލި ރޭވަވިލާ މުޙައްމަދު ފަރީދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. މ. މަޑިކުޅިޔާގެ އަނަސް ޢަބްދުއްސައްތާރު، ފްލޮރަންސް ޙަސަން ފިޔާޟް އަދި ފ. ފީއަލި
ރޭވަވިލާ މުޙައްމަދު ފަރީދުގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ ދަޢުވާ
ސަބަބުތަކުގެ މައްޗަށް
ބެލިއިރު، 8 (އަށެއް) ސަބަބެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ސަބަބަކީ: ޖުޑީޝަލް ސަރވިސް ކޮމިޝަނުން "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
ކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ ޖަދުވަލު 1 ކަމުގައިވާ ސުޕީރިއާ ކޯޓަށް ފަނޑިޔާރުން
ކުރުމުގައި މާކްސް ކްރައިޓީރިއާ" ގެ ފުރަތަމަ ނަންބަރުގައި ވާގޮތުން ޤާނޫނުން ފުރަތަމަ
ޑިގްރީ އަށް 20 މާކްސް ދޭގޮތަށް އޮވެފައި ޝަރީޢަތާއި ޤާނޫނުން ފުރަތަމަ ޑިގްރީއަށް 25 މާކްސް ދެގޮތަށް
އޮތްއިރު "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" ގެ 20 ވަނަ މާއްދާގައި ޤާނޫނުގެ ކުރިމަތީގައި، އަދި
އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ހަމަހަމަވެގެންވާ މީހެއްކަމާއި، އަދި ޤާނޫނުގެ
ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް
ލިބިދިނުމަކީ
ކޮންމެ މީހެއްގެވެސް
މާއްދާއާއި، އަދި އިންޞާފުގެ ހަމަތަކާ ޚިލާފުކަމެއް ކަމުގައި ދެކޭކަމަށްބުނެ ހުށަހެޅި ސަބަބެވެ.
(ނ) ދެވަނަ ސަބަބަކީ: "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ
ގަވާއިދު" ގެ ޖަދުވަލު 1 ގެ 2 ވަނަ ނަންބަރުގައި ތަޖްރިބާއަށް ޖުމްލަ 30 މާކްސް ކަނޑައަޅާފައި ވާއިރު،
30 މާކްސް ލިބުމުގެ ފުރުޞަތު އޮތީ ހަމައެކަނި ޝަރުޢީދާއިރާގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ މަޤާމެއްގައި
އުޅޭ މުވައްޒަފުންނަށްކަމަށާއި، އެކިއެކި ފަނޑިޔާރުންގެ ކުރިމަތީގައި ތަފާތު ކޯޓުތަކުގައި ބުރަކޮށް ވަކާލާތުކޮށް
އއގނވ
84 އ 22
29 އ
އއނއ
4ޑ 3 *
ދޭނޭގޮތުގެ
ކަ
4ޑ
D8)
8ވެ
J|
639
ހައިކޯ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2012/HC-DM/02
ނިގުޅައިގަނެވޭފެދި
, 5
5 ދ
އ9ބރ2 23
43 4ހދﷲ
ނމލކކ
އެންމެ
ތަޖުރިބާ ޙާޞިލްކުރާ ޤާނޫނީ ވަކީލުންނަށް ތަޖްރިބާގެ ބައިން އެންމެ ގިނައިންވެސް ލިބެނީ 20 މާކްސްކަމުން
މިތަފާތަކީ އިންސާފުވެރި ތަފާތެއްކަމުގައި ދަޢުވާކުރާފަރާތުން ނުދެކޭކަމަށާއި، އެހެނީ ޝަރުޢީ ދާއިރާގައި އުޅޭ
ލީގަލް އެސިސްޓެންޓުންނާއި ލީގަލް އޮފިސަރުންނަށްވުރެ ތަޖުރިބާގެ ގޮތުން ޕްރެކްޓިސްކުރާ ލޯޔަރުން
ދައްވާނެކަމަށް ބެލުމަކީ އެއްވެސްގޮތަކަށް ހަމަޖެހޭ އިންޞާފުވެރި އުޞޫލެއްނޫންކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
(ނ) ތިންވަނަ ސަބަބަކީ: "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި
ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ 4 ވަނަމާއްދާގެ (ށ) ގައިވާގޮތުގެ މަތީން ފަނޑިޔާރުކަމަށް ކުރިމަތިލާ
މީހުންގެ ތެރެއިން ވަކިބަޔަކާ އިންޓަވިއުކުރާގޮތަށް އޮތުމަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ހަމަހަމަ ކަމުގެ
އުޞޫލާ ޚިލާފުކަމެއްކަމަށާއި އެހެނީ އިންޓަވިއުއަށް މުޅި ޖުމްލަ 25 މާރކްސް އޮވެފައި އެމާކްސް ހޯދުމުގެ
ފުރުޞަތު ވަކި
ވަކިފަރާތްތަކެއްގެ ކިބައިން ނިގުޅައި ގޮތަކަށް ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
ޢަމަލުކުރާނެގޮތުގެ ގަވާއިދުއޮތުމަކީ އިންޞާފުވެރި ގޮތެއްކަމުގައި ދަޢުވާކުރާ ފަރާތުން
އެކަމަށާއި، ސަބަބަކީ ތަޢުލީމާއި އަޚުލާޤުގެ ބައިން ޖުމްލަ މާކްސް ކުރިމަތިލާ މީހުންގެ ތެރެއިން 14
ވަނައަށްވުރެ ފަހަތުގައި އޮންނަ މީހަކަށްވެސް އިންޓަވިއު އިން ރަނގަޅަށް ޕާފޯމް ކުރެވިއްޖެނަމަ ޖުމްލަ މާކްސް
އެންމެ މަތި ނުވަތަ ވޯޓަށްޖަހާ ލިސްޓުގެ މައްޗަށް އެރުމުގެ ފުރުޞަތު އޮތުންކަމު
ކަމުގައިބުނެ ހުށަހެޅި
ސަބަބެވެ.
(ރ) ހަތަރުވަނަ ސަބަބަކީ: "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި
ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ 5 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެމަތީން އިންޓަވިއުއަށް ކަނޑައެޅިފައިވާ
ހުގެ ތެރެއިން ދެބައިކުޅަ އެއްބައި މާކސް ނުލިބޭ މީހުން ފަނޑިޔާރުކަމަށް ނެގުމުގައި ޑިސްކޮލިފައިވާ
ގޮތަށް އޮތުމަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި
ސަބަބެވެ.
(ބ) ފަސްވަނަ ސަބަބަކީ: "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން އެޔަނުކުރުމުގައި
ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ 3 ވަނަމާއްދާގެ (ހ) ގައިވާގޮތުގެމަތީން ދުސްތޫރީ އަދި ޤާނޫނީ ޢިލްމުގެ
ބަޔަށާއި އަދި އިސްލާމީ ޝަރީޢާގެ ޢިލްމުގެ ހުނަރު ހުރިމިންވަރަށް ބަލައި މާކްސް ދިނުމަކީ ޢިލްމުގެ ބަޔަށް
ދެފަހަރަށް މާކްސް ދިނުންކަމަށް ދެކޭކަމަށާއި، އެހެނީ ޤާނޫނީ ޢިލްމުގެ ހުނަރާއި ޝަރީޢާ ޢިލްމުގެ ހުނަރަކީ
އެމީހެއްގެ ތަޢުލީމީ ސެޓްފިކެޓުން ވަޒަންކުރެވޭ
މިބައިން
ލިބުމުގެ ފުރުސަތު
އިންޓަވިއުއަށް ހާޒިރުނުކުރާ މީހުންނަށް ގެއްލޭގޮތަށް އޮތުމަކީ އިންސާފެއްނޫންކަމަށާއި އަދި ޤާނޫނީ ޑިގްރީއަށް
ޝަރީޢާ ނުކިޔަވާކަމަށް ބަލައި، ޝަރީޢަތާއި ޤާނޫނުގެ ޑިގްރީއަށްވުރެ މަދުން މާރކްސް ދިނުމަށްފަހު ޤާނޫނީ
4s22ހ2 8
8 0 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/02
އއ9
ޑ 8
4
2 ހ
އެންމެންނަށް
ޑިގްރީ އޮންނަ ބޭފުޅަކާއި ޝަރީޢާގެ ޢިލްމުގެ ހުނަރާބެހޭގޮތުން ސުވާލުކުރުމަކީ އިންސާފެއްކަމުގައި
ދަޢުވާކުރާފަރާތުން ނުދެކޭކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
(ޅ) ހަވަނަ ސަބަބަކީ: ޖުޑީޝަލް ސަރވިސް ކޮމިޝަނުން "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
ނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ ޖަދުވަލު 1 ކަމުގައިވާ "ސުޕީރިއާ ކޯޓަށް ފަނޑިޔާރުން
ކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއާ" ގެ 3 ވަނަ ނަންބަރުގައި އަޚުލާޤަށް 10 މާކްސް
އެލޮކޭޓްކޮށްފައިވާއިރު އެއީ ފަނޑިޔާރުންގެ ޤާނޫނުގައިބުނާ އަޚުލާޤީބައިން ޝަރުތުހަމަވާ މީހުންނަށް ލިބޭ
މާކްސް އެއްގެ ގޮތުގައި އޮތްއިރު، ޤާނޫނުގައި ވާ އަޚުލާޤީ ޝަރުތު ހަމަނުވާ މީހަކީ ޝަރުތު އޮޓަމެޓިކުން
ޑިސްކޮލިފައިވާ މީހަކަށް ވާއިރު ޝަރުތު ހަމަވާ މީހުންނަށް އަޚުލާޤު ވަޒަންކުރެވޭނެ އެއްވެސް އުސޫލެއްނެތި
10 މާކްސް ދިނުމަކީ އެއްވެސް ހަމައެއްނެތި ދެވޭ މާކްސް ތަކެއްކަމުގައި ދެކޭކަމަށް ބުނެ
ހުށަހެޅި ސަބަބެވެ.
(ކ) ހަތްވަނަ ސަބަބަކީ: ޖުޑީޝަލް ސަރވިސް ކޮމިޝަނުން "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" އާއި "ސުޕީރިއަރ ކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރުމުގަ
މާކްސް ދޭނެގޮތުގެ ކްރައިޓީރިއާ އެކުލަވާލުމުގައި ކޮމިޝަނުގެ މެންބަރު ޢަބްދުﷲ ދީދީ އާއި، ކޮމިޝަނުގެ
މެންބަރު އަޙްމަދު ރަޝީދު ބައިވެރިވެފައިވާކަމަށާއި، އަދި އިންޓަރވިއު ޕެނަލުގައިވެސް މި 2 މެންބަރުން
ހިމެނޭކަމަށާއި، ޢަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ ޢަބްދުލް ޣަފޫރު ސުޕީރިއަރ ކޯޓުތަކުގެ
ފަނޑިޔާރުކަމަށް ކުރިމަތިލައި އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާކަމަށް ދަޢުވާކުރާފަރާތަށް މަޢުލޫމާތު
ލިބިފައިވާކަމަށާއި، ޖޭ.އެސް.ސީ ގެ މެންބަރު އަޙްމަދު ރަޝީދު އަކީ އިބްރާހީމް ޢަލީ ކިޔާ ވަކީލަކާއެކު "އަބާން
ކިޔާ ލޯފާމެއް ހިންގާ މީހެއްކަމަށާއި އަޙްމަދު ރަޝީދަކީ އެފާރމުގެ ޕާރޓްނަރު އަދި އިބްރާހީމް
ޢަލީގެ ވަރަށްގާތް ރައްޓެއްސެއްކަމަށާއި، މިހާލަތުގައި އިބްރާހީމް ޢަލީ ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުކަމަށް
ކުރިމަތިލައި ޝޯޓްލިސްޓް ވެފައިވާކަމަށާއި އެހެންކަމުން ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ނެގުމުގައި
ދީދީ އާއި، އަޙްމަދު ރަޝީދުގެ މަސްލަހަތު ފުށުއަރާ ކަމަށާއި، އެހެންކަމުން މިއީ ޢަދުލު އިންޞާފުން
އެއްކިބާ ވެދާނެކަމުގެ އިޙްތިމާލު ވަރަށް ބޮޑަށް އޮތްކަމެއްކަމަށްބުނެ ހުށަހެޅި
ސަބަބެވެ.
(އ) އަށްވަނަ ސަބަބަކީ: އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ފަސްޓް ޑިގްރީ ޙާޞިލްކޮށްފައިވާ
ފަރާތަކާއި ޤާނޫނުން ފަސްޓް ޑިގްރީ ކިޔަވާފައިވާ ފަރާތާއި މާކްސްދިނުމުގައި ތަފާތުކޮސްފައިވަނީ އެއީ އިސްލާމީ
ޝަރީޢާ ކިޔަވާފައިވާތީކަމުގައި ކޮމިޝަނުން ދެކޭހިނދު، ޤާނޫނުން ފަސްޓް ޑިގްރީ ހެދުމަށްފަހު އިސްލާމިކް
ޝަރީޢާއިން މާސްޓާރޒް ހަދާމީހުންނަށްވެސް ޝަރީޢާ އެނގޭނެކަމުގައި ބަލަންޖެހޭނެކަމަށާއި، ނަމަވެސް
ޝަރީޢާ އެނގޭތީކަމަށްބުނެ އެދޭ އިސްކަމެއް މިޙާލަތުގައި ކޮމިޝަނުން ދެއްވާގޮތަށް ހަމަޖެހިފައިނުވާކަމަށާއި
1 2
8މެރސެ"
ޢަބްދު
8 9
4
އދއނބުރަނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/02
އެހެންކަމުން،
6
2011/HC-DM/07
ބޮhނPނ.އ
2
0 ދދވ
ހއނeކށް
CCC
އެހެންކަމުން ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރަމުން މިދަނީ އިންޞާފުން ކަމުގައި
ދަޢުވާކުރާ ފަރާތުން ނުދެކޭ ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
3. މިމައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 07/HC-DM/2011 ޤަޟިއްޔާގައި،
މިމައްސަލާގައި ދަޢުވާކުރާ ފަރާތްތައްވެސް ހިމެނޭގޮތުން ހުށަހެޅި ދުސްތޫރީ މައްސަލަ، އެމައްސަލަ ހުށަހެޅި
ފަރާތްތަކުން 8 ޖަނަވަރީ 2012 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޝަރީޢަތުގެ މަޖިލީހަށް
ހާޟިރުވެފައިނުވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން
އެމައްސަލައިގެ ދަޢުވާފޯމު ބާޠިލުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ނ)
ގައިވާ ގޮތުގެމަތިން އެމައްސަލަ އަލުން ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަމާއި،
ބަޔާންކުރެވިދިޔަ، ނަންބަރު
ޤަޟިއްޔާގެ
މިމައްސަލާގައި ބެލެވި، ރިއާޔަތްކުރެވިފައިވާނެއެވެ.
4. މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ، މިމައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މިމައްސަލައަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕީރިއަރ ކޯޓުތަކަށް
ފަނޑިޔާރުން ޢައްޔަނުކުރުމަށްޓަކައި އެކޮމިޝަނުން ހަދާފައިވާ "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
އްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ
މާއްދާއާއި 20 ވަނަ މާއްދާއާ ތަޢާރުޟުވާ ޤަވާއިދެއް ކަމަށާއި، މިޤަވާޢިދަށް ޖުޑީޝަލް ސަރވިސް
ކޮމިޝަނުން ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ
މަތިން ފަނޑިޔާރުކަމަށް ޢައްޔަން ކުރެވިގެންދަނީ އެކަމަށް އެންމެ އެކަށީގެންވާ ޤާބިލުމީހުންކަމަށް ނުވާނެ
ކަމަށާއި، ޖުޑީޝަލް ސަރވިސަސް ކޮމިޝަނުގެ ދެމެންބަރަކާއި ފަނޑިޔާރުކަމަށް ކުރިމަތިލައި ޝޯޓްލިސްޓް
ވެފައިވާ ދެ ކެންޑިޑޭޓަކާ ހުރި ގާތްކަމުގެ ސަބަބުން މަޞްލަޙަތު ފުށުއަރާ ކަންތައްތަކެއް ހުރިކަމަށްބުނެ،
ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދަކީ ބާޠިލު ޤަވާޢިދެއްކަމަށް
ކަނޑައަ އަޅުއްވައިދެއްވައި، އެ ޤަވާއިދުގެ ދަށުން ކެންޑިޑޭޓުން ޝޯޓްލިސްޓް ކޮށްގެން ސުޕީރިއަރ ކޯޓުތަކަށް
ފަނޑިޔާރުން ޔަނުކުރުމަށް ޖޭ.އެސް.ސީ އިން ކުރަމުން ގެންދާ މަސައްކަތްތައް
ހުއްޓާލުމަށް
އަމުރުކޮށްދެއްވުމާއެކު ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ކަނޑައަޅާ ޤަވާޢިދެއްގެ ދަށުން
ފަނޑިޔާރުން ޢައްޔަނުކުރުމުގެ މަސައްކަތް ކުރުމަށް ޖޭ.އެސް.ސީގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެން އޮންނަ ކަމެވެ.
s
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/02
OCCO
ބނީ
ހއ
ޤާނޫނުއަ)
ޓ 61
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދަންވާނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ޔާންވެގެންވާ ގޮތުގެ މަތިންކަމާއި، ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި
ކަންކަން ފުރިހަމަ ކުރަންވާނެކަމާއި، ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހަދާ ކޮންމެ ޤާނޫނަކީ ނުވަތަ ޤާނޫނެއްގެ
އެފަދަ ބަޔަކީ ބާޠިލް އެއްޗަކަށް ވާނެކަމަށާއި، އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެ
ނުހިނގާނެކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެއްކަމަށް ޤާނޫނުއަސާސީގެ 268
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން، ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން
ހަދާ ޤަވާއިދެއް ނުވަތަ ޤަވާއިދުގެ ބައެއްވިޔަސް ޤަނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާ ޚިލާފު ވެއްޖެނަމަ،
ސީއާއި ނުވަތަ ޤާނޫނަކާ ޚިލާފުވި މިންވަރެއް ބާޠިލުވާނެކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވަކިފަރާތަކަށް
މުސްތަޤިއްލު މުއައްސަސާއެއްކަމާއި، އެކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަންޖެހޭނީ
ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތިންކަ
ންކަމާއި، އަދި ޖުޑީޝަލް
ސަރވިސް ކޮމިޝަނުގެ ޤާނޫނެއް އޮންނަންވާނެކަމާއި، އެޤާނޫނުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ
މަސްއޫލިއްޔަތުތަކާއި ބާރުތަކާއި، އެކޮމިޝަނުގެ މަސައްކަތުގެ ދާއިރާއާއި، އެކޮމިޝަނުގެ މެންބަރުންގެ
ކިބައިގައި ހުންނާންވާނޭ
ޝަރުޠުތަކާއި،
ސުލޫކީ މިންގަނޑުތައް ކަނޑައަޅާފައި އޮންނަންވާނެކަމުގައި،
ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ) އަދި (ބ) އަށް ބެލުމުން އެނގެން އޮންނަކަމާއި،
އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި،
އަދި ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާ ގުޅޭ އެންމެހައި ކަންކަމާބެހޭ ގަވާއިދު ހެދުމަކީވެސް ޖުޑީޝަލް
ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަން ޤާނޫނުއަސާސީގެ
159 ވަނަ މާއްދާގެ (ހ) އާއި (ނ)، އަދި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ
ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކުރެވިފައިވާކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)
21 ވަނަ މާއްދާގެ (ނ) ގައި ޔާންކުރެވިފައިވާ ފަދައިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން
އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި އަދި އެކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން،
ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދެއް 5 ޖުލައި 2011 ގައި
އެކޮމިޝަނުން އެކުލަވާލާފައިވާކަމާއި،
އެއަށްފަހު، ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓު އަދި ފެމިލީ ކޯޓަށް
ޖުމްލަ (ހަތެއް) ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ
ގެ
7
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2012/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ކޮންމެ
CcOC
1
/
2011
/
13/IUL
)
195
-
A) (6 ޖުލައި 2011) އިޢުލާނުކޮށްފައިވާކަމާއި، މިއިޢުލާނާ ގުޅިގެން 47
ފަރާތަކުން، ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުކަމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާކަން
އެނގޭކަމާއި، އަދި އޭގެ ތެރެއިން 17 ފަރާތެއް ޝޯޓްލިސްޓް ކުރެވިފައިވާކަން އެނގެންއޮތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ
ގަވާއިދު ގެ ޖަދުވަލު 1 ކަމުގައިވާ "ސުޕީރިއާ ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމުގައި މާކްސް ދޭނެގޮތުގެ
ކްރައިޓީރިއާ" ގެ ފުރަތަމަ ނަންބަރުގައި ވާގޮތުން، ޤާނޫނުން ފުރަތަމަ ޑިގްރީ އަށް 20 މާކްސް ދޭގޮތަށް
އޮވެފައި، ޝަރީޢަތާއި ޤާނޫނުން ފުރަތަމަ ޑިގްރީއަށް 25 މާކްސް ދޭގޮތަށް އޮތްއިރު "ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާ ," ގެ 20 ވަނަ މާއްދާގައި ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް
ޤާނޫނު ހިންގުމުގައި
މީހަކީ ހަމަހަމަވެގެންވާ މީހެއްކަމާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން
ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބިދިނުމަކީ ކޮންމެ މީހެއްގެވެސް ޙައްޤެއްކަމުގައި ބަޔާންވެގެން އޮތް ހިނދު
އެއީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 20 ވަނަ މާއްދާއާއި، އަދި އިންޞާފުގެ ހަމަތަކާ
ޚިލާފުކަމެއް ކަމުގައި ދެކޭކަމަށްބުނެ ހުށަހެޅި ސަބަބުގެ މައްޗަށާއި އަދި އެސަބަބު ތަފްސީލުކުރުމުގެ ގޮތުން
ފާހަގަކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ހައިކޯޓުން ބެލިއިރު،
ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު ގެ ޖަދުވަލު 1
ކަމުގައިވާ "ސުޕީރިއާ ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއާ" ގެ ފުރަތަމަ
ނަންބަރުގައި ވާގޮތުން ޤާނޫނުން ފުރަތަމަ ޑިގްރީ އަށް 20 މާކްސް ދޭގޮތަށް އޮވެފައި އިސްލާމީ ޝަރީޢަތާއި
ހުން ފުރަތަމަ ޑިގްރީއަށް 25 މާކްސް ދޭގޮތަށް ބަޔާންކޮށްފައި އޮތްކަން އެނގޭއިރު،
މާކްސް
ދިނުމުގެ މިތަފާތަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމާއި ޝަރުޢީ ނިޒާމު
ބައްޓަންވެފައިވާގޮތަށާއި، އަދި ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ޤާނޫނީ ޢިލްމުގެ
އިތުރުން އިސްލާމީ ޝަރީޢަތުގެ ޢިލްމާއި ހުނަރު ލިބިފައިހުރުމުގެ މުހިންމުކަމަށްޓަކައި، އެދެ ޢިލްމުގެ
ދާއިރާއިން ތަޢުލީމު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން މާކްސް ދިނުމުގައި، ސުޕީރިއަރ
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު ގެ ޖަދުވަލު 1 ކަމުގައިވާ "ސުޕީރިއާ
ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއާ" ގައި ކުރިން ކަނޑައެޅިގެން،
އިޢުލާން ކުރެވިފައިވާ މަޤާމަށް ނުވަތަ މަޤާމުތަކަށް އެންމެ ޤާބިލު މީހުން ހޮވުމުގެ ބޭނުމުގައި، ސާފުކޮށް
ފެންނަންއޮތް ރަނގަޅު ސަބަބެއްގެ މައްޗަށް ބިނާކޮށް ކުރެވިފައިވާ ތަފާތުކުރުމެއްކަން ފާހަގަކުރެވޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮ
ގަވާއިދު" ގެ ޖަދުވަލު 1 ގެ 2 ވަނަ ނަންބަރުގައި ތަޖްރިބާއަށް ޖުމްލަ 30 މާކްސް ކަނޑައަޅާފައި
· · 4
ޤާނޫނުން
ނެގެން
J
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-DM/02
ދދު 93
2
3
ވެކާލާތުކުރުމުގެ
ފ.4
މަސައް
30 މާކްސް ލިބުމުގެ ފުރުޞަތު އޮތީ ހަމައެކަނި ޝަރުޢީދާއިރާގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ މަޤާމެއްގައި
އުޅޭ މުވައްޒަފުންނަށްކަމަށާއި، އެކިއެކި ފަނޑިޔާރުންގެ ކުރިމަތީގައި ތަފާތު ކޯޓުތަކުގައި ބުރަކޮށް ވަކާލާތުކޮށް
ތަޖުރިބާ ޙާޞިލްކުރާ ޤާނޫނީ ވަކީލުންނަށް ތަޖްރިބާގެ ބައިން އެންމެ ގިނައިންވެސް ލިބެނީ 20 މާކްސްކަމުން
މިތަފާތަކީ އިންސާފުވެރި ތަފާތެއްކަމުގައި ދަޢުވާކުރާފަރާތުން ނުދެވޭކަމަށާއި، އެހެނީ ޝަރުޢީ ދާއިރާގައި އުޅޭ
ލީގަލް އެސިސްޓެންޓުންނާއި ލީގަލް އޮފިސަރުންނަށްވުރެ ތަޖުރިބާގެ ގޮތުން ޕްރެކްޓިސްކުރާ ލޯޔަރުން
ދައްވާނެކަމަށް ބެލުމަކީ އެއްވެސްގޮތަކަށް ހަމަޖެހޭ އިންޞާފުވެރި އުޞޫލެއްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއަށް
ބެލިއިރު،
ހުއްދައޮންނަ ކޮންމެވަކީލަކީ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލަކަށް ނުވެ
ހިނގައިދާނެކަމާއި، އަދި ކޯޓުތަކުގައި ވަކާލާތުކުރިކަމުގައިވިޔަސް އެކި ވަކީލުން މަސައްކަތްކުރާ މިންވަރާއި ގޮތް
ލިބޭ ތަޖުރިބާއާއި
ހުނަރު ތަފާތުވެފާ
ތަފާތުވެދާނެކަން އެނގޭއިރު، ޝަރުޢީ ދާއިރާގައި ޤާނޫނީ
މަސައްކަތްކުރަންޖެހޭ މަޤާމުތަކުގައި ވަޒީފާ އަދާކުރާ ޤާނޫނީ ވަކީލުންނަކީ ގިނަ ފަހަރަށް ފަނޑިޔާރުންނާ އެކު
ސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވުމުގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތުގެ ވިސްނުމާއި ވައްޓަފާޅި
ނގޭ، އަދި މިފަދަ ގިނަ ވަކީލުން އަދާކުރަނީ ފަނޑިޔާރުންގެ އެހީތެރިންގެ ދައުރެއްކަމުން، ފަނޑިޔާރުކަމަށް
މީހުން ހޮވުމުގައި މިފަދަ ވަކީލުންނަށް އިސްކަމެއް ދިނުމަކީ ޝަރުޢީ ދާއިރާއާއި ކޯޓުތަކުގެ ކުރިއެރުމާއި
ގޮތުގައި ހޮވާ ފަރާތްތަކަކީ، އެންމެ ޤާބިލު ފަރާތްތައް ކަމުގައި ހެދުމަށްޓަކައި،
ނުކުރެވޭނެކަމެއްކަމުގައި، އަދި ހަމަޖެހޭ އިންސާފުވެރި އުޞޫލެއްނޫންކަމުގައި ބެލޭނެ ޤާނޫނީ އަދި ޝަރުޢީ
ހަމައެއްވިޔަސް އޮތްކަމަށް ނުފެންނަކަމާއި،
ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ހޮވުމުގައި، މަޤާމަށް އެދި ކުރިމަތިލާ ޤާނޫނީ ވަކީލުންގެ
ފެންވަރު ބަލާނެ ހަރުދަނާ އެހެން އުޞޫލެއް ނުވަތަ ގޮތްތަކެއް ކަނޑައެޅިފައިނެތްއިރު، މިއީވެސް، އިޢުލާން
ކުރެވިފައިވާ މަޤާމަށް ނުވަތަ މަޤާމުތަކަށް އެންމެ ޤާބިލު މީހުން ހޮވުމުގެ ބޭނުމުގައި، ކުރިން ކަނޑައެޅިފައިވާ
އަސާސެއް ނުވަތަ ކްރައިޓީރިއާއެއްގެ މައްޗަށް ބިނާކޮށް، އަދި ސާފުކޮށް ފެންނަންއޮތް ރަނގަޅު ސަބަބެއްގެ
ކުރެވިފައިވާ ތަފާތުކުރުމެއްކަން ފާހަގަކުރެވޭކަމެވެ.
(ކ) ހަތްވަނަ ކަމަކީ، "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތު
ގަވާއިދު” ގެ 4 ވަނަމާއްދާގެ (ށ) ގައިވާގޮތުގެ މަތީން ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން
ވަކިބަޔަކާ އިންޓަވިއުކުރާގޮތަށް އޮތުމަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ހަމަހަމަކަމުގެ އުޞޫލާ
ޚިލާފުކަމެއްކަމަށާއި އެހެނީ އިންޓަވިއުއަށް މުޅި ޖުމްލަ 25 މާކްސް އޮވެފައި އެމާކްސް ހޯދުމުގެ ފުރުޞަތު
ވަކިފަރާތްތަކެއްގެ ކިބައިން ނިގުޅައިގަނެވޭފަދަ ގޮތަކަށް ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި
ރާއްޖޭގެ ހައި
ނ.ޑީ ރަންގެ
COC
OX
މައްޗަށް ބިނާކޮށް
އޮބުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/02
ޢަމަލެކެރުނެގެ
ދި
މު ކު.
ރަންވާން.
ކުރާނެގޮތުގެ ގަވާއިދު އޮތުމަކީ އިންޞާފުވެރި ގޮތެއްކަމުގައި ދަޢުވާކުރާ ފަރާތުން ނުދެކޭކަމަށާއި،
ސަބަބަކީ ތަޢުލީމާއި އަޚްލާޤުގެ ބައިން ޖުމްލަ މާކްސް، ކުރިމަތިލާ މީހުންގެ ތެރެއިން 14 ވަނައަށްވުރެ
ފަހަތުގައި އޮންނަ މީހަކަށްވެސް، އިންޓަވިއު އިން ރަނގަޅަށް ޕާފޯމް ކުރެވިއްޖެނަމަ ޖުމްލަ މާކްސް އެންމެ
މަތި ނުވަތަ ވޯޓަށް އަހާ ލިސްޓުގެ އެންމެ މައްޗަށް އެރުމުގެ ފުރުޞަތު އޮތުންކަމުގައިބުނެ ހުށަހެޅި ނުކުތާއަށް
ބެލިއިރު،
ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ 4
ވަނަމާއްދާގެ (ށ) ގައި ވަނީ، "މިމާއްދާގެ (ހ) ގައިވާ ލިސްޓުގައިވާ ކެންޑިޑޭޓުންގެ އަދަދު، އިޢުލާނުގައިވާ
ދަދުގެ 2 ގުނައަށްވުރެ އިތުރުވާނަމަ، ޝޯޓްލިސްޓް ކުރެވޭނީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ
ކްރައިޓީރިއާގައިވާ ތައުލީމާއި ތަޖުރިބާ އަދި އަޚުލާޤާއި ސުލޫކުގެ ބައިން އެންމެ މަތީން މާކްސް ލިބޭ މީހުންގެ
ތަރުތީބަށް ބަލައި، ބޭނުންވާ އަދަދުގެ ދެގުނައަށްވާ އަދަދެކެވެ. ނަމަވެސް، މިގޮތުން ދެގުނަ ހަމަކުރަން ބަލާއިރު
ދެގުނަ ހަމަވާ އެންމެދަށުން މާކްސް ލިބިގެން ޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓަކާއި އެއްވަރަށް މާކްސް ލިބިފައިވާ
ކެންޑިޑޭޓުން އިންޓަރވިއުކުރުމަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިއުލާނުގައިވާ އަދަދަށްވުރެ 2 ގުނަ
އިތުރުނުވާނަމަ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކާ އިންޓަރވި
މިފަދައިންކަމާއި،
ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދުގައި މިގޮތަށް
އޮތުމަކީ އިންޞާފުވެރި ގޮތެއްކަމުގައި ދަޢުވާކުރާ ފަރާތުން ނުދެކޭކަމަށް ބުނެފައިވާއިރު، މިގޮތަށް ބަޔާންކޮށްފައި
އޮތް އޮތުމަކީ ޤާނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާ ފުށުއަރާގޮތަށް އޮތް އޮތުމެއްކަމުގައި ދަޢުވާކުރާފަރާތަށް
ޔާންކޮށްދެވިފައިނުވާއިރު، މަޤާމަކަށް އެދި ގިނަބަޔަކު ހުށަހަޅާ ހާލަތްތަކުގައި، ކަނޑައެޅިފައިވާ ނުވަތަ
ކަނޑައެޅޭ ކްރައިޓީރިއާއެއްގެ ދަށުން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަކީ އިންޓަވިއުކުރުމަކީ، ވަޒީފާއަށް
މީހުންހޮވުމާ ގުޅޭ
ގަވާއިދުތަކުގައި ކަނޑައެޅި
ޢަމަލުކުރެވެމުންއަންނަ،
އަދި ދައުލަތުގެ
ސަސާތަކުން ބަލައިގަނެފައިވާ އުޞޫލެއްކަމާއި،
މިގޮތުން "ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011" ގެ 81 ވަނަ މާއްދާގެ (ރ) އަށް
ބަލާއިރު، ވަޒީފާއަށް އެދުނު، ޝަރުޠު ހަމަވާ މީހުންގެ އަދަދު 20 (ވިހި) އަށްވުރެ އިތުރުވާނަމަ،
އިންޓަރވިއުއަށް ގެންނާނެ މީހުން ކަނޑައެޅުމަށްޓަކައި ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން ޝޯޓްލިސްޓްކޮށްގެން
ތަރުތީބުން އިންޓަރވިއުއަށް ގެންނާނެ ފަރާތްތަކުގެ އަދަދު އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ ހިއުމަން ރިސޯސް
ކޮމެޓީގެ މަޝްވަރާގެ މަތިން ކަނޑައެޅިދާނެކަން ބަޔާންކޮށްފައިވާކަމާއި،
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 104 ވަނަ މާއްދާގެ (ރ) އަށް ބަލާއިރުވެސް،
ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު އިތުރުވެ، ހުރިހާ ފަރާތެއް އިންޓަރވިއުކުރުމަށް ދަތިވާނަމަ، އިން
ތަފާތު
2
ދިވެހިބޭއްޤީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2012/HC-DM/02
އއގނހރމ
CCCO
@ނންއ•
ރި ¢ ¢ ¢ I
އޮފީހެއްގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެނޑް ޑިވެލޮޕްމަންޓް ކޮމެޓީގެ މަޝްވަރާގެ މަތިން ޝޯޓްލިސްޓް
ކުރުމަށް ކްރައިޓީރިއާއެއް ކަނޑައަޅައި އެ ކްރައިޓީރިއާގެ ތެރެއިން އިންޓަރވިއުއަށް ގެންނަ ފަރާތްތައް،
ތަޢުލީމީ ފެންވަރުގެ މައްޗަށް ބިނާކޮށް ޝޯޓްލިސްޓް ކުރެވިދާނެކަމުގައި ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
(އ) އަށްވަނަ ކަމަކީ، ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ
ގަވާއިދު" ގެ 5 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެމަތީން އިންޓަރވިއުއަށް ކަނޑައެޅިފައިވާ މާކުހުގެ ތެރެއިން
ދެބައިކުޅަ އެއްބައި މާކްސް ނުލިބޭ މީހުން ފަނޑިޔާރުކަމަށް ނެގުމުގައި ޑިސްކޮލިފައިވާ ގޮތަށް އޮތުމަކީ
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް
ބެލިއިރު،
ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާއަކީ، ފަނޑިޔާރުންގައި ހުރުން ލާޒިމް ޝަރުޠުތަކާއި
ސިފަތައް ކަނޑައަޅާފައިވާ މާއްދާއެއްކަން އެނގޭކަމާއި، އެހެންކަމުން، ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
ހުނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ 5 ވަނަ މާއްދާގެ (ރ) ގައި، "އިންޓަވިއުއަށް
ކަނޑައެޅިފައިވާ މާކްސްގެ ތެރެއިން އިންޓަރވިއުއިން ފާސްވުމަށްޓަކައި މަދުވެގެން ދެބައިކުޅަ އެއްބައި މާކްސް
އަދި އެއަދަދަށް މާކްސް ލިބިފައިނުވާ ކެންޑިޑޭޓުން ފަނޑިޔާރުކަމަށް ނެގުމުގައި
ސްކޮ ދެއެވެ." މިގޮތަށް ބަޔާންވެފައި އޮތުމަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ
މާއްދާއާ ޚިލާފުކަމެއްކަމަށްވާނެ ގޮތެއް އެނގެންނެތްކަމާއި،
އިންޓަރވިއުއަކީވެސް މަޤާމަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން ދަނެގަނެ
ވަޒަންކުރުމަށް ކުރެވޭ ކަމަކަށްވާއިރު، މަޤާމަށް އެންމެ ޤާބިލުމީހުން ހޮވުމަށް، ކަނޑައެޅިފައިވާ ކްރައިޓީރިއާ
އެއްގެ މައްޗަށް ބިނާކޮށް، މާކްސް ދިނުމަށް ކަނޑައެޅިފައިވާ ބަޔަކަށް، ކަނޑައެޅިފައިވާ މާކުހުގެ ތެރެއިން ވަކި
މިންވަރަކަށް މާކްސް ނުލިބޭ މީހުން ޑިސްކޮލިފައިވާގޮތަށް އޮތުމަކީ ޤާނޫނުއަސާސީއާއި އަދި ޤާނޫނަކާވިޔަސް
ތަޢާރުޟްވާކަމެއްކަން އެނގެންނެތްކަމެވެ.
(ލ) ނުވަވަނަ ކަމަކީ، "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި
ގަވާއިދު" ގެ 3 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، އިންޓަރވިއުކުރާނެ ދާއިރާތަކާއި އެ ދާއިރާތަކަށް
ކަނޑައަޅާފައިވާ މާކްސްކަމާއި،
ތަޢުލީމީ ސެޓްފިކެޓުތަކަށް، ކަނޑައެޅިފައިވާގޮތުގެ މަތިން މާކްސް ދިނުމަށްފަހު، އެމީހަކު ތަޢުލީމު
ޙާޞިލުކޮށްފައިވާ ދާއިރާތައްވެސް ހިމެނޭގޮތުން އިންޓަރވިއުގައި ކުރެވޭ ސުވާލުތަކަށް މާކްސް ދިނުމާއި،
އިންޓަރވިއު ނުކުރެވޭ ފަރާތްތަކަށް އިންޓަރވިއުއިން ލިބެންވާ މާކްސް ނުލިބުމާއި، ވަކި ދާއިރާއަކުން ތަޢުލީމު
ޙާޞިލުކޮށްފައިވާ ފަރާތަކާ، އިންޓަރވިއުގައި، ކަނޑައެޅިފައިވާ އެހެންދާއިރާއަކުން ސުވާލުކުރުމަކީ
2
4
62 6 2 3322
74ހރނ,303
38
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
2012/HC-DM/02
ޤާނޫނުއަރ
"ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ޖަދުވަލު 1
ކަމުގައިވާ "ސުޕީރިއާ ކޯޓަށް ފަނޑިޔާރުން ޔަނުކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއާ" ގެ 3 ވަނަ
ނަންބަރުގައި އަޚުލާޤަށް 10 މާކްސް އެލޮކޭޓްކޮށްފައިވުމަކީވެސް ޤާނޫނުއަސާސީއާއި އަދި ޤާނޫނަކާވިޔަސް
ތަޢާރުޟް ކަމެއްކަން އެނގެންނެތްކަމާއި،
އަދި އެގޮތަށް އޮތުމަކީ އިންސާފުކަމުގައި ނުދެކޭކަމަށާއި އަދި އެއީ އެއްވެސް ހަމައެއްނެތި ދެވޭ
މާކްސްތަކެއްކަމުގައި ދެކޭކަމަށް ބުނެ ދަޢުވާކުރާފަރާތުން ބުނެފައިވާ ބުނުން ފިޔަވައި، އެގޮތަށް އޮތުމަކީ،
.އަސާސީއާ އަދި ޤާނޫނަކާވިޔަސް ތަޢާރުޟް ކަމެއްކަން ބަޔާންކޮށްދެވިފައި ނުވާކަމެވެ.
(މ) ދިހަވަނަ ކަމަކީ، "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ
ގަވާއިދު" އާއި "ސުޕީރިއާ ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއާ އަކީ
ޤާނޫނުއަސާ މީގެ 150 ވަނަ މާއްދާ (ނ)، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު
ނަންބަރު: 10/2008) ގެ 21 ވަނަ މާއްދާގެ (ނ) ން، ޖުޑީޝަލް ސަރވިސް ކޮމިޝަނާ ހަވާލުކުރެވިފައިވާ
މަސްއޫލިއްޔަތުތަކާއި އަދި އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކޮމިޝަނަށް ލިބިފައިވާ
އެކޮމިޝަނުން އެކުލަވާލާފައިވާ ޤަވާއިދެއްކަމާއި،
ޤާނޫނާއި ޤަވާއިދުތަކަކީ ވަކިމީހަކަށް އަމާޒުކޮށްގެން ހެދޭ އެއްޗަކަށްނުވާކަމާއި ޤާނޫނާއި
ޤަވާއިދުތަކަކީ އެންމެން ޝާމިލުވާވާގޮތަށް ހެދޭ އާންމު އެއްޗަކަށްވުމުން، ޤާނޫނެއް ނުވަތަ ޤަވާއިދެއް
ހެދުމުގައި، އެޤާނޫނެއް ނުވަތަ އެޤަވާއިދެއް ހަދަންޖެހޭ މުއައްސަސާއެއް ނުވަތަ އިދާރާއެއްގެ، އެކަ
އެކަމުގެ
ޒިންމާއާއި މަސްއޫލިއްޔަތު އުފުލަންޖެހޭ މީހަކު ނުވަތަ ބަޔަކު ބައިވެރިވުމަކީ ޤާނޫނީ މައްސަލައެއް އެކަމުގައި
އޮންނާނެކަމެއްނޫންކަމާއި،
ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކު
ކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު"
އެކުލަވާލުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން ބައިވެރިވެފައިވުމަކީ މެންބަރުންގެ ޤާނޫނީ
މަސްއޫލިއްޔަތެއް އަދާކުރުމަށް ކޮށްފައިވާ ކަމެއްކަމާއި، ޤަވާއިދު ހެދުމުގައި މެންބަރަކު ބައިވެރިވެފައިވުމަކީ،
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 10/2008) ގެ 20 ވަނަ މާއްދާގެ (ނ) ގައި
ބުނެފައިވާފަދަ، މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް އޮތް މައްސަލައެއް
ނިންމުމުގައި ބައިވެރިވުން ކަމުގައި ބެލެވެން ނެތްކަމާއި، އަދި ހަމަ އެޤާނޫނުގެ
17 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ، މެންބަރުންގެ ސުލޫކީ މިންގަނޑުތަކާ ޚިލާފުކަމެއްކަމުގައިވެސް ބެލުމުގެ ފުރުސަތު ނެތްކަމާއި،
އަދި "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު"
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހަދައި އޭގެ މައްޗަށް ބިނާކޮށް ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުޔާއިޖޭގެ
4
2
4 އ$ން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
މ ފ 2
ދި
ބާރުގެ
ހހހ2
0 31
OcOc
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/02
CC Occc
މެއި
ޝަ4=ޑ
724ކން 343
ހޯދުމަށް އިޢުލާނުކުރުމާއި ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހެޅި ފަރާތްތައް ޝޯޓްލިސްޓް ކުރުމުގައި
ކޮމިޝަނުގެ ވަކި މެންބަރަކު ޤާނޫނާ ޚިލާފަށް ކަމެއްކޮށްފައިވާކަން އަދި އެއިންކަމެއް ނިންމުމުގައި މެންބަރެއްގެ
އަމިއްލަ މަސްލަހަތެއް ނުވަތަ މާލީ ފައިދާއެއް އޮވެ ބައިވެރިވެފައިވާކަން، އަދި ސުޕީރިއަރ ކޯޓުތަކަށް
ފަނޑިޔާރުން ހޯދުމަށް އިޢުލާނުކޮށް ކުރެވިފައިވާ މަސައްކަތުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަކި
މެންބަރަކު ނުވަތަ ވަކި މެންބަރުންތަކެއް ޤާނޫނުއަސާސީއާ ޚިލާފުވެފައިވާކަންވެސް އެނގެންނެތްކަމެވެ.
(ށ) އެގާރަވަނަ ކަމަކީ، "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ
ގަވާއިދު" ގެ ޖަދުވަލު 1 ކަމުގައިވާ، "ސުޕީރިއާ ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމުގައި މާކްސް ދޭނެގޮތުގެ
ކްރައިޓީރިއާ" އަކީ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާ (ނ)، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ
ޤާނޫނު (ޤާނޫނު ނަންބަރު: 10/2008) ގެ 21 ވަނަ މާއްދާގެ (ނ) ން، ޖުޑީޝަލް ސަރވިސް ކޮމިޝަނާ
ވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި އަދި އެމަސްއޫލިއްޔަތުތައް އަދާކުރުމަށް އެކޮމިޝަނަށް ލިބިފައިވާ ބާރުގެ
ދަށުން އެކޮމިޝަނުން އެކުލަވާލާފައިވާ ޤަވާއިދެއްކަން އެނގެންއޮތްއިރު، އެޤަވާއިދު ޤާނޫނުއަސާސީގެ 20 ވަނަ
އަދި 17 ވަނަ މާއްދާއާވެސް ތަޢާރުޟުވާކަން އެނގެންނެތްކަމެވެ.
(ދ) ބާރަވަނަ ކަމަކީ، "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި
ގަވާއިދު" އާއި އެގަވާއިދުގެ ޖަދުވަލު 1 ކަމުގައިވާ، "ސުޕީރިއަރ ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމުގައި
މާކްސް
ދޭނެގޮތުގެ ކްރައިޓީރިއާ"، ޤާނޫނުއަސާސީއާއި އަދި ޤާނޫނަކާވިޔަސް ތަޢާރުޟްވާކަން
އެނގެންނެތްނަމަވެސް، ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި
އެކޮމިޝަނުގެ
ޝަނުގެ ނަންބަރު 1
/
2011
/
13/IUL
)
195
-
A) (6 ޖުލައި 2011) އިޢުލާނާ ގުޅިގެން 47
ފަރާތަކުން، ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުކަމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް
ހުށަހަޅާފައިވާއިރު، ތެރެއިން ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށްފައިވަނީ،
ޓްރާންސްކްރިޕްޓަށް ބެލުމެއްނެތި ހަމައެކަނި ސެޓްފިކެޓުގެ ނަން ނުވަތަ ޓައިޓަލް އަށް ބަލައިގެންކަން
އެނގޭއިރު، ސެޓްފިކެޓްތައް އެކްރެޑިޓް ކުރުމުގައާއި އަދި ސެޓްފިކެޓުގެ މައްޗަށް ބިނާކޮށް ވަޒީފާ
ދިނުމުގައިވެސް ބަލަނީ ހަމައެކަނި ސެޓްފިކެޓުގެ ނަމަށް ނޫންކަމާއި، އެހެން ނަމަވެސް ސެޓްފިކެޓާއެކު
ސެކްރިޕްޓަށްވެސް ބަލާ ކަމާއި، ސެޓްފިކެޓާމެދު ބަޔާންކުރެވިދިޔަ ފަދަ ކަމެއްގައި ގޮތެއް ނިންމަނީ،
ޓްރާންސްކްރިޕްޓްގައި ބާޔާންކޮށްފައިވާ މާއްދާތަކަށާއި އަދި ފުރިހަމަ ކޮށްފައިވާ ކްރެޑިޓް ޕޮއިންޓްތަކަށް ނުވަތަ
ކްރެޑިޓް ގަޑިތަކަށްވެސް ބަލައިގެންކަން އެނގޭކަމާއި،
މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރު
>xcu
އޭގެ
ދ 8
ع سرور
$
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/02
ހޮވުމުގައިވެސް ޢަމަލުކޮށްފައިވަނީ އެގޮތުގެމަތިންކަމާއި، އެގޮތުން، ތަޢުލީމީ ސެޓްފިކެޓުތަކަށް މާކްސް
ދީފައިވަނީ ޓްރާންސްކްރިޕްޓަށްވެސް ބަލައިގެންކަން އެނގޭކަމާއި،
ބައެއް ޔުނިވަރސިޓީތަކުން ދޫކުރާ Bachelor of Law ސެޓްފިކެޓުގެ ނަމުގައި އިސްލާމީ
ޝަރީޢާ އަށް އިޝާރާތްކުރެވިފައި ނުވިނަމަވެސް ޤާނޫނީ މާއްދާތަކުގެ އިތުރުން ޝަރީޢާ މާއްދާތައްވެސް ގިނަ
އަދަދަކަށް ހިމެނިފައި ހުންނަކަން އެނގޭކަމާއި، އޭގެ މިސާލެއްގެ ގޮތުން، މެލޭޝިޔާގެ އިންޓަރނޭޝަނަލް
އިސްލާމިކް ޔުނިވަރސިޓީގެ "އަޙުމަދު އިބްރާހީމް ކުއްލިއްޔާ އޮފް ލޯޒް" ގައި އޮންނަ،
(
.Bachelor of Law
(
Hons ޕްރޮގްރާމް ފާހަގަކުރެވޭކަމާއި، އެޕްރޮގްރާމުގެ ތަފްސީލަށް ނުވަތަ
ޑިސްކްރިޕްޝަނަށް ބަލާއިރު، އެޕްރޮގްރާމުގައި ހިމެނިފައިވާ ސިވިލް ސްޓްރީމުގެ ކްރެޑިޓް ގަޑިތަކާއެކު ޝަރީޖް
ސްޓްރީމުގެ ކްރެޑިޓް ގަޑިތައްވެސް ހިމެނޭކަން ފާހަގަކުރެވޭކަމާއި،
ހަމަހަމަކަމުގެ
ތެރޭގައި، ހަމަހަމަ ފުރުސަތު ނުވަތަ ފުރުސަތުތައް
ތަނަވަސްކޮށްދެވިފައި އޮތުންވެސް ހިމެނޭކަމާއި، މިގޮތުން، ތަފާތުކުރުމެއްނެތި ހަމަހަމަ ގޮތެއްގައި
ފުރުސަތުތައް ތަނަވަސްވެފައި
އެމަޤާމަކަށް ނުވަތަ އެކަމަކަށް އެންމެ ޤާބިލުމީހާ
(The most qualified person) އަށް އެމަޤާމެއް ދިނުމުގެ ގޮތުން، ކުރިން ކަނޑައެޅިފައިވާ އަސާސެއް
ނުވަތަ ކްރައިޓީރިއާ (pre
-
agreed basis) އެއްގެ މައްޗަށް ބިނާކޮށް، އަދި ސާފުކޮށް ފެންނަންއޮތް ރަނގަޅު
ސަބަބެއް (Explicitly justified distinction) ގެ މައްޗަށް ބިނާކޮށް މެނުވީ ތަފާތުކުރެވިގެން
ހަމަހަމަގޮތެއްގައި
ގ
w ޏ އ ސ ޑ 4
پی سنسرت مری
OXO OS
ނުވާނޭކަމާއި،
އެހެން ކަމެޑް
ޑ 8
9
8
s
42
2 ހ2ޑ
3/424
ޓްރާންސްކްރިޕްޓަށް އަދި ޓްރާންސްކްރިޕްޓްގައި ބަޔާންކޮށްފައިވާ މާއްދާތަކަށާއި
ބާވަތާއި ކްރެޑިޓް ގަޑިތަކަށް ބެލުމެއްނެތި، ހަމައެކަނި ސެޓްފިކެޓުގެ ނަމަށް ނުވަތަ ޓައިޓަލްއަށް
ރިޢާޔަތްކޮށް، މާކްސް
ދިނުމަކީ ވަޒީފާއަށް އެދި ހުށަހެޅި، ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން
ކިޔަވާފައިވާ ކެންޑިޑޭޓުންގެ މެދުގައި މާކްސްދިނުމުގައި ތަފާތުކުރެވި، އިސްލާމީ ޝަރީޢާ ކިޔަވާފައިވާ ފަރާތްތައް
އިސްލާމީ ޝަރީޢާ ނުކިޔަވާކަމުގައި ބެލެވިގެން ހިނގައިދާނެ ކަމަކަށްވާއިރު، މިތަފާތުކުރުމަކީ އެމަޤާމަށް ނުވަތަ
އެކަމަކަށް އެދި ހުށަހަޅާފައިވާ މީހުންކުރެ އެންމެ ޤާބިލު މީހާއަށް ނުވަތަ އެންމެ ޤާބިލު މީހުންނަށް އެމަޤާމު
ދިނުމުގެ ގޮތުން، ކުރިން ކަނޑައެޅިފައިވާ އަސާސެއް ނުވަތަ ކްރައިޓީރިއާއެއްގެ މައްޗަށް ބިނާކޮށް، އަދި
ސާފުކޮށް
ފެންނަންއޮތް ރަނގަޅު
މާކްސްދިނުމުގައި ކޮށްފައިވާ
ތަފާތުކުރުމެއްކަމުގައި ބެލެވެން ނެތްކަމުން،
މިއީ، ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް
މީހެއްކަމަށާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކުޖޭގެ އި
ސަބަބެއް“
މއޗަށް
ބންކށ
ހއ ސ ޑ ޖ ޗ
ހަމަހަމަވެގެންވާ
«
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
2012/HC-DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އެހެންކުމުން،
ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ހައްޤެއް ކަމުގައި ބަޔާންކޮށް، ޤާނޫނީގޮތުން ކަށަވަރުކޮށްދީފައިވާ އަސާސީ
ޙައްޤުގެ ރޫހާއި އެއްގޮތަށް ކުރެވިފައިވާ ކަމެއްކަމަށް ބެލެވެންނެތްކަމެވެ.
މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުން ދެކެނީ، ސުޕީރިއަރ ކޯޓުތަކަށް
ފަނޑިޔާރުން ޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" އާއި އެޤަވާއިދުގެ ޖަދުވަލު 1 ކަމުގައިވާ،
ސުޕީރިއާ ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއާ"، ޤާނޫނުއަސާސީއާއި އަދި
ޤާނޫނަކާވިޔަސް ތަޢާރުޟްވާކަން އެނގެންނެތްކަމުގައިވިޔަސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި
އެކޮމިޝަނުގެ ނަންބަރު 1
/
2011
/
13/IUL
)
195
-
A) (6 ޖުލައި 2011) އިޢުލާނާ ގުޅިގެން ސުޕީރިއަރ
ކޯޓުތަކުގެ ފަނޑިޔާރުކަމުގެ ވަޒިފާއަށް އެދި ހުށަހެޅި ކެންޑިޑޭޓުންގެ ތަޢުލީމީ ސެޓްފިކެޓްތަކަށް
މާކްސްދިނުމުގައި، ޓްރާންސްކްރިޕްޓަށް އަދި ޓްރާންސްކްރިޕްޓްގައި ބަޔާންކޮށްފައިވާ މާއްދާތަކަށާއި އެމާއްދާތަކުގެ
ބާވަތާއި ކްރެޑިޓް ގަޑިތަކަށް ބެލުމެއްނެތި، ހަމައެކަނި ސެޓްފިކެޓުގެ ނަމަށް ނުވަތަ ޓައިޓަލްއަށް ރިޢާޔަތްކޮށް،
ދިނުމަކީ ވަޒީފާއަށް އެދި ހުށަހެޅި، ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ކިޔަވާފައިވާ
ކެންޑިޑޭޓުންގެ މެދުގައި މާކްސްދިނުމުގައި ތަފާތުކުރެވި، އިސްލާމީ ޝަރީޢާ ކިޔަވާފައިވާ ފަރާތްތައް އިސްލާމީ
ޝަރީޢާ ނުކިޔަވާކަމުގައި ބެލެވިގެން ހިނގައިދާނެ ކަމަކަށްވާއިރު، އަދި މިތަފާތުކުރުމުގެ މައްޗަށް ބިނާކޮށް
މާކްސް ދިނުމަކީ، މަޤާމަށް އެދި ހުށަހަޅާފައިވާ މީހުންކުރެ އެންމެ ޤާބިލު މީހާއަށް ނުވަތަ އެންމެ ޤާބިލު
މީހުންނަށް އެމަޤާމު ދިނުމުގެ ގޮތުން، ކުރިން ކަނޑައެޅިފައިވާ އަސާސެއް ނުވަތަ ކްރައިޓީރިއާއެއްގެ މައްޗަށް
އަދި ސާފުކޮށް ފެންނަންއޮތް ރަނގަޅު ސަބަބެއްގެ މައްޗަށް ބިނާކޮށް، މާކްސްދިނުމުގައި ކުރެވިފައިވާ
ތަފާތުކުރުމެއްކަމުގައި ބެލެވެން ނެތްކަމަށެވެ.
COCC
8
02ދ
0
ސަބަބުތައް
ދެންފަހެ، ބަޔާންކުރެވިދިޔަ ބަބުތައް އެފަދައިންހުރުމުން ސުޕީރިއަރ ކޯޓުތަކަށް
ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ހެދުމަށްފަހު، ސުޕީރިއަރ ކޯޓުތަކަށް
ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި އެކޮމިޝަނުގެ
އެކޮމިޝަނުގެ ނަންބަރު
1
/
2011
/
13/IUL
)
195
-
A) (6 ޖުލައި 2011) އިޢުލާނާ ގުޅިގެން ސުޕީރިއަރ ކޯޓުތަކުގެ
ފަނޑިޔާރުކަމުގެ ވަޒިފާއަށް އެދި ހުށަހެޅި ކެންޑިޑޭޓުންގެ ތަޢުލީމީ ސެޓްފިކެޓްތަކަށް މާކްސްދިނުމުގައި،
ޓްރާންސްކްރިޕްޓަށް އަދި ޓްރާންސްކްރިޕްޓްގައި ބަޔާންކޮށްފައިވާ މާއްދާތަކަށާއި އެމާއްދާތަކުގެ ބާވަތާއި ކްރެޑިޓް
ގަޑިތަކަށް ބެލުމެއްނެތި، ހަމައެކަނި ސެޓްފިކެޓުގެ ނަމަށް ނުވަތަ ޓައިޓަލްއަށް ރިޢާޔަތްކޮށް، މާކްސް
ދީފައިވުމުން، ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހެޅި، ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/02
ކިޔަވާފައިވާ ކެންޑިޑޭޓުންގެ މެދުގައި މާކްސްދިނުމުގައި ތަފާތުކުރެވި، އިސްލާމީ ޝަރީޢާ ކިޔަވާފައިވާ ފަރާތްތައް
އިސްލާމީ ޝަރީޢާ ނުކިޔަވާކަމުގައި ބެލެވި، ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހެޅި ކެންޑިޑޭޓުންގެ މެދުގައި،
ތަޢުލީމީ ސެޓްފިކެޓުތަކަށް މާކްސްދިނުމުގައި ތަފާތުކުރެވިގެންދާގޮތަށް ޢަމަލުކުރެވިފައިވާކަން އެނގޭތީއާއި،
މިތަފާތުކުރުމަކީ މަޤާމަށް އެދި ހުށަހަޅާފައިވާ މީހުންކުރެ އެންމެ ޤާބިލު މީހާއަށް ނުވަތަ އެންމެ ޤާބިލު
މީހުންނަށް އެމަޤާމު ދިނުމުގެ ގޮތުން، ކުރިން ކަނޑައެޅިފައިވާ އަސާސެއް ނުވަތަ ކްރައިޓީރިއާއެއްގެ މައްޗަށް
ބިނާކޮށް، އަދި ސާފުކޮށް ފެންނަންއޮތް ރަނގަޅު ސަބަބެއްގެ މައްޗަށް ބިނާކޮށް، މާކްސްދިނުމުގައި ކުރެވިފައިވާ
ތަފާތުކުރުމެއްކަމުގައި ބެލެވެން ނެތްކަމާއި، އެހެންކަމުން، ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހެޅި
ކެންޑިޑޭޓުން ކިޔަވާފައިވަނީ ޤާނޫނީރޮގުން ނުވަތަ އިސްލާމީ ޝަރީޢާގެ ރޮނގުން ނުވަތަ ޤާނޫނާއި އިސްލާމީ
ޝަރީޢާގެ ރޮނގުންކަން ކަނޑައެޅުމުގައި ހަމައެކަނި ސެޓްފިކެޓުގެ ނަމަށް ނުވަތަ ޓައިޓަލްއަށް ބެލުމުގެ
ބަދަލުގައި، ޓްރާންސްކްރިޕްޓަށްވެސް ރިޢާޔަތްކޮށް، ބަޔާންކުރެވިދިޔަ އިޢުލާން ގުޅިގެން ފަނޑިޔާރުކަމުގެ
ވަޒީފާއަށް އެދި ހުށަހެޅި ކެންޑިޑޭޓުން އަލުން ޝޯޓްލިސްޓްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް
އަންގައި، ޖުޑިޝަލް ސަރވިސް ކޮމިޝަނުން ހަދާފައިވާ، "ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން
ހުނުކުރުމުގައި ޢަމަލުކު
ޢަމަލުކުރާނެގޮތުގެ ގަވާއިދު" އާއި އެޤަވާއިދުގެ ޖަދުވަލު 1 ކަމުގައިވާ، "ސުޕީރިއާ ކޯޓަށް
ފަނޑިޔާރުން އައްޔަނުކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއާ" އަކީ ޤާނޫނުއަސާސީއާއި އަދި
ޤާނޫނަކާވިޔަސް ތަޢާރުޟްވާ، ބާޠިލު ޤަވާއިދެއްކަމުގައި ކަނޑައަޅާނެތަނެއް ނެތްކަމަށް މިމައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.
8އނ ކރމ
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ:
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
އަޙްމަދު ޝަރީފު
(އިސްފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
17
212/HC-
DM/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv