ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2013/SC-C/12 ޤަޟިއްޔާ
ސަފްޙާ1546"
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާވެ
ދިވެހިރާއްޖެ
"#Iha
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 12/SC-C/2013
• ދަޢުވާކުރާ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ދަޢުވާލިބޭ ފަރާތް: .
0
0
ތަދައްޚުލްވި ފަރާތް:- މޯލްޑިވްސް މީޑިއާ ކައުންސިލް
• މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭފޯމުން
• ހުށަހެޅުނު ތާރީޚް: 12 މާރޗް 2013
ރަޖިސްޓަރީ ކުރެވުނު ތާރީޚް: 14 މާރޗް 2013
• ނިމުނު ތާރީޚް: 28 ނޮވެމްބަރ 2013
• މައްސަލަ ނިންމި ގަޑި: 10:30
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން،
ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު،
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ،
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން.
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ2546
މައްސަލައިގެ ޚުލާޞާ
މހ23
.ރަތަކުގެ
މުއދި
18
މިއީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަ
ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި 18 ވަނަ މާއްދާގެ (ހ) އަކީ، މުޠުލަޤުކޮށް
ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކެއް ނޫންކަމާއި، އެ މާއްދާތަކުގައިވާ ބާރަކީ،
ޤާނޫނުއަސާސީގައިވާ އެހެނިހެން ބާރުތަކާއި، އިމްތިޔާޒުތަކާއި، ޙައްޤުތަކާއެކު މާނަކުރެވެންޖެހޭ އަދި އެ
މައްޗަށް ޢަމަލުކުރެވެންޖެހޭ މާއްދާތަކެއް ކަމުގައްޔާއި، އަދި އެ ޤާނޫނުގެ 11 ވަނަ މާއްދާއާއި 14 ވަނަ
ވަނަ މާއްދާގެ
(ށ) އަކީ، ޤާނޫނުއަސާސީއާ ތަޢާރުޒުވާ މާއްދާތަކެއްކަމަށް
ކަނޑައަޅައިދިނުމަށް އެދި، ދިވެހި ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން ދަޢުވާލިބޭ ޚަޞްމަކާނުލައި
އެކްސް-ޕާޓޭ" (Ex parte) ކޮށް، ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.
އަދި ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ
ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި 18 ވަނަ މާއްދާ އަކީ ޤާނޫނުއަސާސީއާއި ޚިލާފު
ބާޠިލު މާއްދާތަކެއްކަމަށް ކަނޑައަޅައިދިނުމަށް އެދި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ވަނީ މި
މައްސަލާގައި ތަދައްޚުލްވެފައެވެ.
) 24.7
ފާހަގަކުރެވުނު ނުކުތާތައް
0 0
<< O
ޚި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި،
ދަޢުވާކުރާ ފަރާތުންނާއި، މައްސަލާގައި ތަދައްޚުލްވި ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅޭ
ޢާންމު ދުސްތޫރީ އަދި ޤާނޫނީ މަބްދަތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި
ވިސްނިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ3546
-1
ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ އިސްވެ އިޝާރާތްކުރެވުނު 11 ވަނަ މާއްދާ އާއި 16 ވަނަ
މާއްދާއަށް ނަޒަރުކުރާއިރު، އެ ދެ މާއްދާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤާނޫނީގޮތުން ލިބިދޭ
އިމްތިޔާޒުގެ ތެރެއިން، ޕާރލަމެންޓަރީ އިމިއުނިޓީ' (Parliamentary Immunity) ނުވަތަ ޙަޞާނާ
ބަރުލަމާނިއްޔާ' (هلللޝޫ هلللللا) އާއި ގުޅޭ މާއްދާތަކެއްކަން އެނގެން އޮންނައިރު، ދައުލަތުގެ އެޓަރނީ
ޖެނެރަލްގެ ފަރާތުން އެ ދެ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ތަޢާރުޒުވާ
މާއްދާތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައި އޮންނަ އޮތުމުގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީގޮތުން
ނަޒަރުކުރިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވާ ކަމެވެ.
ނުވާނެއެވެ
މާއްދާގެ
1.1) ޙަވާލާދެވުނު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ
11 ވަނަ މާއްދާގެ (ހ) ގައި "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް
ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަށް ހުރަސްއެޅޭފަދަ ގޮތަކަށް، ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް
މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން .އެވެ." މިފަދައިން ބަޔާންކުރުމަށްފަހު އެ
(ށ) ގައި "ތަޙުޤީޤަކަށް ނުވަތަ ޝަރީޢަތަށް ހާޒިރުވުމުގެ ލިޔުމެއް މަޖިލިސްކުރާ ގޭގައި މެންބަރަކު ހުއްޓާ
ޙަވާލުކޮށްގެން ނުވާނެއެވެ." މިފަދައިން ކަނޑައަޅައިފައި އޮންނައިރު، ރައްޔިތުންގެ މަޖިލީހަކީ އެ މަޖިލީހުގެ
މަސައްކަތް ހިނގަމުންދާ ދުވަސްވަރާއި، މަޖިލީހުގެ ޗުއްޓީ ދުވަސްތަކުގައިވެސް އެކި ގަޑިތަކުގައި
މަސައްކަތްކުރާ ތަނަކަށްވެފައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޝަރުޢީ ކޯޓަކަށް ނުވަތަ މޯލްޑިވްސް
ޕޮލިސް ސަރވިސް ފަދަ ތަޙްޤީޤުކުރާ އިދާރާތަކަށް ހާޒިރުކުރުމުގައި ގިނަގުނަ ދަތިތަކެއް
ކުރިމަތިވާނެކަމަށާއި، އަދި އެއީ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ދައުލަތުގެ އެހެން މުއައްސަސާތަކަށް
މަތިކޮށްފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ ކަމެއްކަމަށް މި މައްސަލާގައި ދަޢުވާކުރާ
ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ4346
OXO
1.2) އިސްވެ ޙަވާލާދެވުނު ޤާނޫނުގެ 16 ވަނަ މާއްދާގައި "މަދަނީ ނުވަތަ ޖިނާއީ
މައްސަލައެއްގެ ތަޙުޤީޤުގެ މަރުޙަލާގައި ނުވަތަ ޖިނާއީ ކުށެއްގައި 12 (ބާރަ) މަސްދުވަހަށްވުރެ ކުރު
ޙުކުމެއް ތަންފީޒުކުރުމުގެ މަރުޙަލާގައި މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފައިވާނަމަ، ހައްޔަރުކޮށްފައިވާ
ފަރާތަކުން އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް
ހާޒިރުކޮށްދޭންވާނެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި ވީހިނދު، ކުށެއްގެ ތުހުމަތުގައި
ހައްޔަރުކުރެވޭ
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަންދުގައި ތިބޭ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ
މަޖިލީހުގެ ހުރިހާ ޖަލްސާތަކަށާއި ކޮމިޓީތަކަށް ހާޒިރުކުރުން ލާޒިމުވާގޮތަށް ޤާނޫނުގައި ކަނޑައަޅާފައި
ތުމުން، ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު އެމީހަކާމެދު ޝަރީޢަތުން ގޮތެއް ނިންމުމުގެ ކުރިން
ދެދުކުރެވިދާނެ ސަބަބުތައް ކަމަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުން
ރައްކާތެރިކޮށްދޭން ބޭނުންވާ މަޤުޞަދު ގެއްލި އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީ
ކަށް އެ މެންބަރަކު ހާޒިރުކުރުމުން މަޖިލީހުގެ އިދާރާއާއި މަޖިލީހުގެ ގޯތިތެރޭގައި
މިނިވަންކަމާއެކު ޙަރަކާތްތެރިވުމުގެ ފުރުޞަތުލިބި، މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމާއި މީސްމީހުންނާ
ކޮންމެކަމެއް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެތީ، މިކަމަކީ ބަންދު ކުރުމުގެ ބޭނުންކެނޑި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ މަޤް ޞަދުގެއްލިގެންދާނެ ކަމެއްކަމަށް، މި މައްސަލާގައި ދަޢުވާކުރާ
ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
264ނ،
ދ 6
22
4
ދތ ވ22ތ ތކތ
ބައްދަލުވުންތަކަށް
99
ހ8 ހ0
a9
ބަދަލަކަށް،
1.3) ޕާރލަމެންޓް މެންބަރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެރެންޓީކުރުމަށާއި،
ދައުލަތުގެ އެހެނިހެން ބާރުތަކާއި މުޖުތަމަޢުގެ އަފްރާދުންގެ ފަރާތުން ކުރިމަތިކޮށްފާނެ ތަފާތު ބާވަތުގެ
ބިރުދެއްކުންތަކުންނާއި ބަދަލުހިފުންތަކުން ރައްކާތެރިވެތިބެ، އެ
ޕާރލަމެންޓަރީ
މަސްއޫލިއްޔަތުތައް އޭގެ އެންމެ
ފުރިހަމަގޮތުގައި އަމާންކަމާއި އިތުބާރާއެކު
ކަށަވަރުކުރުމުގެގޮތުން ދުނިޔޭގެ ތަހުޒީބުވެފައިވާ ގިނަ ދައުލަތްތަކުގެ ދުސްތޫރުތަކުގައި އިސްވެ
2 ބ 2
0
2
މެންބަރުންގެ
އަދުކެރެނެ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ5.46
ވާކަމަ،
އަދި މި
އިޝާރާތްކުރެވުނު ޕާރލަމެންޓަރީ އިމިއުނިޓީ" ގެ މަފްހޫމު ކަނޑައަޅައި ބަޔާންވެގެންވާކަ
އިމިއުނިޓީ' ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ބެހިގެންވަނީ ދެ މަފްހޫމަކަށް ކަމާއި، އެއީ ބައެއް
ޙާލަތްތަކުގައި ޕާރލަމެންޓް މެންބަރުން ޕާރލަމެންޓްގައި އަދާކުރާ ވަޒީފާއާއި ގުޅިގެން މަސްއޫލިއްޔަތު
އުފުލަން ނުޖެހުމުގެ ނުވަތަ 'ނަން ލައެބިލިޓީ' (Non
-
Liability) ގެ މަފްހޫމް އާއި، ކަނޑައެޅިގެންވާ
ބައެއް ޙާލަތްތަކުގައި ޕާރލަމެންޓް މެންބަރުންނާއި އިދިކޮޅަށް ޖިނާއީ އިޖުރާއާތުގެ ދަށުން ބައެއް
ފިޔަވަޅުއެޅުން ޤައިދުކުރެވިފައި އޮތުމުގެ ނުވަތަ ޕްރިލަމެންޓަރީ
އިންވަޔަލަބިލިޓީ"
(Parliamentary Inviolability) ގެ މަފްހޫމްކަން އެނގެން އޮވެއެވެ.
<< O
1.4) ތަފާތު ދުސްތޫރީ ނިޒާމުތަކުގައި، ޕާރލަމެންޓް މެންބަރުން ޕާރލަމެންޓްގައި
އަދާކުރާ ޕާރލަމެންޓަރީ ވަޒީފާއާއި ގުޅިގެން، މަސްއޫލިއްޔަތު އުފުލަން ނުޖެހުމުގެ މަފްހޫމަށް ބަލާއިރު އެއީ
ޕާރލަމެންޓް މެންބަރަކު، އެ މެންބަރުގެ ޕާރލަމެންޓަރީ ވަޒީފާ އަދާކުރުމުގެތެރޭގައި ޕާރލަމެންޓްގެ
ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ވިއަސް ދެއްކި ވާހަކައެއްގެ ސަބަބުން ނުވަތަ ހާމަކުރި ރައުޔެއް
ނުވަތަ ފިކުރެއްގެ ސަބަބުން އެއްވެސް މަދަނީ ނުވަތަ ޖިނާއީ މަސްއޫލިއްޔަތެއް އުފުލަން ނުޖެހުންކަމާއި،
މި މަފްހޫމް ބަޔާންކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) ގެ
ޞަރީޙަ ނައްޞުގައި "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި
މަޖިލީހުގެ މެންބަރަކު ނުވަތަ އެ ނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާގޮތުގެމަތިން
ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ
ސަބަބުން، ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެ މީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ
ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެއެވެ." މިފަދައިން
ކަނޑައަޅައިފައި ވާއިރު، މި މަފްހޫމު ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި
ބާރުތަކުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައިވެސް ކަނޑައަޅައި ބަޔާންވެގެންވާކަމާއި އަދި
OXOLO
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ6
22x2 ދ.
فکر میکر
އިސްވެދިޔަ ދުސްތޫރީ ނައްޞުގެ މަފްހޫމަށް ބަލާއިރު، ބަޔާންވެދިޔަ އިމިއުނިޓީ މައުޟޫޢީގޮތުން
ދެމިގެންވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފު
މަތިން މަޖިލީހުގެ ރަސްމީ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ ވާހަކަތަކުގެ ނުވަތަ
ހާމަކުރާ ރައުޔުތަކުގެ މައްޗަށް އެކަނިކަމާއި، ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ މެންބަރަކު އިސްލާމްދީނުގެ
އަޞްލަކާ ޚިލާފުވާގޮތަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ދައްކާ ވާހަކަތަކާއި ހާމަކުރާ ރައުޔުތަކާ،
އަދި މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު އޭނަގެ ރައުޔާއި ފިކުރު
ހާމަކުރުން ނޫންގޮތަކަށް ކުރާ އެހެނިހެން ޖިނާއީ އަދި މަދަނީ ކުށްތަކަކީ، އެމެންބަރަކުގެ އިމިއުނިޓީ ނުވަތަ
އިމްތިޔާޒުގެ ދާއިރާގައި ހިމެނޭ ކަންތަކެއް ނޫންކަމާއި އަދި މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ބޭރުގައި
ޢާންމު ތަންތާގައި ނުވަތަ މީޑިއާގައި ދައްކާ ވާހަކަތަކާއި ހާމަކުރާ ރައުޔުތަކުގައި މަދަނީ އަދި ޖިނާއީ ކުށެއް
އެކުލެވިގެންވާނަމަ، އެއީވެސް ބުނެވިދިޔަ އިމިއުނިޓީގެ ދާއިރާގައި ޝާމިލުވާކަމެއް ނޫންކަން އެނގެން
އޮވެއެވެ"
37
1.5) ތަފާތު ޖުރިސްޑިކްޝަންތަކުގައި، ޕާރލަމެންޓް މެންބަރުންނާ އިދިކޮޅަށް ޖިނާއީ
އިޖުރާއާތުގެ ދަށުން ފިޔަވަޅުއެޅުން ޤާއިދުކުރެވިފައި އޮތުމުގެ އިމިއުނިޓީގެ މަފްހޫމަށް ބަލާއިރު، އެއީ
އުޞޫލެއްގެ ގޮތުގައި ޖަރީމާގެ މަސްރަޙުން ކުށެއް ކުރަނިކޮށް ހިފޭ ޙާލަތުގައި (flagrante delicto)
ފިޔަވައި، ޕާރލަމެންޓް މެންބަރު ތަބާވާ މަޖިލިސްގެ ހުއްދައާއެކު މެނުވީ، ނުވަތަ އެ މެންބަރު ތަބާވާ
މަޖިލީހުން އެ މެންބަރެއްގެ އިމިއުނިޓީ ދޫކުރުމަށްފަހު މެނުވީ، އެ މެންބަރަކާ އިދިކޮޅަށް ޖިނާއީ
އިޖުރާއާތުގެ ދަށުން ބައެއް ފިޔަވަޅު އެޅުން ޤާއިދުކުރެވިފައި އޮތުންކަން ތަފާތު ދުސްތޫރީ ނިޒާމުތަކުގެ
ދުސްތޫރުތަކަށާއި ޕާރލަމެންޓަރީ ޕްރެކްޓިސްތަކަށް ބެލުމުން އެނގެން އޮންނައިރު، ބުނެވިދިޔަ އިމިއުނިޓީގެ
އަސާސްތަކާއި ޙުދޫދުތައް ތަފާތު ޖުރިސްޑިކްޝަންތަކުގައި ތަންޒީމް ކުރެވިފައިވާ ގޮތުގެމައްޗަށް ބަލާއިރު،
އަންނަވި ކަންތައް ފާހަގަކުރެވެއެވެ.
2
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ7
ހ) ޕާރލަމެންޓް މެންބަރުންނާ އިދިކޮޅަށް ޖިނާއީ އިޖުރާއާތުގެ ދަށުން ބައެއް
ފިޔަވަޅުއެޅުން ޤައިދުކުރެވިފައި އޮތުމުގެ އިމިއުނިޓީގެ ޙަޤީޤީ މަޤްޞަދަކީ ޕާރލަމެންޓް މެންބަރުންގެ
މައްޗަށް ސިޔާސީ ބޭނުމެއްގައި ބަޔަކު ކޮށްފާނެ ޙަޤީޤަތާއި ޚިލާފު ކެހިވެރި ޝަކުވާތަކާއި ދަޢުވާތަކުގެ
ސަބަބުން އެ މެންބަރުންނާއި މަތިކުރެވިފައިވާ ރައްޔިތުން ތަމްޘީލުކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތަށް
ހުރަސްއެޅިގެން ނުދިއުންކަމުގައި ވީހިނދު، މި އިމިއުނިޓީއަކީ އުޞޫލެއްގެ ގޮތުގައި ޖަރީމާގެ މަސްރަޙުން
ކުށެއް ކުރަނިކޮށް ހިފޭ ޙާލާތުގައި ޕާރލަމެންޓް މެންބަރުންނަށް ޙައްޤުވާ އިމިއުނިޓީއެއް ނޫންކަން ތަފާތު
ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ ޕާރލަމެންޓަރީ ޕްރެކްޓިސްތަކަށް ބެލުމުން އެނގެން
22 2x
914
77ހ2
ހެ3ތކުޗެވެ
ޖިނާއީ
ނ) ބުނެވިދިޔަ އިމިއުނިޓީއަކީ އެއްވެސް ޙާލެއްގައި ޕާރލަމެންޓް މެންބަރެއްގެ މައްޗަށް
ކުށެއް ތަޙުޤީޤުކޮށް ޝަރުޢީ ކޯޓެއްގައި މައުޟޫޢީގޮތުން ބެލުން މުޠުލަޤުކޮށް މަނާކުރާ
އިމިއުނިޓީއެއް ނޫންކަމާ، ނަމަވެސް އެއީ ޕާރލަމެންޓްގެ ޖަލްސާތައް ހިނގާ ދައުރުތަކުގެ ތެރެއިން
ދައުރެއްގައި ޕާރލަމެންޓްގެ ހުއްދައާއެކު މެނުވީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި، މެންބަރަކު ހައްޔަރުކޮށް
ބަންދުކޮށް ތަޙުޤީޤުކޮށް ޝަރީޢަތްކުރުންފަދަ ޖިނާއީ އިޖުރާއާތުގެ ބައެއް ފިޔަވަޅު އެ މެންބަރަކާ އިދިކޮޅަށް
އެޅުން މަނާކުރާ އިމިއުނިޓީއެއްކަން އެނގެން އޮންނައިރު، ޕާރލަމެންޓް ޗުއްޓީގައި އޮންނަ ދުވަސްތަކުގައި
ޕާރލަމެންޓް މެންބަރުންގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތުތަކާ ގުޅިގެން ބުނެވިދިޔަފަދަ ޖިނާއީ އިޖުރާއާތުގެ
ފިޔަވަޅު އެޅުން މަނާކުރާނެ ޤާނޫނީ އަސާސެއް ނެތްކަމާއި، ނަމަވެސް ބައެއް ޖުރިސްޑިކްޝަންތަކުގައި
ޕާރލަމެންޓްގެ ޖަލްސާތައް ބޭއްވޭ ދައުރުތަކުން ބޭރުގައި ޕާރލަމެންޓް މެންބަރަކާ އިދިކޮޅަށް ހިންގޭ ޖިނާއީ
އިޖުރާއާތުގެ ފިޔަވަޅުތައް އެ މެންބަރަކު ތަބާވާ މަޖިލީހުގެ ރައީސަށް އެންގުން ލާޒިމްކޮށްފައިވާ ކަމާއި،
މީގެ މަޤްޞަދަކީ ޕާރލަމެންޓް މެންބަރާއި އިދިކޮޅަށް ހިންގޭ ޖިނާއީ އިޖުރާއާތުތައް ޕާރލަމެންޓަށް
LG OLC
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ8:
46
އެނގިފައި އޮތުންކަން، ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރެވޭ ޕާރލަމެންޓަރީ އިމިއުނިޓީގެ
އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
ވަޤީ ވާކަމު،
ނ) ބަޔާންވެދިޔަ އިމިއުނިޓީގެ ޙުދޫދު ބައެއް ޖުރިސްޑިކްޝަންތަކުގައި ދެމިގެންވަނީ
މައުޟޫޢީގޮތުން މުޠުލަޤުކޮށް ހުރިހައި ބާވަތެއްގެ ކުށްތަކުގެ މައްޗަށް ނޫންކަމާއި، މިގޮތުން
އިނގިރޭސިވިލާތާއި އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި، އޮސްޓްރޭލިއާ އާއި، ކެނެޑާއާއި،
އިންޑިއާ ފަދަ އިނގިރޭސި ޤާނޫނީ ނިޒާމުން އަސަރުކޮށްފައިވާ ބައެއް ޖުރިސްޑިކްޝަންތަކުގައި ބުނެވިދިޔަ
އިމިއުނިޓީގެ ދާއިރާއިން ޤައުމަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ބޮޑެތި ޖިނާޔަތުގެ ކުށްތަކާއި، އަމަން
ޢާންމުކަން ނަގާލުމުގެ ކުށް އިސްތިސްނާ (except treason
,
felony and breach of peace)
އަދި ކޯޓުގެ ޙުރުމަތް ކެނޑުމުގެ (contempt of court) ކުށަކީވެސް އިނގިރޭސި
ނިޒާމު ފަދަ ބައެއް ނިޒާމުތަކުގައި ބުނެވިދިޔަ އިމިއުނިޓީގެ ދާއިރާގައި ހިމެނޭ ކުށެއް ނޫންކަން އެނގެން
އޮންނަކަމާ، އެހެންކަމުން ޕާރލަމެންޓް މެންބަރެއްގެ މައްޗަށް ބަޔާންވެދިޔަފަދަ ކުށަކާއި ގުޅިގެން ތުހުމަތު
ކުރެވިއްޖެނަމަ ޕާރލަމެންޓްގެ ހުއްދައެއް ހޯދަންޖެހުމަކާނުލައި އޭނައާއި އިދިކޮޅަށް ޖިނާއީ އިޖުރާއާތުގެ
އެންމެހައި ފިޔަވަޅުތައް އެޅުން ބުނެވިދިޔަ ޖުރިސްޑިކްޝަންތަކުގައި ހުއްދަވެގެންވާކަން އެނގެން
އޮންނަކަމާއި އަދި މީގެ އިތުރުން އިސްވެދިޔަ އިމިއުނިޓީ ގެ ޙުދޫދު އިޖުރާއީގޮތުން އިނގިރޭސި ނިޒާމާއި،
އެ ނިޒާމަށް ތަބާވާ އެހެން
މިހެން ޖުރިސްޑިކްޝަންތަކުގައި ދެމިގެންވަނީ ޕާރލަމެންޓް މެންބަރެއްގެ މައްޗަށް
ކުރެވޭ ކުށެއްގެ ތުހުމަތަކާއި ގުޅިގެން އެ މެންބަރު ހައްޔަރު ނުކުރުމުގެ (freedom from arrest) ޙައްޤު
ނުވަތަ އިމްތިޔާޒުގެ މައްޗަށް އެކަނިކަމާއި، ވުމާއެކު އިސްވެދިޔަ ޖުރިސްޑިކްޝަންތަކުގައި ޕާރލަމެންޓް
މެންބަރެއްގެ މައްޗަށް ކުރެވޭ ކުށެއްގެ ތުހުމަތަކާ ގުޅިގެން، ތަޙުޤީޤަށް ހާޒިރުކުރުންފަދަ އެހެނިހެން ޖިނާއީ
އިޖުރާއާތުތައް ޕާރލަމެންޓްގެ ހުއްދައަކާނުލައި އެ މެންބަރެއްގެ މައްޗަށް ހިންގުން މަނާވެގެން ނުވާކަން
އެނގެން އޮންނައިރު، ފަރަންސޭސި ނިޒާމުފަދަ ބައެއް ޖުރިސްޑިކްޝަންތަކުގައި ޖަރީމާގެ މަސްރަޙުން ކުށް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ9
ކުރަނިކޮށް ހިފޭ ޙާލަތުގައި ފިޔަވައި ޕާރލަމެންޓް މެންބަރެއްގެ މައްޗަށް ޖިނާއީ އިޖްރާއާތެއް ހިންގޭނީ އެ
މެންބަރު ތަބާވާ ޕާރލަމެންޓް މަޖިލީހުން އެ މެންބަރެއްގެ އިމިއުނިޓީ ދޫކޮށްލުމުންކަން އެނގެން އޮވެއެވެ.
ރ) ޕާރލަމެންޓް މެންބަރެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ތުހުމަތަކާއިގުޅިގެން
ހ2 24
ހ
ތަޙްޤީޤީ އިދާރާއަކުން އެ މެންބަރެއްގެ ޕާރލަމެންޓަރީ އިމިއުނިޓީ ދޫކޮށްދިނުމަށް އެ މެންބަރު
ތަބާވާ ޕާރލަމެންޓްގެ މަޖިލީހުގައި އެދުމުން، ޕާރލަމެންޓުން ޢަމަލުކުރާ ޢާންމު އުޞޫލަކީ އެ މެންބަރުގެ
މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ޤަޟާއީ މިންގަނޑަކުން ބަލައި ދަލީލުތައް ވަޒަންކޮށް އެ މެންބަރުގެ
މައްޗަށް ކުށް ޘާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުން ނޫންކަމާ، އެހެންނަމަވެސް ޕާރލަމެންޓުން އެ މައްސަލާގައި
ބަލަންޖެހޭނީ
އެ މެންބަރުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ސީރިއަސް އަދި އޭގައި އަސާސްތަކެއްވާ
ތުހުމަތެއްތޯ ނުވަތަ އެ މެންބަރުގެ މައްޗަށް
ސިޔާސީ ބޭނުމެއްގައި ކުރެވޭ ކެހިވެރި ތުހުމަތެއްތޯ ނުވަތަ
ނޫންތޯ ކަމާއި، މިގޮތުން ޕާރލަމެންޓަށް އެ މައްސަލައަކީ ސީރިއަސް ތުހުމަތެއްކަމަށް ބުރަވެވިއްޖެނަމަ
ހެޔޮނިޔަތުގައި އެ މެންބަރެއްގެ މައްޗަށް ޖިނާއީ އިޖުރާއާތުގެ ދަށުން ހިންގަންޖެހޭ އެންމެހައި ފިޔަވަޅުތައް
އެޅުމުގެ ހުއްދަ ތަޙްޤީޤީ އިދާރާތަކަށް ދިނުމަކީ ޕާރލަމެންޓަރީ ޢާންމު ޕްރެކްޓިސްކަމާއި، އެއާ ޚިލާފަށް
ޕާރލަމެންޓަށް އެ ތުހުމަތަކީ ސިޔާސީ ބޭނުމެއްގައި ކުރެވޭ ކެހިވެރި ތުހުމަތެއްކަމަށް ބުރަވެއްޖެނަމަ،
ހެޔޮނިޔަތުގައި އެ މައްސަލައާ ގުޅިގެން ޕާރލަމެންޓް މެންބަރު ހައްޔަރުކުރުމުގެ ނުވަތަ އެ މެންބަރަކާ
އިދިކޮޅަށް ޖިނާއީ އިޖުރާއާތުގެ އެހެން ފިޔަވަޅުތައް ހުއްދަ، ޕާރލަމެންޓްގެ ޖަލްސާތައް
ހިނގަމުންދާ ދައުރުގައި ނުދިނުމަކީ ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރެވޭ ޕާރލަމެންޓަރީ ޢާންމު
ޕްރެކްޓިސްކަން އެނގެން އޮވެއެވެ.
23 22 22
2 92
އަޅުވާޤި
ބ) އިސްވެ ބަޔާންވެދިޔަގޮތުގެ މަތިން، ޕާރލަމެންޓުން އިމިއުނިޓީ ދޫކުރުމަށް ކަނޑައަޅާ
މެންބަރަކާމެދު ތަޙްޤީޤުން ނުވަތަ ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ މެންބަރަށް ޕާރލަމެންޓަރީ
މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމާމެދު ތަފާތު ޖުރިސްޑިކްޝަންތަކުގައި ޤާއިމުވެފައިވާ
ކޯ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ10
:
46"
ޕާރލަމެންޓަރީ ޕްރެކްޓިސްތަކަށް ބަލާއިރު، ބައެއް ޖުރިސްޑިކްޝަންތަކުގައި އެ މެންބަރަކާމެދު ތަޙުޤީޤުން
ނުވަތަ ޝަރީޢަތުން ގޮތެއް ނިމެންދެން އެ މެންބަރެއްގެ ޕާރލަމެންޓަރީ މަސްއޫލިއްޔަތު އަދާކުރުން
ވަގުތީގޮތުން ހުއްޓާލެވިފައި އޮންނައިރު، ބައެއް އެހެން ޖުރިސްޑިކްޝަންތަކުގައި ތަޙްޤީޤުން ނުވަތަ
ޝަރީޢަތުން އެ މެންބަރަކާމެދު ގޮތެއް ނިމެންދެން ޕާރލަމެންޓުގެ ޖަލްސާތަކުގައި އެ މެންބަރު
ބައިވެރިވުމުގެ ފުރުޞަތު ޤާއިމުވެފައިވާ ކަމާއި އަދި އިނގިރޭސި ނިޒާމުފަދަ ބައެއް ނިޒާމުތަކުގައި އެ
މެންބަރަކާމެދު ގޮތެއް ނިމެންދެން ޕާރލަމެންޓުގެ މަސައްކަތްތަކުން އެ މެންބަރަކު ސަސްޕެންޑްކޮށްފައި
ބެހެއްޓުމަކީ ނުވަތަ އެ މެންބަރަކަށް ޕާރލަމެންޓްގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަކީ
ޕާރލަމެންޓަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަން އެނގެން އޮވެއެވެ.
OXO
1.6) އިސްވެ ބަޔާންވެދިޔަ މާނާގައި ޕާރލަމެންޓަރީ އިމިއުނިޓީ' އަކީ އޭގެ ޒާތުގައި
ޕާރލަމެންޓް މެންބަރުންގެ ޝަޚްސީ ނުވަތަ ޒާތީ އިމްތިޔާޒެއް ނޫންކަމާއި، ނަމަވެސް އެއީ ރައްޔިތުން
ތަމްޘީލުކުރާ ޕާރލަމެންޓް މެންބަރުންގެ ޙައިޘިއްޔަތުން އެ މެންބަރުން އަދާކުރާ ޕާރލަމެންޓަރީ ވަޒީފާގެ
ޙިމާޔަތަށްޓަކައި، ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ކަނޑައެޅިގެންވާ ދުސްތޫރީ އިމްތިޔާޒެއްކަން އެނގެން
އޮންނަކަމާއި، އަދި އިސްވެ އިޝާރާތްކުރެވުނު ޕާރލަމެންޓަރީ އިމިއުނިޓީ" ގެ އެއް ވައްތަރުކަމަށްވާ،
ޕާރލަމެންޓް މެންބަރުން ޕާރލަމެންޓްގައި އަދާކުރާ ވަޒީފާއާ ގުޅިގެން މަސްއޫލިއްޔަތު އުފުލަން ނުޖެހުމުގެ
މަފްހޫމާއި އޭގެ ޙުދޫދު އެއްވެސް އޮޅުމެއްނާރާފަދަ ގޮތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
އިސްވެ އިޝާރާތްކުރެވުނު 90 ވަނަ މާއްދާގެ (ހ) ގައި ތަންޒީމް ކުރެވިފައި އޮތްކަމުގައިވީ ނަމަވެސް،
ޕާރލަމެންޓަރީ އިމިއުނިޓީ" ގެ ދެވަނަ ވައްތަރު ކަމަށްވާ، ޕާރލަމެންޓް މެންބަރުންނާ އިދިކޮޅަށް ޖިނާއީ
އިޖުރާއާތުގެ ދަށުން ފިޔަވަޅުއެޅުން ބައެއް ޙާލަތްތަކުގައި ޤާއިދުކުރެވިފައި އޮތުމުގެ މަފްހޫމާއި އޭގެ ޙުދޫދު
ތަންޒީމްކުރާ ނައްސެއް އަދި ތަޞައްވުރެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ނެތުމުން،
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ޖިނާއީ އިޖްރާއާތު ހިންގުމުގައި، ޤާނޫނު ނަންބަރު 5/2013
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ11
:
46
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގައި ކަނޑައަޅާފައިވާ އިމްތިޔާޒުތައް
ތަންޒީމްކުރާ ނައްޞުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ނައްޞުތަކެއްނަމަ
އެއީ ބާޠިލު އޭގެ ބާރުނުހިނގާ ނައްޞުތަކެއްކަމުގައި މެނުވީ ނުވާނެކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ޞަރީޙަ ނައްޞަށާއި، ތަހްޒީބުވެފައިވާ އެންމެހައި މުޖުތަމަޢުތަކުގައި
އިސްތިޤްރާރުވެފައިވާ 'މައްދައެއް ދުސްތޫރިއްޔާ! (Principle of Constitutionality) ގެ ދުސްތޫރީ
މައްދައަށް ބެލުމުން އެނގެން އޮވެއެވެ.
16
1.7) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ޖިނާއީ އިޖުރާއާތުގެ ދަށުން
ކަންކަން ހިންގުމުގައި ކަނޑައެޅިފައިވާ އިމްތިޔާޒުތައް ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގައި ތަރުތީބުކުރެވިފައިވަނީ އެ ޤާނޫނުގެ 11، 12، 13، 14، 15،
16 މި މާއްދާތަކުގައިކަން އެނގެން އޮންނައިރު، ބުނެވިދިޔަ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި
"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ ނުވަތަ މަޖިލީހުގެ ރަސްމީ
މަސައްކަތަކަށް ހުރަސްއެޅޭފަދަ ގޮތަކަށް، ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް
މެންބަރަކު ހާޒިރުކޮށްގެން ނުވާނެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު އެ މާއްދާގެ (ށ) ގައި "ތަޙުޤީޤަކަށް
ނުވަތަ ޝަރީޢަތަށް ހާޒިރުވުމުގެ ލިޔުމެއް މަޖިލިސްކުރާ ގޭގައި މެންބަރަކު ހުއްޓާ ޙަވާލުކޮށްގެން
ނުވާނެއެވެ." މިފަދައިން ކަނޑައަޅާފައިވާ ކަމާއި، އަދި ބުނެވިދިޔަ ޤާނޫނުގެ 12 ވަނަ މާއްދާގެ ޞަރީޙަ
ނައްޞުގައި "(ހ) މަދަނީ މައްސަލައެއްގައި ނުވަތަ ޖިނާއީ މައްސަލައެއްގައި ހެއްކެއްގެ ގޮތުގައިވިޔަސް،
ތަޙްޤީޤަކަށް ނުވަތަ ޝަރީޢަތަށް ހާޒިރުވުމަށް މެންބަރަކަށް އަންގާ އަމުރެއް ހިމެނޭ ލިޔުމެއް، މަޖިލީހުގެ
މަސައްކަތުގައި، މަޖިލިސްކުރާ ގޭގައި އެ މެންބަރަކު ހުއްޓާ، އޭނައަކަށް ރައްދެއް ނުކުރެވޭނެއެވެ.
(ށ) މަޖިލީހުގެ މެންބަރުންގެ ގަޔަށް އަތްލައި ނުވަތަ އެނޫންގޮތަކަށްވެސް ޢާންމު ތަނެއްގައި ބަލައި
ފާސްކޮށްގެން ނުވާނެއެވެ. ނަމަވެސް އޭނަގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭނަމަ އެފަދަ ޙާލަތުގައި،
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ12546"
ހނއވނ
ބަލައި ފާސްކުރަންވެއްޖެނަމަ އިޙްތިރާމާއެކު އެ މެންބަރަކު ބަލައި ފާސްކުރެވިދާނެއެވެ. (ނ) މިގޮތަށް
ޢާންމު ތަނެއްގައި މެންބަރަކު ބަލައި ފާސްކުރާނަމަ، އެކަން ކުރަންވާނީ ޝައްކެއްނެތި ޔަޤީންކުރެވޭ
މިންވަރަށް އެފަދަ މެންބަރަކާމެދު އެފަދަ ކަމަކަށް ތުހުމަތު ކުރެވޭނަމައެވެ. މިފަދައިން ބަޔާންވެގެންވާ
ކަމާއި އަދި ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގައި "(ހ)- ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ
ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގައި ތަޙުޤީޤަށް ހައްޔަރުކުރަން
ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ.
މިފަދަ އަމުރަކަށް އެ ކޯޓެއްގައި އެދޭނީ އެ މައްސަލައެއް ތަޙްޤީޤުކުރާ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލަށް
ޕްރޮސެކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ އޭނައެވެ. (ށ)- ކޯޓު އަމުރެއްގެ ދަށުން ނުވަތަ މި
މާއްދާގެ (ހ) ގައިވާފަދަ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެންބަރަކު ހައްޔަރުކޮށްފިނަ
ހައްޔަރުކުރި ފަރާތުން ލަސްނުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ.
(ނ)- ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް
އިތުބާރުނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ
މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމްތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް
މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި މެންބަރަކު ބަންދުކޮށްފިނަމަ މަޖިލީހަށް ހުށައެޅިފައިވާ މައްސަލައާމެދު
މަޖިލީހުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް ބަންދުކުރި ފަރާތުން އެ މެންބަރަކު ހާޒިރުކޮށްދޭންވާނެއެވެ.
އަދި ބަންދުގައި ހުރި މެންބަރަކު ބައިވެރިނުކޮށް މި ފަދަ ޖަލްސާއެއްގައި އެއްވެސް ވޯޓެއް ނަގައިގެން
މި ފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، އަދި ބުނެވިދިޔަ ޤާނޫނުގެ 14 ވަނަ
މާއްދާގެ ޞަރީޙަ ޢިބާރާތުގައި "މި ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސަށް މެންބަރަކު
ބަންދުކުރިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒު ކޮމިޓީ
މި ފަދައިން ކަނޑައެޅުމަށްފަހު، ބުނެވިދިޔަ ޤާނޫނުގެ 15 ވަނަ
2 22 22
I.
ވަނގއވ.
2ތ 2 ދ ތ 2
2
4
2
1
އއހރނނވެ"
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
supreme court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
-ޔ4
1
2
ސަފްޙާ13546
24 2
މާއްދާގައި "މި ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން، އިމްތިޔާޒު ކޮމިޓީއަށް ފޮނުވޭ މައްސަލައެއް
ބެލުމަށްފަހު، މަޖިލީހުގެ ރައީސަށް އެ ކޮމިޓީން ރިޕޯޓެއް ހުށައަޅަންވާނެއެވެ.' މިފަދައިން
ބަޔާންވެގެންވާއިރު، ބުނެވިދިޔަ ޤާނޫނުގެ 16 ވަނަ މާއްދާގެ ޞަރީޙަ ނައް ޞުގައި "މަދަނީ ނުވަތަ ޖިނާއީ
މައްސަލައެއްގެ ތަޙުޤީޤުގެ މަރުޙަލާގައި ނުވަތަ ޖިނާއީ ކުށެއްގައި 12 (ބާރަ) މަސް ދުވަހަށްވުރެ ކުރު
ޙުކުމެއް ތަންފީޛުކުރުމުގެ މަރުޙަލާގައި މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފައިވާނަމަ، ހައްޔަރުކޮށްފައިވާ
ފަރާތަކުން އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް
ހާޒިރުކޮށްދޭންވާނެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި އަދި މީގެ އިތުރުން ރައްޔިތުންގެ
މަޖިލީހުގެ މެންބަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް މަޖިލީހަށް އަންނަ އައުމުގައާއި، މަޖިލީހުގެ
މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސްކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ބަންދުކޮށް
ނުވާނެކަމަށާއި، ނަމަވެސް މެންބަރަކު ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ އެ
ޙާލަތުގައި އެ މެންބަރަކު ހައްޔަރުކުރުމާއި އަދި އެ ކުށުގެ ތުހުމަތުގައި ޤާނޫނުގައިވާ ގޮތުގެމަތިން އެ
މެންބަރަކާމެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތްކަމަށް ޙަވާލާދެވުނު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި
ބާރުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި
ބަޔާންވެގެން ވެއެވެ.
1.8) ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި
ބާރުތަކުގެ
އިސްވެ ބަޔާންވެދިޔަ 11، 12، 13، 14، 16،15
މި މާއްދާތަކަށާއި އަދި އެ ޤާނޫނުގެ
3 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ކުރެވޭ ޖިނާއީ
ކުށެއްގެ ތުހުމަތަކާ ގުޅިގެން އެ މެންބަރެއްގެ މައްޗަށް ޖިނާއީ އިޖުރާއާތު ހިންގުމުގެ ކުރިން ރައްޔިތުންގެ
މަޖިލީހުގެ ހުއްދަ ހޯދުންފަދަ ޕާރލަމެންޓަރީ އިމިއުނިޓީއެއް އުޞޫލެއްގެ ގޮތުގައި، ބުނެވިދިޔަ ޤާނޫނުގައި
ޤާއިމުކޮށްފައި ނުވާކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމާއި، މިގޮތުން ޖަރީމާގެ މަސްރަޙުން ކުށެއް
ކުރަނިކޮށް ހިފިއްޖެ ޙާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރުމަކީ ވަކިފަރާތެއްގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ14
46"
ހުއްދައަކަށް ބޭނުންވާކަމެއް ނޫންކަމާއި، އެ ނޫން ޙާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ
މައްސަލައެއްގައި ތަޙުޤީޤަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގައި އެދުމުން، އެ ކޯޓުގެ އަމުރަކަށް އެ މެންބަރަކު
ނުކުރެވިދާނެކަން ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮވެއެވެ.
ދ ތ ގ 27
4
./14ގ.
0 0
<< O
1.9) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖިނާއީ އިޖުރާއާތުގެ ދަށުން ފިޔަވަޅު
އެޅުމުގައި އެއްވެސް އިމްތިޔާޒެއް ލިބިދޭ ނުވަތަ ތަޞައްވުރެއްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއް
ޤާނޫނުއަސާސީގައި ނެތްހިނދު، ޤާނޫނަކުން ބުނެވިދިޔަފަދަ އިމްތިޔާޒެއް ކަނޑައަޅަންވާނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ކަނޑައަޅައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ
މިނިވަންކަމަކާ ތަޢާރުޟު ނުވާފަދަ ގޮތަކަށްކަން އެނގެން އޮންނަކަމާ
ކަމާއި، އެހެނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "އެއްވެސް ޤާނޫނެއް ނުވަތަ
ޤާނޫނަކުން ބައެއް ވިޔަސް މި ބާބުގައި (ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި) ބަޔާންވެގެންވާ އަސާސީ
ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާ ނަމަ، އެ ޤާނޫނެއް ނުވަތަ ޤާނޫނަކުން އެ ޙައްޤަކާ ނުވަތަ
އެ މިނިވަންކަމަކާ ތަޢާރުޟުވާ މިންވަރެއް ވާނީ ބާޠިލް އެއްޗަކަށެވެ." މިފަދައިން ކަނޑައަޅާފައި
އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް
ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ
ގޮތެއްގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ،
މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް
ޤަބޫލުކުރެވޭ މިންވަރަކަށް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކުރުމަށް
މަށްފަހު،
މާއްދާގެ (ށ) ގައި، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ15546
ދެމެހެއްޓުމަށްޓަކައި، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް ނުވަތަ
މިނިވަންކަމެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުން ހިފެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވާކަމާ، އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ
ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގެ އިސްވެ ބަޔާންވެދިޔަ 16 ވަނަ
މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތީންތޯ ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަންވާނެ
ކަންތައްތައްތަކުގެ ތެރޭގައި: 1- އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތް، 2- އެ ޙައްޤެއް
ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި މުހިންމުކަން، 3- އެ ހައްޤެއް ނުވަތަ އެ މިނިވަންކަމެއް
ހިފަހައްޓާފައިވާ ގޮތާއި މިންވަރު، 4- އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ހިފެހެ
ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުން، 5- އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް
ހިފަހައްޓާފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދުޙާޞިލްކުރެވިދާނެތޯ،
6- އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާފައިވަނީ މި މާއްދާގެ (ށ) ގެ ދަށުން ނަމަ،
އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކުރުމަށްޓަކއި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ކޮންމެހެން
ހިފަހައްޓަންޖެހޭތޯ." މިކަންތައްތައް ޤާނޫނުއަސާސީގެ ބުނެވިދިޔަ 16 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާކަން
ޓްކޮށްފައިވާކަން އެނގެން އޮވެއެވެ.
4
2 ބ 2
ހއeމ
0.10) ކޮންމެ މީހަކަށްމެ ލިބިގެންވާ، އިންޞާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤު
(right to a fair trial) އަކީ ތަހްޒީބުވެފައިވާ ދީމުޤްރާޠީ މުޖުތަމަޢުތަކުގައި އިސްތިޤްރާރުވެފައިވާ، އަދި
އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ވަޘައިޤު (instrumeta ތަކުގައި ކަށަވަރުކޮށްދީފައިވާ "ޖައުހަރީ"
ޙައްޤުތަކުގެ (core rights) ތެރޭގައި ހިމެނޭ ޙައްޤެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރެވުމުގެ
ޙައްޤު ކަށަވަރުކޮށްދީފައި ވާކަމާއި، މިގޮތުން އެ މާއްދާގެ (ހ) ގައި " ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި
0 2
<< O
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ16"
ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން
ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ
މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ
ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި
ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި،
ހާމަކަމާއެކުގައެވެ." މިފަދައިން ކަނޑައަޅައި ބަޔާންވެގެންވާކަމާއި، އަދި ކުށެއްކޮށްފިކަމަށް ތުހުމަތުކޮށް
ތަޙްޤީޤުކުރާ ފަރާތަކަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް އެ މަސްއަލަ ތަޙްޤީޤުކޮށް
ނިންމާންވާނެކަމަށާއި، އަދި އެ ކުށެއް ކުރިކަމަށް ތުޙުމަތުކުރެވޭ މީހާއާ މެދު ދަޢުވާކުރާންޖެހޭ ކަމަށް
ޕްރޮސެކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް ދަޢުވާ އުފުލާންވާނެކަމަށް ޤާނޫނުއަސާސީގެ
50 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި ބަޔާންވެގެންވާކަމާއި، އަދި މީގެ އިތުރުން ޤާނޫނުގެ ކުރިމަތީގައި
އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަ ވެގެންވާ މީހެއްކަމަށާއި، އަދި
ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު ލިބުމަކީ ކޮންމެ މީހެއްގެ ވެސް
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެން
ބަޔާންވެގެން އޮންނައިރު،
ހަމަހަމަކަމާއެކު ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުމުގައި ދައުލަތަށް ލިބިގެންވާ ޢާންމު ޙައްޤާއި،
ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއި ހާމަކަމާއެކު،
އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތްކުރެވުމުގެ ޙައްޤާއި، ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ
މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކަށްވެސް ލިބިގެންވާ ހަމަހަމަކަމުގެ ޙައްޤު ގެއްލޭ ފަދަ ގޮތަކަށް
ނުވަތަ އެ ޙައްޤު އެއްވެސް މިންވަރަކަށް ޤާނޫނުއަސާސީގެ އިސްވެ ޙަވާލާދެވުނު 16 ވަނަ މާއްދާގައި
ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކާ ޚިލާފަށްހިފެހެއްޓޭފަދަ ގޮތަކަށް ފާސްކުރެވިފައިވާ ޤާނޫނީ
ނައްޞުތައް ޤާނޫނުއަ ސީއާއި ޚިލާފު ނައްޞުތަކަކަށް މެނުވީ ނުވާނެކަމާއި، މިކަންތަކުގެ މައްޗަށް
ހ8 9
8 ޚަދ8
ދީއަޤް24ނ
3 0 0
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
828އ
xޏެ
ސަފްޙާ46ގެ17
ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ
އިސްވެ ބަޔާންވެދިޔަ 3 ވަނަ މާއްދާގެ (ށ) އާއި، 11 ވަނަ މާއްދާއާއި، 13 ވަނަ މާއްދާގެ (ނ) އާއި،
ވަނަ މާއްދާގެ ދުސްތޫރިއްޔަތުކަމުގެ މައްޗަށް ނަޒަރުކޮށް ބެލިއިރު އަންނަނިވި
16
ފާހަގަކުރެވެއެވެ.
22
ހ) ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ
(ށ) ގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް މަޖިލީހަށް
އަންނައައުމުގައާއި، މަޖިލީހުގެ މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސްކުރާ ގޭގައި ހާޒިރުވެ
ހުންނަ ވަގުތުގައި ބަންދުކޮށް ހައްޔަރުކޮށްގެން ނުވާނެކަމަށާއި، ނަމަވެސް މެންބަރަކު
ޖިނާއީ
ކުށެއް
ކުރަނިކޮށް ފެނިއްޖެނަމަ އެ ޙާލަތުގައި އެ މެންބަރަކު ހައްޔަރުކުރުމާއި، އަދި އެ ކުށުގެ ތުޙުމަތުގައި
ޤާނޫނުގައިވާ ގޮތުގެމަތިން އެ މެންބަރަކާ މެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތްކަމަށް ބަޔާންވެގެން
އޮތުމަށް ދުސްތޫރީގޮތުން ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް
މަޖިލީހަށް އަންނައައުމުގަ އާއި، މަޖިލީހުގެ މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސްކުރާ ގޭގައި
ހާޒިރުވެ ހުންނަ ވަގުތުގައި ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ އެ ޙާލަތުގައި އެ މެންބަރަކު
ހައްޔަރުކުރުމާއި، އަދި އެ ކުށުގެ ތުހުމަތުގައި ޤާނޫނުގައިވާ ގޮތުގެމަތިން އެ މެންބަރަކާމެދު ވަގުތުން
ފިޔަވަޅު އެޅުން މަނާކުރާ ފަދަ އިމްތިޔާޒެއް އެ މެންބަރަކަށް ލިބިގެންނުވާކަން ސާފުކޮށް އެނގެން
އޮންނަކަމާއި، ނަމަވެސް އެ މެންބަރަކުގެ މައްޗަށް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތު
ކުރެވި ހިނގަމުންދާ ތަޙްޤީޤަކާއި ގުޅިގެން، ނުވަތަ ހިނގަމުންދާ ޝަރީޢަތަކާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ
މުއައްސަސާތަކަށް ދުސްތޫރީގޮތުން ލިބިގެންވާ ބާރުގެދަށުން ނެރޭ އަމުރެއް ތަންފީޒުކުރުމަށްޓަކާ ރައްޔިތުންގެ
މަޖިލީހުގެ
ހުގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ)
ގައި ބުނެފައިވާ ޙާލަތްތަކުގައި ބަންދުކޮށް ހައްޔަރު ނުކުރެވޭ
ކަނޑައެޅިފައި އޮންނަ
22 20
03x
22
x22ތތ
مکرمی
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ18
:
46
02 2
ދުސްތޫރީގޮތުން ޞައްޙަވާނީ ޤާނޫނުއަސާސީ އާއި ތަޢާރުޟު ނުވާނަމަ ކަމާއި، މިގޮތުން ދިވެހިރާއްޖޭގެ
ދުސްތޫރީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ޖިނާއީ އިޖުރާއާތުގެ ދަށުން ފިޔަވަޅު
އެޅުމުގައި އެއްވެސް އިމިއުނިޓީއެއް ނުވަތަ އިމްތިޔާޒެއް މެންބަރުންނަށް ލިބިދިނުން ހުއްދަކުރާ ނުވަތަ
އެފަދަ އިމްތިޔާޒެއްގެ އަސާސްތައް ކަނޑައަޅާ ދުސްތޫރީ ނައްސެއް ކަނޑައެޅިފައި ނުވާއިރު،
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކޮންމެ މީހަކަށް ލިބިގެންވާ ޢަދްލުވެރިކަމާއި
ހާމަކަމާއެކު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތްކުރެވުމުގެ އަސާސީ ޙައްޤާއި، ޤާނޫނުއަސާސީގެ
20 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން
އޮތުމުގެ ޙައްޤާއި ތަޢާރުޟުވާފަދަ ގޮތަކަށް، ނުވަތަ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 47 ވަނަ
މާއްދާއާއި 49 ވަނަ މާއްދާއާއި، 50 ވަނަ މާއްދާއިން ތަޙްޤީޤީ އިދާރާތަކާ މަތިކޮށްފައިވާ ޒިންމާތަކާ، އަދި
ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ކޯޓުތަކުގެ ވާޖިބުތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް،
މުޠުލަޤު ގޮތަކަށް އެއްވެސް ޙުދޫދަކާ ނުވަތަ ޤައިދުތަކަކާ ނުލައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު
އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް މަޖިލީހަށް އަންނައައުމުގަ އާއި، މަޖިލީހުގެ މަސައްކަތުން އެނބުރި
ދިއުމުގައި އަދި މަޖިލިސްކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ބަންދުކޮށް ހައްޔަރުކޮށްގެން ނުވާނެކަމަށް
ޙަވާލާދެވުނު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި
ކަނޑައަޅާފައި އޮންނައޮތުން ޤާނޫނުއަސާސީގެ އިސްވެ އިޝާރާތްކުރެވުނު މާއްދާތަކާއި ފުށުއަރާ ކަމާއި،
އެހެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގެ
ޖަލްސާއެއްގައި ހާޒިރުވެ އިންނަ ގަޑީގައި އޭނާގެ މައްޗަށް ކުރެވިފައިވާ ޖިނާއީ ތުހުމަތަކާ ގުޅިގެން
ބަންދުކޮށް ހައްޔަރުކުރުމަކީ މުޅި މަޖިލީހުގެ ހައިބަތާއި ޤަދަރަށް އުނިކަން ލިބިދާނެކަމަކަށްވާތީ، އެފަދަ
ޙާލަތެއްގައި މަޖިލީހުގެ މެންބަރަކު ބަންދު ކުރުމާއި އެޔަރުކުރުން މަނާކުރުމަކީ މަޖިލީހުގެ
އިމްތިޔާޒެއްކަމުގައި ބެލެވުނުކަމުގައި ވިއަސް، މުޠުލަޤު ގޮތަކަށް މަޖިލީސް ކުރާ ގޭގައި މެންބަރަކު ހާޒިރުވެ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ19"
کرمی
ހުންނަ ހުރިހާ ވަގުތެއްގައި، އެއީ ރަސްމީ މަސައްކަތެއްގައި ހުންނަ ވަގުތެއްކަމުގައި ނުވިނަމަވެސް، އެ
މެންބަރަކާ މެދު ޖިނާއީ އިޖުރާއާތުގެ ދަށުން ބަންދުކޮށް ހައްޔަރުކުރުން ފަދަ ފިޔަވަޅު ނޭޅޭ ގޮތައް އޮތުމަކީ،
ކުށެއްގެ ތުހުމަތުގައި ޖިނާއީ އިޖުރާއާތުގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޢަދުލު އިންޞާފުގެ
ކުރިމައްޗަށް މަޖިލީހުގެ މެންބަރަކު ހާޒިރުކުރުމަށް ހުރަސްއެޅި، މަޖިލީހުގެ ޙުރުމަތްތެރިވެގެންވާ މަޤައްރުގައި
ކުށުގެ ތުހުމަތުކުރެވިފައިވާ މެންބަރުންނަށް ޢަދުލު އިންޞާފަށް ހުރަސްއެޅޭ ފަދަގޮތަކަށް ޙިމާޔަތްދެވުން
ކަމާއި އަދި މަޖިލީހުގެ މެންބަރަކު މަޖިލީހަށް އަންނަ މަގުމަތީގައި ނުވަތަ މަޖިލީހުން އެނބުރިދާހިނދު،
ޖިނާއީ އިޖުރާއާތުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަންދުކޮށް ހައްޔަރުކުރުންފަދަ ފިޔަވަޅުތައް ނޭޅޭ
އޮތުމަކީ ވެސް، އިންޞާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤަށް ހުރަސްއެޅި، ތަޙްޤީޤީ
އިދާރާތަކަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ތަންފީޒު ނުކުރެވި، މީސްތަކުންގެ މައްޗަށް
ޤާނޫނު ތަޠުބީޤު ކުރުމުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން އެނގެން
އޮންނައިރު، ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަކާ ތަޢާރުޟުވާގޮތަކަށް ރައްޔިތުންގެ
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި، މަޖިލީހުގެ މެންބަރުންނަށް
ކަނޑައެޅިފައިވާ އިމްތިޔާޒުތަކަކީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެންވާ
ޙުދޫދުގެ ތެރޭގައި ކަނޑައެޅިގެންވާ އިމްތިޔާޒުތަކެއް ނޫންކަން އެނގޭކަމާއި، އެހެނީ އިސްވެ
އިޝާރާތްކުރެވުނު ފަދައިން، ބައެއް ދީމިޤްރާތީ އަދި ދުސްތޫރީ ނިޒާމުތަކުގައި ޕާރލަމެންޓް މެންބަރުން
ޖިނާއީ ކުށެއްގެ ތުޙުމަތުގައި ބަންދުކޮށް ހައްޔަރު ނުކުރުމުގެ އިމްތިޔާޒަކީ މުޠުލަޤު ގޮތަކަށް ކޮންމެ ކުށެއްގެ
ތުހުމަތުގައި ދެވޭ އިމްތިޔާޒެއް ނޫންކަމާއި، ބައެއް ބޮޑެތި އަދި ސީރިއަސް ކުށްތަކަކީ ޕާރލަމެންޓަރީ
އިމިއުނިޓީ ނުވަތަ އިމްތިޔާޒުގެ ދާއިރާއިން ބޭރުގައިވާ ކުށްތަކެއްކަމާއި އަދި ހަމައެފަދައިން ޕާރލަމެންޓަރީ
އިމިއުނިޓީ އަކީ ތަފާތު ދުސްތޫރީ ނިޒާމުތަކުގައި، ޕާރލަމެންޓު ހިނގަމުންދާ ދައުރު ފަހަނަޅައި ނުދާގޮތަށް،
ދިނުމާއި ނުދިނުމުގެ އިޚްތިޔާރު ޕާރލަމެންޓަށް ލިބިގެންވާ އެއްޗެއްކަން އެނގެން އޮންނައިރު، ޙަވާލާދެވުނު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ20
:
46
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުންގެ
މަޖިލީހުގެ މެންބަރުންނަށް ކަނޑައެޅިފައިވާ އިމްތިޔާޒަކީ މުޠުލަޤު ގޮތަކަށް ހުރިހާ ބާވަތެއްގެ ކުށެއް
ހިމެނޭގޮތަށް އަދި ވަކި މުއްދަތެއް ކަނޑައެޅުމަކާ ނުލައި ދެވިފައިވާ މުޠުލަޤު އިމްތިޔާޒެއްކަން އެނގެން
އޮންނާތީ، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި އެއްގޮތްވާގޮތުގެ މަތިން ކަނޑައެޅިފައިވާ
އިމްތިޔާޒެއް ނޫންކަން އެނގެން އޮވެއެވެ.
24 0x2
ޗެކެނގެން ނުވާނެއެވެ.
ނ) ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ
(ހ) ގައި "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ
މަސައްކަތަށް ހުރަސްއެޅޭފަދަ ގޮތަކަށް، ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު
ހާޒިރުކޮ
މިފަދައިން ބަޔާންކުރުމަށްފަހު އެ މާއްދާގެ (ށ) ގައި "ތަޙުޤީޤަކަށް ނުވަތަ
ޝަރީޢަތަށް ހާޒިރުވުމުގެ ލިޔުމެއް މަޖިލިސްކުރާ ގޭގައި މެންބަރަކު ހުއްޓާ ޙަވާލުކޮށްގެން ނުވާނެއެވެ."
މިފަދައިން ބަޔާންވެގެން އޮންނަ އޮތުމަށް ދުސްތޫރީ ގޮތުން ނަޒަރުކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުގައި
ތަޙްޤީޤީ އިދާރާތަކުންނާއި ޝަރުޢީ ކޯޓުތަކުން މީހަކު ހާޒިރުވުމަށް އަންގައި ފޮނުވާ ލިއުން ރައްދުކުރަނީ އެ
މީހަކު ދިރިއުޅޭ، ނުވަތަ އެ މީހަކު އެފަދަ ލިއުންތައް ރައްދުކުރުމަށް އިޚްތިޔާރުކޮށްފައިވާ އެޑްރެހުގައި ސީދާ
އެމީހަކުގެ އަތަށް ނުވަތަ ޤާނޫނީގޮތުން އެފަދަ ލިއުމަކާއި ޙަވާލުވުމުގެ ހުއްދަ ލިބިފައިވާ މީހެއްގެ އަތަށް
ކަމުގައި ވިހިނދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަޙްޤީޤަކަށް ނުވަތަ ޝަރީއަތަށް ހާޒިރުވުމަށް އަންގާ
ލިއުން މަޖިލިސްކުރާ ގޭގައި އެ މެންބަރަކު ހުއްޓާ ޙަވާލު ނުކުރެވޭގޮތަށް އޮތުމަކީ އެ މެންބަރަކަށް އެފަދަ
ލިއުން ރައްދުކުރުމަށް ހުރަސް އެޅިގެން ހިނގާދާނެ ކަމަކަށް ނުވާތީ ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) އަކީ ޤާނޫނުއަސާސީއާއި ޚިލާފު
ބެލެވޭނެ ދުސްތޫރީ ހަމައެއް ނެތްކަމަށާއި، އެހެން ނަމަވެސް، އެ މާއްދާގެ (ހ) ގައި
އެއްވެސް ޤާއިދެއް އަދި އިސްތިސްނާއެއްވެސް ނެތި މުޠުލަޤު ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ
ހ(02 ހދ8
ކެރެއެކަމަށް
0 2 02 0 0
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ21546
<<
ﷲ8
ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަށް ހުރަސްއެޅޭފަދަ
ގޮތަކަށް، ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެކަމަށް
ބުނެފައި އޮންނަ އޮތުމަކީ، ޖިނާއީ ޢަދުލުގެ ނިޒާމު ހަމަހަމަކަމާއެކު ހިންގުމުގައި ދައުލަތައް ލިބިފައިވާ
ޢާންމު ޙައްޤަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން
ކަށަވަރުކޮށްދީފައިވާ ކޮންމެ މީހަކަށް ލިބިގެންވާ ޢަދްލުވެރިކަމާއި ހާމަކަމާއެކު އެކަށީގެންވާ މުއްދަތެއްގެ
ތެރޭގައި ޝަރީޢަތްކުރެވުމުގެ އަސާސީ ޙައްޤަށް ކަނޑައެޅިގެން ހުރަސްއެޅިގެން ހިނގައިދާނެ ކަމެއްކަމާއި،
ސަބަބަކީ ރައްޔިތުންގެ މަޖިލީހަކީ އެ މަޖިލީހުގެ ދައުރުތަކުން ބޭރުގައިވެސް، މަޖިލީހުގެ ކޮމިޓީތަކުގެ
މަސައްކަތް ކުރިއަށްދާ ތަނަކަށްވެފައި، މަޖިލީހުގެ ކޮމިޓީގެ މަސައްކަތަކީވެސް މަޖިލީހުގެ ރަސްމީ
މަސައްކަތްކަމުގައި ބެލެވޭ ހިނދު، ޢަމަލީގޮތުން މަޖިލީހުގެ ރަސްމީ މަސައްކަތް ދެމިގެންދާ ޙާލަތުގައި،
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޝަރުޢީ ކޯޓަކަށް ނުވަތަ ޖިނާއީ ތަޙްޤީޤްކުރާ އިދާރާއަކަށް
ހާޒިރުނުކުރެވުމުގެ އިޙްތިމާލު ޤާއިމުވެގެންވާކަމާއި އަދި އެގޮތަށް ހާޒިރު ނުކުރެވުމުގައި ކުށުގެ ވެށިން ކުށް
ކުރަނިކޮށް ހިފޭ ޙާލަތްތަކުގައާއި، އެނޫން ޙާލަތްތައް ބުނެވިދިޔަ 11 ވަނަ މާއްދާގެ (ހ) ގައި
ތަފާތުކޮށްފައި ނުވާކަމާއި، ކުށުގެ ވެށިން ކުށްކުރަނިކޮށް ހިފޭ ޙާލަތްތަކަކީ އެއްވެސް ޕާރލަމެންޓަރީ
ޕްރެކްޓިސްއެއްގައި އިމިއުނިޓީއެއް ނުވަތަ އިމްތިޔާޒެއް ޕާރލަމެންޓް މެންބަރުންނަށް ދެވޭ ޙާލަތްތަކެއް
ނޫންކަން އެންގެން އޮންނައިރު، މުޠުލަޤު ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ
ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަށް ހުރަސްއެޅޭފަދަ ގޮތަކަށް، ޝަރުޢީ ކޯޓަކަށް ނުވަތަ
ވެސް ތަޙްޤީޤީ މުއައްސަސާތައް ފަދަ މުއައްސަސާއަކަށް މެންބަރަކު ހާޒިރު
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައި
އޮންނަ އޮތުމަކީ ޤާނޫނުއަސާސީއާއި ތަޢާރުޟުވާކަމެއްކަން އެނގެން އޮވެއެވެ.
4ހޅަސ
22
x22ތތ
ނަކރވގ.eށް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ22
ނ) ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ
(ނ) ގައި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް
އިތުބާރުނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ
މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމްތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް
މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި މެންބަރަކު ބަންދުކޮށްފިނަމަ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައާމެދު
މަޖިލީހުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް ބަންދުކުރި ފަރާތުން އެ މެންބަރަކު ހާޒިރުކޮށްދޭންވާނެ
ކަމަށާއި، އަދި ބަންދުގައި ހުރި މެންބަރަކު ބައިވެރިނުކޮށް މިފަދަ ޖަލްސާއެއްގައި އެއްވެސް ވޯޓެއް
ނަގައިގެން ނުވާނެކަމަށް ކަނޑައަޅައި ބަޔާންވެގެން އޮންނަ އޮތުމަށް ނަޒަރުކުރާއިރު، ބަޔާންވެދިޔަ
އިމްތިޔާޒަކީ ޖަރީމާގެ ވެށިން ކުށްކުރަނިކޮށް ހިފައި ބަންދުކުރެވޭ މެންބަރުންވެސް ޝާމިލްވާގޮތަށް
ކަނޑައެޅިފައިވާ އިމްތިޔާޒެއްކަން އެނގޭކަމާއި، ޕާރލަމެންޓަރީ އިމްތިޔާޒަކީ ދީމިޤްރާތީ ނިޒާމުތަކުގައި
ޖަރީމާގެ މަސްރަޙުން ކުށްކުރަނިކޮށް ހިފައި ހައްޔަރުކުރެވޭ
ދެވޭ އެއްޗެއް ނޫންކަން
އެނގެން އޮންނަކަމާ، ސަބަބީ އެފަދަ ޙާލަތެއްގައި މަޖިލީހުގެ މެންބަރަކު ބަންދުކުރެވިފައިވަނީ ސިޔާސީ
ބޭނުމެއްގައި، އެމެންބަރަކު
މަޖިލީހުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތަކަށް ހުރަސްއެޅުމުގެ
މަޤްޞަދުގައިކަމަށް ބުނާނެ ތަނެއް ނޯންނާނެކަމާއި، ވުމާއެކު، ޤާނޫނުއަސާސީގެ 20 މާއްދާގައި
ކަނޑައަޅައި ބަޔާންވެގެންވާ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން އޮތުމުގެ ގެއްލޭގޮތަށް،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކަ
.ޞޫލުތަކަށްވެސް ނުފެތޭގޮތަށް، އެ ކުށަކާ
ގުޅިގެން މެންބަރަކު ބަންދުކުރެވިފައިވާ ކުށުގެ ބާވަތަށް ރިޢާޔަތް ކުރުމަކާ ނުލައި، އަދި ބަންދުކުރެވުނީ
ކުށުގެ ވެށިންތޯ ނުވަތަ ނޫންތޯވެސް ބެލުމަކާ ނުލައި މުޠުލަޤުކޮށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި
ބާރުތަކުގެ ޤާނޫނުގެ އިސްވެދިޔަ 13 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ އިމްތިޔާޒަކީ،
އެއްގޮތްވާގޮތަށް ކަނޑައަޅާފައިވާ އިމްތިޔާޒެއް ނޫންކަން ފާހަގަކުރެވެއެވެ.
2
8 މގ އ ހވ
/ރ
ޙައްޤު
4 22
ޤާނޫނުއަސާސީއާއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ23546
ރ) ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ
16 ވަނަ މާއްދާގައި
"މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގެ ތަޙުޤީޤުގެ މަރުޙަލާގައި ނުވަތަ ޖިނާއީ ކުށެއްގައި 12 (ބާރަ)
މަސްދުވަހަށްވުރެ ކުރު ޙުކުމެއް ތަންފީޒުކުރުމުގެ މަރުޙަލާގައި މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފައިވާނަމަ،
ހައްޔަރުކޮށްފައިވާ ފަރާތަކުން އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ
ބައްދަލުވުންތަކަށް ހާޒިރުކޮށްދޭންވާނެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށް ދުސްތޫރީގޮތުން
ނަޒަރުކުރާއިރު، މަދަނީ މައްސަލަތަކަކީ އޭގެ ޒާތުގައި، އެ މައްސަލައަކާއި ގުޅިގެން ޝަރީޢަތް ހިންގުމުގެ
ކުރިން، ޖިނާއީ ތަޙްޤީޤުކޭ އެއްފަދައިން ތަޙްޤީޤު ކުރެވޭ މައްސަލަތަކެއް ނޫންކަމާއި، އަދި މަދަނީ
އިޖުރާއާތުގެ ދަށުން ޕާރލަމެންޓް މެންބަރުންނާ އިދިކޮޅަށް ދަޢުވާ ނުކުރުމަކީ، ނުވަތަ މަދަނީ އިޖުރާއާތުގެ
ދަށުން ފިޔަވަޅު ނޭޅުމަކީ އުޞޫލެއްގެ ގޮތުގައި ޕާރލަމެންޓަރީ މިއުނިޓީގެ ތެރޭގައި ހިމެނޭ ކަމެއް
ނޫންކަން ތަފާތު ޖުރިސްޑިކްޝަންތަކުގެ ދުސްތޫރުތަކަށާއި ޕާރލަމެންޓަރީ ޕްރެކްޓިސްތަކަށް ބެލުމުން
އެނގޭކަމާއި، އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ
އިމިއުނިޓީއެއްވެސް ނޫންކަމާއި، ވުމާއެކު ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެންވާ
ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން އޮތުމުގެ ޙައްޤު ޤައިދުކުރެވޭގޮތަށް މަދަނީ މައްސަލަތަކާއި ގުޅިގެން
ކަނޑައެޅޭ ކޮންމެ ޕާރލަމެންޓަރީ އިމްތިޔާޒަކީ ޤާނޫނުއަސާސީއާއި ޚިލާފު އިމްތިޔާޒަކަށް ވާނެކަމާއި އަދި
ހަމައެފަދައިން ޖިނާއީ މައްސަލައެއްގެ ތަޙުޤީޤުގެ މަރުޙަލާގައި މަޖިލީހުގެ މެންބަރަކު ހައްޔަރުކުރެވިފައިވަނީ
ޖަރީމާގެ ވެށިން ކުށްކުރަނިކޮށް ކަމުގައިވާނަމަ، އެއީ އެމެންބަރަކަށް ޕާރލަމެންޓަރީ އިމިއުނިޓީއެއް ނުވަތަ
އިމްތިޔާޒެއް ޙައްޤުވާ ޙާލަތެއް ނޫންކަން އެނގެން އޮންނައިރު، އެ ފަދަ ޙާލަތްތައްވެސް ޝާމިލްވާގޮތަށް
މުޠުލަޤުގޮތަކަށް، ޖިނާއީ މައްސަލައެއްގެ ތަޙުޤީޤުގެ މަރުޙަލާގައި ހައްޔަރުކުރެވޭ މެންބަރަކު މަޖިލީހުގެ
ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކޮށްދޭންވާނެކަމަށް އޮންނަ
ދުސްތޫރީ އަސާސެއް ނެތްކަމާއި އަދި އެއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު އެމީހަކާމެދު ޝަރީޢަތުން
22 2x
ہے مرد کی
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ24546
ގޮތެއް ނިންމުމުގެ ކުރިން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި
ބަންދުކުރުން ހުއްދަކުރާ މަޤްޞަދު ގެއްލިގެން ހިނގައިދާނެ ކަމެއްކަމާއި އަދި ޖިނާއީ ކުށެއްގައި 12
(ބާރަ) މަސްދުވަހަށްވުރެ ކުރު ޙުކުމެއް ތަންފީޒުކުރުމުގެ މަރުޙަލާގައި މަޖިލީހުގެ މެންބަރަކު
ހައްޔަރުކޮށްފައިވާނަމަ، ހައްޔަރުކޮށްފައިވާ ފަރާތަކުން އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ
ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކޮށްދޭންވާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ
ޤާނޫނުގެ އިސްވެ ޙަވާލާދެވުނު 16 ވަނަ މާއްދާގައި ބުނެފައި އޮންނައިރު، ޕާރލަމެންޓަރީ އިމިއުނިޓީ އާއި
ޕާރލަމެންޓަރީ އިމްތިޔާޒަކީ އޭގެޒާތުގައި ޕާރލަމެންޓު މެންބަރުންނާ އިދިކޮޅަށް ޖިނާއީ ތަޙްޤީގުގެ
މަރުޙަލާގައާއި ޖިނާއީ ޝަރީޢަތް ހިންގުމުގެ މަރުޙަލާގައި ވަކި އުޞޫލުތަކަކާއި ޤާއިދުތަކަކާއެކު، ޖިނާއީ
އިޖުރާއާތުގެ ދަށުން ފިޔަވަޅުއެޅުން މަނާކުރާ އިމްތިޔާޒެއްކަން މިޒަމާނުގެ ތަޙްޒީބުވެފައިވާ މުޖުތަމަޢުތަކުގެ
ދުސްތޫރީ ނިޒާމުތަކުގެ ދުސްތޫރުތަކަށާއި ޕާރލަމެންޓުތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް ބެލުމުން
އެނގޭކަމާ، އަދި އެއީ އެއްވެސް ޙާލެއްގައި ޖިނާއީ ޝަރީޢަތެއް ނިމި ޕާރލަމެންޓްގެ މެންބަރެއްގެ މައްޗަށް
ޙުކުމް ކުރެވުމަށްފަހު ވެސް ދެމިގެންދާ އިމްތިޔާޒެއް ނޫންކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ
ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން" މި ޙާލަތަކީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާގެ މެންބަރުކަމުން ވަކިވާނެ ޙާލަތެއް ކަމަށް ކަނޑައަޅާފައި އޮންނަ
އޮތުމުން ދޭހަވާ މަފްހޫމަކީ އެއްވެސް ޙާލެއްގައި 12 މަސްދުވަހަށް ވުރެ ކުރު މުއްދަތެއްގެ
ޖިނާއީ ޙުކުމެއް
ތަންފީޒުކުރަމުންދާ މެންބަރަކު، އެ ޙުކުމް ތަންފީޒުކޮށް ނިމުމުގެ ކުރިން އޭނާގެ މެންބަރުކަމުގެ މަޤާމުގެ
މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދިނުން ނޫންކަމާއި، މި އުޞޫލު އެއްވެސް އޮޅުމެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 46/SC
-
C/2011 (ޢަބްދުﷲ ޙަބީން (ލަކީ، ނައިފަރު)
VS ދިވެހި ދައުލަތް) ޤަޟިއްޔާގައި ޤާއިމުކޮށްފައި ވާކަމާއި، މިގޮތުން ޕާރލަމެންޓް މެންބަރެއްގެ މައްޗަށް
2
مسير کرمی
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46 25
3 0 0
ޝަރުޢީ ކޯޓެއްގެ ކުރިމަތީގައި ޖިނާއީ ކުށެއް ޘާބިތުވުމަށްފަހު އެ ކުށުން ބަރީއަވުމުގެ ކުރިން އެ
މެންބަރަކަށް ޕާރލަމެންޓުގެ ޖަލްސާތަކުގައި ބައިވެރި ނުވެވޭގޮތަށް އޮންނަ އޮތުމަކީ މިޒަމާނުގެ
ޕާރލަމެންޓަރީ ޕްރެކްޓިސްގައި އިސްތިޤްރާރުވެފައިވާ އުޞޫލެއްކަމަށާއި، އޭގެ ޙަޤީޤީ މަޤްޞަދަކީ
ޕާރލަމެންޓްތަކުގެ ޙުރުމަތްތެރި އިމުގެތެރޭގައި ކުށްވެރިންނަށް ޖާގަ ނުދިނުންކަމަށާއި، ކޯޓަކުން ޖިނާއީ
ކުށެއް ޘާބިތުވާކަމަށް ޕާރލަމެންޓް މެންބަރެއްގެ މައްޗަށް ޙުކުމެއް އައުމަށްފަހު އެ ޙުކުމަށް ބަދަލެއްނައިސް
ދެމިއޮތްހައި ހިނދަކު އެ މެންބަރަކު ޤާނޫނުގެ ކުރިމަތީގައި ވާނީ ކުށްވެރިއަކަށް ކަމަށާއި، ކުށްވެރިންނަކީ
އެއްވެސް ޤާނޫނީ ނިޒާމެއްގައި ރައްޔިތުން ތަމްޘީލުކުރުމުގެ ޙައްޤު ޤާނޫނީގޮތުން ލިބިގެންވާ ބައެއް
ނޫންކަން ފާހަގަކޮށް ބުނވިދިޔަ ސުޕްރީމް ކޯޓުގެ ނަންބަރު 46/SC
-
C/2011 ޤަޟިއްޔާގެ ޙުކުމް
ބިނާކުރި ޙައިޘިއްޔަތުގެ ތެރޭގައި ބަޔާންކޮށްފައިވާކަމާއި، އަދި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބިނާވެގެންވަނީ
އިސްލާމީ އުޞޫލުތަކުގެ މައްޗަށް ކަމުގައި ވީހިނދު، އަދި އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް
ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެނެއް ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، އިސްލާމީ ދައުލަތެއްގެ ޕަބްލިކް
ޕޯސްޓުތަކަށް ނުވަތަ "އަލް ވިލާޔާތުލް ޢާންމާ" ގެ ތެރޭގައި ޝާމިލްވާ ދައުލަތުގެ އެންމެ އިސްވެރިކަމާއި،
ވަޒީރުކަމާއި، ޤާޟީކަމާއި، ރައްޔިތުން ތަމްޘީލުކުރުމަށް އިޚްތިޔާރުކުރެވޭ "މަޖްލިސް އައް ޝޫރާ" ގެ ނުވަތަ
ޕާރލަމެންޓްގެ މެންބަރުކަން ފަދަ ދައުލަތުގެ އިސް މަޤާމުތަކަށް އިސްކުރެވޭ މީހުންގެ ކިބައިގައި
ހުންނަންޖެހޭކަމަށް އިސްލާމީ ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އުފެދިފައިނުވާ ޝަރުޠުތަކުގެ ތެރޭގައި
"ޢަދްލު ވެރިކަން" ހިމެނޭކަމާއި، އިސްލާމީ ފިޤުހުގައި އެމީހެއްގައި ޢަދުލުވެރިކަމުގެ ސިފަ ހުރިކަމުގައި
ބެލެވެނީ އެމީހަކީ ބޮޑެތި ފާފަތަކަށް އަރައިނުގަންނަ އަދި ކުދި ފާފަކުރުމުގައި ދެމިނުހުންނަ މީހެއްކަމުގައި
ވާނަމަކަން އެނގެން އޮންނަކަމާއި އަދި އިސްލާމީ ޖިނާއީ ނިޒާމުގައި ބޮޑެތި ފާފަ، ނުވަތަ ބޮޑެތި ކުށްތަކުގެ
ތެރޭގައި ޤާޞްދުގައި މީހުން މެރުމާއި، ވައްކަންކުރުމާއި، ޒިނޭކުރުމާއި، "ޤަޛުފު ކުރުމާއި، ބަނގުރާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ26
2c4
ބުއިންފަދަ ބޮޑެތި ޖަރީމާތައް ޝާމިލުވެގެންވާކަން އެނގޭކަމާއި، މިގޮތުން ރައްޔިތުންގެ މަޖިލީހުގެ
މެންބަރެއްގެ މައްޗަށް އިސްލާމީ ޝަރީޢަތުގައި އެމީހެއްގެ ޢަދުލުވެރިކަން ގެއްލޭފަދަ ކުށެއް ސާބިތުވެ ޙުކުމް
ތަންފީޒުކުރެވޭ ޙާލުގައި، އެއީ 12 މަސް ދުވަހަށްވުރެ ކުރު ޙުކުމެއް ކަމުގައި ވީނަމަވެސް، އެ މީހަކުގެ
މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަވެގެންވާ ކަމެއް ނޫންކަމާއި،
އޭގެ ޠަބީޢީ ނަތީޖާއަކީ ދިވެހި ޤާނޫނީ ނިޒާމުގައިވެސް އެފަދަ ކަމެއް ހުއްދަކުރެވޭނެ ޝަރުޢީ އަދި
ދުސްތޫރީ ހަމައެއް ނެތުންކަމާއި، އަދި މީގެ އިތުރުން އެއީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި
ކަނޑައަޅައި ބަޔާންވެގެންވާ ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަވެގެން ވުމުގެ ޙައްޤުވެސް ޚިލާފު
ކަމަކަށްވާތީ، ޖިނާއީ ކުށެއްގައި 12 (ބާރަ) މަސްދުވަހަށްވުރެ ކުރު ޙުކުމެއް ތަންފީޒުކުރުމުގެ މަރުޙަލާގައި
މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފައިވާނަމަ، ހައްޔަރުކޮށްފައިވާ ފަރާތަކުން އެ މެންބަރަކު މަޖިލީހުގެ
ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކޮށްދޭން ވާނެކަމަށް، ރައްޔިތުންގެ
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ އިސްވެ ޙަވާލާދެވުނު 16 ވަނަ މާއްދާގައި
ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީއާއި ޚިލާފަށްކަން އެނގެއެވެ.
16
-2
ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު
ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ)، އަދި 18 ވަނަ މާއްދާ އަށް
ނަޒަރުކުރާއިރު، އެ މާއްދާތަކުން ތަންޒީމުކުރަނީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުގެ ތެރެއިން މީހުން
ހާޒިރުކުރުމުގެ ބާރު ކަން އެނގެން އޮންނައިރު، ދިވެހި ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުންނާއި، މި
މައްސަލާގައި ތަދައްޚުލްވި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން އެ މާއްދާތަކުގެ ދުސްތޫރިއްޔަތު
ކަމާމެދު ޠަޢުނުކޮށް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީގޮތުން ނަޒަރުކުރިއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވާ ކަމެވެ.
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ27
2.1) ބުނެވިދިޔަ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ކޮންމެ މީހަކަށްމެ،
ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާގޮތެއް
މަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ
ބާރު އެ މަޖިލީހަށާއި އެ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވާ ކަމަށް ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ)
ގައި ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި
މުއައްސަސާއަކަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި އެމަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވާކަމަށް
ބަޔާންވެގެންވާ ކަމާ، އަދި ބުނެވިދިޔަ ޤާނޫނުގެ 18 ވަނަ މާއްދާއަށް ބާލާއިރު އެ މާއްދާގެ (ހ) ގައި
"މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރެވޭ މީހާއާއި ކުރެވޭ ސުވާލުތަކަށް އެ މީހަކަށް
އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެއެވެ." މިފަދައިން ބަޔާންކުރުމަށް ފަހު، އެ
މާއްދާގެ (ށ) ގައި "މަޖިލީހުން ނުވަތަ ކޮމިޓީއަކުން ސުވާލުކުރެވޭ މީހަކު، މި މާއްދާގެ (ހ) ގައިވާ
ގޮތުގެމަތިން ޖަވާބުނުދީފި ހިނދެއްގައި ނުވަތަ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ފޮނުވުމަށް ނުވަތަ ގެނައުމަށް
އަންގާފައިވާ މީހާ، އެ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ނުގެނެސްފިނަމަ، އޭނާއަކީ
މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވި މީހެއްކަމުގައި ބެލެވޭނެއެވެ." މިފަދައިން ކަނޑައަޅައި
.ގެންވާކަމާއި، އަދި އެ މާއްދާގެ (ނ) ގައި މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ކަމެއް
ހިންގައިފިނަމަ އެ ފަރާތެއްގެ އަދަބަކީ -/1,000 (އެއްހާސް) ރުފިޔާއާއި، -/3,000 (ތިންހާސް) ރުފިޔާއާ
ދެމެދުގެ ޢަދަދަކަށް ޖޫރިމާނާ ކުރުމެވެ. ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ
މުއްދަތަކަށް ޖަލަށް ލުމެވެ." މި ފަދައިން ކަނޑައަޅައި .ގެން އޮންނަ ހިނދު، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުން މީހުންނާ ސުވާލުކުރުމާއި،
ލިޔުންތައް ހޯދުމަށް ލިބިދީފައިވާ ބާރަކީ، ދައުލަތުގެ އެހެން ބާރުތަކާއި މުއައްސަސާތަކަށް ލިބިދީފައިވާ
ބާރުތަކާއި އިމްތިޔާޒުތަކާ އެކުއެކީގައި ހިނގަންޖެހޭނެ ކަންކަން ކަމަށާއި، އަދި ހަމައެފަދައިން އަމިއްލަ
24 2
p19ނގ
ހ2 2
2
ބަޔާންވެގެން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ28546
2 4 2 2 →
ފަރުދުންނަށް ލިބިދީފައިވާ ރައްކާތެރިކަމާ އެކުއެކީގައި ހިނގަންޖެހޭ ބާރުތަކެއް ކަމުގައިވާއިރު، އެބާރަކީ
މުޠުލަޤު ބާރެއްގެ ގޮތުގައި މާނަކޮށް، ޖަލުގެ އަދަބު ކަނޑައެޅުމަކީ ދައުލަތުގެ ހިންގުމުގެ ބާރާއި،
ޝަރީޢަތްކުރުމުގެ ބާރުތަކާއި މުއައްސަސާތަކަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި، އަދި ޢާންމު ފަރުދުންގެ
ދުސްތޫރީ ޙައްޤުތައް ގެއްލިގެން ހިނގައިދާނެ ކަމަށާއި، މިކަމުގެ ސަބަބުން ޤާނޫނުއަސާސީގައި އިންތައް
ވަކިކޮށްފައިވާ ދައުލަތުގެ ހިންގުމުގެ ބާރާއި، ޝަރީޢަތްކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރުގެ އިންތައް
އެއްވެ، މަސްހުނިވެ، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޙުދޫދުތަކުން ބޭރުވެގެން ހިނގައިދާނެކަމަށާއި،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި، އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި
ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތަކާ މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނޭ ގޮތުގެ މަތިން
ހަމަ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކަކީ
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ސުވާލުކުރެވޭ ފަރާތްތަކަށްވެސް ލިބިދޭންޖެހޭ
ޙައްޤުތަކެއްކަމަށް ދައުލަތުން ދެކޭކަމަށާއި، ޤާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަން ކުރުމާއި،
މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށާއި، މީގެތެރޭގައި
ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ
މިނިވަންކަން ހިމެނޭކަމާއި، މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު
ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި ވަނިކޮށް، ނޫސްވެރިންނަށް
ވަކި އިސްތިސްނާއެއް ނެތި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 17 ވަނަ
މާއްދާގެ (ހ) ވެސް އެ މީހުންގެ މައްޗަށް ހިނގާގޮތަށް އޮތުމަކީ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން
ނޫސްވެރިންނަށް ލިބިދޭ ޙައްޤާއި ރައްކާތެރިކަމަށް ބުރުއަރާކަމެއް ކަމަށާއި، ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާގައި، މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނޭ ކަމެއް
ނޫންކަމުގައި ބަޔާންކޮށްފައިވީ ހިނދު، ބަޔާނެއް ނުދީފިނަމަ ޖިނާއީ އަދަބެއް ކަނޑައެޅުމަކީ
ހއ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ29
މަޖުބޫރުކުރުވުން ކަމުގައި ވާނޭކަމަށާއި، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި، ޤި ޤާނޫނުއަސާސީގައި
ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭފަދަ ޢަމަލެއްކުރުމުގެ ނުވަތަ
އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ލިބޭފަދަ ގޮތަކަށް މި
ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް، މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނޭކަމުގައި
ބަޔާންކޮށްފައިވީ ހިނދު، ޤާނޫނުއަސާސީގެ 99 ވަނަ މާއްދާ މާނަކުރަންވާނީ އަދި ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނެއްގައި އެ މާއްދާއާ ގުޅޭގޮތުން ބަޔާންކުރާ ކަންކަންވެސް، ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ
ދަށުން ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ޙައްޤުތަކަށް އުނިކަން ނާންނަ ފަދައަކުން ފާސްކުރާ ކަންކަމަށް
މި މައްސަލާގައި ދަޢުވާކުރާ
އެޓަރނީ ޖެނެރަލްގެ ފަރާތުން
ފާހަގަކޮށްފައިވެއެވެ.
ވާންޖެހޭނެކަމަށް،
گرمی کی
2.2) މިޒަމާނުގެ އެންމެހައި ދުސްތޫރީ ނިޒާމުތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ
މައްދައެއް ކަމަށްވާ ސެޕެރޭޝަން އޮފް ޕަވަރސް' (Separation of Powers ) ނުވަތަ އަލްފަޟްލު
ބައިތައް ޞުލްޠާތި! (لللالل لللاﷲ) ގެ މައްދައަކީ ދިވެހި ދައުލަތުގެ ދުސްތޫރީ ނިޒާމުގައިވެސް
ޤާއިމުކޮށްފައިވާ އެންމެ މުހިއްމު އެއް މަބްދަ ކަމާއި، މިމަބްދަބު ގެ ދަށުން ދިވެހި ދައުލަތުގެ ބާރު ތިން
ބަޔަކަށް ބެހިގެންވާކަމާއި، ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ
މަޖިލީހަށްކަމާއި، ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށްކަމާއި، ޢަދުލު އިންޞާފު
ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމާއި، ދައުލަތުގެ ކޮންމެ ބާރަކަށްވެސް
އެބާރަކަށް ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮންނަ އިޚްތިޞާޞްތަކުގެ ޙުދޫދު ފަހަނަޅައި ނުދެވޭނެކަން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ
މާއްދާއާއި، 8 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ30546
22x 20x 02
مار کر گرم گرم کر
2.3) ދައުލަތުގެ ބާރުތައް އެކުލެވިގެންވާގޮތާއި އެ ބާރުތަކުގެ އިޚްތިޞާޞްތައް ކަނޑައަޅާ
ޤާޢިދާތަކަކީ ސީދާ އެ ދައުލަތެއްގެ ދުސްތޫރުގައި، ނުވަތަ ދުސްތޫރުގައި ބަޔާންވެގެންވާ ޤާޢިދާތަކާއި
އަސާސްތަކާއި
މަތީން އެކަށައެޅޭ ޤާނޫނުތަކުގައި ބަޔާން
ބަޔާންވެގެންވާ ޤާޢިދާތަކެއްކަން އެނގެން
އޮންނައިރު، ދައުލަތުގެ ތިންބާރުގެ އިޚްތިޞާޞްތަކަކީ ޤާނޫނުއަސާސީގެ ނައްޞުތަކާ، އަދި،
ޤާނޫނުއަސާސީއިން ޤާއިމުކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ސެޕެރޭޝަން އޮފް ޕަވަރސް' ގެ ދުސްތޫރީ
މައްދައާއި ޚިލާފުނުވާނޭ ގޮތުގެ މަތިން، އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭފަދަ ގޮތަކަށް
ބާރުތަކުގެ މެދުގައި އެއްބާރުލުމާއި، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވެވޭ ފަދަ ޓެކްސް އެންޑް
ބެލެންސަސް' ގެ ނިޒާމެއްގެ މައްޗަށް ބިނާވެގެންވާ އިޚްތިޞާޞްތަކަކަށް ވާންޖެހޭނެކަން އެނގެން އޮވެއެވެ.
2.4) އިސްވެ ބަޔާންވެދިޔަ އުޞޫލުގެ މަތިން، މިޒަމާނުގެ ދުސްތޫރީ ނިޒާމުތަކުގައި
ޕާރލަމެންޓުތަކުގެ އިޚްތިޞާޞްތައް ކަނޑައެޅިފައިވާގޮތުގެ މައްޗަށް ބަލާއިރު، ޕާރލަމެންޓްތަކުން އަދާކުރާ
ޢާންމު ތިން ވަޒީފާއެއް (Function) ވާކަމާއި، އެއީ ތަޝްރީޢީ ވަޒީފާ (Legislative Function) އާއި،
މާލީ ވަޒީފާ (Financial Function) އާ، އަދި ސިޔާސީ ވަޒީފާ (Political Function) ކަން އެނގެން
އޮންނަ ކަމާއި، މިއިން ކޮންމެ ވަޒީފާއަކާ ގުޅިގެން ޕާރލަމެންޓްތަކަށް ލިބިގެންވާ އިޚްތިޞާޞްތަކާއި
ބާރުތައް، އަދި އެ އިޚްތިޞާޞްތަކާއި ބާރުތައް އަދާކުރުމުގައި ތަބާވާ އިޖްރާއަތާއި، ޕްރޮސެސް' އެއް
ދުސްތޫރީ ނިޒާމުން އަނެއް ނިޒާމަށް ތަފާތުކަމާއި، ޕާރލަމެންޓުތަކުގެ ތަޝްރީޢީ ވަޒީފާގެ ތެރޭގައި ޤާނޫނު
ހެދުމާއި، ޤާނޫނު އިޞްލާޙުކުރުމާއި، ޤާނޫނު އުވާލުން ހިމެނޭކަމާއި މާލީ ވަޒީފާގެ ތެރޭގައި ދައުލަތުގެ
އަހަރީ ބަޖެޓް ފާސްކުރުމާއި، ޓެކްސްތަކާއި ފީތަށް ކަނޑައެޅުމާއި، ދައުލަތުން ނަގާ ޢާންމު ލޯނުތަކަށާއި،
ދައުލަތުގެ ޚަޒާނާއިން ޚަރަދުކުރަން ޖެހިދާނެފަދަ މާލީ ކޮމިޓްމެންޓްތަކަށް އެއްބަސްވުމާއި، މިނޫންވެސް
އެހެނިހެން މާލީ ފަންކްޝަންތައް ޝާމިލުވެގެންވާކަމާއި، އަދި ޕާރލަމެންޓްތަކުގެ ސިޔާސީ ވަޒީފާއަށް
ބަލާއިރު، ދައުލަތުގެ ބާރުތަކުގެ މެދުގައި ޤާއިމުވެފައިވާ ޗެކްސް އެންޑް ބެލެންސަސް' ގެ ނިޒާމުގެ ދަށުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ31346
ތ04
ޕާރލަމެންޓަށް ދުސްތޫރީގޮތުން ލިބިގެންވާ އިޚްތިޞާޞްތައް ހިމެނޭކަމާއި، އޭގެތެރޭގައި ބައެއް ބަރުލަމާނީ
ނިޒާމުތަކުގައި ޕާރލަމެންޓަށް ލިބިގެންވާ ދައުލަތުގެ ރައީސް ޢައްޔަންކުރުމުގެ ބާރާއި، ތަފާތު ދުސްތޫރީ
ނިޒާމުތަކުގައި ޕާރލަމެންޓަށް ލިބިގެންވާ ދައުލަތުން ބައިވެރިވާ ބައެއް ބާވަތުގެ ބައިނަލްއަޤްވާމީ
މުޢާހަދާތައް އެޕްރޫވް ކުރުމުގެ ބާރާއި، ހަނގުރާމަ އިޢުލާންކުރުން ނުވަތަ ވެރިކަން ހިންގުމުގެ ބާރުން
ހަނގުރާމަ އިޢުލާންކުރުމުގެ ކުރިން އެކަމަށް ހުއްދަދިނުމުގެ ބާރާއި، ޢަފްވާ ޢާންމު (للﷲފ للاތ)
(General Amnesty) އިޢުލާންކުރަން ބޭނުންވާ ޙާލަތްތަކުގައި އެކަން ޤާނޫނަކުން ފާސްކުރުމުގެ ބާރާއި،
ބައެއް ދުސްތޫރީ ނިޒާމުތަކުގައި ޕާރލަމެންޓަށް ދީފައިވާ ދައުލަތުގެ ބައެއް ސިޔާސީ އަދި ތަންފީޒީ އިސް
މަޤާމްތަކަށް މުވައްޒަފުން ޢައްޔަންކުރުމަށް އެޕްރޫވް ކުރުމާއި، ރުހުންދިނުމުގެ ބާރުފަދަ ބައެއް ސިޔާސީ
އަދި ތަންފީޒީ އަދި އިދާރީ ޠަބީޢަތުގެ އިޚްތިޞާޞްތައް ޝާމިލުވެގެންވާކަމާއި އެހެންނަމަވެސް މިޒަމާނުގެ
ދުސްތޫރީ ނިޒާމުތަކުގައި ޕާރލަމެންޓްތަކުން އަދާކުރާ ސިޔާސީ ފަންކްޝަންގެ ތެރޭގައި ހިމެނޭ އެންމެ
އަސާސީ އަދި އެންމެ މުހިއްމު ފަންކްޝަންއަކީ ޕާރލަމެންޓުތަކަށް ލިބިގެންވާ ދައުލަތުގެ ނުވަތަ
ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް ރަޤާބާކުރުމާއި މުޙާސަބާކުރުމުގެ ނުވަތަ ޖަވާބުދާރީކުރުމުގެ
(Oversight and Accountability) އިޚްތިޞާޞް ކަމާއި، މި އިޚްތިޞާޞްގެ ދަށުން ބަރުލަމާނީ
ނިޒާމަށް ތަބާވާ ޕާރލަމެންޓުތަކަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ޕްރައިމިނިސްޓަރާއި އަދި ވަޒީރުންނާއި
ސުވާލުކުރުމުގެ ބާރާއި، ވަޒީރުންގެ މަޖިލިސްގެ ނުވަތަ ވަކި ވަޒީރެއްގެ މަސްއޫލިއްޔަތާ ގުޅިގެން
މުޙާސަބާކުރުމުގެ މަޤުޞަދުގައި، ވަޒީރުންގެ މަޖިލިސް ނުވަތަ ވަކި ވަޒީރަކު އިސްތިޖްވާބު'
(Interpellation) ކުރުމުގެ ބާރާއި، ޕާރލަމެންޓަރީ އިންކުއެރީ ކުރުމުގެ ބާރާއި، މުޖުތަމަޢުގެ ޢާންމު
މަޞްލަޙަތުގެ ކަމަކާއިގުޅިގެން ރެކޮމެންޓަރީ ޠަބީޢަތުގެ ޤަރާރުތައް ސަރުކާރަށާއި ސަރުކާރުގެ
މުއައްސަސާތަކަށް ހުށަހެޅުމުގެ ބާރާއި، ތަޝާމުނީ (collective) ކޮށް މުޅި ކެބިނެޓާއި، އަދި ފަރުދީކޮށް
ވަކި ވަޒީރެއްގެ އިތުބާރުނެތްކަމަށް ފާސްކުރުމުގެ ބާރު ޝާމިލުވެގެންވާކަމާއި އަދި ރިޔާސީ ނިޒާމަށް ތަބާވާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ32546
29 8 2
ޕާރލަމެންޓްތަކަށްވެސް ވެރިކަން ހިންގުމުގެ ބާރާއި، މުސްތަޤިއްލު މުއައްސަސާތަކުން ކުރާ ކަންތައްތަކާ
ގުޅިގެން ޕާރލަމެންޓްގެ ކޮމިޓީތައް މެދުވެރިކޮށް އިންކުއެރީ ކުރުމުގެ ބާރު ލިބިގެންވާކަމާއި އަދި
މީގެއިތުރުން ދައުލަތުގެ ރައީސާއި، ވަޒީރުންނާއި، ދައުލަތުގެ އެހެނިހެން އިސް މަޤާމްތަކުގެ ތެރެއިން
ކަނޑައެޅިގެންވާ ބައެއް މަޤާމްތަކުގެ އިސްވެރިންގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތަކާ ގުޅިގެން
ކަނޑައެޅިގެންވާ އިޖްރާއަތްތަކުގެ ދަށުން މަޤާމުން އަޒުލު ކުރުމުގެ ބާރު ތަފާތު ދުސްތޫރީ ނިޒާމުތަކުގައި
ރިލަމެންޓްތަކަށް ލިބިގެންވާކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
70 ވަނަ މާއްދާގައި ޖުމްލަގޮތެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތައް
ބަޔާންކޮށްފައިވާ ކަމާއި، އެ
ކަމާއި، އެ ބާރުތަކުގެ ތެރޭގައި ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން
ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމާއި، ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން އިސްލާމްދީނުގެ އަޞްލަކާ
ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި، ޤާނޫނު ބާޠިލުކުރުމާއި، ވެރިކަން
ހިންގުމުގެ ބާރުގެ ފަރާތުންކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު
ޖަވާބުދާރީކުރުވުމާއި، އަދި މިކަންކަން ކުރުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތީން
ފިޔަވަޅުތައް އެޅުމާއި، ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމާއި، މުސްތަޤިއްލު
ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކާ ބެހޭގޮތުން ނިންމާންޖެހޭ ކަންތައްތައް ޤާނޫނުގައިވާ ގޮތުގެމަތީން
ނިންމުމާއި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު
ނެގުމާއި، ރައްޔިތުންގެ މަޖިލީހުން އަދާކުރާން ޖެހޭނެކަމަށް މި ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި
ބަޔާންކޮށްފައިވާ މިނޫންވެސް ވާޖިބުތައް އަދާކުރުން ހިމެނިގެންވާކަން ޤާނޫނުއަސާސީގެ ބުނެވިދިޔަ 70
ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮވެއެވެ.
2.5) އިސްވެ ބަޔާންވެދިޔަ އުޞޫލުތަކުގެ އަލީގައި، ދިވެހިރާއްޖޭގެ ޕާރލަމެންޓްކަމަށްވާ
ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތަކުގެތެރޭގައި ހިމެނޭ، ސަރުކާރާއި ދައުލަތުގެ އެހެނިހެން
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ33546
މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގައާއި، މަޖިލީހަށް ހުށަހެޅޭ ޕެޓިޝަންތަކާ ގުޅިގެން ބަލަންޖެހޭ ކަންތައް
ބެލުމަށާއި ކުރަންޖެހޭ ޕާރލަމެންޓަރީ އިންކުއަރީތައް ކުރުމަށް، ދައުލަތުގެ ތަފާތު އިސް މަޤާމްތަކުގައި ތިބޭ
ހާޒިރުކުރުމުގެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި
ތަންޒީމްކުރެވިފައިވާގޮތުގެ މައްޗަށް ބަލާއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
22 0 2
: ހއ ހ03
މުވައްޒަފުން
ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދައުލަތުގެ ވަކި
ޚާއްޞަ އިސް މަޤާމްތަކަކަށް އިސްކުރެވިފައިވާ މީހުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުގެ ތަޞައްވުރު
ޤާއިމުވެގެންވާ ތަފާތު ޙާލަތްތައް ބަޔާންކުރެވިގެންވާކަމާއި މިގޮތުން ޤާނޫނުއަސާސީގައި ވާގޮތުގެމަތިން
ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމުން ވަކިކުރުމުގައާއި، ޤާނޫނުއަސާސީގައި
ކަނޑައެޅިގެންވާގޮތުގެމަތިން މުސްތަޤިއްލު ކޮމިޝަންތަކަށާއި މުސްތަޤިއްލު މަޤާމްތަކަށް ޢައްޔަންކުރެވިފައިވާ
މެންބަރުން މަޤާމުން ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި
ހިންގާ އިންކުއެރީ އަކަށް، ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، މުސްތަޤިއްލު
ކޮމިޝަންތަކަށާއި މުސްތަޤިއްލު މަޤާމްތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުގެ
ތަޞައްވުރު ޤާއިމުވެގެންވާކަން ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއާއި، 177 ވަނަ މާއްދާއާއި،
187 ވަނަ މާއްދާއާއި، 197 ވަނަ މާއްދާއާއި، 207 ވަނަ މާއްދާއާއި، 218 ވަނަ މާއްދާއާއި، 228
ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި އަދި ބުނެވިދިޔަ މާއްދާތަކުގެ ދަށުން މަޤާމުން ވަކިކުރުމުގެ
މަފްހޫމަކީ ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ދައުލަތުގެ ރައީސާއި، ޤާނޫނުއަސާސީން ކަނޑައެޅިގެންވާ ބައެއް
އިސްމަޤާމްތަކުގައި ތިބޭ މުވައްޒަފުން ޕާރލަމެންޓުގައި ކުރެވޭ "އިމްޕީޗްމެންޓް' (impeachment)
އަކަށްފަހު މަޤާމުން ޢަޒުލުކުރުމުގެ މަފްހޫމްކަމާއި، އެއީ އެއްވެސް ޙާލެއްގައި ސިޔާސީގޮތުން ކުރެވޭ
ރީއެއްގެ ދަށުން އިތުބާރުނެތްކަމަށް ފާސްކުރުމުގެ މަފްހޫމެއް ނޫންކަން އެނގެން އޮންނަކަމާ،
އެހެންކަމުން އިމްޕީޗްމެންޓް' ގެ މަފްހޫމުގެ ދަށުން މުވައްޒަފަކު ޢަޒްލުކުރެވޭ ޙާލަތްތައް އެއްވެސް އޮޅުމެއް
ޖަވާދަނއެއެ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ34546
ދ 8
4
2
0
0
0
19ނ ޤަ,ނ
1/
ނާރާގޮތައް ޤާނޫނުގައި
ޖެހޭނެކަމާއި، މިޒަމާނުގެ ދުސްތޫރީ ނިޒާމުތަކުގައި ދައުލަތުގެ
މުއައްސަސާތަކުގެ އިސް ވެރިން ޕާރލަމެންޓު މެދުވެރިކޮށް ޢަޒުލުކުރެވޭ ޙާލަތްތަކީ، ދައުލަތުގެ ނުވަތަ
ދައުލަތުގެ ދުސްތޫރީ ނިޒާމަށް ޚިޔާނަތްތެރިވުން ފަދަ ބޮޑު ޚިޔާނާތުގެ (high treason) ކުށާއި،
ރިޝްވަތުގެ ކުށާއި، ބޮޑެތި ޖިނާޔަތާއި، ޖުނަޙު (high crimes and misdemeanors) ގެ ކުށުގެ
ތުހުމަތުގައިކަން އެނގެން އޮންނައިރު، ވެރިޔަކު އޭނައަށް ލިބިފައިވާ އިޚްތިޔާރީ ބާރު ބޭނުންކުރިގޮތަކާ މެދު
ޕާރލަމެންޓުގައި ޖަވާބުދާރީކުރުވައި މަޤާމުން ވަކިކުރުމަކީ ސެޕްރޭޝަންސް އޮފް ޕަވަރސްގެ ދުސްތޫރީ
މަބްދައާއި މުޅިން ޚިލާފު ޣައިރު ދުސްތޫރީ ޢަމަލަކަށް މެނުވީނުވާނެކަމާ، އަދި މީގެ އިތުރުން ދައުލަތުގެ
މުއައްސަސާއެއްގެ
ވެރިއަކު މަޤާމުން ޢަޒްލުކުރުމުގައި ތަބާވާ ޤާނޫނީ އިޖުރާއާތުތައް
(due process of law) ކަނޑައެޅުމަކާ ނުލައި، އަދި އެ އިޖްރާއާތަށް ތަބާވުމަކާނުލައި ޢަޒުލުކުރުން
ދުސްތޫރީގޮތުން ޞައްޙަނުވާނެކަން އެނގެން އޮންނައިރު، ސުޕްރީމްކޯޓުގެ ނަންބަރު 35/SC
-
C/2012
ޤަޟިއްޔާގައި މި އުޞޫލް ޤާއިމުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
و وررسمی
ނ) ދެވަނަ ކަމަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި
ވާޖިބުތައް ހެޔޮގޮތުގައި އަދާކުރުމުގައި ވަކިވަކި މެންބަރުންނާއި މުޅި ވަޒީރުންގެ މަޖިލީސް
ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވުމުގެ އިތުރަށް، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާގޮތަށް ރައްޔިތުންގެ
މަޖިލީހަށް ޖަވާބުދާރީވާން ވާނެކަމަށާއި، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، އެ މީހެއްގެ
އިޚްތިޞާޞްގައިވާ އެންމެހައި ކަންތައްތަކާ ގުޅޭގޮތުން، ޞައްޙަ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް
ހުށަހަޅަމުން ގެންދާންވާނެ ކަމަށާއި، އަދި އެ މެންބަރެއްގެ އިޚްތިޞާޞްގައިވާ އެންމެހައި ކަންތައްތަކާ
ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ މަޢުލޫމާތެއް އެ މަޖިލީހަށް ދޭންވާނެކަމަށް
ޤާނޫނުއަސާސީގެ 134 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންވެގެން އޮންނަ އޮތުމަށާއި، ރައްޔިތުންގެ
މަޖިލީހުގެ މަދުވެގެން ދިހަ މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ35546
2 22c
މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށާއި،
އެފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަޙުޘް ފެށުމުގެ ސާދަ ދުވަސް ކުރީން ވަޒީރުންގެ
މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެ ކަމަށާއި، އަދި އެ ބަޙުޘްގައި އަނގަބަހުންނާއި ލިޔުމުން
ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު އެ މެންބަރަކަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 101 ވަނަ
މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންވެގެން އޮންނައޮތުމަށާ، އަދި ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގެ
ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް
ހާޒިރުކޮށް އެ މީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާބެހޭގޮތުން ސުވާލުކުރުމުގެ ޙައްޤުގެ
މައްޗަށް ނަޒަރުކުރާއިރު، ބަރުލަމާނީ ނިޒާމަށް ތަބާވާ ދުސްތޫރީ ނިޒާމުތަކުގެ ޕާރލަމެންޓުތަކަށް ލިބިގެންވާ،
ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ރަޤާބާކޮށް ޖަވާބުދާރީކުރުވުމުގެ އިޚްތިޞާޞްގެ ދަށުން ސަރުކާރުގެ
ވަޒީރުންނާ ސުވާލުކުރުމާއި، އިސްތިޖުވާބު ކުރުމާއި، ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ބާރު
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަމާއި، އަދި ބުނެވިދިޔަ އިޚްތިޞާޞްގެ ދަށުން
ވަޒީރުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުގެ ބާރު އެ މަޖިލީހަށް ލިބިގެންވާކަން
އެނގެން އޮންނައިރު، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމުގެ
އިޚްތިޞާޞްގެ ދަށުން، އިތުބާރުނެތްކަމަށް ފާސްކުރުމުގެ ސަބަބުން ސިޔާސީގޮތުން މަސްއޫލިއްޔަތު
އުފުލަންޖެހި މަޤާމުން ވަކިވުމުގެ ތަޞައްވުރު ޤާއިމުވެގެންވާ ހަމައެކަނި ބަޔަކީ ވަޒީރުންގެ މަޖިލީހުގެ
މެންބަރުންކަމާ، އަދި މިއީ ބަރުލަމާނީ ނިޒާމުގެ އަސާސީ ސިފައެއްކަމާއި، ރިޔާސީ ނިޒާމުގެ ސިފައެއް
ނޫންކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި ދައުލަތުގެ ބާރުތަކުގެ އިޚްތިޞާޞްތަކާއި، އެއްބާރު އަނެއްބާރާ
ދެމެދު އޮންނަ ގުޅުން އިންތިޒާމުކުރާ ދުސްތޫރީ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގައި ފުލުހުންނާއި ސިފައިންގެ މައްޗަށް އެކުލެވިގެންވާ
ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެކަމަށް ޤާނޫނުއަސާސީގެ 239
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ36
ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރުމަށްފަހު، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން
ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނާން ވާނެކަމަށް ޤާނޫނުއަސާސީގެ 241 ވަނަ
ބަޔާންކޮށްފައި އޮތުމުން،
އެ މާއްދާގެ މަޤްޞަދަށްޓަކައި ސަލާމަތީ ޚިދުމަތްތަކުގެ
އިސްވެރިންނާއި މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކުރުމުގެ ބާރު، އެ
މަޖިލީހަށް ލިބިގެންވާކަން އެނގެން އޮންނަކަމެވެ.
ޚާއްދީﷲ.4
047
ހ) ހަތަރުވަނަ ކަމަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް
މަޤާމެއްގައި ހުރިމީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާކުރަންޖެހޭ ޒިންމާ އާއި
މަސްއޫލިއްޔާތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މީހަކާ ކުރެވޭ
ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ
ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ
މީހަކަށް އެންގިދާނެކަމަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު
އަދާކުރާ ވާޖިބުތަކާބެހޭގެ
ބުތަކާބެހޭގޮތުން، އެ މީހަކާ ލިޔުމުން ނުވަތަ އަނގަބަހުން ސުވާލުކުރުމުގެ ޙައްޤު ރައްޔިތުންގެ
މަޖިލީހުގެ ކޮންމެ މެންބަރަކަށްމެ ލިބިގެންވާ ކަމަށް ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ކަނޑައަޅާފައި
އޮންނަ އޮތުމަށް ބަލާއިރު، މި މާއްދާގައި ބަޔާންވެގެންވާ ރައްޔިތުންގެ މަޖިލީސްގެ އިޚްތިޞާޞް
ދެމިގެންވަނީ ވަޒީރުންގެ މަޖިލީހުގެ ދެބަރުންނާއި، އަދި އެ ނޫންވެސް ސަރުކާރުގެ
ހެންވެސް
މަޤާމްތަކުގައި ތިބޭ މީހުންގެ މައްޗަށްކަން އެނގޭކަމާއި، ސަރުކާރުގެ މަޤާމްތައް މުޠާލަޤު ގޮތަކަށް، ވަކި
ޚާއްޞަ އިސްތިޘްނާއެއް ނެތި ބަޔާންވެއްޖެނަމަ، އޭގެ ތެރޭގައި ވެރިކަން ހިންގުމުގެ ބާރުގެތެރޭގައި ހިމެނޭ
އެންމެހައި އިދާރާތަކާއި މުއައްސަސާތައް ޝާމިލުވެގެންވާކަމާއި، މިގޮތުން މަރުކަޒީ ސަރުކާރުގެ
ވުޒާރާތަކާއި، އިދާރާތަކާއި މުއައްސަސާތަކާއި، އަދި މުސްތަޤިއްލު މުއައްސަސާތަކާއި މަޤާމްތަކާއި، އަދި
ލާމަރުކަޒީ އިދާރާތަކުގެ މަޤާމްތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނިގެންވާ މަޤާމްތަކެއްކަން
2
0 ބ 2
0
2
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ37
އިދާރީ ޤާނޫނޫގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ ބުނެވިދިޔަ 98 ވަނަ
މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މަރުކަޒީ ސަރުކާރުގެ ތަފާތު އިދާރާތަކާއި،
މުސްތަޤިއްލު މުއައްސަސާތަކާއި، ލާމަރުކަޒީ އިދާރާތަކުގެ ވެރިންނާއި މުވައްޒަފުން، ޤާނޫނުއަސާސީ އާއި
ޤާނޫނުތަކުގެ ޙުދޫދުގެތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި މަޢުލޫމާތު ހޯދުމުގެ ބާރު
ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަން އެނގެން އޮންނަކަމެވެ.
4 22
ބ} ފަސްވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހަށް
ލިބިގެންވާ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމުގެ އިޚްތިޞާޞްގެ ދަށުން އަދާކުރަންޖެހޭ
މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެންމެހައި އިޖްރާއާތުތަކާއި،
ނިންމާ ނިންމުންތަކާއި، އަޅާ ފިޔަވަޅުތައް ވާންޖެހޭނީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން، ސެޕެރޭޝަން
އޮފް ޕަވަރސް' ގެ ދުސްތޫރީ މައްދައާއި ޚިލާފުނުވާނޭ ގޮތުގެމަތިން، އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު
ނުފޯރުވޭފަދަ ގޮތަކަށް ބާރުތަކުގެ މެދުގައި އެއްބާރުލުމާއި، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވެވޭފަދަ
ޗެކްސް އެންޑް ބެލެންސަސް' ގެ ނިޒާމުގެ ތެރެއިން ނިންމާ ނިންމުންތަކަށާއި، އަޅާ ފިޔަވަޅުތަކަށް ކަމާ؛
މިގޮތުން ވެރިކަން ހިންގުމުގެ ބާރުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންތަކުގެ ތެރެއިން ރައްޔިތުންގެ
މަޖިލީހުގެ ހުއްދައަކަށް ނުވަތަ ރުހުމަކަށް ދުސްތޫރީގޮތުން ނުވަތަ ޤާނޫނީގޮތުން ބޭނުންވާ ކަންތައްތައް
ފިޔަވައި، ވެރިކަން ހިންގުމުގެ ބާރުގެ އިޚްތިޞާޞްގެ ތެރެއިން އެ ބާރުގައި ހިމެނޭ އިދާރާއަކުން ނުވަތަ
މިނިވަން މުއައްސަސާއަކުން ނިންމާ ނިންމުންތައް ރައްޔިތުންގެ މަޖިލީހުން އުވާލުމާއި އެ ނިންމުންތަކަށް
ބަދަލު ގެނައުންފަދަ ކަންތައް ކުރުމަކީ ސެޕެރޭޝަން އޮފް ޕަވަރސް' ގެ ދުސްތޫރީ މައްދައާއި ޚިލާފަށް
ރައްޔިތުންގެ މަޖިލީހުގެ އިޚްތިޞާޞުން ބޭރުގައި ކުރެވޭ ޣައިރު ދުސްތޫރީ ކަމަށް މެނުވީ ނުވާނެކަން
2& ·
އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ38546
2.6) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ނައްޞުގައި
"ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު އެ
މަޖިލީހަށް ލިބިގެންވެއެވެ. (ހ)- ކޮންމެ މީހަކަށްވެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ
ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ
މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުން.
ދި މާއްދާގައި
ބަޔާންވެގެންވާ ފަދައިން
ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާ ކުރާ ކޮންމެ ސުވާލަކަށްމެ އެ މީހަކަށް އެނގިހުރި އެންމެ
ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެއެވެ. (ށ)- ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ
ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް
އެންގުން.
(ނ)- މުއައްސަސާތަކުންނާއި މީސްމީހުން ހުށަހަޅާ ޝަކުވާތަކާއި އިލްތިމާސްތަކާއި އެހެނިހެން
ހުށަހެޅުންތައް ބަލައިގަތުން." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، މި މާއްދާގެ ދަށުން
ރައްޔިތުންގެ މަޖިލީހަށް ލިބިދޭ މީހުންނާއި މުއައްސަސާތައް ހާޒިރުކުރުމުގެ ބާރުގެ މައްޗަށް ދުސްތޫރީގޮތުން
ނަޒަރުކުރާއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
ހ) ފުރަތަމަ ކަމަކީ، ޤާނޫނުއަސާސީގެ އިސްވެދިޔަ 99 ވަނަ މާއްދާގެ ނައްޞަކީ ޢާންމު
ޞީޝާގައި އައިސްފައިވާ ނައްޞުއްކަމާއި، އަދި އެއީ ވަކި ބަޔަކަށް ނުވަތަ ވަކި މުއައްސަސާއަކަށް ޚާއްޞަ
ކުރެވިފައިވާ ނައްސެއް ނޫންކަމާ، އެހެންކަމުން، އުޞޫލެއްގެ ގޮތުން ކޮންމެ ފަރުދަކަށް، އެއީ ސަރުކާރުގެ
މަޤާމެއްގައި ހުރި މީހެއްކަމުގައި ވިއަސް ނުވަތަ ނޫނަސް، އަދި ކޮންމެ މުއައްސަސާއަކަށް، އެއީ ސަރުކާރުގެ
މުއައްސަސާއެއްކަމުގައި ވިއަސް، ނުވަތަ ނޫނަސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް އެންގުމުގެ ބާރު އެ
މަޖިލީހަށް ލިބިގެންވާކަމާ، ނަމަވެސް ޢާންމު ޞިޣާގައި އައިސްފައިވާ ނައްސެއް ތަޚްޞީޞް ކުރެވި، އެ
ޢާންމު ނައްޞުގައި ޝާމިލްވާ އަފްރާދުންގެ ތެރެއިން ބައެއް އަފްރާދުން އިސްތިސްނާކުރެވިއްޖެނަމަ، އެ
ނައްޞުގެ ޙުކުމް އެބައެއްގެ މައްޗަށް ނުހިނގާނެކަމާއި މިގޮތުން ބަލާއިރު ވެރިކަން ހިންގުމުގެ ބާރުގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ39
ހިމެނޭ އެންމެހައި އިދާރާތަކާއި މުއައްސަސާތަކުގެ މައްޗަށް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ރަޤާބާ އާއި
ޖަވާބުދާރީކުރުވުމުގެ އިޚްތިޞާޞްގެ ދަށުން އެ އިދާރާތަކުގެ ވެރިންނާއި މުވައްޒަފުން މަޖިލީހަށް
ހާޒިރުކުރުމުގެ ތަޞައްވުރު ޤާނޫނުއަސާސީގެ އިސްވެ ޙަވާލާދެވުނު ތަފާތު ނައްޞުތަކުން ޤާއިމުވެގެންވާކަން
ސާފުކޮށް އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ
ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުގެ ތަޞައްވުރެއް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅިފައި ނުވާކަމާ، އެހެންނަމަވެސް އުއްތަމަ
ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެންމެހައި ފަނޑިޔާރުން ޢައްޔަންކުރުމުގަޔާއި، ފަނޑިޔާރުން ވަކިކުރުމުގައި
ރައްޔިތުންގެ މަޖިލީހުގެ ރަޤާބީ ދައުރެއް އޮންނަކަމާ: މިގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ
ފަނޑިޔާރުން ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ
ކަމަށާއި، އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާ މީހަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ
މަޤާމަށް ޢައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެމަތީން
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި
މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންކަމަށް ޤާނޫނުއަސާސީގެ 147 ވަނަ މާއްދާއާއި
148 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި އަދި ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ
ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލުނޫންކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލެއް އެ
ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު
މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި
ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންކަމަށް ޤާނޫނުއަސާސީގެ
154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ އެއްވެސް ޝައްކެއްގައި
ޞަރީޙަކޮށްވެސް އަދި ޝިމްނީކޮށްވެސް ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް
02 /
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ40
ޖަވާބުދާރީކުރުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިނުވާކަން އެނގެން އޮންނަކަމާ، ސަބަބަކީ ޢަދުލު
އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަގިއްލުކަން ރައްކާތެރިކޮށް ކޯޓުތަކާއި ފަނޑިޔާރުންގެ
ހައިބަތާއި ޤަދަރު ޙިމާޔަތްކުރުމަށްޓަކައި، ފަނޑިޔާރުން ތައުދީބީގޮތުން ޖަވާބުދާރީކުރުވުމުގެ މަސްއޫލިއްޔަތު
މަތިކުރެވެނީ ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެތެރޭގައި ހިމެނޭ
ޚާއްޞަ މުއައްސަސާއަކަށް ނުވަތަ މުސްތަޤިއްލު މުއައްސަސާއަކަށް ކަމާއި، ދިވެހިރާއްޖޭގައި އެ
މަސްއޫލިއްޔަތަކީ ދުސްތޫރީގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމާއި، މިޒަމާނުގެ
ދުސްތޫރީ ނިޒާމުތަކުގައި ޕާރލަމެންޓަރީ އިންކުއަރީތައް ޢާންމު އުޞޫލެއްގެ ގޮތުގައި ބިނާކުރެވިފައިވަނީ
ވެރިކަން ހިންގުމުގެ ބާރު ގެ މައްޗަށް ރަޤާބާކޮށް ޖަވާބުދާރީ ކުރުވުމުގެ މަޤްޞަދުގައި ކަމާ، އެހެންކަމުން
ފަނޑިޔާރުން ޕާރލަމެންޓުތަކަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަކީ، ޔުނައިޓެޑް ނޭޝަންސްއާ، މި ޒަމާނުގެ
ދީމްޤުރާތީ ނިޒާމުތަކުގައި ޤަބޫލުކުރާ "އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ޖުޑިޝަރީ" ގެ މަފްހޫމާއި
ކަނޑައެޅިގެން ތަޢާރުޟުވާ ކަމެއްކަމާ، މި ސަބަބުތަކަށްޓަކާ ޤާނޫނުއަސާސީގެ އިސްވެދިޔަ 99 ވަނަ
މާއްދާގެ އަޙްކުމްތައް ތަޠްބީޤްކުރުމުގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ކޯޓުތަކާއި އެ
ކޯޓުތަކުގެ ފަނޑިޔާރުން އިސްތިސްނާ ވެގެންވާކަން ސާފުކޮށް އެނގެން އޮނަންކަމެވެ.
2 22 22
ނ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ އިސްވެ ޙަވާލާދެވުނު 99 ވަނަ މާއްދާގެ (ހ) ގައި
ބުނެފައިވާ ހެކިބަސް ދިނުމުގެ މަފްހޫމަކީ، މަދަނީ އަދި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން ޝަރުޢީ
ކޯޓެއްގެ ކުރިމަތީގައި ކަމެއް ޘާބިތުކުރުމަށްޓަކައި ހެކިބަސް ދިނުމުގެ މަފްހޫމާއި ޚިލާފު މަފްހޫމެއް ކަމާއި،
އެހެންކަމުން އިސްލާމީ ޝަރީޢަތުގައާއި، މަދަނީ އަދި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ކަނޑައެޅިގެންވާ،
ދަޢުވާއެއް ޘާބިތުކުރުމަށް ހެކިބަސްދިނުމުގެ އަޙްކާމްތަކަކީ ޕާރލަމެންޓަރީ އިންކުއަރީތަކުގައި ހެކިބަސްދޭ
ހެކިންގެ މައްޗަށް ތަޠުބީޤުވާ އަޙްކުމްތަކެއް ނޫންކަމާ، އެހެންނަމަވެސް، ޕާރލަމެންޓަރީ އިންކުއަރީއެއްގައި
ހެކިބަސްދޭން ހާޒިރުކުރެވޭ މީހަކު، ދޮގު ހެކިދިނުން ފަދަ، ނުވަތަ ހާޒިރުވާން އެންގުމުން ހާޒިރުނުވުން ފަދަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ41546
ޢަމަލުތަކަކީ ބައެއް ޖުރިސްޑިކްޝަންތަކުގައި ޕާރލަމެންޓުގެ ޙުރުމަތް ކަނޑާލުމުގެ ( contempt of the
parliament} ކުށުގެ ދަށުން ތަޖްރީމް ކުރެވިފައިވާ ޢަމަލުތަކެއް ކަމުގައިވީނަމަވެސް، އެފަދަ ކުށްތަކާއި، އެ
ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތައް ޤާނޫނަކުން ކަނޑައަޅަންވާނީ ޤާނޫނުއަސާސީގެ އަޙްކާމްތަކާއި
ޚިލާފުނުވާނޭ
އިވާނޭ ގޮތެއްގެ މަތިންކަން އެނގެން އޮވެއެވެ.
ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ އިސްވެ ޙަވާލާދެވުނު 99 ވަނަ މާއްދާގެ ދަށުން
މީހުންނާއި މުއައްސަސާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް އެންގުމުގެ ބާރު އެ މަޖިލީހަށް
ލިބިގެންވަނީ، ޙަޤީޤަތުގައި، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށާއި އެ
ބާރުގައި ހިމެނޭ މުއައްސަސާތަކުގެ މައްޗަށް ރަޤާބާކޮށް ޖަވާބުދާރީކުރުވުމުގެ ޢާންމު އިޚްތިޞާޞްގެ ދަށުން
ކަމާއި، މިގޮތުން ރައްޔިތުންގެ މަޖިލީހުން ތަފާތު އިޖްތިމާޢީ، އިޤްތިޞާދީ، އަދި ސަލާމަތީ ކަންތަކާގުޅިގެން
ކުރާ ޕާރލަމެންޓްރީ އިންކުއަރީ ތަކަށާއި، އެ އިންކުއަރީ ތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓުތަކަށް
ބޭނުންވާ ފަންނީ ލަފާ އާއި، މަޢުލޫމާތު ހޯދުމަށާއި، އަދި މިނޫންވެސް ރައްޔިތުންގެ މަޖިލީހުގެ
އިޚްތިޞާޞްގެ ތެރެއިން ކަންތައް ނިންމުމަށް ބޭނުންވާ މަޢުލޫމާތާއި ލަފާ ހޯދުމަށާއި، ސުވާލުކުރުމަށާއި،
ހެކިބަސް ހޯދުމަށާއި، ލިޔުންތައް ހޯދުމަށް މީހުން ހާޒިރުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް
ލިބިގެންވާއިރު، މި ބާރު ރައްޔިތުންގެ މަޖިލީހުން ބޭނުންކުރާންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ، ރައްޔިތުންގެ ދުސްތޫރީ ޙައްޤުތަކަށް އުނިކަން ނައަންނަ
ގޮތަކަށްކަން އެނގެން އޮންނަކަމެވެ.
2.7) އިސްވެ ބަޔާންވެދިޔަ ކަންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 5/2013
(ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި،
އެ ޤާނޫނުގެ 18 ވަނަ މާއްދާގެ ދުސްތޫރިއްޔަތުކަމުގެ މައްޗަށް ނަޒަރުކޮށް ބެލިއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ42546
047
4
ހ) ބުނެވިދިޔަ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ކޮންމެ މީހަކަށްމެ، ރައްޔިތުންގެ
މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާގޮތެއްގެ މަތިން ހެކިބަސް
ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު އެ މަޖިލީހަށާއި
އެ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވާ ކަމަށް ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި ރައްޔިތުންގެ
މަޖިލިހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް
އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި އެ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވާކަމަށް ބަޔާންވެގެން އޮންނަ
އޮތުމަށް ދުސްތޫރީގޮތުން ނަޒަރުކުރާއިރު، މި މާއްދާގައި ބަޔާންކުރެވިފައި އެވަނީ، ޙަޤީޤަތުގައި،
ޤާނޫނުއަސާސީގެ އިސްވެ ޙަވާލާ ދެވުނު 99 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންވެގެންވާ
އަޙްކާމްތަކެއް ކަމާއި، ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި (ށ) މާނަކުރެވެންވާނީ އިސްވެ.
ބަޔާންކުރެވިދިޔަ ފަދައިން، މަޖިލީހަށް އެ މާއްދާގެ ދަށުން ހާޒިރުކުރުމުގެ ބާރު ލިބިފައިވާ މީހުންގެ ތެރޭގައި
ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ކޯޓުތަކުގެ ފަނޑިޔާރުން ޝާމިލުނުވާގޮތަކަށްކަމާއި،
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު 17 ވަނަ މާއްދާގެ (ހ) އާއި
(ށ) ވެސް މާނަކުރެވެންވާނީ ހަމަ އެ އުޞޫލުގެ މަތީންކަން އެނގެން އޮންނަކަމެވެ.
ހ) ބުނެވިދިޔަ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި "މަޖިލީހަށް ނުވަތަ އެ
މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރެވޭ މީހާއާ ކުރެވޭ ސުވާލުތަކަށް އެ މީހަކަށް އެނގިހުރި އެންމެ
ރަނގަޅަކަށް ތެދުބަހުން ޖަވާބު ފެނެއެވެ." މިހެން ބުނެފައި އޮންނައިރު، މި ނައްޞަކީވެސް
ޤާނޫނުއަސާސީގެ އިސްވެ އިޝާރާތްކުރެވުނު 99 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ
ނައްބެއްކަމުގައިވާއިރު، އެ ނައްޞަކީ ޤާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ
ހައްޤުތައް ޙިމާޔަތްކުރުމަކާ ނުލާ، މުޠުލަޤު ގޮތަކަށް ތަޠުބީޤު ކުރެވިދާނެ ނައްސެއް ނޫންކަމާއިގެ
އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާގައި "ނޫސްވެރިކަން
0 0
<< O
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ43546
4 3 2 3 4 3 24
eނންކުޗގެ
ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް
މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި،
ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ
މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ." މި ފަދައިން ކަނޑައަޅައި
ބަޔާންކޮށްފައި އޮންނަ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ގޮތަކަށް ޤާނޫނުއަސާސީގެ 99
ވަނަ މާއްދާގެ (ހ) އާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ
(ހ) މާނަކޮށްގެން ނުވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއިން
އެނގެން އޮނަންކަމާއި، އެ މާއްދާގައި "މި ޤާނޫނުއަސާސީގައި ބަޔާންކޮ
ބަޔާންކޮށްފައިވާ އެއްވެސް
އްވެސް ޙައްޤަކަށް ނުވަތަ
މިނިވަންކަމަކަށް އުނިކަމެއް ލިބޭނެފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު
އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ
އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް
މިފަދައިން ބަޔާންވެގެން އޮންނައިރު،
ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަމަކީ ރައްޔިތުންގެ މަޖިލިހަށް ހާޒިރުކުރެވޭ
ހުންނަށްވެސް އެއްވެސް ތަފާތުކުރުމަކާ ނުލައި، ލިބިދޭން ޖެހޭ މިނިވަންކަމާއި، ޙައްޤުތަކެއްކަން އެނގެން
د ملا کر روسو
| 22 2x
14
ނ ބުނެވިދިޔަ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި "މަޖިލީހުން ނުވަތަ
ކޮމިޓީއަކުން ސުވާލުކުރެވޭ މީހަކު، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޖަވާބުނުދީ ހިނދެއްގައި ނުވަތަ
ލިޔުމެއް ނުވަތަ މަޢުލޫމާތެއް ފޮނުވުމަށް ނުވަތަ ގެނައުމަށް އަންގާފައިވާ މީހާ، އެ ލިޔުމެއް ނުވަތަ
މަޢުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ނުގެނެސްފިނަމަ، އޭނާއަކީ މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވި
މީހެއްކަމުގައި ބެލެވޭނެއެވެ.' މިފަދައިން ކަނޑައަޅައި ބަޔާންކުރުމަށްފަހު
ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ނ) ގައި "މި
މާއްދާގެ (ނ) ގައި ބަޔާންކުރާފަދަ ކަމެއް ހިންގައިފިނަމަ އެ ފަރާތެއްގެ އަދަބަކީ -/1,000 (އެއްހާސް)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ44546
ރުފިޔާ އާއި، -/3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ޖޫރިމާނާ ކުރުމެވެ. ނުވަތަ 3 (ތިނެއް)
މަސްދުވަހާއި 6 (ހައެއް) މަސްދުވާހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ." މިފަދައިން ބަޔާންކޮށްފައި
އޮންނަ އޮތުމަށް ދުސްތޫރީގޮތުން ބަލައިރު، ޙަވާލާދެވުނު 18 ވަނަ މާއްދާގެ (ށ) ގައި އެވަނީ ޖިނާއީ
ކުށުގެ ޢަމަލެއް ކަނޑައަޅާފައިކަމާއި އެ ކުށަކީ މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވުން ކަމާއި، މަޖިލީހުގެ
އަމުރަކަށް ނުކިޔަމަންތެރިވުން ކަމުގައި ބެލެވޭނީ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރެވޭ
މީހާއާ ކުރެވޭ ސުވާލުތަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ނުދީފިނަމަ،
ނުވަތަ މަޖިލީހަށް ލިޔުމެއް ނުވަތަ މަޢުލޫމާތެއް ފޮނުވުމަށް ނުވަތަ ގެނައުމަށް އަންގާފައިވާ މީހަކު، އެ
ލިޔުމެއް ނުވަތަ މަޢުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ނުގެނެސްފިނަމަ ކަމާއި، އެ މާއްދާގެ (ނ) ގައި
ގެން އެވަނީ ބުނެވިދިޔަފަދަ ކުށެއްކޮށްފި މީހަކަށް ކަނޑައެޅިފައިވާ އަދަބުކަމާ، އަދި އެ އަދަބު
ކަނޑައެޅޭނީ ޖިނާއީ އިޖުރާއާތުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ޝަރީޢަތުންކަން
ބުނެވިދިޔަ ޤާނޫނުގެ 29 ވަނަ މާއްދާއިން އެނގެން އޮންނައިރު، ބުނެވިދިޔަ ފަދަ ޖިނާއީ ކުށެއްގެ
ތުހުމަތުކުރެވޭ މީހަކަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއެކު
އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤާއި، ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންނަށް
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި، ޤާނޫނުއަސާސީގެ 56 ވަނަ
މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު ފަދަ މުއްތަހަމަށް ޖިނާއީ ޢަދުލުގެ
ނިޒާމުގެދަށުން ކަށަވަރުކޮށްދީފައިވާ އެންމެހައި ޙައްޤުތައް ލިބިދެވެންވާ
ހ2 0
64
ބަޔާންވެގެ
Oxod
ތއީސްކަން އެނގެން އޮވެއެވެ.
ރ) އިސްލާމީ ޝަރީޢަތާއި ޖިނާއީ ޖުރިސްޕްރޭޑެންސްގައި އިސްތިޤުރާރުވެފައިވާ
އުޞޫލުތަކުގެ މައްޗަށް ބަލާއިރު، އެއްވެސް ޢަމަލެއް ތަޖްރީމްކޮށް އެއަށް އަދަބު ކަނޑައަޅަނީ ދައުލަތުގެ
ޖިނާއީ ސިޔާސަތުގެ ދަށުން، މުޖުތަމަޢުގެ ޖައުހަރީ މަޞްލަޙަތުތައް ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ކަމަށް
ވީހިނދު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ އިސްވެ އަވާލާދެވުނު 18 ވަނަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ45546
މާއްދާގެ (ނ) އިން އަދަބު ކަނޑައެޅިގެންވާ ކަންތައްތައް މުޠާލަޤު ޞިޝާގައި ބަޔާންކޮށް، ނޫސްވެރިޔަކު
ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ބުނެވިދިޔަ 18 ވަނަ މާއްދާގެ (ށ)
އާއި (ނ) ގެ ދަށުން ހާމަކުރަން ޖެހުމަކީ، ބުނެވިދިޔަ އުޞޫލާ، އަދި ޤާނޫނުއަސާސީގެ 28 ވަނަ
މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އުޞޫލާއި ޚިލާފުކަމަކަށް ވާނެތީ، ބުނެވިދިޔަ
18 ވަނަ މާއްދާގެ (ހ) އާއި (ނ) އަކީ ޤާނޫނުއަސާސީއާއި ތަޢާރުޟުވާ އަކުރުތަކެއްކަން ފާހަގަކުރެވެއެވެ.
-3
އއ)
ދަޢުވާއެއްގައި ޚަޞްމުން ފައިޞަލާކުރުމަށް ނޭދޭކަމަކަށް ކޯޓުން ފައިޞަލާކުރުން
މަނާކުރާ އުޞޫލަކީ ޙަޤީޤަތުގައި މަދަނީ އިޖުރާއާތުގެ އުޞޫލެއްކަން އެނގެން އޮންނައިރު، މި މައްސަލާގައި
ދަޢުވާކުރާ ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުންނާއި، މައްސަލާގައި ތަދައްޚުލްވި ފަރާތުން ޤާނޫނު
ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ
މާއްދާ 16 ވަނަ މާއްދާ އާއި، 17 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، 18 ވަނަ މާއްދާ ގެ
ދުސްތޫރިއްޔަތު ކަމާމެދު ޠަޢުނުކޮށް ހުށަހަޅާފައިވާ މި މައްސަލަ ބެލުމުގެ ތެރޭގައި، ބުނެވިދިޔަ ޤާނޫނުގެ
3 ވަނަ މާއްދާގެ (ށ) އާއި، 13 ވަނަ މާއްދާގެ (ނ) އަކީވެސް ދަޢުވާކުރާ ފަރާތުން ރިވިއުކުރަން
އެދިފައި ނުވިނަމަވެސް، ބުނެވިދިޔަ ޤާނޫނުގެ 11 ވަނަ މާއްދާއާއި،
16 ވަނަ މާއްދާގެ އަޙްކުމްތަކާ
މައުޟޫޢީގޮތުން ގުޅިފައިވާ، އަދި އެ ރިވިއު ނުކޮށްފިނަމަ ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅިގެން
ހިނގާދާނެ މާއްދާތަކަ
މި މައްސަލާގެ ތެރޭގައި ބުނެވިދިޔަ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އާއި،
13 ވަނަ މާއްދާގެ (ނ) ވަނީ ރިވިއު ކުރެވިފައެވެ.
މާއްދާތަކަކަށްވާތީ،
އެކެވެ.
އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، ޤާނޫނު ނަންބަރު 5/2013
(ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ށ) އަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފު އަކުރެއް ނޫންކަމަށާއި، އެ ޤާނޫނުގެ 17 ވަނަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
supreme court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ46ގެ46
މާއްދާގެ (ހ) އާއި (ށ) މާނަކުރަންވާނީ، އެ އަކުރުތަކުގައި ބަޔާންވެގެންވާ އަޙްކުމްތައް ޢަދުލު އިންޞާފު
ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކުގެ ފަނޑިޔާރުންގެ މައްޗަށް ނުހިނގާނެ އުޞޫލަކުން
ކަމަށާއި، އަދި އެ ޤާނޫނުގެ 18 ވަނަ މާއްދާ ގެ (ހ) މާނަކުރަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅޭފަދަ
ކަނޑައެޅުމާއެކު،
ބުނެވިދިޔަ ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) އާއި، 11 ވަނަ މާއްދާގެ (ހ) އާއި،
13 ވަނަ މާއްދާގެ (ނ) އާއި، 16 ވަނަ މާއްދާއާއި، 18 ވަނަ މާއްދާގެ (ށ) އާއި، އަދި 18 ވަނަ
މާއްދާގެ (ނ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ބާޠިލު މާއްދާ ތަކެއްކަމަށް
ކަނޑައަޅައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމް ކޮށްފީމެވެ.
ގޮތަކަށްކަމަށް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::300gggo Tel
960+)
ސަފްޙާ114"
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ ތަފާތުވި ރަޢުޔު
މިއީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ
ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ)، އަދި އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނާ
ބާރުތަކަކީ، މުޠުލަޤުކޮށް ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކެއް ނޫންކަމަށާއި އެ ދެމާއްދާގައި ބުނާ
ބާރުތަކަކީ، ޤާނޫނުއަސާސީގައިވާ އެހެނިހެން ބާރުތަކާއި، އިމްތިޔާޒުތަކާއި ޙައްޤުތަކާއެކު މާނަކުރެވެންޖެހޭ
އަދި އެމައްޗަށް ޢަމަލުކުރެވެންޖެހޭ ދެމާއްދާ ކަމުގައްޔާ، އަދި ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި (ށ)، އަދި އެ ޤާނޫނުގެ
18 ވަނަ މާއްދާގެ (ށ) އަކީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ މާއްދާތަކެއްކަމަށް ކަނޑައަޅައިދިނުމަށް އެދި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ) އަށް ޙަވާލާދީ ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި
(3) ވަނަ ނަންބަރުގެ ދަށުން ދިވެހި ދައުލަތުގެ ނަމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ
0
<
މި މައްސަލައަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ތަދައްޚުލްވެފައެވެ.
މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތެއް ނެތެވެ.
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި މައްސަލައާ
ގުޅުންހުރި ޤާނޫނުތަކަށާއި އެޓަރނީ ޖެނެރަލްގެ އޮފީހުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަށާއި
މޯލްޑިވްސް މީޑިއާ ކައުންސިލުން ދައްކާފައިވާ ވާހަކަތަކަށާއި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި
މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ޑިމޮކްރެޓިކް މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
wwww.supremecourt.gov.mvފެކްސް: :3008554Fax
960 + | ފޯން::Tel
3009996
9/960 މްވެ، ދިވެހިރެޓް!>
8 ހކ މ
ސަފްޙާ2314
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބެލިއިރު، އަންނަނިވި
22
0 ދވ
އދޗށް
ކުރެވެއެވެ.
އެންގެ
(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ މީހަކުމެ، ރައްޔިތުންގެ
މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް
ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު އެ މަޖިލީހަށް
ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވާކަމަށް ބުނާބުނުމަށާއި އެ މާއްދާގެ (ނ) ގައި ރައްޔިތުންގެ
މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް
ންގުމުގެ ބާރުވެސް ލިބިގެންވާކަމަށް ބުނާބުނުމަށާއި ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް
ހާޒިރުކުރެވޭ މީހާއާ ކުރެވޭ ސުވާލުތަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭން
ވާނެކަމަށް ބުނާބުނުމަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ)
ގެ ނައްޞުގައި ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ،
އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ
ލިޔުމެއް ހުށަހެޅުމަށް އެންގިދާނެކަމަށާއި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކު ކުރާ ކޮންމެ ސުވާލަކަށްމެ
އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމަށާއި އަދި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ށ) ގެ ނައްޞުގައި ރައްޔިތުންގެ މަޖިލީހަށް ނުވަތަ
އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގިދާނެކަމަށް
އޮތަތީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 17
2/0
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
W9WW-Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009390
960/ މާލެ، ދިވެހިބޭ!>
ސަފްޙާ3514
2
8
2 ބ 2
پر مسلط کر
ވަނަ މާއްދާގެ (ހ) އާއި (ނ) އަދި އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަކީ އެ
ޢިބާރާތުގައި ނުވަތަ ޒާތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟުވާ މާއްދާތަކެއްކަމަށް
އަހުރެން ނުދެކޭ ކަމެވެ.
ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި އެ ޤާނޫނުގެ 18 ވަނަ
މާއްދާގެ (ހ) އަކީ އެ މާއްދާތަކުގެ ޢިބާރާތުގައި ނުވަތަ ޒާތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާ ތަޢާރުޟުވާ މާއްދާތަކެއްކަމަށް އަހުރެން ނުދެކުނަސް، އެ މާއްދާތައް ތަންފީޒުކުރުމުގައި
ދިވެހި ދައުލަތުގެ ކަންބޮޑުވުންތަކުގެ ޝަކުވާބަލައި، އެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަހެއް
ބުނަންޖެހޭކަމަށް އަހުރެން ދެކޭކަމާއި، މިގޮތުން އަހުރެން ބުނަން ބޭނުން ވަނީ:
1. ރައްޔިތުންގެ މަޖިލީހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ
ހެކިބަސް ދިނުމަށް އެއްވެސް މީހަކަށް ނުވަތަ އެއްވެސް މުއައްސަސާއަކަށް ރައްޔިތުންގެ މަޖިލީހުން
އަންގައިފިނަމަ، އެ މީހަކު ނުވަތަ އެ މުއައްސަސާއަކުން ރައްޔިތުންގެ މަޖިލީހުގެ އެންގުމަށް އިޖާބަދީ، އެ
މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވާންވާނެ ކަމެވެ.
22 22
2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގައި ބުނާ
ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް މީހަކު ހާޒިރުކޮށް
ސުވާލުކުރާ ކުރުމަކީ ޖިނާއީ ތަޙުޤީޤާތްކުރުން ނޫންކަމާއި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައި ބުނާ ގޮތުގެމަތިން ހެކިބަސްދިނުމަށް ނުވަތަ "ޓެސްޓިފައި" (testify) ކުރުމަށް
ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން ކަމާއި ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް
މީހަކު ހާޒިރުކޮށްފިނަމަ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން އެ މީހަކާ ކުރެވޭ ކޮންމެ ސުވާލަކަށްމެ،
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
W9WW-Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009390
960/ މާލެ، ދިވެހިބޭ!>
ސަފްޙާ14ގެ4
އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެކަމާއި އަދި އެ މަޖިލީހުން އަންގާ
ކޮންމެ ލިޔުމެއް އެ މަޖިލީހަށް ހުށަހަޅަންވާނެ ކަމެވެ.
3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް
ލިބޭނެ ފަދަ ޢަމަލެއްކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ
ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ހިމެނޭ
އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް އޮތަތީ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް މީހަކު ހާޒިރުކޮށް، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް
ހޯދުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބުނާ އަސާސީ ޙައްޤުތަކާއި
މިނިވަންކަމާބެހޭ މާއްދާތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން ޢަމަލުކޮށްގެން ނުވާނެ
ކަމެވެ.
.4
4. ރައްޔިތުންގެ މަޖިލީހުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް
ކޮމިޓީއެއްގައިވެސް އެއްވެސް މީހަކަށް "ސެލްފް އިންކްރިމިނޭޓިންގ އެވިޑެންސް" .Self")
("incriminating Evidence ނުވަތަ ދޭ ހެކިބަހެއްގެ ސަބަބުން އެ މީހެއްގެ މައްޗަށް ޖިނާއީ
ދަޢުވާއެއް އުފުލިދާފަދަ ހެކިބަހެއް ދިނުމަށް މަޖުބޫރު ނުކުރެވޭނެ ކަމެވެ.
5. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ކޯޓުތަކުންނާއި
ޓްރައިބިއުނަލްތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ
ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
W9WW-Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009390
960/ މާލެ، ދިވެހިބޭ!>
ސަފްޙާ14 5
OX
މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމިޤްރާތީ މުޖްތަމަ
ހދ9 ހ2ތ
مری میں تیل سری
ޤަބޫލުކުރާ އުޞޫލުތަކަށް
ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށް ބުނާ ކަމެވެ.
("Self-incriminating
6. އަހުރެން ކުރި ދިރާސާތަކުން ދައްކަނީ، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި
މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ޑިމޮކްރަޓިކް މުޖްތަމައުތަކުގެ ރައްޔިތުންގެ މަޖިލިސް ނުވަތަ
ޕާލިމަންޓްތަކުގައި ވެސް، "ސެލްފް އިންކްރިމިނޭޓިންގ އެވިޑެންސް"
("vidence ދިނުމަށް މަޖުބޫރު ނުކުރެވޭ ކަމާއި އަދި އަސާސީ ޙައްޤަކަށް އުނިކަން ލިބޭނެ އެއްވެސް
ޢަމަލެއް ޕާލިމަންޓްތަކަށް ވެސް ނުކުރެވޭ ކަމެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓުގެ
އަންނަނިވި މައްސަލައަށް ބާލާއިރު، އެ މައްސަލައިގައި ބުނެފައި ވަނީ:
"Congress, in common with all branches of the Government, must exercise its
powers subject to the limitations placed by the Constitution on governmental
action, more particularly ... the relevant limitations of the Bill of Rights"
Barenblatt v. United States, 360 U.S. 109,112 (1959)
މާނަޔަކީ، ސަރުކާރު މުއައްސަސާތަކެކޭ އެއްފަދައިން ކޮންގްރެސް (އެމެރިކާގެ ރައްޔިތުންގެ މަޖިލިސް
ނުވަތަ ޕާލިމަންޓް) އަށް ލިބިފައިވާ ބާރު ބޭނުންކުރަންވާނީ ޤާނޫނުއަސާސީން ސަރުކާރުގެ ޢަމަލުތައް
ބަހައްޓަން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ކަމާއި، ވަކިން ޚާއްޞަކޮށް ... ބިލް އޮފް ރައިޓްސް (އަސާސީ
ޙައްޤުތަކުގެ ބާބު) އިން ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ކަމެވެ.)
7، ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ކުރާ ސުވާލަކަށް
ދޭ ޖަވާބަކުން ނުވަތަ ހުށައަޅަން އަންގާ ލިޔުމަކުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައި ބުނާ އަސާސީ ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން ލިބޭކަމަށްދެކޭ މީހާ، ރައްޔިތުންގެ
މަޖިލީހުގައި، ނުވަތަ އެ ސުވާލުކުރާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާހަކަ ބުނަންވާނެ ކަމަށް
އެރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
wwww.supremecourt.gov.mvފެކްސް: :3008554Fax
960 + | ފޯން::Tel
3009996
9/960 މްވެ، ދިވެހިރެޓް!>
ސަފްޙާ14ގެ6
0 24 23 22
/29ކން
އަހުރެން ދެކޭކަމާއި
އެކަނި، އެ މީހަކު، އެ ސުވާލަކަށް ޖަވާބު ދިނުމުން ނުވަތަ އެ
ލިޔުމެއް ހުށަހެޅުމުން ދާއިމަށް ބަރީޢަވެވުނީ ނޫންކަމާއި އެ މީހަކު ބުނާބުނުން ރައްޔިތުންގެ މަޖިލީހަށް
ޤަބޫލުނުކުރެވޭ ނަމަ، އެމީހަކު އެ ބުނާބުނުމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް، އެކަމުގެ
އިޙްތިޞާސް އޮތް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް، އެ މައްސަލަ ހުށައެޅިދާނެކަމާއި ރައްޔިތުންގެ
މަޖިލީހުން އެފަދަ މައްސަލައެއް، ކަމުގެ އިހްތިޞާސް އޮތް ކޯޓަކަށް ހުށައަޅައިފިނަމަ އެ ކަމުގައި
ގޮތެއްނިންމާނީ އެ ކޯޓަކުން ކަމާއި އަދި އެ ކޯޓުން އަންގާ ގޮތެއްގެ މަތިން ހުރިހާފަރާތަކުންމެ
ޢަމަލުކުރަންވާނެ ކަމެވެ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި، މޯލްޑިވްސް މީޑިއާ
ކައުންސިލުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކިވާހަކަތަކާ ގުޅިގެން އަހުރެން
ބުނާނީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 17
ވަނަ މާއްދާގެ (ހ) އާއި (ނ) އަދި އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އެ ގޮތަށް އޮތުމަކުން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ
މިނިވަންކަމަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
ދެވަނަ ބާބުގައި ހިމެނޭ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި
ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް
ހާމަކުރުމަށް، އެއްވެސް މީހަކަށް
މަޖުބޫރު ނުކުރެވޭނެ ކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި (ށ) އަކީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟުވާ މާއްދާތަކެއްކަމަށް ކަނޑައަޅައިދިނުމަށްވެސް ދިވެހި ދައުލަތުގެ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
W9WW-Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009390
960/ މާލެ، ދިވެހިބޭ!>
ސަފްޙާ14ގެ7
ފަރާތުން އެދޭ ކަމާއި ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ
ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ މާއްދާގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭފަދަ
ގޮތަކަށް، ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެ
ކަމަށާއި އެ މާއްދާގެ (ށ) ގައި ބުނަނީ ތަޙުޤީޤަކަށް ނުވަތަ ޝަރީޢަތަށް ހާޒިރުވުމުގެ ލިޔުމެއް
މަޖިލިސްކުރާ ގޭގައި މެންބަރަކު ހުއްޓާ ޙަވާލު ނުކުރެވޭނެ ކަމަށެވެ.
(ބ) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާ ރިވިއު ކުރުމުގައި ޤާނޫނު ނަންބަރު 5/2013
(ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ (ހައްޔަރުކުރުން، 13
ވަނަ މާއްދާ (މެންބަރުން ބަންދުކުރުމާއި ދޫކޮށްލުން)، 14 ވަނަ މާއްދާ (އިމްތިޔާޒު ކޮމިޓީ ބައްދަލުވުން)
15 ވަނަ މާއްދާ (އިމްތިޔާޒު ކޮމިޓީ މައްސަލަ ބަލައި، ރިޕޯޓު ހުށަހެޅުން) އަދި 16 ވަނަ މާއްދާ
(ޖަލްސާއަށް ހާޒިރުވުމުގެ ޙައްޤު) އަށް އަހުރެން ބަލާފައިވާނެ ކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭފަދަ
ގޮތަކަށް، އަހުރެން ތަކުރާރުކުރަން؛ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭފަދަ ގޮތަކަށް، ޝަރުޢީ ކޯޓަކަށް
ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެ ވާހަކަ ކަމާއި ޤާނޫނު ނަންބަރު
5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާ އިން
ފެށިގެން 16 ވަނަ މާއްދާގެ ނިޔަލަށް އެ ބުނާ އުޞޫލުތަކަކީ ދުނިޔޭގެ މިނިވަންކަމަށް ބިނާކޮށް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.supremecourt.gov.mv |ފެކްސް: :3008554Fax
960 + | ފޯން:Tel
3009996
960 މިވެ، ދިވެހިނެޓް!
ސަފްޙާ8514
އަދި
އުފެދިފައިވާ ޑިމޮކްރެޓިކް ނިޒާމްތަކަށް އައު އުޞޫލުތަކެއް ނޫންކަމާއި ދުނިޔޭގެ ތަފާތު މިނިވަން
ޑިމޮކްރެޓިކް މުޖްތަމަޢު ތަކުގައި ރައްޔިތުންގެ މަޖިލީހުގެ ނުވަތަ "ޕާލިމެންޓް" ގެ އިމްތިޔާޒުތަކާއި
މެންބަރުން ބަންދުކުރުމާއި ދޫކުރުމުގައި ޢަމަލުކުރާ މަފްހޫމްތައް ޤާނޫނުއަސާސީގައިވެސް
ޤާނޫނުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ނުވަތަ ޕާލިމަންޓުގެ ޤަވާޢިދުގައިވެސް ހިމަނާފައި
އެބަހުރިކަމާއި މި ގޮތުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޤާނޫނުއަސާސީއަށް ބަލާއިރު، އެމެރިކާގެ
ޤާނޫނުއަސާސީގެ އާޓިކަލް 1 ގެ ސެކްޝަން 6 ގެ ކޮލޯސް 1 ގައި ބުނަނީ، އެ މާއްދާގައި އެ ބުނާ
ޣާވާތް ކުރުމާއި "ފެލޮނީ" އަދި "ބްރީޗް އޮފް ޕީސް" ގެ ކުށެއް ނޫނީ ކޮންގްރެސްގެ މެންބަރުން،
ކޮންގްރެސްގެ ދައުރުތެރޭ ކޮންގްރެސްއަށް ހާޒިރުވެ ތިއްބާ އަދި މަޖިލިސްކުރާގެއަށް އަންނަނިކޮށް ނުވަތަ
މަޖިލިސްކުރާގެ އިން އެނބުރި ދަނިކޮށް، ހައްޔަރު ނުކުރެވޭ ކަމެވެ.
f
"...They (Senators and Representatives) shall in all Cases, except Treason,
Felony and Breach of the Peace, be privileged from Arrest during their
of their respective Houses, and in going to and
Attendance at the Sessio
returning from the same; and for any Speech or Debate in either House, they
shall not be questioned in any other place."
(ކ) ހަތްވަނަ ކަމަކީ، އިންޑިޔާގެ ލޮކް ސަބާ ނުވަތަ އިންޑިޔާގެ ރައްޔިތުންގެ މަޖިލީހުގެ
ޤަވާޢިދުގެ 220 ވަނަ މާއްދާއިން ފެށިގެން 233 ވަނަ މާއްދާއަށް ބަލާއިރު، އިންޑިޔާގެ ލޮކް ސަބާގެ
ޤަވާއިދުގެ 299 ވަނަ މާއްދާގައި ބުނަނީ، އިންޑިޔާގެ ލޮކް ސަބާގެ މެންބަރަކު ޖިނާއީ ކުށެއްގެ
ތުހުމަތުގައި ނުވަތަ ކޯޓަކުން ކުރާ ޙުކުމަކާ ގުޅިގެން ނުވަތަ ވެރިކަން ހިންގާ ފަރާތުން ނެރޭ އަމުރެއްގެ
ދަށުން ބަންދުކުރި ނަމަވެސް، އެ ބަންދުކުރި ފަރާތުން ލޮކް ސަބާގެ ރައީސަށް، ބަންދު ކުރި ސަބަބާއި
ބަންދުކޮށްފައި ހުރިތަނާއެކު ވަގުތުން އަންގަންވާނެ ކަމަށާއި އަދި 230 ވަނަ މާއްދާގައި ބުނަނީ އިންޑިޔާގެ
ލޮކް ސަބާގެ މެންބަރަކު ބަންދުން ދޫކޮށްލައިފިނަމަ އެކަންވެސް ލޮކް ސަބާގެ ރައީސަށް،
0x3
ދިކަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.supremecourt.gov.mv |ފެކްސް: :3008554Fax
960 + | ފޯން:Tel
3009996
960 މިވެ، ދިވެހިނެޓް!
ސަފްޙާ14&ގެ9
ފަރާތުން އަންގަންވާނެކަމަށާއި އަދި އިންޑިޔާގެ ލޮކް ސަބާގެ ޤަވާޢިދުގެ 231 ވަނަ މާއްދާގައި ބުނަނީ،
އިންޑިޔާގެ ލޮކް ސަބާގެ މެންބަރަކު ބަންދުކުރިކަން ނުވަތަ ބަންދުން ދޫކޮށްލިކަން 229 ވަނަ މާއްދާ
ސަބާގެ ރައީސަށް އެންގީ ލޮކް ސަބާގެ ސެޝަނެއް
ނުވަތަ 230 ވަނަ މާއްދާގެ ދަށުން ލޮކް
ހިނގަނިކޮށްނަމަ އެ އެންގި އެންގުން ލޮކް ސަބާގެ އެ ސެޝަންގައި އިއްވަންވާނެކަމަށާއި ސެޝަނެއް
ފެހިނގާނަމަ މަޖިލީހުގެ މެންބަރުންގެ މަޢުލޫމާތަށްޓަކައި އެ މަޢުލޫމާތު ޕަބްލިޝް ކުރަންވާނެކަމަށާއި އަދި
232 ވަނަ މާއްދާ ބުނަނީ އިންޑިޔާގެ ލޮކް ސަބާގެ ހަރިންމަތެރޭގައި މެންބަރަކު ހުއްޓައި ލޮކް ސަބާގެ
ރައީސްގެ ހުއްދަނެތި މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށާއި 233 ވަނަ މާއްދާގައި ބުނަނީ ލޮކް ސަބާގެ
ހަރިންމަތެރޭގައި މެންބަރަކު ހުއްޓައި މަދަނީ އަދި ޖިނާއީ "ލީގަލް ޕްރޮސެސް" ކޯޓުން އަންގާ އެންގުން
ނުވަތަ އަމުރު) ލޮކް ސަބާގެ ރައީސްގެ ހުއްދަނެތި މެންބަރަކާ ޙަވާލު ނުކުރެވޭނެ ކަމަށެވެ.
INTIMATION TO SPEAKER REGARDING ARREST, DETENTION ETC.
AND RELEASE OF MEMBER
Intimation regarding arrest, detention etc. of member
229. When a member is arrested on a criminal charge or for a criminal offence
or is sentenced to imprisonment by a court or is detained under an executive
order, the committing judge, magistrate or executive authority, as the case may
be, shall immediately intimate such fact to the Speaker indicating the reasons
for the arrest, detention or conviction, as the case may be, as also the place of
detention or imprisonment of the member in the appropriate form set out in the
Third Schedule.
Intimation regarding release of member
230. When a member is arrested and after conviction released on bail pending
an appeal or otherwise released, such fact shall also be intimated to the Speaker
by the authority concerned in the appropriate form set out in the Third Schedule.
Treatment of communications regarding arrest, detention, release etc.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
W9WW-Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009390
960/ މާލެ، ދިވެހިބޭ!>
ސަފްޙާ10514"
231. As soon as may be, the Speaker shall, after he has received a
communication referred to in rule 229 or rule 230, read it out in the House if in
session, or if the House is not in session, direct that it may be published in the
Bulletin for the information of the members:
Provided that if the intimation of the release of a member either on bail or by
discharge on appeal is received before the House has been informed of the
original arrest, the fact of his arrest, or his subsequent release or discharge may
not be intimated to the House by the Speaker.
PROCEDURE REGARDING ARREST AND SERVICE OF LEGAL
PROCESS WITHIN PRECINCTS OF THE HOUSE
Arrest within precincts of House
232. No arrest shall be made within the precincts of the House without
obtaining the permission of the Speaker.
233. A legal process, civil or criminal, shall not be served within the precincts
of the House without obtaining the permission of the Speaker.
(އ) އަށްވަނަ ކަމަކީ، އެމެރިކާ އާއި އިންޑިޔާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ
އިމްތިޔާޒުތަކާއި ބަންދުކުރުމާއި ދޫކޮށްލުމާއި ގުޅޭގޮތުން ހުރި އިޖްރާއާތުތަކަށް ބަލާއިރު، އެމެރިކާގެ
ނެގްރެސްގެ ދައުރުގެތެރޭ
ޤާނޫނުއަސާސީގައި އެ ބުނާ ތިން ކުށައް ނޫނީ ކޮންގްރެސްގެ މެންބަރުން، ކޮންގްރެސްގެ
ކޮންގްރެސްއަށް ހާޒިރުވެ ތިއްބާ އަދި މަޖިލިސްކުރާގެ އަށް އަންނަނިކޮށް ނުވަތަ މަޖިލިސްކުރާގެއިން
އެނބުރި ދަނިކޮށް، ހައްޔަރު ނުކުރެވޭ ކަމާއި އިންޑިޔާގެ ލޮކް ސަބާގެ މެންބަރަކު ހައްޔަރު ކޮށްފިނަމަ
އެކަން ލޮކް ސަބާގެ ރައީސަށް ވަގުތުން އަންގަންޖެހޭކަމާއި އަދި އެންގުމުން ޢަމަލުކުރަންވީ އިޖްރާއާތުތައް
ވެސް ލޮކް ސަބާގެ ޤަވާޢިދުގައި ހިމަނާފައިވާކަމާއި އިންޑިޔާގެ ލޮކް ސަބާގެ ހަރިންމަތެރޭގައި މެންބަރަކު
ހުއްޓައި ލޮކް ސަބާގެ ރައީސްގެ ހުއްދަނެތި މެންބަރަކު ހައްޔަރު ނުކުރެވޭކަމާއި މަދަނީ އަދި ޖިނާއީ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
W9WW-Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009390
960/ މާލެ، ދިވެހިބޭ!>
ސަފްޙާ11
:
14
"ލީގަލް ޕްރޮސެސް" ކޯޓުން އަންގާ އެންގުން ނުވަތަ އަމުރު) ލޮކް ސަބާގެ ހަރިންމަ ތެރޭގައި މެންބަރަކު
ހުއްޓައި، ލޮކް ސަބާގެ ރައީސްގެ ހުއްދަނެތި، މެންބަރަކާ ޙަވާލު ނުކުރެވޭ ކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގައި ބުނާ އިމްތިޔާޒުތަކާއި މެންބަރުން ބަންދުކުރުމާއި ދޫކޮށްލުމުގެ
އިޖްރާއަތަކީ އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ޑިމޮކްރަސީތަކުގައި
އެކަން އޮންނަގޮތާއި ޚިލާފު އުފެއްދުމެއް ނޫންކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމާއި
ދޫކުރުމުގައި އެކި ޤައުމުގައި ޢަމަލު ކުރަމުންގެންދާ އުޞޫލުތަކުގައި ތަފާތުތަކެއް ހުރިނަމަވެސް، އިންސާނީ
ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ދުނިޔޭގެ ޑިމޮކްރަސީތަކުގައި، ރައްޔިތުންގެ
މަޖިލީހުގެ މެންބަރުންނަ
ދުންނަށް އިތުރު އިމްތިޔާޒު ލިބިދޭ ކަމެވެ.
4 22
02/
(މ) ދިހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒު
ދީފައިވަނީ އެ މެންބަރުންގެ ޒާތީ ނުވަތަ އަމިއްލަ ފައިދާއަށް މަގުފަހި ކޮށްދިނުމަށް ނުވަތަ ޖިނާއީ ކުށުން
ބަރީޢަވެ ތިބުމަށް ނޫންކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީވެސް އެނޫން އެހެން މީހުންނެކޭ
އެއްފަދައިން ޖިނާއީ ޢަދުލުން އެއްކިބާވެ ތިބެވޭނެ ބައެއް ނޫންކަމާއި ރައްޔިތުންގެ މަޖިލީހުގެ
މެންބަރުންނަށް ލިބިދޭ އިމްތިޔާޒަކީ، އެ މީހުންގެ މައްޗަށް ޖިނާއީ ތަޙުޤީޤު ނުކުރެވުން ނޫންކަމާއި އަދި
ޢަދުލު އިންޞާފުގެ ކުރިމައްޗަށް އެ މީހުން ހާޒިރު ނުކުރެވުން ނޫންކަމާއި ރައްޔިތުންގެ މަޖިލީހުގެ
މެންބަރަކުވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް
ކޮށްފިނަމަ ޤާނޫނުގައިވާ ގޮތުގެމަތިން އެ މެންބަރަކު ޢަދުލު އިންޞާފު ޤާއިމްކުރާ ފަރާތުގެ ކުރިމައްޗަށް
ހާޒިރުކޮށް، އިންޞާފުން އަދަބު ކަނޑައަޅަންޖެހޭނެކަމާއި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ޖިނާއީ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
W9WW-Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009390
960/ މާލެ، ދިވެހިބޭ!>
ސަފްޙާ12514
ކުށްކުރާ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނާއި އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އަދަބު
ކަނޑައަޅާންޖެހޭނެ ކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒު ދިނުމުގެ
ބޭނުމަކީ، ޤާނޫނު ހެދުމުގެ މަރުޙަލާގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ނުވަތަ އިންޓެގްރިޓީ
ރައްކާތެރިކަމާއެކު ނެގެހެއްޓުންކަމާ އަދި ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާ އަދި 7
ވަނަ މާއްދާއިން ކަނޑައަޅާފައިވާ "ސެޕްރޭޝަން އޮފް ޕަވާރސް" ނުވަތަ ތިންބާރު ވަކިކުރެވިފައިވާ
އުޞޫލުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ޤާނޫނު ހެދުމުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް
މަގުފަހިކޮށްދިނުން ކަމެވެ.
ox
<<
(ދ) ބާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ
މަޖިލީހާ މަތިކޮށްފައިވާ ޤާނޫނީ ވާޖިބަށް ހުރަސްއެޅޭ ގޮތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ
އިމްތިޔާޒު ހަނިކުރުމަކީ، އަހުރެން ދެކޭގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙާ
ޚިލާފުކަމެއް ކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބުނާ އެއްވެސް ޙައްގެއް
ނުވަތަ މިނިވަންކަމެއް ޤާނޫނަކުން ވިއަސް ހިފެހެއްޓިފައިވަނީ ރަނގަޅަށްތޯ ކަނޑައެޅުމުގައި ކޯޓުން އެކަމާ
ގުޅޭ ހުރިހައި ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރަންވާނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިގެން ބުނާތީ، ދިވެހި ދަޢުލަތުގައި ހިމެނޭ ތިންބާރުގެ
އަދުގެ އުޅުމާ ގުޅުމުގެ މައްޗަށް އަހުރެން ވިސްނާއިރު، އަހުރެންނަށް ވިސްނެނީ؛ ޤާނޫނު ނަންބަރު
5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާއިން ފެށިގެން
16 ވަނަ މާއްދާގެ ނިޔަލަށް އެހުރި އިޖްރާއާތުތައް މާބޮޑަށް ހަނިކޮށްފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ
ނުވަތަ އުވާލައިފިނަމަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ "ސެޕްރޭޝަން
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
W9WW-Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009390
960/ މާލެ، ދިވެހިބޭ!>
ސަފްޙާ13514
އޮފް ޕަވަރސް" އަދި ދައުލަތުގެ އެއްބާރު އަނެއް ބާރުގެ މައްޗަށް އޮންނަ "ޗެކްސް އެންޑް
އެންޑް ބެލެންސަސް"
ގެ ބެލެންސް ގެއްލި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ބުނާގޮތުގެމަތިން ދައުލަތް ހިންގުމަށް
ބުރޫއަރާނެ ކަމެވެ.
(ދ) ތޭރަވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ
ދެބަރުންނަށް ޤާނޫނުން ދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނުވާނެކަމެވެ.
މޮބަ
0
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ނ) އަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއްކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާކަމާއި އެ
މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބުނަނީ މަޖިލީހުގެ ނުވަތަ ކޮމެޓީއަކުން ސުވާލުކުރެވޭ މީހަކު އެ
މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޖަވާބުދާރީ ނުވެއްޖެ ހިނދެއްގައި ނުވަތަ ލިޔުމެއް ނުވަތަ މަޢުލޫމާތެއް
ފޮނުވުމަށް އަންގާފައިވާ މީހާ، އެ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ނުގެނެސްފިނަމަ،
އޭނާއަކީ މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވި މީހެއްކަމަށް ބެލެވޭނެކަމާއި މި މާއްދާވެސް އޭގެ ޒާތުގައި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމަށް އަހުރެން ނުދެކޭ ކަމެވެ.
(ގ) ފަނަރަވަނަ ކަމަކީ، މީހެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެކަމަށް ކަނޑައަޅާ އަދަބެއް
ދެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުގެމަތިން އުފައްދާފައިވާ ކޯޓަކުންކަމާއި
ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 18 ވަނަ
މާއްދާގެ (ށ) ގައި ބުނާ މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވިކަން ކަނޑައަޅަންޖެހޭނީ ވެސް ދިވެހިރާއްޖޭގެ
ޝަރުޢީ ކޯޓަކުން ކަމާއި އަދި މީހެއްގެ މައްޗަށް ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ
0
<< O
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
W9WW-Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009390
960/ މާލެ، ދިވެހިބޭ!>
ސަފްޙާ14514
4
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ނ) ގައި ބުނާ އަދަބު ކަނޑައެޅޭނީ ވެސް
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް ކަމެވެ.
ދެންފަހެ، އިސްވެފާހަގަކުރި ނުކުތާތައް އެހެން ހުރުމާއެކު، ޤާނޫނު ނަންބަރު 5/2013
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި
އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ)، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟު
ނުވާކަމަށާއި އެ މާއްދާތަކުގައި ބުނާ ބާރުތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައި ބުނާ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް އުނިކަން ނުލިބޭ ގޮތަށް މާނަކޮށް، ތަރުޖަމާކޮށް އަދި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ އެހެނިހެން ބާރުތަކާއި، އިމްތިޔާޒުތަކަށް އުނިކަން
ނުލިބޭގޮތަށް ޢަމަލުކޮށް، ތަންފީޒު ކުރަންޖެހޭ މާއްދާތަކެއް ކަމަށާއި ޤާނޫނު ނަންބަރު 5/2013
(ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި
18 ވަނަ މާއްދާގެ (ށ) އަކީ ވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟުވާ
މާއްދާތަކެއް ނޫންކަމަށް ބުނެ އަހުރެންގެ ރައުޔު އިއްވީމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
W9WW-Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009390
960/ މާލެ، ދިވެހިބޭ!>