ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/265 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/1265
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 265/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ އާދަމް
ދާއިމީ އެޑްރެސް: ދަފްތަރު. ނަންބަރު 6290/ މާލެ
އައިޑީ ކާޑު ނަންބަރު: A044850 ، މިހާރުގެ އެޑްރެސް:
ކަށިމާގެ/ މާލެ
ވަކީލް: އދ. މުޙައްމަދު އިޔާސް، ވިޓޯރިޔާ/ ސ. މީދޫ
t
19
• އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ނަސީމާ މޫސާ
، ދާއިމީ އެޑްރެސް: ނިޔުވިކްޓަރީ/ ހދ. ކުޅުދުއްފުށި
އައިޑީ ކާޑު ނަންބަރު: A044858 މިހާރުގެ އެޑްރެސް: މއ. ޕޮލާރިސް މާލެ
* ބަދަލުގައި: އދ. ޢުމަރު ޒާހިރު ޢަބްދުއްޞަމަދު، ދަފްތަރު ނަންބަރު 5378/ މާލެ
• ރަޖިސްޓްރީކުރި ތާރީޚް: 22 ޝައްވާލު 1434
29 އޯގަސްޓް 2013
ނިމުނު ތާރީޚް: 09 މުޙައްރަމް 1435
13 ނޮވެމްބަރ 2013
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: B3
/
2013
/
23
• ނިންމެވިކްޓް: ފެމިލީ ކޯ
ޤަޟިއްޔާގެ ބާވަތް: އަމުރު
އަމުރުނެރުއްވި ތާރީޚު: 24 ޖުލައި 2013
0
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
" ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/265
ދަޢުވާގެ ޚުލާޞާގެ
މިއީ، ފެމިލީ ކޯޓުގެ ނަންބަރު B3
/
2013
/
23 އަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި، މާލެ ދަފްތަރު ނަންބަރު
6290 ޢަލީ އާދަމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ހދ. ކުޅުދުއްފުށީ ނިޔުވިކްޓަރީ ނަސީމާ މޫސާއެވެ.
0
1. ފެމިލީ ކޯޓުގެ ނަންބަރު B3
/
2013
/
23 އަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި، މާލެ/ ދަފްތަރު ނަންބަރު
6290 ޢަލީ އާދަމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ފެމިލީ ކޯޓުގެ ނަންބަރު B3
/
2013
/
23 އަމުރަށް ބަލާއިރު، އެއަމުރަކީ މާލެ ދަފްތަރު ނަންބަރު
6290 ޢަލީ އާދަމް އާއި ހދ. ކުޅުދުއްފުށީ ނިޔުވިކްޓަރީ ނަސީމާ މޫސާއާ ދެމީހުން ކައިވެނިކޮށްގެން
ލިބިފައިވާ ދެކުދީންގެ ތެރެއިން މުޙައްމަދު އަޙްސަމް ޢަލީ (އުފަން ތާރީޚް: 16 މާރޗް 1997މ. |07
ޛުލްޤައިދާ 1417ހ.) ގެ ޕާސްޕޯޓު ދޫކުރުމަށް މިކުއްޖާގެ ބައްޕަ ޢަލީ އާދަމަށް އެންގުމުގެ އަމުރަކަށް އެދި
މިކުއްޖާގެ މަންމަ ނަސީމާ މޫސާގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅުމާ ގުޅިގެން ނެރުއްވާފައިވާ އަމުރެއްކަމާއި،
މި އަމުރުގައި ވަނީ، "... ނަސީމާ މޫސާ ކުޑަ މި ދަޢުވާގެ ހަޤީޤަތްތަކުގެ މައްޗަށް ދިވެހިރާއްޖޭގެ
ޤާނޫނާއި ޤަވާޢިދުގެ އަލީގައި ރިޢާޔަތްކުރެވި ބެވި ހިނދުގައި، ވަގުތީ އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމަކީ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/265
ސަބަބުތަކެއް
މައްސަލާގެ ހިމެނޭ ދެ ފަރާތުން ކުރެ ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭ
ހުރުމާއިއެކު، އެކަމާ ގުޅިގެން ކަމެއް ކުރުމަށް ނުވަތަ ކަމެއް ނުކުރުމަށް ކޯޓުން ކުރާ އަމުރެއް
ނުވަތަ އެކަމާ ގުޅިގެން ކޯޓުން އަޅާ ފިޔަވަޅެއްކަމާއި، އެފަދަ އަމުރެއް ނެރުމަކީ އެ މައްސަލާގައި އޮތް އެންމެ
އަދުލުވެރި ގޮތް ކަމަށް ކޯޓަށް ފެނިއްޖެނަމަ އެފަދަ އަމުރެއް ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން ފެމިލީ
ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ހ)އާއި މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާއިރު، މުޙައްމަދު އަޙްސަމް
ޢަލީއަކީ މެލޭޝިޔާގައި ތައުލީމު ޙާޞިލުކުރަމުންދާ ކުއްޖަކުކަމާއި، 12 ޖުލައި 2013 އިން ފެށިގެން 25
އޯގަސްޓް 2013 ގެ ނިޔަލަށްވާ ދުވަސްތަކަކީ މި ކުއްޖާގެ ސްކޫލު ޓާރމް ޗުއްޓީ ދުވަސްތައްކަން ނަސީމާ
މޫސާ ހުށަހަޅާފައިވާ ސްކޫލުގެ ދިރާސީ އަހަރުގެ ކަލަންޑަރުން އެނގޭކަމާއި، އަދި މިކަމަށް ޢަލީ އާދަމް
ޢިއުތިރާޟުކޮށްފައިނުވާކަން އެނގެންއޮތްހިނދު،
ކައިވެނި ރޫޅިއްޖެ ޙާލަތުގައި ކައިވެނިން ލިބިފައިވާ ކުދިންނާއި އެ ކުދިންގެ މައިންބަފައިން
ބައްދަލުކޮށް ކުދިންނާއިއެކު ވަގުތު ހޭދަކުރުމަކީ ކުދިންނަށް އަދި އެކުދިންގެ މައިންބަފައިންނަށްވެސް ޤާނޫނު
ނަންބަރު 4/2000 ޢާއިލާއާބެހޭ ޤާނޫނު)އާއި ޢާއިލާއާބެހޭ ޤަވާޢިދުން ކަށަވަރުކޮށްދޭ ޙައްޤެއްކަމާއި،
ކުދިންނަށް އެ ކުދިންގެ މައިންބަފައިންނާއި ބައްދަލުކޮށް ވަގުތު ހޭދަކުރުމަށް އޮތް ޙައްޤަށް ހުރަސްއަޅައިފިނަމަ،
މައިންބަފައިން ކުރެ ކުދިންނާއި ބައްދަލުކުރުމަށް އެދޭ ފަރާތުގެ ޙައްޤަށް އުނިކަމެއް އަތުވެދާނެކަމުގެ ފުރުޞަތު
އޮވެމެ، އަދި އެކަމުގެ ސަބަބުން ކައިވެނިން ލިބިފައިވާ ކުދިންގެ ޙައްޤަށް އަދި އެކުދިންގެ މަޞްލަޙަތަށް
އުނިކަމެއް އަތުވެދާނެކަމުގެ އިޙްތިމާލުއޮތަތީ، އިސްވެ ބަޔާންކުރަނިވި ކަންކަމުގެ މައްޗަށް މައްސަލާގެ
ވަޤާއިޢުތައް ތަޠުބީޤުކޮށް، ފެމިލީ ކޯޓުގެ ޤަވާއިދުގެ 55 ވަނަ މާއްދާގެ (ހ)އާއި މި މާއްދާގެ (ބ)ގެ 5 ވަނަ
ނަންބަރާއި 8 ވަނަ ނަންބަރަށް ޙަވާލާދީ، މުޙައްމަދު އަޙްސަމް ޢަލީ، މި ކުއްޖާގެ މަންމަ ނަސީމާ
މޫސާއާއިއެކު ކުއްޖާގެ ސްކޫލު ޗުއްޓީ މާލޭގައި ހޭދަކުރުމަށް ބޭނުންވެއްޖެ ހިނދު އަދި މިކަމަށް ހިނގާނޭ
އެންމެހާ ޚަރަދުތައް ނަސީމާ މޫސާ ކުރުމަށް ހުރިނަމަ، 12 ޖުލައި 2013 އިން ފެށިގެން 25 އޯގަސްޓް
2013 ގެ ނިޔަލަށް މުޙައްމަދު އަޙްސަމް ޢަލީއަށް ލިބޭ ސްކޫލު ޗުއްޓީ ދުވަސްތައް ނަސީމާ މޫސާއާއިއެކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/265
މާލޭގައި ހޭދަކުރުމުގެ ބޭނުމުގައި (ނަސީމާ މޫސާ މި ކުއްޖާ މާލެ ގެނައުމަށްޓަކައި) މުޙައްމަދު އަޙްސަމް ޢަލީގެ
ޕާސްޕޯޓު ދޫކުރުމަށް މި ކުއްޖާ ކިޔަވަމުންދާ ސްކޫލުގެ ކަމާއި ބެހޭ ފަރާތްތަކަށް މިއަދު 24 ޖުލައި 2013
16 ރަމަޝާން 1434 ގެ މި ވަގުތު 11:15 (އެގާރަގަޑި ފަނަރަ) އިން ފެށިގެން 5 (ފަހެއް) ދުވަހުގެ
ތެރޭގައި އެންގުމަށް މާލެ ދަފްތަރު ނަންބަރު 6290 ޢަލީ އާދަމްއަށް އަމުރުކޮށްފީމެވެ" މިފަދައިންނެވެ.
3. ފެމިލީ ކޯޓުގެ ނަންބަރު B3
/
2013
/
23 އަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ މާލެ/ ދަފްތަރު. ނަންބަރު 6290 ޢަލީ އާދަމުގެ ފަރާތުން 02 (ދޭއް)
ފާހަގަކޮށް، ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މޭދު ، 8
ނޫ ކުލައެއް
ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ވަގުތީ އަމުރު ނެރުމުގައި ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ
(ރ) އަށް ޙަވާލާދީފައިވާއިރު، އެ މާއްދާގައި ބުނެފައިވަނީ ފެމިލީ ކޯޓުން ވަގުތީ އަމުރު ނެރުއްވާއިރު ޢަމަލު
ކުރަންޖެހޭ ނުވަތަ ރިޢާޔަތްކުރަންޖެހޭ އިޖުރާއާތުތައްކަމަށްވާއިރު، ޙަވާލާދީފައިވާ އަމުރު ނެރުއްވިއިރު ޢަލީ
އާދަމުގެ ފަރާތުން ހުށަހެޅި ކަންކަމަށް ރިޢާޔަތްނުކުރައްވައި، އަދި ޙަވާލާދެވުނު ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55
ވަނަ މާއްދާގައި ބުނެފައިވާ، އަމުރު ނެރުމުގެ ޤާނޫނީ
ނެރުއްވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
ނެތީސް އަމުރު ނެރުއްވާ
• ދެވަނަ ނުކުތާއަކީ، ވަގުތީ އަމުރު ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ ޢާންމު
ޝަރުތުތައް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވާއިރު، ހުށަހެޅުނު މައްސަލައާއި ގުޅިގެން ޢަލީ އާދަމުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގައި
2012/SC-A/21
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/265
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ބުނެވިދިޔަ ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި ޢަމަލު ކުރަންޖެހޭ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި
ބުނެފައިވާ ކަންކަން ހުށަހެޅުމުން އެކަންކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި
7މ އ ސ ޑ
ނުކުeއވެ.
4. ފެމިލީ ކޯޓުގެ ނަންބަރު B3
/
2013
/
23 އަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ މާލެ ދަފްތަރު. ނަންބަރު 6290 ޢަލީ އާދަމުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ހދ. ކުޅުދުއްފުށީ ނިޔުވިކްޓަރީ ނަސީމާ މޫސާގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ، ފެމިލީ ކޯޓުގެ ނަންބަރު B3
/
2013
/
23
އަމުރަކީ، ފެމިލީ ކޯޓަށް ހުށަހެޅި ހިނގަމުންދިޔަ، އެކޯޓުގެ ނަންބަރު 2013/Fm-C/146 ޤަޟިއްޔާއާ
ގުޅިގެން "ވަގުތީ އަމުރަށް އެދޭ ފޯމު" އިން 11 ޖުލައި 2013 ގައި ނަސީމާ މޫސާގެ ފަރާތުން ވަގުތީ
އަމުރަކަށް އެދި ފެމިލީ ކޯޓަށް ހުށަހެޅުމުން އެކޯޓުން 24 ޖުލައި 2013 ގައި ނެރުއްވާފައިވާ އަމުރެއްކަން
އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގައި، ޢާއިލީ މައްސަލަތަކުގައި ވަގުތީ
އަމުރު ނެރުމުގެ ވާހަކަ ބަޔާންކޮށްފައިވާކަމާއި، ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ހ) ގައި ވަގުތީ
އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމަކީ އާއިލީ މައްސަލައެއްގައި ނުވަތަ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި
ގުޅިގެން، އެމައްސަލައެއް ނިމުމުގެ ކުރިން ކޯޓުން ފިޔަވަޅެއް ނާޅައިފިނަމަ މައްސަލާގައި ހިމެނޭ ދެފަރާތުންކުރެ
ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ސަބަބެއް
29
3
އ4940
e
އެކަމާ
ދިވެހިރާއްa
ކައިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/265
އެހެންކަމުން،
ގުޅިގެން ކަމެއްކުރުމަށް ނުވަތަ ކަމެއް ނުކުރުމަށް ކޯޓުން ކުރާ އަމުރު، ނުވަތަ އެކަމާ ގުޅިގެން ކޯޓުން އަޅާ
ފިޔަވަޅު ކަމުގައި ބަޔާންކޮށްފައިވާކަމާއި،
ފެމިލީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން، އެމައްސަލައެއް ނިމުމުގެ
ކުރިން ކޯޓުން ފިޔަވަޅެއް ނާޅައިފިނަމަ މައްސަލާގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ނުވަތަ ލިބިފައިވާ
ދަރިންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ސަބަބެއް އޮތްނަމަ ވަގުތީ އަމުރެއް ނެރެވިދާނެކަން، ނުވަތަ
ވަގުތީ ފިޔަވަޅެއް އެޅިދާނެކަން، ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ބ) ގެ 5
އަދި 8 ވަނަ ނަންބަރުން އެނގެން އޮތްއިރު، ކައިވެނި ރޫޅިއްޖެ ޙާލަތުގައި ކައިވެނިން ލިބިފައިވާ ކުދިންނާއި
އެ ކުދިންގެ މައިންބަފައިން ބައްދަލުކޮށް ކުދިންނާއިއެކު ވަގުތު ހޭދަކުރުމަކީ ކުދިންނަށް އަދި އެކުދިންގެ
މައިންބަފައިންނަށްވެސް ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު)އާއި ޢާއިލާއާބެހޭ ޤަވާޢިދުން
ކަށަވަރުކޮށްދޭ ޙައްޤެއްކަމާއި، ކުދިންނަށް އެ ކުދިންގެ މައިންބަފައިންނާއި ބައްދަލުކޮށް ވަގުތު ހޭދަކުރުމަށް އޮތް
ޙައްޤަށް ހުރަސްއަޅައިފިނަމަ، މައިންބަފައިން ކުރެ ކުދިންނާއި ބައްދަލުކުރުމަށް އެދޭ ފަރާތުގެ ޙައްޤަށް
އުނިކަމެއް އަތުވެދާނެކަމުގެ ފުރުޞަތު އޮތްކަމާއި، އަދި އެކަމުގެ ސަބަބުން ކުދިންގެ ޙައްޤަށް އަދި އެކުދިންގެ
މަޞްލަޙަތަށް އުނިކަމެއް އަތުވެދާނެކަމުގެ އިޙްތިމާލުއޮތްކަން ފެމިލީ ކޯޓުން މިވަގުތީ އަމުރު ނެރުއްވުމުގައި
ފާހަގަކުރައްވައި، އެ ކަންކަމުގެ މައްޗަށް މިމައްސަލާގެ ވަޤާއިޢުތައް ތަޠުބީޤުކުރައްވާފައިވާކަން،
އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ އަމުރުން އެނގެންއޮންނަކަމާއި،
އަދި ފެމިލީ ކޯޓުގެ ޤަވާއިދުގެ 55 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، ޢާއިލީ މައްސަލައެއްގައި
ވަގުތީ އަމުރަކަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހެޅުމުން އެފަދަ އަމުރެއް ނެރެންޖެހޭތޯ
ނުވަތަ އެފަދަ ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި އެއަމުރެއް ނެރުމަކީ އެމައްސަލާގައި އޮތް އެންމެ ޢަދުލުވެރި
ގޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެފަދަ އަމުރެއް ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަމުގައި
ބަޔާންކުރެވިފައިވާކަން އެނގޭއިރު، މިވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ސަބަބުގެ މައްޗަށާއި، އެއަމުރާ ގުޅޭ
މައްސަލައިގެ ހަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ޢަލީ އާދަމާއި، ނަސީމާ މޫސާއާ ދެމީހުންގެ ދަރިފުޅު މުޙައްމަދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/265
އަޙްސަމް ޢަލީ އެކުއްޖާގެ ސްކޫލް ޗުއްޓީ ދުވަސްވަރު މާލެ އަންނަން ބޭނުންވާ ޙާލު، މާލެ އައިސް އެކުއްޖާގެ
މަންމައާ ބައްދަލުކުރުމަށް ހުރަސްއެޅޭގޮތަށް ކަންތައްތައް ކުރުމަކީ، އެދެމައިންގެ ޙައްޤަށް އުނިކަން އައުމުގެ
ފުރުސަތުއޮތް ކަމެއްކަމާ އެހެންކަމުން، މިވަގުތީ އަމުރު ނެރުމަކީ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް
ބަލައި، ނެރެވިދާނެ އަމުރެއްކަމަށް ޤަބޫލުކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައި މިވާ ވަގުތީ އަމުރަކީ، ފެމިލީ ކޯޓަށް ހުށަހެޅިފައިވާ
މައްސަލައަކާގުޅިގެން، އެމައްސަލާގައި ހިމެނޭ އެއްފަރާތްކަމުގައިވާ، ނަސީމާ މޫސާ ހުށަހެޅުމުން، ފެމިލީ ކޯޓުން
ނެރުއްވާފައިވާ، އާއިލީ މައްސަލައަކާ ގުޅޭ ވަގުތީ އަމުރެއްކަމާއި، މިވަގުތީ އަމުރު ނެރުއްވުމުގައި
ރިޢާޔަތްކުރައްވަންޖެހޭ، އާއިލީ މައްސަލަތަކާއި، ފެމިލީކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ވަގުތީ އަމުރު
.ރުއްވުމުގައި ރިޢާޔަތްކުރަންޖެހޭ ޤަވާޢިދުތަކަށާއި، ކަންކަމަށް ރިޢާޔަތްކުރައްވާފައިވާކަން އެނގޭކަމެވެ.
އަމުރަކަށް
(ނ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ އަމުރު ތަންފީޒުކުރުން ފަސްކުރުމުގެ
މިމައްސަލައިގެ ތެރޭގައި ޢަލީ އާދަމް އެދި ހުށަހެޅިކަމާއި ނަމަވެސް އިސްތިއުނާފުކުރެވިފައިމިވާ
ވަގުތީ އަމުރާ އެއްގޮތަށް މިހާރު ޢަމަލުކޮށްފައިވާކަމަށް 10 ސެޕްޓެމްބަރު 2013 ގައި ހައިކޯޓުގައި ބޭއްވުނު
މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ޢަލީ އާދަމުގެ ފަރާތުން ބުނެފައިވާތީ، އެފަދަ އަމުރެއް މިމައްސަލާގައި
ނެރެދެވިފައި ނުވާކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ފެމިލީ ކޯޓުގެ ނަންބަރު
B3
/
2013
/
23 އަމުރަކީ، ބާޠިލު އަމުރެއްކަމުގައި ކަނޑައަޅާނެތަނެއް ނެތްކަމަށް މިޤަޟިއްޔާ ބެލި
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/265
ނަމަވެސް، އިސްތިއުނާފުކުރެވިފައިމިވާ، ފެމިލީ ކޯޓުގެ ނަންބަރު B3
/
2013
/
23 އަމުރަކީ، ފެމިލީ
ކޯޓަށް ހުށަހެޅި ހިނގަމުންދިޔަ، އެކޯޓުގެ ނަންބަރު 2013/Fm
-
C/146 ޤަޟިއްޔާއާ ގުޅިގެން "ވަގުތީ
އަމުރަށް އެދޭ ފޯމު" އިން 11 ޖުލައި 2013 ގައި ނަސީމާ މޫސާގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ފެމިލީ
ކޯޓަށް ހުށަހެޅުމުން އެކޯޓުން 24 ޖުލައި 2013 ގައި ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮތްއިރު، އެވަގުތީ
އަމުރަށް އެދި، ވަގުތީ އަމުރަށް އެދި ހުށަހަޅާ ފޯމުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ފެމިލީ ކޯޓުގެ ނަންބަރު
B3
/
2013
/
23 އަމުރު 24 ޖުލައި 2013 ގައި ނެރުއްވައި، އެވަގުތީ އަމުރަށް އިތުރު ޤަޟިއްޔާ ނަންބަރެއް
(2013/Fm-C/1341) ދެއްވައި، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓެއް ތައްޔާރު ކުރެވިފައިވާއިރު،
އިސްތިއުނާފުކުރެވިފައިމިވާ، ފެމިލީ ކޯޓުގެ ނަންބަރު B3
/
2013
/
23 އަމުރުގެ ޢިބާރާތާއި، ފެމިލީ
ކޯޓުގެ ނަންބަރު 2013/Fm-C/1341 ޤަޟިއްޔާގެ ނިންމެވުން (ވަގުތީ އަމުރު) ގެ ޢިބާރާތުގައި ތަފާތެއް
ނެތްކަމާއި، އެހެންކަމުން، އެވަގުތީ އަމުރާއި، އަދި ބަޔާންކުރެވިދިޔަ ޤަޟިއްޔާގެ ނިންމެވުމަކީ އެއް
ނިންމެވުމެއްކަމާއި،
މިގޮތަށް، ހުށަހެޅިފައި އޮންނަ ޤަޟިއްޔާއަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދުމުން، އެވަގުތީ އަމުރަށް
ދެއްވަންޖެހޭ ނަންބަރު ދެއްވައި އެވަގުތީ އަމުރު ނެރުއްވުމާއެކު، އެވަގުތީ އަމުރަށް އާ ޤަޟިއްޔާ ނަންބަރެއް
ދެއްވައި، ވަކި، އިތުރު ޤަޟިއްޔާއެއް ނިމުނުގޮތުގެ ރިޕޯޓެއް ގޮތަށް އެއަމުރު ދެވަނަ ފަހަރަށް
ތައްޔާރުކުރެއްވުމުން ނިކުމެދާނެ ނުރަނގަޅު ނަތީޖާތަކެއް ފާހަގަކުރެވޭކަމާއި، އެގޮތުން؛
އެފަދަ ވަގުތީ އަމުރެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި، އެއަމުރު ބާޠިލުކަމަށް
ހައިކޯޓުން ނިންމަވާގޮތް ދިމާވާ ޙާލަތުގައި، އެއަމުރު ބާޠިލުކަމަށް ކަނޑައެޅުނުކަމުގައިވިއަސް، އެއަމުރުގައި
ނިންމަވާފައިވާ ނިންމެވުން، ނުވަތަ ކުރައްވާފައިވާ އަމުރު، ވަކި ޤަޟިއްޔާއެއްގެ ގޮތުގައި
ދެމިއޮންނަގޮތް މެދުވެރިވެގެންދިއުން ހިމެނޭކަމާއި، އަދި އެގޮތަށް އެކަން ވެގެން ދިއުމަކީ، ޢަދުލު އިންސާފު
ޤާއިމުކުރުމުގައާއި، ޢަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމުގައި ހުރަސްތަކެއްކުރިމަތިވެދާނެފަދަ
ކަމެއްކަން ފާހަގަކުރެވޭއިރު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 48 ވަނަ
ހއ ހ=ތ
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/265
މާއްދާގެ (ހ) އިން ހައިކޯޓަށް ލިބިގެންވާ އިޚްތިޞާޞްގެ މައްޗަށް ބިނާކޮށް ބަލާއިރު، ހައިކޯޓަށް ހުށަހެޅިފައިވާ
މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ޢަދުލު އިންސާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންސާފުގެ
ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ހައިކޯޓަށް ލިބިގެންވާކަން
އެނގޭކަމާއި،
ވުމާއެކު، ހުށަހެޅޭ ޤަޟިއްޔާއަކާއި ގުޅިގެން އެޤަޟިއްޔާގެ ތެރެއިން ނެރެވޭ ވަގުތީ އަމުރަށް އިތުރު
ޤަޟިއްޔާ ނަންބަރެއް ދެއްވައި، އިތުރު ޤަޟިއްޔާއެއް ނިމުނުގޮތުގެ ރިޕޯޓެއް ގޮތަށް އެއަމުރު ދެވަނަ ފަހަރަށް
ތައްޔާރުކުރައްވައި ފެމިލީ ކޯޓުން ޢަމަލުކުރައްވަމުން ގެންދަވާގޮތް އެކޯޓުން އިޞްލާޙުކުރައްވަންޖެހޭކަމަށް
މިމައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
• ޙުކުމް:-
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ފެމިލީ ކޯޓުގެ ނަންބަރު
B3
/
2013
/
23 އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް މިމައްސަލަ ބެލި މިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv