ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/176 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/176
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
*
0
COCC
ޤަޟިއްޔާ ނަންބަރު: 176/HC
-
A/2015
އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޢަބްދުލްބާރީ ޢަބްދު
ދާއިމީ އެޑްރެސް: މުކުރިމަގު ހަވާނާ ލ. ގަން
* އައި.ޑީ.ކާޑު ނަންބަރު: A135889 މިހާރުގެ އެޑްރެސް:
ވަކީލް: އދ. މުޙައްމަދު ފަރީދު ރޭވިލާ ފ. ފީއަލި
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢާއިޝަތު ޝަމްޢާ
ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢާއިޝަތު ސުޢީދު ޞާލިޙު
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ރަޖަބު 1436 * ނިމުނު ތާރީޚް: 28 ޝަޢުބާން 1436
14 މެއި 2015
15 ޖޫން 2015
• އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/14
/
06C
-
MS
• ނިންމެވި ކޯޓު: ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު | މުކުރިމަގު ސެކްޝަން
• ޤަޟިއްޔާގެ ބާވަތް: ވައްކަންކުރުން
• ހުށަހެޅުނު ތާރީޚް: 09 ޖޫން 2013
• ނިންމެވި ތާރީޚް: 02 އޮކްޓޯބަރ 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޢައްބާސް ޝަރީފް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/176
ދަޢުވާގެ ޚުލާޞާ
މިއީ، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު/ މުކުރިމަގު ސެކްޝަނުގެ
ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާ، އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ލ. ގަމު މުކުރިމަގު، ހަވާނާ ޢަބްދުލްބާރީ ޢަބްދުﷲގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ހައްދުންމަތީ
ގަމު މެޖިސްޓްރޭޓް ކޯޓުގެ މުކުރިމަގު ސެކްޝަނުގެ
ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާ، އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ލ. ގަމު މުކުރިމަގު، ހަވާނާ ޢަބްދުލްބާރީ
ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ގަމު
2. ހައްދުންމަތީ
މެޖިސްޓްރޭޓް ކޯޓު
މުކުރިމަގު ސެކްޝަނުގެ ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ލ.ގަމު
މުކުރިމަގު، ތަޢުޒަންފްލާވަރ | ޙުސައިން އިރުޝާދު އާއި ލ. ގަމު މުކުރިމަގު، ހަވާނާ
ޢަބްދުލްބާރީ
ޢަބްދުﷲ 29 ޖޫން 2012 ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ލ.ގަމު މުކުރިމަގު ފިރުޝަން/ ޢަލީ ރަޝީދު
ޙުސައިނުގެ ދަނޑުގައި ހައްދާފައިވާ މިރުސްތަކުގެ ތެރެއިން ދެގޯނި މިރުސް މިދެމީހުންގެ އަތުން
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/176
ނަވާކަމަށްބުނޭ
ފެނިފައިވާކަމަށްބުނެ، މިދެމީހުންނަށް އެދެގޯނި މިރުސް ލިބުނުގޮތެއް، މިދެމީހުންނަށް ސާބިތުކޮށްދެވިފައި
ނެބުނެ އެދެގޯނި މިރުސް ނެގީ މިދެމީހުންކަމަށް ބެލެވޭތީ ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)
އާއި، 136 ވަނަ މާއްދާގެ ދަށުން، ޙުސައިން އިރުޝާދުއާއި، ޢަބްދުލްބާރީ ޢަބްދުﷲގެ މައްޗަށް ޖަމާޢަތް
ހަދައިގެން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން
އެނގެންއޮވެއެވެ.
3. ހައްދުންމަތީ
"14/06C-M/2013
23 4:
ގަމު މެޖިސްޓްރޭޓް ކޯޓު/ މުކުރިމަގު
ސެކްޝަނުގެ
ނަންބަރު
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ، "ދެންފަހެ، ދައުލަތުން ލ. ގަން މުކުރިމަގު، ތަޢުޒަންފްލާވަރ ޙުސައިން އިރުޝާދު
އައިޑީކާޑު ނަންބަރު: A317469 އާއި ލ.ގަން މުކުރިމަގު، ހަވާނާ ޢަބްދުލްބާރީ ޢަބްދުﷲ (އައިޑީކާޑު
ނަންބަރު: A135889 ދެމީހުން 29 ޖޫން 2012 ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ލ.ގަން މުކުރިމަގު
ފިރުޝަން ޢަލީ ރަޝީދުގެ ދަނޑުގައި ހައްދާފައިވާ މިރުސްތަކުގެ ތެރެއިން ދެގޯނި މިރުސް މިދެމީހުންގެ އަތުން
ފެނިފައިވާތީއާއި، މިދެމީހުނަށް އެދެގޯނި މިރުސް ލިބުނުގޮތެއް މިދެމީހުންނަށް ސާބިތު ކޮށްދެވިފައިނުވާތީ،
އެދެގޯނި މިރުސް ވަގަށްނެގީ މިދެމީހުންކަމަށް ބެލެވޭކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)
ވަނަ މާއްދާގެ ދަށުން ޢަބްދުލްބާރީއާއި ޙުސައިން އިރުޝާދުގެ މައްޗަށް ކޮށްފައިވާ
ޖަމާޢަތްހަދައިގެން ވައްކަންކުރުމުގެ ކުށުގެ ދަޢުވާގައި، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ވިސްނާ
ނަޒަރުކުރާއިރު، މިމިރުސްތައް ވަގަށް ބިން ކަމާމެދު މިދެމީހުން އިންކާރު ކޮށްފައި ވީނަމަވެސް، ހެކިންގެ
ހެކިބަހަށް ބަލާއިރު، މިރުސް ގޯއްޏެއް ހިފައިގެން ސައިކަލެއްގައި ދިޔަތަން ފެނުނުކަމާއި، އަދި މިމީހުންގެ
ފަހަތުންގޮސް އެމީހުން ގެންގުޅުނު މިރުސްގޯނި ހޯދާ ބެލިއިރު، އެމިރުސްތަކަކީ ލ.ގަން މުކުރިމަގު ފިރުޝަން
ޢަލީ ރަޝީދުގެ މިރުސް ދަނޑުން ކަނޑާފައިވާ މިރުސްތަކެއްކަން ފިރުޝާން ޢަލީގެ ބަހުންނާއި އިތުރު
ހެއްކެއްގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ، ދައުލަތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި
އާއި 136
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/176
136 ވަނަ މާއްދާގެ ދަށުން ލ. ގަން މުކުރިމަގު ތައުޒަންފްލާވަރ ޙުސައިން އިރުޝާދު އާއި ލ. ގަން
މުކުރިމަގު ހަވާނާ ޢަބްދުލްބާރީ ޢަބްދުﷲގެ މައްޗަށް ކޮށްފައިވާ ޖަމާޢަތްހަދައިގެން ވައްކަންކުރުމުގެ ކުށުގެ
ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ
މާއްދާގެ (ހ) އާއި 136 ވަނަ މާއްދާގެ ދަށުން މިއީ މިބާވަތުގެ ކުށެއް މި ދެމީހުންގެ މައްޗަށްވެސް ސާބިތުވާ
ދެވަނަ ފަހަރުކަމަށް ވުމާއެކު، އިސްވެ ހަވާލާދެވުނު ޤާނޫނުގެ ދަށުން މިއިން ކޮންމެ މީހަކު 2 އަހަރު ދުވަހުގެ
މުއްދަތަށް ޖަލަށްލުމަށް ކަނޑައަޅައި، މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންނެވެ.
4. ހައްދުންމަތީ
ނޫންކަމަށްބުނެ
2 83 8.
ގަމު
މެޖިސްޓްރޭޓް ކޯޓު| މުކުރިމަގު ސެކްޝަނުގެ ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް
ގަން މުކުރިމަގު ހަވާނާ ޢަބްދުލްބާރީ ޢަބްދުﷲގެ ފަރާތުން 02 (ދޭއް) ހުށަހަޅައި
އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން
ޢަބްދުލްބާރީ ޢަބްދު1
ޢަބްދުﷲގެ ފަރާތުން ހުށަހަޅާފައިވާ؟
99/ ތ 8
ނުކެނއިއި
0
ފުރަތަމަ ނުކުތާއަކީ: ޙުސައިން އިރުޝާދު އާއި ޢަބްދުލްބާރީ ޢަބްދުﷲގެ އަތުން ފެނުނީ މިރުސް
ގޯންޏެއް ކަމަށް އެއްވެސް ފަރާތެއްގެ ބަޔާނުގައި އެނގެން ނެތްކަމާއި، އިސްތިއުނާފު މިކުރާ މައްސަލާގައި
ވާހަކަ ދެކެވޭ 02 (ދޭއް) މިރުސް ގޯންޏަކީ އެދެމީހުން ގެންގުޅުނު މިރުސް ގޯންޏެއްކަން އެނގެން ނެތްއިރު،
ވައްކަން ކުރިކަމުގެ ކުށް ސާބިތުވާކަމުގައި ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި
4 2 433
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/176
• ދެވަނަ ނުކުތާއަކީ އިސްތިއުނާފުމިކުރެވޭ މައްސަލާގައި ޖަމާޢަތްހަދައިގެން ވައްކަންކުރުމުގެ ކުށް
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޙުކުމް ކުރައްވާފައިވާއިރު، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ
މާއްދާގެ (ހ) ގައި ބުނެފައިވާ އުންސުރުތައް ފުރިހަމަނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ގަމު
درمور
ޓ ޓ ޓޓ ޖ ޗ އ ހވ 3
އެއްގޮތްނުވާކަމަށްބުނެ،
5. މިމައްސަލައާގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ހައްދުންމަތީ މެޖިސްޓްރޭޓް ކޯޓު/ މުކުރިމަގު
ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ގަން މުކުރިމަގު، ހަވާނާ ޢަބްދުލްބާރީ ޢަބްދުﷲގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް
ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
.
(ހ) ފުރަތަމަ ކަމަކީ: ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު/ މުކުރިމަގު ސެކްޝަނުގެ ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާގައި ހުށަހެޅުނު މައްސަލައަކީ، ލ. ގަމު މުކުރިމަގު ހަވާނާ، ޢަބްދުލްބާރީ
ގަމު މުކުރިމަގު ތަރުޒަންފްލާވަރ ޙުސައިން އިރުޝާދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 131
ވަނަ މާއްދާގެ (ހ) އާއި 136 ވަނަ މާއްދާގެ ދަށުން ޖަމާޢަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުގެ
ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަމާއި،
މިދެމީހުންގެ މައްޗަށް ވައްކަމުގެ ދަޢުވާ ކޮށްފައިވަނީ، ލ. ގަން މުކުރިމަގު ފިރުޝަން، ޢަލީ
ރަޝީދު ޙުސައިންގެ މިރުސް ދަނޑުން ވަރަށް މިރުސް ބިނދެފައިވުމުގެ މައްޗަށް ކަމަށްވާއިރު، ވައްކަމުގެ
މިދަޢުވާއަށް މިދެމީހުން އިންކާރުކޮށްފައި ވީނަމަވެސް، ހެކިންގެ ހެކިބަހަށް ބަލާއިރު، މިރުސް ގޯއްޏެއް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/176
COCOC
ހިފައިގެން ސައިކަލެއްގައި ދިޔަތަން ފެނުނު ކަމާއި، އަދި މިމީހުންގެ ފަހަތުންގޮސް އެމީހުން ގެންގުޅުނު
މިރުސްގޯނި ހޯދާ ބެލިއިރު، މިރުސްތަކަކީ ލ. ގަން މުކުރިމަގު ފިރުޝަން ޢަލީ ރަޝީދު ޙުސައިންގެ
މިރުސް ދަނޑުން ކަނޑާފައިވާ މިރުސްތަކެއްކަން ފިރުޝާން ޢަލީ ރަޝީދު ޙުސައިންގެ ބަހުންނާއި އިތުރު
ހެއްކެއްގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 136 ވަނަ
މާއްދާގެ ދަށުން ލ. ގަން މުކުރިމަގު ތައުޒަން ފްލާވަރ، ޙުސައިން އިރުޝާދު އާއި ލ. ގަން މުކުރިމަގު ހަވާނާ،
ޢަބްދުލްބާރީ ޢަބްދުﷲގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޖަމާޢަތް ހަދައިގެން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، މިއީ މިބާވަތުގެ ކުށެއް މިއިން ކޮންމެ މީހެއްގެ މައްޗަށްވެސް
ސާބިތުވި ދެވަނަ ފަހަރުކަމަށްވުމާއެކު، މިއިން ކޮންމެ މީހަކު 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު/ މުކުރިމަގު ސެކްޝަނުގެ ނަންބަރު 2013/14
/
06C
-
MS
ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
co
(ށ) ދެވަނަ ކަމަކީ: ޙުސައިން އިރުޝާދު އާއި ޢަބްދުލްބާރީ ޢަބްދުﷲގެ އަތުން ފެނުނީ މިރުސް
ގޯންޏެއް ކަމަށް އެއްވެ.
އެއްވެސް ފަރާތެއްގެ ބަޔާނުގައި އެނގެން ނެތްކަމާއި، އިސްތިއުނާފު މިކުރާ މައްސަލާގައި
ވާހަކަ މިދެކެވޭ 02 (ދޭއް) މިރުސް ގޯންޏަކީ އެދެމީހުން ގެންގުޅުނު މިރުސް ގޯންޏެއްކަން އެނގެން ނެތްއިރު،
ވައްކަން ކުރިކަމުގެ ކުށް ސާބިތުވާކަމުގައި ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ޢަބްދުލްބާރީ
ޢަބްދުﷲގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު މުކުރިމަގު ސެކްޝަނުގެ ނަންބަރު 2013/14
/
06C
-
MS
ޤަޟިއްޔާގައި ދައުލަތުން ކޮށްފައިވާ ޖަމާޢަތް ހަދައިގެން ވައްކަންކުރުމުގެ ކުށުގެ ދަޢުވާއަށް ޢަބްދުލްބާރީ
ޢަބްދުﷲ އިންކާރުކުރުމުން އެދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ބަހުގެ މައްޗަށް
ބަލާއިރު، ލ. ގަން މަތިމަރަދޫ، ނޫވިލު ޢަބްދުއްލަޠީފް އާދަމް ޝަރީޢަތަކާއި ތަޙުޤީޤަށް ދީފައިވާ ބަޔާނަށް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
2015/HC-A/176
ބަލާއިރު، ދެކުއްޖަކު ގޯންޏެއް ހިފައިގެން ސައިކަލުގައި ދިޔަތަން ފެނުނުކަމާއި، އެދެމީހުންގެ އަތުގައި އޮތީ
މިރުސް ގޯންޏެއްހެން ހީވެގެން، އެކަން ބަލާލަން ދިއުމަށް އެވަގުތު ލ. ގަން ސިނާއީ ބޮޑުމަގުގައި ތިބި
ލ. ގަން މަތިމަރަދޫ އަޅިވިލާގޭ މުޙައްމަދު މޫސާއާއި، އެއަވަށު ރޯޒީސައިޑް އަސްޖަދު މުޙައްމަދުގެ ގާތުގައި
އެދުމުން، ގޯނި ހިފައިގެން ދިޔަ ދެކުދިންގެ ފަހަތުން މޫސާ މުޙައްމަދާއި އަސްޖަދު މުޙައްމަދާ ދެމީހުން
ދިޔަކަމަށް ޢަބްދުއްލަޠީފް އާދަމް ބުނެފައިވާކަމާއި،
އަސްޖަދު މުޙައްމަދާއި މުޙައްމަދު މޫސާ ދީފައިވާ ހެކިބަހަށް ބަލާއިރު، ޙުސައިން އިރުޝާދު އާއި
ޢަބްދުލްބާރީ ޢަބްދުﷲ އާއި ދެމީހުން މިރުސްކަހަލަ އެއްޗެއް ހިފައިގެން ދާކަމަށް ޢަބްދުއްލަޠީފް އާދަމް
ބުނުމުން، މިދެމީހުންގެ ފަހަތުން ގޮސް މިދެމީހުންނާ އަރާ ހަމަކުރިއިރު މިދެމީހުން ތިބީ ސައިކަލުގައި
ށްގެންކަމަށާއި، އެދެމީހުން މަޑުކޮށްގެން ތިބި ސަރަހައްދުގެ ވަލުތެރެ ބަލަމުން ދަނިކޮށް މިރުސް އަޅާފައި
ހުރި ގޯންޏެއް ފެނިފައިވާކަމަށާއި، ދެން އެގޯނި ހިފައިގެން ގާޑިޔާ ކައިރިއަށްގޮސް އޮއްސާލާފައި ބެހެއްޓިކަމާއި،
އަދި އެއީކާކުގެ ދަނޑުން ބަނދެފައިވާ މިރުސްތަކެއްތޯ ބެލުމަށް ދަނޑުވެރިންނަށް ގުޅިކަން އެނގެން
އޮންނަކަމާއި،
3=0ޑ 8 އދ
މަtކނޑީ
ޢަލީ ރަޝީދު ޙުސައިންގެ ބަހަށް ބަލާއިރު، ޢަލީ ރަޝީދު ޙުސައިންގެ ރައްޓެހިންތަކެއް ޢަލީ
ރަޝީދު ޙުސައިނާ ގުޅައި، ހޮސްޕިޓަލު ކައިރީގައި ހުރި ގާޑިޔަލެއް ކައިރިއަށް އައުމަށް ބުނުމުން، އެތަނަށް
ދިޔައިރު، އެތަނަށް އޮއްސާލާފައި ހުރި މިރުސްތައް ފެނުމުން އެއީ ޢަލީ ރަޝީދު ޙުސައިންގެ ދަނޑުން
ކަނޑާފައިވާ މިރުސްކަމަށް ޝައްކު ކުރެވިގެން ޢަލީ ރަޝީދު ޙުސައިންގެ ރައްޓެއްސެއް ކަމުގައިވާ ރައްޒާޤުގެ
އިތުރުން ފުލުހުންނާއެކު ގޮސް ޢަލީ ރަޝީދު ޙުސައިންގެ ދަނޑު ބެލިއިރު، މިރުސްކޮށީގެ ދާގަނޑު ހަލާކުކޮށް،
މިރުސް ގަސްތައްވެސް ވަރަށް ބޮޑަށް ހަލާކުކޮށް، މިރުސް ބިނދެފައި ހުރިކަން ޔަޤީންވި ކަމަށާއި، އަދި
އެމުޑުވަކުގެ މިރުސް އެރަށުގައި އޭރު ހައްދަނީ ޢަލީ ރަޝީދު ޙުސައިނާއި ޢަބްދުއްރައްޒާޤް ދެމީހުން އެކަނި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2015/HC-A/176
ކަމަށްވެފައި، ޢަބްދުއްރައްޒާޤުގެ ދަނޑު ބެލިއިރު އެދަނޑަށް ވަދެފައި ނެތްކަން ފާހަގަކުރެވިފައިވުމުން، ގާޑިޔާ
ކައިރީގައި ހުރީ ޢަލީ ރަޝީދު ޙުސައިންގެ ދަނޑުގެ މިރުސްކަން ޔަޤީންވިކަމަށް ބުނެފައިވާކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ: އިސްތިއުނާފު މިކުރެވޭ މައްސަލާގައި ޖަމާޢަތް ހަދައިގެން ވައްކަން ކުރުމުގެ
ކުށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ޙުކުމް ކުރައްވާފައިވާއިރު، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ
މާއްދާގެ (ހ) ގައި ބުނެފައިވާ އުންސުރުތައް ފުރިހަމަނުވާކަމަށްބުނެ ޢަބްދުލްބާރީ ޢަބްދުﷲގެ ފަރާތުން ހުށަހެޅި
ނުކުތާގެ މައްޗަށް ބެލިއިރު،
ހއ 2
2x
8ބ9ނ
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ހ) ގައި ވައްކަމުގެ މާނަކަމުގައި
ޔާންކޮށްފައިވަނީ، "ވައްކަމަކީ، އެހެން މީހެއްގެ ނުވަތަ އެހެން ފަރާތެއްގެ މިލްކު އެއްޗެއް އެމީހާއަށް ނުވަތަ
އެފަރާތަށް ނޭނގި، އެއާ ހަވާލުވެގެންހުރި މީހާ ނޫން މީހަކު ސިއްރުން ނެގުމެވެ" މިފަދައިންކަން އެނގޭއިރު،
މިމައްސަލާގައި ބަޔާންކުރެވިފައިވާ މިރުސްތަކަކީ ލ. ގަން މުކުރިމަގު ފިރުޝަން، ޢަލީ ރަޝީދު ޙުސައިނުގެ
ދަނޑުން އޭނާއަށް ނޭނގި އޭނާއަށް ސިއްރުން ބިނދެފައިވާ މިރުސްތަކެއްކަމާއި، ޢަބްދުލްބާރީ ޢަބްދުﷲ އަކީ
އަދި ޙުސައިން އިރުޝާދަކީވެސް އެ މިރުސްތަކާ ނުވަތަ މިރުސް ދަނޑާ ޙަވާލުވެގެން ހުރި މީހަކު ނޫންކަން
އެނގެން އޮތްކަމެވެ.
() ހަތަރުވަނަ ކަމަކީ، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު/ މުކުރިމަގު ސެކްޝަނުގެ ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާ ސާބިތުކުރުމަށް ލިބިފައިވާ ހެކިތަކާ ޤަރީނާތަކުގެ
މައްޗަށް ބަލާއިރު، މިރުސް ގޯންޏެއްކަމަށް ލަފާކުރެވުނު ގޯންޏެއް ހިފައިގެން ޢަބްދުލްބާރީ ޢަބްދުﷲ އާއި
ޙުސައިން އިރުޝާދު ދާތަން ފެނިގެން، އެކަން ބަލައިދިނުމަށް މުޙައްމަދު މޫސާއާއި، އަސްޖަދު މުޙައްމަދުގެ
ގާތުގައި ޢަބްދުއްލަޠީފް އާދަމް އެދުމުން، ޢަބްދުލްބާރީ ޢަބްދުﷲ އާއި ޙުސައިން އިރުޝާދުގެ ފަހަތުން މޫސާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2015/HC-A/176
މުޙައްމަދާއި އަސްޖަދު މުޙައްމަދާ ދެމީހުން ގޮސް އަރާ ހަމަކުރިއިރު، ޢަބްދުލްބާރީ ޢަބްދުﷲ އާއި ޙުސައިން
އިރުޝާދު ސައިކަލް ހުއްޓާލައިގެން ތިބި ހިސާބު ވަލުތެރެއިން މިރުސް ގޯންޏެއް ފެނިފައިވާއިރު، އެމިރުސް
ގޯނި އޮތް ދުރުމިން ކިޔައިދިނުމުގައި މުޙައްމަދު މޫސާއާއި، އަސްޖަދު މުޙައްމަދުގެ ބަހުގައި ހުރި ތަފާތަކީ
އަސާސީ ތަފާތެއް ނުވަތަ ފުށުއެރުމެއްނޫންކަމާއި، އަދި އެއީ ހެކިބަސް ޤަބޫލުނުކުރެވޭވަރުގެ ނުވަތަ ލިބިފައިވާ
ހެކީގެ ޞައްޙަކަމާމެދު އެކަށީގެންވާ މިންވަރުގެ ޝައްކުތަކެއް އުފެދޭވަރުގެ ތަފާތުތަކެއް ނޫންކަން އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ދަޢުވާކުރީ ވަކި އެއްޗެއް ވަކި މިންވަރަކަށް ވަގަށްނަގައިގެން
ކަމަށްބުނެކަމުގައިވާ ޙާލަތުގައި ސީދާ އެމިންވަރު ސާބިތުނުވާނަމަ ވައްކަންކުރިކަން ސާބިތުނުވާކަމަށް
ކަނަޑައަޅަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް އެނގެން ނެތްއިރު، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް
ކޯޓު/ މުކުރިމަގު ސެކްޝަނުގެ ނަންބަރު 2013/14
/
06C
-
MS ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާގައި 2
(ދޭއް) ގޯނި މިރުހުގެ ވާހަކަ ބަޔާންކުރެވިފައިވީނަމަވެސް، ސާބިތުވެފައިވަނީ 1 (އެކެއް) ގޯނި މިރުސް ޢަލީ
ރަޝީދު ޙުސައިންގެ ދަނޑުން ބިނދެފައިވާކަންކަމުގައިވުމުން، ވައްކަންކުރިކަން ސާބިތުވާކަމަށް
ކަނޑައަޅާފައިވާއިރު، އެކަމުގައި ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފުކަމެއްވާކަމަށް ބަލަންޖެހޭ ސަބަބެއް
ނުފެންނަކަމެވެ.
0 ދފއ
21 ޗެ
(ޅ) ހަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު/ މުކުރިމަގު ސެކްޝަނުގެ
ނަންބަރު 2013/14
/
06C
-
MS ޤަޟިއްޔާގައި ލ. ގަމު މުކުރިމަގު، ހަވާނާ ޢަބްދުﷲގެ
މައްޗަށް ވައްކަންކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޢަބްދުލްބާރީ ޢަބްދުﷲ 2 (ދޭއް) އަހަރު
ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/176
ށން:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ހައްދުންމަތީ ގަމު
މެޖިސްޓްރޭޓް ކޯޓު/ މުކުރިމަގު ސެކްޝަނުގެ ނަންބަރު 2013/14
/
06C
-
MS ޤަޟިއްޔާގައި ލ. ގަމު
މުކުރިމަގު، ހަވާނާ ޢަބްދުލްބާރީ ޢަބްދުﷲގެ މައްޗަށް ވައްކަންކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
ޢަބްދުލްބާރީ ޢަބްދުﷲގެ މައްޗަށް ކަނޑައަޅުއްވާފައިވާ އަދަބަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv