ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/233 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 233/HC-A/2014
| އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ޝަރީފް
އައިޑީ ކާޑު ނަންބަރު: A124320
* ވަކީލު: އިޒް. މުޙައްމަދު ސަލީމް
* ދާއިމީ އެޑްރެސް: ރޯޔަލްބީޗްކޯނަރ ހދ. ކުރިނބި
، މިހާރުގެ އެޑްރެސް: ރޯޔަލްބީޗްކޯނަރ ހދ. ކުރިނބި
;
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހޮންކޮށް
މެހެޅުނު ތާރީޚް: 20 އޮގަސްޓް 2014
' ނިމުނު ތާރީޚް:
ޚަ: 17 ނޮވެންބަރު 2015
0
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cr-C/910
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކު) އަތުގައި ބެހެއްޓުން
ހުށަހެޅުނުތާރީޚް: 27 ޖޫން 2011
ނިމުނު ތާރީޚް: 28 މެއި 2014
އއ އދ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/910 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ހދ. ކުރިނބި ރޯޔަލްބީޗްކޯނަރ ޙުސައިން ޝަރީފްގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
CCC.
އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/910 ޤަޟިއްޔާގައި ހދ. ކުރިނބި ހީނާމާގެ ޙުސައިން
ޝަރީފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، ޙުސައިން ޝަރީފް، 2009 އޮގަސްޓް 20 ވަނަ ދުވަހު،
ހދ. ކުޅުދުއްފުށީގައި ދުއްވާ "ބަހާދަރު" ބޯޓުން ހދ. ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް،
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި
އޮޕަރޭޝަނެއްގައި ޙުސައިން ޝަރީފް ހދ.ކުޅުދުއްފުށި ބަނދަރުގައި އޮތް ހދ.ކުރިނބި ދޯންޏަކަށް އަރާހުއްޓާ،
ފުލުހުން ޙުސައިން ޝަރީފް ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ޙާޟިރުކޮށް ޙުސައިން ޝަރީފްގެ ލަގެޖާއި
ހަށިގަނޑު ބަލާފާސްކުރިއިރު، ޙުސައިން ޝަރީފް ގެންގުޅުނު ދަބަހުގެ ތެރެއިން ފެނުނު 1 ދަޅުގައި 0.8708
ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 0.1190 ގްރާމް ކެނެބިނޯލް ހުރި ކަމަށް އޭގެ ތަޙްލީލް ރިޕޯރޓުން ދައްކާތީ،
ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ
ޙަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާ ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ކުށުގެ ދަޢުވާކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ” ދެންފަހެ، ދައުލަތުން ހދ. ކުރިނބި ހީނާމާގެ، ޙުސައިން
ޝަރީފްގެ މައްޗަށްކުޅެ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ
މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޙުސައިން ޝަރީފް، 20 އޮގަސްޓް 2009 ދުވަހު، ހދ. ކުޅުދުއްފުށީގައި
ދުއްވާ "ބަހާދަރު" ބޯޓުން ހދ. ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް، ހދ. ކުޅުދުއްފުށި
ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި
2ޑ 8
8އ
ބައިކްޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
:ه
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
uc
ޙުސައިން ޝަރީފް ހދ.ކުޅުދުއްފުށި ބަނދަރުގައި އޮތް ހދ.ކުރިނބި ދޯންޏަކަށް އަރާހުއްޓާ، ފުލުހުން ޙުސައިން
ޝަރީފް ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ޙާޟިރުކޮށް ޙުސައިން ޝަރީފްގެ ދަބަހާއި ހަށިގަނޑު
ބަލާފާސްކުރިއިރު، ޙުސައިން ޝަރީފް ގެންގުޅުނު ދަބަހުގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
އެއްޗެއްހުރި ދަޅަކީ މީހަކު ޙުސައިން ޝަރީފްގެ ދަބަހަށް ލާފައިވާ އެއްޗެއް ކަމަށް ޙުސައިން ޝަރީފް
ބުނިނަމަވެސް މިކަން ޙުސައިން ޝަރީފްއަށް ޝަރީޢަތަށް ސާބިތުކޮށް ދެވިފައިނުވާތީ، މިތަކެތީގެ ޒިންމާ
ނަގަންޖެހޭ ފަރާތަކީ ޙުސައިން ޝަރީފް ކަމަށް ހިނގާދިޔަ ޝަރީޢަތްތަކުން އެނގެން އޮންނާތީއާއި، ބުނެވިދިޔަ
ތަކެތީގެ ބަރުދަނުގައި 0.8708 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 0.1190 ގްރާމް ކެނެބިނޯލް ހުރި ކަމަށް
އެތަކެތީގެ ތަޙްލީލް ރިޕޯރޓުން އެނގެން އޮންނާތީ، ޙުސައިން ޝަރީފްގެ އަމިއްލަ އިޢުތިރާފުންނާއި ގުޅިފައިވާ
ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެކޭ
ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ
1 ވަނަ ނަންބަރުގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަ
ބޭނުންކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުން ޙުސައިން ޝަރީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން
ބުނެވިދިޔަ ޚާއްދައިގެ (ބ) ގެ ދަށުން ޙުސައިން ޝަރީފް 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް
މިޤަޟިއްޔާ ނިންމީއެވެ.] މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން
(ހ) ގެ
01 3020
2» 8 29
/ޅ2ކށް
CCCX
އފއވާ
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/910
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް ކަމަށް
ބުނެ ޙުސައިން ޝަރީފްގެ ފަރާތުން އިސްތިއުނާފު ކުރުމަށް 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ފުރަތަމަ ނުކުތާއަކީ: ޙުސައިން ޝަރީފްގެ ދަބަހުން ފެނުނު ކަމަށްބުނާ ދަޅަކީ ޙުސައިން ޝަރީފްގެ
އެއްޗެއް ނޫންކަމަށާއި، އެދަބަސް ބަހައްޓާފައި ޙުސައިން ޝަރީފް އެދަބަސް ނުފެންނަ ހިސާބު ދުރަށް
ގޮސްފާވާނެކަމަށާއި، އަދި އެދަބަހަކީ ތަޅުވާ ބަންދުކުރެވިފައިހުރި ދަބަހެއް ނޫން ކަމުން، އެއީ މީހަކު ހުސައިން
ޝަރީފްގެ ދަބަހަށް ލާފައިވާ
އެއްޗެއްކަމަށް ޤަބޫލުކުރެވޭކަމަށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ވަގުތުވެސް
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
39 422
ކަމަށްވުމުން،
އަދި ތަޙްޤީޤް މަރުޙަލާގައިވެސް އަދި ޝަރީޢަތުގެ މަޖިލީހުގައިވެސް ބުނެފައިވާއިރު، އެއްވެސް މަރުޙަލާއެއްގައި
އެކަމަށް
މަށް ރިޢާޔަތްކޮށްފައި ނުވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ހުސައިން ޝަރީފް މާލެއިން ރަށަށް ގެންދިއުމަށް ގެންދިޔަ އިތުރު ފޮށިގަޑުތަކާއި
އެހެނިހެންތަކެތިވެސް ދޯނީގައިހުއްޓާ، ފުލުހުންގެ ބެލުމުގެ ދަށަށް ހަމައެކަނި ގެންދިޔައީ ޙުސައިން ޝަރީފްގެ
ދަބަސްކަމަށްވެފައި ޢާއްމު ޙާލަތުގައި ފުލުހުން ޢަމަލުކުރާ އުޞޫލާޚިލާފަށް ފުލުހުން އެވަގުތު އެދަބަސް ޗެކްނުކޮށް
އަދި ދޯނި ތެރެއިން ފުލުހުންނާ ދަބަސް ޙަވާލުކުރިގޮތަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ޙުސައިން ޝަރީފް
ގެނެސް ވަކި ކޮޓަރިއެއްގައި ބަހައްޓައި އޭގެ 15 ވަރަކަށް މިނިޓް ފަހުން ފުލުހުން އެދަބަސް ހިފައިގެން
އަންނަންދެންވެސް ދަބަސްއޮތީ ފުލުހުންގެ އަތުގައި މަސްތުވާތަކެތި ހުރި ދަޅު ނެގިކަމަށް
ފުލުހުންބުނާ ދަބަހަށް ސީދާ ފުލުހުން ތުހުމަތުކުރާ ދަޅު ލުމުގެ އިޙްތިމާލު އޮތްކަން ފާހަގަކުރެވޭއިރު އެކަމުގެ
މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވުމާއި އަދި ސީން އަށް ޙާޟިރުވި ފުލުހުންގެ ހެކިބަސް ނެގުމާއިނުލައި
ކުށް ޘާބިތުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޙުސައިން ޝަރީފްގެ ޙިޔާޒަތުގައިވާ އެއްޗަކު ފެނުނުކަމަށް މަންޠިޤީ ހަމަތަކުން
ޤަބޫލުކުރެވޭތީ، ޙުސައިން ޝަރީފް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަޔާންވެފައިވާ
ވާޤިޢަތަކުން ކަނޑައެޅިގެންވާ ޝުބުޙަތައް ފާޅުކޮށް ފެންނަންހުއްޓާ އެ ކަމަށް ރިޢާޔަތްނުކޮށް، ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ
ސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި
0
ވނީ
46
3 މޭދު · ·
ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ހަމައެކަނި ޙުސައިން ޝަރީފްގެ ޙިޔާޒަތުގައިވާ އެއްޗަކުން ފެނުނުކަމަށް މަންޠިޤީ
ހަމަތަކުން ޤަބޫލުކުރެވޭތީ ޙުސައިން ޝަރީފް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ޙުކުމް ކުރައްވާފައިވަނީ، މަސްތުވާތަކެތީގެ މި ބާވަތުގެ
މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ބަލާ މިންގަނޑުތަކާ ޚިލާފަށް ކަމާއި، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި ޚިލާފު ނިންމުމެއް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
ދިވެހިރާ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/910 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޙުސައިން ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުތާތަކާ
ގުޅިގެން ޙުސައިން ޝަރީފްގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން މިމައްސަލަ ބެލި
ހައިކޯޓުގެ ފަނޑިޔާރުން ނަޒަރުކުރުމުން މިމައްސަލަ ނިންމަން ފެންނަ ގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެ
އެއުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. އެދެ ރައުޔާއި އަދި އެދެ ރައުޔު ބިނާކުރެވިފައިވާ އަސާސްތައް
ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ. އެގޮތުން؛
ފުރަތަމަ: އަޤައްލިއްޔާ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު) އާއި އެރައުޔު ބިނާކުރެވިފައިވާ
އަސާސްތައް:
(ހ) ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރާ ހަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން ޙުސައިން ޝަރީފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް ޙުސައިން ޝަރީފް
އިންކާރުކޮށްފައިވާކަން މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/910
ޝަރީޢަތުގެ މަޖިލީހަށް 23 ޖެނުއަރީ 2013 ގައި ޙުސައިން ޝަރީފް ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
(.) މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޙުސައިން ޝަރީފް ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެވިފައިވަނީ 20 އޯގަސްޓް 2009 ގައި ހދ. ކުޅުދުއްފުށީގައި ދުއްވާ ”ބަހާދަރު، ބޯޓުން ހދ.
ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު
މަޢުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޙުސައިން ޝަރީފް،
ކުޅުދުއްފުށި ބަނދަރުގައި އޮތް ހދ. ކުރިނބީ ދޯންޏަކަށް އަރާ ހުއްޓާ ފުލުހުން ޙުސައިން ޝަރީފް ކުޅުދުއްފުށި
ޕޮލިސް ސްޓޭޝަނަށް ޙާޒިރުކޮށް ޙުސައިން ޝަރީފްގެ ލަގެޖާއި ހަށިގަނޑު ބަލާފާސްކުރިއިރު ޙުސައިން ޝަރީފް
ގެންގުޅުނު އަތް ދަބަހުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅެއް ފުލުހުންނަށް
ފެނިގެންކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ
ންނަކަމާއިގެ
ދިވެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
2009 އޯގަސްޓް 20 ވަނަ ދުވަހު ޙުސައިން ޝަރީފްގެ ރަށް ކަމުގައިވާ ހދ. ކުރިނބި އަށް
ދިއުމަށްޓަކައި ހދ. ކުޅުދުއްފުށީގައި ދުއްވާ ”ބަހާދަރު، ބޯޓުން ހދ. ކުޅުދުއްފުށްޓަށް ދިޔުމަށްފަހު، ”ބަހާދަރު“
ބޯޓުގައި ޙުސައިން ޝަރީފްގެ ލަގެޖް ބެހެއްޓުމަށްފަހު ބޭންކް އޮފް މޯލްޑިވްސްގެ ކުޅުދުއްފުށި ބްރާންޗަށް ގޮސް
އައިއިރު، ހދ. ކުރިނބި ދޯންޏެއް އޮތުމުން އެ ދޯންޏަށް ޙުސައިން ޝަރީފްގެ ލަގެޖް އެރުވުމަށްފަހު ޙުސައިން
ޝަރީފްއާއި އެ ދޯނީގައި ތިބި މީހުން ސައިބޯން ދިޔަކަމާއި، ސައި ބޮއި ނިމިގެން އައިސް ދޯންޏަށް އަރައި އިންދާ
ފުލުހުން އައިސް ޙުސައިން ޝަރީފް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ޙާޟިރުކުރިކަމާއި، ޙުސައިން ޝަރީފް
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ޙާޟިރުކުރުމަށްފަހު ޙުސައިން ޝަރީފްގެ ލަގެޖާއި އަންނައުނާއި ހަށިގަނޑު
ބަލާ ފާސްކުރިކުރުމުން ޙުސައިން ޝަރީފް ގެންގުޅުނު އަތްދަބަހެއްގެ ތެރެއިން ކޮންމެ ވެސް އެއްޗެއްހުރި ކުޑަ
ފުޅިއެއް ކަހަލަ އެއްޗެއް ފުލުހުން ނެގިކަމާއި، ފުލުހުން ނަގާފައިވާ އެއްޗަކީ ކޮން ވަގުތެއްގައި ކިހިނެއް ޙުސައިން
ޝަރީފްގެ ދަބަހަށް ވަދެފައިވާ އެއްޗެއްކަމެއް ޙުސައިން ޝަރީފަށް ނޭނގޭކަމަށް ހުސައިން ޝަރީފް ބުނެފައިވާކަން
އެނގެން އޮންނަކަމާއިގެ
ހުސައިން ޝަރީފް މާލެއިން ރަށަށް ގެންދިއުމަށް ގެންދިޔަ އިތުރު ފޮށިގަޑުތަކާއި އެހެނިހެންތަކެތިވެސް
ދޯނީގައިހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ހަމައެކަނި ގެންދިޔައީ ޙުސައިން ޝަރީފްގެ ދަބަސްކަމަށްވެފައި ޢާއްމު
ޙާލަތުގައި ފުލުހުން ޢަމަލުކުރާ އުޞޫލާޚިލާފަށް ފުލުހުން އެވަގުތު އެދަބަސް ޗެކްނުކޮށް އަދި ދޯނި ތެރެއިން
ފުލުހުންނާ ދަބަސް ޙަވާލުކުރިގޮތަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ޙުސައިން ޝަރީފް ގެނެސް ވަކި
ކޮޓަރިއެއްގައި ބަހައްޓައި އޭގެ 15 ވަރަކަށް މިނިޓް ފަހުން ފުލުހުން އެދަބަސް ހިފައިގެން އަންނަންދެންވެސް
ދަބަސްއޮތީ ފުލުހުންގެ އަތުގައި ކަމަށްވުމުން، މަސްތުވާތަކެތި ހުރި ދަޅު ނެގިކަމަށް ފުލުހުންބުނާ ދަބަހަށް ސީދާ
ފުލުހުން ތުހުމަތުކުރާ ދަޅުލުމުގެ އިޙްތިމާލު އޮތްކަމަށް ޙުސައިން ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ފާހަގަކޮށް، ޙުސައިން ޝަރީފްގެ ދަބަހަށް މަސްތުވާ ތަކެތި ލުމުގެ ތުހުމަތު ފުލުހުންގެ މައްޗަށް ކޮށްފައިވާއިރު
އަދި އެ ދަބަހުން ފެނިފައިވާ މަސްތުވާ ތަކެއްޗަކީ، ޙުސައިން ޝަރީފްގެ އެއްޗެއް ނޫންކަމަށާއި، އެއީ ކޮންމެވެސް
މީހަކު އެ ދަބަހަށް ލައިފާވާ އެއްޗެއްކަމަށް ޙުސައިން ޝަރީފްގެ ފަރާތުން ތަޙްޤީޤުގައި ފާހަގަކޮށްފައިވާއިރު،
ފުލުހުންގެ ބެލުމުގެ ދަށަށް ޙުސައިން ޝަރީފްގެ ދަބަހާއި ޙުސައިން ޝަރީފް ގެނެވިފައިވަނީ އެކު
އެކީގައިކަން މިމައްސަލައިގައި ސީނަށް ދިޔަ ފުލުހުން ދީފައިވާ ބަޔާންތަކުން އެނގެން އޮތުމުގެ
ދިވެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/23
ޙުސައިން ޝަރީފްއާއި ޙުސައިން ޝަރީފްގެ ދަބަސް ފުލުހުން ގެންގޮސްފައިވަނީ އެއްކޮށް ކަމަށް ޝަރީޢަތުގެ
މަޖިލީހުގައި ޙުސައިން ޝަރީފްއާއި ސުވާލުކުރުމުން ބުނެފައިވާކަން އެނގެން އޮވެފައި، އެކަށީގެންވާ ސަބަބެއް
އޮވެގެން ތުހުމަތު ކުރެވޭ ފަރާތް ބަލައި ފާސް ކުރަންޖެހެނީ ހުއްޓުވާ ވަގުތު ހުއްޓުވި ތަނެއްގައި ވަގުތުންކަމަށް
އެއްވެސް އިޖުރާއީ ޤާނޫނެއްގައި ލާޒިމްކޮށްފައި ނެތްއިރު މިމައްސަލައިގެ ޙާލަތަށް ބެލުމަށްފަހު، ޙުސައިން
ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށާގުޅިގެން ވަގުތުން ބަލައި ފާސްކުރުމުގެ ބަދަލުގައި ތުހުމަތު ކުރެވޭ
ކުށާއި ގުޅުންހުރި ޙުސައިން ޝަރީފްގެ ތަކެއްޗާއެކު ޙުސައިން ޝަރީފް ޕޮލިސް ސްޓޭޝަނަށް ޙާޟިރުކޮށް ބަލައި
ފާސްކުރުމަކީ އެކަމުގެ މައްޗަށް ހަމަ އެކަނި ބިނާކޮށް ޙުސައިން ޝަރީފްގެ ދަބަހަށް ފުލުހުން މަސްތުވާތަކެތި
ލީކަމަށް ބެލެވެންޖެހޭ ސަބަބަކަށް ނުވާއިރު، އެފަދަ ކަމެއް ފުލުހުން ކުރަންވީ އެކަށީގެން ސަބަބެއް ޙުސައިން
ޝަރީފްގެ ފަރާތުން ބަޔާންކޮށްފައިނުވާކަމާއި،
މިމައްސަލައިގާ ހިމެނޭ މަސްތުވާތަކެތި ފެނިފައިވާ ދަބަހަކީ ޙުސައިން ޝަރީފްގެ ދަބަހެއްކަން ޙުސައިން
ޝަރީފްގެ އަމިއްލަ އިޢްތިރާފުން ޝަރީޢަތަށް ސާބިތުވާއިރު، އެތަކެއްޗަކީ މީހަކު ލީ އެއްޗެއްކަން ނުވަތަ އެތަކެތި
މީހެއް ސާބިތުކޮށް ނުދެވޭނެކަމަށާއި، އެކަން ސާބިތުކުރުމަށް ހުށަހަޅާނެ ކަންތައްތަކެއްވެސް ނެތްކަމަށް
ޙުސައިން ޝަރީފް މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2013 ޖެނުއަރީ 23 ވަނަ
ދުވަހު ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.
(ނ) މިމައްސަލައާ ގުޅިގެން ޙުސައިން ޝަރީފް ގެންގުޅުނު އަތް ދަބަހުގެ ތެރެއިން ފެނުނު ދަޅުގައި
0.8708 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލް އާއި 0.1190 ގްރާމް ކެނަބިނޯލް ހުރިކަން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފޮރިންސިކް ޑިޕާރޓްމެންޓްގެ ނަންބަރު 2009
/
1397/FSD
(
D
-
DR (30 އޮގަސްޓް 2009)
"ލެބޯޓްރީ ތަޙްލީލް ރިޕޯރޓް“ އިން އެނގެން އޮންނައިރު،
ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރުގައި މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް ބޭނުންކުރުމަކީ ނުވަތަ
ނުންކުރުމަށްޓަކައި
އަތުގައިބެހެއްޓުމަކީ ކުށެއްކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި އެމީހެއްގެ އަތުގައި ހުރީ އެއް ގްރާމް ނުވަތަ އެއް
ގްރާމަށްވުރެ މަދުން ކަމުގައިވާނަމަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަ
ނުންކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށް
Occ
ދިވެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
ބެލޭނެކަން ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 4 މާއްދާގެ (ނ) އިން އެނގެން
އޮންނަކަމާއި؛
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ކާފީ
ޤާނޫނީ ޤަރީނާއެއްކަން ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ށ) އާއި،
އެޤާނޫނުގެ 4 ވަނަ މާއްދާގެ (ނ)ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން އެނގެން އޮންނަކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި ”މުޠުލަޤު
މަސްއޫލިއްޔަތު ޤާނޫނީގޮތުން އުފުލަންޖެހޭ ކުށެއްކަމަށާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި
ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ ”ޤާނޫނީ ޤަރީނާ، އެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
08/SC
-
A/2008 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއިގެ
އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު އުފުލަންޖެހޭކަމާއި،
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ
އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ
ފެނުނު މީހާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 07/SC-A/2010 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 212/HC-A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނައިރު،
މައްސަލައިގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތި އަޅާފައިވާ ދަޅު ފެނިފައިވަނީ، ޙުސައިން ޝަރީފްގެ
އަތްދަބަހުގެ ތެރެއިންކަމަށްވާއިރު، އެ އަތްދަބަސް ބަލާ ފާސްކޮށްފައިވަނީ ޙުސައިން ޝަރީފްގެ ހާޒިރުގައި
ކަމަށްވެފައި، އެދަބަހުން ފެނުނު މަސްތުވާތަކެތި ޙުސައިން ޝަރީފަށް އެވަގުތު ދައްކައި ސުވާލުކުރުމުން
އެތަކެއްޗަކީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނިނަމަވެސް، ޝަރުޢީ ހަމަތަކުގެ މަތިން އެތަކެތީގެ ޒިންމާ އުފުލާނެ
އެހެން ފަރާތެއް ޙުސައިން ޝަރީފަށް ދެއްކިފައިނުވާތީ، ޙުސައިން ޝަރީފްގެ އަތްދަބަސް ބަލައި ފާސްކުރުމުގެ
ތެރޭގައި އެދަބަހުގެ ތެރެއިން ފެނުނު ދަޅުގައި ހުރި މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ޒިންމާ، ޝަރީޢަތާއި
ޤާނޫނުގެ ކުރިމަތީގައި އުފުލަންޖެހޭ ފަރާތަކީ އެދަބަހުގެ ވެރިފަރާތުގެ ހައިސިއްޔަތުން ޙުސައިން ޝަރީފްކަމަށް
ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ
މަތިން ބަލަންޖެހޭކަމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު
CUO
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
2011/Cr-C/910 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް
ނުފެނެއެވެ.
ދެވަނަ: އަޣްލަބިއްޔަތު ރައުޔު (ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އާއި ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔު)
އާއި އެރައުޔު ބިނާކުރެވިފައިވާ އަސާސްތައް:
ހ) ފުރަތަމަ ކަމަކީ، ހދ.ކުރިނބި ހީނާމާގެ ޙުސައިން ޝަރީފު 2009 އޮގަސްޓް 20 ވަނަ ދުވަހު،
ހދ.ކުޅުދުއްފުށީގައި ދުއްވާ "ބަހާދަރު ބޯޓުން، ހދ.ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް،
ދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި
އޮޕަރޭޝަނެއްގައި، ޙުސައިން ޝަރީފް ހދ.ކުޅުދުއްފުށި ބަނދަރުގައި އޮތް ހދ.ކުރިނބީ ދޯންޏަކަށް އަރާހުއްޓާ،
ފުލުހުންގެ ބޭކަލުން ޙުސައިން ޝަރީފް ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ގެންގޮސް ޙުސައިން ޝަރީފްގެ
ލަގެޖާއި ޙުސައިން ޝަރީފްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، ޙުސައިން ޝަރީފް ގެންގުޅުނު އަތްދަބަހުގެ
ތެރެއިން ފެނުނު ދަޅެއްގައި ބަރުދަނުގައި 0.8708 ގްރާމް ޓެޓްރާހައިޑްރޯނިކް ކެނަބިނޯލް އާއި، ބަރުދަނުގައި
0.1190 ގްރާމް ކެނަބިނޯލް ހުރިކަމަށް އޭގެ ތަޙްލީލުތަކުން ދައްކާކަމަށް ބުނެ، ޤާނޫނު ނަންބަރު 17/77
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ބ) ގެ
ދަށުން ޙުސައިން ޝަރީފްގެ މައްޗަށް، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ދަޢުވާކޮށްފައިވާއިރު، މިދަޢުވާއަށް ޙުސައިން ޝަރީފް އިންކާރުކުރާކަން ޙުސައިން ޝަރީފްގެ ފަރާތުން
ތަޙްޤީޤަށާއި، ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، މިދަޢުވާއަށް އިންކާރުކުރަމުން ޙުސައިން ޝަރީފްގެ ފަރާތުން ދަށުކޯޓުގައި އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކަށް ބެލުމުން މިމައްސަލައިގައި ކަން ހިނގާދިޔަ ގޮތްކަމަށް ޙުސައިން
ޝަރީފް ބުނެފައިވަނީ، މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ޙަވާލާދޭ ދަބަހަކީ ޙުސައިން ޝަރީފްގެ ދަބަހެއް
ނަމަވެސް އެދަބަހަކީ ތަޅުލާފައިވާ ދަބަހެއް ނޫންކަމަށާއި، އެދަބަސް އެންމެ ފުރަތަމަ އޮތީ ކުޅުދުއްފުށްޓަށް އައި
ބޯޓުގައި ކަމަށާއި، ކުޅުދުއްފުށްޓަށް ބޯޓު ލެފުމަށްފަހު ޙުސައިން ޝަރީފް ރަށަށް ދިއުމަށްޓަކައި، ހދ.ކުރިނބީން
ދިވެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
Ocox
އައި ދޯންޏަކަށް ދަބަސްލުމަށްފަހު، ދިޔައީ ބެންކަށް ކަމަށާއި، ބެންކަށް ގޮސް ފުރަން ދޯންޏަށް އެރިތަނާ ފުލުހުން
ދޯނިދޮށަށް އައިސް ޙުސައިން ޝަރީފް ގާތު ޙުސައިން ޝަރީފްގެ ދަބަސް ހިފައިގެން ފުލުސް އޮފީހަށް އައުމަށް
ބުނިކަމަށާއި، ފުލުހުން އެވަގުތު އެދަބަސް ޗެކް ނުކުރާކަމަށާއި، ދޯނީގައި ޙުސައިން ޝަރީފްގެ އެހެން
ފޮށިތައްވެސް ހުރިއިރު އެއިން އެއްވެސް ފޮށްޓެއްވެސް ފުލުހުން ނުބަލާކަމަށާއި، އަދި ފުލުހުން އެދޯނީގައި އެވަގުތު
އެދަބަސް ޗެކް ކޮށްފައިނުވާކަމަށާއި، ދޯނި ތެރެއިން ފުލުހުންނާ ދަބަސް ޙަވާލުކުރުމަށްފަހު، ކުޅުދުއްފުށި ޕޮލިސް
ސްޓޭޝަނަށް ޙުސައިން ޝަރީފް ގެނެސް ވަކިކޮޓަރިއެއްގައި ޙުސައިން ޝަރީފް ބަހައްޓައި، އޭގެ 15 ވަރަކަށް
މިނެޓް ފަހުން ފުލުހުން އެދަބަސް ހިފައިގެން އަންނަންދެންވެސް ދަބަސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި
ކަމަށާއި، މިހެންކަމުން މިދަބަހަށް އެހެން މީހަކު އެއްޗެއް ލުމުގެ އިޙްތިމާލު އޮތްކަމަށާއި، އެއީ ޙުސައިން
ޝަރީފްގެ އެއްޗެއް ނޫންކަމަށާއި، އެއީ އެހެން މީހަކު އެދަބަހަށް ލީއެއްޗެއްކަން ޔަޤީންވާކަމަށް ޙުސައިން
ޝަރީފްގެ ފަރާތުން ބުނާކަން އެނގޭކަމެވެ.
ޑމޑ 8 *ފ
UCO
ނ) ތިންވަނަ ކަމަކީ، މީހެއްގެ ޙިޔާޒަތުގެ ދަށުގައި މަސްތުވާތަކެތި ހުއްޓާފެނުމަކީ، އުޞޫލެއްގެ ގޮތުން
އެކަމުގެ ޒިންމާ ޤާނޫނީ ގޮތުން އެމީހަކު އުފުލަންޖެހޭފަދަ ބެއްކަމަށް ބެލެވުނު ކަމުގައިވިޔަސް، އެމީހަކު
ކުށެއްކޮށްފައިވާކަން ކަނޑައެޅިގެން ސާބިތުވާ މިންވަރަށް ހެކި ނުވަތަ ޤަރީނާ ލިބިފައިނެތީސް، އަދި އެމީހަކު
އްކޮށްފައިވާކަމާ ނުވަތަ ޝަރުޢީ އަދި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ޙާލަތެއްގައި މީހެއްގެ މައްޗަށް ކުށް
ސާބިތުވާކަމަށް ބެލުމަކީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ކަމަކަށްނުވާނެކަމާއި
ޖިނާއީ މައްސަލައެއް ޝަރީޢަތުން ސާބިތުވާކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ މިންގަނޑަކީ،
އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވުންކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގެން އޮންނައިރު، ޖިނާއީ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ހެކިތަކާއި ދަލީލުތައް މައްސަލަ ބައްލަވާ ފަނޑިޔާރު ތަޤްވީމުކޮށް
ވަޒަންކުރުމަށްފަހު، އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް
ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ
މައްސަލައެއްގައި ޙުކުމްގެ ނުވާނެކަމީ ޤަރީނަތުލްބަރާއާގެ ޢާއްމު ޤާނޫނީ މަބްދައުގެ އެންމެ މުހިއްމު
:* 4
ކުމްކޮށްގެން
744
ދިވެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
.
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
6 24
އެއްޚާއްޞިއްޔަތުކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 01/SC-A/2012
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކަށް ބެލުމުން އެނގެން އޮންނައިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ޙުސައިން ޝަރީފްގެ މައްޗަށް ދައުލަތުން
ތުހުމަތުކޮށްފައިވާ ކުށް ސާބިތުކުރުމުގެ ގޮތުގެ ޝަރީޢަތަށް ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށާއި، މިމައްސަލައިގައި
ކަން ހިނގާދިޔަ ގޮތްކަމަށް ބުނެ ހުށަހެޅި ވަޤާއިޢުތަކުގެ މައްޗަށާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި
ކަންކަމުގެ މައްޗަށް ބަލާއިރު، ޙުސައިން ޝަރީފްގެ ފަރާތުން މިދަޢުވާއަށް އިންކާރުކުރަމުން އޭނާގެ ދިފާޢުގައި
ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި ހިމެނޭކަންކަމުގެ މައްޗަށް ބަލާއިރު، ޙުސައިން ޝަރީފްގެ މައްޗަށް ތުހުމަތު
ކުރެވިފައިވަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުން ކަމުގައިވާއިރު،
ޙުސައިން ޝަރީފްގެ އިތުރު އެހެނިހެން ފޮށިތައްވެސް އެދޯނީގައި ހުރިއިރު، ފުލުހުން ބުނެފައިވަނީ ހަމައެކަނި
ޙުސައިން ޝަރީފް ގެންގުޅުން އަތްދަބަސް ހިފައިގެން އައުމަށްކަމާއި، މިއަތްދަބަސް ޙުސައިން ޝަރީފްގެ
ޙާޟިރުގައި ދޯނީގެ ތެރޭގައި ބަލައި ފާސްކޮށްފައިނުވާކަމާއި، މިއަތްދަބަސް ފުލުހުންގެ ބެލުމުގެ ދަށަށް
ގެންދިއުމަށްފަހު ޙުސައިން ޝަރީފް ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް
ދެވެންދެން މިއަތްދަބަސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމާއި، އަދި ޕޮލިސް ސްޓޭޝަނަށް ދެވުމަށްފަހު
މިއަތްދަބަސް ބަލައި ފާސްކޮށްފައިވަނީ މިއަތްދަބަސް ޙުސައިން ޝަރީފް ހުރި ތަންނޫން އެހެންތަނަކަށް
ގެންދެވުނުތާ 15 މިނެޓް ފަހުންކަމަށް ޙުސައިން ޝަރީފް ބުނާއިރު، ކަންހިނގީ މިނޫން ގޮތަކަށް ކަމަށް ދައުލަތުގެ
ފަރާތުން ބުނެފައިނުވާކަމާއި، މީގެ އިތުރުން ޙުސައިން ޝަރީފްގެ އަތްދަބަހުން ފެނިފައިވާ މަސްތުވާއެއްޗަކީ އެހެން
މީހަކު އެއަތްދަބަހަށް އެއްޗެއްކަމަށް ޙުސައިން ޝަރީފް ބުނާއިރު، އެކަން އިތުރަށް ކަށަވަރު ކޮށްދިނުމަށް
އެއަތްދަބަހުން ފެނުނު ކަމަށްބުނާ ދަޅުން ޙުސައިން ޝަރީފްގެ ފިންގަރ ޕްރިންޓް ލިބޭތޯ ބަލާފައިނުވާކަމާއި، އަދި
މިތަކެއްޗަކީ ޙުސައިން ޝަރީފްގެ އެއްޗެއް ނޫންކަމަށް ބުނެ އަދި ފުލުހުން މިމައްސަލައިގައި ކަން ކުރިގޮތްކަމަށް
ބުނެ ޙުސައިން ޝަރީފްގެ ފަރާތުން ފާހަގަކުރި ސަބަބުތައް އެފަދައިން ހުރެފައި، މިމައްސަލަ ކްރިމިނަލްކޯޓުގައި
ހިނގާދިޔައިރު، މިމައްސަލައިގެ ޙާދިސާ ހިނގިއިރު ސީންގައި ޙަރަކާތްތެރިވި އެއްވެސް ފުލުހަކު ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކޮށް އެއިން އެއްވެސް ފަރާތެއްގެ ހެކިބަސްވެސް ނަގާފައިނުވާކަމާއި،
ދިވެހިރާ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/233
މިހެންކަމުން މިމައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ކަން ހިނގާދިޔަ ގޮތުގެ މައްޗަށާއި،
މައްސަލައިގައި ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށާއި، މައްސަލައިގައި ފުލުހުންގެ ފަރާތުން ޢަމަލުކޮށްފައިވާގޮތަށާ ،
މައްސަލައިގެ ވަށައިގެން ހުރި އެންމެހައި ކަންކަމުގެ މައްޗަށް ބެލުމުން، މިމައްސަލައިގައި ދައުލަތުގެ ފަރާތުން
ހެކި ހުށަހެޅިފައިވާ މިންވަރުގެ މައްޗަށް އެކަނި ބުރަވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ
އިސްވެބަޔާންކުރެވިފައިވާ ޤާނޫނީ ހަމަތަކުގެ މަތިން، ޙުސައިން ޝަރީފްގެ މައްޗަށް، ޤާނޫނު ނަންބަރު 17/77
( ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ބ) ގެ
ދަށުން ހުށަހަޅާފައިވާ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ
މިންވަރަށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަމަށް ޤަބޫލުނުކުރެވޭކަމެވެ.
ޝައްކެއްނުވާ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު، ޤާނޫނު ނަންބަރު 17/77
މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ބ) ގެ
ދަށުން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/910 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ޙުސައިން ޝަރީފްގެ
މައްޗަށް ހުށަހަޅާފައިވާ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ
ޝައްކެއްނެތް
މިންވަރަށް ސާބިތުވާކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އަޣުލަބިއްޔަތަށް ނުފެނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/910 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ބާޠިލްކޮށްފީމެވެ.
cc
މައިކޯ
ބައިކް
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.