ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/222 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/222
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 222/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ގދ. ގައްދޫ ކައުންސިލް
ދާއިމީ އެޑްރެސް: ގދ. ގައްދޫ ކައުންސިލްގެ އިދާރާ
މިހާރުގެ އެޑްރެސް: ގދ. ގައްދޫ ކައުންސިލްގެ އިދާރާ
ކައުންސިލުގެ ފަރާތުން: އަޙްމަދު ނަޞީރު ގދ. ގައްދޫ ރެވި
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙަސަން ޢަލީ
ދާއިމީ އެޑްރެސް: ސޯމިލް/ ގދ. ގައްދޫ
މިހާރުގެ އެޑްރެސިސޯމިލް ގދ. ގައްދޫ
ހ324
އައިޑީ ކާޑު ނަންބަރ: A098493
OC.
• ހުށަހެޅުނު ތާރީޚް: 05 އޯގަސްޓް 2012
ނިމުނު ތާރީޚް: 26 ސެޕްޓެމްބަރ 2012
• މައްސަލައިގެ ބާވަތް: ރުއްގަހުގެ މިލްކް ސާބިތުކުރުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފް ޙުސައިން
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/222
ދަޢުވާގެ ޚުލާޞާ
މިއީ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/75 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ގދ. ގައްދޫ ކައުންސިލްގެ އިދާރާގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ގދ. ގައްދޫ ސޯމިލް ޙަސަން ޢަލީއެވެ.
2 2 2 4 8
4
4 ޑ
Occ.
ރެވުނު ނުކުތާތައް:
01- ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/75 ގދ. ގައްދޫ ސޯމިލް
ޙަސަން ޢަލީ އޭނާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގައްދޫ ސޯމިލް ގޯތީގެ އިންވެގެން އަތިރިމަތީ (އިރުމަތީ
ފަރާތު) ގައި އިންދާ ހައްދާފައިވާ 10 ރުކުގެ މިލްކުވެރިކަން ސާބިތުކުރުމަށް އެދި ގައްދޫ ކައުންސިލްގެ އިދާރާގެ
މައްޗަށް ދަޢުވާކޮށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެ
ކަމާއި؛
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: ”އިސްވެދިޔަ ނުކުތާތަކަށް ބަލާއިރު ގައްދޫ ސޯމިލް
ޙަސަން ޢަލީ ގައްދޫ ކައުންސިލް އިދާރާގެ މައްޗަށް ހުށަހަޅާގެން ބެލެވެމުންދާ ގައްދޫ ސޯމިލް ގޯތިން ބޭރުގައި
(އިރުމަތީ ފަރާތު އަތިރިމަތީގައި) ސޯމިލް ގޯއްޗާއި އިންވެގެން އިންދާ ހައްދާފައިވާ 10 ރުކުގެ މިލްކުވެރިކަން
ސާބިތުކުރަންއެދޭ މައްސަލާގައި ސޯމިލް ގޯތީގެ އިރުމަތީފަރާތު އަތިރިމަތީގައި ސޯމިލް ގޯތީގެ އިމާއި އިންވެގެން
އިންދާ ހައްދާފައިވާ 10 (ދިހައެއް) ރުކަކީ ޙަސަން ޢަލީ އެސަރަޙައްދު ގިރާތީ ފަސްގަޑު ހިފެހެއްޓުމަށާއި
ނިވަލަކަށް އިންދާ ހައްދާފައިވާ އޭނަގެ އަމިއްލަ މިލްކު ދިހަ ރުއްގަސްކަން ޙަސަން ޢަލީގެ ބަހުންނާއި
މިމައްސަލައަށް ހެކިބަސްދީފައިވާ ހެކީންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީ މިރުއްތައް ސާފުކޮށް
ބެލެހެއްޓުމާއި އެރުއްތަކުން އަޅައި، ކެއުމުގެ އެންމެހައި ބާރެއް ލިބިގެންވަނީ ޙަސަން ޢަލީއަށް ކަމަށާއި
ނަމަވެސް މިރުއްތައް ހުރިބިން ސަރުކާރުގެ ބޭނުމަކަށް ނުވަތަ އަމިއްލަ ފަރާތެއް ދިރިއުޅުމަށް ދޫކޮށްފިނަމަ
އެއްވެސް ބަދަލެއްނެތި މިރުއްތައް ކަޑާލުމުގެ ބާރު އެފަރާތަކަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ޙުކުމްކޮށް
މިޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
CCXO
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/222
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/Q4MC/75 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށްބުނެ، ގދ. ގައްދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއީ،
• ޙުކުމް ކުރެއްވުމުގައި ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގެ
2 ވަނަ މާއްދާ، 3 ވަނަ މާއްދާގެ (ހ) އަދި (ށ)، 4 ވަނަ މާއްދާ، 5 ވަނަ މާއްދާގެ (ހ)، (ނ)، (ނ)
އަދި 6 ވަނަ މާއްދާއަށް ފުރިހަމައަށް ރިޢާޔަތްކުރެވިފައިވާ ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ
ނަކު ބައެވެ.
03- ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/75 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގދ. ގައްދޫ ކައުންސިލްގެ އިދާރާގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ގދ. ގައްދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) އިސްތިއުނާފު މިކުރެވޭ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/75
ޤަޟިއްޔާގައި ދަޢުވާކޮށްފައިވާ އަދި ހައިކޯޓުގެ މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތް ކަމުގައިވާ ގދ.
ގައްދޫ ސޯމިލް ޙަސަން ޢަލީ މިމައްސަލައިގެ ޝަރީޢަތް ހިންގުމަށްޓަކައި 2012 ސެޕްޓެމްބަރ 17 ވަނަ
ދުވަހުގެ 11:00 އަށް ހައިކޯޓަށް ޙާޒިރުވުމަށް އަންގާ 2012 ސެޕްޓެމްބަރ 02 ވަނަ ދުވަހު ޙަސަން ޢަލީ
އާއި ޙަވާލުކުރެވިފައިވާ މިކޯޓުގެ ނަންބަރު HCB5
/
2012
/
333 (23 އޮގަސްޓް 2012) ”ކޯޓަށް ޙާޒިރުވުމުގެ
އަމުރު“ ގައިވާ ގޮތުގެ މަތީން ކޯޓަށް ހާޒިރުވެފައި ނުވާއިރު، ޙާޒިރުނުވެވުނު ސަބަބުވެސް އަންގާފައި
ނުވާކަމާއި، އިސްވެ އިޝާރާތް ކުރެވުނު ކޯޓަށް ޙާޒިރުވުމުގެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ޙާޒިރު
Aއ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/222
ނުވެއްޖެނަމަ ޙަސަން ޢަލީގެ ޣައިރު ޙާޒިރުގައި މައްސަލަ ހިންގޭނެކަން އެއަމުރުގައި ލިޔެ އެކަން ޙަސަން
ޢަލީއަށް އެންގިފައިވާތީ، މިމައްސަލަ ހިންގިފައިވަނީ ޙަސަން ޢަލީގެ ޣައިރު ޙާޒިރުގައެވެ.
(ނ) ގދ. ގައްދޫ ސޯމިލް ޙަސަން ޢަލީ އޭނާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގައްދޫ ސޯމިލް
ގޯތީގެ އިންވެގެން އަތިރިމަތީ (އިރުމަތީ ފަރާތު) ގައި އިންދާ ހައްދާފައިވާ 10 ރުކުގެ މިލްކުވެރިކަން
ސާބިތުކުރުމަށް އެދި ގައްދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާކޮށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް
މިއިސްތިއުނާފުކުރެވޭ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/75 ޤަޟިއްޔާގެ ދަށުން
ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.
32 ހތހ3
(ނ) މީހުންއުޅޭ ރަށްރަށުގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި
ބޭނުމަށް އެކިފަރާތްފަރާތާ ހަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް އިންދަން ވާނީ،
މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާ ގޮތެއްގެމަތިން، ރަށުއޮފީހުން ހުއްދަ
ފަހު، އެއޮފީހުން ކަނޑައަޅާ ދައްކާ ތަނެއްގައި
ތަނެއްގައިކަމަށް ޤާނޫނު ނަންބަރު 21/98 (މީހުންއުޅޭ ރަށްރަށުގެ
ރުއްގަހާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށް
iށްފައިވާކަމާއިގެ
އެޤާނޫނަށް ޢަމަލުކުރަން ފަށާއިރު، މީހުންއުޅޭ ރަށްރަށުގައި އެރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ
ގޮތުގައި ހުންނަ ރުއްގަހާއި، އެޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، މިނިސްޓްރީ އޮފް އެޓޮލްސް
އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ގޮތެއްގެމަތިން އެއަތޮޅެއްގެ އަތޮޅު އޮފީހުން ހަމަޖައްސާ ތަންތާނގައި،
އެރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި އިންދާ ހައްދާ ރުއްގަމާއި، އެރަށެއްގައި ހުންނަ މީސްމީހުންގެ
އަމިއްލަ ރުއްގަސް ފިޔަވައި އެރަށެއްގައި ހެދޭ އެންމެހާ ރުއްގަހަކީ، އެރަށެއްގެ ރައްޔިތުންގެ ރުއްގަސްކަމަށް،
މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާކަމާއި،
އަދި މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެތެރޭގައި ހިމެނޭނީ
ހަމައެކަނި، މީހުންއުޅޭ ރަށްރަށުގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް
އެކިފަރާތްފަރާތާ ހަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތަނުގައާއި، މީހުންއުޅޭ ރަށްރަށުގެ
83
* 4
ރުއްގަހާބެހޭ
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/222
ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ
ގޮތެއްގެމަތިން އެއަތޮޅެއްގެ
އްގެ އަތޮޅު އޮފީހުން ހަމަޖައްސާ ތަންތާނގައި، އެއްވެސް މީހެއްގެ މަސައްކަތަކާ ނުލާ
އޭގެއަމިއްލަ ޒާތުގައި ހެދި ބޮޑުވާ ރުއްގަސް އެކަނި ނޫންކަމާއި، އެފަދަ ތަންތާނގައި އެކިފަރާތްތަކުން އިންދާ
ހައްދާ ރުއްގަސްވެސް އެމާއްދާގެ ތެރޭގައި ހިމެނޭނެކަމާއި، އެހެންކަމުން އެފަދަ ރުއްގަސްވެސް ވާނީ އެރަށެއްގެ
ރައްޔިތުންގެ ރުއްގަހަށްކަން އެނގެއެވެ.
(ހ) ޤާނޫނު ނަންބަރު 21/98 (މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގެ 2 ވަނަ
މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން މީސްމީހުން އިންދައި ހައްދާ އަމިއްލަ ރުއްގަސް މިނިސްޓްރީ އޮފް
އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅައި ގޮތެއްގެ މަތީން، އެރަށެއްގެ ރަށު އޮފީހުގައި ރަޖިސްޓްރީ
ކުރަންވާނެ ކަމަށް، މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާއިރު،
ހަމަ މިމާއްދާގެ (ށ) ގައި މިޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން ތިން އަހަރު ދުވަހުގެ ތެރޭގައި
އެރުއްގަސް ރަޖިސްޓްރީކޮށް ނިންމަންވާނެ ކަމަށް ބަޔާންކޮށްފައިވުމުން، މިޤާނޫނުގެ ދަށުން ރުއްގަސް
ރަޖިސްޓްރީކުރުމަށްޓަކައި ތަޤާދުމުގެ މުއްދަތެއް (Limitation Period) ކަނޑައެޅިފައިވާ ކަމާއި،
އެމުއްދަތުގައި ރަޖިސްޓްރީގެ ކަންކަން ނުނިންމައިފިނަމަ ނުވަތަ އެމުއްދަތުގައި ރަޖިސްޓްރީގެ ކަންކަން
ނިންމުމަށް ކަމާއިބެހޭ ފަރާތަށް ހުށަނުއަޅައިފިނަމަ ބެލެވޭނީ ޤާނޫނީގޮތުން އެފަދަ ރުއްގަހުގެ މައްޗަށް އޮތް
މިލްކުވެރިކަމުގެ
.ގެ ޙައްޤު އެމީހަކު އަމިއްލަ އިޚްތިޔާރުގައި ދޫކޮށްލިކަމަށް ކަމާއި، އިސްވެއިޝާރާތްކުރެވުނު ދިހަ
ރުކުގެ މިލްކުވެރިކަން ސާބިތުކުރުމަށްޓަކައި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ޙަސަން ޢަލީގެ ފަރާތުން
މައްސަލަ ހުށަހަޅާފައިވަނީ 2011 ސެޕްޓެމްބަރ 20 ވަނަ ދުވަހުކަން މިއިސްތިއުނާފުކުރެވޭ ގދ. ގައްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/75 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮތްއިރު، އެއީ ޤާނޫނު ނަންބަރު 21/98 (މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު)ގެ ދަށުން ރުއްގަސް
ރަޖިސްޓްރީ ކުރުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތުގެ މާފަހުގެ ތާރީޚަކަށްވުމުން އިޝާރާތްކުރެވުނު ރުއްތަކުގެ
މިލްކްވެރިކަން ޙަސަން ޢަލީގެ މައްޗަށް ޤާނޫނީ ގޮތުން ސާބިތުކުރެވޭނެ ހަމައެއް ނެތްކަން އެނގެއެވެ.
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/222
ވީމާ، އިސްފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ގދ. ގައްދޫ ސޯމިލް ގޯތީގެ އިރުމަތީފަރާތު
އަތިރިމަތީގައި ސޯމިލް ގޯތިގެ އިމާއި އިންވެގެން އިންދާ ހައްދާފައިވާ 10 (ދިހައެއް) ރުކަކީ މިނިސްޓްރީ އޮފް
އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ގޮތެއްގެމަތިން އެއަތޮޅެއްގެ އަތޮޅު އޮފީހުން ހަމަޖައްސާފައިވާ
ތަނެއްގައި އެފަރާތުގެ ހުއްދައާއެކު ޙަސަން ޢަލީ އިންދާ ހައްދާފައިވާ ރުއްގަސްކަމަށް ނުވެފައި، އަދި ޤާނޫނު
ނަންބަރު 21/98 (މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގައި އެފަދަ ރުއްގަސް ރަޖިސްޓްރީ ކުރުމަށް
ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ނުވާކަން އެނގެން އޮތުމުން ސޯމިލް ގޯތީގެ އިރުމަތީފަރާތު
އަތިރިމަތީގައި ސޯމިލް ގޯތީގެ އިމާއި އިންވެގެން އިންދާ ހައްދާފައިވާ 10 (ދިހައެއް) ރުކުގެ މިލްކުވެރިއަކީ
ޙަސަން ޢަލީކަމަށް ޤާނޫނީގޮތުން ކަނޑައެޅެން ނެތްކަން އެނގެއެވެ.
CCC
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ގދ.
ގައްދޫ ސޯމިލް ޙަސަން ޢަލީ އޭނާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގައްދޫ ސޯމިލް ގޯތީގެ އިންވެގެން
އަތިރިމަތީ (އިރުމަތީ ފަރާތު) ގައި އިންދާ ހައްދާފައިވާ 10 ރުކަކީ ޙަސަން ޢަލީގެ އަމިއްލަ މިލްކު
ރުއްގަސްކަން ޝަރީޢަތަށް ސާބިތުވާ ކަމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/75
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައިނުވާތީ، ދޫ މެޖިސްޓްރޭޓް
ނަންބަރު 2011/Q4MC/75 ޤަޟިއްޔާގެ ޙުކުމް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް
ގދ. ގައްދޫ ސޯމިލް ޙަސަން ޢަލީގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ.
4 0
ޤަދ
ޖެހިރާއްޖޭގެ
*
ވާވެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv