ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/85 ޤަޟިއްޔާގެ ޙުކުމް
2013/HC-{A/85
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
9
ޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0
• ޤަޟިއްޔާ ނަންބަރު: 85/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަބްދުއްސައްތާރު މުޙައްމަދު
* އައިޑީ ކާޑު ނަންބަރު: A065845
*
އެޑްރެސް: މ. ރިލޫމް، މާލެ
އެޑްރެސް: މ.ރިލޫމް، މާލެ
*
*މީ
.Aގ
އިސްތިއުނާފު ރައްދުވި ފަރާތް:
+ ނަން: އިބްރާހީމް ތަޢުފީޤު
އައިޑީ ކާޑު ނަންބަރު: A074761
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 2894 މާލެ
މިހާރުގެ އެޑްރެސް: ލ. މުންތަޒާ
("
*
1435
• ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1434
27 ފެބްރުއަރީ 2013
ނިމުނު ތާރީޚް: 18 ރަބީޢުލްއައް
ޖަނަވަރީ 2014
19
0
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/514
ނިންމެވިކޯޓް: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ފަހެޅުނުތާރީޚް: 14 މާރޗް 2012 * ނިމުނު ތާރީޚް: 14 އޮގަސްޓް 2012
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
23/HC-A/85
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފިހުރިސްތު
ޞަފްޙާ ނަންބަރ: 03
[0- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
Il
03 - 07:
03- ޙުކުމް:
07:
04- މަޙްޝަރު ބަޔާންތައް:
04.1 އިސްތިއުނާފުކުރި ފަރާތުގެ މަހުޝަރު ބަޔާންތައް:
ޢަބްދުއްސައްތާރު މުޙައްމަދު މ. ރިލޫމް ގެ ފަރާތުން
ބަދަލުގައި އުސާމާ މޫސާ ޗަމަން | ށ. ކޮމަންޑޫ ދެއްކި ވާހަކަ:
މަޙުޝަރު ނަންބަރ: 02-01 :HC
-
A
-
85 Mpg-2013
މަޙުޝަރު ނަންބަރ: 06-03 :HC
-
A
-
85 Nipg-2013
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަހު ޝަރު ބަޔާންތައް:
އިބްރާހީމް ތައުފީޤު މ. މުންތަޒާ ދެއްކިވާހަކަ:
މަޙުޝަރު ނަންބަރ: 10-07 :HC
-
A
-
85 Mpg-2013
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
05.1- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/514 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް
(ނުހިމަނާ)
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ އަދަދު: 19
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުމީ ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2!33;HC-A/85
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ.
*
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/514 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، ރިލޫމް ޢަބްދުއްސައްތާރު މުޙައްމަދު އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 2894 މާލެ، އިބްރާހީމް
ތަޢުފީޤު (މ. މުންތަޒާ) އެވެ.
ހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/514 ޤަޟިއްޔާއަކީ، ރިލޫމް ޢަބްދުއްސައްތާރު
މުޙައްމަދާއި އިބްރާހީމް ތަޢުފީޤާއި ދެމެދު 24 ޖުލައި 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އިބްރާހީމް
ތައުފީޤަށް އަބްދުއްސައް
ސައްތާރު މުޙައްމަދު ދޭންޖެހޭ -/
15000ރ. (ފަނަރަހާސް ރުފިޔާ) ގެ ތެރެއިން ދެފަހަރެއްގެ
މަތިން ޢަބްދުއްސައްތާރު މުޙައްމަދު -/4500ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) ދިނުމަށްފަހު ބާކީ ހުރި -
/10500ރ. (ދިހަހާސް ފަސްސަތޭކަ ރުފިޔާ) އާއި ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތުގެ އަގު
އަދާނުކުރުމުގެ ސަބުން ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މައްސަލަ ހުށަހެޅި ފޯމުގައިވާ ތާރީޚާއި
ހަމައަށް
ލިބެންޖެހޭ -/1740000ރ. (އެއްމިލިއަން ހަތްލައްކަ ސާޅީސްހާސް ރުފިޔާ) އާއި އެކު ޖުމްލަ
/
1750500ރ. (އެއްމިލިއަން ހަތްލައްކަ ފަންސާސްހާސް ފަސްސަތޭކަ ރުފިޔާ) ޢަބްދުއްސައްތާރު މުޙައްމަދުގެ
އަތުން ލިބިގަތުމަށް އެދި އިބްރާހީމް ތަޢުފީޤު ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، މ. މުންތަޒާ އިބްރާހީމް ތަޢުފީޤު، މ. ރިލޫމް
ޢަބްދުއްސައްތާރު މުޙައްމަދުގެ މައްޗަށް ކުޅަ ދަޢުވާ އާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކާއި
ދެފަރާތުން ދެކެވުނު ވާހަކަތަކުގެ މައްޗަށް ޝަރީޢަތުން ނަޒަރުކުރިއިރު، ޢަބްދުއްސައްތާރު މުޙައްމަދު،
އިބްރާހީމް ތަޢުފީޤަށް ދޭންޖެހޭ ޖުމްލަ ފައިސާގެ ޢަދަދަކީ -/7000ރ. (ހަތްހާސް ރުފިޔާ) ކަމާއި މި
/
7000ރ. (ހަތްހާސް ރުފިޔާ) ގެ ތެރެއިން ދެފަހަރެއްގެ މަތިން އިބްރާހީމް ތަޢުފީޤު ޢަބްދުއްސައްތާރު
މުޙައްމަދުގެ އަތުން -/4500ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) އަތުލާފައިވާކަމަށް އިބްރާހީމް ތަޢުފީޤު
8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
239
2[13IIC-A85
عی
ޝަރީޢަތަށް މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާތީ، މިދަޢުވާ އާއި ގުޅިގެން ޢަބްދުއްސައްތާރު
މުޙައްމަދު، އިބްރާހީމް ތަޢުފީޤަށް ދޭންޖެހެނީ، އިސްވެ ނަންގަނެވުނު -/4500ރ. (ހަތަރުހާސް ފަސްސަތޭކަ
ރުފިޔާ)، -/7000ރ. (ހަތްހާސް ރުފިޔާ)ގެ ތެރެއިން އުނިކުރުމުން ބާކީއޮންނަ ;
2500ރ. (ދެހާސް
ފަސްސަތޭކަ ރުފިޔާ) ކަމަށް ކަނޑައަޅައި މިފައިސާ އިބްރާހީމް ތަޢުފީޤަށް ދެއްކުމަށްޓަކައި މިއަދު 24
އޯގަސްޓް 2012 އިން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް، މ.
ރިލޫމް ޢަބްދުއްސައްތާރު މުޙައްމަދަށް އަންގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ވަކި
މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން ބަލައިދެވޭނެކަން އަންގައި ކުށްފީމެވެ.] މިފަދައިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
22
xތ
/99ކށް
:
0
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/514
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، ޢަބްދުއްސައްތާރު މުޙައްމަދުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު
ކުރަމުން، 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ، ޝަރުޢީ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ނަމަވެސް،
ހުށަހެޅިފައިވާ ޝަކުވާ ނުވަތަ މައްސަލައާ ގުޅިގެން ޙުކުމެއް ނުވަތަ ނިންމުމެއް ނިންމަންވާނީ، އެ
މައްސަލައެއްގައި ދަޢުވާ ހުށަހެޅިފައިވާ މިންވަރަށް ދެ ޚަޞްމުންގެ ވާހަކަތަކަށް ރިޢާޔަތްކުރުމަށްފަހުގައި
ކަމަށްވެފައި ސިވިލްކޯޓުގެ ނަންބަރު 2012/Cv
-
C/514 ނިންމުމަކީ، އެފަދައިން ހުށަހެޅިފައިވާ ދަޢުވާއަށް
ދަޢުވާގެ މައުޟޫޢަށް ފައިޞަލާނުކޮށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ މައްސަލައިގާ ބޭނުންވާ ހެކި ދެފަރާތުގެ ކިބައިގައިވެސް ލިޔުމުން ފެންނަން
ނެތުމުން، ފައިސާ ދައްކާފައިވާކަން ސާބިތުކޮށްދިނުމަށް ދަޢުވާލިބޭ ފަރާތުގެ ޙައިސިއްޔަތުން ޢަބްދުއްސައްތާރު
ހުވާކުރުމަށް ތައްޔާރަށް ހުރިކަމުގައި ޝަރީޢަތުގައި ދަންނަވާފައިވިނަމަވެސް، އެކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި
އަދި އެކަމުގެ ހުއްދަ ދެއްވުމާ ނުލައި މައްސަލަ ނިންމެވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތަމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 29(3325، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
* 55
20I3{FIC-A85
میر
23
03- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/514 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ
ޢަބްދުއްސައްތާރު މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ
ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މ.
ރިލޫމް ޢަބްދުއްސައްތާރު މުޙައްމަދަށް ދަޢުވާލިބޭ ގޮތަށް ތަޙްޤީޤަށް ނުވަތަ ޝަރީޢަތަށް
ހުށަހެޅިފައިވާ މައްސަލައިގެ ދިފާޢުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ދައްކަންޖެހޭ ހުރިހާ ވާހަކައެއް
ދެއްކުމާއި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ގޮތުން އިބްރާހީމް ތަޢުފީޤު އާއި ޢަބްދުއްސައްތާރު މުޙައްމަދާއި
ދެމެދު 2010 ޖުލައި 24 ގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން އެނގެން އޮވެއެވެ.
(
(ށ) އިބްރާހީމް ތަޢުފީޤު އާއި ޢަބްދުއްސައްތާރު މުޙައްމަދާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ
ދަށުން މަސައްކަތުގެ އަގު ނުވަތަ އުޖޫރައިގެ ގޮތުގައި އެއްބަސްވެވިފައިވާ ފައިސާގެ ތެރެއިން ޢަބްދުއްސައްތާރު
މުޙައްމަދުގެ އަތުން އިބްރާހީމް ތަޢުފީޤަށް -/4500ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) ލިބިފައިވާކަން
އިބްރާހީމް ތަޢުފީޤުގެ ބަހުން އެނގެން އޮންނަކަމާއިގެ
އިޝާރާތް ކުރެވުނު އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މަސައްކަތުގެ އަގު ނުވަތަ
އުޖޫރައިގެ ގޮތުގައި ލިޔެވިފައިވާ -/15000ރ. (ފަނަރަހާސް ރުފިޔާ) ކަޑާލުމަށްފަހު އެޢަދަދު -/
7000ރ.
(ހަތްހާސް ރުފިޔާ) އަށް ބަދަލުކޮށް އެތަނުގައި އިބްރާހީމް ތައުފީޤުގެ ފަރާތުން ސޮއިކޮށްފައިވާކަން އެނގެން
އޮންނަކަމާއި، ހަމަ އެހެންމެ އެއްބަސްވުމުގެ ފުން މަސައްކަތުގެ އަގުގެ ގޮތުގައި ފުރަތަމަ ކަނޑައެޅުނު އަގަށް
ބަދަލު ގެނެސް އެ އަގު -/7000ރ. (ހަތްހާސް ރުފިޔާ) އަށް ކުޑަކޮށްދީފައިވާކަން އިބްރާހީމް ތަޢުފީޤު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޏ3 2
20I3IIC-A/85
ޤާ لއްޔާ
އެހެންކަމުން އިބްރާހީމް ތަޢުފީޤު އާއި ޢަބްދުއްސައްތާރު މުޙައްމަދާއި ދެމެދު ސޮއިކުރެވުނު
އެއްބަސްވުމުގެ ދަށުން އިބްރާހީމް ތައުފީޤަށް ނުލިބިވަނީ، އިބްރާހީމް ތަޢުފީޤަށް ލިބިފައިވާކަން އިބްރާހީމް
ތަޢުފީޤުގެ ބަހުން އެނގެން އޮންނަ -/4500ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) -/7000ރ. (ހަތްހާސް
ރުފިޔާ) އިން އުނިކުރުމުން ބާކީވާ -/2500ރ. (ދެހާސް ފަސްސަތޭކަ ރުފިޔާ) ކަން އެނގެއެވެ.
02
(ނ) މައްސަލައިގާ ބޭނުންވާ ހެކި ދެފަރާތުގެ ކިބައިގައިވެސް ލިޔުމުން ފެންނަން ނެތުމުން، ފައިސާ
ދައްކާފައިވާކަން ސާބިތުކޮށްދިނުމަށް ދަޢުވާލިބޭ ފަރާތުގެ ޙައިސިއްޔަތުން ޢަބްދުއްސައްތާރު ހުވާކުރުމަށް
ތައްޔާރަށް ހުރިކަމުގައި ޝަރީޢަތުގައި ދަންނަވާފައިވިނަމަވެސް، އެކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި އަދި
އެކަމުގެ ހުއްދަ ދެއްވުމާނުލައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާއަށް ބަލާއިރު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/514 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ހިމެނިފައިވާ ބަޔާންތަކުގެ ތެރެއިން އިސްތިއުނާފުކުރާ ޢަބްދުއްސައްތާރު މުޙައްމަދުގެ ފަރާތުން ދީފައިވާ އެއްވެސް
ބަޔާނެއްގައި ފައިސާ ދައްކާފައިވާކަން ސާބިތުކޮށްދިނުމަށް ދަޢުވާލިބޭ ފަރާތުގެ ޙައިސިއްޔަތުން ޢަބްދުއްސައްތާރު
ހުވާކުރުމަށް ތައްޔާރަށް ހުރިކަން އަންގާދޭ އެއްވެސް ޢިބާރެއް ހިމެނިފައިވާކަން އެނގެން ނެތްއިރު، އެފަދައިން
ހުވާކުރުމަށް ސިވިލްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ލިޔުމުން ހުށަހަޅާފައި ނުވާކަން އަބްދުއްސައްތާރު
މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮންނަކަމާއި، އިސްތިއުނާފުގެ މަރުޙަލާގައި މައްސަލަ ބެލުމުގައި އަސާސެއްގެ ގޮތުގައި ބެލޭނީ ދަށުކޯޓުގައި
ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައިވާ ހެކިތަކާއި ދަލީލުތައް ކަމަށް ވާއިރު، ދަށުކޯޓުގައި ފައިސާ
ދައްކާފައިވާކަން ސާބިތުކޮށްދިނުމަށް ދަޢުވާލިބޭ ފަރާތުގެ ޙައިސިއްޔަތުން ޢަބްދުއްސައްތާރު ހުވާކުރުމަށް
ތައްޔާރަށް ހުރިކަމަށްބަލައި އެފަރާތަށް ހުވާލައި ދިނުމަށް ހުށަހަޅާފައިވާ ކަމަށް ބެލެވެން ނެތްކަމާއި،
އެހެންކަމުން ދަށުކޯޓުގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ނުވާ އަދި އެކަމެއް
އިސްތިއުނާފުކުރާ ފަރާތުން ލިޔުމުން ދަށުކޯޓަށް ހުށަހަޅާފައި ނުވާކަމެއްކަން އެފަރާތުގެ ބަހުން ސާބިތުވާކަމެ
މައްޗަށް އިސްތިއުނާފުގެ މަރުޙަލާގައި ރިޢާޔަތް ނުކުރެވޭނެކަން އެނގެއެވެ.
(
2
7
M ހ¢0
2
تو و مرولیک
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތަމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.try
1
213/HC-A/85
ޤަ އެޔާ ނިމުނު ގޮތުގެ ރިޕޯޓް
ވީމާ، ބަޔާންކުރެވުނު ކަންކަން ބުނެވުނު ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރު -Cv/514
2012/C ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެނެވެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
953
ހކެވެ
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބުނެވުނު ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/514 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތްކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް
ކޮށްފީމެވެ.
4¢¢0 2
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
dith
(1-
(1) ޙަމީދު
ފަނޑިޔާރު)
ބަޔަ2
ޢަބްދުލްޣަނީ މުޙައްމަދު
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
("
ތައްޔާރުކުރި އާމިނަތު މުޙައްމަދު
ޗެކްކުރީ: މުޙައްމަދު ސަލީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ: ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv