ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/341 ޤަޟިއްޔާގެ ޙުކުމް
1
22
سرجری کے مته
2009/HC-A/341
Hu
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ. 341/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
*ނަން. ޙައްވާ ޒާހިރާ
އައިޑީ ކާޑު ނަންބަރ: 061158-A
ދާއިމީ އެޑްރެސް: މމދދަފްތަރު 2118
މިހާރުގެ އެޑްރެސް: ލ.ކުޑަދޫ
0
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ.
، ދާއިމީ އެޑްރެސް: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ޛުލްޙިއްޖާ 1430
01 ޑިސެމްބަރ 2009
ތާރީޚް: 22 ޝައްވާލު 1432
20 ސެޕްޓެމްބަރ 2011
މ 4444/24
2424
3
4 ދަހ
އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރ. ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/316 ޤަޟިއްޔާ
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މަށްޓަކައި އަތުގައި ބެހެއްޓުން.
• ނިންމެތިކޯޓް: ޖިނާއީކޯޓު
ތާރީޚް: 19 އޮކްޓޯބަރ2009
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
ސައިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009HC-A341
ދަޢުވާގެ ޚުލާޞާ
މިއީ ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/316 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް
ނޫންކަމަށް ބުނެ ( މާލޭ މުނިސިޕަލްޓީގެ ދަފްތަރު ނަންބަރު 2118)
މ.ކުޑަދޫ ޙައްވާ ޒާހިރާ (އައިޑީ ކާޑުނަންބަރު A061158) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
އެޤަޟިއްޔާ އިސްތިއުނާފުކުރަން ހުށަހެޅުމުން ބެދިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ
ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
443
ފާހަގަކުރެވުނު ނުކުތާތައް:
1) އިސްތިއުނާފު ކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/316 ޤަޟިއްޔާއަކީ މ.މ.ދ
ދަފްތަރު (މ.ކުޑަދޫ) ޙައްވާ ޒާހިރާއާއި ޅ. ހިންނަވަރު ކަނީރުގެ ޢަބްދުއްރަޝީދު މޫސާގެ މައްޗަށް ދައުލަތުން
ދަޢުވާ ކުރި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި
ވިއްކުމުގެކުށުގެ ދަޢުވާއެއްކަމާއި ޙައްވާ ޒާހިރާއާއި އޭނާގެ ފިރިމީހާ ޢަބްދުއްރަޝީދު މޫސާ އާއި ދެމަފިރިން
ގުޅިގެން މަސްތުވާތަކެތީގެ ވިޔާފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ބޭކަލުން 31 ޑިސެމްބަރ 2004 ދުވަހުގެ ރޭ 7:00 ހާއިރު މިދެމީހުން ދިރިއުޅޭ މ.ކުޑަދޫއަށް ގޮސް ޙައްވާ
ޒާހިރާއާއި ޢަބްދުއްރަޝީދު މޫސާއާއި މުޙައްމަދު ލިރާރުގެ ހަށިގަޑު ފާސްކުރި ކުރުމުގައި މުޙައްމަދު ލިރާރު
ހުރީ މަސްތުވެގެން ކަމަށް ފުލުހުން ބުނެފައިވާތީއާއި 31 ޑިސެމްބަރ 2004 ވަނަ ދުވަހާއި 10 ޖެނުއަރީ
2005 ދުވަހު އއ.ކުޑަދޫ ގޭގައި ކުއްޔަށްދީފައިހުރި ދެކޮޓަރި ފިޔަވައި މުޅިގެ ފުލުހުން ބަލާފާސްކުރުމުގެ
ތެރޭގައި މިގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގެ އެނދުދަށުން މުށިކުލައިގެ ކުނޑިއެއްހުރި ޕެކެޓެއް
(0.1 ގްރާމް ހެރޮއިން) އާއި ހެރޮއިންގެ އަސަރުއެކުލެވޭ އަންދާފައިވާ ފޮއިލްކޮޅަކާއި ތަރަފާލުމަތިން
ހެރޮއިންގެ އަސަރުއެކުލެވޭ ކަރުދާސް ހޮޅިކޮޅަކާއި ހެރޮއިންގެ އަސަރުއެކުލެވޭ ހުސްރަބަރު ޕެކެޓަކާއި
މިކޮޓަރީގައިހުރި އަލަމާރިމަތިން ހުސްރަބަރު ޕެކެޓްތަކެއް ފެނިފައިވާތީއާއި، ޙައްވާ ޒާހިރާއާއި ޢަބްދުއްރަޝީދު
މޫސާ ދިރިއުޅޭ ކޮޓަރީގައި ހުރި ކުޑަކަބަޑަކާއި ފާރާއި ދޭތެރެއިން ހެޔޮއިންގެ އަސަރު އެކުލެވޭ މުށިކުލައިގެ
ގުޅަވުރެއްހުރި ރަބަރު ޕެކެޓަކާއި އެކޮޓަރީގައި ހުރި ޑްރެސިންގް ޓޭބަލްގެ ވަތްގަނޑުގެ ތެރެއިން ކަޅުކުލައިގެ
އިންސިއުލޭޝަން ޓޭޕްރޯލެއް ފެނިފައިވާތީއާއި، އެގޭގެ ބަދިގެއަށް ވަންނަ ގޯޅިގަނޑުތެރޭގައި ހުރި
ކަބަޑެއްތެރެއިން ހެރޮއިންގެ އަސަރު އެކުލެވޭ ކަޅުކުލައިގެ ދެ އިންސިއުލޭޝަން ޓޭޕްރޯލާއި ބަދިގޭގައި ހުރި
އައިސްއަލަމާރި ތެރެއިން ހެރޮއިންގެ އަސަރު އެކުލެވޭ ރަބަރު ޕެކެޓަކާއި ބަދިގޭގައި ހުރި ކަބަޑުސެޓެއްގެ
ތެރެއިން އޮރެންޖު ކުލައިގެ ކުނޑިހުރި ބޮޑު ޕެކެޓެއް ފެނިފައިވާތީއާއި، މއ.ފްރެންޒީވިލާ އަޙްމަދު ޔޫސުފަށް
ޙައްވާ ޒާހިރާ ހެރޮއިން ބްލެޓެއް ވިއްކިކަމަށް އަޙްމަދު ޔޫސުފް ބުނާތީއާއި، މއ.ފްރެންޒީވިލާ
ބާއްeގ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
މުނު ގޮތުގެ ރިޕޯޓް
2009}lHC-A/341
ޔޫސުފާއި، މ.މަރުދާނާގެއާގެ އަޙްމަދު ޝަރީފާއި، ހ.ޒައިލަމް އަޙްމަދު ނަޒީމަށް ޢަބްދުއްރަޝީދު މޫސާ
ހެރޮއިން ވިއްކިކަމަށް އަޙްމަދު ޔޫސުފާއި އަޙްމަދު ޝަރީފާއި، އަޙްމަދު ނަޒީމް ބުނާތީއާއި، ޢަބްދުއްރަޝީދު
މޫސާއާއި މުޙައްމަދު ލިރާރުގެ ކުޑަކަމުދާތަކެތި ޓެސްޓްކުރެވުނުއިރު ޢަބްދުއްރަޝީދު މޫސާގެ ކުޑަކަމުދާތަކެތި
އޯޕީއޭޓްސްއާއި ކެނެބިސްއަށް ޕޮޒިޓިވްވެފައިވާތީއާއި، މުޙައްމަދު ލިރާރުގެ ކުޑަކަމުދާތަކެތި އޯޕީއޭޓްސްއަށް
ޕޮޒިޓިވްވެފައިވާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ
ދަށުން ޙައްވާ ޒާހިރާގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިއްކުމުގެ ކުށުގެ ދަޢުވާއާއި އެޤާނޫނުގެ
4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ޙައްވާ ޒާހިރާގެ މައްޗަށް މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 17/77
(މަސްތު
ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަބްދުއްރަޝީދު މޫސާގެ މައްޗަށް
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިއްކުމުގެ ކުށުގެ ދަޢުވާއާއި އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރުގެ ދަށުން ޢަބްދުއްރަޝީދު މޫސާގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި،
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މުޙައްމަދު ލިރާރުގެ މައްޗަށް
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ކުށުގެ ދަޢުވާ ކުރުމުން ޖިނާއީ ކޯޓުން ބައްލަވާ
ނިންމަވާފައިވާ ޤަޟިއްޔާއެއް ކަމާއި
އެޤަޟިއްޔާގެ ޙުކުމުގައިވަނީ " ދެންފަހެ މާލޭ މު
ދެންފަހެ މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު
2118 ޙައްވާ ޒާހިރާގެ މައްޗަށް ދައުލަތުން ދަޢުވާކުރި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިއްކުމާއި،
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައާއި،
ޅ.ހިންނަވަރު ކަނީރުގެ ޢަބްދުއްރަޝީދު މޫސާގެ މައްޗަށް ދައުލަތުން ދަޢުވާކުރި މަންކުރެވިފައިވާ
މަސްތުވާއެއްޗެއް ވިއްކުމާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، މަނާކުރެވިފައިވާ
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައާއި، ސ.ހިތަދޫ ވިހަތާނުގެ
މުޙައްމަދު ލިރާރުގެ މައްޗަށް ދައުލަތުން ދަޢުވާކުރި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ
މައްސަލަ ޝަރީޢަތުން ބެލިބެލުމުން ޙައްވާ ޒާހިރާއާއި، ޢަބްދުއްރަޝީދު މޫސާ ގުޅިގެން މަސްތުވާތަކެތީގެ
ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން 10 ޖެނުއަރީ 2005 ވަނަ ދުވަހު މާލެ
މ.ކުޑަދޫގޭގައި ޙައްވާ ޒާހިރާއާއި ޢަބްދުއްރަޝީދު މޫސާ އުޅޭ ކޮޓަރިއާއި،މިދެމީހުންގެ ބެލުމުގެ ދަށުގައިވާ
އެހެނިހެން ތަންތަން ބަލާ ފާސްކުރިކުރުމުގައި 01 ގްރާމަށްވުރެ މަދު ހެރޮއިންނާއި، ހެރޮއިންގެ
އަސަރުހުރި ހެރޮއިން ބޭނުން ކުރަން ގެންގުޅޭ ބާވަތުގެ ބައެއް އާލާތްތައް ފެނިފައިވާތީއާއި
ބޭނުންކުރަމެވެ
މ އ ވ2، 08
މަސްތުވާއެއްގެ
444
پ ک ک
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highlcourt.gov.mv
4
2009{IIC-A341
ގެ ~ސ.އީޔާ
މުނު ގޮތުގެ ރިޕޯޓް
524
2
3
4
ނަންކްރީ9އ
ކުން
9 95c
މޫސާގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރުމުން ކެނަބިސްއަށާއި އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވާތީއާއި،
ޢަބްދުއްރަޝީދު މޫސާގެ ކުޑަކަމުދާތަކެތި އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވަނީ، ހެރޮއިން ބޭނުންކުރުމުގެ ސަބަބުން
ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރާއި ޙަވާލާދީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުރުން
ޙައްވާ ޒާހިރާ ކުށްވެރިވާކަމަށާއި، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި
އަތުގައި ބެހެއްޓުމުގެ ކުނުން ޢަބްދުއްރަޝީދު މޫސާ ކުށްވެރިވާކަމަށް ކަނޑައަޅައި، ޙައްވާ ޒާހިރާގެ މައްޗަށް
ސާބިތުވި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ބ) ގެ ދަށުން (ފަހެއް)
އަހަރު ދުވަހުގެ މުއްދަތަށް ޙައްވާ ޒާހިރާ ޖަލަށްލުމަށާއި، ޢަބްދުއްރަޝީދު މޫސާގެ މައްޗަށް މީގެކުރިންވެސް
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ސާބިތުވެފައިވާތީ، ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ، ޢަބްދުއްރަޝީދު މޫސާގެ
މައްޗަށް ސާބިތުވި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ބ) ގެ ދަށުން 12
(ބާރަ) އަހަރު ދުވަހުގެ މުއްދަތަށް ޢަބްދުއްރަޝީދު މޫސާ ޖަލަށްލުމަށް ޙުކުމްކޮށް، ޙައްވާ ޒާހިރާއާއި،
ޢަބްދުއްރަޝީދު މޫސާގެ މައްޗަށް ދައުލަތުން ދަޢުވާކުރި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިއްކުމުގެ ކުށް
ޝަރީޢަތަށް ސާބިތުވާވަރުގެ ކާފީ ހެކިލިބިފައިނުވާތީ، ޙައްވާ ޒާހިރާއާއި، ޢަބްދުއްރަޝީދު މޫސާގެ މައްޗަށް
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިއްކުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި،
މިޤަޟިއްޔާގައި ހިމެނޭ މުޙައްމަދު ލިރާރުގެބައި އެހެން ޤަޟިއްޔާކުން ބަލައިދެވޭނެކަން އަންގައި މިޤަޟިއްޔާ
ނިންމީއެވެ." މިފަދައިންކަން
02- ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/316 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މައްސަލަ އިސްތިއުނާފުކުރި ފަރާތުން މައިގަޑު ތިން ކަމެއް ފާހަގަކޮށް
އެކަން ކަމުގެ މައްޗަށް ޝަރީޢަތުގެ މަޖިލީހުގައި ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ ބަލާފާސްކުރުމުގެ ކަންތައްތައް ކޮށްފައިވަނީ އާންމު އުޞޫލާއި ޚިލާފަށް
އަދި ޝައްކު އުފެދޭ ގޮތަށް ކަމަށާއި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ދިމާނުވުމާއި
ފުށުއެރުން ހުރިކަމަށާއި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ސައިންޓިފިކް ހެކީގެ ޤާނޫނީ ޞައްޙަކަމާ
ސުވާލުއުފެދޭގޮތަށް އޮތް ކަމާއި މައްސަލާގައި ޙައްވާ ޒާހިރާގެ ބޮލުގައި އަޅުވާފައިވާ މަސްތުވާތަކެތީގެ
ތުހުމަތު އޭނާގެ ބޮލުގައި އެޅުވެން ނެތްކަމަށާއި ދިފާޢުގައި ހުށަހެޅުނު ހެކިންނާއި ސުވާލުކުރުމުގެ ފުރުޞަތު
ޝަރީޢަތުން ދީފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
އެގެއެވެ.
2& &
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
A3
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
لއްޔާ
2009 HC-A/341
44
“އި
މުނު ގޮތުގެ ރިޕޯޓް
ދެވަނަ ނުކުތާއަކީ: މިމައްސަލައިގެ ޙުކުމަކީ އެއްބާވަތެއްގެ މައްސަލައެއްގައި އެއްގޮތަކަށް
ޙުކުމްކުރުމުގެ ޢާންމު އުޞޫލާ ޚިލާފު ޙުކުމަކަށްވާކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: މިމައްސަލައިގައި ޙައްވާ ޒާހިރާގެ ބޮލުގައި އަޅުވާފައިވާ
މަސްތުވާތަކެތީގެ ޛިންމާ މިމައްސަލައިގެ ދަޢުވާ ލިބުނު ދެވަނަ މީހާ އަމިއްލައަށް އުފުލާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
03- މިމައްސަލަ އިސްތިއުނާފުކުރިފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބަލާއިރު
މަނާކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ޙައްވާ ޒާހިރާގެ މައްޗަށް
ސާބިތުވާ ކަމަށް ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުން ޖިނާއީ މައްސަލައެއް ސާބިތު ކުރުމުގައި
ބަލަންވާ މިންގަޑަށް ޙައްވާ ޒާހިރާގެ މައްޗަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތި ޝަރުޢީ އަދި ޤާނޫނީ
އަސާސްތަކާއި އުޞޫލާއި ޚިލާފަށް ކަމަށާއި ޙައްވާ ޒާހިރާއާއި އަދި ޙައްވާ ޒާހިރާ ކުރިން އިދެގެން އުޅުނު
އޭރުގެ ފިރިމީހާ ދިރިއުޅޭ މ.ކުޑަދޫ ގެއަށް 31 ޑިސެމްބަރ 2004 ދުވަހުގެ 18.45 ހާއިރު ޙައްވާ
ޒާހިރާއާއި އޭނާގެ ކުރީގެ ފިރިމީހާ ޢަބްދުއްރަޝީދު މޫސާ ޅ.ހިންނަވަރު،ކަނީރުގެ ޙާޟިރުގައި ފުލުހުން ގޭގެ
ހުރިހާ ބައެއް ވަރަށް ގިނައިރުވަންދެން ބަލާ ފާސްކޮށް އަދި ޙައްވާ ޒާހިރާގެ ހަށިގަޑުވެސް ބަލާ ފާސްކޮށް ހެދި
އިރު ޙައްވާ ޒާހިރާގެ އަތުން ނުވަތަ ހަށިގަޑުން އަދި ޙައްވާ ޒާހިރާ އުޅޭ ތަނުންވެސް ބޭނުންކުރުމަށްޓަކައި
ހައްޓާފައި ހުރި މަސްތުވާ އެއްޗެއް ފެނިފައިނުވާކަމަށާއި އަދި ޙައްވާ ޒާހިރާ ފުލުހުންގެ ބެލުމުގެ
ބަންދުގައި ބަހައްޓައި އޭގެ 10 (ދިހައެއް) ދުވަސް ފަހުން ޙައްވާ ޒާހިރާ ޖަލުގައި ހުއްޓާ
ފުލުހުން ޙައްވާ ޒާހިރުމެން ދިރިއުޅޭގެ މ.ކުޑަދޫއަށް ގޮސް ޙައްވާ ޒާހިރާގެ ޣައިރު ޙާޟިރުގައި ބަލާ ފާސްކޮން
އެތަނުން މަސްތުވާ އެއްޗެހި އެދުވަހު ފެނުނު ކަމަށް ބުނެފައި ވީނަމަވެސް އެއެއްޗަކާ ޙައްވާ ޒާހިރާ
ޒިންމާވާން ޖެހޭނެކަމަށް ނުދެވޭކަމަށާއި
އަދި ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ސައިންޓިފިކް ހެކީގެ ޤާނޫނީ ޞައްޙަކަމާ
ދޭތެރޭގައި ސުވާލު އުފެދޭ ގޮތަކަށް އޮތް ކަމަށާއި ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
ގެ 18 ވަނަ މާއްދާގެ (ނ) ގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ސައިންޓިފިކް ހެކީގެ ތެރޭގައި
ހިމެނޭ ތަޙުލީލުތައް އިތުބާރުހިފޭ ޞައްޙަ ތަޙުލީލަކަށް އަދި ޤާރީނާއަކަށްވާނީ މިނިސްޓްރީ އޮފް ހެލްތުން
އެފަދަ ޓެސްޓް ކުރުމަށް ހުއްދަދީފައިވާ މީހަކު ކުރާ ޓެސްޓްތައް ކަމަށް ވާއިރުގައި މައްސަލާގައި ޙައްވާ
ޒާހިރާގެ ބޮލުގައި ޒިންމާ އަޅުވާފައިވާ ތަކެތި ލެބޯޓްރީ ތަޙުލީލު ކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ލާންސް ކޯޕްރަލް ހއ.ހޯރަފުށި،މާވާގޭ ރަޙުމާ ސަޢީދުކީ ހެލްތު މިނިސްޓްރީގެ ހުއްދަ ނޯންނަ ފަރާތެއް ކަމުގައި
ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާ ބުނެފައި ވާކަމަށާއި ވީމާ އެތަހުލީލު ނަތީޖާއަކީ
ދ ތ¢ ¢0 % 0
ދަށަށްގެންގޮސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
l
6
2009/HC-A34]
ނިމުނު ގޮތުގެ ރިޕޯޓް
4 2 2 4x
444
ނަތީޖާއަކަށް ނުބެލެވޭތީ އެނަތީޖާއަށް ބަލައި މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމަކީވެސް އެއީ ޤާނޫނީ
ގޮތުން ފުށުއަރާ ކަމެއްކަން ފާހަގަ ކުރެވޭ ކަމަށްވެސް ބުނެފައިވާކަން އެގެއެވެ.
04- މިމައްސަލާގައި ދަޢުވާ ލިބޭ ފަރާތް ކަމަށްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ބަލާ ފާސްކުރުމުގެ ކަންތައް ކޮށްފައިވަނީ ޢާއްމު އުޞޫލާއި ޚިލާފަށް ޝައްކު
ކުރެވޭ ގޮތަކަށް ކަމަށް ޙައްވާ ޒާހިރާ ބުނެފައިވާއިރުގައި މަސްތުވާތަކެތީގެ ކޮންމެ މައްސަލައެއްގައިވެސް
ފުލުހުން ކުށުގެ ވެއްޓަށް ޙާޟިރުވާއިރު އެކަކަށް ވުރެން ގިނަ ފުލުހުން ޙާޟިރުވެ އެތަން ބަލާ ފާސްކުރަމުން
ގެންދާ ކަމަށާއި މިމައްސަލާގައިވެސް ފުރަތަމަ ފުލުހުން މ.ކުޑަދޫ ގެއަށް ގޮސް އެގެ ބަލާ ފާސްކޮށްފައިވަނީ
31 ޑިސެމްބަރ 2004 ވަނަ ދުވަހު ކަމަށާއި އެދުވަހު ޙައްވާ ޒާހިރާއާއި އަދި މިމައްސަލާގައި ހިމެނޭ
އަނެއް ދެފަރާތުގެ ޙާޟިރުގައި އެގެ ފާސްކުރެވިފައިވާކަމަށާއި މިފާސްކުރި ކުރުމުންވެސް މަސްތުވާތަކެތި
ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތި އެގޭތެރެއިން ފެނިފައިވާކަމަށާއި އެގޮތުން ކޮޓަރިއެއްގައި ހުރި ކުޑަކުދިން
ނިންދަވާ އެނދެއްގެތެރެއިން ކެނެބިސްގެ ފަތެއްޖަހާފައިއިން އަޅިކެނޑިއެއް ފެނިފައިވާކަމަށާއި އަދި އެއީ
އެދެމީހުންގެތެރެއިން ކޮންމެވެސް އެކެއްގެ އެއްޗެއްކަމަށް ޢަބްދުއްރަޝީދު މޫސާ ބުނެފައިވާކަން ބަލާފާސް
ކުރަންދިޔަ މީހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާކަމަށާއި އަދި އެގޭގެ ބަދިގެއަށް ވަންނަ ގޯޅިގަނޑުތެރޭގައި
ހުރި ކަނބަޑެއްގެ ތެރެއިން ކަޅުކުލައިގެ ދެ އިންސިއުލޭޝަން ޓޭޕްރޯލް ފެނިފައިވާކަމަށް ފުލުހުން ބަޔާން
ކޮށްފައިވާކަމަށާއި އަދި މިއީ ޙައްވާ ޒާހިރާގެ ތަކެތި ކަމަށް އޭނާ އެވަގުތު ބުނެފައިވާ ކަމަށްވެސް ފުލުހުންގެ
ބަޔާނުގައި ފާހަގަކޮށްފައިވާކަމަށާއި އިންސިއުލޭޝަންޓޭޕާއި މިތަކެތި ހެރޮއިންނަށް އެގޭ ވަރަށްވުރެން ލުއި
މިންވަރަކަށް ޕޮޒިޓިވްވެފައިވާކަމަށް ލެބޯޓްރީ ތަހުލީލު ރިޕޯޓުން އެގެން އޮތް ކަމަށާއި
އަދި ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ސައިންޓިފިކް ހެކީގެ ޤާނޫނީ ޞައްޙަ ކަމާމެދު
ސުވާލު އުފެދޭ ގޮތަށް އޮތްކަމަށް ޙައްވާ ޒާހިރާގެ ފަރާތުން ބުނެފައިވާއިރު މިމައްސަލައާ ގުޅިގެން ސީނުން
ނެގުނު ތަކެތި ތަހުލީލު ކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ރަޙުމާ ސަޢީދު
ކަމަށާއި ރަޙުމާ ސަޢީދު 08 ނޮވެމްބަރ 2006 ދުވަހު ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާނުގައި ތަކެތި ޓެސްޓްކޮށްފައިވަނީ އޭނާ ކަމަށާއި އަދި އެތަކެތި ޓެސްޓް ކުރުމުގައި އަސްލު ގެއްލޭ ފަދަ
އެއްވެސް ޢަމަލެއް ހިގާފައި ނުވާނޭ ކަމަށާއި އަދި އެތަކެތިން ދެއްކި ނަތީޖާ ތައްވެސް އެވަނީ ޙަޤީގަތާއި
އެއްގޮތަށް ކަމަށް ބުނެފައިވާކަމަށާއި އަދި އޭނާ މިމަސައްކަތުގައި އުޅޭތާ 7 (ހަތެއް) އަހަރުގެ ތަޖުރިބާ
ހުރިކަމަށް ބުނެފައިވާކަން ފާހަގަކުރެވޭ ކަމަށާއި އަދި މިމައްސަލާގައި ގެނެވުނު ތަކެތި 05 ޖެނުއަރީ 2005
ގައި ރަޙުމާ ސަޢީދު ތަޙުލީލު ކޮށްފައިވަނީ ލެބޯޓްރީގައި މަސައްކަތް ކުރާ ވެރިފަރާތުގެ ހުއްދައާއެކުގައި ކަމަށް
ރަޙުމާ ސަޢީދު ބުނެފައިވާ ކަމަށާއި
O3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
އެކިޑުމާގެ
1
232
2009/TIC-A341
مشمولي
ނިގެން ސޕ
ރ.ޕެޓް
43
43
އަދި މިމައްސަލާގައި ޙައްވާ ޒާހިރާއާއި އަދި ޙައްވާ ޒާހިރާ އޭރު އިދެގެން އުޅުނު
ޢަބްދުއްރަޝީދު މޫސާގެ މައްޗަށާއި އަދި މުޙައްމަދު ލިރާރުގެ މައްޗަށްވެސް ދަޢުވާ ކުރެވިފައިވާކަމަށާއި އަދި
އެގެއަކީ ޙައްވާ ޒާހިރާ އުޅޭ ގެއެއް ކަމަށް ވެފައި އަދި މަސްތުވާތަކެތި ފެނުނު ބައެއް
ތަންތަނަކީ ޙައްވާ
ޒާހިރާގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކަމަށްވާއިރުގައި އެތަންތަނުން މަސްތުވާތަކެތި ފެނި އެތަކެތި
ހެރޮއިންއަށް ޕޮޒިޓިވްވެފައި ވާކަމަށާއި ޙައްވާ ޒާހިރާގެ ޔޫރިން އެވަގުތު ޕޮޒިޓިވް ވީނަމަވެސް އަދި ނުވާ
ނަމަވެސް ޙައްވާ ޒާހިރާއަކީ އެގޭގައި އުޅޭ މީހަކަށްވެފައި އަދި ޙައްވާ ޒާހިރާގެ ބެލުމުގެ ދަށުގައި ހުރި
ތަންތަނަށް ވެފައި އެތަންތަނުން މަސްތުވާތަކެތި ފެނިފައިވާއިރުގައި އެއީ ޙައްވާ ޒާހިރާ އެކަމުގެ ޒިންމާ
އުފުލަން ޖެހޭނެ ކަމަށް ދައުލަތުގެ ފަރާތުން ދެކޭ ކަމަށްވެސް ބުނެފައިވާކަން އެގެއެވެ.
5(4- މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށާއި ހުށަހެޅިފައިވާ
ލިޔުންތަކަށް ބަލާ ނަޒަރު ކުރުމުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ
(ހ) ފުރަތަމަ ކަމަކީ: ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/316 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބަލާއިރު އެޤަޟިއްޔާގައި ތިންފަރާތެއްގެ މައްޗަށް ދައުލަތުން ދަޢުވާ ހުށަހަޅާފައިވާކަމާއި އެއީ
މމދ ދަފްތަރު (ޅ.ކުޑަދޫ) ޙައްވާ ޒާހިރާއާއި އޭނާ ކުރިން އިދެގެން އުޅުނު ޅ.ހިންނަވަރު ކަނީރުގެ
ޢަބްދުއްރަޝީދު މޫސާއާއި ސ.ހިތަދޫ ވިހަޠުނުގެ މުޙައްމަދު ތިރާރުޢާއި މިތިންމީހުން ކަމާއި މިމައްސަލާގައި
ޙައްވާ ޒާހިރާގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި
ސާބިތުވާ ކަމަށް ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ ޙައްވާ ޒާހިރާއާއި ޢަބްދުއްރަޝީދު މޫސާ ދިރިއުޅޭ
ކޮޓަރިންނާއި މިދެމީހުންގެ ބެލުމުގެ ދަށުގައިހުރި ތަންތަނުން ފެނިފައިވާ ތަކެތި ތަހުލީލުކުރިއިރު އެތަކެތީގައި
ހެރޮއިންގެ އަސަރު ހުރި ކަމަށް ދައްކާތީކަމާއި އަދި އެތަކެތި ފެނިފައިވަނީ ޙައްވާ ޒާހިރާއާއި ޢަބްދުއްރަޝީދު
މޫސާ ދިރިއުޅޭ ތަނުން ކަމަށް މިމައްސަލާގައި ހާދިސާ ހިގިތުނަށް ދިޔަ ފުލުހުންގެތެރެއިން ޝަރީޢަތަށް
ޙާޟިރު ކުރެވުނު ފުލުހުން ދީފައިވާ ބަޔާނުގެ މައްޗަށް ބުރަވެގެންކަން ޖިނާއީ ކޯޓުގެ ނަންބަރު
2005/JC/316 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ
ބެލުމުން އެގެއެވެ.
(ށ) ދެވަނަ ކަމަކީ، ޙައްވާ ޒާހިރާ ދިރިއުޅޭ މ.ކުޑަދޫގެއަށް 31 ޑިސެމްބަރ 2004 ވަނަ ދުވަހު
ފުލުހުން ގޮސް އެގޭގެ ތަންތަން ބަލާފާސްކުރުމަށްފަހު ޙައްވާ ޒާހިރާއާއި ޢަބްދުއްރަޝީދު މޫސާއާއި މުޙައްމަދު
ލިރާރުއާއި މިތިންމީހުން މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް
ބަންދުކޮށްފައިވާކަމާއި އެފަރާތްތައް ންދުކުރުމަށްފަހު 10 ޖެނުއަރީ 2005 ވަނަދުވަހު
ޢަބްދުއްރަޝީދު މޫސާ ގޮވައިގެން ގޮސް އޭނާގެ ޙާޟިރުގައި ދެވަނަ ފަހަރަށް ފުލުހުން މ.ކުޑަދޫގޭގޭގަޒާ
ނުކުތާތަކަށް
ޑ 0x0
73
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/341
.4 92
Couc
ޙައްވާ ޒާހިރާއާއި ޢަބްދުއްރަޝީދު މޫސާ ދިރިއުޅެމުން ދިޔަ ތަންތަން ބަލާ ފާސްކޮށް ހަދާފައިވާކަމާއި އަދި
އެތަންތަން ދެވަނަ ފަހަރަށް ފުލުހުން ބަލާ ފާސްކޮށްފައިވަނީ ޙައްވާ ޒާހިރާ ފުލުހުންގެ ބެލުމުގެ ދަށުގައި
ވަނިކޮށް ޙައްވާ ޒާހިރާގެ ޙާޟިރުގައި ނޫންކަން އެގޭކަމާއި
މ.ކުޑަދޫގެ ބަލާ ފާސްކުރި ކުރުމުން އެގޭގައި ޙައްވާ ޒާހިރާއާއި ޢަބްދުއްރަޝީދު މޫސާއާއި
ދެމީހުން ދިރިއުޅުނު ކޮޓަރިން ފުލުހުންނަށް ފެނިފައިވާ ރަބަރު ޕެކެޓް ތަހުލީލު ކުރުމުން އެގޭވަރަށްވުރެން
ލުއި ހެރޮއިންއަށް ދައްކާ ކަމާއި އަދި ބަދިގެއަށް ވަންނަ ގޯޅިގަޑުތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން
ފެނިފައިވާ ދެ އިންސިއުލޭޝަން ޓޭޕްރޯލަކީ ޙައްވާ ޒާހިރާގެ ތަކެތި ކަމަށް ޙައްވާ ޒާހިރާ ބުނެފައިވާކަމަށް
ހިގި ތަނަށް ދިޔަ ފުލުހުން ބަޔާން ކުރައްވާފައިވާ ދެޓޭޕްރޯލް އެގޭ ވަރަށްވުރެން ލުއި ހެރޮއިންއަށް
ތަހުލީލު ރިޕޯޓުން ދައްކާފައިވާއިރު މިމައްސަލާގައި މ.ކުޑަދޫގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ
ތިންމީހުންގެ ތެރެއިން ޢަބްދުއްރަޝީދު މޫސާއާއި މުޙައްމަދު ލިރާރުއާއި ދެމީހުންގެ ކުޑަކަމުދާތަކެތި
ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތަކަށް ޕޮސިޓިވްވެފައިވާކަން ލިޔުންތަކުން އެގެން އޮތްއިރު ޙައްވާ
ޒާހިރާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތަކަށް ޕޮސިޓިވްވެފައިވާކަން އެގެން ނެތްއިރު
އަދި ޙައްވާ ޒާހިރާގެ އަތުން ނުވަތަ ހަށިގަޑުން އެފަދަ އެއްވެސް އެއްޗެއް ފެނިފައިނުވާއިރު މ.ކުޑަދޫގެ
ބަލާފާސްކުރިއިރު ފުލުހުންނަށް ފެނިފައިވާ ތަހުލީލުރިޕޯޓުން ހެރޮއިންއަށް ދައްކާފައިވާ ތަކެއްޗަކީ ޙައްވާ
ޒާހިރާގެ ތަކެތިކަމަށް އޭނާ ތަހުޤީޤުގައިވެސް އަދި ޝަރީޢަތުގައިވެސް އިންކާރު ކޮށްފައިވާއިރު ކ.ކުޑަދޫގެ
ބަދިގެއަށް ވަންނަ ގޯޅިގަޑުތެރޭގައިހުރި ކަބަޑެއްގެ ތެރެއިން ފުލުހުންނަށް ފެނިފައިވާ ކަޅުކުލައިގެ ދެ
އިންސިއުލޭޝަން ޓޭޕްރޯލަކި ޙައްވާ ޒާހިރާގެ ތަކެތިކަމަށް އޭނާ އެވަގުތު ބުނެފައިވާކަމަށް ހާދިސާ ހިގި
ތަނަށް ދިޔަ ފުލުހުންގެ ބަޔާނުގައި ބަޔާންކޮށްފައި އޮތުމަކީ އެއީ ޙައްވާ ޒާހިރާގެ ތަކެތިކަން ނުވަތަ ޙައްވާ
ޒާހިރާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓިކަން ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތީން ޝަރީޢަތަށް ސާބިތުކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާކަމެއް ނޫންކަމާއި
މިކަންކަން މިހެންހުރުމާއެކު މ.ކުޑަދޫގެއިން ފުލުހުންނަށް ފެނިފައިވާ ތަހުލީލު ރިޕޯޓުން
ހެރޮއިންއަށް ދައްކާފައިވާ ތަކެއްޗަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި ޙައްވާ ޒާހިރާގެ
އަތުގައި ބަހައްޓާފައިހުރި ޙައްވާ ޒާހިރާގެ ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް
ސާބިތުވާކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/316 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް މިމައްސަލަ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
¢ ¢¢ތ4 44
4
ޑވާކަނ*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325129، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
2009IIC-A341
میثم ملے
ނމުނު ގޮތުގެ
.ގެޓް
ދެންފަހެ އިސްވެ ފެންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު ޖިނާއީކޯޓު
(ކްރިމިނަލްކޯޓު) ނަންބަރު 2005/JC/316 ޤަޟިއްޔާގައި މ.މ.ދ ދަފްތަރު (މ.ކުޑަދޫ) ޙައްވާ ޒާހިރާގެ
މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ ޖިނާއީކޯޓުގެ ނަންބަރު
ޤަޟިއްޔާއިން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި ޙައްވާ ޒާހިރާގެ
އަތުގައި ބެހެއްޓުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް މިޤަޟިއްޔާ ނިންމީއެވެ.
2005
* 9
ox
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv