ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/DM-01 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-DM/01
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 01/HC-DM/2013
• ދަޢުވާކުރި ފަރާތް:
ފުރިހަމަ ނަން: ފުއާދު ޒާހިރު
* އައިޑީ ކާޑު ނަންބަރު: A057687
Af
، ދާއިމީ އެޑްރެސް: މަރިޔަމްމާގެ/ ގދ. ކޮލަމާފުށި
މިހާރުގެ އެޑްރެސް: ހިމްޔާ، މާލެ
.
0
ދަޢުވާލިބުނު ފަރާތް: ދިވެހި ދައުލަތް (އެޓާނީ ޖެނެރަލްގެ އޮފީސް)
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
• ހުށަހެޅުނު ތާރީޚް: 17 ޖެނުއަރީ 2013
ނިމުނު ތާރީޚް: 12 އޭޕްރީލް 2014
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-DM/01
ދަޢުވާގެ ޚުލާޞާ
މިއީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 29 ވަނަ މާއްދާއަކީ
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި ޚިލާފު އަކުރަކަށްވާތީ އެ އަކުރު ބާޠިލުކޮށް
ދިނުން އެދި، ޤާނޫނުއަސާސީގެ
ސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ގއ. ކޮލަމާފުށި މަރިޔަމްމާގެ ފުއާދު
ޒާހިރު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 29 ވަނަ މާއްދާއަކީ
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި ޚިލާފު އަކުރަކަށްވާތީ އެ އަކުރު ބާޠިލުކޮށް
ދިނުން އެދި، ދައުލަތުގެ މައްޗަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ގއ. ކޮލަމާފުށި(
މަރިޔަމްމާގެ ފުއާދު ޒާހިރު ދަޢުވާކޮށްފައިވެއެވެ.
02- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 29 ވަނަ މާއްދާއަކީ
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މީހުންގެ މުދަލާއި ތަންތަން ބަލާފާސްކުރުމުގެ އަމުރެއް ނެރުމާއި އެފަދަ އަމުރެއް
ނެރުމުގައާއި ތަންފީޒު ކުރުމުގައި ޢަމަލުކުރެވިދާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާއަކަށްވެފައި، ކޯޓަކުން ނޫން
މުއައްސަސާއަކުން ނެރޭ ބަލާ ފާސްކުރުމުގެ އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ
މާއްދާގެ (ށ) އާއި ޚިލާފުކަމެއް ކަމަށް ފުއާދު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ދަޢުވާ ފޯމުގައި
ބަޔާންކޮށްފައިވާއިރު،
ފުއާދުގެ ޒާހިރުގެ ފަރާތުން މިމައްސަލައިގައި އެދޭ ގޮތެއްގެ ގޮތުގައި މައްސަލަ ހުށަހެޅި ފޯމުގެ 7
ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 29
ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ބާޠިލު
ކަނޑައަޅައިދިނުންކަން އެނގެން އޮވެއެވެ.
4
COCX
އެއްޗެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-DM/01
cu o
4 2 43 4
ޤާނޫނުގެ
?
03- ފުއާދު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމަށް ބަލާއިރު، މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވަނީ 31 ޑިސެމްބަރު 2012 ގައި ކަމާއި، އަދި މިމައްސަލަ ޤަޟިއްޔާއެއްގެ ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 17 ޖެނުއަރީ 2013 ގައި ކަމާއި،
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 29 ވަނަ މާއްދާވެސް ހިމެނޭ
ގޮތުން، ޤާނޫނު ނަންބަރު 14/2011 (ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 1
ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙް ގެނެވި 2011
ޑިސެމްބަރު 29 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށިފައިވާކަން އެނގެން އޮންނަކަމާއި،
ޤާނޫނު ނަންބަރު 14/2011 (ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް
1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެ އިދާރީ
ޤާނޫނު) އަށް އިތުރުކުރާ މާއްދާތަކާއި ބާބުތަކާ ގުޅިގެން އެ މާއްދާތަކުގެ ނަންބަރު
ތަރުތީބުކުރެވިފައިވާކަން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 28
ވަނަ ނަންބަރުން އެނގެން އޮންނަކަމާއި،
ފުއާދު ޒާހިރުގެ ފަރާތުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއިރު ޢަމަލުކުރެވެމުގެ
މިމުންދިޔަ
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 29 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި
ފުއާދު ޒާހިރުގެ ފަރާތުން މިދަޢުވާގައި ބަޔާންކޮށްފައިވާ ފަދައަކުން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މީހުންގެ
ދަލާއި
ތަންތަން ބަލާފާސްކުރުމުގެ އަމުރެއް ނެރުމާއި އެފަދަ އަމުރެއް ނެރުމުގައާއި ތަންފީޒު ކުރުމުގައި
ޢަމަލުކުރެވިދާނެ ގޮތްތައް ބަޔާންކުރެވިފައިނުވާކަމާއިގެ
އެއާޚިލާފަށް އެމާއްދާގައި ބަޔާންކުރެވިފައިވަނީ ވަޒީފާއެއް އަދާކުރުމާގުޅިގެން އުޖޫރައެއް ލިބޭ މީހަކަށް،
ޓެކްސް ނެގޭ އެހެން އާމްދަނީވެސް ލިބޭ ކަމުގައިވާނަމަ ޓެކްސް ބަޔާން ހުށަހަޅާއިރު ޢަމަލުކުރާނެ ގޮތާއި، އެބަޔާން
ހުށަހެޅުމުން ޢަމަލުކުރެވޭނެ ގޮތް ކަމާއި، މިކަންކަމަކީ ޤާނޫނުއަސާސީގެ މާއްދާއަކާ ޚިލާފުވާ ކަންތައްތަކެއްގެ
ގޮތުގައި ފުއާދު ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިނުވާކަމުން، ފުއާދު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ
ފޯމުގައި ބަޔާންކުރެވިފައިވާ ވާހަކަތަކާއި އެފޯމުގައި ޙަވާލާދީފައިވާ ޤާނޫނުގެ ޙަވާލާދީފައިވާ މާއްދާގެ އިބާރާތުގައި
ފާޅުކަންބޮޑު ޚިލާފުތަކެއް ހުރިކަން އެނގެން އޮންނާތީ، ފުއާދު ޒާހިރުގެ ފަރާތުން މިމައްސަލަ މިހާރު ހުށަހެޅިފައިވާ
3
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-DM/01
ގޮތަށް ކުރިޔަށް ގެންދެވިދާނެ ކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި މަޖިލީހުގެ
އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެނގޮތަށް ހުރުމުން، ގއ. ކޮލަމާފުށި) މަރިޔަމްމާގެ ފުއާދު
ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ މިދަޢުވާ މިހާރު ހުށަހެޅިފައިވާ ގޮތަށް ކުރިޔަށް ގެންދެވެން ނެތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެ*
ރާއްޖެ
ދިވެހިރާ%
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv