ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/295 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/295
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
T
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރ: 295/HC-A/2009
• އިސްތިއުނާފުކުރި ފަރާތް:
ނަން: ލަޠީފާ ޢަލީ
ދާއިމީ އެޑްރެސް: މއ.ފްރީސިއާ
މިހާރުގެ އެޑްރެސް: މ.ކާރނޭޝަންގެ
އައިޑީ ކާޑު ނަންބަރު: A048211
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަޙްމަދު އިސްމާޢީލް
އައިޑީ ކާޑުނަންބަރު: A001925
ދާއިމީ އެޑްރެސް: މއ. ހިތިލާގެ
މިހާރުގެ އެޑްރެސް: މ.އުރަހަ
• ރަޖިސްޓްރީ ތާރީޚް: 17 ޝައްވާލް 1430
06 އޮކްޓޯބަރ 2009
* ނިމުނު ތާރީޚް: 28 ޛުލްޙިއްޖާ
13 ނޮވެމްބަރ 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީކޯޓުގެ ނަންބަރު: 2008/MC/1632
• ނިންމެވި ފަރާތް: މަދަނީ ކޯޓް
މައްސަލައިގެ ބާވަތް: ބެލުން ޝަރުޠު އެގްރީމެންޓް ބާޠިލުކުރުން
• ހުށަހެޅި ތާރީޚް: 03.09.2008
* ނިމުނު ތާރީޚް: 15.07.2009
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A295
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މއ.ޕްރީސިއާ މާލެ ލަޠީފާ ޢަލީގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މއ.ހިތިލާގެ މާލެ، އަޙްމަދު އިސްމާޢީލްއެވެ.
4,1.
18
ފާހަގަކުރެވުނު
1) އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާގައި
މއ.ފްރީސިއާ މާލެ ލަޠީފާ ޢަލީ (ލަޠީފާ ޢަލިފުޅު) އަށް ކާންބޯން ދިނުމަށާއި، އަންނައުނު ދިނުމާއި، ބަލިވީމާ
ބެލުމާއި، މަރުވީމާ ވަޅުލުން ޝަރުތުކޮށް ލިޔެފައިވާ ލިޔުމެއްގައި 26 އޮގަސްޓް 1979 ގައި، ލަޠީފާ ޢަލީ
ލައްވައި ސޮއިކުރުވައިގެން، އެލިޔުމާއި ޚިލާފަށް، ލަޠީފާ ޢަލީގެ ގެދޮރާއި މުދާ (މއ.ޕްރީސިއާ އެވެ ކިޔާ ގޯތި)
ގެ މައްޗަށް އަތްގަދަކޮށް ލަޠީފާ ޢަލީގެ ޢާއިލާ އެތަނުން ނެރެ ބޭރުކޮށް، މއ.ހިވިލާގެ އަޙްމަދު އިސްމާޢީލުގެ
ބާރުގެ ދަށަށް މިގޯތި ގެންދަވައިގެން މިގޯތި ކުއްޔަށް ދެއްވައިގެން މާލީ ނަފާ ހޯދަމުންދާތީ، ލަޠީފާ ޢަލީއަށް
މަންފާ ނުލިބޭގޮތަށް، ލަޠީފާ ޢަލީގެ ގެދޮރާއި މުދާ (މއ.ޕްރީސިއާ އެވެ ކިޔާ ގޯތި) ބޭނުންކޮށްފައިވާ
ދުވަސްތަކާއި އަދި ބޭނުންކުރަމުންދާ ދުވަސްތަކަށް މަހަކު -/25,000ރ. (ފަންސަވީސްހާސް ރުފިޔާ) ގެ
މަގުން، މއ.ހިވިލާގެ އަޙްމަދު އިސްމާޢީލުގެ އަތުން ކުލި ހޯދުމަށާއި، އަނިޔާވެރިކަމާއި، ބޭއިންސާފުގެ މަގުން
ލަޠީފާ ޢަލީގެ ގެދޮރާއި މުދާ (މއ.ފްރީނިއާ އެވެ ކިޔާ ގޯތި ލަޠީފާ ޢަލީގެ އިޒުނައަކާނުލާ ބޭނުންކުރުން
ނިމުމަކަށް ގެނެސްދިނުމަށްއެދި، އަޙްމަދު އިސްމާޢީލްގެ މައްޗަށް ލަޠީފް ޢަލީ ދަޢުވާ ކޮށްފައިވާތީ، މަދަނީ
ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "މއ. ޕްރީސިއާ ލަޠީފާ ޢަލީފުޅަށް ކާންބޯން ދިނުމާއި،
އަންނައުނުދިނުމާއި، ބަލިވީމާ ބެލުމާއި، މަރުވީމާ ވަޅުލުން ޝަރުތުކޮށް ލިޔެފައިވާ ލިޔުމެއްގައި 26 އޯގަސްޓް
1979 ގައި ލަޠީފް ޢަލިފުޅު ލައްވައި ސޮއިކުރުވައިގެން އެލިޔުމާއި ޚިލާފަށް ލަޠީފާ ޢަލިފުޅުގެ ގެދޮރާއި މުދާ
(މއ. ޕްރީސިއާ އެވެކިޔާ ގޯތި) ގެ މައްޗަށް އަތްގަދަކޮށްގެން، ލަޠީފާ ޢަލީފުޅާއި އޭނާގެ ޢާއިލާ އެތަނުންނެރެ
ވާގަލި އަޙްމަދު އިސްމާޢީލްގެ ބާރުގެދަށަށް މިގޯތި ގެންގޮސްގެން، މިގޯތި ކުއްޔަށްދީ، މާލީނަފާ
ހޯދަމުންދާތީ، އަޙްމަދު އިސްމާޢީލް ބޭނުންކޮށްފައިވާ ދުވަސްތަކަށާއި، އަދި ބޭނުންކުރަމުންދާ ދުވަސްބަށް
ބޭރުކޮށް، މ.
ހައިކޯ2
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
،
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/295
ނަންބަރު
C-8C-16/80
0އ
މަހަކު -/25,000ރ. (ފަންސަވީސްހާސް ރުފިޔާ) ގެ މަގުން އަޙްމަދު އިސްމާޢީލްގެ އަތުން ކުލިހޯދުމަށާއި،
ލަޠީފާ ޢަލިފުޅުގެ އިޒުނައަކާނުލައި، އަޙްމަދު އިސްމާޢީލް ޕްރީސިއާ އެވެކިޔާ ގޯތި ދެކުރުން
ނިންމުމަކަށް ގެނެސްދިނުމަށްއެދި އަޙްމަދު އިސްމާޢީލްގެ މައްޗަށް ލަޠީފާ ޢަލީފުޅު ކުޅު މިދަޢުވާގައި ލަޠީފާ
ޢަލީފުޅާއި، އަޙްމަދު އިސްމާޢީލްއާއި ދެމެދު އެއްބަސްވެ ސޮއިކޮށް ކޯޓް ނަންބަރު 8 ގައި ރަޖިސްޓަރީކޮށްފައިވާ
އެގްރީމެންޓްގެދަށުން ބެލުންޝަރުތުކޮށް ލަޠީފާ ޢަލިފުޅުގެ ނަމުގައި
ރަޖިސްޓަރީކޮށްފައިވާ، ފްރީނިއާ އެވެ ކިޔާ ބަންޑާރަ ގޯތި އއ.ހިވިލާގެ އަޙްމަދު އިސްމާޢީލަށް
ދީފައިވާދިނުމުގެ ސަބަބުން މއ. ޕްރީސިއާ އެވެކިޔާ ބަންޑާރަ ގޯތީގެ މައްޗަށް އުފެދިފައިވާ، އަޙްމަދު
އިސްމާޢީލްގެ ޙައްޤުގެދަށުން އަޙްމަދު އިސްމާޢީލް ފްރީސިއާ އެވެކިޔާ ބަންޑާރަ ގޯތި ކުއްޔަށްދީގެން
މަންފާހޯދަމުންދާތީ، ޕްރީސިއާ އެވެކިޔާ ގޯތި، އަޙްމަދު އިސްމާޢީލް ބޭނުންކޮށްފައިވާ ދުވަސްތަކަށާއި،
ކުރަމުންދާ ދުވަސްތަކަށް މަހަކު -/25,000ރ. (ފަންސަވީސްހާސް ރުފިޔާ) ގެ މަގުން އަޙްމަދު
އިސްމާޢީލްގެ އަތުން ލަޠީފާ ޢަލީފުޅަށް ކުލިނަގައިދެވޭނެތަނެއް ނެތްކަމަށް ޙުކުމްކޮށް، މއ. ޕްރީސިއާ އެވެކިޔާ
ބަންޑާރަ ގޯތި އަޙްމަދު އިސްމާޢީލް ބޭނުންކުރުން މަނާކުރެވޭނެތަނެއް އޮތް
އޮތްކަމަށް ޝަރީޢަތަށް ނުފެންނަކަމަށާއި،
ދެފަރާތްދެމެދު އެއްބަސްވެ ސޮއިކޮށްފައިވާ ކޯޓް ނަންބަރު 8 ގެ ނަންބަރު 16
/
80-C
-
8
/
C އެގްރީމެންޓް
ބާޠިލްކުރެވޭނެތަނެއް ނެތްކަމަށް ކަނޑައަޅައި މިޤަޟިއްޔާ ނިންމާފައިވާކަން" އެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
24
30 ޖ ޗ
ބޭނުންކުރަމުންދި
Oct cec
CCCX
2) މަދަނީ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މއ.ފްރީސިއާ މާލެ ލަޠީފާ ޢަލީގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން މައިގަނޑު 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
¢ ¢ ¢
• ފުރަތަމަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާގައި
ބައްލަވާ ނިންމަވާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި
"އަސާސީ ޙައްޤުތަކާއި މިނިވަންކަން" މިސުރުޚީގެ ދަށުގައި ބަޔާންކޮށްފައިވާ ހަމަތަކާއި، އުޞޫލުތަކާއި
އެއްގޮތަށް ތަންޒީމުކުރެވޭ މައްސަލައަކަށްވާއިރު، މިމައްސަލާގައި ދަޢުވާވެވުނު ޙައްޤު މއ.ޕްރީސިއާ/މާލެ ލަޠީފާ
ޢަލީއަށް ލިބިދެވިފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ
އްޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/2295
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގައި
"މިބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން
ނިގުޅައިގެންފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި އެމައްސަލަ ކޯޓަށް
ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށާއި،
މއ.ފްރީސިއާ އެވެކިޔާ ގޭގައި ދިރިއުޅޭ މީހުންނާއި އެމީހުންގެ ތަކެތިނެރެ ތަންހުސްކޮށް، ޤާނޫނުގައިވާ
ގޮތުގެމަތިން އަޙްމަދު އިސްމާޢީލަށް މއ.ފްރީސިއާ އެވެކިޔާ ގެއާގޯތި ނަޤުލުކޮށްފައިނުވާއިރު، މިމައްސަލާގައި،
ލަޠީފާ ޢަލީއާއި ލަޠީފާ ޢަލީގެ ޢާއިލާ އެގެއިންނެރެ ބޭރުކޮށް، އަޙްމަދު އިސްމާޢީލުގެ ބެލުމުގެ ދަށުގައި ލަޠީފާ
ޢަލީގެ ގެދޮރާއިމުދާ ކުއްޔަށް ދެއްވައިގެން މިގެއަގޯތިން އަޙްމަދު އިސްމާޢީލް މަހަކު -/40,000ރ.
(ސާޅީސްހާސް ރުފިޔާ) ގެ ޖާލީނަފާ ހޯދައި ލިބިގެންފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
• ތިންވަނަ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ކާންބޯންދިނުމާއި އަންނައުނުދިނުމާއި
ބަލިވީމާބެލުން ފަދަ އަސާސީ ޚިދުމަތްތައް ލިބިދިނުން ލާޒިމުކުރާ ލިޔުމެއް އޮތްނަމަވެސް އެލިޔުމާއި އެއްގޮތަށް
ޢަމަލު ކުރެވިފައިނުވާކަމަށާއި، މިމައްސަލާގައި ލަޠީފާ ޢަލީއަށް އެއްވެސް ބާވަތެއްގެ އަޅާލުމެއް މަދަދެއް
އެހީތެރިކަމެއް އަޙްމަދު އިސްމާޢީލްގެ ފަރާތުން ނުލިބޭތާ 29 އަހަރުވެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާގައި
ބައްލަވާ ނިންމަވާފައިވާ މައްސަލާގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ލަޠީފް ޢަލީގެ މަދަނީ ޙައްޤުތަކަށް
ކަމޭހިތްތަވާފައިނުވާކަމަށް ބުރަވެވޭފަދަ ސަބަބުތަކެއްހުރިކަމަށްބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ލަޠީފާ ޢަލީ (ލަޠީފާ ޢަލިފުޅު) އާއި، އަޙްމަދު އިސްމާޢީލްއާއި ދެމެދު
އެއްބަސްވެ ސޮއިކޮށް ކޯޓު ނަންބަރު 3 ގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރު 16
/
80-C
-
8
/
C އެގްރީމެންޓްގެ
ފުރަތަމަ މާއްދާގައި ލަޠީފާ ޢަލީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ "ފްރީނިއާ" އެވެ ކިޔާ ބަންޑާ
ގޯތީގައިވާ ލަޠީފާ ޢަލީގެ މިލްކު ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ލަޠީފާ ޢަލީ މަރުދުވަހަށް ބެލުން
8
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/295
އެއެއްބަ
C-8/C-16/80
ޝަރީޢަތަށް ހުށަހަޅާފައިވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަކްގެ ހައި
މއ.ތިލާގޭ އަޙްމަދު އިސްމާޢީލްއަށް ދިންކަމަށާއި، ބެލުމަކީ ކާންބޯން ދިނުމާއި، އަންނައުނު ދިނުމާއި ބަލިވީމާ
ބެލުމާއި އަދި މަރުވީމާ ވަޅުލުންކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އެބަސްވުމުގެ 2 ވަނަ މާއްދާގައި އިސްވެ ބުނެވުނު ގޯތީގައިވާ ޢިމާރާތްތަކާއި، ވަޅުފަދަ
ތަންތަން ލަޠީފާ ޢަލީ ނިޔާވަންދެން ބެލުން ޝަރުތުކޮށް ޝަރީޢަތް މެދުވެރިކޮށް ދީފައިވާ ދިނުން އަޙްމަދު
އިސްމާޢީލް ޤަބޫލުކުރާކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމެވެ.
(ށ) ދެވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާ އިސްތިއުނާފު
ކުރަމުން، ލަޠީފާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާގެ
ތަފްޞީލަށް ލަޠީފާ ޢަލީގެ ކިބައިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުން އެދުމުން، ލަޠީފާ ޢަލީގެ
ފަރާތުން ބުނެފައިވަނީ، ލަޠީފާ ޢަލީ މއ.ފްރީސިއާ އެވެ ކިޔާ ގޯތީ އަޙްމަދު އިސްމާޢީލްއަށް ޙަވާލުކުރީ
އެގްރީމެންޓްގެ ދަށުންކަމަށާއި، އެ އެގްރީމެންޓްގައި ލަޠީފާ ޢަލީ ސޮއިކުރީ އޭނާގެ
އަމިއްލަ އިޚްތިޔާރުގައިކަމަށާއި، ދަށު ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ކުވި ހޯދުމަށްކުރި ދަޢުވާއެއްކަމަށާއި،
އެއީ އަޙްމަދު އިސްމާޢީލް މއ.ޕްރީސިއާ ބޭނުންކުރަމުންދާ ދުވަސްތަކުގައި ލަޠީފާ ޢަލީއަށް އެއްވެސް ކަހަލަ
މަންފާއެއް އެތަނުން ލިބެމުން ނުދާއިރު، އަޙްމަދު އިސްމާޢީލް އެތަން ކުއްޔަށް ދީގެން މަހަކު -/40,000ރ.
(ސާޅީސްހާސް ރުފިޔާ) ހޯދަމުން ދާތީވެ، އަޙްމަދު އިސްމާޢީލް ލަޠީފާ ޢަލީއަށް -/
25,000ރ.
(ފަންސަވީސްހާސް ރުފިޔާ) ގެ މަގުން ކުލި ދެއްކުމަށް ކުރި ދަޢުވާއެއްކަމަށާއި،
މަދަނީ ކޯޓުން އެ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލަކާ
އުޞޫލަކާ ޚިލާފަށްކަމަށް ލަޠީފާ ޢަލީއަށް ޤަބޫލުކުރެވޭ ސަބަބަކީ، އިސްވެ ބުނެވުނު ޤަޟިއްޔާގައި
ރިޢާޔަތް ކުރައްވާފައިވަނީ ނަންބަރު 16
/
80-C
-
8
/
C އެގްރީމެންޓަށްކަމަށާއި، އެއެގްރީމެންޓަކީ ކުލީގެ
އެގްރީމެންޓެއް ނޫންކަމަށާއި، އަޙްމަދު އިސްމާޢީލް މއ.ފްރީސިއާ ކިޔާ ގޯތި ބޭނުންކުރުމަކީ އިސްވެ ބުނެވުނު
އެގްރީމެންޓާ ގުޅޭކަމެއް ނޫންކަމަށާއި، މައްސަލައަކީ ލަޠީފާ ޢަލީގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ލަޠީފާ
ޢަލީގެ ތަނެއް ލަޠީފާ ޢަލީގެ ޙަޔާތުގައި އެހެން މީހަކު ބޭނުންކުރަމުން ދާއިރު، ލަޠީފާ ޢަލީއަށް އޭގެން
އެއްވެސް މަދަދެއް ނުލިބޭތީވެ، އެތަން ބޭނުންކުރަމުންދާ ދުވަސްތަކަށް ކުރި ހޯދުމަށްކުރާ ދަޢުވާއެއްކަމަށާއި،
މއ.ޕްރީސިއާ އަކީ ލަޠީފާ ޢަލީގެ ގޯއްޗެއްކަމަށް ސާބިތުކޮށްދިނުމަށްޓަކައި، އެގޯތީގެ ރަޖިސްޓްރީގެ ކޮޕީއެއް
ޝާ
cc ecc
ފާހަގަކުރެވޭކަމެވެ
.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/295
4
3
32 ހ3 8
ނަPފ2ނ
4
(ނ) ތިންވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ނުކުތާގައި ލަޠީފާ ޢަލީގެ މައިގަނޑު ދަޢުވާ
ބަޔާންކޮށްފައިވާއިރު، އަޙްމަދު އިސްމާޢީލްއަށް އއ.ޕްރީސިއާ ކިޔާ ގޯތި ބޭނުންކުރުމަށްޓަކައި ލިބުނު ގޮތަށް
ބަލާއިރު، އެ ގޯއްޗަކީ ލަޠީފާ ޢަލީއާއި، އަޙްމަދު އިސްމާޢީލްއާއި ދެމެދު އެއްބަސްވެ ސޮއިކޮށް ކޯޓު ނަންބަރު
8 ގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރު 16
/
80-C
-
8
/
C އެގްރީމެންޓްގެ ދަށުން ލަޠީފާ ޢަލީ ބެލުން
ޝަރުތުކޮށް އަޙްމަދު އިސްމާޢީލްއާ ލަޠީފާ ޢަލީ ޙަވާލުކުރި ގޯއްޗެއްކަން އެނގޭކަމާއި،
އެ ގޯއްޗަކީ، ލަޠީފާ ޢަލީގެ ޙަޔާތުގައި އަޙްމަދު އިސްމާޢީލް
އަންނަ
ގޯއްޗެއްކަމުގައި ވީނަމަވެސް، އަޙްމަދު އިސްމާޢީލްއަށް މއ.ފްރީސިއާ ކުއްޔަށްދީފައިނުވާކަން ނުވަތަ އަޙްމަދު
އިސްމާޢީލް އެ ގޯތި ކުއްޔަށް ދީގެން ލިބޭ އާމްދަނީއިން ބައެއް ލަޠީފާ ޢަލީއަށް ދައްކަން ޖެހޭނެކަމަށް ދެފަރާތު
ދެމެދު އެއްބަސްވެވިފައިވާ އެއްވެސް ކިތާބީ ހެއްކެއް ލަޠީފާ ޢަލީގެ ފަރާތުން ދަށު ކޯޓުގެ ޝަރީޢަތުގެ
މަޖިލިހަށް ހުށަހެޅިފައިނުވާކަން ފާހަގަކުރެވޭކަމާއި، މއ.ފްރީސިއާ އާގުޅޭ ގޮތުން ދެފަރާތު ދެމެދު ވެވުނު
އެއްބަސްވުމަކީ ނަންބަރު 16
/
80-C
-
8
/
C އެގްރީމެންޓްކަން އެނގޭކަމާއި، އަދި އެ އެގްރީމެންޓަށް މަދަނީ
ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާގައި ރިޢާޔަތް ކުރައްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ
އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމާއި، ލަޠީފާ ޢަލީ މއ.ފްރީސިއާ އަޙްމަދު އިސްމާޢީލްއާ
ޙަވާލުކޮށްފައިވަނީ އަޙްމަދު އިސްމާޢީލްއަށް ލަޠީފާ ޢަލީ ބެލުން ޝަރުތުކޮށްފައިކަން އެނގެން އޮންނަ އިރު،
އަދި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެ ގޯތި ބޭނުންކޮށްގެން ލިބޭ އެއްޗަކުން ބައެއް ލަޠީފާ
ޢަލީއަށް ދައްކަންޖެހޭނެކަމަށް ލަޠީފާ ޢަލީއަށް ސާބިތުކޮށްދެވިފައިނުވާއިރު، އަދި މަދަނީ ކޯޓުގެ ނަންބަރު
2008/MC/1632 ޤަޟިއްޔާ ނިންމަވާފައިވާގޮތް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އެއްވެސް
މާއްދާއަކާ ޚިލާފުވާގޮތް ލަޠީފާ ޢަލީއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެއްކިފައިނުވާއިރު،
މަދަނީ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުން އިސްތިއުނާފުކުރާ
ފުރަތަމަ ދެ ނުކުތާއަށް ބިނާކޮށް ބާޠިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމެވެ.
އެއްގޮތަށް
(ށ) ހަތަރުވަނަ ކަމަކީ، ދެފަރާތުގެ ދެމެދުގައި ކާންބޯންދިނުމާއި އަންނައުނުދިނުމާއި
ބަލިވީމާބެލުން ފަދަ އަސާސީ ޚިދުމަތްތައް ލިބިދިނުން ލާޒިމުކުރާ ލިޔުމެއް އޮތްނަމަވެސް އެލިޔުމާއި
ޢަމަލު ކުރެވިފައިނުވާކަމަށާއި، މިމައްސަލާގައި ލަޠީފާ ޢަލީއަށް އެއްވެސް ބާވަތެއްގެ އަޅާލުމެއް މަދަދެއް
އެހީތެރިކަމެއް އަޙްމަދު އިސްމާޢީލްގެ ފަރާތުން ނުލިބޭތާ 29 އަހަރުވެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެއްޖޭގެ ހައި
ގުޅިގެން،
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
އެއްބަސްވުޤ
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/295
4341
ލަޠީފާ ޢަލީގެ ފަރާތުން މއ.ޕްރީސިއާ އެވެ ކިޔާ ގޯތި އަޙްމަދު އިސްމާޢީލްއާ ލަޠީފާ ޢަލީ
ބެލުން ޝަރުތުކޮށް ޙަވާލުކުރިކަމާބެހޭ އެތައް މައްސަލަތަކެއް މީގެ ކުރިން ދިވެހިރާއްޖޭގެ އެކި ކޯޓުތަކަށް
ހުށަހެޅިފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެންމެ ފަހުން މައްސަލައާގުޅޭ
ގޮތުން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 148/HC
-
A/2004 ޤަޟިއްޔާއަށް ބަލާއިރު،
އެޤަޟިއްޔާގައިވެސް، ލަޠީފާ ޢަލީއާއި އަޙްމަދު އިސްމާޢީލްއާ ދެމެދު ލަޠީފާ ޢަލީ ބެލުން ޝަރުތުކުރުމުގެ
އެއްގޮތަށް އަޙްމަދު އިސްމާޢީލް ޢަމަލުނުކޮށް، ލަޠީފާ ޢަލީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ
މއ.ފްރީނިއާ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތްތައް ބޭނުންކުރަމުންދާކަމަށް ބުނެ ދަޢުވާކޮށްފައިވާކަން ފާހަގަ
ކުރެވޭކަމާއި، އެޤަޟިއްޔާގައި ލަޠީފާ ޢަލީގެ ދަޢުވާއާ ގުޅިގެން ހުށަހެޅި ހެކިންގެ ހެކިބަހުން އަޙްމަދު
އިސްމާޢީލްއާއި ލަޠީފާ ޢަލީއާ ދެމެދު ވެވުނު އެއްބަސްވުމާ ޚިލާފަށް އަޙްމަދު އިސްމާޢީލް ލަޠީފާ ޢަލީއަށް
އަޅާނުލާކަން ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައަޅާފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެހެންކަމުން، ލަޠީފާ
ޢަލީއާއި އަޙްމަދު އިސްމާޢީލްއާ ދެމީހުން ކޮށްފައިވާ ބެލުން ޝަރުތުކޮށްދިނުމާ ބެހޭ އެގްރީމެންޓް ޝަރީޢަތުން
ބާޠިލުކޮށްދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާކަން އެނގޭކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާގައިވެސް ދެފަރާތުގެ ދެމެދުގައި
ކާންބޯންދިނުމާއި އަންނައުނުދިނުމާއި ބަލިވީމާބެލުން ފަދަ އަސާސީ ޚިދުމަތްތައް ލިބިދިނުން ލާޒިމުކުރާ ލިޔުމެއް
އެލިޔުމާއި އެއްގޮތަށް އަޙްމަދު އިސްމާޢީލް ޢަމަލު ކޮށްފައިނުވާކަމަށް ލަޠީފާ ޢަލީއަށް ސާބިތުކޮށް
ދެވިފައިނުވާކަން ފާހަގަކުރެވެން އޮތުމުން، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1632 ޤަޟިއްޔާ
ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމެވެ.
:
8 އ ސ ޑ ވ
އެބޭނަމަވެސް
0
އެންމެ
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
2008/MC/1632 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މއ.ފްރީސިއާ މާލެ ލަޠީފާ ޢަލީގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް
ނެތްކަމަށް މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ
ޤަޟިއްޔާގައި މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ޚި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv