ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/28 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމު
ނިމުނު ގޮ
ގޮތުން
2013/HC-A/28
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
es
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު:28/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ޔޫސުފް މޫސާ
އައިޑީ ކާޑު ނަންބަރު: A050821
* ދާއިމީ އެޑްރެސް: މއ. ސިސިލްފަރުމާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
މާހިރު
އައިޑީ ކާޑު ނަންބަރު: A036468
ނަން: ޢަބްދު
ދާއިމީ އެޑްރެސް:
މ. ވެލާނާވަރުމާލެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއައްވަލް 1434
31 ޖެނުއަރީ 2013
ނިމުނު ތާރީޚް: 20 ޖުމާދަލްއާޚިރާ 1434
30 އެޕްރީލް 2013
0
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/2243
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 23 ނޮވެމްބަރު 2011 ނިމުނު ތާރީޚް: 8 ނޮވެމްބަރު 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު :
2013/HC-A/28
گمرکی
ދަޢުވާގެ ޚުލާޞާ
OX
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2243 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި މުޙައްމަދު ޔޫސުފް މޫސާ، މއ. ސިސިލްފަރުމާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A050812) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ، ޢަބްދުﷲ މާހިރު، މ. ވެލާނާވަރު/މާލެ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A036468) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2243
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، މއ. ސިސިލްފަރު/މާލެ، މުޙައްމަދު ޔޫސުފް މޫސާގެ ބެލުމުގެ
ދަށުގައިހުރި، ޢަބްދުﷲ މާހިރުގެ ގެއެއްކަމަށްވާ ކާސަލް!މާލެ، އޭނާގެ ކިބައިއިން ހޯދައިދިނުމަށް އެދި
މުޙައްމަދު ޔޫސުފް މޫސާގެ މައްޗަށް ޢަބްދުﷲ މާހިރު ސިވިލް ކޯޓަށް ހުށަހަޅައިގެން ސިވިލް ކޯޓުގެ ނަންބަރު
2010/MC/997 ޤަޟިއްޔާއިން ބެލެމުންދިޔަ މައްސަލަ، 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް
ނުހިންގޭ ގޮތުގެމަތިން ޢަބްދުﷲ މާހިރު ދަޢުވާ ފޯމް ބާޠިލް ކުރުމުން، ޢަބްދުﷲ މާހިރުއަށް މުޙައްމަދު
ޔޫސުފް މޫސާ ދޭން އެއްބަސްވި ފައިސާ ދީފައިނުވާތީ، ދެފަރާތުން 13 އޮކްޓޯބަރ 2010 ގައި ލިޔެ
އެއްބަސްވެފައިވާ ފަދައިން ދޭންޖެހޭ ފައިސާ ކަމުގައިވާ 564,702
/
56ރ. (ފަސްލައްކަ ފަސްދޮޅަސް
ހަތަރުހާސް ހަތްސަތޭކަ ދެ ރުފިޔާ ފަންސާސް ހަލާރި) މުޙައްމަދު ޔޫސުފް މޫސާގެ އަތުން ހޯދައިދިނުމަށް
ޢަބްދުﷲ މާހިރު ދަޢުވާކުރުމުން، ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
Cox
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
23
ޤަޟިއްޔާ ނިމުނު
2(613/HC-A/28
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ސިސިލްފަރު/މާލެ،
މުޙައްމަދު ޔޫސުފް މޫސާގެ މައްޗަށް މ. ކާނަލް މާލެ، ޢަބްދުﷲ މާހިރު ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން
ބެލިއިރު،
މުޙައްމަދު ޔޫސުފް މޫސާގެ ބެލުމުގެ ދަށުގައި ހުރި ޢަބްދުﷲ މާހިރުގެ ގެއެއް
ހޯދައިދިނުމަށް އެދި މުޙައްމަދު ޔޫސުފް މޫސާގެ މައްޗަށް ޢަބްދުﷲ މާހިރު ސިވިލް ކޯޓަށް ހުށަހަޅައިގެން
ސިވިލް ކޯޓުގެ ނަންބަރު 2010/MC/997 ޤަޟިއްޔާއިން ބެލެމުންދިޔަ މައްސަލަ 2011 ވަނަ އަހަރުގެ
އޭޕްރީލް މަހުގެ ނިޔަލަށް ނުހިންގޭ ގޮތުގެމަތީން ޢަބްދުﷲ މާހިރު ދަޢުވާ ފޯމް ބާޠިލުކުރުމުން، ޢަބްދު
މަހިރުއަށް މުޙައްމަދު ޔޫސުފް މޫސާ ދޭން އެއްބަސްވި ފައިސާ ދީފައިނުވާތީ، ދެފަރާތުން 13 އޮކްޓޯބަރ
2010 ގައި ލިޔެ އެއްބަސްވެފައިވާ ފަދައިން ދޭންޖެހޭ ފައިސާ ކަމުގައިވާ 564,702
/
56ރ. (ފަސްލައްކަ
ފަސްދޮޅަސް ހަތަރުހާސް ހަތްސަތޭކަ ދެރުފިޔާ(ފަންސާސް ހަލާރި) މުޙައްމަދު ޔޫސުފް މޫސާގެ އަތުން
ހޯދައިދިނުމަށް ޢަބްދުﷲ މާހިރު މިދަޢުވާގައި އެދިފައިވާއިރު،
އެއްބަސްވުމުގައިވާ ފަދައިން ޢަބްދުﷲ މާހިރު ޢަމަލު ކޮށްފައިވާކަމާއި،
އެއްބަސްވުމުގައިވާ ފަދައިން މުޙައްމަދު ޔޫސުފް މޫސާ ޢަމަލުކޮށްފައި ނުވާކަން ދެފަރާތުގެ ބަހުން އެނގެން
އޮތުމާއި،
ޢަބްދުﷲ މާހިރުއަށް މުޙައްމަދު ޔޫސުފް މޫސާ ދޭންޖެހޭ ދަރަންޏެއް ނޯންނާނެ
ކަމަށާއި، ބުނެވެދިޔަ އެއްބަސްވުމުގައި ޢަބްދުﷲ މާހިރުއަށް މުޙައްމަދު ޔޫސުފް މޫސާ ފައިސާ ދޭން
ބުނެފައިވާ ބުނުމަކީ ހަމައެކަނި އިޖްތިމާޢީ ވައުދެއް ކަމަށް މުޙައްމަދު ޔޫސުފް މޫސާ ފަރާތުން ބުނިނަމަވެސް،
ބުނެވެދިޔަ އެއްބަސްވުމުގައި މުޙައްމަދު ޔޫސުފް މޫސާ އަމިއްލަ އިޙްތިޔާރުގައި
އެއްވެސް މަޖުބޫރު ކަމެއްނެތި ދެހެކިންގެ ޙާޟިރުގައި ސޮއިކުރިކަން މުޙައްމަދު ޔޫސުފް މޫސާގެ ބަހުން
އެނގެން އޮތުމުން، އެއްބަސްވުމުގައި ސޮއިކުރުމުގައި ޤާނޫނީގޮތުން ބަނދެވޭ ބަނދެވުމެއް އުފަންކުރުމުގެ
ނިޔަތް މުޙައްމަދު ޔޫސުފް މޫސާ އޮތްކަމަށް
ލަންޖެހޭތީއާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
23
ޤަޟިއްޔާ 1 ނިމުނު
2(613/HC-A/28
ދެފަރާތުން އެއްބައި
ޚަބަސްވުމުގެ ސޮއިކުރިއިރު، ޢަބްދުﷲ މާހިރުގެ ނަމުގައި ރަޖިސްޓްރީ
ކޮށްފައިވާ އެންދެރިއާގެ އެވެ ކިޔާ ގޯތި މުޙައްމަދު ޔޫސުފް މޫސާގެ ބެލުމުގެ ދަށުގައި ހުރިކަމާއި،
އެގެއިން މުޙައްމަދު ޔޫސުފް މޫސާ ދިގުމުއްދަތެއް ވަންދެން މަންފާ ނަގަމުން ގޮސްފައިވާކަމާއި، މުޙައްމަދު
ޔޫސުފް މޫސާގެ އެދުމުގެމަތިން ޢަބްދުﷲ މާހިރު ބާޠިލްކުރި ސިވިލް ކޯޓުގެ ނަންބަރު 2010/MC/997
ޤަޟިއްޔާގައިވެސް ޢަބްދުﷲ މާހިރު އެދިފައިވަނީ މުޙައްމަދު ޔޫސުފް މޫސާގެ އަތުން އެގެ ހޯދަންކަން
އެޤަޟިއްޔާގެ ރިޕޯޓުންނާއި ދެފަރާތުގެ ބަހުން އެނގެން އޮތުމުން، ދަޢުވާގައި ބުނެފައިވާ އެއްބަސްވުމުގައި
ބަދަލުވާ މުޤާބިލެއް އޮތްކަމަށް ޤަބޫލުކުރެވޭތީއާއި،
އެއްބަސްވުމެއްގައި ފުރިހަމަވާންޖެހޭ ހަތަރު ރުކުން ކަމުގައިވާ ހުށަހެޅުމެއް
އޮތުމާއި،
ޤަބޫލުކޮށްފައިވާކަމާއި، ޤާނޫނީގޮތުން ބަނދެވޭ ބަނދެވުމެއް އުފަންކުރުމުގެ ނިޔަތް އޮތުމާއި،
ބަދަލުވާ މުޤާބިލެއް އޮތުން، ދަޢުވާގައި ބުނެފައިވާ އެއްބަސްވުމުގައި ފުރިހަމަވެފައިވާތީ، މިބުނެވިދިޔަ
އެއްބަސްވުމަކީ އެއެއްބަސްވުމުގެ
ބަސްވުމުގެ ދެފަރާތް ޤާނޫނީގޮތުން ބަނދެވޭ ބަނދެވުމެއް އޮތް
ކަމަށްވާތީ، އެއްބަސްވުމުގައި ވާފަދައިން ޢަބްދުﷲ މާހިރުއަށް މުޙައްމަދު ޔޫސުފް މޫސާ ދިނުމަށް
އެއްބަސްވެފައިވާ ފައިސާ ކަމުގައިވާ 564,702156ރ. (ފަސްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތްސަތޭކަ
ދެރުފިޔާ ފަންސާސް ހަލާރި) އަކީ ޢަބްދުﷲ މާހިރުއަށް މުޙައްމަދު ޔޫސުފް މޫސާ ދޭންޖެހޭ ފައިސާ ކަމަށް
ކަނޑައަޅައި، މިފައިސާ ޢަބްދުﷲ މާހިދުއަށް ލިބިދިނުމަށްޓަކައި މިއަދުން ފެށިގެން 06 (ހައެއް)
މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމީހަކަށްޖެހޭވަރަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކައި
ޚަލާޞްކުރުމަށް މުޙައްމަދު ޔޫސުފް މޫސާއަށް އަންގައި" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް
24ތ 24ތ
އަހރހޅުން
0224/84
I
ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2243 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
جي شرجي
5
2 32
2013/HC-A/28
ނިމުނު
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން މުޙައްމަދު ޔޫސުފް
މޫސާގެ ފަރާތުން ހުށަހަޅާފައިވާ;
• ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޔޫސުފް މޫސާ، ޢަބްދުﷲ މާހިރަށް ދޭންޖެހޭ
ފައިސާއެއްކަމަށް ބުނާ 564,702
/
56ރ. (ފަސްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތްސަތޭކަ ދެރުފިޔާ
ފަންސާސް ހަލާރި) ހޯދުމަށް ޢަބްދުﷲ މާހިރު ދަޢުވާކުރާކަން އެނގޭއިރު، މިފައިސާއަކީ ދޭންޖެހޭ ފައިސާއެއް
ނޫންކަމަށްވެފައި މިފައިސާ ހޯދުމަށް ޢަބްދުﷲ މާހިރު ކުރައްވާ ދަޢުވާއަކީ އޭނާއަށްވީ ގެއްލުމެއްނެތި
ގެއްލުންވީކަމަށް ދައްކައިގެން ފައިސާހޯދުމުގެ ވިސްނުމުގައި ކުރާ ދަޢުވާއެއްކަމަށް އެނގެންއޮތްއިރު
ޝަރީޢަތުން ބައްލަވަންވާވަރަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ،
މުޙައްމަދު ޔޫސުފް މޫސާ ކުރަންޖެހޭކަމެއްވާނަމަ
އެކަމެއް
ނުކުރެވުނު ގޮތާއި ކަންވީގޮތުގެ މައްޗަށް ދަންނަވަންޖެހޭ ވާހަކަ ދެންނެވޭނެ ފުރުސަތެއްނެތި އަނެއްފަރާތުގެ
ލާބައަށް މައްސަލަ ނިންމުމަށް މަސައްކަތްކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
0
ތިންވަނަ ނުކުތާއަކީ، މުޙައްމަދު ޔޫސުފް މޫސާ، ޢަބްދުﷲ މާހިދުއަށް ދޭންޖެހޭ
ފައިސާއަކަށް އެފައިސާވެފައި އަދި އެގޯއްޗަކީވެސް ޢަބްދުﷲ މާހިރާއި މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު 25
އޯގަސްޓް 1996 ގައި ހެކިންގެ ހާޒިރުގައި ލިޔުމެއްލިޔެ ޢަބްދުﷲ މާހިރު މުޙައްމަދު ޔޫސުފް މޫސާއާ
ޙަވާލުކޮށްފައިވާ ގޯއްޗެއްކަމަށާއި، މިގޯތީގެ ޢިމާރާތްކުރީވެސް އެލިޔުމުގެދަށުން މުޙައްމަދު ޔޫސުފް މޫސާ
ކަމަށްވެފައި މުޙައް
މުޙައްމަދު ޔޫސުފް މޫސާގެ ތަސައްރަފުގެ ދަށުގައިވާ ތަނެއް މުޙައްމަދު ޔޫސުފް މޫސާއަށް
އެނގުމަކާއިނުލާ އެހެން ފަރާތަކަށް ވިއްކުމުން ލިބުނު ގެއްލުމެއްވީވެސް މުޙައްމަދު ޔޫސުފް މޫސާއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ދު
2013/HC-A/28
ނިމުނު :
ކަމަށްވާއިރު، އިތުރަށް އެގެއާ ބެހޭގޮތުން ޢަބްދުﷲ މާހިދުއަށް ދޭންޖެހޭނެ ފައިސާއެއް
ފެނެތަނެއްނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
އޮންނާނެ ކަމަށް
ޑ ދު
• ހަތަރުވަނަ ނުކުތާއަކީ، ޢަބްދުﷲ މާހިރު އެފޯމު ބާޠިލްކުރީ އޭނާގެ ބޭނުމަށްޓަކައި
އެދިގެންކަން އެނގޭ ހެކިން އެލިޔުމުގައިވެސް ވަނިކޮށް، އެމީހުން ހާޒިރުނުކޮށް މުޙައްމަދު ޔޫސުފް
މޫސާ އެލިޔުމުގައި ސޮއިކުރީމޭ ބުނާތީ ހަމައެކަނި އެނުކުތާއަށް ވިސްނުމަށްފަހު އޭނާއަށް މުޙައްމަދު ޔޫސުފް
މޫސާ ފައިސާ ދޭން އެއްބަސްވި އަޙުދުގެ ލިޔުމެއްކަމަށް ބައްލަވައި މައްސަލަ ނިންމެވިހަމާގައި އިންސާފު
ޤާއިމުވެފައިނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
2243/Cv-C/2011
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު ޔޫސުފް
މޫސާ ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ޢަބްދުﷲ މާހިރުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/2243 ޤަޟިއްޔާގައި ހިމެނޭ މައްސަލައާ ގުޅިގެން އެކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
ތެރޭގައި ހިމެނޭ، ޢަބްދުﷲ މާހިރު އާއި މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު، 13 އޮކްޓޫބަރު 2010 ގެ
ތާރީޚުގައި ސޮއިކުރެވިފައިވާ އެއްބަސްވުމަށް ބަލާއިރު، މުޙައްމަދު ޔޫސުފް މޫސާއަށް ދަޢުވާ ލިބޭގޮތަށް
ޢަބްދުﷲ މާހިރު މަދަނީ ކޯޓަށް ހުށަހަޅާފައިވާ، އެކޯޓުގެ ނަންބަރު 2010/MC/997 ޤަޟިއްޔާގައި ހިމެނޭ
މައްސަލަ، 2011 ވަނަ އަހަރުގެ އެޕްރީލްމަހުގެ ނިޔަލަށް ނުހިންގުމަށާއި، އަދި އޭރު މަދަނީ ކޯޓަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
23
ނިމުނު
2013/HC-A/28
ހުށަހަޅާފައިވާ ދަޢުވާ ފޯމު ބާޠިލުކުރުމަށް އެކޯޓަށް ލިޔެ އެލިޔުން މުޙައްމަދު ޔޫސުފް މޫސާއާ ޙަވާލުކުރުމަށް
ޢަބްދުﷲ މާހިރު އެއްބަސްވެފައިވާކަމާއި، އަދި ޢަބްދުﷲ މާހިރުގެ ފަރާތުން އެއްބަސްވެފައިވާ
އިސްވެމިދެންނެވުނު ކަންކަން އޭނާގެ ފަރާތުން ފުރިހަމަކުރުމުގެ މުޤާބިލުގައި، 2011 ވަނަ އަހަރުގެ
މޭމަހުގެ 1 ވަނަ ދުވަހު، ވޭންއެއް ގަތުމަށް -/200,000 (ދެލައްކަ) ރުފިޔާ ޢަބްދުﷲ މާހިރުއަށް
ދިނުމަށާއި، ޢަބްދުﷲ މާހިރު ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ނަގާފައިވާ ލޯނަކަށް 2011 ވަނަ
އަހަރުގެ އެޕްރީލްމަސް ނިމޭއިރު ބޭންކަށް ދައްކަންޖެހި ނުދައްކާވާ ފައިސާ އެކީ އެއްފަހަރާ ދައްކާ
ޚަލާސްކޮށްދިނުމަށް މުޙައްމަދު ޔޫސުފް މޫސާ އެއްބަސްވެފައިވާކަން އެނގޭކަމާއި،
އިސްވެމިދެންނެވުނު
އެއްބަސްވުމަކީ،
ދެހެކިންގެ ހާޒިރުގައި،
މަޖުބޫރުކަމެއްނެތި، ޢަބްދުﷲ މާހިރުއާއި މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭ
ބަނދެވުމެއް އުފަންކުރުމުގެ ނިޔަތުގައި ސޮއިކުރެވިފައިވާ އެއްބަސްވުމެއްކަން އެއެއްބަސްވުމަށާއި،
މިމައްސަލައާގުޅިގެން މައްސަލާގައި ހިމެނޭ ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް
އެއްވެސް
ބެލުމުން އެނގޭކަމެވެ.
کو مری
(ށ) ދެވަނަ ކަމަކީ، އިސްވެމިދެންނެވުނު އެއްބަސްވުމަށްފަހު ކަންހިގާފައިވާ
ބަލާއިރު، އެއެއްބަސްވުމުގައި ޢަބްދުﷲ މާހިރުގެ ފަރާތުން އެއްބަސްވެފައިވާ ގޮތުގެމަތިން، މުޙައްމަދު ޔޫސުފް
މޫސާއަށް ދަޢުވާ ލިބޭގޮތަށް މަދަނީ ކޯޓަށް އޭނާ ހުށަހަޅާފައިވާ، އެކޯޓުގެ ނަންބަރު 2010/MC/997
ޤަޟިއްޔާގައި ހިމެނޭ މައްސަލަ ބާޠިލުކުރުމަށްއެދި 13 އޮކްޓޫބަރު 2010 (އެއްބަސްވުމުގައި ސޮއިކުރެވުނު
ތާރީޚު) ގައި މަދަނީ ކޯޓަށް ސިޓީއެއް ފޮނުވުމާ ގުޅިގެން 14 އޮކްޓޫބަރު 2010 ގެ ތާރީޚުގައި އެމައްސަލަ
މަދަނީ ކޯޓުން ބާޠިލުކުރައްވާފައިވާކަން، އެމައްސަލާގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓް" އަށް ބެލުމުން
އެނގޭކަމާއި، އަދި އެއަށްފަހު، 2011 ވަނަ އަހަރުގެ އެޕްރީލްމަސް ނިމުމުގެ ކުރިން ޢަބްދުﷲ މާހިރުގެ
ފަރާތުން އެމައްސަލަ ޝަރީޢަތަށް ހުށަހަޅާ ހިނގާފައިވާކަން އެނގެން ނެތްކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
23
ނިމުނު :
2(613/HC-A/28
އ ހ 0
2#
އެބަސްވާ
އަދި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަ އެއްގޮތަށް ޢަބްދުﷲ މާހިރުގެ
ފަރާތުން ކަންތައްތައް ކޮށްފައިވީނަމަވެސް، އެކަންކަމުގެ މުޤާބިލުގައި މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން
ޢަބްދުﷲ މާހިރުއަށް ކޮށްދިނުމަށް އެއްބަސްވެފައިވާ، އިސްވެދެންނެވިފައިވާ އެއްވެސްކަމެއް މުޙައްމަދު
ޔޫސުފް މޫސާގެ ފަރާތުން ޢަބްދުﷲ މާހިރުއަށް ކޮށްދީފައިނުވާކަން، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/2243 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، ދެފަރާތުގެ ދެމެދުގައި ވެވޭ
އެއްބަސްވުމެއްގައި، ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ރުކުންތައް ފުރިހަމަވާނަމަ، އަދި އެއްބަސްވުމުގައި
ބަދަލުވާ މު ޤާބިލެއް (ކޮންސިޑެރޭޝަން) އޮތްނަމަ، އެ އެއްބަސްވުމަކަށް ޢަމަލުކުރުމަކީ، އާންމު އުސޫ
އުސޫލެއްގެ
ގޮތުން އެއެއްބަސްވުމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވާނެކަމެއްކަމާއި، މިގޮތުން
ބަލާއިރު، އެއްބަސްވުމެއްގައި ފުރިހަމަވާންޖެހޭކަމަށް ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާއިބެހޭ ޤާނޫނު)
ގައި ބަޔާންކޮށްފައިވާ ރުކުންތައް މިމައްސަލާގައި ހިމެނޭ އެއްބަސްވުމުގައި ފުރިހަމަވެފައިވާއިރު، އަދި
މިކަންކަމަށް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުންވެސް އިންކާރުކޮށްފައިނުވާ ހިނދު، މިއެއްބަސްވުމުގެ
ދަށުން ޢަބްދުﷲ މާހިދުއަށް ލިބުނު ގެއްލުމެއް ނެތްކަމަށާއި، ގެއްލުންވެފައިވަނީ މުޙައްމަދު ޔޫސުފް
މޫސާއަށްކަމަށް އޭނާ ބުނާ ބުނުމަކީ އެކަމުގެ މައްޗަށް ބިނާކޮށް، މިއެއްބަސްވުމުގެ ދަށުން އޭނާ
އަދާކުރަންޖެހޭ ޒިންމާތަކުން ބަރީޢަވާނޭ ސަބަބެއް ނޫންކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/2243 ޤަޟިއްޔާގެ ދަށު ކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި، މިމައްސަލާގައި ހިމެނޭ
އެއްބަސްވުމާ ގުޅިގެން މުޙައްމަދު ޔޫސުފް މޫސާ ކުރަންޖެހޭ ކަމެއްވާނަމަ އެކަމެއް ނުކުރެވުނު ގޮތާއި
ކަންވީގޮތުގެ މައްޗަށް ދަންނަވަންޖެހޭ ވާހަކަ ދެންނެވޭނެ ފުރުސަތެއްނެތި އަނެއްފަރާތުގެ ލާބައަށް މައްސަލަ
ދިވެހިރާއްaގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2
1 ނިމުނު
2013/HC-A/28
کی عمر
އަކުއާ
2 22
ނިންމުމަށް މަސައްކަތް ކޮށްފައިވާކަމަށް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނެފައިވީނަމަވެސް، މިމައްސަލާގެ ދަށުކޯޓުގެ މަރުޙަލާގައި މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ހުށަހަޅަން
ބޭނުންވާ ކަމެއް ނުވަތަ ކަންތައްތަކެއް ހުށަހެޅުމަށް އޭނާއަށް ހުރަސްއެޅިފައިވާކަން ސާބިތުވާފަދަ އެއްވެސް
ނުވަތަ ޤަރީނާއެއްވިއަސް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅިފައިނުވާކަމާއި، އަދި މިމައްސަލާގެ ދަށުކޯޓުގެ މަރުޙަލާގައި ޝަރީޢަތް ހިނގާފައިވަނީ ވަކިފަރާތަކަށް
ބުރަވާގޮތަކަން ދޭހަވާފަދަ އެއްވެސް ކަމެއްވެސް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ދެއްކިފައިނުވާކަމާއި،
އަދި، މަދަނީ ކޯޓުގެ ނަންބަރު 2010/MC/997 ޤަޟިއްޔާގައި ހިމެނޭ މައްސަލާގެ
ދަޢުވާ ފޯމު ޢަބްދުﷲ މާހިރު ބާޠިލްކުރީ ބޭނުމަށްޓަކައި، އޭނާ އެދިގެންކަން އެނގޭ ހެކިން
މިމައްސަލާގައި ހިމެނޭ އެއްބަސްވުމުގައިވެސް ވަނިކޮށް، އެމީހުން ހާޒިރުނުކޮށް މުޙައްމަދު ޔޫސުފް މޫސާ
އެލިޔުމުގައި ސޮއިކުރީމޭ ބުނާތީ ހަމައެކަނި ނުކުތާއަށް ވިސްނުމަށްފަހު އެލިޔުމަކީ އޭނާއަށް މުޙައްމަދު
ޔޫސުފް މޫސާ ފައިސާ ދޭން އެއްބަސްވި އަޙުދުގެ ލިޔުމެއްކަމަށް ބައްލަވައި މައްސަލަ ނިންމެވި ހަމައިގައި
އިންސާފު ޤާއިމުވެފައިނެތްކަމަށް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނެފައިވީނަމަވެސް، މިމައްސަލާގައި ހިމެނޭ އެއްބަސްވުމަށް ބަލާއިރު، އެއެއްބަސްވުމުގައި ސޮއިކޮށްފައިވާ
ހެކިން ސޮއިކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް އެއްބަސްވުމުގައި ހިމެނޭ ދެފަރާތުން
އެއްބަސްވެފައިވާކަމުގެ ހެކިންގެ ގޮތުގައިކަމާއި، އަދި އެ އެއްބަސްވުމަށް ބަލާއިރު އެއްބަސްވުމުގައި
ވަރަށް ސާފުކޮށް އެނގެން އޮތުމުން، އެ އެއްބަސްވުމުގައި މުޙައްމަދު ޔޫސުފް މޫސާ
ސޮއިކޮށްފައިވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ ފަރާތުން ބުނެފައި އޮއްވާ، އެއެއްބަސްވުމުގައި
ބަޔާންކޮށްފައިވާ ކަންކަމާ ދިމާ އިދިކޮޅު ކަންތައްތަކެއް ސާބިތުކުރުމަށްކަމަށްބުނެ އެއެއްބަސްވުމުގައި
ސޮއިކޮށްފައިވާ ހެކިން ޝަރީޢަތަށް ހާޒިރުނުކުރުމަކީ، ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށް ސިވިލް
ކޯޓުން ކުރައްވާފައިވާކަމެއް ނޫންކަމެވެ.
02c
2
4
2 ބޑތ
eހއeގއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
23
- ނިމުނު 1
2(613/HC-A/28
ހެރެމުން،
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ދުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/2243 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު ޔޫސުފް މޫސާގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
• ޙުކުމް
ދެންފަހެ،
އިސްވެފާހަގަކުރެވުނު
ނުކުތާތަކުގައި
ހ2 22
22
2
18ނކރވނ
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2243 ޤަޟިއްޔާގައި ހިމެނޭ
މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2243 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލެއް ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
3
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv