ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/242 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2{{09/HC-A/22
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކަ
ޤިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 242/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު:
ދާއިމީ އެޑްރެސް:
! އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ފަރީދު
އައިޑީ ކާޑު ނަންބަރު: A002088
.:
3 4
ދާއިމީ އެޑްރެސް: އއ. ރަސްދޫ/ބިލިމަގުގަސްދޮށުގެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ޝަޢުބާން 1430
ނިމުނު ތާރީޚް: 18 ޞަފަރު 1433
12 ޖެނުއަރީ 2012
9 އޮގަސްޓް
2009
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/97
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުން
ނިންމެވި ކޯޓް: ޖިނާއީ ކޯޓު
* ހުށަހެޅުނު ތާރީޚް: 12 ޖެނުއަރީ 2009
ނިމުނު ތާރީޚް: 6 މާޗް 2009
*
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮ
2{{09/HC-A/22
کی عمر
އުވާގެ ޚުލާޞާ:
0 2
<< O
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/97 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤާޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މުޙައްމަދު ފަރީދު، ރަސްދޫބިލިމަގުގަސްދޮށުގެ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A002088) އެވެ.
އއގ
• ފާހަގަކުރެވުނު ނުކުތާތައް
17377
1. އިސްތިއުނާފުކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/97 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، މުޙައްމަދު ފަރީދު، އޭނާއަށް 2006 ވަނަ އަހަރު ހެރޮއިން ތަޢާރަފްވީފަހުން،
ދޭތެރެދޭތެރެއިން މަސްތުވުމަށްޓަކައި ހެރޮއިން ބޭނުންކުރަމުން އައިސްފައިވާތީއާއި، 12 ޖޫން 2008
ދުވަހުގެ 02:35 އެހައިކަންހާއިރު، އޭނާ އއ. ރަސްދޫ، އިތާގޭގެ ކުރިމަތީގައި ހުރިއިރު މަސްތުވާތަކެތި
ބޭނުންކޮށްގެން ހުރިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އޭނާ
ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، އޭނާގެ ކުޑަކަމުދާތަކެތި ތަޙްލީލުކުރިއިރު، އޭނާގެ ކުޑަކަމުދާތަކެތި
ބެންޒޯޑައިޒީޕައިންއަށާއި އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވާތީ، ޤާނޫނު ނަންބަރު
(މަސް
މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މުޙައްމަދު
ފަރީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާކުރުމުން ޖިނާއީ ކޯޓުން
ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "އއ.ރަސްދޫ/ބިލިމަގުގަސްދޮށުގެ
މުޙައްމަދު ފަރީދުގެ މައްޗަށް ދައުލަތުން ކުޅަ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން މީނާ ތަޙްޤީޤުގައި
ވެފައިވާ އިޢުތިރާފުން ރުޖޫޢަވެފައިވާތީއާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ކުރުމުގެ ކުށް
ސާބިތުކުރެވޭވަރުގެ ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައިނުވާތީ، ދައުލަތުން އއ. ރަސްދޫބިލިމަގުގަސްގޮށުގެ
މުޙައްމަދު ފަރީދުގެ މައްޗަށް މިކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމުގެ މިދަޢުވާ
ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައިއެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
ބޭނުންކުރުމުގެ
I.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{{39}HC-A/242
3 ޤަޟިއްޔާ ނިމުނު ގޮތުގެ
2. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/97 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ފަރީދު، 2006 ވަނަ އަހަރުން ފެށިގެން
މަސްތުވާތަކެތި ބޭނުންކުރަމުން އައިސްފައިވާކަމަށް ތަޙްޤީޤުގައި އިޢުތިރާފުވެފައިވާއިރު އާއި،
މިއިޢުތިރާފަކީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީ ތަޞްދީޤުވުމުގެ ކުރިން ވެފައިވާ އިޢުތިރާފެއް
ކަމަށްވުމާއި، ކުރިން ޢަމަލުކުރަމުންދިޔަ ޤާނޫނުއަސާސީގެ ދަށުން ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފަކީ
ޞައްޙަ އިޢުތިރާޕެއްކަމަށް ޤަބޫލުކުރައްވައި، އަދި މިގޮތުގެމަތިން އެތައް މައްސަލަތަކެއް ޝަރީޢަތުން
ނިންމަވާފައިވާއިރު، މިކަންތައްތަކަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މައްސަލަ
ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
.3
މައްސަލައާ ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/97 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ
ރައްދުވާ މުޙައްމަދު ފަރީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
· 4
4 22
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިވާ، ޖިނާއީ ކޯޓުގެ ޤަޟިއްޔާއަކީ
މިހާރު ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 07 އޯގަސްޓް 2008 ގައި
ޢަމަލުކުރަން ފެށުމުގެ ކުރިން، 2008 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ތަޙްޤީޤުކެރެވިފައިވާ
މައްސަލައެއްކަމުގައި ވީނަމަވެސް، މިމައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވަނީ، މިހާރު ޢަމަލުކުރެވެމުންދާ
ނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުފަހުން، 12 ޖެނުއަރީ 2009 ގައިކަން ޖިނާއީ ކޯޓުގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި،
9.
ދިވެހިރާއްa
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތު
2{{39}HC-A/242
کی مری من
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިމައްސަލަ ސާބިތުކުރުމަށްޓަކައި ޖިނާއީ ކޯޓަށް
ހުށަހަޅާފައިވާ ހެކިތަކަކީ، މިމައްސަލައިގެ ތަޙްޤީޤަށް، 12 ޖޫން 2008 ގައި މުޙައްމަދު ފަރީދު ދީފައިވާ
ބަޔާނުގައި، 2006 ވަނަ އަހަރުން ފެށިގެން އޭނާ މަސްތުވާތަކެތި ބޭނުންކުރަމުން އައިސްފައިވާކަމަށް
ވެފައިވާ އިޢުތިރާފާއި، މުޙައްމަދު ފަރީދުގެ ކުޑަކަމުދާތަކެތި ބެންޒޯޑައިޒީޕައިން އަށާއި އޯޕީއޭޓްސްއަށް
ޕޮސިޓިވްވެފައިވާކަމަށް ދައްކާ، އޭނާގެ ކުޑަކަމުދާތަކެތީގެ ލެބޯޓްރީ ތަޙްލީލު ރިޕޯޓު (ނަންބަރު
2008
/
1355/FSD
)
-UR) ކަން އެނގޭކަމާއި،
މިމައްސަލައިގެ ތަޙްޤީޤަށް، 12 ޖޫން 2008 ގައި މުޙައްމަދު ފަރީދު ދީފައިވާ
ބަޔާނުގައި، 2006 ވަނަ އަހަރުން ފެށިގެން އޭނާ މަސްތުވާތަކެތި ބޭނުންކުރަމުން އައިސްފައިވާކަމަށް
އިޢުތިރާފުވެފައި ވީނަމަވެސް، 23 ފެބްރުއަރީ 2009 ގައި ޖިނާއީ ކޯޓުގައި ބޭއްވުނު މިމައްސަލައިގެ
ޝަރީޢަތުގެ މަޖިލީހުގައި، ދައުލަތުން މުޙައްމަދު ފަރީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް އޭނާ
އިންކާރުކޮށްފައިވާކަން އެނގޭކަމާއި، އަދި، މުޙައްމަދު ފަރީދުގެ މައްޗަށް ދައުލަތުން ކުޅަ ދަޢުވާއަށް
އިންކާރުކޮށް، ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުން ޝަރީޢަތުގެ މަޖިލީހުގައި އޭނާ ރުޖޫޢަވުމާގުޅިގެން،
އޭނާގެ މައްޗަށް ދަޢުވާކުރެވިފައިވާ ކުށް ސާބިތުކުރުމަށްޓަކައި އިތުރު ހެއްކެއް، ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ޝަރީއަތަށް ހުށަހެޅިފައިނުވާކަމެވެ.
ދދު 0
0
00
ބަޔާން އެކަމަށް
(ށ) ދެވަނަ ކަމަކީ، ތަޙުޤީޤުގައިވެފައިވާ އިޢުތިރާފަށް، އެމައްސަލައިގައި
ދަޢުވާލިބޭފަރާތް ޝަރީޢަތުގެ މަރުޙަލާގައި އިންކާރުކޮށްފިނަމަ، ތަޙުޤީޤު ކުރިފަރާތާއި ތަޙުޤީޤު ކުރިއިރު
އަޑުއަހަންތިބި މީހުންގެ ގޮތުގައި ތަޙުޤީޤު ބަޔާނުގައި ސޮއިކޮށްފައިވާ ފަރާތްތައް ޙާޟިރުކޮށް، އެބަޔާނަކީ
ދަޢުވާލިބުނުފަރާތުން އެއްވެސް މަޖުބޫރުކަމެއްނެތި ދީފައިވާ، އަދި އެފަރާތުން ކިޔައިދިންގޮތަށް ލިޔެފައިވާ
މިއްކަމަށް ހެކިބަސް ދީފިނަމަ، ދަޢުވާލިބުނުފަރާތުން ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް
ބަލައި ކުށް ސާބިތުވާކަމަށް ކޯޓުތަކުން މައްސަލަތައް ނިންމަވަމުން ގެންދަވާފައިވާކަން އެނގޭކަމާއި،
އެހެންނަމަވެސް، 7 އޯގަސްޓް 2008 ގައި ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށި
ދިވެހިރާއްޖޭގެ
އެޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުން
އައިސްފައިވާ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަރާރުތަކާއި އިޢުލާނުތަކުގައި ބަޔާންވެފައިވާ
ކަންތައްތަކުގެ ތެރެއިން، އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ، ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައި ލާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟްވާ އެންމެހާ
ކަންތައްތައް،
2 20
ICO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮ
2{{09/HC-A/242
می هرکی
ދެވެ
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު ބާޠިލުވާނެކަމަށް ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި، އަދި ތުހުމަތުކުރެވޭ މިހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ
އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައި ނުބެލެވޭނެކަމަށް ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައި (ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި) ބާޔާންކޮށްފައިވާކަމާއި،
އެހެންކަމުން، ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ތަޙުޤީޤުގައި
އިޢުތިރާފުމުވަށްފަހު، މައްސަލައިގައި ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ މަރުޙަލާގައި އެއިޢުތިރާފުން
ރުޖޫޢަވާ ޙާލަތުގައި ކޯޓުތަކުން ޢަމަލުކުރަމުން ގެންގޮސްފައިވާ، އިސްވެދެންނެވިފައިވާ އުސޫލަކީ މިހާރު
ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު ބާޠިލުވެފައިވާ އުސޫލެއްކަ
4 2 2 4 8
94
ސާލިއެކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިޢުނާފުކުރެވޭ މިމައްސަލައަކީ މިހާރު ޢަމަލުކުރެވެމުންދާ
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ތަޙްޤީޤުކުރެވިފައިވާ މައްސަލައެއްކަމަށާއި،
އެހެންކަމުން މިމައްސަލައިގެ ތަޙްޤީޤުގައި މުޙައްމަދު ފަރީދު ވެފައިވާ އިޢުތިރާފާމެދު ޝަރީޢަތުން
ޢަމަލުކުރަންޖެހޭނީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިބާވަތުގެ
މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރަމުން އައިސްފައިވާ ގޮތަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު،
2008 ގައި ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށުނު އައު
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު، މައްސަލަތައް ތަޙްޤީޤުކުރުމާއި، ދަޢުވާކުރުމާއި،
ޝަރީޢަތްކުރުމުގެ ނިޒާމަށާއި، މައްސަލަ ސާބިތުކުރަންޖެހޭ މިންގަނޑަށާއި، މައްސަލަ ސާބިތުކުރުމުގައި
ހެއްކާބެހޭގޮތުން އަލަށް ތަޢާރަފުކުރެވުނު އުސޫލުތައް، ތަޙްޤީޤުގެ މަރުޙަލާގައިވެސް އަދި
ޝަރީޢަތުގެ މަރުޙަލާގައިވެސް، ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށި ވަގުތުން ފެށިގެން ތަޠުބީޤުކުރަން
ފަށާފައިވާކަން އެނގޭކަމާއި، މިގޮތުން ބަލާއިރު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު ކޯޓުތަކުގައި
ނުނިމިހުރި ހުރިހާ މައްސަލަތަކެއްވެސް، އެހިނދުން ފެށިގެން ޤާނޫނުއަސާސީން ތަޢާރަފުކުރި އައު
އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގަން ފަށާފައިވާކަން އެނގޭކަމާއި،
މީގެއިތުރުން، އިސްވެދެންނެވިފައިވާ ފަދައިން، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި
ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟްވާ އެންމެހާ ކަންތައްތައް، އެ ޤާނޫނުއަސާސީއަށް
ޢަމަލުކުރަން ފެށުމާއެކު ބާޠިލުވާނެކަމަށް ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގައި ބަޔާން
ޔާންކޮށްފައި
އޮންނަ
އޮތުމަށާއި، ތުހުމަތުކުރެވޭ މިހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު
ބޭނުންކުރެވޭ
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{39}HC-A/242
ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައި ނުބެލެވޭނެކަމަށް ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި
(ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބާޔާންކޮށްފައި އޮންނަ އޮތުމަށާއި، ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަން، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ
ގޮތުގެމަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި، އަދި އެއިން އެއްވެސް ޙައްޤެއް ނުވަތަ
މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތިން،
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮފައި އޮންނަ އޮތުމަށާއި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤު،
އިސްވެދެންނެވުނު ގޮތުގެމަތިން ހަނިކޮށްފައިވާ ޤާނޫނެއް މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި
ނެތުމާއި، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ އައު ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ
ބާޠިލު ކަމެއްކަމަށް ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި،
މިކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ޖިނާއީ މައްސަލަ ސާބިތުކުރުމުގައި ޝަރީޢަތުން ބަލައިގަންނަ
ހެކީގެ ތެރޭގައި ހިމެނޭ، ދަޢުވާލިބޭ މީހާގެ އިޢުތިރާފާބެހޭ ގޮތުން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި
ތަޢާރަފްކޮށްފައިވާ އުސޫލަކީވެސް، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު ޝަރީޢަތަށް ހުށަހެޅި
ނުނިމިހުރި މައްސަލަތަކުގައާއި، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ފަހުން ޝަރީޢަތަށް ހުށަހެޅޭ
މައްސަލަތަކުގައިވެސް، އެ އުޞޫލުން ލިބިދޭ ޙައްޤަށް އެއްވެސް މިންވަރެއްގެ އުނިކަމެއް ނާންނާނެ
ގޮތުގެމަތިން، ޝަރީޢަތުން ތަޠުބީޤުކުރަންޖެހޭ އުޞޫލެއްކަން އެނގޭކަމާއި،
އިސްތިޢުނާފުކުރެވޭ މިމައްސަލައަކީ މިހާރު
ޤާނޫނުއަސާސީއަށް ޢަމަލުރަން ފެށުމުގެ ކުރިން، އެމައްސަލައިގެ ތަޙްޤީޤުކުރެވިފައިވާ މައްސަލައެއްކަމުގައި
ވީނަމަވެސް، މިމައްސަލަ ޝަރީޢަތަށް ހުށަހެޅި ޝަރީއަތުން ނިންމަވާފައިވަނީ އައު ޤާނޫނުއަސާސީއަށް
ޢަމަލުކުރަން ފެށުމުގެ ފަހުންކަމަށް ވުމާއެކު، މިމައްސަލަ ސާބިތުކުރުމުގައި ތަޠުބީޤުކުރަންޖެހޭނީ އައު
ޤާނޫނުއަސާސީން ކަނޑައަޅާފައިވާ އުސޫލުތައްކަމެވެ.
ދ 220
2
22 ބ 2
މަލިކު 298ނދު
(ރ) ހަތަރުވަނަ ކަމަކީ، ދައުލަތުގެ ރަސްމީފަރާތަކުންކުރި ތަޙްޤީޤެއްގައި މީހަކު
ކުށަށް އިޢުތިރާފުވެ، އެއިޢުތިރާފުގެ ބަޔާނުގައި ސޮއިކޮށްފައި އޮތުމާއެކު އެބަޔާނުގައި ތަޙްޤީޤުކުރިފަރާތުގެ
ސޮއި އޮތްނަމަ ތަޙްޤީޤުގައި އިޢުތިރާފުގެ ބަޔާނުގައި ސޮއިކޮށްފައިވާ މީހާ ޝަރީޢަތުގެ މަޖިލީހަށް
ހާޒިރުކޮށް ސުވާލުކުރުމުން ތަޙްޤީޤުގައި އިޢުތިރާފު ނުވާކަމަށާއި، މައްސަލަ ތަޙްޤީޤު ނުކު
;( 4
2 ހއ
ނުކުރާކަމަން
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮ
2{{39/HC-A/242
کی عمری
ދެވެ
ބުނެފިނަމަ އެމައްސަލަ ތަޙްޤީޤުކުރިއިރު ތިބިމީހުން، ހެކިންގެ ގޮތުގައި ޝަރީޢަތަށް ހާޒިރުކޮށް، ޝަރުޢީ
އުސޫލުން އެކަން ބަލަންވާނެކަމަށް ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 269 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން މައްސަލަ ޝަރީޢަތަށް
ހުށަހެޅުނީ އައު
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުފަހުން ކަމުގައިވީނަމަވެސް، ތަޙުޤީޤުގައި އިޢުތިރާފުމުވަށްފަހު،
މައްސަލައިގައި ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ މަރުޙަލާގައި އެއިޢުތިރާފުން ރުޖޫޢަވާ ޙާލަތުގައި
މިޤަވާޢިދަށް ޝަރީޢަތުން ޢަމަލުކުރަންޖެހޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު
6 ގެ 269 ވަނަ މާއްދާ، އޭރުގެ މިނިސްޓްރީ އޮފް ޖަސްޓިހުގެ ނަންބަރު 2004/1 (13 ފެބްރުއަރީ
2004) ސިޓީން، 1 މާޗް 2004 އިން ފެށިގެން، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6
އިން އުނިކޮށްފައިވާކަން އެނގޭކަމާއި، އެހެންކަމުން، ތަޙުޤީޤުގައި އިޢުތިރާފުމުވަށްފަހު، މައްސަލައިގައި
ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ މަރުޙަލާގައި އެއިޢުތިރާފުން ރުޖޫޢަވާ ޙާލަތުގައި، 1 މާޗް 2004 ގެ
ފަހުން، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 269 ވަނަ މާއްދާގައިވާ ގޮތުގެމަތިން
އަމަލުކުރުމަކީ ޖިނާއީ ކޯޓަށް ލާޒިމުވެގެންވާކަމެއް ނޫންކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހާ ކަންތައްތައް
އެގޮތުގެމަތިން ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/97 ޤަޟިއްޔާގައި އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔަގެ
ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ އެއްވެސް ސަބަބެއް އޮތްކަމަކަށް ޚި
މައްސަލަބެލި ދިވެހިރާއްޖޭ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
8
9
94
3
ބައުންނެވެނ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ތާތަކުގައި ބަޔާންކުރެވުނު
ކަންކަން
ގޮތަށް ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/97 ޤަޟިއްޔާގައި
ސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
އެޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެ
ކަނޑައަޅާނެ ތަނެއް އޮތްކަމަށް ނުފެންނަކަމަށް، މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
އިސްތި
ހކއކމނ
239 ހދ8
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44 3 2
=32
2{{9/HC-A/242
8 ޤަޟިއްޔާ ނިމުނު "
97/JC/2009
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ޖިނާއީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
:
OXO
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
،ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ދިވެހިރާއްޖޭ،
މައިކް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv