ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/200 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/200
A4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 200/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
* ރަޖިސްޓްރީ ނަންބަރު:
ދާއިމީ އެޑްރެސް: ޓީ-ބިލްޑިންގ މާލެ
މިހާރުގެ އެޑްރެސް: ޓީބިލްޑިންގ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 79
/
91-C
ދާއިމީ އެޑްރެސް: މ. ބަންފް ވިލާ / ކ. މާލެ
މިހާރުގެ އެޑްރެސް: ލ. ބަންފް ވިލާ / ކ. މާލެ
ރަޖިސްޓްރީކުރި ތާރީޚް: 01 ޝަޢުބާން 1434
ނިމުނު ތާރީޚް: 15 ރަޖަބު 1435
މެއި 2014
10
ޖޫން 2013
14
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ޓެކްސް
އެޕީލް ޓްރައިބިއުނަލްގެ ނަންބަރު
2013
/
003/TAT
-
CA
-
G މައްސަލާގައި ހުށަހެޅުނު އިޖްރާޢީ ނުކުތާއާމެދު ޓްރައިބިއުނަލްގެ ނިންމުން
ނިންމެވި ފަރާތް: ޓެކްސް އެޕީލް ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: އިޖްރާޢީ ނުކުތާއާމެދު ނިންމި ނިންމުން
ހުށަހެޅި ތާރީޚް: 14.02.2013
ނިމުނު ތާރީޚް: 13.05.2013
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢައްބާސް ޝަރީފް ފަނޑިޔާރު ޢަލީ ސަމީރު
މިރާއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2013/HC-A/200
• ދަޢުވާގެ ޚުލާޞާ
މިއީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލާގައި
ހުށަހެޅުނު އިޖްރާޢީ ނުކުތާ، އެ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށްކަމަށް ބުނެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން އެ ނިންމެވުން އިސްތިއުނާފުކޮށްދިނުމަށް
އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ
ފަރާތަކީ ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް އެވެ.
#
14
2013
1) އިސްތިއުނާފު
ކުރެވޭ ޓެކްސް
އެޕީލް ޓްރައިބިއުނަލްގެ ނަންބަރު
2013
/
003/TAT
-
CA
-
G މައްސަލާގައި ހުށަހެޅުނު އިޖްރާޢީ ނުކުތާއާމެދު ޓެކްސް އެޕީލް ޓްރައިބިއުނަލުން
ނިންމަވާފައިވާ ނިންމެވުމަށް ބަލާއިރު، އެއީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަންބަރު
98
/
2012
/
56/C-220 ނިންމުން އިސްތިއުނާފުކުރުމަށް އެދި ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް
ލިމިޓެޑުން
ފެބްރުއަރީ ގައި މީރާއަށް
ރައްދުވާ ގޮތަށް ހުށަހެޅި
ނަންބަރު
2013
/
003/TAT
-
CA
-
G މައްސަލާގައި، މީރާއިން ހުށަހެޅި އިޖްރާޢީ ނުކުތާއަކާ ގުޅިގެން ޓެކްސް އެޕީލް
ޓްރައިބިއުނަލުން ބެއްލެވި މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް
ލިމިޓެޑް އިން ހުށަހެޅި ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލާގައި 2011 ވަނަ އަހަރު މީރާއިން،
ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް އޮޑިޓްކޮށް އިތުރު ޓެކްސްއެއްގެ ގޮތުގައި 266,021.00
(ދެލައްކަ ފަސްދޮޅަސް ހަހާސް އެކާވީސް) އެމެރިކާ ޑޮލަރު ދެއްކުމަށް އެ ކުންފުންޏަށް އެންގި މައްސަލަ އެ
ކުންފުނިން މީރާއަށް އިޢުތިރާޒުކޮށް ހުށަހެޅުމުން މީރާއިން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން
ޓްރައިބުލްގައި އިސްތިއުނާފުކުރި މައްސަލާގައި މީރާއިން ނެގި އިޖުރާޢީ ނުކުތާތަކަށް ނަޛަރުކުރިއިރު، ޤާނޫނު ރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/200
ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާއަކީ މީރާއިން ނިންމާ ނިންމުމަކާމެދު
ޓެކްސް ދައްކާ ފަރާތުން (ޓެކްސްޕޭޔަރ) އިޢުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން، މީރާއިން ނިންމި ނިންމުމާމެދު
ތްހަމަނުޖެހޭނަމަ، އެކަމެއް އިސްތިއުނާފުކުރުމަށް، އެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅައި އެ މައްސަލަ އިސްތިއުނާފުކުރުމުގެ ޙައްޤު ޓެކްސްޕޭޔަރަށް ލިބިދޭ
ޢާއްމު މަފްހޫމެއްކަމާއި، ނަމަވެސް އެ މާއްދާގެ ފަހު ބައިގައި މީރާއިން ޢަދަދެއް ކަނޑައަޅާ ޙާލަތްތަކުގައި އެ
ޙައްޤު އުފަންވަނީ އެ ފައިސާ މީރާއަށް ދެއްކުމުންކަމަށް ބަޔާންކޮށްފައި އޮތުމުން، މީރާއިން ނިންމާ ކޮންމެ
ނިންމުމަކީ އެނިންމުމުގައި ޢަދަދެއް ކަނޑައަޅާފައިވާ ނިންމުމެއް ނޫންކަމާއި، ޢަދަދު ކަނޑައަޅަންނުޖެހޭ
ޙާލަތްތައްވެސް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން މިމައްސަލައަކީ ތިންވަނަ
ފަރާތެއްގައި ހުރި ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފައިސާތަކެއް މީރާއިން ނެގުމާ
ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއްކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ޓްރައިބިއުނަލް
މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ޓްރައިބިއުނަލްއަކީ "ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތެއްގެ ދެމެދުގައި
ވަކިކަމަކާ ބެހޭގޮތުން ޚިލާފު އުފެދިފައިވާ ޙާލަތުގައި، އެކަމާމެދު ވަކި ގޮތެއް ކަނޑައަޅައިދިނުމަށް އެދި
ހުށަހެޅުމުން، އެކަމާމެދު ވަކި ގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ ކޯޓެއް ކަމުގައި ނުހިމެނޭ ކޮންމެ
މުޢައްސަސާއެއްކަމަށް" ބަޔާންކޮށްފައިވާކަމާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގައިވާ ގޮތުން
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިޞާޞްއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި، އެހެންވެސް ޓެކްސްއާބެހޭ
ގޮތުގެމަތިން ހުށަހެޅޭ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުންކަން އެނގޭކަމާއި،
ޤާނޫނުއަސާސީގައި "އިޚްތިޞާޞް" މާނަކޮށްފައިވަނީ އެ ފަރާތެއްގެ ބާރު ހިނގާ ދާއިރާއަށާއި ކަންކަމަށްކަން
ބަޔާންކޮށްފައި އޮންނަކަމާއި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަކީ ހަމަ ކޮންމެ
މީހަކަށް ލިބިދީފައިވާ ޙައްޤެއްކަމާއި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން އިދާރީ ގޮތުން އަޅާ
ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމައް ލިބިއްޖެނަމަ އެކަމެއްގެ އިންސާފު ހޯދުމަށްޓަކައި
ކޯޓުތަކަށް ހުށަހެޅުމުގެ ބާރު ދީފައި އޮތުމުންނާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކޮންމެ
ޤާނޫނުތަކާ
އެއެގެތެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/200
މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި
މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން
ޝަރީޢަތްކުރެވުމުގެ ޙައްޤު ދީފައި އޮތުމުން،
ގމުން، މީރާއިން ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް
އާމެދު އަޅާފައިވާ އިދާރީ ފިޔަވަޅަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން (ތިންވަނަ
ފަރާތަކުން ޓެކްސްގެ ފައިސާ ހޯދުމަށް) އަޅާފައިވާ ފިޔަވަޅެއްކަމާއި، 47 ވަނަ މާއްދާގައި ބުނާ "ތިންވަނަ ފަރާތް"
މާނަކުރާއިރު ބޭންކަކީވެސް ތިންވަނަ ފަރާތްކަމަށް މާނަކުރެވޭކަމާއި، 47 ވަނަ މާއްދާގެ (ރ) ގެ ރޫޙަށް ބަލާއިރު،
އެ އަކުރުގައި ބުނެދީފައިވަނީ، ތިންވަނަ ފަރާތަކީ ބޭންކުކަމުގައިވާ ޙާލަތުގައި، އެ ފަރާތުގައިވާ ފައިސާ ހޯދުމަށް
ޢަމަލުކުރަންޖެހޭ އިޖުރާޢަތުކަމަށް ވާހިނދު، 47 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިސްތިއުނާފުކުރަންޖެހޭ ވަކި
ފަރާތެއް އެއަކުރުގެ ނައްޞުން ބުނެދީފައި ނުވާތީ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ އާއި މާނަކުރުމުގެ ހަމަތައް
ބަޔާންކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ
ޢާއްމު
މާނައަށް ބަލާއިރު ޙައްޤެއް ގެއްލިފައިވާ ކޮންމެ މީހަކަށް އިސްތިއުނާފުކުރުމުގެ ފުރުޞަތު ޤާނޫނުއަސާސީ އިން
ކަށަވަރުކޮށްދީފައިވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކުރާ ޓެކްސްއާބެހޭ
މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ފަރާތަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްކަމަށް ވީހިނދު، ކެޕިޓަލް
ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މީރާއާއި ދެކޮޅަށް ހުށަހަޅާފައިވާ ޓްރައިބިއުނަލްގެ
ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލަ އިސްތިއުނާފުކުރުމުގެ ޙައްޤު ޤާނޫނު ނަންބަރު 3/2010
(ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ޅ) ގެ ދަށުން ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް
ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވާކަމަށާއި، އަދި ހަމަ އެޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން މައްސަލަ
ބެލުމުގެ އިޚްތިޞާޞް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިގެންވާކަމަށް މިމައްސަލަ ބެލި 5 (ފަހެއް)
މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، މި މައްސަލަ ޓެކްސް އެޕީލް
ޓްރައިބިއުނަލްގައި ކުރިއަށް ގެންދިއުމަށް ނިންމައި.." މައްސަލަ ނިންމާފައިވާކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/200
ހެނދޅުން
2) ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލާގައި
އިޖްރާޢީ އިޖްރާޢީ ނުކުތާ، އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށްކަމަށް ބުނެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން އެ ނިންމުން އިސްތިއުނާފުކުރަމުން 05
(ފަހެއް) ނުކުތާއެއް ފާހަގަކޮށް، އެ އެ ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ވާހަކަދައްކާފައިވެއެވެ.
cc
CO
47a
• ފުރަތަމަ ނުކުތާއަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
ނަންބަރު
2013
/
003/TAT
-
CA
-
G މައްސަލާގައި ހުށަހެޅުނު އިޖްރާޢީ ނުކުތާ ޓްރައިބިއުނަލުން ނިންމަވާފައިވާ
ޓެކްސް
ޤާނޫނުގެ 44 ވަނަ މާއްދާގެ ބާރު
ޑޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
ކޮސް ނެގެމުބޮދޭ
42ޏ
ށ ނ
4
47 ޑ 4
ނޭ_223
އިދާރީ ޤާނޫނުގެ
44
ޙައްޤެއް ކަމުގައެއް
3 ސ ޑ ޓ ޏ ސ ޑ In
ނުލެވުނެވެ
• ދެވަނަ ނުކުތާއަކީ، ޓެކްސް
ވަނަ މާއްދާގައި
...އެފަރާތަކުން އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން އެހިނދަށް ދައްކަންޖެހޭ އެންމެހައި ފައިސާ ފުރިހަމައަށް
ދައްކާފައިނުވާހާ ހިނދަކު، ޓެކްސް ދައްކާ ފަރާތަށް އިސްތިއުނާފުކުރުމަށް ލިބިދޭ ޙައްޤު އެއީ، އުފަންވެއްޖެ
މިފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ޓެކްސް އެޕީލް ޓްރައިބިއުނަލުން
މައްސަލަ ބަލައިގެންފައިވާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަ އިސްތިއުނާފުކުރި ކެޕިޓަލް ޓްރެވަލް
އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހި ނުދައްކާވާ ޓެކްސް މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީ އަށް ދައްކާފައިނުވާކަން އެ ޓްރައިބިއުނަލްގެ ސަމާލުކަމަށް ގެނައުމުންވެސް އެ ނުކުތާއާމެދު ގޮތެއް
ކަނޑައަޅުއްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
OCX
• ތިންވަނަ ނުކުތާއަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގެ
ދަށުން ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް އަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2013/HC-A/200
4 22
އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމަށް އެ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަކީ އެ ޤާނޫނާ ޚިލާފަށް
ނިންމަވާފައިވާ ނިންމެވުމެއް ބުނެ ހުށަހެޅި ނުކުތާ.
4
2
2
4
2 ހދ8
2129ނ
• ހަތަރުވަނަ ނުކުތާއަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާ ޓެކްސް އެޕީލް
ޓްރައިބިއުނަލުން މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 6
ފަސްވަނަ ނުކުތާއަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިޞާޞް ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ރިޢާޔަތްކުރައްވައި އެ
ޓްރައިބިއުނަލްގެ އިޚްތިޞާޞް ފުޅާކުރައްވާފައިވާކަމަށް ބުނެ، ހުށަހެޅި ނުކުތާ.
CUOC
(3
މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލާގައި
ހުށަހެޅުނު އިޖްރާޢީ ނުކުތާއާމެދު ޓްރައިބިއުނަލުން ނިންމެވި ނިންމެވުމަށާއި، މި މައްސަލައާ ގުޅޭ ގޮތުން
ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާދިޔަގޮތަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުން ނަޒަކުރިއިރު،
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (ޤާނޫނު ނަންބަރު 3/2010، ޤާނޫނު ނަންބަރު 14/2011
"ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު"
އިން ގެނެވުނު އިޞްލާޙުތައް ހިމެނޭގޮތަށް، މީގެ ފަހުން "ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު") ގެ 30 ވަނަ
މާއްދާގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް
ޕްރައިވެޓް ލިމިޓެޑް އޮޑިޓް ކުރުމަށްފަހު، ޤާނޫނު ނަންބަރު 17/2010 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
2013/HC-A/200
2
8
9 ހއ
425ه
ނޭގެމެބޮދޭ
އިދާރީ ޤާނޫނުގެ
ysހ2
ޅެމަށް
ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 10/2011 (މުދަލާއި
ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން އިތުރަށް ދައްކަން ޖެހޭ ޓެކްސް ކަނޑައަޅައި، އެ ޢަދަދު
ދެއްކުމަށް ޓެކްސް
39 ވަނަ މާއްދާގެ ދަށުން، މީރާ ގެ ނަންބަރު
2012
/
1966/AA
/
PRIV-220 (11 ޖޫން 2012) "ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކަނޑައެޅިކަމުގެ
އެންގުން" ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްއަށް ފޮނުވާފައިކަމާއި، ކެޕިޓަލް ޓްރެވަލް އެންޑް
ޓުއަރސް ޕްރައިވެޓް ލިމިޓެޑުން 14 ޖޫން 2012 ގައި އެ އެންގުމުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް
އިޢުތިރާޒުކުރުމުން، 03 ސެޕްޓެމްބަރު 2012 ގައި މީރާގެ ނަންބަރު 2012
/
21/AO-220 ނިންމުމުން ކެޕިޓަލް
ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ އިޢުތިރާޒުގެ ޖަވާބު ފޮނުވާފައިވާކަމާއި،
ބަޔާންވެދިޔަ މީރާގެ ނަންބަރު 2012
/
21/AO-220 ނިންމުން ތަންފީޒުކުރުމުގެ ގޮތުން،
ބޭންކްތަކުގައި ހުރި ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކުން ފައިސާ
30 ޑިސެމްބަރު 2012 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަށް މީރާއިން ފޮނުވާފައިވާ ނަންބަރު
98
/
2012
/
56/EC-220 ސިޓީން އަންގާފައިވާކަމާއި، އަދި އެ އެންގުމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކގައި
ހުރި ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން 75,767.46 $USD (ހަތްދިހަ
ފަސްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތެއް އެމެރިކާ ޑޮލަރު، ސާޅީސްހަ ސެންޓް) އުނިކުރުމަށް ބޭންކް އޮފް
މޯލްޑިވްސް ޕލކއަށް އެންގުމަށް މީރާއިން އެމް.އެމް.އޭއަށް އަންގާފައިވާކަމާއި،
އިސްވެ ބުނެވުނު ފައިސާގެ ތެރޭގައި މީރާގެ އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ
އިންވޮއިސްތަކާއި، ކެންސަލް ފައިސާނުލިބިވާ އިންވޮއިސްތައް ހިމެނޭކަމަށާއި، އަދި އެ ފައިސާއަކީ އިންވޮއިސްގެ
ޢަދަދު އެތައް ގުނައަކަށް ބޮޑުކޮށް ހިސާބުޖަހައިގެން ގެނެސްފައިވާ ފައިސާއެއްކަމަށް ބުނެ، އެ ފައިސާއަކީ
ޓެކްސްގެ ގޮތުގައި މީރާއިން ޤާނޫނީ ގޮތުން ނެގޭނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ކެޕިޓަލް
ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން މީރާގެ ނަންބަރު 98
/
2012
/
56/EC-220 އެންގުން ޓެކްސް
ތަކުރުކޮށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2013/HC-A/200
އެޕީލް ޓްރައިބިއުނަލްގައި އެ ޓްރައިބިއުނަލްގެ ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލާގައި އިސްތިއުނާފު
ކޮށްފައިވާކަމާއި،
އިސްވެބުނެވުނު މައްސަލާގައި މީރާގެ ނަންބަރު 98
/
2012
/
56/EC-220 އެންގުމަކީ ޓެކްސް
އެޕީލް ޓްރައިބިއުނަލްގައި އެކަމާ ގުޅިގެން އިސްތިއުނާފުކުރެވޭނެ މައްސަލައެއްނޫންކަމަށާއި، އެ މައްސަލައަކީ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫންކަމަށް ބުނެ އެކަން
ކަނޑައަޅުއްވައިދެއްވުމަށް މީރާގެ ފަރާތުން އިޖުރާޢީ ނުކުތާއެއް ފާހަގަކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުމިކުރެވޭ މައްސަލައަކީ މީރާއިން އިޖުރާޢީގޮތުން ނެގި އެ ނުކުތާއާމެދު ޓެކްސް އެޕީލް ޓްރައިބިއުނަލުން
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންކަމެވެ.
etc)
(ނ) ދެވަނަ ކަމަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި
އިސްވެބުނެވުނު ޤާނޫނުގެ ދަށުން އުފައްދާ އަދި އެ ޤާނޫނާއި އަދި އެހެންވެސް ޓެކްސްއާބެހޭ ޤާނޫނުތަކާއި
އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ޓެކްސްއާގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލެއް އެ ޤާނޫނު
ތަސްދީޤު ކުރާތާ 90 ދުވަހުގެ ތެރޭގައި ވާނެކަމަށާއި، އަދި ހަމަ އެ މާއްދާގެ (ށ) ގެ ދަށުން އެ
ޓްރައިބިއުނަލްގެ އިޚްތިޞާޞް ލިބިގެންވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް
ޤާނޫނެއްގެ ދަށުން، އެ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައްކަމަށް ބަޔާންކުރެވިފައިވާކަމާއި،
އިސްވެބުނެވުނު ޤާނޫނުގެ 62 ވަނަ މާއްދާއިން ބާރު ލިބިގެން ހެދިފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
ގަވާއިދުގެ 6 ވަނަ މާއްދާގައި އެ ޓްރައިބިއުނަލްގެ އިޚްތިޞާޞް ބަޔާންކޮށްދީފައިވާކަން ފާހަގަކުރެވޭކަމާއި،
އެގޮތުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި މީރާއިން
ނިންމި ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިޢުތިރާޒުކޮށް، މީރާއަށް ހުށަހެޅުމުން މީރާއިން ނިންމި
ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ، އެކަމެއް އިސްތިއުނާފު ކުރުމަށް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބެލުން
ހިމެނޭކަމާއި، އެ މާއްދާގެ (ށ) ގައި ޓެކްސްއާބެހޭ ޤާނޫނެއް ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން ޓެކްސް
އެޕީލް ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައް ބެލުން ހިމެނޭކަމާއި އަދި އެ މާއްދާގެ (ނ) ގެ ދަނުންގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2013/HC-A/200
هلاމ 2
رو ميسر
އެ އަކުރުގައި ބަޔާންކުރެވިފައިވާ ޙާލަތެއް މެދުވެރިވެގެން މީރާއިން އަމުރެއް ނެރެދިނުމަށް އެދިއްޖެ ޙާލަތެއްގައި،
އެފަދަ އަމުރު އެރުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިފައިވާކަން
ފާހަގަކުރެވޭކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގައި ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް
ލިމިޓެޑުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އެ ޓްރައިބިއުނަލްގެ ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލަ
ހުށަހަޅާފައިވަނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުން ބާރު ލިބިގެންކަން އެ ކުންފުނިން ހުށަހެޅި ޓެކްސް
އެޕީލް ޓްރައިބިއުނަލްގެ އިސްތިއުނާފު ފޯމުގައި އެނގެން ނެތްކަމާއި، އެހެންނަމަވެސް، އެ ކުންފުނީގެ ފަރާތުން
ހުށަހަޅާފައިވާ އިސްތިއުނާފް ނުކުތާތަކަށް ބަލާއިރު، އެ ކުންފުނިން ޙަވާލާދީފައިވަނީ މީރާއިން އެ ކުންފުނިން
ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ ޢަދަދަކަށްކަން އެނގެން އޮންނަކަމާއި،
މީރާއިން ޓެކްސް ދައްކަންޖެހޭ ފަރާތް ދައްކަންޖެހޭ ކަމަށް ކަނޑައަޅާ ޢަދަދުތަކާމެދު
ޚިލާފުވުންތައް އުފެދޭ ޙާލަތްތަކުގައި، އެ މައްސަލައިގެ ދެ ފަރާތުންވެސް ޢަމަލުކުރަންޖެހޭ އިޖުރާޢަތު ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނުގައި ސާފުކޮށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އެގޮތުން، ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތް
އޮޑިޓްކުރުމުގެ ބާރު މީރާއަށް ލިބިދީފައިވާއިރު، އަދި އެއަށްފަހު އެ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ޓެކްސްގެ
ގޮތުގައި ދައްކަންޖެހޭ ޢަދަދު ކަނޑައެޅުމުގެ ބާރު މީރާއަށް ލިބިދީފައިވާއިރު، އަދި ކަނޑައެޅުނު ޢަދަދު މީރާއިން
ޓެކްސްދައްކާ ފަރާތަށް ލިޔުމުން އަންގަންޖެހޭ ހިނދު، ބުނެވުނު ޢަދަދާމެދު ޓެކްސް ދައްކާ ފަރާތުން
އިޢުތިރާޒުކުރާނަމަ، މީރާއިން ނިންމި ނިންމުން އެންގި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން
މީރާއަށް ލިޔުމުން އަންގަންޖެހޭނެކަމަށް ޓެކްސް
42 ވަނަ މާއްދާގައި
ބަޔާންކުރެވިފައިވާކަމާއި، އަދި އެ ލިޔުމުގައި ޓެކްސް ދައްކާ ފަރާތުން އެކަމަށް އިޢުތިރާޒުކުރާ
ތަފްޞީލުކޮށް ބަޔާންކުރުން އެ މާއްދާއިން ލާޒިމްވާކަން އެނގޭކަމާއި،
42496
އިދާރީ ޤާނޫނުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
2013/HC-A/200
ބުނެވިދިޔަފަދަ އިޢުތިރާޒުކުރުމެއް ޓެކްސް ދައްކާ ފަރާތުން މީރާއަށް އެ ޤާނޫނުގައި ބަޔާންކުރާ
ގޮތަށް އަންގައިފިނަމަ، މީރާއިން އެ މައްސަލަ ބެލުމަށްފަހު އެ މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭނެކަން
އިސްވެ ބުނެވުނު ޤާނޫނުގެ 43 ވަނަ މާއްދާއިން އެނގެން އޮންނައިރު، އެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން،
މީރާއިން ނިންމި ނިންމުމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިޢުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން،
އަށް ހުށަހެޅުމުން، މީރާއިން
ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ އެކަމެއް އިސްތިއުނާފުކުރުމުގެ ޙައްޤު ޓެކްސް ދައްކާ ފަރާތަށް
244 |
ލިބިދޭކަން ފާހަގަކުރެވޭކަމާއި،
ބުނެވިދިޔަ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ޓެކްސް އެޕީލް
ޓަރައިބިއުނަލަށް މީރާގެ ނިންމުމެއް އިސްތިއުނާފުކުރާނަމަ، އެ މާއްދާގެ ދަށުން އަންނަނިވި ޝަރުޠުތައް
ފުރިހަމަވާންޖެހޭނެކަމާއިގެ
(1) އިސްތިއުނާފު ކުރެވެނީ މީރާއިން ނިންމި ނިންމުމަކަށް ޓެކްސް ދައްކަންޖެހޭ ފަރާތުން
އިޢުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން، މީރާއިން އެކަމާ ގުޅޭ ގޮތުން ނިންމާ ނިންމުންކަންގެ
އަދި
(2) އެ ނިންމުން އިސްތިއުނާފު ކުރެވެނީ އެ ނިންމުން ނިންމުމުގެ 30 (ތިރީސް) ދުވަހުގެ
ތެރޭގައިކަން، އަދި
(3) ބަޔާންވެދިޔަ ފަދަ ނިންމުމެއް އިސްތިއުނާފު ކުރެވޭނީ މީރާއިން ޢަދަދެއް
ކަނޑައަޅާފައިވާނަމަ، އެ ޢަދަދު މީރާއަށް ދެއްކުމުގެ އިތުރުން، އެއްވެސް ޓެކްސް ޤާނޫނެއްގެ
ދަށުން އެހިނދަށް ދައްކަންޖެހޭ އެންމެހައި ފައިސާ ފުރިހަމައަށް ދެއްކުމަށްފަހުގައިކަން
އެނގެން އޮންނަކަމާއި، އެހެންކަމުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ
އިސްތިއުނާފުކުރުމުގެ ޙައްޤަކީ، މީރާއިން ނިންމި ނިންމުމާމެދު އެ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ޓެކްސް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2013/HC-A/200
ދައްކާ ފަރާތުން އިޢުތިރާޒުކުރުމުން، އެ އިޢުތިރާޒުކުރުމާ ގުޅޭ ގޮތުން މީރާއިން ނިންމާ ނިންމުން
އިސްތިއުނާފުކުރުންކަން އެ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
އެ ބާބުގައި
(ނ) ތިންވަނަ ކަމަކީ، މައްސަލައެއް އިސްތިއުނާފުކުރުމުގެ ޙައްޤަކީ މައްސަލައަކާ ގުޅުންހުރި
ކޮންމެ ފަރާތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދެވިފައިވާ ޙައްޤެއްކަމުގައި ވާހިނދު،
އިސްތިއުނާފުކުރުމުގެ ޙައްޤު ހަނިކުރާނަމަ ހަނިކުރެވޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން
ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުންކަން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކުރެވިފައިވާ ބައެއް ޙައްޤުތަކަކީ މުޠުލަޤުކޮށް، އެއްވެސް
ޤައިދުކުރުމެއް ނެތި ލިބިދެވިފައިވާ ޙައްޤުތަކެއް ނޫންކަމާއި، އޭގެ މިސާލެއްގެ
ގޮތުން،
އިސްތިއުނާފުކުރުމުގެ ޙައްޤު ބަޔާންކުރެވިފައި އޮތްނަމަވެސް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން މައްސަލަތައް އިސްތިއުނާފުކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށަހެޅުމުގެ މުއްދަތަކީ
ޤައިދުކުރެވިފައިވާ މުއްދަތުތަކެއްކަން އެ ޤާނޫނަށް ބެލުމުންވެސް އެނގެން އޮންނައިރު، އަދި ޙައްޤެއް ހޯދުމަށް
ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައިވެސް ބައެއް ޙާލަތްތަކުގައި، އައު މައްސަލަތައް ހުށަހެޅުމަށް އޮންނަ
މުއްދަތަކީވެސް އެ ޙާދިސާ ހިނގި ތާރީޚުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުން ލާޒިމްކުރާ
މައްސަލަތަކެއްކަން ވަޒީފާއާގުޅޭ މައްސަލަތަކާއި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރާ
ދަޢުވާ ފަދަ މައްސަލަތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
އެހެންކަމުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން މީރާއިން ނިންމި
ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިޢުތިރާޒުކޮށް، މީރާއަށް ހުށަހެޅުމުން، މީރާއިން ނިންމި ނިންމުމާ މެދު
ހިތްހަމަނުޖެހޭނަމަ، އެފަދަ ނިންމުމެއް އިސްތިއުނާފު ކުރެވޭނެ ޙައްޤު އުފަންވާ ޙާލަތްތައް ބަޔާންކުރެވިފައި
އޮތުމަކީ، ނުވަތަ ވަކި ޝަރުޠުތަކެއް ފުރިހަމަވާގޮތުގެމަތިން ހަނިކުރެވިފައި އޮތުމަކީ، ޤާނޫނުއަސާސީން
ކަށަވަރުކޮށްދޭ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަމެއް އަންނަފަދަ ކަމެއްކަމަށް ބެލެވެންނެތްކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/200
2
8
6
8
4 ހއ
8 0 4
(ރ ހަތަރުވަނަ ކަމަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން
ލިބެންވާ ޓެކްސް ތިންވަނަ ފަރާތަކުން ހޯދުމުގެ ބާރު މީރާއަށް ލިބިދީފައިވާކަން ފާހަގަކުރެވޭކަމާއި، އެ މާއްދާގެ
(ހ) އަށް ބަލާއިރު، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތަކުން ދައްކަންޖެހޭ ޓެކްސް، ޖޫރިމަނާ އަދި
އެހެންވެސް ޢަދަދެއް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދެއްކިއްޖެނަމަ، އެ ފަރާތުގެ ކިބައިން ހޯދަންޖެހޭ
ފައިސާ ތިންވަނަ ފަރާތެއްގެ ކިބައިން ހޯދުމަށް، މީރާއިން އެ ތިންވަނަ ފަރާތަށް އެންގިދާނެ ޙާލަތްތައް އެ
މާއްދާގައި ބަޔާންކުރެވިފައިވާކަމާއި، އެގޮތުން، ތިންވަނަ ފަރާތެއްގެ ކިބައިން ހޯދޭނީ އެ ތިންވަނަ ފަރާތުން ޓެކްސް
ދައްކަންޖެހި ނުދައްކާ އޮތް ފަރާތަށް ދޭ އަދަދަށްވުރެ ބޮޑު ނޫން މިންވަރަކަށްކަން އެ އަކުރުން އެނގޭކަމާއި،
މީރާއިން 30 ޑިސެމްބަރު 2012 ގައި ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ
ބޭންކް އެކައުންޓުން ފައިސާ އުނިކުރުމަށް އެމް.އެމް.އޭ އަށް އެންގި އެންގުމުގައި (މީރާއިން ފޮނުވާފައިވާ ނަންބަރު
98
/
2012
/
56/EC-220 ސިޓީގައި) އިސްވެ ބުނެވުނު ކުންފުނީގެ އޮފް މޯލްޑިވްސް ޕލކ އެކައުންޓުން
ފައިސާ އުނިކުރުމަށް އަންގައި ޙަވާލާދީފައިވަނީ، މީރާއިން ޢަމަލުކުރާ "ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ބޭންކު
އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި ޢަމަލު ކުރާ އުސޫލު" ގެ 10 ވަނަ މާއްދާގެ
(ހ) އަށްކަމާއި، އިސްވެ ބުނެވުނު އުސޫލަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާގެ (ރ) އާއި
48 ވަނަ މާއްދާއާއި އަދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނު) އާ ޙަވާލީ
އެކުލަވާލާފައިވާ އުސޫލެއްކަން ފާހަގަކުރެވޭކަމާއި،
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، އެ އަކުރުގެ (1)
ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވަނީ، 47 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ޙާލަތްތަކުގައި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމަކުން ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތެއްގެ
އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ
ޤާނޫނު) އެ މައްޗަށް ހިނގާ ބޭންކަކަށް އެންގުމަށްޓަކައި މީރާއިން،
އެންގިދާނެކަމަށާއި،
4
ބޭންކް
4 86 8 2
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
13
2013/HC-A/200
6 7 2
29 ޑ 4
އިޤީތަން*
އެނގެން އޮންނަކަމާއި،
ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ (ރ) އިން އިޝާރާތްކުރަނީ އެ މާއްދާގެ (ހ)
ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ޙާލަތަށްކަން އެނގެން
47 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ފައިސާ ދެއްކުމަށް އަންގާ އެންގުން ރައްދުވަނީ އެ
ބަޔާންކުރާ ތިންވަނަ ފަރާތަށްކަން އެ އަކުރުގެ ޞަރީޙަ އިބާރާތުން އެނގެން އޮންނައިރު، 47 ވަނަ
މާއްދާގެ (ޅ) ގައި އެ މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމަކާއި ދެކޮޅަށް އިސްތިއުނާފުކުރާނަމަ އެ އެންގުން
ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށް
ބަޔާންކުރެވިފައިވާކަމާއި،
މއ.3އި
47 ވަނަ މާއްދާގެ (ޅ) ގައި އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިދެވެނީ ކޮން ފަރާތަކަށްކަން އެ
އަކުރުގައި ސާފުކޮށް ބަޔާންކުރެވިފައި ނެތްނަމަވެސް، އެ ޙައްޤު އުފަންވެ، ދެމިއޮންނަނީ، 47 ވަނަ މާއްދާގެ (ހ)
ގެ ދަށުން ފޮނުވާ އެންގުން ލިބޭތާ 30 (ތިރީސް) ދުވަހުގެ މުއްދަތަކަށް ކަމުގައިވާއިރު، 47 ވަނަ މާއްދާގެ (ހ)
ގެ ދަށުން އަންގާ އެންގުން އަންގަނީ ތިންވަނަ ފަރާތަކަށްކަން އެ އަކުރުން އެނގެން އޮތުމުން، 47 ވަނަ
މާއްދާގެ (ޅ) ގައި އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދެވެނީ އެ މާއްދާގެ (ހ) ގެ ދަށުން މީރާއިން އަންގާ
އެންގުން ރައްދުވާ ތިންވަނަ ފަރާތަށްކަން މުޅި އެ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ޤާނޫނުގެ 47
ވަނަ މާއްދާގެ (ރ) ގެ ދަށުން ފޮނުވާ އެންގުމެއް އަންގާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ޓެކްސް ދައްކާ ފަރާތަށް
ޤަބޫލުކުރެވިގެން، އެ ތަންފީޒީ ފިޔަވަޅު ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރިނަމަވެސް، އެފަދަ
އިސްތިއުނާފު ކުރުމުގެ ޙައްޤެއް، އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގެ ދަށުން ލިބިދޭކަމަށް މި މައްސަލަ ބެލި
އިއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްތިއުނާފު މިކުރެވޭ މައްސަލައަށް އިސްވެ ބަޔާން ކުރެވުނު
އުސޫލުތައް ތަޠުބީޤުކުރާއިރު، ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން މީރާއިން އެންމެ ފުރަތަމަ
ނިންމި ނިންމުމަށް އިޢުތިރާޒުކޮށްފައިވާކަން އެނގޭކަމާއި، އެހެންނަމަވެސް، އެ އިޢުތިރާޒުކުރުމަށް މީރާއިންދިން
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
14
2013/HC-A/200
ޓެކްސް ނެގުމާބެހޭ
ޖަވާބު، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކޮށްފައިނުވާކަމާއި،
އިދާރީ ޤާނޫނުގައި މީރާއިން ކަނޑައަޅާ ޢަދަދަކާމެދު ޓެކްސް ދައްކާ ފަރާތުން
ހިތްހަމަނުޖެހޭނަމަ، ދެން ޢަމަލުކުރަންޖެހޭ ގޮތުގެ އިޖުރާޢަތު އެ ޤާނޫނުގެ 42، 43 އަދި 44 ވަނަ މާއްދާގައި
ކުރެވިފައިވާއިރު، އެ މާއްދާތަކުގައިވާ ގޮތުގެ މަތިން ޓެކްސް ދައްކާ ފަރާތުން އެ އިޖުރާޢަތު
ފުރިހަމަކޮށްފައިނުވާނަމަ، ޓެކްސް ދައްކާ ފަރާތުން މީރާއިން ކަނޑައެޅި އަދަދު ބަލައިގަތީކަމުގައި ބަލަންޖެހޭކަމާއި،
އެގޮތުން، ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން 44 ވަނަ މާއްދާގެ ދަށުން މީރާގެ ނިންމުން
އެ މާއްދާގައި ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި، އެ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން
އިސްތިއުނާފު ނުކުރުމުން، އެހިސާބުން މީރާއިން ކަނޑައެޅި ޢަދަދު ބަލައިގަތީކަމުގައި ބަލަންޖެހޭކަމާއި،
ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް
ހުށަހެޅި "މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާ ފޯމު" ގައި މީރާއިން ކޮށްފައިވާ އެކުންފުނީގެ އޮޑިޓްއާއި، އެ
ކުންފުނިން ދައްކަންޖެހޭ ޢަދަދު ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމުގައި ފާހަގަކޮށްފައިވާކަމާއި، މީރާއިން
ކަނޑައަޅާ ޢަދަދަކާ ގުޅިގެން އިސްތިއުނާފުކުރުމުގެ މުއްދަތާއި އިޖުރާޢަތު ޓެކްސް ނެގުމާބެހޭ އިދާރީ
ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، ބަޔާންވެދިޔަ ޢަދަދު ހޯދުމަށްޓަކައި 47 ވަނަ މާއްދާގެ (ރ) ގެ
ދަށުން މީރާއިން އަޅާ ތަންފީޒީ ފިޔަވަޅެއް އިސްތިއުނާފުކުރުމުގައި، 44 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ
ކަންތަކާއި، ބަޔާންކުރެވިފައިވާ އިޖުރާޢަތާއި ޚިލާފަށް އިސްތިއުނާފު ކުރެވުމަކީ 44 ވަނަ މާއްދާގެ ބާރު
ކެނޑޭނެފަދަ ކަމެއްކަމާއި،
އަދި މީރާގެ ތަންފީޒީ ފިޔަވަޅެއް އިސްތިއުނާފު ކުރިނަމަވެސް، ހުށަހެޅިފައިމިވާ މައްސަލައިގައި
ކަންހިނގާ ދިޔަ ގޮތަށް ބަލައި، 47 ވަނަ މާއްދާގެ (ރ) ގެ ދަށުން އަޅާފައިވާ ފިޔަވަޅެއް، އެ މާއްދާގެ (ޅ) ގެ
ދަށުން އިސްތިއުނާފު ކުރުމުގެ ޙައްޤު، ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް
ޤާނޫނުގެ 44
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
15
2013/HC-A/200
ލިބިދެވިފައިވާކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމަވާފައިވަނީ އެ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާއި
އެއްގޮތަށްކަމަށް ބެލެވެން ނެތްކަމާއި
އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިޞާޞް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައާއި އަދި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާއިރު، މީރާއިން ނިންމި
ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިޢުތިރާޒުކޮށް، މީރާއަށް ހުށަހެޅުމުން މީރާއިން ނިންމި ނިންމުމާމެދު
ހިތްހަމަ ނުޖެހޭނަމަ، އެކަމެއް އިސްތިއުނާފު ކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް
ބެލުމަކީ އެ ޓްރައިބިއުނަލްގެ އިޚްތިޞާޞްތަކުގެ ތެރޭގައި ހިމެނިފައިވާކަމެއްކަން ސާފުކޮށް އެނގެންއޮންނައިރު، އެ
ބާވަތުގެ މައްސަލަތައް ބެލުމަށް ވަކި އިޖުރާޢަތުތަކެއް ޤާނޫނެއްގައި ކަނޑައެޅިފައިވާނަމަ، އެ ބާވަތުގެ
މައްސަލަތައް އެ ޓްރައިބިއުނަލުން ބައްލަވަންވާނީ ޤާނޫނުގައިވާ ގޮތުގެ މަތިންކަމާއި، ޤާނޫނު އެއްފަރާތްކޮށް
ޤާނޫނުގައި ބުނެފައިވާގޮތްނޫން އެހެން ގޮތަކަށް ޓްރައިބިއުނަލަށް އިޚްތިޞާޞް ކަނޑައެޅުމުގެ
ލިބިފައިނުވާކަމާއި، މީރާއިން ޓެކްސްގެ ގޮތުގައި ކަނޑައަޅާ އަދަދަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަމަށް
އިޢުތިރާޒުކޮށް، އިސްތިއުނާފުކުރުމުގެ ވަކި އިޖުރާޢަތެއް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި
ކަނޑައެޅިފައިވާއިރު، އެ މާއްދާގައި ބަޔާންކުރެވިފައިވާ އިޖުރާޢަތާއި ޚިލާފަށް، އެ މާއްދާގައި އިޝާރާތްކުރެވޭ
މައުޟޫޢުއާ ގުޅޭ ގޮތުން މައްސަލައެއް ބަލައިގަނެ ހިންގުމަކީ، އެ ޤާނޫނުގެ ވަކި މާއްދާތަކެއްގެ ބާރު ކެނޑޭފަދަ
ގޮތަކަށް، އަދި އެ މާއްދާތަކުން ޙާޞިލުކުރަން ބޭނުންވާ މަޤުޞަދާ ޚިލާފަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
އިޚްތިޞާޞުން ބޭރުން ޢަމަލުކުރެއްވުންކަމާއި،
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލާގައި ކެޕިޓަލް
ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖުމްލަގޮތެއްގައި އިސްތިއުނާފުކޮށްފައިވަނީ މީރާއިން
ކޮށްފައިވާ އެ ކުންފުނީގެ އޮޑިޓްއާއި އަދި އެ ކުންފުނިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ
ފައިސާގެ ޢަދަދުކަން ފާހަގަކުރެވޭކަމާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާއާއި، 39 ވަނަ
މާއްދާއާއި 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި މައްސަލައިގެ ދެ ފަރާތުންވެސް ޢަމަލުކޮށްފައިވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
$
ވެj
16
2013/HC-A/200
ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން މީރާއިން ކަނޑައެޅި އަދަދަށް އިޢުތިރާޒުކުރުމުން،
ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން، މީރާއިން އެ މައްސަލަ ބަލައި، ގޮތެއް ކަނޑައަޅާފައިވާކަން އެނގެން
އޮތްއިރު، ޓެކްސް ދައްކަންޖެހޭ ފަރާތުން މީރާއިން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ، ދެން ޢަމަލުކުރަން
ޖެހޭނީ އެ ޤާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް، އެ މާއްދާގައި ބަޔާންކުރެވިފައި
ބަޔާންކުރެވިފައިވާ މުއްދަތުގައިކަން އެ
މާއްދާއަށް ބެލުމުން އެނގެންއޮންނަކަމާއި،
ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި
މީރާއިން ކަނޑައެޅި ޢަދަދު އިސްތިއުނާފުކޮށްފައިވާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި
ބަޔާންކުރެވިފައިވާ ފަދައިން އެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ މީރާގެ ނަންބަރު 2012
/
21/AO-220
ނިންމުމުން ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ އިޢުތިރާޒުގެ ޖަވާބު އެ
ކުންފުންޏަށް އެންގިފަހުން 30 ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވަނިކޮށްކަން ފާހަގަކުރެވޭކަމާއި، އަދި
މުސްތަޤުބަލުގެ ތާރީޚުޖަހާފައިވާ ޗެކުތަކެއް އެ ކުންފުނިން މީރާއަށް ދީފައިވީނަމަވެސް، 44 ވަނަ މާއްދާގައި
ބަޔާންކުރާ ފަދައިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް
ލިމިޓެޑުން މީރާއަށް ދައްކައި، ޚަލާޞްކޮށްފައިވާކަމަށް ބެލެވެން ނެތްކަމާއި، އެހެނީ، ކެޕިޓަލް ޓްރެވަލް އެންޑް
ޓުއަރސް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ދީފައިވަނީ ގެރެންޓީޑް ޗެކްތަކެއް ނޫންކަމަށް މީރާއިން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ފާހަގަކޮށްފައިވާއިރު، އަދި މިކަމަށް ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އިންކާރުކޮށްފައިނުވާއިރު، ބުނެވިދިޔަފަދަ ޗެކުތައް ބައުންސްވުމުގެ އިޙްތިމާލު އޮތްކަން ފާހަގަކުރެވޭކަމާއި،
ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭކަމަށް މީރާއިން ކަނޑައެޅި
ޢަދަދު އިސްތިއުނާފުކުރާނަމަ، އެ މައްސަލަ އިސްތިއުނާފު ކުރެވޭނީ އިސްވެބުނެވުނު ޤާނޫނުގެ 44 ވަނަ މާއްދާގެ
ދަށުން، އެމާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވުމުންކަމުގައިވާއިރު، އެ ކުންފުނީގެ ކިބައިގައި އެ މާއްދާގަ
ބަޔާންކުރެވިފައިވާ ޝަރުޠުތައް ފުރިހަމަނުވުމުގެ އިތުރުން، އެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލުން
.4 92 2 2 4
އިހންކަމުން،
މުއަދގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/200
އިދާރީ ޤާނޫނުއާ އެއްގޮތްވާ
ގޮތުގެ މަތިންކަމަށް މި މައްސަލަ ބެލި
ބަލައިގެންފައިވަނީ ޓެކްސް ނެގުމާބެހޭ
.ވެސް ފަނޑިޔާރަކަށް
29
9 ގދ 4
ނ.ފޮނނކމެވެ.
ވީމާ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލަ
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރިއަށް ގެންދިއުމަށް އެ ޓްރައިބިއުނަލުން ނިންމަވާފައިވާ އިޖުރާއީ ނިންމެވުމަށް
ބަދަލު ގެންނަން ޖެހޭކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
• ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލައަކީ އެޓްރައިބިއުނަލުން ކުރިއަށް ގެންދެވިދާނެ
މައްސަލައެއްކަމަށް އެ ޓްރައިބިއުނަލްގެ "އިޖުރާޢީ ނުކުތާއާމެދު ޓްރައިބިއުނަލްގެ ނިންމުން" އިން
ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމުން، އެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭކަމަށް
މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ޓެކްސް
އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
003/TAT
-
CA
-
G މައްސަލައިގެ "އިޖުރާޢީ ނުކުތާއާމެދު
ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv