ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/81 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/18
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 18/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން: އިބްރާހީމް އަޙްމަދު
އައިޑީ ކާޑު ނަންބަރ: A023762
p
ދާއިމީ އެޑްރެސް: މިމޅި ދަފްތަރު ނަންބަރު 5258
މިހާރުގެ އެޑްރެސް:
*
ހދ 4
0
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 13 ޖެނުއަރީ 2011
* ނިމުނު ތާރީޚް: 29 މެއި 2012
މައްސަލައިގެ ބާވަތް: ޚިޔާނާތް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{011/HC-A/18
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/573 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ މމދ ދަފްތަރު ނަންބަރު 5258 އިބްރާހީމް އަޙްމަދު
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް) އެވެ.
cu o
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1573 ޤަޟިއްޔާއަކީ، މިނިސްޓްރީ އޮފް ޑިފެންސް
އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބަޖެޓް ސެކްޝަނުގައި ފައިސާއާއި ބެހޭ މަސައްކަތާއި އިބްރާހީމް އަޙްމަދު
ޙަވާލުވެ ހުރެ، އިބްރާހީމް އަޙްމަދުގެ ބެލުމުގެ ދަށުގައިވާ ތިޖޫރީން 5821
/
09ރ. (ފަސްހާސް އަށްސަތޭކަ
އެކާވީސް ރުފިޔާ ނުވަލާރި) އަށް ޚިޔާނާތްތެރިވެފައިވާތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި،
143 ވަނަ މާއްދާ އާއި 146 ވަނަ މާއްދާގެ ދަށުން އިބްރާހީމް އަޙްމަދުގެ މައްޗަށް ތިމާގެ ބެލެހެއްޓުމާ
ޙަވާލުވެގެން ހުރި ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ހުށަހެޅުމުން
ކްރިމިނަލް ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރައްވާފައިވަނީ، ”މ.މ.ދ ދަފްތަރު 5258 އިބްރާހީމް އަޙްމަދުގެ
މައްޗަށް ދައުލަތުން ކުރައްވާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، މީނާ މިނިސްޓްރީ
އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބަޖެޓް ސެކްޝަނުގައި ފައިސާއާއި ބެހޭ މަސައްކަތާއި ޙަވާލުވެ.
ހުރެ، މީނާގެ ބެލުމުގެ ދަށުގައިވާ ތިޖޫރީން 5821
/
09ރ. (ފަސްހާސް އަށްސަތޭކަ އެކާވީސް ރުފިޔާ ނުވަލާރި)
އަށް ޚިޔާނާތްތެރިވެފައިވާކަން މީނާގެ އިޢުތިރާފުން ސާބިތުވާތީ، ޚިޔާނާތްތެރިވުމުގެ ކުށުން މީނާ ކުށްވެރިވެއްޖެ
ކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ (ފުރަތަމަ ފަހަރުކަމަށްވާތީ، މިކުށުގެ
ޢުޤޫބާތެއްގެ ގޮތުން، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 06 (ހައެއް) މަސްދުވަސް،
މީނާ ޚިޔާނާތްތެރިވެފައިވަނީ ސަރުކާރުގެ ފައިސާއަށް ކަމަށްވާތީ، ހަމައެޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން
02 (ދޭއް) އަހަރު ދުވަސް، މީނާ ޚިޔާނާތްތެރިވެފައިވަނީ މީނާ ބަލަހައްޓަމުންދިޔަ ފައިސާތަކަކަށްވުމުން
AA
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/18
ހަމައެޤާނޫނުގެ 146 ވަނަ މާއްދާގެ ދަށުން 01 (އެކެއް) އަހަރު ދުވަސް އެކު ޖުމްލަ 03 (ތިނެއް) އަހަރާއި
06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް އިބްރާހީމް އަޙްމަދު އަރުވާލުމަށް ޙުކުމް ކޮށްފީމެވެ.“ މިފަދައިން ކަން
އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/573
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އިބްރާހީމް އަޙްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ދެ ނުކުތާ ފާހަގަކޮށް
އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ:
0
• ފުރަތަމަ ނުކުތާއަކީ: ޖިނާއީ ކުށެއް ސާބިތުވުމަށްޓަކައި މާއްދީ ރުކުނާއި،މަނަވީ ރުކުނާއި، ޝަރުޢީ
ރުކުން ފުރިހަމަވާންޖެހޭ ކަމާއި، އިބްރާހީމް އަޙްމަދު ކުރި ކުށަކީ ޚިޔާނާތްތެރިވުން ކަމަށް ޝަރީޢަތުން
ކަނޑައަޅާފައިވާއިރު، އެކުށުގެ މަޢުނަވީ ރުކުން ފުރިހަމަ ވެފައިވާކަން އެނގެން ނެތުން، އަދި
މަޢުނަވީ ރުކުން ފުރިހަމަވެފައި ނެތުމުން ޝަރުޢީ ރުކުނުގައި ހުންނަންޖެހޭ ޢުންސުރުތައް
ފުރިހަމަވެފައި ނެތުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
UCO.
• ދެވަނަ ނުކުތާއަކީ، މުޅި މިމައްސަލައަށް ނަޒަރުކުރުމުން ޙަޤީޤަތުގައި ޚިޔާނާތްތެރިވުމުގެ ކުށުގެ
އަޞްލު ޝަރުޢީ ގޮތުން ސާބިތުވާން ނެތްކަމާއި، ޚިޔާނާތްތެރިވީ ކަމަށް ބުނާ ފައިސާ އެ ވަގުތުވެސް
ތިޖޫރީގައި ހުރި ކަމާއި، ފައިސާއަށް ބަދަލުކުރެވޭ ގޮތަށް ޤާނޫނީ ބާރުލިބިގެން ގެންގުޅޭ ލިޔުންތަކަކީ
ފައިސާ ކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭނެ ކަމާއި، އެކަމަކު މިމައްސަލަ ނިންމެވުމުގައި އެކަމަށް
ބައްލަވާފައި ނުވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/573 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އިބްރާހީމް އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ރިޕޯޓަށާއި
AJA
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/18
މައްސަލައާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ
ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/573 ޤަޟިއްޔާގައި އިބްރާހީމް އަޙްމަދުގެ މައްޗަށް
ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 143 ވަނަ މާއްދާ އާއި 146 ވަނަ މާއްދާގެ ދަށުން
ތިމާގެ ބެލެހެއްޓުމާ ޙަވާލުވެގެން ހުރި ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވާކަން
އެނގެން އޮވެއެވެ.
OCCO
e
38 83ޑޑ
ގެނޭގެވެން"
(ހ) ޤާނޫނު ނަންބަރު 10/86 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4) ގެ 149 ވަނަ މާއްދާގެ
(ނ) ގައި ޚިޔާނާތުގެ މާނަކަމަށް ބުނެފައިވަނީ ”ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ހަވާލުގައިވާ އެހެން
ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނަޔާނުލައި ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް
ބަދަލު ގެނައުން، ނުވަތަ ނައްތާލުން
ތެލުން ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް
ކަމަށްވީއިރު،
ޚިޔާނާތުގެ ކުށެއް ސާބިތުކުރުމަށްޓަކައި މައިގަނޑު ހަތަރު އުން ބުރު ވާކަމާއި، އެ އުންސުރުތަކަކީ:
ފުރަތަމަ ކަމަކަށް، އެ މުދަލަކީ ޚިޔާނާތްތެރިވީކަމަށް ތުހުމަތު ކުރެވޭ މީހާގެ ބެލުމުގެ ދަށުގައި ނުވަތަ
ޙަވާލުގައިވާ ތަކެއްޗަށް ވާންޖެހުންކަ
ދެވަނަ ކަމަކަށް ނުބައި ނިޔަތެއް އޮތުންކަމާއިގެ
ތިންވަނަ ކަމަކަށް، ވެރިފަރާތުގެ އިޒުނަނެތުންކަމާއިގެ
ހަތަރުވަނަ ކަމަކަށް އެ އެއްޗަކަށް ބަދަލު ގެނައުން ނުވަތަ ނައްތާލުން ނުވަތަ ކަނޑައަޅާފައިވާގޮތާ
ގެންގުޅުންކަން އެނގޭކަމާއި،
ޚިޔާނާތުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވުމަށްޓަކައި އެ ހަތަރު އުން ބުރު ނުވަތަ ކަންތައްތައްވެސް
ފުރިހަމަވާންޖެހޭކަން އެނގެއެވެ.
ޚިލާފަށް
AA
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/18
(ނ) މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބަޖެޓް ސެކްޝަނުގައި ފައިސާއާއި
ބެހޭ މަސައްކަތާއި އިބްރާހީމް އަޙްމަދު ޙަވާލުވެ ހުރެ، އިބްރާހީމް އަޙްމަދުގެ ބެލުމުގެ ދަށުގައިވާ ތިޖޫރިއަށް
2009 ޖުލައި 01 ގައި 5706
/
55ރ. (ފަސްހާސް ހަތްސަތޭކަ ހަރުފިޔާ ފަންސާސް ފަސްލާރި) ގެ ޗެކެއް
ލުމަށް ފަހު އެޗެކްގެ ޢަދަދަށްވާ ފައިސާ ނެގިކަމާއި، އޭގެ އިތުރުން ހަމަ އެދުވަހު އޮފީހުގެ ފަރާތުން
އިންޓަރނަލް އޮޑިޓެއް ކުރި އިރު އިބްރާހީމް އަޙްމަދުގެ ބެލުމުގެ ދަށުގައި ހުރި ތިޖޫރީން އިޝާރާތް ކުރެވުނު
ޗެކްގެ ޢަދަދަށް ފައިސާ އާއި އެކު ޖުމްލަ 5821
/
09ރ. (ފަސްހާސް އަށްސަތޭކަ އެކާވީސް ރުފިޔާ
ނުވަލާރި) މަދުވެފައިވާކަން އިބްރާހީމް އަޙްމަދުގެ ބަހުން އެނގެން އޮވެފައި، އިބްރާހީމް އަޙްމަދުގެ މި ޢަމަލަކީ
ފައިސާއާއި ބެހޭ ޤަވާއިދުގައި ކުރުން މަނާކުރެވިފައިވާ ކަމެއްކަން އިބްރާހީމް އަޙްމަދަށް އެނގޭކަން އޭނަގެ
އަމިއްލަ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާކަމާއި، ޗެކަކީ ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމެއްކަމަށް ޤާނޫނީ ގޮތުން ބެލިކަމުގައި ވީނަމަވެސް އެއީ އޭގެ ޒާތުގައި ފައިސާ ކަމަށް ނުބެލެވޭއިރު، ޗެކަކީ
ބައުންސްވުމުގެ އިޙްތިމާލު އޮތް އެއްޗަކަށްވާއިރު، އިސްވެ އިޝާރާތްކުރެވުނު ޗެކް ތިޖޫރިއަށް ލުމަށްފަހު
އެޗެކުގައިވާ ޢަދަދަށް ފައިސާ ނަގާފައިވަނީ އެއްވެސް ފަރާތަކުން ހުއްދަދީގެން ކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
(ރ) އިބްރާހީމް އަޙްމަދުގެ ފަރާތުން މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ވާހަކަތަކުގައި އިބްރާހީމް އަޙްމަދުގެ ނުބައި ނިޔަތެއް ނެތްކަމަށް ބުނެފައިވާއިރު،
އިބްރާހީމް އަޙްމަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް ކުރުމުގެ ނިޔަތާމެދު ޝަރީޢަތުގެ ހަމަތަކުން
ވިސްނާއިރު، މީހާ ކުރާ ޢަމަލާއި، އެޢަމަލާ ގުޅުންހުރި އެންމެހައި ކަންކަމުން އެމީހެއްގެ ނިޔަތް ދެނެގަނެވޭނެ
ކަމާއި،
އެގޮތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބަޖެޓް ސެކްޝަނުގައި
ފައިސާއާއި ބެހޭ މަސައްކަތާއި އިބްރާހީމް އަޙްމަދު ޙަވާލުވެ ހުރެ، އިބްރާހީމް އަޙްމަދުގެ ބެލުމުގެ ދަށުގައިވާ
ތިޖޫރިއަށް 5706
/
55ރ. (ފަސްހާސް ހަތްސަތޭކަ ހަރުފިޔާ ފަންސާސް ފަސްލާރި) ގެ ޗެކެއް ލުމަށް ފަހު
އެޗެކްގެ ޢަދަދަށް ފައިސާ ނެގިކަމާއި، އިބްރާހީމް އަޙްމަދު އެމަޤާމުގައި ނެތްނަމަ އެފައިސާ ނެގުމުގެ
AJA
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/18
ފުރުޞަތު ތަނަވަސްވެގެން ނުދާނެކަމާއި، ހަމައެހެންމެ އެފައިސާ އެގޮތަށް ނެގުމަކީ ފައިސާއާއި ބެހޭ
ޤަވާއިދުގައި ހުއްދަކުރެވިފައިނުވާ، މަނާ ކަމެއްކަން އިބްރާހީމް އަޙްމަދަށް އެނގިހުރެ އެހެން މީހަކަށް އެފައިސާ
ދިން ދިނުމަކީ އިބްރާހީމް އަޙްމަދުގެ ނިޔަތް ރަގަޅުނޫން ކަމަށް ދަލާލަތު ކުރާކަމެއް ކަމުން، މިޢަމަލު
ހިންގުމުގައި އިބްރާހީމް އަޙްމަދުގެ ކުށް ކުރުމުގެ ނިޔަތް ނުވަތަ ޤަޞްދު ނެތް ކަމަށް ޝަރީޢަތުން ބެލެވެން
ނެތްކަން އެނގެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/573 ޤަޟިއްޔާގައި އިބްރާހީމް އަޙްމަދުގެ މައްޗަށް
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން ފާހަގަކުރެވުނު ގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/Cr-C/573 ޤަޟިއްޔާގައި ދަފްތަރު ނަންބަރު 5258، މާލެ އިބްރާހީމް އަޙްމަދުގެ މައްޗަށް
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަށްޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv