ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-MD/08 ޤަޟިއްޔާގެ ޙުކުމް
1 ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2011/HC-MD/08
بماند از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 09/HC
-
MD/2011
މައްސަލަ ހުށަހެޅި ފަރާތް:
1- ނަން: މޫސާ އަންވަރު
އައިޑީކާޑު ނަންބަރު: 294988-A
* ދާއިމީ އެޑްރެސް: ލާމިގެ/ ސ. ހިތަދޫ * މިހާރުގެ އެޑްރެސް: ފ. ޕިން / މާލެ
2- ނަން: އަޙްމަދު މައުރޫފް
އައިޑީކާޑު ނަންބަރު: 133525-A
* ދާއިމީ އެޑްރެސް ކޯފީގެ / ލ. އިސްދޫ
* މިހާރުގެ އެޑްރެސް: ފ. ބްލޫޑްރީމް / މާލެ
3- ނަން: ތާހާ މުޙައްމަދު
އައިޑީކާޑު
ކާޑު ނަންބަރު: 030988-A
* ދާއިމީ އެޑްރެސް: ކަޅިހާރުގެ/ އދ. މާމިގިލި
މިހާރުގެ އެޑްރެސް: މއ. ރަފްރަފް | މާލެ
4 ނަން: އިބްރާހީމް އިޙްސާން
* އައިޑީކާޑު
ކާޑު ނަންބަރު: 274911-A
* ދާއިމީ އެޑްރެސް: އެށެވެލީ/ ސ. މަރަދޫ
* މިހާރުގެ އެޑްރެސް: ލ.
އަމީރުގެއާގެ / ކ.މާލެ
5- ނަން: އަޙްމަދު ރަޝީދު
* އައިޑީކާޑު ނަންބަރު: 101049-A
* މީހާރުގެ އެޑްރެސް: އެލަމް / ކ. ވިލިނގިލި
* ދާއިމީ އެޑްގެ
އެޑްރެސް: ސީވިޔު / ގދ. ތިނަދޫ
6- ނަން: އިބްރާހީމް ޝަމީލް
* އައިޑީކާޑު ނަންބަރު:060757-A
* ދާއިމީ އެޑްރެސް: ޖަންބުމާގެ / ސ.
މިހާރުގެ އެޑްރެސް: މ. އަމްޝާހު | މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2011/HC-MD/08
*
ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން، އުމުރުން 18 އަހަރުވެފައިވުމާއި، ސިޔާސީ އެއްވެސް ޕާޓީއެއްގެ ހައި"
2 ޝަރީއަތް ނިމުނު ގޮތުގެ ޚުލާޞާ
7- ނަން: މުޙައްމަދު ކަމާލް
އައިޑީކާޑު ނަންބަރު: 117750-A
ދާއިމީ އެޑްރެސް: ފޮނިތޮށިގެ / ގއ. ދާންދޫ މިހާރުގެ އެޑްރެސް: މއ. މެޑަލިން | މާލެ
8- ނަން: ޞަފްއަތު ޙަބީބު
* އައިޑީކާޑު ނަންބަރު: 150367-A
ދާއިމީ އެޑްރެސް: ރީގަލް / ގދ. މަޑަވެލި * މިހާރުގެ އެޑްރެސް: ލ. ނަސީމީހަނދުވަރު | މާލެ
9- ނަން: ޢުމަރު އަބްދު
އައިޑީކާޑު ނަންބަރު:278586-A
* ދާއިމީ އެޑްރެސް: އުފާ / ޏ. ފުވައްމުލައް
* މިހާރުގެ އެޑްރެސް: ވަފާ | ކ. ވިލިނގިލި
• މައްސަލަ ރައްދުވާ ފަރާތް:
* ނަން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދާއިމީ އެޑްރެސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒް/ މާލެ
މިހާރުގެ އެޑްރެސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒް/ މާލެ
ހީކުރެވުނު ތާރީޚް: 19 އޮކްޓޯބަރ 2011 * ނިމުނު ތާރީޚް: 24 މެއި 2012
ދަޢުވާގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން ޤަވާއިދުގެ 11.3 ވަނަ
މާއްދާގެ (ށ) އާއި، (ށ) އާއި، އަދި (ރ) އަކީ ޤާނޫނުއަސާސީއާއި ޚިލާފު ބާޠިލް އަކުރުތަކެއްކަމަށް
ކަނޑައަޅައި ދިނުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 19 ސެޕްޓެމްބަރު 2011 ގައި
ޢާންމުކޮށްފައިވާ ޔުނިވަރސިޓީގެ ނަންބަރު 2011
/
146/MNUCA
-
FM އިޢުލާނުގައި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ އިންތިޚާބަށް ކުރިމަތިލާ ދަރިވަރުންގެ ޝަރުޠުގެ ގޮތުގައި
6
6
cu o
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3 ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2011/HC-MD/08
އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުމާއި، އަދި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ
އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުމަށް ކޮށްފައިވާ މި3 (ތިނެއް) ޝަރުޠަކީ ބާޠިލް
ޝަރުޠުތަކެއްކަމަށް ކަނޑައަޅައިދިނުމަށްއެދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އުގެނެމުންދާ މޫސާ
ޢަންވަރާއި، އަޙްމަދު މަޢުރޫފާއި، ތާހާ މުޙައްމަދާއި، އިބްރާހީމް އިޙްސާންއާއި، އަޙްމަދު ރަޝީދާއި،
އިބްރާހީމް ޝަމީލާއި، ޢުމަރު ޢަބްދުﷲ އާއި، ޞަފްޢަތު ޙަބީބާއި، މުޙައްމަދު ކަމާލްއާ،
ދަރިވަރުންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ.
ޚި
9
މިމައްސަލައިގައި ދަޢުވާ ރައްދުވާފަރާތަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
-1
cu o
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން ޤަވާއިދުގެ 11.3 ވަނަ
މާއްދާގެ (ށ) އާއި، (ނ) އާއި، އަދި (ރ) އަކީ ޤާނޫނުއަސާސީއާއި ޚިލާފު ބާތިލް އަކުރުތަކެއްކަމަށް
ކަނޑައަޅައި ދިނުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 19 ސެޕްޓެމްބަރު 2011 ގައި
ޢާންމުކޮށްފައިވާ ޔުނިވަރސިޓީގެ ނަންބަރު 2011
/
146/MNUCA
-
FM އިޢުލާނުގައި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ އިންތިޚާބަށް ކުރިމަތިލާ ދަރިވަރުންގެ ޝަރުޠުގެ ގޮތުގައި
ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން، އުމުރުން 18 އަހަރުވެފައިވުމާއި، ސިޔާސީ އެއްވެސް ޕާޓީއެއްގެ
އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުމާއި، އަދި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަން ކުރެވޭ
ދިވެހިރާއްޖޭގެ
ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2011/HC-ID/08
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުމަށް ކޮށްފައިވާ ޝަރުޠުތަކަކީ، ބާޠިލް
ޝަރުޠުތަކެއްކަމަށް ކަނޑައަޅައިދިނުމަށްއެދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އުގެނެމުންދާ
ދަރިވަރުންކަމުގައިވާ، މޫސާ އަންވަރާއި، އަޙްމަދު މަޢުރޫފާއި، ތާހާ މުޙައްމަދާއި، އިބްރާހީމް އިޙްސާންއާއި،
އަޙްމަދު ރަޝީދާއި، އިބްރާހީމް ޝަމީލާއި، ޢުމަރު ޢަބްދުﷲ އާއި، ޞަފްޢަތު ޙަބީބާއި، މުޙައްމަދު
ކަމާލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
-2
މިމައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލައިގައި ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ
މައްޗަށް ބަލާއިރު، އަންނަނިވި 7 (ހަތެއް) ސަބަބު ފާހަގަކޮށް، އެކަންކަ
ންކަމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ސަބަބަކީ: މައްސަލަ ހުށަހެޅި ފަރާތްތަކަކީ، ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ދަރިވަރުންކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ
ޤަވާއިދުގެ 11.3 ގައި ހިންގާ ކޮމެޓީ މެމްބަރުންގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ،
(ހ) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ
8 ހ ޑ ޖ ހ 3 ހ 3
މެމްބަރެއްކަމުގައި
ގައިވުން.
(ނ) ޢުމުރުން 18 އަހަރުވެފައިވުން.
ޑ 8
އެއްވެސް
ޕާޓީއެއްގެ އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަން ކުރެވޭ މަޤާމެއް
(ނ) ސިޔާސީ
ފުރަމުންދާ ދަރިވަރެއްކަމުގައި ނުވުން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
،ދިވެހިރާއްޖެ
5 ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2011/HC-ID/08
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން
އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުން.
o coc
(ބ) ކުރިމަތިލާ ހިންގާ ކޮމެޓީގެ މުއްދަތުގައި ގްރެޖުއޭޓްވާ މެމްބަރެއް ކަމުގައި ނުވުން އާއި،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަށް މެމްބަރުން ހޮވުމަށް ބާއްވާ
ޢާއްމު އިންތިޚާބާ ބެހޭ ޤަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
ދަރިވަރުންގެ ޔޫނިއަން ޤަވާޢިދުގެ 11.3 ގެ (ހ) (ނ) (ނ) (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ
ޝަރުޠުތައް ހަމަވާ ފަރާތްތަކުންކަމަށް ބަޔާންކޮށްފައިވާ ކަމާއި، މިޤަވާއިދުގެ ދަށުން ދަރިވަރުން ޔޫނިއަންގެ
ހިންގާ ޤަވާއިދު އެކުލަވާލުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 19 ސެޕްޓެމްބަރ 2011 ގައި
ޢާއްމުކޮށްފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަންބަރު
ޢިއުލާނުގައިވާ ގޮތުން އެއިންތިޚާބަށް ކުރިމަތިލެވޭ ދަރިވަރުންގެ ޝަރުޠުތަކުގެތެރޭގައި (ނ) އާއި (ނ) އަދި
(ރ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަކީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު ޝަރުތުތަކެއް ކަމަށްބުނެ ހުށަހެޅި
INU-CA-FI!2011146
ސަބަބު.
(ށ) ދެވަނަ ސަބަބަކީ، ސިޔާސީ އެއްވެސް ޕާޓީއެއްގެ އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަން
ކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރުންނަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ
ދަރިވަރުންނަށް އަދި ޢުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންނާއި ޔޫނިއަންގެ ހިންގާ ކޮމެޓީގެ މަޤާމުތައް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2011/HC-MD/08
ނެގޭގޮތަށް ހަމަޖެއްސުމަކީ ދަރިވަރުންގެ މެދުގައި ކުރެވޭ ވަރަށް ބޮޑު ތަފާތު ކުރުމެއްކަމާއި، އެއީ މިފަދަ
ދަރިވަރުންގެ ޔޫނިއަންތަކުގެ މަޤްޞަދުތަކާ ވެސް ޚިލާފު ކަމެއްކަމާއި، އަދި އެއީ ޤާނޫނު އަސާސީގެ 16 ވަނަ
މާއްދާގެ (ހ) އާއި 17 ވަނަ މައްދާގެ (ހ) އާއި ޚިލާފަށް ކަނޑައަޅާފައިވާ ކަމެއްކަމާއި، އަދި ޤާނޫނު
އަސާސީގެ 26 ވަނަ މާއްދާގެ (ށ) އާއި 20 ވަނަ މާއްދާއާއި 30 ވަނަ މާއްދާގެ (ހ) އާއި އަދި 36 ވަނަ
މާއްދާގެ (ހ) އިން ލިބިދީފައިވާ ޙައްޤުތަކަށް އުނިކަން ލިބޭ ކަމެއްކަމަށް ބުނެ ހުށަހެޅި ސަބަބު.
oxo
(ނ) ތިންވަނަ ސަބަބަކީ، ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު
ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ
ޢާއްމު ވޯޓްތަކުގައި، ވޯޓްދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތި ލުމުގެ ޙައްޤާއި،
އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ
ކަންތައްތައް ހިންގުމުގައި ބައިވެރި ވުމުގެ ޙައްޤު ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ ކަމާއި
ސިޔާސީ އެއްވެސް ޕާޓީއެއްގެ އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާތީ ނުވަތަ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނުތަކުގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ
ޢައްޔަން ކުރެވޭ މަޤާމެއް ފުރަމުންދާތީ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމެޓީގެ މަޤާމަކަށް އެޔޫނިއަންގެ
މެމްބަރަކު ކުރިމަތިނުލާގޮތަށް ހަމަޖެއްސުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ލިބިދީފައިވާ
އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއްކަމަށް
އެކަމަށްބުނެ ހުށަހެޅި
ސަބަބު
(ރ) ހަތަރުވަނަ ސަބަބަކީ، ސިޔާސީ ޕާޓީ އުފައްދައި ހިންގައި ސިޔާސީ ޕާޓީ ތަކުގެ
ހަރަކާތުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާކަމާއި، މިއީ މުތުލަޤްކޮށް ދިވެހިރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަމާއި، ސިޔާގެ
Oxo
•
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރު މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
1
2011/HC-ID/08
o cod
އއވެސް
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ޕާޓީގައި ބައިވެރިވެ ސިޔާސީ ޕާޓީގެ މަޤާމެއް އަދާކުރުމަކީ އޭގެ ސަބަބުން ޤާނޫނު އަސާސީން ލިބިދީފައިވާ
އެހެން ޙައްޤަކުން ޤާނޫނު އަސާސީއާއި ޚިލާފަށް މަޙްރޫމްކުރެވޭނެ ކަމެއް ނޫންކަމާއި، ސިޔާސީ ވެސް
ޕާޓީއެއްގެ އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަން ކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާތީ ދަރިވަރުންގެ ޔޫނިއަންގެ
ހިންގާ ކޮމެޓީގެ މަޤާމަކަށް އެ ޔޫނިއަންގެ މެމްބަރަކަށް ކުރިމަތި ނުލެވޭނެ ގޮތަށް ހަމަޖެއްސުމަކީ ޤާނޫނު
އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ޙައްޤަށް އުނިކަން ލިބޭކަމެއްކަމަށްބުނެ ހުށަހެޅި ސަބަބު.
OXO
އ(
(ބ) ފަސްވަނަ ސަބަބަކީ، ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ޙައްޤުތަކާއި މިނިވަންކަން މިބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް ގޮތަކަށް ތަފާތުކުރުމެއްނެތި
މީހަކަށް ލިބިގެންވާ ކަމަށާއި، މިޙައްޤުތަކާއި މިނިވަންކަން ލިބުމުގައިވެސް އެމީހެއްގެ ނަސްލަށް ނުވަތަ
އުފަންވި ޤައުމަށް ނުވަތަ ކުލައަށް ނުވަތަ ޖިންސަށް ނުވަތަ ޢުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފުސާނީ
ޅެދުންތެރިކަމަކާއި، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ
ފުދުންތެރިކަމަކަށް ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައިގެން
ތަފާތުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ނކށ3
އަދި ޤާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ހ) ގައި އެއްވެސް ބާވަތެއްގެ ތަފާތު
ކުރުމެއްނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި،
އަދި ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް
ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި
ޤާނޫނުން ލިބިދޭ މަންފާތައް
ކޮންމެ މީހެއްގެވެސް ޙައްޤެއްކަމަށް
o doc
ހ(9އ
ލިބުމަކީ ހަމަ
ޖެހިރާއްޖޭގެ
، ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2011/HC-ID/08
OXO
ބަޔާންކޮށްފައިވާކަމާއި މިކަން ކަން މިހެން އޮތުމުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތައް
ލިބިދިނުމުގައި އަދި ޤާނޫނަކުން ލިބިދޭ މަންފާތައް ލިބިދިނުމުގައިވެސް އެއްވެސް ގޮތަކުން ތަފާތުކޮށްގެން
ނުވާނޭކަން ސާފުކޮށް އެނގޭކަމަށާއި، ޤައުމީ ޔުނިވަރސިޓީގެ ވަކި ދަރިވަރުންތަކަކަށް ޤާނޫނީ ޙައްޤެއް ނުވަތަ
ޤާނޫނަކުން ލިބެންޖެހޭ މަންފާ ލިބިދިނުމުގައި އިސްތިސްނާކޮށް ތަފާތުކުރުމަކީ ޤާނޫނުއަސާސީގެ 17 ވަނަ
މާއްދާގެ (ހ) އާއި ޚިލާފުކަމެއްކަމާއި، އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، 36 ވަނަ މާއްދާގެ (ހ)
އިން ލިބިދީފައިވާ ޙައްޤަށް އުނިކަން ލިބޭކަމެއްކަމަށްބުނެ ހުށަހެޅި ސަބަބު.
cocom
ހއޤާގ
¢ ¢ ¢ ه
3
co
(ޅ) ހަވަނަ ސަބަބަކީ: ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) މިބާބުގައި ބަޔާން
ކޮށްފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭގޮތުގެމަތިން ކޮންމެ
މީހަކަށްމެ ލިބިގެންވާކަން މިޤާނޫނު އަސާސީން ކަށަވަރު ކޮށްދޭކަމަށާއި، އަދި މިއިން އެއްވެސް
ނުވަތަ މިނިވަންކަމެއްގެ މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާއި ތަޢާރުޟު ނުވާގޮތެއްގެ މަތިން
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް
އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދިމުޤްރާތީ
މުޖުތަމަޢުއެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްކަމަށް
ބަޔާންކޮށްފައިވާ ކަމަށާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އޮސްޓްރޭލިޔާ އަދި
މިނޫންވެސް މިފަދަ މިނިވަން ދިމުޤްރާތީ ޤައުމެއްގެ (ދައުލަތުގެ) ޔުނިވަރސިޓީއެއްގެ ސްޓޫޑަންޓްސް ޔޫނިއަންގެ
ހިންގާ ކޮމެޓީގެ މަޤާމަކަށް ޔޫނިއަންގެ މެންބަރުންގެ ތެރެއިން ސިޔާސީ ޕާޓީ އެއްގެ މަޤާމަށް ނުވަތަ
އެނޫންވެސް ޤާނޫނީ އިންތިޚާބީ މަޤާމެއް ފުރަމުންދާ ދަރިވަރުންނަށް ކުރިމަތިނުލެވޭނެގޮތަށް ޝަރުތުކޮށްފައި
6 ދ 4
ނުތެކަމަށްބުނޭ
ހުށަހެޅި ސަބަބު.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ކުވެ
2011/HC-ID/08
ސްވާނަމަ
އެއް#
268
9 ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
(ށ) ހަތްވަނަ ސަބަބަކީ: ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި އެއްވެސް ޤާނޫނެއް ނުވަތަ
ޤާނޫނަކުން ބައެއްވިޔަސް މިބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟް
އެ ޤާނޫނެއް ނުވަތަ އެޤާނޫނަކުން އެޙައްޤަކާ ނުވަތަ އެމިނިވަންކަމަކާ ތަޢާރުޟްވާ މިންވަރެއްވާނީ ބާޠިލު
އޯޗެއްކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާހިނދު، އަދި ޤާނޫނުއަސާސީގެ ވަނަ މާއްދާގައި
ދިވެހިރާއްޖޭގައި ހަދާ އެންމެހާ
ޤާނޫނުތައް
ހަދަންވާނީ މިޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ
މަތިންކަމަށާއި، މިޤާނޫނުއަސާސީން ލާޒިމުކުރާ އެންމެހާ ކަންކަން ފުރިހަމަކުރަން ވާނެކަމަށާއި،
މިޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހަދާ ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސްވާނީ ބާޠިލުއެއްޗަކަށް
ކަމަށާއި، އަދި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބާރެއް ނުހިނގާނެކަމަށާއި، މިޤާނޫނުއަސާސީއާ ޚިލާފަށްކުރާ
ކޮންމެކަމަކީ ބާޠިލުކަމެއްކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާހިނދު، ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީގެ
ދަރިވަރުންގެ ޔޫނިއަންގެ ޤަވާޢިދުގެ 11.3 ގެ (ށ) ,(ނ) އަދި (ރ) އަކީ ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާގެ (ހ) އާއި 17 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް އަދި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ)
އާއި 20 ވަނަ މާއްދާއާއި، 30 ވަނަ މާއްދާގެ (ހ) އާއި، 36 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ
ޙައްޤުތަކާއި ތަޢާރަޟްވާގޮތަށް އެކުލަވާލާފައި އޮތް ބާޠިލު އަކުރުތަކެއްކަމަށާއި، އަދި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީން 19 ސެޕްޓެމްބަރ ގައި ޢާއްމުކޮށްފައިވާ ޔުނިވަރސިޓީގެ ނަންބަރު
2011
/
146/MNU
-
CA
-
FM އިޢުލާނުގައި އިންތިޚާބަށް ކުރިމަތިލެވޭ ދަރިވަރުންގެ ޝަރުޠުގެ ގޮތުގައި
ބަޔާންކޮށްފައިވާ ޝަރުޠުތަކުގެތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ
ޤަވާޢިދުގެ 11.3 ގެ (ށ) (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކަކީވެސް ބާޠިލު
Cox
2011
ކަމަށްބުނެ
ހުށަހެޅި
-3
މިމައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލައިގައި ދަޢުވާ ބިނާކުރި ސަބަބުތަކަށާއި،
މައްސަލަ ހުށަހެޅި ފަރާތްތަކުންނާއި މައްސަލަ ރައްދުވާފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަނުވީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2011/HC-A/08
10 ޝަރީއަތް ނިމުނު ގޮތުގެ ޚުލާޞާ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި
ކަންތައްތައް
ތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނަކީ،
ޔުނިވަރސިޓީގެ ކަންތައްތަކުގައި ދަރިވަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީ ކައުންސިލުގެ 22 އޯގަސްޓް 2011 ގައި ބޭއްވުނު އެކައުންސިލުގެ 26 ވަނަ
ޖަލްސާއިން ފާސްކޮށްގެން އުފެއްދިފައިވާ ޔޫނިއަނެއްކަމާއި، އެގޮތަށް ދަރިވަރުންގެ ޔޫނިއަން އުފެއްދުމުގެ ބާރު
ޤާނޫނުނަންބަރު 7/2011 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގެ 3
ވަނަ ނަންބަރުންނާއި، އެޤާނޫނުގެ 42 ވަނަ މާއްދާއިން ޔުނިވަރސިޓީ ކައުންސިލަށް ލިބިދީފައި އޮންނަކަމާއި،
އެމާއްދާގެ ދަށުން ލިބިދޭ ބާރުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން
އުފައްދައި، އެޔޫނިއަނުގެ ޤަވާޢިދު އެކުލަވާލައި، 01 ސެޕްޓެމްބަރ 2011 ގައި، ޔުނިވަރސިޓީ ގެޒެޓުގައި
އެޤަވާޢިދު ޝާއިޢުކޮށްފައިވާކަން އެނގޭކަމާއި، އެޤަވާޢިދުގެ 11.3 ވަނަ ނަންބަރަށް ބަލާއިރު، އެނަންބަރުގައި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރާ ބަރުން
ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެނަންބަރުގެ (ށ) ގައި، އުމުރުން 18
(އަށާރަ) އަހަރު ފުރިފައިވުން، (ނ) ގައި، ސިޔާސީ އެއްވެސް ޕާޓީއެއްގެ އިންތިޚާބުކުރެވޭ ނުވަތަ
އައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކުކަމުގައި ނުވުން، އަދި (ރ) ގައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެ
އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުން، މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި، އަދި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 19 ސެޕްޓެމްބަރ 2011 ގައި ޢާއްމުކޮށްފައިވާ ޔުނިވަރސިޓީގެ
ނަންބަރު 2011
/
146/MNU
-
CA
-
M އިޢުލާނުގެ (ށ) އާއި، (ކ) އަދި (ރ) ގައި
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8 ތައް 4މޤާވ
11ޝަރީއަތް ނިމުނު ގޮތުގެ ޚުލާޞާ
2011/HC-ID/08
ކުރިމަތިލެވޭ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އިސްވެ
ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ 11.3 ގެ (ށ) އާއި (ނ) އާއި (ރ) ގައި،
ބަhވ
ބަޔާންކޮށްފައިވާ ޝަރުޠުތައްކަން އެނގެން އޮންނަކަމެވެ.
COM
(ށ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ
މެންބަރުކަން ލިބޭ ގޮތަށް ބަލާއިރު، އެޔޫނިއަންގެ މެންބަރުކަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި
ރަޖިސްޓްރީ ވެގެން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ
މެންބަރަކަށްވާން ބޭނުންނޫންކަމަށް، އެކަމަށް ކަނޑައެޅިފައިވާ އުސޫލުން އެޔޫނިއަނަށް އަންގާފައިވާ ދަރިވަރުން
ފިޔަވައި، އެހެން ހުރިހާ ދަރިވަރުންނަކީ އެޔޫނިއަންގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނޭ މެންބަރުން
ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ 5 ވަނަމާއްދާގައި ބަޔާން
ކޮށްފައި އޮތުމުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީވުމާއެކު
އެދަރިވަރަކީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މެންބަރެއްގެ ގޮތުގައި ބެލެވެމުންދާ ކަމާއި، މިގޮތުން
ބަލާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ
ތެރޭގައި އުމުރުން 18
(އަށާރަ) އަހަރު ނުފުރޭ ދަރިވަރުންވެސް ހިމެނޭކަން މިމައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް
· 8 7/ 8
މާނީeނވެ
ބެލުމުން އެނގެން އޮންނަކަމެވެ.
44 44
Oca
ދ ދީ 8 *4 ވ 2
ބަޔާންކޮށްފައިވެ
ނި) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި
އެބާބުގައި ބަޔާން ކޮށްފައިވާ ޙައްޤުތަކަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާއި
އުސޫލުތަކުގެ ދާއިރާގެ ތެރޭގައި ހަނި ކުރެވިދާނެ ޙައްޤުތަކެއްކަން އެމާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ހައިކޯޓު
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2011/HC-VID/08
OXO
OX
12 ޝަރީއަތް ނިމުނު ގޮތުގެ ޚުލާޞާ
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި އެޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި
ނުވާހާހިނދަކު، އުމުރުން 18 (އަށާރަ) އަހަރުންމަތީގެ ކޮންމެ ރައްޔިތަކަށްމެ އިންތިޚާބުތަކުގައި އެކިއެކި
މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައި އޮންނައިރު، ޤާނޫނުއަސާސީގައި
ބަޔާންކޮށްފައިވާ އިންތިޚާބުތަކަކީ، ލާމަރުކަޒީ އުސޫލުން އިދާރީދާއިރާތައް ހިންގުމަށް ހަދާ ޤާނޫނުގެ ދަށުން
ޢާންމުކޮށް ރައްޔިތުން ވޯޓުލައިގެން އެކިއެކި ކައުންސިލުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުތަކަށާއި،
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް
ޢާންމު އިންތިޚާބުތަކަށާއި،
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުތައްކަމަށާއި، އިންތިޚާބުގެ
މާނައިގެ ތެރޭގައި އެއިން މަޤާމެއް ހުސްވެގެން އެމަޤާމަށް މީހަކު އިންތިޚާބުކުރުމަށް ބާއްވާ ބައި
އިލެކްޝަންތައް ހިމެނޭކަމަށް ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "އިންތިޚާބު" މިބަސް
މާނަކޮށްފައިވާ ގޮތަށް ބެލުމުން އެނގެން އޮތުމުން، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ އިންތިޚާބުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނަށް
މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު ނުހިމެނޭކަން އެނގެން އޮންނަކަމެވެ.
ބާއްވާ
(ހ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ
މެންބަރުކަން އެޔުނިވަރސިޓީގައި ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީވުމާއެކު ލިބިގެންދާކަމާއި، ދަރިވަރަކަށް
މެންބަރުކަން ދިނުމުގައި އެދަރިވަރެއްގެ ޢުމުރަށް ބަލައި ރިޢާޔަތްކުރެވިފައި ނުވާކަން އެޔޫނިއަނުގެ ޤަވާއިދަށް
ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ ދަށުން އެޔުނިވަރސިޓީގެ ދަރިވަރުންނަށް ލިބިދޭ ޙައްޤުތަކާއި، މަންފާތައް
ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ލިބިދޭން ޖެހޭނެކަމަށް ޤަބޫލުކުރެވޭކަމާއި، އަދި ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން އެބާބުގައި ބަޔާންކޮށް
ންކޮށްފައިވާ ގޮތުގެމަތިން އެއްވެސް ގޮތަކުން
ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް ލިބިގެންވާކަމަށާއި، އެޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްޖޭގެ
OXO
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2011/HC-MD/08
13ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ނަސްލަށް ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ
ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ
މާލީ ފުދުންތެރިކަމަކަށް ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް ނުވަތަ މިނޫންވެސް ކަންކަމަށް
ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނައިރު،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް
ބާއްވާ އިންތިޚާބަށް ވާދަކުރެވޭ ދަރިވަރުންނަކީ އުމުރުން 18 އަހަރު ފުރިފައިވާ ދަރިވަރުން ކަމުގައިވުމަށް
ކޮށްފައިވާ ޝަރުޠަކީ، ހަމައެކަނި ދަރިވަރުގެ ޢުމުރަށް ބަލައިގެން ކޮށްފައިވާ ޝަރުތެއްކަން ފާހަގަ ކުރެވޭކަމެވެ.
24 2
OOOO
8/
(ބ) ފަސްވަނަ ކަމަކީ: ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި،
ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައި އޮންނައިރު، ސިޔާސީ ޕާޓީތައް އުފެއްދުމާއި، އެޕާޓީތަކުގެ ހަރަކާތްތަކަކީ ސިޔާސީ ޕާޓީތަކާބެހޭ
ޤަވާޢިދުގެ ދަށުން އަމަލުކުރެވޭ ކަންތައްތަކެއްކަން އެނގޭއިރު، އެޕާޓީތަކުގައި ބައިވެރިނުވެވޭ މީހުން
އެޤަވާޢިދުގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮންނަކަމާއި، މިގޮތުން ސާނަވީ ސްކޫލުތަކާއި،
މަދަރުސާތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް
މެންބަރުންނަށް ނުވެވޭނެކަން
ސިޔާސީ ޕާޓީތަކާބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައި އޮތުމުން، ޔުނިވަރސިޓީ ތަޢުލީމު
ހާސިލްކުރާ ދަރިވަރުން އެޤަވާޢިދުން އިސްތިސްނާކޮށްފައިވާކަން އެނގެން އޮންނަކަމާއި، ޔުނިވަރސިޓީ ތަޢުލީމު
ހާސިލްކުރަމުން ގެންދާ ޢުމުރުން 18 އަހަރުން މަތީގެ ދަރިވަރުންނަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ
ގޮތުގައި ރަޖިސްޓްރީވުމުގެ ޙައްޤު ލިބިގެންވާ ކަން އެއްވެސް އޮޅުމެއްނެތް ގޮތެއްގައި އެނގެން އޮތްނަމަވެސް،
ސިޔާސީ ޕާޓީއެއްގެ އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަޤާމެއް އަދާކުރަމުންދާ ދަރިވަރަކު، އެމަޤާމުގައި
ހުރެ، ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން ހިންގާ ކޮމެޓީގެ މަޤާމެއް އަދާކުރުމަށް، އެޤަވާޢިދުގެ 11.3
OXO
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
14ބށ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2011/HC-ID/08
4 2 4 3» 2
(ނ) އިން މަނާކޮށްފައިވާކަމާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ
ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކު
އެމަޤާމުގައި ހުރެ، ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން ހިންގާ ކޮމެޓީގެ މަޤާމެއް އަދާކުރުމަށް، އެމާއްދާގެ
(ރ) އިން މަނާކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދަރިވަރުންގެ ހަރަކާތްތަކަކީ، ސިޔާސީ
ޕާޓީތަކުގެ ހަރަކާތުން މިނިވަންވެ، މިނިވަން ކަމާއި މުސްތަޤިއްލުމަކާއެކު ދިވެހި ޤައުމާއި އުވަރސިޓީއާއި
ދަރިވަރުންގެ މަސްލަހަތާއެއްގޮތަށް ހިންގަންޖެހޭ ހަރަކާތްތަކަކަށްވުމާއެކު، ސިޔާސީ ޕާޓީއެއްގެ މަޤާމެއް
އަދާކުރަމުންދާ ދަރިވަރަކަށް ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ
ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކަށް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ މަޤާމެއް، މަސްލަހަތު ފުށުއަރާގޮތަށް
އެއްވަގުތެއްގައި އަދާކުރުމަށް ދޫކޮށްލާފައި އޮތުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ބަލައި ގަންނަ
އުސޫލެއްނޫންކަން،
ރަށު ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މީހުންގެ ޝަރުޠުތައް ބަޔާންކުރަމުން
ޤާނޫނުނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 28
ވަނަ މާއްދާގެ (ހ) އާއި (ނ) ގެ 6 ވަނަ ނަންބަރުގައި، ރަށު ކައުންސިލްތަކަށް ކުރިމަތިލާ މީހުންނަކީ
ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން، ކަމަށް ބަޔާންކޮށްފައި އޮތުމުންނާއި ދިވެހިސިވިލް ސަރވިސްގައި
ވަޒީފާއަދާކުރާ މުވައްޒަފަކު ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން ބާއްވާ އިންތިޚާބެއްގައި ބައިވެރިވުމަށް
ބޭނުންވާނަމަ އޭނާ އަދާކުރަމުން ގެންދާ މަޤާމުން އިސްތިއުފާ ދޭން ޖެހުމުންނާއި، އަދި މިނިވަން
މުއައްސަސާއެއްގެ މެންބަރުކަން ނުވަތަ މަޤާމެއް ފުރަމުން ގެންދާ މީހަކު، ސިވިލްސާރވިސްގެ މަޤާމެއް ނުވަތަ
އެހެންވެސް މަޤާމެއް އަދާ ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވުމުން، ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ހިންގާ ކޮމިޓީގެ މަޤާމަކަށް ކުރިމަތިލުމަށްޓަކައި، ސިޔާސީ
ޕާޓީއެއްގެ އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުން ދާ ދަރިވަރަކު ކަމުގައި ނުވުމާއި، އަދި ޤާނޫނުއަސާސީގެ
ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ ދަރިވަރަކު
ދިވެހިރާއްޖެ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ތވެހިރާއްޖެ
2011/HC-MD/08
15ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ކަމުގައި ނުވުމަށް، އެޔޫނިއަނުގެ ޤަވާޢިދުގެ 11.3 ގެ (ނ) އާއި، (ށ) އާއި އަދި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ނަންބަރު 2011
/
146/MNU
-
CA
-
FM އިޢުލާނުގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ
ދެ ޝަރުޠަކީ، ޤާނޫނުއަސާސީއާއި ޚިލާފު ޝަރުޠުތަކެއްކަމަށް ޤަބޫލު ނުކުރެވޭކަމެވެ.
Occo
(ޅ) ހަވަނަ ކަމަކީ: ދުނިޔޭގެ އެކި ޤައުމުތަކުގެ ޔުނިވަރސިޓީ ނުވަތަ ކޮލެޖްތަކުގެ
ދަރިވަރުންގެ ޔޫނިއަނަށް މެންބަރުން އިންތިޚާބު ކުރުމުގައި ޢަމަލުކުރާ ޤަވާޢިދުތަކަށް ބަލާއިރު، އެފަދަ
ދަރިވަރުންގެ ޔޫނިއަންތަކަކީ ސިޔާސީ ޕާޓިތަކުގެ ހަރަކާތްތަކާއި، ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު
ހަރަކާތްތެރިވާ ތަންތަންކަމަށް
ކަމަށް ވާންޖެހޭކަމާއި، އަދި އެފަދަ ޔޫނިއަންތަކުން ހިންގާ ހަރަކާތްތަކަކީ
ޔުނިވަރސިޓީގެ ދަރިވަރުންގެ ތަޢުލީމާއި ޤާބިލުކަން އިތުރު ކުރުމާއި، ކުރިއެރުވުމަށް މަސައްކަތްކުރުމާއި،
ދަރިވަރުންނަށް ދިމާވާ މައްސަލަތައް ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭކަން
އެނގޭއިރު، ސިޔާސީ ޕާޓީއެއްގެ މަޤާމެއް ފުރަމުންދާ ދަރިވަރަކަށް ނުވަތަ ޤާނޫނުއަސާސީގެ ދަށުން ނުވަތަ
ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ ދަރިވަރަކަށް ޔުނިވަރސިޓީގެ
ދަރިވަރުންގެ ޔޫނިއަނުގެ މަޤާމަކަށް ކުރިމަތި ލެވޭ ގޮތަށް އޮތުމަކީ، ދަރިވަރުންގެ މެދުގައި ހަމަހަމަކަމާއި،
އިންސާފުވެރި ކަމާއެކު އިންތިޚާބު ބޭއްވުމަށް ހުރަސްއެޅޭނެކަމެއްކަން އެނގޭއިރު، އިންތިޚާބުތަކުގައި
މަޤާމުތަކަށް ކުރިމަތިލުމުގައި ޝަރުޠުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދަރިވަރުން ކިޔަވަމުންދާ ކޯހަށް
ބެލުމާއި، ހާޒިރީއަށް ބެލުމާއި، ހޯދާފައިވާ މާރކްސްއަށް ބެލުމާއި، ޔުނިވަރސިޓީގެ ޤަވާޢިދުތަކާއި
ޚިލާފުވެފައިވޭތޯ ބެލުމާއި، އިންތިޚާބުކުރެވޭ މަޤާމުގެ ދައުރު ފުރިހަމަ ކުރުމުގެ މުއްދަތު އޮތްތޯ ބެލުން ފަދަ
ކަންކަން ހިމެނޭ
44 ވ · ·
ހިމެނޭކަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ވެހިރާއްޖޭގެ ހައިކޯ
16ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2011/HC-VID/08
އެހެންކަމުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ
11.3 ވަނަ މާއްދާގެ (ށ) އާއި، (ނ) އާއި (ރ) އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަންބަރު
2011
/
146/MNU
-
CA
-
FM އިޢުލާނުގެ (ނ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ
ތެރެއިން، (ނ) ގައި ބަޔާންކޮށްފައިވާ ޝަރުޠަކީ، ދަރިވަރުންގެ އުމުރަށް ބަލައިގެން ކޮށްފައިވާ
ޝަރުތެއްކަމާއި، މިފަދަ ގޮތަކަށް ދަރިވަރުންގެ މެދުގައި ތަފާތުކުރުމަކީ، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ
(ހ) އާއި، ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކާއި ތަޢާރުޟުވާ
ގޮތަށް ކަނޑައަޅާފައިވާ ޝަރުތެއްކަން ފާހަގަ ކުރެވޭކަމާއި، އަދި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ
ޝަރުތުތަކަކީ، ޔުނިވަރސިޓީގެ މަޤްޞަދުތަކާއި، ދަރިވަރުންގެ މެދުގައި ހަމަހަމަ މިނިވަން އިންސާފުވެރި
އިންތިޚާބެއް ބޭއްވުމަށް މަގުފަހިކޮށް ދޭފަދަ ގޮތަކަށް ކަނޑައަޅާފައިވާ ޝަރުޠުތަކެއްކަމަށް ޤަބޫލުކުރެވޭކަމެވެ.
8
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
17
مفت
ޝަރީއަތް ނިމުނު ގޮތުގެ ޚުލާޞާ
2011/HC-MD/08
• ޙުކުމް
ދެންފަހެ، އިސްވެބަޔާންކުރެވުނު
ކަންތައްތައް އެގޮތު
މަތިން ހުރުމާއެވެ
ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ 11.3 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީގެ ނަންބަރު 2011
/
146/MNU
-
CA
-
M އިޢުލާނުގެ (ށ) ގައި، ޢުމުރުން 18
(އަށާރަ) އަހަރު ފުރިފައިވުމަށް ކޮށްފައިވާ ޝަރުޠަކީ، ދަރިވަރުންގެ އުމުރަށް ބަލައިގެން ކޮށްފައިވާ
ޝަރުތެއްކަމަށްވާތީ، މިގޮތަށް ދަރިވަރުންގެ ޢުމުރަށް ބަލައި ދަރިވަރުންގެ މެދުގައި ތަފާތުކުރުމަކީ،
ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި، ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއިން
ލިބިދީފައިވާ ޙައްޤުތަކާއި ޚިލާފަށް ކޮށްފައިވާ ޝަރުތެއްކަމަށްވާތީ އެޝަރުތު ބާޠިލުކޮށް، އަދި ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ 11.3 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަންބަރު 2011
/
146/MNU
-
CA
-
FM އިޢުލާނުގެ (ނ) އާއި (ރ)
ގައި ބަޔާންކޮށްފައިވާ ދެ ޝަރުޠަކީ، ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު ޝަރުތުތަކެއް ކަމަށް ކަނޑައަޅާނެ
މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދ 8
ނއތރ(ށ
OOCOC
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv