ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/291 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/291
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 291/HC-A/2013
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އިބްރާހީމް ޔޫސުފް
ދާއިމީ އެޑްރެސް: މއ. ސައިނާހިޔާ/ މާލެ
* އައި.ޑީ.ކާޑު ނަންބަރު: A025249 * މިހާރުގެ އެޑްރެސް: މއ. އާނޫރު/ މާލެ
ވަކީލް: އދ. ޝަހީމް އަޙްމަދު، އޮނުފިނިގެ/ ކ. ދިއްފުށި
*
0
.--
ހިތަދޫ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަޙްމަދު ރަޝީދު
* ދާއިމީ އެޑްރެސް: އަރާއިރު
އައި.ޑީ.ކާޑު ނަންބަރު: A027666
މިހާރުގެ އެޑްރެސް: ޖެމިނީ/ މާލެ
* ބަދަލުގައި: އދ. ފަރީޝާ އާދަމް، ގ. ވަޒަންވެހި މާލެ
k
• ރަޖިސްޓްރީ ކުރެވުނު ތާރީޚް:
17 ޛުލްޤަޢިދާ 1434
23 ސެޕްޓެމްބަރ 2013
ނިމުނު ތާރީޚް: 27 ރަޖަބު 1435
26 މެއި 2014
• އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/1188
• ނިންމެވި ކޯޓު ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 31 މެއި 2011
• ޤަޟިއްޔާ ނިމުނު ތާރީޚް: 31 ޖެނުއަރީ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން
ޖެހިރާއްޖޭގެ
ބިއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/291
ދަޢުވާގެ ޚުލާޞާ
08
rދ8
އެއްގޮތަށް
އެޤަޟިއްޔާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/1188 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ނޫންކަމަށްބުނެ،
އިސްތިއުނާފުކޮށްދިނުމަށް އެދި، މއ. ސައިނާހިޔާ އިބްރާހީމް ޔޫސުފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ހިތަދޫ، އަރާއިރު އަޙްމަދު ރަޝީދެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1188 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ
ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
. ސައިނާހިޔާ އިބްރާހީމް ޔޫސުފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
8 ހއ
އއejނ
2. ހައިކޯޓުގެ ނަންބަރު 291/HC
-
A/2013 ޤަޟިއްޔާއިން ބެލެވެމުންމިދާ މައްސަލައަކީ، ސިވިލް
ކޯޓުގެ ނަންބަރު 2011/Cv
-
C/1188 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިބްރާހީމް ޔޫސުފުގެ ފަރާތުން
ހުށަހެޅި މިކޯޓުގެ ނަންބަރު 207/HC-A/2013 ޤަޟިއްޔާ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ
ދަށުން ބާޠިލްކުރުމާ ގުޅިގެން، އެޤަވާއިދުގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ދެވަނަ ފަހަރަށް ހުށަހެޅުމުން
ބެލެވެމުންދާ ޤަޟިއްޔާއެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/291
ހުއްޓާ
3. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1188 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ސައިނާހިޔާ އިބްރާހީމް ޔޫސުފް ޗެކްމާރކް މޯބައިލް ފިހާރައިން -/6,200ރ.
ދިހަހާސް ދުއިސައްތަ ރުފިޔާ) ގެ އަގަށް 06 ފެބްރުއަރީ 2010 ވަނަ ދުވަހުގެރޭ ގަނެފައިވާ މޯބައިލް ފޯނާއި،
މެމޮރީ ކާރޑު ގަނެފައިވަނީ، އެފޯނަކީ ބޭނުން ވަރަކަށް ފޮންޓް ސައިޒް ބޮޑުކުރެވޭ ފޯނެއްކަމުގައި އެފިހާރައިގެ
ކައުންޓަރުގައި ހުރި ކުއްޖާ ބުނެފައިވާތީކަމަށާއި، އެ ފޯނު ޗެކްކުރުމަށް އެދުމުން ހަމައެކަނި ޗެކްކޮށްދީފައިވަނީ
ފޯނު ޗާޖް ކުރެވޭތޯއާއި ފޯނަށް ރިންގް ޓޯން ލިބޭތޯ ކަމަށާއި، އެވަގުތަކީ ފިހާރައިގައި ގިނަ ޢަދަދެއްގެ މީހުން
ތިބި ވަގުތެއްކަމުގައިވާތީ، އިތުރަށް ޗެކްކޮށްދެވެން ނެތްކަމަށްބުނެ ފޯނުގައި އެއްވެސް މައްސަލައެއް އުޅޭނަމަ
ނުވަތަ ފޮންޓް ބޮޑު ނުކުރެވޭނަމަ ފޯނު ހިފައިގެން އައުމަށްބުނުމުން ފޯނު ހިފައިގެން ދިޔައީކަމަށާއި، ފޯނު
ހިފައިގެން ދިޔަ މަގުމަތީގައި އެލް މޯބައިލް ފޯނު ވިއްކާ ފިހާރައިގެ ފޯނު ވިއްކާ ކުއްޖަކު އެފިހާރައިގެ ބޭރުގައި
އޭނާގާތުގައި އެފޯނަކީ ފޮންޓް ބޮޑުކުރެވޭ ފޯނެއްތޯ އިބްރާހީމް ޔޫސުފް ސުވާލުކުރުމުން އެފޯނަކީ ފޮންޓް
ބޮޑުނުކުރެވޭ ފޯނެއްކަމަށް ބުނުމުން، އެފޯނު ގަތް ފިހާރައަށް އެވަގުތު ދިޔައީކަމަށާއި، ނަމަވެސް 11 ޖަހައިގެން
އެފިހާރަ ހުރީ ބަންދުކޮށްފައިކަމަށާއި، އަދި ވިދިގެން އައިދުވަހު އެ ފިހާރައަށް ގޮސް އެފޯނަކީ ފޮންޓް
ފޯނެއްކަމަށްވާތީ އެފޯނު ބަދަލުކޮށްދިނުމަށް އެދުމުން އެފިހާރައިން ފޯނު އަތުލައި އެމައްސަލަ
ކޯޓަށް ހުށަހެޅުމާ ހަމައަށްވެސް ފޯނަށް ދެއްކި ފައިސާ ލިބިފައިނުވާތީ، މިމުޢާމަލާތުގައި ޚަރަދުވެފައިވާ
-/6,200ރ. (ހަހާސް ދުއިސައްތަ ރުފިޔާ) އާއި، ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/
258,500ރ.
(ދެކައްކަ ފަންސާސް އަށްހާސް ފަސްސަތޭކަ ރުފިޔާ) އާއި، މިމައްސަލާގައި ޢައްޔަނުކުރެވިފައިވާ ދެވަކީލުންގެ
އުޖޫރައަށްވާ -/50,000ރ. (ފަންސާސްހާސް ރުފިޔާ) އާއި އެކުޖުމްލަ -/314,700ރ. (ތިންލައްކަ ސާދަހާސް
ހަތްސަތޭކަ ރުފިޔާ) ހޯދުމަށް އެދި ޗެކްމާރކް މޯބައިލް ފިހާރައިގެ ވެރިފަރާތްކަމުގައިވާ ހިތަދޫ އަރާއިރު
އަޙްމަދު ރަޝީދަށް ދަޢުވާ ރައްދުވާގޮތަށް މއ. ސައިނާހިޔާ އިބްރާހީމް ޔޫސުފް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެއްކަން އެނގެން
ބޮޑުނުކުރެވޭ
CCCXOC
ނާގެތެއްވެއެވެ.
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/291
4. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1188 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ނުކުތާތަކުގެ މައްޗަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް،
މއ. ސައިނާހިޔާ | މާލެ، އިބްރާހީމް ޔޫސުފް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:
A025249) ޗެކްމާރކް މޯބައިލް ފިހާރައިން -/6,200ރ. (ހަހާސް ދުއިސައްތަ ރުފިޔާ) ގެ އަގަށް 06
ފެބްރުއަރީ 2010 ވަނަ ދުވަހުގެރޭ ގަނެފައިވާ މޯބައިލް ފޯނާއި، މެމޮރީ ކާރޑު ގަނެފައިވަނީ، އެފޯނަކީ ބޭނުން
ވަރަކަށް ފޮންޓް ބޮޑުކުރެވޭ ފޯނެއްކަމުގައި އެފިހާރައިގެ ކައުންޓަރުގައި ހުރި ކުއްޖާ ބުނެފައިވާތީކަމަށާއި، އެ
ފޯނު ޗެކްކުރުމަށް އެދުމުން، ހަމައެކަނި ޗެކްކޮށްދީފައިވަނީ ފޯނު ޗާޖު ކުރެވޭތޯއާއި، ފޯނަށް ރިންގ ޓޯން
ލިބޭތޯކަމަށާއި، އެވަގުތަކީ ފިހާރައިގައި ގިނަ ޢަދަދެއްގެ މީހުން ތިބި ވަގުތެއްކަމުގައިވާތީ، އިތުރަށް ޗެކްކޮށް
ދެވެން ނެތްކަމަށްބުނެ، ފޯނުގައި އެއްވެސް މައްސަލައެއް އުޅޭނަމަ ނުވަތަ ފޮންޓް ބޮޑު
ނުކުރެވޭނަމަ
ފޯނު
ހިފައިގެން އައުމަށް ބުނުމުން، ފޯނު ހިފައިގެން ދިޔައީކަމަށާއި، ފޯނު ހިފައިގެން ދިޔަ މަގުމަތީގައި އެލް
މޯބައިލް ފޯނު ވިއްކާ ފިހާރައިގެ ފޯނު ވިއްކާކުއްޖަކު އެފިހާރައިގެ ބޭރުގައި ހުއްޓާ، އޭނާ ގާތުގައި އެ ފޯނަކީ
ބޮޑުކުރެވޭ ފޯނެއްތޯ އިބްރާހީމް ޔޫސުފް ސުވާލުކުރުމުން، އެ ފޯނަކީ ފޮންޓް ބޮޑުނުކުރެވޭ ފޯނެއްކަމަށް
ބުނުމުން، އެ ފޯނު ގަތް ފިހާރައަށް އެވަގުތު ދިޔައީ ކަމަށާއި، ނަމަވެސް 11 ޖަހައިގެން އެ ފިހާރަ ހުރީ
ބަންދުކޮށްފައިކަމަށާއި، އަދި ވިދިގެން އައިދުވަހު އެ ފިހާރައަށް ގޮސް، އެ ފޯނަކީ ފޮންޓް ބޮޑުނުކުރެވޭ
ފޯނެއްކަމަށްވާތީ، އެ ފޯނު ބަދަލުކޮށްދިނުމަށް އެދުމުން، އެ ފިހާރައިން އެ ފޯން އަތުލާ، މިއަދާ ހަމައަށްވެސް،
ފޯނަށް ދެއްކި ފައިސާ ލިބިފައިނުވާތީ، މިމުޢާމަލާތުގައި ޚަރަދުވެފައިވާ -/
6,200ރ. (ހަހާސް ދުއިސައްތަ
ރުފިޔާ) އާއި، ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/258,500ރ. (ދެކައްކަ ފަންސާސް އަށްހާސް
ފަސްސަތޭކަ ރުފިޔާ) އާއި، މިމައްސަލައިގައި ޢައްޔަނުކުރެވިފައިވާ ދެވަކީލުންގެ އުޖޫރައަށްވާ -/
50,000ރ.
(ފަންސާސްހާސް ރުފިޔާ) އާއި އެކުޖުމްލަ -/
314,700ރ. (ތިންލައްކަ ސާދަހާސް ހަތްސަތޭކަ ރުފިޔާ)
ހޯދުމަށް އެދި ޗެކްމާރކް މޮބައިލް ފިހާރައިގެ ވެރިފަރާތްކަމުގައިވާ ހިތަދޫ | އަރާއިރު އަޙްމަދު ރަޝީދު
ފޮންޓް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/291
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A027666) ގެ މައްޗަށް ހުށަހަޅާފައިވާ މިމައްސަލަ
ޝަރީޢަތުން ބެލިއިރުގައި،
06 ފެބްރުއަރީ 2010 ވަނަ ދުވަހުގެރޭ އިބްރާހީމް ޔޫސުފް ޗެކްމާރކް މޯބައިލް ފިހާރައިން
-/6,200ރ. (ހަހާސް ދުއިސައްތަ ރުފިޔާ) ގެ އަގަށް ނޮކިޔާ IP NK_E52 މޯބައިލް ފޯނަކާއި، މެމޮރީ
ކާރޑެއް ގަނެފައިވާކަމާއި، މިމުޢާމަލާތުގައި ހިމެނޭ ފޯނު އިބްރާހީމް ޔޫސުފް އަނބުރާ ޗެކްމާރކް މޯބައިލް
ފިހާރައަށް ގެންގޮސްފައިވަނީ އެ ފޯނުގެ ފޮންޓް ބޮޑު ނުކުރެވޭތީކަމަށް އިބްރާހީމް ޔޫސުފް ބުނެފައިވިއަސް،
ނޮކިޔާ HP NK E52 މޯބައިލް ފޯނުގެ އިއުސަރ ގައިޑް (user guide) އަށް ބަލާއިރުގައި، އެ ފޯނަކީ
ފޮންޓް ބޮޑު ކުރެވޭ ފޯނެއްކަން ޝަރީޢަތަށް އެނގެން އޮންނަކަމާއި، އިބްރާހީމް ޔޫސުފް އެ ފޯނު އަނބުރާ
ޗެކްމާރކް މޯބައިލް ފިހާރައަށް ގެންގޮސްފައިވަނީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެފައިވާ ސަބަބެއް
ވިގެން ނޫންކަމަށްވާތީ، އަޙްމަދު ރަޝީދަށް އެ ފޯނު ބަދަލުކުރުމަށް ނުވަތަ ނިމިފައިވާ އެ ވިޔަފާރީގެ
. ލާޒިމެއް ނޫންކަމާއި،
ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، އަޙްމަދު ރަޝީދުގެ
ކިބައިން އިބްރާހީމް ޔޫސުފް ހޯދުމަށް އެދިފައިވާ ފައިސާއަކީ މިޙާލަތުގައި ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް
ކަނޑައަޅައި ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
އިފާގން
2ދ8
ފެޅުމަށް
c etc
5. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1188 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ސައިނާހިޔާ އިބްރާހީމް ޔޫސުފުގެ ފަރާތުން 02 (ދޭއް)
ފާހަގަކޮށް، ތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
24 253
ނށ ބއއ
ޑ 33ދ ދތ ވ 2
އެން08ށ7
Ccc
ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ މަފްހޫމަށް ބަލާއިރު،
ޝަރީޢަތުގެ މަޖިލީހަށް ހެއްކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކިތާބީ ހެއްކާއި، ޝަފަހީ ހެކިކަމަށް
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2013/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
eyއި
ބަޔާންކޮށްފައިވާއިރު، އެފަދަ ހަރުދަނާ ކިތާބީ ހެކި ވުޖޫދުގައި ނެތްއިރު، މައްސަލާގައި
ކަނޑައަޅުއްވާފައިވަނީ
ހެއްކާބެހޭ ޤާނޫނުގެ 5 އަދި 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވުނު ހެކިންގެ ހެކިބަހުގައި ޚިލާފުތަކެއް
ހުރުމާއި، ދަޢުވާކުރާފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1188 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށްބުނެ، މއ. ސައިނާހިޔާ އިބްރާހީމް ޔޫސުފުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
1188/Cv-C/2011
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަކީ،
ސައިނާހިޔާ އިބްރާހީމް ޔޫސުފް ޗެކްމާރކް މޯބައިލް ފިހާރައިން -/
6,000ރ. (ހަހާސް ދުއިސައްތަ
ރުފިޔާ) ގެ އަގަށް 06 ފެބްރުއަރީ 2010 ވަނަ ދުވަހުގެރޭ ގަނެފައިވާ މޯބައިލް ފޯނާއި، މެމޮރީ ކާރޑު
ގަނެފައިވަނީ، އެފޯނަކީ ބޭނުން ވަރަކަށް ފޮންޓް ސައިޒް ބޮޑުކުރެވޭ ފޯނެއްކަމުގައި އެފިހާރައިގެ ކައުންޓަރުގައި
ހުރި ކުއްޖާ ބުނެފައިވާތީކަމަށާއި، ނަމަވެސް ފޯނު ހިފައިގެން ދިޔަ މަގުމަތީގައި އެލް މޯބައިލް ފޯނު ވިއްކާ
ފިހާރައިގެ ފޯނު ވިއްކާ ކުއްޖަކު އެފިހާރައިގެ ބޭރުގައި ހުއްޓާ ދިމާވެގެން، އެފޯނަކީ ފޮންޓް ބޮޑުނުކުރެވޭ
ފޯނެއްކަމަށް އެކުއްޖާ ބުނުމުން، ވިދިގެން އައިދުވަހު ޗެކްމާރކް މޯބައިލް ފިހާރައަށް ގޮސް އެފޯނު
ބަދަލުކޮށްދިނުމަށް އެދުމުން އެފިހާރައިން ފޯނު އަތުލުމަށްފަހު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ކޯޓަށް
ހުށަހެޅުމާ ހަމައަށްވެސް ފޯނަށް ދެއްކި ފައިސާ ލިބިފައިނުވާތީ، އެމުޢާމަލާތުގައި ޚަރަދުވެފައިވާ -/6200ރ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/291
(ހަހާސް ދުއިސައްތަ ރުފިޔާ) އާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި -/258,500ރ. (ދެކައްކަ ފަންސާސް
އަށްހާސް ފަސްސަތޭކަ ރުފިޔާ) އާއި، ވަކީލުންގެ އުޖޫރައަށްވާ -/
50,000ރ. (ފަންސާސްހާސް ރުފިޔާ) އާއި
އެކުޖުމްލަ -/
314,700ރ. (ތިންލައްކަ ސާދަހާސް ހަތްސަތޭކަ ރުފިޔާ) ހޯދުމަށް އެދި އެފޯނު ވިއްކި ފިހާރައިގެ
ވެރިފަރާތްކަމުގައިވާ ހިތަދޫ އަރާއިރު އަޙްމަދު ރަޝީދަށް ދަޢުވާ ރައްދުވާގޮތަށް މއ. ސައިނާހިޔާ
އިބްރާހީމް ޔޫސުފް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަމާއި،
އެމައްސަލާގައި ސިވިލް ކޯޓުން ނިންމަވާފައިވަނީ، އެފޯނު އިބްރާހީމް ޔޫސުފް އަނބުރާ ޗެކްމާރކް
މޯބައިލް ފިހާރައަށް ގެންގޮސްފައިވަނީ އެ ފޯނުގެ ފޮންޓް ބޮޑުނުކުރެވޭތީކަމަށް އިބްރާހީމް ޔޫސުފް
ބުނެފައިވިއަސް، ނޮކިޔާ HP NK_E52 މޯބައިލް ފޯނުގެ ޔޫސަރ ގައިޑް (user guide) އަށް
ބަލާއިރުގައި، އެ ފޯނަކީ ފޮންޓް ބޮޑުކުރެވޭ ފޯނެއްކަން ޝަރީޢަތަށް އެނގެން އޮންނަކަމާއި، އިބްރާހީމް ޔޫސުފް
އެ ފޯނު އަނބުރާ ޗެކްމާރކް މޯބައިލް ފިހާރައަށް ގެންގޮސްފައިވަނީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެފައިވާ
ނޫންކަމަށްވާތީ، އަޙްމަދު ރަޝީދަށް އެ ފޯނު ބަދަލުކުރުމަށް ނުވަތަ ނިމިފައިވާ އެ
ވިޔަފާރީގެ މުޢާމަލާތް ރޫޅާލުމަށް ލާޒިމެއް ނޫންކަމާއި، ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު،
އަޙްމަދު ރަޝީދުގެ ކިބައިން އިބްރާހީމް ޔޫސުފް ހޯދުމަށް އެދިފައިވާ ފައިސާއަކީ މިޙާލަތުގައި ނަގައިދެވޭނެ
ފައިސާއެއް ނޫންކަމަށް ކަނޑައަޅުއްވައި އެގޮތުގެ މަތިންކަން އެނގޭކަމެވެ.
އފ3ނ
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ މަފްހޫމަށް ބަލާއިރު،
ޝަރީޢަތުގެ މަޖިލީހަށް ހެއްކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކިތާބީ ހެއްކާއި، ޝަފަހީ ހެކިކަމަށް
ބަޔާންކޮށްފައިވާއިރު، އެފަދަ ހަރުދަނާ ކިތާބީ ހެކި ވުޖޫދުގައި ނެތްއިރު، މައްސަލާގައި ގޮތެއް
ކަނޑައަޅުއްވާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 5 އަދި 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއަށް
ބަލާއިރު،
ރިއްއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/291
cocou
އިބްރާހީމް ޔޫސުފުގެ ފަރާތުން މިނުކުތާއާ ގުޅޭގޮތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި
ފާހަގަކޮށްފައިވަނީ، މިމައްސަލައާއި ގުޅިގެން ދަޢުވާ ލިބޭފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ކިތާބީ
ހެއްކެއްގެ ގޮތުގައި ހުށަހެޅި ނޮކިޔާ
52 ޔޫސަރ ގައިޑަކީ އިންޓަރނެޓުން ޑައުންލޯޑް ކޮށްފައިވާ ޔޫސަރ
ގައިޑެއް ކަމަށާއި، އެފަދަ ޑޮކިއުމެންޓްތަކަކީ ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައިވެސް ބަދަލު ކުރެވޭނެ އެއްޗެއް
ކަމަށާއި، ޝަރީޢަތުގެ މަޖިލީހަށް ފޯނު ގެނެސް އެފޯނަކީ ފޮންޓް ބޮޑު ކުރެވޭ ފޯނެއްކަން ޔަޤީން ކޮށްފައިވެސް
ނުވާކަމަށާއި، އަދި މިމައްސަލައާއި ގުޅިގެން އަޙްމަދު ރަޝީދުގެ ވަކީލާއި ނޮކިޔާ ކޮމްޕެނީއާއި ދެމެދު ބަދަލު
ކުރެވިފައިވާ އީމެއިލްތަކެއް ހުށަހެޅިފައިވާއިރު، އެ އީމެއިލްތަކަކީ އެއްވެސް ރަސްމީ ހައިސިއްޔަތެއް
އެނގެންނެތް ޑޮކިއުމަންޓް ތަކެއްކަމަށާއި، އަދި ފަނޑިޔާރަށް ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބަލާ
މައްސަލައިގައި ޙުކުމް ކުރުމަކީ ހެކިބަހުން ނުވަތަ ކިތާބީ ހެކިން ކަމެއް ސާބިތުވުމަށްވުރެ މާ ޔަޤީންކަން ބޮޑު
ހަރުދަނާ ގޮތެއްކަން ބަޔާންކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެފައިވާ ބުނުން ކަމަށްވާއިރު،
މިމައްސަލާގައި އަސްލަކީ ފޮންޓް ބޮޑު ކުރެވޭ ކަމަށް ބުނެ އަޙްމަދު ރަޝީދުގެ ފިހާރައިން އިބްރާހީމް
ޔޫސުފަށް ވިއްކި ފޯނެއް، ފޮންޓް ބޮޑު ނުކުރެވޭ ކަމަށް ބުނެ، އެ ފޯނުގެ އަގުގެ އިތުރުން އިބްރާހީމް ޔޫސުފަށް
ލިބުނު ކަމަށް ބުނާ ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި ހުށަހެޅުން ކަމަށް ވުމުން،
އެފޯނަކީ ފޮންޓް ބޮޑުކުރެވޭ ފޯނެއްކަން ނުވަތަ ނޫންކަން އެފޯނާއި އެފޯނުގެ ޔޫސަރ ގައިޑުން
ދަނެގަނެވޭނެތީ، އެފޯނާއި އެފޯނުގެ ޔޫސަރ ގައިޑް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ގެންނަވައިގެން
ބައްލަވާފައިވާކަމާއި، އެ ޔޫސަރ ގައިޑަކީ އިބްރާހީމް ޔޫސުފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނެފައިވާފަދައިން އިންޓަރނެޓުން ޑައުންލޯޑް ކޮށްފައިވާ ޔޫސަރ ގައިޑެއް ނޫންކަމާއި،
އެގޮތުން އެފޯނާއި އެފޯނު ޔޫސަރ ގައިޑް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ގެންނަވައިގެން
ބެއްލެވި ބެއްލެވުމުން އެފޯނަކީ ފޮންޓް ބޮޑު ކުރެވޭ ފޯނެއްކަން ސިވިލް ކޯޓުން ފާހަގަކުރައްވައި އެކަން
އެމައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައިވެސް ބަޔާންކުރައްވާފައިވާކަމާއި،
1
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2013/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
20 8
އަދި މިމައްސަލައާއި ގުޅިގެން އަޙްމަދު ރަޝީދުގެ ވަކީލާއި ނޮކިޔާ ކޮމްޕެނީއާއި ދެމެދު ބަދަލު
ކުރެވިފައިވާކަމަށް އިބްރާހީމް ޔޫސުފުގެ ފަރާތުން ބުނެފައިވާ އީމެއިލްތަކުގެ މައްޗަށް ސިވިލް ކޯޓުގެ ނިންމެވުން
ބިނާކޮށްފައި ވާކަން އެނގެން ނެތްކަމާއި،
އަދި ފަނޑިޔާރަށް ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބަލާ މައްސަލާގައި ޙުކުމް ކުރުމަކީ ހެކިބަހުން
ނުވަތަ ކިތާބީ ހެކިން ކަމެއް ސާބިތުވުމަށްވުރެ މާ ޔަޤީންކަން ބޮޑު ހަރުދަނާ ގޮތެއްކަން ބަޔާންކޮށް މައްސަލަ
ނިންމާފައިވާކަމަށް އިބްރާހީމް ޔޫސުފުގެ ފަރާތުން ބުނެފައިވީނަމަވެސް، މިމައްސަލަ ސިވިލް ކޯޓުން
ނިންމެވިގޮތުގެ ރިޕޯޓުގައި އެފަދައިން އެކަން ބަޔާންކޮށްފައި ނުވާކަމާއި، މިމައްސަލަ ސިވިލް ކޯޓުން
ނިންމެވިގޮތުގެ ރިޕޯޓުގައި، މިމައްސަލާގައި ހިމެނޭ ފޯނުގެ ޔޫސަރ ގައިޑަށް ބަލާއިރު އެ ފޯނަކީ ފޮންޓް
ބޮޑުކުރެވޭ ފޯނެއްކަން ބަޔާންކުރެއްވުމަށްފަހު، އެކަން ނޮކިޔާ ރަސްމީ ވެބް ސައިޓުގައިވާ ޔޫރ ގައިޑުންވެސް
އެނގެން އޮންނަކަމަށް
ހުންނަކަމަށް ފާހަގަކުރައްވާފައިވުމަކީ، ޤާޟީގެ ޢިލްމުގެ މައްޗަށް ނުވަތަ ފަނޑިޔާރަށް ޝަރީޢަތުގެ
ބޭރުން އެނގިފައިވާ އެނގުމެއްގެ މައްޗަށް ބިނާކޮށް އެމައްސަލަ ނިންމެވިކަމަށް ބެލެވޭނެ ސަބަބެއްކަމުގައި
ނުބެލެވޭއިރު،
އިބްރާހީމް ޔޫސުފުގެ ފަރާތުން މިނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމާއި ހެއްކާބެހޭ ޤާނޫނުގެ 5 އަދި
6 ވަނަ މާއްދާއާ ހުރި ގުޅުމަކީ ކޮބައިކަން ބަޔާންކޮށްދެވިފައިނުވާކަމާއި،
ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައިވަނީ "ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން
ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުމެއް ނެތުނީ ގަބޫލުކުރެވޭ
ފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތު ވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ގަބޫލު ކުރެވޭނެއެވެ"
މިފަދައިން ކަމާއި،
ޤާނޫނުގެ 6 ވަނަ މާއްދާގައިވަނީ "ހަގީގަތެއް ސާބިތު ވެއްޖެކަމަށް ޝަރީޢަތުން
ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ
ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި
ހެއްކާބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ
1)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/291
މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް
ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޚާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ
އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ" މިފަދައިން
ކަމާއި،
އެހެންކަމުން، މިކަންކަމުގެ މައްޗަށް ބަލާއިރު، މި މައްސަލާގައި ސިވިލް ކޯޓުން ގޮތެއް
ނޑައަޅުއްވާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 5 އަދި 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް
ނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވުނު ހެކިންގެ ހެކިބަހުގައި ޚިލާފުތަކެއް
ހުރިކަމަށާއި، އަދި ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައިނުވާކަމަށް ބުނެ އިބްރާހީމް
ޔޫސުފުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބަލާއިރު،
އިބްރާހީމް ޔޫސުފްގެ ފަރާތުން މިނުކުތާއާ ގުޅޭގޮތުން ދެއްކި ވާހަކަތަކުގައި، އިބްރާހީމް ޔޫސުފުގެ
ފަރާތުން ހެއްކެއްގެ ގޮތުގައި ހާޒިރު ކުރި، ފޯނު ވިއްކާ ފިހާރައެއްގައި މަސައްކަތް ކުރާ ޓެކްނީޝަނެއްކަމަށްވާ،
ރ.ވާދޫއެއްގަމު، ޢަބްދުﷲ ޙަމީދު އެފޯނަކީ ފޮންޓް ބޮޑުކުރެވޭ ފޯނެއް ނޫންކަމުގައި ބުނެފައިވާއިރު، އަޙްމަދު
ރަޝީދުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހާޒިރުކުރި، ޗެކްމާރކް މޯބައިލް ފިހާރާގައި މަސައްކަތް ކުރާ
ބަގްލަދޭޝް ރައްޔިތެއްކަމަށްވާ މުނީރު ޚާން އެފޯނުގެ ފޮންޓް ބޮޑު ކުރެވޭ ކަމަށް ބުނެފައިވުމުން، އެދެމީހުން
ދެގޮތަށް ބުނެފައިވާކަން އެނގޭއިރު، ދެފަރާތުން ދެގޮތަށް ބުނުމަކީ ކަމެއް ސާބިތުކުރުމަށް އެކަށީގެންވާ
ޤަރީނާއެއްކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ނުދެކޭ ކަމަށާއި، ހަމަ އެއާއިއެކު ކަމެއް ސާބިތުކުރުމަށް
ދެފަރާތުންވެސް އެކަށީގެންވާ ހެކި ހުށަހެޅުމުގެ ފުރުޞަތު ދޭންޖެހޭއިރު، އިބްރާހީމް ޔޫސުފުގެ ފަރާތުން ހުށަހެޅި
ބައެއް ހެކިން ހާޒިރު ނު ފާހަގަކޮށްފައިވާއިރު،
99ދ8 / ހދ2
ނުކުރައްވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2013/HC-A/291
ފުށުއަރާގޮތަށް ހުރި ހެކިބަސްތަކެއްގެ މައްޗަށް، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ
ނިންމެވުން ބިނާކުރައްވާފައިވާކަން އެނގެންނެތްކަމާއި، ފުށުއަރާގޮތަށް ހުރި ހެކިބަސްތަކެއްގެ ގޮތުގައި
އިބްރާހީމް ޔޫސުފުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ފޯނު ވިއްކާ ފިހާރައެއްގައި މަސައްކަތް ކުރާ
ޓެކްނީޝަނެއްކަމަށްވާ، ރ.ވާދޫ އެއްގަމު، ޢަބްދުﷲ ޙަމީދު އެފޯނަކީ ފޮންޓް ބޮޑުކުރެވޭ ފޯނެއް ނޫންކަމުގައި
ބުނެފައިވާއިރު، އަޙްމަދު ރަޝީދުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހާޒިރުކުރި، ޗެކްމާރކް މޯބައިލް ފިހާރައިގައި
މަސައްކަތް ކުރާ ބަގްލަދޭޝް ރައްޔިތެއްކަމަށްވާ މުނީރު ޚާން އެފޯނުގެ ފޮންޓް ބޮޑު ކުރެވޭ ކަމަށް ބުނެފައިވާ
ބުނުންކަމަށްވާއިރު، މިމައްސަލާގައި ބަޔާންކުރާ ފޯނަކީ ފޮންޓް ބޮޑުކުރެވޭ ފޯނެއްކަމަށް ސިވިލް ކޯޓުން
ނިންމަވާފައިވަނީ، މިދެ ފަރާތުގެ ހެކިބަހުގެ މައްޗަށް ބިނާކޮށްގެންކަން އެނގެންނެތްކަމާއި،
ނިންމަވާފައިވަނީ އެފޯނާއި އެފޯނުގެ ޔޫސަރ ގައިޑް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުން ބައްލަވައި އޭގެ
މައްޗަށް ބިނާކުރައްވައިގެންކަން އެނގޭކަމާއި،
އަދި މިމައްސަލާގައި ހެކިބަސް ނަންގަވާފައިނުވާކަމަށް އިބްރާހީމް ޔޫސުފުގެ ފަރާތުން ބުނާ
ހެކިންކަމުގައިވާ މއ. މާވެލަވަރު މުޙައްމަދު ރަޝީދާއި ރަންކުރަލިގޭ އަޙްމަދު ޙުސައިން އަކީ އިބްރާހީމް
ޔޫސުފް ފޯނުގަތް ފިހާރައަށް އިބްރާހީމް ޔޫސުފާއެކު ދިޔަ ދެމީހުންކަމަށް އިބްރާހީމް ޔޫސުފް ބުނެފައިވާއިރު،
އެފަރާތްތަކަކީ މިމައްސަލާގައި ޚިލާފް އުފެދިފައިވާ މައިގަނޑު ހަގީގަތް ސާބިތުކުރުމަށް ހާޒިރުކުރަންޖެހޭ
ހެކިންކަމުގައި ނުބެލެވޭކަމާއި،
މިމައްސަލާގައި ޚިލާފް އުފެދިފައިވާ މައިގަނޑު ނުކުތާއަކީ މިމައްސަލާގައި ބަޔާންކުރެވިފައިވާ ފޯނަކީ
ފޮންޓް ބޮޑުކުރެވޭ
ރެވޭ ފޯނެއްތޯ ނުވަތަ ނޫންތޯކަމަ
އެކަމަށްވާއިރު، ހެކިންކަމުގައި ބުނެ ހުށަހެޅި އެފަރާތްތަކަކީ އެކަން
ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަން އެނގޭކަމާއި، ވުމާއެކު އެފަރާތްތައް ހާޒިރުނުކޮށްވުމަކީ
41ތސާކުއެންސް
ނެކަމެއްކަމުގައި ޑެޑީs:
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
هޓފތ
.(42 ޏ ސ ޑ ވ 37
12
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/1291
(ރ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1188 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާ ފޯނު، އިބްރާހީމް ޔޫސުފް އެފޯނު ގަތް ޗެކްމާރކް މޯބައިލް ފިހާރައަށް އަނބުރާ
ގެންދިއުމަށްފަހު އެފޯނުގެ އަގާއި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރީ، އެފޯނަކީ ފޮންޓް
ބޮޑުނުކުރެވޭ ފޯނެއްކަމަށް ބުނެ އެސަބަބުގެ މައްޗަށް ބިނާކޮށްގެންކަމަށްވާއިރު، އެމައްސަލަ ސިވިލް ކޯޓަށް
ހުށަހެޅިއިރުވެސް އެފޯނަކީ ފޮންޓް ބޮޑުނުކުރެވޭ ފޯނެއްކަން އިބްރާހީމް ޔޫސުފް ބަލާފައިނުވާކަމާއި، އެފޯނަކީ
ފޮންޓް ބޮޑުނުކުރެވޭ ފޯނެއްކަމުގައި އިބްރާހީމް ޔޫސުފް ބުނާ ބުނުން ބިނާކޮށްފައިވަނީ، މޯބައިލް ފޯނުވިއްކާ
އެހެން ފިހާރައެއްގައި މަސައްކަތްކުރާ މީހަކުކަމުގައިވާ ރ. ވާދޫ| އެއްގަ
އެގަމުގޭ ޢަބްދުﷲ ޙަމީދުއާ މަގުމަތިން
ބައްދަލުވެ ޢަބްދުﷲ ޙަމީދު ބުނިބުނުމެއްގެ މައްޗަށްކަން އެނގޭއިރު، ޢަބްދުﷲ ޙަމީދުގެ ހެކިބަހުގައި، އެފޯނުގެ
ފޮންޓް ސައިޒް ބޮޑުވު ދައްކާފައިވާ ވާހަކަތަކުގައި ސާބިތުކަމެއްނެތްކަމާއި، އެކަމާ ބެހޭގޮތުން
އެކިގޮތްގޮތަށް ޖަވާބުދީފައިވާއިރު، އެފޯނުގެ ފޮންޓް ސައިޒް ބޮޑުނުކުރެވޭވާހަކައަކީ ސަތޭކަ ޕަސެންޓު ގެރެންޓީ
ދީފަ ބުނިއެއްޗެއް ނޫންކަމަށާއި، އެވަގުތު އެކަން އޭނައަށް ކުރެވެން ނެތްވާހަކަ ބުނިބުނުމެއްކަމަށް
ބުނެފައިވާއިރު، ޗެކްމާރކް މޯބައިލް ފިހާރައިގެ އެފޯނު ވިއްކި މުވައްޒަފު މުނީރު ޚާން އެފޯނަކީ ފޮންޓް ސައިޒް
ބޮޑުކުރެވޭ ފޯނެއްކަމަށް ބުނެފައިވުމުގެ އިތުރަށް، އެފޯނަކީ ފޮންޓް ސައިޒް ބޮޑުކުރެވޭ ފޯނެއްކަން އެފޯނުގެ
ޔޫސަރ ގައިޑުން އެނގެން އޮތްކަން ސިވިލް ކޯޓުގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވާކަމާއި، އަދި އެފޯނާއި
އެފޯނުގެ ޔޫސަރ ގައިޑް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ގެނެސް
ބެލިބެލުމުންވެސް އެފޯނަކީ ފޮންޓް ސައިޒް ބޮޑުކުރެވޭ ފޯނެއްކަން އެފޯނުގެ ޔޫސަރ ގައިޑުން
އެނގެންއޮންނަކަން ފާހަގަކުރެވޭކަމެވެ.
2
7 42ޑ ތ
ޑްވުމަގްޅޭގޮތުން
(ބ) ފަސްވަނަ ކަމަކީ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެނީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1188
ޤަޟިއްޔާގައި ހިމެނޭ ލޯނު އަނބުރާ ޗެކްމާރކް މޯބައިލް ފިހާރައަށް އިބްރާހީމް ޔޫސުފް ގެންގޮސްފައިވަނީ އެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/291
ފޯނުގެ ފޮންޓް ބޮޑުނުކުރެވޭތީކަމަށް އިބްރާހީމް ޔޫސުފް ބުނެފައިވިއަސް، ނޮކިޔާ HP NK_E52 މޯބައިލް
ފޯނުގެ ޔޫސަރ ގައިޑަށް ބަލާއިރު، އެ ފޯނަކީ ފޮންޓް ބޮޑުކުރެވޭ ފޯނެއްކަން ޝަރީޢަތަށް އެނގެން
އޮންނަކަމަށާއި، އިބްރާހީމް ޔޫސުފް އެ ފޯނު އަނބުރާ ޗެކްމާރކް މޯބައިލް ފިހާރައަށް ގެންގޮސްފައިވަނީ
އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެފައިވާ ސަބަބެއް އޮވެގެން ނޫންކަމުން، އެ ފޯނު ބަދަލުކުރުން ނުވަތަ
ވިޔަފާރީގެ އެ މުޢާމަލާތް ރޫޅާލުން އަޙްމަދު ރަޝީދަށް ލާޒިމުނޫންކަމަށާއި، އެހެންކަމުން، އަޙްމަދު ރަޝީދުގެ
ކިބައިން އިބްރާހީމް ޔޫސުފް ހޯދުމަށް އެދިފައިވާ ފައިސާއަކީ މިޙާލަތުގައި ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް
ކަނޑައަޅުއްވައި ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމެވުން ރަނގަޅުނޫންކަމަށް ބަލާނެތަނެއް ނެތްކަމުގައެވެ.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/1188 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް، މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްފީމެވެ.
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv