ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/241 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/241
**
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 241/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ރަޝީދު
ކާޑު ނަންބަރު: A028191
ه
ދާއިމީ އެޑްރެސް: ސަމާ
ތުޅާދޫ
މިހާރުގެ އެޑްރެސް: މާލޭ ޖަލު | ކ. މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު: -
* ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
0
ރަޖިސްޓްރީ ތާރީޚް: 22 ރަމަޝާން 1434
30 ޖުލައި 2013
* ނިމުނު ތާރީޚް: 11 ޛުލްޤަޢިދާ 1433
17 ސެޕްޓެމްބަރ 2013
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/F12C/44 ޤަޟިއްޔާ
• ނިންމެވި ފަރާތް: މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ބިރުދެއްކުން
• ހުށަހެޅި ތާރީޚް: 21.10.2012
ނިމުނު ތާރީޚް: 24.06.2013
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2013/HC-A/241
ދަޢުވާގެ ޚުލާޞާގެ
މިއީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F12C/44
ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ތުޅާދޫ { ސަމާ
ޙުސައިން ރަޝީދުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
l} އިސްތިއުނާފު ކުރެވޭ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/F12C/44 ޤަޟިއްޔާގައި، 19 ނޮވެމްބަރ 2011 ދުވަހު 10:55 އެހައިކަށްހާއިރު، ޙުސައިން ރަޝީދު
އިތުރުބަޔަކާއެކު ތުޅާދޫ ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައި، އެތަނުގައި މަސައްކަތްކުރާ
ޕޮލިސް ލާންސް ކޯޕްރަލް ސާމް ޢުމަރު މަރާލާނެކަމަށް ބުނެ އިންޒާރުދިންކަމަށް އިންކާރުކުރިނަމަވެސް ޙުސައިން
ރަޝީދު އެދުވަހު ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެ ސާމް ޢުމަރު ކޮބައިތޯ އަހައި، ސާމް ޢުމަރު ނުކުތުމުން
ސާމް ޢުމަރުއާ ދިމާލަށް މަރާލާނެކަމަށް ބުނެ އިންޒާރުދިންކަމަށް ޕޮލިސް ލާންސް ކޯޕްރަލް ރިޝްވާން އަޙްމަދު
އާއި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް އަހްލީމް އާއި ޕޮލިސް ސާޖެންޓް އިސްޙާޤް އަބޫބަކުރު އާއި ޕޮލިސް ލާންސް
ކޯޕްރަލް އާނިސާ ސައީދާ ބުނާތީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު
އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން
ޙުސައިން ރަޝީދުގެ މައްޗަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހެޅުމުން ބެލިފައިވާ މައްސަލައެއްކަމާއި،
މިޤަޟިއްޔާ ނިންމަވާފައިވަނީ، "...ދެންފަހެ،ޙުސައިން ރަޝީދު 19 ނޮވެމްބަރ 2011 ދުވަހު
10:55 އެހައިކަންހާއިރު، އިތުރުބަޔަކާއެކު ތުޅާދޫ ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައި،
އެސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ލާންސް ކޯޕްރަލް ސާމް ޢުމަރު މަރާލާނެކަމަށް ބުނެ އިންޒާރުދިންކަމަށް
އިންކާރުކުރިނަމަވެސް މީނާ އެދުވަހު ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެ ސާމް ޢުމަރު ކޮބައިތޯ އަހައި، ސާމް
ޢުމަރު ނުކުތުމުން ސާމް ޢުމަރުއާ ދިމާއަށް މަރާލާނެކަމަށް ބުނެ އިންޒާރުދިންކަމަށް ޕޮލިސް ލާންސްޕިނޯލް
ރިޝްވާން އަޙްމަދާއި، ޕޮލިސް ކޮންސްޓަބަލް އިބްރާހީމް އަހްމީމްއާއި، ޕޮލިސް ސާޖެންޓް އިސްޙާޤް އަބޫބަކުރާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/241
ޖީސކޮށް
ޤަޟިއްޔާއިން ޖިނާއީ މައްސަލަތަކުގައި ހެކިންގެ ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ އުޞޫލަށް ނެގިފައިޖޭގެ ހައިކޯ"
ޕޮލިސް ލާންސް ކޯޕްރަލް އާނިސާ ސަޢީދާ ބުނާތީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި
ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ
(ރ) ގެ ދަށުން ޙުސައިން ރަޝީދުގެ މައްޗަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާކަމާއި،
ޝަރީޢަތުގެ މަޖިލިހުގައި ދަޢުވާއަށް ޙުސައިން ރަޝީދު އިންކާރުކުރިނަމަވެސް، ޙުސައިން
ރަޝީދު ޕޮލިސް ލާންސް ކޯޕްރަލް ސާމް ޢުމަރުއަށް ބިރުދައްކާފައިވާކަން ހެކިންގެ ހެކިބަހުން ޝަރީޢަތަށް
ސާބިތުވާތީ، ބިރުދެއްކުމުގެ ކުށުގެ މިއަމަލު ޙުސައިން ރަޝީދު ހިންގާފައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަ
ކަނޑައަޅައި، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން
މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ދަށުން ޙުސައިން ރަޝީދު
06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް...' މައްސަލަ ނިންމަވާފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F12C/44
ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ
ތުޅާދޫ { ސަމާ
ޙުސައިން ރަޝީދުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 05 (ފަހެއް) ނުކުތާއެއް ފާހަގަކޮށް،
ކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 މާއްދާގެ (ބ) ގައި
ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި
އެކަށީގެންވާ ވަގުތާއި، ވަސީލަތްތައް ލިބިދޭންވާނެކަމަށާއި، އަދި އެމީހަކު އިޚްތިޔާރުކުރީ ޤާނޫނީ ވަކީލަކާ
މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެކަމަށް ބުނެފައިވާއިރު، މިޙައްޤުގެ ބޭނުން ހިފުމުގެ ފުރުޞަތު ދަށު ކޯޓުން
ޙުސައިން ރަޝީދަށް ނުދެއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، މިމައްސަލައިގައި ޝަރީޢަތަށް ހާޒިރުކުރެވިފައިވާ ހެކިންގެ ހެކިބަހަކީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 171/HC-A/2008 ޤަޟިއްޔާ އާއި ނަންބަރު 202/HC-A/2008
272 ހއ 6
9
އެނެކްތަކުމެ
ހެކިބަހެއްކަމުގައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
ން6 ދ.
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/241
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 މާއްދާގެ (އ)
ގައި މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި، ޝަރީޢަތަށް ސާބިތުނުކުރެވޭނަމަ،
އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 އަދި 51 ވަނަ
މާއްދާގައި ކަނޑައަޅައި ފަރުދުންނަށް ލިބިދީފައިވާ މައިގަނޑު އަސާސީ ޙައްޤުތައް ބޭނުންކުރުމުގައި އަދި
ލިބިދިނުމުގައި އެފަދަ މާއްދާތަކުގެ ބަސްމަގަށް ބަލާއިރު ފަރުދުންނަށް ޤާނޫނުއަސާސީން ދީފައިވާ ޙައްޤެއް ނުވަތަ
ރެއް ނުވަތަ އިޚްތިޔާރެއްގެ ބޭނުން ހިފުމަށް ފަރުދުންނަށް އަންގައިދީ އިރުޝާދު ދިނުމަކީ ބަންދުކުރުމުގެ ބާރު
ނުވަތަ ދަޢުވާކުރުމުގެ ބާރު ނުވަތަ ޝަރީޢަތް ހިންގުމުގެ ބާރުތަކުން ކަށަވަރުކުރަންޖެހޭ ކަމެއްކަމަށްވާއިރު
އެޙައްޤުތައް ޙުސައިން ރަޝީދަށް ފުރިހަމައަށް ލިބިދީފައިވާކަން ޝަރީޢަތުން ކަށަވަރުނުކުރައްވައި އަދި
އަންގަވައިނުދެއްވައި މައްސަލަ ހިންގަވައި ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ފަސްވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 މާއްދާގެ (ކ)
ގައި ބަޔާންކޮށްފައިވާ، ހެކިން ހާޒިރުކުރުމަށް ކޯޓުގައި އެދުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ޝަރީޢަތް
ހިންގަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F12C/44
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ފާހަގަކު
ގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 މާއްދާގެ (ބ) ގައި
ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަ
އެކަށީގެންވާ ވަގުތާއި، ވަސީލަތްތައް ލިބިދޭންވާނެކަމަށާއި، އަދި އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ:&ކީލަކާއި
މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެކަމަށް ބުނެފައިވާއިރު، މިޙައްޤުގެ ބޭނުން ހިފުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/241
OCX
ޙުސައިން ރަޝީދަށް ނުދެއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް މިމައްސަލަ ބެލި
ފަނޑިޔާރުން ނަޒަރުކުރިއިރު،
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F12C/44 ޤަޟިއްޔާގެ
މައްސަލަ އެކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުނީ 21 އޮކްޓޯބަރ 2012 ގައިކަން ފާހަގަކުރެވޭކަމާއި،
އެމައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ 24 ޖޫން 2013 ގައިކަމާއި، އެމައްސަލައިގެ ދެ އަޑުއެހުމެއް
ބޭއްވުނުކަން ދެފަރާތުގެ ވާހަކައިންނާއި މައްސަލައިގެ ބަޔާންތަކަށް ބެލުމުން އެނގޭކަމާއި،
އެގޮތުން، އެމައްސަލައިގެ އަޑުއެހުމެއް އެންމެ ފުރަތަމަ ބޭއްވުނީ 29 ނޮވެމްބަރ 2012 ގައި
ކަމާއި، އިސްވެ ބުނެވުނު ތާރީޚުގައި ޙުސައިން ރަޝީދުގެ މައްޗަށް ކުރެވުނު ދަޢުވާ ދައުލަތުގެ ފަރާތުން
ޝަރީޢަތުގެ މަޖިލިހުގައި އިއްވާފައިވާއިރު، ޙުސައިން ރަޝީދު އެދުވަހު އެދަޢުވާއަށް އިންކާރުކުރިކަން 29
ނޮވެމްބަރ 2012 ގައި ޙުސައިން ރަޝީދު ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގޭކަމާއި، ބުނެވުނު
ބަޔާނުގައި ޤާނޫނީ ވަކީލެއް ޢައްޔަން ކުރުމަށް ޙުސައިން ރަޝީދު ފުރުޞަތަކަށް އެދިފައިވާކަން އެބަޔާނުން
އެނގެން ނެތްކަމާއި، އެކަމާގުޅޭ ގޮތުން ޙުސައިން ރަޝީދުއާ ސުވާލުކުރުމުން، ޝަރީޢަތުގެ މަޖިލިހުގައި ވަކީލަކު
ޢައްޔަންކުރަން ބޭނުންވާ ވާހަކަ އެދުވަހު ބުނެފައިނުވާކަމަށް ޙުސައިން ރަޝީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F12C/44 ޤަޟިއްޔާގެ
ދެވަނަ އަޑުއެހުމެއް 6 ޖޫން 2013 ގައި ބޭއްވުނުކަން އެނގޭކަމާއި، އެއަޑުއެހުމުގައި ހެކިން ޙާޟިރުކޮށް
ހެކިންނާ ސުވާލުކުރުމަށް ޙުސައިން ރަޝީދުއަށް ފުރުޞަތު ލިބުނުކަން އެތާރީޚުގެ ބަޔާންތަކަށް ބެލުމުން
އެނގޭކަމާއި، އަދި ހެކިން ދެއްކި ވާހަކަތަކާގުޅޭ ގޮތުން ޙުސައިން ރަޝީދުއަށް ވާހަކަދައްކަން ފުރުޞަތު
ލިބުނުކަން ޙުސައިން ރަޝީދު 6 ޖޫން 2013 ގައި ދީފައިވާ ބަޔާނަށް ބެލުމުން އެނގޭކަމާއި، އިސްވެ ބުނެވުނު
ބަޔާނުގައިވެސް ޤާނޫނީ ވަކީލަކު ޢައްޔަން ކުރަން ބޭނުންވާ ވާހަކަ ނެތްކަން ފާހަގަކުރެވޭކަމާއި، އަދި އެދުވަހުގެ
ޝަރީޢަތުގެ މަޖިލިހުގައިވެސް ވަކީލެއްގެ ވާހަކަ ދައްކާފައިނުވާނެކަމަށް ޙުސައިން ރަޝީދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު،
ޤާނޫނުއަސާސީގެ 51 މާއްދާގެ (ބ) ގެދަށުން ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ
މީހަކަށްމެ، ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، ވަސީލަތްތައް
އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމުގެ ފުރުޞަތު ޝަރީޢަތުން ފަހިކޮށްދިނުން •
3 21
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
6
2013/HC-A/241
ވީނަމަވެސް، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F 12C/44 ޤަޟިއްޔާގެ ދެ
ޝަރީޢަތުގެ މަޖިލިހެއް ބޭއްވުނުއިރު، އަދި އެދެމަޖިލިހުގައިވެސް ޙުސައިން ރަޝީދު ވާހަކަ ދެއްކުމަށް ޝަރީޢަތުން
ފުރުޞަތު ދެއްވާފައިވާއިރު، އެތަނުން އެއްވެސް ޝަރީޢަތުގެ މަޖިލިހެއްގައި ޙުސައިން ރަޝީދު ޤާނޫނީ ވަކީލެއް
ހޯދުމުގެ ފުރުޞަތަކަށް އެދިފައިނުވުމަކީ، އަދި އިސްވެ ބުނެވުނު ޤަޟިއްޔާގެ މައްސަލަ އެކޯޓަށް ހުށަހެޅި
ގާތްގަނޑަކަށް 8 (އަށެއް) މަސް ދުވަސްވާންދެން އެކޯޓުގައި މައްސަލަ އޮތްއިރު، ޙުސައިން ރަޝީދުއަށް
އެމުއްދަތުގެ ތެރޭގައި ޤާނޫނީ ވަކީލެއް ޢައްޔަން ކުރުމަށް ކޯޓުގައި އެދުމުގެ ފުރުޞަތު އޮތްއިރު، އެޙައްޤު
ރުމަށް އެދި ޙުސައިން ރަޝީދުގެ ފަރާތުން މަސައްކަތްކޮށްފައި ނެތުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާ ޙައްޤުގެ ބޭނުން ހިފުމުގެ ފުރުޞަތު، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ
މެޖިސްޓްރޭޓް ކޯޓުން ޙުސައިން ރަޝީދަށް ދެއްވާފައިނުވާކަން ބެލެވޭނެ ސަބަބެއް ނޫންކަމެވެ.
ބޭނުން ކުރުމާ
282
ﷲ އއ
8
etc.
ބޑތ ތކތ ދ
ކމއޗ2
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 އަދި 51 ވަނަ
މާއްދާގައި ކަނޑައަޅައި ފަރުދުންނަށް ލިބިދީފައިވާ މައިގަނޑު އަސާސީ ޙައްޤުތައް ބޭނުންކުރުމުގައި އަދި
ލިބިދިނުމުގައި އެފަދަ މާއްދާތަކުގެ ބަސްމަގަށް ބަލާއިރު ފަރުދުންނަށް ޤާނޫނުއަސާސީން ދީފައިވާ ޙައްޤެއް ނުވަތަ
ނުވަތަ އިޚްތިޔާރެއްގެ ބޭނުން ހިފުމަށް ފަރުދުންނަށް އަންގައިދީ އިރުޝާދު ދިނުމަކީ ބަންދުކުރުމުގެ ބާރު
ނުވަތަ ދަޢުވާކުރުމުގެ ބާރު ނުވަތަ ޝަރީޢަތް ހިންގުމުގެ ބާރުތަކުން ކަށަވަރުކުރަންޖެހޭ ކަމަށްވާއިރު
އެޙައްޤުތައް ޙުސައިން ރަޝީދަށް ފުރިހަމައަށް ލިބިދީފައިވާކަން ޝަރީޢަތުން ކަށަވަރުނުކުރައްވައި އަދި
އަންގަވައިނުދެއްވައި މައްސަލަ ހިންގަވައި ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރާއިރު،
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއަކީ ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ
ޙައްޤުތަކާ ގުޅޭ މާއްދާއެއްކަމާއި، މިމައްސަލައިގައި ޙުސައިން ރަޝީދު ހައްޔަރު ކުރިކަން ލިޔުންތަކުން އެނގެން
ނެތްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި، އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މާޅޮސްމަޑުލު ދެކުނުބުރީ
ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F12C/44 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި، ތަޙްޤީޤު
މަރުޙަލާގައި ޙުސައިން ރަޝީދުގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިވާކަމުގެ ވާހަކަ ޙުސައިން ރަޝީދު
ދައްކާފައިނުވާކަން ފާހަގަކުރެވެން އޮތުމުން، އެނުކުތާއަށް އިސްތިއުނާފް މަރުޙަލާގައި ރިޢާޔަތް ކުރުމަކީ ޤާނޫނީ
އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތްކަމެއް ނޫންކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް ފެނުނުކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/241
ce O
4 22
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ، ހެކިން ހާޒިރުކުރުމަށް ކޯޓުގައި އެދުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ޝަރީޢަތް
ހިންގަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކުރިއިރު،
ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/F12C/44 ޤަޟިއްޔާގެ ދެ އަޑުއެހުމެއް ބޭއްވުނުއިރު، ދެ އަޑުއެހުމުގައިވެސް ޙުސައިން
ރަޝީދު ވާހަކަ ދެއްކުމަށް ފުރުޞަތު ދެއްވާފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އިސްވެ ބުނެވުނު ދެ
އަޑުއެހުމުގައި ޙުސައިން ރަޝީދު ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، ޙުސައިން ރަޝީދުގެ މައްޗަށް
ކޮށްފައިވާ ދަޢުވާއަށް އިންކާރުކޮށް، ޝަރީޢަތަށް ޙާޟިރުކުރެވުނު ހެކިންނާ ސުވާލުކުރުމުގެ ފުރުޞަތު ޙުސައިން
ރަޝީދުއަށް ލިބިނުއިރުވެސް، ޙުސައިން ރަޝީދުގެ ފަރާތުން ހެކިން ޙާޟިރުކުރުމަށް އެދިފައިވާކަން އެއްވެސް
ބަޔާނަކުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 283/HC
-
A/2012 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ
ފަދައިން، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުގެ ތެރެއިން ބައެއް ޙައްޤުތަކަކީ، އެޙައްޤު
ނުވަތަ އެޙައްޤެއްގެ ވަކިމިންވަރެއް، އެޙައްޤެއް ލިބޭފަރާތަކުން އަމިއްލައަށް ދޫކޮށްލުން ނުވަތަ ހަނިކުރުން ހުއްދަ
ޙައްޤުތަކެއްކަމާއި، ހުށަހެޅިފައިމިވާ މައްސަލައިގައި، ޙުސައިން ރަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއިން
ޙުސައިން ރަޝީދު ދިފާޢުވުމަށްޓަކައި މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ފުރުޞަތު ދެއްވިކަން
އެނގޭކަމާއި، އެފުރުޞަތުގެ ބޭނުންހިފައި، ހެކިން ޙާޟިރުކުރަން ބޭނުންނަމަ، ހެކިން ޙާޟިރުކޮށްދިނުމަށް އެދުމަކީ
ޙުސައިން ރަޝީދުގެ ޙައްޤެއްކަމުގައި ވީހިނދު، ޙުސައިން ރަޝީދު އެފުރުޞަތުގެ ބޭނުންނުހިފާ ދޫކޮށްލި
ދޫކޮށްލުމަކުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ޙައްޤަށް އުނިކަމެއް ލިބުނީކަމަށް
ލެވެން ނެތްކަމާއި، އަދި ހަމަ އެބީދައިން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގެދަށުން ޤާނޫނީ ވަކީލަކު
ހޯދުމުގެ ޙައްޤު ޙުސައިން ރަޝީދަށް ލިބިދީފައިވާއިރު، ޤާނޫނީ ވަކީލަކު ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް
ނުވަތަ ޝަރީޢަތުގެ ފަރާތުން އެފަދަ ފުރުޞަތަކަށް އެދިފައިނެތުމުން، އެކަމަކީ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (ބ) އިން ޙުސައިން ރަޝީދުގެ ޙައްޤަށް އުނިކަން އަންނަ ފަދަ ގޮތަކަށް މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ
މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ކަމެއްކަމަށް ބެލެވެން ނެތްކަމެވެ.
ޒ 2
2x
އަކަށް
OC
އިޖްހިރާއްޖޭގެ
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
އެ0 = 0
ތި
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/241
ބނފނޑު
ޑ 89
(ށ) ހަތަރުވަނަ ކަމަކީ، މިމައްސަލައިގައި ޝަރީޢަތަށް ޙާޟިރުކުރެވިފައިވާ ހެކިންގެ ހެކިބަހަކީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާ އާއި ނަންބަރު 202/HC
-
A/2008
ޤަޟިއްޔާއިން ޖިނާއީ މައްސަލަތަކުގައި ހެކިންގެ ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ އުޞޫލާ
ނެގިފައިވާ ހެކިބަހެއްކަމުގައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކުރިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާގައި، ކޮންމެ ހެކިބަހަކީ،
އެހެކިބަހާ މެދު ސުވާލު ކުރެވި ސާފުކޮށް ކަންވެފައިވާގޮތް ހާމަކުރެވެން ޖެހޭ ޝަރީޢަތުގައި ދެވޭ ހެކިބަހަކަށް
ވާންޖެހޭނެކަމުގެ ހެކިބަސްކަމަށް ކަނޑައަޅުއްވާފައިވާއިރު، އެމައްސަލައިގައި ހެކިބަސްނަގާފައިވަނީ ހަމައެކަނި
ތަޙްޤީޤު މަރުހަލާގައި ހެކިންދިން ބަޔާނަށް ޙަވާލާދީފައިކަން އެޤަޟިއްޔާއިން އެނގޭކަމާއި، އަދި އެމައްސަލައިގައި
ހެކިން އެކަމެއްކުރަނިކޮށް ދެކުނުގޮތަށް އެކަން ކުރިބައެއް އެކަން ސިފަކޮށް ޝަރީޢަތަށް
ސާފުކޮށްދީފައިނުވާކަން ފާހަގަކުރެވޭކަމާއި،
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 202/HC-A/2008 ޤަޟިއްޔާގައިވެސް އިސްވެ
އިޝާރާތްކުރެވުނު އުޞޫލު ތަޠުބީޤުކޮށްފައިވާކަން އެނގޭކަމާއި، އެޤަޟިއްޔާގައިވެސް ހެކިބަސް
ނަގާފައިވަނީ ޝަރީޢަތުގެ މަޖިލިހުގައި ހެކިން ހަމައެކަނި ތަޙްޤީޤު މަރުޙަލާގައި ދިން ބަޔާނަށް ޙަވާލާދީފައިކަމާއި،
އެމައްސަލައާ ގުޅޭ ގޮތުން ހެކި ލިބުނީކަމަށް ބެލެވެން ނެތްކަމަށް އެޤަޟިއްޔާގައިވެސް
ކަނޑައަޅުއްވާފައިވާކަން އެނގޭކަމާއި،
މިހާރު ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، ޙުސައިން ރަޝީދު އިތުރުބަޔަކާއެކު ތުޅާދޫ
ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައި، އެތަނުގައި މަސައްކަތްކުރާ ޕޮލިސް ލާންސް ކޯޕްރަލް
ސާމް ޢުމަރު މަރާލާނެކަމަށް ބުނެ އިންޒާރުދިންކަމަށްބުނެ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ
އެމާއްދާގެ (ރ) ގެ ދަށުން ޙުސައިން ރަޝީދުގެ މައްޗަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާކުރެވިފައިވާއިރު،
މިޙާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ރިޝްވާން އަޙްމަދުއާއި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް އާނިސާ ސަޢީދާ ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސްދީފައިވާކަމާއި،
އެގޮތުން، އިސްވެ ބުނެވުނު ދެހެކިންނާ ދައުލަތުންވެސް އަދި ދަޢުވާ ރައްދުވި ޙުސައިން
ރަޝީދުވެސް ސުވާލުކޮށްފައިވާކަން 6 ޖޫން 2013 ގައި އެދެމީހުން ޝަރީޢަތަށް ދީފައިވާ ބަޔާނަންބައްލުކުން
އެހެންކަމުން،
4922 4ދޘް
4 2 3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2013/HC-A/241
Oc Oxou
ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގައި "ބިރުދެއްކުން ނުވަތަ އިންޒާރުދިނުން" ކަމަށް
ބުނެފައިވަނީ ސީދާ މީހެއްގެ ގާތަށް އައިސް އިންޒާރު ދިނުމާއި، މުޢާސަލާތީ ވަޞީލަތްތައް ގެން މީހެއްގެ
ޖިސްމަށް ނުވަތަ މުދަލަށް ނުވަތަ އާއިލާގެ މެންބަރަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް
ދޭނެކަމަށް ބުނުމަށްކަމަށާއި ނުވަތަ ދައްކާ އިޝާރާތަކުން، ނުވަތަ ކުރާ ހަރަކާތަކުން އަނިޔާއެއް ދޭނެކަން
ހާމަކުރުންކަމަށް އެއަކުރުގައި ބަޔާންކުރެވިފައިވާއިރު،
ރިޝްވާން އަޙްމަދުއާއި އާނިސާ ޢީދާ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް
ބަލާއިރު، ޙުސައިން ރަޝީދު ސާމް ޢުމަރު މަރާލާނެކަމަށް ބުނި އަޑު އެހިކަމަށް ރިޝްވާން އަޙްމަދުއާއި އާނިސާ
ސަޢީދާ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، ޙުސައިން ރަޝީދު 20 ނޮވެމްބަރ 2012 ގައި މާޅޮސްމަޑުލު
ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F 12C/44 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް
ދީފައިވާ ބަޔާނުގައި އޭނާ ތަޙްޤީޤަށް ދިން ބަޔާނަކީ ޞައްޙަ ބަޔާނެއްކަމަށް ބުނެފައިވާކަމާއި، އެބަޔާނުގައިވާ ގިނަ
ވާހަކަތަކަކީ ރަނގަޅު ވާހަކަކަމަށާއި، އެހެންނަމަވެސް އެބަޔާނުގައި ސާމް ޢުމަރު ފިލުވާލަނާމޭ ޙުސައިން ރަޝީދު
ބުނެފައިވާކަމަށް ލިޔެފައިއެވަނީ ދޮގުހަދައިގެންކަމަށާއި، ޙުސައިން ރަޝީދު އެހެން ނުބުނާކަމަށް އެބަ
އެބަޔާނުގައިވާކަން
ފާހަގަކުރެވެން އޮތުމުން،
ޙުސައިން ރަޝީދު ތަޙްޤީޤަށް ދިން ބަޔާނަށާއި ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިހުރި
ވާހަކަތަކުން 2011 ނޮވެމްބަރ 19 ދުވަހުގެ 11:30 ހާއިރު ތުޅާދޫ ޕޮލިސް ސްޓޭޝަނަށް ޙުސައިން
ރަޝީދު ދިޔަކަމާއި، އަދި އެތަނަށް ދިޔައީ ސާމް ޢުމަރު ހޯދަންކަން ޙުސައިން ރަޝީދުގެ އިޢުތިރާފުން
އެނގޭކަމާއި، ޙުސައިން ރަޝީދު ސާމް ޢުމަރު ހޯދަން ޕޮލިސް ސްޓޭޝަނަށް ދިޔަ ސަބަބަކީ ޙުސައިން ރަޝީދުގެ
އަންހެނުންގެ އެއްބަނޑު އެއްބަފާ ކޮއްކޮ 2011 ނޮވެމްބަރ 19 ދުވަހުގެ 03:30 ކަންހާއިރު ފުލުހުންގެ ބެލުމުގެ
ދަށަށް ގެންދިއުމުގެ ތެރޭގައި "ތިޅާ ގެނެސް މަރާލާށޭ" ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސާމް ޢުމަރު
ބުނިކަމަށް ބަޔަކު ޙުސައިން ރަޝީދު ގާތު ބުނުމުން، އެއީ ތެދު ވާހަކައެއްތޯ ބެލުމަށް ކަމަށް ޙުސައިން ރަޝީދުގެ
ބަޔާނުން އެނގޭކަމާއި، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F12C/44
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރެވުނު ދެހެކިންކަމުގައިވާ ރިޝްވާން އަޙްމަދުއާއި އާނިސާ ސަޢީދާ
އާ ދެމީހުން ޙުސައިން ރަޝީދު ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނަށް ވަންތަން ދުށްކަމަށް އެދެމީހުންވެސް ޝަރީޢަތުގެ
މަޖިލިހަށް ދީފައިވާ ބަޔާންތަކުގައި ފާހަގަކޮށްފައިވާކަމާއި، އަދި ޙުސައިން ރަޝީދު ޕޮލިސް ސްޓޭޝަނަށް
ވަނުމަށްފަހު، ސާމް ޢުމަރު ކޮބައިތޯ އެހުމަށްފަހު "މަރާލާނަމޭ" ބުނިއަޑު ރިޝްވާން އަޙްމަދުއާ
48
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ފެބްސައިޓް: www.highcourt.gov.mv
10
2013/HC-A/241
އެހިކަމަށް މިދެހެކިންވެސް ބުނެފައިވާއިރު، ރިޝްވާން އަޙްމަދުއާއި އާނިސާ ސަޢީދާގެ ހެކިބަހުގެ ޢަދުލުވެރިކަން
ގެއްލިފައިވާކަން ބެލެވޭނެ އެއްވެސް ސަބަބެއް ނެތް ހިނދު، ޙުސައިން ރަޝީދު ޝަރީޢަތުގެ މަޖިލިހުގައި
ދައްކާފައިވާ ވާހަކަތަކުންނާއި އަދި ތަޙްޤީޤަށް ދިން ބަޔާނުގެ އަލީގައި، އެޙާދިސާއާ ގުޅިގެން ޝަރީޢަތަށް
ޙާޟިރުކުރެވުނު ދެހެކިން ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާންތަކުން ޙުސައިން ރަޝީދުގެ މައްޗަށްކޮށްފައިވާ
ދަޢުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމާއި، އަދި މިމައްސަލައިގައި ޝަރީޢަތަށް
ޙާޟިރުކުރެވިފައިވާ ހެކިންނަށް ދައުލަތުންނާއި ދަޢުވާ ލިބުނު ޙުސައިން ރަޝީދުގެ ފަރާތުން ސުވާލުކުރުމުގެ
ފުރުޞަތު ޝަރީޢަތުން ދެއްވުމުން، އެފުރުޞަތު ދެފަރާތުންވެސް ބޭނުންކޮށް، ހިނގާދިޔަ ޙާދިސާއާ ގުޅޭގޮތުން
ހެކިންނާ ސުވާލުކުރެވުމުން، އެދޭ ހެކިންގެ ހެކިބަހަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 171/HC
-
A/2008
ޤަޟިއްޔާ އާއި ނަންބަރު 202/HC
-
A/2008 ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ނަންގަވާފައިވާ
ހެކިބަހެއްކަމަށް ބަލާނެ
ތަނެއް ނެތްކަމާއި،
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 މާއްދާގެ (އ) ގައި މީހަކު ކުށެއް
ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި، ޝަރީޢަތަށް ސާބިތުނުކުރެވޭނަމަ، އެމީހަކީ ކުށެއް ނެތް
މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާގެ ތަފްޞީލުގައި ޙުސައިން ރަޝީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ހެކިންގެ
ހެކިބަހުގެ ފުށުއެރުންތަކެއް ކަމަށް ބުނެ ފާހަގަކޮށްފައިވަނީ ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުނުކުރެވޭ ބައެއް ހެކިން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށްކަން ފާހަގަކުރެވޭކަމާއި،
މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރެވުނު ދެހެކިން ކަމުގައިވާ ރިޝްވާން
އަޙްމަދުއާއި އާނިސާ ސައީދާ އާ ދެމީހުންގެ ހެކިބަހުގެ ފުށުއެރުންތަކެއް ނުވާކަމާއި، އަދި ފުށުއެރުންތަކެއްވާކަމަށް
ޙުސައިން ރަޝީދުގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިނުވާކަން
ފާހަގަކުރެވެން އޮތުމުން، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F12C/44
ޤަޟިއްޔާގައި ޙުސައިން ރަޝީދުގެ މައްޗަށް ކުރެވުނު ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި
ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ
ބިރުދެއްކުމުގެ ކުށް ޙުސައިން ރަޝީދުގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި، އެމާއްދާގެ (ރ) ގެ ދަށުން ޙުސައިން ރަޝީދު 06 (ހައެއް) މަސްދުވަހުގެ ގޮއްޖަށް
ޖަލަށްލުމަށް ޙުކުމްކުރައްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް
4 * *
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
2013/HC-A/41
ޙުސައިން ރަޝީދަށް ދެއްކިފައި ނެތުމުން، އެނިންމެވުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް
ކަމަށް މިމައްސަލަ ބެލި
ހުރިހާ ފަނޑިޔާރުންނަށްވެސް
(ވެސް
0
94 9އ & 4
,ބަސްވެފަންކުމެފަ.
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/F12C/44 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ބ. ތުޅާދޫ / ސަމާ،
ޙުސައިން ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ
މެޖިސްޓްރޭޓް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv