ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/214 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/214
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 214/HC
-
A/2014
• އިސްތިއުނާފު ކުރި ފަރާތް:
ނަން: އިބްރާހީމް ޙުސައިން
އައި.ޑީ.ކާޑު
ކާޑު ނަންބަރު:A047841
T
T
ދާއިމީ އެޑްރެސް: އަތަމާގެ/ ނ.
. ވެލިދޫ
މިހާރުގެ އެޑްރެސް: އަތަމާގެ/ ނ.
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ސިވިލް ސަރވިސް ކޮމިޝަން
* ދާއިމީ އެޑްރެސް: ވެލާނާގެ| މާލެ
މިހާރުގެ އެޑްރެސް: ވެލާނާގެ| މާލެ
* ވަކީލް: ލީގަލް އޮފިސަރ އދ. ފާޠިމަތު މީން ނަޞީރު
:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 ޝައްވާލު 1435
07 އޯގަސްޓް 2014
، ނިމުނު ތާރީޚް: 29 ރަބީޢުލްއައްވަލު 1436
20 ޖަނަވަރީ 2015
OCC
އިސްތިއުނާފު ކުރެވުނު ނިންމުން ނަންބަރު: 2014
/
150/INDIV/200
ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ނިންމުމުގެ ބާވަތް: ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުން
ނިންމުން ނިންމެވި ތާރީޚް: 29 މެއި 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/214
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014
/
150/INDIV/200 ޓްރައިބިއުނަލުން
ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުމުގައި ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށްބުނެ، އެނިންމެވުން އިސްތިއުނާފުކޮށްދިނުމަށް
އެދި، ނ. ވެލިދޫ އަތަމާގެ އިބްރާހީމް ޙުސައިނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަނެވެ.
...
0
:ކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014
/
150/INDIV/200 ޓްރައިބިއުނަލުން ބެލެން
ނެތް މައްސަލައެއްކަން އަންގާ ލިޔުމުގައި ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެއްގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށްބުނެ، އެނިންމެވުން އިސްތިއުނާފުކޮށްދިނުމަށް އެދި،
ނ. ވެލިދޫ އަތަމާގެ އިބްރާހީމް ޙުސައިނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014
/
150/INDIV/200 ޓްރައިބިއުނަލުން ބެލެން
ނެތް މައްސަލައެއްކަން އަންގާ ލިޔުމަށް ބެލިއިރު، އެ ލިޔުމަކީ، ނ. ވެލިދޫ އަތަމާގެ އިބްރާހީމް ޙުސައިން،
މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ އިމާމެއްގެ ވަޒީފާ، 07 ސެޕްޓެމްބަރ 2008 އިން
ފެށިގެން އަދާކުރަމުން ދަނިކޮށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 217 ވަނަ މާއްދާގެ (ހ) އަށް
ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ކަމަށްބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/214
25 ފެބްރުއަރީ 2014 ގައި އިބްރާހީމް ޙުސައިން ވަޒީފާއިން ވަކިކޮށްފައިވާތީ، އެމައްސަލަ ބަލައިދިނުމަށް އެދި
ސިވިލް ސަރވިސް ކޮމިޝަނަށް ދަޢުވާ ރައްދުވާގޮތަށް ވެލިދޫ އަތަމާގެ އިބްރާހީމް ޙުސައިނުގެ ފަރާތުން
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމެއްކަމާއި،
11
5 5 6
އެނިންމެވުމުގައި ވަނީ، ވެލިދޫ އަތަމާގެ އިބްރާހީމް ޙުސައިން (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A047841) މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ އިމާމެއްގެ
ވަޒީފާ 07 ސެޕްޓެމްބަރ 2008 އިން ފެށިގެން އަދާކުރަމުން ދަނިކޮށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ
217 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ 3
ވަނަ ނަންބަރުގެ ދަށުން ކަމަށްބުނެ 25 ފެބްރުއަރީ 2014 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، އެމައްސަލަ
ބަލައިދިނުމަށް އެދި، ސިވިލް ސަރވިސް އަށް ރައްދުވާ ގޮތަށް 19 މެއި 2014 ގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުއްވި ނަންބަރު 2014/VTR/70 މައްސަލައަކީ، އެމައްސަލައިގައި އިބްރާހީމް
ޙުސައިން ހުށަހެޅުއްވި އެންމެހާ ލިޔެކިޔުންތައް ބަލައި ދިރާސާކުރިއިރު، މިސްކިތު މުދިމުންނާއި މިސްކިތު
މަސައްކަތު މީހުންނަކީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާއިން
އިސްތިސްނާ ކުރެވިފައިވާ ބަޔަކަށްވާތީވެ، ބުނެވިދިޔަ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެން ނެތް
މައްސަލައެއް ކަމުން އިބްރާހީމް ޙުސައިން ހުށަހަޅުއްވާފައިވާ މައްސަލަ ބެލެންނެތްކަން އެންގީމެވެ"
މިފަދައިންނެވެ.
3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014
/
150/INDIV/200 ޓްރައިބިއުނަލުން ބެލެން
ނެތް މައްސަލައެއްކަން އަންގާ ލިޔުމުގައި ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ނިންމަވާފައިވާ ނިންމެވުމެއް
އެނިންމެވުން އިސްތިއުނާފުކޮށްދިނުމަށް އެދި،
a e cހ2
އައިޑީބށްފ
«« 0ދ 47
3
ނޫންކަމަށްބުނޭ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/214
.
އިތުމުގެ
އިބްރާހީމް ޙުސައިނުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ވަޒީފާއާބެހޭ މުޅި ޤާނޫނުން މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތު
މީހުން އިސްތިސްނާ ކުރެވިފައިނުވުން އަދި އެއާޚިލާފަށް އިސްތިސްނާކުރެވިފައިވަނީ ހަމައެކަނި 34 ވަނަ މާއްދާ
އެކުލެވޭ (މަސައްކަތްކުރާ ގަޑި} ބާބުން (އެބާބުގައިވާ މާއްދާތަކުން) އެކަނި ކަމުގައިކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު،
ވަޒީފާއާބެހޭ ޤާނޫނު އަދި މިނޫންވެސް ޤާނޫނެއްގައި، ގަވާއިދެއްގައި މިސްކިތު މުދިމުންނާއި މިސްކިތު
މަސައްކަތު މީހުން އެޤާނޫނަކުން، ގަވާއިދަކުން އެކީއެކަށް އިސްތިސްނާ ކުރެވިފައި ނުވުމާއި، ދިވެހި ސިވިލް
ސަރވިސްގެ ގަވާއިދު 2010
242 ވަނަ މާއްދާ އިން މުވައްޒަފަށް
ލިބިދީފައިވާ ޙައްޤުން
މަޙްރޫމުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
OXO
ތިންވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން "ކޮންމެ މީހެއްގެ މަދަނީ
ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި،
ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ
މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ
ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ” ޤާނޫނުއަސާސީގައި އެޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަމަށް
ކަނޑައަޅާފައި އޮތުމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އާއި،
ހަމަ އެޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) އާއި ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2ވަން
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/214
ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ށ) އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 242 ވަނަ
މާއްދާއިން ވަޒީފާއަދާކުރި މީހާއަށް އެޙައްޤު އިތުރަށް ކަށަވަރުކޮށްދޭއިރު، އެޤާނޫނުތަކަށް ރަނގަޅަށް ނުބައްލަވާ
ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014
/
150/INDIV/200 ޓްރައިބިއުނަލުން ބެލެން
ނެތް މައްސަލައެއްކަން އަންގާ ލިޔުމުގައި ނިންމަވާފައިވާ ނިންމެވުން ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއެއްގޮތްނުވާކަ
ވާކަމަށް ބުނެ،
ވެލިދޫ އަތަމާގެ އިބްރާހީމް ޙުސައިނުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
ކަނޭނއeއ
(ހ) ފުރަތަމަ ކަމަކީ، ވަޒީފާއާބެހޭ މުޅި ޤާނޫނުން މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތު
މީހުން އިސްތިސްން ކުރެވިފައިނުވާކަމަށާއި، އެއްޚިލާފަށް އިސްތިސްނާކުރެވިފައިވަނީ ހަމައެކަނި 34 ވަނަ
މާއްދާ އެކުލެވޭ (މަސައްކަތްކުރާ ގަޑި} (އެބާބުގައިވާ މާއްދާތަކުން) އެކަނިކަމަށް ބުނެ އިބްރާހީމް
ޙުސައިނުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އެއްމެ ފުރަތަމަ ފާސްކުރެވި އެއަށް 9 ޖުލައި
2008 ގައި ޢަމަލުކުރަން ފެށުނުއިރު، މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތުމީހުން ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާކޮށްފައިނުވާކަމާއި،
ނަމަވެސް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު
(ޤާނޫނު ނަންބަރު 14/2008) އިން ވަޒީފާއާބެހޭ ޤާނޫނަށް އިސްލާޙު ގެނެވުނުއިރު، އެޤާނޫނުގެ 34 ވަނަ
މާއްދާއަށް ގެނެވުނު އިސްލާޙުގައި މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތުމީހުން، ވަޒީފާއާބެހޭ ޤާނޫނުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A214
4 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާކޮށްފައިވާކަން އެނގޭކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބަކީ
ވަޒީފާގެ އެއްބަސްވުމާއި، މަސައްކަތުގެ އަޚުލާޤީ އަދި ވަޒީފާއިން ވަކިކުރުމާއި، މަސައްކަތްކުރާ ގަޑިއާއި،
ޙައްޤުވާ އެކިއެކި ޗުއްޓީތަކާއި، އުޖޫރައާބެހޭ ޢާންމު އުޞޫލުތައް ހިމެނިފައިވާ ބާބުކަމާއި އަދި މި
ތެރޭގައި އެޤާނޫނުގެ
28 ވަނަ މާއްދާ ހިމެނޭއިރު، ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ
ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއް
ނެތިކަމުގައި ވަޒީފާ އަދާކުރި މީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 (ތިނެއް)
މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން 28
ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާކަމާއި،
އެހެންކަމުން، މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތު މީހުންނަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4
ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާކުރެވިފައިވާ ފަރާތްތަކަކަށްވުމުން، އެފަދަ ފަރާތެއް ވަޒީފާއިން
ވަކިކުރުންފަދަ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުގެ ދަށުން ވަޒީފާދިން ފަރާތުން އަޅާ
ފިޔަވަޅަކާ ގުޅިގެން އެކަމުގެ ޝަކުވާ، އެފަދަ ފަރާތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިގެން
ކުވާއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލިދާނެކަމަކަށް ނުފެންނަކަމެވެ.
އެކު8:
4
ޝަކުފާއއ
(ނ) ދެވަނަ ކަމަކީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު،
ވަޒީފާއާބެހޭ ޤާނޫނު އަދި މިނޫންވެސް ޤާނޫނެއްގައި، ގަވާއިދެއްގައި މިސްކިތު މުދިމުންނާއި މިސްކިތު
މަސައްކަތު މީހުން އެޤާނޫނަކުން، ގަވާއިދަކުން އެކީއެކަށް އިސްތިސްނާ ކުރެވިފައި ނުވާއިރު، ދިވެހި ސިވިލް
ސަރވިސްގެ ގަވާއިދު 2010
242 ވަނަ މާއްދާ އިން މުވައްޒަފަށް ލިބިދީފައިވާ ޙައްޤުން
މަޙްރޫމުވެފައިވާކަމަށް ބުނެ އިބްރާހީމް ޙުސައިނުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތު މީހުން އެއްވެސް ޤާނޫނަކުން ނުވަތަ ގަވާއިދަކުން
އެކީއެކަށް އިސްތިސްނާ ކުރެވިފައިވާކަމަށް އިސްތިއުނާފުކުރެވިފައިމިވާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/214
2014
/
150/INDIV/200 "ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުން" ގައި
ބަޔާންކުރެވިފައިނުވާކަމާއި، އަދި އެފަދައިން އެޓްރައިބިއުނަލުން ނިންމަވާފައިވާކަންވެސް އެނގެންނެތްކަމާއި،
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 242 ވަނަ މާއްދާއަކީ، ސިވިލް ސަރވިސްގެ
މުވައްޒަފަކާމެދު ސިވިލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުމެއް ނުވަތަ އެޅި ފިޔަވަޅަކާމެދު ހިތްހަމަ
ނުޖެހޭނަމަ އެކަން ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤާއި ފުރުސަތު ލިދީ
އެކަން
ބަޔާންކުރުމަށް އޮތް ޢާންމު މާއްދާއެއްކަމާއި، އެމާއްދާ އެހެން އޮތުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ
ބާބުގައިވާ މާއްދާތަކުން އިސްތިސްނާކުރެވިފައިވާ މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތުމީހުން ފަދަ
ފަރާތެއް ވަޒީފާއިން ވަކިކުރުންފަދަ ފިޔަވަޅަކާ ގުޅިގެން އެފަދަ ފަރާތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅާ ޝަކުވާއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުން ލާޒިމްވާނޭ ސަބަބެއްކަމަކަށް ނުފެންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން "ކޮންމެ މީހެއްގެ މަދަނީ
ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި،
ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ
މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ
ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ” މިފަދައިން ޤާނޫނުއަސާސީގައި އެޙައްޤު ކޮންމެ މީހަކަށް
ލިބިގެންވާކަމަށް ކަނޑައަޅާފައި އޮތުމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ
މާއްދާގެ (ހ) އާއި، ހަމަ އެޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) އާއި ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ށ) އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010
ގެ 242 ވަނަ މާއްދާއިން ވަޒީފާއަދާކުރި މީހާއަށް އެޙައްޤު އިތުރަށް ކަށަވަރުކޮށްދޭކަމަކަށްވާއިރު، ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަކީ، އެޤާނޫނުތަކަށް ރަނގަޅަށް ނުބައްލަވައި ނިންމަވާފައިވާ
ނެބުނެ އިބްރާހީމް ޙުސައިނުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
/294239ށ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/214
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަކީ މީސްމީހުންގެ މައްޗަށް ޓްރައިބިއުނަލްތަކަށާއި
ކޯޓުތަކަށް ހުށަހެޅޭ މަދަނީ އަދި ޖިނާއީ ދަޢުވާތައް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް
ހުޅުވާލެވިގެން، އިންޞާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިދީފައިވާ މާއްދާއެއްކަމާއި، މިމާއްދާއާއި
އަދި މިނުކުތާގައި ބަޔާންކުރެވިފައިވާ އެހެނިހެންވެސް މާއްދާތަކަކީ، ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް
ކަނޑައެޅިފައިވާ އިޚްތިޞާޞްތަކަށް ބެލުމަކާނުލައި، މައްސަލަތައް ބަލައިގަނެ ހިންގަންޖެހޭގޮތަށް
ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރެވިފައިވާ މާއްދާތަކެއްނޫންކަމާއި،
އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި ބަޔާންކުރާފަދަ މައްސަލަތަކަކީ ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ބެލެންނެތް މައްސަލަތަކަކަށްވިޔަސް، އެފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުން އެފަދަ
މައްސަލަތައް ކަމާބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ޙައްޤު ލިބިދީ، ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ޙައްޤުތައް ކަށަވަރުކޮށްދެވިފައިވާކަން އެނގޭކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުންނާއި، މިސްކިތު
މުދިމުންނާއި މިސްކިތު މަސައްކަތު މީހުންނަކީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34
ވަނަ މާއްދާގައި 4 ވަނަ އިސްތިސްނާ ކުރެވިފައިވާ ބަޔަކަށްވާތީ، ވެލިދޫ އަތަމާގެ އިބްރާހީމް
ޙުސައިން އަދާކުރަމުންދިޔަ، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ އިމާމުކަމުގެ ވަޒީފާއިން
25 ފެބްރުއަރީ 2014 ގައި ވަކިކޮށްފައިވާ މައްސަލަ ބަލައިދިނުމަށް އެދި، 19 މެއި 2014 ގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް އިބްރާހީމް ޙުސައިން ހުށަހެޅި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެން ނެތް
މައްސަލައެއްކަމުގައި ކަނޑައަޅުއްވައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުން
ރަނގަޅުނޫންކަމަށް ބަލައި އެނިންމެވުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލި
މިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2014/HC-A/214
ޙުކުމް:-
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2014
/
150/INDIV/200 "ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުން"ގައި
ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv