ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/65 ޤަޟިއްޔާގެ ޙުކުމް
2010-HC-A-65
]
بات الترانيم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ.
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 65/HC
-
A/2010
0
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ ކާޑު ނަންބަރ:
މިހާރުގެ އެޑްރެސް:
ވަކީލުޑް އިޒް. ޙުސައިން ޝަމީމު ހ. ޝޭޑީކޯނަރ (A056205)
• އިސްތިއުނާފު ރައްދުވި ފަރާތް:
*
*
ހުށަހެޅުނު ތާރީޚް: 8 ރަބީޢުލްއާޚިރު 1431
ނިމުނު ތާރީޚް: 28 ޖުމާދަލްއޫލާ 1431
24 މާރޗް
2010
13 މެއި
2010
އިސްތިއުނާފުކުރެވުނު ނިންމުން ނަންބަރު: 196
/
2009
/
2093/D(1901-2009)145
• ނިންމެވި ފަރާތް: ޖިނާއީކޯޓް
*
، ހުށަހެޅި ތާރީޚް: 4 އޮގަސްޓް 2009
ނިމުނުތާރީޚް: 17 ޑިސެމްބަރ 2009
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16472
33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2010-HC-A-65
2
ފިހުރިސްތު
01- ދަޢުވާގެ ޚުލާޞާ:
ޞަފްޙާ ނަންބަރު : 05-05
1|
02- ފާހަގަކުރެވުނު ނުކުތާތައް:
05-09 :
ޙުކުމް
09-10 :
-03
)
04. މަޙްޝަރު ބަޔާންތައް:
04.1 އިސްތިއުނާފުކުރި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ފަރާތުން ދެއްކި ވާހަކަތައް
މަޙްޝަރު ނަންބަރު 10-01 :HC
-
A
-
65 Mpg-2010
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: ww.highcourt.gov.mv
201()-HC-A-65
3
ދީޘް &
.05
މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
.)
1. ޖިނާއީކޯޓުގެ ނަންބަރު 2009
/
196
/
2093-1901)145 (17 ޑިސެމްބަރ 2009) ސިޓީ (1
ޞަފްޙާ) ގެ ކޮޕީ.
2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 1781/ޏކ/1959
/
2009 (4 އޮގަސްޓް
2009) ދަޢުވާ ހުށަހަޅާ ފޯމް (1 ޞަފްޙާގެ) ކޮޕީ،
3. ޤާނޫނު ނަންބަރު 5/2009 "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" (2 ޞަފްޙާގެ) ކޮޕީ،
4. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ޖިނާއީކޯޓުގެ ނަންބަރު 2009/JC/971
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް (1 ޞަފްޙާގެ) ކޮޕީ
5. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ޖިނާއީކޯޓުގެ ނަންބަރު 2009/JC/971
ޤަޟިއްޔާގައި ހިމަނުއްވާފައިވާ 7 ޖުލައި 2009 ދުވަހު ޑިސްޓްރިކްޓް ޕަބްލިކް ޕްރޮސިކިއުޓަރ
އަލްއުސްތާޛާ މަރިޔަމް ޙަސަމް ދީފައިވާ ބަޔާން (1 ޞަފްޙާގެ) ކޮޕީ،
6. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ޖިނާއީކޯޓުގެ ނަންބަރު 2009/JC/971
ޤަޟިއްޔާގައި ހިމަނުއްވާފައިވާ 7 ޖުލައި 2009 ދުވަހު ތ. ގުރައިދޫ ހިޔަލީގެ ޝަކީބު އިބްރާހީމް
ދީފައިވާ ބަޔާނުގެ ކޮޕީ (1 ޞަފްޙާގެ)
7. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ޖިނާއީކޯޓުގެ ނަންބަރު 2009/JC/971
ޤަޟިއްޔާގައި ހިމަނުއްވާފައިވާ 7 ޖުލައި 2009 ދުވަހު މަރަދޫ އާސިޔާނުގެ މުހައްމަދު
ރަޝީދު ދީފައިވާ ބަޔާނުގެ ކޮޕީ (1 ޞަފްޙާގެ)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 9 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010-HC-A-65
8. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 2010
/
64/X-196 (10 މެއި 2010)
ސިޓީއާއެކު ހުށަހެޅުއްވި މަޢްލޫމާތުގެ ކޮޕީ (6 ޞަފްޙާގެ)
ވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ހިތަދޫކޯޓުގެ ނަންބަރު
2009/S2C/290 ޤަޟިއްޔާގައި 14 ޖޫން 2009 ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމްގެ ކޮޕީ
(1 ޞަފްޙާގެ)،
10. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި
ފޭދޫކޯޓުގެ ނަންބަރު
2009/SC/188 ޤަޟިއްޔާގައި 2 ނޮވެމްބަރ 2009 ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމްގެ ކޮޕީ
(1 ޞަފްޙާގެ)،
/9 9ދ 3
އައްޑު އަޅު
")
11. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޙަވާލާދެއްވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
359/HC
-
A/2009 ޤަޟިއްޔާގައި 31 ޑިސެމްބަރ 2009 ގައި ކޮށްފައިވާ ޙުކުމްގެ ކޮޕީ (1
ޞަފްޙާގެ)
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު:40
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
201-tIC-A-65
ދަޢުވާގެ ޚުލާޞާ
މިއީ ޖިނާއީކޯޓުގެ ނަންބަރު 196
/
2009
/
2093/D(1901-2009)145
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމު
ބެލިފައިވާ މައްސަލައެކެވެ.
ކުތާތައް
24ވ
ފާހަގަކުރެވުނު
1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖިނާއީކުށުގެ ދަޢުވާކުރުމަށް ޖިނާއީކޯޓަށް ހުށަހަޅާ
ބައެއް މައްސަލަތައް އެކޯޓުން ބަލައިގަތުމަށްފަހު އިދާރީގޮތުން މައްސަލަ ނުބައްލަވައި އަނބުރާ
ފޮނުވާލާފައިވާތީ އެއީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ނިންމަވައިދެއްވުމަށާއި މިކަން ތަކުރާރުވަމުން
ދިއުން ހުއްޓުވާދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން ދަޢުވާ ހުށަހަޅައި
އެދަޢުވާގައިވާ ފަދައިން ޖިނާއީކޯޓުން ޢަމަލުކުރައްވާފައިވާ މައްސަލަތަކުގެ ތެރެއިން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ނަންބަރު 1781/ޏކ /1959
/
2009 ފޯމުން މ. ފެހިގިލި އިސްމާޢީލް ޝާހުގެ
މައްޗަށް އެއޮފީހުން ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައަށް ޙަވާލާދީފައިވާކަމާއި އެއީ
އިސްމާޢީލް ޝާހު ދުއްވާއެއްޗެއްސަށް ބަލަންވާ ވަރަށް ނުބަލައި އޭނާ ދުއްވާފައިދިޔަ ކާރުގެ
ކުރީބަފަރުން މީހަކު ދުއްވާފައިދިޔަ ސައިކަލެއްގެ ބުރަކި ޕެޑަލުގައިޖެހި އެކްސިޑެންޓްވެގެން
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ނ) ގެ ދަށުން އޭނާގެ މައްޗަށް ދަޢުވާކުރި އަމުރަށް
ނުކިޔަމަންތެރިވުމުގެ ދަޢުވާކަމާއި މީގެއިތުރުން ޖުމްލަގޮތެއްގައި މިބާވަތުގެ ދަޢުވާއާއިމެދު އެކޯޓުން
ޢަމަލުކުރަމުން އައިސްފައިވާގޮތާއި ބެހޭގޮތުން ދަޢުވާ ތަފްޞީލު ކުރުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ވާހަކަދައްކާފައިވެއެވެ.
3. އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި
ދަޢުވާއާއިމެދު ޖިނާއީކޯޓުން ނިންމި ނިންމުމަކީ ސިޓީއަކުން ނިންމި ނިންމުމެއްކަމާއި މިގޮތުން
އެކޯޓުގެ
ނަންބަރު
ސިޓީގައި ޙަވާލާދެވުނު
މައްސަލައަށް އިޝާރާތްކޮށް ލިޔެފައިވަނީ "ޙަވާލާދެވިފައިވާ މައްސަލައަކީ، "އެއްގަމު ދަތުރުފަތުރުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2
331647
145(1901-2009)D/196/2009/2093
އީމެއިލް [email protected]
ވެބް ސައިޓް: www.highcourt.gov.mv
2011-HC-A-65
6
ޤާނޫނު"
ޗައިވާ
ހ( 4
X duo
0¢
ގޮތުގެމަތިން މިހާރު ކުރިއަށް ގެންދެވެން ނެތް މައްސަލައަކަށްވާތީ
ހުށަހަޅުއްވާފައިވާ މައްސަލަ (މިކޯޓުގެ ނަންބަރު 2009/JC/1901) ލިޔުންތަކާއި އެކު އަނބުރާ
ފޮނުވީމެވެ." މިފަދައިންކަން އެނގެއެވެ.
4. އިސްވެ ބަޔާންކުރެވުނުގޮތުގެ
ގޮތުގެ މަތިން ޖިނާއީކޯޓުން އެބާވަތުގެ މައްސަލަތައް ކޯޓަށް
ބަލައިގަނެ ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އެޤަޟިއްޔާތަކުގައި އަޑުއެހުމެއް
ނުބާއްވައި އަދި ދައުވާ އުފުލުމުގެ ފުރުޞަތު ދިނުމަކާއިނުލައި އެމައްސަލަތަކުގައި ކޯޓުން އެގޮތަށް
ޢަމަލުކުރަމުންދާތީ އެކަމާއިމެދު ހިތްހަމަނުޖެހިގެން އެކަން ހުއްޓުވާ ދިނުމަށާއި އެކަން ތަކުރާރު
ނުވާގޮތެއްގެ މަތިން ގޮތެއް ނިންމާދެއްވާ ޝަރީޢަތުގެ އުޞޫލުން
އަޑުއެހުމަށްފަހު
ދަޢުވާއާއިމެދު ޝަރީޢަތުން ގޮތެއް ނިންމޭނެގޮތް ހަމަޖައްސާ ދިނުމަށް އެދި އިސްތިއުނާފީ 10"
ނުކުތާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާ އެއާއިބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވާކަމާއި މައިގަނޑުގޮތެއްގައި އެނުކުތާތަކުގައި ބުނެފައިވަނީ
ދަޢުވާއެއް ކޯޓުން ބަލައިގަތުމަށްފަހު އެދަޢުވާ އަޑުއެހުމަށްފަހު އެދަޢުވާއަކާމެދު ކޯޓުން ގޮތެއް
ނިންމަންޖެހޭނެކަމަށާއި ޖިނާއީ ދަޢުވާކުރުމުގެ ކަންތައް ބެލެހެއްޓުމަކީ އެއީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއްކަމަށާއި ޖިނާއީކޯޓަށް އެއްގަމު ދަތުރުފަތުރު
ކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ހުށަހަޅާފައިނުވާކަމަށާއި އެއީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ
(ށ) ގެ ދަށުން ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާ އެއްކަމަށާއި، މިބާވަތުގެ މައްސަލަތައް
ދިވެހިރާއްޖޭގެ އެހެންކޯޓުތަކަށް ހުށަހެޅި ޙުކުމް ކުރެވިފައިވާކަމަށާއި މިހާރުވެސް އެކިއެކި ކޯޓުތަކުގައި
ހިނގަމުންދާ މިބާވަތުގެ މައްސަލަތަކެއް ހިނގަމުންދާ ކަމަށާއި އެމައްސަލަތަކުގެ ލިސްޓެއް ކޯޓަށް
ހުށަހަޅާކަމަށާއި އަދި ޖިނާއީކޯޓުންވެސް މިފަދަ މައްސަލަތަކުގައި ޙުކުމް ކުރައްވާފައިވާ ކަމަށް
ބަޔާންކޮށް އެފަދަ މައްސަލަތަކަށް ޙަވާލާދީ ޖިނާއީކޯޓުން މިބާވަތުގެ ގިނަ މައްސަލަތަކުގައި މިގޮތަށް
ޢަމަލުކުރުމުގެ ސަބަބުން އިންޞާފު ހޯދުމަށް ދަތިވެފައިވާކަމުގެ މައްޗަށާއި އިސްލާމީ ޝަރީޢަތުގައި
ޝަރީޢަތްކުރުމަށް ހަމަޖެހިފައިވާ އުޞޫލުގެ މައްޗަށާއި ޤާނޫނު އަސާސީގައި ފަނޑިޔާރުން
ޢަމަލުކުރަންޖެހޭ އުޞޫލުގެމަތިން ޢަމަލުކުރުމުގެ މައްޗަށާއި މިކަންކަމުގެ މައްޗަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2010-HC-A-65
1
ހހހ04 4
ގިނަޢަދަދެ
)
5. ޖިނާއީކޯޓުގެ ނަންބަރު 196
/
2009
/
2093/D(1901-2009)145
ނިންމަވާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި އެނުކުތާތަކާއި ބެހޭގޮތުން ދެއްކި ވާހަކައަށާއި މައްސަލަ އާއި ގުޅިގެން ހުށަހެޅިފައިވާ
ލިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް
ފާހަގަކުރެވިފައިވެއެވެ.
(5.1) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ އިސްވެ ޙަވާލާދީފައިވާ ބާވަތުގެ
މައްސަލަތަކަކީ ރާއްޖޭގެ އެހެންކޯޓުތަކަށް ހުށަހެޅި ޙުކުމް ކުރައްވާފައިވާ އަދި މިހާރުވެސް
މިބާވަތުގެ މައްސަލަތައް ކޯޓްތަކުން ބަލަމުންދާ މައްސަލަތަކެއްކަމާއި އަދި ޚުދު
ޖިނާއީކޯޓުންވެސް މިބާވަތުގެ މައްސަލަތަކުގައި ޙުކުމް ކުރައްވާފައިވާކަން ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮތްއިރު ވަކި ހިސާބަކުން ފެށިގެން މިފަދަ މައްސަލަތައް އެކޯޓުން
ބަލައިގަތުމަށްފަހު ޝަރީޢަތެއް ހިންގުމަކާނުލައި މައްސަލަ އަނބުރާ ރައްދުކުރަންފެށީ އެއްވެސް
ޤާނޫނީ އަސާސެއްގެ މައްޗަށް ނުވަތަ އެނޫންވެސް ޝަރުއީ އުޞޫލު ދެއްކުމަކާއިނުލައި ކަމާއި،
ޖިނާޢީ ޢަދުލުގެ ނިޒާމަށް ނުވަތަ ޖިނާއީ އިޖްރާތަށް ބަދަލުތަކެއް އައިސްގެން ނޫންކަމާއި، އެފަދަ
ޤާނޫނެއް ނުވަތަ ޤަވާޢިދެއްވިޔަސް އެމުއްދަތުގައި ވުޖޫދަށް އައިސްފައި ނުވާކަން އެނގެން
އޮންނަކަން،
(5.2) ދިވެހިރާއްޖޭގެ އެހެނިހެން ކޯޓްތަކަށް މިބާވަތުގެ މައްސަލަ ބުނެވުނު ސީޣާގެ ދަށުން
ހުށަހެޅި އެ ދަޢުވާ ތަކާއިމެދު އެކޯޓްތަކުން ގޮތްތަކެއް ނިންމާ ޙުކުމް ކުރައްވަމުން އަންނަހިނދު
ޖިނާއީކޯޓުން މައްސަލަތައް ނުބަލާގޮތަށް ސިޓީއަކުން ނިންމާ އެމައްސަލަތައް ރައްދުކުރުމަކީ
ޢަދުލު އިންޞާފާއިމެދު ސުވާލު އުފެދޭނެކަމެއް ކަމާއި ހަމަހަމަކަމާއި އެކު އިންޞާފު
ފޯރުކޮށްދިނުމުގެ އުޞޫލަށް ނުފެތޭނެ ކަމެއްކަމާއި އެކިމީހުނާއިމެދު ތަފާތު ކުރުމެއްކަމަށް ވާނެކަމާއި
އެއްބަޔަކަށް ދަޢުވާކޮށް ޙުކުމް ކުރެވޭއިރު އަނެއްބައެއްގެ މައްޗަށް ކުރެވޭދަޢުވާ އަމުދުން ނުބެލުމަކީ
ޢަދުލުވެރިކަމާއި ހަމަހަކަމާއި އެކު ޝަރީޢަތް ކުރުމަށް އޮންނަ މަފްހޫމާއި ފުށުއަރާނެކަމެއްކަމާއި
މައްސަލަ ބަލައިގަތުމުގައި އިންފިރާދުކޮށް ވަކި ކޯޓަކުން ވަކިގޮތެއް ނިންމުމަކީ ކޯޓުތަކުގެ ޖިނާއީ
އިޙްތިޞާޞް އާއި ޖިނާއީ އިޖްރާއަތާއި ފުށުއަރާނެކަމެއްކަމާއި އަދި އެއީ ކޯޓުތަކުން މިހާތަނަށް
ޢަމަލުކުރަމުން އައިސްފައިވާ އުޞޫލާއި ތަޢާރަޟްވާނެ ކަމެއްކަމާއި ދިވެހިރާއްޖެއަކީ ޔުނިޓަރީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2010-HC-A.65
8
33
ފ. 2 ހ82 4
އަންނަ
.ކަމަކުން
ކުރުމަށް އޮތް
)
ތެއްކަމަށްވާއިރު އަދި މިޤައުމުގައި ތަފާތު ޖުރިސްޑިކްޝަންތަކެއް ނެތްހިންދު އެއްބާވަތެއްގެ
މައްސަލަތަކުގައި އެއް ދަރަޖައެއްގެ ކޯޓުތަކުން ޢަމަލުކުރު
ކުރުމުގެ އިޖްރާއާތު އެއްގޮތަކަށް
އޮންނަންޖެހޭކަމާއި އަދިކޯޓުތަކުން ޢަމަލުކުރަމުން އުޞޫލާއި ޤަޟާއީ ޢުރުފު
ދަމަހައްޓަންޖެހޭކަމުން މައްސަލައާއިމެދު ގޮތެއް ނިންމާނަމަ ޙުކުމަ ނިންމަމުން ދިއުމުގެ
އުޞޫލަކީ ކޯޓުތަކުން ޢަމަލު ކުރުމަށް ހަމަޖެހި ޢަމަލުކުރަމުން އައިސްފައިވާ އުޞޫލަކަށްވާއިރު އެ
ޞޫލު ދޫކޮށްލަންޖެހޭ ޤާނޫނީ ސަބަބެއް އަދި ނެތްއިރު އެ އުޞޫލުގެ މަތިން ޢަމަލުކުރަންޖެހޭކަން،
(5.3) މައްސަލަ ބަލައިގަތުމަށްފަހު އިދާރީގޮތުން ނިންމިކަމުގައިވިޔަސް ޙުކުމަކުން
ނިންމުމުގެ ޙިކުމަތަކީ ޚަޞްމުންގެ ޙައްޤުތައް ނުގެއްލޭގޮތުގެ މަތިން އިސްތިއުނާފު
ފުރުޞަތު ތަނަވަސްކޮށްދިނުމާއި އެކު ކޯޓުން ނިންމާ ނިންމުން ބިނާކުރިގޮތާއި އޭގެ އަސްބާބު ހިމެނޭ
ރިޕޯޓެއް ޚަޞްމުންނަށް ލިބިދެވޭގޮތް ހެދުންކަމާއި،
އިޖުރާއީގޮތުން ނުވަތަ
ނުވަތަ މައްސަލާގެ މައުޟޫއާއިމެދުކަމުގައި ވިޔަސް އަދި
ދަޢުވާކޮށްފައިވާ ޤާނޫނީ ނައްޞަކާއިމެދު ނުވަތަ ދަޢުވާ ބިނާކުރާ ޤާނޫނަކާއިމެދު ކަމުގައިވިޔަސް
ކޯޓުން ނިންމުމެއް ނިންމާނަމަ އެކަމުގެ ސަބަބުތައް ބަޔާންކުރުމަށްފަހު ކޯޓުން ނެރޭ ޙުކުމެއްގެ
ސިފައިގައި އެނިންމުމެއް އޮތުމަކީ އަދި ޚާއްޞަކޮށް ޚަޞްމުންނަށް އެކަންވީގޮތް ސާފުވާގޮތަށް ކޯޓުގެ
މިފަދަ ނިންމުންތައް ހުޅުވާލެވިފައިވާ މަޖިލީހެއްގައި އިއްވުމަކީ އަދުލުވެރިކަމާއި ހަމަހަމަ ކަމާއިއެކު
ޝަރީޢަތް ކުރުމަށް ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ އިތުރުން އެމާއްދާގެ (ރ) ގައި
ބާރުއަޅާފައިވާ މަޤްޞަދު ޙާޞިލުވާނެގޮތެއްކަން ފާހަގަކުރެވޭކަން،
(5.4) ކޯޓުން މައްސަލައެއް ބަލައިގެންފައިވާނަމަ އެމައްސަލައެއްގެ ޝަރީޢަތެއް ބާއްވާ އެ
ދަޢުވާ ޝަރީޢަތުން ސާފުކުރުމަށްފަހު ނުވަތަ ދަޢުވާކުރާ ފަރާތުން
ދަޢުވާއެއް
އަޑުއެހުމަށްފަހުގައި ނޫނީ އެދަޢުވާއާއިމެދު ޝަރީޢަތުން ގޮތެއް ނިންމުމަކީ އެއްވެސް އިރެއްގައި
ޝަރީޢަތް ކުރުމުގެ ނިޒާމް ހަމަޖެހިފައިވާ ގޮތެއްނޫންކަމާއި އިސްލާމީ ޝަރީޢަތުގައިވެސް
ޝަރީޢަތްކުރުމުގެ އުސޫލު ކަނޑައެޅިފައިވަނީ އެގޮތުގެމަތިން ކަމާއި، މީހެއްގެ މައްޗަށް
އެއްކޯޓެއްގައި ދަޢުވާ
ގައި ދަޢުވާކުރެވި ޙުކުމް ކުރެވޭއިރު އަނެއްމީހާގެ މައްޗަށް ކުރެވޭ އެދަޢުވާ އެހެން ކޯޓަކުން
ނުބެލެވޭނެކަމަށް ކަނޑައަޅައި އެކިމީހުނާއިމެދު އެކިގޮތަށް ޢަމަލުކުރުމަކީ ޤާނޫނާއި ޝަރީޢަތުގެ
ކުރިމަތީގައި އެންމެންނަކީ ހަމަހަމަވެގެންވާ ބައެއްކަމަށް އޮންނަ އުޞޫލާއި ޙައްޤުތައް ލިބުމުގައާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2010-HC-A-65
9
439
ދަޢުވާ
ޒިންމާ އުފުލުމުގައި ހަމަޖެހިފައިވާ ހަމަހަމަކުގެ އުޞޫލާއި ބައިނަލްއަޤްވާމީ ހަމަތަކާއި ޤާނޫނު
އަސާސީގެ މަފްހޫމްތަކާއި ފުށުއަރާނެކަމެއްކަމުގައި މެނުވީ މާނަކުރުމުގެ ފުރުޞަތު ނެތްކަން،
(5.5) އިސްވެ ބަޔާންކުރެވުނު ކަނތައްތައް ބަޔާންކުރެވި ދިޔަގޮތުގެމަތިން ހުރުމުން
ޖިނާއީކޯޓުގެ ނަންބަރު 196
/
2009
/
2093/D(1901-2009)145 ސިޓީން ފެހިގިލި
އިސްމާޢީލް ޝާހު (މ. ކަރާދުނބުރިގެއާގެ) މައްޗަށް ދައުލަތުން އަމުރަށް ނުކިޔަމަންތެރިވުމުގެ
ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު
1781/ޏކ/1959
/
2009 ފޯމުން ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާފައިވަނީ މި މައްސަލާގައި
ޝަރީޢަތެއް ބޭއްވުމަކާއިނުލައި އަދި ދަޢުވާ ހުށަހަޅާފައިވާ ފަރާތުގެ އަޑުއެހުމެއް ނެތިކަން އެނގެން
އޮތްހިނދު ޝަރީޢަތުގެ އުޞޫލަކީ ދަޢުވާއެއް އަޑުއެހުމަށްފަހުގައި އެދަޢުވާއަކާއިމެދު ގޮތެއް
ކަނޑައެޅުންކަމުގައި ވުމުން އެގޮތުގެމަތިން ޖިނާއީކޯޓުން ޢަމަލުނުކުރައްވައި، ވަކި ޤާނޫނެއްގެ ދަށުން
ދަޢުވާ ނުކުރެވޭނެކަމަށްބުނެ ދަޢުވާ ރައްދުކޮށް އެ ދަޢުވާއާއިމެދު ކޯޓުން އެގޮތަށް ނިންމި ނިންމުމަކީ
ޝަރީޢަތުން މިފަދަ ނިންމުމެއް ނިންމަންޖެހޭ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށާއި
ސިޓީއަކުން ދަޢުވާއާއިމެދު ގޮތެއް ނިންމުމަކީ ޝަރުޢީ ހަމަތަކާއި އެކޯޓުން
ޢަމަލުކުރިގޮތެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު
އެއްގޮތަށް
028497
ޙުކުމް:
ފެހިގިލި އިސްމާޢީލް ޝާހުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 1781|ޖv/1959
/
2009 ފޯމުން
ޖިނާއީކޯޓަށް ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ އެކޯޓުން ބަލައިގަނެ އެދަޢުވާގެ
އަޑުއެހުމެއް އިޖްރާއީގޮތުން ނުވަތަ މައުޟޫޢީގޮތުން ވިޔަސް ބޭއްވުމަކާއިނުލައި އެދަޢުވާ ކުރިއަށް
ގެންދެވެން ނެތްކަމަށް ކަނޑައަޅައި އެ މައްސަލަ ރައްދުކޮށް 17 ޑިސެމްބަރ 2009 ދުވަހު ޖިނާއީ
ކޯޓުގެ ނަންބަރު 196
/
2009
/
2093/D(1901-2009)145 ސިޓީން މައްސަލަ އަނބުރާ ފޮނުވަން
ނިންމި ނިންމުމަކީ އެއްވެސް ޤާނޫނީ އަސާސެއް އަދި އިޖްރާއީ ޤަވާޢިދެއްގެ މަތިން ނިންމާފައިވާ
ނިންމުމެއްކަމަށް ނުވުމުގެ އިތުރުން އެއީ ކޯޓުތަކަށް ހުށަހެޅޭ ދައުވާތަކާއިމެދު ނިންމާނިންމުންތައް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2010-HC-A-65
10
ނިންމުމަށް ހަމަޖެހިފައިވާ އުޞޫލާއި ފުށުއަރާގޮތަށް އެކޯޓުން އިންފިރާދީކޮށް ނިންމާފައިވާ ޝަރުޢީ
ހަމަތަކާއި އަދި ޝަރީޢަތް ކުރުމުގެ ނިޒާމާއި ފުށުއަރާގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ކުރެވޭކަމަށްޓަކައި ޖިނާއީކޯޓުގެ
އިސްވެ އިޝާރާތް ކުރެވުނު ސިޓީން ނިންމާފައިވާ ނިންމުން ބާތިލުކޮށް ކޯޓަށް ހުށަހެޅޭ ދަޢުވާއެއް
ބަލައިގަތުމަށްފަހު ދެން އެދަޢުވާއަކާމެދު ގޮތެއް ނިންމެވުމަކީ ޝަރީޢަތުގެ މަޖިލީހަކުން
ކުރަންޖެހޭނެ ކަމެއްކަމަށްވާއިރު އެއުޞޫލުގެ މަތިން ޢަމަލުކުރުމަށް އަންގާ ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
Sufi
އަޙްމަދު ޝަރީފު ޢަލީ
ޢަބްދުލްޣަނީ މުޙައްމަދު
ޢަބްދު
ޙަމީދު
ފަނޑިޔާރު
އިސްފަނޑިޔާރު
ފަނޑިޔާރު
ޓައިޕްކުރީ: މަރިޔަމް ރަޝީދާ
ޗެކްކުރީ: މުރިޔަމް ނަސްރާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: Www.highcourt.gov.mv