ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/208 ޤަޟިއްޔާގެ ޙުކުމް
ވެހިރާ182 ހާއިކޯ"
1
2014/HC-A/20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
« et,
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 208/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ޢީސާފުޅު
އައި.ޑީ.ކާޑު ނަންބަރު:
ދާއިމީ އެޑްރެސް: އަގީދުގެ/ ޅ.ހިންނަވަރު
މިހާރުގެ އެޑްރެސް: މއ.ކަނެސްކާ
A098181
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީ ނަންބަރު.
* ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް: -
1435
ރަޖިސްޓްރީ ތާރީޚް: 27 ރަމަޟާން 1435
24 ޖުލައި 2014
= ނިމުނު ތާރީޚް: 16 ޝައްވާލް
12 އޯގަސްޓް 2014
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6572(J/MD-145 ކޯޓު އަމުރު
• ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދުގެ އަމުރު
• ހުށަހެޅި ތާރީޚް: 18.07.2014
- ތާރީޚް: 18.07.2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6572(JMD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި، ޅ.ހިންނަވަރު އަޢީދުގެ ޙުސައިން ޢީސާފުޅުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
ފާހަގަކުރެވުނު ނުކުތާތައް
l) ކްރިމިނަލް ކޯޓުގެ ނަންބަރު 2014/6572(JMD-145 ކޯޓު އަމުރަށް ބަލާއިރު،
އެއަމުރަކީ ހިންނަވަރުއަގީދުގެ ޙުސައިން ޢީސާފުޅުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި
އެތެރެކުރުމާއި ގެންގުޅުމާއި އަދި ޓްރެފިކްކުރުމުގެ މައްސަލައާ ގުޅިގެން މުޖުތަމަޢުގެ ސަލާމަތަށްޓަކައި، 19
ޖުލައި 2014 ގެ 10:00 އިން ފެށިގެން 03 އޯގަސްޓް 2014 ގެ 9:59 ގެ ނިޔަލަށް ޙުސައިން ޢީސާފުޅު
މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި
ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 201416572/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން ނެރުއްވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރަމުން، ޅ.ހިންނަވަރު އަގީދުގެ
ޙުސައިން ޢީސާފުޅުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
4 22
/3322ދ
/4ކރމ
ހައިކޯޓް
ފުރަތަމަ ނުކުތާއަކީ، ތަޙްޤީޤް ނިމި، ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފޮނުވާފައިވާ މައްސަލަތަކުގައި މީހުން އިތުރަށް ބަންދުކޮށްފައި ބެއިތިއްބުމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ނަންބަރު 84/HC
-
A/2014 ޤަޟިއްޔާއާއި، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
ވާ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2014/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުށަހަޅުއްވާފައިވާ މައްސަލަތަކުގައި މީހުން އިތުރަށް ބަންދުކޮށްފައި ބެއިތިއްބުމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 156/HC
-
A;2014 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ޙުސައިން ޢީސާފުޅު
ބަންދުކޮށްފައި ބެހެއްޓުމަށް ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
0
ދެވަނަ ނުކުތާއަކީ، ޙުސައިން ޢީސާފުޅުގެ ފަރުދީ މަސްލަޙަތާއި، މަދަނީ ޙައްޤުތަކާއި
އޭނާއަށް ދިމާވެފައިވާ ސިއްޙީ ޚާއްޞަ ޙާލަތަށް ރިޢާޔަތްކުރެއްވުމެއްނެތި ބަންދުގައި ބަހައްޓަން
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ގެ ދަށުން ޙުސައިން ޢީސާފުޅުގެ ބަންދަށް ލުޔެއް ދެއްވުމަށް އަނގަބަހުން އެދުނު ހިނދު، ދިވެހިރާއްޖޭގެ
ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރާއި 45 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
<< O
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
7.
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ
މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްގަތިއްދޭޝަޗްއެއް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި
ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިޤާޔާޖިފނު
ހ2 0
0
2
ބަޔާންކޮށްފަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2014/HC-A/208
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނޫންކަމާމެދު ގޮތެއް ނިންމުމުގެބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
کہ
(ށ) ދެވަނަ ކަމަކީ، ތަޙްޤީޤް
ނިމި، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ފޮނުވާފައިވާ މައްސަލަތަކުގައި މީހުން އިތުރަށް ބަންދުކޮށްފައި ބެއިތިއްބުމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 84/HC
-
A/2014 ޤަޟިއްޔާއާއި، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން
ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި މީހުން އިތުރަށް ބަންދުކޮށްފައި ބެއިތިއްބުމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 156/HC
-
A/2014 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ޙުސައިން
ޢީސާފުޅު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުން ރިޢާޔަތް ކުރިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 84/HC
-
A/2014 ޤަޟިއްޔާގައި ކުށެއްގެ ތަޙްޤީޤު ނިމި،
މައްސަލައެއްގައި ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލައެއްގައި، އެ
މައްސަލާގައި ހިމެނޭ ފަރާތެއް ބަންދުގައި ބަހައްޓަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ޕްރޮސިކިއުޓަރ
ޖެނެރަލްކަމަށާއި، އެ މައްސަލަ ތަޙްޤީޤުކުރި ފަރާތުން ނޫންކަން ޖިނާއީ އިޖުރާޢަތުގެ އުޞޫލުތަކަށް ބެލުމުން
އެނގެން އޮންނަކަން ފާހަގަކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 156/HC
-
A/2014 ޤަޟިއްޔާގައި ބަންދުގެ މުއްދަތު
އިތުރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ މައްސަލައެއްގައި، އެފަދަ މައްސަލައަކީ ދަޢުވާ ހުށަހެޅިފައިނުވާ
މައްސަލައެއްނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުމުގެ މައްޗަށް ބިނާކޮށް، މައްސަލާގެ ތުހުމަތުކުރެވޭ މީހާގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް އެ މައްސަލަ ތަޙްޤީޤުކުރި ފަރާތަށް ކޯޓަށް ހުށަހެޅިދާނެކަމާއި، އަދި އެގޮތަށް
އެދޭއިރު، އެ މީހަކު ބަންދުގައި ބެހެއްޓުމަށް އެދެނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިގެންކަން
ސާބިތުކޮށްދިނުމަކީ އެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދޭ ފަރާތުގެ ޒިންމާއެއްކަމަށާއި
މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއްގެ
ކުރެވޭ ދަޢުވާ ކޯޓަށް
ހަޅާފައިވާނަމަt
2 02 0 0 0
ރާއްޖޭގެ
ހައިކޯޓް
ﷲ0ލ0
މައްޗަށް
މެރާކޮށްފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2014/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅަންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންކަމަށް އެ
ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްތިއުނާފުކުރެވޭ
ފުކުރެވޭ ބަންދު އަމުރު ކްރިމިނަލް ކޯޓުން ނެރުއްވި ތާރީޚަކީ 18 ޖުލައި 2014 ކަން
އެ އަމުރަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ އެ
އޮފީހުގެ ނަންބަރު 5
/
145
/
2014
/
471-196 ސިޓީ (17 ޖުލައި 2014) އެ އަމުރު ނެރުއްވި މަޖިލިހުގައި
ހުށަހެޅުނުކަން ދެފަރާތުގެ ވާހަކައިންވެސް އެނގޭކަމާއި، ޙަވާލާދެވުނު ސިޓީގައި ބަންދުގައި ބަހައްޓަންޖެހޭ
މީހުންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފެނުނު މީހުންގެ ލިސްޓެއް ހިމެނިފައިވާކަމާއި، އަދި އެ
ލިސްޓުގައި ޙުސައިން ޢީސާފުޅުގެ ނަން ހިމެނިފައިވާކަން ފާހަގަކުރެވޭކަމާއި،
ޙުސައިން ޢީސާފުޅާއި އަދި އެ މައްސަލާގައި ހިމެނޭ އެހެން ފަރާތްތަކުގެ މައްޗަށް ޑައިމޯފިން
ޓްރެފިކް ކުރުމުގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 1977ކރވ/1296
/
2014 ދަޢުވާ
ހުށަހަޅާ ފޯމުން 16 ޖުލައި 2014 ގައި ހުށަހެޅުނުކަން އެނގޭކަމާއި، އަދި ކްރިމިނަލް ކޯޓުގެ ނަންބަރު
95
/
2014
/
15/L-145 ސިޓީގައި، ޙުސައިން ޢީސާފުޅުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޑައިމޯފިން ޓްރެފިކް
ކުރުމުގެ ކުށުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ރަޖިސްޓަރީކޮށް، މައްސަލަ ބައްލަވާ ފަނޑިޔާރާ
ޙަވާލުކުރެވިފައިވަނީ 22 ޖުލައި 2014 ގައި ކަމަށް އެ ކޯޓުން ވިދާޅުވެފައިވާއިރު،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ދަޢުވާ ކުރުމަށް، ދަޢުވާ
ފޯމު ނުވަތަ ދަޢުވާ ކުރުމަށް ހުށަހަޅާ ލިޔެކިއުންތައް ކޯޓަށް ހުށަހެޅުމުން، އަދި ކޯޓުން އެފަދަ މައްސަލައެއް
ބަލައިގަތުމާ މެދު އަދި ގޮތެއް ކަނޑައަޅުއްވާފައިނުވާނަމަ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެ:
މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 13 ވަނަ މާއްދާގެ
އަލީގައި، އެފަދަ މައްސަލައެއް ބަލަންޖެހޭނީ އަދި ގޮތެއް ކަނޑަނޭޅޭ މައްސަލައެއްކަމުގައި މި މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ބުރަވެވުނުކަމާއި، އެހެނީ، އިސްވެ ބުނެވުނު ޤަތާއީދުގެ 13
ވަނަ މާއްދާގައި ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާ މެދު ގޮތެއް ކަނޑައެޅުގެ
އެފަދަ މައްސަލައެއްގައި ޝަރީޢަތް ހިންގާ ފަނޑިޔާރަށް (ނުވަތަ އެ ފަނޑިޔާރު ނެތްނަ"
2292
24 20 .
0 0
<
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2014/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެއް) ކަމުގައި ވީހިނދު، ޝަރީޢަތް ހިންގާ ފަނޑިޔާރެއް
ނުވަތަ މައްސަލަ ބަލާ ފަނޑިޔާރެއް ކަނޑައެޅޭނީ އެފަދަ މައްސަލައެއް ކޯޓުން ބަލައިގަތުމަށްފަހު ނުވަތަ
ރަޖިސްޓަރީކުރުމަށްފަހުކަން އެނގޭކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި، ޙުސައިން ޢީސާފުޅުގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ދަޢުވާ ފޯމު ނުވަތަ ދަޢުވާ ކުރުމަށް ހުށަހަޅާ ލިޔެކިއުންތައް
ހުށަހެޅުމަކުން އެކަނި، އެ މައްސަލައަކީ ޙުސައިން ޢީސާފުޅުގެ މައްޗަށް ދަޢުވާ އުފުލިފައިވާ މައްސަލައެއް،
ނުވަތަ ޝަރީޢަތުގެ މަރުޙަލާގައިވާ މައްސަލައެއް ކަމުގައި ބެލެވެން ނެތްކަމާއި، އެ މައްސަލައަކީ ދަޢުވާ
އުފުލިފައިވާ ނުވަތަ ޝަރީޢަތުގެ މަރުޙަލާގައިވާ މައްސަލައެއް ކަމުގައި ބެލެވޭނީ އެ މައްސަލަ ކޯޓުން
ބަލައިގަތުމުންކަމާއި،
އެހެންކަމުން، އިސްތިއުނާފު ކުރެވޭ ކޯޓު އަމުރު ކްރިމިނަލް ކޯޓުން ނެރުއްވާފައިވަނީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ސިޓީއެއްގެ މައްޗަށް ބިނާކޮށް، ތަޙްޤީޤުކުރާ
ފަރާތުން އެދުމުންކަން އެނގެން އޮތުމުން، އެ ކޯޓުން ޢަމަލު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 84/HC
-
A/2014 ޤަޟިއްޔާއާއި ނަންބަރު 156/HC
-
A/2014 ޤަޟިއްޔާގައި ކަނޑައަޅާފައިވާ
އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ
މަތިންކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޙުސައިން ޢީސާފުޅުގެ ފަރުދީ މަސްލަޙަތާއި، މަދަނީ ޙައްޤުތަކާއި އޭނާއަށް
ދިމާވެފައިވާ ސިއްޙީ ޚާއްޞަ ޙާލަތަށް ރިޢާޔަތްކުރެއްވުމެއްނެތި ބަންދުގައި ބަހައްޓަން ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތް ކުރިއިރު،
ޙުސައިން ޢީސާފުޅަކީ އުނަގަނޑުގައި ރިއްސާ، އުނަގަނޑުން ތިރި އައްސިވާތީ ޑޮކްޓަރުގެ
އިރުޝާދުގެ ދަށުން ޚާއްޞަ ފަރުވާ ދޭން ފުލުހުންނަށް އެންގިފައިވާ މީހެއްކަމަށާއި، އޭގެ
ބޮނޑިތާން ކުރުމާއި، ލޯކަލް ހީޓް ތެރަޕީއާއި ދުވާލަކު 40 މިނިޓް ފެތުން ހިމެނޭކަމަށް ޙުސައިން
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި،
444ދ
مرکری
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2014/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހޯދައިދެވިފައިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވާއިރު، ޙުސަންތާފުޅުގެ
ޙުސައިން ޢީސާފުޅު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރިއިރު 11 (އެގާރަ)
ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާނެކަމަށާއި، ހުރިހާ ފަހަރެއްގައިވެސް ދޭންޖެހޭ ބޭސް ބަރާބަރަށް ދީފައި
ހުންނާނެކަމަށާއި، މޫދަށް އެރި، ހީޓް ތެރަޕީގެ އިންތިޒާމް މާލެގައި ހަމަޖައްސައިދެވެން ނެތުމުން، ޙުސައިން
ޢީސާފުޅު ދޫނިދޫއަށް ބަދަލު ކުރެވުނުކަމަށާއި، އަދި އެތަނުގައި ޙުސައިން ޢީސާފުޅު ހިނގާ، ކަސްރަތު ކުރުމުގެ
ފުރުޞަތު ދެވިފައިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 102/HC
-
A/2014 ޤަޟިއްޔާއާއި 123/HC
-
A/2014
ޤަޟިއްޔާގައި އެމީހެއްގެ މައްޗަށް މިފަދަ ޚާއްޞަ ޞިއްޙީ ޙާލަތެއް އޮތްނަމަ، މިފަދަ ލުޔެއް ފަނޑިޔާރަށް
ދެވިދާނެކަން އެނގެން އޮންނަކަމަށާއި، ޙުސައިން ޢީސާފުޅުގެ ޞިއްޙީ ޙާލަތާ ބެހޭ ގޮތުން ކްރިމިނަލް ކޯޓުގައި
ވާހަކަ ދެއްކިނަމަވެސް، މައްސަލަ ބެއްލެވި ޤާޟީ އެކަމަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ޙުސައިން
ޢީސާފުޅުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާއިރު،
ޙުސައިން ޢީސާފުޅުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައަކީ މަސްތުވާތަކެތި އެތެރެކުރުމާއި،
ގެންގުޅުމާއި ޓްރެފިކްކުރުމުގެ ކުށް ކަމުގައިވާއިރު، އަދި އިސްތިއުނާފު ކުރެވޭ ކޯޓު އަމުރުން މިނިސްޓްރީ އޮފް
ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވަނީ އޭނާގެ މައްޗަށް
ތުހުމަތު ކުރެވޭ މައްސަލައަށް ބަލާއިރު، މުޖްތަމަޢުގެ ސަލާމަތަށްޓަކައި ބަންދުން ދޫކޮށްލުމަށް ޤާޟީއަށް
ފެނިވަޑައިނުގަންނަވާތީކަން އެނގެން އޮތްއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހެއް މުޖްތަމަޢުން
އެކަހެރިކުރުމުގެ މިންގަނޑު ލުއިކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމާއި، އަދި ފަނޑިޔާރު އެ
ބާރުގެ ބޭނުންހިފައި، އެކަހެރި ކުރުމުގެ މިންގަނޑު ލުއިކޮށް ނުވަތަ ބޮޑުކޮށް ހަދަންޖެހޭނީ ޒިންމާދާރުކަމާއެކު
އެކަށީގެންވާ ހަރުދަނާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަމުގައިވާއިރު،
ހުށަހެޅިފައިވާ މައްސަލާގައި، ޙުސައިން ޢީސާފުޅު ޑޮކްޓަރަށް ދެއްކޭކަމަށް ރާއްބޭފުރަތުގެ
ވާހަކައިންވެސް އެނގޭކަމާއި، އަދި ޙުސައިން ޢީސާފުޅަށް ދޭންޖެހޭ ބޭހެއްވާނަމަ
U a<
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
امر کی
8
2014/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޞިއްޙީ ޙާލަތަށް ރިޢާޔަތް ކުރައްވައި އޭނާއަށް ލުޔެއްދެއްވުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރަށް
ލިބިވަޑައިގެންފައިވާ ތަޤްދީރީ ބާރެއްކަމުން، މި މައްސަލާގައި، އިސްތިއުނާފުކުރެވިފައިވާ އަމުރު ނެރުއްވުމުގައި،
މައްސަލަ ބެއްލެވި ފަނޑިޔާރަށް ލުޔެއް ދެއްވުމަށް ފެނިވަޑައިނުގަތުމަކީ، އެ އަމުރަކީ ޤާނޫނީ ނުވަތަ ޝަރުޢީ
އުޞޫލަކާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލަންޖެހޭ ސަބަބެއް ނޫންކަމެވެ .
24 23 2
ހ ބށ ތ
ނ
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ޙުސައިން ޢީސާފުޅުގެ
ބަންދަށް ލުޔެއް ދެއްވުމަށް އަނގަބަހުން އެދުނު ހިނދު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކާބެހޭ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރާއި 45 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތް ކުރިއިރު،
އިސްވެ ފާހަގަކުރެވުނު ފަދައިން، އިސްތިއުނާފު ކުރެވޭ ކޯޓު އަމުރު ނެރުއްވިއިރު، ޙުސައިން
ޢީސާފުޅުގެ މައްޗަށް ކޮށްފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާއަކީ ކްރިމިނަލް ކޯޓުން ބަލައިގަނެ،
ރަޖިސްޓަރީ ކުރެވިފައިވާ މައްސަލައެއް ނޫންކަމުން، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 13 ވަނަ މާއްދާ އަކީ މި މައްސަލައަށް
ތަޠުބީޤުވާނެ މާއްދާއެއް ނޫންކަމެވެ.
ވީމާ އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2014
/
6572/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް
މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ
4
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2014/HC-A/20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން ކްރިމިނަލް ކޯޓުގެ
ނަންބަރު 2014/6572(J
(
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ
އުޞޫލުތަކާ ޚިލާފަށްކަމަށް
ކަމަށް ބަލާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
2 0 2
ދިވެހިރާއްޖޭގެ
ނަން
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv