ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/16 ޤަޟިއްޔާގެ ޙުކުމް
1
2009/HC-I-SH/16
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 16/HC
-
I
-
SH/2009
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
* ނަން: އަޙްމަދު ޝަރީފު ޢަބްދުއްރަޙްމާނު * ދާއިމީ އެޑްރެސް: އަލިވިލާގެ/ ޅ.ހިންނަވަރު
* އައިޑީ ކާޑު ނަންބަރ: A040926 * މިހާރުގެ އެޑްރެސް:މ.ކާނޭޝަންގެ
* ވަކީލް: އޖ: ޢާއިޝަތު ޝިފާ ނ.ވެލިދޫސަދުބަރަކާގެ
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވާފަރާތް
އިލެކްޝަންސްކޮމިޝަނުގެ ފަރާތުން:
* ވަކީލު: އޗ. ޝާހީން ހަމީދު ހ.މީނާޒު
* ދާއިމީ އެޑްރެސް: ޕީއޭ ކޮމްޕްލެސް
•ރަޖިސްޓްރީކުރި ތާރީޚް: 07 ޖުމާދަލްއާޚިރާ 1430 *ނިމުނު ތާރީޚް: 21 ޖުމާދަލްއާޚިރާ 1439
01 ޖޫން
2009
15
2009
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009HC-I-SH/16
ދަޢުވާގެ ޚުލާޞާ:-
މިއީ، ޅ.ހިންނަވަރު ދާއިރާއަށް ވޯޓް ލުމަށްޓަކައި ޤާނުނާއި ޚިލާފަށް 30 މީހަކު
ޅ.ހިންނަވަރަށް ރަށްވެހިކަން ބަދަލު ކޮށްފައިވާކަމަށާއި، 4 މީހަކު އެމީހުން ވޯޓްލާން ހަމަ
ޖެހިފައިވާ ވޯޓް ފޮށިނޫން އެހެންވޯޓް ފޮއްޓަށް ވޯޓް ލާފައިވާކަމަށާއި، ސަރުކާރުގެ
ކުންފުނިތަކާއި ސިވިލްސާވިސްގެ މުވައްޒިފުންގެ ތެރެއިން 56 މުވައްޒިފަކަށް ވަކި މީހަކަށް
ވޯޓް ނުލައިފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުދައްކައި ޅ.ހިންނަވަރު ދާއިރާގެ ވޯޓަށް
ނުފޫޒު ފޯރުވައި ހެދުމުގެ ސަބަބުން ޅ.ހިންނަވަރުގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެން
ނުވާއަސަރު ފޯރާފައިވާކަމަށްބުނެ، އެނަތީޖާ ބާތިލް ކުރުމަށް ޙުކުމްކޮށް ދިނުމަށާއި، އަލުން
އެދާއިރާގެ ވޯޓްލުމަށް ޢަމުރުކޮށްދިނުމަށް އެދި އަޙްމަދު ޝަރީފު ޢަބްދުއްރަޙްމާނުގެ ފަރާތުން
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ދަޢުވާ ކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.
ޙުކުމް
ވީމާ، ޅ.ހިންނަވަރު ދާއިރާއަށް ވޯޓް ލުމަށްޓަކައި ޤާނޫނާއި ޚިލާފަށް 30 މީހަކު
ޅ.ހިންނަވަރަށް ރަށްވެހިކަން ބަދަލު ކޮށްފައިވާކަމަށާއި، 4 މީހަކު އެމީހުން ވޯޓްލާން ހަމަ ޖެހިފައިވާ
ވޯޓް ފޮށިނޫން އެހެންވޯޓް ފޮއްޓަށް ވޯޓް ލާފައިވާކަމަށާއި، ސަރުކާރުގެ ކުންފުނިތަކާއި
ސިވިލްސާވިސްގެ މުވައްޒިފުންގެ ތެރެއިން 56 މުވައްޒިފަކަށް ވަކި މީހަކަށް ވޯޓް ނުލައިފިނަމަ
ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުދައްކައި ޅ.ހިންނަވަރު ދާއިރާގެ ވޯޓަށް ނުފޫޒު ފޯރުވައި ހެދުމުގެ
ސަބަބުން ޅ.ހިންނަވަރުގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެން ނުވާއަސަރު ފޯރާފައިވާކަމަށްބުނެ،
އެނަތީޖާ ބާތިލް ކުރުމަށް ޙުކުމްކޮށް ދިނުމަށާއި، އަލުން އެދާއިރާގެ ވޯޓްލުމަށް ޢަމުރުކޮށްދިނުމަށް
އެދި އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާނުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
ހުށަހަޅާފައިވާ މިއިންތިޚާބީ ޝަކުވާ ބެލިއިރު ރަށްވެހިކަން ބަދަލުކޮށްފައިވާ މީހަކު އޭނާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާވެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2009/HC-I-SH/16
ސަރުކާރުގެ ކުންފުނިތަކުގެ ނުވަތަ ސިވިލްސާވިސްގެ މުވައްޒިފުންގެ ތެރެއިން 56 މީހަކަށް
ވަކިކެންޑިޑޭޓަކަށް ވޯޓް ނުލައިފިނަމަ ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރުދީ ބިރުދައްކާފައިވާކަމުގެ
ވާހަކައަކީ ޤަވާއިދުން ތަޙްޤީޤު ކުރެވިގެން ބެލެވިއްކަން ހިނގާފައިވާ ގޮތަކާއި އެކަން ހިނގާފައިވާ
މިންވަރެއް ޘާބިތުވެ އެކަމުގައި ޒިންމާ ވާންޖެހޭ ފަރާތެއް އެގުމުގެ ކުރީގައި އޭގެ ސަބަބުން
ވަކިނަތީޖާއެއް ނިކުމެފައިވާ ކަމަށް ނިންމެން ނޮއޮންނާނެކަމާއި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
އަޅަންޖެހޭ ފިޔަވަޅުތައް ޤަވާއިދުން މިކަމުގައި އަޅާފައިވާކަން އެނގެން އޮތުމުން، ޅ.ހިންނަވަރު
ދާއިރާއަށް އަޙްމަދު ޝަރީފު އަބްދުއްރަޙްމާނު ދަޢުވާގައި ބުނެފައިވާފަދައިން އެކަށީގެންނުވާ އަސަރެއް
ކޮށްފައިވާ ކަމަށްބަލައި ނަތީޖާ ބާތިލް ކުރަން ޖެހޭފަދަ އެއްވެސް ޤާނޫނީ ސަބަބެއް ޘާބިތު ނުވާކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މިޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ:
(A
އަޙްމަދު ޝަރީފު ޢަލީ
(ފަނޑިޔާރު)
އަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
އާދަމް މުޙައްމަދު އަބްދު
(ފަނޑިޔާރު)
)
ޓައިޕްކުރީ: މަރިޔަމް ރަޝީދާ، ޝަކީބާ ސަލީމް
ކުރީ: އާމިނަތު ރިޝާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv