ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/250 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު
3 45
83
2016/HC-A/25{
ޗެވެ
بماند المراسيم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 250/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް؟
* ނަން: އީ.ޓީ.އޭ. މެލްކޯ އިންޖިނީރިންގް ޕްރައިވެޓް ލިމިޓެޑް* ރަޖިސްޓްރޭޝަން ނަންބަރު : 0838
/
2014-C
* ދާއިމީ އެޑްރެސް: ގާދޫ ބިލްޑިންގ، 2B / މާލެ * މިހާރުގެ އެޑްރެސް: ގާދޫ ބިލްޑިންގ، 2B / މާލެ
i
އިސްތިއުނާފު ރައްދުވި ފަރާތް
ނަން. އެމް.ވީ.ކޭ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް: ގާދޫ ބިލްޑިންގ | މާލެ
* މިހާރުގެ އެޑްރެސް: ގާދޫ ބިލްޑިންގ | މާލެ
ނިމުނު ތާރީޚް: 24 އޮކްޓޯބަރު 2017
، ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 ޖޫން 2016
• އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ:
ނަންބަރު: 2015/Cv-C/539
ނިންމި ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 24 މާރިޗު 2015
އިއްހިރާއްa
ނިމުނު ތާރީޚް: 03 މާރިޗު 2016
މައްސަލަ ބެއްލެވީ ފަނޑިޔާރުން:
އިސްފަނޑިޔާރު ޢަބްދުﷲދީދީ،
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2
2{16/HC-A/250
383
23
ޤަޟިއްޔާ ނިމުނު
•ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/539 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ އެމް.ވީ.ކޭ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/539 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ އެމް.ޑީ.ކޭ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޕީ.ޓީ.އޭ މެލްކޯ
އިންޖިނީރިންގް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ 40,852$US (ސާޅީސްހާސް އަށްސަތޭކަ ފަންސާސް ދެ
އެމެރިކާ ޑޮލަރު) އާއި، USS30,000 (ތިރީސްހާސް އެމެރިކާ ޑޮލަރު) ލިބިގަތުމަށް އެދި އީ.ޓީ.އޭ. މެލްކޯ
އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލެވުނު ޤާޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، 31 ޖުލައި 2014 ގެ ނިޔަލަށް ދިވެހިރާއްޖޭގައި މިޓްސުބުށ
ލިފްޓާއި އެސްކަލޭޓަރުގެ އޭޖެންސީ އެއްބަސްވުމުގައި އެމް.ވީ.ކޭ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އީ.ޓީ.އޭ.
މެލްކޯ އިންޖިނީރިންގް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއް ވެފައިވާކަމާއި، މިއެއްބަސްވުމުގެ ދަށުން
ޕީ.ޓީ.އޭ މެލްކޯ އިންޖިނީރިންގް ޕްރައިވެޓް ލިމިޓެޑުން އަދާކުރަންޖެހޭ ޒިންމާތަކަށް އެމް.ޑީ.ކޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ލުޔެއް ދީފައިނުވާ ކަމާއި، މިއެއްބަސްވުމުގެ ދަށުން އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ޕީ.ޓީ.އޭ މެލްކޯ އިންޖިނީރިންގް ޕްރައިވެޓް ލިމިޓެޑަށް USS40,852 (ސާޅީސްހާސް އަށްސަތޭކަ
ފަންސާސް ދެ އެމެރިކާ ޑޮލަރު) ދައްކަންޖެހޭކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
24 02
ދިހިއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
3
2{16/HC-A/250
ޤަޟިއްޔާ ނިމުނު
ر 3
ސާބިތުނުވާކަމާއި، އަދި އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސަބަބުން އީ.ޓީ.އޭ މެލްކޯ އިންޖިނީރިންގް
ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވާލަންޖެހިފައިވާކަން ޝަރީޢަތަށް
ސާބިތުވެފައިނުވާތީ، އެކަމާ ހަވާލާދީ އީ.ޓީ.އޭ. މެލްކޯ އިންޖިނީރިންގެ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ
US
$
30,000 (ތިރީސްހާސް އެމެރިކާ ޑޮލަރު) އަކީ އެމް.ވީ.ކޭ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން
މިހާލަތުގައި ނަގައިދެވެން އޮތް ފައިސާއެއް ނޫންކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
2- ސިވިލް ކޯޓުގެ ނަންބަރު
539/Cv-C/2015
ޤަޟިއްޔާ އެކޯޓުން
ބައިލިޅު
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަ
އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި، އެނުކުތާއާ
ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
ނުކުތާއަކީ:-
ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/76) ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ
މަތިން "ހަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ
މަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ.
އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް އަމަލުކުރެވޭ ފަދަ
މިންވަރަކަށް އެކަމެއް ހިނގާފައިވާ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް
ބުރަވެވިއްޖެނަމަ، އެފަދަ ޚާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ
ޚާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އެކަމެއްގެ ޙަޤީޤަތް ސާބިތުވެއްޖެކަމަށް ޝަރީޢަތުގެ
މަޖިލީހުން ނިންމިދާނެއެވެ." މިފަދައިން ބަޔާންކޮށްފައި ވީހިނދު، އަދި އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގް
ޕްރައިވެޓް ލިމިޓެޑްއިން މިމުޢާމަލާތް ސާބިތުކުރުމަށް އެތަކެއް ހެކި ހުށަހަޅާފައިވަނިކޮށް އެއަށް ރިޢާޔަތްނުކޮށް
މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖެ
މައިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ
2016/HC-A/25{
4- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/539 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެ ނުކުތާއާއި ގުޅޭ
ގޮތުން ޕީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑްއާއި މިއިސްތިއުނާފީ ދަޢުވާރައްދުވާ އެމް.ޑީ.ކޭ.
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ
ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ހ2 22
22
2
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/539 ޤަޟިއްޔާއަކީ
އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޕީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ
US
$
40,852 (ސާޅީސްހާސް އަށްސަތޭކަ ފަންސާސް ދެ އެމެރިކާ ޑޮލަރު) އާއި، 30,000$US
(ތިރީސްހާސް އެމެރިކާ ޑޮލަރު) ލިބިގަތުމަށް އެދި އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުން
ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި، އެޤަޟިއްޔާ ގައި ޙުކުމް ކުރައްވާފައިވަނީ 31 ޖުލައި 2014
ގެ ނިޔަލަށް ދިވެހިރާއްޖޭގައި މިޓްސުބުނީ ލިފްޓާއި އެސްކަލޭޓަރުގެ އޭޖެންސީ އެއްބަސްވުމުގައި އެމް.ޑީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާ ދެމެދު
އެއްބަސްވުމެއް ވެފައިވާކަމާއި، މިއެއްބަސްވުމުގެ ދަށުން އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް
ލިމިޓެޑުން އަދާކުރަންޖެހޭ ޒިންމާތަކަށް އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ލުޔެއް ދީފައިނުވާ ކަމާއި،
މިއެއްބަސްވުމުގެ ދަށުން އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޕީ.ޓީ.އޭ މެލްކޯ އިންޖިނީރިންގް
ޕްރައިވެޓް ލިމިޓެޑަށް 40,852$US (ސާޅީސްހާސް އަށްސަތޭކަ ފަންސާސް ދެ އެމެރިކާ ޑޮލަރު)
ދައްކަންޖެހޭކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާ ކަމާއި، އަދި އެމް.ޑީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ސަބަބުން އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2{16/HC-A/250
r 3
23
ޤަޟިއްޔާ ނިމުނު
މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވާލަންޖެހިފައިވާކަން ޝަރީޢަތަށް ސާބިތުވެފައިނުވާތީ، އެކަމާ ހަވާލާދީ
ޕީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ USS30,000 (ތިރީސްހާސް
އެމެރިކާ ޑޮލަރު) އަކީ އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން މިޙާލަތުގައި ނަގައިދެވެން އޮތް
ފައިސާއެއް ނޫންކަމަށް ކަނޑައަޅުއްވައިކަން އެންގެން އޮންނަކަމެވެ.
4 22
2&xx2
(ށ) ދެވަނަ ކަމަކީ: އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާއި އެމް.ވީ.ކޭ.
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 28 ސެޕްޓެމްބަރ 2013 ގައި 31 ޖުލައި 2014 ގެ ނިޔަލަށް
މިޓްސުބިޟީ ލިފްޓް ރާއްޖޭގައި ހަރުކުރުމަށްޓަކައި އޭޖެންސީ އެގްރީމެންޓެއްގައި ސޮއިކޮށްފައިވާކަމާއި،
އެއެއްބަސްވުމުގެ ދަށުން އޭ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުގެ ސްޓާފުންނާއި
ޓެކްނީޝަނުންގެ ވިސާއާއި ވަރކް ޕާރމިޓް ހަމަޖައްސަންވާނީ އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ކަމާއި، މީގެ އިތުރުން ލިފްޓްތައް ހަރުކުރުމާއި މެއިންޓެއިނަންސް މަސައްކަތް ކުރުމަށް
ސަރުކާރުން ނަގަންޖެހޭ ހުރިހާ ރަސްމީ ހުއްދަތައް ނަގަން ޖެހޭނީ އެމް.ޑީ.ކޭ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ކަމާއި، އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޕީ.ޓީ.އޭ މެލްކޯ އިންޖިނީރިންގް
ޕްރައިވެޓް ލިމިޓެޑުގެ ސްޓާފުންނަށް އެކޮމޮޑޭޝަން ހަމަޖައްސަންވާނެކަމާއި، އެމީހުން ތިބެންވާނީ އެމް.ޑީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބެލުމުގެ ދަށުގައިކަމާއި، މިގޮތުން ޕީ.ޓީ.އޭ މެލްކޯ އިންޖިނީރިންގް ޕްރައިވެޓް
ލިމިޓެޑް އިން އޮފީސް ސްޕޭސްއާއި ޓެކްނީޝަނުންގެ އެކޮމޮޑޭޝަންއާއި، ގުދަން އަދި އީ.ޓީ.އޭ މެލްކޯ
އިންޖިނީރިންގް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމީހުންގެ ވިޔަފާރި ހިންގަން ބޭނުންވާ ތަންތަން ކުއްޔަށް
ހިފުމަށް ކޮންމެ މަހަކު USD4000.00 (ހަތަރުހާސް ޔޫ.އެސް ޑޮލަރ) ވާވަރަށް ދިވެހި ފައިސާ ކޮންމެ
މަހަކު އެމް.ވީ.ކޭ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންވާނެކަމާއި، މީގެ އިތުރުން އީ.ޓީ.އޭ މެލްކޯ
އިންޖިނީރިންގް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރާ އިންސްޓަލޭޝަން މަސައްކަތަށް %1.5 އަދި ކޮންމެ
މެއިންޓެއިންނަންސް މަސައްކަތަކަށް %5 ކޮމިޝަނެއްގެ ގޮތުގައި އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ދައްކަންވާނެކަމަށް އެއެއްބަސްވުމުގެ 8,9 އަދި 14 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
6
2{016/HC-A/25{
ޤަޟިއްޔާ ނިމުނު
ر 3
04
(ނ) ތިންވަނަ ކަމަކީ: ޕީ.ޓީ.އޭ މެލޭކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާއި އެމް.ޑީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 28 ސެޕްޓެމްބަރ 2013 ގައި މިޓްސުބިޝި ލިފްޓް ރާއްޖޭގައި
ހަރުކުރުމަށްޓަކައި ކުރެވުނު އޭޖެންސީ އެގްރީމެންޓްއާއި އެއްގޮތަށް ޖޫން 2013 ގެ ފަހުން އެމް.ވީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްވެސް ފައިސާއެއް އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް
ލިމިޓެޑަށް ދައްކާފައިނުވާ ކަމާއި، އެޖެންސީ އެގްރިމަންޓުގައިވާ ގޮތުގެ މަތިން ކުރާ މަސައްކަތުގެ ފައިސާ
ހޯދުމަކީ އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއް ކަމާއި، މިގޮތުން އެމް.ޑީ.ކޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއާއި ވާހަކަ ދެއްކުމަށްފަހު އީ.ޓީ.އޭ މެލްކޯ އިންޖިނީރިންގް ޕްރައިވެޓް ލިމިޓެޑްއިން ވަނީ
އެޖެންސީ އެގްރިމެންޓުގެ ދަށުން އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑްއިން އެމް.ވީ.ކޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުއަށް ދައްކަންޖެހޭ ކުއްޔާއި ކޮމިޝަނުން ލިބެންޖެހޭ ފައިސާ ސެޓެލްކުރަން
ފަށާފައިކަމާއި، މިގޮތަށް ސެޓަލް ކުރަން ފެށިއިރު އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން އީ.ޓީ.އޭ
މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑްއަށް USD220,770.59 (ދެލައްކަ ވިހިހާސް ހަތްސަތޭކަ
ހަތްދިހަ ޑޮލަރު ފަންސާސް ނުވަ ސެންޓް ދައްކަންޖެހި ނުދައްކާވާކަމާއި، އަދި ކުރިން މި ޢަދަދު
ކެނޑެމުންގޮސް ޢަދަދުވަނީ މިހާރު USD40,852.00 (ސާޅީސްހާސް އަށްސަތޭކަ ފަންސާސް ދެޑޮލަރު)
އަށް ކުޑަވެފައިކަމަށް އީ.ޓީ.އޭ މެލްކޯ އިންޖިނީރިންގް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން އެނގެން
އޮންނަކަމާއި، އަދި މިގޮތަށް ސެޓް އޯފްކުރުމަށް އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އެއްވެސް އިއުތިރާޒެއްކޮށްފައިނުވާކަމަށް އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
16
2013
(ރ) ހަތަރުވަނަ ކަމަކީ: އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އޮގަސްޓް ވަނަ ދުވަހު އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ސިޓީއެއް
ފޮނުވާފައިވާކަމާއި، މިސިޓީއަކީ އީ.ޓީ.އޭ މެލްކޯ އިންޖިނީރިންގް ޕްރައިވެޓް ލިމިޓެޑުގެ ޖެނެރަލް މެނޭޖަރ
ސޮއިކޮށްފައިވާ ސިޓީއެއްކަމާއި، މިސިޓީގައި އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އީ.ޓީ.އޭ މެލްކޯ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
1
ޤަޟިއްޔާ ނިމުނު
e 3
(
2{016/HC-A/253
އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ބޭއްވުނު ބައްދަލްވުމާއި އެއްގޮތަށް، 14 އޭޕްރިލް 2013 އިން
ފެށިގެން 18 ޖޫން 2013ގެ ނިޔަލަށް ދައްކަންޖެހޭ 1,688,326.83ރ (އެއްމިލިއަން ހަލައްކަ އައްޑިހަ
އައްހާސް ތިންސަތޭކަ ސައްބީސް ރުފިޔާ އައްޑިހަ ތިންލާރި) އަދި USD26,498.68 (ސައްބީސްހާސް ހަތަރު
ސަތޭކަ ނުވަދިހަ އައް ޔޫ.އެސް.ޑޮލަރު ފަސްދޮޅަސް އަށްސެންޓް) އަށްވާ ފައިސާގެ ދެޗެކް ލިބިފައިވާ ކަމާއި،
އަދި މިދެޗެކް ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ އެމް.ޑީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
އެކައުންޓަށް ޑިޕޮސިޓް ކޮށްފައިވާކަމާއި، އަދި މި ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ
ޕީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް 31 އޮގަސްޓް 2013 ގެ ކުރިން
ޓްރާންސްފަރ ކުރާނެކަމަށް އެއްބަސްވެފައި އޮންނަކަން އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހެޅި ސިޓީއަށް ބެލުމުން އެނގޭކަމާއި އޮންނަކަމާއި
އެހެންކަމުން އިސްވެ ބަޔާންކޮށްފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް މައްސަލަ
ޝަރީޢަތުން ބައްލަވައި ނިންމެވުމުގައި ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/76) ގެ 6 ވަނަ މާއްދާގައިވާ
ގޮތުގެ މަތިން ޝަރީޢަތުން ރިޢާޔަތްކުރައްވާފައިވާކަން އިސްތިއުނާފުކުރެވިފައިމިވާ ދަށު ކޯޓުގެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
އެހެންކަމުން، މިޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2015/Cv-C/539 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މިކޯޓުން ބަދަލު ގެންނަންޖެހޭފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2016/HC-A/250
3 45
83
ޤަޟިއްޔާ ނިމުނު
ޗެވެ
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2015/Cv
-
C/539 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަ
ބަދަލު
ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމެ ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv