ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/472 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/472
MAL"
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 472/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު މަލްދާން ޢަލީ
| އައިޑީކާޑު ނަންބަރު: A167472
މިހާރުގެ އެޑްރެސް: ހދ. ފްލެޓް ނަންބަރު 19-1-03 މާލެ
ދާއިމީ އެޑްރެސް:
ސީވޭވް/ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ޕީ.ޖީ އޮފީސް | މާލެ
* މިހާރުގެ އެޑްރެސް:
ޕީ.ޖީ އޮފީސް | މާލެ
ނިމުނު ތާރީޚް: 30 އޮކްޓޯބަރު 2016
ރަޖިސްޓްރީކުރެވުނު ތާރީޚް: 18 އޮކްޓޯބަރު 2016
• އިސްތިއުނާފު ކުރެވުނު ކޯޓު އަމުރު.
* ނަންބަރު: 2016
/
6821/J
/
MD-145
* ކޯޓު ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
* ނިންމެވި ތާރީޚް: 30 ސެޕްޓެންބަރ 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ދިވެހިރާއްޖޭގެ
ހައިކޯ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީދީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލްޑް
www.highcourt.gov.my
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/42
•ދަޢުވާގެ ލާ.
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު
2016
/
6821/J
/
MD-145 ކޯޓު އަމުރުގައި
ނިންމަވާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެނިންމުން އިސްތިއުނާފު
ކުރުމަށް، ގ.ސީވޭވް/އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
<< O
ޤަޟިއްޔާއެކެވެ.
1
* * *
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
L01 ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6821/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ސީވޭވް އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
-02
02c
އެކޯޓު އަމުރަކީ
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6821/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު،
ސީވޭވް! އަޙްމަދު މަލްދާން ޢަލީގެ މައްޗަށް ތުހުމަތު ކުރެވުނު އެކްސިޑެންޓް| ފަރުވާކުޑަ
ޢަމަލަކުން މީހަކު މަރުވުމުގެ މައްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 150475/MF
"ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން އަޙްމަދު މަލްދާން ޢަލީގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މުޖުތަމަޢުގެ ސަލާމަތަށްޓަކައި ކަމަށް ބަޔާން ކުރައްވައި.ޑީ
ސެޕްޓެންބަރު 2016 ދުވަހުގެ 14:56 އިން ފެށިގެން 10 އޮކްޓޯބަރު 2016 ވަނަ ދުވަހުގެ 4:35
މައިކްa
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
ވެބް ސައިޓް: [email protected]އީމެއިލްޑް
www.highcourt.gov.my
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/472
މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު މަލްދާން ޢަލީ ބަންދުކޮށްފައި ބެހެއްޓުމަށް
ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
403 ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6821/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ގ.ސީވޭވް/ އަޙްމަދު މަލްދާން ޢަލީގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅައި، އެ ނުކުތާތަކާގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
(ހ) ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6821/J
/
MD-145 ކޯޓު
އަމުރުގައި، ކްރިމިނަލް ކޯޓުން އަޙްމަދު މަލްދާން ޢަލީގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގައި ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ނެރުއްވަފައިވާ އަމުރެއް ކަމަށް ބުނެ
ހުށަހެޅި ނުކުތާ.
عدم محرر کو
0 20,
0
(ށ) ދެވަނަ ނުކުތާއަކީ، އަޙްމަދު މަލްދާން ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމުގައި ކްރިމިނަލް
ކޯޓުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އާއްމު ޤަވާޢިދުގެ 54 ވަނަ މާއްދާއާ ޚިލާފަށް ފުރިހަމަ
ކުރައްވާފައިވާ އިޖުރާއަތެއްގެ މައްޗަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ
20
(ނ) ތިންވަނަ ނުކުތާއަކީ، އަޙްމަދު މަލްދާން ޢަލީގެ ބަންދުގެ މުއްދަތު
ޝަރީޢަތަށް ޙާޟިރު ކުރުމުގައި، ތުޙުމަތު ކުރެވޭ ފަރާތުގެ ޤާނޫނީ ވަކީލަށް އެންގުމުގަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލްޑް
www.highcourt.gov.my
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/472
ސަރވިސްއިން އާއްމުކޮށް ޢަމަލުކުރަމުން އަންނަ އުސޫލާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި
ނުކުތާ
04- ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6821/J
/
MD-145 ކޯޓު އަމުރަށާއި އެއަމުރު
އިސްތިއުނާފުކުރުމަށް ގ. ސީވޭވް/ އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ
ގުޅޭ ގޮތުން އެ އަމުރު އިސްތިއުނާފުކުރާ ފަރާތުންނާއި މި އިސްތިއުނާއީ ދަޢުވާރައްދުވި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
ou
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6821/J
/
MD-145 ކޯޓު
އަމުރަށް ބަލާއިރު، އެކޯޓު އަމުރަކީ އެކްސިޑެންޓް| ފަރުވާކުޑަ ޢަމަލަކުން މީހަކު މަރުވެފައިވާ ކަމަށް
ގ.ސީވޭވް! އަޙްމަދު މަލްދާން ޢަލީގެ މައްޗަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
150475/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން އަޙްމަދު މަލްދާން ޢަލީގެ ބަންދުގެ
މުއްދަތު އިތުރުކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 30 ސެޕްޓެންބަރު 2016 ދުވަހުގެ
14:56 އިން ފެށިގެން 10 އޮކްޓޯބަރު 2016 ވަނަ ދުވަހުގެ 14:55 އަށް މިނިސްޓްރީ އޮފް ހޯމް
އެފެއަރޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު މަލްދާން ޢަލީ ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރެއްކަމާއި އެގޮތަށް އަމުރު ނެރުއްވި ސަބަބަކީ، މުޖުތަމަޢުގެ ސަލާމަތަށްޓަކައިކަމަށް ބަޔާން ކުރުއްވައި
* 02 / ހ ދު
ނުރައްވާ
އްޖޭ
ހައިކޯޓް
އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލްޑް
www.highcourt.gov.my
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/472
(ނ) ދެވަނަ ކަމަކީ: ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެ މީހަކު އެ
ހައްޔަރު ކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން
ދެމެހެއްޓުމުގެ ފުރުޞަތު އެ މީހަކަށް ފަހިކޮށްދެވިފައި އޮތުމަކީ ހައްޔަރު ކުރެވޭ ނުވަތަ ބަންދު ކުރެވޭ ކޮންމެ
މީހަކަށް ވެސް ލިބިގެންވާ ޙައްޤެއްކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނައިރު، ބަންދުގެ މުއްދަތުގައި މީހަކު ހުންނައިރު ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ
ޙައްޤު ފަހި ކޮށްދޭން ޖެހޭކަން އެނގޭއިރު،
o u ox
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6821/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބަކީ، އަޙްމަދު މަލްދާން ޢަލީގެ ބަންދުގެ
މުއްދަތު މަޖިލީހަށް 30 ސެޕްޓެމްބަރ 2016 ދުވަހު ކްރިމިނަލް ކޯޓަށް ޙާޟިރު ކޮށްފައިވަނީ އޭނާ
ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލަށް އެންގުމަކާ ނުލައި، ކަމަށްވުމުން އަޙްމަދު މަލްދާން ޢަލީއަށް ޤާނޫނީ
ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު ކަމާއި،
މި ނުކުތާއަށް ޝަރީޢަތުން ބެލިބެލުމުން އަޙްމަދު މަލްދާން ޢަލީގެ ބަންދުގެ މުއްދަތު އިތުރު
ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އޭނާ ކޯޓަށް ގެންދާކަމަށް 30 ސެޕްޓެމްބަރ 2016
ދުވަހުގެ ހެނދުނު 7:49 ގައި އެސް.އެމް.އެސް.އިން އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ޢައްޔަންކޮށްފައިވާ
ޤާނޫނީ ވަކީލް އަލްއުސްތާޛު އިސްމާޢީލް މުޙައްމަދަށް އެސް.އެމް.އެސް އިން އަންގާފައިވާ ކަމާއި، ނަމަވެސް،
އެ އެސް.އެމް.އެސް.ގައި ބަންދުގެ މުއްދަތަށް ޙާޟިރުކުރެވޭ ގަޑިއާއި ވަގުތެއް ބަޔާންކޮށްފައިނުވާތީ އެކަން
ސާފުކުރުމުގެ ގޮތުން އިސްމާޢީލް މުޙައްމަދުގެ ފަރާތުން އަޙްމަދު މަލްދާން ޢަލީ ޙާޟިރުކުރެވެނީ ކޮން
ގަޑިއެއްގައިތޯ؟ އަދި މެންދުރު ފަހުގައިތޯ؟ ނުވަތަ ރޭގަނޑުގައިތޯ؟ ސާފުކުރުމަށް އެދުވަހުގެ 928ވުޑްގެ މަތް
ވީޑި
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 26471
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/472
އެސް.އެމް.އެސް ފޮނުވާފައިވާކަމާއި ނަމަވެސް، އެ އެސް.އެމް.އެސް. އަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ޖަވާބެއް ދީފައިނުވާކަމަށާއި އަދި އެ ދުވަހުގެ 11:00 ގައި މާލެއަތޮޅު ކަނޑުއޮތްގިރުއަށް ދިޔަކަމަށް
އިސްމާޢީލް މުޙައްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ކަމާއި،
0 202
އަލްއުސްތާޛު އިސްމާޢީލް
މުޙައްމަދަކީ އަޙްމަދު މަލްދާން ޢަލީގެ ފަރާތުން އޭނާ
ތަމްސީލުކުރުމަށް ހަމަޖައްސާފައިވާ ޤާނޫނީ ވަކީލްކަމާއި އެއިގެ ކުރިން ބޭއްވުނު ބަންދުގެ މުއްދަތުގެ
މަޖިލީސްތަކަށް އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ޙާޟިރުވި ޤާނޫނީ ވަކީލްކަން އެނގޭއިރު، އަޙްމަދު މަލްދާން
ޢަލީގެ ބަންދުގެ މުއްދަތު 30 ސެޕްޓެމްބަރ 2016 ގައި ހަމަވާނެކަން އޭނާއަށް އެނގޭނެކަމަށް ބުއްދީގެ
ހަމަތަކުން ޤަބޫލު ކުރެވޭކަމަ އަދި ސަރުކާރުގެ ރަސްމީ ބަންދު ދުވަސްދުވަހު ކްރިމިނަލް ކޯޓުގައި ބަންދުގެ
މަޖިލިސްތައް ޢާންމު ގޮތެއްގައި ބާއްވަނީ އެދުވަހެއްގެ މެންދުރު ފަހުގެ ވަގުތުގައިކަމަށްވާއިރު،
0 0
30 ސެޕްޓެންބަރު 2016 ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އަޙްމަދު މަލްދާން ޢަލީ
ކްރިމިނަލް ކޯޓަށް ޙާޟިރު ކުރުމަށް ފަހު ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަޙްމަދު މަލްދާން
ޢަލީގެ ޤާނޫނީވަކީލު އަލްއުސްތާޛް އިސްމާޢީލް މުޙައްމަދަށް އަންގާފައިވާކަން އެނގޭއިރު، އެ މަޖިލީހަށް
އިސްމާޢީލް މުޙައްމަދު ޙާޟިރުވެފައިނުވާ ކަމާއި އަދި އަޙްމަދު މަލްދާން ޢަލީގެ ފަރާތުން އައްޔަންކޮށްފައިވާ
އަނެއް ޤާނޫނީ ވަކީލް ކަމުގައިވާ އަލްއުސްތާޛް އިމްތިޔާޒް ޢަލީއަށް އެވަގުތު އިސްމާޢީލް މުޙައްމަދު ގުޅިކަމުގައި
ވީނަމަވެސް، އެދެ ވަކީލުން ކުރެ ވަކީލަކު އަޙްމަދު މަލްދާން ޢަލީގެ ބަންދުގެ މުއްދަތު އިތުރުކުރި މަޖިލީހަށް
ކްރިމިނަލް ކޯޓަށް ޙާޟިރުވެފައިނުވާކަން އެނގެން އޮންނަކަމެވެ.
20
(ނ) ތިންވަނަ ކަމަކީ: މި މައްސަލައިގައި އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ހުށަހެޅި
ކަންކަމުގެ މައްޗަށާއި، ކަން ހިނގާދިޔަ ގޮތްކަމަށް ބުނެ ފުލުހުންގެ ފަރާތުން ހުށަހެޅި އިޝާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/472
0 20/
މާލިދީން
ކަންކަމުގެ މައްޗަށާއި، ފުލުހުންގެ ފަރާތުން ކަންކުރި ގޮތުގެ މައްޗަށް ބަލާއިރު، ފުލުހުންގެ ފަރާތުން އަޙްމަދު
ޢަލީގެ ޤާނޫނީ ވަކީލަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް 30 ސެޕްޓެމްބަރ 2016 ގައި
ގެންދެވޭނެ ކަމަށް އަންގާފައި ވީނަމަވެސް، އޭނާ ގެންދެވޭ ކޯޓާއި ގަޑިއާއި ވަގުތެއް ބަޔާންކޮށްފައިނުވުމުން
އެކަމުގެ އޮޅުންތަކެއް އެރުމަކީ އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރެވޭ ކަމާއި، އެހެންކަމުން މިފަދަ އޮޅުންތައް
ނާރާނެ ގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ފުރިހަމަ މަޢުލޫމާތު ކުށުގެ ތުހުމަތުގައި
ބަންދުކުރެވިފައިވާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުގައި އެ މީސްމީހުންގެ ފަރާތުން
ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލަށް(ވަކީލުންނަށް ދިނުމަކީ އެފަދަ ކަންކަން ދުރުކުރެވި ޤާނޫނީ ވަކީލެއްގެ
އެހީތެރިކަން ހޯދައި ދިނުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމެއްކަމުގައި ޤަބޫލުކުރެވޭ ކަމާއި،
04c
2
0
2 2ތ 0
ގެންދެވޭކަން އޭނަގެ
0 0
މި މައްސަލާގައި އަޙްމަދު މަލްދާން ޢަލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް
ވަކީލަށް ކުރިން އަންގާފައިވާކަމާއި އަދި އެދުވަހުގެ ބަންދުގެ މަޖިލީހަށް އަޙްމަދު މަލްދާން
ޢަލީ ވެއްދުމުގެ ކުރިން ވެސް އޭނާގެ ޤާނޫނީ ވަކީލް އިސްމާޢީލް މުޙައްމަދަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން އަންގާފައިވާކަން ޚުދު އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލް
އިސްމާޢީލް މުޙައްމަދުގެ ބަހުން ވެސް އެނގެން އޮންނާތީ، 30 ސެޕްޓެމްބަރ 2016 ގައި އަޙްމަދު މަލްދާން
ޢަލީގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި އޭނާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިފައިނުވަނީ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ކުރަންޖެހޭ ކަމެއް ނުކުރުމުގެ ސަބަބުންކަމަށް ޝަރީޢަތަށް ބެލެވެން ނެތް
ކަމެވެ.
ވީމާ، އިސްވެ ބަޔާންވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމާއެކު، އަޙްމަދު މަލްދާން ޢަލީގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
ބިނާކޮށް ކްރިމިނަލް
ޚަ040
މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 1316471
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/432
2016
/
6821/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާއި
ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް.
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
6821/J
/
MD-145 ކޯޓު އަމުރު، އިސްތިއުނާފު ކުރުމަށް ގ.ސީވޭވް އަޙްމަދު މަލްދާން
ޢަލީގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ އަމުރަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލްޑް
www.highcourt.gov.my