ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/206 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A3206
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 206/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: މާރިއާސޫސަލް ޕޮނުތަންބި
ޕާސްޕޯޓް ނަންބަރު: TTN08706
ދާއިމީ އެޑްރެސް: ޓެމިލްނާޑޫ | އިންޑިއާ
މިހާރުގެ އެޑްރެސް: ޓެމިލްނާޑޫ | އިންޑިއާ
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
، ރަޖިސްޓްރީކުރެވުނު ތާރީޚް: 25 މެއި 2015
ނިމުނު ތާރީޚް: 27 އެޕްރީލް 2017
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cr-C/1408
ނިންމެވި ކޯޓު: ކުރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކް ކުރުން
ހުށަހެޅުނުތާރީޚް: 24-11-2013
*
ނިމުނު ތާރީޚް: 22-03-2015
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
097
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A3206
ދަޢުވާގެ ޚުލާޞާ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/1408 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޓެމިލްނާޑޫ އިންޑިއާ
މާރިއާސޫސަލް ޕޮނުތަންބީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ބެލި ޤަޟިއްޔާއެކެވެ.
މާރިއާސޫސަލް ފޮނުތަންބި ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް (ދިވެހި ދައުލަތް) އެވެ.
ކުރެވުނު ނުކުތާތައް:
01- ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/1408 ޤަޟިއްޔާއަކީ، 23 ފެބްރުއަރީ 2013 ވަނަ
ދުވަހުގެ 14:25 ހާއިރު، މާރިއާސޫސަލް ޕޮނުތަންބީގެ ކެޕްޓަންކަމުގެ ދަށުން ރާއްޖެ އައި، އެމް.އެސް.ވީ
މާރިއާ ޖާނެއަމަލް ބޯޓު މާލޭ ކޮމާޝަލް ހާބަރުގައި އެލޯންގްސައިޑް ކުރުމާ ގުޅިގެން ކަސްޓަމްސް އޮފިސަރުން
އެބޯޓު ބަލާ ފާސްކުރަމުން ދަނިކޮށް، އެބޯޓުގެ ވީލްހައުސް ތެރޭގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި
އޮތް ކައްޓާއެއްގެ ތެރެއިން ފެނުނު ބޮޑު ރަބަރު ޕެކެޓެއްގައި 667.9000 ގްރާމް ހުރިކަމަށާއި، ހަމަ
އެކައްޓާގެ ތެރެއިން ފެނުނު ފޮށިބަންދުކުރާ ޓޭޕް އަޅާފައިވާ ބޮޑު ރަބަރު ޕެކެޓްގައި 837.8000 ގްރާމް
ޑައިމޯފިން ހުރިކަމަށާއި، ހަމަ އެބޯޓުގެ ދިރުނބާ ކޮޅުގައި އޮތް ގޯންޏެއްގެ ތެރޭގައި ހުރި ކީސްކުނޑިތަކެއްގެ
ތެރެއިން ފެނުނު އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ ބޮޑު ރަބަރު ޕެކެޓްގައި 489.0000 ގްރާމް ޑައިމޯފިން
ހުރިކަމަށާއި، ހަމަ އެތަނުން ފެނުނު އިތުރު ރަބަރު ޕެކެޓްގައި 81.9000 ގްރާމް ކެނެބިސް ހުރިކަމަށް
އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103
ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، މާރިއާސޫސަލް ޕޮނުތަންބީގެ މައްޗަށް ދައުލަތުން
ދަޢުވާކުރުމު ބައްލަވާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއެއްކަމާއި؛
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A3206
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، އިންޑިޔާގެ ރައްޔިތެއްކަމުގައިވާ މާރިއާސޫސަލް
ޕޮނުތަންބީގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލިބެލުމުން،
މާރިއާސޫސަލް ފޮނުތަންބި، 23 ފެބްރުއަރީ 2013 ވަނަ ދުވަހުގެ 14:25 ހާއިރު، މީނާގެ ކެޕްޓަންކަމުގެ
ދަށުން ރާއްޖެ އައި، އެމް.އެސް.ވީ މާރިއާ ޖާނެއަމަލް ބޯޓު މާލޭ ކޮމާޝަލް ހާބަރުގައި އެލޯންގްސައިޑް ކުރުމާއި
ގުޅިގެން ކަސްޓަމްސް އޮފިސަރުން އެބޯޓު ބަލާ ފާސްކުރަމުން ދަނިކޮށް، އެބޯޓުގެ ވީލްހައުސް ތެރޭގައި ހުރި
ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ކައްޓާއެއްގެ ތެރެއިން ފެނުނު ބޮޑު ރަބަރު ޕެކެޓެއްގައި 667.9000
ގްރާމް ޑައިމޯފިން ހުރިކަމަށާއި، ހަމަ އެކައްޓާގެ ތެރެއިން ފެނުނު ފޮށިބަންދުކުރާ ޓޭޕް އަޅާފައިވާ ބޮޑު ރަބަރު
ޕެކެޓްގައި 837.8000 ގްރާމް ޑައިމޯފިން ހުރިކަމަށާއި، ހަމަ އެބޯޓުގެ ދިރުނބާ ކޮޅުގައި އޮތް ގޯންޏެއްގެ
ތެރޭގައި ހުރި ކީސްކުނޑިތަކެއްގެ ތެރެއިން ފެނުނު އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ ބޮޑު ރަބަރު ޕެކެޓްގައި
489.0000 ގްރާމް ޑައިމޯފިން ހުރިކަމަށާއި، ހަމަ އެތަނުން ފެނުނު އިތުރު ރަބަރު ޕެކެޓްގައި 81.9000
ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީކަމަށްބުނެ، މާރިއާސޫސަލް ފޮނުތަންބީގެ
މައްޗަށް ދައުލަތުން ކުޅަ ދަޢުވާއަށް މާރިއާސޫސަލް ފޮނުވަން އިންކާރު ކުރުމާއި ގުޅިގެން ދައުލަތުން
މިދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެކިންގެ ހެކިބަހުން އެމް.އެސް.ވީ މާރިއާ ޖާނެއަމަލް ބޯޓުގެ ވީލްހައުސް
ތެރޭގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ކައްޓާއެއްގެ ތެރެއިންނާއި އެބޯޓުގެ ދިރުނބާ ކޮޅުގައި
ގޯންޏެއްގެ ތެރޭގައި ހުރި ކީސްކުނޑިތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަން އެނގެން
އޮންނާތީއާއި، ބޯޓުގެ ވީލް ހައުސްއަކީ އެބޯޓެއްގެ ކެޕްޓަންގެ ބެލުމުގެ ދަށުގައި ހުންނަ ތަނަކަށްވާތީއާ
އެތަނުން ފެންނަ ޤާނޫނާއި ޤަވާއިދާ ޚިލާފް ތަކެތީގެ ޒިންމާ ވަކި ފަރާތަކުން ނުނަގާހާ ހިނދު، އެފެނުނު
ތަކެތީގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ ބޯޓުގެ ކެޕްޓަންކަމަށްވާތީ، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން
މާރިއާސޫސަލް ފޮނުވަން ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު
COCO
އޮތް
.eއ،
RE
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A3206
17/2011 (މަސްތުވާތަ
ވިވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ
ދަށުން، މާރިއާސޫސަލް ޕޮނުތަންބި އުމުރު ދުވަހަށް ޖަލަށްލުމާއެކު، -/
100,000ރ.
ރ. (އެއްލައްކަ) ރުފިޔާއިން
ޖޫރިމަނާކޮށް މިފައިސާ މިއަދުން ފެށިގެން 340 (ތިރީސް) ދުވަހުގެ ތެރޭގައި މިކޯޓަށް (ކްރިމިނަލްކޯޓަށް)
ދައްކައި ނިންމުމަށް މާރިއާސޫސަލް ޕޮނުތަންބިއަށް އަންގައި މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ.؟ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
} :
CCCX
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1408
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އިސްތިއުނާފުކުރުމަށް މާރިއާސޫސަލް ޕޮނުތަންބީގެ ފަރާތުން އަންނަނިވި ނުކުތާ
ފާހަގަކޮށް އެނުކުތާއާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އެނުކުތާއަކީ: ބޯޓުގެ ވީލް ހައުސްތެރޭގައި ހުންނަ ތަކެއްޗަށް ބޯޓުގެ ކެޕްޓަން ޒިންމާވާންޖެހޭނެ
ކަމަށް
ބައްލަވައި ކުށް ސާބިތުވާ ކަމުގައި ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
08/SC-A/2008 ޤަޟިއްޔާ އާއި، SC
-
A07/2010 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 24/SC-A/2010 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި
2 4 2 2 3
8 796
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1408 ޤަޟިއްޔާއާއި، މާރިއާސޫސަލް ފޮނުތަންބީގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ ޤާނޫނީ
އެނަރ 8އ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A3206
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) 23 ފެބްރުއަރީ 2013 ވަނަ ދުވަހުގެ 14:25 ހާއިރު، މާރިއާސޫސަލް ޕޮނުތަންބީގެ
ކެޕްޓަންކަމުގެ ދަށުން ރާއްޖެއައި، އެމް.އެސް.ވީ މާރިއާ ޖާނެއަމަލް ބޯޓު މާލޭ ކޮމާޝަލް ހާބަރުގައި
އެލޯންގްސައިޑް ކުރުމާއި ގުޅިގެން ކަސްޓަމްސް އޮފިސަރުން އެބޯޓު ބަލާ ފާސްކުރަމުން ދަނިކޮށް، އެބޯޓުގެ
ވީލްހައުސް ތެރޭގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ކައްޓާއެއްގެ ތެރެއިން ފެނުނު ބޮޑު ރަބަރު
ޕެކެޓެއްގައި 667.9000 ގްރާމް ޑައިމޯފިން ހުރިކަމަށާއި، ހަމަ އެކައްޓާގެ ތެރެއިން ފެނުނު ފޮށިބަންދުކުރާ
ޓޭޕް އަޅާފައިވާ ބޮޑު ރަބަރު ޕެކެޓްގައި 837.8000 ގްރާމް ޑައިމޯފިން ހުރިކަމަށާއި، ހަމަ އެބޯޓުގެ ދިރުނބާ
ކޮޅުގައި އޮތް ގޯޏެއްގެ ތެރޭގައި ހުރި ކީސްކުނޑިތަކެއްގެ ތެރެއިން ފެނުނު އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ
ބޮޑު ރަބަރު ޕެކެޓްގައި 489.0000 ގްރާމް ޑައިމޯފިން ހުރިކަމަށާއި، ހަމަ އެތަނުން ފެނުނު އިތުރު ރަބަރު
ޕެކެޓްގައި 81.9000 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީކަމަށްބުނެ،
މާރިއާސަލް ޕޮނުތަންބީގެ
.ބީގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއަށް
މާރިއާސޫސަލް ފޮނުތަންބި އިންކާރުކުރުމާ ގުޅިގެން ދައުލަތުން އެދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެކިންގެ
ހެކިބަހުން އެމް.އެސް.ވީ މާރިއާ ޖާއަމަލް
ބޯޓުގެ ވީލްހައުސް
ތެރޭގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި
އޮތް ކައްޓާއެއްގެ ތެރެއިންނާއި އެބޯޓުގެ ދިރުނބާ ކޮޅުގައި އޮތް ގޯންޏެއްގެ ތެރޭގައި ހުރި ކީސްކުނޑިތަކެއްގެ
ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު
މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން
މާރިއާސޫސަލް ޕޮނުތަންބި ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، އެކުށުގެ ޢުޤޫބާތެއްގެގޮތުން ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަ
ވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ
ދަށުން، މާރިއާސޫސަލް ޕޮނުތަންބި އުމުރު ދުވަހަށް ޖަލަށްލުމާއެކު، -/100,000ރ. (އެއްލައްކަ) ރުފިޔާއިން
COCO
17/2011
R
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A3206
ޖޫރިމަނާކޮށް، ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/1408 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަން
CCCXOC
(ނ) ޑައިމޯފިން ޓްރެފިކް ކުރުމާއި، ކުރަންއުޅުމާއި، ޓްރެފިކްކުރަން އެހިތެރިވެ ދިނުމާއި، ނުވަތަ
ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއްކަން، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާއި (ށ) އިން އެނގެން އޮންނަކަމާއި،
މަނާކުރެވިފައިވާ މަސްތުވާއެއް
އެއްޗެއް މީހެއްގެ އަތުން ނުވަތަ އެމީހެއްގެ ޙިޔާޒަތުގެ ދަށުގައިވާ ތަނަކުން ފެނުމަކީ،
އެޢަމަލު އެހެންގޮތަކަށް ސާބިތުނުވާހާ ހިނދަކު، އެކަމުގެ މުޠުލަޤު މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އުފުލަންޖެހޭ
ކުށެއްކަން އެނގެއެވެ.
(ނ) މާރިއާސޫސަލް ފޮނުތަންބީގެ ކެޕްޓަންކަމުގެ ދަށުން، 23 ފެބްރުއަރީ 2013 ވަނަ ދުވަހު
ރާއްޖެއައި، އެމް.އެސް.ވީ މާރިއާ ޖާނެއަމަލް ބޯޓު މާލޭ ކޮމާޝަލް ހާބަރުގައި އެލޯންގްސައިޑް ކުރުމާ ގުޅިގެން
ކަސްޓަމްސް އޮފިސަރުން އެބޯޓު ބަލާ ފާސްކުރަމުން ދަނިކޮށް، އެބޯޓުގެ ވީލްހައުސް ތެރޭގައި ހުރި ކަރުދާސް
ފޮށިގަނޑެއްގެ ތެރޭގައި އޮތް ކައްޓާއެއްގެ ތެރެއިންނާއި، ހަމަ އެބޯޓުގެ ދިރުނބާ ކޮޅުގައި އޮތް ގޯންޏެއް
ތެރޭގައި ހުރި ކީސްކުނޑިތަކެއްގެ ތެރެއިން ޑައިމޯފިން ފެނިފައިވާކަން، މައްސަލައާ ގުޅިގެން
ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުމުންނާއި، އަދި މިމައްސަލައިގައި އިސްތިއުނާފުކުރާ ޖާރިއާސޫސަލް
ޕޮނުތަންބީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮވެއެވެ.
(ރ) ކަނޑު އުޅަނދުތަކުގެ އޮޕަރޭޝަންތަކުގައި، އެއުޅަނދެއްގެ އެންމެ އިސްފަރާތަކީ، އުޅަނދުގެ
ކެޕްޓަންކަމާއި، އެހެންކަމުން، އުޅަނދުގެ އޮޕަރޭޝަންތަކާގުޅޭގޮތުން ޤާނޫނުގެ ދަށުން އެކަމުގެ ފުރިހަމަ
ޒިންމާއާއި މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ، އުޅަނދުގެ ކެޕްޓަންކަމާއި،
އެގޮތުން، އުޅަނދުގެ ދަތުރުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، އުޅަނދަށް އަރުވާ ބަލާ މުދަލާއި
ތަކެތީގެ ރައްކާތެރިކަމާއި، އުޅަނދުގެ ފަޅުވެރިންނާއި އުޅަނދުން ދަތުރުކުރާ އެންމެހާ ފަރާތްތަކެއްގެ
CCCXOC C
ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/206
ރައްކާތެރިކަމާއި، ބޯޓުގެ ފައިސާއާއި ތަކެތީގެ ހިސާބުކިތާބު ބެލެހެއްޓުމާއި އަދި ބޯޓުގެ މެއިންޓަނަންސްއާއި
ޤާނޫނީގޮތުން ހޯދަންޖެހޭ ހުއްދަތަކާއި ލިޔެކިޔުންތައް ހަމައަށް ހުރިތޯ ބަލާ ޗެކްކުރުމަކީ، އުޅަނދުގެ ކެޕްޓަންގެ
ޒިންމާއެއްކަން އެނގެއެވެ.
(ބ) ކާގޯ ބޯޓުފަހަރަށް އެކި ބަނދަރުތަކުން ލޯޑްކޮށް އަދި އަންލޯޑްކުރާ ހުރިހާ މުދަލާއި ތަކެތީގެ
އިންވޮއިސްތަކާއި އިންވެންޓްރީ ބަލަހައްޓާ ރައްކާތެރިކުރާ ފަރާތަކީ ބޯޓުގެ ކެޕްޓަންކަމާއި، އެހެންކަމުން، ބޯޓަށް
އަރުވާ ބާލާ އަދި ބޯޓުގައި ހުންނަ ތަކެތީގެ ފުރިހަމަ ޒިންމާއާއި މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ ބޯޓުގެ
ކެޕްޓަންކަމަށްވާއިރު، ކޮންޓެއިނަރތަކުގައި އެކި ބަނދަރުތަކުން ބޯޓަށް މުދާ އަރުވަނީ، އެގައުމެއްގެ ކަމާބެހޭ
އިދާރާތަކުގެ މުވައްޒަފުންގެ ހާޒިރުގައި އެމުދަލެއް ޗެކްކޮށް ބެލުމަށްފަހުގައިކަމާއި، އަދި ކޮންޓެއިނަރއަށް މުދާ
ލޯޑްކުރުމަށްފަހު ކޮންޓެއިނަރގެ ދޮރު ބަންދުކޮށް އެދޮރުގައި ސީލެއް ހަރުކުރާކަމާއި، ކޮންޓެއިނަރގެ ސީލާއެކު
އެހެން ބަނދަރަކަށް ބޭލުމަށްފަހު އެކޮންޓެއިނަރއަކުން ޤާނޫނާ ޚިލާފު، އެޤައުމަކަށް އެތެރެކުރުން މަނާ އެއް
ފެނިއްޖެނަމަ، އެޢަމަލުގައި ބައިވެރިވުމުގެ އެއްވެސް ހެއްކެއް ނުފެންނަހާ ހިނދަކު، ކޮންޓެއިނަރއިން ފެންނަ
ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް އެއްޗެކަށް ކެޕްޓަން ޒިންމާވާން ނުޖެހޭނެކަމާއި، ނަމަވެސް ކޮންޓެއިނަރގައި
ބަރުކޮށް ސީލްކޮށް ނޫންގޮތަށް އެކި ބަނދަރުތަކުން ބޯޓަށް އަރުވާ މުދަލާއި ތަކެއްޗާއި ގުޅިގެން، ޤާނޫނާއި
ގަވާއިދާ ޚިލާފު އަދި ޤައުމަކަށް އެތެރެކުރުން މަނާއެއްޗެއް ބޯޓުން ފެނިއްޖެނަމަ، އެކަން އެހެން ގޮތަކަށް
ސާބިތުނުވާހާ ހިނދަކު އެތަކެތީގެ ފުރިހަމަ ޒިންމާ ބޯޓުގެ ކެޕްޓަން އަލަންޖެހޭނެކަމާއި، އެކަމަކީ،
ބައިނަލްއަޤްވާމީގޮތުން ޤައުމުތަކުން ބަލައިގަނެ އެމައްޗަށް ޢަމަލުކުރަމުން އަންނަ އުޞޫލެއްކަމާއި، އެކަން
އެގޮތަށް ކަނޑައެޅުމުގެ އެންމެ މުހިންމު ބޭނުމަކީ، ކަނޑު އުޅަނދު ފަހަރުން ފެންނަ ނުވަތަ ހޯދާ
ޤާނޫނީގޮތުން މަނާ ތަކެތީގެ ޒިންމާ އެއްވެސް ފަރާތަކުން ނަނގަން ނުޖެހޭގޮތަށް އޮވެއްޖެނަމަ، އެކަމަކީ
ޤާނޫނީގޮތުން މަނާ ބާވަތްތަކުގެ
ތަކެތި އެއްޤައުމުން
އެތެރެކުރުމަށް ހުޅުވާލެވޭ
ދޮރެއްކަމުގައިވާނެތީކަން އެނގެއެވެ.
« a eހ2
އަނެއްޤައުމަށް
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/206
ޑޑ 0
އެއެއްޗެއް
COSOCC
(ޅ) އިސްވެ ބަޔާންކުރެވިދިޔަ ފަދައިން، މާރިއާސޫސަލް ޕޮނުތަންބީގެ ކެޕްޓަންކަމުގެ ދަށުން، 23
ފެބްރުއަރީ 2013 ވަނަ ދުވަހު ރާއްޖެއައި، އެމް.އެސް.ވީ މާރިއާ ޖާނެއަމަލް ބޯޓުން މަސްތުވާތަކެތި
ފެނިފައިވާކަމާއި، މަސްތުވާތަކެތި ފެނިފައިވަނީ، އެބޯޓުގެ ވީލްހައުސް ތެރޭގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ
ތެރޭގައި އޮތް ކައްޓާއެއްގެ ތެރެއިންނާއި، އެބޯޓުގެ ދިރުނބާ ކޮޅުގައި އޮތް ގޯންޏެއްގެ ތެރޭގައި ހުރި
ކީސްކުނޑިތަކެއްގެ ތެރެއިންކަން އެނގެން އޮންނައިރު، ބޯޓުގެ ވީލްހައުސްއަކީ އެބޯޓެއްގެ ކެޕްޓަންގެ ފުރިހަމަ
ކޮންޓްރޯލްގެ ދަށުގައި ހުންނަތަނެއްކަމާއި، ބޯޓުގެ ކްރޫއިން ވީލް ހައުސް ބޭނުން ކުރިނަމަވެސް، މެނިފެސްޓް
ނުކޮށް ބޯޓަށް އަރުވާ މުދާތަށް އެބޯޓުގެ ކޮންމެ ތަނެއްގައި ހުއްޓަސް އެއެއްޗެއް ފެނިއްޖެނަމަ،
ބޯޓަށް އެރުވީ ކިހިނެއް، ކޮންގޮތަކުން، ކާކުކަން ޝަރީޢަތަށް ސާބިތުކޮށް ނުދެވޭ ޙާލަތްތަކުގައި، އަދި
ޒިންމާ ވަކި ފަރާތަކުން ނުނަގާހާ ހިނދަކު، ބޯޓުގެ ވީލްހައުސް ތެރެއިންނާއި އަދި ބޯޓުގެ
އެހެނިހެން ތަންތަނުން ފެންނަ ތަކެތީގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ، ބޯޓުގެ ކެޕްޓަންކަމާއިގެ
މާރިއާސޫސަލް ފޮނުތަންބީގެ ކެޕްޓަންކަމުގެ ދަށުން، 23 ފެބްރުއަރީ 2013 ވަނަ ދުވަހު ރާއްޖެއައި،
އެމް.އެސް.ވީ މާރިއާ ޖާނެކަމަށް ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޒިންމާ އެއްވެސް ފަރާތަކުން
އުފުލާފައިނުވާކަމާއި، އެ ބޯޓުން ފެނުނު މަސްތުވާތަކެތި އެ ބޯޓަށް އެރުވީ ކިހިނެއް، ކޮންގޮތަކުން، ކާކުކަން،
މާރިއާސޫސަލް ޕޮނުތަންބީއަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވުމުގެ އިތުރުން، 21 އޮކްޓޯބަރ 2014 ވަނަ
ދުވަހު ކުރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ގ. ޗެރީ ޙަސަން ފަޔާޒު ދީފައިވާ ހެކިބަހުގައި، ޙަސަން
ފަޔާޒުއަކީ މޯލްޑިވްސް ކަސްޓަމްސްގެ ސްޕެޝިއަލް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތްކުރާ
މުވައްޒަފެއްކަމާއި، އިންޓަލް މަޢުލޫމާތަކާ ގުޅިގެން އެމް.އެސް.ވީ މާރިއާ ޖާނެއަމަލް ބޯޓު ބަލައި
ފާސްކުރިކަމަށާއި، އެ ބޯޓުގެ ތެރެއިން މާރިޔާ ސޫސަލް ޕޮނުތަންބި ފެނިފައިވާކަމާއި، އަދި އެބޯޓު ބަލައި
ފާސްކުރުމުގެ ތެރޭގައި ބޯޓުގެ ވީލްހައުސް ތެރޭގައި ހުރި ކައްޓާއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ ރަބަރު ޕެކެޓްތަކެއް ފެނިފައިވާކަމާއި، އޭގައި އެއްވެސް ނަމެއް ޖަހާފައިނެތްކަމާއި، ބޯޓު ބަލައި
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A206
ޑ 8ޑ 8 ހދ2
އައިޝައިކުމަށް
ފާސްކުރީ މާރިޔާ ސޫސަލް ފޮނުތަންބީގެ ހާޒިރުގައިކަމަށާއި، ބޯޓުން ފެނުނު ތަކެއްޗާމެދު ސުވާލުކުރުމުން އެއީ،
އިންޑިޔާގެ އެޖެންޓެއް މާލޭގައި ހުރި މީހަކަށް ހަވާލުކުރުމަށް ދިން މާރިޔާ ސޫސަލް ޕޮނުތަންބި
ބުނެފައިވާކަން އެނގެން އޮވެއެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/Cr
-
C/1408 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް މާރިޔާ ސޫސަލް
ޕޮނުތަންބީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބަލައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ
ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
0
073
#
103
ދެންފަހެ، ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1408 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ވަނަ މާއްދާގެ (ހ) ގެ ދަށުން ޑައިމޯފިން
ޓްރެފިކްކުރުމުގެ ކުށުން މާރިއާސޫސަލް ޕޮނުތަންބި ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، އެކުށުގެ ޢުޤޫބާތެއްގެ
ގޮތުން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ
ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، މާރިއާސޫސަލް ޕޮނުތަންބި އުމުރު ދުވަހަށް ޖަލަށްލުމާއެކު، -/100,000
(އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް މާރިޔާ ސޫސަލް
ޕޮނުތަންބީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ނަޒަރުކޮށް، ކުރިމިނަލް ކޯޓުގެ ނަންބަރު -Cr/1408
2013/C ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް
މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
.
ދިވެހިރާއް
ދިވެހިރާގެވެ.
ވާ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ