ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/203 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/203
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
49
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 203/HC-A/2009
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަލީ މޫސާ
އައިޑީ ކާޑު ނަންބަރ: 053031
A
ދާއިމީ އެޑްރެސް: ފ. ޕޫލް
މިހާރުގެ އެޑްރެސް: ހ. ޕޫލް
*
0
އިސްތިޢުނާފް ރައްދުވި ފަރާތް:
މި ނަން: ދަގުޑްވިލް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: ގ. ގަލޮޅުފެހި
މިހާރުގެ
އެޑްރެސް:ގ
ގ، ގަލޮޅުފެހި
k
• ހުށަހެޅުނު ތާރީޚް: 14 ޖުލައި 2009
ނިމުނު ތާރީޚް: 17 ސެޕްޓެމްބަރ 2009
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2009/VTR/56
• މައްސަލަ ނިންމެވިފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: މުސާރަ ނުލިބުން
ހުށަހެޅުނުތާރީޚް: 24 ޖޫން 2009
ނިމުނު ތާރީޚް: 25 ޖޫން 2009
0
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ޕެޓް ސައިޓް: www.highcourt.gov.lv
2
2009/HC-A/203
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
I!
02-05:
05-07:
ފިހުރިސްތު
01- ދަޢުވާގެ ޚުލާޞާ
ޞަފްހާ ނަންބަރ 03
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
04- މަޙްޝަރު ބަޔާންތައް:
04.1 އިސްތިއުނާފު ކުރި ފަރާތުގެ މަޙްޝަރު ބަޔާންތައް:
.. ޕޫލް ގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 03-01 :HC
-
A
-
203 Mpg-2009
ޢަލީ މޫސާ
{.
04-2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ދަގުޑުވިލް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ވަކީލް: އގ. އަޙްމަދު ފާއިޒް ގ. އަސޭނާ ގެ ވާހަކަތައް
މަޙްޝަރު ނަންބަރ: 05-04 :HC
-
A
-
203 Mpg-2009
05-މައްސަލައާއި ގުޅުންހުރި ލިޔުންތައް:
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009
/
17/VTR
/
RJCT-200
ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުން (ނުހިމަނާ)
(05.1
6 24
94
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު.12
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/203
• ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު: 2009/VTR/56 މައްސަލަ އެޓްރައިބިއުނަލުން
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ށ. ޕޫލް ޢަލީ މޫސާ އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ޢަލީ މޫސާ ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދަ ގުޑް ވިލް ޕްރައިވެޓް ލިމިޓެޑެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު: 2009/VTR/56 މައްސަލަ އަކީ، ހ. ޕޫލް ޢަލީ
މޫސާ، ދަ ގުޑް ވިލް ޕްރައިވެޓް ލިމިޓެޑްގެ އެމް.ވީ އަނަސްތާސިއާ ބޯޓުގައި އޮއިލަރގެ ވަޒީފާ އަދާ ކުރި
ދުވަސްވަރުގައި ލިބެންވާ މުސާރަ ނުލިބޭކަމަށް ބުނެ، މަސައްކަތް ކުރި ދުވަސްތަކަށް ލިބެންވާ މުސާރަ
ހޯއްދަވައި ދެއްވުމަށް އެދި ދަ ގުޑް ވިލް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް ހުށަހަޅުއްވާފައިވާ
މައްސަލައެއް ކަމާއިގެ
އެ މައްސަލަ ނިންމަވާފައިވަނީ، ”އެމައްސަލައިގައި ޢަލީ މޫސާ ހުށަހެޅި އެންމެހައި ލިޔެކިޔުންތައް
ބަލައި ދިރާސާކުރިއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް
ކުރާއިރު، ވަޒީފާއާ ބެހޭ މައްސަލަ ނުވަތަ ޚިލާފު އުފެދުނު ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ
މުއްދަތު ފާއިތުވެފައިވާ މައްސަލައެއް ކަމަށްވާތީ، ބުނެވިދިޔަ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ޤަވާޢިދުގެ ޙަވާލާދީފައިވާ މާއްދާގައިވާ ގޮތުގެ މަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެން ނެތް
މައްސަލައެއް ކަމަށްވާތީ، ޢަލީ މޫސާ ހުށަހަޅާފައިވާ މައްސަލައަކީ ބެލެން ނެތް މައްސަލައެއް ކަމަށް
ކަނޑައަޅުއްވާކަން، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009
/
17/VTR
/
RJCT-200
ޓްރައިބިއުނަލުން ދެވެން ނެތް މައްސަލައެއްކަން އަންގާ ލިޔުމުން އެނގެންއޮވެއެވެ.
4 44
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު:
-2009/56VTR މައްސަލަ ނިންމެވުމުން، އެނިންމުމާއިމެދު ހިތްހަމަ ނުޖެހިގެން ޢަލީ މޫސާ އެ
މައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެނުކުތާއަކީގާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: ]331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2009/HC-A/203
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• މައްސަލަ ބެއްލެވެން ނެތްކަމަށް ކަނޑައެޅުއްވީ ޓްރައިބިއުނަލްގެ ޤަވާޢިދެއްގެ ދަށުން ކަމަށް
ވިޔަސް ޝަރުޢީ ގޮތުން ޢަލީ މޫސާއަށް ލިބެންވާ ޙައްޤެއް ގެއްލިފައިވުން ކަމަށް ބުނެ ފާހަގަކުރި
· ·
ނeއ9.
03- ވަޒީފާއާއި ޓްރައިބިއުނަލްގެ ނަންބަރު 2009
/
17/VTR
/
RJCT-200
ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުމަށާއި، ޢަލީ މޫސާގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 5 ވަނަ މާއްދާގައި "މިޤަވާޢިދުގައި އެހެން ގޮތަކަށް
ބަޔާންކުރެވިފައިވީ ނަމަވެސް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބަލާނީ ވަޒީފާއާއި ބެހޭ ޤާނޫނަށް
ޢަމަލުކުރަން ފެށުނު ތާރީޚް ކަމަށްވާ 9 ޖުލައި 2008 ގެ ފަހުން ހިނގާފައިވާ ވަޒީފާއާއި ބެހޭ
މައްސަލަތަކެވެ.” މިފަދައިން ބަޔާންކޮށްފައިވުމުން، 2008 ޖުލައި 9 ވަނަ ދުވަހުގެ ކުރިން ހިނގާފައިވާ
ވަޒީފާއާއި ބެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާކަން
އެނގޭއިރު، އެތާރީޚުގެ ކުރިން އުފެދިފައިވާ ވަޒީފާއާއި ބެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ކޯޓްތަކަށް
ލިބިގެންވާކަން އެނގެއެވެ.
(ށ) ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ވަޒީފާއާއި ބެހޭ
ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ
ޚިލާފެއް، އުފެދުނު ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް
ހުށަހަޅަންވާނެ ކަމަށާއި، އެމުއްދަތު ފާއިތުވުމަށްފަހު ހުށަހެޅޭ މައްސަލަތައް ޓްރައިބިއުނަލަށް ބަލައެއް
ނުގަނެވޭނެ ކަމަށް ބަޔާންވެފައިވާއިރު، ޤާނޫނު ނަންބަޛު 2/2008 (ވަޒީފާއާއި ބެހޭ ޤާނޫނު)ގެ ދަށުން
ޓްރައިބިއުނަލެއް އުފެދިފައިވަނީ 29 ޑިސެމްބަރު 2008 ވީ ހޯމަ ދުވަހު ކަމާއި، އެޓްރައިބިއުނަލްގެ
ޢަމަލީ ގޮތުން ފެށިފައިވަނީ، 2009 އޭޕްރީލް 15 ވަނަ ދުވަހު ކަމަށްވެފައި، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާއި ބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށުނު ތާރީޚާއި، އެޤާނޫނުގެ ދަށުން
ޓްރައިބިއުނަލެއް އުފެދި ޢަމަލީ ގޮތުން މަސައްކަތް ފެށުނު ތާރީޚާއި ދެމެދު އުފެދިފައިވާ ވަޒީފާއި ބެހޭ
މަސައްކަތްތައް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009/HC-A/203
32
މައްސަލަތަކާއި، ޚާއްޞަކޮށް 3 މަސް ދުވަސް ފާއިތުވެފައިވާ މައްސަލަތަކުގައި އިންޞާފު ޤާއިމު ކުރުމުގެ
އިޚްތިޞާޞް ލިބިގެންވާ ފަރާތެއް ކަނޑައެޅުމާއިމެދު ޝަރީޢަތުން ނަޒަރު ކުރާއިރު؛
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާގައި "ޢަދުލު އިންޞާފު ޤާއިމު
ކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ.” މިފަދައިން ބަޔާންކޮށްފައި ވާކަމާއި، އަދި
ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެހައި ބާރުތައް
ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓުތަކަށް ކަމަށް
ބަޔާންކޮށްފައިވާއިރު،
ޤާނޫނުއަސާސީގެ 286 ވަނަ މާއްދާގައި، މިޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ހިނގަމުން
އައި ކޯޓުތައް މިޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން އުފައްދާ ކޯޓުތައް އުފައްދާންދެން އެގޮތުގައި
ދެމިހުންނާނެ ކަމަށް ބަޔާންކުރެވިފައި އޮތުމުގެ އިތުރުން،
ޤާނޫނުއަސާސީގެ 155 ވަނަ މާއްދާގެ ދަށުން ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ޤާނޫނުތައް
ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވީނަމަވެސް އަދި މިހާތަނަށް އެފަދަ ޤާނޫނެއް ތަޞްދީޤު
ކުރެވިފައި ނުވާކަމާއި، އަދި ހަމަ އެހެންމެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން އަދި މިހާތަނަށް
އެއްވެސް ކޯޓެއް އުފައްދާފައިނުވާއިރު؟
2008 އޯގަސްޓް 7 ވަނަ ދުވަހު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު
ޤާއިމުވެފައިހުރި، ހުރިހާ ކޯޓް ތަކެއް، އެކޯޓު ތަކަކަށް އޭރު ލިބިފައިވާ އެންމެހައި ބާވަތަކާއި ވައްތަރެއްގެ
މައްސަލަތައް ބެލުމުގެ ޢާންމު އިޚްތިޞާޞާއިއެކު، ދެމިހުންނާނެ ކަމާއި؟
އެހެން ކަމުން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާއި ބެހޭ ޤާނޫނު) ދަށުން ޓްރައިބިއުނަލެއް
އުފެދި ޢަމަލީ ގޮތުން އެތަނުގެ މަސައްކަތް ފެށިފައިވީނަމަވެސް، ޝަރުޢީކޯޓުތަކަށް ލިބިފައިވާ ޢަދުލު
އިންޞާފު ޤާއިމުކުރުމުގެ ޢާންމު އިޚްތިޞާޞަށް އެއްވެސް ބަދަލެއް އައިސްފައިނުވާތީ، ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާއި ބެހޭ ޤާނޫނު) ދަށުން ޓްރައިބިއުނަލެއް އުފެދި ޢަމަލީ ގޮތުން މަސައްކަތް ފެށުނުއިރު
އުފެދިފައިވާ ވަޒީފާއާއި ބެހޭ މައްސަލަތަކުގެ ތެރެއިން 3 މަސް ދުވަސް ފާއިތުވެފައިވާ މައްސަލަތަކާއި
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް ޤާއިމުވުމުގެ ކުރިން އުފެދިފައިވާ ވަޒީފާއާއި ބެހޭ މައްސަލަތަކުގައި"
އިންޞާފު ޤާއިމު ކުރުމުގެ އިޚްތިޞާޞް ޝަރުޢީ ކޯޓުތަކަށް ލިބިގެންވާކަން އެނގެއެވެ.
ޙުކުމް:
ދެންފަހެ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބަލާނީ، ވަޒީފާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުނު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ
2009/HC-A/203
ތާރީޚް ކަމަށްވާ 9 ޖުލައި 2008 ގެ ފަހުން ހިނގާފައިވާ ވަޒީފާއާ ބެހޭ މައްސަލަތައް ކަމަށް ވަޒީފާއާ
ބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 5 ވަނަ މާއްދާގައި ބަޔާންކުރެވިފައިވުމުން، 2008 ޖުލައި 9 ގެ ކުރިން
ހިނގާފައިވާ ވަޒީފާއާ ބެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް
ލިބިގެންނުވާކަން އެނގެން އޮންނާތީ އާއި،
ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އުފެދުނު ތާރީޚުން ފެށިގެން 3 މަސް ދުވަސް
ފާއިތުވެފައިވާ މައްސަލައެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބަލައި ނުގަނެވޭނެ ކަމަށް އެޓްރައިބިއުނަލްގެ
ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައި އޮތުމުގެ އިތުރުން، ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާ ބެހޭ ޤާނޫނު)ގެ ދަށުން އެޓްރައިބިއުނަލް 2008 ޑިސެމްބަރު 29 ހޯމަ ދުވަހު
ޤާއިމުކުރެވިފައިވާއިރު، ޢަމަލީ ގޮތުން މަސައްކަތް ފެށިފައިވަނީ، 2009 އޭޕްރީލް 15 ވަނަ ދުވަހު
ކަމަށްވެފައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށުނު ތާރީޚާއި،
އެޤާނޫނުގެ ދަށުން ޓްރައިބިއުނަލެއް އުފެދި ޢަމަލީ ގޮތުން މަސައްކަތް ފެށުނު ތާރީޚާއި ދެމެދު 3 މަސް
ދުވަސް ފާއިތުވެފައިވާކަން ސާބިތުވާއިރު، އެމައްސަލަތަކުގެ ޚަޞްމުން އިންޞާފު ލިބުމުގެ އަސާސީ
ޙައްޤުން މަޙްރޫމްވާތީ އާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާގައި ޢަދުލު އިންޞާފު ޤާއިލު
ކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމަށް ބަޔާންކޮށް، އެކަން ޤާނޫނުއަސާސީގެ 141
ވަނަ މާއްދާގެ (ހ) އިން ކަށަވަރު ކޮށްދީފައިވާތީ ޢާއިގެ
ޤާނޫނުއަސާސީގެ 286 ވަނަ މާއްދާގައި، މިޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ހިނގަމުން
އައި ކޯޓުތައް މިޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން އުފައްދާ ކޯޓުތައް އުފައްދާންދެން އެގޮތުގައި
ދެމިހުންނާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އަދި މިހާތަނަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން
އެއްވެސް ކޯޓެއް އުފައްދާފައިނުވުމުގެ އިތުރުން، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކޯޓުތަކުގެ
އިޚްތިޞާޞް ކަނޑައެޅުމުގެ ޤާނޫނުތައް ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވީނަމަވެސް
އެފަދަ ޤާނޫނެއް ތަޞްދީޤު ކުރެވިފައި ނުވާތީ،
ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ޤާއިމްވުމުގެ ކުރިން އުފެދިފައިވާ ވަޒީފާއާއި ބެހޭ މައްސަލަތަކާއި،
އެޓްރައިބިއުނަލް ޤާއިމްވެ، ޢަމަލީ ގޮތުން އެޓްރައިބިއުނަލްގެ މަސައްކަތް ފެށުމުގެ ކުރިން 3 މަސް ދުވަސް
ފާއިތުވުމުގެ ސަބަބުން އެޓްރައިބިއުނަލަށް ބަލައި ނުގަންނަ މައްސަލަތަކުގައި، އިންޞާފު ޤާއިމުކުރުމުގެ
އިޚްތިޞާޞް ޝަރުޢީ ކޯޓުތަކަށް ލިބިގެންވާކަމަށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
0 2 0 2 002
¢ 5
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވެ. ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2009/HC-A/203
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޖް
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އެފަދަ މައްސަލައެއް ކަމާބެހޭ ފަރާތަކުން
ހުށަހަޅައިފިނަމަ އެމައްސަލައެއްގެ މައްޟޫޢާއިމެދު ގޮތެއް ކަނޑައެޅުމަށް އަންގާ ޙުކުމް ކޮށްފީމެވެ.
ޤަޟިއްޔާ ބަލާ ޙުކުމް ކުރީ
A'
އަބްދު
ޙަމީދު
(ފަނޑިޔާރު)
ޢަބްދުލް ޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
އަޙްމަދު ޝަރީފު ޢަލީ
(ފަނޑިޔާރު)
ޓައިޕްކުރީ: މަރީން މުޙައްމަދު
ޗެކްކުރީ: އާއިޝަތު ރަމީޒާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv