ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/51 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހޯކަ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 51/HC-A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ޝާހިދު
* އައިޑީކާޑު ނަންބަރު: A046567
އެޑްރެސް: ފ.ރަބީޢީމަންޒިލް | މާލެ * މިހާރުގެ އެޑްރެސް: ހ. ސޯސަންފްލާވަރ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: -
އައިޑީކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: -
ރަޖިސްޓްރީކުރެވުނު ތާރީޚް: 11 ފެބްރުއަރީ 2013
= ނިމުނު ތާރީޚް: 14 ފެބްރުއަރީ 2013
• އިސްތިއުނާފުކުރެވުނު ކޯޓު އަމުރު.
* ނަންބަރު: 2013/1051(J
(
MD-145
* ކޯޓު: ކްރިމިނަލް ކޯޓު
* ނިންމެވި ތާރީޚް: 07 ފެބްރުއަރީ 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ޢައިa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{13/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
•ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1051(J
/
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވައިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ރަބީޢީމަންޒިލް މުޙައްމަދު ޝާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް
-1
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1051(J
/
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވައިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ދ.ރަބީޢީމަންޒިލް މުޙައްމަދު ޝާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
-2
2 ބ 2 ބ 2
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1051(J
(
MD-145 ކޯޓު އަމުރަކީ،
ހ.ރަބީޢީމަންޒިލް މުޙައްމަދު ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކޮރްޕްޝަންގެ މައްސަލައެއްގައި ފުލުހުން
ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިވަގުތު މުޙައްމަދު ޝާހިދު ދޫކޮށްލައިފިނަމަ، ހެކި ފޮރުވަން
މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި މުޙައްމަދު ޝަހީދުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ގެއްލި
މުޖްތަމަޢުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި، ކަމަށް ބަޔާންކުރައްވައި 07 ފެބްރުއަރީ 2013 ދުވަހު
20:20 އިން ފެށިގެން 22 ފެބްރުއަރީ 2013 ދުވަހު 20:19 އަށް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާތަނެއްގައި ހ. ރަބީޢީމަންޒިލް މުޙައްމަދު ޝާހިދު ބަންދުކޮށްފައި
ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/1051(J
(
MD-145 ކޯޓު އަމުރު،
ނެރުއްވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ހ.ރަބީޢީމަންޒިލް މުޙައްމަދު ޝާހިދުގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
3
2013/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ފުރަތަމަ ނުކުތާ
މިކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1051(J
(
MD-145 ކޯޓު އަމުރުގައި
މުޙައްމަދު ޝާހިދު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާއިރު ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި މީހަކު ބަންދުކޮށް ބެހެއްޓުމަށް ބޭނުންވާ ޝަރުތުތައް މުޙައްމަދު
ޝާހިދުގެ ކިބައިގައި ފުރިހަމަ ނުވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މުޙައްމަދު ޝާހިދުއާމެދު ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރީން އޭނާ ބަންދުގައި
ބެހެއްޓިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ފާނުއަސާސީގެ 49 ވަނަ މާއްދާގެ ސަރީޙަ ނައްޞުގައި
ބަޔާންކޮށްފައިވަނިކޮށް މިނައްޞާ ޚިލާފަތް މުޙައްމަދު ޝާހިދު ބަންދުން ދޫނުކުރައްވައި އޭނާ ބަންދުގައި
ބެހެއްޓުމަށް އަމުރުކޮށްފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2
04 ތތ
-4
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1051(J
(
MD-145 ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް ރ. ރަބީޢީމަންޒިލް މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ
ގުޅޭ ގޮތުން މުޙައްމަދު ޝާހިދުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅޭގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
44 79 0
ބަންދީކެރވެ
ހ) ފުރަތަމަ ކަމަކީ: ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން
ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ޓަކައި މެނުވީ އެއްވެސް މީހަކާއި މެދު ޝަރީއަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓަންގެން
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
"ން
4
2{13/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުވާނެކަމަށް އޮންނަކަމާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1051(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު،
މުޙައްމަދު ޝާހިދު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައިވަނީ
މުޙައްމަދު ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކޮރްޕްޝަން މައްސަލައެއްގައި ފުލުހުން ހުށަހަޅާފައިވާ ހެކި
ޤާރީނާއަށް ބަލާއިރު، މިވަގުތު މީނާ ދޫކޮށްލައިފިނަމަ، ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި
މީނާގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ގެއްލި މުޖްތަމަޢުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި، މުޙައްމަދު
ޝާހިދު ދޫކޮށްފައި ނުފެންނާތީ ކަމަށް ބަޔާންކޮށްކަން ކްރިމިނަލް ކޯޓުގެ އެއަމުރަށް ބެލުމުން
00 9 844
و مع دسر
އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1051(J
(
MD-145 ކޯޓު އަމުރަށް
ބަލާއިރު، މުޙައްމަދު ޝާހިދު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި
م س مع حي
އަމުރުކުރައްވާފައިވާ ސަބަބުތަކުގެ ތެރެއިން މުޙައްމަދު ޝާހިދުގެ ފުށުން ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަށް
ބެލެވޭކަމަށް ބަޔާންކޮށްފައިވާއިރު،
2 ދ ތ ދ
ހުއްމަދު ޝާހިދު ބަންދުކުރި މައްސަލައަކީ، 2009 އަދި 2010 ވަނަ އަހަރުގެ ތެރޭގައި
ހިނގާފައިވާ މައްސަލައެއްކަން އެނގެން އޮތް އިރު، އެމައްސަލަ ބެލުމަށް ފުލުހުންނާ ހަވާލުކުރެވިފައިވަނީ
2012 ވަނަ އަހަރު އޭޕްރީލް މަހުގައި ކަމާއި، މުޙައްމަދު ޝާހިދަކީ މިވަގުތު ނޭޝަނަލް ޑިޒާސްޓަރސް
ސެންޓަރުގައި
މަސައްކަތް ކުރަމުންދާ މީހަކަށް ނުވެފައި އޭނާއަކީ މަޤާމުގެ ގޮތުން ހެކިންނަށް ނުފޫޒެއް
ފޯރުވޭފަދަ މަޤާމެއްގައި މިވަގުތު ހުރި މީހެއްކަމުގައި ބެލެވެން ނެތްކަމާއި މުޙައްމަދު ޝާހިދު ހައްޔަރުކުރުމުގެ
ކުރިންވެސް ފުލުހުން އެމައްސަލައިގެ ތަޙްޤީޤަށް މުޙައްމަދު ޝާހިދުގެ ބަޔާން ނަގާފައިވާ ކަމާއި،
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{13/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި މިމައްސަލައަކީ އޮޑިޓަރ ޖެނެރަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އޮޑިޓްކުރުމުގެ
ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ފާހަގަ ކުރެވިފައިވާ މައްސަލައެއްކަމާއި، އެހެންކަމުން އަހަރުތަކެއް
ކުރިން
ހިނގާފައިވާ މައްސަލައެއްގެ ލިޔުންތަކަކީ ދައުލަތުގެ މުއައްސަސާތަކުގައި ރިކޯޑް ކުރެވި ބެލެހެއްޓިފައިވާ
ލިޔުންތަކެއްކަން އެނގެން އޮތުމުން އަހަރުތަކެއްގެ ކުރިން ހިނގާފައިވާ ކަމަށް ބުނާ ޙާދިސާ ތަކުގެ ރެކޯޑުތައް
ތަޙްޤީޤުކުރާ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުންނާނެ ކަމަށް ޤަބޫލުކުރެވޭކަމާއި، މުޙައްމަދު ޝާހިދުގެ ފުށުން
ހެކި ފޮރުވަން މަސައްކަތް ކޮށްފާނެކަމަށް މިހާތަނަށް ބެލިފައިނެތި، އެކަން އެގޮތަށް ހިނގާފާނެކަމަށް މިހާރު
ބެލެވެން ޖެހެވޭ ފަދަ މަޤުބޫލު ސަބަބެއް އަދި އެކަމުގެ މައްޗަށް އޮތް ހެއްކެއް ނުވަތަ ޤަރީނާއެއް ދައުލަތަށް
ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1051(J
(
MD-145 ކޯޓު
އަމުރުގައި މުޙައްމަދު ޝާހިދު ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ދެވަނަ ސަބަބަކީ މުޙައްމަދު ޝާހިދުގެ
ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައިކަން އެނގޭއިރު، މިމައްސަލައަކީ މީގެ
އަހަރުތަކެއް ކުރިން ހިނގާފައިވާ މައްސަލައެއް ކަމަށްވެފައި ފުލުހުން މިމައްސަލަ ބަލަން ފެށުމުގެ ކުރިން
އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް އެމައްސަލަ ތަޙްޤީޤުކޮށްފައިވާކަން އެނގެން އޮންނާތީއާއި މުޙައްމަދު
ޝާހިދު ހައްޔަރުކުރުމުގެ ކުރިން މިމައްސަލައިގައި މުޙައްމަދު ޝާހިދުގެ ބަޔާން ފުލުހުންނާއި އެންޓި
ކޮރަޕްޝަން ކޮމިޝަނުންވެސް ނަގާފައިވާކަން އެނގޭއިރު، މުޙައްމަދު ޝާހިދުގެ ކުށުގެ ރެކޯޑަށާއި
މިމައްސަލައިގެ ވަށައިގެންވާ އެހެނިހެންކަންތައްތަކުގެ މައްޗަށް ބެލުމުން އަދި މުޙައްމަދު ޝާހިދުގެ ފުށުން
އެފަދަ އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އަދި އެފަދަ ކަމެއް ހިނގިކަމަށް ޤަބޫލުކުރެވޭ ފަދަ
އެކަށީގެންވާ ޙުއްޖަތްތަކެއް ނެތުމުން މިހާދިސާ ހިނގާފައިވާކަމަށް ބުނާ ވަގުތާއި ޒަމާނާއި ހާލަތަށް ބަލާއިރު،
މިހާރު މުޙައްމަދު ޝާހިދުގެ ފަރާތުން އެފަދަ ނުރައްކަލެއް މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް
ކުރިމަތިވެދާނެކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
6
2013/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޑ 4
0 ހ2
އހންކަމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1051(JMD-145 ކޯޓު އަމުރަށް
ބަދަލުގެންނަންޖެހޭކަމަށް ޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/1051(J
(
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަން ޖެހޭކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/1051(J
/
MD-145 ކޯޓު އަމުރު ބާޠިލުކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ޔޫސުފް ޙުސައިން
ފަނޑިޔާރު
ޢަބްދުއްރައޫފު އިބްރާހީމް
ޢަލީ ސަމީރު
ފަނޑިޔާރު
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv